ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/221 ޤަޟިއްޔާގެ ޙުކުމް
1
2009/HC-A/21
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ 221/HC
-
A/2009
އިސްތިއުނާފުކުރި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑު ނަންބަރު:
* ދާއިމީ އެޑްރެސް: -
، މިހާރުގެ އެޑްރެސް:
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޒުޙުދާ އަބްދުލްމުޙުސިން
އައިޑީ ކާޑުނަންބަރު: A066790
، ދާއިމީ އެޑްރެސް: ގއ.ދާންދޫ / ހެޕީސައިޑް
މިހާރުގެ އެޑްރެސް:
• ރަޖިސްޓްރީކުރެވުނު ތާރީޚް: 08 ޝަޢުބާން 1430
30 ޖުލައި 2009
* ނިމުނު ތާރީޚް: 28 ޛުލްޤައިދާ 1432
26 އޮކްޓޫބަރ 2011
945ވ
ރެވުނު ޤަޟިއްޔާ ނަންބަރު: ޖިނާއީކޯޓުގެ ނަންބަރު 2008/JC/462
• ޤަޟިއްޔާގެ ބާވަތް: އަމުރަށް ނުކިޔަމަންތެރިވުން
• ނިންމެވިކްޓް: ޖިނާއީ ކޯޓު (ކްރިމިނަލް ކޯޓު)
ތާރީޚް: 04 މާރޗް 2008 * ނިމުނު ތާރީޚް: 30 ޖޫން 2009
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު އަޙުމަދު ޝަރީފު، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3 ބަންމަދު ދޮރާށި، މާލެ، ދިވެހިރާއްޖެ، ލޯން: 3325029، ފެކްސް: 642&33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2009/HC-A221
ދަޢުވާގެ ޚުލާޞާ
މިއީ،ޒުޙުދާ ޢަބްދުލްމުޙުސިންގެ މައްޗަށް ދައުލަތުންކުރި އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ
ދައުވާ ޝަރީޢަތުން ބެލިބެލުމުން، ޒުޙުދާ ޢަބްދުލްމުޙުސިން ނުކިޔަމަންތެރިވި ޝަރުއީ އަދި ޤާނޫނީ
އަމުރަކީ ކޮބައިކަމާއި، ކުޑަކަމުދާތަކެތި ނުދިނުމަކީ ކުށެއްކަން އަންގައިދޭ ޤާނޫނަކީ ނުވަތަ ޤަވާއިދަކީ
ކޮބައިކަން ދައުވާކުރާފަރާތުން ޝަރީޢަތަށް ސާބިތުކޮށްދީފައި ނުވާތީ، ދައުލަތުން ޒުޙުދާ
ޢަބްދުލްމުޙުސިންގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށް ސާބިތުނުވާ ކަމަށްބުނެ ޖިނާއީ ކޯޓުގެ
ނަންބަރު: 2008/JC/462 އިސްތިއުނާފު ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، ދަޢުވާ ރައްދުވާ ފަރާތަކީ ގއ.ދާންދޫ ހެޕީސައިޑް ޒުޙުދާ
ޢަބްދުލްމުޙުސިން އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. ޖިނާއީކޯޓުގެ ނަންބަރު: 2008/JC/462 ޤަޟިއްޔާ އެކޯޓުން ބައްލަވައި ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލާއި ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
މައްސަލައެކެވެ.
2. ޖިނާއީ ކޯޓުގެ ނަންބަރު: 2008/JC/462 ޤަޟިއްޔާއަށް ބެލިއިރު އެޤަޟިއްޔާއަކީ ޒުޙުދާ
ޢަބްދުލްމުހުސިންގެ މައްޗަށް ތުހުމަތު ކުރެވުނު މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން 29 ޖެނުއަރީ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: WWW.highcourt.gov.mv
3
2009/HC-A/221
4x1
08:00
2008 ދުވަހުގެ އެހާކަންހާއިރު ޕޮލިސް ހެޑްކުއާޓަރޒްއަށް ޙާޟިރުކޮށް ޒުޙުދާ
ޢަބްދުލްމުޙުސިންގެ ކުޑަކަމުދާތަކެތި ދިނުމަށް އެންގުމުން ކުޑަކަމުދާތަކެތި ދިމުނަށް އިންކާރުކޮށް،
ކުޑަކަމުދާތަކެތި ދީފައިނުވާތީ ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން ޒުޙުދާ
ޢަބްދުލްމުޙުސިންގެ މައްޗަށް ޢަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާ ދައުލަތުގެ ފަރާތުން ކުރުމުން
ބެލެވިފައިވާ ޤަޟިއްޔާއެއްކަމާއި އެޤަޟިއްޔާގެ ޙުކުމްގައިވަނީ،
"ގއ.ދާންދޫ / ހެޕީސައިޑް ޒުޙުދާ ޢަބްދުލްމުޙުސިންގެ މައްޗަށް ދައުލަތުން
ދައުވާކޮށްފައިވާ ޢަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ މިދަޢުވާ ޝަރީޢަތުން ބެލިބެލުމުން،
ކުޑަކަމުދާތަކެތި ދިޔުމަށް ކޮށްފައިވާ ޝަރުޢީ، ޤާނޫނީ ޞަރީޙަ އަޅުރަކީ ކޮބައިކަން ދައުވާކުރާފަރާތުން
ސާބިތުކޮށްދެވިފައިނުވާތީ އުދާ ޢަބްދުލްމުޙުސިންގެ މައްޗަށް އަމުރަށްނުކިޔަމަންތެރިވުމުގެ ކުށް
ޝަރީޢަތަށް ސާބިތުނުވާކަމަށް ޙުކުމްކޮށްފިމެވެ." މިފަދައިންކަމާއި، މިކަންކަން އެޤަޟިއްޔާގެ ޝަރީއަތް
ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު އެނގެން އޮންނަކަން ފާހަގަކުރެވެއެވެ.
3. އިސްވެ ބަޔާންކުރެވުނު ގޮތުގެމަތިން ޖިނާއީކޯޓުން ޙުކުމް ކުރެއްވުމުން އެޤަޟިއްޔާ
އިސްތިޢުނާފު ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ތިންނުކުތާއެއް ހުށަހަޅާ އެއާއި ބެހޭގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، ކުށްކުރާ މީހުން ހިފާ ހައްޔަރު ކުރުމާއި ކުށް ސާބިތު ކުރުމަށްޓަކާ
ތަޙްޤީޤަށް ބޭނުންވާ މަޢުލޫމާތު ހޯދާ ލިބިގަތުމާއި ހެއްކާއި ޤަރީނާ އެއްކުރުމާއި މިފަދަ ތަކެތި
ހޯދުމަށްޓަކާ ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރުމުގެ ޤާނޫނީ ބާރާއި އިޚްތިޔާރު ލިބިދީފައިވާ
އެއްފަރާތަކީ މޯލްޑިވްސް ޕޮލިސް ސާރވިސް ކަމަށްވީހިނދު މަނާ ކުރެވިފައިވާ މަސްތުވާ އެއްޗެއް
ބޭނުން ކުރާކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރު ކުރުމަށްފަހު ތަޙްޤީޤަށް އޭނާގެ ކުޑަކަމުދާ ތަކެތި
އެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނޤުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2009/HC-A/22
20
% ހ04 4
ކޮންބާވަތެއްގެ
ތަޙްލީލު ކުރުމަށް ބޭނުންވާތީއާއި ޤާނޫނު ނަންބަރު 77/17 މަސްތުވާ ތަކެއްޗާއި ބެހޭ ޤާނޫނުގެ 18
ވަނަ މާއްދާގައި މަސްތުވާ އެއްޗެއް ބޭނުން ކޮށްފައިވާކަން ނުވަތަ ބޭނުންކޮށްފައިވަނީ
މަސްތު
ސެތުވާ އެއްޗެއްކަން ސާބިތު ކުރުމަށްޓަކާ އެކަމުގެ ތަޢުލީމީ ފާހާއި ތަޖުރިބާ ލިބިފައިވާ މީހަކު
ޝަރީޢަތުގެ މަޖިލީހުގައި އަދާކުރާ ހެކިބަހަކީ ކުށް ސާބިތު ކުރުމަށްޓަކާ ލިބޭ ހަރުދަނާ ޤަރީނާއެއްކަމަށް
އޮންނައިރު ކުޑަކަމުދާ ތަކެތި ދިނުމަށް އެންގުމުގެ ނުވަތަ އަމުރު ކުރުމުގެ ބާރު ތަޙްޤީޤު ކުރާ ފަރާތަށް
ލިބިގެންނުވާކަމަށް ނިންމަވާފައިވާ ނިންމެވުމަކީ ޤާނޫނީގޮތުން ރަނގަޅު ނިންމުމެއްނޫން ކަމަށްބުނެ
ހުށަހެޅި ނުކުތާ.
ދެވަނަ ނުކުތާއަކީ، ކުޑަކަމުދާ ތަކެތި ދިނުމަށް އެންގުމުގެ ޤާނޫނީ ޞަރީޙަ ޢަމުރަކީ
ކޮބައިކަން ޝަރީޢަތަށް ސާބިތުވެފައި ނުވާކަމަށްބުނެ މައްސަލަ ނިންމަވާފައިވާއިރު އާޤާނޫނު އަސާސީ
ތަސްދީޤް ކުރެވިފައިވަނީ 7 އޮގަސްޓް 2008 ދުވަހުގައި ކަމަށްވާއިރު މިޙާދިޘާ ހިނގާފައިވަނީ 28
ޖެނުއަރީ 2008 ދުވަހު ކަމަށްވުމުން މިމައްސަލާގެ މައްޗަށް ހިނގާނީ ކުރީގެ ޤާނޫނު އަސާސީގެ ދަށުން
ޢަމަލު ކުރަމުން ގޮސްފައިވާ އުޞޫލުތައް ކަމަށްވެފައި އެޤާނޫނު އަސާސީގެ 156 ވަނަ މާއްދާގައި
ޤާނޫނު މާނަކޮށްފައިވާ ގޮތުން ޤާނޫނުގެ މާނައިގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީޤް ކުރައްވާ
ޤާނޫނުތަކާއި އޭގެދަށުން ހެދޭ ޤަވާޢިދުތަކާއި ސަރުކާރުން ޢަމަލު ކުރަމުންގެންދާ އުޞޫލުތައް
ހިމެނިފައިވާއިރު ކުރީގެ ޤާނޫނު އަސާސީގެ ދަށުން މިފަދަ އެތައް މައްސަލަތަކެއް ޖިނާއީކޯޓުން
ސާބިތުވެފައިވާހިނދު އެމައްސަލަތަކުގައި އެނޫންގޮތަކަށް ދިވެހިރާއްޖޭގެ ހައިކޯޓުން އަދި ސުޕްރީމް
ކޯޓުންވެސް ގޮތެއް ނިންމަވާފައިނުވުމާއިއެކު މިމައްސަލާގައި މިކަންތައްތަކުގެ މައްޗަށް ނުބައްލަވާ
މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
ތިންވަނަ ނުކުތާއަކީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް މައްސަލަ
ނިންމަވާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ.
OCX
"
ރާއްޖޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3/16471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2009/HC-A/22
xo
COoh
4. ޖިނާއީކޯޓުގެ ނަންބަރު: 2008/JC/462 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށާއި އިސްތިއުނާފު
ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި ޒުހުދާ ޢަބްދުލްމުޙުސިންގެ
ފަރާތުން ދެއްކި ވާހަކައަށާއި މައްސަލައާއި ގުޅުންހުރި ލިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރުން ބަލާއިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައް ފާހަގަކުރެވެއެވެ.
(ހ) ގއ.ދާންދޫ / ހެޕީސައިޑް ޒުހުދާ ޢަބްދުލްމުޙުސިންގެ މައްޗަށް ޕްރޮސިކިއުޓަރ
ޖެނަރަލްގެ އޮފީހުގެ ފަރާތުން ޖިނާއީ ކޯޓުގައި ދަޢުވާކޮށްފައިވަނީ، ތަޙްޤީޤުކުރާ ފަރާތްތަކުން،
ތަޙްޤީޤުކުރުމުގެ ބޭނުމުގައި ޒުޙުދާ ޢަބްދުލްމުޙުސިން ކުޑަކަމުދާތަކެތި ދިނުމަށް އެންގުމުން ޒުޙުދާ
ޢަބްދުލްމުޙުސިން އެކަމަށް އިންކާރުކޮށްފައިވާ ކަމަށްބުނެ، ޤާނޫނުލްޢުޤޫބާތުގެ 88 ގެ (ހ) ގެ ދަށުން
ޒުޙުދާ ޢަބްދުލްމުޙުސިން އަމުރަށް ނުކިޔަމަންތެރިވީ ކަމުގައި ބަލައިގެންކަން އެނގެން އޮންނަކަމާއި،
ތަޙުޤީޤް ކުރާ ފަރާތަށް އެއްބާރުލުންދީ އެފަރާތުގެ ވާޖިބު އަދާކުރުމަށް އެހީތެރިވެދިނުމާއި ވެރިންގެ
އަމުރަށް ކިޔަމަންގަތުމަކީ މުންކަރާތަކަށް ނުވަތަ ނުބައިކަމަކަށްނުވާ ކޮންމެ ކަމެއްގައި އަދާކުރަންޖެހޭ
ޒިންމާއެއްކަމާއި، ހެކިނުފޮރުވުމަށާއި އަމިއްލަ ނަފުސާ ދެކޮޅަށް ކަމުގައިވިޔަސް ހެކިބަސް ދިނުމަށާއި
ހެކިބަހުގައި ތެދުވެރިވުމަށް ދީނުގައި އަންގަވާ އަމުރުކުރެވިފައިވާކަމާއި، ޝަރުޢީގޮތުންކުރާ އަމުރަށް
ނުކިޔަމަންތެރިވުމަކީ ކުށެއް ކަމުގައި މިހާތަނަށް ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރެއިން ބެލެވި
އަދަބު ދެވިފައިވާކަމާއި، ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުންކުރާ އަމުރަށް ނުކިޔަމަންތެރިވުމަކީ
ކަނޑައަޅަނީ ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާކަމާއި، އެމާއްދާގައި ކަނޑައެޅިފައިވާ މަފުހޫމަށް
ބަދަލެއް އައިސްފައި ނުވާކަން އެނގެން އޮތުމުން ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ނ) އަށް
އެކަނި ނަޒަރުކޮށް ޢަމަލުތައް ތަޖުރީމު (ޕީނަލައިޒް) ކުރުމުގެ ޤާއިދާއެއް އެކަށައެޅުމަކީ ޤާނޫނީ ގޮތުން
047 ކ ވ
ކުށްއެކަން
ބޮޑެތި ފުށުއެރުންތަކެއް އަރާނެކަމެއް ކަމާއި، ތަޖްރީމްކުރުމު
ކުރުމުގެ މަޞްދަރުތައް އޮޅިދާނެ ކަމެއްކަމަށް
,&Q
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޖުހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާވެ. ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 36471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
68e
6
2009/HC-A/221
06
Cox
ބެލެވިގެން ހިނގާދާނެ
ދާނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 113/HC
-
A/2009 ޤަޟިއްޔާގައި
ބަޔާންކޮށްފައިވާކަމާއި، މި
ބާވަތުގެ މައްސަލަތަކުގައި ކޯޓުތަކުން ޢަމަލު
ޢަމަލުކުރަންޖެހޭ އުސޫލު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 310/HC
-
A/2009 ޤަޟިއްޔާއިން ކަނޑައަޅާފައިވާކަން.
(ށ) ޝަރީޢަތުގައި މަނާކުރެވިފައިވާ ކަންތައްތަކަކީ ދިވެހިރާއްޖޭގައިވެސް މަނާކަންތައްތަކެއްގެ
ގޮތުގައިމެނުވީ، އުޞޫލެއްގެގޮތުން ބެލެވޭނެ އެއްވެސް ހަމައެއްނެތްކަމަށާއި، ޝަރީޢަތުގައި
މަނާކުރެވިފައިވާ ކަންތައްތަކަށް ނަހަމަގޮތުގައި އަރައިގަނެވޭ ހިނދު އެފަދަ ފަރާތްތަކުގެ ނުރައްކަލުން
ދިވެހި މުޖުތަމަޢު ސަލާމަތް ކުރުމަށްޓަކައި ޖިނާއީ ދަޢުވާ އުފުލަންޖެހިއްޖެ ޙާލަތެއްގައި ދަޢުވާ
އުފުލުމާއި ޢުޤޫބާތް ކަނޑައެޅުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން
ފަހިކޮށްދެވިފައި އޮތުމަކީވެސް ޤާނޫނުއަސާސީގެ 19 ވަނަ މާއްދާއާއި 59 މާއްދާއިން ލާޒިމްވާކަމެއް
ކަމަށާއި، ޝަރުޢީ ނުވަތަ ޤާނޫނީގޮތުން ކުރެވޭ އަމުރަކަށް ނުކިޔަމަންތެރިވުމަކީ ކުށެއްކަމަށް
ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގައި ކަނޑައެޅި ބަޔާންވެފައިވާ ނައްޞަކީ ވަކިކަމެއް
ކުރުމަށް ނުވަތަ ވަކިކަމަކުން އެއްކިބާވުމަށް އިސްލާމީ ޝަރީޢަތުގައި އަމުރުކުރެވިފައިވާ ކޮންމެކަމަކަށް
ނަހަމަގޮތުގައި އަރައިގަތުމަކީ ކުށުގެ ޢަމަލެއްކަން ކަނޑައަޅާ މާއްދާއަކަށްވެފައި، ޝަރުޢީގޮތުންނާއި
މަނާކުރުމުގެ ބާރު ލިބިގެންވާ ފަރާތަކުންކުރާ އަމުރަކަށް ނުކިޔަމަންތެރި
ވުމަކީވެސް ކުށްވެރި ޢަމަލެއްކަމަށާއި، އެފަދަ ކުށެއް ކޮށްފި މީހެއްގެ މައްޗަށް ކަނޑައަޅަން ޖެހޭނޭ
ޢުޤޫބާތްވެސް އެމާއްދާގެ (ހ)، (ކ) އަދި (ނ) ގައި ކަނޑައެޅި ބަޔާންވެފައި އޮތުމާއެކު، ޤާނޫނަކުން
ބާރުލިބިގެންކުރެވޭ ތަޙްޤީޤަކަށް ބޭނުންވާ ކަންތައްތައް ފަހިނުކުރުމާއި އެފަދަކަންކަމަށް ޙައްޤަކާނުލާ
ހުރަސްއެޅުމަކީވެސް ދިވެހިރާއްޖޭގައި ކުށުގެ ޢަމަލުތަކެއް ކަމަށް ބެލެވޭނެކަމެއްކަމަށް ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު: 310/HC
-
A/2009 ޤަޟިއްޔާއިން ކަނޑައަޅާފައިވާކަން އެނގެންއޮންނަކަން.
35
4 2
އަމުރު ކުރުމާއި
OXO
ދިވެހިރާއްޖޭގެ
ވައިކައި
+
*H.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޖުހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 73316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
1
2009/HC-A/221
eތ 8 އ ¢0
ކަނބަލއގ
(ނ) މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރިކަމަށް ތުހުމަތުކުރެވޭ މީހަކު މަސްތުވާތަކެތި
ބޭނުންކޮށްފައިވާކަން ނުވަތަ ބޭނުންކޮށްފައިވަނީ
މަސްތު
ސްތުވާއެއްޗެއްކަން
ސާބިތުކުރުމަށްޓަކައި އެކަމުގެ ތަޢުލީމީ ފާހާއި ތަޖުރިބާ ލިބިފައިވާ މީހަކު ޝަރީޢަތުގެ މަޖިލީހުގައި
އަދާކުރާ ހެކިބަހަކީ ކުށް ސާބިތުކުރުމަށްޓަކައި ލިބޭ ހަރުދަނާ ޤަރީނާއެއްކަމަށް ޤާނޫނު ނަންބަރު 17/77
(މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނު) ގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮތްއިރު، މަސްތުވާތަކެތީގެ
މައްސަލަތައް ސާބިތުކުރުމަށްޓަކައި ކުޑަކަމުދާތަކެތީގެ ތަޙްލީލް ރިޕޯޓަކީ ވަރަށް މުހިއްމު އެއްޗެއްކަމުގައި
ބެލެވޭކަމާއި، މިފަދަ ރިޕޯޓެއް ހެދުމާއި ނުހެދުން ބިނާވެގެން ވަނީ ތުހުމަތު ކުރެވޭ މީހާ ދޭ
ކުޑަކަމުދާތަކެތީގެ މައްޗަށް ބުރަވެހުރެކަން އެނގެން އޮންނާތީއާއި، ބޭނުންކޮށްފައިވާ މަސްތުވާއެއްޗެއްގެ
ބާވަތުން ދަޢުވާކުރުމާއި އަދަބު ކަނޑައެޅުމުގައި ތަފާތުތަކެއް ހުންނާތީއާއި، މަސްތުވާއެއްޗެއް
ބޭނުންކުރިކަމުގެ ތުހުމަތު ކުރެވޭ މީހަކު ބޭނުންކޮށްފައިވަނީ ކޮން ބާވަތެއްގެ މަސްތުވާގެ
ސްތުވާއެއްޗެއްކަން
ދެނެގަނެވޭނެ ވަސީލަތަކީ ލެބޯޓްރީން ކުރާ ޓެސްޓު ކަމަށްވުމުން، ތަޙްޤީޤުގެ ބޭނުމަށްޓަކައި
ކުޑަކަމުދާތަކެތި ދިނުމަށް އެންގުމުން، ކުޑަކަމުދާތަކެތި ނުދިނުމަކީ ތުހުމަތުކުރެވޭ މީހާގެ އިޚްތިޔާރުގައި
އޮތްކަމެއްކަމުގައިވަނީނަމަ، އެކަމަކީ ޤާނޫނުގެ ބާރު ކަނޑުވާލައި، ޤާނޫނަކުން ބާރުލިބިގެންކުރެވޭ
ތަޙްޤީޤަކަށް ބޭނުންވާ ކަންތައްތައް ފަހިނުކުރުމަށްޓަކައި ކުރެވޭ ޢަމަލެއްކަމުގައި ނޫނީ
(ޅ) ޤާނޫނަކާ ނުވަތަ ޤަވާއިދަކާވިޔަސް ޚިލާފުނުވާގޮތަށް ކުރެވޭ ތަޙްޤީޤަކަށް ބޭނުންވާ
ސާމްޕަލްފަދަ ތަކެތި ނުދީ ހިފެހެއްޓުމަކީ ކުށެއްކަމަށް ޖިނާއީ ޤާނޫނެއްގައި ނައްސުން ކަނޑައެޅިފައި
ނެތަސް، އިސްލާމީ ޝަރީޢަތުގައި މަނާކަންތައްތަކެއް ކަމަށް ބެލެވެންޖެހޭ އެފަދަ އެންމެހާ ޢަމަލުތަކަކީ
ކުށުގެ
ޢަމަލުތަކެއްކަމަށް ބެލުމަށް ޤާނޫނުއަސާސީގެ 02 ވަނަ މާއްދާއާއި 10 ވަނަ މާއްދާއާއި 19
ވަނަ މާއްދާއާއި 59 ވަނަ މާއްދާގެ ދަށުން ލާޒިމު ކުރާކަމަށާއި އަދި ޤާނޫނުގައި ނައްސުން ބަޔާންވެފައި
ނުވާ އެފަދަ ކަންކަން ޝަރީޢަތުގެ ފަރާތުން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއްގެ ޙުކު
ރާއްޖޭގެ
ޑ އކ ބޑތ ތ ه
ބެލެވެންނެތްކަން.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ވެހިރާއްޖ"
8
2009}HC-A/221
2 2 22
އޮންނަ ގޮތެއްގެ މައްޗަށް ކޯޓުތަކުގެ ފަނޑިޔާރުން ރިޢާޔަތްކުރަން ޖެހޭނެކަމަށް ޤާނޫނުއަސާސީގެ 142
ވަނަ މާއްދާގައި ސާފުބަހުން ބުނެފައިވާތީއާއި މިފަދަ މައްސަލަ ތަކުގައި ދިވެހިރާއްޖޭގެ ކޯޓުތަކުން
ޢަމަލުކުރަންޖެހޭ އުޞޫލު އިސްވެދެންނެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 310/HC
-
A/2009
ޤަޟިއްޔާއާއި ނަންބަރު 113/HC
-
A/2009 ޤަޟިއްޔާގައި ކަނޑައެޅި ނިމިފައިވާކަމާއި، އިސްވެ
ދެންނެވުނު ދެ ޤަޟިއްޔާގައި ކަނޑައަޅާފައި އުސޫލުގެ މައްޗަށް ބަލާ ރިޢާޔަތްކުރުމުން ތަޙްޤީޤަށް
ބޭނުންވާ ކުޑަކަމުދާތަކެތި ޤަސްދުގައި ނުދިނުމަކީ ޝަރުޢީގޮތުން ކޮށްފައިވާ އަމުރަކަށް ނުކިޔަމަންތެރިވީ
ދީ ގދ( 25
4
ކަމުގައި ބެލެވެން އޮތްކަން.
ވީމާ 29 ޖެނުއަރީ 2008 ދުވަހުގެ 18:00 އެހާކަންހައި އިރު ގއ.ދާންދޫ }
2 22 22
ހެޕީސައިޑް ޒުޙުދާ ޢަބްދުލްމުޙުސިން ޕޮލިސް ހެޑްކުއާޓަރޒްއަށް ޙާޟިރުކޮށް
ޙާޟިރުކޮށް ޒުޙުދާ
ޢަބްދުލްމުޙުސިންގެ ކުޑަކަމުދާ ތަކެތި ދިނުމަށް ފުލުހުން އެންގުމުން ޒުޙުދާ ޢަބްދުލްމުޙުސިން
ކުޑަކަމުދާ ތަކެތި ދީފައި ނުވާކަމަށްބުނެ ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ދައުވާކުރުމުން ބެލުނު
ޖިނާއީކޯޓުގެ ނަންބަރު 2008/JC/462 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، އެފަދަ އަމަލުތައް
ތަޖްރީމުކުރުމުގެ އިތުރަށް އެ ޢަމަލުތަކަށް
ޢުޤޫބާތްވެސް ބަޔާންކުރެވިފައިވާ
ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާއަށް ރިޢާޔަތް ކުރުމަކާއިނުލާ އަދި ޤާނޫނު އަސާސީގެ 2 ވަނަ
މާއުނއއ
މއމވެ
9542
10 ވަނަ މާއްދާއާއި 19 ވަނަ މާއްދާއާއި 59 ވަނަ މާއްދާގެ (ހ) އާއި 142 ވަނަ
މާއްދާގައި ކަނޑައެޅި ބަޔާންވެގެންވާ
ގޮތުގެ މަތިން ކަމަށް ނުވާތީ، ޖިނާއީ
ކޯޓުގެ ނަންބަރު 2008/462JC ޤާޟިއްޔާއާގައި ކޮށްފައިވާ ހުކުމަކީ ބާޠިލުކުރަންޖެހޭ ޙުކުމެއްކަމަށް
އއގe
ދިވެހިރާއް
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން- 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
ފނުބޭ
9
2009/HC-A/221
ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލިފަނޑިޔާރުންނަށް ފެނުނުހިނދު، ޖިނާއީ ކޯޓުގެ އެ
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލުކޮށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެ ދަޢުވާ
އަލުން ހުށަހަޅައިފިނަމަ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 310/HC
-
A/2009 ޤަޟިއްޔާ އާއި،
ހައިކޯޓުގެ ނަންބަރު: 13:HC-A/2009 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކުގެ
އަލީގައި ޖިނާއީ ކޯޓުން (ކްރިމިނަލް ކޯޓުން) އަލުން ބައްލަވައި، އެ މައްސަލައިގެ މައުޟޫޢާމެދު
ފައިސަލާކުރަނިވި ޙުކުމެއް ކުރައްވަންޖެހޭނެ މައްސަލައެއްކަމަށް ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
ރާއްޖޭގެ
iގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޖުހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv