ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/237 ޤަޟިއްޔާގެ ޙުކުމް
1
2{1/HC-A1237
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
•ޤަޟިއްޔާ ނަންބަރ: 237/HC
-
A/2010
.އިސްތިއުނާފުކުރި ފަރާތް:
+ ނަން: ރެއިންބޯ އެންޓަރޕްރައިސަސް ޕވޓ ލޓޑ
ދާއިމީ އެޑްރެސް: ގ.މާރަނަ
ރަޖިސްޓްރީ ނަންބަރ: 53190-C
* ކުންފުނީގެ ފަރާތުން : އޒް ޢަބްދުﷲ ސަޢީދު ސ.ހުޅުދޫ ތްރީ ލައިންސް
*
•އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މުޙައްމަދު ޢާދިލް
އައިޑީ ކާޑުނަންބަރު: A022975
ވަކީލު: އ.ޖ. މަޢުމޫން ޙަމީދު ހ.މީނާޒް
ހެއިމީ އެޑްރެސް: ދަފްތަރު ނަންބަރު 1602
މިހާރުގެ އެޑްރެސް: ފ.ފެންނާގެ
ރަޖިސްޓްރީކުރެވުނު ތާރީޚް: 7 ނޮވެމްބަރު
2010
ނިމުނު ތާރީޚް: 18 އޮކްޓޯބަރ 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/136
ހުށަހެޅި ތާރީޚް: 16 މެއި 2010 * ނިމުނު ތާރީޚް: 16 އޮގަސްޓް 2010
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޔޫސުފް ޙުސައިން، އިސްފަނޑިޔާރު އަޙްމަދު ޝަރީފް، ފަނޑިޔާރު ޢަލީ ސަމީރު
ހައިކޯޑު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
.
2
2{1/HC-A1237
ޤާސިވިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ،ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު2010/VTR/136 މައްސަލަ ނިންމަވާފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ ރެއިންބޯ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އެމައްސަލަ އިސްތިއުނާފު ކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގެ އިސްތިއުނާފް ރައްދުވާ ފަރާތަކީ މމދ ދަފްތަރު ނަންބަރު 1602 މުޙައްމަދު ޢާދިލް
(އައި.ޑީ.ކާޑް ނަންބަރު: A022975) އެވެ.
ކުރެވުނު ނުކުތާތައް:
-01
oxoc
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު2010/VTR/136 މައްސަލަ
ނިންމަވާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ ރެއިންބޯ އެންޓަރޕްރައިސަސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އެމައްސަލަ އިސްތިއުނާފު ކުރުމުން ބެލިފައިވާ
މައްސަލައެކެވެ. މިޤަޟިއްޔާގެ އިސްތިއުނާފް ރައްދުވާ ފަރާތަކީ މޅ( ދަފްތަރު ނަންބަރު 1602 މުޙައްމަދު
ޢާދިލް (އައި.ޑީ.ކާޑް ނަންބަރު: A022975) އެވެ.
02- ވަޒީފާއާބެހޭ ޓްރައިބިޔުނަލްގެ ނަންބަރު2010/VTR/156 މައްސަލައަކީ، މުޙައްމަދު
ޢާދިލު ރެއިންބޯ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ މާކެޓިން އެގްޒެކްޓިވް (ބިލްޑިންގް ޕްރޮޑަކްޓްސް)
ގެ މަޤާމުގައި 18 މެއި 2009 އިން ފެށިގެން ވަޒީފާ އަދާކުރަމުން ދަނިކޮށް، ވިދިވިދިގެން 3 (ތިނެއް)
ހަފުތާގެ މުއްދަތަކަށް ވަޒީފާއަށް ޙާޟިރުވެފައި ނުވާތީ ކަމަށްބުނެ 24 މާރޗް 2010 ގައި ވަޒީފާއިން
ވަކިކޮށްފައިވާތީ، މުޙައްމަދު ޢާދިލް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާއިބެހޭ ޤާނޫނާއި ޚިލާފަށް ކަމަށާއި،
އޭނާގެ ވަޒީފާ އަލުން އަނބުރާ ހޯދައިދިނުމަށާއި، އޭނާގެ ވަޒީފާއަކީ މެނދުކެޑިފައިނުވާ ވަޒީފާއެއްކަމަށް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
.
3
2{10/HC-A1237
ޘާޝިބިއްޔާ ނިމުނު ގޮތުގެ ޚުލާސާ
22
އެމާއްދާގައި ބަޔާންކުރާ އާލަތެއް މެދުވެރިވީކަން މައްސަލަ ރައްދުވާ ފަރާތުން ސާބިތުކޮށްދީފައިނުވާތީ، މައްސަޖޭގެ ހައި
ކަނޑައަޅައިދިނުމަށާއި އޭނާގެ ވަޒީފާގެ މައްސަލަ ވަޒީފާއާއިބެހޭ ޓްރައިބިއުނަލުން ނިމޭ ދުވަހާއި ހަމައަށް
ލިބެންޖެހޭ އެންމެހާ މުސާރައާއި ޢިނާޔަތްތަކާއި މަޤާމުގެ ކުރިއެރުމާއި، މުސާރައިގެ ކުރިއެރުންފަދަ އެންމެހާ
ޢިނާތްތައް ލިބެންޖެހޭނޭ ކަމަށް ކަނޑައަޅާދިނުމަށާއި، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާއިބެހޭ
ޤާނޫނާއި ޚިލާފަށް ކަމަށް ދެކޭތީ އެކަމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށާއި، އޭނާއާއި
މައްސަލަ ރައްދުވާ ކުންފުންޏާއި ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމުގައި ހިމެނޭ ބައެއް މާއްދާތަކަކީ
ވަޒީފާއާބެހޭ ޤާނޫނާ ޚިލާފު މާއްދާތަކެއްކަމަށް ދެކޭތީ، އެ މާއްދާތައް ބާޠިލު މާއްދާތަކެއް ކަމުގައި ކަނޑައަޅާ
ދިނުމަށާއި، މައްސަލަ ރައްދުވާ ކުންފުނިން ގެންގުޅޭ ބައެއް އުޞޫލުތަކަކީ ވަޒީފާއާބެހޭ ޤާނޫނާއި ޚިލާފު
އުޞޫލުތަކެއް ކަމަށް ބުނެ އެއުޞޫލުތަކަކީ ބާޠިލު އުޞޫލުތަކެއްކަމުގައި ކަނޑައަޅާދިނުމަށް އެދި ރެއިންބޯ
އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް މުޙައްމަދު ޢާދިލުގެ ފަރާތުން ޓްރައިބިއުނަލަށް
ހުށަހެޅުމުން ބެލުނު މައްސަލައެއްކަމާއި،
އެމައްސަލަ ނިންމަވާފައިވާ ގޮތަށް ބަލާއިރު، "ދެންފަހެ މައްސަލަ ހުށަހެޅި ފަރާތާއި،
މައްސަލަ ރައްދުވި ފަރާތުން ހުށަހެޅި ލިޔެކިޔުންތަކަށާއި، ދެއްކި ވާހަކަތަކަށް ނަޒަރުކުރާއިރު މައްސަލަ ހުށަހެޅި
މުޙައްމަދު ޢާއިލާ، މައްސަލަ ރައްދުވާ ރެއިންބޯ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ މާކެޓިންގ
އެގްޒެކްޓިވް (ބިލްޑިންގ ޕްރޮޑަކްޓްސް) ގެ ވަޒީފާއިން، ޤާނޫނު ނަންބަރު 2/2008 ( ވަޒީފާއާބެހޭ ޤާނޫނު)ގެ
23 ވަނަ މާއްދާގެ ދަށުން އެއްވެސް ނޯޓިހެއް ދިނުމަކާއި ނުލައި 24 މާރޗް 2010ގައި ވަކިކޮށްފައިވަނީ ވަކި
ސަބަބެއް ނާންގާ 22 ފެބްރުއަރީ 2010 އިން ފެށިގެން ވަޒީފާއަށް ޙާޟިރުވެފައި ނުވާތީކަމަށް މައްސަލަ
ރައްދުވާ ރެއިންބޯ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުއިން ބުނިނަމަވެސް މައްސަލަ ހުށަހެޅި މުޙައްމަދު
ޢާދިލު ވަޒީފާއަށް ނެރުމަށް އެއްވެސް ފިޔަވަޅެއް ނުވަތަ މަސައްކަތެއް މައްސަލަ ރައްދުވާ ފަރާތުން
ކޮށްފައިނުވާތީއާއި،މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 2/2008
(ވަޒީފާއާބެހޭ ޤާނޫނު)ގެ 23 ވަނަ މާއްދާގެ ދަށުން ކަމަށް މައްސަލަ ރައްދުވާ ފަރާތުން ބުނި ނަމަވެސް،
434
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
.
4
ޤާޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
201{}}HC-A/231
2 / ~
ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތިކަމަށް މައްސަލަ ބެލި މަޖިލީހުގެ
އިއްތިފާޤުން ކަނޑައަޅައި، މައްސަލަ ހުށަހެޅި މުޙައްމަދު ޢާދިލް އޭނާގެ ވަޒީފާ މެނދު ނުކެނޑޭގޮތަށް
ވަޒީފާއަށް އަނބުރާ ރުޖޫޢަވުމަށް އެދިފައިވީނަމަވެސް، އޭނާ ވަޒީފާއަށް ނުނިކުތް ސަބަބުކަމަށް ބުނާ ސަބަބާއި
އޭނާ ވަޒީފާއަށް ނުނިކުމެހުރީ މުއްދަތުގައި ވަޒީފާއަށް ނިކުތުމަށް އެއްވެސް މަސައްކަތެއް ކޮށްފައިވާކަން
ސާބިތުކޮށްދީފައި ނުވާތީ، އޭނާއަށް އަލުން އަނބުރާ ވަޒީފާ ދޭން މައްސަލަ ރައްދުވާ ފަރާތަށް އަންގާނޭ
ޖާގައެއް ނެތްކަމަށް ކަނޑައަޅައި، އެހެންނަމަވެސް މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ
ޤާނޫނު ނަންބަރު 2/2008 ( ވަޒީފާއާބެހޭ ޤާނޫނު)ގެ 23 ވަނަ މާއްދާއާއި ޚިލާފަށް އެއްވެސް
ނޯޓިހެއް
ދިނުމަކާއި ނުލާ ކަމަށް ސާބިތުވާތީ، ޤާނޫނު ނަންބަރު 2/2008 ( ވަޒީފާއާބެހޭ ޤާނޫނު)ގެ 22 ވަނަ މާއްދާގެ
(ހ) ގެ (1) އަދި އެ ޤާނޫނުގެ 25 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މައްސަލަ ހުށަހެޅި ފަރާތަށް ޙައްޤުވާ
ނޯޓިސްގެ ގޮތުގައި 2 ހަފްތާގެ މުއްދަތަށް މުސާރައާއި ޢިނާޔަތުން ޖެހޭ 5833.33( ފަސްހާސް އަށްސަތޭކަ
ތިރީސް ތިނެއް ޕޮއިންޓް ތިނެއް ތިނެއް) ރުފިޔާއާއި، ޤާނޫނު ނަންބަރު 2/2008 ( ވަޒީފާއާބެހޭ ޤާނޫނު) ގެ
29 ވަނަ މާއްދާގެ(ހ) އަށް ރިޢާޔަތްކޮށް، މައްސަލަ ހުށަހެޅި މުޙައްމަދު ޢާދިލްއަށް ބަދަލުގެ ގޮތުގައި -
/37500ރ( ތިރީސް ހާސް ފައްސަތޭކަ) ރުފިޔާ އާއި އެކު ޖުމްލަ 43333.33 ( ސާޅިސް ތިންހާސް
ތިންސަތޭކު ތިރީސްތިނެއް ޕޮއިންޓް ތިނެއް ތިނެއް) ރުފިޔާ ދޭންޖެހޭކަމަށް ކަނޑައަޅައި، އެފައިސާ މިއަދު،
16 އޯގަސްޓް 2010 ން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި މައްސަލަ ހުށަހެޅި މުޙައްމަދު ޢާދިލް އަށް
އެކީ އެއްފަހަރާ ދެއްކުމަށްފަހު އެކަން ވަޒީފާއާއިބެހޭ ޓްރައިބިއުނަލްއަށް ލިޔުމަކުން އެންގުމަށާއި، މުވައްޒަފުންގެ
ވަޒީފާއާއި ބެހޭ ކަންކަމު
ފެކަމުގައި ޤާނޫނު ނަންބަރު 2/2008 ( ވަޒީފާއާބެހޭ ޤާނޫނު) އާއި ތަޢާރަޟުނުވާ ގޮތުގެ
މަތީން ޢަމަލުކުރަމުން ގެންދިއުމަށް މައްސަލަ ރައްދުވާ ރެއިންބޯ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އަށް
އަންގާ އަމުރު ކުރަމެވެ. " މިފަދައިންކަން އެރިޕޯޓުން އެނގެން އޮންނަކަން ފާހަގަކުރެވެއެވެ.
OXO
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
.
5
2{10/HC-A/237
ޤާޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
-03
0
4
2
2
1eނނކރވނ
32 އ ވ މ 2
4
ނޫންކަމަށްބުނެ
އިސްވެ
ގޮތުގެ މަތީން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު:2010/VTR/136 މައްސަލަ ނިންމެވުމުން އެ ނިންމެވުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި
އެއްގޮތްވާ ގޮތުގެ މަތީން ނިންމަވާފައިވާ ނިންމެވުމެއް ށްބުނެ ރެއިންބޯ އެންޓަރޕްރައިސަސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެމައްސަލަ އިސްތިއުނާފު ކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް
އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
* ފުރަތަމަ ނުކުތާއަކީ، މުޙައްމަދު ޢާދިލް ވަޒީފާއިން ވަކިކޮށްފައިވަނީ
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާއި ޚިލާފަށްކަމަށް ޓްރައިބިއުނަލުން ކަނޑައަޅުއްވާފައިވާ
ކަމަށާއި، ނަމަވެސް އޭނާ ވަޒީފާއިން ވަކިކުރީ މަހެއްހާ ދުވަހު ކުންފުންޏަށް އެއްވެސް ސިފައެއްގައި
އެންގުމެއްނެތި، ވަޒީފާއަށް ޙާޟިރުވެފައި ނުވާތީކަމަށާއި ކުންފުންޏަށް އެނގުމެއްނެތި 01 މަސްދުވަހު
ވަޒީފާއަށް ޙާޟިރުނުވުމަކީ ވަރަށްބޮޑު މައްސަލައެއްކަމާއި އެއީ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނެ
އެކަށީގެންވާ ސަބަބެކަމާއި ވީމާ، އެއީ ވަޒީފާއާ ބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާއި ޚިލާފަށް ރެއިންބޯ
އެންޓަރ ޕްރައިސަސްއިން ކޮށްފައިވާ ޢަމަލެއް ނޫން ކަމަށާއި އަދި އެހެންކަމުން މުޙައްމަދު ޢާދިލަށް
02 ހަފްތާގެ ނޯޓިސް ދިނުމަށް ލާޒިމެއް ނޫންކަމަށާއި އަދި 02 ހަފްތާގެ މުސާރައަށްވާ 5833.33
ރުފިޔާ އޭނާއަށް ދިނުން ލާޒިމެއްނޫން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
4 2 0 0
* ދެވަނަ ނުކުތާއަކީ، ޙުކުމްގައި ބަޔާންކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ
ދަށުން މުޙައްމަދު ޢާދިލަށް -/37500 ރުފިޔާ ކަމަށް ކަމަށައި ނަމަވެސް ވަޒީފާއާބެހޭ
ޤާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކުރަނީ އެކަށީގެންވާ ސަބަބެއްނެތި، މުވައްޒަފަކު ވަޒީފާއިން
ވަކިކޮށްފިކަމަށް ޓްރައިބިއުނަލަށް ފެނިއްޖެނަމަ، އެމާއްދާގެ (ރ) ގެ ދަށުން ބަދަލު ދޭންޖެހޭނެކަމަށް
ކަމާއި މުޙައްމަދު ޢާދިލް ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބަކާ ހެދި ކަމަށްވުމުން
ވަޒީފާއާބެހޭ ޤާނޫނުގެ
ވަނަ މާއްދާއާ އެއްގޮތްވާގޮތުގެމަތިން ރެއިންބޯ އެންޓެއްގެ ފައި
23
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
.
6
2{10/HC-A/237
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޕްރައިޒަސްއިންކޮށްފައިވާ ކަމެއް ކަމަށާއި އަދި އެފަދަ ޙާލަތެއްގައި ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ
މާއްދާއިން ޢަމަލުކުރާކަށް ނުޖެހޭނެ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
*ތިންވަނަ ނުކުތާއަކީ، މުޙައްމަދު ޢާދިލް ރެއިންބޯ އެންޓަރޕްރައިޒަސްގެ ވަޒީފާއިން
ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތިންކަމަށް ކަނޑައަޅައި، ދެއްވުން އެދި
ހުށަހެޅި ނުކުތާއެވެ.
04- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:2010/VTR/136
މައްސަލަ
ނިންމެވުމުން އެ ނިންމެވުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތީން ނިންމަވާފައިވާ
ނިންމެވުމެއް ނޫންކަމަށްބުނެ ރެއިންބޯ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެމައްސަލަ
އިސްތިއުނާފު ކުރަމުން، ހުށަހަޅާފައިވާ ނުކުތާތަކަށާއި އަދި އެނުކުތާތަކާ ގުޅިގެން ދެފަރާތުން ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިއުންތަކަށް ބަލާއިރު
އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) މުޙައްމަދު ޢާދިލް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ
މާއްދާއާއި ޚިލާފަށްކަމަށް ޓްރައިބިއުނަލުން ކަނޑައަޅުއްވާފައިވާ ކަމަށާއި، ނަމަވެސް އޭނާ ވަޒީފާއިން
ވަކިކުރީ މަހެއްހާ ދުވަހު ކުންފުންޏަށް އެއްވެސް ސިފައެއްގައި އެންގުމެއްނެތި، ވަޒީފާއަށް ޙާޟިރުވެފައި
ނުވާތީކަމަށާއި ކުންފުންޏަށް އެނގުމެއްނެތި 01 މަސްދުވަހު ވަޒީފާއަށް ޙާޟިރުނުވުމަކީ ވަރަށްބޮޑު
މައްސަލައެއްކަމަށާއި އެއީ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނެ އެކަށީގެންވާ ސަބަބެކަމާއި ވީމާ، އެއީ
ވަޒީފާއާ ބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާއި ޚިލާފަށް ރެއިންބޯ އެންޓަރ ޕްރައިޒަސްއިން ކޮށްފައިވާ
ޢަމަލެއް ނޫން ކަމަށާއި އަދި އެހެންކަމުން މުޙައްމަދު ޢާދިލަށް 32 ހަފްތާގެ ނޯޓިސް ދިނުމަށް ލާޒިމެއް
02 4 &
ނޫންކަމަށާއި އަދި 02 ހަފްތާގެ މުސާރައަށްވާ 5833.33 ރުފިޔާ
ދިނުން ލާޒިމެއްނޫން ކަމަށް
ބުނެ ފާހަގަކޮށްފައިވާ ނުކުތާއަށް ބެލުމުން،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
.
އެއް ވ މ ,9
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{010/HC-A/231
READMIN/2010/113
fi
މުޙައްމަދު ޢާދިލްއާއި ރެއިންބޯ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުއާ ދެމެދެ 01 ނޮވެމްބަރު 2009
ވަނަ ދުވަހު ވެވިފައިވާ ވަޒީފާގެ
އޮންނަކަމާއި އެކުންފުނީގައި މުޙައްމަދު ޢާދިލު
އަދާކުރަމުންގެންދިޔަ ވަޒީފާއަކީ ދާއިމީ ވަޒީފާއެއްކަން ވަޒީފާގެ އެއްބަސްވުމުން އެނގޭއިރު، ނޯޓިހެއް
ދިނުމަކާނުލާ މުޙައްމަދު ޢާދިލު ރެއިންބޯ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގައި އަދާކުރަމުންދިޔަ
ވަޒީފާއިން ވަކިކޮށްފައިވަނީ ވިދިވިދިގެން ތިންހަފުތާވަންދެން ހުއްދަ ހޯދުމަކާއި ނުލައި އޮފީހަށް ޙާޟިރުވެފައި
ނުވާތީ ކަމަށްރެއިންބޯ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން 29 މާރޗް 2010 ދުވަހު
މުޙައްމަދު ޢާދިލަށް ފޮނުވާފައިވާ އެކުންފުނީގެ ނަންބަރު
ޓާރމިނޭޝަން ފްރޮމް އެމްޕްލޯއިމަންޓް " ސިޓީން އެނގެން އޮންނަކަމާއި
ޤާނޫނު ނަންބަރު 2/2008 ( ވަޒީފާއާބެހޭ ޤާނޫނު)ގެ 22 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު
އެޤާނޫނުގެ 23 ވަނަ މާއްދާގައިވާ ޙާލަތުތަކުގައި މެނުވީ ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ
އެއްބަސްވުމެއް ވަޒީފާދޭފަރާތަށް ބާތިލުކުރެވޭނީ އެންމެ މަދުވެގެން ނޯޓިސް ދޭން ޖެހޭނެކަމަށް އެމާއްދާގައި
ބަޔާންކޮށްފައިވާ ނޯޓިސް ދިނުމަށް ފަހުގައި ކަމަށާއި،
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައިވާ ގޮތުން ނޯޓިހެއް ދިނުމަކާއި ނުލައި،
ވަޒީފާއަދާކުރާ ފަރާތެއް އޭނާގެ ވަޒީފާއިން ވަކިކުރެވޭނީ، އޭނާގެ މަސައްކަތު އަޚުލާޤު އެކަށީގެންނުވުމާއިއެކު
އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއްކަމަށް
ވަޒީފާދޭފަރާތަށް ނުފެންނަ ޙާލަތުގައިކަމާއި، ވަޒީފާއަދާކުރާ ފަރާތުގެ މަސައްކަތުގެ އަޚުލާޤު އެކަށީގެން
ނުވާކަމަށް ބެލެވޭނީ ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭފަރާތަށް ނުވަތަ ވަޒީފާއަދާކުރާ ތަނަށް
ލިބިދާނެ ކަމަށް ފެނުން ނުވަތަ ޚިޔާނަތެއްވެފައިވުން މި ދެޙާލަތު ކަން ވަޒީފާއާބެހޭ ޤާނޫނުގެ
23 ވަނަ މާއްދާގެ (ހ) ގެ 01 އަދި 02 ކަށް ބެލުމުން އެނގެ އޮންނަކަމާއި
މުޙައްމަދު ޢާދިލު ވަޒީފާއިން ވަކިކުރުމާ ހަމައަށްވެސް އޭނާގެ މަސައްކަތުގެ އަޚްލާޤު
ގޯސްވުމުގެ ސަބަބުން އެއްވެސް އިސްލާޙީ ފިޔަވަޅެއް އަޅާފައިނުވާނޭކަމަ ރެއިންބޯ އެންޓަރ ޕްރައިސަސްaގެ
2
0 20ތ
ގެއްލުންތަކެއް
މި 2 ހހހހ
ވާކަމަށް
ހައިޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
.
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{010/HC-A/231
2c22
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެފައިވާކަން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:2010/VTR/136
މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮންނައިރު، ތިން ހަފުތާ ވަންދެން މުޙައްމަދު ޢާދިލު
ކުންފުންޏަށް އެއްވެސް ސިފައެއްގައި އެންގުމަކާއި ނުލާ ވަޒީފާއަށް ހާޟިރުނުވުމުގެ ސަބަބުން މުޙައްމަދު
އާދިލް ވަޒީފާއިން ވަކިކުރެއްވި ސަބަބަކީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ
ޙާލަތެއް ނޫންކަން އެނގެން އޮތުމުން މުޙައްމަދު އާދިލު ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކޮށްފައިވަނީ
ވަޒީފާއާއި ބެހޭ ޤާނޫނުގެ 29 މާއްދާ އާއި އަދި 23 ވަނަ މާއްދާއާއި ޚިލާފަށްކަށް އެނގެން އޮވެއެވެ.
(ހ) ޓްރައިބިއުނަލްގެ ނިންމުމުގައި ބަޔާންކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ
މާއްދާގެ ދަށުން މުޙައްމަދު ޢާދިލަށް -/37500 ރުފިޔާ ދެއްކުމަށް ކަމަށާއި ނަމަވެސް ވަޒީފާއާބެހޭ
ޤާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކުރަނީ އެކަށީގެންވާ ސަބަބެއްނެތި، މުވައްޒަފަކު ވަޒީފާއިން
ވަކިކޮށްފިކަމަށް ޓްރައިބިއުނަލަށް ފެނިއްޖެނަމަ، އެމާއްދާގެ (ށ) ގެ ދަށުން ބަދަލު ދޭންޖެހޭނެކަމަށް
ކަމާއި މުޙައްމަދު ޢާދިލް ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބަކާ ހެދި ކަމަށްވުމުން
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެމަތިން ރެއިންބޯ އެންޓަރ ޕްރައިސަސްއިން
ކޮށްފައިވާ ކަމެއް ކަމަށާއި އަދި އެފަދަ ޙާލަތެއްގައި ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާއަށް
ޢަމަލުކުރާކަށް ނުޖެހޭނެ ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއަށް ބެލި ބެލުމުން،
މުޙައްމަދު ޢާދިލު ވަޒީފާއިން ވަކިކުރަން ޖެހުނު ސަބަބެއްކަމަށް 29 މާރޗް 2010 ގައި
މުޙައްމަދު އާދިލަށް ރެއިންބޯ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފޮނުވާފައިވާ ސިޓީގައި
ބަޔާންކޮށްފައިވާ ސަބަބަކީ، ވިދިވިދިގެން ތިންހަފުތާވަންދެން ހުއްދަ ހޯދުމަކާއި ނުލައި އޮފީހަށް ޙާޟިރުވެފައި
ނުވުން ކަން އެނގެން އޮތްއިރު، މުޙައްމަދު އާދިލު އޮފީހަށް ހާޟިރުވެފައި ނުވަނީ ކުންފުނީގެ މެނޭޖިންގް
ޑިރެކްޓަރ ކުންފުނީގެ މާކެޓިންގ މެނޭޖަރ މެދުވެރިކޮށް ފޯނުން ގުޅައި ވަޒީފާއަށް ނުނިކުމެ ގޭގައި މަޑުކުރުމަށް
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
.
9
2{10/HC-A/237
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޙާޟިރުވެފައި ނުވުން ކަމަށް ބަޔާންކުރެވިފައި ވާއިރު މުޙައްމަދު އާދިލު ވަޒީފާއަށް ހާޟިރު ނުވެދިގައްޖޭގެ ހައި
އަންގަވާފައިވާތީ ކަމަށް މުޙައްމަދު ޢާދިލުގެ ފަރާތުން ބުނެފައިވާކަމާއި ނަމަވެސް ރެއިންބޯ އެންޓަރ
ޕްރައިސަސް އިން އެއްވެސް ސިފައެއްގައި މުޙައްމަދު ޢާދިލު ވަޒީފާއަށް ނިކުތުން ހިފަހައްޓާފައިނުވާނޭކަމަށް
ބުނެފައިވާކަމާއި
އަދިއެއްވެސް ސިފައެއްގައި އޮފީހަށް އެންގުމަކާއި ނުލައި އޮފީހަށް ހާޟިރުވެފައި ނުވާކަމަށް
ބުނެ މުޙައްމަދު އާދިލު ވަޒީފާއިން ވަކިކުރެވުނު އިރު މުޙައްމަދު ގާދިރު ވަޒީފާއަށް ޙާޟިރުނުވާ ޙަޤީޤީ ސަބަބު
އެކުންފުންޏަށް އެނގޭ ކަމަށް 29 ޖޫން 2010 ދުވަހު ވަޒީފާއާއި ބެހޭ ޓްރައިބިއުނަލަށް ދީފައިވާ ބަޔާނުގައި
ރެއިންބޯ އެންޓަރ ޕްރައިސަސްގެ ފަރާތުން ބުނެފައިވާކަމާއި އަދި ކުންފުނީގެ އެޗް.އާރް ޑިޕާރޓްމަންޓްއާއި
ހަވާލުވެހުންނެވި ޢާއިޝަތު އަޒްފާ 12 ޖުލައި 2010 ދުވަހު ޓްރައިބިއުނަލަށް ދެއްވާފައިވާ ބަޔާނުގައި
ފައިސާގެ މައްސަލައެއްގައި ފުލުހުންގެ ބަންދުން ދޫކޮށްލުމަށްފަހު މުޙައްމަދު އާދިލު ފޯނުން ގުޅައި ދެފަހަރެއްގެ
މަތިން އޮފީހަށް ނިކުތުމާއި ގުޅޭ ގޮތުން ފޯނުން ވާހަކަ ދައްކާފައިވާކަމަށާއި އެގޮތުން އޮފީހަށް ނުކުތުމާއި
ބެހޭގޮތުން ޢައިޝަތު އަޒްފާ ސުވާލުކުރުމުން އޮފީހަށް ނުކުމެ " ފޭސް" ކުރަން އުދަގޫ ވާނެ ކަމަށް މުޙައްމަދު
އާދިލު ބުނެފައިވާ ކަމަށް ވެސް ބުނެފައިވާކަމާއި އަދި މުޙައްމަދު ޢާދިލް ފައިސާގެ މައްސަލައެއްގައި ހައްޔަރު
ކުރެވުމާއި ގުޅިގެން އެދުވަހު އެމް.އެސްޕީ.ގެ ފަރާތުން ރަސްމީކޮށް އެކަން އެނގިފައިވާ ކަމަށް ވެސް
ބުނެފައިވާކަން ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ ރިޕޯޓުން އެނގެން އޮންނަކަމާއި އަދި މުހައްމަދު ޢާދިލު
ވަޒީފާއަށް ހާޟިރު ނުވެގެން އެކަން ބެލުމަށް ނުވަތަ އެމައްސަލައާއި މެދު ފިޔަވަޅު އެޅުމުގެ ގޮތުން ވަޒީފާއިން
ވަކިކުރުމުގެ ކުރިން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަމަށްވެސް ރެއިންބޯ އެންޓަރ ޕްރައިސަސް ގެފަރާތުން
ބުނެފައިވާކަން އެނގެން އޮންނަކަމާއި
މުޙައްމަދު އާދިލު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާއި ބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާއި
ގޮތްވާ ގޮތުގެ މަތީންކަމަށް ރެއިންބޯ އެންޓަރ ޕްރައިސަސް ގެފަރާތުން ބުނެފައިވީނަމަވެސް މުޙައްމަދު
އާދިލު ވަޒީފާއިން ވަކިކުރި ސަބަބަކީ ވިދިވިދިގެން ތިންހަފުތާވަންދެން ހުއްދަ ހޯދުމަކާއި ނުލައި އޮފީހަށް
0804 ދު
3x
އެއްގޮތެވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
.
10
2{10/HC-A1237
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މުއްދަތުގައި ފައިސާގެ މައްސަލައެއްގެ ތުހުމަތުގައި އެފަރާތް ބަންދެއްގައި ހުރިކަން ކުންފުންޏަށް
އެނގިފައިވާކަން އެފަރާތުން ބުނެފައިވާކަން އެނގެން އޮންނަކަމާއި، މުޙައްމަދު އާދިލު ވަޒީފާއަށް ހާޟިރުނުވެ
ހުރީ ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް ކުންފުނިން އަންގައިގެން ކަމަށް މުޙައްމަދު އާދިލު ބުނި ބުނުމާމެދު
އެކުންފުނިން އިންކާރުކޮށްފައިވީނަމަވެސް މުޙައްމަދު އާދިލު ވަޒީފާއަށް ހާޟިރު ނުވާ ސަބަބު ކުންފުންޏަށް
އެނގިފައިވާއިރު ރަސްމީ ހައިސިއްޔަތުން މުޙައްމަދު އާދިލު ވަޒީފާއަށް ހާޟިރުކުރުމަށް އެއްވެސް މަސައްކަތެއް
ކޮށްފައިނުވުމުގެ އިތުރުން، އޮފީހަށް ހާޟިރު ނުވުމުގެ ސަބަބުން ވަޒީފާއިން ވަކިކުރުން ފަދަ ފިޔަވަޅެއް
އެޅުއްވިއިރު ވަޒީފާއަށް ހާޒިރު ނުވުމާ ގުޅިގެން އެއްވެސް ވަރަކަށް ސުވާލުކޮށް އެފަދަ އެއްވެސް
ފިޔަވަޅެއްވެސް އަޅާފައިނުވާކަން އެނގެން އޮތުމުން މުޙައްމަދު އާދިލު ވަޒީފާއިން ވަކިކުރެއްވި ސަބަބަކީ
އެކަށީގެންވާ ސަބަބެއް ކަމަށް ނުބެލެވޭ ކަމާއި
ޤާނޫނު ނަންބަރު 2/2008 ( ވަޒީފާއާބެހޭ ޤާނޫނު) ގެ 27 ވަނަ މާއްދާގައި ވާގޮތުން މުވައްޒަފަކު
ވަޒީފާއިން ވަކިކުރުމާ ގުޅިގެން އެމުވައްޒަފަކު ހުށަހަޅާ ޝަކުވާއެއް ނުވަތަ ދަޢުވާއެއްގައި އޭނާ ވަޒީފާއިން
ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށް ދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާ އެއްކަމާއި،
އެމުވައްޒަފަކު ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަމުގައި ވަޒީފާދޭފަރާތަށް ސާބިތުކޮށް
ނުދެވިއްޖެނަމަ އޭނާ ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއްނެތި ކަމުގައި ބެލެވޭނޭ ކަމަށް އެމާއްދާގައި
ބަޔާންކޮށްފައިވާކަމާއި
ވަޒީފާއާބެހޭ ޤާނޫނު ގެ
29 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު މުވައްޒަފަކު
ވަޒީފާއިންވަކިކޮށްފައިވަނީ، އެކަށީގެންވާ ސަބަބެއްނެތިކަމަށް ޓްރައިބިއުނަލަށް ފެނިއްޖެ ހިނދެއްގައި އެމާއްދާގައި
ބަޔާންކުރާ ކަންތައްތަކުގެ ތެރެއިން ކަމެއް ނުވަތަ ކަންތައްތަކެއް ކުރުމަށް ޓްރައިބިއުނަލުން އަމުރު ނެރެން
ވާނެކަމަށް ބަޔާންކޮށް އެމާއްދާގެ 3 ވަނަ ނަންބަރުގައި، އެމާއްދާގެ (ރ) ގައިވާ ގޮތުގެ މަތީން ބަދަލު ދިނުމަށް
އަމުރު ކުރެވިދާނެ ކަމަށް ބަޔާންކޮ
ބަޔާންކޮށްފައިވާއިރު
އެމާއްދާގެ (ރ)
ގައި ބަދަލު ދިނުމުގެ އަމުރެއް
2224
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
.
11
2{10/HC-A1237
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޓްރައިބިއުނަލުން ނެރުމުގައި ބަދަލު ދޭންޖެހޭ މިންވަރު ކަނޑަޅާނީ އެކަށީގެންވާކަމަށް އަދި ޢަދުލުވެރިކަމަށް
ޓްރައިބިއުނަލަށް ފެންނަ އަދަދަކަށް ކަމަށް ބަޔާން ކޮށްފައިވާ ކަމާއި،
ންކަމުން ޤާނޫނު ނަންބަރު 2/2008 ( ވަޒީފާއާބެހޭ ޤާނޫނު)ގެ 29 ވަނަ މާއްދާގެ(ހ)
އަށް ރިޢާޔަތްކޮށް، މުޙައްމަދު ޢާދިލްއަށް ބަދަލުގެ ގޮތުގައި -/37500ރ( ތިރީސް ހާސް ފައްސަތޭކަ ރުފިޔާ)
ނަގައިދިނުމަށް ވަޒީފާއާއިބެހޭ ޓްރައިބިއުނަލުން ނިންމަވާފައިވާ ނިންމެވުން ސައްޙަ ކަމަށް ފެނެއެވެ.
އެހެންކީ
ވީމާ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު އެންމެހައި ސަބަބުތައް އެގޮތުގެ
މަތީން ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:2016/VTR/136 މައްސަލަ އިސްތިއުނާފު
ކުރުމަށް ރެއިންބޯ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް
ބިނާކޮށް އެމައްސަލާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް އެއްވެސް ބަދަލެއް
ގެންނަންޖެހޭ ސަބަބެއް އޮތްކަމަކަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހަކަށް
ފެނުނެވެ.
ޙުކުމް:
24
ދެންފަހެ، އިސްވެ ފާހަގަކުރެނު ނުކުތާތަކުގައި ބަޔާންކުރެވުނު އެންމެހައި ސަބަބުތައް އެގޮތުގެ
މަތީން ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިޔުނަލްގެ ނަންބަރު:2010/VTR/136 މައްސަލާގައި ނިންމާފައިވާ
ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބެލެވޭނެ އެއްވެސް
ސަބަބެއް އޮތްކަމަށް މިމައްސަލަބެލީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ނުފެންނާތީ،
ވަޒީފާއާބެހޭ ޓްރައިބިޔުނަލްގެ ނަންބަރު:2010/VTR/136 މައްސަލާގައި ނިންމާފައިވާ ނިންމުމަށް މިމައްސަލަ
ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކޮށް، އެގޮތުގެ މަތިން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ހައިކޯޑު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
.