ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/47 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/47
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
6
ޤަޟިއްޔާ ނަންބަރ: 47/HC-A/2012
• އިސްތިއުނާފުކުރި ފަރާތް:
* ނަން: އަޙްމަދު ޞަބާހު
އައިޑީ ކާޑު ނަންބަރ:A132336
ދާއިމީ އެޑްރެސް: ދަފްތަރު ނަންބަރު 19064ކ.މާލެ
މިހާރުގެ އެޑްރެސް: މާރިޝް/ ސ.ހިތަދޫ
* *
F
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
* އައިޑީ ކާޑުނަންބަރު:
އެޑްރެސް:އައްޑޫސިޓީ
ކައުންސިލްގެ އިދާރާސ.ހިތަދޫ
މިހާރުގެ އެޑްރެސް: އައްޑޫސިޓީ ކައުންސިލްގެ އިދާރާސ.ހިތަދޫ
* ރަޖިސްޓްރީކުރެވުނު ތާރީޚް: 22 ފެބްރުވަރީ 2012
ނިމުނު ތާރީޚް: 16 އޮކްޓޯބަރ 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު2011/S2C/446
ނިންމެވިކޯޓް: އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓު
މައްސަލައިގެ ބާވަތް: ބަދަލުހޯދުން
ހުށަހެޅި ތާރީޚް: 2011-08-14
ނިމުނު ތާރީޚް: 2011-10-30
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރުން ޢަބްދުލްޣަނީ މުހައްމަދު ފަނޑިޔާރު: ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު.އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/47
ދަޢުވާގެ ޚުލާޞާ
މިއީ، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/N2C/446 ޤަޟިއްޔާ
އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ދަފްތަރު ނަންބަރު 19064މާލެ
އަޙްމަދު ޞަބާޙުގެ ފަރާތުން ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ
ފަރާތަކީ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ އެވެ.
401 މިއީ، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/S2C/446 ޤަޟިއްޔާ
އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ދަފްތަރު ނަންބަރު 19064މާލެ
އަޙްމަދު ޞަބާޙުގެ ފަރާތުން ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ
ފަރާތަކީ
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ އެވެ.
02 އިސްތިއުނާފު މިކުރެވޭ އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2011/S2C/446 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ،
މ.މ.ދ.ދަފްތަރު ނަންބަރު 9064 އަޙްމަދު ޞަބާޙް (ދ.ރ. ކާޑު ނަންބަރު A132336) ގެ ނަމުގައި
ރަޖިސްޓްރީކުރެވިފައިވާ ސ.ހިތަދޫ ރަންބިން ނަމަކަށް ކިޔާ ގޯއްޗަށް ގެއްލުން ދެމުންދާކަމަށްބުނެ އެގެއްލުމުގެ
ބަދަލު ލިބިގަތުމަށް އެދި އަޙްމަދު ޞަބާޙު އައްޑޫ ކައުންސިލް އިދާރާގެ މައްޗަށް ހުށަހެޅި މައްސަލައެއްކަމާއި،
އެމައްސަލަ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި،"ދެންފަހެ، ދަފްތަރު ނަންބަރު 9064
އަޙްމަދު ޞަބާޙްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ސ.ހިތަދޫ ރަންބިން ނަމަކަށް ކިޔާ ގޯތި
ފައިދާއަށްޓަކައި ނަގަންބޭނުންވާތީ އެގޯތީގައިވާ މިލްކުތަކަށް ބަދަލު ދިނުމަށް އައްޑު ކައުންސިލް އިދާރާގެ
ފަރާތުން މިކޯޓަށް މައްސަލަ ހުށަހެޅުމުން މިކޯޓުގެ ނަންބަރު 2011/N2C/394 ޤަޟިއްޔާއިން އެމައްސަލަ
ހިނގަމުންދާތީ އަޙްމަދު ޞަބާޙް ހުށަހަޅާފައިވާ ނަންބަރު 2011/S2C/446 ޤަޟިއްޔާގެ ދަޢުވާ ފޯމެއްއްޖޭގެ
އއވެސް
i
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20jHC-A/47
ބާޠިލުކޮށް މިޤަޟިއްޔާ ނިންމީއެވެ." މިފަދައިން ބަޔާން ކޮށްފައިވާކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓުން އެނގެން އޮވެއެ
.އ.
03- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2011/SC/446 ޤަޟިއްޔާގެ ޙުކުމް ކުރުމާއި ގުޅިގެން، ދަފްތަރު ނަންބަރު 19064މާލެ އަޙްމަދު
ޞަބާޙު (އައި.ޑީ.ކާޑު ނަންބަރު A132336) ގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން، އަންނަނިވި
ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާއި މެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
* ފުރަތަމަ ނުކުތާއަކީ: ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި
ބަޔާންކޮށްފައިވާ އުޞޫލުތަކާއި ހަމަތަކަށް ރިޢާޔަތް ކުރެއްވުމެއްނެތި މައްސަލަ ނިންމަވާފައިވުން ކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާ އެވެ.
* ދެވަނަ ނުކުތާއަކީ: މައްސަލައަށް މައުޟޫޢީ ގޮތުން ރިޢާޔަތް ކުރައްވާފައިނުވުން ކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާ އެވެ.
* ތިންވަނަ ނުކުތާއަކީ: ދަޢުވާލިބުނު ފަރާތުގެ ބަހެއް ހޯދުމެއްނެތި މައްސަލަ ނިންމަވާފައިވުން
ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާ އެވެ.
04- މިމައްސަލައާއި ގުޅިގެން އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2011/S2C/446 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން
އަޙްމަދު ޞަބާޙު (އައި.ޑީ.ކާޑު ނަންބަރު A132336) ގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި،
ގުޅޭގޮތުން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި
ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާބަލާއިރު އަންނަނިވި
އިނކށ
/8 ހއ ހ2
ކަންeއeއ
ގަކުރެވެއެވެ.
(ހ) އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/S2C/446 ޤަޟިއްޔާގެ
ރިޕޯޓަށް ބަލާއިރު، އެޤަޟިއްޔާގައި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ މައްޗަށް އަޙްމަދު ޞަބާޙުގެ ފަރާތުންޑީޓީގެ
ހައިކޯ2
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2012/HC-A/47
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހުށަހެޅި މައްސަލައަކީ، ހިތަދޫ"ރަންބިން" އެވެ ކިޔާ ގޯއްޗާއި އެގޯތީގައިވާ އެންމެހައި ތަންތަނަށް އައްޑޫ
ސިޓީ ކައުންސިލް އިދާރާގެ ފަރާތުން ގެއްލުންދެމުން ގެންދާކަމަށްބުނެ އެކަމުގެ ސަބަބުން އަޙްމަދު ޞަބާޙަށް
ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ހުށަހެޅި މައްސަލައެއްކަމާއި، އެޤަޟިއްޔާ ނިންމަވާފައިވަނީ އަޙްމަދު
ޞަބާޙު ހުށަހެޅި މައްސަލާގެ ފޯމް ބާޠިލް ކުރައްވާފައިކަމާއި، އެގޮތުން އެޤަޟިއްޔާ ނިންމެވުމުގައި،
".. އަޙްމަދު ޞަބާޙުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ހިތަދޫ ރަންބިން ނަމަކަށް ކިޔާ ގޯތި
ފައިދާއަކަށްޓަކައި ނަގަން ބޭނުންވާތީ އެގޯތީގައިވާ މިލްކުތަކަށް ބަދަލު ދިނުމަށް އައްޑޫ ސިޓީ
ކައުންސިލް އިދާރާގެ ފަރާތުން މިކޯޓަށް މައްސަލަ ހުށަހެޅުމުން މިކޯޓުގެ ނަންބަރު 2011/S2C/394
ޤަޟިއްޔާއިން އެމައްސަލަ ހިނގަމުންދާތީ އަޙްމަދު ޞަބާޙު ހުށަހަޅާފައިވާ ނަންބަރު 2011/N2C/446
ޤަޟިއްޔާގެ ދަޢުވާ ފޯމް ބާޠިލްކޮށް މިޤަޟިއްޔާ ނިންމީއެވެ." މިފަދައިން ބަޔާންކުރައްވާފައިވާކަން އެނގެން
އޮންނަކަން ފާހަގަކުރެވެއެވެ.
014ގން
OCCO U
(ނ) އިސްވެ މިބަޔާންކުރެވުނު ޙުކުމަށާއި މިމައްސަލަ އިސްތިއުނާފުކުރަމުން އަޙްމަދު
ޞަބާޙުގެ ފަރާތުންނާއި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކައަށް ބަލާއިރު، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/S2C/394
ޤަޟިއްޔާގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކީ
"ރަންބިން" އެވެ ކިޔާ ގޯތި ޢާންމުވެގެންވާ ފައިދާއަކަށްޓަކައި ނެގުމަށް ބޭނުންވެގެން
ނުންވެގެން އެގޯތީގައިހުރި ތަކެއްޗަށް
ބަދަލު ދިނުމަށްފަހު ޝަރީޢަތް މެދުވެރިކޮށް ނެގުމަށް އެދި ހުށަހެޅި މައްސަލައެއްކަން އެނގެން އޮތްއިރު،
އަޙްމަދު ޞަބާޙު (އައި.ޑީ.ކާޑު ނަންބަރު A132336) ގެ ފަރާތުން އައްޑޫ ސިޓީ
ކައުންސިލް
އިދާރާގެ މައްޗަށް ހުށަހަޅާފައިވާ އިސްތިއުނާފް މިކުރެވޭ އެ ކޯޓުގެ ނަންބަރު 2011/S2C/446 ޤަޟިއްޔާގައި
އަޙްމަދު ޞަބާޙު ހުށަހަޅާފައިވާ މައްސަލައަކީ، އިސްވެ މިބަޔާން ކުރެވުނު އައްޑޫ ސިޓީ
ކައުންސިލް އިދާރާގެ
ފަރާތުން ހުށަހެޅި މައްސަލަ (ނަންބަރު 2011/S2C/394 ޤަޟިއްޔާ) ޝަރީޢަތުން ބަލާ ޙުކުމްކުރުމުގެ
ކުރީން އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ފަރާތުން އެގޯއްޗަށް ވަދެ، އެގޯތީގައިވާ ޢިމާރާތްތަކަށް ގެއްލުންދީގެޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/47
ހަދަމުންދާކަމަށްބުނެ، އެކަން ހުއްޓުވައި ދިނުން އެދިގެންނާއި، އަދި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ
ފަރާތުން ދެމުންގެންދާ ގެއްލުންތަކުގެ ބަދަލު ހޯދުމަށް އެދިގެން ހުށަހަޅާފައިވާ މައްސަލައެއްކަން އެނގެން
އޮންނަކަމުން މި ދެޤަޟިއްޔާގައި ހުށަހެޅިފައިވާ ދެ މައްސަލާގައި ޝަރީޢަތުން ބަލާ ގޮތެއް ކަނޑައަޅަންޖެހޭ
މައުޟޫޢަކީ އެއް މައުޟޫޢެއް ނޫންކަމާއި، އެއީ ތަފާތު ދެމައުޟޫއެއްގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކުގެ މަތީން ރިޢާޔަތްކޮށް ބަލާ ފައިޞަލް ކުރަންޖެހޭ ތަފާތު ދެ ޤަޟިއްޔާއެއްކަން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުންނާއި ދެފަރާތުން ދައްކާފައިވާ ވާހަކައިން ރަނގަޅަށް އެނގެން
އޮންނަކަން ފާހަގަކުރެވެއެވެ.
ގެ
24
މ 444
fi
ހއ 92 ދތ ވ
@7ނ
co
(ނ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ
ވަނަ މާއްދާގައި،
"ކޮންމެ މީހެއްގެ ޒާތީ އަދި ޢާއިލީ ދިރިއުޅުމާއި، ގޮވަތި ގެދޮރާއި، އަނެއްކުންނާކުރާ ޒާތީ މުއާޞަލާތުތަކަކީ
ޙުރުމަތްތެރިވެގެންވާ ކަންކަމާއި މިފަދައިން ބަޔާ މަށްފަހު، ޤާނޫނުއަސާސީގެ 40 ވަނަ
މާއްދާގެ (ހ) ގައި، މުދާ ހޯދުމާއި، މިލްކުކުރުމާއި، ވާރުތަކުރުމާއި، ދިނުމާއި، މުދަލުން މުޢާމަލާތުކުރުމުގެ
ޙައްޤު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާކަން ކަށަވަރު ކޮށްދިނުމަށްފަހު، އެމާއްދާގެ (ށ) ގައި، މީސްމީހުންގެ
މުދަލަކީ ނިގުޅައިގަނެވިގެންވާނޭ ތަކެތި ނޫންކަމަށް ކޮށްފައިވަނީ، އެތަކެއްޗަށް ރައްކާތެރިކަމާއި
ޙިމާޔަތްތެރިކަން ލިބިގެންވާކަން ކަށަވަރު ކޮށްދިނުމުގެ ގޮތުންކަން ފާހަގަކުރެވޭކަމާއި،
މިގޮތުން އެމާއްދާގެ އެ އަކުރުގައި، މީސްމީހުންގެ މުދާ، ޢާންމުވެގެންވާ މަންފާއަކަށްޓަކައި
ނެގިދާނެ އިސްތިސްނާ އެއްޙާލަތެއް ބަޔާންކޮށް އެޙާލަތުގައިވެސް އެމުދަލެއް ނެގުމުގެކުރިން ވަކި ކަންތައްތަކެއް
ފުރިހަމަކުރުމަށް އެމާއްދާގެ އެ އަކުރުން ލާޒިމްކޮށްފައިވާކަމާއި، އޭގެތެރޭގައި ޤާނޫނުގައި ކަނޑައެޅި
ގޮތުގެމަތީން ނޫނީ އެއްވެސް މީހެއްގެ މުދަލެއް ނުނެގުމާއި، އެމީހެއްގެ ރުހުން ނެތި އެމުދަލެއް
ނަގާނަމަ، އެކަމަށްޓަކައި ކޯޓުން ކޮށްފައިވާ ޙުކުމެއް އޮތުމާއި، އަދި ދައުލަތަށް އެމީހެއްގެ މުދަލެއް ނެގުމުގެ
ކުރިން ކޯޓުން ކަނޑައަޅާ ޢަދުލުވެރި ބަދަލެއް އެމުދަލެއްގެ ވެރިފަރާތަށް ދީ ނިންމާފައި ވާންޖެހޭނެކަމަށް
ބުނެފައިވާ ބުނުން ފާހަގަކުރެވޭކަމާއި،
ﷲ ސ ޑ 0
2
ބންނ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2012/HC-A/47
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހުށަހެޅުމުން
4 2 2 4 3 24
މިގޮތުން އިސްވެ ބަޔާންކުރެވުނު ފަދައިން އައްޑޫ ކައުންސިލް އިދާރާގެ ފަރާތުން
އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/S2C/394 ޤަޟިއްޔާއިން
އައި މައްސަލައަކީ އައްޑުއަތޮޅު ހިތަދޫ ރަންބިން އެވެ ކިޔާގޯތި ފައިދާއަކަށްޓަކައި
ނެގުމަށް ހުށަހެޅުނު މައްސަލައަކަށްވާއިރު، އިސްވެ ބަޔާންކުރެވުނު ފަދައިން ޤާނޫނުއަސާސީ ގައި އެފަދަ
ޙާލަތުގައި ފުރިހަމަކުރަންޖެހޭނެކަމަށް ބުނެފައިވާ ކަންތައްތައް ފުރިހަމަކުރެވި އެކަންތައްތަކުގެ މައްޗަށް
ޝަރީޢަތުން ޙުކުމެއް ކުރުމުގެ ކުރިން، އެގޯތީގައިވާ ޢިމާރާތްތަކަށް ގެއްލުންދީ އެޢިމާރާތްތައް އައްޑޫ ސިޓީ
ކައުންސިލްގެ އިދާރާގެ ފަރާތުން ތަޅަމުން ގެންދާކަމަށްބުނެ، އެކަންކަން ހުއްޓުވައި ދިނުން އެދިގެންނާއި، އަދި
އެގެއްލުންތަކަށް ބަދަލު ހޯއްދަވައި ދެއްވުންއެދިގެން އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް އަޙްމަދު ޞަބާޙު
(އައި.ޑީ.ކާޑު ނަންބަރު A132336) ގެ ފަރާތުން އެކޯޓުގެ ނަންބަރު 2011/S2C/446 ޤަޟިއްޔާ
ހުށަހެޅުމުން، އެއީ އެކޯޓުގެ ނަންބަރު 2011/S2C/394 ޤަޟިއްޔާއިން ބަލަމުންދާ މައްސަލާގެ މައުޟޫޢާ
އެއް މައުޟޫޢެއްގެ މައްސަލައެއްކަމަށް ވިދާޅުވެ ނަންބަރު 2011/S2C/446 ޤަޟިއްޔާގެ ފޯމް ބާޠިލްކުރައްވާ
ނިންމަވާފައިވަނީ، މިފަދަ ޙާލަތުގައި ޝަރުޢީ ކޯޓުތަކުން ޢާންމުކޮށް ޢަމަލުކުރަމުން އަންނަ އުޞޫލާއި
co
ޑ 8 ހއބ
އއ 3 ތނށ2ނ
ނުފެންނަކަމާއި،
އެހެނީ ކޯޓަކަށް އެއްފަރާތުން މައްސަލައެއް ހުށަހެޅުމުން އެމައްސަލަ ރައްދުވާ ފަރާތުން،
އެމައްސަލަ ހުށަހެޅި ފަރާތަށް ރައްދުވާގޮތަށް ހަމަ އެކޯޓަށް އެހެން މައްސަލައެއް ހުށަހަޅައިފިނަމަ، އަދި އެއީ
ފުރަތަމަ މައްސަލަ ހުށަހެޅި ފަރާތުން ހުށަހެޅި މައްސަލައާއި މައުޟޫޢީ ގޮތުން ގުޅުންހުރި މައްސަލައެއް
ކަމުގައިވާނަމަ، އަދި އެއީ ފުރަތަމަ ހުށަހެޅި މައްސަލަ ބަލާ ނިންމާއިރު، ގޮތެއް ކަނޑައެޅިގެންދާނެ
މައްސަލައެއް ކަމުގައިވާނަމަ، މިހާތަނަށް ކޯޓުތަކުން ޢަމަލުކުރަމުން އައިސްފައިވާ އުޞޫލަކީ ފުރަތަމަ ހުށަހެޅުނު
މައްސަލަ ބަލާ ނިންމުމަށްފަހު، ފަހުން ހުށަހެޅުނު މައްސަލައާމެދު ގޮތެއް ކަނޑައެޅުންކަމާއި، އެގޮތުން ފުރަތަމަ
ހުށަހެޅުނު މައްސަލާގެ ޙުކުމުގައި، ފަހުން ހުށަހެޅުނު މައްސަލައާމެދު ގޮތެއް ކަނޑައެޅިފައިވާނަމަ،
އެސަބަބަށްޓަކައި ފަހުން ހުށަހެޅުނު މައްސަލަ ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅާ މައްޞަޤައްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/47
/3ދމި
ހ2 28 ޑ 33 މ އ މވ ހދه
ބނކުރުފާން ކަންބއެކުށް
ނިންމުމަކީ ޝަރުޢީ ކޯޓުތަކުގައި އަމަލުކުރަމުން އަންނަ އުޞޫލުކަމާއި، ނަމަވެސް ކުރިން ހުށަހެޅުނު
މައްސަލައާއިމެދު ގޮތެއް ނުނިމޭހާ ހިނދަކު، އެމައްސަލައަށް ބިނާކޮށް ފަހުން ހުށަހެޅުނު މައްސަލާގެ ފޯމް
ބާޠިލްކުރުމަކީ މިހާތަނަށް އަމަލުކުރަމުން
ރަމުން އައިސްފައިވާ އުޞޫލެއް ނޫންކަން ފާހަގަކުރެވެއެވެ.
(ރ) އިސްވެ މިބަޔާންކުރެވުނު ހިތަދޫ މެޖިސްޓްރޭޓު ކޯޓުގެ ނަންބަރު
2011/S2C/394 ޤަޟިއްޔާއާ ބެހޭ މަޢުލޫމާތު ސާފުކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަރާތުން
ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި ދެންނެވުމުން، އެކޯޓުގެ ނަންބަރު 2012
/
02/S2C
-
A
/
SCSC
-
S
(01 އޮކްޓޯބަރ 2012) ގެ ސިޓީގައި، 08 ފެބްރުއަރީ 2012 ގައި އެކޯޓުގައި ހުރި ހުރިހާ
ލިޔެކިޔުންތަކާއެކު އެކޯޓު އަނދައިގެން ދިޔައިރު، އެހާތަނަށް އެކޯޓުގެ ނަންބަރު 2011/S2C/394
ޤަޟިއްޔާގެ ޙުކުމް ކުރެވިފައި ނުވާކަމަށް ވިދާޅުވެފައިވާކަން ފާހަގަކުރެވެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި
ޝަރުޢީ
އަދި ޤާނޫނީ ހަމަތަކުގެމަތީން ރިޢާޔަތްކޮށް ބަލާއިރު، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2011/S2C/394 ޤަޟިއްޔާގައި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ފަރާތުން ހުށަހެޅި މައްސަލާގެ
މައުޟޫޢާއި އެ ކޯޓުގެ ނަންބަރު 2011/S2C/446 ޤަޟިއްޔާގައި އަޙްމަދު ޞަބާޙު (އައި.ޑީ.ކާޑު ނަންބަރު
A132336) ހުށަހެޅި މައްސަލާގެ މައުޟޫޢަކީ ތަފާތު ދެ މައުޟޫއެއްކަން ހުށަހެޅިފައިވާ ލިޔުންތަކުންނާއި،
ދެފަރާތުގެ ވާހަކައިން ޝަރީޢަތަށް ފާހަގަކުރެވިފައިވާތީއާއި، އަޙްމަދު ޞަބާޙު (އައި.ޑީ.ކާޑު ނަންބަރު
A132336) ހުށަހެޅި ނަންބަރު 2011/S2C/446 ޤަޟިއްޔާގެ ފޯމް ބާޠިލްކުރައްވާ ނިންމެވިއިރު، އެކޯޓުގެ
ނަންބަރު 2011/S2C/394 ޤަޟިއްޔާގެ ޙުކުމް ކުރައްވާފައި ނުވާކަން އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 2012
/
02/S2C
-
A
/
SCSC
-
S (01 އޮކްޓޯބަރ 2012) ގެ ސިޓީން އެނގެން
އޮންނަކަމަށްޓަކައި މި މައްސަލައަކީ ޤާނޫނު ނަންބަރު (ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނު)
ވަނަ މާއްދާގެ (ށ) ގެ ދަށުން އަލުން ބަލާ ޙުކުމް ކުރުމަށްޓަކައި، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް
46
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/47
ތަޙްވީލުކުރަންޖެހޭ މައްސަލައެއްކަމުގައި މިމައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު
ވެވިފައިވެއެވެ.
• ޙުކުމް:
އައްޑު އަތޮޅު
އެވެ
2 (ހ2
ނޤީކޮށް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކަށް ރިޢާޔަތްކޮށް ބަލާއިރު، އައްޑުއަތޮޅު
ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/S2C/446 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް
އެޤަޟިއްޔާއަކީ،
ހިތަދޫ "ރަންބިން"
ޢާންމު ވެގެންވާ މަންފާއަކަށްޓަކައި ބޭނުންވާތީ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ފަރާތުން އެކޯޓަށް
މައްސަލަ (ނަންބަރު 2011/S2C/394 ޤަޟިއްޔާ) އެއް ހުށަހެޅުމަށްފަހު އެމައްސަލާގެ ޙުކުމްކުރުމުގެ
ކުރިން،
ކައުންސިލް އިދާރާގެ ފަރާތުން އެގޯތީގައިވާ ޢިމާރާތްތަކަށް ގެންލުންދީ
ހަދަމުންދާކަމަށްބުނެ އެކަން ހުއްޓުވައި ދިނުން އެދިގެންނާއި، އެގެއްލުންތަކުގެ ބަދަލު ހޯދުމަށް އެދިގެން
އަޙްމަދު ޞަބާޙު (އައި.ޑީ.ކާޑު ނަންބަރު A132336) ގެ ފަރާތުން ހުށަހެޅި މައްސަލައެއްކަން އެނގެން
އޮވެފައި، މި ދެ ޤަޟިއްޔާގައި ޝަރީޢަތުން ފައިޞަލް ކުރައްވަންޖެހޭ މައުޟޫއަކީ ތަފާތު ދެ މައުޝޫއެއްކަމަށް
މިމައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުކުރެވޭތީއާއި، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2011/S2C/446 ޤަޟިއްޔާގެ ފޯމް ބާޠިލްކުރައްވާފައިވަނީ އެ ކޯޓުގެ ނަންބަރު 2011/394
/
2C
ޤަޟިއްޔާގެ މަޢުޟޫޢާމެދު ފައިޞަލާކުރަނިވި ޙުކުމެއް ކުރެއްވުމުގެ ކުރިންކަން އެނގެން އޮންނާތީ، ހައިކޯޓުގެ
މިޤަޟިއްޔާގައި ފާހަގަކުރެވިފައިވާ އެންމެހައި ކަންތައްތަކުގެ މައްޗަށް ރިޢާޔަތްކޮށް އައްޑުއަތޮޅު ހިތަދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/S2C/446 ޤަޟިއްޔާގައި ހުށަހެޅުނު މައްސަލަ އަލުންބަލާ
ފައިޞަލާކުރަނިވި ޙުކުމެއް ކުރުމަށް އަންގާ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ
6
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
20jHC-A/47
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް މިމައްސަލަ
ތަޙްލީލުކޮށް މިޤަޟިއްޔާ ބެލި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން އެގޮތުގެމަތީން ޙުކުމްކޮށް މިޤަޟިއްޔާ
ނިންމީއެވެ.
ދިވެހިރާއްޖޭގެ
ހައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv