ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/99 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2017/HC-A/99
އަلA
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ރާއްޖެ"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
*
، ޤަޟިއްޔާ ނަންބަރު: 99/HC
-
A/2017
• އިސްތިއުނާފު ކުރި ފަރާތް:
* ނަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައި.ޑީ.ކާޑު ނަންބަރު.
އިސްތިއުނާފު ރައްދުވާ ފަރާތް:
* ނަން: މުޙައްމަދު ޝަމްޢޫން
ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދާއިމީ އެޑްރެސް: ހ.ފެހި އާލާ ކ. މާލެ
* މިހާރުގެ އެޑްރެސް: ހ. ބްރޯކަންހާރޓް/ ކ. މާލެ
އައި.ޑީ.ކާޑު ނަންބަރު: A104142
1438
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 04 ޖުމާދަލްއޫލާ 1438
01 ފެބްރުއަރީ 2017
* ނިމުނު ތާރީޚް:19 ޖުމާދަލްއޫލާ
16 ފެބްރުއަރީ 2017
އިސްތިއުނާފު ކުރެވުނު އަމުރު ނަންބަރު: 2017
/
513/J
/
MD-145
• ނިންމެވި ކޯޓު ކްރިމިނަލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރު (މަސްތުވާތަކެތި އެތެރެކުރުން ގެންގުޅުން/ ވިޔަފާރިކުރުން)
އަމުރު ނެރުއްވި ތާރީޚު: 19 ޖަނަވަރީ 2017
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
އިސްފަނޑިޔާރު:ޢަބްދު
ފަނޑިޔާރު: ޢަބްދުﷲ ޙަމީދު ފަނޑިޔާރު: ޢަލީ ސަމީރު
0
ޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2017/HC-A/99
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2017
/
513/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްނޫން ކަމަށްބުނެ އެކޯޓުއަމުރު އިސްތިއުނާފު
ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، ހ. ފެހި އާލާ މުޙައްމަދު
ހަ22 8
6
2
هމެއަނ_އވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2017
/
513/J
/
MD-145 ކޯޓު އަމުރު، އެކޯޓުން ނެރެފައިވާ
ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނޫން ކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވެއެވެ.
co
ccc
2. ކްރިމިނަލް ކޯޓުގެ ނަންބަރު 20171513/J
/
MD-145 ކޯޓު އަމުރަށް ބަލާއިރު އެކޯޓު އަމުރު
ނެރެފައިވަނީ، 22 ޖަނަވަރީ 2017 ވަނަ ދުވަހުގެ 17:01 އިން 01 ފެބްރުއަރީ 2017 ދުވަހުގެ 17:00
އަށް މުޙައްމަދު ޝަމްޢޫން ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްކަމާއި، މިގޮތަށް މުޙައްމަދު ޝަމްޢޫން
ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރެއްވި ސަބަބަކީ މުޖުތަމަޢުގެ ހަމަޖެހުމާއި، ސަލާމަތާއި،
ރައްކާތެރިކަމަށްޓަކައި” ކަން މިއަމުރަށް ބެލުމުން އެނގެން އޮވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2017/HC-A/99
3. ކްރިމިނަލް ކޯޓުގެ ނަންބަރު 2017
/
513/J
/
MD-145 ކޯޓު އަމުރު ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ އެއްގޮތްނޫންކަމަށްބުނެ އެއަމުރު އިސްތިއުނާފް ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
ނުކުތާއެއް ފާހަގަކޮށް އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖްލީހުގައި ވާހަކަ
ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅިގެ
04
02
. ފުރަތަމަ ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު: 2017
/
513/J
/
MD-145 ކޯޓު
އަމުރަކީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ 7 ވަނަ މާއްދާގައި ކުށްކުށަށް
މީހުން ބަންދުގައި ބެހެއްޓުމާމެދު ކަނޑައަޅުއްވާފައިވާ އުޞޫލަށް ރިޢާޔަތްނުކުރައްވައި
މ 39 ޑޑ
J8
ހ142
ނެރުއްވާފައިވާ އަމުރެއްކަމަށް
:ޑިތީކަމަށް ބުނެ
.ހުށަހެޅި
ނުކުތާއެވެ.
P
• ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
ގައި ”މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެ“
ކަމަށް ބަޔާންކޮށްފައިވާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގެ
ފާހަގަކުރެވުނު ނުކުތާތަކުގެ 9 ވަނަ ނަންބަރަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
33/SC-A/2011 ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 194/HC-A/2012 ޤަޟިއްޔާގައި
ކަނޑައަޅުއްވާފައިވާ އުޞޫލުތަކާ ޚިލާފަށް، ކްރިމިނަލް ކޯޓުން އަމުރު ނެރުއްވާފައިވުން ކަމަށް ބުނެ
ހުށަހަޅާފައިވާ ނުކުތާއެވެ.
4. ކްރިމިނަލް ކޯޓުގެ ނަންބަރު 2017
/
513/J
/
MD-145 ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި
ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މައްސަލާގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
2017/HC-Agg
ހިމެނޭ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ވިސްނާ ބަލާއިރު، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
UCO
etc)
etc
(ހ) ފުރަތަމަކަމަކީ، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު
ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި [ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7
ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް އޮތްތޯކަމާއި، ޤާނޫނުއަސާސީގެ 49 ވަނަ
މާއްދާއާއި
”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު
ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ
މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް
ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ
މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި
ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެން އޮންނަކަމާއިގެ
03އ
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށް
ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި،
އެކުށް ތަޙުޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ ޢަދަދަކީ
ކޮބައިކަމާއި، ކުށުގެ ތަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި
ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ
މީދާ ފިލައި ރައްކާވާ
ބިރުއޮތީ ކިހާވަރަކަށްކަމާއި،
އި329
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2017/HC-A/99
ހެކިތަކާކުޅު ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް ސުޕްރީމް
ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
ހނހޅ2ނ
(ނ) ދެވަނަ ކަމަކީ، އިސްތިއުނާފު މިކުރެވޭ ކްރިމިނަލް ކޯޓުގެ ކޯޓު އަމުރަކީ، 2016 އޮކްޓޯބަރ
17 ވަނަ ދުވަހުގެ 21:15 ހާއިރު ކ. މާލެ | ޗާންދަނީވިލާގޭގައި މ. ނެދުންގެ | ކ. މާލެ ނުޒުރަތު
ނަޖީބުއާއި މުޙައްމަދު ޝަމްޢޫންއާއި ދެމީހުން މަސްތުވާތަކެތި ބޭނުންކޮށް،
ގެންގުޅޭ އަދި އެތަކެތީގެ
ވިޔަފާރިކުރާކަމަށް ތުޙުމަތުކުރެވޭ މައްސަލާގައި، މުޙައްމަދު ޝަމްޢޫން ބަންދުން ދޫކޮށްލައިފިނަމަ މީނާގެ
ފަރާތުން މިފަދަ ކުށްތައް ތަކުރާރުވެ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލިގެން ހިނގާދާނެކަމަށް
ފެންނާތީ ހޯމް މިނިސްޓްރީއިން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިދިނުމަށް އެދި މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ނަންބަރު: 155317/MF ”ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް” އިން ފަހެޅުމުކު
ނެރުއްވާފައިވާ އަމުރެއްކަމާއި،
މުޙައްމަދު ޝަމްޢޫންގެ މައްޗަށް ތުހުމަތުކުރެވިފައިވާ އެމައްސަލައަކީ މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ފަރާތުން މިހާރު ތަޙްޤީޤު ނިންމާ ދައުލަތުގެ ފަރާތުން ޝަރީޢަތަށް ހުށަހަޅައި، ޝަރީޢަތުން
އެމައްސަލަ ބައްލަވާ ޤާޟީ މުޙައްމަދު ޝަމްޢޫންގެ ބަންދާމެދު ގޮތެއް ނިންމަވާފައިވާ މައްސަލައެއްކަން
ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމާއި،
2016 އޮކްޓޯބަރ 17 ވަނަ ދުވަހުގެ 21:15 ހާއިރު މާލެ | ޗާންދަނީވިލާގޭގައި
މ. ނެދުންގެ | ކ. މާލެ ނުޒުރަތު ނަޖީބުއާއި މުޙައްމަދު ޝަމްޢޫންއާއި ދެމީހުން މަސްތުވާތަކެތި ބޭނުންކޮށް،
ގެންގުޅޭ އަދި އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި، ކްރިމިނަލް ކޯޓުގެ ކޯޓު އަމުރެއްގެ
ދަށުން ލ. ޗާންދަނީވިލާގޭގައި ނުޒުރަތު ނަޖީބުއާއި މުޙައްމަދު ޝަމްޢޫން ދިރިއުޅޭ ކޮޓަރި ބަލާ ފާސްކުރުމުން
އެކޮޓަރީގެ އެނދު ކައިރީގައި ހުރި ކަބަޑެއްގެ މަތިން 01 ވަޅި (މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް
ހޭކިފައިހުރި) އާއި އެކަބަޑު މަތީ ވަތްގަނޑުގެ ތެރޭގައި ދަޅެއްގެ މަތިގަނޑެއްގެ ތެރެއިން ނުޒުރަތު
8a
44
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
2017/HC-A/99
ނަޖީބުއާއި މުޙައްމަދު ޝަމްޢޫން ބޭނުންކުރަން ގެންގުޅޭ މަސްތުވާތަކެތި ކަމަށް ބުނެ ފުލުހުންނަށް ނުޒުރަތު
ނަޖީބުއާއި މުޙައްމަދު ޝަމްޢޫން ދެއްކި 01 ސެލޯފިންކޮޅު (މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި)
އާއި އެކަބަޑުގެ މަތިން ދެވަނަ ވަތްގަނޑު ތެރެއިން 01 ފިލްމު ހުސްކުރި ދަޅު (މަސްތުވާތަކެތިކަމަށް
ޝައްކުކުރެވޭ އެއްޗެއް ހުރި) އާއި އެކޮޓަރީގައިހުރި ސައުންޑް އެމްޕް އެއްގެ ތެރެއިން 03 ރަބަރު ގަނޑު
(ބޮޑު) (މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި) ފެނިފައިވުމާއި، މަސްތުވާ ތަކެތި ފެނިފައިވާ
ކޮޓަރިއަކީ ނުޒުރަތު ނަޖީބުއާއި މުޙައްމަދު ޝަމްޢޫން ދިރިއުޅޭ ކޮޓަރިކަމަށް ހާދިސާ ހިނގިތަނަށް ދިޔަ
ފުލުހުންގެ ގާތު ނުޒުރަތު ނަޖީބުއާއި މުޙައްމަދު ޝަމްޢޫން ބުނެފައިވުމާއި، އަދި ނުޒުރަތު ނަޖީބުއާއި މުޙައްމަދު
ޝަމްޢޫންގެ މުހިއްމު ލިޔެކިޔުންތަކާއި ޕާސްޕޯޓާއި އަންނައުނު އެކޮޓަރިން ފެނިފައިވުމާއި، ފެނުނު
މަސްތުވާތަކެތި ހުރި ބޮޑު 01 ރަބަރުގަނޑުން ނެގުނު ލޭޓަންޓް ޕްރިންޓާއި މުޙައްމަދު ޝަމްޢޫންގެ
ފިންގަރޕްރިންޓާއި ދިމާވެފައިވާކަން، މިމައްސަލައާ ގުޅިގެން ލިބިފައިވާ ހެކި ނުވަތަ ޤަރީނާގެ ގޮތުގައި
މުޙައްމަދު ޝަމްޢޫންގެ މުއްދަތު އިތުރުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ހުށަހަޅާފައިވާ
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު: 155317/MF ”ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ
ގައި ބަޔާންކޮށްފައިވާ ކަމާއި؛
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މުޙައްމަދު ޝަމްޢޫން އިތުރަށް ބަންދުގައި ބަހައްޓަން
ބޭނުންވަނީ އެމައްސަލައަކީ މަސްތުވާތަކެތި ޓްރެފިކްކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކަށްވެފައި މުޙައްމަދު
ޝަމްޢޫން ބަންދުން ދޫކޮށްލައިފިނަމަ މީނާގެ ފަރާތުން މިފަދަ ކުށްތައް ތަކުރާރުވެ މުޖުތަމަޢުގެ ސަލާމަތާއި
ރައްކާތެރިކަން ގެއްލިގެން ހިނގާދާނެކަމަށް ފެންނާތީ ކަން އެނގެންއޮންނައިރު،
މިމައްސަލައިގެ ބާވަތަށާއި، މައްސަލައިގައި ލިބިފައިވާ ހެކި ޤަރީނާގެ މައްޗަށް ބަލާއިރު، މިފަދަ
ތުހުމަތެއްގައިވާ ފަރާތެއް ދޫވެފައި ހުރުމަކީ ނުވަތަ ގޭ ބަންދުގައިވެސް ހުރުމަކީ ތުހުމަތުކުރެވިފައިވާ ކުށުގެ
ޢަމަލު ތަކުރާރުކުރުމުގެ ފުރުޞަތު އޮންނާނެކަމެއްކަން އެނގޭކަމާއި އަދި އެފަދަ މީހަކު މުޖުތަމަޢުގެ ތެރެއަށް
ދޫވެދާފަދަ ތަނެއްގައިވެސް ބެހެއްޓުމަކީ އެކަމުގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ވާ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2017/HC-A/99
އޮތްކަމެއްކަމުގައި ޤަބޫލުކުރެވޭކަމާއި، އެހެންކަމުން މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުން
ދެކެނީ ކްރިމިނަލް ކޯޓުގެ ނަންބަރު 2017
/
513/J
/
MD-145 ކޯޓު އަމުރަށް ބަދަލު ގެންނަންޖެހޭކަމަށެވެ.
(ނ) ތިންވަނަ ކަމަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މިއަމުރު ހައިކޯޓުގައި
އިސްތިއުނާފު ކޮށްފައިވަނިކޮށް، މުޙައްމަދު ޝަމްޢޫންގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައިގައި
ދަޢުވާކުރުމަށް އެއޮފީހުގެ ފަރާތުން ކުރިމިނަލް ކޯޓަށް ފޮނުވައި އެމައްސަލާގައި މުޙައްމަދު ޝަމްޢޫންގެ
ބަންދާމެދު ގޮތެއް ކަނޑައަޅުއްވާފައިވާކަން އެނގެންއޮންނަކަމާއި،
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާއިދު” ގެ 13 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، ޝަރީޢަތުގެ މަރުޙަލާގައި ހައްޔަރު ނުވަތަ
ބަންދާމެދު ގޮތެއް ނިންމާނީ މައްސަލައިގެ ޝަރީޢަތް ހިންގާ ފަނޑިޔާރު ކަމަށާއި، އެ ފަނޑިޔާރު
ނެތްޙާލަތެއްގައި ކޯޓުގެ އިސްފަނޑިޔާރު ނުވަތަ އިސްފަނޑިޔާރު ކަނޑައަޅާ އެހެން ފަނޑިޔާރެއްކަން
އެމާއްދާއަށް ބެލުމުން އެނގެން އޮތުމުގެ އިތުރުން ކުށުގެ ތުހުމަތު ކުރެވޭ މީހާގެ މައްސަލަ ޝަރީޢަތުގައިވާ
މަރުޙަލާގައި ޝަރީޢަތުން އެމައްސަލައާ މެދު ގޮތެއް ކަނޑައަޅަންދެން އެމީހަކީ ބަންދުގައި ބަހައްޓަންޖެހޭ
މީހެއްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިވަޑައިގަންނަވާނަމަ އެކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން
ހުށަހަޅަންޖެހޭނީ އެމައްސަލައެއް އޮންނަ ކޯޓަކަށްކަން އެނގޭކަމެވެ.
OCX
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން، ކްރިމިނަލް ކޯޓުގެ
ނަންބަރު 2017
/
513/J
/
MD-145 ކޯޓު އަމުރު މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި
ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށް، މުޙައްމަދު ޝަމްޢޫންގެ މައްޗަށް ތުހުމަތުކުރެވިފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2017/HC-A/99
މައްސަލައަކީ ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައެއްކަން އެނގެންއޮންނާތީ، ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ
ޤަވާއިދުގެ 13 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، މުޙައްމަދު ޝަމްޢޫންގެ ބަންދާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުން ގޮތެއް ކަނޑައަޅާނެ ތަނެއް ނެތްކަމަށް، މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv