ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/117 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/jj7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
6
ޤަޟިއްޔާ ނަންބަރ: 117/HC-A/2012
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ވިންޑް ވާރޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ރަޖިސްޓްރީ ނަންބަރ: (05/1995-C)
އެޑްރެސް: ..ކަހެކްޝާން/ މާލެ
މީހާރުގެ އެޑްރެސް: ލ.ކަހެކްޝާން މާލެ
0
އިސްތިއުނާފް ރައްދުވި ފަރާތް:
*
L
މާވަށް
ނަން: އަލީ ޝަރީފް މޫސާ
އައިޑީ ކާޑުނަންބަރު: A101245
ދާއިމީ އެޑްރެސް: އަހިމާގެ / .
މިހާރުގެ އެޑްރެސް: ހުޅުމާލެ ފްލެޓް 304-12
*
*
* ރަޖިސްޓްރީކުރެވުނު ތާރީޚް: 22 އޭޕްރީލް 2012 ނިމުނު ތާރީޚް: 09 ރަޖަބު 1434
01 ޖުމާދަލްއާޚިރާ 1433
19 މެއި 2013
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/MC
/
2008
)
66
/
Cv
-
C/2041)
• ނިންމެވިކޯޓް: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: ފައިސާހޯދުން
ހުށަހެޅި ތާރީޚް: 2008-11-17 ނިމުނު ތާރީޚް: 2012-02-05
L
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރުން ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރުން ޢަބްދުއްރައޫފު އިބްރާހީމް ފަނޑިޔާރުން އަޒްމިރާލްދާ ޒާހިރު ޑީރާއްޖޭގެ
ހައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2012/HC-A/jj7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓު ނަންބަރ 2010/Cv-C/66 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ވިންޑްވާރޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން
ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ލ.މާވަށް އަހިމާގެ
ޢަލީ ޝަރީފް މޫސާ (ދ.ރ.އ ކާޑް ނަންބަރު:A101245) އެވެ.
01
(ތތަކެއް
ރެވުނު ނުކުތާތައް:
މިއީ، ސިވިލް ކޯޓު ނަންބަރ 2010/Cv-C/66 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ވިންޑްވާރޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން
ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ލ.މާވަށް/އަހިމާގެ
ޢަލީ ޝަރީފް މޫސާ (ދ.ރ.އ ކާޑް ނަންބަރު:A101245) އެވެ.
02 އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓު ނަންބަރު: 2010/Cv-C/66 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ކ.ވިލިގިލީގައި މޫދު ތޮށިލުމަށް
އެއްބަސްވުމެއްހަދައި އެ އެއްބަސްވުމުގެ ބޭރުން އިތުރު މަސައްކަތްތަ ކުރުވާ އެމަސައްކަތްތަކަށް
ބިލްކުރުމުން ބިލްތައް ބަލައިނުގަނެ ފައިސާ ދިނުމަށް އިންކާރުކޮށްފައިވާކަމަށްބުނެ، މިފައިސާ ހޯދުމަށް އެދި
.މާވަށް އަހިމާގެ ޢަލީ ޝަރީފް މޫސާގެ ފަރާތުން ވިންޑްވާރޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް
ދަޢުވާކުރުމުން ބަލާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، "އިސްވެފާހަގަ ކުރެވުނު ނުކުތާތަކަށާއި
ހުށަހެޅިފައިވާ ބަޔާންތަކަށާއި ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު މިނިސްޓްރީ އޮފް ހައުސިންގ އެންޑް
އާމަން ޑިވެލޮޕްމަންޓް އާއި ވިންޑްވާރޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ކުރެވިފައިވާ
އެގްރިމެންޓެއްގެ ދަށުން ވިންޑްވާރޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ ކ. ވިލިނގިލި ހުޅަގު
ދެކުނު ފަރާތުގެ ބޭރު ތޮށިވުމުގެ މަސައްކަތް ކުރުމަށް ސަބްކޮންޓްރެކްޓަރެއްގެ ގޮތުން ލ. މާވަށް އަހިމާގެ
ޝަރީފްއާއި 16 އޯގަސްޓް 2008 ގައި ވިންޑްވާރޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ
ކުރުމާގުޅިގެން މިތޮށިގަނޑުން 14247.01 ޑިފޫޓުގެ ތޮށި ދަޢުވާކުރާ ޢަލީ ޝަރީފް ލާފަހިވާކަމާ
**
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
2012/HC-A/jj7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އަދި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓް އާއި ވިންޑް ވާރޑް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑާއި ދެމެދު ކުރެވިފައިވާ އެގްރީމެންޓެއްގެ ދަށުން ވިންޑް ވާރޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި
ޙަވާލުކޮށްފައިވާ 16132.81 ކޮޑިފޫޓްގެ މިތޮށިގަނޑުގެ މަތީޝީޓް އަޅާފައިވަނީ ދަޢުވާކުރާ ޢަލީ ޝަރީފުކަން
ދެފަރާތުގެ ބަހުންނާއި ހެކިންގެ ހެކިބަހުން އެނގެން އޮތުމާއިއެކު، ތޮށިގަނޑުގެ މަތީޝީޓް އެޅުމަށް ދެފަރާތުގެ
ދެމެދު އެއްބަސްވެފައިވާ އަގެއްކަމަށް ދަޢުވާކުރާ ފަރާތުގެ ހުވައިން ޝަރީޢަތަށް ސާބިތުވި އަޅުކަމުގައިވާ
އަކަފޫޓަކަށް -/125ރ. (އެއްސަތޭކަ ފަންސަވީސް ރުފިޔާ) ގެ ރޭޓުން މިތޮށިގަނޑުގެ މަތީޝީޓް އެޅުމުގެ
އަގަށްވާ io/276,497ރ. (ދެލައްކަ ހަތްދިހަ ހަހާސް ހަތަރުސަތޭކަ ނުވަދިހަ ހަތްރުފިޔާ! ދިހަލާރި) އާއި
މިތޮށިގަނޑުން، 14247.01 ކޮޑިފޫޓުގެ ތޮށިލުމުގެ އަގަށް ކޮޑިފޫޓަކަށް -/15ރ. (ފަނަރަ ރުފިޔާ) ގެ
ރޭޓުން 213,705
/
15ރ. (ދެލައްކަ ތޭރަހާސް ހަތްސަތޭކަ ފަސްރުފިޔާ1 ފަނަރަލާރި) އާއި އެކުޖުމްލަ
490,202
/
25ރ. (ހަތަރުލައްކަ ނުވަދިހަހާސް ދުއިސައްތަ ދެރުފިޔާ1 ފަންސަވީސްވާރި) ގެ ތެރެއިން އެޑްވާސް
ފައިސާގެ ގޮތުގައި ވިންޑް ވާރޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދަޢުވާކުރާ ޢަލީ ޝަރީފަށް ދީފައިވާކަން
ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާ -/
133,500ރ. (އެއްލައްކަ ތެއްތިރީސްހާސް ފަސްސަތޭކަ
ރުފިޔާ) އާއި މިމަސައްކަތަށް ދޮންވެލި ހޯދަންޖެހެނީ މަސައްކަތް ތިންކަމަށް ވީހިނދު،
ދަޢުވާލިބޭ ފަރާތުން މިމަސައްކަތަށް ގެނެސްދީފައިވާކަން މިދަޢުވާގައި ޝަރީޢަތަށް ސާބިތުވާ ވެލީގެ އަގަށްވާ
-/35,000ރ (ތިރީސް ފަސްހާސް ރުފިޔާ) އާއިއެކު ޖުމްލަ -/168,500ރ (އެއްލައްކަ ފަސްދޮޅަސް އަށްހާސް
ފަސްސަތޭކަ ރުފިޔާ) އުނިކުރުމުން 321,702
/
25ރ. (ތިންލައްކަ އެކާވީސްހާސް ހަތްސަތޭކަ
ދެރުފިޔާ1ފަންސަވީސްލާރި) އަކީ ދަޢުވާލިބޭ ވިންޑް ވާޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ލ. މާވަށް އަހިމާގެ
ޢަލީ ޝަރީފަށް ދޭންޖެހޭ ފައިސާކަމުގައި ކަނޑައަޅައި މިފައިސާ ދަޢުވާކުރާ ޢަލީ ޝަރީފަން ލިބިދިނުމުގެ
ގޮތުން 05 ފެބްރުއަރީ 2012 މިދުވަހުންފެށިގެން މީލާދީ 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި މަދުވެގެން
އެމަހަކަށް ޖެހޭވަރު އެމަހަކު
އެމަހަކު ސިވިލްކޯޓަށް ދައްކަމުންގޮ މިދަރަނީ ޚަލާސް ކުރުމަށް ދަޢުވާލިބޭ ވިންޑް
ވާރޑް ޕްރައިވެޓް ލިމިޓެޑަށް އަންގާ ޙުކުމް ކޮށްފީމެވެ." މިފަދައިން ބަޔާންކޮށްފައިވާކަން އެޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
03- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ސިވިލް ކޯޓު ނަންބަރު 2010/Cv
-
C/66
ޤަޟިއްޔާގެ ޙުކުމާއި ގުޅިގެން ވިންޑް ވާރޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
eވެ
އެމަ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2012/HC-A/jj7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ccc
44
އިސްތިއުނާފު ކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައިވެއެވެ.
* ފުރަތަމަ ނުކުތާއަކީ: އިސްތިއުނާފުކުރެވޭ މިޤަޟިއްޔާގެ ޙުކުމުގައި، މިމައްސަލާގައި ހިމެނޭ
ތޮށިލުމުގެ މަސައްކަތުގެ ތެރެއިން މިތޮށިގަނޑުގެ މަތީ ޝީޓު އެޅުމުގެ މަސައްކަތަކީ ވަކި މަސައްކަތެއްކަމަށް
ބައްލަވައި އެމަސައްކަތަށް ވަކިން އަގު ކަނޑައަޅުއްވައި އެއަގު ނަންގަވައި ދެއްވާފައިވާއިރު، މިތޮށިގަނޑުގެ
މަތި އެޅުމުގެ މަސައްކަތަކީ މިމަސައްކަތު އެއްބަސްވުމުގެ ދަށުން ޢަލީ ޝަރީފު ކުރަންޖެހޭ ކަމެއްކަން
އެއްބަސްވުމުގެ 14 ވަނަ މާއްދާއިން އެނގެން އޮތްއިރު އެކަމަށް ރިޢާޔަތް ކުރައްވާފައި ނުވުން ކަމަށްބުނެ
ހުށަހެޅި ނުކުތާ އެވެ.
* ދެވަނަ ނުކުތާއަކީ: އިސްތިއުނާފުކުރެވޭ މިޤަޟިއްޔާގައިވާ މައްސަލާގައި، ހެކިބަސް
އަދާކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ލ.މާވަށް ގުލްފާމުގޭ ޢަބްދުﷲ އިދްރީސްއާއި، ޏ.ފުވައްމުލައް މާލެގަން،
މަދްރަސާގޭ އަޙްމަދު ސަޢީދުއާއި، ލ.މާވަށް ފެހިފަރުދާގޭ ޢަބްދުލް ޣަފޫރު މޫސާ އަކީ މިތޮށިލުމުގެ މަސައްކަތުން
ފައިދާ އާއި މަންފާ ލިބޭނޭ ބައެއްކަން ހުށަހެޅިފައިވާ ލިޔެކިޔުމުންނާއި އެފަރާތްތަކުގެ ބަހުން އެނގެން އޮތްއިރު
މަށް ރިޢާޔަތް ކުރައްވާފައިނުވުން ކަމަށްބުނެ ހުށަހެޅި ނުކުތާ އެވެ.
ތިންވަނަ ނުކުތާއަކީ: އިސްތިއުނާފުކުރެވޭ މިޤަޟިއްޔާގައި ހިމެނޭ ތޮށިލުމުގެ މަސައްކަތް
މިމައްސަލަ ރައްދުވާ ޢަލީ ޝަރީފް ކޮށްފައިވަނީ ފެންވަރު ދައްކޮންކަމާއި، މަސައްކަތް ނިންމަންޖެހޭ
މިންތަކަށް ނޫންކަމާއި އެކަންކަން ރަނގަޅު ކުރުމަށްޓަކައި މައްސަލަ ހުށަހަޅާ ވިންޑްވާރޑް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުން އިތުރު ޚަރަދު ކޮށްފައިވާކަން މިކުންފުނިން ފާހަގަކޮށްފައިވާއިރު އަދި މިކަން އެނގޭނޭ
ހެކިން ތިބިކަމަށް ވިންޑް ވާރޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ބުނެފައިވާއިރު، އަދި މިކަން މިނިސްޓްރީ
އޮފް ހައުސިންގ ޓްރާންސްޕޯޓް އެންޑް އެންވައިރަމެންޓުގެ ނަންބަރު: 144
/
2009
/
05/HCS-138، (22
ޖުލައި 2009) ގެ ސިޓީން އެނގެން އޮތްއިރު، އަދި މިކަންކަން ރަނގަޅުކޮށް މަރާމާތު ކުރަންޖެހޭނީ
އެމަސައްކަތް ކުރި ފަރާތުންކަން އެއްބަސްވުމުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު މިކަންކަމަށް
ރިޢާޔަތްކުރައްވާފައިނުވުން ކަމަށްބުނެ ހުށަހެޅި ނުކުތާ އެވެ.
* ހަތަރުވަނަ ނުކުތާއަކީ: މައްސަލަ އިސްތިއުނާފުކުރާ ވިންޑްވާރޑް މޯލްޑިވްސް ޕްރަ
ލިމިޓެޑާއި، މިމައްސަލަ ރައްދުވާ ފަރާތާއެކު ވެފައިވާ އެއްބަސްވުމުގެ 8 ވަނަ މާއްދާގައި، މިމަސައްތަކީ
އެކަމުނ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
2012/HC-A/jj7
ނިމުނު ގޮތުގެ ޚުލާސާ
ވ.އަތޮޅު
ފިލިލި
ފައިސާ ލިބޭނީ މެއިން ކޮންޓްރެކްޓަރ އަތުން ފައިސާ ލިބޭތާ 48 ގަޑިއިރުގެ ތެރޭގައިކަމަށް
ބަޔާންކޮށްފައިވާއިރު، މިކަންކަން ހަމަޖެހުމުގެ ކުރިން މައްސަލަ ހުށަހެޅި ކުރިއަށް ގެންގޮސްފައިވުން ކަމަށްބުނެ
ހުށަހެޅި ނުކުތާ އެވެ.
04- މިމައްސަލައާއި ގުޅިގެން ސިވިލް ކޯޓު ގެ ނަންބަރު 2010/Cv-C/66 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ ނިމުނުގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ ވިންޑްވަރޑް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން
ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި
ލިއުންތަކަށް ބަލާއިރު އަންނަނިވި
ކަންތައްތައް
ތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ: ސިވިލްކޯޓްގެ ނަންބަރު 2010/Cv
-
C/66 ޤަޟިއްޔާގައި ޢަލީ
ޝަރީފުގެ ފަރާތުން ކޮށްފައިވާ ދަޢުވާގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ވަކިވަކިން ބަލާއިރު، އެ ދަޢުވާގައި
ހިމެނޭ ފުރަތަމަކަމަކީ؛ ޢަލީ ޝަރީފްއާއި ވިންޑްވާރޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި ދެމެދު
ލިޔެވިފައިވާ އެއްބަސްވުމެއްގައި ސޮއިކުރެވިގެން
ހުޅަނގު ދެކުނު ފަރާތުގެ ބޭރުތޮށިލުމުގެ
އްކަތުގެ ތެރެއިން 400 ފޫޓުގެ ތޮށިލުމުގެ މަސައްކަތް އެކުންފުނީން ޢަލީ ޝަރީފަށް ޙަވާލުކޮށްފައިވާކަމަށް
އޭނާ ބުނެފައިވާ ބުނުންކަމާއި،
ދެވަނަ ކަމަކީ؛ ކުރިން މިބަޔާންކުރެވުނު އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެތޮށިލުމުގެ
މަސައްކަތުން 29 ފޫޓުގެ ދިގުމިނުގެ ތޮށިގަނޑެއް ޢަލީ ޝަރީފްއާއި ހަވާލުކޮށްގެން ވިންޑް ވާރޑުން
ކުރުވާފައިވާކަމަށް ޢަލީ ޝަރީފް ބުނެފައިވާ ބުނުންކަމާއި،
ތިންވަނަ ކަމަކީ؛ އެދެފަރާތުގެ ދެމެދުގައި ކުރެވުނު އެއްބަސްވުމަށްފަހު، އެމަސައްކަތުގެ
ތެރެއަށް 167 ފޫޓު ދިގުމިނުގެ ތޮށިލުމުގެ މަސައްކަތް އެކުންފުނީން ޢަލީ ޝަރީފާއި އިތުރަށް ޙަވާލުކޮށްގެން
ކުރުވާފައިވާކަމަށް އޭނާ ބުނެފައިވާ ބުނުންކަމާއި،
ހަތަރުވަނަ ކަމަކީ؛ އިސްވެ ބަޔާންކުރެވުނު ތޮށިލުމުގެ މަސައްކަތުގައި ޢަލީ ޝަ
ވެލުކޮށްގެން ކުރުވާފައިވާ 400 ފޫޓުގެ ދިގުމިނުގެ ބަޔަކާއި، 29 ފޫޓުގެ ދިގުމިނުގެ ބަޔަކާއި
ދިގުމިނުގެ ބަޔާއެކު ޖުމްލަ 596 ފޫޓުގެ ދިގުމިނުގެ ތޮށިލުމުގެ މަސައްކަތުގެ އިތުރުން+
އެޕްރޮޖެކްޓުން އެހެން މީހަކާ ޙަވާލުކޮށްގެން ވިންޑްވާރޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ކޮ9،ފައިޖާގެ
މަސައްކަތުގެ
ހަވާލުކު
14 x 8
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
2012/HC-A/jj7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
84 ފޫޓުގެ ދިގުމިނުގެ ތޮށިގަޑެއްގެ މަތިއެޅުމުގެ މަސައްކަތާއި ޢަލީ ޝަރީފާއި ޙަވާލުކޮށްގެން ކުރުވާފައިވާ
596 ފޫޓުގެ ދިގުމިނުގެ ތޮށިގަނޑުގެ މަތިއެޅުމާއެކު ޖުމްލަ 680 ފޫޓުގެ ދިގުމިނުގެ މަތިއަޅާފައިވާކަމަށް ޢަލީ
ޝަރީފް ބުނެފައިވާ ބުނުންކަމާއި،
ފަސްވަނަ ކަމަކީ؛ ތޮއްޓާއި މާދުރުނޫން ހިސާބުގައި މޫދުގައިހުރި ގާތަށް ތޮއްޓާ ކައިރިކުރުމުގެ
މަސައްކަތްވެސް ވިންޑްވާރޑް ގެ ފަރާތުން ޢަލީ ޝަރީފާ ޙަވާލުކޮށްގެން ކުރުވާފައިވާ ކަމަށް ޢަލީ ޝަރީފު
ބުނެފައިވާ ބުނުންކަމާއި މިކަންކަން ފާހަގަކުރެވެން އޮތްއިރު،
މީގެތެރެއިން މޫދުގައިހުރި ގާތަށް ތޮއްޓާ ކައިރިކުރުމުގެ މަސައްކަތަށް އެއްބަސްވެފައިވާ އަގަކީ
-/60000ރ.(ފަސްދޮޅަސް ހާސް ރުފިޔާ) ކަމަށާއި، ތޮށިގަނޑުގެ މަތިއެޅުމަށް އެއްބަސްވެފައިވާ އަގަކީ
އަކަފޫޓަކަށް -/125 ރ.(ސަތޭކަ ފަންސަވީސް ރުފިޔާ) ގެ ރޭޓުންކަމަށާއި، މިދެމަސައްކަތުގެ އަގަށް
އެއްބަސްވެވުނީ އަގަބަހުންކަމަށާއި، ތޮށިލުމުގެ މަސައްކަތަށް އެއްބަސްވެވުނު އަގު ވަނީ އެއްބަސްވުމުގައި
ލިޔެވިފައިކަމަށާއި، އެއީ ކޮޑިފޫޓަކަށް -/15ރ. (ފަނަރަ ރުފިޔާ) ގެ ރޭޓުންކަމަށް ޢަލީ ޝަރީފް ބުނެފައިވާކަން
ފާހަގަކުރެވެއެވެ.
(ށ) ދެވަނަކަމަކީ ސިވިލްކޯޓުގެ ނަންބަރު 2010/Cv-C/66 ޤަޟިއްޔާގައި ޢަލީ ޝަރީފް
ކުޅަ ދަޢުވާއަށް ވިންޑްވާރޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ޖަވާބުދެމުން، ޢަލީ ޝަރީފްއާއި
ރެވުނު މަސައްކަތް ހަވާލުކޮށްފައިވަނީ އެކުންފުންޏާއި ޢަލީ ޝަރީފް އާއި ދެމެދު އެއްބަސްވުމެއްގައި
ސޮއިކުރުމަށްފަހުގައިކަމާއި، އެ އެއްބަސްވުމުގެ ދަށުން ޢަލީ ޝަރީފް އާއި ޙަވާލުކޮށްފައިވަނީ 400 ފޫޓު
ދިގުމިނުގެ ތޮއްޓެއް ލުމަށްކަމާއި، އެމަސައްކަތަށް އެއްބަސްވެވުނު އަގަކީ ކޮޑިފޫޓަކަށް -/15ރ. (ފަނަރަ
ރުފިޔާ) ގެ ރޭޓުން ކަމާއި، އެނޫން އެހެން މަސައްކަތެއް ޢަލީ ޝަރީފާއި ހަވާލުކޮށްފައި ނުވާނެކަމަށް
ބުނެފައިވާކަމާއި، ތޮށިގަނޑުގެ ދެފަރާތުގައި ސިމެންތިޖެހުމާއި މަތިއެޅުމަކީ ވަކިމަސައްކަތެއް ނޫންކަމާއި، އެއީ
ތޮށިލުމުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ މަސައްކަތެއްކަމާއި، އަދި ތޮށިގަނޑާ ކައިރި ހިސާބުގައި މޫދުގައިހުރި
ގާތަށް ތޮށިގަނޑު ކައިރިއަށް ޖެއްސުމަށްވެސް ޢަލީ ޝަރީފާއި ޙަވާލުކޮށްފައި ނުވާނެކަމަށް މިންޑްރޭޑް ހައިޖެ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ: އިސްވެ މިބަޔާން ކުރެވުނު "ކ.ވިލިގިވި މޫދު ތޮށިލުން
ވިންޑްވާރޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއި ލ.މާވަށްއަހިމާގެ ޢަލީ ޝަރީފް އާއި
ދދު 3
3
4
3
3
ޙަވާލުކުރެވި
COX
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
1
2012/HC-A/jj7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހ(
p
4
2 ހދ ހދ8
އެއްގޮތަށްކުމށް
2
8 އއ 22
2
އެއްބަސްވުމުގެ
16 އޯގަސްޓް 2008 ގެ ތާރީޚްގައި ވެފައިވާ އެއްބަސްވުމަށް ބަލާއިރު، އެ އެއްބަސްވުމުގެ ދަށުން
ޢަލީ ޝަރީފް އާއި ޙަވަލާކުރެވުނު ތޮށީގެ ދިގުމިނަކީ 400 ފޫޓް ކަން އެއްބަސްވުމުގެ 2 ވަނަ މާއްދާއިން
އެނގެން އޮންނައިރު، މަސައްކަތުގެ އަގަކީ ކޮޑިފޫޓަކަށް -/15ރ. (ފަނަރަ ރުފިޔާ) ކަން އެއްބަސްވުމުގެ
3 ވަނަ މާއްދާއިން އެނގޭކަމާއި، އަގުދިނުމަށް އެއްބަސްވެފައިވާ ގޮތަކީ، ވިންޑްވާރޑް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑަށް މަސައްކަތް ޙަވާލުކުރި މެއިން ކޮންޓްރެކްޓަރ މިމަސައްކަތް ބަލައިގަނެ، މެއިން ކޮންޓްރެކްޓަރ
އަތުން ފައިސާ ލިބޭތާ 48 ގަޑިއިރުގެ ތެރޭގައި ޗެކް ދޫކުރާގޮތަށްކަން އެއްބަސްވުމުގެ 8 ވަނަ މާއްދާއިން
އެނގެން އޮންނަކަމާއި، އަދި މަސައްކަތްކުރަންޖެހޭނީ ދެވިފައިވާ މަޢުލޫމާތާއި، ޖެނެރަލް ކަންޑިޝަންސް އޮފް
14 ވަނަ މާއްދާގައި ބަޔާންވެފައިވާކަން
ފަހަގަކުރެވެއެވެ.
(ރ) ހަތަރުވަނަކަމަކީ ސިވިލްކޯޓުގެ ނަންބަރު 2010/Cv-C/66 ޤަޟިއްޔާގައި
ޢަލީ ޝަރީފް ކުޅަ ދަޢުވާއަށް ވިންޑްވާރޑް މޯލްޑިވްސް އިން އިންކާރުކޮށް، ޢަލީ ޝަރީފްއާއި ހަވާލުކުރެވުނު
މަސައްކަތަކީ ލިޔެވިފައިވާ އެއްބަސްވުމެއްގެ ދަށުން ޙަވާލުކުރެވިފައިވާ މަސައްކަތެއްކަމަށާއި، އެ އެއްބަސްވުމުގެ
ބޭރުން އޭގައި ނުހިމެނޭ މަސައްކަތެއް ޢަލީ ޝަރީފް ލައްވާ ކުރުވާފައި ނުވާނެކަމަށްބުނެ އެ އެއްބަސްވުން
ޝަރީޢަތަށް ހުށަހެޅުމުން، ޢަލީ ޝަރީފް ދަޢުވާގައި ބަޔާންކޮށްފައިވާ ކަންތައްތައް ޝަރީޢަތަށް
ސާބިތުކޮށްދިނުމަށްޓަކައި ތިން ހެއްކަކު އޭނާގެ ފަރާތުން ހުށަހަޅާފައިވާކަމާއި، އެއީ ލ.މާވަށް ގުލްފާމްގެ
ޢަބްދުﷲ އިދުރީސް (ދ.ރ.ކާޑް ނަންބަރު 122854 އޭ) އާއި، ޏ.ފުވައްމުލައް މާލެގަން، މަދްރަސާގެ
އަޙްމަދު ސަޢީދު (ދ.ރ.ކާޑް ނަންބަރު 277421 އޭ) އާއި، ލ.މާވަށް ފެހިފަރުދާގެ ޢަބްދުލްޣަފޫރު މޫސާ
(ދ.ރ.ކާޑް ނަންބަރު 051992 އޭ) އާއި މިތިން މީހުންކަމާއި،
މީގެ ތެރެއިން ޢަބްދުﷲ އިދުރީސްގެ ބަޔާނަށް ބަލާއިރު، އޭނާއާއި ލ.މާވަށް އަހިމާގެ
ޢަލީ ޝަރީފް މޫސާ އާއި ދެމީހުންނަކީ ތިމާގެ ކަމުގެ ގުޅުންހުރި ދެމީހުންކަމުގައި ނުވިޔަސް، އެ ދެމީހުންނަކީ
ވަރަށްކުރިންސުރެ އެކީގައި މަސައްކަތްކުރާ ދެމީހުންކަމާ، އެގޮތުން ވިންޑްވާރޑް މޯލްޑިވްސް ޕްގައިބޭޓް
ލިމިޓެޑްގެ ފަރާތުން ޢަލީ ޝަރީފާއި ޙަވާލުކޮށްގެން ކޮށްފައިވާ ވިލިގިލީ ތޮށިލުމުގެ
ޢަލީ ޝަރީފުގެ ފަރާތުން ޢަމަލީގޮތުން އޭނާ މަސައްކަތްކޮށްފައިވާކަމާއި، ވިންޑޯވްރޑާއި ޢަލީ ސޮރީ
400 ފޫޓުގެ ދިނުމުގެ ތޮށިގަޑެއްލުމަށް އެއްބަސްވުމެއް ހެދުމުގެކުރީން އެތަނުގައި 60 ފޫޓް ނުވަތަ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/117
ތޮށިގަނޑެއް އޮތްކަމާއި، އަދި އެގްރީމެންޓުގެ ދަށުން ޙަވާލުކުރި 400 ފޫޓުގެ ތޮށިގަނޑުގެ އިތުރަށް
އިތުރުބައެއްގައި ތޮށިލުމަށް ޢަލީ ޝަރީފާއި ވިންޑްވާރޑުން ޙަވާލުކުރުމުން ޖުމްލަ 596 ފޫޓުގެ ތޮށިގަނޑެއް
ޢަލީ ޝަރީފް ލާފައިވާކަމާއި، އަދި ކުރިން އެތަނުގައި ލާފައިވާ ތޮށިގަނޑާއެކު ޖުމްލަ 600 ފޫޓުގެ
ތޮށިގަނޑުގެ މަތި ޢަލި ޝަރީފް އަޅާފައިވާކަމާއި، މަތި އެޅީ އަކަފޫޓަކަށް -/125ރ. ގެ ރޭޓުންކަމަށް، އޭނާގެ
ބަޔާނުގައި ބުނެފައިވާކަން ފާހަގަކުރެވޭއިރު،
ހެކީންގެ ގޮތުގައި ހާޒިރުކުރެވުނު މީހުންގެ ތެރެއިން އަޙްމަދު ސަޢީދުގެ ބަޔާނަށް ބަލާއިރު،
އޭނާއަކީވެސް ވިލިގިލީގެ ތޮށިލުމުގެ މަސައްކަތުގައި ޢަލީ ޝަރީފުގެ ފަރާތުން ޢަމަލީގޮތުން މަސައްކަތްކޮށްފައިވާ
މީހެއްކަމާއި، އަދި އޭނާއަށް ޢަލީ ޝަރީފްގެ ފަރާތުން ލިބެންޖެހޭ އުޖޫރަ އެހާތަނަށް ލިބިފައިނުވާކަމާއި،
ޢަލީ ޝަރީފް އޭނާއަށް ދޭންޖެހޭ ފައިސާ ނުދެވިގެން އުޅެނީ ތޮށިލުމުގެ މަސައްކަތުން ވިންޑްވާރޑް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޢަލީ ޝަރީފަށް ލިބެންޖެހޭ ފައިސާ ނުލިބިގެންކަމަށް ޢަލީ ޝަރީފް
ބުނެފައިވާކަމަށް އަޙްމަދު ސަޢީދު ބުނެފައިވާކަމާއި، ވިންޑްވާރޑާއި ޢަލީ ޝަރީފާއި ދެމެދުކުރެވިފައިވާ
އެއްބަސްވުމުގައި ބުނާ 400 ފޫޓަށްވުރެ އިތުރަށް 170 ފޫޓާއި ގާތަށް ޢަލީ ޝަރީފް ތޮށިލާފައިވާކަމާއި، އަދި
މުޅިތޮށިގަނޑުގެ މަތި އަޅާފައިވަނީ ޢަލީ ޝަރީފް ކަމަށްވެސް އަޙްމަދު ސަޢީދު ބުނެފައިވާކަން އޭނާގެ ބަޔާނުން
އެނގެން އޮންނަކަމާއި،
އަދި މީގެ އިތުރުން ޢަބްދުލްޣަފޫރު މޫސާ ގެ ބަޔާނުގައި، އޭނާއަކީވެސް ކ.ވިލިގިލީ ތޮށިލުމުގެ
މަސައްކަތުގައި ޢަމަލީގޮތުން މަސައްކަތްކޮށްފައިވާ މީހެއްކަމަށް ބުނެފައިވާކަމާއި، އަދި ވިންޑްވާރޑް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑް އާއި ޢަލީ ޝަރީފް އާއި ދެމެދު ކުރެވިފައިވާ އެއްބަސްވުމުގައި ބުނެފައިވާ 400 ފޫޓަށްވުރެ
އިތުރަށް ޢަލީ ޝަރީފް ތޮށިލާފައިވާކަމާއި، މިގޮތުން ޖުމްލަ 590 ފޫޓުގެ ތޮށިލައި، އަދި މަތިވެސް
އަޅާފައިވާކަމަށް ޢަބްދުލްޣަފޫރު މޫސާ ބުނެފައިވާކަން ފާހަގަކުރެވެއެވެ.
އަދި އިސްވެ މިބަޔާންކުރެވުނު ތިން ހެކީންގެ ހެކިބަހުގެ މައްޗަށް ޝަރުއީ އަދި ޤާނޫނީ
ނަޒަރަކުން ބަލާއިރު، މިތިންމީހުންނަކީވެސް މިޤަޟިއްޔާގައި ވާހަކަ މިދެކެވޭ ކ.ވިލިގިލީ ތޮށިލުމުގެ
ސަބް
ތަބްކޮންޓްރެކްޓަރެއްގެ ގޮތުގައި ޢަލީ ޝަރީފް ކުރިއިރު އޭނާގެ ފަރާތުން އުޖޫރަ ލިބޭ ގޮތުގައި
ޢަމަލީގޮތުން ބައިވެރިވެފައިވާ ތިންމީހުންކަން ސާފުކޮށް އެނގެން އޮތްއިރު، އޭގެ ތެރެއިން އަޙްމަ
ބަޔާނުގައި އެމީހުންކުރި މަސައްކަތުގެ އުޖޫރަ ޢަލީ ޝަރީފް އަތުން އަދި އެހާތަނަށް ލިބިފައިނުވާކަމާއި،
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
2012/HC-A/jj7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
39
އެނގެން 204$
އެފައިސާ ލިބިފައިނުވަނީ ވިންޑްވާރޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޢަލީ ޝަރީފަށް ދޭންޖެހޭ ފައިސާ
ދީފައިނުވާތީކަމަށް އެމީހުން ގާތު ޢަލީ ޝަރީފް ބުނެފައިވާކަމަށް އަޙްމަދު ސަޢީދު ބުނެފައިވާކަން ސާފުކޮށް
އިތުރުން،
އިސްތިއުނާފު މިކުރެވޭ ސިވިލްކޯޓުގެ ނަންބަރު 2010/MC
/
2008
)
66
/
Cv
-
C/2041)
ޤަޟިއްޔާ ގެ ރިޕޯޓުގައި ހިމެނިފައިވާ ލިޔުންތަކުގެ ތެރޭގައި، ޢަލީ ޝަރީފުގެ ފަރާތުން ހެއްކެއްގެ ގޮތުގައި
ޙާޟިރުކޮށްފައިވާ ޢަބްދުﷲ އިދްރީސް އަށް ދީފައިވާ ޕަވަރ އޮފް އެޓާރނީ އެއް އޮންނަކަމާއި، އެ ޕަރވައޮފް
އެޓޯރނީގައި، ސިވިލް ކޯޓުގެ އެޤަޟިއްޔާގައި ޢަލީ ޝަރީފް ކުޅަ ދަޢުވާ އާއި ގުޅިގެން އޭނާގެ ބަދަލުގައި
އެކޯޓަށް ހާޒިރުވެ ދައްކަންޖެހޭ ހުރިހާ ވާހަކައެއް ދެއްކުމުގެ ބާރާއި، އަދި އެޤަޟިއްޔާ ޢަލީ ޝަރީފަށް
ކާމިޔާބުވެގެން ނިމިއްޖެނަމަ އެޙުކުމުގައިވާ ފައިސާ ހޯދުމަށް ޢަލީ ޝަރީފުގެ ފަރާތުން ކުރަންޖެހޭ ހުރިހާ
މަސައްކަތެއް ކުރުމުގެ ބާރާއި، އެޙުކުމާއި އެއްގޮތަށް ފައިސާ ނުދައްކައިގެން ޙުކުމް ތަންފީޒު ކުރަން ހުށަހަޅަން
ޖެހިއްޖެނަމަ އެމައްސަލައެއް ހުށަހެޅުމާއި، އަދި ޙުކުމް ތަންފީޒު ކުރުމުގެ މަރުޙަލާގައި ވިންޑްވާރޑް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ފައިސާ ދައްކައިފިނަމަ އެފައިސާއަކާއި ހަވާލުވުމާއި، މިއެންމެހައި
ކަންތައްތަކެއް ޢަލީ ޝަރީފުގެ ފަރާތުން ޙަވާލުކޮށްފައިވާކަމާއި، ޢަބްދުﷲ އިދްރީސް އާއި އެޕަވަރއޮފް އެޓޯރނީ
ޙަވާލުކުރި
ބަބަކީ އޭނާއަކީ ޢަލީ ޝަރީފް މޫސާގެ އެމަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވެ މަސައްކަތް
ކޮށްފައިވާ މީހަކަށްވުމުގެ އިތުރަށް އޭނާއަކީ ގާތް ރަޙްމަތްތެރިއެއްކަމަށްވާތީކަން އެނގެން އޮތުމުން،
މިތިން ހެކީންކުރެ ކޮންމެ މީހަކީވެސް ވިންޑްވާރޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި
އިދިކޮޅަށް ހެކިބަސް ދިނުމުގައި އެމީހުންގެ އަމިއްލަ މަޞްލަޙަތު އޮތް ބައެއްކަމާއި، އެމީހުން ހެކިބަސް
އަދާކޮށްފައިވަނީ އެމީހުންނަށް މަޞްލަޙަތު އޮތްކަމެއްގައި އެމަޞްލަޙަތު ޙާޞިލްވާގޮތަށްކަން ސާފުކޮށް އެނގެން
އޮންނާތީ، އެތިންމީހުން ސިވިލްކޯޓުގެ ނަންބަރު 2010/Cv-C/66 ޤަޟިއްޔާ ގައި ދީފައިވާ ހެކިބަހަކީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ޝަރީޢަތަށް ޤަބޫލުކުރެވޭނެ ހެކިބަހެއް ނޫންކަން އެނގެން
އޮންނަކަމެވެ.
(ބ) ފަސްވަނަ ކަމަކީ: އިސްވެ ބަޔާންކުރެވުނު އެންމެހައި ކަންތައްތަކަށް
ބަލާއިރު، ސިވިލްކޯޓުގެ ނަންބަރު 2010/Cv-C/66 ޤަޟިއްޔާގައި ޢަލީ ޝަރީފް މޫސާ ކު1
ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން، ވިންޑްވާރޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި ޢަލީ
ދިވެހިރާއްޖޭގެ
ދަޢުވާ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/117
ޚި4ޑޑ
ކމި@ހ
86ތ ه
ފިލްކުeގެ
ނަންބަރު
66/Cv-C/2010
ދެމެދު 16 އޯގަސްޓް 2008 ގެ ތާރީޚްގައި ވެފައިވާ އެއްބަސްވުމުން އެނގެން އޮތް މިންވަރަކީ ކ.ވިލިގިލި
މޫދު ތޮށިލުމުގެ މަސައްކަތުގެ ތެރެއިން 400 ފޫޓުގެ ތޮށިލުމުގެ މަސައްކަތް ޢަލީ ޝަރީފް މޫސާ އާއި
ހަވާލުކުރެވުނުކަމާއި، އެމަސައްކަތައް އަގު ހެދުމަށް އެއްބަސްވެފައިވަނީ -/15ރ.( ފަނަރަ ރުފިޔާ) އަށް
ޑިފޫޓެއްގެ ރޭޓުންކަމަށްވާއިރު، ކޮނޑިފޫޓުން އަގު ހެދޭނީ އެތޮށިގަނޑު ޢަލީ ޝަރީފް މޫސާ އާއި
ޙަވާލުކުރެވުނު 400 ފޫޓު ދިނުމިނުގެ ބައިގައިހުރި ކޮޑިފޫޓު ހޯދުމަށްޓަކައި ބޭނުންވާ އެހެނިހެން މިންތައް
ސާފުކޮށް އެނގިގެން ކަމުގައިވާއިރު، އެ އެއްބަސްވުމުން އެކަން އެނގެން ނެތްކަމާއި، ސިވިލްކޯޓުގެ
އެޤަޟިއްޔާ ނިންމެވުމުގައިވެސް އެ 400 ފޫޓުގެ ބަޔަށް ކޮޑިފޫޓުންވާ ވަރަކާއި، އެމަސައްކަތައް އަގުގެ
ގޮތުންވާ މިންވަރެއް ކަނޑައަޅާފައި ނެތްކަމާއި، ހަމައެފަދައިން އެމަސައްކަތް ވިންޑްވާރޑް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކުރި ސަރުކާރުގެ
އިދާރާއިން އެތޮށިގަނޑު އަޞްލު މިންތައް
ޤަޟިއްޔާގައި ހޯދާފައިވާކަން އެނގެން ނެތްކަން
ފާހަގަކުރެވޭކަމާއި،
ޢަލީ ޝަރީފް މޫސާ އާއި ވިންޑްވާރޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެވިފައިވާ
އިސްވެ ބަޔާންކުރެވުނު އެއްބަސްވުން ވެވުމުގެ ކުރިން ވިންޑްވާރޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން
ޙަވާލުކޮށްގެން ޢަލީ ޝަރީފް މޫސާ އަމިއްލައަށް އެތޮށިގަނޑުގެ 29 ފޫޓުގެ ދިގުމިނުގެ ބައެއްގައި
ތޮށިލާފައިވާކަމަށް ޢަލީ ޝަރީފު ބުނެފައިވާއިރު، އެކަމާއި ވިންޑްވާރޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ
ފަރާތުން އިންކާރުކޮށްފައިވާކަން އެނގޭކަމާއި، ސިވިލްކޯޓުގެ ނަންބަރު 2010/Cv-C/66 ޤަޟިއްޔާ ގެ
ޙުކުމުގައި، "ކ.ވިލިނގިލީ ހުޅަނގު ދެކުނު ފަރާތުގެ ބޭރު ތޮށިލުމުގެ މަސައްކަތް ކުރުމަށް
ސަބްކޮންޓްރެކްޓަރެއްގެ ގޮތުގައި ލ. މާވަށް އަހިމާގެ ޢަލީ ޝަރީފް އާއި 16 އޯގަސްޓް 2008 ގައި
ވިންޑްވާރޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޙަވާލުކުރުމާއި ގުޅިގެން މިތޮށިގަނޑުން 14247.01
ކޮޑިފޫޓުގެ ތޮށި ދަޢުވާކުރާ ޢަލީ ޝަރީފް ލާފައިވާކަމަށް" ކަނޑައަޅުއްވާފައިވަނީ ކުރީން މި ބަޔާންއިންތު ގެ
29 ފޫޓުގެ ދިގުމިނުގެ ތޮށީގެ ބައި ހިމަނައިގެންކަން ނުވަތަ ނޫންކަން ސާފުވާން ނެތްކަމާއި،
ޙުކުމުގައި އެވަނީ މި 29 ފޫޓުގެ ތޮށިގަނޑުގެ ބައި ހިމަނައިގެން ކަމުގައިވާނަމަ، އެ 29 ފޫޓު
މަސައްކަތް ވިންޑްވާރޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ޢަލީ ޝަރީފާއި ހަވާލުކުރިކަން
OcOOXO
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
11
2012/HC-A/jj7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އި
އެވަނީ މި
22
x ޑ ވ ޑ ވ
03އފަސް
ގޮތަކާއި، އަދި އެ 29 ފޫޓުގެ ތޮށިލުމުގެ މަސައްކަތް ޢަލީ ޝަރީފް ކޮށްފައިވާކަން ސާބިތުވާގޮތެއްވެސް
އުކުމުން ސާފުވާން ނެތްކަން ފާހަގަކުރެވޭކަމާއި،
އަދި ހަމައެފަދައިން ވިންޑްވާރޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި ޢަލީ ޝަރީފް މޫސާ
އާއި ދެމެދު ވެވިފައިވާ އެއްބަސްވުމުގެ ދަށުން މަސައްކަތް ފެށުމަށްފަހު، އެއްބަސްވުމުގައި ބަޔާންވެފައިވާ
މިންވަރަށްވުރެ އިތުރަށް 167 ފޫޓު ދިގުމިނުގެ ބައެއްގައި ތޮށިލުމުގެ މަސައްކަތްވެސް ޢަލީ ޝަރީފު
ކޮށްފައިވާކަމަށް ސިވިލްކޯޓުގެ ނަންބަރު 2010/Cv-C/66 ޤަޟިއްޔާގައި ޢަލީ ޝަރީފު ކުޅަ ދަޢުވާގައި
ބުނެފައިވާ ބުނުމަށް ވިންޑްވާރޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން އިންކާރު ކޮށްފައިވާއިރު،
އެޤަޟިއްޔާގެ ޙުކުމުން ޢަލީ ޝަރީފު ތޮށިލާފައިވާކަމަށް ސާބިތުވި 14247.01 ކޮޑިފޫޓުގެ ތޮށީގެ ތެރޭގައި މި
167 ފޫޓުގެ ދިގުމިނުގެ ތޮށީގެ ބައި ހިމެނިފައިވާކަން ސާފުވާން ނެތްކަމާއި، އަދި ހަމައެފަދައިން އެ ޙުކުމުގައި
167 ފޫޓުގެ ތޮށިގަނޑުގެ ބައި ހިމަނައިގެން ކަމުގައިވާނަމަ، އެ 167 ފޫޓުގެ ތޮށިލުމުގެ
މަސައްކަތް ވިންޑްވާރޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ޢަލީ ޝަރީފާއި ހަވާލުކުރިކަން ސާބިތުވާ
ގޮތަކާއި، އަދި އެ 167 ފޫޓުގެ ތޮށިލުމުގެ މަސައްކަތް ޢަލީ ޝަރީފް ކޮށްފައިވާކަން ސާބިތުވާގޮތެ
އެޙުކުމުން ސާފުވާން ނެތްކަން ފާހަގަކުރެވޭކަމާއި،
މީގެ އިތުރުން ތޮށިގަނޑުގެ މަތިއެޅުމަށް ވަކި އަގެއް ކަނޑައެޅުނު ކަމަށާއި، އެއީ އަކަފޫޓަކަށް
-/125ރ. (ސަތޭކަ ފަންސަވީސް ރުފިޔާ) ކަމަށް ޢަލީ ޝަރީފުގެ ފަރާތުން ބުނެފައިވާއިރު، ތޮށިލުމުގެ
ބަޔާންވެދިޔަ އެއްބަސްވުމުގައި ދެފަރާތުން އެއްބަސްވެފައިވާ ކޮޑި ފޫޓަކަށް -/15 ރ.(ފަނަރަ
ރުފިޔާ) އެއީ ތޮށިގަނޑުގެ މަތިއެޅުމާއި ދެފަރާތުގައި ސިމެންތި ޖެހުމާއެކު ތޮށިގަނޑު ނިންމުމަށް
އެއްބަސްވެފައިވާ އަގުކަމަށް ވިންޑްވާރޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ބުނެފައިވިޔަސް
އެމަސައްކަތް އެއަގަށް ކުރުމަށް އެއްބަސްވެފައިވަނީ ތޮށިގަނޑުގެ މަތިއެޅުމާއި ސިމެންތިޖެހުމާއި އެކުގައިކަމަށް
ދޭހަނުވާކަމަށް ސިވިލްކޯޓުގެ ނަންބަރު
ޤަޟިއްޔާގައި
ފާހަގަކުރައްވާފައިވާއިރު، އެ އެއްބަސްވުމުން އެއާއި ޚިލާފަށް ދޭހަވާންޖެހޭ އެއްވެސް ސަބަބެއްވެސް ނެތް
މަސައްކަތުގެ ތޮބީޢަތާއި ގުޅޭގޮތުން އެއްބަސްވުމުން ސާފުވާން ނެތްކަމެއް ދެން ސާފުކުރެވޭނީ އެމަސައްކަ
ޢާންމުކޮށް ކޮށްއުޅޭ ބައެއްގެ ކިބައިން މަޢުލޫމާތު ސާފުކުރުމުންކަމާއި، އެގޮތުން ކ.ވިލިގިލީ "
މަސައްކަތުގެ ތެރެއިން ޢަލީ ޝަރީފް ނޫން އެހެން ފަރާތަކާ ޙަވާލުކޮށްގެން 84 ފޫޓުގެ ދިގުމިނުގެ ބާއްވޭހި22
އަގެއްކަމަށް
86ދ 30
އއބފުމެ
66/Cv-C/2010
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
12
2012/HC-A/jj7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނިންމާފައިވާކަމަށް ޝަރީޢަތުން ފާހަގަކޮށްފައިވާއިރު، އެމަސައްކަތް ކޮށްއުޅޭ ޢާންމު އުޞޫލާއި، އެމަސައްކަތް
އެމީހުންނާއި ޙަވާލުކޮށްފައިވަނީ ތޮށިގަނޑު ޖެހުމާއި ވަށައިގެން ސިމެންތި ޖެހުމާއި މަތިއެޅުމާއި އެއީ އެއް
މަސައްކަތެއްގެ ގޮތުގައިކަން، ނުވަތަ އެއިން ކޮންމެ ކަމަކީ ވަކިވަކިން އަގުކިޔައިގެން ކޮށް އުޅޭ
މަސައްކަތެއްކަން ސާފުކުރެވިދާނެކަމާއި، ހަމައެފަދައިން މިކަމާގުޅޭ ކަމާބެހޭ މިނިސްޓްރީގެ ތަޖްރިބާވެސް
މިކަމުގައި ޙިއްޞާ ކުރުމުގެ
ފުރުޞަތު ޝަރީޢަތަށް އޮތްކަމާއި، ނަމަވެސް ސިވިލްކޯޓުގެ
ނަންބަރު 2010/Cv-C/66 ޤަޟިއްޔާގައި އެކަންކަން ސާފުކުރެވިފައިވާކަން އެނގެން ނެތްކަމާއި، އަދި
މިކަންކަން ޝަރީޢަތުން ސާފުކުރުމަށްފަހުގައި މެނުވީ ޝަރުޢީ ހަމަތަކުގެ މަތިން ގޮތެއް ކަނޑައެޅުމަކީ
ނޫންކަމާއި، އަދި އެކަންތައްތައް
އެތައް ސާފުކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް
ހައިކޯޓުގެ މިމަރުޙަލާގައި ކޮށްފިނަމަ، އެކަންކަމާގުޅޭ ގޮތުން ނިންމާ ނިންމުމެއްގެ ސަބަބުން އިސްތިއުނާފުގެ
އެއް މަރުޙަލާ ކޮންމެވެސް އެއް ޚަޞްމަކަށް ގެއްލިގެންދާނެކަން އެނގޭތީ، އެކަމަކީ އިސްތިއުނާފް އުޞޫލުތަކުން
ބަލާއިރު ކުރެވިދާނެކަމެއްކަމަށް ނުފެންނާތީ، މިމައްސަލަބަލާ ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވަނީ ޤާނޫނު
ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން ސިވިލްކޯޓުގެ
ނަންބަރު 2010/Cv
-
C/66 ޤަޟިއްޔާ އަލުން ބެލުމަށް އެކޯޓަށް އެމައްސަލަ ތަޙްވީލްކުރަންޖެހޭ ކަމަށެވެ.
ހދ8c9
ޤީވެގެeއެ
ނަމަ
ދެންފަހެ އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންތައްތަކަށް ރިޢާޔަތްކޮށް
ބަލާއިރު، ސިވިލްކޯޓުގެ ނަންބަރު 2010/Cv-C/66 ޤަޟިއްޔާގައި ބައްލަވާ ނިންމަވާފައިވާ ނިންމެވުމުގައި
އިތުރަށް ސާފުވާންޖެހޭ ކަންތައްތަކެއް ހުރުމާއެކު، ހައިކޯޓުގެ މިޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގައި
ބަޔާންވެފައިވާ ކަންތައްތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތީން ރިޢާޔަތްކޮށް، އެޤަޟިއްޔާ އަލުންބަލާ
ފައިޞަލާ ކުރަނިވި ޙުކުމެއް ކުރަންޖެހޭކަމަށް މިމައްސަލަބެލި ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވާތީ،
ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން
ސިވިލްކޯޓްގެ ނަންބަރު 2010/Cv-C/66 ޤަޟިއްޔާ އަލުން ބެލުމަށް އެކޯޓަށް ތަޙްލީލުކޮށް މިމައްސަލަ
ނިންމީއެވެ.
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv