ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/194 ޤަޟިއްޔާގެ ޙުކުމް
1
2006/HC-A/194
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
سالمندان رازیم
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
އިކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 194/HC
-
A/2006
ދަޢުވާކުރާ ފަރާތް:
• ނަން: އެޓަރނީ ޖެނެރަލްގެ އޮފީސް
އައި.ޑީ.ކާޑް ނަންބަރ
ދާއިމީ އެޑްރެސް: -
މިހާރުގެ އެޑްރެސް:
ދަޢުވާލިބުނު ފަރާތް.
ނަން: ސަޢުދު އިބްރާހީމް
އައި.ޑީ.ކާޑް ނަންބަރ: 040617-A
ދާއިމީ އެޑްރެސް: ރ. އިންނަމާދޫ | މެހުރާ
މިހާރުގެ އެޑްރެސް: ގ. ބްރައިޓްސްޓަރ
ހުށަހެޅުނު ތާރީޚް: 16 ރަމަޟާން 1427
09 އޮކްޓޯބަރ 2006
ނިމުނު ތާރީޚް: 02 ރަބީޢުލްއައްވަލް 1431
ފެބުރުއަރީ 2010
16
ފިކުރެވުނު ޤަޟިއްޔާ ނަންބަރު: 2001/MC/2194
ނިންމެތިކޯޓް: މަދަނީކޯޓް
ޤަޟިއްޔާގެ ބާވަތް: ތަކެއްޗާއި ކުލިހޯދުން
ހުށަހެޅުނުތާރީޚް: 05.12.2001
ނިމުނު ތާރީޚް: 04.09.2005
C
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2006/HC-A/194
2194/MC/2001
ދަޢުވާގެ ޚުލާޞާ
މަދަނީކޯޓުގެ ނަންބަރު
ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވެއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
މަދަނީކޯޓުގެ ނަންބަރު 2001/MC/2194 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށާއި އިސްތިއުނާފު
ކުރުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައިވާ ނުކުތާއަށާއި އެނުކުތާއާއި ބެހޭ ގޮތުން
ދައްކާފައިވާ ވާހަކައަށާއި އިސްތިއުނާފު ރައްދުވާ ފަރާތުން ދައްކާފައިވާ ވާހަކައަށާއި މައްސަލައާއި
ގުޅުންހުރި ލިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރުން ބަލާއިރު، އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަކަމަކީ ބީސީސީއައި ގެ ވިޔަފާރި 6 ޖުލައި 1991 ގައި ބަންދުވެ އެބޭންކު
ބަނގުރޫޓުވުމާއި ގުޅިގެން އެބޭންކުގެ ކަންތައް ބަލަހައްޓައި ޑިޕޮސިޓަރުންނާއި ކްރެޑިޓަރުންގެ
ޙައްޤުތައް އަދާކޮށް ލިކުއިޑޭޓަރެއްގެ ޙައިސިއްޔަތުން މަސައްކަތް ކުރަމުންދިޔައީ މޯލްޑިވްސް މަނިޓަރީ
އޮތޯރިޓީކަމާއި ބީސީސީއައި މާލޭ ގޮފީގައި ފައިސާ ޖަމާކޮށްފައިވާ ޑިޕޮސިޓަރުންނަށް އިންޓްރެސްޓާއި
އެކު ފައިސާ ދޫކުރަމުންގޮސްފައިވަނީ 5 އޮގަސްޓް 1998 އާއި ހަމައަށްކަން އެނގެން އޮތުމުން
ހިނގަހިނގާހުންނަ އާދައިގެ ބޭންކުގެ ވިޔަފާރީގެ އުޞޫލުތަކާއި އެއްގޮތަށް ޓީސީސީއައި
ގެ
މަސައްކަތް ކުރިއަށް ނުދާކަން އެނގެން އޮންނައޮތުން،
(ށ) ދެވަނަކަމަކީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ
އޮފީހުގެ ނަންބަރު 98
/
2001
/
9/B-1 ސިޓީއިން ލޯނު ނަގާފައިވާ ފަރާތްތަކުގެ ލޯނު އަނބުރާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.lhighcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2006/HC-A/194
*
ދެއްކުމަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން 29 ޖެނުއަރީ 2001 އާއި ހަމައަށް އިންޓްރެސްޓް
ހުއްޓާލުމަށް ހުއްދަދީ އެގޮތުގެމަތިން ޢަމަލުކުރެވެމުން އައިސްފައިވާކަން އެނގެން އޮތުމުން
ހިނގަހިނގާހުރި ބޭންކެއްގެ ލޯނުގެ އުޞޫލާއި އެއްގޮތަށް ޓީސީސީއައިގެ ލޯނުގެ އިންޓްރެސްޓާއި މެދު
Cocou
ޢަމަލުކުރެވެމުންދާ އުޞޫލެއް ނެތްކަން،
(ނ) ތިންވަނަކަމަކީ، މީގެކުރިން މަދަނީކޯޓުން ނިންމާފައިވާ މައްސަލަތަކުގައި ފައިސާ
ދައްކާ ނިންމާ ދުވަހާއި ހަމައަށް އިންޓްރެސްޓާއިއެކު ފައިސާ ދެއްކުމަށް ޙުކުމް ކުރައްވާފައިވާއިރު
އެޙުކުމްތަކަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއީދުކުރައްވާފައިވާތީ އެއީ ޕްރެސިޑެޓެއްކަމަށް ބަލައިގެން
ހުށަހެޅި މި މައްސަލައިގެ އިސްތިއުނާފް ނުކުތާއަށް ބަލާއިރު ދައުލަތުގެ ފަރާތުން އެޙަވާލާދެއްވާ
މަދަނީކޯޓުގެ ޤަޟިއްޔާތައް އެކޯޓުން ބަލަމުން ދިޔަދުވަސްވަރަކީ އެބޭންކުގެ ޑިޕޮޒިޓަރުންނަށްވެސް
އިންޓްރެސްޓާއިއެކު ފައިސާ ދޫކުރަމުން ދިޔަދުވަސްވަރެއްކަމާއި ޑިޕޮޒިޓަރުންނާއި ކްރެޑިޓަރުންނަށް
އެއްހަމައަކުން އިންޓްރެކްޓާއި މެދު ޢަމަލުކުރަންޖެހޭ އުޞޫލުން އެ ބޭންކަށް ފައިސާ
ދައްކަންހުރި ހުރިހާ ފަރާތްތަކެއްގެ މައްސަލަތަކުގައި އެއް އުޞޫލުން
ގޮސްފައިވާކަން އެނގެން އޮންނަ އޮތުން،
224
މ 04 މ 04
4
ހ (23
244
0
24ރވަމުން
(ރ) ސަޢުދު އިބްރާހީމަށް ބީސީސީއައި މާލެ ގޮފިން ދޫކޮށްފައިވާ އެއްލައްކަރުފިޔާގެ ލޯނަށް
އެބޭންކު ބަންދުވުމާއި ހަމައަށް އަރާފައިވަނީ 102539
/
82ރ. (އެއްލައްކަ ދެހާސް ފަސްސަތޭކަ
ތިރީސް ދުވަރުފިޔާ އަށްޑިހަދެލާރި) ރުފިޔާކަމާއި އެބޭންކުގެ ފަރާތުން ސަޢުދު އިބްރާހީމް ލައްވާ އެ
ސްޓޭޓްމަންޓުގައި ސޮއިކުރުވާފައިވާކަމާއި މިލޯނަށް ސަޢުދު އިބްރާހީމް -/
58000ރ. (ފަންސާސް
އަށްހާސް) ރުފިޔާ ދައްކާފައި އޮންނަކަން އެނގެން އޮންނައޮތުން،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2006/HC-A/194
(ބ) ސަޢުދު އިބްރާހީމަށް ބީސީސީއައި މާލޭ ގޮފިން ދޫކޮށްފައިވާ -/
100000ރ.
(އެއްލައްކަ) ރުފިޔާގެ ލޯނަށް 2 އިންޖީނު ދޯންޏާއި 1 ރިޔާދޯނި ރަހުނުކުރެވުނުކަމާއި، ޑީސީސީއައި
ބަންދުވުމާއި ގުޅިގެން ލޯނުގެ ފައިސާ ކަވަރުކުރުމަށް ސަޢުދު އިބްރާހީމް ރަހީނުކޮށްފައިވާ
އުޅަނދުފަހަރުތައް އެބޭންކުގެ ކަންތައް ބެލެހެއްޓި ފަރާތުން ވިއްކާ އެ ރަހުނު ތަންފީޒުކުރުމުގެ
އެއްވެސް މަސައްކަތެއް ކޮށްފައި އޮތްކަން އެނގެން ނެތްކަމާއި ރަހުނަކީ ލޯނު އަދާނުކޮށްފިނަމަ
އެލޯނުގެ ފައިސާ ލިބިގަތުމަށްޓަކައި ސިކިއުރިޓީއެއްގެ ގޮތުގައި ބޭންކުގައި މޯގޭޖްކުރާ އެއްޗަކަށްވާއިރު
އެސިކިއުރިޓީގެ ބޭނުން ބޭންކުގެ ފަރާތުން ނުހިފާ ލޯނު ނެގިފަރާތުގެ އެކައުންޓަށް އިންޓްރެސްޓް
ޗާޖުކުރަމުން ދިއުމަކީ އިންޞާފުވެރިގޮތެއް ނޫންކަމާއި ބޭންކުން
އެ
ޙައްޤު
ޙިމާޔަތްކުރުމަށް މަސައްކަތް ކުރަން އޮންނަ އުޞޫލު ދޫކޮށް އެއަށް އިހްމާލުވެފައިވާނަމަ އޭގެ ޒިންމާ
ލޯނު ނެގިފަރާތުގެ ބޮލުގައި އެޅުމަކީ ޤާނޫނީ ހަމައެއްނޫންކަމާއި އިސްވެ ބުނެވުނު ސަޢުދު
އިބްރާހީމްގެ ލޯނުގެ ރަހުނު ކުރެވިފައިވާ އުޅަނދުތައް ވިއް
ވިއްކާލާމަ
ލުމަށް ބޭންކުގެ ފަރާތުން އެއްވެސް
މަސައްކަތެއް ކޮށްފައިވާކަން އެނގެން ނެތްކަން،
ބޭންކެއްގެ
(ޅ) ބޭންކުގެ ވިޔަފާރި ބަންދުވީ 6 ޖުލައި 1991 ގައި ކަމަށްވެފައި އެބޭންކުގެ
ޑިޕޮޒިޓަރުންނަށް ދޭންޖެހޭ ފައިސާ 1998 ގެ އޮގަސްޓް 5 އާއި ހަމައަށް އިންޓްރެސްޓާއިއެކު ދޫކޮށް
އަދި އެބޭންކުން ލޯނު ނަގާފައިވާ ފަރާތްތަކުގެ މައްޗަށް 1998 އާއި ހަމައަށް ދަޢުވާތައް ކުރެވި
މަދަނީކޯޓުން އެޤަޟިއްޔާތައް ނިމިފައިވާކަމާއި އެޤަޟިއްޔާތަކުގެ ދަށުން ޙުކުމް ކުރެވިގެން ފައިސާ
ދައްކަމުންދިޔަ ފަރާތްތަކަށް ލުއިދިނުމުގެ ގޮތުން 29 ޖެނުއަރީ 2001 އާއި ހަމައަށް އިންޓްރެސްޓް
ޗާޖު ކުރުން ހުއްޓާލާފައިވަނިކޮށް ސަޢުދު އިބްރާހީމް ނެގި ލޯނުގެ ފައިސާ ލިބިގަތުމަށް އޭނާ
ރަހުނުކުރި އުޅަނދުތައް ވިއްކާލައި އެލޯނު ހޯދުމަށް އެބޭންކުން އެއްވެސް
ކުރުމަކާއިނުލައި ރަހުނު ތަންފީޒު ކުރުމަށް އިހްމާލުވުމަށްފަހު ބޭންކް ބަންދުވިތާ 10 އަހަރުފަހުން
5.12.2001 ގައި ސަޢުދު އިބްރާހީމްގެ އަތުން ލޯނުފައިސާ އޭގެ އިންޓްރެސްޓާއިއެކު ހޯދުމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
މަސައްކަތެއް
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2006/HC-A/194
5
އ ހވ
ویو می
ދަޢުވާކުރިގޮތަކީ އިންޞާފުވެރި އުޞޫލާއި ހަމަހަމަކަން ގެއްލިފައިވާ ގޮތެއްކަމާއި އެކަށީގެންވާ
މުއްދަތެއްގައި ދަޢުވާކުރުމަކާއިނުލައި އަދި ރަހުނު ތަންފީޒު ކުރުމަކާއިވެސް ނުލައި އެމުއްދަތުގެ
އިންޓްރެސްޓް ޗާރޖްކުރަން ނިންމާ އެބޭންކުގެ ކަންތައް ބަލަހައްޓަވާ ފަރާތުން
ޢަމަލުކޮށްފައިވަނީ ޒިންމާދާރުކަން ކުޑަގޮތެއްގައިކަމާއި އެކަމުގައި ސަޢުދު އިބްރާހީމް ޒިންމާދާރު
ކުރުވައި އޭނާގެ ލޯނަށް އިންޓްރެސްޓް ޗާޖް ކުރުމަކީ މި ޙާލަތުގައި އިންޞާފާއި ޢަދުލުގެ ހަމަތައް
ތަންދޭކަމެއްކަމަށް މި މައްސަލަ ބެލީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކަށް
2 20
ބުރަނުވެވޭކަން،
ޙުކުމް:
.
4c4ހ 02
ދެންފަހެ އިސްވެ ބަޔާން ކުރެވުނު ކަން
ކަންތައްތައް ބަޔާންކުރެވިދިޔަ ގޮތުގެ މަތިން ހުރުމުން
އިންނަމާދޫމެހުރާ ސަޢުދު އިބްރާހީމް އަށް ޓީސީސީއާއި މާލެގޮފިން ދޫކޮށްފައިވާ -/100000ރ
(އެއްލައްކަ ރުފިޔާ) ގެ ލޯނުގައި އެބޭންކު ބަންދުވި ތާރީޚާއި ހަމައަށް ލޯނުގެ ފައިސާގެ ގޮތުގައި
އިންޓްރެސްޓާއި އެކު ސަޢުދު އިބްރާހީމް ދައްކަންޖެހި ނުދެއްކި އޮތް 102539
/
82ރ (އެއްލައްކަ
ދެހާސް ފަސްސަތޭކަ ތިރީސް ދުވަރުފިޔާ އަށްޑިހަ ދެލާރި) ރުފިޔާގެ ތެރެއިން ސަޢުދު އިބްރާހީމް
ގެފަހުން ދެއްކި -/58000ރ (ފަންސާސް އަށްހާސް) ރުފިޔާ ކެނޑުމުން ބާކީގައި އޮންނަ
44539
/
82ރ (ސާޅީސް ހަތަރުހާސް ފަސްސަތޭކަ ތިރީސް ނުވަރުފިޔާ އަށްޑިހަ ދެލާރި) އަކީ
ސަޢުދު އިބްރާހީމް ދައްކަންޖެހޭ ޢަދަދުކަމަށް ޤަޟިއްޔާ ނަންބަރު 2001/MC/2194 ން
ކަނޑައަޅުއްވާފައިވާ މިންވަރަށްވުރެ އިތުރަށް ސަޢުދު އިބްރާހީމް އަތުން އިންޓްރެސްޓް ޗާޖްކުރުމުގެ
ފުރުޞަތެއް ނެތްކަމަށާއި، ރަހުނު ތަންފީޒު ކުރުމުގައި އިހުމާލުވެ ލޯނުގެ ފައިސާ ހޯދުމަށް
އެކަށީގެންވާ މުއްދަތުގައި ދަޢުވާ ކުރުމަކާއި ނުލައި 10 އަހަރު ފަހުން ސަޢުދު އިބްރާހީމް އަތުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected]
ވެބް ސައިޓް: www.lhighcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2006/HC-A/194
އިންޓްރެސްޓް ހިމަނައިގެން ލޯނުގެ ބަކީ ފައިސާ ހޯދުމަށް ދައުވާ ކުރުމުގެ ޙައްޤު އެބޭންކުގެ
ކަންތައް ބަލަހައްޓާ ފަރާތަށް ލިބިދޭ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް މި މައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
މި ޤަޟިއްޔާ ބަލާ ނިޔާ ކަނޑައެޅީ
(.
އަޙްމަދު ޝަރީފު ޢަލީ
ފަނޑިޔާރު
އާދަމް މުޙައްމަދު ޢަބްދު
ފަނޑިޔާރު
އައް
ޙަމީދު
ފަނޑިޔާރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv