ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/41 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/41
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 41/HC
-
A/2010
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑު ނަންބަރު:
#
ދާއިމީ އެޑްރެސް:-
މިހާރުގެ އެޑްރެސް:
އިސްތިއުނާފު ރައްދުވި ފަރާތް؟
* ނަން: އަޙްމަދު މުޙައްމަދު
* ދާއިމީ އެޑްރެސް: ޤާބިލިގަސްދޮށުގެ /ހދ.ކުޅުދުއްފުށި
އައިޑީ ކާޑު ނަންބަރު: A083018
މިހާރުގެ އެޑްރެސް: މ.މަނަދޫގެ
ރަޖިސްޓްރީ ތާރީޚް: 16 ރަބީޢުލްއައްވަލު 1431
މާރޗް
* ނިމުނު ތާރީޚް: 01 ރަބީޢުލްއާޚިރު 1433
23 ފެބްރުއަރީ 2012
02
2010
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: ޖިނާއީކޯޓުގެ ނަންބަރު: 2009/JC/1382
ނިންމެވި ފަރާތް: ޖިނާއީ ކޯޓް
• މައްސަލައިގެ ބާވަތް: ޚިޔާނާތްތެރިވުން
ހުށަހެޅި ތާރީޚް: 2009-06-18
ނިމުނު ތާރީޚް: 02.12.2009
• މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު މުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
2
2010/HC-A/41
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
• ދަޢުވާގެ ޚުލާޞާ
މިއީ، ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/1382 ޤަޟިއްޔާ، އެކޯޓުން
ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށްއެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ.
މިމައްސަލައިގައި އިސްތިއުނާފް ރައްދުވާ ފަރާތަކީ ހދ.ކުޅުދުއްފުށިގޯބިލިގަސްދޮށުގެ، އަޙްމަދު މުޙައްމަދުއެވެ.
ceco
(l
2 2 22 22
• ފާހަގަކުރެވުނު ނުކުތާތައް:
އިސްތިއުނާފުކުރެވޭ ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/1382 ޤަޟިއްޔާގައި
ލ.ފޮނަދޫގައިމަތީގެ އަޙްމަދު ރަޝީދުއާއި ހދ.ކުޅުދުއްފުށީގޯބިލިގަސްދޮށުގެ އަޙްމަދު މުޙައްމަދު 25 ޖުލައި
2008 ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ބޭއްވި ހެވިކަމާއި ކުޅިވަރު ރިހާސަލް ހިނގަމުން ދިޔައިރު، އެހިސާބުގެ
ޓްރެފިކާއި ސެކިއުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވި ފުލުހުންނަށް ދިނުމަށްޓަކައި މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ފަރާތުން މިދެމީހުންނާ ޙަވާލުކޮށްފައިވާ 500 އެމް.އެލްގެ 10 ކޭސް ފެނުގެ ތެރެއިން 2 ކޭސް
ފެން، އަޙްމަދު މުޙައްމަދު ދިރިއުޅޭ ގެ ކަމުގައިވާ މ.މަނަދޫގެއަށް ގެންގޮސްފައިވާތީއާއި، ފެން ކޭސްތައް
އެގެއަށް ގެންދަން އުޅޭކަމަށް އަޙްމަދު ރަޝީދުއަށް އެނގިހުރެ މީނާ އެކަން މަނާކޮށްފައިނުވާތީއާއި، ފެން
ކޭސްތައް ހިފައިގެން އަޙްމަދު މުޙައްމަދުއާއެކު މީނާ އެގެއަށް ގޮސްފައިވާތީއާއި، ފެން ކޭސްތައް އެގެއަށް
ގެންދިއުމަށްފަހު ފެންކޭސްތައް ވޭނުން ބޭލުމުގައި މީނާ އެހީތެރިވެދިންކަމަށް އަޙްމަދު މުޙައްމަދު ބުނާތީ،
ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން އަޙްމަދު ރަޝީދުއާއި އަޙްމަދު މުޙައްމަދުގެ މައްޗަށް
ސަރުކާރުގެ މުދަލަކަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ ދަޢުލަތުން ކޮށްފައިފައިވާތީ، ޖިނާއީ ކޯޓުން ބެއްލެވި
މައްސަލައެއްކަމާއި،
ޤަޟިއްޔާ ނިންމަވާފައިވަނީ "ދަޢުލަތުން ހދ.ކުޅުދުއްފުށި
ގޯބިލިގަސްދޮށުގެ އަޙްމަދު މުޙައްމަދުއާއި، ލ.ފޮނަދޫ!ވައިމަތީގެ އަޙްމަދު ރަޝީދުގެ މައްޗަށް ކުޅަ
ޚިޔާނާތްތެރިވުމުގެ ކުށުގެ މިދަޢުވާ ޝަރީޢަތުން ބެލިބެލުމުން، 25 ޖުލައި 2008 ދުވަހުގެ ރޭ ގަލޮޅު
ދަނޑުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ ރިހާސަލް ހިނގަމުން ދިޔައިރު އެސަރަހައްދުގެ [ޓްރެފިކާއި ސެކިޔުރިޓީ
އެ
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު މުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/41
ބެލެހެއްޓުމުގައި ހަރަކާތްތެރިވި ފުލުހުންގެ ބޭކަލުންނަށް ދިނުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާރވިސްގެ]
ފަރާތުން ދީފައިވާ ފެންކޭސްތަކުގެ ތެރެއިން 2 ކޭސް ފެން ގެއަށް ގެންދިޔަކަމަށް އަޙްމަދު މުޙައްމަދު
ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވީނަމަވެސް ކަންހިނގާފައިވާ ގޮތަށް ޝަރީޢަތުން ބެލިއިރު މީނާ މިޢަމަލު
ހިންގާފައިވަނީ ނުބައި ނިޔަތެއްގައިކަން އެނގެން ނޯންނާތީއާއި، މިމައްސަލާގައި ދަޢުވާލިބޭ ލ.ފޮނަދޫގައިމަތީގެ
އަޙްމަދު ރަޝީދު މިދަޢުވާއަށް ޝަރީޢަތުގެ މަޖިލީހުގައި އިންކާރުކޮށްފައިވާ ހިނދު އޭނާގެ މައްޗަށް މިދަޢުވާ
ސާބިތުކުރެވޭވަރުގެ ހެކި ޤަރީނާ ޝަރީޢަތަށް ހުށަހެޅިފައިނުވާތީ، ދައުލަތުން ހދ.ކުޅުދުއްފުށި ގޯބިލިގަސްދޮށުގެ
އަޙްމަދު މުޙައްމަދުއާއި ލ.ފޮނަދޫ)ވައިމަތީގެ އަޙްމަދު ރަޝީދުގެ މައްޗަށް ކުޅު ޚިޔާނާތްތެރިވުމުގެ ކުށުގެ
މިދަޢުވާ މިދެމީހުންގެ މައްޗަށް ސާބިތުނުވާކަމަށް.." ކަނޑައަޅުއްވައި ޙުކުމް ކުރައްވާފައިކަން އެ ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
(2
02
ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/1382 ޤަޟިއްޔާ، އެކޯޓުން ނިންމެވީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން ހުށަހެޅި މައިގަނޑު ނުކުތާއަކީ 25 ޖުލައި 2008 ދުވަހުގެ ރޭ ގަލޮޅު
ދަނޑުގައި ބޭއްވި ހެވިކަމާ ކުޅިވަރުގެ ރިހާސަލް ހިނގަމުން ދިޔައިރު އެސަރަހައްދުގެ ޓްރެފިކާއި ސެކިއުރިޓީ
ބެލެހެއްޓުމުގައި ހަރަކާތްތެރިވި ފުލުހުންގެ ބޭކަލުންނަށް ދިނުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ފަރާތުން އަޙްމަދު މުޙައްމަދުއާ ޙަވާލުކޮށްފައިވާ 500 އެމް.އެލްގެ 10 ކޭސް ފެނުގެ ތެރެއިން 2 ކޭސް ފެން
ގެއަށް ގެންދިޔަކަމަށްބުނެ އަޙްމަދު މުޙައްމަދު ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފްވެފައިވާއިރުވެސް،
ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ މީނާގެ މައްޗަށް ސާބިތުނުވާކަމަށް ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި
24 25
e Pއ
0/
<< O
(3
މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/1382 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ
ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
ދިވެހި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު މުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
،l
4
2010/HC-A/41
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
30 ޖޫން 2009 ގައި ޖިނާއީ ކޯޓަށް އަޙްމަދު މުޙައްމަދު ދީފައިވާ ބަޔާނުގައި
އަޙްމަދު މުޙައްމަދު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް 28 ސެޕްޓެމްބަރ 2008 ގައި ދީފައިވާ
ބަޔާނަކީ އޭނާ ދިން ބަޔާނެއްކަމަށް ބުނެފައިވާކަމާއި، އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އިސްވެ
ބުނެވުނު ތާރީޚުގައި އަޙްމަދު މުޙައްމަދު ދިން ބަޔާނުގައި އަޙްމަދު މުޙައްމަދު 25 ޖުލައި 2008 ގައި
ގަލޮޅު ދަނޑުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ ރިހާސަލް ހިނގަމުން ދިޔައިރު އެ ހިސާބުގައި ޓްރެފިކާއި
ސެކިއުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވި ފުލުހުންނަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޭޓަރިންގެ
ފަރާތުން ދޫކޮށްފައިވާ 10 ކޭސް ފެން ފޯރުކޮށްދިނުމަށް ޓްރެފިކް ޕޮލިހުގައި ބޭނުންކުރަމުން ދިޔަ
ވޭންގައި އަޙްމަދު މުޙައްމަދާއި ލާންސް ކޯރޕްރަލް އަޙްމަދު ރަޝީދު އުޅުނުކަމަށާއި، އިސްވެ ބުނެވުނު
ފުލުހުންނަށް ފެން ފޯރުކޮށްދީ ނިމުނުއިރު، ވޭނު ތެރޭ ބާކީ 2 ކޭސް ފެން (އެއީ 48 ކުދިފުޅި)
ހުރިކަމަށާއި، އެހެންކަމުން ވެހިކަލްގައި އިން އެން.ސީ.އޯ ލާންސް ކޯރޕްރަލް އަޙްމަދު ރަޝީދު ގާތުގައި
2 ކޭސް ފެން އަޙްމަދު މުޙައްމަދު ދިރިއުޅޭ ގެ ކަމަށްވާ މ.މަނަދޫގެއަށް ގެންދިޔުމަށް އެހުމުން، އަޙްމަދު
ރަޝީދު މައްސަލައެއް ނެތް ކަމަށް ބުނެފައިވާކަމަށާއި، އެހެންކަމުން އެ 2 ކޭސް ފެން އަޙްމަދު
މުޙައްމަދު ދިރިއުޅޭ ގެއަށް ގެންދިޔަކަމަށް އިޢުތިރާފްވާކަން ފާހަގަކުރެވޭކަމާއި، އަދި ޖިނާއީ ކޯޓުގެ
ޝަރީޢަތުގެ މަޖިލިހުގައިވެސް އެ 2 ކޭސް ފެންފުޅި އަޙްމަދު މުޙައްމަދު ދިރިއުޅޭ މ.މަނަދޫގެއަށް
ގެންދިޔަކަމަށް އިޢުތިރާފުވެފައިވާކަން ފާހަގަކުރެވެއެވެ.
42c
203 2c
ޤާނޫނު ނަންބަރު 10/86 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ޗެޕްޓަރ 4) ގެ
149 ވަނަ މާއްދާގެ (ނ) ގައި ޚިޔާނާތުގެ މާނަކަމަށް ބުނެފައިވަނީ "ތިމާގެ ބެލުމުގެ ދަށުގައި ނުވަތަ
ތިމާގެ ހަވާލުގައިވާ އެހެން ފަރާތެއްގެ އެއްޗެއް ނުބައި ނިޔަތެއްގައި ވެރިފަރާތުގެ އިޒުނަޔާނުލައި
ނުވަތަ އެއެއްޗަކަށް ބަދަލު ގެނައުން، ނުވަތަ ނައްތާލުން ނުވަތަ އެ ފަރާތުން
ކަނޑައަޅާފައިވާ ގޮތާ ޚިލާފަށް ގެންގުޅުން" ކަމަށްވީއިރު، ޚިޔާނާތުގެ ކުށެއް ސާބިތުކުރުމަށްޓަކައި
މައިގަނޑު ހަތަރު އުންސުރު ވާކަމާއި، ޚިޔާނާތުގެ ކުށް މީހެއްގެ މައްޗަށް ސާބިތުވުމަށްޓަކައި މި
ހަތަރު
ކަންތައްތައްވެސް ފުރިހަމަވާންޖެހޭކަމާއި، މި އުންސުރުތަކަކީ، ފުރަތަމަ ކަމަކަށް، އެ މުދަލަކީ
ޚިޔާނާތްތެރިވީކަމަށް ތުހުމަތު ކުރެވޭ މީހާގެ ބެލުމުގެ ދަށުގައި ނުވަތަ ޙަވާލުގައިވާ ތަކެއްޗަށް
f
·
ދިވެހިރާއް2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު މުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
އޮވެއެވެ
5
2010/HC-A/41
ވާންޖެހުންކަމާއި، ދެވަނަ ކަމަކަށް ނުބައި ނިޔަތެއް އޮތުންކަމާއި، ތިންވަނަ ކަމަކަށް، ވެރިފަރާތުގެ
އިޒުނަނެތުންކަމާއި އަދި ހަތަރުވަނަ ކަމަކަށް އެ އެއްޗަކަށް ބަދަލު ގެނައުން ނުވަތަ ނައްތާލުން ނުވަތަ
ކަނޑައަޅާފައިވާގޮތާ ޚިލާފަށް ގެންގުޅުންކަން އެނގޭކަމާއި،
އަދި އިސްވެ ބުނެވުނު ހަތަރު އުންސުރުތަކުގެ ތެރެއިން އެންމެ
އުންސުރެއްވެސް ތުހުމަތުކުރެވޭ މީހާގެ ކިބައިގައި ފުރިހަމަ ނުވާނަމަ، ޤާނޫނު ނަންބަރު 10/86 ގެ
149 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ޚިޔާނާތުގެ މާނައިގެ ތެރޭގައި ތުހުމަތުކުރެވޭ
ޢަމަލު ނުހިމެނޭނެ
ނޭނެކަން ފާހަގަކުރެވެއެވެ.
މީހާ ކުޅަ
1382/JC/2009
ޤަޟިއްޔާގެ
ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/1382 ޤަޟިއްޔާގެ ޙުކުމުގައި އަޙްމަދު
މުޙައްމަދުގެ މައްޗަށް ޚިޔާނާތުގެ ކުށް ސާބިތުވެފައިނުވަނީ އޭނާ އެ ޢަމަލު ހިންގާފައިވަނީ ނުބައި
ނިޔަތެއްގައިކަން އެނގެން ނޯންނާތީކަމަށް ބުނެވުނު ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި
ބަޔާންކުރައްވާފައިވާކަމާއި، އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެމައްސަލަ ދިވެހިރާއްޖޭގެ
ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ އަޙްމަދު މުޙައްމަދު އެ 2 ކޭސް ފެން ގެންދިޔަ ކަމަށް ޖިނާއީ
ކޯޓުގެ
ނަންބަރު
ޝަރީޢަތުގެ މަޖިލިހުގައިވެސް
އިޢުތިރާފުވެފައިވާތީކަމަށް ބުނެފައިވުމުން،
ޚިޔާނާތުގެ ކުށުގެ
ދެވަނަ އުންސުރު ކަމުގައިވާ ނުބައި ނިޔަތް
ސާބިތުކުރުމަށްޓަކައި ޝަރީޢަތުން ކަނޑައަޅަންޖެހޭނީ ތުހުމަތުކުރެވޭ ފަރާތާއި ހަވާލުކުރެވިފައިވާ ނުވަތަ
އޭނާގެ ބެލުމުގެ ދަށުގައިވާ މުދާ ގެންދިޔައީ އެ މުދަލެއްގެ ވެރިފަރާތުގެ އިޒުނަޔާނުލާ ބޭނުންކުރުމުގެ
ނުވަތަ އެއެއްޗަކަށް ބަދަލު ގެނައުމުގެ، ނުވަތަ ނައްތާލުމުގެ ނުވަތަ ވެރިފަރާތުން ކަނޑައަޅާފައިވާ ގޮތާ
ޚިލާފަށް ގެންގުޅުމުގެ މަޤުސަދުގައިކަމަށެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އިސްތިއުނާފު ކުރުމަށް
ހުށަހަޅާފައިވާ ނުކުތާއާއި ވިދިގެން، އަޙްމަދު މުޙައްމަދުއާ ޙަވާލުކޮށްފައިވާ 500 އެމް.އެލްގެ 10 ކޭސް
ފެނުގެ ތެރެއިން 2 ކޭސް ފެން ގެއަށް ގެންދިޔަކަމަށްބުނެ އަޙްމަދު މުޙައްމަދު ޝަރީޢަތުގެ މަޖިލީހުގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު މުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
6
2010/HC-A/41
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ވެފައިވާ އިޢުތިރާފުގެ މައްޗަށް އެކަނި ބިނާކޮށް އަޙްމަދު މުޙައްމަދުގެ މައްޗަށް ޚިޔާނާތްތެރިވުމުގެ
ކިށްސާބިތުނުކުރެވޭނެކަމާއި،
އިސްވެ ބަޔާންކުރެވިފައިވާ ފަދައިން، ޤާނޫނު ނަންބަރު 10/86 ގެ 149
ވަނަ މާއްދާގެ (ނ) ގައި ބުނާ ޚިޔާނާތުގެ ކުށް ސާބިތުކުރުމަށްޓަކައި، އަޙްމަދު މުޙައްމަދުގެ ކިބައިން
ޚިޔާނާތުގެ ހަތަރު އުންސުރުވެސް ފުރިހަމަވާންޖެހޭނެކަމާއި، ނަމަވެސް ޖިނާއީ ކޯޓުން ރިޢާޔަތް
ކުރައްވާފައިވަނީ ޚިޔާނާތުގެ އުންސުރުތަކުގެ ތެރެއިން ހަމަ އެކަނި ނުބައި ނިޔަތުގެ މައްޗަށް އެކަނި
ކަމާއި، ޚިޔާނާތުގެ ދެން ހުރި އުންސުރުތައް އަޙްމަދު މުޙައްމަދުގެ މައްޗަށް ސާބިތުވާކަން ނުވަތަ
ނޫންކަން އެ ކޯޓުގެ ނަންބަރު 2009/JC/1382 ޤަޟިއްޔާގައި ބެލިފައިވާކަން ޝަރީޢަތް ނިމުނުގޮތުގެ
އެނގެން ނޯންނަކަން ފާހަގަކުރެވެއެވެ.
ރިޕޯޓުން
25 ޖުލައި 2008 ގައި އަޙްމަދު މުޙައްމަދު މަސައްކަތް ކުރަމުން ދިޔައީ
ޓްރެފިކް ޕޮލިސްގެ ޝިފްޓް D ގައި ވެހިކަލް ޑްރައިވަރެއްގެ ގޮތަށްކަން އަޙްމަދު މުޙައްމަދު މޯލްޑިވްސް
ޕޮލިސް ސަރވިސްއަށް 28 ސެޕްޓެމްބަރ 2008 ގައި ދީފައިވާ ބަޔާނަށް ބެލުމުން އެނގެން
އޮންނަކަމާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަބްއިންސްޕެކްޓަރ މުޙައްމަދު ޖަމްޝީދު މޯލްޑިވްސް
ޕޮލިސް ސަރވިސްއަށް 14 ފެބްރުއަރީ 2009 ގައި ދީފައިވާ ބަޔާނުގައި، 25 ޖުލައި 2008 ދުވަހުގެ
ރޭ ވޭނުގައި އެވަގުތު ޑިއުޓީގައި އުޅުނު އަޙްމަދު މުޙައްމަދުއާއި އަޙްމަދު ރަޝީދުއާ ދެ މީހުންނަށް
މުޙައްމަދު ޖަމްޝީދު 10 ކޭސް ފެން ބަހަން ޙަވާލުކުރިކަމަށް ބުނެފައިވާކަމާއި، އަދި 28 ސެޕްޓެމްބަރ
2009 ގައި ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/1382 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހަށް
ޙާޟިރުކުރެވި މުޙައްމަދު ޖަމްޝީދުގެ ހެކިބަސް ޝަރީޢަތުން ނަގާފައިވާކަން ފާހަގަކުރެވޭކަމާއި،
އެހެންނަމަވެސް، މުޙައްމަދު ޖަމްޝީދު ޖިނާއީ ކޯޓަށް ދީފައިވާ ބަޔާނުގައި
މުޙައްމަދު ޖަމްޝީދު 25 ޖުލައި 2008 ދުވަހުގެ ރޭ އަޙްމަދު މުޙައްމަދަށާއި އަޙްމަދު ރަޝީދާއި
ދެމީހުން ކުރެ ފެން ކޭސް ބެހުން ޙަވާލުކުރީ ކޮން ފަރާތަކަށްކަން ޝަރީޢަތުގެ މަޖިލިހުގައި އެކަށީގެންވާ
ވަރަށް މަޢުޟޫއީ ގޮތުން ވާހަކަ ދެކެވިފައި ނުވާކަން ފާހަގަކުރެވޭކަމާއި، 28 ޖުލައި 2009 ގައި
ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/1382 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހުގައި އަޙްމަދު ރަޝީދު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު މުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
އީވެ
;
2010/HC-A/41
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2c3
27
ދީފައިވާ ބަޔާނުގައި، ޑިޔުޓީގައި ކޮމާންޑަރުގެ ދަށުން ދެން އެންމެ އިސްކޮށް ހުރީ އަޙްމަދު
ރަޝީދުކަމަށް ބުނެފައިވާކަން ފާހަގަކުރެވޭކަމާއި، އަދި އަޙްމަދު މުޙައްމަދު ފެން ކޭސްތައް އޭނާ ދިރިއުޅޭ
ގެއަށް ގެންދިއުމުގެ ކުރިން އަޙްމަދު ރަޝީދު ގާތު އެ 2 ކޭސް ފެން ގެއަށް ގެންދިއުމަށް
އަހާފައިވާނެކަމަށް އަޙްމަދު ރަޝީދު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދިން ބަޔާނުގައާއި އަދި ޖިނާއީ
ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާކަން ފާހަގަކުރެވޭކަމާއި، އަޙްމަދު ރަޝީދުވެސް އަޙްމަދު
މުޙައްމަދުގެ ގެއަށް 2 ކޭސް ފެން ގެންދިއުން ހުއްޓުވާފައިނުވާނެކަމަށް ޖިނާއީ ކޯޓުގެ ޝަރީޢަތުގެ
މަޖިލިހުގައިވެސް ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
މިހެންކަމުން، އަޙްމަދު މުޙައްމަދަކީ ވޭންގެ ޑްރައިވަރުކަމަށް ވުމުން،
އަޙްމަދު މުޙައްމަދުގެ ހައިސިއްޔަތަކީ ހަމައެކަނި ވޭން ދުއްވުންތޯ، އަދި އެ ކޭސްތައް ހުރީ އަޙްމަދު
ރަޝީދުގެ ބެލުމުގެ ދަށުގައިތޯ، ނުވަތަ އެ ފުޅިތައް ބަހާނެ ގޮތުގެ އިޚްތިޔާރު އޮތީ އަޙްމަދު
މުޙައްމަދަށްތޯ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތެރޭގައި ޗައިން އޮފް ކޮމާންޑް ނުވަތަ އޮތޯރިޓީ
އޮންނަގޮތް ފަދަ ކަންކަން ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/1382 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓުންނާއި ބަޔާންތަކުން އެންގެން ނޯންނަކަމުން، ޖިނާއީ ކޯޓުގެ ނަންބަރު
2009/JC/1382 ޤަޟިއްޔާގެ މައްސަލައިގައި މަޢުޟޫއީގޮތުން ބަލަންޖެހޭ ބައެއްކަންކަން އެކަށީގެންވާ
ވަރަށް ބައްލަވާފައިނުވާކަން ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި
"އެމީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތުގައި ސާބިތު ނުކުރެވޭނަމަ
އެ މީހަކީ ކުށެއްނެތް މީހެއްކަމުގައި ބެލުމުގެ ހައްޤު ލިބިގެންވެއެވެ." މިހެންކަނޑައެޅި
ބަޔާންވެގެންވާކަމާއި، ޖިނާއީ މައްސަލަތައް ސާބިތުކުރުމުގައި އެފަދަ މައްސަލަތައް ބަލާ ފަނޑިޔާރުންގެ
ދައުރަކީ އިސްވެ ބުނެވުނު ދުސްތޫރީ ނައްޞުގެ މަޤްޞަދު ޙާޞިލުވެވޭފަދަ ދައުރަކަށް އިޖްރާއީ ގޮތުން
ވާންޖެހޭނެކަމާއި، ޖިނާއީ މައްސަލަތައް ނިންމުމުގައި ހުށަހެޅޭ ހެކިތަކާއި ދަލީލުތަކުގެ ތެރެއިން ޤާނޫނީ
ޤަރީނާ (Presumption of Law) ފިޔަވައި، ވަކި ހެކިތަކަކަށް ނުވަތަ ދަލީލުތަކަކަށް ބުރަވުން
ފަނޑިޔާރުންގެ މައްޗަށް ލާޒިމުވެގެން ނުވާކަމާއި، ދަލީލުތަކުގެ ތެރެއިން ފަނޑިޔާރަށް
ދިވެހިރާއްa
ހުށަހެޅޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު މުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
8
2010/HC-A/41
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޤަބޫލުކުރެވޭ ދަލީލުތަކާއި، އެ ދަލީލުތަކުން ކުރެވޭ އިސްތިންތާޖުތަކުގެ މައްޗަށް ބުރަވެހުރެ، ޔަޤީނާ
ގާތްކުރާ މިންވަރަކަށް އިޤުތިޞާޢު (convince) ވެގެން މެނުވީ ކުށެއް ސާބިތުވެއްޖެ ކަމަށް ޖިނާއީ
މައްސަލައެއްގައި ޙުކުމްކޮށްގެން ނުވާނެކަމީ އިސްތިޤުރާރުވެފައިވާ ޖިނާއީ މައްދައެއްކަމަށް ސުޕްރީމް
ކޯޓުގެ ނަންބަރު 34/SC-A/2011 ޤަޟިއްޔާގައި ކަނޑައަޅައި ބަޔާންކޮށްފައިވާކަމާއި،
މި މައްސަލައިގައި، ޖިނާއީ ކޯޓުން އަޙްމަދު މުޙައްމަދުގެ މައްޗަށް ޚިޔާނާތުގެ
ކުށް ސާބިތުނުވާކަމަށް ކަނޑައަޅުއްވާފައިވަނީ ހަމައެކަނި އަޙްމަދު މުޙައްމަދު ކުޑަ ޢަމަލު ހިންގާފައިވަނީ
ނުބައި ނިޔަތެއްގައިކަމަށް އެނގެން ނޯންނަކަމަށް ވިދާޅުވެ އެ އަސާސްގެ މައްޗަށް ބިނާކުރައްވައިގެން
ވީހިނދު، ނުބައި ނިޔަތަކީ ޚިޔާނާތުގެ ކުށް ސާބިތުކުރުމުގެ ހަތަރު އުންސުރުގެ ތެރެއިން އެންމެ
އުންސުރެއްކަމާއި، އަދި ޖިނާއީ ކޯޓުން ނުބައި ނިޔަތް މާނަކުރައްވާފައިއޮތީ ޤާނޫނީ އުސޫލުތަކާއި
އެއްގޮތަށް ނޫންކަމާއި، ޚިޔާނާތުގެ ކުށް މީހެއްގެ މައްޗަށް ސާބިތުވުމަށްޓަކައި އެ ކުށުގެ ހަތަރު
އުންސުރުވެސް ޝަރީޢަތަށް ސާބިތުވާންޖެހޭނެކަމާއި، އަދި އިސްވެ ފާހަގަކުރެވުނު ފަދައިން،
މިމައްސަލައިގައި މަޢުޟޫއީ ގޮތުން ބަލަންޖެހޭ އެތައް ކަންތައްތަކެއް ހުރުމުން، ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާގެ މައްޗަށް އެކަނި ބިނާކޮށް،
އަޙްމަދު މުޙައްމަދުގެ މައްޗަށް ޚިޔާނާތުގެ ކުށް ކަނޑައެޅޭނެ ތަނެއް ނެތްކަމަށް މި މައްސަލަބެލި
ފަނޑިޔާރުންނަށް ޤަބޫލުކުރެވެއެވެ.
ކަމަށް
• ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ޤާނޫނީ އަދި ޝަރުޢީ ސަބަބުތައް
އެގޮތުގެމަތިން ހުރުމާއެކު، ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/1382 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް
ބަދަލު ގެންނަންޖެހޭކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުރިހާ
ފަނޑިޔާރުންނަށް އެއްބަސްވެވުނުހިނދު، ބުނެވިދިޔަ ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/1382 ޤަޟިއްޔާގެ
ޙުކުމަކީ ބާޠިލު ޙުކުމެއްކަމަށް މި މައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން
ކަނޑައަޅައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އަލުން މިމައްސަލަ އެކަށީގެންވާ އަވަސް
މުއްދަތެއްގެ ތެރޭގައި ކްރިމިނަލް ކޯޓަށް ހުށަހަޅައިފިނަމަ، ބަޔާންކުރެވިދިޔަ ޤާނޫނީ އަދި ޝަރުޢީ ހަމަތަކުގެ
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
9
2010/HC-A/41
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2 20
އަލީގައި މި ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ގޮތުގެ މަތިން ކްރިމިނަލް ކޯޓުން އަލުން ބައްލަވައި ފައިޞަލާ
ކުރަނިވި ޙުކުމެއް ކުރައްވަންޖެހޭ މައްސަލައެއްކަމަށް މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
އިއްތިފާޤުން ކަނޑައަޅައި، ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ކުއީއޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު މުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;