ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/209 ޤަޟިއްޔާގެ ޙުކުމް
1
2014/HC-A/209
ޤަޟިއްޔާ ނިމުނު ގޮތުގެ
ދެލި
#
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
އިކާޓް
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 209/HC
-
A/2014
• އިސްތިއުނާފް ކުރިފަރާތް
* ނަން: އިބްރާހީމް ޚަލީލު
އައިޑީ ކާޑު ނަންބަރު: A032965
ދާއިމީ އެޑްރެސް: މއ. ޔެލޯލައިޓް މާލެ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އާދަމް ޙުސައިން
އައިޑީ ކާޑު ނަންބަރު: A132908
* ދާއިމީ އެޑްރެސް:
ހ. ރަންނަރުގެމާލެ
ޖިސްޓްރީކުރެވުނު
0
ޝައްވާލް 1435
3 އޯގަސްޓް 2014
ނިމުނު ތާރީޚް: 6 މުޙައްރަމް 1436
30 އޮކްޓޫބަރު 2014
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2013/Cv-C/1874
ޤަޟިއްޔާގެ ބާވަތް: ތަރިކަ
• ނިންމެވި ކޯޓް: ސިވިލް ކޯޓު
* ހުށަހެޅުނު ތާރީޚު: 23 ސެޕްޓެމްބަރު 2013 ނިމުނު ތާރީޚް: 21 މެއި 2014
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސްގެ
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2 ޤަޟިއްޔާ ނިމުނު 1
2014/HC-A/209
ممر محتمی **
ދަޢުވާގެ ޚުލާޞާ
ސިވިލް ކޯޓުގެ
22
22
22 ހދ8
އއގނނ.9ކ9ނeވ
މިއީ،
ނަންބަރު 2013/Cv
-
C/1874 ޤަޟިއްޔާ އެކޯޓުން
ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ފެކަމަށްބުނެ، އެނިންމުން އިސްތިއުނާފު
ކޮށްދިނުންއެދި، އިބްރާހީމް ޚަލީލު، މއ. ޔެލޯލައިޓް:މާލެ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު
A032965) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ، ރަންނަރުގެ|މާލެ، އާދަމް ޙުސައިން
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A132908) އެވެ.
ފާހަގަކުރެވުނު ނުކުތާތައް
1. އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/1874
ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާއަކީ، އަލްމަރްޙޫމާ ހަދިއްޔަތު މޫސާގެ ތަރިކައިގެ ތެރޭގައި ހިމެނޭ
ރަންނަރުގެ (ރަޖިސްޓަރީ ނަންބަރު ބ.15507) ކިޔާ ބަންޑާރަ ގޯއްޗާއި، އެގޯތީގައިވާ ޢިމާރާތްތަކާއި
ނުއުފުލޭ މުދާ ވާރިޘުންގެ މެދުގައި ތަރިކައިގެ އުޞޫލުން ހަމަޖައްސައި ދިނުމަށް އެދި
ރަންނަރުގެ މާލެ، އާދަމް ޙުސައިންގެ ފަރާތުން ހުށަހެޅެމުން ސިވިލް ކޯޓުން ބައްލަވާ ނިންމަވާފައިވާ
އ"
20
22 ހ
ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގެ ޙުކުމްގައިވަނީ، "ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގެ
މައްޗަށާއި، މިމައްސަލާގައި ހުށަހެޅިފައިވާ އެހެނިހެން ލިޔުންތަކުގެ މައްޗަށް ޝަރީއަތުން ރިޢާޔަތްކޮށް
ބެލިއިރުގައި، ރަންނަރުގެ މާ، ހަދިއްޔަތު މޫސާ 01 ޖުލައި 2012
ވަނަ ދުވަހު
ނިޔައުވެފައިވާކަމާއި، މަރުޙޫމާގެ ވާރިޖުންނަކީ ފިރިހެން ދަރިކަމުގައިވާ މއ. އެލޯލައިޓް މާލެ، އިބްރާހީމް
ޚަލީލް (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A032965) އާއި، ފިރި ރަންނަރުގެ(މާލެ،
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2014/HC-A/209
3 ޤަޟިއްޔާ ނިމުނު ގޮ
އާދަމް ޙުސައިން (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A132908) އާއި، އެކްޖުމްލަ 02
(ދޭއް) މީހުންކަން ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1444 ޤަޟިއްޔާއިން ސާބިތުވާކަމާ
ކ19)
މަރުޙޫމާގެ ތަރިކައިގެ ތެރެއިން މިމައްސަލައިގައި ހަޖައްސައިދިނުމަށް އެދިފައިވަނީ،
އެމަރުޙޫމާގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ރަންނަރުގެ (ރަޖިސްޓަރީ ނަންބަރު ބ.15507)
އެވެކިޔުނު ބަންޑާރަ ގޯއްޗާއި، އެގޯތީގައިވާ އިމާރާތްތަކާއި ނުއުފުލޭ މުދައުކަމާއި، މިތަރިކައިގެ ވާރިޘުންގެ
މެދުގައި ބެހުމަށް ވާރިޘުން ބޭނުންވެފައިވަނީ ތަރިކައިގެ އުޞޫލުންކަމަށްވާތީ، ހ. ރަންނަރުގެ އެވެކިޔުނު
ބަންޑާރަ ގޯތީގެ ބަންޑާރަ ބިމުން ހުރިހައި ވާރިޘުންނަށް ހަމަހަމަކޮށް ލިބި، މިގޯތީގައިވާ ޢިމާރާތްތަކާއި
ނުއުފުލޭ މުދަލުގެ 114 ބައި ފިރި އާދަމް ޙުސައިންއަށް، 3/4 ބައި ފިރިހެން ދަރި އިބްރާހިމް ޚަލީލްއަށް
މިލްކުވެގެންވާކަމަށް ކަނޑައަޅައި، ޙުކުމްކޮށްފީމެވެ" މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓުން އެގެން އޮންނަކަމެވެ.
2. ސިވިލް ކޯޓުގެ ނަންބަރު
1874/Cv-C/2013
ޤަޟިއްޔާ އެކޯޓުން
ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ އިބްރާހީމް ޚަލީލުގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފުކުރަމުން، އަންނަނިވި 3 (ތިނެއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެގޮތުން އިބްރާހީމް ޚަލީލުގެ
ފަރާތުން ހުށަހަޅާފައިވާ
1874/Cv-C/2013
• ފުރަތަމަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި، އިބްރާހީމް ޚަލީލުގެ މަންމަ (ހ. ރަންނަރުގެ އަލްމަރުޙޫމާ ހަދިއްޔަތު މޫސާ) ގެ ތަރިކަ
ޝަރުޢީ ހަމަތަކުގެމަތިން ހެކިންގެ ހެކިބަހުން ޝަރީޢަތަށް ސާބިތުނުކުރައްވާ މައްސަލަ
ނިންމަވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ދިވެހިރާއްޔޭ، ,
ހައިކޯޓް
ވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
##
4 ޤަޟިއްޔާ ނިމުނު 1
2014/HC-A/209
کی عمری
• ދެވަނަ ނުކުތާއަކީ، ފުރަތަމަ ޝަރީޢަތަށް ހާޟިރުވިދުވަހު ތަރިކަ ބެހުމަށް
ޝަރީޢަތުގެ ފަރާތުން ލިޔެ ދެއްކެވި 20 މެއި 2014 ގެ ބަޔާނުގައި ސޮއިކުރިނަމަވެސް، މަންމަ
(ހަދިއްޔަތު މޫސާ، އިބްރާހީމް ޚަލީލަށް ތަންދީގެން ހަދާފައިވާ އިބްރާހީމް ޚަލީލުގެ ޢިމާރާތް ހުރުމުން
ބަޔާން ހުށަހެޅުމުގެ ފުރުޞަތަށް އެދިފައިވަނިކޮށް އެފުރުޞަތު ނުދެއްވާ ދުވަހުން ދުވަހަށް މައްސަލަ
ނިންމެވި ނިންމެވުން ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާއިދު "6" ގެ 57 "ދެކިހުށަހެޅުމަށް
ފުރުޞަތުދިނުން" މިމާއްދާއާ ތަޢާރާޝް ވާކަމަށް ފެންނަކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ، މައްސަލާގައި ހިމެނޭ އިބްރާހީމް ޚަލީލުގެ މަދަނީ ޙައްޤު
ކަށަވަރުކޮށްދީ ޙައްޤާމެދު ގޮތް ކަނޑައެޅުމުގެ ފުރުޞަތު ގެއްލިގެން ދާގޮތަށް، ފުރުޞަތު ނުލިބި
ދިއުމާއި، މައްސަލާގައި ޙައްޤު ނުހޯދި އިންސާފު ނުލިބި ދިޔަދިއުން ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ
(ހ) އާއި ޚިލާފުވާކަމުގައި ފެންނަކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
3. މިމައްސަލައާ ގުޅިގެން، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1874
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން އިބްރާހީމް ޚަލީލުގެ
ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލަ ރައްދުވާ އާދަމް
ޙުސައިނުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި
ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، މިމައްސަލަ އިސްތިއުނާފުކުރަމުން، ސިވިލް ކޯޓުގެ ނަންބަރު
2013/Cv
-
C/1874 ޤަޟިއްޔާގައި، އިބްރާހީމް ޚަލީލުގެ މަންމަ (ހ. ރަންނަރުގެ މާލެ، އަލްމަރުޙޫމާ
ހަދިއްޔަތު މޫސާ) ގެ ތަރިކަ ޝަރުޢީ ހަމަތަކުގެމަތިން ހެކިންގެ ހެކިބަހުން ޝަރީޢަތަށް ސާބިތުނުކުރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316171
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2014/HC-A/209
کیم محترمب
5 ޤަޟިއްޔާ ނިމުނު 1
މައްސަލަ ނިންމަވާފައިވާކަމަށްބުނެ އިބްރާހީމް ޚަލީލުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަށް ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ނަޒަރުކުރާއިރު،
އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައަކީ،
ރަންނަތުގެ(މާލެ، އަލްމަރްޙޫމާ
ހަދިއްޔަތު މޫސާގެ ތަރިކައިގެ ތެރޭގައި ހިމެނޭ ހ. ރަންނަރުގެ (ރަޖިސްޓަރީ ނަންބަރު ބ.15507) ކިޔާ
ބަންޑާރަ ގޯއްޗާއި، އެގޯތީގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދާ ވާރިޘުންގެ މެދުގައި ތަރިކައިގެ އުޞޫލުން
ހަމަޖައްސައި ދިނުމަށް އެދި، ރަންނަރުގެ މާލެ، އާދަމް ޙުސައިންގެ ފަރާތުން ހުށަހެޅެމުން ސިވިލް
ކޯޓުން ބައްލަވާ ނިންމަވާފައިވާ މައްސަލައެއްކަމާއި،
ކޯޓަށް ހުށަހެޅި،
އެމައްސަލާގެ ތެރޭގައި އަލްމަރްޙޫމާ ހަދިއްޔަތު މޫސާގެ މައްޗަށް ޤާނޫނު ނަންބަރު
28/76 (ސަރުކާރުގައި ރަޖިސްޓްރީކޮށްފައި ހުންނަ މީހުންގެ އަމިއްލަ ތަކެތި ދީ ނުވަތަ ވިއްކުމަބެހޭ
ޤާނޫނު) ގައި ބަޔާންކޮށްފައިވާފަދަ ދަރަންޏެއް ސާބިތުވެ އަދާނުކޮށް އޮތްތޯއާއި، އޭނާގެ އެއްވެސް
ވަޞިއްޔަތެއްވިއަސް އޮތްތޯ ބައްލަވާފައިވާއިރު، އަލްމަރްޙޫމާ ހަދިއްޔަތު މޫސާގެ ތަރިކައިގެ ތެރޭގައި
ހިމެނޭކަމަށް ބުނެ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގެ ތެރޭގައި ބެހުމަށް އެމައްސަލަ ސިވިލް
ރަންނަރުގެ މާލެ، އާދަމް ޙުސައިންގެ ފަރާތުން ހުށަހަޅާފައިވާ، ރަންނަރުގެ މާލެ
އޭކިޔާ ބަންޑާރަ ގޯއްޗާއި އެގޯތީގައިވާ އެންމެހާ ނުއުފުލޭ މުދަލަކީ އަލްމަރުޙޫމާ ހަދިއްޔަތު މޫސާގެ
ތަރިކައިގެ ތެރޭގައި ހިމެނޭ ތަކެތިކަން، ހ. ރަންނަރުގެ/މާލެ އޭކިޔާ ބަންޑާރަ ގޯތީގެ (ނަންބަރު
ބ.15507) ރަޖިސްޓްރީއަށް ބެލުމުން ސާފުކޮށް އެނގެން އޮންނަކަމާއި،
އެހެންކަމުން، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި ސިވިލް ކޯޓުން ގޮތެއް
ނިންމެވުމުގައި، މިމައްސަލަ އިސްތިއުނާފަށް ހުށަހަޅާފައިވާ ފަރާތުން ހުށަހަޅާފައިވާ ފަދައިން އަލްމަރްޙޫމާ
ހަދިއްޔަތު މޫސާގެ ތަރިކަ ހެކިންގެ ހެކިބަހުން ޝަރީޢަތަށް އިތުރަށް ސާބިތުކުރުމަކީ އެކޯޓުގެ މައްޗަށް
ލާޒިމުކަމެއް ނޫންކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2014/HC-A/209
می هرکی
ދެވެ
6 ޤަޟިއްޔާ ނިމުނު ގޮ
(ނ) ދެވަނަ ކަމަކީ، ސިވިލް ކޯޓުގެ ފުރަތަމަ ޝަރީޢަތަށް ހާޟިރުވި ދުވަހު ތަރިކަ
ބެހުމަށް ޝަރީޢަތުގެ ފަރާތުން ލިޔެ ދެއްކެވި، 20 މެއި 2014 ގެ ބަޔާނުގައި ސޮއިކުރިނަމަވެސް،
މަންމަ (ހަދިއްޔަތު މޫސާ) އިބްރާހީމް ޚަލީލަށް ތަންދީގެން ހަދާފައިވާ އިބްރާހީމް ޚަލީލުގެ ޢިމާރާތް
ހުރުމުން ބަޔާން ހުށަހެޅުމުގެ ފުރުޞަތަށް އެދިފައިވަނިކޮށް އެފުރުޞަތު ނުދެއްވާ ދުވަހުން ދުވަހަށް
މައްސަލަ ނިންމެވި ނިންމެވުން ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާއިދު "6" ގެ 57
"ހެކިހުށަހެޅުމަށް ފުރުޞަތުދިނުން" މިމާއްދާއާ ތަޢާރާޝް ވާކަމަށް ފެންނަކަމަށްބުނެ އިބްރާހީމް ޚަލީލުގެ
ފަރާތުން ހުށަހަޅާފައިވާ ނުކުތާއަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު،
އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގެ ދަށުކޯޓުގެ ޝަރީޢަތުގެ މަރުޙަލާގައި،
މައްސަލާގައި ހިމެނޭ އާދަމް ޙުސައިންގެ ބަދަލުގައި ޝަރީޢަތަށް ހާޒިރުވި މުޙައްމަދު ޝިފާޒް
ޢަބްދުލްޤަދީރު (ޖަހާމުގުރިގެގދ. ގައްދޫ، އާއި މިމައްސަލަ އިސްތިއުނާފަށް ހުށަހަޅާފައިވާ އިބްރާހީމް
ޚަލީލް، 21 މެއި 2014 ގައި ޝަރީޢަތަށް ބަޔާނެއްދީ އެބަޔާނުގައި ސޮއިކޮށް އިނގިލީގެ ނިޝާން
ޖަހާފައި އޮތްކަން އެނގެން އޮތްއިރު، އެނޫން އިތުރު އެއްވެސް ބަޔާނެއް މިމައްސަލާގައި ހިމެނޭ
އެއްވެސް ފަރާތަކުން މިމައްސަލާގެ ދަށުކޯޓުގެ ޝަރީޢަތުގެ މަރުޙަލާގައި ދީފައިވާކަން ނުވަތަ އިތުރު
އެއްވެސް ކަމަކަށް ދަށުކޯޓުގައި އެދިފައިވާކަން، މިމައްސަލައާއެކު ހުށަހެޅިފައިވާ ލިޔެކިޔުންތަކުން
އެނގެން ނެތްކަމާއި،
ހަދިއްޔާތު މޫސާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ، އޭނާގެ ތަރިކައިގެ
ތެރޭގައި ހިމެނޭ ގޯއްޗެއްގައި ހުރި ޢިމާރާތަކާމެދު އެއްވެސް ފަރާތެއްގެ އެއްވެސް
.ވެސް ދަޢުވާއެއް އޮތްނަމަ
އެކަމަކީ، ޤާނޫނު ނަންބަރު 25175 (ތަރިކައާބެހޭ ދަޢުވާގެ ޤާނޫނު) ގެ ދަށުން އެޤާނޫނުގައި
ބަޔާންކޮށްފައިވާ މުއްދަތު (އެމީހަކު މަރުވާދުވަހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަސް) ގެ ތެރޭގައި
ކަމާބެހޭ ކޯޓަކަށް ހުށަހަޅަންޖެހޭ ކަމަކަށްވާއިރު، އަދި އެމުއްދަތުގެ ތެރޭގައި އެފަދަ ދަޢުވާއެއް
ހުށައަޅާފައިނުވާނަމަ އެފަދަ އެއްވެސް ދަޢުވާއެއްކުރާ މީހަކު ނެތީކަމަށް ބެލެވޭނެކަމަށް އެޤާނޫނުގަޓިގެ އި
22
ހ2 ހ3(4
އދރއވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު
2014/HC-A/209
مش تي سي یری
ދެވެ
4 &«
އެއްވެސް
ހ(224
4 އށ
/434އޅު2
ސާފުކޮށް ބަޔާންކޮށްފައިވާއިރު، އަލްމަރުޙޫމާ ހަދިއްޔަތު މޫސާގެ ދުނިޔޭގައި އޭނާ ދީގެން،
ނަމުގައި ރަޖިސްޓްރީކޮށްފައިވާ ހ. ރަންނަރުގޭގައި އިބްރާހީމް ޚަލީލު ޢިމާރާތެއްކޮށްފައިވާނަމަ އަދި އެފަދަ
ޢިމާރާތެއްގެ މިލްކުވެރިކަމާމެދު އޭނާގެ ފަރާތުން
އެދަޢުވާއެއް،
އިސްވެދެންނެވުނު، ތަރިކައާބެހޭ ދަޢުވާގެ ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެނާގެ
ފަރާތުން ކުރަންޖެހޭނެކަމާއި، އެހެންނަމަވެސް އިބްރާހީމް ޚަލީލުގެ ފަރާތުން އެފަދަ އެއްވެސް ދަޢުވާއެއް،
އެޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކޮށްފައިނުވާނެކަމަށް އޭނާގެ ފަރާތުން ބުނެފައިވާކަމާއި،
މީގެއިރުތުން، ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 40
ވަނަ މާއްދާގެ (ހ) ގައި، އެހެން ފަރާތެއްގެ އެއްޗެއްކަން ޝަރީޢަތަށް ސާބިތުވާފަދަ ލިޔުމެއް ނެތި،
އެކި ފަރާތްތަކުގެ އަމިއްލަ ބިމުގައި، ނުވަތަ މީހަކަށް ނުވަތަ ފަރާތަކަށް ދޫކޮށްފައިވާ، ބަންޑާތަ ބިމެއްގައި
ހުންނަ ޢިމާރާތާއި، ރުއްގަސްފަދަ ބިމާއި ގުޅިފައިވާ ތަކެއްޗަކީ، އެބިމުގެ ވެރިފަރާތުގެ ނުވަތަ އެއީ
ބަންޑާރަ ބިމެއްނަމަ، އެބިމެއް ދޫކުރެވިފައިވާ ފަރާތުގެ ތަކެތިކަމަށް ބަޔާންކޮށްފައިވާއިރު، ހ.
ރަންނަރުގޭގައި އިބްރާހީމް ޚަލީލު ހަދާފައިވާކަމަށް ބުނާ ޢިމާރާތުގެ ވެރިފަރާތަކީ އޭނާކަން ޝަރީޢަތަށް
ސާބިތުވާފަދަ އެއްވެސް ލިޔުމެއް އޭނާގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިނުވާކަމާއި،
އަދި މީގެ އިތުރުން، އިސްވެމިދެންނެވުނު ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 40 ވަނަ
މާއްދާގެ (ށ) ގައި، ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ ފަރާތްނޫން އެހެން ފަރާތަކަށް މިލްކުވެރިކަން
ލިބޭގޮތަށް ބަންޑާރަ ގޯއްޗެއްގައި، އެގޯތި ދޫކުރެވިފައިވާ ފަރާތްނޫން އެހެން ފަރާތަކުން ޢިމާރާތްކޮށްގެން
ނުވާނެކަމަށް ބަޔާންކޮށްފައި އޮންނަކަމާއި،
އެހެންކަމުން، މިދެންނެވުނު ކަންކަމުގެ މައްޗަށް ޖުމްލަގޮތެއްގައި ބަލާއިރު،
އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގެ ދަށު ކޯޓު މަރުޙަލާގައި، އެމައްސަލާގައި ހިމެނޭ ހ.
ގެގައި އިބްރާހީމް ޚަލީލުގެ ޢިމާރާތެއްވާކަމަށް އޭނާ ބުނާތީ އެކަމާގުޅި
އެކަމާގުޅިގެން ބަޔާނެއް ހުށަހެޅުމުގެ
އިތުރު ފުރުޞަތެއް އޭނާއަށް ސިވިލް ކޯޓުން ދެއްވާފައިނުވުމަކީ އެކަމުގެ މައްޗަށް ބިނާކޮށް،
Oxu
ތ 0
2
243
2
ރަންނަރެގެ ޤާ2
ޑީޖޭގެ ހައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471 *
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
8
2014/HC-A/209
ޟިއްޔާ ނިމުނު
کی عمری
އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން
ބަދަލެއް ގެންނަޖެހޭފަދަ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް ނޫންކަމެވެ.
4
xތތ
(ނ) ތިންވަނަ ކަމަކީ، މައްސަލާގައި ހިމެނޭ އިބްރާހީމް ޚަލީލުގެ މަދަނީ ޙައްޤު
ކަށަވަރުކޮށްދީ ޙައްޤާމެދު ގޮތް ކަނޑައެޅުމުގެ ފުރުޞަތު ގެއްލިގެން ދާގޮތަށް، ފުރުޞަތު ނުލިބި
ދިއުމާއި، މައްސަލާގައި ޙައްޤު ނުހޯދި އިންސާފު ނުލިބި ދިޔަދިއުން ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ
(ހ) އާއި ޚިލާފުވާކަމުގައި ފެންނަކަމަށްބުނެ އިބްރާހީމް ޚަލީލުގެ ފަރާތުން ހުށަހަޅާފައިވާ
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު،
އިސްވެދެންނެވިފައިވާ ސަބަބުތައް
އިސްތިއުނާފަށް
ހުށަހެޅިފައިމިވާ މައްސަލާގެ ދަށުކޯޓު މަރުޙަލާގައި ސިވިލް ކޯޓުން ޢަމަލުކުރައްވާފައިވަނީ މިބާވަތުގެ
މައްސަލަތަކުގައި އެކޯޓުން ޢަމަލުކުރަންވަން ކަނޑައެޅިފައިވާ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ
އެއްގޮތަށްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
ޤަބޫލުކުރެވޭކަމާއި، އެހެންކަމުން އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލަ ސިވިލް ކޯޓުގައި ބައްލަވާ
ނިންމެވުމުގައި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާ އެކޯޓުން ޚިލާފުވެފައިވާކަމަށް ބެލެވެން
ހުރުމާއެކު
ނެތްކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
2013/Cv
-
C/1874 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަކީ ޝަރުއީ އަދި ޤާނޫނީ އުސޫލުތަކާ
ޚިލާފަށް އެކޯޓުން ކުރައްވާފައިވާ ޙުކުމެއްކަމަށްބުނެ އިބްރާހީމް ޚަލީލުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން
ދިޖެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2014/HC-A/209
9 ޤަޟިއްޔާ ނިމުނު
کی عمری
ދެވެ
ސަބަބެއް
ބަދަލުގެންނަންޖެހޭފަދަ އެއްވެސް އޮތްކަމަކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކަށް ނުފެނުނެވެ.
<
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު،
.އެކު، ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/1874 ޤަޟިއްޔާގައި
އެކޯޓުން ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް އެކޯޓުން ކުރައްވާފައިވާ
ޙުކުމެއްކަމަށްބުނެ، މއ. ޔެލޯލައިޓްމާވެ. އިބްރާހީމް ޚަލީލު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
ނަންބަރު A032965) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް
ބިނާކޮށް، އެޤަޟިއްޔާގައި ސިވިލް ކޯޓުން ކުރައްވާފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން
ދަލުގެންނަންޖެހޭފަދަ އެއްވެސް ސަބަބެއް ނެތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅާއި، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
OX
0 2
<< O
ޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv