ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/266 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/266
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
1/2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރ: 266/HC
-
A/2013
• އިސްތިއުނާފުކުރި ފަރާތް
* ނަން: އައްޑޫ ސިޓީކައުންސިލް
، ދާއިމީ އެޑްރެސް: އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
• އިސްތިއުނާފު ރައްދުވި ފަރާތްތައް:
* ނަން: އިބްރާހީމް ރަޝީދު ވަޖުދީ
އައިޑީ ކާޑުނަންބަރު: A027807
ދާއިމީ އެޑްރެސް: ނޫރުވާދީ/ ސ.ހިތަދޫ
މިހާރުގެ އެޑްރެސް: ނޫރުވާދީ/ ސ.ހިތަދޫ
*
• ރަޖިސްޓްރީ ތާރީޚް: 22 ޝައްވާލު 1434
29 އޯގަސްޓް 2013
ނިމުނު ތާރީޚް: 16 ރަބީޢުލްއާޚިރު 1435
16 ފެބްރުއަރީ
2014
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/S2C/558
• ނިންމެވި ކޯޓް: އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓް
• ޤަޟިއްޔާގެ ބާވަތް: ޤާނޫނާ ޚިލާފުވުން
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: ޔޫސުފު ޙުސައިން، ފަނޑިޔާރު: ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2013/HC-A/266
ދަޢުވާގެ ޚުލާޞާ
02c 0 0
،2
4
އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/S2C/558 ޤަޟިއްޔާ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު
ކޮށްދިނުން އެދި އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ސ.ހިތަދޫ ނޫރުވާދީ އިބްރާހީމް ރަޝީދު ވަޖުދީ
(އައިޑީ ނަންބަރު: A027807} އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
0l
އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/S2C/558 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާގައިވާ މައްސަލައަކީ، އައްޑޫ ސިޓީ ކައުންސިލުން
2011 ވަނަ އަހަރުގެ ތެރޭގައި އެސިޓީގެ އަވަށްތަކުގެ އަވަށު އޮފީސްތަކުގައި އަވަށު ބޯޑުތަކެއް އުފައްދައި،
އެ އަވަށު ބޯޑުތަކަށް ވަގުތީ ރައީސުންނާއި ވަގުތީ ނައިބު ރައީސުންގެ ގޮތުގައި ބަޔަކު ޢައްޔަންކޮށްފައިވަނީ
ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 230 ވަނަ މާއްދާއާއި އަދި ޤާނޫނު ނަންބަރު 7/2010
(ދިވެހިރާއްޖޭގެ އިދާރީތައް ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އާއި ޚިލާފަށްކަމަށް
ކަނޑައަޅައިދިނުމަށާއި، އައްޑޫ ސިޓީ ކައުންސިލްގެ މިނިންމުމަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
17 ވަނަ މާއްދާއާއި 20 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ އަސާސީ ޙައްޤުތަކަށް އުނިކަން އަންނަ
ނިންމުމަކަށްވާތީ، އައްޑޫ ސިޓީ ކައުންސިލުން އެސިޓީގެ އަވަށު ބޯޑުތަކަށް ވަގުތީ ރައީސުންނާއި ވަގުތީ
ނައިބު ރައީސުންގެ ގޮތުގައި ބަޔަކު ޢައްޔަންކޮށް، ދައުލަތުގެ މާލިއްޔަތުން ޚަރަދު ކުރަމުންދާ ކުރުމަކީ
އައްޑޫ ސިޓީ ކައުންސިލުން، ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާއި
ދީމިޤްރާތީ އުޞޫލުތަކާ ޚިލާފަށް، ޤާނޫނީ އިމުން ބޭރުން ކުރާ ކަމެއްކަމުގައި ކަނޑައަޅައި، އަވަށު
ބޯޑުތަކުގެ ވަގުތީ ރައީސުންނާއި ވަގުތީ ނައިބު ރައީސުންގެ ގޮތުގައި ޢައްޔަންކޮށްފައިވާ މީހުން
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2013/HC-A/266
އައްޑި
އެމަޤާމުތަކުން ވަކިކުރުމަށް
ކައުންސިލަށް އަންގާ އަމުރުކޮށްދިނުމަށް އެދި އައްޑޫ ސިޓީ
ކައުންސިލް އިދާރާގެ މައްޗަށް ސ.ހިތަދޫ ނޫރުވާދީ އިބްރާހީމް ރަޝީދު ވަޖުދީ ހުށަހެޅުމުން ބެލުނު
މައްސަލައެއްކަން އެނގޭކަމާއި،
ޗ 8 «2
އައްޑޫ
28
އައްޑޫ
މަހުގައި އައްޑޫ
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "ދެންފަހެ، އިސްވެދިޔަ ބަޔާންތަކަށާއި ފާހަގަކުރެވުނު
ނުކުތާތަކުގެ މައްޗަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ރަށްރަށުގެ އޮފީސްތަކުގެ
އަވަށު ބޯޑުތަކަށް ވަގުތީ ރައީސުންނާއި ވަގުތީ ނައިބު ރައީސްގެ މަޤާމަތުތައް އުފައްދައި އެމަޤާމުތަކަށް
މީހުން ހަމަޖައްސާފައިވަނީ ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ކަމަށްބުނެ، އެމަޤާމަތަކުން އެމީހުން ވަކިކުރުމަށް
ކައުންސިލްގެ
މައްޗަށް އަންގާ އަމުރުކޮށް ދެއްވުން އެދި ސ.ހިތަދޫ ނޫރުވާދީ އިބްރާހީމް
ރަޝީދު ވަޖުދީ ސިޓީ ކައުންސިލްގެ އިދާރާގެ މައްޗަށް ހުށަހެޅުއްވި ދަޢުވާގައި، 2011 މާރޗް
އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ފަރާތުން އެ އިދާރާގެ ރަށްތަކުގެ ތެރެއިން ހިތަދޫ އޮފީހަށް
އުފެއްދެވި ވަގުތީ ރައީސްގެ މަޤާމާއި ވަގުތީ 2 ނައިބު ރައީސްކަމުގެ މަޤާމާއި މަރަދޫ އޮފީހަށް އުފެއްދެވި
ވަގުތީ ރައީސްކަމުގެ މަޤާމާއި ވަގުތީ ނައިބު ރައީސްކަމުގެ މަޤާމައި ފޭދޫ އޮފީހަށް އުފެއްދެވި ވަގުތީ
ރައީސްކަމުގެ މަޤާމާއި ހުޅުމީދޫ އޮފީހަށް އުފެއްދެވި ވަގުތީ ރައީސްގެ މަޤާމަކީ އައްޑޫ ސިޓީ ކައުންސިލްގެ
ފަރާތުން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާ ޚިލާފަށް
އުފައްދަވާފައިވާ މަޤާމުތަކެއް ކަމަށް ކަނޑައަޅައި، މިމަޤާމުތަކަކީ ބާޠިލް މަޤާމުތަކެއް ކަމަށް ޙުކުމްކޮށް
އެމަޤާމުތަކަށް ޢައްޔަން ކުރެވިފައިވާ މީހުން އެ މަޤާމުތަކުން ވަކިކުރުމަށް އައްޑޫ
ސިޓީ ކައުންސިލްގެ
އިދާރާގެ މައްޗަށް އަންގައި އަމުރުކޮށް މިޤަޟިއްޔާ ނިންމީއެވެ." މިފަދައިންނެވެ.
2
02
އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/S2C/558 ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި
އައްޑޫސިޓީ ކައުންސިލްގެ ފަރާތުން 02 (ދޭއް) ނުކުތާއެއް
ހުށަހަޅާ
ބެހޭގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
Oxuc
(ހ) ފުރަތަމަ ނުކުތާއަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ
ޤާނޫނުގެ 130 ވަނަ މާއްދާގެ (ހ) ގެ ރޫޙަކީ، އިދާރީ މުވައްޒަފުން ޢައްޔަންކުރުން ކަމަށްވީހިންގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
4
2013/HC-A/266
މިމާއްދާގެ (ހ) ގެ ރޫޙާއި ޚިލާފަށް އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:
2012/S2C/558 ޤަޟިއްޔާ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ށ) ދެވަނަ ނުކުތާއަކީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބަހެއް ޝަރީޢަތުން ހޯދުމެއްނެތި ލޯކަލް
ގަވަރމަންޓް އޮތޯރިޓީން އަވަށު ބޯޑު އުފެއްދުމާއި ބެހޭގޮތުން ވަކިގޮތެއް ނިންމާފައި ވާކަން އެނގެން
ނެތްކަމަށް ކަނޑައަޅުއްވައި ޝަރުޢީ ހަމަތަކާއި ޚިލާފަށް އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2012/SC/558 ޤަޟިއްޔާ ނިންމާފައިވުމާއި، އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ
އުޞޫލުން ނިންމުން ކަމަށްވީހިނދު، މިމާއްދާގެ ރޫޙާއި ޚިލާފަށް އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2012/S2C/558 ޤަޟިއްޔާ ނިންމާފައިވާ ނިންމުމެއްކަމުގައިވާކަމަށް ބުނެ ހުށައެޅި ނުކުތާ.
403 މިމައްސަލައާއި ގުޅިގެން އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2012/S2C/558 ޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ އައްޑޫސިޓީ
ކައުންސިލްގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަކަމަކީ، އައްޑޫ ސިޓީ ކައުންސިލުން 2011 ވަނަ އަހަރުގެ ތެރޭގައި އެސިޓީގެ
އިދާރާގެ
ރަށްތަކަށް ވަގުތީ ރައީސުންނާއި ވަގުތީ ނައިބު ރައީސުންގެ ގޮތުގައި ބަޔަކު
ޢައްޔަންކޮށްފައިވާކަމާއި، މިގޮތުން 2011 ވަނައަހަރުގެ މާރޗް މަހު އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ
ފަރާތުން އެ އިދާރާގެ ރަށްތަކުގެ ތެރެއިން ހިތަދޫ އޮފީހަށް ވަގުތީ ރައީސްގެ މަޤާމާއި ވަގުތީ 2 ނައިބު
ރައީސްކަމުގެ މަޤާމާއި މަރަދޫ އޮފީހަށް ވަގުތީ ރައީސްކަމުގެ މަޤާމާއި ވަގުތީ ނައިބު ރައީސްކަމުގެ މަޤާމައި
ފޭދޫ އޮފީހަށް ވަގުތީ ރައީސްކަމުގެ މަޤާމާއި ހުޅުމީދޫ އޮފީހަށް ވަގުތީ ރައީސްގެ މަޤާމު އައްޑޫ ސިޓީ
ކައުންސިލްގެ ފަރާތުން އުފައްދާ، އެމަޤާމުތަކަށް މީހުން ޢައްޔަންކޮށް
އެފަރާތްތަކަށް
ސިޓީކައުންސިލްގެ ފަރާތުން މުސާރައެއް ކަނޑައަޅައިފައިވާކަން މިމައްސަލައާއި އެކު ހުށަހެޅުނު
ލިޔުންތަކާއި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގޭކަމެވެ.
396/
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
މާ
5
2013/HC-A/266
26
ދި8 ހex e
އއhކށް
OX Oss
ou oo
(ނ) ދެވަނަކަމަކީ، އިބްރާހިމް ރަޝީދު ވަޖުދީގެ ފަރާތުން އައްޑޫ ސިޓީ ކައުންސިލްގެ މައްޗަށް
ރައްދުވާގޮތަށް އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައިގެ މައިގަނޑު ނުކުތާއަކީ
ސިޓީ ކައުންސިލުން އެސިޓީގެ އަވަށްތަކުގެ އަވަށު އޮފީސްތަކުގައި އަވަށު ބޯޑުތަކެއް އުފައްދައި، އެ
އަވަށު ބޯޑުތަކަށް ވަގުތީ ރައީސުންނާއި ވަގުތީ ނައިބު ރައީސުންގެ ގޮތުގައި ބަޔަކު ޢައްޔަން
އެފަރާތްތަކަށް ދައުލަތުގެ ޚަރަދުގައި މުސާރަ ދެމުންގެންދަނީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 233
ވަނަ މާއްދާއާއި އަދި ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން
ހިންގުމުގެ ޤާނޫނު) އާއި ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށާއި، މިމަޤާމުތަކަކީ ބާޠިލް މަޤާމުތަކެއް ކަމަށް
ޙުކުމްކޮށް އެމަޤާމުތަކަށް ޢައްޔަން ކުރެވިފައިވާ މީހުން އެ މަޤާމުތަކުން ވަކިކުރުމަށް އައްޑޫ ސިޓީ
ކައުންސިލްގެ މައްޗަށް އަމުރުކޮށްދިނުމަށް އެދިކަން އެނގޭއިރު، މިމައްސަލައިގައި އައްޑު އަތޮޅު ހިތަދޫ
މެޖިސްޓްރޭޓް ކޯޓުން ޙުކުމްކުރައްވާފައިވަނީ އައްޑޫ ސިޓީ ކައުންސިލުން އުފައްދާފައިވާ އިޝާރާތްކުރެވުނު
މަޤާމުތަކަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނާއި ޚިލާފަށް
އުފައްދާފައިވާ މަޤާމުތަކެއް ކަމަށް ކަނޑައަޅައި، މިމަޤާމުތަކަކީ ބާތިލު މަޤާމުތަކެއް ކަމަށް ޙުކުމްކޮށް،
އެމަޤާމުތަކަށް ޢައްޔަން ކުރެވިފައިވާ މީހުން ވަކިކުރުމަށް އައްޑޫ ސިޓީ ކައުންސިލްގެ މައްޗަށް އަންގާ
އަމުރުކޮށްކަމާއި، އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓްކޯޓުގެ މިނިންމުން ބިނާ ކޮށްފައިވާ މައިގަނޑު
އަސާސަކީ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން
ހިންގުމުގެ ޤާނޫނު) ގެ އެއްވެސް މާއްދާއެއްގައި ސިޓީ ކައުންސިލަށް އަވަށު ބޯޑު އުފެއްދިދާނެކަމަކަށް އަދި
އެއްވެސް މަޤާމަކަށް މީހަކު ޢައްޔަން ކުރެވިދާނެކަމަކަށް ބަޔާންކޮށްފައިނުވާއިރު، ޤާނޫނުގައި ނުހިމެނޭ
ކަމެއް ދިމާވެއްޖެނަމަ އެކަމުގައި ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ ލޯކަލް ގަވަމެންޓް އޮތޯރިޓީއަށް
ކަމަށް އެޤާނޫނުގައި ބުނެފައިވާއިރު އަވަށު ބޯޑު އުފެއްދުމާއި ބެހޭ ގޮތުން ލޯކަލް ގަވަމެންޓް އޮތޯރިޓީން
އަދި ވަކިގޮތެއް ނިންމާފައިވާކަން އެނގެން ނެތުމުން އެމަޤާމުތަކަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް
ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނާއި ޚިލާފަށް އުފައްދާފައިވާ މަޤާމުތަކެއް ކަމަށް ބަލައި އެސަބަބުގެ
ބިނާކުރައްވައިގެން ކަން އެނގޭކަމެވެ.
OCX
cu o
މައްޗަށް
(ނ) ތިންވަނަކަމަކީ، 17 މެއި 2010 ގައި ރައީސުލްޖުމުހޫރިއްޔާ ތަސްދީޤުކުރެއްވި ޤާނޫނު
ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 136
ވަނަ މާއްދާގެ (ށ) ގައި " މިޤާނޫނަށް ޢަމަލުކުރަން ފަށާއިރު ދިވެހިރާއްޖޭގެ އިދާރީ
އިދާރީ ދާއިރާތަކުގައި މީހުން:ޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2013/HC-A/266
ދިރިއުޅޭ ރަށްތަކުގެ ތެރެއިން ޤުދުރަތީގޮތުން އެއް ރަށެއްގެ ގޮތުގައި އޮންނަ ރަށެއްގެ ދެބަޔަކީ މީހުން
ދިރިއުޅޭ ވަކިވަކި ދެރަށުގެ ގޮތުގައި އިދާރީގޮތުން ވަކިވަކީން ހިނގަމުންދާ ދެރަށެއްނަމަ އެދެކަށް ހިންގާނީ
އެއް ރަށު ކައުންސިލަކުންނެވެ. އަދި ކުރިން ދެރަށުގެ ގޮތުގައި ވަކިވަކީން ހިނގަމުންދިޔަ ރަށްރަށް
ހިންގާނީ މިގޮތުން އުފެއްދޭ ރަށު ކައުންސިލްގެ ބެލުމުގެ ދަށުން އުފައްދާ އަވަށު ބޯޑުންނެވެ" މިފަދައިން
ބަޔާންވެގެން އޮތް ނަމަވެސް 9 ސެޕްޓެމްބަރ 2010 ގައި ރައީސުލްޖުމުހޫރިއްޔާ ތަސްދީޤުކުރެއްވި ޤާނޫނު
ނަންބަރު 21/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް) 1
ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނުން ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް
ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 136 ވަނަ މާއްދާގެ (ށ) އުނިކޮށްފައި އޮތުމުން
ކައުންސިލްތަކުން އަވަށު ބޯޑުތައް އުފައްދާ އެތަންތަނުގެ ވަޒީފާތަކަށް މީހުން ޢައްޔަންކުރުމަށް ޤާނޫނީ
ގޮތުން ލިބިއޮތް ބާރު އެހާތަނުން ނެތި ދިޔައީ ކަމުގައި ބެލެވެން އޮންނަކަމާއި،
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 130 ވަނަ މާއްދާގެ
(ހ) ގައި އަތޮޅު ކައުންސިލާއި ރަށު ކައުންސިލާއި ސިޓީ ކައުންސިލާއި އަވަށު އޮފީހުގެ މަސްއޫލިއްޔަތު
އަދާކުރުމަށް ޓަކައި އިދާރާތަކެއް އުފެއްދިދާނެ ކަމުގެ މަފްހޫމު އޮތް ނަމަވެސް އެމާއްދާގައި ބަޔާންކުރާ
ގޮތުން އެފަދައިން އިދާރާއެއް އުފައްދައިފިނަމަ އެއުފައްދާ އިދާރާތަކުގެ މަޤާމްތަށް ކަނޑައަޅައި
އެމަޤާމްތަކަށް މުވައްޒަފުން ޢައްޔަންކޮށް ވަކިކުރާނީ ކައުންސިލްތަކުގެ މަޝްވަރާއާއި އެކު ސިވިލްސަރވިސް
ކޮމިޝަނުން ކަމުގައި ބަޔާންކޮށްފައިވާކަމާއި، އަދި މިފަދަ މުވައްޒަފުންގެ މައްޗަށް ހިނގާނީ ދިވެހި ސިވިލް
ސަރވިސްގެ ޤާނޫނާއި އެޤާނޫނުގެ ދަށުން ސިވިލް ސަރވިސް ކޮމިޝަނުން ހަދާ ޤަވާޢިދުތައް ކަމުގައި
ބަޔާންކޮށްފައިވާކަން އެނގޭކަމެވެ.
(ރ) ހަތަރުވަނަކަމަކީ، އަވަށު ބޯޑެއް އުފެއްދުމާއި ގުޅޭ ގޮތުން ޤާނޫނު ނަންބަރު: 7/2010
(ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 136 ވަނަ މާއްދާގެ (ށ)
ގައި އޮތް އޮތުން ޤާނޫނު ނަންބަރު 21/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން
ހިންގުމުގެ ޤާނޫނަށް) 1 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނުން މިހާރު ބާތިލުވެފައިވާކަން އެނގެން
އޮތުމުން، ކައުންސިލްތަކުގެ ބޭނުމަށް އެކައުންސިލްތަކުން އަމިއްލަ އަށް އިސްނަގައިގެން އަވަށު ބޯޑުތަކެއް
އުފައްދާ އެބޯޑުތަކަށް މުވައްޒަފުންތަކެއް ޢައްޔަން ކުރެވިދާނެކަމަށް ޤާނޫނުގައި އޮތް މަފްހޫމު މިހާރު
ނެތިދިޔައީ ކަމުގައި ބަލަންޖެހޭއިރު، މިޤާނޫނުގެ އެއްވެސް މާއްދާއެއްގަ
.އްގައި އަވަށު ބޯޑުތަކަށް މެންބަރުން
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2013/HC-A/266
އައެޓް
ޢައްޔަންކުރުމާއި ގުޅޭ ގޮތުން ކައުންސިލްތަކަށް އެއްވެސް އިޚުތިޔާރެއް ދީފައިވާކަން އެނގެން ނެތްކަމާއި،
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި ނުހިމެނޭ ކަމަކާއިބެހޭ ގޮތުން
ގޮތެއް ކަނޑައަޅަންޖެހިއްޖެނަމަ، ޤާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން
ހިންގުމުގެ ޤާނޫނާއި އެހެނިހެން ޤާނޫނުތަކާއި ޤަވާޢިދުތަކާއި ޚިލާފު ނުވާނޭ ގޮތެއްގެ މަތީން އެކަމުގައި
ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ ލޯކަލް ގަވަރމެންޓް އޮތޯރިޓީއަށްކަން ދިވެހިރާއްޖޭގެ އިދާރީ
ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 149 ވަނަ މާއްދާއަށް ބެލުމުން އެނގޭކަމާއި،
އައްޑޫ ސިޓީކައުންސިލުން އެސިޓީގެ ބައެއް ރަށްތަކުގައި އަވަށުބޯޑު އުފައްދާ، އެބޯޑުތަކަށް
މެމްބަރުން ޢައްޔަންކޮށްފައިވަނީ ލޯކަލް ގަވަމެންޓް އޮތޯރިޓީން އެކަން އެގޮތަށް ކުރުމަށް ލަފާ ދެއްވާފައިވާތީ
ކަމަށް އެކައުންސިލުގެ ފަރާތުން ބުނެފައިވާއިރު، އެކަން ސާބިތުކުރުމުގެ ބުރަ އުފުލަން ޖެހެނީ އައްޑޫ
ސިޓީކައުންސިލުންކަމާއި މިގޮތުން މިކަން ސާބިތުކުރުމަށްކަމަށް ބުނެ އެކައުންސިލުން އައްޑުއަތޮޅު ހިތަދޫ
މެޖިސްޓްރޭޓު ހުށަހެޅި ހަމައެކަނި ލިޔުމަކީ 17 ސެޕްޓެމްބަރ 2012 އިން 19 ސެޕްޓެމްބަރު 2012
އަށް ކައުންސިލަރުން ރަސްމީ ދަތުރުފުޅެއްގައި މާލެއަށް ކުރި ދަތުރުގެ ރިޕޯޓްކަމާއި، މިރިޕޯޓަކީ
ސިޓީ ކައުންސިލްގެ އިދާރާއިން ތައްޔާރުކޮށްފައިވާ އެއިދާރާގެ ރިޕޯޓެއްކަން އެނގެން އޮތްއިރު، މިރިޕޯޓުގައި
އަވަށުބޯޑެއް އުފެއްދުމާއި ގުޅޭ ގޮތުން ހަމައެކަނި ފާހަގަކުރައްވާފައިވަނީ ލޯކަލް ގަވަމެންޓް އޮތޯރިޓީން
އަވަށު ބޯޑެއްގެ ޤަވާޢިދު ފާސްކޮށް ގެޒެޓް ކުރުން މުހިއްމު ކަމަށާއި އަދި ޤަވާޢިދުގައި އިތުރަށް
ހިމަނަންޖެހޭ ބައެއްނަމަ އެކަން ވެސް ކައުންސިލަށް ފާހަގަކޮށްދެއްވުމަށާއި، ކައުންސިލުން ވީހާވެސް
އަވަހަށް ޤަވާޢިދު ފާސްކޮށް ގެޒެޓްކުރަން ބޭނުންވާކަމުގައެވެ" މިފަދައިން ކަމާއި، މިރިޕޯޓަށް ބެލުމުން
މިރިޕޯޓުގައި ލޯކަލް ގަވަމެންޓް އޮތޯރިޓީން އައްޑޫ ސިޓީގައި އަވަށު ބޯޑުތަކެއް އުފެއްދުމަށް އެއްވެސް
ލަފައެއް ނުވަތަ ހުއްދައެއްދިންކަން އެނގޭނެ އެއްވެސް ޢިބާރާތެއް ފެންނަން ނެތްއިރު، މިމައްސަލައާއި އެކު
ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު އެންޓި-ކޮރަޕްޝަން ކޮމިޝަނުން އައްޑޫ ސިޓީ
ކައުންސިލްއަށް ފޮނުވާފައިވާ އެކޮމިޝަންގެ ނަންބަރު 426
/
2012
/
13/B-123 ސިޓީއާއި
ފައިވާ "އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ރަށްރަށުގެ އޮފީސްތަކުގެ އަވަށުބޯޑުތަކަށް ވަގުތީ
ރައީސުންނާއި، ވަގުތީ ނާއިބްރައީސްގެ މަޤާމްތައް އުފައްދައި، އެމަޤާމްތަކަށް މީހުން ލެއްވި މައްސަލައާ
ގުޅިގެން، ބެލިބެލުމުން ތަޙްޤީޤަށް އެހާތަނަށް ފާހަގަކުރެވިފައިވާ ކަންތައްތަކުގެ ރިޕޯޓު" އާއި އެކު ހުށަހެޅުނު
ލިޔުންތަކުގެ
ތެރޭގައި
ޙަވާލާދީފައިވާ،
ލޯކަލް
ގަވަމެންޓް
ނަންބަރު
123
/
2012
/
2/AF-221 (6 މާރޗް 2012) ގެ ސިޓީގައި، އަވަށުބޯޑު
އދ މހ3
x
އައްޑު އަތޮޅު
އއ
ފޮނުވާފައިވާ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
8
2013/HC-A/266
2x
އެއޮތޯރިޓީން ވަކި ޤަވާޢިދެއް އަދި ހެދިފައިނުވާކަމުގައި ބަޔާންކޮށްފައިވާއިރު، އައްޑޫ ސިޓީ ކައުންސިލް
އިދާރާގެ އޮފީސްތަކަށް އަވަށު ބޯޑުގެ ރައީސުންނާއި ނާއިބް ރައީސުންގެ ގޮތުގައި ބޭފުޅުން ޢައްޔަން
ކުރައްވާފައިވާކަމެއް އެނގިފައި ނެތްކަމަށާއި އަދި މިފަދަ ނިޒާމެއް އުފެއްދުމަށްވެސް އަދި ހުށަހަޅާފައިވެސް
ނުވާކަމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ފޮނުވާފައިވާ އެއޮތޯރިޓީގެ
ނަންބަރު 123
/
2012
/
3/AF-221 (04 އެޕްރީލް 2012) ސިޓީގައި ބުނެފައިވާކަން އެނގޭކަމާއި،
މިހެންކަމުން މިމައްސަލައާއި ހުށަހެޅިފައިވާ ލިޔުންތަކަށް ބެލުމުން އައްޑޫ ސިޓީ ކައުންސިލް އިދާރާގެ
އޮފީސްތަކަށް އަވަށު ބޯޑުގެ ރައީސުންނާއި ނާއިބް ރައީސުންގެ ގޮތުގައި ބޭފުޅުން ޢައްޔަން ކުރައްވާފައި
އެވަނީ އެކަމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީއާއިއެކު މަޝްވަރާކުރެވިގެން އެފަރާތުގެ ލަފަޔާއި އެކުގައިކަން
ބެލެވެންނެތްކަމެވެ.
ou
ވީމާ، އިސްވެ ދިޔަކަންކަން އެގޮތަށް ހުރުމުން، މިމައްސަލަ އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓުން
ކޯޓުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 130
ވަނަ މާއްދާގެ (ހ) އާއި އެޤާނޫނުގެ 149 ވަނަ މާއްދާގެ ރޫޙާ ޚިލާފަށް ކަމުގައި ބެލެވެންނެތްކަމާއި،
މިހެންކަމުން އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓްކޯޓުގެ ނަންބަރު ނަންބަރު 2012/S2C/558 ޤަޟިއްޔާ
ގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން އިސްތިއުނާފުކުރުމަށް
ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް ބަދަލެއް ގެންނަންޖެހޭކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ނުފެނުނުކަމެވެ.
Ćoc
ން:
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއި އެކު، އައްޑުއަތޮޅު ހިތަދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/S2C/558 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް
އިސްތިއުނާފުކުރުމަށް އައްޑޫސިޓީ ކައުންސިލްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބަލައިގެ
އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލެއްގެންނަން ޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ
ބަވައިޖޭގެ ހައި
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
9
2013/HC-A/266
ސަބަބެއް
ou oo
558/S2C/2012
ފެންނަންނެތްކަމަށް މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އިއްތިފާޤުވެވުނުހިނދު، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓްކޯޓުގެ ނަންބަރު
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނާނެތަނެއް ނެތްކަމަށްކަނޑައަޅައި، މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv