ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/201 ޤަޟިއްޔާގެ ޙުކުމް
1
2015/HC-A/20]
A4
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
)
ޤަޟިއްޔާ ނިމުނު
ނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 201/HC-A/2015
• އިސްތިއުނާފުކުރި ފަރާތް:
ނަން: ޢަލީ ވަޙީދު
އައިޑީ ކާޑު ނަންބަރު: A080847
ދާއިމީ އެޑްރެސް: ބަނދަރު | ހދ.ކުޅުދުއްފުށި
މިހާރުގެ އެޑްރެސް: މ.ޑާލިޔާ / ކ.މާލެ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑުނަންބަރު:
ދާއިމީ އެޑްރެސް:
L
ރާގެ އެޑްރެސް
• ރަޖިސްޓްރީ ތާރީޚް: 03 ޝަޢުބާން 1436
21 މެއި 2015
* ނިމުނު ތާރީޚް: 08 ޝަޢުބާން 1436
މެއި 2015
26
އިސްތިއުނާފުކުރެވުނު އަމުރު ނަންބަރު: 2015
/
3737/J
/
MD-145
• ނިންމެވި ކޯޓު: ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ކޯޓު އަމުރު
• ހުށަހެޅި ތާރީޚް: 17.05.2015
* ނިމުނު ތާރީޚް: 17.05.2015
ދިވެހިރާއްa
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
2
2015/HC-A/20]
ދަޢުވާގެ ޚުލާޞާ
މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
3737/J
/
MD-145 ކޯޓު އަމުރު އެ ކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެ ކޯޓު އަމުރު އިސްތިއުނާފުކުރުމަށް
އެދި، ހދ.ކުޅުދުއްފުށި | ބަނދަރު، ޢަލީ ވަޙީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ހގަކު
(4ވ
ބލޭޓްތައ•
1) ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
3737/J
/
MD-145 ކޯޓު އަމުރަށް ބަލާއިރު، އެ
އަމުރަކީ ހދ.ކުޅުދުއްފުށި | ބަނދަރު، ޢަލީ ވަޙީދުގެ މައްޗަށް ތުހުމަތުކުރެވިފައިވާ ބިރުދެއްކުމުގެ މައްސަލާގައި
މުޖުތަމަޢުގެ ސަލާމަތަށް ޓަކައި މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި، ޢަލީ ވަޙީދު 2015
މެއި 17 ދުވަހުގެ 23:22 ން ފެށިގެން 2015 މެއި 24 ދުވަހުގެ 23:21 ގެ ނިޔަލަށް ބަންދުކޮށްފައި
ބެހެއްޓުމަށް އަމުރުކުރައްވައި ނެރުއްވާފައިވާ އަމުރެކެއެވެ.
ބުނެ
އެ
އަމުރު
2) ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
3737/J
/
MD-145 ކޯޓު އަމުރު އެ ކޯޓުން ނެރުއްވީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް
އިސްތިއުނާފުކުރަމުން،
ހދ.ކުޅުދުއްފުށި | ބަނދަރު، ޢަލީ ވަޙީދުގެ ފަރާތުން 06 (ހައެއް) ނުކުތާ ފާހަގަކޮށް އެ ނުކުތާތަކާމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 49 ވަނަ
އެއްގޮތަށް މީހަކު ބަންދުކުރުމުގައި ތުހުމަތު ކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް
ނެތްކަމުގައިވީނަމަވެސް، ކުށެއް ކުރިކަމުގެ ތުހުމަތު އުފެދޭ މިންވަރުގެ ހެކި ޤަރީނާ ހުންނަންވާނެކަމަށް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
3
2015/HC-A/20]
ޓ ޓން
ދިވެހިރާއްޖޭގެ ހައިކޯޓުގެ މިބަރު 263/HC
-
A/2012 ޤަޟިއްޔާއިން ކަނޑައަޅާފައިވާ އުޞޫލާއި
ކަނޑައެޅިގެން ޚިލާފަށް ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
3737/J
/
MD-145 (17 މެއި 2015) ކޯޓު
އަމުރު ނެރެފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
2010/SC-A/20
ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި މީހެއްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ޙާޟިރުކުރުމުން އެމީހާ ބަންދުކޮށްފައިވަނީ ޤާނޫނު
ހުއްދަކުރާ މަޤްޞަދެއްގައިތޯ ބެލުމުގެ އިތުރުން ކޮންމެހެން ޟަރޫރީ ކަމެއްގައިތޯ ބަލަންވާނެކަމަށް ބަޔާންކޮށް
އުޞޫލެއް ކަނޑައަޅާފައިވީނަމަވެސް، އިސްތިއުނާފުކުރާ ފަރާތް ބަންދުގައި
ކްރިމިނަލް ކޯޓުގެ
ނަންބަރު 2015
/
3737/J
/
MD-145 (17 މެއި 2015) ކޯޓު އަމުރު ނެރުއްވާފައިވަނީ އެ އުޞޫލާއި
ކަނޑައެޅިގެން ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
4
46
2 ހދ
م مريع حتي
ތިންވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 20/SC-A/2010
ޤަޟިއްޔާގައި މީހަކު ދިގު މުއްދަތަކަށް ބަންދު ކުރުމަކީ ބައިނަލް އަޤްވާމީ މުޢާހަދާތަކާއި ޚިލާފު ކަމެއްކަމަށާއި،
އެމީހަކު ބަންދުގައި ބަހައްޓަންވާނީ އެންމެ ޝަރޫރުވާ އެންމެ ކުރު މުއްދަތަށްކަން ބަޔާންކޮށް އުޞޫލެއް
ކަނޑައަޅާފައިވީނަމަވެސް، އިސްތިއުނާފުކުރާ ފަރާތް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުގެ ނަންބަރު
2015
/
3737/J
/
MD-145 (17 މެއި 2015) ކޯޓު އަމުރު ނެރުއްވާފައިވަނީ އެ އުޞޫލާއި ކަނޑައެޅިގެން
ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ
ހަތަރުވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 20/SC-A/2010
ޤަޟިއްޔާގައި ޝަރޫރަތުގެ ޤާއިދާގެ ދަށުން ހުއްދަވާ އެއްވެސްކަމަކީ އެކަމަށް ކޮންމެހެން ބޭނުންވާ
މިންވަރަށްވުރެ ފުޅާ ނުކުރެވޭނެ ކަމެއްކަމާއި، ބަންދުގައި ހުންނައިރުވެސް ހައްޔަރު ކުރެވިފައިވާ މީހާ ދުނިޔެއިން
އެކަހެރިކޮށްފައި ބަހައްޓައިގެން ނުވާނެކަމަށް ކަނޑައަޅައި އުޞޫލެއް ޤާއިމުކޮށްފައިވާއިރު، އިސްތިއުނާފު ކުރާ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: irif [email protected] ވެބްސައިޓް www.highcourt.gov.mv
4
2015/HC-A/20]
ޑ ޑ ވ މ ގތ
ބެހެއްޓުމަށް
ފަރާތް ބަންދުގައި ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
3737/J
/
MD-145 (17 މެއި 2015)
ކޯޓު އަމުރު ނެރުއްވާފައިވަނީ އެއުޞޫލާއި ކަނޑައެޅިގެން ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ
6
ފަސްވަނަ ނުކުތާއަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 20/SC-A/2010
ޤަޟިއްޔާގައި ބަންދުގައި ހުރި ތަނުގެ ސަލާމަތަށް ޝަރޫރީވާ ވަރަށްވުރެ އިތުރަށް އެއްވެސް ޤައިދެއް ނުވަތަ
ހުރަހެއް ނުވަތަ ބެލެހެއްޓުމެއްގެ ދަށުގައި ބެހެއްޓުމެއް އޮވެގެން ނުވާނެކަމަށް ކަނޑައަޅައި އުޞޫލެއް
ޤާއިމްކޮށްފައިވާއިރު، އިސްތިއުނާފުކުރާ ފަރާތް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުގެ ނަންބަރު
2015
/
3737/J
/
MD-145 (17 މެއި 2015) ކޯޓު އަމުރު ނެރުއްވާފައިވަނީ އެ އުޞޫލާއި ކަނޑައެޅިގެން
ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
2010/SC-A/20
ހަވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި ހައްޔަރުކޮށްފައިވާ މީހާގެ ފަސޭހަތަކަށް ރައްކާތެރިވާންޖެހޭނެކަމާއި، އެ މީހެއްގެ އިންސާނީ
އެއްވެސް ޙައްޤަކަށް އުނިކަމެއް އަންނަ ފަދަ ގޮތަކަށް އެއްވެސް ޢަމަލެއް ބެހެއްޓުމަކީ މަނާކަމެއްކަމަށް ކަނޑައަޅާ
އުޞޫލެއް ޤާއިމުކޮށްފައިވާއިރު، އިސްތިއުނާފުކުރާ ފަރާތް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުގެ ނަންބަރު
2015
/
3737/J
/
MD-145 (17 މެއި 2015) ކޯޓު އަމުރު ނެރުއްވާފައިވަނީ އެ އުޞޫލާއި ކަނޑައެޅިގެން
ޚިލާފަށްކަމާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 20/SC
-
A/2010 ޤަޟިއްޔާގައި ބަންދުގައި
ބަހައްޓަންވާނީ އިންސާނިއްޔަތާއި އެއްގޮތަށް ކަމަށާއި، ލާއިންސާނީ އިހާނެތި އަނިޔާއެއް ކޮށްގެންނުވާނެ ކަމަށާއި،
ލާއިންސާނީ އަދަބެއް ދީގެންނުވާނެކަމަށް ކަނޑައަޅައި އުޞޫލެއް ޤާއިމްކޮށްފައިވާއިރު، އިސްތިއުނާފު ކުރާ ފަރާތް
ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
3737/J
/
MD-145 (17 މެއި 2015) ކޯޓު
އަމުރު ނެރުއްވާފައިވަނީ އެ އުޞޫލާއި ކަނޑައެޅިގެން ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
ބަންދުގައި ބެހެއްޓުމަށް
3) މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި މި މައްސަލައާ ގުޅޭ
ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ބަލާއިރު،
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
5
2015/HC-A/20]
މައްސަލާގައި ގޮތެއް ކަނޑައެޅުމަށްޓަކައި، މި މައްސަލަ ބެލި ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ވިސްނައި ބެލިއިރު، މި މައްސަލަ ބެލި ތިން ފަނޑިޔާރުންގެ ތެރެއިންގެ
ފަނޑިޔާރު ޢަލީ ސަމީރު އަންނަނިވި ކަންތައްތައް ފާހަގަކޮށްފައިވެއެވެ.
cel
104
Ucc
(ށ) ފުރަތަމަ
ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ ކްރިމިނަލްކޯޓުގެ ނަންބަރު
2015
/
3737/J
/
MD-145 ކޯޓުއަމުރަށް ބަލާއިރު، އެއަމުރަކީ ، 2015 މެއި 1 ވަނަ ދުވަހު މޭޑޭގެ ނަމުގައި
މާލޭގެ ބޭއްވުނު މުޒާހަރާގައި ޢަލީވަޙީދުއާއި އިތުރު ފަރާތްތަކެއް އިސްވެ ހުރެ އެމުޒާހަރާގައި އަނިޔާވެރި
ޢަމަލުތަކަށް ހިތްވަރު ލިބޭ ފަދަ ގޮތަށް ވާހަކަ ދައްކާފައިވަނިކޮށް މުޒާހަރާގައި ބައިވެރިވި މީހުން މާލޭގެ އެކި
ސަރައްޙައްދުތަކަށް އެއްވެ އަމަން ބަލަހައްޓަން ތިބި ފުލުހުންނަށާއި، ޢާންމުން މުދަލަށް ގެއްލުންދީ އެފަދަ
މައްސަލަތައް ހުށަހެޅިފައިވާތީ އާއި އެފަދަ ކަންކަން ހިނގަން މެދުވެރިވީ ޢަލީވަޙީދު އިސްވެހުރެ މުޒާހަރާގެ
ބައިވެރިންނަށް އެފަދަ ކަންތައްތައް ކުރުމަށް ހިތްވަރުލިބޭ ފަދަ ގޮތްގޮތަށް ވާހަކަ ދެއްކުމުންކަމަށް ތަޙްޤީޤަށް
ބެލެވޭތީވެއާއި،
ވެއާއި، މި މައްސަލާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި މަޝްވަރާކުރެވި، އެ އޮފީހުން މައްސަލާގައި
އިތުރަށް ކުރަން ލަފާދީފައިވާ
ޢަލީވަޙީދު ބަންދުން ދޫކޮށްލުމީ މިކަންތައްތައް ކުރުމަށް
ހުރަސްއެޅިދާނެފަދަ ކަމެއް މީނާގެ ފުށުން ކޮށްފާނެކަމަށް ބެލެވޭތީވެއާއި، މީނާއާ މެދު ތުހުމަތު ކުރެވޭ މައްސަލާގެ
ބާވަތުން، މީނާ ދޫކޮށްލާފައި ބެހެއްޓުމަކީ މިފަދަ ކަންތައްތައް މީނާގެ ފުށުން ތަކުރާރުވެ، މުޖްތަމަޢުގެ
ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެދާނެކަމެއްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް
ފެންނަކަމަށްބުނެ، 17 މެއި 2015 އިން ފެށިގެން 15 ދުވަހުގެ މުއްދަތަށް ޢަލީވަޙީދު ބަންދުގައި
ބަހައްޓައިދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 128495/MF " ބަންދުގެ މުއްދަތު
އިތުރުކުރުމަށް ހުށަހަޅާ" ފޯމުން ހުށަހެޅުމުން ޢަލީވަޙީދު 17 މެއި 2015 އިން ފެށިގެން 07 ދުވަހުގެ
މުއްދަތަށް މިނިސްޓްރީ އޮފް ހޯމްއެފެއާރޒުން ކަނޑައަޅައިތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް ނެރުއްވާފައިވާ
ހއ ހއ ހއ ހ2ވ
ކަންތައްތައެކަމުން،
އަމުރެއްކަން އެނގެން އޮންނަކަމެވެ.
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބު ޙުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
6
2015/HC-A/20]
(ށ) ދެވަނަކަމަކީ، 2015 މެއި 1 ވަނަ ދުވަހު މޭޑޭގެ ނަމުގައި މާލޭގެ ބޭއްވުނު މުޒާހަރާއާއި
ގުޅިގެން ޢަލީވަޙީދު ހައްޔަރުކުރެވުނީ، 02 މެއި 2015 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައިކަމާއި، ޢަލީވަޙީދު
އްޔަރުކުރުމަށްފަހު، ޢަލީވަޙީދުގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ފުލުހުންގެ ފަރާތުން ކްރިމިނަލްކޯޓަށް
ހުށަހެޅުމުން ޢަލީވަޙީދުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި މުޖުތަމަޢުގެ ސަލާމަތަށްޓަކައި، 02 މެއި
2015 ވަނަ ދުވަހުންފެށިގެން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލްކޯޓުގެ ނަންބަރު
2015
/
3385/J
/
MD-145 ކޯޓުއަމުރުން އަމުރުކުރައްވާފައިވާކަމާއި، އިސްތިއުނާފު މިކުރެވޭ ކްރިމިނަލްކޯޓުގެ
ނަންބަރު
އަމުރަކީ ޝާރާތްކުރެވުނު ކްރިމިނަލްކޯޓުގެ ނަންބަރު
2015
/
3385/J
/
MD-145 އަމުރުން ޢަލީ ވަޙީދު ބަންދުގައި ބެހެއްޓުމަށް ދީފައިވާ 15 ދުވަހުގެ މުއްދަތު
ހަމަވާތީ، ޢަލީ ވަޙީދު އިތުރު 15 ދުވަހަށް ބަންދުގައި ބަހައްޓައިދިނުމަށް އެދި ފުލުހުންގެ ފަރާތުން ހުށަހެޅުމުން،
ޢަލީ ވަޙީދު 7 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ނެރުއްވާފައިވާ އަމުރެއްކަން އެނގެން އޮންނަކަމެވެ.
145-J/MD/20153737
(ނ) ތިންވަނަ ކަމަކީ، ކުށެއްކޮށް ފިކަމަށް ތުހުމަތުކޮށް ތަޙުޤީޤުކުރާ ފަރާތަކަށް މައްސަލައެއް
ހުށަހެޅުމުން ލަސްނުކޮށް އެ މައްސަލަ ތަޙްޤީޤުކޮށް ނިންމަންވާނެކަމަށާއި އަދި އެކުށެއް ކުރިކަމަށް ތުހުމަތުކުރެވޭ
މީހާއާ މެދު ދަޢުވާކުރާންޖެހޭކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފެނިއްޖެނަމަ، ވީ އެންމެ އަވަހަކަށް ދަޢުވާ
އުފުލަންވާނެކަމަށް ޤާނޫނުއަސާސީގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަކަމާއި، ދިވެހިރާއްޖޭގެ
ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 50 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ މަފްހޫމަކީ، ކުށުގެ ތުހުމަތުގައި ގިނަ
ދުވަސްތަކެއް ވަންދެން މީހުން ބޭއްތިއްބުމުގެ ޖާގަ ނުދިނުމާއިއެކު ކުށުގެ ތުހުމަތުގައިވާ މީހާ ބަންދުގައި ގިނަ
ދުވަސްތަކެއް ހޭދަކުރުމުގެ ޖާގަ ނުދިނުންކަން އެނގޭކަމާއި، މީގެ އިތުރުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ
ނަންބަރު 20/SC
-
A/2010 ޤަޟިއްޔާގެ 2 ވަނަ ނުކުތާގެ (ރ) ގައި ޝަރީއަތުން ފައިސަލާ ކުރަނިވި
ޙުކުމެއްކުރުމުގެ ކުރީގެ މަރުޙަލާތަކުގައި، އެއްވެސް މީހަކު ދިގު މުއްދަތަކަށް ބަންދުކުރުމަކީ ބައިނަލް އަޤްވާމީ
ޤާނޫނުތަކުގެ ދަށުން ކަނޑައެޅިގެން މަނާކަމެއްކަމަށާއި، ޤާނޫނުން ކަނޑައަޅާފައިވާ އިސްތިސްނާ
ޙާލަތްތަކުގައިވެސް ބަންދުގައި ބެހެއްޓޭނީ އެކަމަށް ޝަރޫރީވާ އެންމެ ކުރު މުއްދަތަކަށްކަމަށާއި، ޟަރޫރަތުގެ
ޤާއިދާގެ ދަށުން ހުއްދަވާ އެއްވެސް ކަމަކީ އެކަމަށް ކޮންމެހެން ބޭނުންވާ މިންވަރަށްވުރެ ފުޅާ ނުކުރެވޭނެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
50ނ
2015/HC-A/20]
ޑ ދ ތ ދއކމ ޓ ޏ 24
އެކަންތައްތަކުގެތެރގއި
UCO
މިގޮތުން
މައްޗަށާއި، ޝައްކުކުރެވޭ
ބަޔާންކުރައްވާފައިވާކަމާއި، އަދި އެމާއްދާގެ (ބ) ގައި ހައްޔަރުކުރެވިފައިވާ މީހާގެ ޙައްޤުތަކަށް
ރައްކާތެރިވުމުގެ ގޮތުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހައްޔަރުކުރެވިފައިވާ މީހެއް ޙާޒިރުކުރެވުމުން ކޮންމެ
މައްސަލައެއްގައި އެމައްސަލައެއްގެ ބާވަތުން ކަންތައްތަކެއް ވަޒަންކުރަންޖެހޭނެކަމަށް ބަޔާންކޮށްފައިވާއިރު،
ޝަރީޢަތްކުރުމުގެ ކުރީގައި ހައްޔަރުގައި ކޮންމެހެންބެހެއްޓުން
އެންބެހެއްޓުން ޝަރޫރީކަން ނުވަތަ
ނޫންކަން ބަލަންޖެހޭނެކަމަށް ބަޔާންކޮށްފައި އޮންނަކަމާއި، މިހެންކަމުން ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހެޅޭ
މައްސަލަތަކުގައިވެސް ކޮންމެ މައްސަލައެއްގައިވެސް އެމައްސަލައެއްގެ ބާވަތުން އެމައްސަލައެއްގައި ހިމެނޭ މީހަކު
ބަންދުގައި އިތުރަށް ބެހެއްޓުން ޝަރޫރީކަން ނުވަތަ ނޫންކަން ފަނޑިޔާރުން ވަޒަންކުރަންޖެހޭކަމާއި
އެކަން ވަޒަންކުރުމުގައި އެމައްސަލައެއްގެ ބާވަތަށާއި، އެމީހެއްގެ ކުށުގެ ރެކޯޑަށާއި، ބަންދުގައި
ބަހައްޓަންޖެހޭމީހާގެ ބަލިޙާލަތުގެ
ކުށުގެ ނުރައްކާތެރިކަމަށާއި، އަދި އެކުށް
ތަޙުޤީޤުކުރުމުގައި އުނދަގޫތަކުގެ މައްޗަށާއި، ކުށުގެ ކުޑަބޮޑުމިނަށާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ
އަދަބަށާއި، ކުށްކުރިކަމަށް ބުނާ ޙާދިސާ ކަން ހިނގާދިޔަ ގޮތަށާއި، މުއްދަތު އިތުރު ކުރެވޭއިރު ކުރިން ހުރި ޙާލަތު
ނޫން އެހެން ޙާލަތަކަށް ކަންކަން ބަދަލުވެފައިވާނަމަ އެފަދަ ކަންކަމުގެ މައްޗަށާއި ބަންދުގައި ހޭދަކޮށްފައިވާ
މުއްދަތު ފަދަ ކަންކަމަށް ރިޢާޔަތްކޮށް އެފަދަ މީހަކު ބަންދުގައި ބަހައްޓަންޖެހޭނީ ގޮތަށް ބަންދުގައި ބެހެއްޓުމަށް
ކޮންމެހެން ޝަރޫރީވާ އެންމެ ކުރު މުއްދަތަކަށްކަން އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ
ޤަޟިއްޔާގައި ޤާއިމުކުރައްވާފައިވާ އުސޫލަށް ބެލުމުން އެނގެން އޮންނަކަމާއި، މީގެ އިތުރުން ކުށެއްގެ
ތުހުމަތުގައި ތަޙްޤީޤުކުރެވޭ މަރުޙަލާގައި، ތުހުމަތުކުރެވޭ މީހާއަކީ އެމީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވާ
މީހެއްނޫންކަމުން، އެފަދަ މީހެއްގެ ބަންދާމެދު ގޮތެއް ނިންމާ ޙާލަތްތަކުގައި، އެމައްސަލައެއް ބައްލަވާ
ފަނޑިޔާރަކު
މުޖުތަމަޢުގެ ސަލާމަތަށް އެކަނި ނޫންކަމާއި، މުޖުތަމަޢުގެ މަސްލަޙަތު
ޙިމާޔަތްކުރުމާއި އެކު ކުށުގެ ތުހުމަތުގައިވާ މީހެއްގެ ފަރުދީ މަސްލަޙަތު އަދި އެމީހެއްގެ ޙައްޤުތައް
ރައްކާތެރިކުރެވޭނެ ގޮތްތަކެއްގެ
މައްޗަށްވެސް
ފަނޑިޔާރު ރިޢާޔަތްކޮށް މިދެމަސްލަޙަތު ބެލެންސް ކުރެވޭނެ
ގޮތެއްގެ މައްޗަށް ކުށުގެ ތުހުމަތުގައިވާ މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމުގައި ރިޢާޔަތްކުރަންޖެހޭނެކަން
ހއ 4
2 ه
ބައްލަވަނ
ދިވެހިރާއްޖޭގެ
4ހ 2
4
އެނގޭކަމެވެ.
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބު ޙުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
8
2015/HC-A/20]
ހ( 29 / c
3
ތަކުރާރުކޮށްފާނޭކަމް
8 ، 5 793
(ރ) ހަތަރުވަނަ ކަމަކީ، ހުށަހެޅިފައިމިވާ މައްސަލާގައި ފެންނަން ހުރި ޙަޤީޤަތްތަކުގެ މައްޗަށް
ބަލާއިރު، ޢަލީވަޙީދުގެ މައްޗަށް ތުހުމަތުކުރެވޭ ކުށާއި ގުޅިގެން އޭނާ އެންމެ ފުރަތަމަ ހައްޔަރު ކުރެވުނު ދުވަހުން
ފެށިގެން 15 (ފަނަރަ) ދުވަހުގެ މުއްދަތަށް މުޖަތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިނިސްޓްރީ އޮފް ހޯމް
އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓިފައިވާކަން އެނގެން އޮންނައިރު، މިމައްސަލައިގައި
ފުލުހުންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދެއްކި ވާހަކަތަކުން އަދި ޢަލީ ވަޙީދު ބަންދުގައި އިތުރު
މުއްދަތަކަށް ބަހައްޓަން ޖެހޭނެކަމަށް ބުނެ ދަށުކޯޓަށް ހުށަހެޅިކަމަށް ބުނާ ސަބަބުގެ މައްޗަށް ބެލުމުން ފުލުހުންގެ
ފަރާތުން ޢަލީވަޙީދު ހޯމްމިނިސްޓްރީގެ ބެލުމުގެ ދަށުގައި ބެހެއްޓިފައިވާ 15 ދުވަހުގެ އިތުރަށް، އިތުރު
މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ބޭނުންވަނީ ޢަލީ ވަޙީދުގެ ފުށުން އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކަންކަން
ފާނެކަމުގެ ބިރު އޮތުމުން ކަމަށް ބުނާއިރު، ޢަލީ ވަޙީދުގެ މައްޗަށް ތުހުމަތުކުރެވެނީ 01 މެއި 2015
މިތާރީޚުގައި ބޭއްވި މުޒާހަރާއެއްގައި ދެއްކި ވާހަކަތަކެއްގެ ސަބަބުން ބަޔަކު މީހުން ޢަމަލުތަކެއް ހިންގާފައިވާ
ކަމުގެ ތުހުމަތުކަމުގައިވާއިރު ޢަލީވަޙީދު ދެވަނަފަހަރަށް ބަންދުގެ މުއްދަތު އިތުރުކުރިއިރު، ކުރިން އޮތް ޙާލަތު
ނެތްކަމާއި، މީގެ އިތުރުން ޢަލީ ވަޙީދުގެ ކުށުގެ ރެކޯޑުގައި މިފަދަ ކުށެއް މީގެ ކުރިން ސާބިތުވެ
ނުވާކަމަށް ފުލުހުންބުނާއިރު، ޢަލީ ވަޙީދުގެ ފުށުން އެފަދަ ޢަމަލެއް ތަކުރާރުވެދާނެކަމަށް ފުލުހުން ބުނާ ބުނުމަކީ
ހަމައެކަނި އެފަރާތަށް ފެންނަ އިޙްތިމާލެއްގެ މައްޗަށް ބުނާބުނުމެއް
ހިމެއްކަން އެނގޭކަމާއި، ޢަލީވަޙީދުގެ ފުށުން އެފަދަ
ޢަމަލެއް ތަކުރާރުކޮށްފާނެކަމަށް ބެލެވޭ މަޤްބޫލު ޙުއްޖަތެއް ހުށަހެޅިފައިނުވާކަމާއި، މިހެންކަމުން ޢަލީ ވަޙީދު
އިތުރަށް ބަންދުގައި ބަހައްޓަންޖެހޭކަމަށްބުނެ ފުލުހުންގެ ފަރާތުން ހުށަހެޅި ސަބަބަހާއި، ޢަލީވަޙީދުގެ މައްޗަށް
ތުހުމަތުކުރެވޭ ކުށުގެ ބާވަތަށާއި، އޭނާގެ ކުށުގެ ރެކޯޑަށާއި، ޢަލީވަޙީދުގެ ބަލިޙާލަތުގެ މައްޗަށާއި، ޝައްކުކުރެވޭ
ކުށުގެ ނުރައްކާތެރިކަމަށާއި، އެކުށް ތަޙުޤީޤުކުރުމުގައި ހުރި އުނދަގޫތަކުގެ މައްޗަށާއި، ކުށުގެ ކުޑަބޮޑުމިނަށާއި،
ބަންދުގައި ޢަލީވަޙީދު ހޭދަކޮށްފައިވާ މުއްދަތުގެ މައްޗަށާއި، މިއެންމެހައި ކަންކަމުގެ މައްޗަށް ޖުމްލަގޮތެއްގައި
ބެލުމުން 1 މެއި 2015 ގައި ޢަލީ ވަޙީދު މުޒާހަރާގައި ދައްކާފައިވާ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ޢަލީ
ވަޙީދު އެކަން ތަކުރާރުކޮށްފާނެކަމަށް ބަލައި ޢަލީ ވަޙީދު ހޯމްމިނިސްޓްރީގެ ބެލުމުގެ ދަށުން ބަންދުގައި އިތުރު
މުއްދަތަކަށް ބަހައްޓަންޖެހޭ ފަދަ ޝަރޫރަތެއް އޮތްކަމުގައި ބެލެވެންނެތްކަމެވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
متن درمورد سر
ދިވެހިރާއްޖޭގެ
6
4 2 2 4 8
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2015/HC-A/20]
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އާއި ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް އަންނަނިވި
ކަންތައްތައް ފާހަގަކޮށްފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ހުށަހެޅިފައިމިވާ މައްސަލާގައި، ކްރިމިނަލް ކޯޓުގެ ނަންބަރު
2015
/
3737/J
/
MD-145 ކޯޓު އަމުރުން، 17 މެއި 2015 ގެ 23:22 އިން ފެށިގެން 24 މެއި 2015
ގެ 23:21 ގެ ނިޔަލަށް ހދ. ކުޅުދުއްފުށި | ބަނދަރު ޢަލީ ވަޙީދު ބިރުދެއްކުމުގެ މައްސަލައެއްގައި މުޖްތަމަޢުގެ
ސަލާމަތަށްޓަކައި މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް
މުރުކުރައްވާފައިވާކަމާއި، އެ އަމުރުގައި ޙަވާލާ ދެއްވާފައިވާ ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް"
ނަންބަރު
128495/MF ގައި ޢަލީ ވަޙީދު އިތުރަށް ބަންދުގައި ބަހައްޓަން ބޭނުންވާ ސަބަބުކަމަށް
ބަޔާންކޮށްފައި އޮތީ، 2015 މެއި 1 ވަނަ ދުވަހު މޭޑޭގެ ނަމުގައި މާލޭގެ ބޭއްވުނު މުޒާހަރާގައި މީނާއާއި އިތުރު
ފަރާތްތަކެއް އިސްވެ ހުރެ މުޒާހަރާގައި އަނިޔާވެރި ޢަމަލުތަކަށް ހިތްވަރު ލިބޭ ފަދަ ގޮތަށް ވާހަކަ
ދައްކާފައިވަނިކޮށް މުޒާހަރާގައި ބައިވެރިވި މީހުން މާލޭގެ އެކި ސަރައްޙައްދުތަކަށް އެއްވެ އަމަން ބަލަހައްޓަން
ތިބި ފުލުހުންނަށާއި، ޢާންމުންގެ މުދަލަށް ގެއްލުންދީ އެފަދަ މައްސަލަތައް ހުށަހެޅިފައިވާތީ އާއި އެފަދަ ކަންކަން
ހިނގަން މެދުވެރިވީ މީނާ އިސްވެހުރެ މުޒާހަރާގެ ބައިވެރިންނަށް އެފަދަ ކަންތައްތައް ކުރުމަށް ހިތްވަރުލިބޭ ފަދަ
ގޮތްގޮތަށް ވާހަކަ ދެއްކުމުންކަމަށް ތަޙްޤީޤަށް ބެލެވޭތީވެއާއި، މި މައްސަލާގައި މިވަގުތު ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހާއި މަޝްވަރާކުރެވި، ކުރެވެމުންދަނީ އެ އޮފީހުން މައްސަލާގައި އިތުރަށް ކުރަން ލަފާދީފައިވާ
ކަންތައްތައްކަމުން، މިވަގުތު މީނާ ބަންދުން ދޫކޮށްލުމީ މިކަންތައްތައް ކުރުމަށް ހުރަސްއެޅިދާނެފަދަ ކަމެއް މީނާގެ
ފުށުން ކޮށްފާނެކަމަށް ބެލެވޭތީވެއާއި، މީނާއާ މެދު ތުހުމަތު ކުރެވޭ މައްސަލާގެ ބާވަތުން، މީނާ ދޫކޮށްލާފައި
ބެހެއްޓުމަކީ
މިފަދަ ކަންތައްތައް
ފުށުން ތަކުރާރުވެ، މުޖްތަމަޢުގެ ހަމަޖެހުމާއި ސަލާމަތާއި
ރައްކާތެރިކަމަށް ނުރައްކާވެދާނެކަމެ
ޤިއްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް
ފެންނާތީކަމަށް
ބަޔާންކޮށްފައިވާކަން ފާހަގަކުރެވެން އޮންނަކަމެވެ.
މީނާގެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
10
2015/HC-A/20]
4 2 29
6 8 2
etc?
COC
(ނ) ދެވަނަ ކަމަކީ، ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި
ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި
ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ
ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 (ފަހެއް) ސަބަބުންކުރާ ސަބަބެއް އޮތްތޯކަމާއި،
އެއިން ސަބަބެއް އޮތްކަން ނުވަތަ ނެތްކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން
ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމާއި،
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) އަށް
ބަލާއިރު، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް
ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް،
ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް
ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެން
އޮންނަކަމާއި، ޤާނޫނުއަސާ ގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި ތުހުމަތުކުރެވޭ
ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައިވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި، އަދި
އެކުށް ތަޙުޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ
ކޮބައިކަމާއި، ކުށުގެ ތަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑުމިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި
ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރު އޮތީ ކިހާވަރަކަށްކަމާއި،
އަދި ހެކިތަކާކުޅު ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގައި ބަޔާންކުރައްވާފައިވާކަމާއި، އިސްވެ
ފާހަގަކުރެވުނު ޤަޟިއްޔާގެ 2 ވަނަ ނުކުތާގެ (ރ) ގައި ޝަރީއަތުން ފައިސަލާކުރަނިވި ޙުކުމެއް
މެއްކުރުމުގެ ކުރީގެ
މަރުޙަލާތަކުގައި، އެއްވެސް މީހަކު ދިގު މުއްދަތަކަށް ބަންދުކުރުމަކީ ބައިނަލް އަޤްވާމީ ޤާނޫނުތަކުގެ ދަށުން
ކަނޑައެޅިގެން މަނާކަމެއްކަމަށާއި، ޤާނޫނު ކަނޑައަޅާފައިވާ އިސްތިސްނާ ޙާލަތްތަކުގައިވެސް ބަންދުގައި
ކުށް
ދިވެހިރާއްa
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2015/HC-A/20]
ބެހެއްޓޭނީ އެކަމަށް ޝަރޫރީވާ އެންމެ ކުރު މުއްދަތަކަށްކަމާއި، ޟަރޫރަތުގެ ޤާއިދާގެ ދަށުން ހުއްދަވާ
4 2 0¢
94
ކަމަކީ އެކަމަށް
OCCOX
ބޭނުންވާ މިންވަރަށްވުރެ ފުޅާ ނުކުރެވޭނެ
ކަމެއްކަމަށް
ބަޔާންކުރައްވާފައިވާކަން
ފާހަގަކުރެވެން
,ފަން އަންނަކަމެވެ.
ކަމެވެ.
ހ) ތިންވަނަ ކަމަކީ، ހުށަހެޅިފައިމިވާ މައްސަލާގައި، ޢަލީ ވަޙީދު އެންމެ ފުރަތަމަ ހައްޔަރު
ކުރެވުނު އިރުން ފެށިގެން 15 (ފަނަރަ) ދުވަހަށް މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިނިސްޓްރީ
އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު
ކުރައްވާފައިވާއިރު،
މުއްދަތު ފާއިތުވުމުން، އިސްތިއުނާފުކުރެވޭ ކޯޓު އަމުރުގެ ދަށުން މުޖްތަމަޢުގެ
ސަލާމަތަށްޓަކައި މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ޢަލީ ވަޙީދު ބަންދުގައި އިތުރު 7
(ހަތެއް) ދުވަހު ބެހެއްޓުމަށް
މަށް އަމުރުކުރައްވާފައިވާކަމާއި،
ކުށެއްގެ ތުހުމަތުގައި މީހަކު ބަންދުގައި ބެހެއްޓޭނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި
"ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 (ފަހެއް) ސަބަބުންކުރާ ސަބަބެއް
އޮވެގެން އެކަނިކަމާއި، މުޖްތަމަޢުއަށް ހުރި ނުރައްކަލެއްކަމަށް ބުނެ ޢަލީ ވަޙީދު ދައްކާފައިވާ ވާހަކަތަކަކާއި
ގުޅިގެން ޢަލީ ވަޙީދުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް "ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް"
ނަންބަރު 128495/MF އިން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހުށަހަޅާފައިވާއިރު، ޢަލީ ވަޙީދުއަކީ ކުށުގެ
ރިކޯޑެއް ނެތް މީހެއްކަމާއި އަދި މީގެ ކުރިން މީނާގެ މައްޗަށް މި ބާވަތުގެ އެއްވެސް މައްސަލައެއްގައި ދަޢުވާ
އުފުލިފައިނުވާކަންވެސް އެނގެން އޮންނައިރު، 1 މެއި 2015 ގައި ހިނގާދިޔަ މުޒާހަރާގައި ޢަލީ ވަޙީދު
އަނިޔާވެރި ޢަމަލުތަކަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކާފައިވާކަމަށް ޢަލީ ވަޙީދުގެ މައްޗަށް ތުހުމަތު
ކުރެވޭއިރު، އޭގެ ގާތްގަނޑަކަށް ދެ ހަފްތާ ފަހުން، 1 މެއި 2015 ގައި ޢަލީ ވަޙީދު މުޒާހަރާގައި ދައްކާފައިވާ
ވާހަކަތަކުގެ މައްޗަށް ބިނާކޮށް ޢަލީ ވަޙީދު ބަންދުގައި އިތުރަށް ބަހައްޓަންޖެހޭ ޟަރޫރަތު ދައުލަތަށް
ބުނެދެވިފައިނުވާކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
ބުނެއުގެ
12
2015/HC-A/20]
އަދި ޢަލީ ވަޙީދު ބަންދުން ދޫކޮށްލައިފިނަމަ، މީނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް ތަކުރާރު
ކުރުމުގެ އިޙްތިމާލު އޮތްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ބުނިނަމަވެސް، އެފަދަ ކަމެއް ޢަލީ
ވަޙީދުގެ ކިބައިން ތަކުރާރުވެ، އަދި އޭގެ ސަބަބުން ޤާނޫނުއަސާސީގެ 49 ވަނަ
މާއްދާއާއި
ތުހުމަތުގައި
ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ 7
ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 (ފަހެއް) ސަބަބުންކުރާ ސަބަބެއް މެދުވެރިވެއްޖެނަމަ، މިކަމާއި
ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އިތުރަށް ފިޔަވަޅު އެޅުމުގެ ހުރަހެއް ނެތްކަން ފާހަގަކުރެވެން
COC
އޮތުމުން،
uc
މި މައްސަލާގައި ހުށަހަޅާފައިވާ ލިޔުންތަކާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި
ދައްކާފައިވާ ވާހަކަތަކުން، ޢަލީ ވަޙީދު ބަންދުގައި އިތުރަށް ބަހައްޓަންޖެހޭ ޟަރޫރަތު މޯލްޑިވްސް ޕޮލިސް
ސަރވިސްއަށް ބުނެދެވިފައި ނެތްކަމާއި، އެހެންކަމުން، އިސްތިއުނާފުކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު
2015
/
3737/J
/
MD-145 ކޯޓު އަމުރަށް ބަދަލު ގެންނަންޖެހޭކަމެވެ.
،
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
13
2015/HC-A/20]
• ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު
2015
/
3737/J
/
MD-145 ކޯޓު އަމުރުން ހދ.ކުޅުދުއްފުށި | ބަނދަރު، ޢަލީ ވަޙީދު ބަންދުގައި ބެހެއްޓުމަށް
ނިންމަވާފައިވަނީ ޢަލީ ވަޙީދު އިތުރު މުއްދަތަކަށް ބަންދުގައި ބަހައްޓަންޖެހޭފަދަ ސޫރަތެއް އޮވެގެންކަން
ޤަބޫލުކުރެވޭފަދަ އެކަށީގެންވާ ޙުއްޖަތްތަކެއް ނެތިކަން އެނގެން އޮތުމުން، އެ އަމުރަކީ ބާޠިލު އަމުރެއްކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv