ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/358 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/358
އަAu
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
49
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 358/HC-A/2012
• އިސްތިއުނާފު ކުރިފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ވަކީލް: އ. ޕަބްލިކް ޕްރޮސިކިއުޓަރ އދ.ޢަބްދުﷲ މިފްރާޒް
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޚާލިޤް ސައްޔިދު
ދާއިމީ އެޑްރެސް: ޝިގަރ ސްކަރޑް ޕާކިސްތާން
* ޕާސްޕޯޓް ނަންބަރު: SB4101811 މިހާރުގެ އެޑްރެސް: ނޫތަރިގެ އިހަވަންދޫ
* ވަކީލް: އޖ. ޝަޙީމް އަޙްމަދު، އޮނުފިނިގެ/ ކ. ދިއްފުށި
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 14 ޞަފަރު ނިމުނު ތާރީޚް: 28 ޞަފަރު
27 ޑިސެމްބަރ 2012
10 ޖެނުއަރީ 2012
އިސްތިއުނާފު ކުރެވުނު އަމުރު ނަންބަރު: 2012
/
01/A9
-
MC
ނިންމެވި ކޯޓު: ތިލަދުންމަތީ އުތުރުބުރީ ވަށަފަރު މެޖިސްޓްރޭޓް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރު
*
1434
1434
0
6
• އަމުރު ނެރުނު ތާރީޚް: 20 ޑިސެމްބަރ 2012
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޝުޢައިބު ޙުސައިން ޒަކަރިއްޔާ އިސްފަނޑިޔާރު: އަޙްމަދު ޝަރީފު ފަނޑިޔާރު: ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/358
ދަޢުވާގެ ޚުލާޞާ
މިއީ، ތިލަދުންމަތީ އުތުރުބުރީ ވަށަފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012
/
21/A9
-
MC ކޯޓު
އަމުރު އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، އެ ކޯޓު އަމުރު
އިސްތިއުނާފު ކުރުމަށްއެދި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
ޤަޟިއްޔާގައި، ދަޢުވާ ރައްދުވާ ފަރާތަކީ ޕާކިސްތާނުގެ ރައްޔިތެއްކަމުގައިވާ ޚާލިޤް ސައްޔިދެވެ.
ގަކުރެވުނު
ނު ނުކުތާތައް:
1. ތިލަދުންމަތީ އުތުރުބުރީ ވަށަފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012
/
21/A9
-
MC ކޯޓު
އަމުރު އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، އެ ކޯޓު އަމުރު
އިސްތިއުނާފު ކުރުމަށްއެދި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވެއެވެ.
2. ތިލަދުންމަތީ އުތުރުބުރީ ވަށަފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012
/
21/A9
-
MC ކޯޓު
އަމުރަށް ބަލާއިރު، އެކޯޓު އަމުރު ނެރެފައިވަނީ 20 ޑިސެމްބަރ 2012 ވަނަ ދުވަހުގެ 15:45 ގައި ކަމާއި،
އެއީ ޚާލިޤް ސައްޔިދު، ޝިގަރސްކަރޑް ޕާކިސްތާން ބަންދުން ދޫކޮށްލުމަށް އަމުރުކޮށްކަމާއި، ޚާލިޤް
ސައްޔިދު ދޫކޮށްލުމަށް އަމުރު ކުރެއްވި ސަބަބަކީ "މިމައްސަލާގައި ޚާލިޤް ސައްޔިދު (ޕާސްޕޯޓްނަންބަރ
SB4101811)ގެ ބަޔާން ނަގާ ނިމިފައިވާތީއާއި، މުއްދަތުޖެހުމަށް ޙާޟިރު ކުރެވުނުއިރު ބަންދުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ނިންމާޢީ
3
2012/HC-A/358
މުއްދަތުހަމަވެފައިވުމާއެކު
އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ"ކަން އެ
އަމުރަށް
ބެލެމުން
އެނގެންއޮންނަކަމެވެ.
: 2011
3. ތިލަދުންމަތީ އުތުރުބުރީ ވަށަފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012
/
21/A9
-
MC ކޯޓު
އަމުރު ނެރެފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހުގެ ފަރާތުން ހުށަހަޅާފައިވަނީ އެއްމެ ނުކުތާއެއްކަމާއި، ނުކުތާއަކީ ތިލަދުންމަތީ އުތުރުބުރީ ވަށަފަރު
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012
/
21/A9
-
MC ކޯޓު އަމުރުގައި ޚާލިޤް ސައްޔިދުގެ މައްޗަށް
ތުހުމަތުކުރެވިފައިވާ ކުޑަކުއްޖަކާމެދު ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ މައްސަލާގައި ޚާލިޤް ސައްޔިދުގެ
ބަޔާންނަގާ ނިމިފައިވާތީއާއި، މުއްދަތު ޖެހުމަށް ޙާޟިރުކުރެވުނުއިރު ބަންދުގެ މުއްދަތު ހަމަވެފައިވުމާއެކު މީނާ
އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނަކަމަށް ފާހަގަކުރައްވައި، މީނާ ބަންދުން ދޫކޮށްލުމަށް 20 ޑިސެމްބަރ
2012 ދުވަހު ނެރުއްވި އަމުރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޤާނޫނު
ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލަކުން ޢަމަލުކުރުމުގެ
ޤާނޫނު) އާއި، "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު
ޤަވާއިދު" ގައި ކުށްކުށަށް ތުހުމަތުކުރެވޭ މީހުން ބަންދުގައި .އްޓުމާމެދު
ކަނޑައަޅުއްވާފައިވާ އުޞޫލަށް ރިޢާޔަތްނުކުރައްވާ ނެރުއްވާފައިވާ އަމުރެއްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
0 s
4
މައްސަލައާ ގުޅިގެން ތިލަދުންމަތީ އުތުރުބުރީ ވަށަފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2012
/
21/A9
-
MC ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
ހުށަހެޅި ނުކުތާއަށާއި، އެނުކުތާއާއި ގުޅިގެން ޚާލިޤް ސައްޔިދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، އަންނަނިވި
ކަންކަން ފާހަގަކުރެވެއެވެ.
cccc
ހައީ
ވ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/358
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފު ކުރެވިފައިމިވާ ތިލަދުންމަތީ އުތުރުބުރީ ވަށަފަރު
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012
/
21/A9
-
MC ކޯޓު އަމުރަކީ، ޚާލިޤް ސައްޔިދުގެ މައްޗަށް ކުރެވިފައިވާ
ކުޑަކުއްޖަކާމެދު ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ކުށުގެ ތުހުމަތުގައި، ޚާލިޤް ސައްޔިދުގެ ބަންދުގެ މުއްދަތު 20
ޑިސެމްބަރ 2012 ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ މުއްދަތަށް އިތުރުކުރުކޮށްދިނުމަށް އެދި
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 083287/MF "ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް"
އިން ހުށަހެޅުމުން ނެރުއްވާފައިވާ އަމުރެއްކަން އެނގެންއޮންނަކަމާއި،
އެކޯޓު އަމުރުގައި، އެ މައްސަލާގައި ޚާލިޤް ސައްޔިދު (ޕާސްޕޯޓްނަންބަރSB4101811) ގެ
ބަޔާން ނަގައި ނިމިފައިވާތީއާއި، މުއްދަތުޖެހުމަށް ހާޟިރު ކުރެވުނުއިރު ބަންދުގެ މުއްދަތުހަމަވެފަ
އްދަތުހަމަވެފައިވުމާއެކު
އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނަކަން ބަޔާންކުރައްވާފައިވާކަން އެނގެންއޮންނަ
6
8
8 ހއ 6 &
(ށ) ދެވަނަ ކަމަކީ، 05 ޑިސެމްބަރ 2012 ދުވަހުގެ 10:30 އިން 20 ޑިސެމްބަރ 2012
ދުވަހުގެ 10:29 ގެ ނިޔަލަށް ޚާލިޤް ސައްޔިދު ބަންދުކުރުމަށް، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ މެޖިސްޓްރޭޓް
ކޯޓުން ނެރުއްވާފައިވާ އަމުރުގެ މުއްދަތު ހަމަވާތީ، ޚާލިޤް ސައްޔިދު ބަންދުން ދޫކޮށްލައިފިނަމަ ފިލާފާނެކަމަށް
ފެންނާތީއާއި، ޚާލިޤް ސައްޔިދުގެ މައްޗަށް ތުހުމަތުކުރެވިފައިވާފަދަ ޢަމަލެއް ތަކުރާރުކޮށްފަނެކަމަށް ފެންނާތީ،
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 083287/MF "ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް”
އިން ޞާލިޤް ސައްޔިދުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާފައިވާއިރު،
ޚާލިޤް ސައްޔިދުގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ފަރާތުން ހުށަހަޅާފައިވަނީ،
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/358
2012
/
64/A
-
10
-
MC ކޯޓު އަމުރުން ޚާލިޤް ސައްޔިދު ބަންދުކުރުމަށް ދީފައިވާ މުއްދަތު ހަމަވިފަހުންކަން
އެނގޭކަމާއި،
ޚާލިޤް ސައްޔިދުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް، ތިލަދުންމަތީ އުތުރުބުރީ ވަށަފަރު
މެޖިސްޓްރޭޓް ކޯޓަށް ޙާލިޤް ސައްޔިދު ޙާޟިރުކުރެވިފައިވަނީ، ޚާލިޤް ސައްޔިދުގެ ބަންދުގެ މުއްދަތު
ހަމަވިފަހުންކަމަށް ޤަބޫލުކުރާކަމަށް ދައުލަތުގެ ފަރާތުން 07 ޖެނުއަރީ 2012 ދުވަހު ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ބުނެފައިވާކަމާއި، ޚާލިޤް ސައްޔިދުގެ ބަންދުގެ މުއްދަތު ހަމަވަނީ 20 ޑިސެމްބަރ 2012 ދުވަހުގެ
10:29 އަށް ކަމަށްވާއިރު، ބަންދުގެ މުއްދަތު އިތުރުކުރުމަށް ޚާލި ސައްޔިދު ތިލަދުންމަތީ އުތުރުބުރީ
ވަށަފަރު މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރެވިފައިވަނީ އެދުވަހުގެ 14.30 ކަން، މިމައްސަލަ އިސްތިއުނާފް
ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން މިކޯޓަށް ހުށަހަޅާފައިވާ ފޯމުގައިވެސް ބަޔާންކޮށްފައިވާކަމާއި، އަދި
ޚާލިޤް ސައްޔިދު ތިލަދުންމަތީ އުތުރުބުރީ ވަށަފަރު މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކޮށްފައިވަނީ އޭނާގެ ބަންދުގެ
މުއްދަތު ހަމަވެފައިވަނިކޮށް ކަން ވަށަފަރު މެޖިސްޓްރޭޓް ކޯޓުންވެސް ކަށަވަރުކޮށްދެއްވާފައިވާކަމާއި،
ވުމާއެކު،
ތިލަދުންމަތީ އުތުރުބުރީ ވަށަފަރު މެޖިސްޓްރޭޓް ކޯޓަށް ޚާލިޤް ސައްޔިދު
ޙާޟިރުކުރެވުނުއިރު ޚާލި ސައްޔިދަކީ ބަންދުން ދޫވެފައިވާ މީހެއްކަމާއި، ހައްޔަރުގައި ނުވަތަ ބަންދުގައިވާ
މީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އެދޭނަމަ، އެމީހަކު ހައްޔަރުގައި ނުވަތަ ބަންދުގައި ބެހެއްޓުމަށް
ފަނޑިޔާރު ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން ފަނޑިޔާރެއްގެ ކުރިމަށްޗަށް ޙާޟިރުކޮށް، އިތުރަށް ބަންދުގައި
ނުވަތަ ހައްޔަރުގައި
ބެހެއްޓުމަށް އެދެންޖެހޭނެކަމަށް، "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާގެ (ނ) ގައި
ބަޔާންކޮށްފައިވާކަމާއި ނަމަވެސް އެގޮތަށް މިމައްސަލާގައި ޢަމަލުކޮށްފައި ނުވާކަމާއި، ބަންދުގެ މުއްދަތު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/358
އިތުރުކުރެވޭނީ ބަންދުގައި ހުރިމީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އެދުމުންކަމާއި، ބަންދުގައި
ނެތްމީހެއްގެ ބަންދުގެ މުއްދަތު އިތުރު ރުނުކުރެވޭނެކަން އެނގޭކަމެވެ.
އެހެންކަމުން، ޚާލިޤް ސައްޔިދުގެ މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލާގައި ޚާލިޤް ސައްޔިދު
އިތުރަށް ބަންދުގައި ބެހެއްޓުމަށް ނުފެންނަކަމަށް ވިދާޅުވެ، ތިލަދުންމަތީ އުތުރުބުރީ ވަށަފަރު މެޖިސްޓްރޭޓް
ކޯޓުން ނެރުއްވާފައިވާ ނަންބަރު 2012
/
21/A9
-
MC ކޯޓު އަމުރަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމަށް މިމައްސަލަ ބެލި ފަނޑިޔާރުންނަށް ނުފެނުނެވެ.
• ޙުކުމް:-
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވިދިޔަ ކަންކަން އެގޮތުގެމަތިން ހުރުމުން،
ތިލަދުންމަތީ އުތުރުބުރީ ވަށަފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012
/
21/A9
-
MC ކޯޓު އަމުރަކީ ޝަރުއީ
ނުވަތަ ޤާނޫނީ އުޞޫލުތަކާ ވިޔަސް ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމަށް ކަނޑައަޅާނެ ތަނެއް
މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
2
8 ދދވ
ނޭނެކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv