ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/39 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
22/HC-A/39
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 39/HC
-
A/2012
• އިސްތިއުނާފުކުރި ފަރާތް:
* ނަން: މުޙައްމަދު ޔޫސުފް މޫސާ
ރަޖިސްޓްރީ ނަންބަރ: A050821
* ދާއިމީ އެޑްރެސް: މއ.ސިސިލްފަރުކ.މާލެ
މިހާރުގެ އެޑްރެސް: މއ.ސިސިލްފަރު(ކ.މާލެ
އިސްތިއުނާފު ރައްދުވާ ފަރާތް:
* ނަން: އަބްދުﷲ މާހިރު
އައިޑީ ކާޑު
ކާޑުނަންމަ
ދާއިމީ އެޑްރެސް: މ.ވެލާނާވަރު(ކ.މާލެ
މިހާރުގެ އެޑްރެސް: ފ.ހެވާ ކ.މާލެ
*
ރަޖިސްޓްރީކުރެވުނު ތާރީޚް: 12 ފެބްރުވަރީ 2012
| ނިމުނު ތާރީޚް: 25 ނޮވެމްބަރު 2012
އިސްތިއުނާފުކުރެވުނު ޤަޟިއް
ޟިއްޔާ ނަންބަރު: 2011/Cv
-
C/1418
ނިންމެވިކާޓް: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް:
އެންދެރިއާގެ ވިއްކުން
ހުށަހެޅި ތާރީޚް: 2011-07-06 ނިމުނު ތާރީޚް: 2011-10-26
0އ"
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީސް:
ފަނޑިޔާރުން ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޔޫސުފު ޙުސައިން ފަނޑިޔާރު: ޢައްބާސް ޝަރީފު
ސައިކް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/39
0
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރ 2011/Cv-C/1418 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ސިސިލްފަރުމާލެ، މުޙައްމަދު ޔޫސުފް މޫސާ
(ދ.ރ.އ ކާޑް ނަންބަރު
ބަރު: A050821) ގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފް ކުރުމުން ބަލާފައިވާ
ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގެ އިސްތިއުނާފް ރައްދުވާ ފަރާތަކަކީ މ. ވެލާނާވަރު/މާލެ، ޢަބްދުﷲ މާހިރު
(ދ.ރ.އ ކާޑް ނަންބަރު: A036468} އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
0l
މިއީ، ސިވިލް ކޯޓުގެ ނަންބަރ 2011/Cv-C/1418
ޤަޟިއްޔާ އެކޯޓުން
12
ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ސިސިލްފަރު!މާލެ، މުޙައްމަދު
ޔޫސުފު މޫސާ (ދ.ރ.އ ކާޑް ނަންބަރު: A050821) ގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފް ކުރުމުން
ބަލާފައިވާ ޤަޟިއްޔާއެކެވެ
02- އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު: 2011/Cv
-
C/1418 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ވެލާނާވަރު ޢަބްދުﷲ މާހިރު (އައި.ޑީ
ނަންބަރު A036468) ގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ "މއ. އެންދެރިއާގެ" އެވކިޔާ އަމިއްލަ ގޯތީގެ
340 އަކަފޫޓުގެ އަމިއްލަ ބިމާއި، އެބިމުގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭމުދާ -/
2,000,000ރ.
(ދެމިލިއަން ރުފިޔާ) ގެ އަގަށް ޢަބްދުﷲ މާހިރުގެ އަތުން ގަތުމަށްއެދި، މއ. ހިމާލިޔާގެ އަޙްމަދުދީދީ (އައި.ޑީ
ކާޑު ނަންބަރު A058083} ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި،"ދެންފަހެ، މ. ވެލާނާވަރު ޢަބްދުﷲ މާހިރު
(އައި.ޑީ ކާޑު ނަންބަރު: A036468) ގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ
އެންދެރިއާގެ އެވެކިޔާ 40އްޖޭގެ ކަކީ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
2012/HC-A/39
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
(ތިންސަތޭކަ ސާޅީސް) އަކަފޫޓުގެ އަމިއްލަ ގޯތީގެ އަމިއްލަ ބިމާއި އެބިމުގައިވާ އެންމެހަ ޢިމާރާތްތަކާއި
ނުއުފުލޭ މުދާ ގަތުމަށް އެދި. ހިމާރިޔާ އަޙްމަދު ދީދީ (އައި.ޑީ ކާޑު ނަންބަރު:A058083) ހުށަހަޅާފައިވާ
މިމައްސަލައިގައި މި ވިޔަފާރި ޢަޤުދުކުރުމަށް ޝަރުޢީ އަދި ޤާނޫނީ އެއްވެސް ހުރަހެއް ނެތްހިނދު، ޢަބްދު
މާހިދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މއ. އެންދެރިއާގެ އެވެކިޔާ 340 (ތިންސަތޭކަ ސާޅީސް) އަކަފޫޓުގެ
އަމިއްލަ ގޯތީގެ އަމިއްލަ ބިމާއި އެބިމުގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދާ، -/
2,000,000ރ.
(ދެމިލިއަން ރުފިޔާ) ގެ އަގަށް އަޙްމަދު ދީދީއަށް ވިއްކުމުން، މި އަގަށް މިބިމާއި ޢިމާރާތްތަކާއި ނުއުފުލޭ މުދާ
އަޙްމަދު މި ވިޔަފާރި ޢަޤްދުކޮށް، މިވިޔަފާރީގެ އަގު ޚަލާޞްކޮށްފައިވާތީ، މި ވިޔަފާރި
ޞައްޙަކަމަށާއި، މި ވިޔަފާރީގެ ސަބަބުން މއ. އެންދެރިއާގެ އެވެކިޔާ 340 (ތިންސަތޭކަ ސާޅީސް
އަކަފޫޓުގެ އަމިއްލަ ގޯތީގެ އަމިއްލަ ބިމާއި އެބިމުގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދަލުގެ މިހާރުގެ
މިލްކްވެރި ފަރާތަކީ އަޙްމަދު ދީދީ ކަމަށް ކަނޑައަޅައި،
އަދި މިއަޤްދުގެ ސަބަބުން މއ. އެންދެރިއާގެ އެވެކިޔާ 340 (ތިންސަތޭކަ ސާޅީސް)
އަކަފޫޓުގެ އަމިއްލަ ގޯތީގެ އަމިއްލަ ބިމާއި އެބިމުގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދަލުގެ މިހާރުގެ
މިލްކުވެރި ފަރާތަކީ އަޙްމަދު ދީދީ ކަމަށް ވީނަމަވެސް، ޢަބްދުﷲ މާހިރަށް ހއ. ސިސިލްފަރު މުޙައްމަދު
ޔޫސުފު (އޮގަރު މުޙައްމަދުފުޅު) ދީފައިވާކަމަށް ކޯޓު ނަންބަރު 2 ގެ ނަންބަރު: 2
/
89-SC/77 ޤަޟިއްޔާއިން
ސާބިތުވެފައިވާ 670,019
/
90ރ. (ހަލައްކަ ހަތްދިހަހާސް ނަވާރު ރުފިޔާ 1 ނުވަދިހަ ލާރި) މުޙައްމަދު
ޔޫސުފަށް އަނބުރާ ދެއްކުމުން، ނުވަތަ އެފައިސާ މުޙައްމަދު ޔޫސުފު މަޢާފުކޮށްދިނުމުން، ނުވަތަ
އެންދެރިއާގެ އެވެކިޔާ 340 (ތިންސަތޭކަ ސާޅީސް) އަކަފޫޓުގެ އަމިއްލަ ގޯއްޗާ ޙަވާލުވުމަށް މުޙައްމަދު
ޔޫސުފް ފުރުޞަތު ދިނުމުން މެނުވީ، މި ގޯތި މިހާރު މިލްކުވެފައިވާ ފަރާތްކަމަށްވާ އަޙްމަދު ދީދީއަށް އެގޯއްޗާ
ޙަވާލުނުވެވޭނެކަން އަޙްމަދު ދީދީއަށް އަންގައި ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ." މިފަދައިން ބަޔާން
ކޮށްފައިވާކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
CCCX
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2012/HC-A/39
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
03- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ސިވިލް ކޯޓުގެ ނަންބަރ 2011/Cv-C/1418
ޤަޟިއްޔާގެ ޙުކުމް ކުރެއްވުމާގު
ކުރެއްވުމާގުޅިގެން، ސިސިލްފަރު(މާލެ، މުޙައްމަދު ޔޫސުފް މޫސާ ގެ ފަރާތުން އެ
ޤަޟިއްޔާ އިސްތިއުނާފު ކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާއި މެދު ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
-/
2000000ރ.
* ފުރަތަމަ ނުކުތާއަކީ: ޢަބްދުﷲ މާހިރު ގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ މއ.އެންދެރިއާގެ
އެވެ ކިޔާ އަމިއްލަބިމާ އެގޯތީގައިވާ އެންމެހައި ޢިމާރާތްތަކާ ނުއުފުލޭ މުދާ
(ދެމިލިއަންރުފިޔާ) ގެ އަގަށްނަމަވެސް ޢިމާރާތާ ގޯތީގެ ވެރިފަރާތް ކަމުގައިނުވާ އަޙްމަދުދީދީ، މއ.ހިމާލިޔާއަށް
ވިއްކުމުގެ ޙައްޤާއި އިޚްތިޔާރު ލިބިގެންނުވާހިނދު އެފަރާތުން ހުށަހެޅި މައްސަލަ ކޯޓުން ބަލައިގަނެ ހިންގެވި
ހިންގެވުމަކީ ކޯޓުން މިފަދަ މައްސަލަތައްބަލާ ހިނގުމުގެ އުޞޫލާއި ޚިލާފަށް ތަނުގެ މިލްކުވެރި ފަރާތްނޫން
ފަރާތަކުން ގަންނަން އެއްބަސްވެ ހުށަހެޅި މައްސަލަ ކޯޓުން ބަލައިގަނެ ހިންގި ހިންގެވުން ކަމަށްބުނެ ހުށަހެޅި
ނުކުތާ އެވެ.
* ދެވަނަ ނުކުތާއަކީ: މިގޯއްޗަކީ ކުރިން ބަންޑާރަ ގޯއްޗަކަށްވެފައި ވިއްކާ އަގުގެތެރެއިން
އަމިއްލަ ކުރުމުގެ ކަންތައް ހަމަޖައްސައިގެން އަމިއްލަ ކޮށްފައިވާ ގޯއްޗަކަށްވީނަމަވެސް މުޙައްމަދު ޔޫސުފު އާއި
ޢަބްދުﷲ މާހިރު އާއި ދެމެދު 20 އޯގަސްޓް 1996 ގައި ވެފައިވާ އެއްބަސްވުން އެގޮތުގައި ވަނިކޮށް ޢަބްދު
މާހިރުގެ މިތުރަގަޅު ޢަމަލުކަމުގައިވި މިމުޢާމަލާތުގެ އެއްބައިގައި އޭނަހުރެ ހިންގެވިޔަސް މިމުޢާމަލާތަކީ
މިދެމީހުންކުރެ މީހަކަށް ވިއްކާ ގަނެހެދުމުގެ މައްޗަށް ތަޞައްރުފެއްކުރވިދާނެ ތަނެއްކަމުގައިނުވުން ކަމަށްބުނެ
ހުށަހެޅި ނުކުތާ އެވެ.
* ތިންވަނަ ނުކުތާއަކީ: އެހެންފަރާތަކަށް މިގޯތީގެ މިލްކްވެރިކަމުގެ ޙައްޤު ލިބޭހެން ޙުކުމުގައި
ކަނޑައެޅުއްވާފައިވިއަސް މުޙައްމަދު ޔޫސުފުއާއި، ޢަބްދުﷲ މާހިރު އާ ދެމެދު އިސްވެ ދެންނެވި އެއްބަސްވުމުގެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2012/HC-A/39
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
$ & / = ދވ
އއޤީe3eށް
ދަށުން އޮތް ޙައްޤުތައް އެހެން ފަރާތަކަށް ވިއްކާލުމަށް ފުރުޞަތު ދެއްވައިގެން ޢަބްދުﷲ މާހިރު ހިންގެވި
އެވިޔަފާރީގެ ސަބަބުން މުޙައްމަދު ޔޫސުފުގެ ޙައްޤުތައް ގެއްލިފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ އެވެ.
* ހަތަރުވަނަ ނުކުތާއަކީ: މިގޯއްޗަކީ މުޙައްމަދު ޔޫސުފު ގެ އެތައް މިލިޔަން ރުފިޔާ އެއް
ޚަރަދުކޮށްގެން މުޙައްމަދު ޔޫސުފު ހަދާފައިވާ އެ ޢިމާރާތުގެ މައްޗަށް ތަސައްރަފް ކުރުމުގެ ޙައްޤު މުޙައްމަދު
ޔޫސުފު އަށް އޮތް ތަނަކަށްވާއިރު، ޢިމާރާތުގެ އަގަކީ ކޮބައިތޯވެސް ބަލައިނުލާ ޢިމާރާތް ކުރެވިފައިވާ މިގޯތި
ވިއްކުމުގައި ޢަދުލުވެރިކަމެއް ނެތުމުގެ އިތުރަށް މައްސަލަ ނިންމެވި ކޯޓުން މި މައްސަލަ ނިންމެވުމުގައިވެސް
ބަލަންޖެހޭ މުހިންމު ކަންތައްތައް ނުބައްލަވާ ދޫކޮށްލާފައިމެ، މިފަދައިން ހުށަހެޅުނު ޤަޟިއްޔާއެއް އެފަދައަކުން
ނިންމަވާފައިއޮތުން ކަމަށްބުނެ ހުށަހެޅި ނުކުތާ އެވެ.
* ފަސްވަނަ ނުކުތާއަކީ: މި ޤަޟިއްޔާގެ ފާހަގަކުރި ނުކުތާގެ 16 ވަނަ ނަންބަރަށް ބަލާއިރު
އެކަންވެސް ހިމަނާފައިވަނީ ފާހަގަކުރައްވާފައިވާގޮތާ
އެންމެ
ނޫންކަމަށާއި،
ތަދައްޚުލުވެފައިވާކަމާ، އެކަން ތަދައްޚުލުވި ފަރާތަށް އެނގެންވާހެން އަންގާފައިނުވާކަން އެފަރާތުންބުނެ
މުޙައްމަދު ޔޫސުފަށް ދީފައިވާ މަޢުލޫމާތުން އެގެން އޮންނަ އޮތުން ކަމަށްބުނެ ހުށަހެޅި ނުކުތާ އެވެ.
04- ސިވިލް ކޯޓުގެ ނަންބަރ 2011/Cv-C/1418 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން ދެފަރާތުން ދައްކާފައިވާ ވާހަކައަށާއި މައްސަލާއާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ: ސިވިލް ކޯޓުގެ ނަންބަރ 2011/Cv-C/1418 ޤަޟިއްޔާގައި
އއ.ހިމާލިޔާ/މާލެ، އަޙްމަދު (ދރކ. ނަންބަރު: A058087} ހުށަހަޅާފައިވާ މައްސަލައަކީ،
މ.ވެލާނާވަރު ޢަބްދުﷲ މާހިރު (ދިރ.. ނަންބަރު: A036468) ގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ
މއ.އެންދެރިއާގެ އެވެ ކިޔާ އަމިއްލަ ގޯތީގެ އަކަފޫޓުގެ އަމިއްލަ ބިމާއި، އެބިމުގައިވާ އެންމެހައި
ޢިމާރާތްތަކާއި ނުއުފުލޭމުދާ -/
000000'2ރ.(ދެ މިލިޔަން ރުފިޔާ) ގެ އަގަށް މ.ވެލާނާވަރު(ޢަބްދުﷲ މާހިރުގެ
ވެހިރާއްޖޭގެ ހައިއި
CCCC
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2012/HC-A/39
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ކިބައިން ގަތުމަށް އެދި ހުށަހަޅާފައިވާ މައްސަލައެއްކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން
އެނގެން އޮންނައިރު،
{
އަދި އެޤަޟިއްޔާ ބައްލަވާ ކުރައްވާފައިވާ ޙުކުމުގައި، "..އަދި މިއަޤްދުގެ ސަބަބުން
އެންދެރިއާގެ އެވެ ކިޔާ 340 (ތިންސަތޭކަ ސާޅީސް) އަކަފޫޓުގެ އަމިއްލަ ގޯތީގެ އަމިއްލަ ބިމާއި އެބިމުގައިވާ
އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދަލުގެ މިހާރުގެ މިލްކުވެރި ފަރާތަކީ އަޙްމަދު ދީދީ ކަމަށް ވީނަމަވެސް،
ޢަބްދުﷲ މާހިރަށް މއ. ސިސިލްފަރު މުޙައްމަދު ޔޫސުފު (އޮގަރު މުޙައްމަދުފުޅު) ދީފައިވާކަމަށް ކޯޓު ނަންބަރު
2 ގެ ނަންބަރު: 2
/
89-JC/77 ޤަޟިއްޔާއިން ސާބިތުވެފައިވާ 670,019
/
90ރ. (ހަލައްކަ ހަތްދިހަހާސް
ނަވާރަ ރުފިޔާ | ނުވަދިހަ ލާރި) މުޙައްމަދު ޔޫސުފަށް އަނބުރާ ދެއްކުމުން، ނުވަތަ އެފައިސާ މުޙައްމަދު
ޔޫސުފު މަޢާފުކޮށްދިނުމުން، ނުވަތަ މއ. އެންދެރިއާގެ އެވެ ކިޔާ 340 (ތިންސަތޭކަ ސާޅީސް) އަކަފޫޓުގެ
އަމިއްލަ ގޯއްޗާ ޙަވާލުވުމަށް މުޙައްމަދު ޔޫސުފް ފުރުޞަތު ދިނުމުން މެނުވީ، މި ގޯތި މިހާރު މިލްކުވެފައިވާ
ފަރާތްކަމަށްވާ އަޙްމަދު ދީދީއަށް އެގޯއްޗާ ޙަވާލުނުވެވޭނެކަން އަޙްމަދު ދީދީއަށް އަންގައި ޙުކުމްކޮށް މިޤަޟިއްޔާ
ނިންމީއެވެ." މިފަދައިން ބަޔާން ކޮށްފައިވާކަން ފާހަގަކުރެވޭކަމެވެ.
(ނ) ދެވަނަ ކަމަކީ: އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ސިވިލް ކޯޓުގެ ނަންބަރ
2011/Cv-C/1418 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބިނާކުރައްވާފައިވާ ސަބަބުތަކަށް ބަލާއިރު،
މ.ކާސަލް އެވެ ކިޔާ އަމިއްލަ ބަންޑާރަ ގޯތި، މުޙައްމަދު ޔޫސުފް (އޮގަރު މުޙައްމަދު ފުޅު) ގެ 04 ދަރިން
(އާމިނަތު ޝާހިދާ، އިބްރާހީމް ރިޔާޟް، ޝަހުލާ މުޙައްމަދު، ޝިފާޒާ މުޙައްމަދު) އަށް ޢަބްދުﷲ މާހިރު
ވިއްކުމުން، އެ ހަތަރު ކުދިންގެ ފަރާތުން މުޙައްމަދު ޔޫސުފް އެ ޢިމާރާތްތަކާއި ނުއުފުލޭ މުދާ ގަތުމަށްފަހު، އެ
ވިޔަފާރީގެ މައްސަލަ ބައްލަވައި ދެއްވުން އެދި މުޙައްމަދު ޔޫސުފް ހުށަހެޅި މައްސަލަ ކޯޓު ނަންބަރު 2 ގެ
771 ޤަޟިއްޔާއިން ބައްލަވާ ނިންމެވިއިރު މ. ކާސަލް އެވެ ކިޔާ އަމިއްލަ ބަންޑާރަ ގޯތީގެ
ބަންޑާރަ ބިމުގެ ގޮތުގައި އޮތް 1011.82 އަކަފޫޓުގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދާ ވިއްކުމަށް މާލޭ
މުނިސިޕަލްޓީން އިޢުތިރާޟްކުރައްވާފައިވާތީ، އެގޯތީގެ ބަންޑާރަ ބިމުގެގޮތުގައި އޮތް 1011.82 އަކަފޫޓުގައިޤާ:ޖޭގެ
ދެބަރު:9
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ވާ،
1
2012/HC-A/39
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މެޗައެ39
.މަދު
4 4:
ޢިމާރާތްތަކާއި ނުއުފުލޭ މުދާ ވިއްކުމަށްކުރި މުޢާމަލާތް ބާޠިލްކޮށް، މުޅިގޯތީގެ އަގުގެ ގޮތުގައި ޢަބްދު
މާހިރަށް މުޙައްމަދު ޔޫސުފްގެ އަތުން ލިބިފައިވާ 756353190ރ.(ހަތްލައްކަ ފަންސާސް ހަހާސް ތިންސަތޭކަ
ފަންސާސް ތިންރުފިޔާ، ނުވަދިހަ ލާރި) ގެ ތެރެއިން، އެ ގޯތީގެ އަމިއްލަ ބިމާއި އެ ބިމުގައިވާ ޢިމާރާތްތަކާއި
ނުއުފުލޭ މުދާ ވިއްކިއަގު ކަމުގައިވާ -/86334ރ.(އަށްޑިހަ ހަހާސް ތިންސަތޭކަ ތިރީސް ހަތަރު ރުފިޔާ)
ކަނޑާލުމުން ބާކީވާ 670019190ރ.(ހަލައްކަ ހަތްދިހަ ހާސް ނަވާރަ ރުފިޔާ، ނުވަދިހަ ލާރި) އަކީ،
ޔޫސުފްގެ 04 ދަރީންގެ ފަރާތަށް (މުޙައްމަދު ޔޫސުފަށް) ޢަބްދުﷲ މާހިރު އަނބުރާ ދައްކަންޖެހޭ
ފައިސާއެއްކަމަށް ކަނޑައަޅުއްވާފައިވާކަން އެނގޭކަމަށާއި،
އަދި ކޯޓުނަންބަރު 2 ގެ ނަންބަރު: 2
/
89-JC/77 ޤަޟިއްޔާގެ ޙުކުމަށް ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު: 78/HC
-
A/93 ޤަޟިއްޔާއިން ތާއީދު ކުރައްވާފައިވާކަން އެނގެން އޮންނަކަމަށް
އިސްތިއުނާފް މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރ 2011/Cv-C/1418 ޤަޟިއްޔާގައި ފާހަގަކުރެއްވުމަށްފަހު،
ކޯޓު ނަންބަރު 2 ގެ ނަންބަރު: 2
/
89-JC/77 ޤަޟިއްޔާގައި މުޙައްމަދު ޔޫސުފަށް ޢަބްދުﷲ މާހިރު
ދައްކަންޖެހޭކަމަށް ކަނޑައަޅުއްވާފައިވާ 670,019
/
90ރ. (ހަލައްކަ ހަތްދިހަހާސް ނަވާރަ ރުފިޔާ(ނުވަދިހަ
ލާރި) އަކީ، ޤާނޫނު ނަންބަރު: 28/76 (ސަރުކާރުގައި ރަޖިސްޓްރީ ކޮށްފައި ހުންނަ މީހުންގެ އަމިއްލަ ތަކެތި
ދީ ނުވަތަ ވިއްކުމާބެހޭ ޤާނޫނު) ގައި ބުނާ ފަދަ ދަރަންޏެއްތޯ ބަލާފައިވާކަމަށާއި، އެގޮތުން ބެލިއިރު،
- ސަރުކާރުގައި ރަޖިސްޓްރީ ކޮށްފައި ހުންނަ މީހުންގެ އަމިއްލަ ތަކެތި ވިއްކޭނީ ސަރުކާރަށް
ނުވަތަ ސަރުކާރާބެހޭ ފަރާތަކަށް ދަރަނީގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ދައްކަންޖެހޭ ފައިސާއެއް އޮތްތޯ
ކަމާބެހޭ ފަރާތްތަކުން ބެލުމަށްފަހުގައި ކަމަށާއި، އަދި އަމިއްލަ ފަރާތަކަށްވެސް ޝަރީޢަތަށް ސާބިތުވެފައިވާ
ދަރަންޏެއް އޮތްތޯ ބެލުމަށްފަހުގައި ކަމަށް ޤާނޫނު ނަންބަރު: 28/76 (ސަރުކާރުގައި ރަޖިސްޓްރީ ކޮށްފައި
ހުންނަ މީހުންގެ އަމިއްލަ ތަކެތި ދީ ނުވަތަ ވިއްކުމާބެހޭ ޤާނޫނު) ގައި ބުނެފައިވާއިރު، އެ ޤާނޫނުގައި
"ޝަރީޢަތަށް ސާބިތުވެފައިވާ ދަރަންޏެއް ކަމަށް ބުނެފައި އެވަނީ، ސާބިތު ދަރަނީގެ ގޮތުގައި އެ ކޯޓުގައި
ރެކޯޑް ކުރެވިގެން ބެލެހެއްޓޭ ދަރަނިތަކަށް ކަމަށް ބެލެވޭކަމަށާއި،
ދިވެހިރާއްޖޭގެ
ހައިކޯޑު
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ދިވެހިންގެ
8
2012/HC-A/39
ޤަޟިއްޔާ ނިމުނު
میں تم مع
ނަމަވެސް ކޯޓު ނަންބަރު 2 ގެ ނަންބަރު: 2
/
89-JC/77 ޤަޟިއްޔާއިން ޢަބްދު
މާހިރުގެ ފަރާތުން މުޙައްމަދު ޔޫސުފަށް ދޭންޖެހޭކަމަށް ޙުކުމް ކޮށްފައިވާ 670,019190ރ. (ހަލައްކަ
ހަތްދިހަހާސް ނަވާރަ ރުފިޔާ | ނުވަދިހަ ލާރި) އަކީ އޭރުންސުރެވެސް ސާބިތު ދަރަނީގެ ރެކޯޑް ފޮތަށް
އެރުވިގެން އޭގެ ރެކޯޑް ކޯޓުން ބަލަހައްޓާފައިވާ ދަރަންޏެކަމަށް ނުވާތީއާއި،
- ކޯޓުގައި ރެކޯޑް ބަލަހައްޓާ ދަރަނިތައް ރެކޯޑް ކުރާ ފޮތަށް އަރުވަނީ މީހަކަށް ނުވަތަ
ފަރާތަކަށް ފައިސާއެއް ދޭންޖެހިފައި އޮތްކަން ޝަރީޢަތަށް ސާބިތުވުމާއެކު، އެފައިސާއެއް އަދާކުރާނެ ގޮތެއް
ނުވަތަ މުއްދަތެއް އެޤަޟިއްޔާގައި ކަނޑައަޅާފައިވާނަމަކަމަށާއި، ނަމަވެސް
- ކޯޓު ނަންބަރު 2 ގެ ނަންބަރު: 2
/
89-JC/77 ޤަޟިއްޔާގައި ޢަބްދުﷲ މާހިރުގެ މައްޗަށް
ސާބިތުވެފައިވާ 670,019190ރ. (ހަލައްކަ ހަތްދިހަހާސް ނަވާރަ ރުފިޔާ | ނުވަދިހަ ލާރި) އަދާކުރާނެ ގޮތެއް
ނުވަތަ މުއްދަތެއް ކަނޑައަޅުއްވާފައި ނުވާކަމަށާއި،
- އަދި އެފަދައިން ފައިސާ ދައްކާ ޚަލާޞްކުރަންވީ ގޮތެއް، މުއްދަތެއް ކަނޑައެޅުމެއްނެތި
ކޮށްފައި ހުންނަ ޙުކުމްތަކަކީ ސާބިތު ދަރަންޏާއި ބެހޭ ޤަވާއިދުގެ ދަށުން ފިޔަވަޅު އެޅޭ ދަރަނިތަކެއްވެސް
ނޫންކަމަށާއި،
އެހެންކަމުން ކޯޓު ނަންބަރު 2 ގެ ނަންބަރު: 2
/
89-JC/77 ޤަޟިއްޔާއިން ޢަބްދު
މާހިރުގެ މައްޗަށް ސާބިތުވެފައިވާ 670,019190ރ. (ހަލައްކަ ހަތްދިހަހާސް ނަވާރަ ރުފިޔާ / ނުވަދިހަ ލާރި)
އަކީ ޤާނޫނު ނަންބަރު: 28/76 (ސަރުކާރުގައި ރަޖިސްޓްރީ ކޮށްފައި ހުންނަ މީހުންގެ އަމިއްލަ ތަކެތި ދީ
ނުވަތަ ވިއްކުމާބެހޭ ޤާނޫނު) ގައި ބުނެފައިވާފަދަ ސާބިތު ދަރަންޏެއްކަމަށް ބެލެވޭނެ ހަމައެއް ނެތްކަމަށް
ސިވިލް ކޯޓުގެ ނަންބަރ 2011/Cv-C/1418 ޤަޟިއްޔާގެ ރިޕޯޓުގައި ފާހަގަކުރައްވާ، ޢަބްދުﷲ މާހިރަކީ
ޤާނޫނު ނަންބަރު: 29/76 (ސަރުކާރުގައި ރަޖިސްޓްރީ ކޮށްފައި ހުންނަ މީހުންގެ އަމިއްލަ ތަކެތި ދީ ނުވަތަ
ވިއްކުމާބެހޭ ޤާނޫނު) ގައި ބުނާފަދަ "ޝަރީޢަތަށް ސާބިތުވެފައިވާ ދަރަންޏެއް" އޮތް މީހެއްކަމަށް ބެލެވެން
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/39
ނެތްކަމަށް ވިދާޅުވެ، އެޤަޟިއްޔާގައި ހުށަހެޅިފައިވާ ބިން ވިއްކުމުގެ މުޢާމަލާތް ޝަރީޢަތުން ކުރިއަށް
ގެންދަވާފައިވާކަން އެނގެން އޮންނަކަމެވެ.
Ocolo
(ނ) ތިންވަނަ ކަމަކީ: ޤާނޫނު ނަންބަރު: 28/76 (ސަރުކާރުގައި ރަޖިސްޓްރީ ކޮށްފައިހުންނަ
މީހުންގެ އަމިއްލަ ތަކެތި ދީ ނުވަތަ ވިއްކުމާބެހޭ ޤާނޫނު) ގައި ބުނެފައިވަނީ، ސަރުކާރުގައި ރަޖިސްޓްރީ
ކޮށްފައި ހުންނަ މީހުންގެ އަމިއްލަ ތަކެތި ދީ ނުވަތަ ވިއްކޭނީ، ސަރުކާރަށް ނުވަތަ ސަރުކާރާބެހޭ ފަރާތަކަށް
ދަރަނީގެ ގޮތުންނާއި، އެހެނިހެން ގޮތްގޮތުން ދައްކަންޖެހޭ ފައިސާއެއް އޮތްތޯ ކަމާބެހޭ ފަރާތް ފަރާތުން
ބެލުމަށްފަހުގައި ކަމަށާއި، އަދި އަމިއްލަ ފަރާތަކަށްވެސް ޝަރީޢަތަށް ސާބިތުވެފައިވާ ދަރަންޏެއް އޮތްތޯ،
ކަމާބެހޭ ފަރާތްތަކުން ބެލުމަށްފަހުގައި ކަމަށާއި، މިގޮތުން އެފަދަ ތަކެތި ވިއްކާފައި ލިބޭ ފައިސާއަކުން،
ފުރަތަމަ ދައްކަންޖެހޭނީ، މަތީގައިވާގޮތުން ދައްކަން ޖެހިފައިވާ ފަރާތްފަރާތަށް، އެފަރާތަކަށް ދައްކަން ޖެހިފައިވާ
ޢަދަދެއްގެ ނިސްބަތުންކަމަށްވެސް އެޤާނޫނުގައި ބަޔާންކޮށްފައިވާކަން ފާހަގަކުރެވޭކަމާއި،
ސާބިތު ދަރަނީ" މި އިޞްތިލާޙު ޝަރުޢީ ކޯޓުތަކުން ޢާންމުކޮށް ބޭނުން ކުރަނީ، ޝަރީޢަތުން
ބަލާ ނިންމާ ޤަޟިއްޔާއެއްގައި އެއްފަރާތުން އަނެއް ފަރާތަށް ފައިސާއެއް ދޭންޖެހޭކަމަށް ސާބިތުވެފައިވާނަމަ
އެފައިސާއަކަށް ކަމާއި، މިގޮތަށް ސާބިތުވާ ފައިސާ، އެފައިސާއެއްގެ ޙައްޤުވެރި ފަރާތަށް ދައްކަން އަންގާ ކުރާ
ޙުކުމްތައް އެކި ސަބަބުތައްކަށްޓަކައި ތަފާތު ޢިބާރާތުން ކުރާކަމާއި، މިގޮތުން އެފަދަ ބައެއް ޙުކުމް ތަކުގައި،
ކަނޑައެޅިފައިވާ ވަކި މުއްދަތެއްގެ ތެރޭގައި، ކަނޑައެޅިފައިވާ ވަކި ފަރާތަކަށް، ކަނޑައެޅިފައިވާ ވަކި
މިންވަރަކަށް ފައިސާ ދެއްކުމަށް ކުރައްވާފައިވާ ޙުކުމް ތަކާއި، އެފައިސާއެއް ވަކި ފަރާތަކުން ވަކިފަރާތަކަށް
ދައްކަންޖެހޭކަން ސާބިތުކޮށް އެފައިސާއެއް ދައްކާ ނިމުމުން ވަކި ނަތީޖާއެއް ޙާޞިލުވާނެކަމަށް ކަނޑައަޅާ
ކޮށްފައި ހުންނަ ޙުކުމްތައް
ހުންނަކަން ފާހަގަކުރެވޭކަމާއި، އެފަދައިން އެ ޙުކުމްތަކުގެ ޝީޝާ ތަފާތުވެފައި
ހުންނަނީ އެމުޢާމަލާތެއް ހިނގާފައިވާ ގޮތަށާއި، އެމުޢާމަލާތެއްގެ ޠަބީޢަތަށާއި، އެމުޢާމަލާތެއްގައި ހިމެނޭ
މީހުންގެ ބަހަށާއި، އެފަދަ އެތަށް ކަމަކަށް ބެލުމަށްފަހުގައި ކަމާއި،
ދިވެހިރާއްޖޭގެ
ހައިކޯޑް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/39
4 ޑ 4ދ 4
کر مر مرس
2 4ހ62
38/
އަދި ކޯޓު ނަންބަރުތަކުން ފެށިގެން މިހާތަނަށްވެސް ދަރަނީގެ ރެކޯޑްތައް ބެލެހެއްޓުމުގެ
މަސްއޫލިއްޔަތުތައް އޮންނަ ކޯޓުތަކުން ސާބިތު ދަރަނި" ގެ ރެކޯޑްތަކުގެ ގޮތުގައި ބަލަހައްޓަމުން
އައިސްފައިވަނީ ޝަރީޢަތުން ނިންމާ ޤަޟިއްޔާއެއްގައި އެއްފަރާތުން އަނެއް ފަރާތަށް ފައިސާގެ ޢަދަދެއް
ތުވުމާއެކު، އެފައިސާ ދައްކާ ޚަލާޞްކުރާނެ މުއްދަތަކާއި ފައިސާ ދައްކަންވީ ގޮތަކާއި ފައިސާ
ދައްކަންވީ ކޯޓެއް (އެ ރެކޯޑް ބަލަހައްޓާ ކޯޓް) ކަނޑައެޅިފައިވާ ބާވަތުގެ ރެކޯޑްތައްކަމާއި، އެފަދައިން
ރެކޯޑްތައް ބަލަހައްޓަނީ އެއީ ރަހުނެއް ނުހިމެނޭ ސާބިތު ދަރަންޏާއި ބެހޭގޮތުން ޢަމަލުކުރެވޭ
ޤަވާޢިދަށް ފެތޭ ބާވަތުގެ ދަރަނިތައް ކަމަށްވާތީކަމާއި،
ފައިސާ ދައްކަންވީ މުއްދަތަކާއި، ފައިސާ ދައްކަންވީ ގޮތެއް ކަނޑައެޅުމަށްފަހުގައިވެސް
އެފައިސާއެއް ދައްކާ ޚަލާޞް ކުރަންވީ ކޯޓު ފިޔަވައި ކަމާބެހޭ އެހެން އިދާރާއެއް (މިސާލަކަށް: ބޭންކް ގެ
މައްސަލަތަކުގައި ބޭންކަށް ފައިސާ ދެއްކުމަށް ކޮށްފައި ހުންނަ ޙުކުމްތައް) މެދުވެރިކޮށްގެން ކަމަށްވާނަމަ،
ނުވަތަ ހަމައެކަނި ވަކި އަދަދެއްގެ ފައިސާއަކީ ވަކި މީހަކަށް ނުވަތަ ވަކި ފަރާތަކަށް ދައްކަންޖެހޭ
ފައިސާއެއްކަމަށް ކަނޑައެޅުމަށްފަހު، އެފައިސާއެއް ދައްކާ ނިމުމުން ވަކި ނަތީޖާއެއް ނުކުންނާނެކަމަށް
ބަޔާންކޮށްފައި ހުންނަ (މިސާލަކަށް: ކޯޓު ނަންބަރު 2 ގެ ނަންބަރު: 2
/
89-JC/77 ޤަޟިއްޔާ ގެ ޙުކުމް
ނުވަތަ ތަރިކާގެ މައްސަލަތައް ބެލުމަށްފަހު، މުދާ އަގުމަގުކޮށް ބަދަލުގެ ކަންތައް ހަމަޖައްސަވާ ކުރައްވާފައި
ހުންނަ ޙުކުމްތައް) ޙުކުމްތަކުން ސާބިތު ވެފައިވާ ދަރަނި ތަކަކީ ކޯޓުގެ ރެކޯޑް ކުރެވިފައި ހުންނަ ދަރަނިތަކެއް
ކަމަށް ނުވިނަމަވެސް، އެ ދަރަނި ތަކަކީ ޝަރީޢަތަށް ސާބިތުވެފައިވާ "ސާބިތު ދަރަނި" ގެ ގޮތުގައި ބެލެވެން
ނުޖެހޭ އެއްވެސް ސަބަބެއް ނެތްކަމާއި،
އެހެނީ، "ސާބިތު ދަރަނި" އަކީ ޝަރުޢީ ކޯޓަކުން ކުރާ ޙުކުމެއްގައި އެއްފަރާތުން އަނެއް
ފަރާތަށް ފައިސާ ދައްކަންޖެހޭކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުންކަމާއި، މިއީ ސާބިތު ދަރަނީގެ ޢާންމު މާނަ
ކަމާއި، ނަމަވެސް ވަކި ޤާނޫނެއްގެ ނުވަތަ ވަކި ޤަވާޢިދެއްގެ ބޭނުމަށްޓަކައި މިއަށްވުރެ ފުޅާކުން ނުވަތަ
OXO
Coc
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
11
2012/HC-A/39
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
42d
މިއަށްވުރެ ހަނިކޮށް މި އިސްތިލާޙް މާނަކުރެވިދާނެކަމާއި، ނަމަވެސް އެއިން އެއްވެސް ޙާލަތެއްގައި ޝަރީޢަތަށް
ސާބިތުވެފައިވާ ދަރަންޏެއް އެއީ "ސާބިތު ދަރަނި" އެއް ނޫން ކަމުގައި ނުބެވެ
ނުބެލެވޭނެކަމާއި،
މިގޮތުން މިސާލަކަށް: ވަކި މަޤާމަކަށް ކުރިމަތިލުމަށް ނުވަތަ ވަކި މަޤާމެއްގައި ދެމިހުރުމަށް
އޮންނަ ޝަރުތެއްގެ ގޮތުގައި ސާބިތު ދަރަނި މާނަކުރަންޖެހި (ޤާނޫނުއަސާސީގެ ގެ 73 ވަނަ މާއްދާގެ
(ނ) ގެ (1) ގައި، "އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި
އަދާކުރަމުން ނުދާ މީހަކު ކަމުގައިވުން.") އެ ދަރަންޏެއް ސާބިތުވި ޤަޟިއްޔާގެ ޙުކުމުގައި އެ ފައިސާއެއް
ދެއްކުމުގައި ވަކި ވަގުތެއްގެ ކުރިން ވަކިވަރެއް ދެއްކުމަށް އަންގާފައިވޭތޯ ބަލައި ގޮތެއް ކަނޑައެޅިދާނެކަމާއި،
ނަމަވެސް އެފަދަ ޙާލަތުގައިވެސް އެއީ ޤާނޫނު ނަންބަރު: 28/76 (ސަރުކާރުގައި ރަޖިސްޓްރީ ކޮށްފައި ހުންނަ
މީހުންގެ އަމިއްލަ ތަކެތި ދީ ނުވަތަ ވިއްކުމާބެހޭ ޤާނޫނު) ގައި ބުނާފަދަ ޝަރީޢަތަށް ސާބިތުވެފައިވާ
ދަރަންޏެއް ނޫންކަމަށް މާނަކުރުމުގެ ޖާގަ ނުލިބޭނެކަމާއި، އެހެނީ ޤާނޫނު ނަންބަރު: 28/76 ގެ މަޤްޞަދަކީ
އެފަދަ ދަރަންޏެއް ސާބިތުވެފައިވާ މީހެއްގެ އެފަދަ މުދަލެއް ވިއްކާލުމުން ލިބޭ ފައިސާއިން ކުރީގެ
އަރަނިވެރިންގެ ހައްޤަށް އިސްކަންދީގެން އެދަރަނިތައް ޚަލާސް ކުރުމަށް މަގު ފަހިކުރުންކަން ސާފުކޮށް ދޭހަވެ
OCX
އެނގެން އޮންނަކަމެވެ.
93/HC-A/78
ގެ
(ރ) ހަތަރުވަނަ ކަމަކީ: ސިވިލް ކޯޓުގެ ނަންބަރ 2011/Cv
-
C/1418 ޤަޟިއްޔާއާއި
ގުޅިގެން އެކޯޓަށް ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، ކޯޓު ނަންބަރު 2 ގެ ނަންބަރު: 2
/
89-JC/77
ޤަޟިއްޔާ އިސްތިއުނާފް ކުރުމުން އެޤަޟިއްޔާއަށް ތާއީދުކޮށް ނިންމާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
ޤަޟިއްޔާ ފަހުން ޢަބްދުﷲ މާހިރުއާއި މުޙައްމަދު ޔޫސުފާއި ދެމެދު
25 އޯގަސްޓް 1996 ގައި ލިޔުމެއް ލިޔެ ހެކީންގެ ހާޒިރުގައި ސޮއިކޮށްފައިވާކަމާއި،
އެލިޔުމަކީ، ޢަބްދުﷲ މާހިރުގެ ފަރާތުން މުޙައްމަދު ޔޫސުފަށް ދޭންޖެހިފައިވާކަމަށް އިސްވެ
މިބަޔާންކުރެވުނު 670.019190ރ.(ހަލައްކަ ހަތްދިހަ ހާސް ނަވާރަ ރުފިޔާ ނުވަދިހަލާރި) ރުފިޔާ ދެވެންދެން
މ. އެންދެރި (މިހާރު . އެންދެރިއާގެ) އެވެ ކިޔާ ގޯތީގެ 300 އަކަފޫޓް ބިމާއި އެތާގައިވާހައި ތަންތަނާކީ
ތަންތަނާޤައްޖޭގެ
coe
ހއ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
12
2012/HC-A/39
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ه8
6
5
2
ބޮނަން 39ނ
Occ
ތަކެތި މުޙައްމަދު ޔޫސުފާއި ޙަވާލު ކޮށްފީމެވެ، ބުނެ ލިޔެފައިވާ ލިޔުމެއްކަމާއި، އެ ލިޔުމަށް ބަލާއިރު،
ބަޔާންކުރެވުނު 340 އަކަފޫޓް ބިމުގައި މުޙައްމަދު ޔޫސުފަށް ފެންނަ ގޮތަކަށް ފެންނަވަރަކަށް ޢިމާރާތް ކުރުމުގެ
އިޚްތިޔާރު ޢަބްދުﷲ މާހިރުގެ ފަރާތުން މުޙައްމަދު ޔޫސުފަށް ދީފައިވާކަމާއި، އަދި ޢަބްދުﷲ މާހިރު އެ ބިން
އަތުލެވޭނީ ކުރިން ބަޔާންކުރެވުނު 6709019
/
90ރ.(ހަލައްކަ ހަތްދިހަ ހާސް ނަވާރަ ރުފިޔާ
ނުވަދިހަލާރި) ރުފިޔާ އާއި މުޙައްމަދު ޔޫސުފު އެ ބިމުގައި ޢިމާރާތެއް ކޮށްފައިވާނަމަ އެ ޢިމާރާތެއްގެ އަގު
އެއްފަހަރާ މުޙައްމަދު ޔޫސުފަށް ދިނުމަށްފަހުގައި ކަމަށް ބަޔާން ކުރުމަށްފަހު، އެ ލިޔުމުގެ 4 ވަނަ
ނަންބަރުގައި، "މި ބިމާއި މުޙައްމަދު ޔޫސުފް ފުޅު ޙަވާލު ވުމުން، އެހެން ފަރާތަކަށް ކުއްޔަށް ދިނުމާއި،
މުޙައްމަދު ޔޫސުފު ޙަވާލު ވެގެން ހުންނަކުރުމުގައި އެތަނުންލިބޭ ކޮންމެ މަންފާއަކީ މުޙައްމަދު ޔޫސުފްގެ
ޙައްޤެކެވެ. އަދި އަހަރެންނަށް ތަސައްރަފް ކުރުމުގެ ޙައްޤު ނުލިބޭހާ ހިނދެއްގައި އެބިމަށް ތަސައްރަފް ކުރުމުގެ
ޙައްޤާއި އިޚްތިޔާރު މުޙައްމަދު ޔޫސުފަށް ލިބިގެންވެއެވެ." މިފަދައިން ބަޔާން ކޮށްފައިވާކަން ފާހަގަކުރެވެން
އޮތްއިރު،
25 އޯގަސްޓް 1996 ގައި ލިޔެފައިވާ އެ ލިޔުމުގެ ދަށުން އެބިމާއި ޢިމާރާތްތައް ޙަވާލު
ކޮށްފައި އޮތް އޮތުން ބާޠިލްކޮށް، އެތާރީޚުން ފެށިގެން އެބިމުގައިވާ ޢިމާރާތްތަކަށް ޝަރީޢަތުން
ކަނޑައަޅައި، އެކުދިން ކަނޑަމުންގޮސް ޢަބްދުﷲ މާހިރުގެ ދަރަނި އަދާކުރެވޭނެ ގޮތެއް ކަނޑައަޅުއްވައި
ދެއްވުންއެދި ޢަބްދުﷲ މާހިރުގެ ފަރާތުން މަދަނީ ކޯޓަށް 14 މެއި 2006 ގައި ހުށަހެޅި (ޤަޟިއްޔާ ނަންބަރު
2006/MC/807) މައްސަލަ ބައްލަވާ، 25 އޯގަސްޓް 1996 ގައި ޢަބްދުﷲ މާހިރުއާއި މުޙައްމަދު ޔޫސުފު
އާއި ދެމެދު އެ ގޯތީގެ ބިމާއި ޢިމާރާތްތައް ޙަވާލު ކުރުމަށް ލިޔެފައިވާ ލިޔުމަކީ ޝަރުޢީ މަބާދިއުތަކާ ޚިލާފަށް
އޮތް ލިޔުމެއްކަމަށް ނިންމަވާ، 30 ނޮވެމްބަރ 2006 އިން ފެށިން 15 ދުވަހުގެ ތެރޭގައި އެތަނުން ނުކުމެ
ޢަބްދުﷲ މާހިރުއަށް އެތަން ޙަވާލުކުރުމަށް އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 247/HC-A/2006 ޤަޟިއްޔާއިން ބާޠިލްކުރައްވާ ކުރައްވާފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުގެ ނަންބަރު
އިން ތާއީދު ކުރައްވާފައިވާތީ، ސިވިލް ކޯޓުޙައްޖޭގެ
26 27
އއ
2
2008/SC-A/11
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖޭގެ ހައިކޯ
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/39
ނަންބަރ 2011/Cv
-
C/1418 ޤަޟިއްޔާގެ ދަށުން ވިއްކުމުގެ މުޢާމަލާތް ކުރިއަށް ގެންގޮސްފައިވާ
މ. ވެލާނާވަރު/ޢަބްދުﷲ މާހިރު (އައި.ޑީ ކާޑު ނަންބަރު A036468) ގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ
"މއ. އެންދެރިއާގެ" އެވެ ކިޔާ އަމިއްލަ ގޯތީގެ 300 އަކަފޫޓުގެ އަމިއްލަ ބިމާއި، އެބިމުގައިވާ އެންމެހައި
ޢިމާރާތްތަކާއި ނުއުފުލޭ މުދަކީ، ކޯޓު ނަންބަރު 2 ގެ ނަންބަރު: 2
/
89-JC/77 ޤަޟިއްޔާ އިން
މއ.ސިސިލްފަރު މުޙައްމަދު ޔޫސުފް (އޮގަރު މުޙައްމަދު ފުޅު) އަށް ޢަބްދުﷲ މާހިރު ދޭންޖެހޭކަމަށް
ސާބިތުވެފައިވާ 670,019
/
90ރ. (ހަލައްކަ ހަތްދިހަހާސް ނަވާރަ ރުފިޔާ | ނުވަދިހަ ލާރި)، ޢަބްދު
މާހިރުގެ ފަރާތުން ދައްކާ ޚަލާޞް ނުކުރާހާ ހިނދަކު އެހެން ފަރާތަކަށް ވިއްކާލުން ފަދަ ތަޞައްރުފެއް
ކުރެވިދާނެ މުދަލެއް ނޫންކަން ޝަރީޢަތަށް ފާހަގަކުރެވޭކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތައް އެގޮތުގެ
މަތިން ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރ 2011/Cv-C/1418 ޤަޟިއްޔާ ބައްލަވާ ކުރައްވާފައިވާ
ބާޠިލްކުރަންޖެހޭކަމަށް މިމައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤް ވެވިފައިވެއެވެ.
453
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތައް އެގޮތުގެ މަތިން
ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރ 2011/Cv-C/1418 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާއި އެއްގޮތް ޙުކުމެއްކަމަށް މިމައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންނަށް ނުފެނުނު
ހިނދު، އެޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް، އެގޮތުގެ މަތިން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv