ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-I-SH/15 ޤަޟިއްޔާގެ ޙުކުމް
1
2014/HC-I-SH/15
ދެލި
#
އިކާޓް
ރާއްޖޭގެ
0
0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 36471 ވާދީ، ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 15/HC
-
I
-
SH/2014
އިންތިޚާބީ ޝަކުވާގެ މައްސަލަ ހުށަހެޅިފަރާތް:
* ނަން: މުޙައްމަދު ނިހާދު
އައިޑީ ކާޑު ނަންބަރު: A094971
ދާއިމީ އެޑްރެސް: ސިވިލްޓޭޝަން ހައުސް ސ. ފޭދޫ
ވަލީކު: އަލްއުސްތާޛު އާދަމް ޝަމީމް އަލްއުސްތާޛު މުޙައްމަދު ސަލީމް
މައްސަލަ ރައްދުވި ފަރާތް:
* ނަން: އިލެކްޝަންސް ކޮމިޝަން
* ވަލީކު: އަލްއުސްތާޛު ޙުސައިން ސިރާޖު * ދާއިމީ އެޑްރެސް: ޕޯޓް ކޮމްޕްލެކްސް (5 ވަނަ ފަންގިފިލާ) މާލެ
• ރަޖިސްޓްރީކުރެވުނު ތާރީޚް: 15 ޖުމާދަލްއާޚިރާ 1435 ނިމުނު ތާރީޚް: 23 ޖުމާދަލްއާޚިރާ 1435
15 އެޕްރީލް 2014
23 އެޕްރީލް 2014
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢަލީ ސަމީރު
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
0
0
ދިވެހިރާއްޖޭގެ
2
ޤަޟިއްޔާ ނިމުނު "
2014/HC-I-SH/15
يمر مني .*
މައްސަލާގެ ޚުލާޞާ
ބަޔާންކޮށްފައވެ
މިއީ، ޤާނޫނު ނަންބަރު 2/2009 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު) ގެ
ދަށުން، 22 މާޗް 2014 ގައި، 18 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުކުރުމަށް،
އިލެކްޝަންސް ކޮމިޝަނުން ބޭއްވި އިންތިޚާބުގައި ފޭދޫ ދާއިރާއަށް ކުރިމަތިލާފައިވާ،
ފޭދޫސިވިލްރޭޝަން ހައުސް، މުޙައްމަދު ނިހާދަށް، ޤާނޫނު ނަންބަރު 2008;11 (އިންތިޚާބުތަކާބެހޭ
ޢާންމު ޤާނޫނު) ގެ 28 ވަނަ މާއްދާގެ (ހ) ގެ ދަށުން ލިބިދީފައިވާ އިންތިޚާބީ ދާއިރާގެ މީހުންގެ ތާއީދު
ހޯދުމަށް މަސައްކަތްކުރުމުގެ ޙައްޤު ގެއްލިފައިވާކަމަށާއި، އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ
ގަވާއިދު 2014 ގެ
21 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކެމްޕޭންކުރުމަށްޓަކައި ލިބެންޖެހޭ 30
(ތިރީސް) ދުވަހުގެ މުއްދަތު ލިބިފައިނުވާކަމަށާއި، ފޭދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރާ ކެންޑިޑޭޓު، ސ.
ފޭދޫ ރާޒްދާން، އިބްރާހީމް ދީދީގެ ފަރާތުން، ޤާނޫނު ނަންބަރު 10/68 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު)
ގެ 120 ވަނަ މާއްދާއާއި، 121 ވަނަ މާއްދާގައި، އިންތިޚާބާބެހޭ
ބާބެހޭ ކުށްތައް ގޮތުގައި
ކުށްތައް ފާޅުކަންބޮޑު ގޮތެއްގައި ހިންގާފައިވާތީ، އެކަމުގެ ޝަކުވާ ހެއްކާއެކު، އިންތިޚާބުތަކާބެހޭ ޢާންމު
ޤާނޫނުގެ 63 ވަނަ މާއްދާގެ (ށ) ގެ ދަށުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާއިރު، އަދި
އެމައްސަލަ ބަލައި ޖަވާބުދޭންޖެހޭ މުއްދަތު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގަވާއިދު 2014 ގެ
51 ވަނަ މާއްދާގެ (ބ) ގައި ކަނޑައަޅާފައިވާއިރު، އަދިވެސް އިލެކްޝަންސް ކޮމިޝަނުން
އެމައްސަލާގައި ކަންކުރެއްވިގޮތެއް އަންގަވާފައިނުވާކަމަށާއި، އަދި އިންތިޚާބުގެ ދާއިމީ ނަތީޖާ
އިޢުލާނުކުރުމުގެ ކުރިން، ރިޝްވަތުދިން މައްސަލަ ބަލައިދިނުންއެދި އެންޓި-ކޮރަޕްޝަން ކޮމިޝަނަށް
އޭނާގެ ފަރާތުން ހުށަހަޅާފައިވާއިރު، އެމައްސަލައާމެދު އެކޮމިޝަނުންވެސް ފިޔަވަޅެއް އަޅާފައިނުވާކަމަށާއި،
މިކަންކަމުގެ ސަބަބުން،
22 މާޗް 2014 ގައި
ފޭދޫގައި ކުރިއަށްދިޔަ އިންތިޚާބަކީ،
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގެ 1، 2، އަދި 3 ވަނަ ނަންބަރުގައި
ބުނެފައިވާ، ޤާނޫނާއި ގަވާއިދާ ޚިލާފު ގިނަކަންތައްތަކެއް ހިނގާފައިވާ އިންތިޚާބަކަށްވުމާއެކު، އެވޯޓަކީ
2 20
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 1316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2014/HC-I-SH/15
کی مرگی
ދެވެ
3 ޤަޟިއްޔާ ނިމުނު ގޮ
ޤާނޫނީގޮތުން ޞައްޙަ ވޯޓެއްކަމަށް ނުބެލެވޭތީ، ފޭދޫ ދާއިރާގެ އިންތިޚާބު ބާޠިލުކޮށްދިނުމަށާއި، އަދި
ޤާނޫނާ ގަވާއިދާ
އެއްގޮތްވާ ގޮތުގެމަތިން ފޭދޫ ދާއިރާގެ އިންތިޚާބު އަލުން ބޭއްވުމަށް އިލެކްޝަންސް
ކޮމިޝަނުގެ މައްޗަށް އަމުރުކޮށްދިނުންއެދި، ދޫސިވިލްޓޭޝަން ހައުސް، މުޙައްމަދު ނިހާދުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ އިންތިޚާބީ ޝަކުވާގެ މައްސަލައެކެވެ.
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ އިލެކްޝަންސް ކޮމިޝަނެވެ. އަދި
މިމައްސަލާގައި ތަދައްޚުލްވުމުގެ ފުރުސަތު، 22 މާޗް 2014 ގައި، 18 ވަނަ ރައްޔިތުންގެ މަޖިލީހަށް
މެންބަރުން އިންތިޚާބުކުރުމަށް، އިލެކްޝަންސް ކޮމިޝަނުން ބޭއްވި އިންތިޚާބުގައި، ފޭދޫ ދާއިރާގެ
ގޮނޑިއަށް އިންތިޚާބުވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކޮށްފައިވާ، ސ. ފޭދޫ ރާޒްދާން،
އިބްރާހީމްދީދީ އަށް ދިވެހިރާއްޖޭގެ ހައިކޯޓުން ދިނުމުން، މިމައްސަލާގެ ތެރެއަށް އޭނާވަނީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާސީ، މާލެ، ދިވެހިރާއްޖެ، ފޯން: 329)3325، ފެކްސް 386471 ވާ، ދިވެ
ތި ގ ޏ ސ ޑ ވ 22
8ދުރެހެލިވެފައިވާ"
ފާހަގަކުރެވުނު ނުކުތާތައް
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
ފޭދޫސިވިލްޓޭޝަން ހައުސް، މުޙައްމަދު ނިހާދުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހަޅާފައިމިވާ އިންތިޚާބީ ޝަކުވާގެ މިމައްސަލަ ބިނާކޮށްފައިވާ ސަބަބުތަކާއި އޭގެ ތަފްޞީލު
ބަޔާންކުރަމުން މުޙައްމަދު ނިހާދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު،
ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 28 ވަނަ
މާއްދާގެ (ހ) ގެ ދަށުން އޭނާއަށް
ރާއަށް ލިބިދީފައިވާ، އިންތިޙާބީ ދާއިރާގެ މީހުންގެ ތާއީދު ހޯދުމަށް
މަސައްކަތް ކުރުމުގެ ޙައްޤު އޭނާއަށް ގެއްލިފައިވާކަމަށާއި، އެޙައްޤު އޭނާއަށް ގެއްލިފައިވަނީ، މޯލްޑިވިއަން
ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީ 2014 ގެ ފޭދޫ ދާއިރާގެ ޓިކެޓް
ދިވެހިރާއްޖޭގެ
ހައިކޯޓް
4
¢ ¢3
2014/HC-I-SH/15
ميسي کی هرکی
2
02
ޤަޟިއްޔާ ނިމުނު
އޭނާއަށް ކާމިޔާބުމާއި ގުޅިގެން، އޭނާގެ ކެންޑިޑޭންސީ ބާޠިލުކުރުމަށްޓަކައި އެ ޕްރައިމަރީގައި ވާދަކުރި
އަނެއް ކެންޑިޑޭޓް ކަމަށްވާ، މ. ފިނިވާގެ 2 ނަންބަރުބައިމާވެ؟ އަލްހާން ފަހުމީ ސީވިލްކޯޓަށް 26
ފެބްރުއަރީ 2014 ގައި ހުށަހެޅި މައްސަލަ، ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/485
ޤަޟިއްޔާއިން ބައްލަވައި، ޙުކުމް ކުރެއްވުން ލަސްވުމުގެ ސަބަބުންކަމަށާއި، އަދި އެކަމުގެ ސަބަބުން
އޭނާގެ ކެންޑިޑެންސީއާމެދު ރައްޔިތުންގެ ތެރޭގައި ސުވާލު އުފެދިފައިވުމުގެ ސަބަބުން ކެމްޕޭނު ކުރުމުގައި
ހަރަކާތްތެރިވުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ފަސްޖެހުމާ ގުޅިގެން އެކަށީގެންވާ ގޮތެއްގައި
ކެމްޕޭނުކުރުމަށް ފުރުސަތު ލިބިފައިނުވާކަމަށާއި، އަދި ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ސުވާލުގެ ޖަވާބު
ލިބިގެން ދިޔައީ ވޯޓުލުމަށް އެންމެ ދުވަހަކަށް ވެފައިވަނިކޮށް ކަމަށްވާތީ، އެކަށީގެންވާ ގޮތަކަށް ކެމްޕެއިން
ކުރުމަށް ލިބިފައިވަނީ އެންމެ ދުވަހެއްކަމަށާއި، އެހެންނަމަވެސް ފޭދޫ ދާއިރާއަށް ކުރިމަތިލެއްވި އެހެން
ހުރިހާ ކެންޑިޑޭޓުންނަށް މިފަދަ އެއްވެސް ކަމެއް ދިމާވެފައި ނެތުމުގެ ސަބަބުން އެ ކެންޑިޑޭޓުންގެ
ކެމްޕޭން ހަރަކާތްތައް ހިންގުމަށް އެއްވެސް ހުރަހެއް ދިމާވެފައެއްނުވާކަމަށާއި،
.
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރި ޕްރޮގްރެސިވް ޕާޓީ އޮފް
ދަ މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ކެންޑިޑޭޓް، ސ. ފޭދޫރާޒްދާން، އިބްރާހީމްދީދީގެ ފަރާތުން، ޤާނޫނު
ނަންބަރު 10/68 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު)ގެ 120 ވަނަ މާއްދާއާއި، 121 ވަނަ މާއްދާގައި
އިންތިޚާބާބެހޭ ކުށްތައްގޮތުގައި ބަޔާންކޮށްފައިވާ ކުށްތަކެއް ފާޅުކަން ބޮޑު ގޮތެއްގައި ހިންގާފައިވާތީ
އެކަމުގެ ޝަކުވާ (ހެކިތަކާއެކު އިންތިޙާބުތަކާބެހޭ ޢާންމު ޤާނޫނުގެ 63 ވަނަ މާއްދާގެ (ނ) ގެ ދަށުން
އިލެކްޝަން ކޮމިޝަނަށް މުޙައްމަދު ނިހާދުގެ ފަރާތުން ހުށަހަޅާފައިވާއިރު، އަދި މައްސަލަ ބައްލަވައި
ޖަވާބު ދެއްވަންޖެހޭ މުއްދަތު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގަވާއިދު 2014 ގެ 51 ވަނަ
މާއްދާގެ (ބ) ގައި ކަނޑައަޅާފައިވާއިރު، އަދިވެސް އިލެކްޝަންސް ކޮމިޝަނުން އެ މައްސަލާގައި ޢަމަލު
ކުރެއްވިގޮތެއް އަންގަވާފައި ނުވާކަމަށާއި، އަދި މި އިންތިޚާބުގެ ދާއިމީ ނަތީޖާ އިޢުލާން ކުރުމުގެ ކުރިން،
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
¢ ¢ ¢3»
5 ޤަޟިއްޔާ ނިމުނު
2014/HC-I-SH/15
و مری
ރިޝްވަތު ދިން މައްސަލަ ބައްލަވައި ދެއްވުން އެދި އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އޭނާގެ ފަރާތުން
ހުށަހަޅާފައިވާއިރު އެ ކޮމިޝަނުންވެސް އެކަމާމެދު އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނުވާކަމަށާއި،
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރި އިބްރާހީމްދީދީއާއި، އޭނާއަށް
ތާއީދުކުރި ފަރާތްތަކާއި، އަދި އޭނާ ރިޝްވަތުދީގެން ވޯޓުލީ ފަރާތްތަކުން، އިންތިޚާބުތަކާބެހޭ ޢާންމު
ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ މަނަވަގުތުގައި ކެމްޕޭން ހަރަކާތްތައް ކުރިއަށް
ގެންގޮސްފައިވުމަކީވެސް އިންތިޚާބަށް ނުރަގަޅު ނުފޫޒު ފޯރާފައިވާ ކަމެއްކަމަށް ދެކޭކަމަށާއި،
ދ ޏ އ ހތ
متر سرمرہم
އިންތިޚާބުތަކުގައި އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤާއި އެމީހަކު އަމިއްލައަށް
ނުވަތަ އެމީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބަކު މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް
ހިންގުމުގައި ބައިވެރިވުމުގެ ޙައްޤަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 245 ވަނަ މާއްދާގެ
(ހ) (ހ) އަދި (ބ) ގެ ދަށުން ދިވެހިރައްޔިތުންނަށް އަސާސީ ޙައްޤެއްގެ ގޮތުގައި ލިބިދީފައިވާ
ޙައްޤަކަށްވެފައި، އަދި އިންތިޚާބުތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ކުރަންޖެހޭ
ހިންގުމާއި ބެލެހެއްޓުމާއި އެކަންތައްތަކަށް މަގުފަހިކުރުމާއި އެކަންތައް ހިންގަނީ
އިންސާފުވެރިކަމާއެކު ބިރުވެރިކަމެއް، ބިރުދެއްކުމެއް، ނުރަގަޅު ނުފޫޒެއް އަދި ކޮރަޕްޝަނެއް ނެތި،
މިނިވަންކަމާއެކު ރައްޔިތުންނަށް ވޯޓުލުމުގެ ޙައްޤު ފުރިހަމައަށް އަދާކުރެވޭގޮތަކަށްކަން ކަށަވަރު
ކުރުމަކީވެސް އިލެކްޝަން ކޮމިޝަންގެ މަސްއޫލިއްޔަތެއްކަމަށް ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގައި
ސާފުބަހުން ކަނޑައަޅާ ބަޔާންކޮށްފައިއޮތްއިރު، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރި
އިބްރާހީމްދީދީ، ސ. ފޭދޫ ސުކޫލު ހޯލުގައި ބެހެއްޓިފައިވާ ފޭދޫ ދާއިރާގެ ތިން ވޯޓުފޮށި ކަމުގައިވާ
ފޭދޫ-1 (S02.1.1) ނަންބަރު ވޮޓު ފޮށްޓާއި، އައްޑޫ، ފޭދޫ-2 (S02.1.2 ނަންބަރު ވޯޓު
ފޮށްޓާއި، އައްޑޫ، ފޭދޫ-3 (S02.1.3) ނަންބަރު ވޯޓުފޮށި ބަހައްޓާފައިވާ ސަރަޙައްދަށް ވަދެ، ވޯޓުލާން
ކިއުއަށް އަރާތިބި މީހުންގާތަށްގޮސް ކެމްޕޭންކޮށްފައިވާއިރު، އެއީވެސް އިންތިޚާބުގެ ނަތީޖާއަށް ނުރަގަޅު
ހ 0
32
އެޑް*
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 18316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
6 ޤަޟިއްޔާ ނިމުނު "
2014/HC-I-SH/15
کی عمر
=32
އަސަރު ފޯރާނެ ކަމެއްކަމަށްވާއިރު، އެމައްސަލަ (ހެކިތަކާއެކު) އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 63
ވަނަ މާއްދާގެ (ށ) ގެ ދަށުން އިލެކްޝަން ކޮމިޝަނަށް އޭނާ ހުށަހަޅާފައިވާއިރު، އެމައްސަލަ
އިލެކްޝަން ކޮމިޝަނުން ނުބައްލަވާ ދާއިމީ ނަތީޖާ އިޢުލާން ކުރައްވާފައިވަނީ، އެ އިންތިޚާބެއް
މެދުވެރިކޮށް ރައްޔިތުން ހޮވާ ރައްޔިތުންގެ މަންދޫބުންގެ މައްޗަށާއި، އިލެކްޝަން ކޮމިޝަންގެ މައްޗަށް
އޮންނަންޖެހޭ އިތުބާރާއި ޔަޤީންކަން ގެއްލޭގޮތުގެ މަތީންކަމަށާއި،
02x4
ފޮނުވައި،
ا کر میسر
ވޯޓުލާ ދުވަހަކީ އެއްވެސް ކެމްޕޭން ހަރަކާތެއް ހިންގުން މަނާ ދުވަހެއްކަމަށްވާއިރު،
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރި އިބްރާހީމްދީދީގެ ނަމުގައި ކެމްޕޭން
އެސް.އެމް.އެސް ތަކެއް
ކެމްޕޭން ހަރަކާތްތަކެއް ހިންގާފައިވާކަމަށާއި،
އިބްރާހީމްދީދީއަށް ކެމްޕޭންކޮށް، ފޭދޫ ދާއިރާގެ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ގިނަ ބައެއްގެ ފޯނަށް
މޯބައިލް ނަންބަރު 7489827 އަދި 7772698 އިން އެސް.އެމް.އެސް ތަކެއް ފޮނުވާފައިވާކަމަށާއި،
އެހެންކަމުން، އެ ނަންބަރުތަކުން އެދުވަހު ފޮނުވާފައިވާ ކެމްޕެއިން އެސް.އެމް.އެސް ތަކުގެ ޑީޓެއިލް
ރިޕޯޓެއް ޝަރީޢަތް މެދުވެރިކޮށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އިން ހޯއްދަވައި،
މިމައްސަލާގައި ޢަދުލް އިންސާފަށް ވާސިލްވުމަށްޓަކައި އެކަމަށްވެސް ރިޢާޔަތްކޮށް ދެއްވުން އެދޭކަމަށާއި،
އަދި ސިހުރު ހަދައިގެންވެސް އިންތިޚާބު ކާމިޔާބުކުރާނެކަމަށް ބުނެ، ވޯޓުލީ ދުވަހު،
ކިހަވަކުގައި ސިހުރުކަމަށް ބެލެވޭ ކިޔެވެލިތައް ލިޔެ ވޯޓުފޮށި ބަހައްޓާފައިވާ ސްކޫލު ހޯލު ހިމެނޭ
ސަރަޙައްދާއި، އޭނާ ދިރިއުޅޭ ފޭދޫސިވިލްޓޭޝަން ހައުސްގެ ގޯތިތެރޭގައި ބަހައްޓާފައިވާ ކަމަށާއި،
އަދި މީގެއިތުރުން ވޯޓުލާ މަރުކަޒާ ވަރަށް ކައިރީގައި، ޕީ.ޕީ.އެމް. ގެ ކެންޑިޑޭޓް އިބްރާހީމްދީދީގެ
ކެމްޕޭނުގައި ބޭނުންކުރަމުންދިޔަ ޕިކަޕުގައި ހަރުކޮށްފައިވާ ސައުންޑްސިސްޓަމުން އިދިކޮޅު ފަރާތްތަކުގެ
ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށްޓަކައި، ގޮތްނޭންގޭ ކިޔެވެލިތަކެއް އަޑުބާރުކޮށް ޖަހަމުން
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [1331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
7
2014/HC-I-SH/15
کی مرگی
ޤަޟިއްޔާ ނިމުނު
ގެންގޮސްފައިވުމުން ވަރަށް ގިނަ ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވެރިވެފައިވާކަމަށާއި، އަދި މިކަމުގެ
ޝަކުވާ މޯލްޑިވްސް ޕޮލިސް ސާރވިސް އަށްވެސް ހުށަހެޅިފައިވާކަމަށާއި،
އިންތިޚާބީ ހައްޤުގެ ވެރިއެއް ނުވަތަ އެމީހަކު މަސްލަހަތު ބަލަހައްޓަންޖެހޭ މީހެއް
ބިރުގެންނެވުން ނުވަތަ ބިރުގަންނަވަން މަސައްކަތް ކުރިކަން ސާބިތުވުން ނުވަތަ ބިރުގެންނެވުމުގެ ތެރޭގައި
ކަލާނގެ ރުހިވޮޑި ނުގަތުމެއް އެއިން ފަރާތެއްގެ މައްޗަށް އޮވެދާނެ ވާހަކަ ދެއްކުމަކީ އެކަށީގެންނުވާ
ނުފޫޒެއް ހިންގުންކަން ޤާނޫނުލްއުޤޫބާތުގެ 121 ވަނަ މާއްދާގެ (ށ) ގައި ބަޔާންވެގެންވާއިރު، މުޙައްމަދު
ނިހާދަކީ ލާދިނީ ބައިގަޑަކުން ނިކުމެ ހުރި މީހެއްކަމަށާއި އޭނާއަށް ވޯޓު ދޭ މީހުންވެސް ވާނީ ލާދީނީ
މީހުންކަމަށް ބުނެ އޭނާއަށް ވޯޓު ނުދިނުމަށް އެދޭ ރައްޔިތުންގެ ހިތުގައި ނަފްރަތާއި ބިރުވެރިކަން އުފެދޭ
ގޮތަށް ޕީ.ޕީ.އެމް. ގެ ކެންޑިޑޭޓް އިބްރާހީމް ދީދީގެ ކެމްޕޭން ޓީމުން ރަށުތެރޭގައި އަޑުގަދަ ކުރާއިން
ގޮވާހަދާފައިވުމަކީވެސް އޭނާގެ އިންތިޚާބީ ޙައްޤަށް އުނިކަން ލިބޭގޮތަށް ކޮށްފައިވާކަމެއްކަމަށާއި،
2c22
އިންތިޚާބަށް އެކަށީގެންނުވާ ނުފޫޒެއް ފޯރުވައި، އިންތިޚާބީ ހައްޤުގެ ފައިދާ ވަކި
ފަރާތަކަށް ލެންބުމުގެ ގޮތުން ފޭދޫ ދާއިރާއަށް ކުރިމަތިލާފައިވާ ޕީ.ޕީ.އެމް. ގެ ކެންޑިޑޭޓް އިބްރާހީމްދީދީގެ
ބެލުމުގެ ދަށުން، ގަމުގައި ހިންގަމުން ގެންދިޔަ ސައުތުލޭންޑް ރެސްޓޯރަންޓުން 24 ގަޑިއިރު ހިލޭ
ކެއުމާއި ބުއިން ފޮދޫގެ އެންމެހާ ރައްޔިތުންނަށް ދެމުން ގެންގޮސްފައިވުމަކީ އެންމެންގެ ލޯމަތީ ހިނގާދިޔަ
ކަމެއްކަމަށްވާއިރު، އަދި ވޯޓުގައި ބައިވެރިނުވެއްޖެނަމަ ސަރުކާރުގެ ތެރެއިން މަތީ މަޤާމުތައް
ހަމަޖައްސައިދޭނެކަމަށް
,ދޭނެކަމަށް ބުނެ ބައެއް ފަރާތްތަކުގެ ވޯޓު ހޯދުމަށް މަސައްކަތް ކޮށްފައިވުމަކީވެސް ފޭދޫ
ދާއިރާގެ އިންތިޚާބުގެ ނަތީޖާއަށް އަސަރުކޮށްފައިވާ ކަމެއްކަމަށާއި،
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2014 ގެ ފޭދޫ ދާއިރާގެ އިންތިޚާބުގައި
ވޯޓުލުމަށްފަހު ވޯޓު ގުނަމުންދިޔައިރު، ވޯޓު ކަރުދާސްތަކުގައި އާދަޔާ ޚިލާފަށް ގިނަ ފާހަގަ ޖެހުން ނުވަތަ
ޓެގްކުރުމަކީ ވޯޓު ގަނެފައިވާކަމަށް ކުރެވޭ ތުހުމަތު ޔަޤީންވެގެންދާ ކަމެއްކަން ފާހަގަކުރުމަށާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 2616171
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮ
2014/HC-I-SH/15
کی عمری
ހަމައެއާކު، 23 މާޗް 2014 ގައި އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނިއުސް ކޮންފަރެންސްގައި، ވޯޓު
ގަތުމަށް ނުވަތަ ފައިސާ ނަގާފައި ފައިސާ ދިން ބަޔަކު ބުނާ ގޮތަށް ވޯޓުލުމުގެ ކަންތައް އެއިންތިޚާބުގައި
ހިނގާފައިވާކަމަށް ފާހަގަކުރެވޭކަމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ފާހަގަކުރައްވާފައިވާކަމަށާއި،
އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2014 ކުރިއަށް ދިޔަގޮތް އޮބްޒާރވް ކުރުމަށްޓަކައި
ހަރަކާތްތެރިވި އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން، 22 މާޗް 2014
ގައި ނެރެފައިވާ ވަގުތީ ބަޔާނުގައި، އެހެން އިންތިޚާބުތަކާ އަޅާބަލާއިރު ރައްޔިތުންގެ މަޖިލީހުގެ
އިންތިޚާބަކީ ވޯޓު ގަތުމުގެ ކަންކަން ގިނައިން ހިނގި އިންތިޚާބެއްކަން އެ ޖަމްޢިއްޔާގެ ދިގުމުއްދަތެއްގެ
4 22
އޮބްޒަރވޭޝަނުން ދައްކާކަމަށް ބަޔާންކޮށްފައިވާކަމަށާއި،
24
އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށްޓަކައި ކުރާ
މަސައްކަތުގައި އެހެން ކެންޑިޑޭޓެއްގެ އިންތިޚާބީ ހައްޤަކަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް
އެއްވެސް ފަރާތަކުން ކުރުމަކީ ކަނޑައެޅިގެން މަނާކަމެއްކަން އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 29 ގެ
(ށ) އިން އެނގެން އޮތްއިރު، އަދި އެފަދަ އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ކޮށްގެން އެކަމުގެ
ޝަކުވާ އިލެކްޝަން ކޮމިޝަނަށް ހުށަހެޅިއްޖެނަމަ އެކަމެއް ހުއްޓުވުމުގެ ޙައްޤު އެފަރާތަށް ލިބިގެންވާކަން
އެޤާނޫނުގެ 29 ގެ (ނ) ގައި ސާފު ސަރީހަބަހުން ބުނެފައިއޮތުމާއެކު، ފޭދޫ ދާއިރާއަށް ވާދަކުރި
ކެންޑިޑޭޓް އިބްރާހީމްދީދީއާއި، އޭނާގެ ކެމްޕެއިން ޓީމުގެ ފަރާތުން މުޙައްމަދު ނިހާދުގެ އިންތިޚާބީ ޙައްޤަށް
އުނިކަން އަންނަ ގޮތުގެމަތިން ކޮށްފައިވާ 7 (ހަތެއް) ކަމެއް ބަޔާންކޮށް، އިލެކްޝަން ކޮމިޝަނަށް
ޝަކުވާ ހުށަހަޅާފައިވާއިރު އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނަށް 37 (ތިރީސް ހަތެއް) ކަމެއް ބަޔާންކޮށް
ޝަކުވާ ހުށަހަޅާފައިވާއިރު، މި ދެ މުއައްސަސާއިން އެކަންކަން ބައްލަވައި ފިޔަވަޅު އަޅުއްވާފައި ނުވުމަކީ
އޭނާގެ އިންތިޚާބީ ޙައްޤުތަކެއް ގެއްލިގެންދިޔަ ކަމެއްކަމަށާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 36471، ދިވެހިއެޓްގެ
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2014/HC-I-SH/15
ވެ
9 ޤަޟިއްޔާ ނިމުނު ގޮ
ކޯޓަށް ހުށަހަޅާ މައްސަލައަކާ ގުޅިގެން އެ މައްސަލައެއްގައި ދަޢުވާކުރާ ފަރާތުން
ހެކީގެ ގޮތުގައި ހުށަހަޅާ ކަންތައްތަކާމެދު ދަޢުވާލިބޭ ފަރާތުން އެއްބަސްނުވާ ޙާލަތުގައި، އެފަދަ
މައްސަލައެއްގައި ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ ކަންކަމަކީ، ތަޖުރިބާކާރު ޚަބީރުންގެ ރިޕޯޓަކަށް
ބޭނުންވާ ކަންތައްތަކެއްކަމަށް ކޯޓަށް ޤަބޫލުކުރެވޭ ޙާލަތުގައި، އިންސާފުވެރިކަމާއެކު އެފަދަ މައްސަލައެއް
ކޯޓުން ބަލައި ގޮތެއް ކަނޑައެޅުމަށްޓަކައި އެދިފަ ޚަބީރުންގެ ރަޢުޔު ރަސްމީ ސިފައެއްގައި ކޯޓުން
ހޯދުމަކީ، ތަޙުޒީބު މުޖުތަމައުތަކުގެ ޤާނޫނީ ނިޒާމްތަކުގެ ތެރޭގައި ޢަމަލުކުރެވޭ އުޞޫލެއްކަމަށްވާއިރު،
ފޭދޫ ދާއިރާގެ އިންތިޚާބު ބޭއްވުމުގެ ކުރިންނާއި އަދި އިންތިޚާބު ކުރިއަށް ދިޔައިރު ބައެއް ފަރާތްތަކުން
ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ، އިންތިޚާބުގެ ނަތީޖާއަށް ނުރަގަޅު ނުފޫޒު ފޯރާނެކަމަށް ބެލެވޭ
ކަންތައްތަކާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓެލިޖަންސް ޑިޕާޓްމަންޓަށް އެފަދަ ކަމެއްގެ
މަޢުލޫމާތު ލިބިފައިވާކަން ޔަޤީންކުރުމަށްޓަކައި އެފަރާތުގެ ބަހެއް ޝަރީޢަތުން ހޯދުމަކީ މިމައްސަލާގައި
ޢަދުލު އިންސާފަށް ވާސިލްވުމަށްޓަކައި މުޙިންމުކަމެއްކަމަށް ޤަބޫލުކުރެވޭތީއާއި އަދި ވޯޓު ގަތުމާއި
ރިޝްވަތުގެ ޢަމަލުތައް މިއިންތިޚާބުގައި އާދަޔާ ޚިލާފަށް ގިނަކަމަށް، އިންތިޚާބް އޮބްޒާވްކުރި
ފަރާތްތަކުންވެސް ބުނަމުންދާތީ، ފޭދޫ ދާއިރާގެ އިންތިޚާބުގައި އެދިފަ ކަމެއް ހިނގާފައިވާކަން ނުވަތަ
ނޫންކަން ޔަޤީންކުރެއްވުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓަލިޖެންސް ޑިޕާޓްމަންޓަށް
ފާހަގަވެފައިވާ ކަންކަން ޝަރީޢަތުން ސާފުކޮށް، އެކަންކަމަށް ރިޢާޔަތްކޮށްދިނުން އެދޭކަމަށާއި،
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ވޯޓު ދިނުމުގެ ޙައްޤާއި،
އިންތިޚާބުތަކުގައި އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤާއި، އެމީހަކު އަމިއްލައަށް ނުވަތަ
މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި
ބައިވެރިވުމުގެ ޙައްޤަކީ އެ ހައްޤުގައި ހިއްސާކުރާ އެހެނިހެން އިންތިޚާބީ ދާއިރާތަކުގެ ރައްޔިތުންނެކޭވެސް
އެއްފަދައަކުން، 2014 ވަނަ އަހަރުގެ މާޗް މަހުގެ 22 ވަނަ ދުވަހު ދިވެހިރާއްޖޭގައި ބޭއްވުނު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު "
2014/HC-I-SH/15
و مری
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބައިވެރިވުމުގެ ޝަރުޠު ފުރިހަމަވެފައިވާ ފޭދޫ ދާއިރާގެ އެންމެހައި
ރައްޔިތުންނަށާއި، އެދާއިރާއަށް ކުރިމަތިލީ ކެންޑިޑޭޓުންނަށްވެސް އެއްވެސް އިސްތިސްނާއެއްނެތި
ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ ދަށުން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤަކަށް ވާތީއާއި، އަދި
ޤާނޫނުއަސާސީގެ 16 ވަނަ މައްދާގައި ބުނެފައިވާ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެމަތީން މެނުވީ އެފަދަ
ޙައްޤަކަށް އެއްވެސް ސިފައެއްގައި އަދި އެއްވެސް މިންވަރަކަށް ހުރަސްއެޅުމުގެ ޙައްޤު ހަމައެކަކަށްވެސް
ލިބިގެންނުވާތީއާއި، އަދި ޤާނޫނުއަސާސީގެ ދަށުން ދިވެހިރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ޙައްޤުތަކާއި
މިނިވަންކަން ޤާނޫނުއަސާސީގައިވާ ގޮތުގެމަތީން ހިމާޔަތްކޮށް ކުރިއެރުވުމަކީ ދިވެހި ދައުލަތުގެ އެންމެހާ
މުއައްސަސާތަކުގެ މައްޗަށްވެސް ވާޖިބުވެގެންވާ
ކަމެއްކަމަށް ޤާނޫނުއަސާސީގެ 18 ވަނަ މާއްދާގައި
ފާޅުކަން ބޮޑުކޮށް ކަނޑައަޅާފައިވާތީ، ފޭދޫ ދާއިރާއަށް ކުރިމަތިލައިގެން ކެމްޕޭން ކުރަމުންދިޔަ
ންޑިޑޭޓެއްގެ ފަރާތުން ޤާނޫނާއި ގަވާއިދާއި ޚިލާފު ޢަމަލުތަކެއް، އަދި ވަކިން ޚާއްޞަކޮށް އެކަމުގެ
ސަބަބުން އިންތިޚާބުގެ ނަތީޖާއަށް އެކަށީގެންނުވާ އަސަރެއް ފޯރާނެފަދަ ޢަމަލުތަކެއް ކުރަމުންދާކަމުގެ
ޝަކުވާ އިލެކްޝަން ކޮމިޝަނަށާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އޭނާގެ ފަރާތުން ހުށަހެޅި
ހިނދުވެސް އިންތިޚާބުގެ ވަގުތީ ނަތީޖާ އަދި ދާއިމީ ނަތީޖާ އިޢުލާން ކުރައްވާފައިވަނީ އިލެކްޝަންސް
ކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާއާމެދު އެއްވެސް ގޮތެއް ކަނޑައެޅުވުމަކާނުލާކަމަށާއި،
« OLC
ދިވެހިރާއްޖޭގެ ބޭއްވޭ މިފަދަ އިންތިޚާބުތަށް ބޭއްވެންވާނީ ދީމިޤްރާތީ އުޞޫލުތަކާ
އެއްގޮތްވާގޮތުގެ މަތީން އެއްވެސް ނުފޫޒެއްނެތި މިނިވަން އިންސާފުވެރި މާހައުލެއްގައި، އިންތިޚާބުތައް
ކާމިޔާބުކުރާ ފަރާތްތަކާއި، އިންތިޚާބުގައިވާ ކަންތައްތައް ޤާނޫނުގައިވާ ގޮތުގެމަތީން ހިންގުމުގެ
މަސްއޫލިއްޔަތު ހަވާލުވެފައިވާ ފަރާތްތަކުގެ މައްޗަށް އޮންނަންޖެހޭ އިތުބާރާއި ޔަޤީންކަމަށް އެއްވެސް
ސިފައެއްގައި ބުރުލެއް ނާންނާނެ ގޮތުގެމަތިން ކަމަށްވާއިރު، ފޭދޫ ދާއިރާގެ އިންތިޚާބުގެ ކަންކަން
ހިނގައިދިޔައީ، ދީމިޤްރާތީ އުޞޫލުތަކާއި އެއްގޮތަށް އެއްވެސް ނުފޫޒެއްނެތި މިނިވަން އިންސާފުވެރި
،
ދިވެހިރާއްa
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
11
2014/HC-I-SH/15
می هرکی
ޤަޟިއްޔާ ނިމުނު ގޮ
މާހައުލެއްގައި، އިންތިޚާބީ ހައްޤަށްޓަކައި ރިޝްވަތުދިނުމަކާއި ނުލައި، ނުވަތަ ބިރުދެއްކުމެއް ނުވަތަ
ސަރުކާރުގެ ނުވަތަ އަމިއްލަ ފަރާތެއްގެވިޔަސް ނުރަގަޅު ނުފޫޒެއްނެތި، ނުވަތަ ކޮރަޕްޝަނެއްނެތި
މިނިވަންކަމާއެކު ރައްޔިތުންނަށް ވޯޓުލުމުގެ ޙައްޤު ފުރިހަމައަށް އަދާކުރެވޭނެގޮތަށް ނޫންކަން އެނގޭ ގިނަ
ސާބިތު ހެކިތަކާއެކު އިލެކްޝަން ކޮމިޝަނަށާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމުން އެކަން
ނުބައްލަވައި، ފޭދޫ ދާއިރާގެ އިންތިޚާބު ކުރިއަށް ގެންދިއުމަކީ، އިންތިޚާބުގެ ތެރޭގައި އެކަށީގެންނުވާ
ނުފޫޒެއް ފޯރުވުމާއި އިންތިޚާބެއްގެ ފައިދާ ވަކިމީހަކަށް ނުވަތަ ވަކިބަޔަކަށް ލެންބުމަށްޓަކައި ކޮށްފައިވާ
ކަމެއްކަމަށާއި،
ހ 0
02
02
ކަން2018
322
އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގެ
ހިނގަނީ އިންސާފުވެރިކަމާއެކު، ނުރަނގަޅު ނުފޫޒެއް ނުވަތަ ކޮރަޕްޝަނެއް ނެތި މިނިވަންކަމާއެކު
ރައްޔިތުންނަށް ވޯޓުލުމުގެ ޙައްޤު ފުރިހަމައަށް އަދާކުރެވޭގޮތަށްކަމަށް ޤާނޫނުއަސާސީގެ 170 ވަނަ
މާއްދާގެ (ހ) ގައި ވަރަށް ސާފުބަހުން ކަނޑައަޅާ ބަޔާންކޮށްފައި އޮތްއިރު، 2014 ވަނަ އަހަރުގެ މާޗް
މަހުގެ 22 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާގުޅިގެން ފޭދޫ ދާއިރާއަށް
ވާދަކުރި ކެންޑިޑޭޓް، ފޭދޫ ރާޒްދާން، އިބްރާހީމް ދީދީއާއި، އޭނާގެ ކެމްޕޭން ޓީމުގެ ފަރާތުން،
މުޙައްމަދު ނިހާދުގެ އިންތިޚާބީ ޙައްޤަށް އުނިކަން އަންނާނެ ގޮތުގެމަތިން ކޮށްފައިވާ 7 (ހަތެއް) ކަމެއް
ބަޔާންކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައި، އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނަށް 37
(ތިރީސްހަތެއް) ކަމެއް ބަޔާންކޮށް ހުށަހަޅާފައިވާތީއާއި، ފޭދޫ ދާއިރާގައި ހިނގަމުންދިޔަ ޤާނޫނާއި
ގަވާއިދާއި ޚިލާފު އެޢަމަލުތަކުގެ ސަބަބުން، ފޭދޫ ރައްޔިތުންނަށް އެމީހަކު އިޚްތިޔާރުކުރާ
ކެންޑިޑޭޓަކަށް ވޯޓުލުމުގެ ފުރުޞަތު ފަހިވެފައި ނުވާތިއާއި، އަދި މިއިންތިޚާބަށް، އިންތިޚާބުތަކާބެހޭ
ޢާންމު ޤާނޫނުގެ 65 ވަނަ މާއްދާގެ (ހ) 1 ވަނަ ނަންބަރުގައި ބުނެފައިވާ ފަދައިން އެކަށީގެންނުވާ
ނުފޫޒު ފޯރާފައިވާކަމާއި، އަދި އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 65 ވަނަ މާއްދާގެ (ހ) 2 ވަނަ
ec
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 123471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
12 ޤަޟިއްޔާ ނިމުނު ގޮތު
2014/HC-I-SH/15
کی عمر
924ތ
ނަންބަރުގައި ބުނެފައިވާ ފަދައިން އިންތިޚާބީ ޙައްޤެއްގެ ފައިދާ ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް
ލެންބުމަށްޓަކައި ރިޝްވަތުގެ ޢަމަލު ހިންގާފައިވާތީ، ފޭދޫގައި 2014 ވަނަ އަހަރުގެ މާޗް މަހުގެ
22 ވަނަ ދުވަހު ނެގި ވޯޓަކީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 65 ވަނަ މާއްދާގެ (ހ) 1 ވަނަ
ނަންބަރާއި 2 ވަނަ ނަންބަރަށް ރިޢާޔަތްކޮށް އެމާއްދާގެ ދަށުން ބާޠިލް ވޯޓެއްކަމަށް ކަނޑައަޅުއްވައި،
ޤާނޫނުއަސާސީގެ 170 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ފަދައިން، މިނިވަންކަމާއެކު ވާދަކުރުމަށާއި،
އެއްވެސް ކޮރަޕްޝަނެއް ނުފޫޒެއްނެތި އެދާއިރާގެ ރައްޔިތުން އިޚްތިޔާކުރާ ފަރާތަކަށް މިނިވަންކަމާއެކު
ވޯޓު ދިނުމަށްޓަކައި، ފޭދޫ ދާއިރާގެ އިންތިޚާބު އަލުން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް
އަމުރުކޮށްދެއްވުން އެދޭކަމަށް މުޙައްމަދު ނިހާދުގެ ފަރާތުން ބުނެފައިވާކަން ފާހަގަކުރެވެއެވެ.
2246
2. ސ. ފޭދޫ،ސިވިލްކޭޝަން ހައުސް، މުޙައްމަދު ނިހާދުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހަޅާފައިވާ އިންތިޚާބީ ޝަކުވާގެ މިމައްސަލަ ބިނާކޮށްފައިވާ ސަބަބުތަކާއި އޭގެ ތަފްޞީލު
ބަޔާންކުރަމުން މުޙައްމަދު ނިހާދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ، އިސްވެދެންނެވިފައިވާ ވާހަކަތަކަށް ޖަވާބުދާރީވުމުގެ ގޮތުން، އެމައްސަލަ ރައްދުވާ
އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށް ބަލާއިރު،
ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/485 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށް
ބެލުމުން އެމައްސަލާގައި ދަޢުވާކުރައްވާ ފަރާތަކީ އަލްހާން ފަހުމީ ކަމަށާއި، އެމައްސަލާގައި ދަޢުވާލިބޭ
ފަރާތަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީކަމަށާއި، މުޙައްމަދު ނިހާދަކީ އެޤަޟިއްޔާގައި ސީދާ ދަޢުވާ
ރައްދުވާ ފަރާތްނޫކަމަށާއި، އަދި އެފަރާތުގެ މަސްލަޙަތު އޮވެގެން އެފަރާތުން އެމައްސަލައަށް
ތަދައްޚުލުވާން ބޭނުންވި ކަމުގައިވިޔަސް ޚުދު ފަރުދީގޮތުން އެފަރާތުން ޝަރީޢަތަށް ޙާޟިރުވުމަކީ
ލާޒިމްކަމެއްނޫންކަމަށާއި، އެފަރާތުން ބޭނުންނަމަ އެފަރާތް ތަމްސީލްކުރުމަށް ޤާނޫނީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 2616171
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2014/HC-I-SH/15
13 ޤަޟިއްޔާ ނިމުނު ގޮ
کی عمری
2 2 22 22
ބަދަލުގައި އެހެންމީހަކު ޢައްޔަން ކޮށްގެން ޝަރީޢަތުގެ ކަންތައްތަކުގައި އެފަރާތުގެ މަސްލަޙަތު ޙިމާޔަތް
ކުރުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކާއި ލިޔުންތަކާއި ހެކި ހުށަހެޅުމުގެ ފުރުޞަތު އޮތްކަމަށާއި،
އެހެންކަމުން ހަމައެކަނި އެސަބަބަށްޓަކައި އެފަރާތަށް ކެމްޕޭން ކުރުމުގެ ފުރުޞަތު ގެއްލިފައިވާ ކަމަށް
އިލެކްޝަންސް ކޮމިޝަނުން ޤަބޫލެއް ނުކުރާކަމަށާއި،
އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އެފަރާތުން ތަފާތު މައްސަލަތަކެއް ހުށަހަޅާފައި
ވީނަމަވެސް، އެއަށް ޖަވާބެއް ލިބިފައި ނުވާކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއަކީ އިލެކްޝަންސް
ކޮމިޝަނުން ސިދާ ޖަވާބުދާރީވާންޖެހޭނެ ނުކުތާއެއް ކަމަކަށް ނުދެވޭކަމަށާއި، ސަބަބަކީ އެންޓި-ކޮރަޕްޝަން
ކޮމިޝަންއަކީ ވަކި ޤާނޫނެއްގެ ދަށުން، ވަކި މެންޑޭޓެއްގެ ދަށުން މަސައްކަތްކުރާ އިދާރާއަކަށްވާތީ،
އެހެން އިދާރާއަކުން ޢަމަލުކުރި ގޮތް ނުވަތަ ޢަމަލުކޮށްފައި ނުވާގޮތަކީ އެކަމަށް އިލެކްޝަންސް
ކޮމިޝަނުން ޖަވާބުދާރީ ވާންޖެހޭނެކަމެއްނޫންކަމަށާއި، އަދި އިންތިޚާބުތަކާބެހޭ އެއްވެސް ޤާނޫނެއްގައި
އެއްވެސް މީހަކު އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާ މައްސަލައެއް ނިމިފައިވާތީ، ނުވަތަ
ނުނިމިވާތީ، އެސަބަބަށްޓަކައި އިންތިޚާބުގެ ނަތީޖާ ބާޠިލްކޮށް އަލުން އެދާއިރާގައި އިންތިޚާބެއް ބޭއްވުމަށް
ލާޒިމްކުރާ އެއްވެސް ޤާނޫނީ ނައްސެއްވެސް އޮތްކަމަށް ނުފެންނާތީކަމަށާއި،
އިލެކްޝަންސް ކޮމިޝަނަށް އެފަރާތުން ހުށަހަޅާފައިވާ ޝަކުވާ އެފަރާތުން
ހުށަހަޅާފައިވަނީ، ވަގުތީ ނަތީޖާ އިޢުލާންކުރިތާ ގާތްގަނޑަކަށް 5 (ފަހެއް) ވަރަކަށް ދުވަހުގެ ފަހުގެ
ތާރީޚެއްގައި ކަމަށާއި، ގަވާއިދުގައި ކަނޑައެޅިފައިވާ ގޮތުން އިލެކްޝަންސް ކޮމްޕްލެއިންސް ބިއުރޯތައް
އުފެއްދެނީ އިންތިޚާބު ބޭއްވުމުގެ ވަކި މުއްދަތެއްގެ ކުރިންކަމަށާއި، އަދި އިލެކްޝަންސް ކޮމްޕްލެއިންސް
ބިއުރޯތަކުގެ އެންމެފަހު ދުވަހަކީ ނުވަތަ ކޮމްޕްލެއިންސް ބިއުރޯތައް އުވާލެވޭ ތާރީޚަކީ އެއިންތިޚާބު ބާއްވާ
ދުވަހުން ފެށިގެން 5 (ފަހެއް) ދުވަސްކަމަށާއި، އެހެންކަމުން މިއިންތިޚާބު 22 މާޗް ގައި ބޭއްވިފައިވާތީ،
ކޮމްޕްލެއިންސް ބިއުރޯތަކުގެ އެންމެފަހު މަސައްކަތު ދުވަހަކީ 27 މާޗް 2014 ކަމަށާއި، އެޝަކުވާ
ލިބުނީ އައްޑޫ ސިޓީ ކޮމްޕްލެއިންސް ބިއުރޯގެ އެންމެ ފަހު މަސައްކަތު ދުވަހުގެ މެން
4
24 2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 36471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ދިވެހިރާއް
، ދިވެހީން
2014/HC-I-SH/15
کی مرکی
=32
LOOX
742
02 ކމ
ހުށަހެޅުމަށްފަހ
14 ޤަޟިއްޔާ ނިމުނު ގޮ
ކައިރިވެފައިވަނިކޮށް ކަމަށާއި، އަދި އެފަރާތުގެ މަސައްކަތް އެދުވަހުގެ ހަވީރު 4:00
އަށް
ނިމޭނެކަމަށްވާތީ، އެމައްސަލަ އެކޮމްޕްލެއިންސް ބިއުރޯއިން ބެލުމުގެ ބަދަލުގައި އިލެކްޝަންސް
ކޮމިޝަނަށް ފޮނުވިފައިވާކަމަށާއި، އަދި އައްޑޫ ސިޓީގެ ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހެޅުނު
މައްސަލާގައި އެކަށީގެންވާވަރަށް ހެކިވެސް ހުށަހެޅިފައި ނުވާކަމަށާއި،
މަނާވަގުތުތަކުގައި، އިބްރާހީމް ދީދީ އާއި އޭނާއަށް ތާއީދުކުރާ މީހުން ކެމްޕޭން
ކޮށްފައިވާކަށް ބުނެ ހުށަހަޅާފައިވާ ނުކުތާއާ ބެހޭގޮތުންވެސް، ކަންހިނގިގޮތުގެ ރިޕޯޓަށް ބަލާއިރު މިފަދަ
އެއްވެސްކަމެއް ހިނގިކަމަށް ބަޔާންކޮށްފައިނުވާކަމަށާއި،
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގައިވާގޮތުން އިންތިޚާބާބެހޭ ޝަކުވާ ހުށަހަޅަންޖެހޭނީ
ތަފްޞީލް ހެއްކާއެކުގައިކަމުން،
ޝަރީޢަތަށް މައްސަލަ ހުށަހެ
އޭގެ ތަފްޞީލް ހެކި
ހޯދުމަށްޓަކައި ނުވަތަ އިތުރު ޑޮކިއުމެންޓްތައް ހުށަހެޅުން އެއީ ކުރެވޭނެކަމެއްކަމަކަށް ނުދެވޭކަމަށާއި،
އެހެންނަމަވެސް، ޢަދުލު ޤާއިމުކުރުމަށްޓަކައި ޝަރީޢަތުން އެގޮތަށް ނިންމައިފިނަމަ، ކަމާބެހޭ އިދާރާތައް
މެދުވެރިކޮށް މަޢުލޫމާތު ހޯދުމާއި ދޭތެރޭގައި އިލެކްޝަންސް ކޮމިޝަނުން އިޢުތިރާޟް ނުކުރާކަމަށާއި،
ހަމައެގޮތަށް، ވޯޓުލުން ޢަމަލީގޮތުން ކުރިއަށް ދަނިކޮށް އިބްރާހީމްދީދީގެ ފަރާތުން
އެޑޫސިޓީގެ ފޭދޫގައި ބެއްހެއްޓުނު S02.1.1 އާއި، S02.1.2 އަދި S02.1.3 މިވޯޓުފޮށިތަކުގެ
ސަރަޙައްދަށް ވަދެ ކެމްޕޭން ކޮށްފައިވާކަމުގެ ޝަކުވާ ހުށަހެޅިފައިވީނަމަވެސް އިލެކްޝަންސް ކޮމިޝަނުން
ވަކި ޖަވާބެއް ނުދެއްވާ ނުވަތަ ވަކި ފިޔަވަޅެއް އަޅާފައި ނުވާކަމަށް މުޙައްމަދު ނިހާދުގެ ފަރާތުން
ބުނާއިރު، އެފަދަ އެއްވެސް ޝަކުވާއެއް ކުރިކަމަކަށް ކަންހިނގިގޮތުގެ އެއްވެސް ރިޕޯޓެއްގައި އެއްވެސް
މިތުރަކަށް ބަޔާންކޮށްފައެއްނުވާކަމަށާއި، އެހެންކަމުން އެނުކުތާއަކީ ޝަރީޢަތަށް ސާބިތުކުރެވޭނެ
ނުކުތާއެއްކަމަކަށް ނުދެވޭކަމަށާއި،
ވޯޓުލީ ދުވަހު ކެންޑިޑޭޓެއްގެ ފަރާތުން އެސް.އެމް.އެސް ތަކެއް ފޮނުވިކަމަށް މުޙައްމަދު
ނިހާދުގެ ފަރާތުން ބުނާއިރު، އެ އެސް.އެމް.އެސް ފޮނުވީ ކާކުކަމާއި، އެމީހަކާއި މީގައި މިތުހުމަ
ﷲ0
32
2 02 04
ޕީޖީ) 02 ފ ދ ތތ
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2014/HC-I-SH/15
15 ޤަޟިއްޔާ ނިމުނު "
في ماسی کی مری
ދެވެ
ނަތީޖާ
އިބްރާހީމްދީދީ އާހުރި ގުޅުމަކީ ކޮބައިކަމެއް ސާބިތުވާ މިންވަރަކަށް ހެކި ހުށަހެޅިފައިނުވާކަމަށާއި،
އެފަރާތުން އިންތިޚާބު ބާޠިލްކުރަން ޙަވާލާދޭ މާއްދާއަކީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 65 ވަނަ
މާއްދާގެ (ހ) ކަމަށްވާއިރު، އެމާއްދާގައިވާގޮތުން އިންތިޚާބެއްގެ ނަތީޖާ ބާޠިލްކުރުމަށްޓަކައި މައިގަނޑު 2
(ދޭއް) ޝަރުތެއް ފުރިހަމަވާންޖެހޭކަމަށާއި، އެގޮތުން ވޯޓުލާ ސަރަޙައްދެއްގައި އިންތިޚާބުގެ ނަތީޖާއަށް
އެކަށީގެންނުވާ އަސަރެއް ފޯރާފައިވާކަމަށް ޝަރީޢަތަށް ސާބިތުވުމާއި، އަދި އެފަދަ ޤާނޫނާއި ޚިލާފް
ކަމެއްގެ ސަބަބުން އެދާއިރާގެ ނަތީޖާއަށް ބަދަލު އަންނަ ފަދަ ކަމެއް އެބަވާންޖެހޭކަމަށާއި، އެހެންވީމާ
އެފޮނުވި އެސް.އެމް.އެސް ތަކުގެ ސަބަބުން މިވޯޓުގެ ނަތީޖާއަށް އައީ ކިހާވަރެއްގެ ބަދަލެއްތޯ ދަޢުވާކުރާ
ފަރާތުން ސާބިތުކޮށް
ތުކޮށްދެއްވަން ޖެހޭނެ ކަމެއްކަމަށާއި، އަދި އެއައި ބަދަލަކީ އެކަމުގެ ސަބަބުން ވޯޓުގެ
ބަދަލުވެގެންދާނެ ކަމެއްކަންވެސް އެފަރާތުން ސާބިތުކުރަންޖެހޭނެކަމަށާއި، އެހެންނަމަވެސް އެފަދަ
އެއްވެސް ހެއްކެއް ހުށަހެޅިފައިނުވާކަމަށާއި،
މުޙައްމަދު ނިހާދުގެ ދަޢުވާގެ ސީޝޯގައިވެސް ބަޔާންކޮށްފައިވަނީ ސިހުރުކަމަށް ބެލެވޭ
ލިޔުންތަކެއް ލިޔެފައިވާ ކިހާއްތަކެއް ތަންތަނުގައި ބަހައްޓާފައިވާކަމަށް ކަމަށާއި، އެހެންކަމުން ފުރަތަމަ
އެއީ ހަމަ ޙަޤީޤަތުގައިވެސް ސިހުރު ހަދާފައި ހުރި އެއްޗެއްތޯ ސާބިތުކޮށްދޭން ޖެހޭކަމަށާއި، އަދި
އިންތިޚާބުގެ ނަތީޖާ ބާޠިލްކުރަން އެދިފައިވާއިރު، އިންތިޚާބުގެ ނަތީޖާ ބާޠިލްކުރަން އެދިފައިވަނީ
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 65 ގެ (ހ) ގެ ދަށުންކަމަށްވުމާއެކު، އެ ހެދި ސިހުރުގެ ސަބަބުން
ވޯޓުގެ ނަތީޖާއަށް ބަދަލު އައިކަން އެފަރާތުން ސާބިތުކޮށްދޭން ޖެހޭނެކަމަށާއި، އަދި އެއައި ބަދަލަކީ އޭގެ
ސަބަބުން އެއްވަނައަށް ދިޔަ ކެންޑިޑޭޓާއި ދެވަނައަށް ދިޔަ ކެންޑިޑޭޓު، އަދި އެހެންވެސް ކެންޑިޑޭޓުންގެ
ނަތީޖާގެ ތަރުތީބުތަކަށް ބަދަލުތަކެއް އައިވަރުގެ އަސަރެއް ފޯރުކުރުވި ކަމެއްކަން ސާބިތުކޮށްދޭން
ޖެހޭނެކަމަށާއި، އެހެންނަމަވެސް ހެކީގެ ގޮތުގައި ފޮޓޯއެއް ހިމެނުމަށް ފަހުގައި،
އިތުރު އެއްވެސް
ތަފްސީލެއް ބަޔާން ކޮށްފައި ނުވާކަމަށާއި،
22
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2014/HC-I-SH/15
16 ޤަޟިއްޔާ ނިމުނު ގޮ
ވޯޓުގައި ޓެގު ޖަހައިފައިވުން ނުވަތަ ވޯޓުގައި ފާހަގަ ޖަހައިފައިވުމުގެ ސަބަބުން
ނަތީޖާ ބާޠިލުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ނުކުތާއާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ފަރާތުން
ފާހަގަކުރާ ކަމަކީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގަވާއިދު 14(21 ގެ ގަވާއިދުގައި ޞައްޙަ ވޯޓާއި
ބާޠިލު ވޯޓު ވަރަށް ތަފްސީލުކޮށް ބަޔާން ކޮށްފައިވާކަމަށާއި، އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ
ގަވާއިދު 2014 ގެ 38 ވަނަ މާއްދާގެ (ނ) ގައި ވާގޮތުން ވޯޓު ކަރުދާސްކޮޅުގައި ހިމެނިފައިވާ އެއް
ކެންޑިޑޭޓެއްގެ ނަމާއި ދިމާލުގައި ފާހަގަ ޖެހުމަށް ފަހު، އޭގެ އިތުރަށް ވޯޓު ކަރުދާހުގައި އެއްޗެއް ލިޔުން
ނުވަތަ އެއްޗެއް ކުރެހުން އެއީ، އެ ސަބަބަށްޓަކައި އެ ވޯޓު ބާޠިލުވާނެ ސަބަބެއް ނޫން ކަމަށާއި،
އެހެންކަމުން އެ ސަބަބާހުރެ އެވޯޓު ބާޠިލު ވޯޓެއްގެ ގޮތުގައި ގުނޭނެ ކަމަކަށް އިލެކްޝަންސް
ކޮމިޝަނުން ނުދެކޭކަމަށާއި،
މައްސަލަ ހުށަހެޅި ފަރާތުން ޙަވާލާދީފައިވާ އިލެކްޝަންސް ކޮމިޝަނުން ނޫސްވެރިންގެ
ބައްދަލުވުމެއްގައި ދައްކާފައިވާ ވާހަކަތަކާއި، އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ފަރާތުން ނެރެފައިވާ
ރިޕޯޓުގައިވާ މައިގަނޑު ކަންތައްތަކަކީ، އިލެކްޝަންސް ކޮމިޝަނަށް ޤަބޫލުކުރެވޭ ގޮތުގައި ޖެނެރަލް
އޮބްޒަވޭޝަން ތަކެއްކަމަށާއި، އެއީ އެއްވެސް ޙާލަތެއްގައި ވަކި ސްޕެސިފިކް ދާއިރާއެއްގެ އިންތިޚާބާ
ވަކި ޚާއްޞަ ހެކިތަކެއް ހޯދައި، ތަޙުޤީޤު ކުރެވި، ޙަޤީޤަތްތައް ކަށަވަރުކުރުމަށް ފަހުގައި
ބުނެފައިވާ ވާހަކަތަކެއް ނޫންކަމަށާއި، އެހެންކަމުން އެފަދަ ޖެނެރަލް އޮބްޒަވޭޝަންއެއްގެ ސަބަބުން ވަކި
އިންތިޚާބީ ދާއިރާއެއްގައި އެ ކުށްތައް ސާބިތުވާކަމަށް ބަލައި، އަދި އެ ކުށްތަކުގެ ސަބަބުން އެ ދާއިރާގެ
ނަތީޖާއަށް ބަދަލު އަންނާނެ ކަމަށް ބަލައި، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 65 ވަނަ މާއްދާގެ (ހ)
ގެ ދަށުން ފޭދޫ ދާއިރާގެ އިންތިޚާބު ބާޠިލުކުރަން ޖެހޭނެކަމަކަށް އިލެކްޝަންސް ކޮމިޝަނުން ނުދެކޭކަމަށް
އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ބުނެފައިވާކަން ފާހަގަކުރެވެއެވެ.
2c2ތ
کر کیس
2
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 471%93، ދިވެހިން
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
17 ޤަޟިއްޔާ ނިމުނު ގޮ
2014/HC-I-SH/15
کی عمری
ދެވެ
ފޭދޫސިވިލްޒޭޝަން ހައުސް، މުޙައް
ޙައްމަދު ނިހާދުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހަޅާފައިވާ އިންތިޚާބީ ޝަކުވާގެ މިމައްސަލަ ބިނާކޮށްފައިވާ ސަބަބުތަކާއި އޭގެ ތަފްޞީލު
ބަޔާންކުރަމުން މުޙައްމަދު ނިހާދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ، އިސްވެދެންނެވިފައިވާ ވާހަކަތަކާ ގުޅިގެން، މިމައްސަލާގެ ތެރެއަށް ތަދައްޚުލްވެފައިވާ،
ފޭދޫ ރާޒްދާން، އިބްރާހީމްދީދީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށް ބަލާއިރު،
22 މާޗް 2014 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ފޭދޫ
ދާއިރާގެ އިންތިޚާބު ބާޠިލުކުރެވެންވާނީ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 65 މާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް އޮތްކަމާއި، ފޭދޫ ދާއިރާގެ އިންތިޚާބުގެ ނަތީޖާއަށް
ބަދަލު އަތުވެދާނެކަން ޝަރީޢަތަށް ސާބިތުކޮށްދެވުމުން ކަމުގައި ކަމަށާއި،
މުޙައްމަދު ނިހާދަށް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 28 ވަނަ މާއްދާގެ (ހ) އިން
ލިބިދީފައިވާ ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގެ ޙައްޤު، ސިވިލް ކޯޓުގެ ނަންބަރު 2014/485Cv
-
C
ޤަޟިއްޔާއިންވެސް ނުވަތަ އެ ޤަޟިއްޔާއާއި ގުޅިގެން ނެރުނު އަމުރަކުންވެސް ނުވަތަ އެނޫންވެސް
ފަރާތަކުންވެސް ހިފަހައްޓާފައި ނުވަތަ މަނާކޮށްފައި ނުވާކަން އެނގޭކަމާއި، އަދި އެފަދަ ހައްގެއް އޭރު
ހިފަހައްޓާފައިވާކަމަށް މައްސަލަ ހުށަހެޅި ފަރާތަށް ބެލެވިގެން، އެކަމުގެ ޝަކުވާއެއް ސަރުކާރުގެ ކަމާބެހޭ
އެއްވެސް އިދާރާއަކަށް ހުށަހަޅާފައިވެސް ނުވާކަމަށާއި، އެހެންކަމުން ދަޢުވާ ކުރާފަރާތަށް އިންތިޚާބުތަކާބެހޭ
ޢާންމު ޤާނޫނުގައި 28 ވަނަ މާއްދާގެ (ހ) އިން ލިބިދީފައިވާ ތާއީދު ހޯދުމުގެ ޙައްޤު ގެއްލިފައިވާކަން
ސާބިތުވާނޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ދެކޭކަމަށާއި،
މައްސަލަ ހުށަހަޅައި ފަރާތުން، މައްސަލަ ހުށަހަޅާފައިވަނީ، އިންތިޚާބުތަކާބެހޭ ޢާންމު
ޤާނޫނުގެ 65 ވަނަ މާއްދާގެ ދަށުން، ފޭދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާޠިލުކޮށްދިނުމަށް
ކަމަށް ވީހިނދު، އެ ޤާނޫނުގެ 65 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ މައްސަލަ ހުށަހެޅޭނީ، އެ ޤާނޫނުގެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 1316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2014/HC-I-SH/15
18 ޤަޟިއްޔާ ނިމުނު "
کی عمری
2 20
1ރވާ
64 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކަމަށްވެފައި، އެފަދަ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅޭނީ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނާއި ނުވަތަ އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދާއި ނުވަތަ އެ
އިންތިޚާބަކާ ބެހޭ ޚާއްޞަ ޤާނޫނާއި ނުވަތަ އެ ޤާނޫނުގެ ދަށުންހަދާ ގަވާއިދާއި ޚިލާފަށް ކުރި ކަމެއްގެ
މައްޗަށްކަން އެ ޤާނޫނުގެ 64 ވަނަ މާއްދާގެ (ހ) އިން ސާފުކޮށް އެނގެން އޮންނައިރު، މައްސަލަ
ހުށަހަޅާ ފަރާތުން ޝަކުވާކޮށްފައިވަނީ އެޤާނޫނުގެ 64 ވަނަ މާއްދާގެ ބުނެފައިވާ ކަމެއްގެ މައްޗަށް
ނޫންކަމާއި، މައްސަލަ ހުށަހަޅާފައިވާ ފަރާތުން ޝަކުވާ ކޮށްފައިވަނީ ޤާނޫނުލްއުޤޫބާތުގެ 2 (ދޭއް)
މާއްދާއެއްގެ ދަށުން ކަމަށްވެފައި، ޤާނޫނުލްއުޤޫބާތުގައި ކަނޑައަޅާފައިވާ ކަމަކާއި ގުޅިގެން އެއްވެސް
މައްސަލައެއް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ ދަށުން ހުށަނޭޅޭނެކަންވެސް އެޤާނޫނުގެ 64 ވަނަ
މާއްދާއިން ސާފުކޮށް އެނގޭތީ، ޤާނޫނުލްއުޤޫބާތުގައިވާ ކަމަކާއި ގުޅުވައިގެން އުފުލޭ އެއްވެސް
ޝަކުވާއެއް، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ ދަށުން ބަލައި، އިންތިޚާބެއް ބާޠިލުކުރެވޭ ޝަރުޢީ
އަދި ޤާނޫނީ އުސޫލެއް ނެތްކަން ފާހަގަކުރާކަމަށާއި، އަދި ހަމައެހެންމެ މައްސަލަ ހުށަހަޅާ ފަރާތުން
ހުށަހެޅި ޝަކުވާއަކާމެދު ޢަމަލުކުރި ގޮތެއް އިލެކްޝަންސް ކޮމިޝަނުން އަނގާފައި ނެތްނަމަ
އެކަމަކީވެސް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 65 ވަނަ މާއްދާގެ ދަށުން، ފޭދޫ ދާއިރާގެ އިންތިޚާބު
ބާޠިލުކުރަން ޖެހޭނެ ޝަރުޢީ އަދި ޤާނޫނީ ހުއްޖަތެއްވެސް ނޫންކަމަށާއި،
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ނުވަތަ އެ ޤާނޫނުގެ
އެނޫން މާއްދާއަކާއިވެސް ޚިލާފަށް އިބްރާހިމްދީދީ ޢަމަލުކޮށްފައި ނުވާނެކަމަށާއި، އަދި އިންތިޚާބަށް
ނުވަތަ ޤާނޫނާ ޚިލާފަށް އެއްވެސް ޢަމަލެއް ކޮށްފައިވެސް ނުވާނެކަމަށާއި، ވޯޓުލީ ދުވަހު
އިބްރާހިމްދީދީގެ ފަރާތުން ކެމްޕޭން އެސް.އެމް.އެސް ތަކެއް ފޮނުވިކަމަށް މައްސަލަ ހުށަހަޅާ ފަރާތުން
ބުނާއިރު، އެފަދަ އެއްވެސް އެސް.އެމް.އެސް ތަކެއް އިބްރާހިމްދީދީ ފޮނުވައި، ކެމްޕޭން ޙަރަކާތްތަކެއް
ހިންގާފައެއް ނުވާނެކަމަށާއި، އަދި ފޮނުވި ކަމަށް ބުނާ އެސް.އެމް.އެސް ގައިވެސް ކެމްޕޭންގެ ޙަރާކާތެއް
ހިންގާފައިވާކަމަކަށް ފެންނާކަށް ނެތްކަމަށާއި، އަދި އެސް.އެމް.އެސް ފޮނުވި ނަންބަރުތަކަކީވެސް
ތު
04223
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 647/2
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ދިވެހިރާއްޖެ
2014/HC-I-SH/15
19 ޤަޟިއްޔާ ނިމުނު
مفت مي کی هرکی
ނަންބަރތކއ
22
22
އިބްރާހިމްދީދީއާ
އެވެސް ގުޅުމެއްހުރި
ނޫންކަމަށާއި، އެއިން އެއްވެސް ކަމެއް ސާބިތު
ކުރެވޭނޭ އެއްވެސް ހެއްކެއް ނެތްކަން ފާހަގަކުރާކަމަށާއި،
އިބްރާހިމްދީދީ، ފޭދޫ ދާއިރާގެ ފޭދޫގައި ބަހައްޓާފައިވާ ވޯޓު ފޮށިތައް
ބަހައްޓާފައިވާ ސަރަޙައްދަށް ވަދެ، ވޯޓުލާން ގޮސް ކިޔުގައިތިބި މީހުން ގާތަށް ގޮސް ކެމްޕޭނު ކޮށްފައެއް
ނުވާނެކަމަށާއި، އެފަދަ ޢަމަލެއް އިބްރާހިމްދީދީ ހިންގި ކަމަށް މައްސަލަ ހުށަހަޅާ ފަރާތުން ބުނާ ބުނުމަކީ،
ކަނޑައެޅިގެން އެ ފަރާތުން ހަދާ ދޮގެއްކަމަށާއި، އަދި މިމައްސަލަ ހުށަހަޅާ ފަރާތުން އެހެން ބުނާ ބުނުން
ސާބިތު ކުރެވޭނޭ އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާކަންވެސް ފާހަގަ ކުރާކަމަށާއި،
މައްސަލަ ހުށަހަޅާ ފަރާތުން ބުނެފައިވާ، ސިހުރުކަމަށް ބެލެވޭ ކިޔެވެލިތައް ލިޔެ
އިބްރާހިމްދީދީ ބަހައްޓާފައި ނުވާނެކަމަށާއި އަދި ގޮތް ނޭންގޭ ކިޔެވެލިތަކެއް އަޑުގަދަ ކުރާއިން
އިބްރާހިމްދީދީ ޖަހަމުން ގެންގޮސްފައި ނުވާނެ ކަމަށާއި، އެކަންތައްތައް އިބްރާހިމްދީދީ ކުރިކަމަށް ސާބިތު
ކުރެވޭނޭ ހެކިން ހުށަހަޅާފައި ނެތްކަންވެސް ފާހަގަ ކުރާކަމަށާއި، އަދި އެ ކަންކަމަކީ، އެކަމުގެ މައްޗަށް
ބަލައި، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 65 ވަނަ މާއްދާގެ ދަށުން، ފޭދޫގެ އިންތިޚާބު
ބާޠިލުކުރަންޖެހޭފަދަ ހުއްޖަތެއް ނޫންކަމަށާއި،
އިންތިޚާބަށް އެކަށީގެންނުވާ ނުފޫޒު ފޯރުވައި، އިންތިޚާބީ ހައްޤުގެ ފައިދާ ވަކި
ފަރާތަކަށް ލެންބުމުގެގޮތުން އިބްރާހިމްދީދީ އެއްވެސް ޢަމަލެއް ހިންގާފައި ނުވާނެކަމަށާއި، އަދި
ސަރުކާރުގެ ތެރެއިން މަތީ މަޤާމު ހަމަޖައްސައިދޭނޭކަމަށް ބުނެފައިވެސް ނުވާނެކަމަށާއި، އަދި
އިބްރާހިމްދީދީއަކީ އެފަދަ ކަމެއް ކުރެވޭވަރުގެ މަތީ މަޤާމެއްގައި ހުރި މީހެއް ނޫންކަންވެސް
ރައްޔިތުންނަށް ރަނގަޅަށް އެނގޭނެކަމަށާއި، މިފަދަ ވާހަކަތައް މައްސަލަ ހުށަހަޅާ ފަރާތުން ދައްކަނީ
އިބްރާހިމްދީދީގެ ހުތުރު
ހިވުމާއި އަގު
ވައްޓާލުމުގެ ގޮތުން ކަމަށް އިބްރާހިމްދީދީ
ފާހަގަކުރާކަމަށާއި،
00
ބާރަށް
އްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2014/HC-I-SH/15
20 ޤަޟިއްޔާ ނިމުނު "
4 *2
3,2
مری
ފޭދޫ ދާއިރާގެ އިންތިޚާބުގެ ވޯޓު ގުނަމުން ދިޔައިރު ވޯޓު ކަރުދާސްތަކުގައި އާދަޔާއި
ޚިލާފު ގިނައިން އެކި ކަހަލަ ފާހަގަ ޖަހާފައިވާކަމަށް މައްސަލަ ހުށަހަޅާ ފަރާތުން ބުނާ ބުނުމަކީ
ކަނޑައެޅިގެން ދޮގު ވާހަކައެއްކަމަށާއި، އަދި އެކަން ސާބިތު ކުރުމަށް މައްސަލަ ހުށަހަޅާފައިވާ ފަރާތުން
ހުށަހަޅާފައިވާ ކިތާބީ ހެކީގައިވެސް އެކަން ހިނގާފައިވާކަމަށް ބުނެފައެއް ނުވާކަމަށާއި، އަދި އެފަދަ ކަމެއް
ހިނގާފައިވާކަން، ފޭދޫ ދާއިރާގެ ވޯޓު ފޮށިތަކުގެ ކައިރީގައި ތިބި އޮބްޒާވަރުންގެ ފަރާތުންނާއި
އޮފިޝަލުންގެ ފަރާތުންވެސް އެނގެން ނެތްކަމަށާއި، އަދި މީގެއިތުރުން ވޯޓު ކަރުދާހުގައި ފާހަގައެއް
ހުރެއްޖެނަމަ، އެކަމަކީ ވޯޓުގެ ޞައްޙަކަން ގެއްލިގެންދާނެ ކަމެއް ނޫންކަމަށާއި،
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅި މައްސަލާގައިވާ ކަންކަން ސާބިތު ކުރުމަށް
ކޯޓުން ހެކި ހޯދުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސާރވިސްގެ އިންޓެލިޖެންސް ޑިޕާޓްމަންޓުން މަޢުލޫމާތު
ހޯދުމަކީ، މަދަނީ ހުކޫމަތްތެރިކަން ސާބިތުކުރުމުގެ ބުރަދަން އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ ނުވަތަ
މައްސަލަ ހުށަހެޅި ފަރާތުގެ މަސްއޫލިއްޔަތެއްކަމާއި، މައްސަލަ ހުށަހަޅާ ފަރާތުން ކުރިމަތިކުރުވާ ދަފްޢު
ސާބިތުކުރުމަކީ މައްސަލަ ހުށަހަޅާ ފަރާތުގެ މަސްއޫލިއްޔަތެއް ކަމަށް ބުނެ ސުޕްރީމް ކޯޓުގެ ނަންބަރު
02/SC
-
A;2010 ޤަޟިއްޔާއިން ކަނޑައަޅާފައިވާ ޝަރުޢީ އަދި ޤާނޫނީ އުސޫލާއި ޚިލާފު
ކަމެއްކަމަށާއި، މައްސަލަ ހުށަހަޅާ ފަރާތުން ހުށަހެޅި މައްސަލަ ސާބިތު ކުރުމަށް ހުށަހަޅަން ޖެހޭ ހެކި
ހުށަހެޅުމަކީ، މައްސަލަ ހުށަހަޅާ ފަރާތުގެ މަސްއޫލިއްޔަތެއް ކަމަށް ވީހިނދު، އަދި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 132/HC
-
A/2013 ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް
ނިންމުމުގައި މައްސަލަ ބަލާ ފަނޑިޔާރަކު ރިޢާޔަތް ކުރަންވާނީ، އެމައްސަލައަކާ ގުޅިގެން ކޯޓަށް ހުށަހެޅޭ
ހެކިތަކަށްކަމަށް ކަނޑައަޅުއްވާފައިވާތީ، މިމައްސަލާގައި ހުށަހެޅިފައިވާ ހެކިތަކުގެ އިތުރަށް އެއްވެސް
ހެއްކަކަށް ފަނޑިޔާރުން، ރިޢާޔަތްކޮށް މައްސަލަ ނިންމުމަކީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާ ޢަދުލުވެރިކަމާއެކު ޝަރީޢަތް ކުރުމުގެ މަބްދަޢު އާއި ޚިލާފު ކަމެއްކަމުގައި ވީހިނދު،
އިސްވެ ދެންނެވުނު ސުޕްރީމް ކޯޓުގެ ނަންބަރު 02/SC
-
A/2010 ޤަޟިއްޔާއިން ކަނީޑައްވާފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3j631
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
21 ޤަޟިއްޔާ ނިމުނު ގޮތު
4, 2
=32
2014/HC-I-SH/15
ކަމެއް
ހ12
ޝަރުޢީ އަދި ޤާނޫނީ އުސޫލާ ޚިލާފަށް ހެކި ހޯދުމަށް މައްސަލަ ހުށަހަޅާ ފަރާތުން އެދެވޭނޭ ޝަރުޢީ އަދި
ޤާނޫނީ އުސޫލެއް ނެތް ކަމަށާއި، ޤާނޫނާއި ޚިލާފަށް ހެކި ހޯދުމަކީ، އެއްވެސް ފަރާތަކުން ކޮށްގެންވާނޭ
ނޫންކަމާއި، އެގޮތަށް ހޯދާ ބަޔާންތަކާއި ހެކިތައް ޝަރީޢަތަށް ޤަބޫލުކޮށްގެން ނުވާނެ ކަމަށް
ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގެ ޞަރީޙަ ނައްސުން ކަނޑައަޅައިފައި ވާތީއާއި، އިންތިޚާބުތަކާބެހޭ
ޢާންމު ޤާނޫނުގެ 64 ވަނަ މާއްދާގެ (ނ) ގައި އެ މާއްދާގެ ދަށުން ހައިކޯޓަށް ހުށަހެޅޭ މައްސަލައެއް
ހުށަހަޅަންވާނީ ހެއްކާއި އެކުގައި ކަމަށް ބަޔާން ކޮށްފައިވާތީ، މައްސަލަ ހުށަހެޅި ފަރާތުން ހޯދުމަށް
އެދިފައިވާ ކަންކަމާއި، ލިޔުންތަކާއި، ބަޔާންތަކަކީ މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅައިފައިވާ
މައްސަލާގައި ކުރިމަތިކޮށްފައިވާ ކަންކަން ސާބިތުކުރުމަށް ޝަރީޢަތަށް ޤަބޫލު ނުކުރެވޭނޭ ކަންކަންކަމާ
ލިޔުންތަކާއި، ބަޔާންތައް ކަމުގައި ފާހަގަކުރާކަމަށާއި،
ވޯޓުލާ ސަރަޙައްދުން އިބްރާހިމްދީދީ އެދުވަހު ބޭރުކުރިކަމަށް މައްސަލަ ހުށަހަޅާ
ފަރާތުން ބުނެފައިވީނަމަވެސް އެއީ ހަޤީޤަތާއި ޚިލާފު ވާހަކައެއްކަމަށާއި، އިބްރާހިމްދީދީ ހަމައެކަނި
އެސަރަޙައްދަށް އެދުވަހު ދިޔައީ ވޯޓު ލުމަށްޓަކައިކަމަށާއި، ވޯޓުލާ ނިމިގެން އިބްރާހިމްދީދީ އެސަރަޙައްދުން
ބޭރަށް ގޮސްފައިވާކަމަށާއި،
އެހެންކަމުން،
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ
ވަނަ މާއްދާގައި
ބަޔާންކޮށްފައިވާ ސަބަބުތަކުންކުރެ އެއްވެސްކަލެއް މެދުވެރިވެގެން އިންތިޚާބުގެ ނަތީޖާއަށް އެކަށީގެންނުވާ
އަސަރެއް ފޯރާފައިވާ ކަމާއި އަދި އެކަމުގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަތުވެދާނެ ކަމަށް
ޝަރީޢަތަށް ސާބިތުކޮށްދެވިފައި ނުވާތީ، ފޭދޫ ދާއިރާގެ އިންތިޚާބުގެ ދާއިމީ ނަތީޖާ ބާޠިލުކޮށް، ފޭދޫ
ދާއިރާގައި އަލުން އިންތިޚާބު ބޭއްވުމަށް
އްވުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރު ކުރާނޭ ތަނެއްނެތް
ކަމަށް ކަނޑައަޅައި، މިމައްސަލަ ނިންމަވައިދެއްވުމަށް އިބްރާހިމްދީދީގެ ފަރާތުން އެދޭކަމަށް
އިބްރާހީމްދީދީގެ ފަރާތުން ބުނެފައިވާކަން ފާހަގަކުރެވެއެވެ.
65
ދިވެހިރާއްa
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 336471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2014/HC-I-SH/15
22 ޤަޟިއްޔާ ނިމުނު ގޮ
و مری
ދެވެ
4. މިމައްސަލައާ ގުޅިގެން، މައްސަލަ ހުށަހަޅަމުން ފޭދޫސިވިލްޓޭޝަން
ހައުސް، މުޙައްމަދު ނިހާދުގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި،
މައްސަލަ ރައްދުވާ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މިމައްސަލައަށް
ތަދައްޚުލްވެފައިވާ، ފޭދޫ ރާޒްދާން، އިބްރާހީމްދީދީގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ކަމާގުޅުންހުރި ޤާނޫނުތަކަށާއި، މައްސަލައާ ގުޅިގެން
ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، މި މައްސަލަ ބެލި
ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
22c 0 0
/ ތ ދު
(ހ) ފުރަތަމަ ކަމަކީ، އިންތިޚާބެއްގެ ރަސްމީ ނަތީޖާ، ޤާނޫނު ނަންބަރު 11/2008
(އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގައިވާ ގޮތުގެމަތިން އިޢުލާނުކޮށްފައިވަނިކޮށް، އެ ޤާނޫނުގެ 64 ވަނަ
މާއްދާގައި ބުނެފައިވާ ގޮތުގެމަތިން ޝަރީޢަތަށް ހުށަހަޅާ މައްސަލައެއްގައި، އިންތިޚާބުގެ ތެރޭގައި
އެކަށީގެންނުވާ ނުފޫޒެއް ފޯރުމުގެ ސަބަބުން ނުވަތަ އިންތިޚާބީ ޙައްޤެއްގެ ފައިދާ، ވަކި މީހަކަށް ނުވަތަ
ވަކި ބަޔަކަށް ލެންބުމަށްޓަކައި ރިޝްވަތު ދިނުމުގެ ސަބަބުން ނުވަތަ އެޤާނޫނާއި ނުވަތަ އެޤާނޫނުގެ
ދަށުން ހަދާ ގަވާއިދާއި ނުވަތަ އެ އިންތިޚާބަކާބެހޭ ޚާއްޞަ ޤާނޫނާއި ނުވަތަ އެޤާނޫނުގެ ދަށުން ހަދާ
ގަވާއިދާ ޚިލާފު ޢަމަލެއްކުރުމުގެ ސަބަބުން، ވޯޓުލާ ސަރަޙައްދެއްގެ އިންތިޚާބުގެ ނަތީޖާއަށް
އެކަށީގެންނުވާ އަސަރެއް ފޯރާފައިވާކަމަށް ޝަރީޢަތަށް ސާބިތުވެ، އަދި އެކަމުގެ ސަބަބުން އިންތިޚާބުގެ
ނަތީޖާއަށް ބަދަލު އަތުވެދާނެކަމަށް ޝަރީޢަތުން ކަނޑައަޅައިފިނަމަ، އެސަރަޙައްދެއްގެ އިންތިޚާބު
ބާޠިލުކޮށް، އަލުން އިންތިޚާބު ބާއްވަންވާނެކަމަށް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 65 ވަނަ މާއްދާގެ
(ހ) ގައި ބަޔާންކޮށްފައިވާކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
ދިވެހިރާއްޖެ
2014/HC-I-SH/15
کی مرکی
32
ec ouc
23 ޤަޟިއްޔާ ނިމުނު "
އެހެންކަމުން، ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ދަށުން އިލެކްޝަންސް ކޮމިޝަނުން
ހިންގައި ބަލަހައްޓާ އިންތިޚާބެއްގެ ރަސްމީ ނަތީޖާ ޢިލުލާންކޮށްފައިވަނިކޮށް، އެ އިންތިޚާބެއް ބާޠިލުކޮށް
އަލުން އެއިންތިޚާބެއް ބޭއްވޭނީ، މައިގަނޑު 2 (ދެއް) ޝަރުތެއް ފުރިހަމަވެގެންކަމާއި، އެއީ؟
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގެ 1، 2 އަދި 3 ގައި
ބަޔާންކޮށްފައިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް މެދުވެރިވެގެން، ވޯޓުލާ ސަރަޙައްދެއްގެ
އިންތިޚާބުގެ ނަތީޖާއަށް އެކަށީގެންނުވާ އަސަރެއް ފޯރާފައިވާކަމަށް ޝަރީޢަތަށް ސާބިތުވުން،
.1
އަދި
2. އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގެ 1، 2 އަދި 3 ގައި
ބަޔާންކޮށްފައިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް މެދުވެރިވުމުގެ ސަބަބުން އިންތިޚާބުގެ
ނަތީޖާއަށް ބަދަލު އަތުވެދާނެކަމަށް ޝަރީޢަތުން ކަނޑައަޅުން
ކަމާއި، އަދި އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގެ 1، 2 އަދި 3 ގައި
ބަޔާންކޮށްފައިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް މެދުވެރިވުމުގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް
ބަދަލު އަތުވެދާނެކަމަށް ޝަރީޢަތުން ކަނޑައަޅާނީ، އެމައްސަލައަކާ ގުޅިގެން ޝަރީޢަތަށް ހުށަހެޅޭ
ހެކި ޤަރީނާތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، މެދުވެރިވެފައިވާކަމަށް
ހުށަހެޅިފައިވާ ސަބަބު މެދުވެރިވުމުގެ ނުވަތަ މެދުވެރިކުރުވުމުގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް
ބަދަލުއަތުވެދާނެކަމަށް، ޤާނޫނީ ހަމަތަކުގެ މަތިން ޝަރީޢަތަށް ޤަބޫލުކުރެވޭ ޙާލަތްތަކުގައި އެކަނިކަމެވެ.
04 04
(ނ) ދެވަނަ ކަމަކީ، އިންތިޚާބެއް ހިނގަމުންދާއިރު، އެ އިންތިޚާބަކާ ގުޅޭ އެއްވެސް
ކަމަކާ ގުޅިގެން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް، އެޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ
ގޮތުގެމަތިން، ފަސޭހައިން އެޝަކުވާ ހުށަހެޅޭނެ އަދި އެޝަކުވާތައް އަވަހަށް ބަލައި ފިޔަވަޅު އެޅޭނެ
ނިޒާމެއް އިލެކްޝަންސް ކޮމިޝަނުން ޤާއިމުކުރަން ޖެހޭނެކަމަށް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 62
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
2014/HC-I-SH/15
24 ޤަޟިއްޔާ ނިމުނު "
=32
2 20
ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އެޤާނޫނުގެ ދަށުން އިލެކްޝަންސް ކޮމިޝަނުން ހަދާފައިވާ
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގަވާއިދު 2014 ގެ 47 ވަނަ މާއްދާގެ ދަށުން، އިންތިޚާބަށް
ކުރިމަތިލުމަށް އިޢުލާނުކުރުމާއެކު އުފައްދާ ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއާއި،
އިންތިޚާބު ބޭއްވުމުގެ 10 (ދިހައެއް) ދުވަސްކުރިން އުފައްދާ އަތޮޅު!ސިޓީ އިލެކްޝަންސް
ކޮމްޕްލެއިންޓްސް ބިއުރޯގެ އިތުރުން، އެގަވާއިދުގެ ދަށުން އިލެކްޝަންސް ކޮމިޝަނުން އުފައްދާ
އަތޮޅު ސިޓީ އިލެކްޝަންސް ޔުނިޓުތަކާއި، ރަށު ފޯކަލް ޕޮއިންޓުތައް ހިމެނޭ ގޮތަށް އެފަދަ ނިޒާމެއް
ޤާއިމުކުރެވި، އެތަންތަނުގެ ޢަމަލީ މަސައްކަތް، ގަވާއިދުގައިވާ މުއްދަތުތަކުގެ ތެރޭގައި ފެށިފައިވާކަން
އެނގޭކަމާއި،
04x
ގޮތެއް
ހެއްކާއެކު،
މީގެއިތުރުން، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނާއި ނުވަތަ އެޤާނޫނުގެ ދަށުން ހަދާ
ގަވާއިދާއި ނުވަތަ އެ އިންތިޚާބަކާބެހޭ ޚާއްޞަ ޤާނޫނާއި ނުވަތަ އެޤާނޫނުގެ ދަށުން ހަދާ ގަވާއިދާ
ޚިލާފަށް އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ، ނުވަތަ އިންތިޚާބާ ގުޅިގެން،
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 62 ވަނަ މާއްދާގެ ދަށުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި
ޝަކުވާއަކާ ގުޅިގެން އެކޮމިޝަނުން ނިންމި ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ، އެމައްސަލައަކާމެދު
ނިންމައިދިނުން އެދި، އެމައްސަލައެއް ހުށަހަޅާ ސަބަބާއި، ތަފްޞީލާއި،
އެއިންތިޚާބެއްގެ ރަސްމީ ނަތީޖާ އިޢުލާނުކުރާތާ ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި،
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުގެ ފުރުޞަތު، އެޤާނޫނުގެ 63 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ
ފަރާތްތަކަށް ހުޅުވާލެވިފައިވާކަންވެސް، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 64 ވަނަ މާއްދާގެ (ހ) އަދި
(ނ) އަށް ބެލުމުން އެނގެން އޮންނަކަމާއި،
އެހެންނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 14/HC
-
I
-
SH/2014
ޤަޟިއްޔާގައިވެސް ފާހަގަކޮށްފައިވާ ފަދައިން، ވޯޓުލުމުގެ ޙައްޤުލިބިފައިވާ ކޮންމެ ފަރާތަކާއި،
ކެންޑިޑޭޓުންނާއި، ސިޔާސީ ޕާޓީތަކާއި އަދި އިލެކްޝަންސް ކޮމިޝަނުން ހުއްދަދީފައިވާ އިންތިޚާބުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރުދީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: A316171މް، ދިވެހިބޭއް3
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2014/HC-I-SH/15
مجری معلم ممب
25 ޤަޟިއްޔާ ނިމުނު ގޮތު
އޮބްޒާވަރުންނާއި މޮނިޓަރކުރާ މީހުންނަށްވެސް އިންތިޚާބާބެހޭ ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު
ލިބިފައިވާއިރު، އަދި އިސްވެދެންނެވިފައިވާ ފަދައިން އެފަދަ ޝަކުވާތައް ބަލައިގަނެ އެކަމާމެދު ފިޔަވަޅު
އެޅުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ޤާއިމުކުރަންޖެހޭ، ޝަކުވާ ހުށަހެޅުމުގެ ނިޒާމު އެކޮމިޝަނުން
ޤާއިމުކޮށްފައިވާއިރު، އަދި އެނިޒާމުގެ ތެރޭގައި ހިމެނޭ ފަރާތްތަކަށް ހުށަހެޅޭ ޝަކުވާތަކާ ގުޅިގެން
އަޅަންޖެހޭ ފިޔަވަޅު ވަގުތުން އެޅުމުގެ ޤާނޫނީ ބާރު އެފަރާތްތަކަށް ލިބިދީފައިވާއިރު، އިންތިޚާބެއް
އިޢުލާނުކުރުމަށްފަހު އެއިންތިޚާބަކާ ގުޅިގެން އުފެދޭ ޝަކުވާތައް އޭގެމައްޗަށް ބިނާވެފައިވާ މައްސަލަތަކަކީ
ޙަޤީޤަތުގައިވެސް ޙައްސާސް އަދި އޭގެ ސަބަބުން މުޅި އިންތިޚާބަށް އަސަރުކުރާނެފަދަ
މައްސަލަތަކެއްކަމަށް، ކަމުގެ މަޞްލަހަތު އޮތް ފަރާތަކަށް ޙަޤީޤަތުގައިވެސް ޤަބޫލުކުރެވޭނަމަ، އަދި
އެފަރާތަކީ ހެޔޮނިޔަތުގައި މަސައްކަތްކުރާ ފަރާތެއްނަމަ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 62 ވަނަ
މާއްދާގެ ރޫޙާ އެއްގޮތަށް، އެފަދަ މައްސަލަތަކުގައި ވަގުތުން ފިޔަވަޅު އަޅައިދިނުމަށް އެދި، އެކަމަށްޓަކައި
އިލެކްޝަންސް ކޮމިޝަނުން ޤާއިމުކޮށްފައިވާ ނިޒާމުގެ ތެރެއިން މަސައްކަތްތަކެއް ކުރާނެކަމަށް
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުރިހާ ފަނޑިޔާރުންނަށްވެސް
ޤަބޫލުކުރެވޭއިރު، އިންތިޚާބުތަކާ ގުޅިގެން އުފެދޭ ޝަކުވާތައް ބަލައި ފިޔަވަޅު އެޅުމަށްޓަކައި
އިލެކްޝަންސް ކޮމިޝަނުން ޤާއިމުކޮށްފައިވާ ނިޒާމުގެ ތެރެއިން ޙައްލުކުރެވުމުގެ އިޙްތިމާލު އޮތް
ޝަކުވާއެއް، އެޝަކުވާއެއް ބިނާވެފައިވާ މައްސަލައެއްގައި ހިމެނޭ ޢަމަލު ހިނގިކަމަށް ބުނާ ދުވަސްވަރު
އެކަމެއް ޙައްލުކުރުމަށްޓަކައި، އެ ނިޒާމުގެ ތެރެއިން ކަމާބެހޭ އެއްވެސް ފަރާތަކަށް ހުށަނާޅައި، އަދި
މައްސަލައެއް ޙައްލުކުރަން އެއްވެ
އެއްވެސް ވަރަކަށް މަސައްކަތްނުކޮށް، އިންތިޚާބުގެ ރަސްމީ ނަތީޖާ
އިޢުލާނުކުރުމުން، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ
ޙާލަތުންކުރެ ޙާލަތެއް މެދުވެރިވެފައިވާކަމަށް ދެން ބުނާ ބުނުމުގައި، ކަމުގެ ޙައްސާސްކަން
ކުޑަވެގެންދާކަމާއި، އެހެންކަމުން އެފަދަ ޙާލަތުގައި
އެހެންކަމުން އެފަދަ ޙާލަތުގައި އިންތިޚާބުގެ ނަތީޖާ ބާޠިލުކުރުމަށް އެދި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 13316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2014/HC-I-SH/15
26 ޤަޟިއްޔާ ނިމުނު "
کی مرکی
ދެވެ
ދިވެހިރާއްޖޭގެ
އްޖޭގެ ހައިކޯޓަށް ހުށަހެޅޭ މައްސަލަތަކާއެކު ހުށަހެޅޭ ހެއްކާއި ޤަރީނާ ވަޒަންކުރުމުގައި،
ޝަރީޢަތުން އެކަމަށް ދެވޭ ބުރަދަން ލުއިވެގެންދާނެކަމެވެ.
(ނ) ތިންވަނަ ކަމަކީ، އިސްވެމިދެންނެވުނު ޤާނޫނީ މަބްދަޢުތަކުގެ އަލީގައި،
މުޙައްމަދު ނިހާދުގެ ފަރާތުން ޝަރީޢަތަށް ހުށަހެޅިފައިމިވާ އިންތިޚާބީ ޝަކުވާގެ މިމައްސަލަ
ބިނާކޮށްފައިވާ ސަބަބުތަކަށް ބަލާއިރު، މިމައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންގެ މަޖިލީހަށް
އަންނަނިވި ކަންކަން ފާހަގަކުރެވިފައިވެއެވެ.
1. އިންތިޚާބެއްގައި ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް، އެމީހުން އިންތިޚާބަށް ކުރިމަތިލާފައިވާ
އިންތިޚާބީ ދާއިރާގެ މީހުންގެ ތާއީދު ހޯދުމަށް މަސައްކަތްކުރުމުގެ ޙައްޤު ލިބިގެންވާކަމަށް
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 28 ވަނަ މާއްދާގެ (ހ) ބަޔާންކޮށްފައިވާއިރު، މުޙައްމަދު
ނިހާދަށް އެޙައްޤު ގެއްލިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/485 ޤަޟިއްޔާގައި
ހިމެނެ މައްސަލަ އެކޯޓުން ބައްލަވައި، ޙުކުމް ކުރެއްވުން ލަސްވުމުގެ ސަބަބުންކަމަށް މުޙައްމަދު
ނިހާދުގެ ފަރާތުން ބުނެފައިވީނަމަވެސް، އެމައްސަލައަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ
(އެމް.ޑީ.ޕީ.) ގެ މައްޗަށް ދަޢުވާ ރައްދުވާގޮތަށް، ފިނިވާގެ 2 ނަންބަރުބައި)މާލެ، އަލްހާނު
ފަހުމީ ހުށަހެޅުމުން ސިވިލް ކޯޓުން ބައްލަވާ ޙުކުމްކުރައްވާފައިވާ މައްސަލައެއްކަމާއި، އަދި
އެމައްސަލަ އެކޯޓުގައި ހިނގަމުން ދިޔައިރު، މުޙައްމަދު ނިހާދުގެ ކެންޑިޑެސީއާމެދު ސުވާލު
އުފެދިދާނެފަދަ ނުވަތަ މުޙައްމަދު ނިހާދު ކުރިމަތިލާފައިވާ ދާއިރާގެ މީހުންގެ ތާއީދު ހޯދުމަށް
2 20
މަސައްކަތްކުރުމަށް ހުރަހެއް އެޅޭފަދަ އަމުރެއް ނެރުއްވުންފަދަ އެއްވެސް ކަމެއް އެކޯޓުން
ކުރައްވާފައިވާކަން މުޙައްމަދު ނިހާދަށް ދެއްކިފައިނުވާކަމާއި، އެހެންކަމުން ސިވިލް ކޯޓުގެ
ނަންބަރު Cv
-
C2014:485 ޤަޟިއްޔާގައި ހިމެނޭ މައްސަލަ އެކޯޓުގައި ހިންގަވާފައިވުމަކީ
ނުވަތަ އެމައްސަލާގެ ޙުކުމް، އިންތިޚާބު ކުޑަތަންވެފައިވަނިކޮށް، 20 މާޗް 2014 ގައި
ލީޑު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2014/HC-I-SH/15
27 ޤަޟިއްޔާ ނިމުނު "
کی عمری
3,2
އެކޯޓުން ކުރައްވާފައިވުމަކީ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 28 ވަނަ މާއްދާގެ (ހ) އިން
ލިބިދީފައިވާ، ތާއީދު ހޯދުމަށް މަސައްކަތްކުރުމުގެ ޙައްޤުން އޭނާ މަޚްރޫމުކުރެވިފައިވާ
2
2 ހ2
ކަމެއްކަމަށް ބެލެވެން ނެތްކަމެވެ.
2 20
4 22
2. އިންތިޙާބުތަކާބެހޭ ޢާންމު ޤާނޫނުގެ 63 ވަނަ މާއްދާގެ (ށ) ގެ ދަށުން އިލެކްޝަން
ކޮމިޝަނަށް މުޙައްމަދު ނިހާދުގެ ފަރާތުން ހުށަހަޅާފައިވާ ޝަކުވާއަށް ރައްޔިތުންގެ މަޖިލީހުގެ
އިންތިޚާބުގެ ގަވާއިދު 2014 ގެ 51 ވަނަ މާއްދާގެ (ބ) ގައި ކަނޑައަޅާފައިވާ މުއްދަތުގެ
ތެރޭގައި އެކޮމިޝަނުން ޖަވާބުދީފައިނުވުމަކީ އިންތިޚާބު ބާޠިލުކުރަންޖެހޭ ސަބަބެއްކަމަށް
މުޙައްމަދު ނިހާދުގެ ފަރާތުން ބުނާއިރު، މުޙައްމަދު ނިހާދުގެ ފަރާތުން އިލެކްޝަންސް
ކޮމިޝަނަށް ހުށަހަޅާފައިވާކަމަށް ބުނާ ޝަކުވާގައި މައިގަނޑުގޮތެއްގައި ހިމެނެނީ އިންތިޚާބުގައި
ވޯޓު ނެގުނު ދުވަހުގެ ކުރިން އަދި ވޯޓުލީ ވަގުތު ހިނގާފައިވާ ކަންތައްތަކެއްކަމަށް ވީނަމަވެސް،
އޭނާގެ ފަރާތުން އެޝަކުވާ ހުށަހަޅާފައިވަނީ ވޯޓުލީ ދުވަހުގެ ގާތްގަނޑަކަށް 5 (ފަހެއް) ދުވަސް
ފަހުން، 27 މާޗް 2014 ގައިކަން އެނގެން އޮތްއިރު، އެޝަކުވާއަށް ގަވާއިދުގައިވާ
ގޮތުގެމަތިން އިލެކްޝަންސް ކޮމިޝަނުން ޖަވާބު ނުދެވިވަނީ، އެޝަކުވާ ހުށަހެޅިފައިވަނީ
ކޮމްޕްލެއިންޓްސް ބިއުރޯތަކުގެ މަސައްކަތު ފަހުދުވަހު، މަސައްކަތް ނިންމާލުމަށް ގަޑިއެއްހާއިރަށް
ވެފައިވަނިކޮށްކަމަށް ވުމުންކަމަށާއި، އަދި މުޙައްމަދު ނިހާދުގެ ފަރާތުން ހުށަހަޅާފައިވާ
އެ ޝަކުވާއާއެކު، އެޝަކުވާގައި ހިމެނިފައިވާ ކަންކަން ސާބިތުކުރުމުގެ ގޮތުން އެކަށީގެންވާ ހެކި
އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިފައިނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާއިރު،
މިކަންކަމަށް މުޙައްމަދު ނިހާދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިންކާރުކޮށްފައި
ނުވާކަމާއި، އަދި މިމައްސަލައާއެކު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވާ ހެކިތައް
އެޝަކުވާއާއެކު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިފައިނުވާނެކަމަށް މުޙައްމަދު ނިހާދުގެ
ފަރާތުންވެސް ބުނެފައިވާއިރު، އަދި އިސްވެދެންނެވިފައިވާ ފަދައިން، އިންތިޚާބެއްގެ ރަސްމީ
ވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4 43
=32
2014/HC-I-SH/15
کی مرگی
،
28 ޤަޟިއްޔާ ނިމުނު "
ނަތީޖާ އިޢުލާނުކުރުމަށްފަހު އެއިންތިޚާބެއް ބާޠިލުކުރެވޭނީ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ
65 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ 2 (ދޭއް) ޝަރުޠު ފުރިހަމަވެގެންކަމަށް ވީއިރު، 27
މާޗް 2014 ގައި މުޙައްމަދު ނިހާދުގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިފައިވާ
ޝަކުވާއާމެދު އެކޮމިޝަނުން ޢަމަލުކޮށްފައިވާ ގޮތުން، ފޭދޫ ދާއިރާގެ އިންތިޚާބަކީ ބާޠިލު
އިންތިޚާބެއްކަމަށް ކަނޑައެޅުމުގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް ފުރިހަމަވެފައިވާކަމަށް
ޝަރީޢަތުން ކަނޑައަޅަންޖެހޭ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 65 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާފަދަ ސަބަބެއް މެދުވެރިވެފައިވާކަން މުޙައްމަދު ނިހާދުގެ ފަރާތުން
ދެއްކިފައިނުވާކަމާއި،
މީގެއިތުރުން، މިއިންތިޚާބުގެ ދާއިމީ ނަތީޖާ އިޢުލާން ކުރުމުގެ ކުރިން، ރިޝްވަތު
ދިން މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މުޙައްމަދު ނިހާދުގެ ފަރާތުން
ހުށަހަޅާފައިވާއިރު އެ ކޮމިޝަނުން އެކަމާމެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވުމަކީވެސް ފޭދޫ
ދާއިރާގެ އިންތިޚާބު ބާޠިލުކަމަށް ކަނޑައަޅަން ޖެހޭ ސަބަބެއްކަމަށް މުޙައްމަދު ނިހާދުގެ ފަރާތުން
ބުނާއިރު، އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މުޙައްމަދު ނިހާދުގެ ފަރާތުން މައްސަލަ
ހުށަހަޅާފައިވާ ކަމަށްބުނެ އޭނާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ސިޓީއަށް
ބަލާއިރު، އެމައްސަލަ އޭނާގެ ފަރާތުން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވަނީ 31
މާޗް 2014 ގައިކަމާއި، އަދި އެމައްސަލައާއެކު އެމައްސަލަ ސާބިތުކުރުމުގެ ގޮތުން އެއްވެސް
ހެއްކެއް ހުށަހެޅިފައިވާކަން އެނގެން ނެތްއިރު، އެމައްސަލައާ ގުޅިގެން އެކޮމިޝަނުން ފިޔަވަޅެއް
އަޅާފައިނުވުމަކީވެސް ފޭދޫ ދާއިރާގެ އިންތިޚާބު ބާޠިލުކުރަންޖެހޭކަމެއްކަމަށް ބެލެވެންނެތްކަމެވެ.
3. ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރި، ފޭދޫ!ރާޒްދާން،
އިބްރާހީމްދީދީ، ސ. ފޭދޫ ސުކޫލު ހޯލުގައި ބެހެއްޓިފައިވާ ފޭދޫ ދާއިރާގެ ތިން ވޯޓުފޮށި
ކަމުގައިވާ އައްޑޫ، ފޭދޫ-1 (S02.1.1) ނަންބަރު ވޮޓު ފޮށްޓާއި، އައްޑޫ، ފޭދޫ-2 (2
f S832އި
،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 831647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
=32
2014/HC-I-SH/15
ހއ 29
ޑ20
مع
29 ޤަޟިއްޔާ ނިމުނު ގޮ
ނަންބަރު ވޯޓު ފޮށްޓާއި،
ފޭދޫ-3 (S02.13) ނަންބަރު ވޯޓުފޮށި ބަހައްޓާފައިވާ
ސަރަޙައްދަށް ވަދެ، ވޯޓުލާން ކިއުގައިތިބި މީހުންގާތަށްގޮސް ކެމްޕޭންކޮށްފައިވާއިރު، އެއީވެސް
އިންތިޚާބުގެ ނަތީޖާއަށް ނުރަގަޅު އަސަރު ފޯރާނެ ކަމެއްކަމަށް މުޙައްމަދު ނިހާދުގެ ފަރާތުން
ބުނާއިރު، އެފަދަ އެއްވެސް ޙާދިސާއެއް ހިނގާފައިވާނަމަ އެކަމެއް ފޮއްޓެއްގެ
"ކަންހިނގާދިޔަ ގޮތުގެ ރިޕޯޓް" ގައި ފާހަގަކުރެވެންޖެހޭއިރު، އެފަދަ އެއްވެސް ހާދިސާއެއް
ހިނގާފައިވާކަމަށް ނުވަތަ މުޙައްމަދު ނިހާދުގެ ފަރާތުން އެފަދަ އެއްވެސް ޝަކުވާއެއް
ކޮށްފައިވާކަމަށްވެސް އެއިން އެއްވެސް ފޮއްޓެއްގެ "ކަންހިނގާދިޔަ ގޮތުގެ ރިޕޯޓް" ގައި
ފާހަގަކުރެވިފައިނުވާކަމާއި، އަދި އެފަދަ ޢަމަލެއް ހިނގާފައިވާކަމަށް އިބްރާހީމްދީދީގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިންކާރުކޮށްފައިވާއިރު، އެކަން އެގޮތަށް
ހިނގާފައިވާކަން، ޤާނޫނީ ހަމަތަކުގެމަތިން ޝަރީޢަތަށް ސާބިތުވާވަރުގެ އެއްވެސް ހެއްކެއް
ނުވަތަ ޤަރީނާއެއްވިއަސް މުޙައްމަދު ނިހާދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅިފައިނުވާކަމެވެ.
4. ވޯޓުލާ ދުވަހަކީ އެއްވެސް ކެމްޕޭން ހަރަކާތެއް ހިންގުން މަނާ ދުވަހެއްކަމަށްވާއިރު، ރައްޔިތުންގެ
މަޖިލީހުގެ ފޭދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރި އިބްރާހީމްދީދީގެ ނަމުގައި ކެމްޕޭން
އެސް.އެމް.އެސް ތަކެއް ފޮނުވައި، ކެމްޕޭން ހަރަކާތްތަކެއް ހިންގާފައިވާކަމަށާއި، އެގޮތުން
އިބްރާހީމްދީދީއަށް ކެމްޕޭންކޮށް، ފޭދޫ ދާއިރާގެ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ގިނަ
ފޯނަށް، މޯބައިލް ފޯނު ނަންބަރު 748982 އަދި 7772698 އިން އެސް.އެމް.އެސް ތަކެއް
ފޮނުވާފައިވާކަމަށާއި، އެހެންކަމުން، އެ ނަންބަރުތަކުން އެދުވަހު ފޮނުވާފައިވާ ކެމްޕެއިން
އެސް.އެމް.އެސް ތަކުގެ ޑީޓެއިލް ރިޕޯޓެއް ޝަރީޢަތް މެދުވެރިކޮށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް
މޯލްޑިވްސް އިން ހޯދައިދިނުމަށް މުޙައްމަދު ނިހާދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި
އެދިފައިވީނަމަވެސް، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 64 ވަނަ މާއްދާގެ ދަށުން
4 22
ބައެއްގެ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ދިވެހި
4 43
3/
2014/HC-I-SH/15
گمرکی
30 ޤަޟިއްޔާ ނިމުނު ގޮ
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅޭ މައްސަލަތައް ހުށަހަޅަންވާނީ އެމައްސަލައެއް ހުށަހަޅާ
ސަބަބާއި، ތަފްޞީލާއި ހެއްކާއި އެކުގައިކަމަށް އެމާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާއިރު،
ކެމްޕޭން ކުރުން މަނާގަޑީގައި އިސްވެދެންނެވުނު 2 (ދޭއް) މޯބައިލް ފޯނު ނަންބަރުން ކެމްޕޭން
އެސް.އެމް.އެސް
ތަކެއް ފޮނުވާފައިވާކަމަށް މުޙައްމަދު ނިހާދުގެ ފަރާތުން ބުނެ އެކަން
ސާބިތުކޮށްދިނުމަށްޓަކައި މިމައްސަލައާއެކު ހުށަހަޅާފައިވާ އެސް.އެމް.އެސް ގެ ކޮޕީއަކީ، ކޮން
ފޯނަކުން، ކިހާއިރަކު، ކާކަށް ފޮނުވާފައިވާ އެސް.އެމް.އެސް އެއްކަން، އޭނާގެ ފަރާތުން
ދެއްކިފައިނުވާއިރު، އަދި އިސްވެދެންނެވުނު 2 (ދޭއް) މޯބައިލް ފޯނު ނަންބަރުންކުރެ އެއްވެސް
ނަންބަރަކުން، ކެމްޕޭންކުރުން މަނާ ވަގުތެއްގައި ކެމްޕޭން އެސް.އެމް.އެސް ފޮނުވާފައިވާކަން
ޝަރީޢަތަށް ޤަބޫލުކުރެވޭވަރުގެ އެކަށީގެންވާ އެއްވެސް
ހެއްކެއް ހުށަހެޅިފައިނުވާއިރު،
މިމައްސަލާގައި ގޮތެއް ނިންމުމުގައި، މުޙައްމަދު ނިހާދުގެ ފަރާތުން އެދިފައިވާ ގޮތުގެމަތިން،
އިސްވެދެންނެވުނު 2 (ދޭއް) މޯބައިލް ފޯނު ނަންބަރުން ފޮނުވާފައިވާ އެސް.އެމް.އެސް ތަކުގެ
ޑީޓެއިލް ރިޕޯޓެއް ޝަރީޢަތް މެދުވެރިކޮށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އިން
ހޯދައި، އެއަށް ރިޢާޔަތްކުރަންޖެހޭކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި އެއްވެސް
ފަނޑިޔާރަކަށް ޤަބޫލުނުކުރެވޭކަމެވެ.
5.
22 މާޗް 2014 ގައި ބޭއްވުނު އިންތިޚާބާ ގުޅިގެން، އެއިންތިޚާބުގައި ވާދަކުރި އިބްރާހީމްދީދީގެ
ފަރާތުން ސިހުރުހަދާފައިވާކަމަށާއި، އަދި އިންތިޚާބު އޮތްދުވަހު އިދިކޮޅު ފަރާތްތަކުގެ ހިތްތަކުގައި
ބިރުވެރިކަން އުފެއްދުމަށްޓަކައި
ކިޔެވެލިތަކެއް
ޖަހަމުން
ގެންގޮސްފައިވާކަމަށް މުޙައްމަދު ނިހާދު ބުނާއިރު، އެކަން ސާބިތުކުރުމުގެ ގޮތުން އޭނާގެ
ފަރާތުން ހުށަހަޅާފައިވާ ފޮޓޯއަށާއި، ހެކިންގެ ބަޔާންތަކަށާއި، އޯޑިއޯ ރެކޯޑިންގއަށް ބަލާއިރު،
އިންތިޚާބާ ގުޅުވައިގެން އެއްވެސް ފަރާތަކުން ސިހުރެއް ހަދާފައިވާކަން، ނުވަތަ އެއޯޑިއޯގައިވާ
އަޑުތަކަކީ ކާކު، ކޮންތާކު، ކޮންއިރަކު ފޮނުވާފައިވާ އަޑުތަކެއްކަން، ޤާނޫނީ ހަމަތަކުގެމަތިން
842
9
u o uc ox
کر مرر کی
ހދ 02
އޑު9 ރށނ
ހައިކޯޑު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
1
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2014/HC-I-SH/15
کرم محترمب
ނަވާކަމެއް
.ޅޭތެނޭ
31 ޤަޟިއްޔާ ނިމުނު ގޮ
ސާބިތުނުވާ ނަމަވެސް މުޙައްމަދު ނިހާދުގެ ފަރާތުން ހުށަހަޅާފައިވާ ފަދައިން،
އިންތިޚާބުގައި ކުރިމަތިލީ ކެންޑިޑޭޓެއްގެ ފަރާތުން އިންތިޚާބާ ގުޅުވައިގެން ސިހުރު ހަދާ
އިދިކޮޅު ފަރާތްތަކުގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށްޓަކައި ގޮތްނޭންގޭ ކިޔެވެލިތަކެއް
އަޑުބާރުކޮށް ޖަހަފައިވާކަމަށް، ބަހުސްގެ ބޭނުމަށްޓަކައި ޝަރީޢަތުން ޤަބޫލުކުރިކަމުގައި
ވީނަމަވެސް، އެކަންކަމުގެ ސަބަބުން ފޭދޫ ދާއިރާގެ އިންތިޚާބަށް އެކަށީގެންނުވާ ނުފޫޒު
ފޯރާފައިވާ ގޮތެއް ބަޔާންކޮށްދީ، އަދި އެނުފޫޒުގެ ސަބަބުން އެދާއިރާގެ އިންތިޚާބުގެ ނަތީޖާއަށް
ބަދަލުއަތުވެދާނެކަން، ޤާނޫނީ ހަމަތަކުގެ މަތިން، ޝަރީޢަތަށް ސާބިތުވާ މިންވަރަށް މުޙައްމަދު
ނިހާދުގެ ފަރާތުން ހެކިހުށަހެޅިފައި ނުވާކަމެވެ.
އިންތިޚާބެއްގައި އެކަށީގެންނުވާ ނުފޫޒެއް ބޭނުންކުރުމުގެ މާނައަކީ، އިންތިޚާބަކާއި ގުޅޭގޮ
އަނެކެއްގެ އިންތިޚާބީ ޙައްޤަކާ ޤާނޫނީ ގޮތުން ނޭދެވޭ ގޮތަކަށް ބެހި ނުވަތަ އެފަދަ ޙައްޤަކާމެދު
ޤަދަރާއި އިޙްތިރާމް ކުޑަކުރުމުގެ ސަބަބުން، އަނެކަކަށް އެޙައްޤު މިނިވަންގޮތުގައި އިޚުތިޔާރު
ކުރުމަށް ހުރަސް އެޅުންކަން، ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 121 ވަނަ މާއްދާއަށް ބެލުމުން
އެނގެން އޮންނައިރު، އަދި އިންތިޚާބަކަށް އެކަށީގެންނުވާ ނުފޫޒު ފޯރުވާފައިވާކަމަށް ބުނެ
އެކަމުގެ ސަބަބުން އިންތިޚާބެއްގެ ނަތީޖާއެއް ބާޠިލުކުރުމަށް އެދި ހުށަހަޅާ އިންތިޚާބީ
ޝަކުވާއެއްގައި، އެޝަކުވާއެއް ހުށަހަޅާ ފަރާތަކުން ޝަރީޢަތުގައި ސާބިތުކޮށްދޭންޖެހޭނީ،
އެއިންތިޚާބެއްގައި ވާދަކުރާ ކެންޑިޑޭޓެއްގެ އިންތިޚާބީ ޙައްޤަކީ، ޤާނޫނީގޮތުން ނޭދެވޭ ގޮތަކަށް
ބެހި، އެފަދަ ޙައްޤަކާއި މެދު ޤަދަރާއި އިޙުތިރާމް ކުޑަކުރުމުގެ ސަބަބުން، ވޯޓުލާންތިބި
ފަރާތްތަކުން ވޯޓުލުމުގެ ޙައްޤު މިނިވަންކަމާއެކު ބޭނުންކު ހުރަސް އެޅި، އަދި އެފަދަ
ނުފޫޒެއްގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް ބަދަލު އައިސްފައިވާކަމަށް ކަމަށްވީއިރު، މުޙައްމަދު
ނިހާދަކީ ލާދިނީ ބައިގަނޑަކުން ނިކުމެހުރި މީހެއްކަމަށާއި އޭނާއަށް ވޯޓުދޭ މީހުންވެސް ވާނީ
ލާދީނީ މީހުންނަށްކަމަށް ބުނެ އޭނާއަށް ވޯޓު ނުދިނުމަށް އެދޭ ރައްޔިތުންގެ ހިތުގައި ނަފްރަ
ދީނެކެރެމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން 332529، ފެކްސް: 316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2014/HC-I-SH/15
32 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ބިރުވެރިކަން އުފެދޭ ގޮތަށް އިބްރާހީމްދީދީގެ ކެމްޕޭން ޓީމުން ރަށުތެރޭގައި އަޑުގަދަ ކުރާއިން
ގޮވާހަދާފައިވުމަކީ އޭނާގެ އިންތިޚާބީ ޙައްޤަށް އުނިކަން ލިބޭގޮތަށް ކޮށްފައިވާކަމެއްކަމަށާއި،
އެއީވެސް މިއިންތިޚާބު ބާޠިލުކަމަށް ކަޑައަޅަންޖެހޭ ސަބަބެއްކަމަށް މުޙައްމަދު ނިހާދުގެ ފަރާތުން
ބުނިނަމަވެސް، އިބްރާހީމްދީދީގެ ފަރާތުން ކޮށްފައިވާކަމަށް މުޙައްމަދު ނިހާދުގެ ފަރާތުން
ތުހުމަތުކޮށްފައިވާ އިސްވެދެންނެވިފައިވާ ކަންކަމުގެ ސަބަބުން، އެދާއިރާއަށް ވޯޓުލާންތިބި
ފަރާތްތަކުންކުރެ އެއްވެ
އިއްވެސް ފަރާތަކަށް ލިބިފައިވާ ވޯޓުލުމުގެ ޙައްޤު، މިނިވަންކަމާއެކު
ބޭނުންކުރުމަށް ހުރަސް އެޅިފައިވާކަން، އަދި އެފަދަ ނުފޫޒެއްގެ ސަބަބުން އެދާއިރާގެ
އިންތިޚާބުގެ ނަތީޖާއަށް ބަދަލުއައިސްފައިވާކަން، މިމައްސަލައާއެކު މުޙައްމަދު ނިހާދުގެ ފަރާތުން
ހުށަހަޅާފައިވާ އެއްވެސް މީހެއްގެ ބަޔާނުން، ޤާނޫނީ ހަމަތަކުގެމަތިން ޝަރީޢަތަށް
ސާބިތުނުވާކަމެވެ.
2 0
މ. އިންތިޚާބަށް އެކަށީގެންނުވާ ނުފޫޒެއް ފޯރުވައި އިންތިޚާބީ ހައްޤުގެ ފައިދާ ވަކި ފަރާތަކަށް
ލެންބުމުގެ ގޮތުން، ފޭދޫ ދާއިރާއަށް ކުރިމަތިލާފައިވާ އިބްރާހީމްދީދީގެ ބެލުމުގެ ދަށުން، ސ.
ގަމުގައި ހިންގަމުން ގެންދިޔަ ސައުތުލޭންޑް ރެސްޓޯރަންޓުން 24 ގަޑިއިރު ހިލޭ ކެއުމާއި ބުއިން
ފޭދޫގެ އެންމެހާ ރައްޔިތުންނަށް ދެމުން ގެންގޮސްފައިވުމާއި، އަދި ވޯޓުގައި ބައިވެރިނުވެއްޖެނަމަ
ސަރުކާރުގެ ތެރެއިން މަތީ މަޤާމުތައް ހަމަޖައްސައިދޭނެކަމަށް ބުނެ ބައެއް ފަރާތްތަކުގެ ވޯޓު
ހޯދުމަށް މަސައްކަތް ކޮށްފައިވުމަކީވެސް ފޭދޫ ދާއިރާގެ އިންތިޚާބުގެ ނަތީޖާއަށް އަސަރުކޮށްފައިވާ
ކަމެއްކަމަށް މުޙައްމަދު ނިހާދުގެ ފަރާތުން ބުނާއިރު، އެކަންކަން ހިނގާފައިވާކަމަށް
ސާބިތުކުރުމުގެ ގޮތުން މުޙައްމަދު ނިހާދުގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ބަޔާންތަކަށް
ބަލާއިރު، އެކަންކަން ހިނގާފައިވަނީ އިންތިޚާބުގެ ވޯޓުލުން އޮތް ދުވަހުގެ ކުރިންކަމަށް
އެފަރާތަކުން ބުނެފައިވާއިރު، އިންތިޚާބާ ގުޅިގެން އުފެދޭ ޝަކުވާތައް ބެލުމަށް އިލެކްޝަންސް
ކޮމިޝަނުން ޤާއިމުކޮށްފައިވާ ނިޒާމުގެތެރޭގައި ހިމެނޭ އެއްވެސް ފަރާތަކަށް،
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރުދީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471/
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2014/HC-I-SH/15
33 ޤަޟިއްޔާ ނިމުނު "
کرم محترمب
02 2 07
04
2
0 ބޑތ
އެއްވާކަމެއް،
އެދުވަސްވަރު ހުށަހަޅާ އެކަންކަން
ހއްޓުވުމަށް
އެއްވެސް މަސައްކަތެއް
22
.8
222
ouc
49
ބަޔަކު ބުނާ
ކޮށްފައިނުވާއިރު، އެކަންކަމުގެ ސަބަބުން ފޭދޫ ދާއިރާގެ އިންތިޚާބުގެ ނަތީޖާއަށް އެކަށީގެންނުވާ
އަސަރެއް ފޯރާފައިވާކަން ޝަރީޢަތަށް ސާބިތުވާވަރުގެ އެއްވެސް ހެއްކެއް މިމައްސަލައާއެކު
ދިވެހިރާއްޖޭގެ ހައިކޯޓަށްވެސް ހުށަހެޅިފައިނުވާކަމާއި، އެހެންކަމުން، މުޙައްމަދު ނިހާދުގެ
ފަރާތުން ހުށަހަޅާފައިވާ ބީދައިން، އިސްވެދެންނެވިފައިވާ ކަންކަން ހިނގާފައިވާކަމަށް، ބަހުސްގެ
ބޭނުމަށް ޝަރީޢަތުން ބެލިކަމުގައިވިއަސް، އެކަންކަމުގެ ސަބަބުން ފޭދޫ ދާއިރާގެ އިންތިޚާބުގެ
ނަތީޖާއަށް ބަދަލު އަތުވެދާނެކަމަށް ޝަރީޢަތުން ކަނޑަނޭޅޭނޭކަމެވެ.
8. ފޭދޫ ދާއިރާގެ ވޯޓު ގުނަމުންދިޔައިރު ވޯޓު ކަރުދާސްތަކުގައި އާދަޔާޚިލާފަށް ގިނަ ފާހަގަ ޖެހުން
ނުވަތަ ޓެގްކުރުމަކީ ވޯޓު ގަނެފައިވާކަމަށް ކުރެވޭ ތުހުމަތު ޔަޤީންވެގެންދާ ކަމެއްކަން
ފާހަގަކުރާކަމަށާއި،
އައި، ހަމައެއާކު، 23 މާޗް 2014 ގައި އިލެކްޝަންސް ކޮމިޝަނުން
ނިއުސް ކޮންފަރެންސްގައި، ވޯޓު ގަތުމަށް ނުވަތަ ފައިސާ ނަގާފައި، ފައިސާ ދިން މަ
ގޮތަށް ވޯޓުލުމުގެ ކަންތައް އެއިންތިޚާބުގައި ހިނގާފައިވާކަމަށް ފާހަގަކުރެވޭކަމަށް އެކޮމިޝަންގެ
ފަރާތުން ފާހަގަކޮށްފައިވާކަމަށާއި، ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން 22 މާޗް 2014 ގައި
ނެރެފައިވާ ވަގުތީ ބަޔާނުގައި، އެހެން އިންތިޚާބުތަކާއި އަޅާ ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ
އިންތިޚާބަކީ ވޯޓު ގަތުމުގެ ކަންކަން ގިނައިން ހިނގި އިންތިޚާބެއްކަން، އެޖަމްޢިއްޔާގެ
ދިގުމު
ގުމުއްދަތެއްގެ އޮބްޒަރވޭޝަނުން ދައްކާކަމަށް ބަޔާންކޮށްފައިވާކަމަށް މުޙައްމަދު ނިހާދުގެ
ފަރާތުން ބުނާއިރު، ފޭދޫ ދާއިރާއަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުން ލާފައިވާ ވޯޓުތަކުގައި
ފާހަގަތަކެއް ޖަހާފައިވާކަން ސާބިތުކުކުރުމުގެ ގޮތުން މުޙައްމަދު ނިހާދުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް އެއްވެސް ހެއްކެއް ހުށަހެޅިފައިނުވާއިރު، އެދައިރާގެ ވޯޓު ގުނެމުން ދިޔައިރުވެސް
އެފަދަ އެއްވެސް ޝަކުވާއެއް، އިލެކްޝަންސް ކޮމިޝަނުގެ ކަމާބެހޭ އެއްވެސް ފަރާތަކަށް
މުޙައްމަދު ނިހާދުގެ ފަރާތުން ހުށަހަޅާފައިވާކަން އެނގެން ނެތްކަމާއި، އަދި 23 މާޗް 2014
ވީހިރާއްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2014/HC-I-SH/15
کی مرکی
ދެވެ
34 ޤަޟިއްޔާ ނިމުނު ގޮ
ގައި އޮތް ނިއުސް ކޮންފަރެންސްގައި، ވޯޓު ގަތުމަށް ނުވަތަ ފައިސާ ނަގާފައި، ފައިސާ ދިން
ބަޔަކު ބުނާ ގޮތަށް ވޯޓުލުމުގެ ކަންތައް އެ އިންތިޚާބުގައި ހިނގާފައިވާކަމަށް ފާހަގަކުރެވޭކަމަށް
އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ފާހަގަކޮށްފައި ވީނަމަވެސް އެއީ އިލެކްޝަންސް
ކޮމިޝަނުގެ "ޖެނެރަލް އޮބްޒަވޭޝަން" އެއްކަމަށާއި، އެއީ އެއްވެސް ޙާލެއްގައި ވަކި ޚާއްޞަ
ދާއިރާއެއްގެ އިންތިޚާބާ ގުޅޭގޮތުން ވަކި ޚާއްޞަ ހެކިތަކެއް ހޯދައި، ތަޙުޤީޤުކުރެވި، ޙަޤީޤަތްތައް
ކަށަވަރުކުރުމަށްފަހުގައި ބުނެފައިވާ ވާހަކަތަކެއް ނޫންކަމަށް އެކޮމިޝަނުން ދިވެހިރާއްޖޭގެ
ހައިކޯޓުގައި ބުނެފައިވާކަމާއި، ހަމައެހެންމެ މުޙައްމަދު ނިހާދުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހަޅާފައިވާ ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން 22 މާޗް 2014 ގައި
ނެރެފައިވާ ވަގުތީ ބަޔާނުގައިވެސް ފޭދޫ ދާއިރާގައި، އިސްވެދެންނެވިފައިވާފަދަ އެއްވެސް ކަމެއް
ހިނގާފައިވާކަމަށް ބަޔާންކޮށްފައިނުވާކަމާއި، އެހެންކަމުން، 22 މާޗް 2014 ގައި ބޭއްވުނު
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، މުޙައްމަދު ނިހާދުގެ ފަރާތުން ހުށަހަޅާފައިވާ ފަދައިން،
ފޭދޫ ދާއިރާގައި "ވޯޓު ގަނެ ވިއްކުމުގެ" ކަންތައްތަކެއް ހިނގާފައިވާކަން، ޤާނޫނީ
ހަމަތަކުގެމަތިން އޭނާއަށް ސާބިތުކޮށްދެވިފައިނުވާކަމެވެ.
9. ފޭދޫ ދާއިރާގެ އިންތިޚާބު ބޭއްވުމުގެ ކުރިންނާއި އަދި އިންތިޚާބު ކުރިއަށް ދިޔައިރު ބައެއް
ފަރާތްތަކުން ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ، އިންތިޚާބުގެ ނަތީޖާއަށް ނުރަގަޅު ނުފޫޒު
ފޯރާނެކަމަށް ބެލެވޭ ކަންތައްތަކާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓެލިޖަންސް
ޑިޕާޓްމަންޓަށް އެފަދަ ކަމެއްގެ މަޢުލޫމާތު ލިބިފައިވާކަން ޔަޤީންކުރުމަށްޓަކައި އެފަރާތުގެ ބަހެއް
ޝަރީޢަތުން ހޯއްދެވުމަކީ މިމައްސަލާގައި ޢަދުލު އިންސާފަށް ވާސިލްވުމަށްޓަކައި
މުހިންމުކަމެއްކަމަށް ޤަބޫލުކުރެވޭތީއާއި އަދި ވޯޓު ގަތުމާއި ރިޝްވަތުގެ ޢަމަލުތައް
މިއިންތިޚާބުގައި އާދަޔާ ޚިލާފަށް ގިނަކަމަށް އިންތިޚާބު އޮބްޒާވްކުރި ފަރާތްތަކުންވެސް
ބުނަމުންދާތީ، ފޭދޫ ދާއިރާގެ އިންތިޚާބުގައި އެދިފަ ކަމެއް ހިނގާފައިވާކަން ނުވަތަ ނޫންކަން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:
3316471 |
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
443
2014/HC-I-SH/15
ملي في م کی
ދެ
35 ޤަޟިއްޔާ ނިމުނު "
ޔަޤީންކުރުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓެލިޖަންސް ޑިޕާޓްމަންޓަށް
ފާހަގަވެފައިވާ ކަންކަން ޝަރީޢަތުން ސާފުކޮށް، އެކަންކަމަށް ރިޢާޔަތްކޮށްދިނުމަށް މުޙައްމަދު
ނިހާދުގެ ފަރާތުން އެދިފައިވީނަމަވެސް، އިސްވެދެންނެވިފައިވާ ފަދައިން އިންތިޚާބުތަކާބެހޭ ޢާންމު
ޤާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅޭ މައްސަލަތައް
ހުށަހަޅަންވާނީ އެމައްސަލައެއް ހުށަހަޅާ ސަބަބާއި، ތަފްޞީލާއި ހެއްކާއި އެކުގައިކަމަށް
އެމާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާއިރު، އެފަދަ ރިޕޯޓެއް އޮތްނަމަ އެރިޕޯޓެއް ހޯދައި،
މައްސަލައާއެކު ޝަރީޢަތަށް ހުށަހެޅުމަކީ މުޙައްމަދު ނިހާދުގެ ޒިންމާއެއްކަމާއި، އަދި މައްސަލާގެ
ބާވަތުން އެފަދަ ރިޕޯޓުތަކަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ޢާންމު ފަރުދުންނަށް
ދޫކުރާ އެއްޗެއް ނޫންކަމަށް މުޙައްމަދު ނިހާދުގެ ފަރާތުން ބުނާނަމަ އެކަން ޝަރީޢަތަށް
ސާބިތުކޮށްދިނުމަކީވެސް އޭނާގެ ޒިންމާއެއްކަމަށްވީނަމަވެސް، އެފަދަ ރިޕޯޓެއް އޮތްތޯ ބަލައި،
އެރިޕޯޓު ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް މުޙައްމަދު ނިހާދުގެ ފަރާތުން ކުރެވިފައިވާކަމަށް
އޭނާއަށް ދެއްކިފައިނުވާކަމާއި، މިޙާލަތުގައި، މުޙައްމަދު ނިހާދުގެ ފަރާތުން ޝަރީޢަތަށް
ސާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހޭކަމެއް ސާބިތުކުރުމުގެ ގޮތުން ޝަރީޢަތުން އެފަދަ ރިޕޯޓެއް
އޮތްތޯ ބަލައި، އެފަދަ ރިޕޯޓެއް އޮތްނަމަ އެރިޕޯޓެއް ހޯދައި، މިމައްސަލަ ނިންމުމުގައި އެއަށް
ރިޢާޔަތްކުރަންޖެހޭކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވީ އެއްވެސް ފަނޑިޔާރަކަށް
Box
OX
ޤަބޫލުނުކުރެވޭކަމެވެ.
.ބލިންކެރެކެމެވެ"
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތައް ހުރުމުން، މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 64 ވަނަ
މާއްދާގެ ދަށުން،
ފޭދޫ!ސިވިލްޓޭޝަން ހައުސް، މުޙައްމަދު ނިހާދުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅިފައިވާ މިމައްސަލާގައި، 22 މާޗް 2014 ގައި ކުރިއަށްދިޔަ ފޭދޫ ދާއިރާގެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 31647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ވާފ
4 43
2014/HC-I-SH/15
می هرکی
36 ޤަޟިއްޔާ ނިމުނު "
އިންތިޚާބަކީ ބާޠިލު އިންތިޚާބެއްކަމަށް ކަނޑައަޅައި، އެދާއިރާގެ އިންތިޚާބު އަލުން ބޭއްވުމަށް
އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރުކުރަންޖެހޭފަދަ ޤާނޫނީ ނުވަތަ
ޝަރުޢީ އެއްވެސް ސަބަބެއް މުޙައްމަދު ނިހާދުގެ ފަރާތުން ދެއްކިފައިނުވާކަމަށެވެ.
#A
ނުކުތާތަކުގައި
ހދ 0
3
22
neނކުA
11/2008
22
ދެންފަހެ، އިސްވެފާހަގަކުރެވުނު
ބަޔާންކުރެވުނު ކަންކަން
ކުރެވުނު ގޮތަށް ހުރުމާއެކު، 18 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުކުރުމަށް، 22
މާޗް 2014 ގައި، އިލެކްޝަންސް ކޮމިޝަނުން ބޭއްވި އިންތިޚާބުގައި ފޭދޫ ދާއިރާއަށް ކުރިމަތިލާފައިވާ،
ފޭދޫސިވިލްކޭޝަން ހައުސް، މުޙައްމަދު ނިހާދަށް، ޤާނޫނު ނަންބަރު
(އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 28 ވަނަ މާއްދާގެ (ހ) ގެ ދަށުން ލިބިދީފައިވާ އިންތިޚާބީ
ދާއިރާގެ މީހުންގެ ތައީދު ހޯދުމަށް މަސައްކަތްކުރުމުގެ ޙައްޤު ގެއްލިފައިވާކަމަށާއި، އަދި ރައްޔިތުންގެ
މަޖިލީހުގެ އިންތިޚާބުގެ ގަވާއިދު 2014 ގެ 21 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކެމްޕޭންކުރުމަށްޓަކައި
ލިބެންޖެހޭ 30 (ތިރީސް) ދުވަހުގެ މުއްދަތު ލިބިފައިނުވާކަމަށާއި، ފޭދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރި
ކެންޑިޑޭޓު،
އިބްރާހީމް ދީދީގެ ފަރާތުން، ޤާނޫނު ނަންބަރު 10/68 (ދިވެހިރާއްޖޭގެ
ޤާނޫނުލްއުޤޫބާތު) ގެ 120 ވަނަ މާއްދާއާއި، 121 ވަނަ މާއްދާގައި، އިންތިޚާބާބެހޭ ކުށުގެ ގޮތުގައި
ބަޔާންކޮށްފައިވާ ކުށްތައް ފާޅުކަންބޮޑު ގޮތެއްގައި ހިންގާފައިވާތީ، އެކަމުގެ ޝަކުވާ ހެއްކާއެކު،
އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން އެމައްސަލާގައި
ޢަމަލުކުރެއްވިގޮތެއް އަންގަވާފައިނުވާކަމަށާއި، އަދި އިންތިޚާބުގެ ދާއިމީ ނަތީޖާ އިޢުލާނުކުރުމުގެ ކުރިން،
ރިޝްވަތުދިން މައްސަލަ ބަލައިދިނުންއެދި އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އޭނާގެ ފަރާތުން
ހުށަހަޅާފައިވާއިރު، އެމައްސަލައާމެދު އެކޮމިޝަނުންވެސް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަމަށާއި،
0 404924
ترمر ترسر
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2014/HC-I-SH/15
کی عمری
37 ޤަޟިއްޔާ ނިމުނު "
މިކަންކަމުގެ ސަބަބުން، 22 މާޗް 2014 ގައި، ފޭދޫ ދާއިރާގައި ކުރިއަށްދިޔަ އިންތިޚާބަކީ،
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގެ 1، 2، އަދި 3 ވަނަ ނަންބަރުގައި
ބުނެފައިވާ، ޤާނޫނާއި ގަވާއިދާ ޚިލާފު ގިނަކަންތައްތަކެއް ހިނގާފައިވާ އިންތިޚާބަކަށްވުމާއެކު، އެވޯޓަކީ
ޤާނޫނީގޮތުން ޞައްޙަ ވޯޓެއްކަމަށް ނުބެލެވޭތީ، ފޭދޫ ދާއިރާގެ އިންތިޚާބު ބާޠިލުކޮށްދިނުމަށާއި، އަދި
ޤާނޫނާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފޭދޫ ދާއިރާގެ އިންތިޚާބު އަލުން ބޭއްވުމަށް އިލެކްޝަންސް
ކޮމިޝަނުގެ މައްޗަށް އަމުރުކޮށްދިނުންއެދި، ފޭދޫސިވިލްޒޭޝަން ހައުސް، މުޙައްމަދު ނިހާދުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިންތިޚާބީ ޝަކުވާގެ މިމައްސަލައަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ބެލިއިރު، 22 މާރޗް 2014 ގައި ބޭއްވުނު 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ
ދާއިރާގެ އިންތިޚާބަކީ ބާޠިލު އިންތިޚާބެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅަންޖެހޭފަދަ
އެކަށީގެންވާ ޝަރުޢީ ނުވަތަ ޤާނޫނީވިއަސް ސަބަބެއް، މުޙައްމަދު ނިހާދަށް ދެއްކިފައިނުވާކަމަށް،
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު،
22 މާޗް 2014 ގައި ބޭއްވުނު 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ އިންތިޚާބަކީ، ބާޠިލު
އިންތިޚާބެއްކަމަށް ކަނޑައަޅައި، އެ އިންތިޚާބު އަލުން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް،
ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރުކުރާނެތަނެއް ނެތްކަމަށް، މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv