ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/161 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/16l
އަAu
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 161/HC
-
A/2012
0
ހިތަދޫ
އިސްތިއުނާފު ކުރި ފަރާތް:
* ނަން: އާމިނަތު ޙުސައިން
ދާއިމީ އެޑްރެސް: ބިލާލުގެ/ ·
* އައި.ޑީ.ކާޑު ނަންބަރު: A018770
* މިހާރުގެ އެޑްރެސް: ބިލާލުގެ
ބަދަލުގައި: އދ. އަޙްމަދު ޒަމީރު އާދަމް، ގ. މާލެހިޔާ 2
01-14
i
0
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އައްޑޫސިޓީ ކައުންސިލްގެ އިދާރާ
ވަކީލް: އދ. އަނަސް ޢަބްދުއްސައްތާރު/ މ. ޑިކުޅިމާގެ
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 16 ރަޖަބު 1433
27 މެއި 2012
ނިމުނު ތާރީޚް: 02 ޖުމާދަލްއޫލާ 1434
14 މާރޗް 2013
. އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/S2C/533
• ނިންމެވި ކޯޓު: އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ބިމާއިބެހޭ
• ޤަޟިއްޔާ ހުށަހެޅުނު ތާރީޚް: 11 އޮކްޓޯބަރ 2011
• ޤަޟިއްޔާ ނިމުނު ތާރީޚް: 04 ޖެނުއަރީ 2012
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު: ޢަބްދުﷲ ޙަމީދު ފަނޑިޔާރު: ޢަލީ ސަމީރު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
8 ކަމަނެޓަނޭ
2
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2012/HC-A/161
ދަޢުވާގެ ޚުލާޞާ
86=ހ2
މިއީ، އައްޑުއަތޮޅު
ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/S2C/533 ޤަޟިއްޔާ
ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
އެޤަޟިއްޔާ
އިސްތިއުނާފުކޮށްދިނުމަށް އެދި، ސ.ހިތަދޫ ބިލާލުގެ ޢާމިނަތު ޙުސައިންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ އައްޑޫސިޓީ ކައުންސިލްގެ އިދާރާއެވެ.
ފާހަގަކުރެވުނު ނުކުތާ
ނުކުތާތައް:
1. އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/S2C/533 ޤަޟިއްޔާ ނިމިފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި،
އެޤަޟިއްޔާގައި ދަޢުވާލިބުނު ސ.ހިތަދޫ ބިލާލުގެ އާމިނަތު ޙުސައިންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައި ވެއެވެ.
2. އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/S2C/533 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ ސ. ހިތަދޫ މުރާކިމާގެ ގޯތިން ބައެއް ކުރީގެ ހިތަދޫ
އޮފީހުން، ސ. ހިތަދޫ މުރާކިމާގެ ޙުސައިން ފުތާގެ ކުދިންގެ ތެރެއިން ފާޠިމަތު ޙުސައިނުގެ ނަމުގައި ވަކިކޮށް
އެބިން ސ. ހިތަދޫ ވޯރަލް ނަމުގައި ރަޖިސްޓްރީ ކޮށްދެއްވާފައިވާތީވެ އެރަޖިސްޓްރީ ބާޠިލްކޮށްދެއްވުންއެދި
ޑޫސިޓީ ކައުންސިލްގެ އިދާރާގެ މައްޗަށް ސ. ހިތަދޫ ބިލާލުގެ އާމިނަތު ޙުސައިން ހުށަހެޅުމުން ބެލެވިފައިވާ
ދ328
CCCX
މައްސަލައެއްކަން އެނގެން އޮވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2012/HC-A/16
COOCOX.
3. މިމައްސަލައާ ގުޅިގެން އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/S2C/533
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "ދެންފަހެ، އިސްވެދިޔަ
ބަޔާންތަކަށާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތް ކުރުމަށްފަހު ސ.ހިތަދޫ މުރާކިމާގެ ގޯތިން ބައެއް
ކުރީގެ ސ.ހިތަދޫ އޮފީހުން މުރާކިމާގެ ޙުސައިންފުތާގެ ކުދީންގެ ތެރެއިން ފާޠިމަތު ޙުސައިންގެ ނަމުގައި
ވަކިކޮށް އެބިން ސ.ހިތަދޫ ލޯރަލް ނަމުގައި ރަޖިސްޓްރީ ކޮށްދެއްވާފައިވާތީވެ އެރަޖިސްޓްރީ
ބާޠިލްކޮށްދެއްވުންއެދި ކައުންސިލްގެ އިދާރާގެ މައްޗަށް ސ.ހިތަދޫ ބިލާލުގެ އާމިނަތު ޙުސައިން
ހުށަހެޅި މިމައްސަލާގައި ސ.ހިތަދޫ ލޯރަލް ނަމަކަށް ކިޔާ ގެއަކީ އައްޑު އަތޮޅު ހިތަދޫ ކޯޓުގެ ނަންބަރ
2008/SC/24 ޤަޟިއްޔާއިން ސ.ހިތަދޫ މުރާކިމާގެ ފާޠިމަތު ޙުސައިންގެ ނަމުގައި މިލްކުސާބިތުކޮށް
ޙުކުމްކޮށްފައިވާ ގެއެއްކަން އެނގޭތީ ދަށު ކޯޓަކުން ނިންމާފައިވާ ޤަޟިއްޔާ އެއް ދެވަނަ ފަހަރަށް ދަށު ކޯޓަކުން
ނުބެލޭނެ ކަމަށްޓަކައި ސ.ހިތަދޫ ލޯރަލް ނަމަކަށްކިޔާގޭގެ ރަޖިސްޓްރީ ބާޠިލްކޮށްދެވޭނެ
ސ.ހިތަދޫ ބިލާލުގެ އާމިނަތު ޙުސައިން އަށް އަންގައި މިޤަޟިއްޔާ ނިންމީއެވެ." މިފައިންނެވެ.
cu
ދ
eނއި
2
8 ދ ތ
ނޭނގެނޭ
3 411 42 0¢ ¢
އއޤީ0ނ ފާހ40
2
8ބުނެ،
4. އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/S2C/533 ޤަޟިއްޔާ ނިމިފައިވާ
ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި
ސ.ހިތަދޫ، ބިލާލުގެ އާމިނަތު ޙުސައިންގެ ފަރާތުން 03 ނުކުތާއެއް ފާހަގަކޮށް އެކަންކަމާ ބެހޭގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ހ2 3ދ=3
އއtއ#
(ހ) ފުރަތަމަ ނުކުތާއަކީ: ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/S2C/533
ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާގެ (2) ގައި އާމިނަތު ޙުސައިން ރަޖިސްޓްރީ ބާޠިލްކުރަން ހުށަހެޅި
ހިތަދޫ ލޯރަލް ނަމަކަށް ކިޔާ އަކީ 06 ފެބްރުއަރީ 2008 ގައި އައްޑުއަތޮޅު ހިތަދޫ ކޯޓުގެ ނަންބަރު
2008/N2C/24 ޤަޟިއްޔާއިން ހިތަދޫ މުރާކިމާގެ ފާޠިމަތު ޙުސައިންގެ ނަމުގައި މިލްކު ސާބިތު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/16
ކުރެވިފައިވާ ގެއެއްކަން އެނގޭ ކަމަށް ބަޔާންކޮށްފައިވާއިރު ސ. ހިތަދޫ މުރާކިމާއެވެ ކިޔާގޯތީގައިވާ އެންމެހައި
ޢިމާރާތްތަކާއި ވަޅުފަދަތަންތަނާއި ތަކެއްޗަކީ އާމިނަތު ޙުސައިންގެ ބައްޕަ . ހިތަދޫ މުރާކިމާގޭ އަލްމަރުޙޫމް
ޙުސައިން ފުތާގެ ތަރިކައިގައި ހިމެނޭ ތަކެތިކަމަށްވެފައި ތަރިކައިގެ މައްސަލަ ނުނިމެނީސް އަދި ވާރިސުންގެ
ތެރެއިން އެއްބަޔަކު މިބިމުން އެއްވެސް މިންވަރެއް މުރާކިމާގެ ފާޠިމަތު ޙުސައިންއަށް ދިނުމަށް އިންކާރުކޮށް
އައްޑުއަތޮޅު ހިތަދޫ އޮފީހަށް ބަޔާން ދީފައިވާއިރު އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި މިވާހަކަ
ތަކުރާރުކޮށް ދަންނަވަމުން ދަނިކޮށް އޭގެ މައްޗަށް ރިޢާޔަތް ނުކުރައްވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ
ހުށަހެޅި ނުކުތާއެވެ.
(ށ) ދެވަނަ ނުކުތާއަކީ: އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2008/S2C/24
ޤަޟިއްޔާއާ ގުޅިގެން މިތަރިކައިގައި ހިމެނޭ ޢިމާރާތް ހުރި ޢިމާރާތްތަކުގެ މަތީގައި އަދި ބަދިގެ ތަޅާލުމަށް
އެޅި ގެއަށް ސ. ހިތަދޫ ލޯރަލްގެ ކިޔައި، ފާޠިމަތު ޙުސައިންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާކަމަށް ބުނެ
ހުށަހެޅި ނުކުތާއެވެ.
(ނ) ތިންވަނަ ނުކުތާއަކީ، އައްޑޫސިޓީ ކައުންސިލްގެ އިދާރާއިން މިމައްސަލާގައި ޝަރީޢަތަށް
ދީފައިވާ ބަޔާނުގައި އާމިނަތު ޙުސައިން ދަޢުވާކުރާ ބިމަކީ "ބަންޑާރ ބިމެއްކަމުން" މިގޮތަށް ފާހަގަކޮށް،
މިބިމަކީ ހުސްބިމެއްކަމަށް ދޭހަވާފަދަގޮތަކަށް ބަޔާންދީފައިވާއިރު، މިކަމުގެ މައްޗަށް ކޯޓުން ރިޢާޔަތްކޮށް
ބަލަންވީވަރަށް ބައްލަވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
5. އައްޑުއަތޮޅު
އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/S2C/533 ޤަޟިއްޔާ ނިމިފައިވާ
ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، ސ.ހިތަދޫ ބިލާލުގެ އާމިނަތު ޙުސައިންގެ ފަރާތުން
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/161
ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ބައެއް، ކުރީގެ
(ހ) ފުރަތަމަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާއަކީ ހިތަދޫ މުރްކިމާގޭ ގޯތިން
ހިތަދޫ އޮފީހުން ސ.ހިތަދޫ މުރާކިމާގޭ ޙުސައިން ފުތާގެ ކުދިންގެ ތެރެއިން ފާޠިމަތު
ޙުސައިންގެ ނަމުގައި ވަކިކޮށް އެބިން ސ.ހިތަދޫ ލޯރަލް ނަމުގައި ރަޖިސްޓްރީ ކޮށްދެއްވާފައިވާތީވެ
އެރަޖިސްޓްރީ ބާޠިލްކޮށްދެއްވުން އެދި އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ މައްޗަށް ހިތަދޫ ބިލާލުގެ
އާމިނަތު ޙުސައިން ހުށަހެޅުމުން ބެލެވުނު އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/S2C/533
ޤަޟިއްޔާ އިސްތިއުނާފް ކުރުމަށް އާމިނަތު ޙުސައިން ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެއްކަމުން،
މިޤަޟިއްޔާގައި ތަދައްޚުލުވުމުގެ ފުރުޞަތު ފާޠިމަތު ޙުސައިނަށް އެކަން މިކޯޓުގެ ނަންބަރު
2012
/
06/MSG
)
95
-
B1
/
S2C) މެސެޖް އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ފޮނުވައި އެކޯޓު
މެދުވެރިކޮށް އެކަން ފާޠިމަތު ޙުސައިނަށް އެންގިފައިވާކަ
ހިވާކަމާއި، ނަމަވެސް ފާޠިމަތު ޙުސައިން މި ޤަޟިއްޔާގައި
ދެއްޚުލުވެފައިނުވާކަމާއި، އަދި ތަދައްޚުލުވާންބޭނުންނުވާކަން
ންނުވާކަން އަންގައި 1 އޮކްޓޯބަރ 2012 ގައި ސިޓީއަކުން
އެކަން މިކޯޓަށް އަންގާފައިވާކަން އެނގެން އޮވެއެވެ.
* * * *
cc
(ށ) ދެވަނަ ކަމަކީ، ހިތަދޫ މުރާކިމާއެވެ ކިޔާ ގެއަކީ ހިތަދޫ މުރާކިމާގޭ އަލްމަރުޙޫމް
ޙުސައިން ފުތާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގެއެއްކަމާއި، އެގޯތީގައިވާ ގެއާއި ވަޅުފަދަ ތަންތަނާއި
އެންމެހައި ތަކެއްޗަކީ ޙުސައިން ފުތާގެ ނަމުގައި މިލްކުވެރިކަން ސާބިތުކޮށްދީފައިވާ ތަންތަނާއި ތަކެތިކަން
ނަންބަރު 74/ސޅ290
/
2 ޤަޟިއްޔާއާގުޅިގެން ސ. އަތޮޅުކޯޓުން ދޫކުރައްވާފައިވާ، މިލްކުވެރިކަން ޘާބިތުކޮށްދޭ
ލިއުމުންނާއި އެގޯއްޗަށް
ހިތަދޫ އޮފީހުން ހަދާދީފައިވާ ރަޖިސްޓްރީ ނަންބަރު 287 "ޢިމާރާތާއި ގޯތީގެ
ރަޖިސްޓްރީ" އިން އެނގެން އޮންނަކަމެވެ.
J
ދިވެހިރާއްa
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/16
(ނ) ތިންވަނަ ކަމަކީ، ހިތަދޫ މުރާކިމާގެ އަލްމަރުޙޫމް ޙުސައިން ފުތާގެ ތަރިކަ ބަހާފައި
ވާކަން އަދި ތަރިކައިގެ މައްސަލަ ހުށަހެޅި ނިމިފައިވާކަންވެސް އެނގެން ނެތްކަމާއި، ނަމަވެސް ސ.
މުރާކިމާގެ އަލްމަރުޙޫމް ޙުސައިން ފުތާގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ހިތަދޫ މުރާކިމާގޭ ގޯތިން
ބައެއް ވަކިކޮށް އަލްމަރުޙޫމް ޙުސައިން ފުތާގެ ވާރިސުންކުރެ ފާޠިމަތު ޙުސައިނަށް ހިތަދޫ އޮފީހުން ދީ،
ގޯތީގެ އެބައި "ލޯރަލް"ގެ ނަމުގައި ފާޠިމަތު ޙުސައިނަށް ރަޖިސްޓްރީ ކޮށްދީފައިވާކަން އެނގޭކަމާއި،
އެރަޖިސްޓްރީއަށް ބަލާއިރު، އެގޯތި ފާޠިމަތު ޙުސައިނާ ޙަވާލުކުރެވިފައިވަނީ 29 ޑިސެމްބަރު
1995 ގައިކަމާއި ރަޖިސްޓްރީ ހަދާދީފައިވަނީ 30 ޑިސެމްބަރު 1995 ގައި ކަމާއި، މިބައިގެ ބޮޑުމިނަކީ
1966 އަކަފޫޓު ކަމާއި، މިބިން ވަކިކޮށް، "މޯރަލް" މިނަމުގައި ފާޠިމަތު ޙުސައިނަށް އެބައި ރަޖިސްޓްރީ
ކޮށްދެވިފައިވަނީ، ސ. ހިތަދޫ މުރާކިމާގެ ގޯތި ތެރެއިން، އެގޯތީގެ ދެކުނުން މުރާކިމާގެ ފާޠިމަތު ޙުސައިނަށް
26E
,
40W
,
539
,
68N ގެ ބިމެއް ވަކިކޮށް ދިނުމާމެދު އިޢުތިރާޅެއް ނެތްކަމަށް އަތޮޅުއޮފީހުގެ
ނަންބަރު SC
-
2
/
S2
/
95
/
1166 (95/12/18) ސިޓީން އަންގަވާފައިވާތީ 29 ޑިސެމްބަރު 1995 ގައި ގޯތި
ވަކިކޮށް ޙަވާލުކުރެވި، ގޯތީގެ ކަންމުޑި ރޭނިފައިވާތީކަން 30 ޑިސެމްބަރު 1995 ގައި ހަދާދީފައިވާ އެގޯތީގެ
ރަޖިސްޓްރީއަށް ބެލުމުން އެނގޭކަމާއި،
އަދި ލޯރަލްގެއާއި އެގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ރުއްގަހާއި ވަޅުފަދަ ތަންތަނުގެ
މިލްކުވެރިކަން ސާބިތުކުރުމަށް އެދި ފާޠިމަތު ޙުސައިން ހުށަހެޅުމުން، ހިތަދޫ ކޯޓުގެ ނަންބަރު
2008/S2C/24 ޤަޟިއްޔާއިން، އެގެއާއި ގޯތީގައިވާ އެންމެހައި ތަންތަނާއި ތަކެތީގެ މިލްކުވެރި ފަރާތަކީ
ހިތަދޫ މުރުކިމާގެ ފާޠިމަތު ޙުސައިންކަމަށް ކަނޑައަޅުއްވައި، ޙުކުމް ކުރައްވާފައިވާކަމާއި،
ހިތަދޫ ކޯޓުގެ ނަންބަރު 2008/S2C/24 ޤަޟިއްޔާގައި ލޯރަލްގެއެވެ ކިޔާ ގެއާއި ގޯތީގައިވާ
އެންމެހައި ތަންތަނާއި ތަކެތީގެ މިލްކުވެރި ފަރާތަކީ ހިތަދޫ ޖުރާކިމާގެ ފާޠިމަތު ޙުސައިންކަމަށް
ކަނޑައަޅުއްވާފައި ވަނީ، ފާތިމަތު ޙުސައިނުގެ ނަމުގައި އެގޯތި ރަޖިސްޓްރީ ކުރެވިފައިވާތީއާއި އެ ގޯތީގައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 029
3325، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/161
Quoc
ހ4ޑ 8
ހهކެވައިއި
އެއްމެހައި ތަކެއްޗާމެދު ދަޢުވާކުރާ ފަރާތެއްވޭތޯ ބެލުމަށް ކުރި އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން
ކޮށްފައިނުވަތީކަން އެޤަޟިއްޔާއިން އެނގޭކަމާއި،
ލޯރަލްގެއެވެ ކިޔާ ގެއާއި ގޯތީގައިވާ އެންމެހައި ތަންތަނާއި ތަކެތީގެ މިލްކުވެރިފަރާތަކީ ފާޠިމަތު
ޙުސައިންކަމަށް ކަނޑައެޅުނު ސ. ހިތަދޫ ކޯޓުގެ ނަންބަރު 2008/S2C/24 ޤަޟިއްޔާގައި ދަޢުވާ ނުވަތަ
މައްސަލަ ރައްދުވާ ފަރާތެއް ހިމެނިފައި ނެތްކަމާއި، އަދި ހިތަދޫ މުރާކިމާގެއާއި ގޯތިން ލިބެންތިބި،
ހިތަދޫ މުރާކިމާގެ އަލްމަރުޙޫމް ޙުސައިން ފުތާގެ ދެންތިބި ވާރިސުންކުރެ އެއްވެސް ވާރިސެއްގެ ބަސްވެސް
އެޤަޟިއްޔާގައި ކޯޓުން ހޯދިފައިނުވާއިރު، މިލްކު ސާބިތުކުރުމަށް ކުރި އިޢުލާނުގައި ވަނީ ސ. ހިތަދޫ ލޯރަލް
ނަމަކަށް ކިޔާ ގެއާއި ގޯތީގައިވާ އެންމެހައި ތަންތަނާއި ތަކެތީގެ މިލްކުވެރިކަމާމެދު ދަޢުވާކުރާ ފަރާތެއް ވޭތޯ
ބެލުމަށް ކަމުން، އެއިޢުލާނަށް އިޖާބަދިނުމުގައި، އެތަނަކީ އަލްމަރުޙޫމް ޙުސައިން ފުތާގެ ތަރިކާގައި ހިމެނުނު
މުރާކިމާގޭ ގޯތިން ވަކިކުރެވިފައިވާ ބައެއްކަމާމެދު އަލްމަރުޙޫމް ޙުސައިން ފުތާގެ ވާރިސުންނަށް
01 5 ,
47a
429 4
އއޅނ އ/32
4ހc
ފުރުޞަތު އޮތްކަމަށް ޤަބޫލުކުރެވޭކަ
+97
(ރ) ހަތަރުވަނަ ކަމަކީ، ހިތަދޫ މުރާކިމާގެ އަލްމަރުޙޫމް ޙުސައިން ފުތާގެ ތަރިކަ ނުބަހައި
ވަނިކޮށް، މުރާކިމާގެ ގޯތިން ބައެއް، ފާޠިމަތު ޙުސައިނުގެ ނަމުގައި، ތަރިކަ ބެހުމަކާނުލައި އަދި ވާރިސުންގެ
ތެރެއިން 2 ވާރިސަކު އެކަން އެގޮތަށް ކުރުމަށް ނުރުހޭކަމުގައި ބުނެ ރަށު އޮފީހަށް ބަޔާންދީފައިވަނިކޮށް،
ފާޠިމަތު ޙުސައިން ރަށު އޮފީހަށް ހުށަހެޅި ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް
ނާކޮށް، އަލްމަރުޙޫމް ޙުސައިން ފުތާގެ
ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ހިތަދޫ މުރާކިމާގޭ ގޯތިން ބައެއް ވަކިކޮށް އަލްމަރުޙޫމް ޙުސައިން ފުތާގެ
ވާރިސުންކުރެ ފާޠިމަތު ޙުސައިނަށް ހިތަދޫ އޮފީހުން ދީ، ގޯތީގެ އެބައި "ލޯރަލް"ގެ ނަމުގައި ފާޠިމަތު
ޙުސައިނަށް ރަޖިސްޓްރީ ކޮށްދީފައިވާކަން އެނގޭކަމާއި، އެކަން ހިނގާފައިވަނީ އެގޮތަށްކަމާއި، އަދި އެގޮތަށް
އެކަން ކުރެވިފައިވަނީ ރަނގަޅަށް ނޫންކަމަށް ކައުންސިލްގެ އިދާރާއިންވެސް ޤަބޫލުކުރާކަމުގައި
އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވާކަމެވެ.
* 2
7942
ދިވެހިރާa
ކައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2012/HC-A/16
(ބ) ފަސްވަނަ ކަމަކީ، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/S2C/533
ޤަޟިއްޔާ އިސްތިއުނާފްކުރުމަށް ހުށަހަޅައި، ބެލެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާގައި،
ކޯޓުގެ ނަންބަރު 2008/S2C/24 ޤަޟިއްޔާގެ ޙުކުމް ބާޠިލްކުރުމަށް އާމިނަތު ޙުސައިނުގެ ފަރާތުން
އެދިފައިވާކަމާއި، ނަމަވެސް އެއީ އިސްތިއުނާފްކުރެވިފައިވާ މައްސަލައަށް ނުވާތީ، މިޤަޟިއްޔާގައި
އެމައްސަލައިގެ ޙުކުމް ބާޠިލްކުރެވިދާނެކަމަށް ނުފެންނަކަމާއި،
އަދި އިސްތިއުނާފް ކުރެވިފައި މިވާ، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2011/S2C/533 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ފަދައިން، ހިތަދޫ ލޯރަލް ނަމަކަށް ކިޔާ ގެއަކީ،
ހިތަދޫ ކޯޓުގެ ނަންބަރު 2008/S2C/24 ޤަޟިއްޔާއިން ހިތަދޫ މުރާކިމާގެ ފާޠިމަތު ޙުސައިނުގެ
ނަމުގައި މިލްކުވެރިކަން ސާބިތުކޮށްފައިވާ ގެއެއްކަމުން، އެޤަޟިއްޔާގެ ޙުކުމް އެގޮތަށް އޮއްވައި، ފާޠިމަތު
ޙުސައިނުގެ ނަމުގައި ހެދިފައިވާ ހިތަދޫ ލޯރަލް ނަމަކަށް ކިޔާ ގޭގެ ރަޖިސްޓްރީ އައްޑުއަތޮޅު ހިތަދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/S2C/533 ޤަޟިއްޔާގައި ބާޠިލްކޮށްދެވެން
ކަނޑައަޅުއްވާފައިވަނީ ރަނގަޅަށް ކަމާއި،
ނަމަވެސް، ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރު ކޯޓުތަކަށް ލިބިގެންވާކަން ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 7 ވަނަ މާއްދާއާއި 141 ވަނަ މާއްދާގެ (ހ) އިން އެނގެން
އޮވެފައި،
ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 48 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު،
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ނުވަތަ ކަމަކާ ގުޅޭގޮތުން އަދުލު އިންޞާފު ޤާއިމްކޮށް
ދެމެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ
ބާރު ދިވެހިރާއްޖޭގެ
ހައިކޯޓަށް ލިބިގެންވާކަން
އެނގެންއޮންނާތީއާއި، މިމައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންތައްތަކުގެ މައްޗަށާއި އަދި މިމައްސަލާގައި
ކަން ހިނގާފައިވާ ގޮތުގެ މައްޗަށް ބަލާއިރު، ހިތަދޫ ކޯޓުގެ ނަންބަރު 2008/S2C/24 ޤަޟިއްޔާ،
އާމިނަތު ޙުސައިން
ނުވަތަ ކަމާބެހޭ އެހެންފަރާތަކުންވިޔަސް ދިވެހިރާއްޖޭގެ ހައިކޯޓުގައި
އިސްތިއުނާފްކޮށްފިނަމަ، އެމައްސަލަ ބަލައި ގޮތެއް ކަނޑައަޅަންޖެހޭކަމަށް ޤަބޫލުކުރެވޭކަމެވެ.
eކމަށް
ހައިކޯޓް
E
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/161
055
0
އެކުވެ:-
.-
އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، އިސްތިއުނާފް ކުރެވިފައި މިވާ،
އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/S2C/533 ޤަޟިއްޔާ ނިންމަވާފައިވާގޮތް ރަނގަޅު
ނޫންކަމުގައި ބަލާނެތަނެއް އަދި ނެތްކަމަށާއި، އަދި ހިތަދޫ ކޯޓުގެ ނަންބަރު 2008/S2C/24
ޤަޟިއްޔާއަކީ، މިޤަޟިއްޔާގައި އިސްތިއުނާފުކުރެވި ބެލެވޭ މައްސަލައަށް ނުވާތީ، އެޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމުގެ ޞައްޙަކަމާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާގައި ގޮތެއް ކަނޑައެޅެންނެ
މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
އެވެންނެތްކަމަށް
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv