ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/276 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2{011/HC-A/276
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
15
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 276/HC
-
A/2011
• އިސްތިއުނާފުކުރި ފަރާތް:
*
* ނަން: ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް)
އައިޑީ ކާޑު ނަންބަރު:
ދާއިމީ އެޑްރެސް: އެޓަރނީ ޖެނެރަލްގެ އޮފީސް
މިހާރުގެ އެޑްރެސް: އެޓަރނީ ޖެނެރަލްގެ އޮފީސް
• އިސްތިއުނާފު ރައްދުވި ފަރާތް:
ނަން:
އެޑްރެސް:
އައިޑީ ކާޑުނަންބަރު:
މިހާރުގެ އެޑްރެސް:
• ރަޖިސްޓްރީ ތާރީޚް: 12 މުޙައްރަމް 1438
07 ޑިސެމްބަރ 2011
* ނިމުނު ތާރީޚް: 18 މުޙައްރަމް 1438
13 ޑިސެމްބަރ 2011
ދިވެހިރާއްޖޭގެ
އިސްތިއުނާފުކުރެވުނު އަމުރު ނަންބަރު: 422/2011
ނިންމެވި ފަރާތް: ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓު
• މައްސަލައިގެ ބާވަތް: ކޯޓަށް ޙާޟިރުވުމުގެ އަމުރު
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ފަނޑިޔާރު ޢައްބާސް ޝަރީފް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
2
2{11/HC-A/276
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
• ދަޢުވާގެ ޚުލާޞާ
މިއީ، ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 422/2011 ކޯޓަށް ޙާޟިރުވުމުގެ އަމުރު،
އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، އެކޯޓަށް ޙާޟިރުވުމުގެ އަމުރު
އިސްތިޢުނާފު ކުރުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިޢުނާފް
ކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
<< O
ފަތް ތަކުތާތައް
30
- 01
ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 422/2011 ކޯޓަށް ޙާޟިރުވުމުގެ
އަމުރު ނެރުއްވާފައިވަނީ ސަރުކާރުގެ %100 ޙިއްސާ އޮންނަ ކުންފުންޏެއްގައި 16 އެޕްރީލް 1995 ވަނަ
ދުވަހުން ފެށިގެން 26 ޖޫން 2006 ވަނަ ދުވަހާ ހަމައަށް ޚިދުމަތް ކޮށްދީފައިވާ މުއްދަތު ޕެންޝަންގެ
މުއްދަތުގެ ގޮތުގައި ހަމަޖައްސައި ދިނުމަށް އެދި ގދ.ގައްދޫބީޗްރެސްޓް ޢަބްދުﷲ ޢިމާދު ދިވެހި ދައުލަތުގެ
މައްޗަށް ދަޢުވާ ހުށަހެޅުމުން، ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/Q4C/36 ޤަޟިއްޔާއިން
ބެއްލެވުމަށް ހަމަޖެހިފައިވާ މައްސަލައިގައި، ދަޢުވާ ރައްދުވާ ފަރާތުގެ ހައިޞިއްޔަތުން އެޓަރނީ ޖެނެރަލް
ޢަބްދުﷲ މުޢިއްޒު، 11 ޑިސެމްބަރ 2011 ވަނަ ދުވަހުގެ 11:00 އަށް ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓަށް
ޙާޟިރުވުމަށް އެދި ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 422/2011 (04 ޑިސެމްބަރ 2011)
ކޯޓަށް ޙާޟިރުވުމުގެ އަމުރު" އިން އެނގެން އޮވެއެވެ.
02c 0 0
4 22
-02
ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުން ނެރުއްވާފައިވާ އިސްވެ ބަޔާންކުރެވުނު ކޯޓަށް
ޙާޟިރުވުމުގެ އަމުރު އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ކަމަށްބުނެ އެޓަރނީ
ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ އަމުރު އިސްތިއުނާފު ކުރަމުން ހުށަހެޅި މައިގަނޑު ނުކުތާއަކީ ގދ.ގައްދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 422/2011 (04 ޑިސެމްބަރ 2011) "ކޯޓަށް ޙާޟިރުވުމުގެ އަމުރު"
އެޓަރނީ ޖެނެރަލް ޢަބްދުﷲ މުޢިއްޒުއަށް ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުން ފޮނުއްވާފައިވާއިރު،
ޢަބްދުގެ
ހައިކޯޓް
2
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2{011}HC-A/276
މުޢިއްޒުއަކީ ފަރުދީ ގޮތުން ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/Q4C/36 ޤަޟިއްޔާއިން
ބެއްލެވުމަށް ހަމަޖައްސަވާފައިވާ މައްސަލައާ ސީދާގޮތުން ގުޅުމެއް ހުރި ފަރާތަކަށް ނުވާއިރު، މިކަމަށް ރިޢާޔަތް
ކުރެއްވުމެއްނެތި ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 422/2011 "ކޯޓަށް ޙާޟިރުވުމުގެ އަމުރު"
ފޮނުއްވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
f
OU OO
-03
ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 422/2011 ކޯޓަށް ޙާޟިރުވުމުގެ އަމުރު،
އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، އެކޯޓު އަމުރު އިސްތިޢުނާފު
ކުރަމުން އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅި ނުކުތާއަށާއި، އެނުކުތާއާ ގުޅޭގޮތުން އެޓަރނީ
ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
އްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 422/2011 ކޯޓަށް ޙާޟިރުވުމުގެ އަމުރަށާއި، މައްސަލައާގުޅޭގޮތުން
ހުށަހަޅާފައިވާ ލިޔެކިއުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
کر گر کر
444 4
(ހ) ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/Q4C/36 ޤަޟިއްޔާގެ
މައްސަލަ ހުށަހަޅާ ފޯމަށް ބެލުމުން އެމައްސަލައިގައި ދަޢުވާކޮށްފައިވަނީ ގދ. ގައްދޫބީޗްރެސްޓް
ޢަބްދުﷲ ޢިމާދުކަން އެނގޭކަމާއި އަދި ދަޢުވާ ލިބޭ ފަރާތްކަމަށް ފޯމުގައިޖަހާފައިވަނީ ދިވެހި
ދައުލަތްކަމާއި، އަދި ދަޢުވާގެ ޚުލާސާކަމަށް ލިޔެފައިވަނީ ދިވެހި ދައުލަތުގެ މައްޗަށް ޢަބްދު
ޢިމާދުކުރާ ދަޢުވާއަކީ 16 އޭޕްރިލް 1995އިން 26 ޖޫން 2007އަށް ސަރުކާރުގެ %100
ޙިއްސާވާ ކުންފުންޏެއްގައި ޢަބްދުﷲ ޢިމާދު ކޮށްދީފައިވާ ޚިދުމަތުގެ މުއްދަތު ޕެންޝަނުގެ
މުއްދަތުގެ ގޮތުގައި ހަމަޖައްސައިދިނުމަށް އެދި ކުރާ ދަޢުވާއެއްކަމާއި،
މެޖިސްޓްރޭޓް ކޯޓުން ބަލައިގެންފައިވަނީ 30 މޭ 2010 ގައިކަން އެނގެން އޮންނަކަމާއި، މި
ފޯމުގައި ދަޢުވާ ލިބޭ ފަރާތަކީ ދިވެހި ދައުލަތްކަމަށް ބަޔާންކޮށްފައި އޮތުމުން، ގދ. މެޖިސްޓްރޭޓް
ކޯޓުން އެންމެ ފުރަތަމަ 18 އޭޕްރިލް 2011 ގައި އެޓަރނީ ޖެނެރަލްގެ އޮފީހަށް އެ ކޯޓުގެ
ހއ 22
)
ފޯމު ގދ.ގައްދޫ
OU OO
ދިވެހިރާއްޖޭގެ
ހައިކޯޓް
t
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
4
2{11/HC-A/276
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
ނަންބަރު A
-
109
/
2011
-
Q4MC ފެކްސް މެސެޖް ފޮނުއްވާފައިވާކަމާއި، އެ މެސެޖުގައި
ގދ.ގައްދޫބީޗްރެސްޓް ޢަބްދުﷲ ޢިމާދު ދިވެހި ދައުލަތުގެ މައްޗަށް ހުށަހަޅާފައިވާ 16 އޭޕްރިލް
1995އިން 26 ޖޫން 2007އަށް ސަރުކާރުގެ %100 ޙިއްސާއޮތް ކުންފުންޏެއްގައި ސަރުކާރަށް
ޚިދުމަތްކޮށްފައިވާތީ އެ ދުވަސްތައް ޕެންޝަނުގެ ގޮތުގައި ހިމަނާފައިނުވާ މައްސަލަ ހިންގުމަށްޓަކައި
ޖަވާބުދާރީވާނެ ފަރާތެއް އަންގަވައި ދެއްވުމަށް އެދިވަޑައިގެންފައިވާކަމާއި، އެއަށްފަހު 14 ޖޫން
2011 ގައި އެ ކޯޓުގެ ނަންބަރު B
-
194
/
2011
-
Q4MC ފެކް މެސެޖުން އިސްވެ
އިޝާރާތްކުރެވުނު 18 އޭޕްރިލް 2011ގައި ފޮނުއްވާފައިވާ ސިޓީގެ ޖަވާބު އަވަސްކޮށްދެއްވުމަށް
އެދިވަޑައިގެންފައިވާކަން އެނގޭކަމާއި، އަދި އެއަށްފަހު 4 ސެޕްޓެމްބަރ 2011 ގައި އެ ކޯޓުގެ
ނަންބަރު B
-
253
/
2011
-
Q4MC ފެކްސް މެސެޖުން އެ ކޯޓުން ފޮނުއްވި 16 އޭޕްރިލް 2011
ގެ ފެކްސް މެސެޖާއި ޙަވާލާދެއްވާ އެ މެސެޖުގެ ޖަވާބު ނުލިބި 4 މަހާއި 15 ދުވަސް ފާއިތުވެގެން
ދިޔައިރު އެޓަރނީ ޖެނެރަލްގެ އޮފީހުން ޖަވާބެއް ލިބިފައިނުވާތީ އެ މައްސަލަ ނުހިންގިގެން
އުޅުއްވާކަމަށް ފާހަގަކުރައްވާފައިވާކަމާއި، އަދި އެ މެސެޖުގެ ޖަވާބު 3 ދުވަހުގެ ތެރޭގައި އަންގަވައި
ދެއްވުމަށް އެދިވަޑައިގެންފައިވާކަން އެނގޭކަމާއި، އަދި އެއަށްފަހު 23 ނޮވެމްބަރ 2011 ގައި
އެކޯޓުގެ ނަންބަރު Q4MC-402
/
2011
-3 ފެކްސް މެސެޖުން ކުރިން އިޝާރާތް ކުރެވުނު 3
މެސެޖަށްވެސް އެޓަރނީ ޖެނެރަލްގެ އޮފީހުން ޖަވާބު ނުދެއްވާކަން ފާހަގަކުރައްވައި، 29 ނޮވެމްބަރ
2011ގެ 10:00 ގެ ކުރިން އެ މެސެޖުތަކާ ގުޅިގެން ދެއްވާ ޖަވާބު ފޮނުއްވާދެއްވުމަށް ގދ.ގައްދޫ
މެޖިސްޓްރޭޓް ކޯޓުން އެދިވަޑައިގެންފައިވާކަން ފާހަގަކުރެވެއެވެ.
(ނ) ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުން 4 ޑިސެމްބަރ 2011 ގައި އެކޯޓުގެ
ނަންބަރު 422/2011 އަމުރު އެޓަރނީ ޖެނެރަލް އަލްއުސްތާޛު ޢަބްދުﷲ މުޢިއްޒުއަށް،
ހައްޤުހޯދުމަށް ހުށަހަޅާފައިވާ މައްސަލައެއްގެ ދަޢުވާ ލިބޭ ފަރާތުގެ ހައިސިއްޔަތުން، ކޯޓަށް
ޙާޟިރުކުރުމަށް ފޮނުއްވާފައިވާކަމާއި، މި އަމުރު އެޓާރނީ ޖެނެރަލްގެ އޮފީހަށް ލިބުމުން، އެ
އޮފީހުގެ ސޮލިސިޓަރ ޖެނެރަލް އިބްރާޙީމް ރިފްޢަތު 5 ޑިސެމްބަރ 2011 ގައި ގދ.ގައްދޫ
ކޯޓަށް
ނަންބަރު
ސިޓީގައި
ދިވެހިރާއްޖޭގެ
80
03x
ހައިކޯ
32-B/Q4C/2011/02
t
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
5
2{11/HC-A/276
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
ހ2 0
2 ހއ 2
ބަޔާންކުރާއ
OXO
ރައްވާފައިވަނީ ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/Q4C/36 ޤަޟިއްޔާގެ
މައްސަލައަކީ ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) ގެ 3 ވަނަ
މާއްދާގައި ސީދާ ބަޔާންކޮށްފައިވާ މަސައްކަތްތަކާ ގުޅުންހުރި މައްސަލައަކަށްވާތީ އަދި އެ ޤާނޫނުގެ
ދަށުން ދިވެހިރާއްޖޭގެ ޕެންޝަނާ ގުޅުން ހުރި ހުރިހާ މަސައްކަތެއް ކުރާ ފަރާތަކީ މޯލްޑިވްސް
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ކަމަށާއި އެ ޤާނޫނުގެ 2 ވަނަ މާއްދާގައިވާ ގޮތުގެ
މަތިން، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަކީ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި،
ދަޢުވާ ލިބިގަތުމުގެ ޤާނޫނީ ބާރު ލިބިފައިވާ، ވަކި ސިއްކައެއް އޮންނަ މިނިވަން ޤާނޫނީ
ޝަޚުސެއްކަމަށްވާތީ، އެ މައްސަލައިގައި ދައުލަތަކީ ޤާނޫނީ ގޮތުން ބަލާއިރު ދަޢުވާލިބޭ
ފަސްމެއްކަމަށް ބަލަންޖެހޭ ތަނެއް އޮތް މައްސަލައެއްކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް
ނުފެންނަކަމާއި، އަދި އެ ސިޓީގެ ޖަވާބުގައި 6 ޑިސެމްބަރ 2011ގައި ގދ.ގައްދޫ މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 2011
/
49/Q4MC
-
B
/
32
-
B ސިޓީގައި އެ ކޯޓަށް ޙާޟިރުވުމުގެ ނަންބަރު
422/2011 އަމުރަކީ އެ ކޯޓުގެ ނަންބަރު 2010/Q4C/36 ޤަޟިއްޔާގެ ދަޢުވާލިބޭ ފަރާތަކީ
ކޮބައިކަން ސާފުކޮށްދިނުމަށް ނުވަތަ ކަނޑައަޅައިދިނުމަށް އެދި ފޮނުވާފައިވާ މެސެޖެއް އަދި
އަމުރެއް ނޫންކަމަށް ބަޔާންކުރައްވާފައިވާކަން ފާހަގަކުރެވެއެވެ
-އވެ.
ނ) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 248/HC
-
A/2009 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން، އެ މައްސަލައިގައި ކޮމިޝަނަރ އޮފް ޕޮލިސް މަދަނީ
ކޯޓަށް ޙާޟިރު ކުރުމަށް އަމުރު ފޮނުވުނީ މަދަނީ ކޯޓުގެ ނަންބަރު 2008/MC/1286
ޤަޟިއްޔާގެ މައްސަލައަށް ކަމަށާއި، އިސްވެ ބަޔާން ކުރެވުނު މަދަނީ ކޯޓުގެ ޤަޟިއްޔާއަކީ
އައިލެންޑް ޓްރާންސްޕޯޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އާރު.ކޭ.އެލް ގްރޫޕުން ކޮށްފައިވާ
އެކަމާއި، ހައިކޯޓުގެ ނަންބަރު 248/HC
-
A/2009 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ،
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ފަސީޙުއަކީ މަދަނީ ކޯޓުގެ ނަންބަރު 2008/MC/1286
ޤަޟިއްޔާގައި ކޮށްފައިވާ ދަޢުވާއާ ގުޅުންހުރި ފަރާތެއް ނޫންކަމަށާއި، އަދި އެ ޤަޟިއްޔާގެ
މައްސަލައާ ސީދާ ގުޅުންހުރި ފަރާތެއްކަމަށް
ނަންބަރު
/94އކަމ
އެހިރާއްޖޭގެ
. ހައިކް
ނުވުމުން،
މަދަނީ
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
6
2{11/HC-A/276
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2008/MC/1286 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހަށް ޙާޟިރުކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ
ހައިސިއްޔަތެއްނެތްކަން ބަޔާންކޮށްފައިވާކަމާއި، މިހާރު ބަލަމުން މިގެންދާ މައްސަލައިގައި ދަޢުވާ ލިބޭ
ފަރާތަކީ ދިވެހި ދަޢުލަތްކަން ކަނޑައެޅިގެން ދަޢުވާ ފޯމުގައި ބަޔާންކޮށްފައި އޮތުމުން، ކޯޓަށް
ޙާޟިރުވުމުގެ އަމުރު އެޓަރނީ ޖެނެރަލްއަށް ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުން ފޮނުއްވާފައިވަނީ،
ދިވެހި ދައުލަތް ތަމްސީލުކުރާ ފަރާތަކީ އެޓަރނީ ޖެނެރަލްކަން ޤާނޫނުއަސާސީއިން އެނގެން
އޮންނާތީކަމާއި، އެހެންކަމުން، ހައިކޯޓުގެ ނަންބަރު 248/HC
-
A/2009 ޤަޟިއްޔާއާއި މިހާރު
ބަލަމުން ގެންދާ ޤަޟިއްޔާގެ މައްސަލައާ ދެމައްސަލައަކީ އެއްކަހަލަ ދެމައްސަލައެއް ނޫންކަން
މައްސަލަބެލި ފަނޑިޔާރުންނަށް ފާހަގަކުރެވޭކަމާއި، ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުން ދަޢުވާގެ
ސީޝާއަށް ބައްލަވައި، މިމައްސަލައަކީ ދައުލަތަށް ދަޢުވާލިބޭގޮތަށް އޮތް މައްސަލައެއްކަމަށްވާތީ،
ދަޢުވާލިބޭ ފަރާތެއްގެ ހައިސިއްޔަތުން ކޯޓަށް ޙާޟިރުވުމަށް ފޮނުވާ އަމުރެއްލިބޭ ކޮންމެ މީހަކު
ކޯޓަށް ޙާޟިރުވާންޖެހޭނެކަމާއި، އެހެންކަމުން، އެޓަރނީ ޖެނެރަލް ނުވަތަ އޭނާ ކަނޑައަޅާ ފަރާތެއް
ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުވާންޖެހޭނެކަމަށް މައްސަލަބެލި ފަނޑިޔާރުންނަށް
ޤަބޫލުކުރެވޭކަމާއި، އަދި އެގޮތުން، ކޯޓަކުން ނިންމާ އިޖުރާއީ ނިންމުމަކާމެދު ހިތްހަމަ ނުޖެހޭނަމަ
އެފަދަ ނިންމުމެއް އިސްތިއުނާފު ކުރުމުގެ ހައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވާކަންވެސް
ފާހަގަކުރެވެއެވެ.
92ދު
(ރ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ)
ގައި ޤާނޫނުއަސާސީގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތު ކަމުގައި ކަނޑައަޅާފައިވާ
ކަންކަން ފިޔަވައި އެހެން ކަންކަމުގައި ކޯޓުތަކުގައި ދައުލަތް ތަމްސީލު ކުރާނީ ބަންޑާރަ ނައިބު
ނުވަތަ އެނާ ކަނޑައަޅާ މީހެއް ކަމަށް ބަޔާންކޮށްފައި އޮތުމުން، ޕްރޮސިކިއުޓަރ ޖެނެރަލް ހިމެނޭ
މައްސަލަތައް ނޫން ދައުލަތް ހިމެނޭ އެހެން ހުރިހާ މައްސަލަތަކެއްގައި ކޯޓުތަކުގައި ދައުލަތް
ތަމްސީލު ކުރަނީ އެޓަރނީ ޖެނެރަލްކަން އެނގޭކަމާއި، އަދި އެޓަރނީ ޖެނެރަލްގެ ފަރާތުން އެޓަރނީ
ޖެނެރަލްގެ އޮފީހުގެ ޤާނޫނީ ވަކީލުން ކޯޓަށް ޙާޟިރުވަނީ އެޓަރނީ ޖެނެރަލްގެ ނަމުގައިކަން އަދި
ބަދަލުގައިކަން މާނަކުރެވޭކަމާއި، މިގޮތުން، ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުވާން
ދިވެހިރާއްޖޭގެ
2 22c
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
7
2{11/HC-A/276
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
ފޮނުއްވި އަމުރު ފޮނުއްވާފައިވަނީ "އެޓަރނީ ޖެނެރަލް އަލްއުސްތާޛު ޢަބްދުﷲ މުޢިއްޒު"އަށްކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓުގައި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން އަލްއުސްތާޛު ޢަބްދު
މުޢިއްޒުއަކީ ފަރުދީގޮތުން ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/Q4C/36
ޤަޟިއްޔާގެ މައްސަލައާ ސީދާގޮތުން ގުޅުންހުރި ފަރާތެއް ނޫންކަމަށް ބުނެފައިވީނަމަވެސް،
އިސްވެބަޔާން ކުރެވުނު ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ ދިވެހި ދައުލަތްކަން ދަޢުވާކުރާ
ފަރާތުން މައްސަލަ ހުށަހެޅި ފޯމުގައި ލިޔެފައި އޮންނަ އޮތުމުންނާއި، އަދި އިސްވެބަޔާން ކުރެވުނު
ޤަޟިއްޔާގެ މައްސަލައަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭކަމަކަށް
ނުވުމުން، ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ)ގެ އަލީގައި، ގދ.ގައްދޫ މެޖިސްޓްރޭޓް
ކޯޓުން އަމުރު ފޮނުއްވާފައިވަނީ އަލްއުސްތާޛު ޢަބްދުﷲ މުޢިއްޒުއަށް އެޓަރނީ ޖެނެރަލްގެ
ހައިސިއްޔަތުންކަން އެނގޭކަމާއި، އެހެނީ އެ އަމުރު ފޮނުއްވާފައިވަނީ ނަންބަރު 2010/Q4C/36
ޤަޟިއްޔާގެ މައްސަލަ ރައްދުވާ ފަރާތަކީ ދައުލަތްކަމަށްވެފައި، ޤާނޫނުއަސާސީގައި ބުނެފައިވާ
ފަދައިން، ދައުލަތް ތަމްސީލުކުރާނީ އެޓަރނީ ޖެނެރަލްކަމާއި، އަދި ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 422/2011 އަމުރުގައި "އެޓަރނީ ޖެނެރަލް އަލްއުސްތާޛު ޢަބްދުﷲ މުޢިއްޒު"ގެ
ނަންފުޅު ލިޔުއްވާފައިވީ ނަމަވެސް، ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ) ގެ ދަށުން
އެޓަރނީ ޖެނެރަލް އަމިއްލައަށް ކޯޓަށް ޙާޟިރުވުމަކީ ލާޒިމުކަމެއް ނޫންކަމާއި، އަދި އެޓަރނީ
ޖެނެރަލް ކަނޑައަޅާ ފަރާތެއް ދައުލަތް ތަމްސީލުކުރާ މައްސަލަތަކުގައި ފޮނުވުމުގެ ބާރު އެޓަރނީ
ޖެނެރަލްއަށް ލިބިފައިއޮތުމުން، މި މައްސަލައިގައި އެޓަރނީ ޖެނެރަލް އަލްއުސްތާޛު ޢަބްދު
މުޢިއްޒުގެ ބަދަލުގައި، އެ މަނިކުފާނު ކަނޑައަޅުއްވާ އެހެން ފަރާތެއް ގދ.ގައްދޫ މެޖިސްޓްރޭޓް
ކޯޓަށް ފޮނުއްވިދާނެކަން ފާހަގަކުރެވެއެވެ.
އެވެ.
ތ0 2
کو ترک کر
ދެންފަހެ، އިސްވެ
ފެކުރެވުނު ޤާނޫނީ އަދި ޝަރުޢީ ސަބަބުތައް އެހެންހުރުމާއެކު،
މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2010/Q4C/36 ޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތަކީ
ދައުލަތްކަމަށްވެފައި، މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
09/HC-A/248
.ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
8
2{11/HC-A/276
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
ޤަޟިއްޔާގައިވާ މައްސަލައާ އެއްކަހަލަ މައްސަލައަކަށް ނުވާތީ، އަދި ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ
(ނ) ގެ ދަށުން ޤާނޫނުއަސާސީގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތު ކަމަށް ކަނޑައަޅާފައިވާ
ކަންކަން ފިޔަވައި އެހެން ކަންކަމުގައި ކޯޓުތަކުގައި ދައުލަތް ތަމްސީލުކުރާނީ އެޓަރނީ ޖެނެރަލް ނުވަތަ އޭނާ
ކަނޑައަޅާ މީހެއްކަމަށް ބަޔާންކޮށްފައި އޮތުމުން، ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 422/2011
އަމުރުގައި "އެޓަރނީ ޖެނެރަލް އަލްއުސްތާޛު ޢަބްދުﷲ މުޢިއްޒު"ގެ ނަންފުޅު ލިޔެވިފައި އޮތްނަމަވެސް،
އެޓަރނީ ޖެނެރަލް އަލްއުސްތާޛު ޢަބްދުﷲ މުޢިއްޒު އަމިއްލަފުޅަށް ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓަށް
ޙާޟިރުވެވަޑައިގެންނެވުން ލާޒިމުކުރާކަން އެ އަމުރުން އެނގެން ނެތަތީ، އެޓަރނީ ޖެނެރަލް ކަނޑައަޅާ
ފަރާތެއް އެޓަރނީ ޖެނެރަލްގެ ބަދަލުގައި ކޯޓަށް ފޮނުވުމުގެ ބާރު އެޓަރނީ ޖެނެރަލްއަށް ލިބިފައިވާތީ، އެޓަރނީ
ޖެނެރަލް އަލްއުސްތާޛު ޢަބްދުﷲ މުޢިއްޒު އަމިއްލަފުޅަށް ގދ.ގައްދޫ މެޖިސްޓްރޭޓް
ޙާޟިރުވެވަޑައިގަންނަވަން ޖެހޭނެކަން ބަލާނެ ތަނެއް ނެތްކަމާއި، އަދި ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 422/2011 އަމުރުގައި އެޓަރނީ ޖެނެރަލް އަލްއުސްތާޛު ޢަބްދުﷲ މުޢިއްޒު" ޖަހާފައިއޮތް އޮތުމަކީ
ހަމައެކަނި އެކަމުގެ މައްޗަށް ބަލައި އެއަމުރު ބާޠިލުކުރަންޖެހޭވަރުގެ ކަމެއްނޫންކަމަށް މި
މައްސަލަބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުމުން، އެ ގޮތަށް ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
OU OO
ކޯޓަށް
ޤަޟިއްޔާ ބަލާ ޙުކުމް ކުރީ
އަޒްމިރާލްދާ ޒާހިރު
(ފަނޑިޔާރު)
ޢަބްދުއްރައޫފު އިބްރާހީމް
،ފަނޑިޔާރު)
ޢައްބާސް ޝަރީފް
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv