ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/213 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/213
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
14
*
• ޤަޟިއްޔާ ނަންބަރު: 213/HC-A/2012
• އިސްތިއުނާފު ކުރިފަރާތް:
* ނަން: ޙާމިދު ޢަބްދުލްޣަފޫރު
ދާއިމީ އެޑްރެސް:
ޝޭޑީ ކޯނަރ
ކާޑު ނަންބަރ: A028095
މިހާރުގެ އެޑްރެސް: ހ.
ޝޭޑީކޯނަރ
• އިސްތިއުނާފް ރައްދުވި ފަރާތް:
ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
ހުށަހެޅުނު ތާރީޚް: 30 ޖުލައި 2012 ނިމުނު ތާރީޚް: 29 ނޮވެމްބަރ 2012
0
އިސްތިއުނާފުކުރެވުނު ކޯޓް އަމުރު ނަންބަރު: 2012
/
6128/(J
(
MD-145
އަމުރު ނެރުނު ކޯޓް: ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ދައުރު އަދާކުރުމަށް
ހުރަސްއެޅުން
• އަމުރު ނެރުނު ތާރީޚް: 22 ޖުލައި 2012
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު
އަޒްމިރާލްދާ ޒާހިރު
a-
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/213
ދަޢުވާގެ ޚުލާޞާ
Ccco
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު: 2012
/
6128/J
(
MD-145 ކޯޓު އަމުރަކީ ޝަރުޢީ އަދި
ޤާނޫނީ އުސޫލު ތަކާއި ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމަށް ބުނެ، ހ. ޝަޑީކޯނަރ ޙާމިދު
ޢަބްދުލްޣަފޫރު އެއަމުރު ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މިއިސްތިއުނާ ދަޢުވާ ރައްދުވާ ފަރާތަކީ ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީސް) އެވެ.
...ވ9
އިވުނު ނުކުތްތައް
01- ކްރިމިނަލް ކޯޓުގެ ނަންބަރު: 2012/6128(J(MD-145 ކޯޓު އަމުރަކީ، ޙާމިދު
ޢަބްދުލްޣަފޫރު ބަންދުގައި ބެހެއްޓުމަށް ފުލުހުން ހުށަހަޅާފައިވާ ކަންތައްތަކަށް ބަލާއިރު މުޖުތަމަޢުގެ
ސަލާމަތާއި ރައްކާތެރިކަމަށްޓަކައި 2012 ޖުލައި 22 ވަނަ ދުވަހުގެ 14:25 އިން 2012 ޖުލައި 27
ވަނަ ދުވަހުގެ 14:24 ގެ ނިޔަލަށް މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި
ބެހެއްޓުމަށް ކުރައްވާފައިވާ އަމުރެއްކަން އެނގެން އޮވެއެވެ.
02- ކްރިމިނަލް ކޯޓުގެ ނަންބަރު: 2012
/
6128/J
(
MD-145 ކޯޓު އަމުރު އިސްތިއުނާފު
ކުރުމަށް ޙާމިދު ޢަބްދުލްޣަފޫރުގެ ފަރާތުން، ތިން ނުކުތާ ފާހަގަކޮށް އެނުކުތާތަކާއިމެދު ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެއިގެ ތެރެއިން:
• ފުރަތަމަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ ދަށުން
ހަދާފައިވާ ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދު 2010 ގެ 202 ވަނަ މާއްދާގެ (ށ) ގައި
ބަޔާންކޮށްފައިވާ އުޞޫލާއި ޚިލާފަށް ޙާމިދު ޢަބްދުލްޣަފޫރު ހައްޔަރުކޮށްފައިވުން ކަމަށް ބުނެ
ފާހަގަކުރި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާއިން ލިބިދޭ
ޙައްޤުތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 19/SC-A/2010 ނަންބަރު ޤަޟިއްޔާގައި
a-
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/213
/42
ހއެnރއ
ބަޔާންކޮށްފައިވާ ގޮތަށް ލިބިދީފައި ނުވަނީސް ޙާމިދު ޢަބްދުލްޣަފޫރު ކުރެވިފައި ހުރި ހައްޔަރަކީ
ޤާނޫނީގޮތުން ޞައްޙަ ކަމަށް ކަނޑައަޅުއްވާފައިވުން ކަމަށް ބުނެ
ފާހަގަކުރި
ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާ އުޞޫލުތަކާއި ޚިލާފަށް ޙާމިދު ޢަބްދުލްޣަފޫރުގެ ހައްޔަރުގެ މުއްދަތު 5 ދުވަހުގެ
މުއްދަތަށް އިތުރު ކުރައްވާފައިވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
03- ކްރިމިނަލް ކޯޓުގެ ނަންބަރު: 2012
/
6128/(J
(
MD-145 ކޯޓު އަމުރަށާއި، ޙާމިދު
ޢަބްދުލްޣަފޫރުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން
ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަ ކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012
/
6128/(J
(
MD-145 ކޯޓު އަމުރަކީ
2012 ޖުލައި 21 ވަނަ ދުވަހު 17:25 ހާއިރު ހ.ޝޭޑީކޯނަރ ޙާމިދު އަބްދުލްޣަފޫރު ޗާންދަނީމަގައި
އޯކިޑުމަގު ކަންމަތީގައި މަގު ބަންދުކުރުމަށް ފުލުހުން ޖަހާފައިވާ ޕޮލިސް ބެރިކޭޑް ތަކުގެ ކުރިއަށް އައިސް
ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ގޮތުން މީހުން އެއްކޮށް ހަޑިހުތުރުބަހުން
މުޢާމަލާތްކޮށް ފުލުހުންގެ ދައުރަށް ހުރަސް އެޅުމަށް އެހެންމީހުންނަށް ހިތްވަރުދީ، އެސަރަޙައްދުގެ އަމަން
ނަގާލަން މަސައްކަތްކޮށް، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާކަމަށްބުނެ، ޙާމިދު ޢަބްދުލްޣަފޫރު
ދޫކޮށްލައިފިނަމަ، ޙާމިދު ޢަބްދުލްޣަފޫރުގެ ފަރާތުން މުޖުތަމަޢުގެ އަމަން ބަލަހައްޓަންތިބި ފުލުހުންގެ ދައުރު
އަދާކުރުމަށް ހުރަސް އެޅިދާނެކަމަށް ބަލައި، ޙާމިދު ޢަބްދުލްޣަފޫރު ދޫކޮށްލައިފިނަމަ މުޖުތަމަޢުއަށް އިތުރަށް
ނުރައްކާވެދާނެތީ، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި 22 ޖުލައި 2012 އިން ފެށިގެން 15
ދުވަހުގެ މުއްދަތަށް ޙާމިދު ޢަބްދުލްޣަފޫރު ބަންދުކޮށްފައި ބެހެއްޓުމުގެ ބަންދުއަމުރަކަށް އެދި މޯލްޑިވްސް
ޢީވެހި
a-
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
:ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/213
ޕޮލިސް ސަރވިސްގެ ނަންބަރު TD043589 ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ބަންދުކުރިތާ 24
ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް މައްސަލަ ހުށައަޅާފޯމުން އެދުމުން، ޙާމިދު
ޢަބްދުޣަފޫރު 5 ދުވަހުގެ މުއްދަތަށް މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅައި ތަނެއްގައި
ބަންދުކުރުމަށް ނެރެފައިވާ އަމުރެއްކަން އެނގޭކަމާއި، އެއަމުރު ނެރުނު ސަބަބެއްގެ ގޮތުގައި އޮތީ ހުށައަޅާ
ކަންތައްތަކަށް ބަލާއިރު މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ކަން އެނގެން އޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ، ޙާމިދު ޢަބްދުލްޣަފޫރަކީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހެންވޭރު ދެކުނު
ދާއިރާ ތަމްސީލުކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްކަމަށާއި، ދިވެހިރާއްޖޭގެ
ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ ދަށުން ހަދާފައިވާ ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ
202 ވަނަ މާއްދާގެ (ށ) ގައި "ޖިނާއީކުށެއްގައި ބަންދުކޮށްގެން ނޫނީ، ތަޙްޤީޤުކުރިއަށް ގެންދެވެން ނެތް
ޙާލަތެއްގައި، މެންބަރަކު ބަންދުކުރަން ޖެހިއްޖެ ހިނދެއްގައި، މެންބަރަކު ބަންދުކުރަން ވާނީ، މަޖިލީހުގެ
ރައީސަށް އެންގުމަށް ފަހުގައި ކަމަށް އޮންނަކަމަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އިން ޙާމިދު
ޢަބްދުޣަފޫރު ހައްޔަރުކުރުމުގެ ކުރިން އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އަންގާފައި ނެތުމަކީ،
ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 202 ވަނަ މާއްދާގެ (ށ) ގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު
ބަންދުކުރަން އޮންނަ އިޖުރާއްތާއި ޚިލާފަށް ކޮށްފައިވާކަމެއް ކަމަށާއި، މިއިޖުރާއްތާއި ޚިލާފަށް މޯލްޑިވްސް
ޕޮލިސް ސަރވިސްއިން ޢަމަލުކުރުމަކީ ޙާމިދު ޢަބްދުޣަފޫރު ހައްޔަރުކުރި ކުރުން ޞައްޙަ ނޫންކަން
އަންގައިދޭ ކަމެއް ކަމަށް ޙާމިދު ޢަބްދުލްޣަފޫރުގެ ފަރާތުން ފާހަގަކުރި ނުކުތާއަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ބަލާއިރު،
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ޙާމިދު ޢަބްދުލްޣަފޫރު ހައްޔަރުކޮށްފައިވަނީ ޙާމިދު
ޢަބްދުލްޣަފޫރު ބަންދުގައި ބަހައްޓައިގެން ތަޙްޤީޤެއް ހިންގުމަށްޓަކައި ކަން އެނގެންނެތްކަމާއި، ޙާމިދު
ޢަބްދުލްޣަފޫރު ހައްޔަރުކުރަން ޖެހުނު ސަބަބަކީ 2012 ޖުލައި 21 ވަނަ ދުވަހު 17:25 ހާއިރު
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/213
OXOC
ޗާންދަނީމަގާއި އޯކިޑުމަގު ކަންމަތީގައި މަގު ބަންދުކުރުމަށް ފުލުހުން ޖަހާފައިވާ ޕޮލިސް ބެރިކޭޑް ތަކުގެ
ކުރިއަށް އައިސް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ގޮތުން މީހުން އެއްކޮށް
ހަޑިހުތުރުބަހުން މުޢާމަލާތްކޮށް ފުލުހުންގެ ދައުރަށް ހުރަސް އެޅުމަށް އެހެންމީހުންނަށް ހިތްވަރުދީ،
އެސަރަޙައްދުގެ އަމަން ނަގާލަން މަސައްކަތްކޮށް، ފުލުހުންގެ އަމުރަށް ޙާމިދު ޢަބްދުލްޣަފޫރު
ނުކިޔަމަންތެރިވެފައިވާތީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް މޯލްޑިވްސް ޕޮލިސް
ސަރވިސްއިން ބުނާކަމާއި؛
ހައްޔަރުކުރާމީހާއަށް މީހަކު ކުށެއް ކުރަނިކޮށް ފެންނަހިނދެއްގައި، ނުވަތަ މީހަކު ކުށެއްކޮށްފިކަމަށް،
ނުވަތަ އެވަގުތަކު އުޅެނީ ކުށެއް ކުރާންކަމަށް ބުއްދިއަށް ޤަބޫލުކުރެވޭ ފަދަ އެކަށީގެންވާ ސަބަބުތަކެއް
ނުވަތަ ހެކިތަކެއް ހުރެއްޖެނަމަ މީހަކު ހިފައި ހައްޔަރުކޮށް ބަންދުކުރެވިދާނެކަން ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާއިން ބަޔާންކޮށްދޭއިރު، ޤާނޫނުގައިވާ ގޮތުގެ މަތިން މީހުން
ހުއްޓުވާ ސުވާލުކުރުމާއި ކުށުގެ ތުހުމަތުގައިވާ މީހުން ހިފާ ހައްޔަރުކުރުމާއި، ކުށުގެ ތުހުމަތުގައިވާ މީހާގެ
ހަށިގަނޑުން ސާމްޕަލްނަގައި، ހެއްކާ ޤަރީނާ ހޯދައި، އެތަކެތި ހިފަހައްޓައި، ރައްކާތެރި ކުރުމުގެ ބާރު
ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ގެ ދަށުން ފުލުހުންނަށް ލިބިގެންވާކަމާއި، ދިވެހިރާއްޖޭގެ
މްހޫރިއްޔާގެ ޤާނޫނުއަރ
ޤާނޫނުއަސާސީގެ
މީގެ 46 ވަނަ މާއްދާއިން އަދި ފުލުހުންގެ ޤާނޫނުގެ 8 ވަނަ މާއްދާއިން
ފުލުހުންނަށް ލިބިދޭ މިބާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް ނުހިންގޭނެކަ އަދި މިބާރު
ބޭނުންކުރާކުރުމުގައި ހައްޔަރުކުރެވޭ މީހަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްކަމުގައިވާނަމަ ވަކި
އިޖުރާއާތުތަކެއް ފުރިހަމަކުރުމަށްފަހުގައި މެނުވީ އެމެންބަރަކު ހައްޔަރު ނުކުރެވޭނެކަމަށް
މަށްބުނާ ރައްޔިތުންގެ
މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކޮށްފައިވާ އިސްތިސްނާ ޙާލަތެއް ބަޔާންކޮށްދޭ ޤާނޫނީ
އެއްވެސް ނައްސެއް
މިހާތަނަށް މައުޖޫދުވެފައިވާކަން އެނގެންނެތްކަމާއި؛
40 ކ އ ވ2
ނެކަމަށް
ދިވެހީ
a-
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 331471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/213
ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 202 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ
”ޖިނާއީކުށެއްގައި ބަންދުކޮށްގެން ނޫނީ، ތަޙްޤީޤުކުރިއަށް ގެންދެވެން ނެތް ޙާލަތެއްގައި، މެންބަރަކު
ބަންދުކުރަން ޖެހިއްޖެ ހިނދެއްގައި، މެންބަރަކު ބަންދުކުރަން ވާނީ، މަޖިލީހުގެ ރައީސަށް އެންގުމަށް
ފަހުގައެވެ؟ މިފަދައިން ކަމާއި، ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ މިމާއްދާގެ ދަށުން ރައްޔިތުންގެ
މަޖިލީހުގެ މެންބަރަކު ބަންދުކުރުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެންގުން ލާޒިމުވަނީ
މަޖިލީހުގެ މެމްބަރަކު ޖިނާއީކުށެއްގެ ތަޙްޤީޤަށްޓަކައި ބަންދުކުރެވޭ ޙާލަތުގައި އެކަނިކަން އެނގޭކަމާއި،
އެހެންނަމަވެސް ޖިނާއީކުށެއްގެ ތުހުމަތުގައިވާ މީހަކު ތަޙްޤީޤު ބޭނުމަށްޓަކައި ހައްޔަރުކޮށް ބަންދުކޮށްފައި
ބެހެއްޓުމަކީ މިހާރު ޢަމަލުކުރަމުން މިދާ ޤާނޫނުއަސާސީގެ ދަށުން ހުއްދަކަމެއް ނޫންކަން އެނގޭއިރު، އަދި
ޙާމިދު ޢަބްދުލްޣަފޫރު ހައްޔަރުކުރެވިފައިވަނީ ޙާމިދު ޢަބްދުލްޣަފޫރުގެ މައްޗަށް ކުރެވޭ ޖިނާއީ ކުށެއްގެ
ތަޙްޤީޤަށްޓަކައި ޙާމިދު ޢަބްދުލްޣަފޫރު ބަންދުކޮށްގެން ނޫނީ، ތަޙްޤީޤުކުރިއަށް ގެންދެވެން ނެތިގެން
ނޫންކަން އެނގޭއިރު، 2012 ޖުލައި 21 ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ޙާމިދު
ޢަބްދުލްޣަފޫރު ހައްޔަރުކުރުމުގެ ކުރިން އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އަންގާފައިނެތުމަކީ، ޙާމިދު
ޢަބްދުލް ޣަފޫރު ހައްޔަރުކުރުމުގައި ފުލުހުންގެ ފަރާތުން ޢަމަލުކުރަންޖެހޭ އެއްވެސް
ޤާނޫނެއް ނުވަތަ
ޤަވާޢިދެއް ނުވަތަ އިޖުރާއާތަކާއި ޚިލާފުވި ވުމެއްކަމު
(ނ) ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގައި
ހައްޔަރުކުރެވޭ މީހުންނާއި ބަންދުކުރެވޭ މީހުންގެ ޙައްޤުތައް ކަނޑައަޅައި ބަޔާންކޮށްފައި އޮންނަކަމާއި،
މިގޮތުން އެމީހަކު ހައްޔަރުކުރެވުނު ސަބަބު އެމީހަކަށް ވަގުތުން އެންގުމާއި، ގިނަވެގެން 24 ގަޑިއިރުގެ
ތެރޭގައި ހައްޔަރުކުރެވުނު ސަބަބު ލިޔުމުން ދިނުމާއި، ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤު
34
4 ޏ ސ ޑ ވ މ 8 *
ލިބިގެންވާކަން އެމީހަކަށް އެންގުމާއިއެކު، ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ދެމެހެއްޓުމުގެ ފުރުސަތު
ފަހިކޮށްދިނުމާއި، ތިމާއަކީ ކާކުކަން އަންގައިދިނުންފިޔަވާ ހަނުހުރުމުގެ ޙައްޤު ލިބިގަތުމުގެ ފުރުސަތު
ދިވެހި
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/213
ut couc
ދިނުމާއި، ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިންތޯ
ކަނޑައެޅުމަށް، އެމީހަކު ހައްޔަރުކުރެވުނުތާ ގިނަވެގެން 24 ގަނޑިއިރުގެ ތެރޭގައި، ފަނޑިޔާރެއްގެ
ކުރިމައްޗަށް ހާޒިރުކޮށްދިނުމާއި މިކަންކަން ހިމެނޭކަމާއި،
ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހާއަށް ޤާނޫނުއަސާސީން ލިބިދީފައިވާ މިޙައްޤުތައް
ލިބިދޭންޖެހޭ މިންވަރުގެ އިތުރު ޝަރަޙައެއް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 19/SC-A/2010
ޤަޟިއްޔާ ނިންމެވުމުގައި ފާހަގަކުރައްވާފައިވާއިރު، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ މިޤަޟިއްޔާގައި
ބަޔާންކޮށްފައިވާ އިޖުރާއާތުތަކާއި އެއްގޮތަށް ޙާމިދު ޢަބްދުލްޣަފޫރު ހައްޔަރުކުރުމުގައި މޯލްޑިވްސް ޕޮލިސް
ސަރވިސްއިން ޢަމަލުކޮށްފައިނުވާކަމަށާއި، މިގޮތުން ޙާމިދު ޢަބްދުލްޣަފޫރުގެ މައްޗަށް ތުހުމަތުކުރެވޭ ކުށާއި،
އެކުށަށް ކަނޑައަޅާފައިވާ އަދަބާއި، ތުހުމަތުކުރެވޭ
ކުށް ބަޔާންކޮށް
ރެކޮށްދޭ ޤާނޫނީ މާއްދާއާއި، ޙާމިދު
ޢަބްދުލްޣަފޫރު ހައްޔަރުކުރުމުގައި ރިޢާޔަތްކުރި މާއްދާ އަދި ޤާނޫނީ އަސާސް މޯލްޑިވްސް ޕޮލިސް
ސަރވިސްގެ TD043589 ( 21 ޖުލައި 2012) ނަންބަރު [ހައްޔަރުކުރެވޭ މީހާގެ މަޢުލޫމާތު ފޯމު“
ގައި ނެތުމަކީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު
ޤަޟިއްޔާގައި
ފާހަގަކުރައްވާފައިވާ ކަންކަމާއި ޚިލާފަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ކޮށްފައިވާ ކަމެއްކަމަށް
ޙާމިދު ޢަބްދުލްޣަފޫރުގެ ފަރާތުން ހުށައެޅި ނުކުތާއަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާބަލާއިރުގެ
އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގައިވާ
ޙައްޤުތައް ކުށުގެ ތުހުމަތުގައިވާ މީހަކަށް ބުނެދީ އަދި އެޙައްޤުތައް ލިބިދީފައިވާކަން ކަށަވަރުވެފައިވާނަމަ
އެއީ ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ މައްޗަށް ޤާނޫނުއަސާސީން ލާޒިމުކުރާ މިންވަރަށް
ޙައްޤުތައް ލިބިދެވުނީ ކަމުގައި ބެލެވެން އޮންނަކަމާއި؛
އެގޮތުން ޙާމިދު ޢަބްދުލްޣަފޫރު ހައްޔަރުކުރެވުނުއިރު، ޙާމިދު ޢަބްދުލްޣަފޫރު ހައްޔަރުކުރަން ޖެހުނު
ސަބަބު އަނގަބަހުން ބުނެދީފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ބުނެފައިވާއިރު، ޙާމިދު
4
2010/SC-A/19
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/213
ޢަބްދުލްޣަފޫރު ހައްޔަރުކުރެވުނު ސަބަބު ލިޔުމުން ދީފައިވާކަން އެނގޭކަމާއި، އަދި އެލިޔުމުގައި ޙާމިދު
ޢަބްދުލްޣަފޫރަށް ޤާނޫނީ ވަކީލެއްގެ އެހީ ހޯދުމުގެ ފުރުސަތާއި ހަނުހުރުމުގެ ޙައްޤު ލިބިގެންވާކަން
އަންގާދީފައިވާކަން އެނގޭކަމާއި، އަދި ޙާމިދު ޢަބްދުލްޣަފޫރު ބަންދުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިންތޯ
ކަނޑައެޅުމަށް، ޙާމިދު ޢަބްދުލްޣަފޫރު ހައްޔަރުކުރެވުނު 24 ގަޑިއިރުގެ ތެރޭގައި، ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޒިރުކޮށްދީފައިވާކަންވެސް އެނގޭކަމާއި،
ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގެ ފާހަގަކުރެވުނު
ނުކުތާތަކުގެ 2 ވަނަ ނުކުތާގެ (ށ) ގައި، ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކުރެވޭ ވަގުތު އެމީހަކަށް
ހައްޔަރުކުރެވުނު ސަބަބު އެންގުމުގައި ޢަމަލުކުރަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ކަންތައްތަކުގެ މައިގަނޑު
އަސާސަކީ ހައްޔަރުކުރެވޭ ވަގުތު ކޮންމެ މީހަކަށްވެސް އެމީހަކު ހައްޔަރުކުރެވުނީ ކީއްވެގެންކަން އެމީހަކަށް
ސާފުވާ ބަހަކުން އެމީހަކަށް ވިސްނޭގޮތަށް އޮޅުން ފިލުވައިދިނުންކަމާއި، އަދި މިސަބަބު ބަޔާންކުރުމުގައި
ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟި
ޤަޟިއްޔާއިން ލާޒިމުކުރަނީ ހައްޔަރު
ޤާނޫނީ ނުވަތަ މާއްދީ އަސާސް ކޯޓެއްގެ ނުވަތަ ފަނޑިޔާރެއްގެ ކުރިމަތީގައި ލަސްނުކޮށް ތަޢުނުކުރެވޭ
ވަރަށް ސާފުކޮށް އޮޅުން ފިލާގޮތަށް އަދި ހައްޔަރު ކުރެވިފައިވަނީ ޤާނޫނުގައި
މަތިންކަމަށް ކަނޑައެޅޭ މިންވަރުގެ ތަފްސީލު އޮތުންކަމާއިގެ
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު TD043589 ހައްޔަރުކުރެވޭ މީހާގެ މަޢުލޫމާތު
ފޯމުގައި ޙާމިދު ޢަބްދުލްޣަފޫރު ހައްޔަރު ކުރި ސަބަބު ބަޔާންކޮށްފައިވާއިރު، ޙާމިދު ޢަބްދުލްޣަފޫރުގެ މައްޗަށް
ތުހުމަތުކުރެވެނީ ކޮންކުށެއްކަމާއި، ޙާމިދު ޢަބްދުލްޣަފޫރު ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިދެނީ
ޤާނޫނުގެ ކޮން މާއްދާއެއްގެ ދަށުންކަމުގައިވެސް ބަޔާންކޮށްފައި އޮންނަކަމާއި، ޙާމިދު ޢަބްދުލްޣަފޫރު
ހައްޔަރުކުރަން ޖެހުނު ސަބަބުކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު TD043589
މީހާގެ މަޢުލޫމާތު ފޯމުގައި ބަޔާންކޮށްދީފައިވާ އެމިންވަރަކީ ޙާމިދު ޢަބްދުލްޣަފޫރު
ހއ ޏ ސ ޑ ވ
ބަޔާންނެވެ
ގޮތުގެ
ހއ 232
44
ހއެއްރުކުރެވޭ
ޢީވެހި
a-
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
.ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/213
ދި8 4
2
2
2
4
22bނފަ3ނވެ
މިޔަރުކުރެވުނު އަސާސް ކޯޓެއްގެ ނުވަތަ ފަނޑިޔާރެއްގެ ކުރިމަތީގައި ލަސްނުކޮށް ތަޢުނުކުރެވޭ ވަރަށް
ސާފުކޮށް އޮޅުން ފިލާފަދަ އަދި ޙާމިދު ޢަބްދުލްޣަފޫރު ހައްޔަރު ކުރެވިފައިވަނީ ޤާނޫނުގައި
ގޮތުގެ މަތިންކަމަށް ކަނޑައެޅޭ މިންވަރުގެ ތަފްސީލު ދެވިފައިވާ ފަދަ ބީދައަކުން ކަމަށް ޝަރީޢަތަށް
ޤަބޫލުކުރެވޭ ކަމާއި، އެހެންކަމުން ޙާމިދު ޢަބްދުލްޣަފޫރު ހައްޔަރުކުރުމަށްފަހު ޙާމިދު ޢަބްދުލްޣަފޫރު
ހައްޔަރުކުރި ސަބަބު ބަޔާން ކޮށްދިނުމުގައި ޙާމިދު ޢަބްދުލްޣަފޫރުގެ މައްޗަށް ތުހުމަތުކުރެވޭ ކުށަށް
ކަނޑައަޅާފައިވާ އަދަބާއި، ތުހުމަތުކުރެވޭ ބަޔާންކޮށްދޭ ޤާނޫނީ މާއްދާ ނެތް ނެތުމަކީ ހަމައެކަނި
އެސަބަބަށްޓަކައި ޙާމިދު އަބްދުލްޣަފޫރު ހައްޔަރުކުރިކުރުން ޣައިރު ޤާނޫނީވާންޖެހޭ ސަބަބެއް ނޫންކަން
UCO
އެނގޭކަމެވެ.
(ށ) ހަތަރުވަނަ ކަމަކީ، ކުރިމިނަލްކޯޓުން ޙާމިދު ޢަބްދުލްޣަފޫރުގެ ބަންދުގެ މުއްދަތު 5 ދުވަހަށް
އިތުރުކޮށްދީފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޚިލާފަށްކަމަށް
ޙާމިދު ޢަބްދުލްޣަފޫރުގެ ފަރާތުން ބުނާ ބުނުމަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާއިރު،
ބަންދުގެ މައްސަލަތަކާއި ގުޅިގެން ހުށައެޅޭ ހެކިތައް ވަޒަންކޮށް، ކުށުގެ ތުހުމަތުގައިވާ މީހެއްގެ
ކިބައިގައި ޤާނޫނުއަސާސީގެ 49 މާއްދާއާއި، ["ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާއި މެދު ގޮތެއް ނިންމުމުގެ ޤަވާޢިދު“ ގެ 7 ވަނަ މާއްދާގެ (ހ) ގައި
ސަބަބުތަކުން ކުރި ސަބަބެއް އޮތްކަން ނުވަތަ ނެތްކަން ކަނޑައެޅުމަކީ ބަންދުގެ މައްސަލަ
ބައްލަވާ ފަނޑިޔާރަށް ލިބިގެންވާ ތަޤްދީރީ ބާރެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު -HC/2012
93/A ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަމާއި، ޙާމިދު ޢަބްދުލްޣަފޫރުގެ މައްޗަށް ތުހުމަތުކުރެވިފައިވާ
ކުށަކީ ފުލުހުން ކުރަމުންގެންދާ މަސައް
ސައްކަތްތަކަށް ހުރަސް އެޅުމުގެ ގޮތުން މީހުން
މުޢާމަލާތްކޮށް ފުލުހުންގެ ދައުރަށް ހުރަސް އެޅުމަށް އެހެންމީހުންނަށް ހިތްވަރުދީ، އަމަން ނަގާލަން
މަސައްކަތްކޮށް، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުން ކަމުގައިވާއިރު، ފުލުހުންގެ ދައުރު އަދާކުރުމަށް
ބަޔާންކޮށްފައިވާ
އެއްކޮށް ހަޑިހުތުރުބަހުން
ދިވެހީ
a-
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
1)
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/213
etc
ހުރަސް އެޅުމަކީ އެކަމުގެ ސަބަބުން މުޖުތަމަޢަށް އިތުރަށް ނުރައްކާތެރިވެ މުޖުތަމަޢުގެ ސަލާމަތާއި
ރައްކާތެރިކަމަށް ހުރަސް އެޅިދާނެ ސަބަބެއް ކަމަށް ޤަބޫލުކުރެވޭކަމާ
؛
ކްރިމިނަލް ކޯޓުގެ ނަންބަރު 2012
/
6128/J
(
MD-145 ކޯޓު އަމުރަށް ބަލާއިރު، ޙާމިދު
ޢަބްދުލްޣަފޫރުގެ ބަންދުގެ މުއްދަތު 5 ދުވަހަށް އިތުރުކޮށްދީފައިވަނީ މައްސަލައާއިއެކު ހުށައެޅުނު ކަންކަމަށް
ބެލުމަށްފަހު، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަން އެނގެން އޮންނަކަމާއި، މުޖުތަމަޢުގެ
ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުށެއްގެ ތުހުމަތުގައިވާ މީހަކު ބަންދުގައި ބެހެއްޓުމަކީ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާއި މެދު ގޮތެއް ނިންމުމުގެ ޤަވާޢިދު“ ގެ 7 ވަނަ މާއްދާގެ
(ހ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުގެ ތެރޭގައި ހިމެނޭ، ސަބަބެއްކަން އެނގެން އޮތްއިރު، އެސަބަބު
ޙާމިދު ޢަބްދުލްޣަފޫރުގެ ކިބައިގައި ހުރިކަން ނުވަތަ ނެތްކަން ކަނޑައެޅޭނީ، އެމައްސަލައެއްގެ ވަށައިގެންވާ
އެންމެހައި ކަންކަމާއި އެމައްސަލައާއި އެކު ހުށައެޅޭ ހެކި ޤަރީނާ ވަޒަންކުރުމަށްފަހު ބަންދުގެ މައްސަލަ
ބައްލަވާ ފަނޑިޔާރަށް ކަމެވެ.
ވީމާ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/6128(J(MD-145 ކޯޓު އަމުރު ނެރުއްވާފައިވަނީ
ރަގަޅަށް
ނޫންކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް
ce O
COC
3 ،2
cc»c
36
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވު.
ކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު،
ކްރިމިނަލް ކޯޓުގެ ނަންބަރު 2012/6128(J
(
MD-145 ކޯޓު އަމުރަށް ބަދަލެއް ގެންނާނެ ތަނެއް ނެތް
ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި
ޙުކުމްކޮށްފިމެވެ.
ޢީވެހި
a-
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv