ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/30 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/3
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
A
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާ
ޤަޟިއްޔާ ނަންބަރ: 30/HC
-
A/2013
އިސްތިއުނާފް ކުރިފަރާތް:
* ނަން: އަޙްމަދު ޝަމީމް
އައި.ޑީ.ކާޑް ނަންބަރ: A135038
ދާއިމީ އެޑްރެސް: ލ.ގަން | ކުރިބޯށި
މިހާރުގެ އެޑްރެސް:
އަރޫޝާމަންޒިލް
• އިސްތިއުނާފު ރައްދުވި ފަރާތް
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ރަޖިސްޓްރީ ނަންބަރ:
ދާއިމީ އެޑްރެސް: -
މިހާރުގެ އެޑްރެސް:
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 19 ރަބީއުލްއައްވަލް 1434 *ނިމުނު ތާރީޚް: 25 ރަބީއުލްއައްވަލް 1434
06 ފެބުރުއަރީ 2013
31 ޖެނުއަރީ
2013
އިސްތިއުނާފު ކުރެވުނު އަމުރު ނަންބަރު: 2013/0409(J
(
MD-145
ނިންމީކޯޓް: ކްރިމިނަލް ކޯޓު
އަމުރުގެ ބާވަތް: ކޯޓު އަމުރު
އަމުރު ނެރުނު ތާރީޚް: 16 ޖެނުއަރީ 2013
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
އިސްފަނޑިޔާރު އަޙްމަދު ޝަރީފު ފަނޑިޔާރު ޢަބްދުﷲ ޙަމީދު ފަނޑިޔާރު ޢަލީ ސަމީރު
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2013/HC-A/3
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ދި05
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/0409(J
(
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ އެ ކޯޓުއަމުރު އިސްތިއުނާފު ކުރުމަށް
އެދި، ލ.ގަން|ކުރިބޯށި، އަޙްމަދު ޝަމީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
CU O
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2013/0409(J
(
MD-145 ކޯޓު އަމުރު، އެކޯޓުން
ނެރެފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނޫންކަމަށް ބުނެ އެކޯޓު އަމުރު އިސްތިއުނާފުކުރުމަށް
އެދި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ މައްޗަށް ލ.ގަން|ކުރިބޯށި، އަޙްމަދު ޝަމީމްގެ ފަރާތުން
ހުށަހަޅާފައިވެއެވެ.
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2013/0409(J(MD-145 ކޯޓު އަމުރަކީ ލ.ގަން ކުރިބޯށި
އަޙްމަދު ޝަމީމްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމުގެ މައްސަލައިގައި
މުޖުތަމަޢުގެ ހަމަޖެހުމާއި، ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިވަގުތު އަޙްމަދު ޝަމީމް ދޫކުރަން
ނުފެންނަކަމަށް ބުނެ 16 ޖެނުއަރީ 2013 ވަނަ ދުވަހުގެ 19:19 އިން ފެށިގެން 31 ޖެނުއަރީ 2013 ވަނަ
ދުވަހުގެ 19:18 އާއި ހަމައަށް މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުކުރުމަށް
ކުރައްވާފައިވާ އަމުރެއްކަން މިއަމުރު ބެލުމުން އެނގެން އޮވެއެވެ.
CCCX
3. ކްރިމިނަލް ކޯޓުގެ ނަންބަރު 2013/0409(J(MD-145 ކޯޓު އަމުރު އިސްތިއުނާފު
ކުރުމަށް ލ.ގަން ކުރިބޯށި އަޙްމަދު ޝަމީމްގެ ފަރާތުން 01 (އެކެއް) ނުކުތާއެއް ހުށައަޅާ އެނުކުތާއާއި ބެހޭ
ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
2013/HC-A/3
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ނުކުތާއަކީ: އަޙްމަދު ޝަމީމްއަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލިބިދީފައިވާ
ޤާނޫނީ ވަކީލުގެ ޙައްޤު ކަށަވަރުކޮށްދިނުމަކާއި ނުލައި ލ.ގަން(ކުރިބޯށި އަޙްމަދު ޝަމީމްގެ ބަންދާއިމެދު ގޮތެއް
ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
4. ކްރިމިނަލް ކޯޓުގެ ނަންބަރު 2013/0409(J
(
MD-145 ކޯޓުއަމުރު ލ.ގަން ކުރިބޯށި
އަޙްމަދު ޝަމީމްގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާއަށާއި، އެނުކުތާއާއި ގުޅިގެން
ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކުގެ މައްޗަށް
އެޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރުން ބަލާއިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފު މިކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު:
2013/0409(J(MD-145 ކޯޓު އަމުރަކީ، މަނާކުރެވިފައިވާ މަސްތުވާތަކެތި ގެންގުޅުނުކަމުގެ ތުހުމަތުގައި
ހައްޔަރު ކުރެވިފައިވާ ލ.ގަން(ކުރިބޯށި އަޙްމަދު ޝަމީމް (ދ.ރ.ކާޑު ނަންބަރު A135038) ގެ ބަންދުގެ
މުއްދަތު 16 ޖެނުއަރީ 2013 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް އިތުރުކޮށްދިނުން އެދި
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 084545/MF "ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް"
އިން ހުށަހެޅުމުން ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ އަމުރެއްކަން އެނގެން އޮންނަކަން.
(ނ) ދެވަނަ ކަމަކީ، ޤާނޫނީ ވަކީލެއްގެ އެހީއަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެފަދަ
އެހީ ހޯދައި ލިބިގަތުމުގެ ޙައްޤަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤެއްކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާ މީގެ 53 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާއި، ހައްޔަރުކުރެވޭ މީހުންނާއި ބަންދުކުރެވޭ
މީހުން ޤާނޫނުއަސާސީގެ 48 ވަނަ މާއްދާއިން ލިބިފައިވާ ޙައްޤުތަކުގެ ތެރޭގައި، އެމާއްދާގެ (ށ) ގައި،
ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤު ލިބިގެންވާކަން އެމީހަކަށް އަންގަންވާނެކަމަށާއި، އަދި
ލަސްކުރުމެއްނެތި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި، އެމީހަކު އެ ހައްޔަރުކުރެވުނު ނުވަތަ ބަންދު ކުރެވުނު
މައްސަލައެއް ނިމެންދެން ޤާނޫނީ ވަކީލުގެ އެހީތެރިކަން ދެމެހެއްޓުމުގެ ފުރުޞަތު އެމީހަކަށް
ފަހިކޮށްދޭންވާނެކަމަށް ބަޔާންކޮށްފައިވާކަމާއި، އެހެންކަމުން، އަޙްމަދު ޝަމީމްގެ މައްޗަށް ތުހުމަތުކުރެވިފައިވާ
ކުށާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން އޭނާ ހައްޔަރުކުރި ވަގުތުން ފެށިގެން ޤާނޫނީ
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
4
2013/HC-A/30
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
އެހީތެރިކަން ހޯދުމާއި،
އޭނާ ހައްޔަރު ކުރެވުނު މައްސަލަ ނިމެންދެން ވަކީލެއްގެ އެހީތެރިކަން ދެމެހެއްޓުމުގެ
ޙައްޤު އަޙްމަދު ޝަމީމްގެ ލިބެންވާނެކަން އެނގޭކަމާއި،
އެގޮތުން އަޙްމަދު ޝަމީމްގެ ފަރާތުން ޤާނޫނު ވަކީލަކު ޢައްޔަނުކޮށް އެކަން މޯލްޑިވްސް
ޕޮލިސް ސަރވިސްއިން، ބަލައިގަނެފައިވާކަން އަޙްމަދު ޝަމީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު VR008071 ”ޤާނޫނީ ވަކީލުކަން ޤަބޫލުކުރިކަމުގެ
ލިޔުން ބަލައިގަތް ސްލިޕް“ އިން އެނގެން އޮންނަކަމާއި، މިއިސްތިއުނާފުކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު:
2013/0409(J(MD-145 ކޯޓު އަމުރު ނެރުނު މުއްދަތުގެ މަޖިލީހަށް
އަށް އަޙްމަދު ޝަމީމް ޙާޟިރުކުރެވުނުއިރު
އަޙްމަދު ޝަމީމްގެ ވަކީލު އެކޯޓުގައި އިންނެވިކަމާއި، ނަމަވެސް ޝަރީޢަތުގެ މަޖިލީހަށް އެވަކީލު
ޙާޟިރުކޮށްފައިނުވާކަމަށް އެނގެން އޮންނަކަން.
4 22
eyއ
(ނ) ތިންވަނަ ކަމަކީ، އަޙްމަދު ޝަމީމްގެ ބަންދާމެދު ނިންމުމުގެ މަޖިލީހުގައި
އަޙްމަދު ޝަމީމްގެ ޤާނޫނީ ވަކީލަށް އަޙްމަދު ޝަމީމްގެ ދިފާޢުގައި އެއްވެސް އެއްޗެއް ބުނުމުގެ ފުރުޞަތު
ދިނުމަކާއި ނުލައި، ބަންދާއި މެދު ގޮތެއް ނިންމާފައިވާ ކަމުން އެއީ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 6 ވަނަ މާއްދާގެ (ށ) އާ
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެފައިވާ ޙައްޤު ފުރިހަމަ ގޮތުގައި
ލިއްބައިދިނުމުގައި އެމާއްދާތަކުގެ ރޫޙާއި އެއްގޮތަށް ޢަމަލުކުރައްވާފައިވާކަމަށް ނުބެލެވޭކަމާއި، ހައްޔަރާއި ނުވަތަ
ބަންދާއިމެދު ގޮތެއް ނިންމާ މަޖިލިހުގައި، ހައްޔަރުގައި ނުވަތަ ބަންދުގައިވާ މީހާއަށް ނުވަތަ އޭނާ ވަކީލަކާއެކު
ޙާޟިރުކުރެވިފައިވާނަމަ އޭނާގެ ވަކީލަށް ދިފާޢުގައި ވާހަކަދެއްކުމުގެ ފުރުޞަތު ދޭންވާނެކަމަށް
ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ
ޤަވާޢިދު" ގެ 6 ވަނަ މާއްދާގެ (ށ) ގެ ސާފު ޢިބާރާތުގައި ބަޔާންކުރެވިފައިވާކަން އެނގެން އޮތްއިރު،
އެމަޖިލީހުގައި އިސްތިއުނާފުކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު: 2013/0409(J(MD-145 މިކޯޓު އަމުރުން،
ކްރިމިނަލް ކޯޓުން އަޙްމަދު ޝަމީމް ބަންދުގައި ބެހެއްޓުމަށް އަމުރު ނެރުއްވުމުގައި ޢަމަލުކުރައްވާފައިވަނީ
”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާއިދު” ގެ 06 ވަނަ މާއްދާގެ (ށ) ގައި ކަނޑައެޅިފައިވާ އިޖުރާތާއި އެއްގޮތަށްކަމަށް
ނެތްކަން.
ށއިJ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
2013/HC-A/3 0
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ވީމާ، ކްރިމިނަލް ކޯޓުގެ ނަންބަރު: 2013/0409(J(MD-145 ކޯޓު އަމުރު އިސްތިއުނާފު
ކުރުމަށް ހުށަހަޅާފައިވާ ނުކުތާއާއި ގުޅިގެން އިސްވެ ފާހަގަކުރެވުނު ސަބަބުތަކަށް ރިޢާޔަތްކޮށް ބަލާއިރު،
އެއަމުރަށް ބަދަލެއް ގެންނަން ޖެހޭކަމަށް މިމައްސަލަ ބެލި މަޖިލީހުގެ ފަނޑިޔާރުންނަށް ޤަބޫލުކުރެއްވޭކަން.
0
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު،
ލ.ގަން| ކުރިބޯށި، އަޙްމަދު ޝަމީމް (ދ.ރ.ކާޑު ނަންބަރު A135038) މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން
ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ އެކޯޓުގެ ނަންބަރު:
2013/0409(J
(
MD-145 ކޯޓު އަމުރު ނެރުއްވުމުގައި ޢަމަލުކުރައްވާފައިވަނީ ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު ގެ 06
ވަނަ މާއްދާގެ (ށ) ގައި ކަނޑައެޅިފައިވާ އިޖުރާތާއި އަދި ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ހ) އާއި
އެއްގޮތަށް ކަމަށް ބަލާނެތަނެއް ނެތްކަމަށްޓަކައި، ކްރިމިނަލް ކޯޓުގެ ނަންބަރު:2013/0409(J
(
MD-145
ކޯޓު އަމުރުން، 2013 ޖެނުއަރީ 16 ވަނަ ދުވަހުގެ 19:19 އިން 2013 ޖެނުއަރީ 31 ވަނަ ދުވަހުގެ
19:18 ގެ ނިޔަލަށް މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް
ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ އެއަމުރު، މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ
މަޖިލީހުގެ އިއްތިފާޤުން ބާޠިލްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv