ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/295 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A295
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 295/HC-A/2013
އިސްތިއުނާފުކުރި ފަރާތް:
ނަން: ޙަބީބު ޒާހިރު
ދާއިމީ އެޑްރެސް: އަރުތަ ގއ. ކޮލަމާފުށި
އައި.ޑީ.ކާޑު ނަންބަރު: A085088
މިހާރުގެ އެޑްރެސް: މ. ބަޑިކުޅިޔާގެ މާލެ
ވަކީލު: އޒް. މުޙައްމަދު ޝާކިރު (އައި.ޑީ.ކާޑު ނަންބަރު A116267)
L
.ޑީ
• އިސްތިއުނާފު ރައްދުވި ފަރާތް: މާލެ ސިޓީ ކައުންސިލް
އެޑްރެސް: ބިއްލޫރިޖެހިގެ/ މާލެ މިހާރުގެ އެޑްރެސް: ބިއްލޫރިޖެހިގެ/ މާލެ
ވަކީލު: އިޒް. މުޙައްމަދު ފަރީދު (އައި.ޑީ.ކާޑު ނަންބަރު A078669}
ދާއިމީ
0
ހުށަހެޅުނު ތާރީޚް: 25 ސެޕްޓެމްބަރު 2013
ނިމުނު ތާރީޚް:
18 ނޮވެމްބަރު 2014
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/Cv-C/1318
ނިންމެވިކޯޓު: ސިވިލް ކޯޓު
ހުށަހެޅުނުތާރީޚް: 23-07-2012
ނިމުނު ތާރީޚް: 31-07-2013
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/295
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1318 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ،
ކޮލަމާފުށި އަރުތަ، ޙަބީބު ޒާހިރުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާޕީ ދަޢުވާ ރައްދުވާ ފަރާތަކީ މާލޭ ސިޓީ ކައުންސިލެވެ.
xX OC
ފާހަގަކުރެވުނު ނުކުތާތައް:
01- ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1318 ޤަޟިއްޔާ އަކީ، ގއ. ކޮލަމާފުށި/ އަރުތަ
ޙަބީބު ޒާހިރު އާމްދަނީ ހޯދުމަށް ކުރަމުންދިޔަ މަސައްކަތެއްކަމަށްވާ ފަހުގެ ޓެކްނޮލޮޖީއާއި އެއްގޮތަށް
އައިސްކްރީމް ވިއްކުމަށް ޚާއްޞަކުރެވިފައިވާ ބައިސްކަލްތަކެއްގައި (3 ބައިސްކަލް) މާލޭ މަގުތަކުގައި
އައިސްކްރީމް ވިއްކަމުން ދަނިކޮށް ޤާނޫނަކުން އަދި ޤަވާޢިދަކުންވެސް ބާރުލިބުމެއްނެތި މާލޭ ސިޓީ
ކައުންސިލުން އެމަސައްކަތް ހުއްޓުވާފައިވާތީ ކަމަށްބުނެ 21 ޖުލައި 2011 އިން ފެށިގެން 22 ފެބްރުއަރީ
2012 އާއި ދެމެދު
ހަން( 217 ދުވަހުގެ އާމްދަނީ ހޯދުމަށް ކުރަމުން ގެންދިޔަ އެމަސައްކަތް ހުއްޓާލަން
ޖެހުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ޙަބީބު ޒާހިރުގެ ފަރާތުން މާލޭ ސިޓީ ކައުންސިލުގެ
މައްޗަށް ދަޢުވާކުރުމުން ބައްލަވާފައިވާ ޤަޟިއްޔާއެއްކަމާއިގެ
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ”ދެންފަހެ، މާލޭ ސިޓީ ކައުންސިލްގެ މައްޗަށް ގއ.
ކޮލަމާފުށި އަރުތަ ޙަބީބު ޒާހިރު ކުޅަ މިދަޢުވާއަކީ މީގެ ކުރިން ސިވިލް ކޯޓަށް ހުށަހެޅި ގޮތެއް ނިމިފައިވާ
މައްސަލައެއް ކަމަށާއި، މިމައްސަލައިގެ މައުޟޫޢަކީ ޙަބީބު ޒާހިރު އައިސްކްރީމް ގާޑިޔަލެއްގައި އައިސްކްރީމް
ވިއްކަމުން ދަނިކޮށް އެކަން މަނާކުރުމުން އެކަމުގެ މައްޗަށް ޙަބީބު ޒާހިރު ދަޢުވާކޮށްފައިވާ ސިވިލް ކޯޓުގެ
ނަންބަރު 2011/Cv
-
C/1748" ޤަޟިއްޔާގައި ބެލެވި ގޮތެއް ކަނޑައެޅިފައިވާ ނުކުތާއެއް ކަމަށްވާތީ،
މިދަޢުވާ އަލުން ސިވިލް ކޯޓުގައި ކުރިއަށް ގެންދިއުމަކީ ސިވިލް ކޯޓުން އެއްފަހަރު ބަލައި ގޮތެއް
ކަނޑައެޅިފައިވާ ކަމެއްގައި ދެވަނަ ފަހަރަށް ހުށަހެޅުމުން ބެލުން ކަމުގައި ބެލެވޭނެ ކަމެއްކަމަށާއި، ކޯޓުތަކުގެ
ޤާނޫނުގެ 36 ވަނަ މާއްދާގެ (ނ) އަށް ބަލާއިރު ސިވިލް ކޯޓުން ބަލާ ނިމިފައިވާ މައްސަލައެއް އަލުން
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/295
2
ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ ދިވެހިރާއްޖޭގެ ހައިކޯޓަށް ކަމަށްވާތީ މިދަޢުވާގައި އެދިފައިވާ ގެއްލުމުގެ
ބަދަލަކީ ޙަވާލާދެވުނު ޤަޟިއްޔާގެ ދަށުން ބަލާފައިވާ އަދި ބަދަލު ނަގާދޭނެ ތަނެއް ނެތްކަމަށް ކަނޑައަޅާފައިވާ
ނުކުތާއެއްކަމަށާއި، އެހެންކަމުން މިމައްސަލައަކީ މިކޯޓުގައި ކުރިއަށް ގެންދެވޭނެ މައްސަލައެއްނޫންކަމަށް ބުނެ
މާލޭ ސިޓީ ކައުންސިލުގެ ފަރާތުން އިޖްރާއީ ނުކުތާއެއް ހުށަހެޅި ހިނދު، މިއިޖްރާއީ ނުކުތާއާއި ގުޅިގެން
ދެފަރާތުގެ ވާހަކަތަކަށާއި ހުށަހެޅިފައިވާ ބަޔާންތަކާއި ލިޔުންތަކުގެ މައްޗަށް ޝަރީޢަތުން ވިސްނާ ނަޒަރުކޮށް
ބެލިއިރު، ހަބީބު ޒާހިރު އައިސްކްރީމް ގާޑިޔަލެއްގައި އައިސްކްރީމް ވިއްކަމުން ދަނިކޮށް މާލޭ
ކައުންސިލުގެ ފަރާތުން އެކަން މަނާކޮށްފައިވާތީ އެކަމުގެ މައްޗަށް ހަބީބު ޒާހިރު ދައުވާކޮށްފައިވާ ސިވިލް ކޯޓުގެ
ނަންބަރު 2011/Cv-C/1748 ޤަޟިއްޔާގައިވެސް އެކަމުގެ ސަބަބުން ހަބީބު ޒާހިރުއަށް ލިބުނު ގެއްލުމުގެ
ބަދަލު ހޯދުމަށް ދަޢުވާކޮށްފައިވާ ކަމާއި، ހަބީބު ޒާހިރު އެދިފައިވާ ގެއްލުމުގެ ބަދަލު ނަގާދެވޭނެ ތަނެއް
ނެތްކަމަށް ކަނޑައަޅައި ބަޔާންވެދިޔަ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވާކަން އެޤަޟިއްޔާގެ ޙުކުމުން އެނގެން
އޮތުމުން މިދަޢުވާގައި ހަބީބު ޒާހިރު ހޯދުމަށް އެދިފައިވާ ގެއްލުމުގެ ބަދަލަކީ ސިވިލް ކޯޓުގެ ނަންބަރު
2011/Cv
-
C/1748 ޤަޟިއްޔާގައި ބެލެވި ގޮތެއް ކަނޑައެޅިފައިވާ ކަމެއްކަމުން ބަޔާންވެދިޔަ ޤަޟިއްޔާގެ
ދެމިއޮއްވައި ހަމަ އެނުކުތާގެ މައްޗަށް އަލުން ބަލާ ގޮތެއް ނިންމުމަކީ ސިވިލް ކޯޓަށް އިޚްތިޞާޞް
ލިބިގެންވާ ކަމެއްކަމަށް ނުވާތީ މާލޭ ސިޓީ ކައުންސިލުގެ މައްޗަށް ގއ. ކޮލަމާފުށީ އަރުތަ ހަބީބު ޒާހިރު
މިޤަޟިއްޔާ އިތުރަށް ކުރިއަށް ގެންދެވެން ނެތްކަމަށް ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.“
މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯރޓުން އެގެން އޮވެއެވެ.
233
ހ( 24ދ
ދަޢުވާކުޅު
1318/Cr-C/2012
02- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލު
ތަކާއި ޚިލާފަށް ކަމަށްބުނެ، ޙަބީބު ޒާހިރުގެ ފަރާތުން އިސްތިއުނާފު ކުރުމަށް 04 (ހަތަރެއް) ނުކުތާއެއް
ފާހަގަކޮށް އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެއިގެ
ތެރެއިން:
¢ ¢ ¢
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/295
0
8ޑ 2
6
2 ހ2
ނންހެމއކ
cucc>
ފުރަތަމަ ނުކުތާއަކީ: ޝަރުޢީ ކޯޓަކުން މައްސަލައެއް ނިންމެވުމުގައި މައްސަލަ ބައްލަވާ ޤާޟީ
ފާހަގަކުރައްވާ ނުކުތާތަކަކީ، އެމައްސަލައެއްގައި ޤާޟީގެ ކަމުގައިވާތީ އެފަދައިން ޤާޟީ
ނިންމަވާފައިވާ ނިންމުމެއްގައި ބަޔާންކޮށްފައިވާ ކަމެއްގެ ބޭނުންހިފުމުގެ ޙައްޤު ކޮންމެ އިރަކުވެސް
ދެމިއޮންނާނެ ހިނދު އެޙައްޤު ލިބިގަތުމަށް ކޯޓަށް އަލުން މައްސަލައެއް ހުށަހެޅުމަކީ ކޯޓުން ކުރިން
ނިންމާފައިއޮތް ކަމެއް ދެވަނަ ފަހަރަށް ބެއްލެވުންކަމުގައި ނުބެލެވޭނެތީއާއި، އަދި އެގޮތަށް ތަރުޖަމާ ކުރެވޭނެ
ޤާނޫނީ ހަމައެއްނެތްއިރު ޝަރީޢަތުން އެގޮތަށް ތަރުޖަމާކޮށްފައިވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ: މާލޭ ސިޓީ ކައުންސިލްގެ މައްޗަށް ޙަބީބު ޒާހިރު ހުށަހެޅި ގެއްލުމުގެ ބަދަލު
ހޯދުމުގެ ދަޢުވާ ކުރިއަށް ގެންދެވެން ނެތްކަމަށް ކަނޑައަޅުއްވައި ޙުކުމްކުރައްވާފައިވަނީ ޙަބީބު ޒާހިރަށް
ގެއްލުން ލިބިފައިވާނަމަ ގެއްލުމުގެ ބަދަލު މާލެ ސިޓީ ކައުންސިލުން ލިބިގަތުމުގެ ޙައްޤު އޮތްކަން ސިވިލްކޯޓުގެ
2011/Cv-C/1748 ނަންބަރު ޤަޟިއްޔާގައި ޝަރީޢަތުން ފާހަގަކޮށްފައިވާ ނުކުތާތަކުގެ 10 ވަނަ
ކަނޑައަޅުއްވައި ފާހަގަކޮށްފައި އޮއްވާ އެނުކުތާއާ ކަނޑައެޅިގެން ޚިލާފަށް މައްސަލަ
ނިންމަވާފައިވާކަމަށް ބުނެ ފާހަގަކުރި ނުކު
ތިންވަނަ ނުކުތާއަކީ: ސިވިލް ކޯޓުގެ 2011/Cv-C/1748 ނަންބަރު ޤަޟިއްޔާގެ ދަށުން ކުރެއްވި
ޙުކުމްގައި ގެއްލުމުގެ ބަދަލު ނަގައިދީފައި ނުވަނީ ގެއްލުމުގެ ބަދަލުގެ ޢަދަދުތައް ބިނާކުރާ ހެކި ޙަބީބު ޒާހިރުގެ
ފަރާތުން ޝަރީޢަތަށް ހުށަހަޅާފައި ނުވާތީކަން އެޤަޟިއްޔާގައި ޝަރީޢަތުން ފާހަގަކުރައްވާފައިވާ ނުކު
ނުކުތާތަކުގެ
11 ވަނަ ނުކުތާގައި ފާހަގަކޮށްފައި އޮތްހިނދު ގެއްލުމުގެ ބަދަލުގެ ޢަދަދުތައް ބިނާކުރާ ހެއްކާއެކު ކޯޓަށް
އަލުން މައްސަލައެއް ހުށަހެޅުމުން ޤާނޫނީ ހަމަތަކާ ޚިލާފަށް އެމައްސަލަ ބެލުމުގެ އިޚްތިޞާސް ސިވިލްކޯޓަށް
ލިބިގެންނުވާކަމަށް ކަނޑައަޅުއްވާފައިވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ، މައްސަލަ ބެލުމުގެ އިޚްތިޞާސް ސިވިލްކޯޓަށް ލިބިގެންނުވާކަމަށް ކޯޓުތަކުގެ
ޤާނޫނުގެ 36 ވަނަ މާއްދާގެ (ނ) އާ ޙަވާލާދެއްވާ ކަނޑައެޅުއްވުން ކަމަށް ބުނެ ފާހަގަކުރި
ނަކު ތަޤް
ނުކުތާއެވެ.
ންކުeއވެ.
މިމެޗަsވެ.
03- ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/18
13 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޙަބީބު ޒާހިރުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި،
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
.ދިޘް
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/295
އެނުކުތާތަކާ ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިހިނދު،
މިމައްސަލަ ނިންމަން ފެންނަ ގޮތާމެދު މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މެދުގައި
ދެ ރައުޔެއްގެ މައްޗަށް ޚިޔާލު ތަފާތުވެފައިވެއެވެ. އެގޮތުން:
ތަފާތުވި ދައުރު (ފަނޑިޔާދު ޝުޢައިބު ޙުސައިން ޒަކަރިއްޔާގެ ރައުޔު) އާއި އެރައުޔު ބިނާކުރެވިފައިވާ
26 4
4 2 2 4
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު
2012/Cv
-
C/1318 ޤަޟިއްޔާގައި ޙަބީބު ޒާހިރުގެ ފަރާތުން ހޯދުމަށް އެދިފައިވާ ބަދަލަކީ، ކުރިން ހަމަ
ކޯޓުގެ ނަންބަރު 2011/Cv
-
C/1748 ޤަޟިއްޔާގައި ހުށަހެޅި އެދިފައިވާ އެބަދަލު ނަގައިދެވޭނެ ތަނެއް
ނެތްކަމަށް ކަނޑައަޅުއްވާފައިވާކަމެއްކަ ،
އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1318 ޤަޟިއްޔާގައި ޙަބީބު
ޒާހިރުގެ ފަރާތުން ހޯދުމަށް އެދިފައިވާ ބަދަލު ނަގައިދެވޭނެ ތަނެއް ނެތްކަމަށް، ކުރިން ސިވިލް ކޯޓަށް ހުށަހެޅި
އެކޯޓުން ނިންމަވާފައިވާ އެކޯޓުގެ ނަންބަރު 2011/Cv
-
C/1748 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވަނީ،
ބަދަލުގެ ގޮތުގައި ބަޔާންކޮށްފައިވާ ޢަދަދުތައް ސާބިތުކޮށްދިނުމުގެ ގޮތުން އެއްވެސް
ހުށަހަޅާފައިނުވާތީކަން އެޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ
ނުކުތާތަކުގެ 11 ވަނަ ނުކުތާއިން އެނގޭކަމެވެ.
ދެވަނަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު
2012/Cv-C/1318 ޤަޟިއްޔާގައި ހޯދުމަށް އެދިފައިވާ ބަދަލު ހޯދުމަށް ކުރިން ޙަބީބު ޒާހިރުގެ ފަރާތުން
ސިވިލް ކޯޓަށް ހުށަހެޅި އެކޯޓުގެ ނަންބަރު 2011/Cv-C/1748 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 10
ވަނަ ނުކުތާގައި، ދަޢުވާކުރާ ފަރާތުން ކުރަމުން އައި މަސައްކަތް ހުއްޓާލަންޖެހުމުގެ ސަބަބުން ދަޢު
ދަޢުވާކުރާ
ފަރާތައް ގެއްލުން ލިބިފައިވާނަމަ، އެގެއްލުމުގެ ބަދަލު މާލޭ ސިޓީ ކައުންސިލުން ލިބިގަތުމުގެ ޙައްޤު ދަޢުވާކުރާ
ފަރާތަށް ލިބިގެންވާކަމަށް ބަޔާންކުރެވިފައިވުމަކީ، އެސަބަބުގެ މައްޗަށް އެކަނި ބިނާކޮށް އެގެއްލުމުގެ ބަދަލު
ހޯދުމަށް ހަމަ އެކޯޓުގައި ދެވަނަ ފަހަރަށް ދަޢުވާކުރެވިދާނެ ސަބަބެއްކަމުގައި ޤަބޫލުނުކުރެވޭކަމާއި، އެހެނީ؟
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
> ނުކުތާގެ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2013/HC-A/295
އެނުކުތާގައި ބަޔާންކުރެވިފައި އެވަނީ، ޢާންމު އުޞޫލެއްކަމާއި، އެއީ މީހެއްގެ ޢަމަލުގެ ސަބަބުން
އަނެކާއަށް ގެއްލުމެއް ވެފައިވާނަމަ އެގެއްލުމުގެ ބަދަލަކީ ގެއްލުން ލިބުނު ފަރާތަށް ޙައްޤުވާނެ އެއްޗެއްކަން
ބަޔާންކުރުންކަމާއި، އެގޮތުން ޙަބީބު ޒާހިރު ކުރަމުން އައި މަސައްކަތް މާލޭ ސިޓީ ކައުންސިލުން ހުއްޓުވުމުން،
އެކަމުން ޙަބީބު ޒާހިރަށް ލިބިފައިވާނަމަ އެލިބުނު ގެއްލުމުގެ ބަދަލު ލިބިގަތުމުގެ ޙައްޤު ޙަބީބު ޒާހިރަށްވެސް
ލިބިގެންވާކަމަށް ބަޔާންކުރިކުރުމެއްކަމާއި، ނަމަވެސް އެކަން އެގޮތަށް ބަޔާންކު
ންކުރުމާއެކު، އެޤަޟިއްޔާގެ
ފާހަގަކުރެވުނު ނުކުތާތަކުގެ 11 ވަނަ ނުކުތާގައި، ޙަބީބު ޒާހިރުގެ ފަރާތުން ގެއްލުމުގެ ބަދަލު
ސާބިތުކޮށްދިނުމަށް އެއްވެސް ހެއްކެއް
ހުށަހަޅާފައިނުވާތީ، ގެއްލުމުގެ ބަދަލު އެމައްސަލާގައި
ނަގައިދެވިފައިނުވާކަން ފާހަގަކުރައްވާފައިވާއިރު، ޙަބީބު ޒާހިރުގެ ފަރާތުން އެދިފައިވާ ގެއްލުމުގެ ބަދަލު
ނަގައިދެވޭނެ ތަނެއް ނެތްކަމަށް އެޤަޟިއްޔާގެ ޙުކުމުގައި ޞަރީޙަކޮށް ކަނޑައަޅުއްވައި އެޤަޟިއްޔާގައި ޙުކުމް
ކުރައްވާފައިވާކަން އެނގޭކަމާއި؛
އެހެންކަމުން، އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1318
ޤަޟިއްޔާގައި ޙަބީބު ޒާހިރު ހޯދުމަށް އެދިފައިވާ ގެއްލުމުގެ ބަދަލަކީ ސިވިލް ކޯޓުގެ ނަންބަރު
2011/Cv
-
C/1748 ޤަޟިއްޔާގައި ބެލެވި ގޮތެއް ކަނޑައެޅިފައިވާ ކަމުންނާއި، ސިވިލް ކޯޓުގެ
ނަންބަރު 2011/Cv
-
C/1748 ޤަޟިއްޔާގެ ޙުކުމުގައި އެގެއްލުމުގެ ބަދަލު ނަގައިދެވޭނެ ތަނެއް ނެތްކަމަށް
ޞަރީޙަ ޢިބާރާތުން ބަޔާންކުރެވިފައިވުމުން، ބަޔާންވެދިޔަ ޤަޟިއްޔާގެ ޙުކުމް ދެމިއޮއްވައި ހަމަ
މައްޗަށް އަލުން ބަލައި ގޮތެއް ނިންމުމަކީ ސިވިލް ކޯޓަށް އިޚްތިޞާޞް ލިބިގެންވާ ކަމެއް ނޫންކަން
އެނގޭކަމެވެ.
(ބ) ތިންވަނަ ކަމަކީ، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ނ) ގައި [ކޮންމެ ކޯޓަކަށްމެ އެ
ކޯޓެއް ހިމެނޭ މަރުޙަލާއަށްވުރެ ދަށު މަރުޙަލާއެއްގެ ކޯޓަކުން ނިންމާ ނިންމުން ބަދަލުކުރުމުގެ ބާރު
ލިބިގެންވެއެވެ.” މިފަދައިން ބަޔާންކުރެވިފައިވުމުންނާއި، އަދި ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ
ކޯޓުތަކުގެ ޤާނޫނު) ގެ 36 ވަނަ މާއްދާގެ (ނ) ގައި ދަށު ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން
އިސްތިއުނާފަށް ހުށަހެޅޭ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ ދިވެހިރާއްޖޭގެ ހައިކޯޓަށް ކަމަށް
ދ ގ 2 ހ2 4
2
ހ2އހ2
cuc
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2013/HC-A/295
ބަޔާންކުރެވިފައިވުމުން، ދަށު ކޯޓުތަކުން ނިންމަވާ މައްސަލަތައް ބެލުމުގެ އިޚްތިޞާޞްކީ އުޞޫލެއްގެ ގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ލިބިގެންވާ އިޚްތިޞާބެއްކަމާއި،
އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/1748 ޤަޟިއްޔާގެ ޙުކުމުގައި
އެގެއްލުމުގެ ބަދަލު ނަގައިދެވޭނެ ތަނެއް ނެތްކަމަށް ޞަރީޙަ ޢިބާރާތުން ބަޔާންކުރެވިފައިވުމުން، އެޤަޟިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވި، އެޤަޟިއްޔާގައި ހޯދުމަށް އެދިފައިވާ ބަދަލުގެ މައްސަލައަކީ
އަލުން ސިވިލް ކޯޓުން ބައްލަވައި ގޮތެއް ކަނޑައަޅުއްވަންޖެހޭ މައްސަލައެއްކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން
ނުވަތަ ސުޕްރީމްކޯޓުން ކަނޑަނާޅުއްވާހާ ހިނދަކު، އެބަދަލުގެ މައްސަލަ އަލުން ސިވިލް ކޯޓުން ބެލުމަކީ،
ސިވިލް ކޯޓަށް އިޚްތިޞާޞްލިބިގެންވާ ކަމެއްނޫންކަން އެނގޭއިރު، ބަޔާންކުރެވިދިޔަ ފަދައަކުން، މަތީ
މަރުޙަލާގެ ކޯޓަކުން އެމައްސަލާގައި ކަނޑައަޅުއްވާފައިވާކަން އެނގެން ނެތްކަމެވެ.
ހަތަރުވަނަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު
2012/Cv-C/1318 ޤަޟިއްޔާގައި ޙަބީބު ޒާހިރު މާލޭ ސިޓީކައުންސިލުން ހޯދުމަށް ދަޢުވާކޮށްފައިވާ
ގެއްލުމުގެ ބަދަލަކީ ހަމަ އެކޯޓުގެ ނަންބަރު 2011/Cv
-
C/1748 ޤަޟިއްޔާގައިވެސް މާލޭ ސިޓީ
ކައުންސިލުގެ މައްޗަށް ޙަބީބު ޒާހިރު ދަޢުވާކޮށްފައިވާ ކަމެއްކަމަށްވެފައި، އެގެއްލުމުގެ ބަދަލު ނަގައިދެވޭނެ
ނެތްކަމަށް ކުރިން ބެލެވުނު ބަޔާންކުރެވިދިޔަ ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/1748
ޤަޟިއްޔާގެ ޙުކުމުގައި ޞަރީޙަ ޢިބާރާތުން ކަނޑައެޅިފައިވާ ކަމެއްކަމުންނާއި، އެގެއްލުމުގެ ބަދަލު ކުރިން
ބެލެވުނު ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1748 ޤަޟިއްޔާގައި ނަގައިދެވިފައި ނުވަނީ އެގެއްލުމުގެ
ބަދަލު ސާބިތުކޮށްދިނުމަށް ހެކި ހުށަހެޅުމުގެ ފުރުޞަތު ޙަބީބު ޒާހިރަށް އޮތްއިރު، އެކަން ސާބިތުކުރުމަށް
އެއްވެސް ހެއްކެއް ހުށަހަހަޅާފައިނުވާތީކަން އެނގެން އޮތްއިރު،
ކުރިއަރާފައިވާ ދުނިޔޭގެ ތަފާތު ޤާނޫނީ ޖޫރިސްޑިކްޝަންތަކުންނާއި އަދި ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުންވެސް ބަލައިގަނެ އެމައްޗަށް ޢަމަލުކުރަމުންދާ ޤާނޫނީ މަބްދައެއްކަމަށްވާ
"ރެސް ޖުޑިކާޓާ" (res judicata) ގެ ޤާނޫނީ މަބްދަޢުގެ މައްޗަށް ބަލާއިރުވެސް، ކޯޓަކުން
ފައިޞަލާކުރަނިވި ޙުކުމެއް ކުރެވިފައިވާ މައްސަލައެއްގައި، އެ މައްސަލާގައި ހިމެނޭ ފަރާތްތަކުން އެމައްސަލާގެ
ތެރޭގައި ކޯޓަށް ހުށަހަޅާފައިވާ ނުވަތަ އެމައްސަލައިގެ ތެރޭގައި ހުށަހެޅުމުގެ ފުރުޞަތު އޮތް ކަންކަމުގެ މައްޗަށް
މ 24
:
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/295
ބިނާކޮށް، އެމައްސަލައެއްގައި ހިމެނޭ ފަރާތަކުން އިތުރު ދަޢުވާއެއް ނުކުރެވޭނެކަމާއި، އެފަދަ މައްސަލައަކީ
އިސްތިއުނާފް މަރުޙަލާގެ ކޯޓުތަކަށް، ޤާނޫނާ ޤަވާޢިދާ އެއްގޮތްވާ
އެއްގޮތްވާ ގޮތުގެ މަތިން ހުށަހަޅާ ޙާލަތްތަކުގައި ފިޔަވައި
ކޯޓަށް ހުށަހެޅޭނެ މައްސަލައެއް ނޫންކަމަށް އެނގޭކަމެވެ.
(ބ) ފަސްވަނަ ކަމަކީ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންކުރެ އަހުރެންގެ ރައުޔަކީ، ޙަބީބު ޒާހިރު އައިސްކްރީމް
ގާޑިޔަލެއްގައި އައިސްކްރީމް ވިއްކަމުން ދަނިކޮށް މާލޭ ސިޓީ ކައުންސިލުގެ ފަރާތުން އެކަން މަނާކުރުމުން،
ޙަބީބު ޒާހިރު ދަޢުވާކުރި ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1748 ޤަޟިއްޔާގައިވެސް އެކަމުގެ
ސަބަބުން ޙަބީބު ޒާހިރުއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކޮށްފައިވާ ކަމަށާއި، ޙަބީބު ޒާހިރު
އެދިފައިވާ ގެއްލުމުގެ ބަދަލު ނަގައިދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވައި ބަޔާންވެދިޔަ ޤަޟިއްޔާގައި
ޙުކުމް ކުރައްވާފައިވާކަން އެޤަޟިއްޔާގެ ޙުކުމުން އެނގެން އޮތުމުން، އިސްތިއުނާފުކުރެވިފައި މިވާ، ސިވިލް
ކޯޓުގެ ނަންބަރު 2012/Cv-C/1318 ޤަޟިއްޔާގައި ޙަބީބު ޒާހިރު ހޯދުމަށް އެދިފައިވާ ގެއްލުމުގެ ބަދަލަކީ،
ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/1748 ޤަޟިއްޔާގައި ބެލެވި ގޮތެއް ކަނޑައެޅިފައިވާ ކަމެއްކަމުން
ބަޔާންވެދިޔަ ޤަޟިއްޔާގެ ޙުކުމް ދެމިއޮއްވައި ހަމަ އެނުކުތާގެ މައްޗަށް އަލުން ބަލައި ނިންމުމަކީ
ސިވިލް ކޯޓަށް އިޚްތިޞާޞް ލިބިގެންވާ ކަމެއް ނޫންކަމަށް ކަނޑައަޅުއްވައި، އިސްތިއުނާފުކުރެވިފައި މިވާ،
ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1318 ޤަޟިއްޔާ ކުރިއަށް ގެންދެވެން ނެތްކަމަށް
ކުރައްވާފައިވާ ޙުކުމް ރަނގަޅުކަމަށާއި، އެޙުކުމަށް ބަދަލުގެންނާނެ ތަނެއް ނެތްކަމުގައެވެ.
4 ce
eyއ
ސިވިލް ކޯޓުން
OC
އަޣުލަބިއްޔަތު ރައުޔު (ފަނޑިޔާރު ޢަބްދުﷲ ޙަމީދު އާއި ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ
ރައުޔު) އާއި އެރައު ބިނާކުރެވިފައިވާ އަސާސްތައް:
(ހ) ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1318 ޤަޟިއްޔާއަކީ، އާމްދަނީ ހޯދުމަށް
ކުރަމުންދިޔަ މަސައްކަތެއް ކަމަށްވާ އައިސްކްރީމް ވިއްކުމަށް ޚާއްޞަކުރެވިފައިވާ ބައިސްކަލްތަކެއްގައި (3
ބައިސްކަލް) މާލޭ މަގުތަކުގައި އައިސްކްރީމް ވިއްކަމުން ދަނިކޮށް ޤާނޫނަކުން އަދި ޤަވާޢިދަކުންވެސް
ރުލިބުމެއްނެތި މާލޭ ސިޓީ ކައުންސިލުން އެމަސައްކަތް ހުއްޓުވާފައިވާތީ، 21 ޖުލައި 2011 އިން ފެށިގެން
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013HC-A/295
22 ފެބްރުއަރީ 2012 އާއި ދެމެދު ހިނގި 217 ދުވަހަށްވާ، އާމްދަނީ ހޯދުމަށް ކުރަމުން ގެންދިޔަ
އެމަސައްކަތް ހުއްޓާލަން ޖެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ޙަބީބު ޒާހިރުގެ ފަރާތުން
މާލޭ ސިޓީ ކައުންސިލުގެ މައްޗަށް ދަޢުވާކުރުމުން ބައްލަވާފައިވާ ޤަޟިއްޔާއެއްކަން އެނގެން އޮންނަކަމާއި؛
އެޤަޟިއްޔާގެ ޙުކުމަށް ބަލާއިރު، މާލޭ ސިޓީ ކައުންސިލްގެ މައްޗަށް ޙަބީބު ޒާހިރު ކުޅަ
އެދަޢުވާއަކީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1748 ޤަޟިއްޔާގައި ބެލެވި ގޮތެއް ކަނޑައެޅިފައިވާ
ދައުވާއެއް ކަމަށްވާތީ، އެދަޢުވާ އަލުން ސިވިލް ކޯޓުގައި ކުރިއަށް ގެންދިއުމަކީ ސިވިލް ކޯޓުން އެއްފަހަރު
ބަލައި ގޮތެއް ކަނޑައެޅިފައިވާ ކަމެއްގައި، ދެވަނަ ފަހަރަށް ހުށަހެޅުމުން ބެލުން ކަމުގައި ބެލެވޭނެ
ކަމެއްކަމަށާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ނ) އަށް ބަލާއިރު ސިވިލް ކޯޓުން ބަލާ
ނިމިފައިވާ މައްސަލައެއް އަލުން ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ ދިވެހިރާއްޖޭގެ ހައިކޯޓަށް ކަމަށްވާތީ،
އެދަޢުވާގައި އެދިފައިވާ ގެއްލުމުގެ ބަދަލަކީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/1748 ޤަޟިއްޔާގައި
ބެލެވި ގޮތެއް ކަނޑައެޅިފައިވާ ކަމެއްކަމުން ބަޔާންވެދިޔަ ޤަޟިއްޔާގެ ޙުކުމް ދެމިއޮއްވައި ހަމަ އެނުކުތާގެ
މައްޗަށް އަލުން ބަލާ ގޮތެއް ނިންމުމަކީ ސިވިލް ކޯޓަށް އިޚްތިޞާޞް ލިބިގެންވާ ކަމެއްކަމަށް ނުވާތީ މާލޭ
ސިޓީ ކައުންސިލުގެ މައްޗަށް ޙަބީބު ޒާހިރު ދަޢުވާކުޅަ މައްސަލަ އިތުރަށް ކުރިއަށް ގެންދެވެން
ކަނޑައަޅައި ޙުކުމް ކޮށްފައިވާކަން އެނގެންއޮވެއެވެ.
(ނ) ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1318 ޤަޟިއްޔާގައި، ޙަބީބު ޒާހިރުގެ ފަރާތުން
ހުށަހަޅާފައިވާ ދަޢުވާގެ ސީޝާއަށް ބަލާއިރު އެދަޢުވާއަކީ، ކޮލަމާފުށި! އަރުތަ ޙަބީބު ޒާހިރު އާމްދަނީ
ހޯދުމަށް ކުރަމުންދިޔަ މަސައްކަތެއްކަމަށްވާ ފަހުގެ ޓެކްނޮލޮޖީއާއި އެއްގޮތަށް އައިސްކްރީމް ވިއްކުމަށް
ޚާއްޞަކުރެވިފައިވާ ބައިސްކަލްތަކެއްގައި 30 ބައިސްކަލް) މާލޭ މަގުތަކުގައި އައިސްކްރީމް ވިއްކަމުން ދަނިކޮށް
ޤާނޫނަކުން އަދި ޤަވާޢިދަކުންވެސް ބާރުލިބުމެއްނެތި މާލޭ ސިޓީ ކައުންސިލުން އެމަސައްކަތް ހުއްޓުވާފައިވާތީ
ކަމަށްބުނެ 21 ޖުލައި 2011 އިން ފެށިގެން 22 ފެބްރުއަރީ 2012 އާއި ދެމެދު ހިނގި 217 ދުވަހުގެ
އާމްދަނީ ހޯދުމަށް ކުރަމުން ގެންދިޔަ އެމަސައްކަތް ހުއްޓާލަން ޖެހުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ހޯދުމަށް
އެދި ޙަބީބު ޒާހިރުގެ ފަރާތުން މާލޭ ސިޓީ ކައުންސިލުގެ މައްޗަށް ދަޢުވާލިބޭ ގޮތަށް ޙަބީބު ޒާހިރުގެ ފަރާތުން
ހުށަހަޅާފައިވާ ދަޢުވާއެއްކަން އެނގެންއޮންނަކަމާއި
6
2 ހދ8
/04ށ
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ތަކަ%5
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013HC-A/295
މާލޭ ސިޓީ
ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1748 ޤަޟިއްޔާގައި، ޙަބީބު ޒާހިރުގެ ފަރާތުން
ހުށަހަޅާފައިވާ ދަޢުވާގެ ސީޕޯއަށް ބަލާއިރު އެދަޢުވާއަކީ، ޙަބީބު ޒާހިރު މާލޭގެ މަގުތަކުގައި ވިއްކަމުން ގެންދާ
އައިސްކްރީމަކީ އިމްޕޯޓް މުދަލެއްކަމަށް ނުބެލެވޭނެކަމަށާއި، އަދި އެ އައިސްކްރީމް ވިއްކުމަށް ވަކި ހުއްދައެއް
ނަގަން ނުޖެހޭނެކަމަށް މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ވިޔަފާރި ޚިދުމަތްތަކާބެހޭ ސެކްޝަނުން 14 ޖުލައި
2011 ގެ ސިޓީން އަންގާފައިވަނިކޮށް، ޙަބީބު ޒާހިރު މާލޭގެ މަގުތަކުގައި ވިއްކަމުން އައި އައިސްކްރީމް
ވިއްކުން 21 ޖުލައި 2011 ގައި މާލޭ ސިޓީ ކައުންސިލުން ހުއްޓުމަށް އަންގައި، އައިސްކްރީމް ވިއްކުން
ހުއްޓުވާފައިވާތީ، މާލޭ ސިޓީ ކައުންސިލްގެ އެ އެންގުމަކީ ޤާނޫނާ ޚިލާފު އެންގުމެއްކަމަށްވާތީ، އެއެންގުމުގެ
ސަބަބުން ޙަބީބު ޒާހިރަށް ލިބިގެންދިޔަ ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ޙަބީބު ޒާހިރުގެ ފަރާތުން މާލޭ
ކައުންސިލުގެ މައްޗަށް ދަޢުވާލިބޭ ގޮތަށް ހުށަހަޅާފައިވާ ދަޢުވާއެއްކަން އެނގެން އޮންނަކަމާއިގެ
ޙަބީބު ޒާހިރު ކުރަމުން އައި މަސައްކަތް ހުއްޓާލަންޖެހިފައިވަނީ މާލެ ސިޓީ ކައުންސިލުން އެކަމަށް
ހުރަސް އެޅުމުން ކަމަށްވީ ހިނދު، އަދި އެކަން އެގޮތަށް ކުރުމަށް މާލޭ ސިޓީ ކައުންސިލަށް ބާރުލިބިދޭ
އެއްވެސް ޤާނޫނެއް ޤަވާޢިދެއް މާލޭ ސިޓީ ކައުންސިލަށް ސާފުކޮށްދެވިފައިނުވާ ހިނދު، ޙަބީބު ޒާހިރު ކުރަމުން
އައި މަސައްކަތް ހުއްޓާލަ
ޚުޓާލަންޖެހުމުގެ ސަބަބުން ޙަބީބު ޒާހިރަށް ގެއްލުމެއް ލިބިފައިވާނަމަ އެ ގެއްލުމެއްގެ ބަދަލު
މާލޭ ސިޓީ ކައުންސިލުން ލިބިގަތުމުގެ ޙައްޤު ޙަބީބު ޒާހިރަށް ލިބިގެންވާކަމަށް ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގެ ފާހަގަކުރެވުނު
ވަނަ ނުކުތާގައި
ބަޔާންކުރައްވާފައިވާކަމާއިގެ
ޙަބީބު ޒާހިރުގެ ފަރާތުން އެދިފައިވާ ގެއްލުމުގެ ބަދަލު ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި ނަންގަވައި ދެއްވާފައިނުވަނީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި
ބަޔާންކޮށްފައިވާ ޢަދަދުތައް ޘާބިތުކޮށްދިނުމުގެ ގޮތުން އްވެސް ހެއްކެއް ހުށަހަޅާފައި ނުވާތީކަން،
އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާގެ 11 ވަނަ ނުކުތާއިން އެނގެން
"1748/Cv-C/2011
"10
އޗ
1748/Cv-C/2011
OXO
އެއެވެ
¢ ¢ ¢ =
(ނ) އިސްވެ ބަޔާންކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1748 ޤަޟިއްޔާއާއި،
ނަންބަރު 2012/Cv-C/1318 ޤަޟިއްޔާގައި، ޙަބީބު ޒާހިރުގެ ފަރާތުން އެދިފައިވަނީ
ޑއ ދއކއ ދ ތ
އެއްކަމަކަށްކަން
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/295
އެޤަޟިއްޔާތަކުގެ ދަޢުވާގެ ސީޣާއިން އެނގެން އޮތްނަމަވެސް، ޙަބީބު ޒާހިރުގެ ފަރާތުން ސިވިލް ކޯޓަށް
ހުށަހެޅި ފުރަތަމަ ދަޢުވާ (ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1748) ގެ މައުޟޫޢުގައި ހިމެނޭ ގެއްލުމުގެ
ބަދަލު ހޯދުމުގެ ނުކުތާގައި އެކަން ޘާބިތުކޮށްދިނުމުގެ ގޮތުން އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާތީ، ޙަބީބު
ޒާހިރުގެ ފަރާތުން ކޮށްފައިވާ އެދަޢުވާގައި ހިމެނޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް އެދިފައިވާ ފައިސާގެ
އަދަދުތަކާ ބެހޭ ގޮތުން އެނުކުތާގައި މައުޟޫޢީގޮތުން ތަފްޞީލީ ގޮތެއްގައި ވާހަކަ ދެކެވިފައި ނުވާކަން އެނގެން
އޮންނައިރު އަދަދުތަކާބެހޭ ގޮތުން މާލޭ ސިޓީ ކައުންސިލުގެ ފަރާތުން އެއްވެސް ވާހަކައެއް އެ ޤަޟިއްޔާގައި
ހާމަކޮށްފައިވާކަން އެނގެން
ނެތުމުން އެޤަޟިއްޔާގައި ހިމެނޭ ގެއްލުމުގެ ބަދަލާބެހޭ
ގޮތުން
ފައިޞަލާކުރެވިފައިވާކަމަށް ބެލެވެން ނެތްކަމާއި
މިމައްސަލައިގައި ހުށަހެޅިފައިވާ ފަދަ މައުޟޫޢީ ގޮތުން ފައިޞަލާކުރެވިފައިނުވާކަމެއްގައި
ފައިޞަލާކުރަނިވި ޙުކުމެއް ހޯދުމަށްޓަކައި ދެވަނަ ފަހަރަށް އެފަދަ މައްސަލައެއް ބެލުމުގެ އަޞްލީ އިޚްތިޞާޞް
ލިބިފައިވާ ކޯޓަކަށް ހުށަހެޅުމުން އެމައްސަލައެއް ބެލުމަކީ އެއްމައްސަލައެއް ދެވަނަ ފަހަރަށް އެއް ކޯޓަކުން
ބެލުންކަމަށް ނުބެލެވޭނެކަމާއި، ޙަބީބު ޒާހިރުގެ ފަރާތުން ކޮށްފައިވާ ދަޢުވާގައި ހިމެނޭ ގެއްލުމުގެ ބަދަލާބެހޭ
ނުކުތާއަކީ މައުޟޫޢީ ގޮތުން ބަލައި ފައިޞަލާކުރުވަނި ޙުކުމެއް ކަނޑައަޅަންޖެހޭ ނުކުތާއެއް
ނުކުތާއެއް ކަން އެނގެއެވެ.
ވީމާ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1318 ޤަޟިއްޔާގައި، ކުރައްވާފައިވާ ޙުކުމަށް
މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުންގެ
އަޣުލަބިއްޔަތަށް
etc
ބަދަލު
2
8 ދ 8
4 هހދ8
درست ماری
26ދ 2 * * * *
0
ޙުކުމް:
ދެންފަހެ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމުން،
ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1748 ޤަޟިއްޔާގައި ހުށަހެޅުނު ދަޢުވާގެ މައުޟޫޢުގައި ހިމެނޭ
ގެއްލުމުގެ ބަދަލާމެދު އެޤަޟިއްޔާގައި މައުޟޫޢީގޮތުން ތަފްޞީލީ ގޮތެއްގައި ވާހަކަ ދެކެވި
ފައިޞަލާކުރެވިފައިވާކަމަށް ބެލެވެން ނެތަތީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1318 ޤަޟިއްޔާގައި،
ޙަބީބު ޒާހިރުގެ ފަރާތުން ކުޅި ދަޢުވާ އަލުން ސިވިލް ކޯޓަށް ހުށަހަޅައިފިނަމަ، އެދަޢުވާގެ މައުޟޫއާމެދު ގޮތެއް
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/295
ކަނޑައެޅުމަށް،
ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން
އަންގާ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1318 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ބާޠިލުކޮށްފީމެވެ.
03
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv