ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/180 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/180
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހެ
49
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 180/HC
-
A/2014
އިސްތިއުނާފު ކުރިފަރާތް:
* ނަން: ޙުސައިން ހުމާމް
އަޙްމަދީ
* ދާއިމީ އެޑްރެސް: ހ.ލޮބީ މާލެ
މިހާރުގެ އެޑްރެސް: ހ.ލޮބީ/ މާލެ
އައިޑީ ކާޑު ނަންބަރު: A369533
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑު ނަންބަރު:
1435
1436
• ރަޖިސްޓްރީކުރެވުނު ތާރީޚް:08 ޛުލްޤައިދާ ނިމުނު ތާރީޚް: 23 ޛުލްޤަޢިދާ
03 ސެޕްޓެމްބަރ 2014
07 ސެޕްޓެމްބަރ 2015
.އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/Cr
-
C/1158
•ޤަޟިއްޔާގެ ބާވަތް: ޤަޞްދުގައި މީހަކު މަރާލުން
.ނިންމެވި ކޯޓް: ކްރިމިނަލް ކޯޓު
.ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު: ޢަބްދުﷲ ޙަމީދު
ފަނޑިޔާރު: ޢަބްދުއްރައޫފު އިބްރާހީމް،ފަނޑިޔާރު:ޝުޖާޢު އުޘްމާން
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316171
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014HC-A/18{
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/1158 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ހ.ލޮބީ/ ކ.މާލެ
ޙުސައިން ހުމާމް އަޙްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މައްސަލައެއްކަން 4ނޤީކުމެ،
2ތރު
• ފާހަގަކުރެވުނު ނުކުތާތައް:
L01 ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/1158 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ޙުސައިން ހުމާމް އަޙްމަދު އިތުރު ބަޔަކާއެކު، ޑރ.އަފްރާޝީމް
ޢަލީއަށް ޙަމަލާ ދިނުމަށް ރާވައި، އެގޮތުން، 01 އޮކްޓޯބަރު 2012 ދުވަހުގެ 23:30 އާއި 02
އޮކްޓޯބަރު 2012 ދުވަހުގެ 12:00 އާ ދެމެދުގެ ވަގުތެއްގައި، މީނާ އިތުރު ބަޔަކާއިއެކު،
ށ.ފުންވިލުގެއަށްގޮސް ޑރ.އަފްރާޝީމް ޢަލީއަށް ތޫނު އެއްޗަކުން ހަމާލާދީ މަރާލާފައިވާތީ، ޙުސައިން
އަޙްމަދުގެ މައްޗަށް ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ކުރުމުން ބެލެވުނު
އެމުގެ
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "އިސްވެދިޔަ ބަޔާންތަކަށާއި ފާހަގަކުރެވުނު ނުކުތާތަކަށް
ބަލާއިރު، ހ.ލޮބީ/ ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް ދައުލަތުން ކުރި ޤަޞްދުގައި މީހަކު މަރާލުމުގެ
ކުށުގެ ދަޢުވާ ޝަރީޢަތުން ބެލިއިރު، ދަޢުވާލިބޭ ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް މިދަޢުވާ
ހުށަހެޅުމާއެކު ޝަރީޢަތުގެ ފުރަތަމަ އަޑުއެހުމެއްގައި ޙުސައިން ހުމާމް އަޙްމަދު ދަޢުވާއަށް އިންކާރު
ކުރިއިރު، 01 އޮކްޓޯބަރު 2012 ދުވަހުގެ 23:30 އާއި 02 އޮކްޓޯބަރު 2012 ދުވަހުގެ 02:00 އާ
ދެމެދުގެ ވަގުތެއްގައި، މީނާ އިތުރު ބަޔަކާއިއެކު، ހ.ފުންވިލުގެއަށްގޮސް ޑރ.އަފްރާޝީމް ޢަލީއަށް ތޫނު
އެއްޗަކުން ޙަމަލާދީ ޑރ.އަފްރާޝީމް ޢަލީ މަރާލާފައިވާކަމަށް ބުނެ 22 މެއި 2013 ދުވަހު ބޭއްވުނު
ޝަރީއަތުގެ މަޖިލީހުގައި އިޢުތިރާފްވެފައިވާތީއާއި، އަދި 27 ޑިސެމްބަރު 2012 ދުވަހު ކްރިމިނަލް ކޯޓުގެ
މުއްދަތު މަޖިލީހުގައިވެސް ދަޢުވާއަށް އިޢުތިރާފްވެ ޑރ.އަފްރާޝީމް ޢަލީ މަރާލިކަމަށް ޙުސައިން ހުމާމް
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 4316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
*
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/180
4 23 24
އެކު9ގ
OLC
އަޙްމަދު އެއްބަސްވެފައިވާތީއާއި، އަދި 22 މެއި 2013 ދުވަހުގެ ފަހުން ބޭއްވުނު ޝަރީޢަތުގެ އަޑުއެހުން
ތަކުގައި، 07 ޑިސެމްބަރު 2012 ދުވަހު ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހުގައި ޑރ.އަފްރާޝީމް ޢަލީ
މަރާލުމުގައި ބައިވެރިވިކަމަށް ބުނެފައިވަނީ މިމައްސަލަ ތަޙްޤީޤްކުރި ފުލުހުން ބިރު
ސަބަބުންކަމަށް ޙުސައިން ހުމާމް އަޙްމަދު ބުނާއިރު އެފަދަ އެއްވެސް ކަމެއް ޙުސައިން ހުމާމް އަޙްމަދަށް
ޝަރީޢަތަށް ސާބިތުކޮށްދެވިފައި ނުވާތީ، އެއިޢުތިރާފަކީ އޭގެން ރުޖޫޢަވެވޭފަދަ މަޤްބޫލު ސަބަބެއް
ދެއްކިފައިނެތް އިޢުތިރާފެއްކަމާއި، 22 މެއި 2013 ވަނަ ދުވަހު ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގައި
ޑރ.އަފްރާޝީމް ޢަލީއަށް ތޫނު އެއްޗަކުން ޙަމަލާދީ ޑރ.އަފްރާޝީމް ޢަލީ މަރާލާފައިވާކަމަށް ބުނެ
ޙުސައިން ހުމާމް އަޙްމަދު ވެފައިވާ އިޢުތިރާފަކީ، އެއިޢުތިރާފުންވެސް ރުޖޫޢަވެވޭފަދަ ސަބަބެއްވެސް
ޙުސައިން ޙަމާމް އަޙްމަދަށް ސާބިތުކޮށްދެވިފައިނުވާ ޞައްޙަ އިޢުތިރާފެއްކަމާއި، ޑރ.އަފްރާޝީމް ޢަލީއަށް
ތޫނު އެއްޗަކުން ޙަމަލާދީ މަރާލުމުގައި ޙުސައިން ހުމާމް އަޙްމަދު ބައިވެރިވެފައިވާކަމަށް ޙުސައިން ހުމާމް
އަޙްމަދު ޝަރީއަތުގައި ވެފައިވާ އިޢުތިރާފްގެ އިތުރުން ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން ޙުސައިން
ޙުމާމް އަޙްމަދު އެނުރައްކާތެރި ޢަމަލު ހިންގުމުގައި ބައިވެރިވެފައިވާކަމަށް ޤަބޫލުކުރެވޭ މިންވަރަށް ހެކިބަސް
ލިބިފައިވާތީ، ބުނެވިދިޔަ ކަންތައްތަކުގެ މައްޗަށް ބިނާކޮށް، ޤަޞްދުގައި މީހަކު މަރާލުމުގެ ކުށް ޙުސައިން
ހުމާމް އަޙްމަދުގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި، މުސްލިމެއްގެ ލޭ ޙައްޤަކާއި ނުލައި އޮހުރުވުމަކީ
މަނާކަމެއްކަން ޤުރުއާނުގެ ނައްޞުންނާއި، ރަސޫލާ (ސ) ގެ ސުންނަތުން އެނގޭއިރު
ޑރ.އަފްރާޝީމް ޢަލީގެ ލޭ އޮހޮރުވާލަންޖެހޭ ފަދަ އެއްވެސް ސަބަބެއް ނެތުމުންނާއި، ޑރ.އަފްރާޝީމް
ޢަލީގެ ވާރިސުންގެ ތެރެއިން ދުނިޔޭގައި ތިބި ބާލިޣުވެފައިވާ ބުއްދި ސަލާމަތުން ތިބި އެންމެން ބޭނުންވަނީ
މަރަށް މަރު ހިފުންކަމަށްވާތީއާއި، ބާލިޣުނުވާ ކުޑަދަރިން ޑރ.އަފްރާޝީމް ޢަލީގެ ތިބިކަމުގައިވީނަމަވެސް
އެކުދިންގެ ޙައްޤުގައި ޤިޞާޞްއާމެދު ގޮތެއް ކަނޑައެޅުމަކީ ޑރ.އަފްރާޝީމް ޢަލީގެ ވާރިސުންގެ ތެރެއިން
ބާލިޣުވެ ބުއްދި ސަލާމަތުން ހުރި މީހުންނަށް ކުރެވިދާނެ ކަމެއްކަމަށް މާލިކީ މަޒްހަބުގެ އިލްމުވެރިން
ވިދާޅުވެފައިވާތީ، އިސްލާމީ ޝަރީޢަތުގައިވާ ގޮތަށް ބަލާއިރު ޙުސައިން ޙަމާމް އަޙްމަދުގެ މައްޗަށް
ސާބިތުވި މިކުށުގެ ޢުޤޫބާތަކީ މަރަށް މަރުކަމަށް ކަނޑައަޅައި، ޙުސައިން ހުމާމް އަޙްމަދު މެރުމަށް
ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ."
02 ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/1158 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި ހ.ލޮބީ ޙުސައިން
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 6471
33
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
"ދިވެހިން&32 ހައިކޯ
4
2014/HC-A/180
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ހުމާމް އަޙްމަދުގެ ފަރާތުން 04 (ހަތަރެއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖްލީހުގައި ވާހަކަ ދައްކާފައިވެއެވެ.
•ފުރަތަމަ ނުކުތާއަކީ، ހ. ލޮބީ ޙުސައިންހުމާމް އަޙްމަދުގެ މައްޗަށް ގަސްދުގައި މީހަކު
ކުރުމުގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުގެ 2012/Cr
-
C/1158 ނަންބަރު ޤަޟިއްޔާގެ ޙުކުމްގައި
ކަނޑައަޅާފައިވަނީ އޭނާ އިޢުތިރާފްވެފައި ވާތީކަމަށް ބުނެފައިވާއިރު، އެއިޢުތިރާފުން އިސްތިއުނާފް ކުރާ
ފަރާތް ރުޖޫޢަވެފައިވާކަން އެނގެން އޮތްއިރު، ރުޖޫޢަވުން ޞައްޙަ ނޫންކަމަށް ކަނޑައަޅާފައިވަނީ
ޤާނޫނީ ކޮން ބިންގަލެއްގެ މަތީގައިކަން ސާފު ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
44
• ދެވަނަ ނުކުތާއަކީ، އިސްލާމީ ޝަރީޢަތުގައި ޙައްދުގެ މައްސަލަ ތަކުގައި ދެކިވަޒަން
ކުރަންޖެހޭ މިންގަޑަކީ އެއްވެސް ޝައްކެއް ނެތް މިންވަރުކަން އިސްލާމީ ޝަރީއަތުގެ އުޞޫލު ތަކުން
ސާބިތުވާއިރު ކްރިމިނަލް ކޯޓުގެ 2012/Cr
-
C/1158 ނަންބަރު ޤަޟިއްޔާގައި ބޮޑެތި ޝައްކުތަކެއް ހުރި
އިރު މިކަމަށް ރިޢާޔަތް ކުރައްވާފައި ނުވާކަމާއި، އިސްތިއުނާފު ކުރާ ފަރާތް ކަމުގައިވާ ހ.ލޮބީ ޙުސައިން
ހުމާމް އަޙްމަދުގެ މައްޗަށް ޤަޞްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުގެ
2012/Cr
-
C/1158 ނަންބަރު ޤަޟިއްޔާގެ ޙުކުމުގައި ބަޔާން ކޮށްފައިވާ އިރު އެކަން ހެކިންގެ ހެކިބަހުން
ސާބިތުވާކަމަށް ބުނާއިރު ޙުސައިން ހުމާމް އަޙްމަދު އެއްވެސް މީހަކު މަރަނިކޮށް ފެނުނުކަމަށް އެއްވެސް
ހެއްކަކު ބުނެފައިނުވާއިރު މައްސަލަ ސާބިތުވާ ވަރަށް ހެކި ލިބިފައިވާކަމަށް ކަނޑައެޅި ކަނޑައެޅުމަކީ
ޝައްކު ތަކެއްހުރި ކަނޑައެޅުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.
ތިންވަނަ ނުކުތާއަކީ، ކުށުން ބަރީޢަވުމަށް މަސައްކަތް ކުރުމުގެ ޙައްޤަކީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި އިސްލާމީ ޝަރީޢަތުގައި ކޮންމެ މީހަކަށްވެސް އޮތް
ޙައްޤެއް ކަމުގައިވާއިރު އިސްތިއުނާފު ކުރާ ފަރާތް ކަމުގައިވާ ހ.ލޮބީ ޙުސައިން ހުމާމް އަޙްމަދުގެ ދިފާޢީ
ދެކިން ޝަރީޢަތަށް ހުށަހަޅާފައިވާއިރު އެހެކިންގެ ހެކިބަސް ނުހޯދައި ޝަރީޢަތް ނިންމާފައިވާތީ ކުށުން
ބަރީޢަވުމަށް މަސައްކަތްކުރުމުގެ ޙައްޤުން އިސްތިއުނާފުކުރާ ފަރާތް މަޙްރޫމް ވެފައިވާކަމަށް ބުނެ ހުށަހެޅި
ނުކުތާ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް V33164
/
1
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
5
2014/HC-A/180
ceco
ދިވެހިރާ324 ހައިކޯ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ހަތަރުވަނަ ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ 2012/Cr
-
C/1158 ޙުކުމަށް ވާޞިލު
ވުމަށް ފާހަގަކުރެވުނު ނުކުތާތަކުގައި ދިވެހިރާއްޖޭ ފިޔަވައި ދިމިޤްރާތީ އެހެން ޖޫރިސްޑިކްޝަން ތަކުގައި
ނިންމާފައިވާ އެހެން ނިންމުންތަކުގައި މިޤަޟިއްޔާއާއި އެއްގޮތް ނިންމުންތައް ހުރިކަމަށް ބުނެފައިވާ ހަމަ
މިފަދަ އެތައް ޤަޟިއްޔާ ތަކެއްގައި އެނިންމުންތަކާއި ތަފާތު ބައެއް ނިންމުންތައް ހުރި އިރު
އެނިންމުންތަކަކީ ޙުއްޖަތަކަށް ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
3- މިމައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/1158 ޤަޟިއްޔާ
ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ހ.ލޮބީ ޙުސައިން ހުމާމް އަޙްމަދުގެ ފަރާތުން
އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު
އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/1158
ޤަޟިއްޔާގައި
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހ.ލޮބީ ޙުސައިން ޙަމާމް އަޙުމަދުގެ މައްޗަށް ކޮށްފައިވަނީ،
ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާކަމާއި، އެގޮތުން ޙުސައިން ހުމާމް އަޙުމަދުގެ މައްޗަށް
ދަޢުވާކުރުމުގެ ގޮތުން ދައުލަތުގެ ވަކީލު، ކްރިމިނަލްކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވަނީ،
"ދައުލަތުން ހ.ލޮބީ ޙުސައިން ހުމާމް އަޙުމަދުގެ މައްޗަށް ކުރާ ދަޢުވާއަކީ، ޙުސައިން ހުމާމް އަޙުމަދު
އިތުރު ބަޔަކާއި އެކު، ޑރ.އަފްރާޝީމް ޢަލީއަށް ޙަމަލާދިނުމަށް ރާވައި، އެގޮތުން، 01 އޮކްޓޯބަރ 2012
ވަނަ ދުވަހުގެ 23:30 އާއި 02 އޮކްޓޯބަރ 2012 ދުވަހުގެ 2:00 އާ ދެމެދުގެ ވަގުތެއްގައި، މީނާ
އިތުރު ބަޔަކާއި އެކު، ހ.ފުންވިލު ގެއަށްގޮސް ޑރ.އަފްރާޝީމް ޢަލީއަށް ތޫނު އެއްޗަކުން ޙަމަލާދީ
މަރާލާފައިވާތީ، ޙުސައިން ހުމާމް އަޙުމަދުގެ މައްޗަށް ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ."
މިފަދައިންކަން އެނގޭކަމާއި، މިމައްސަލަ ކްރިމިނަލް ކޯޓުން ނިންމަވާފައިވަނީ، ޙުސައިން ޙަމާމް އަޙުމަދުގެ
މައްޗަށް ދައުލަތުގެ ފަރާތުން އުފުލި މިދަޢުވާ އޭނާގެ މައްޗަށް ސާބިތުވާކަމަށާއި މިކުށުގެ ޢުޤޫބާތަކީ މަރަށް
މަރުކަމަށް ކަނޑައަޅައި، ޙުސައިން ހުމާމް އަޙްމަދު މެރުމަށް ކަން އެނގޭކަމެވެ.
(ނ) ދެވަނަކަމަކީ، މިމައްސަލަ ކްރިމިނަލް ކޯޓުގައި ހިނގާދިޔަ ގޮތުގެ މައްޗަށް ފެންނަންހުރި
ލިޔެކިޔުންތަކުގެ އަލީގައި ބަލާއިރު، ޙުސައިން ހުމާމް އަޙުމަދުގެ މައްޗަށް ދައުލަތުގެ ފަރާތުން
2x 2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރުރީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 33167(
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/180
02
ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއާއި ގުޅިގެން ޖުމްލަ 9 އަޑުއެހުމެއް ކްރިމިނަލްކޯޓުގައި ބޭއްވި
ޝަރީޢަތުގެ މަޖިލިސް ހިންގިފައިވާކަމާއި، މިގޮތުން ޙުސައިން ޢުމާމްގެ މައްޗަށް ޤަސްދުގައި މީހަކު
މަރާލުމުގެ ދަޢުވާ ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓުގައި އުފުލާފައިވަނީ 20 ޖެނުއަރީ 2013
މިދުވަހުކަމާއި، އެދުވަހުގެ ޝަރީޢަތުގެ މަޖިލީހުގައި ޙުސައިން ޢުމާމްގެ މައްޗަށް އުފުލާފައިވާ ޤަޞްދުގައި
މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ރަނގަޅަށް ސާފުވެއްޖެކަމަށާއި، މައްސަލައިގައި ކުރިއަށް ދާން ބޭނުންވަނީ
ޤާނޫނީ ވަކީލެއްގެ އެހީތެރިކަމާއި އެކުގައިކަމަށް ޙުސައިން ހުމާމް ބުނެފައިވާކަމާއި،
މައްސަލައިގެ 2 ވަނަ އަޑުއެހުމަށް ތާވަލުކޮށްފައިވަނީ 22 އެޕްރީލް 2013 މިދުވަހުކަމާއި،
އެދުވަހު ޙުސައިން ޢުމާމުގެ ފަރާތުން ވަކީލެއް ޙާޟިރުވެފައިނުވާކަމާއި، ޚިދުވަހުވެސް ޙުސައިން ޢުމާމްގެ
ފަރާތުން އެދިފައިވަނީ އޭނާގެ ފަރާތުން ވަކީލަކު ހަމަޖެއްސުމަށްޓަކައި އިތުރު ފުރުސަތަކަށްކަމާއި، އަދި
މިގޮތުން ދެވޭ ފުރުޞަތުގައި ވަކީލަކު ހަމަނުޖެހިއްޖެނަމަ ވަކީލަކާ ނުލައި މައްސަލަ ކުރިއަށް ގެންދިއުމާއި
މެދު އިޢުތިރާބެއްނެތްކަމަށް ބުނެފައިވާކަމާއި،
މައްސަލައިގެ 3 ވަނަ އަޑުއެހުމެއް ބޭއްވިފައިވަނީ 06 މެއި 2013 މިދުވަހުކަމާއި، އެދުވަހު
ޙުސައިން ހުމާމް އަޙުމަދުގެ ފަރާތުން ބުނެފައިވަނީ މައްސަލައިގައި ކުރިއަށް ދާންބޭނުންވަނީ ވަކީލަކާއި
ނުލައި ކަމަށާއި، މިދުވަހުގެ ޝަރީޢަތުގެ މަޖިލީހުގައި ޙުސައިން ހުމާމަކީ މީގެ ކުރިން މީހުން މަރާފައިވާ
މީހެއްކަމަށާއި، އެހެންނަމަވެސް ޑރ.އަފްރާޝީމް ޢަލީ މަރާފައިނުވާނޭކަމަށް ބުނެ ދަޢުވާއަށް
އިންކާރުކޮށްފައިވާކަމާއި، ޙުސައިން ހުމާމް މިދަޢުވާއަށް އިންކާރުކުރުމުން މިދަޢުވާ ސާބިތުކުރުމަށް
ދެކިހުށަހެޅުމުގެ ފުރުސަތަކަށް އެދުވަހުގެ ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން އެދުނުކަމާއި،
މައްސަލައިގެ 4 ވަނަ އަޑުއެހުން ބޭއްވިފައިވަނީ 22 މެއި 2013 މިތާރީޚުގައި ކަމާއި، މިދުވަހު
ދައުލަތުގެ ފަރާތުން ޝަރީޢަތަށް ހެކި ހުށަހެޅިކަމާއި، މިދުވަހުގެ ޝަރީޢަތުގެ މަޖިލީހުގައިވެސް ޙުސައިން
ޙުމާމަށް ޤާނޫނީ ވަކީލަކު ޢައްޔަންކުރުމުގެ ފުރުސަތު އޮތްކަމަށް ޝަރީޢަތުގެ ފަރާތުން އެންގުމުން،
މައްސަލައިގައި ވަކީލަކު ބޭނުންނުވާކަމަށާއި، ޙުސައިން އުލާމް ބޭނުންވަނީ ވަކީލަކާއި ނުލައި މައްސަލަ
ކުރިއަށް ގެންދިއުމަށްކަމަށް ބުނެފައިވާކަމާއި، އަދި މިދުވަހުގެ ޝަރީޢަތުގެ މަޖިލީހުގައި މިޙާދިސާ ހިނގާ
ދިޔަގޮތް ކިޔައިދޭން ބޭނުންވާކަމަށާއި، އަފްރާޝީމްގެ މަރުގެ ޙާދިސާ ކުރިންވެސް ކިޔައިދީފައިވާނެކަމަށާއި،
މައްސަލައިގައި ފުލުހުންނަށް ބަޔާނެއް ދީފައިވާނެކަމަށާއި، މިދަޢުވާއަށް އިޢުތިރާފުވާކަމަށާއި، ފުލުހުންނަށް
ކިޔައިދިން ބަޔާނުގައިވަނީ ތެދުކަމަށް ބުނެފައިވާކަމާއި، އަދި ޝަރީޢަތުގެ ފަރާތުން ތަކުރާރުކޮށް
ޑރ.އަފްރާޝީމް މަރާލިކަމަށް އެއްބަސްވަނީތޯ ސުވާލުކުރުމުން އެކަމަށް އެއްބަސްވާކަމަށް ބުނެފައިވާކަމާއީޕާއްޖޭގެ ހައިވީ
އަދި މިމައްސަލައާއި ގުޅިގެން 07 ޑިސެމްބަރ 2012 ގައި ކްރިމިނަލް ކޯޓުގެ މުއްދަތުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/180
ދީފައިވާ ބަޔާނުގައިވަނީ ތެދުކަމަށާއި، މިމައްސަލައާއި ގުޅިގެން އިތުރަށް ދައްކާނެވާހަކައެއް ނެތްކަމަށްބުނެ،
މިމައްސަލައިގައި ބޭނުންވަނީ ވީއެންމެ ލުއިގޮތެއް ހަދައިދިނުމަށްކަމަށާއި، އެކަމުގެ ސަބަބުން ޙުސައިން
އުމާމް މަރާ ނުލައި ދުނިޔޭގައި ބަހައްޓައިދިނުމަށް އެދޭކަމަށް ބުނެފައިވާކަމާއި، މިދުވަހުގެ ޝަރީޢަތުގެ
މަޖިލީހުގައި ޙުސައިން ޙަމާމް 07 ޑިސެމްބަރ 2012 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ދީފައިވާ ބަޔާން
ޙުސައިން ހުމާމްގެ އެދުމުގެ މަތިން އޭނާއަށް އިއްވާފައިވާކަން އެނގެން އޮންނަކަމާއި،
މައްސަލައިގެ 5 ވަނަ އަޑުއެހުން ބޭއްވުނީ 31 މެއި 2013 މިތާރީޚުގައިކަމާއި، އެދުވަހުގެ
ޝަރީޢަތުގެ މަޖިލީހުގައި އޮތީ ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަސްނެގުންކަމާއި،
އެހެންނަމަވެސް މިދުވަހު ހެކިންގެ ހެކިބަސް ނެގުމުގެ ކުރިން ޙުސައިން ހުމާމް އަނެއްކާވެސް މިދަޢުވާއަށް
އިންކާރުކުރާކަމަށް ބުނެފައިވާކަމާއި، މިދުވަހު ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ތެރެއިން ހެއްކެއްގެ
ބަސްނެގުނުކަމާއި، އަދި ހެކިބަހާއި ގުޅިގެން ޙުސައިން ހުމާމް އަޙުމަދަށް ހެއްކާއި ސުވާލުގެ ކުރުމުގެ
ފުރުސަތު ދެވުނުކަމާއި، އަދި މިދުވަހު ޑރ.އަފްރާޝީމް ޢަލީ އޭޑީކޭ ހޮސްޕިޓަލުން ބެއްލެވި ޑޮކްޓަރުގެ
ހެކިބަސްވެސް ނެގުނުކަން އެނގެން އޮންނަކަމާއި،
މައްސަލައިގެ 6 ވަނަ އަޑުއެހުން ބޭއްވުނީ 11 ޖުލައި 2013 މިތާރީޚުގައި ކަމާއި، މިދުވަހު
މިމައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހެޅި ހެއްކެއްކަމަށްވާ ޑީ.އެން.އޭ ތަޙްލީލް ރިޕޯޓު ތައްޔާރުކުރި
ފަރާތް ޝަރީޢަތަށް ޙާޟިރުކުރެވި އޭނާގެ ހެކިބަސް ނެގުނުކަމާއި، އަދި މިރިޕޯޓާއި ގުޅޭގޮތުން ޙުސައިން
ހުމާމަށް ވާހަކަދެއްކުމުގެ ފުރުސަތު ދެވުނުކަމާއި،
މައްސަލައިގެ 7 ވަނަ އަޑުއެހުން ބޭއްވުނީ 06 އޮގަސްޓް 2013 ގައިކަމާއި، މިދުވަހު
ދައުލަތުގެ ފަރާތުން ހުށަހެޅި 03 ހެކިން ޝަރީޢަތަށް ޙާޟިރުކޮށް އެފަރާތްތަކުގެ ހެކިބަސް ނެގިކަމާއި،
އަދި ހެކިންނާއި ސުވާލުކުރުމުގެ ފުރުޞަތު ޙުސައިން ހުމާމަށް އެދުވަހު ދެވުނުކަން އެނގޭކަމާއި،
މައްސަލައިގެ 08 ވަނަ އަޑުއެހުން ބޭއްވުނީ 18 އޮގަސްޓް 2013 މިތާރީޚުގައިކަމާއި،
މިދުވަހުގެ ޝަރީޢަތުގެ މަޖިލީހުގައިވެސް އޮތީ ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަސް
ނެގުންކަމާއި، އަދި އެދުވަހު ނެގުނު ހެކިބަސްތަކާއި ގުޅިގެން ޙުސައިން ހުމާމަށް ހެކިންނާއި
ސުވާލުކުރުމުގެ ފުރުޞަތު ދެވުނުކަމާއި،
މައްސަލައިގެ 09 ވަނަ އަޑުއެހުން ބޭއްވުނީ 27 އޮކްޓޯބަރ 2013 މިތާރީޚުގައި ކަމާއި،
މިދުވަހު ވެސް އޮތީ ދައުލަތުގެ ފަރާތުން ހުށަހެޅި ހެއްކެއްގެ ހެކިބަސްނެގުންކަމާއި، ހެކިންނާއި
ސުވާލުކުރުމަށް މިދުވަހު ދެވުނު ފުރުސަތުގައި ޙުސައިން
ވަކިލު
އަތެން
ސުވާލެއްކޮށްފައިނުވާކަމާއި، މިދުވަހުގެ ޝަރީޢަތުގެ މަޖިލީހުގައި ދެން ބޭއްވޭ ޝަރީޢަތުގެ
22
22 2ތތ
ހ02ގ
4 22
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 33171
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
8
2014/HC-A/180
، ވަތްކަމަށާއި އެވަގުތު އަފްރާޝިމް ޢަލީއާ ދިމާލަށް ކަތިވަޅިއެއް ހޫރާލުމުން އަފްރާޝިމްއެޖްގެނައި
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޚުލާސާ ބަޔާން އިއްވަން އޮތް ފުރުޞަތުކަމަށް ޝަރީޢަތުން އެންގެވިކަމާއި، އަދި 12 ނޮވެމްބަރ 2013
މިތާރީޚުގައި ޙުސައިން ހުމާމްގެ ފަރާތުންނާއި ދައުލަތުންވެސް މައްސަލައިގެ ޚުލާސާ ބަޔާން
އިއްވާފައިވާކަން އެނގޭކަމާއި،
މިމައްސަލައިގައި ދަށުކޯޓުން ޝަރީޢަތް ހިންގާފައިވާ އިޝާރާތްކުރެވުނު އިޖުރާއާތުތަކުގެ މައްޗަށް
ބަލާއިރު، ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) (ޅ) (ށ) ގައިވާ
އެންމެހައި ޙައްޤުތައް ޙުސައިން ހުމާމަށް ލިބިދެވިފައިވާކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަކަމަކީ، ޑރ.އަފްރާޝީމް ޢަލީގެ މަރުގެ ޙާދިސާ އާއި ގުޅިގެން ޙުސައިން ޙަމާމްގެ
ފަރާތުން 07 ޑިސެމްބަރ 2012 ވަނަ ތާރީޚުގައި ކްރިމިނަލް ކޯޓުގެ ބަންދުގެ މުއްދަތުގެ މަޖިލީހުގައި
ދީފައިވާ ބަޔާނުގައި، ޑރ.އަފްރާޝީމް މަރާލުމަކީ ޙުސައިން ހުމާމަށް ބަޔަކު މީހުން ރުފިޔާ ދޭނަމޭ
ކިޔައިގެން ޙުސައިން ޢުމާމް ލައްވާ ކުރުވިކަމެއްކަމަށާއި، ޑރ.އަފްރާޝީމް ޢަލީ އަށް ޙަމާލާދިނިންކަމަށާއި،
ޙަމަލާދިނީ މަރާލަން ނޫންކަމަށާއި، އަމަލާދީ ދިޔަފަހުން ޑރ.އަފްރާޝީމް ޢަލީ މަރުވިކަން
އެނގުނުކަމަށާއި، މިކަން މިހެންވެފައިވާތީ ޑރ.އަފްރާޝީމް ޢަލީގެ ޢާއިލާގެ ފަރާތުން މަޢާފަށް އެދި
ބޭނުންކަމަށާއި، އެމީހުންގެ ހިތް ޚަލާސްހޯދުމަށް އަދަބުވެރިކަމާއި އެކު އެދޭކަމަށް
ބުނެފައިވާއިރު، މިކަން ކުރުމަށް ރޭވިގޮތާއި، ޑރ.އަފްރާޝީމް ޢަލީއަށް ޙަމަލާދީފައިވާ ގޮތް ވަރަށް
ތަފްޞީލުކޮށް ޙުސައިން ހުމާމް އަޙުމަދުގެ ފަރާތުން ކިޔައިދީފައިވާކަމާއި، މިގޮތުން މިޙާދިސާ ހިނގުމުގެ
ކުރިން ކަންހިނގާ ދިޔަ ގޮތްތަކާއި، ޙާދިސާ ހިންގުމުގެ ކުރިން ރާއްޖެތެރެއަށް ދިޔަވާހަކައާއި، މިޢަމަލު
ހިންގުމަށްޓަކައި 2012 ސެޕްޓެމްބަރ 25 ހާތާ މާލެއާއި ވާހަކައާއި، މިޢަމަލު ހިންގުމުން
ފައިސާލިބޭނެކަމަށް ބުނެ ބަޔަކު މީހުން ދެއްކިވާހަކަތަކާއި، މިޢަމަލު ހިންގިކަމަށް ބުނާރޭ ހ.ފުންވިލުގެއަށް
ދިޔަ ގޮތާއި، ޑރ.އަފްރާޝީމް ޢަލީ އަށް ހަމަލާދިން ގޮތާއި، ޙަމަލާ ދިނުމަށްފަހު ޙުސައިން ހުމާމް
ޢަމަލުކުރިގޮތް ވެސް ވަރަށް ތަފްޞީލްކޮށް ޙުސައިން ޢުމާމް އަޙުމަދު ކިޔާދީފައިވާކަމާއި، މިގޮތުން
މިބަޔާނުގައި ޑރ އަފްރާޝިމް ޢަލީ ދިރިއުޅުއްވާ ގެއަށް 1 އޮކްޓޯބަރު 2012 ވަނަ ދުވަހުގެ ރޭގެ
ވަގުތެއްގައި އިތުރު ދެމީހަކާއިއެކު ދެސައިކަލެއްގައި ދިޔަ ކަމަށާއި، ޙުސައިން ހުމާމް އަޙުމަދު ގޮސްވަނީ
ރ އަފްރާޝިމް ޢަލީ ދިރިއުޅުއްވާ ފުންވިލު ގެއަށް ކަމަށާއި، އެގޭތެރެއަށް ވަދެ އެގޭތެރޭގައި ހުރި
ސިޑިކައިރީގައި މަޑުކޮށްލައިގެން ހުރިކަމަށާއި އޭގެ ފަސްވަރަކަށް މިނެޓް ފަހުން ޑރ އަފްރާޝިމް ޢަލީ
މ 4
2
4
/784ނ
44 ތތ
އެޤައަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 33/471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/180
ސިހުން ލިބި
ކަނުޗރ
ސަލާމަތްވުމަށް އަތް ނެގި ކަމަށާއި، އަތުގައި ކަތިވަޅިން ޖެހުނުކަމަށާއި އޭގެ ފަހުން
އަފްރާޝިމް ކަރުގައި ކަތިވަޅިން ޖެހިކަމަށާއި، ޖެހީ ކަރާއި ކަދުރައާ ދެމެދު ހިސާބުން ކަރުގެ
ފަރާތުގައި ކަމަށާއި، އޭގެ ފަހުން ކަތިވަޅިން ޖެހީ ބޮލުގައި ކަމަށާއި، ބޮލުގެ ބައެއް ފަޅައިގެން ގޮސް
ވެއްޓުނުކަމަށާއި، ކަތިވަޅިން ދެބުރަށް ޖަހާފައިވާނެކަމަށާއި، މިހެން ޙަމަލާދިނުމުގެ ސަބަބުން
ޑރ.އަފްރާޝީމް ޢަލީ ގޭތެރެއަށް ވެއްޓިފައިއޮއްވާ ޙުސައިން ހުމާމް ޑރ.އަފްރާޝީމް ޢަލީގެ އަތުގައި ހިފާ
ދަމާހަލާފައި ސިޑިދަށަށް ގެންދަން އުޅުނުކަމަށާއި، އޭރު އަފްރާޝީމް ގައިން ލޭފައިބަމުން ދިޔަކަމަށާއި،
އެއްވެސް ޙަރަކާތެއްނެތްކަމަށް ޙުސައިން ހުމާމް އަޙުމަދުގެ ފަރާތުން ދީފައިވާ ބަޔާނުގައި ބުނެފައިވާއިރު،
މިބަޔާން 22 މެއި 2013 (ތާރީޚުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި އިއްވުމުން އެއީ ތެދު
ބަޔާނެއްކަމަށާއި، އެބަޔާނުގައިވަނީ ކަން ހިނގާދިޔަގޮތްކަމަށް ބުނެ އެބަޔާން ދިންކަމަށާއި އެބަޔާނުގައިވާ
އެންމެހައި ވާހަކަތަކަށް ޙުސައިން ޒިމާމް އަޙުމަދު އިޤުރާރުވެ އެލިޔުމުގައި ސޮއިކޮށްފައިވާކަން އެނގެން
3x 0ވތ 4
އަނންކަމެވެ
(ރ) ހަތަރުވަނަކަމަކީ، ޙުސައިންހުމާމް އަޙްމަދުގެ މައްޗަށް ޤަޞްދުގައި މީހަކު މެރުމުގެ ކުށް
ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ނިންމަވާފައިވަނީ ޙުސައިން ހުމާމް އަޙުމަދު ޝަރީޢަތުގެ މަޖިލީހުގައި
ވެފައިވާ އިޢުތިރާފުގެ މައްޗަށްކަމަށްވާއިރު، އެއިޢުތިރާފުން ޙުސައިން ހުމާމް އަޙުމަދު ރުޖޫޢަވެފައިވާކަން
އެނގެން އޮތްއިރު، މިރުޖޫޢަވުން ޞައްޙަ ނޫންކަމަށް ބެއްލެވި ޤާނޫނީ އަސާސެއް ފެންނަންނެތްކަމަށް
ޙުސައިން ހުމާމް އަޙުމަދުގެ ފަރާތުން ހުށަހެޅި އިސްތިއުނާޕީ ފުރަތަމަ ނުކުތާގައި ފާހަގަކޮށްފައި
އޮތްއޮތުމަށް ބަލާއިރު،
މިމައްސަލައިގައި ކްރިމިނަލް ކޯޓުން ކުރައްވާފައިވާ ޙުކުމަށާއި، އެޙުކުމަށް ވާސިލުވުމަށް
ބިނާކޮށްފައިވާ މައިގަނޑު އަސާސްތަކުގެ މައްޗަށް ބެލުމުން، ޙުސައިން ހުމާމްއަޙްމަދުގެ މައްޗަށް
ޤަޞްދުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވެފައިވަނީ ޙުސައިން ޢުމާމް އަޙުމަދު ވެފައިވާ އިޢުތިރާފުގެ
މައްޗަށް ބިނާކޮށްގެން އެކަނި ނޫންކަންކަމާއި، ޙުސައިން ހުމާމް އަޙްމަދު ކުށްކުރިކަމާއިމެދު ޝަރީޢަތުގެ
މަޖިލީހުގައި ވެފައިވާ އިޢުތިރާފުގެ އިތުރަށް މައްސަލައާއި ގުޅިގެން ލިބިފައިވާ ހެކިތަކާއި އެހެނިހެން
ޤަރީނާތަކުގެ މައްޗަށްވެސް މިމައްސަލަ ނިންމެވުމުގައި ކްރިމިނަލް ކޯޓުން ބައްލަވައި އެހެކިތަކާއި
ޤަރީނާތަކުގެ މައްޗަށްވެސް ރިޢާޔަތްކުރައް
އެކުރައްވާފައިވާކަން އެނގެން އޮންނަކަމާއި،
ހައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3395471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
3 02&
2014/HC-A/180
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ފަހަރަށް
2 22
4 22
OXO
މިމައްސަލައިގައި ފެންނަން ހުރި ލިޔެކިޔުންތަކުގެ މައްޗަށް ބެލުމުން، ޙުސައިން ހުމާމް އަޙްމަދު
ވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރެއްގެ ކުރިމަތީގައި ޑރ.އަފްރާޝީމް ޢަލީއަށް ޙަވާލާދިންކަމަށް 1
ގިނަފަހަރު އިޢުތިރާފުވެފައިކަމާއި، މިގޮތުން ޙުސައިން ހުމާމްގެ މައްޗަށް
ތުހުމަތުކުރެވުނުކުށާއި ގުޅިގެން އޭނާގެ ތަޙްޤީޤު ކުރިއަށް ގެންދިޔައިރު، 07 ޑިސެމްބަރ 2012 ދުވަހު
ބަންދުގެ މުއްދަތު އިތުރުކުރުމަށްޓަކައި ކޯޓަށް ޙާޟިރުކުރުމުން، އެމަޖިލީހުގައި ޙުސައިން ހުމާމް
ވަނީ ޑރ.އަފްރާޝީ ޢަލީ އަށް ޙަމަލާދިނުމަށް ރޭވިގޮތާއި، އެކަން ޢަމަލީގޮތުން ހިނގާދިޔަ ގޮތް ވަރަށް
ތަފްޞީލްކޮށް ކިޔައިދީ ކުށަށް އިޢުތިރާފުވެފައިވާކަމާއި، ހަމައެގޮތަށް 22 މެއި 2013 ވަނަ ދުވަހު
ޝަރީޢަތުގެ މަޖިލީހުގައިވެސް ޙުސައިން ހުމާމް އަޙްމަދު ވަނީ އެއިޢުތިރާފު އެފަދައިން
ތަކުރާރުކޮށްފައިކަމާއި، 22 މެއި 2013 މިތާރީޚުގައި ޝަރީޢަތުގެ މަޖިލީހުގައި މައްސަލަ ބެއްލެވި ޤާޟީ
ތަކުރާރުކޮށް ޙުސައިން ހުމާމް އިޢުތިރާފާއި ގުޅިގެން ސުވާލުކޮށްފައިވާއިރު، އެއިން އެއްވެސް ފަހަރަކު
ޙުސައިން ހުމާމް އަޙްމަދު އެފަދައިން އެއިޢުތިރާފުވަނީ ކުރިމަތިވި މަޖުބޫރެއްގެ ސަބަބުން ނުވަތަ
އެނޫންވެސް އެހެން ސަބަބެއް އޮވެގެންކަމަށް ބުނެ އެކަން ފަނޑިޔާރުގެ ސަމާލުކަމަށް ގެނެސްނުވާކަމާއި،
އެއާއި ޚިލާފަށް އެދުވަހު ޙުސައިން ހުމާމް އަޙްމަދުގެ ފަރާތުން ބުނެފައިވަނީ ޙުސައިން ހުމާމް އަޙުމަދު،
ޑރ.އަފްރާޝީމް ޢަލީ އަށް ހަމަލާދިންކަމަށް އިޢުތިރާފުވެ މައްސަލައާއި ގުޅިގެން އިތުރަށް
ދައްކާނެވާހަކައެއް ނެތްކަމަށް ބުނެ ބޭނުންވަނީ ލުއިގޮތެއް ހަދައިދިނުމަށް އެދޭކަމުގައިކަމާއި،
ه22 ހއ
4
އިޢުތިރާފު ނުވަތަ އިޤްރާރަކީ، އިސްލާމީ ޝަރީޢަތުގައި ސާބިތުކުރުމުގެ ވަސީލަތްތަކުގެ
ތެރެއިން އެންމެ ބޮޑު ބުރަދަނެއް ދެވޭ އަދި އެންމެ މަތީދަރަޖަ ދެވިފައިވާ ވަސީލަތްކަމާމެދަކު ޝަރުޢީ އަދި
ޤާނޫނީ ޢިލްމުވެރިންގެ މެދުގައި އެއްވެސް ޚިލާފެއްނެތްކަމާއި،
އެގޮތުން އިސްލާމީ ފިޤްހުގައި ސާބިތުކުރުމުގެ މި ވަސީލަތަށް " للاه" ގެ ލަޤަބު
ދެވިފައިވާކަމާއި،
ޖިނާއީ ޤާނޫނުގައި "އިޢުތިރާފު" އަކީ، ކުށެއްކަމަށް ޤާނޫނުގައި ނުވަތަ ޝަރީޢަތުގައި
ކަނޑައެޅިފައިވާ ޢަމަލެއް ކުރިކަމަށް ނުވަތަ އެޢަމަލުން ބައެއް ކުރިކަމަށް، ޤާނޫނީގޮތުން ތަޙްޤީޤު ކުރުމުގެ
ބާރު ލިބިފައިވާ އިދާރާއަކުން ކުރާ ތަޙްޤީޤީގެއްގައި ނުވަތަ ޝަރީޢަތުގެ މަޖިލީހުގައި އެމީހެއްގެ އަމީރީ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 7331471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/180
ނަފުސުގެ މައްޗަށްވާ އިޤްރާރު، ނުވަތަ އެމީހެއްގެ އަމިއްލަ ނަފުސުގެ މައްޗަށް ދޭ ހެކިބަސްކަމާއި،
ބާލިޣުވެ، ބުއްދި ސަލާމަތުންހުރި މީހަކު އެއްވެސް މަޖުބޫރުކަމެއްނެތި އޭނާގެ ފުރިހަމަ އިޚްތިޔާރުގައިހުރެ،
ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރެއްގެ ކުރިމަތީގައިވާ އިޢުތިރާފަކީ ޞައްޙަ އިޢުތިރާފެއްކަމުގައި ނޫނީ
ނުބެލެވޭނެކަމާއި،
އިޢުތިރާފަކީ، ތަފާތު ޖުރިސްޑިކްޝަންތަކުގައި ޖިނާއީ ކުށްތައް ސާބިތުކުރުމުގެ އެންމެ
މުހިންމު އެއް ވަސީލަތްކަމާއި، މިގޮތުން ޖިނާއީ ޤާނޫނުގައި އިޢުތިރާފު ބެހިގެންވަނީ ދެބަޔަކަށްކަމާއި؛
ފުރަތަމަ ބަޔަކީ: ޤަޟާއީ އިޢުތިރާފު (Judicial Confession) ކަމާއި، ދެވަނަ ބަޔަކީ: ޤަޟާއީ ނޫން
އިޢުތިރާފު (Extrajudicial Confession) ކަމާއި،
ޤަޟާއީ އިޢުތިރާފަކީ ތުހުމަތުކުރެވޭމީހާ ފަނޑިޔާރެއްގެ ކުރިމަތީގައި ޝަރީޢަތުގެ
މަޖިލީހުގައިވާ އިޢުތިރާފުކަމާއި، އަދި ޤަޟާއީ ނޫން އިޢުތިރާފަކީ، ތުހުމަތުކުރެވޭމީހާ ޝަރީޢަތުގެ
މަޖިލީހުން ބޭރުގައި، ތަޙުޤީޤު މަރުޙަލާގައި ތަޙްޤީޤުކުރާ ފަރާތުގެ ކުރިމަތީގައި ނުވަތަ އެނޫންވެސް
ފަރާތެއްގެ ކުރިމަތީގައިވާ އިޢުތިރާފުކަމާއި، މިމައްސަލައިގައި ފެންނަން ހުރި ލިޔެކިޔުންތަކަށް ބެލުމުން
ޙުސައިން ޙަމާމް އަޙްމަދުގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައިގައި އިޝާރާތްކުރެވުނު ފަދައިން ވަނީ
ފަނޑިޔާރެއްގެ ކުރިމަތީގައި ތަފާތު 2 ފަހަރެއްގެ މަތިން އޭނާގެ މައްޗަށް ތުހުމަތުކުރެވުނު ކުށަށް
ތިރާފުވެފައިވާކަމާއި، މިފަދައިން އިޢުތިރާފުވެފައިވަނީ ޙުސައިން ހުމާމް އަޙްމަދަށް ކުރިމަތިވި
މަޖުބޫރެއްގެ ސަބަބުން ޙުސައިން ހުމާމް އަޙްމަދު މިހާރު ބުނިނަމަވެސް، ޙުސައިން ޙަމާމް އަޙްމަދަށް
ކުރިމަތިވި މަޖުބޫރީ ޙާލަތުކަމަށްބުނެ ޙުސައިން ހުމާމް އަޙުމަދުގެ ފަރާތުން ހައިކޯޓުގައި ފާހަގަކޮށް ހުށަހެޅި
ކަންކަމަކީ އޭނާ ތަޙްޤީޤުގައި ބަންދުގައި ހުންނަން ޖެހުމާއި، ތަޙްޤީޤުކުރެވުނުއިރު ޙުސައިން ހުމާމް
އަޙްމަދާއި ސުވާލުކުރެވުމާއި، މިފަދަ ކަންތައްތައް ކަމުގައިވާއިރު، އެކަމަކީ ޙުސައިން ޙަމާމް އަޙްމަދު
ނުކުރާކަމެއް ކުރިކަމަށް ބުނެ ކުށަކަށް އިޢުތިރާފުވާންޖެހޭފަދަ މަޖުބޫރީ ޙާލަތެއްކަމުގައި ޤަބޫލުނުކުރެވޭކަމާއި،
އަދި އެފަދައިން އިޢުތިރާފުވީ މަޖުބޫރީ ޙާލަތެއްގައި ހުރެކަމަށް ބުނާ ބުނުމަށް ބާރު ލިއްބައިދޭ
ހަރުދަނާކަންތައްތަ
ފުކަންތައްތަކެއްވެސް ޙުސައިން ހުމާމް އަޙްމަދަށް ބުނެދެވިފައިނުވާކަން އެނގޭކަމާއި،
ޤަޟާއީ އިޢުތިރާފު ނުވަތަ ޝަރީޢަތުގެ މަޖިލީހުގައިވާ އިޢުތިރާފުން ރުޖޫޢަވުމާއި
އިސްލާމީ ފިޤުހު ފޮތްތަކުގައި ބަޔާންކޮށްފައިވާ ބަޔާންކުރުންތަކަށް ބެލުމުން އެ
އިދު 8
9
3
0 ހދ 0
މި02
xc
ގުޅޭގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 2/16471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ހއ9ތ
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/180
މައްޗަށް ބުރަދަނެއް ދިނުމުގައި ދެ ޙާލަތެއް އޮންނަކަން އިސްލާމީ ފިގުހުގެ ފޮތްތަކުން އެނގެން
އޮންނަކަމާއި، މިގޮތުން ފުރަތަމަ ޙާލަތަކީ ހަމައެކަނި މާތް ﷲ ގެ ޙައްޤު އެކުލެވޭކަމެއްގައި ވެވޭ
އިޢުތިރާފުކަމާއި، މީގެ މިސާލަކީ ޙައްދު ކަނޑައެޅިފައިވާ ކުށްތައްކަމާއި، ދެވަނަ ޙާލަތަކީ އާދަމް ދަރިޔާގެ
ޙައްޤެއް އެކުލެވޭކަމެއްގައި ވެވޭ އިޢުތިރާފުކަމާއި، ފުރަތަމަ އިން ބުނެވުނު ޙާލަތުގައި ވެވޭ އިޢުތިރާފުން
ރުޖޫޢަވެއްޖެނަމަ އެކަމުގެ މައްޗަށް ބުރަދަނެއްދެވިދާނެކަމަށް ޢިލްމުވެރިން ވިދާޅުވާކަމާއި، އެހެންނަމަވެސް
ޤިސާސްގެ މައްސަލަތައްފަދަ އާދަމް ދަރިޔާގެ ޙައްޤު އެކުލެވިގެންވާކަމެއްގައި އެފަދަ މީހަކު އެފަދައިންވާ
އިޢުތިރާފުގައި ނުވަތަ އިޤުރާރުން ރުޖޫޢަ ނުވެވޭނެކަމާއި،
މިގޮތުން "ބޮޖެ -2
1
މިފޮތުގައި، އިޤްރާރު ޞައްޙަވުމުގެ ޝަރުޠުތައް ފުރިހަމަވާގޮތަށް
އެމީހާގެ އަމިއްލަ ނަފުސުގެ މައްޗަށް ވެފައިވާ އިޤްރާރަކީ، އޭގައި އެހެން މީހެއްގެ ޙައްޤު އެކުލެވޭގޮތަށް
ވެފައިވާ އިޤްރާރެއް ކަމުގައިވަނީނަމަ، އެ އިޤްރާރުން ރުޖޫޢަ ނުވެވޭނޭކަމަށް ބަޔާންކުރައްވާފައިވާކަމާއި،
2i
"للقޑ (Y للގ هللل"2 މިފޮތުގައި، މީހަކު އެމީހެއްގެ އަމިއްލަ ނަފުސުގެ މައްޗަށްވާ
އިޤްރާރަކީ، އެހެންމީހެއްގެ ޙައްޤެއް އެކުލެވޭގޮތަށް ވެފައިވާ އިޤްރާރެއްކަމުގައި ވަނީނަމަ، އެމީހެއްގެ
ރުހުންނެތި އަނބުރާ އެ އިޤްރާރުން ރުޖޫޢަ ނުވެވޭނެކަމާ މެދަކު އިސްލާމީ ފިޤްހު ޢިލްމްވެރިންގެ މެދުގައި
ޚިލާފެއް ނެތްކަމަށް ބަޔާންކުރައްވާފައިވާކަމާއި،
3
އަދި "ފަ &&هLA
-
6y
)
a<"3 މިފޮތުގައި، އިޤްރާރު ޞައްޙަވުމުގެ
ފުރިހަމަވާ ގޮތަށް މީހަކު ވާ އިޤްރާރުގައި އެހެންމީހެއްގެ ޙައްޤެއް އެކުލެވޭނަމަ އެ އިޤްރާރާއި އެއްގޮތަށް
ޙުކުމްކުރުމަކީ ފަނޑިޔާރަށް ލާޒިމްކަމެއްކަމަށާއި، އެމީހަކުވީ އިޤްރާރާއި ޚިލާފަށް އެމީހަކު ބުނާނަމަ އެކަން
ސާބިތުކޮށްދިނުމަކީ އެ އިޤްރާރު ވީމީހާގެ ޒިންމާއެއްކަމަށް ބަޔާންކުރައްވާފައިވާކަމާއި، އަދި މީހަކު
އެފަދައިން ވެފައިވާ އިޤުރާރުގެ ނަތީޖާ ތަޠުބީޤް ކުރެވޭނީ އެ އިޤުރާރުވީ މީހެއްގެ އަމިއްލަ ނަފުސުގެ
މައްޗަށް އެކަނިކަމާއި، މިގޮތުން ޤިސާސްގެ މައްސަލަތަކުގައި އެކަންކަމު
އެކަމުގައި އެހެން މީހެއްގެ މައްޗަށް އެ
[ |للޤާޑް للل هللޖާ. (22713)
2 |ޖެޖޫ2 | للللا:2, لللللهފ ههللااލޮهل (61916)
3 للللل&tهلا ههللا|agهلދ. تهلﷲ ބلللا (623)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 471، ދިވެހިން
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
13 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/180
އިޤްރާރުގެ ނަތީޖާ ތަޠުބީޤް ނުކުރެވޭނެ، ކަމީވެސް އިސްލާމީ ފިޤުހުގެ ޖުމްހޫރު ޢިލްމްވެރިންގެ
ދެކެވަޑައިގަންނަވާ ގޮތްކަން އެނގެން އޮންނައިރު، މިއުސޫލު ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ
މިކޯޓުގެ ނަންބަރު 84/HC
-
A/2013 ޤަޟިއްޔާގައިވެސް ޤާއިމުކުރައްވާފައިވާކަން އެނގޭކަމެވެ.
99
ބ) ފަސްވަނަކަމަކީ، އިސްވެ އިޝާރާތްކުރެވުނުފަދައިން މިމައްސަލައިގައި ކްރިމިނަލް
ކޯޓުން ޙުކުމަށް ވާސިލުވެފައިވާ ސަބަބުތަކަށް ބެލުމުން، ކްރިމިނަލް ކޯޓުން މިމައްސަލަ ނިންމެވުމުގައި
ރިޢާޔަތްކޮށްފައިވަނީ، ޙުސައިން ހުމާމް އަޙްމަދު ޝަރީޢަތުގެ މަޖިލީހުގައި ކުށައްވެފައިވާ އިޢުތިކާފަށް
އެކަނި ނޫންކަމާއި، އެއިޢުތިރާފުގެ އިތުރަށް މިމައްސަލައާއި އެކު ދައުލަތުގެ ފަރާތުން ހުށަހެޅި ހެކި
ޤަރީނާތަކުގެ މައްޗަށްވެސް ކްރިމިނަލް ކޯޓުން މިމައްސަލަ ނިންމެވުމުގައި ރިޢާޔަތްކޮށްފައިވާކަން އެނގެން
އޮންނައިރު، މިމައްސަލައިގައި ދައުލަތުގެ ފަރާތުން ސާބިތުކޮށްދިނުމަށް ބޭނުންވީ، ޙުސައިން ޙަމާމް
އަޙްމަދު، ޑރ.އަފްރާޝީމް ޢަލީއަށް ޙަމަލާދިނުމަށް ރޭވިކަމާއި، 01 އޮކްޓޯބަރ 2012 ވަނަ ދުވަހުގެ
23:30 އާއި 02 އޮކްޓޯބަރ 2012 ވަނަ ދުވަހުގެ 2:00 އާއި ދެމެދުގެ ވަގުތެއްގައި، ޙުސައިން ޙަމާމް
އަޙްމަދު އިތުރު ބަޔަކާއި އެކު، ހ.ފުންވިލު ގެއަށް ގޮސްފައިވާކަމާއި، ޑރ.އަފްރާޝީމް ޢަލީއަށް، ޙުސައިން
ޙުމާމް އަހްމަދު ތޫނު އެއްޗަކުން ޙަމަލާދީފައިވާކަމާއި، މި ޙަމަލާގެ ސަބަބުން ޑރ.އަފްރާޝީމް ޢަލީ
އަވަހާރަވެފައިވާކަމާއި، މިކަންތައްތައްކަން އެނގެން އޮންނަކަމާއި،
މިގޮތުން މިދަޢުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ
ހެކިބަހަށާއި، ކިތާބީ ހެކިތަކުގެ މައްޗަށް ބެލުމުން، އެކު ޖުމްލަ 6 މީހެއްގެ ހެކިބަސްނެގިފައިވާކަމާއި،
މިގޮތުން ހެކި ނަންބަރު 1 ގެ ފަރާތުން ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ހެކިބަހަށް ބަލާއިރު، އެހެކި
ބަހުގައި އޭނާ ދައްކާފައިވާ ވާހަކަތަކުގައި، މިޙާދިސާ ހިނގާދިޔަ ރޭ ޙުސައިން ހުމާމް އަޙުމަދާއި އެކު
ޑރ.އަފްރާޝީމް ޢަލީ ދިރިއުޅެމުންދިޔަ ގެއަށް ދިޔަކަމަށާއި، އޭގެ ފަސް މިނެޓްފަހުން ފޮތްތަކެއް ހިފައިގެން
ހުރިމީހަކު އެގެއަށްވަތްކަމަށާއި، އެމީހާއެގެއަށް ވަނުމާއިއެކު އޭނާގެ ފަހަތުން ޢަލީ ޝާންކިޔާމީހަކު
ދިޔަކަމަށާއި، އޭގެ އިރުކޮޅެއްފަހުން ޢަލީ ޝާން ހެކި ނަންބަރު 1 އަށް ގޮވުމުން، އޭނާއެގެއަށް ވަތްއިރު
އެމީހާ އޮތީ ޒަހަމްވެގެން ބިންމައްޗަށް ވެއްޓިފައިކަމަށާއި، އޭރު ޙުސައިން ޢުމާމް އަޙުމަދު ހުރީ
ޒަހަމްވެފައިވާ މީހާގެ އަތުގައި ހިފައިގެންކަމަށާއި، އަދި ހެކި ނަންބަރު 1 އަށް ޙުސައިން ހުމާމް އަޙުމަދުގެ
އަތުގައިވެސް ލޭ ހުރިތަން ފެނިފައިވާކަމުގައި ބުނެފައިވާއިރު، ތަޙްޤީޤުގެ މަރުޙަލާގައި ބަންދުގެ މުއްދަތުގެ
މަޖިލީހަށް ފަނޑިޔާރަށް ޙުސައިން ހުމާމް އަޙުމަދުގެ ފަރާތުން ކިޔައިދިން ކިޔައިދިނުމުގައިވެސް އިޙުދިސާ
4 للتޖޓ للهلللا للهل ههللا للللهلللهلللل. للللهلا هللا للهللا هللا (304/2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ފެކްސް/1
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
14 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/180
ކިޔައިދީފައިވަނީ ހެކިބަސްދީފައިވާ ފަރާތުން ޙާދިސާކިޔައިދީފައިވާ ގޮތާއި ދާދި އެއްގޮތަކަށްކަން އެނގޭކަމާއި،
ހެކި ނަންބަރު 1 ގެ ހެކިބަހާ ޙުސައިން ހުމާމްއަހްމަދުގެ އިޢުތިރާފު ގުޅުވާލުމުން ހެކީގެ ހެކިބަހަށް އިތުރު
ބުރަދަނެއް ދެވިގެންދާކަމާއި، ހެކި ނަންބަރު 1 ގެ ހެކިބަހާއި ގުޅިގެން ޙުސައިން ހުމާމް އަޙުމަދުގެ
ފަރާތުން ބުނެފައިވަނީ އެހެކިބަހަކީ ޢަދުލުވެރިކަން ގެއްލިފައިވާ ފަރާތެއްގެ ހެކިބަހަކަށްވާތީ އެހެކިބަސް
ޤަބޫލުނުކުރެވޭނެކަމުގައިކަން އެނގޭއިރު، އެހެކިވެރިޔާގެ ޢަދުލުވެރިކަން ގެއްލިފައިވަނީ ކޮންގޮތަކަށްކަން
ޙުސައިން ހުމާމް އަޙްމަދަށް ބުނެދެވިފައިނެތްކަމަށާއި، އަދި ހެކިވެރިޔާގެ ކުށުގެ ރެކޯޑު ސާފުކުރުމުން
އެހެކިވެރިޔާއަކީ ހެކިބަސް ޤަބޫލުނުކުރެވޭފަދަ ކުށެއް ޝަރީޢަތަށް ސާބިތުވެ ރެކޯޑެއް އޮތްފަރާތެއްކަންވެ.
އެނގެން ނެތްކަމަށް މިމައްސަލަ ނިންމެވުމުގައި ކްރިމިނަލް ކޯޓުން ފާހަގަކުރައްވާފައިވާއިރު، އެއީ އެކަން
އޮތްގޮތް ނޫންކަމަށްބުނެ އެހެކިވެރިޔާގެ ޢަދުލުވެރިކަމާއި ގުޅޭ އެއްވެސްކަމެއް ޙުސައިން ހުމާމް އަޙުމަދުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަކޮށްފައިނެތްކަމާއި، ހެކިން ދީފައިވާ ހެކިބަހާއި ގުޅޭގޮތުން
ޙުސައިން ހުމާމް އަޙުމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަކޮށްފައިވަނީ ހެކިބަހުގައި
ފުށުއެރުންތަކެއް ހުރިކަމަށްބުނެ އެކަމުގެ މައްޗަށްކަން އެނގޭއިރު، އެފުށުއެރުންތަކަކީ ކޮބައިކަން ޙުސައިން
ހުމާމް އަޙްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ދީފައިވާ ބަޔާންތަކުގައި ބުނެދެވިފައިނެތްކަމާއި،
މިމައްސަލައާއި ގުޅިގެން ހެކިބަސްދީފައިވާ ދެން ހުރި ފަރާތްތަކުގެ ހެކިބަސްތަކަށް
ބެލުމުން، ޑރ.އަފްރާޝީމް އަވަހާރަކޮށްލިރޭ ޝަހީދު ޢަލީ މިސްކިތުގެ ވުޟޫކުރާތަނުން، ޙުސައިން ހުމާމް
އަހްމަދުއާއި ވައްތަރު މީހަކު ފެނުނުކަމަށާއި، އެވަގުތު އޭނާ ހުރީ މޫނާއި އަތާއި ފައި ދޮންނަންކަމަށާއި،
އެމީހަކު ވުޟޫކުރީ ނޫންކަމަށާއި، އެމީހަކު އަތާއި ފައި ދޮންނަމުންދިޔައީ އާދަޔާ ޚިލާފަށްކަމަށް ބުނެ ހެކި
ނަންބަރު 3 ހެކިބަސްދީފައިވާއިރު، ޙުސައިން ހުމާމް އަޙްމަދު ޑރ.އަފްރާޝީމް ޢަލީ އަށް
ޙަމަލާދިނުމަށްފަހު، އެރޭ ޙުސައިން ހުމާމް އަޙުމަދުގެ ޓީޝާޓާއި ޖިންސުގައި ލޭ ހުރުމުން، ޝަހީދު ޢަލީ
މިސްކިތުގެ ތެރެއަށްވަދެ ޙުސައިން ހުމާމް އަޙްމަދުގެ މޫނާއި ދެއަތާއި ދެފައި ފެންލާފައި ދޮވުނުކަމަށް
ޙުސައިން ހުމާމް އަޙްމަދުގެ ފަރާތުން 07 ޑިސެމްބަރ 2012 ތާރީޚުގައި ދީފައިވާ ބަޔާނުގައި
ބުނެފައިވާއިރު، ހެކި ނަންބަރު 3 ދީފައިވާ ހެކިބަހުން ޙުސައިން ހުމާމް އަޙްމަދު ބުނުމަށް ބާރުލިބޭކަން
އެނގޭކަމާއި،
02 އޮކްޓޯބަރ 2012 ވަނަ ދުވަހުގެ 00:40 ހާއިރު ޓަސްކަލޫސާ ކައިރިން
ތަކުރުފާނު މަގުން އުމާމް ވަރަށް ބާރަށް ހިނގާފައި މަގު ހުރަސްކުރިތަން ފެނުނުކަމަށާއި، އުމާމް
ހައިކޯއާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރުރީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 6471]
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
،ދިވެހިރާއްޖެ
15 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/180
4
ގޮސް އާޓިފިޝަލް ބީޗް ހުންނަ ފަޅިއަށް މަގުހުރަސްކުރިއިރު ހުރީ ވަރަށް ހާސްވެފައިކަމަށް ބުނެ ހެކި
ނަންބަރު 4 ހެކިބަސްދީފައިވާއިރު، އެރޭ އެމަގުން ދިޔަކަމަށް ޙުސައިން ހުމާމް އަޙްމަދުގެ ފަރާތުން 07
ޑިސެމްބަރ 2012 ތާރީޚުގައި ދީފައިވާ ބަޔާނުގައި ބުނެފައިވާއިރު، ހެކި ނަންބަރު 4 ދީފައިވާ ހެކިބަހާއި
ޙުސައިން ޙަމާމް އަޙްމަދުގެ ވާހަކައާއި ދިމާވާކަން އެނގޭކަމާއި
4
މިޙާދިސާ ހިނގިރޭ ޙުސައިން ހުމާމް އަޙްމަދު އާޓިފިޝަލް ބީޗު ކައިރިން ސްޓޭޓް ބޭންކް
އޮފް އިންޑިއާ ކުރިމަތިން ކަހަލަ ގޮތަކަށް ހުއްޓުވައި އޭނާގެ ހަށިގަނޑު ޗެކް ކުރިއިރު ޙުސައިން ހުމާމް
އަޙްމަދުގެ ފަރާތުން ޝައްކުކުރެވޭ ކަހަލަ ކަންތައްތަކެއް ފާހަގަކުރެވުނުކަމަށާއި، އެވަގުތު ޙުސައިން ހުމާމް
އަޙުމަދު" ބަޑީ ވަރަށް ކަޑަނޫންހޭ، އަފްރާޝީމް ގަޔަށް ވަޅި ޖަހައިފިއޭ" އެވަގުތު ޙުސައިން ހުމާމް
ބުނިކަމަށާއި، އޭރު ޙުސައިން ހުމާމް އަޙްމަދު ހުރީ ވަރަށް ބިރުންކަން ފާހަގަވިކަމަށާއި، ޙުސައިން ހުމާމް
އަޙްމަދު އެވަގުތުހުރީ މަސްތުގެ ޙާލަތުގައިކަމަށާއި، މިޙާދިސާއާއި ގުޅުން ހުރިކަމަށް ޝައްކުކުރެވިގެން
ޙުސައިން ހުމާމް އަޙްމަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ފޯނު ބެލިބެލުމުން ފައިސާތަކެއް ނުލިބިގެން
ކޮށްފައިވާ މެސެޖްތަކެއް ޙުސައިން ހުމާމް އަޙްމަދުގެ ފޯނުން ފެނިފައިވާކަމަށް ހެކިނަންބަރު 5 އަދި 6 ގެ
ހެކިބަހުގައި ބުނެފައިވާކަން އެނގެންއޮންނައިރު، ޑރ.އަފްރާޝީމް ޢަލީ އަށް ޙަމަލާދިނުމަށްފަހު، އެރޭ
އާޓިފިޝަލް ބީޗުކައިރީ ޙުސައިން ހުމާމް އަޙްމަދު ހުއްޓާ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނުކަމަށް
އަދި އެރޭ ޙުސައިން ހުމާމް އަޙްމަދުގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނުކަމަށް ޙުސައިން ޙަމާމް
އަޙްމަދުގެ ފަރާތުން 07 ޑިސެމްބަރ 2012 މިތާރީޚުގައި ދީފައިވާ ބަޔާނުގައި ބުނެފައިވާއިރު، ހެކި
ނަންބަރު 5 އަދި 6 ދީފައިވާ ހެކިބަހާއި ޙުސައިން ހުމާމް އަޙްމަދު ފުލުހުންގެ ބެލުމުގެ ދަށަށް އެރޭ
ގެނެވުނު ކަމަށް ބުނާތަން ދިމާވާކަން އެނގޭކަމާއި،
5
މިޙާދިސާ ހިނގާދިޔުމުގެ ފަހަށް ޙުސައިން ހުމާމް އަޙްމަދަށް މަރްޙޫމް އަފްރާޝީމާ ގުޅޭ
އެކިއެކި ބިރުވެރި ހުވަފެންތައް ފެންނާތީ އުޅޭކަމަށާއި، ފަހުން ޚިޔާލީ ނަންތަކެއް ބޭނުންކޮށްގެން ޙާދިސާ
ކިޔައިދީފައިވާކަމަށާއި އަދި އަފްރާޝީމް ޢަލީ އަކީ މަރާލަންޖެހޭ މީހެއްކަމަށް އޭނާގެ ގާތުގައި ޙުސައިން
ހުމާމް އަޙްމަދު ބުނެފައިވާކަމަށް ހެކި ނަންބަރު 7 ހެކިބަސްދީފައިވާކަންވެސް އެނގެން އޮންނަކަމާއި،
ހެކިންގެ މިހެކިބަސްތަކަށް ޖުމްލަގޮތެއްގައި ބެލުމުން، މިހެކިބަސްތަކުން ޙުސައިން ހުމާމް އަޙްމަދު
ޑރ.އަފްރާޝީމް ޢަލީއަށް ޙަމާލާދިންކަމަށް ކުރިން އޭނާ ވެފައިވާ އިޢުތިކާފަށް އިންއިތުރު
ބާރުލިއްބައިދީފައިވާކަން އެނގޭކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް:5647
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
16 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/180
(ށ) ހަވަނަކަމަކީ، އިޝާރާތްކުރެވުނު ހެކިންގެ ހެކިބަހުގެ އިތުރަށް މިދަޢުވާ
ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ޑީ.އެން.އޭ ރިޕޯޓެއް ހުށަހެޅުއްވިކަމާއި، އަދި އެރިޕޯޓުތައްޔާރުކުރި
ފަރާތް ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރެވި އެފަރާތުގެ ބަސް ނެގިފައިވާއިރު، އެރިޕޯޓު ތައްޔާރުކުރި
ފަރާތުން ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވަނީ، ޙުސައިން ހުމާމް އަޙްމަދު ލައިގެން
ހުރި ޖިންސުގެ އެތެރެއިން ނެގުނު ސާމްޕަލުގައި، ޙުސައިން ޢުމާމް އަޙްމަދުގެ ޑީ.އެން.އޭ ގެ އިތުރުން
ޑރ.އަފްރާޝީމް ޢަލީގެ ޑީ.އެން.އޭވެސް އެސާމްޕަލުގައި ހުރިކަމަށް ބުނެ އެފަދައިންކަމާއި، އަދި އެރިޕޯޓަކީ
ސައްޙަ ރިޕޯޓެއްކަމަށްވެސް މިރިޕޯޓުތައްޔާރުކުރިފަރާތުން ބުނެފައިވާއިރު، މިރިޕޯޓާއި ގުޅިގެން ޙުސައިން
ހުމާމް އަޙްމަދަށްވެސް ސުވާލުކުރުމުގެ ފުރުސަތު ދަށުކޯޓުން ދެވުނުކަމާއި، އެހެންނަމަވެސް އެރިޕޯޓުގައިވާ
ކަންކަން ނަފީކުރެވޭ ވަރުގެ
އެއްވެސް ކަމެއް
ޙުސައިން ހުމާމް
ފަރާތުން
ފާހަގަކޮށްފައިނެތްކަމާއި، މީގެ އިތުރުން މިމައްސަލައިގައި ހެއްކެއްގެ ގޮތުގައި ޑރ.އަފްރާޝީމް ޢަލީއަށް
ޙަމަލާދިން ރޭ އޭ.ޑީ.ކޭ ހޮސްޕިޓަލުން ބެއްލެވި ޑޮކްޓަރުގެ ބަސް ޝަރީޢަތުން ނަންގަވާފައިވާކަމާއި،
މިގޮތުން ޑރ.އަފްރާޝީމް ޢަލީ ބެއްލެވި ޑޮކްޓަރު ބުނެފައިވަނީ ޑރ.އަފްރާޝީމް ޢަލީ ހޮސްޕިޓަލަށް
ގެންދިޔައިރު ދިރިހުރި ކަމުގެ، އެއްވެސް ނިޝާނެއް ފެންނަންނެތްކަމަށާއި، ބޮޑެތި ގިނަ ޒަހަމަތަކެއް
ލިބިފައިވާކަމަށާއި، އެއީ މީހަކު މަރުވެދާފަދަ ޒަހަމްތަކެއްކަން ފާހަގަކުރެވުނުކަމަށާއި، ޑރ.އަފްރާޝީމް ޢަލީ
ނިޔައުވެފައިވަނީ މިޒަޚަމްތަކުގެ ސަބަބުންކަމަށްބުނެ
އެފަރާތުން ޝަރީޢަތުގެ މަޖިލީހަށް ބަޔާންދީފައިވާކަން
· 92 92
އަޙުމަދު
|
އެނގޭކަމެވެ.
(ކ) ހަތްވަނަކަމަކީ، އެކިއެކި މައްސަލަތަކާއި ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުން
ހުށަހަޅާ ހެކިތަކާއި ދަލީލުތައް ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު ކޯޓުން ފަހިކޮށްދިނުމަކީ
ކޯޓުތަކުން ކުރަންޖެހޭނެކަމެއްކަން އެނގެން އޮތްއިރު، ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން
ޝަރީޢަތަށް ހުށަހެޅޭ މުސްތަނަދުތަކާއި ދަލީލުތައް މާނަކުރުމާއި، ވަޒަންކުރުމާއި، ތަރުޖީޙުކުރުމާއި،
މައްސަލަ ސާބިތުކުރުމަށްޓަކައި އެމަސްތަނަދުތަކާއި ދަލީލުތައް ފުދޭތޯއާއި، މިފަދަ އެންމެހައި ކަންކަމަކީ
މައްސަލައިގެ ފެކްޓްސް" ގެ ތެރޭގައި ހިމެނޭ އެހެކިތައް ވަޒަންކުރާ ކޯޓެއްގެ ތަޤްދީނީ ބާރުގެ ދަށުން
ކަނޑައެޅޭކަމެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 30/SC
-
A/2009 ޤަޟިއްޔާގައި
.ވާފައިވާކަން އެނގެން އޮންނަކަމާއި، އަދި ޖިނާއީ މައްސަލަތައް ނިންމުމުގައި،
ހެކިތަކާއި ދަލީލުތަކުގެ ތެރެއިން، ޤާނޫނީ ޤާރީން ފިޔަވައި، ވަކި ހެކިތަކަކަށް ނުވަތަ ޖަލީލުތަކަކަށެވެ
2 2 22
ބަޔާންކުރއްވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް 33144
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
2014/HC-A/180
17 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2 22 22 2x
ބުރަވުން ފަނޑިޔާރުންގެ މައްޗަށް ލާޒިމް ނުވާކަމަށާއި، ހުށަހެޅޭ ދަލީލުތައް ތަޤުވީމުކޮށް ވަޒަންކުރުމަށްފަހު
ފަނޑިޔާރަށް ޤަބޫލުކުރެވޭ ދަލީލުތަކާއި، އެ ދަލީލުތަކުން ކުރެވޭ އިސްތިންތާޖު ތަކުގެ މައްޗަށް ބުރަވެހުރެ،
ޔަޤީނާ ގާތްކުރާ މިންވަރަށް އިޤްތިޞާޢު ވެގެން މެނުވީ ކުށެއް ސާބިތުވެއްޖެކަމަށް ޖިނާއީ މައްސަލައެއްގައި
ޙުކުމެއް ކޮށްގެންނުވާނެކަމީ އިސްތިޤްރާރުވެފައިވާ ޖިނާއީ މައްދައެއްކަން އެނގެން އޮންނަކަމަށް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 23/SC-A/2011 ޤަޟިއްޔާގައި ބަޔާންކޮށްފައިވާއިރު، ޖިނާއީ
މައްސަލައެއްގައި ޝަރީޢަތަށް ހުށަހެޅޭ ހެކިތަކާއި ޤަރީނާތަކުގެ ތެރެއިން މައްސަލައާއި ގުޅުންހުރީ ކޮން
ހެކިތަކެއްކަމާއި، ހެކި ހުށަހެޅެނީ ކޮންކަމެއް ސާބިތުކުރުމުގެ ބޭނުމުގައިކަން މައްސަލަ ބައްލަވާ
ފަނޑިޔާރަކު ވަޒަންކުރުމަށްފަހު ޝަރީޢަތުން ބަލައިގަނެވިދާނެ ހެކިތަކާއި ބަލައިނުގަނެވޭނެ ހެކިތައް އަދި
ޝަރީޢަތަށް ޙާޟިރުކުރެވޭނެ ހެކިންނާއި ޙާޟިރުނުކުރެވޭނެ ހެކިން ފަނޑިޔާރުގެ ތަޤްދީނީ ބާރުގެ ތެރެއިން
ކަނޑައެޅިދާނެކަމަށާއި، ނަމަވެސް ޝަރީޢަތަށް ހުށަހަޅާ ހެކިތަކާއި ދަލީލުތަކުގެ ތެރެއިން ބަލައިގަނެވެންނެތް
ނުވަތަ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރެވެންނެތް ހެކި ހުރިނަމަ އެކަން އެގޮތަށް ނިންމަންޖެހުނު
ސަބަބެއް މައްސަލަ ބައްލަވާ ފަނޑިޔާރު، އެމައްސަލައެއްގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި
ފާހަގަކުރައްވަންޖެހޭނެކަމަށާއި އަދި ޝަރީޢަތަށް ހުށަހެޅުނު ހެކިތަކުގެ ތެރެއިން ބަލައިނުގަނެވޭނެ ހެކިތަކާއި
ކޯޓަށް ހެކިން ޙާޟިރުނުކުރުމަށް ފަނޑިޔާރު ނިންމަވާފައިވާ ސަބަބަކީ ޝަރުޢީ އަދި ޤާނޫނީ
ހަމަތަކުގެމަތިން އެކަށީގެންވާ ސަބަބެއްކަމުގައިވެސް ވާންޖެހޭނެކަމަށް ބަޔާންކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 192/HC
-
A/2011 ޤަޟިއްޔާގައި ހެކި ބަލައިގަތުމާއި އެހެކިތައް ވަޒަންކުރުމާއި ގުޅޭގޮތުން
އުޞޫލެއް ޤާއިމުކުރައްވާފައިވާކަން އެނގޭކަމާއި،
އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކުގައި
ފާހަގަކުރައްވާފައިވާ ކަންކަމަށާއި، ޝަރީޢަތަށް ހުށަހެޅޭ ހެކިބަސްތައް ބަލައިގަތުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުން ޤާއިމުކޮށްފައިވާ އުސޫލުތަކަށް ބެލުމުން، މައްސަލައެއް ސާބިތުކުރުމަށްޓަކައި ޝަރީޢަތަށް
ހުށަހެޅޭ ހެކިތަކުގެ ތެރެއިން ބަލައިގަނެވޭނެ ހެކިންނާއި ބަލައިނުގަނެވޭނެ ހެކިން ކަނޑައަޅާ، އެހެކިންގެ
ހެކިބަސް ޝަރީޢަތުން ޤަބޫލުކުރުމާއި ނުކުރުން އަދި ހެކިންތެރެއިން ޝަރީޢަތަށް ޙާޟިރުކުރަންޖެހޭ
ހެކިންނާއި ޙާޟިރުކުރަންނުޖެހޭ ހެކިންނާމެދު ގޮތެއް ކަނޑައެޅުމަކީ މައްސަލަ ބަލާ ފަނޑިޔާރުގެ ތަޤްދީރީ
ބާރުގެ ތެރެއިން ކަނޑައެޅޭ ކަންކަން ކަމަށްވެފައި އެނިންމުން ބިނާކުރި ސަބަބުތަކުގައި ޝަރުޢީ އަދި
ޤާނޫނީ ހަމަތަކުގެ މަތިން އެކަށީގެންވާ ސަބަބެއް ބަޔާންކުރެވިފައިވާނަމަ އެކަމަކީ ޝަރުޢީ އަދި ޤާނޫނީ
އަޞްލަކާއި ޚިލާފުވުންކަމުގައި ނުބެލެވޭނެކަން އެނގޭކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:364
:
00
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
18 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/180
22
2 ދ ތ
/4ފށި
4
2
0
2 ބ 2
0
އަހރނގެވެ
މިދެންނެވުނު ޤާނޫނީ މަބްދަޢުގެ އަލީގައި އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައިގައި
ކަން ހިނގާފައިވާގޮތަށް ބަލާއިރު، މިމައްސަލައިގައި ޙަވާލާދެވޭ ޙާދިސާ ހިނގިރޭ ޙުސައިން ޙަމާމް އަޙުމަދު
ހުރިތަން ސާބިތުކޮށްދިނުމަށްޓަކައި އެރޭ ޙުސައިން ޢުމާމް އަޙުމަދާއި އެކީ އެރޭ އުޅުނުކަމަށްބުނާ ބަޔަކު
ހެކީންގެ ގޮތުގައި ނަންތަކެއް ދަށު ކޯޓަށް ހުށަހެޅިކަމަށާއި، އެހެންނަމަވެސް ޙުސައިން ހުމާމް އަޙުމަދުގެ
ފަރާތުން އޭނާގެ ވަކީލު ހެކި ހުށަހަޅާފައިވަނީ 22 މެއި 2013 ވަނަ ދުވަހު ޙުސައިން ހުމާމް އަޙުމަދު
އިޢުތިރާފުވެ އެދުވަހުގެ އަޑުއެހުން ނިންމާ އޭގެ އެތައްދުވަހެއް ފަހުން ބޭއްވުނު ޝަރީޢަތުގެ
އަޑުއެހުންތަކުގައިކަމަށާއި، ޙުސައިން ހުމާމް އަޙުމަދު މިދަޢުވާއަށް އިޢުތިރާފުވި 22 މެއި 2013 މިދުވަހު
އޭނާ ދަޢުވާއަށް އިޢުތިރާފުވުމުގެ ކުރިން ދިފާޢުގައި އެކިހުށަހެޅުމަށް ތަކުރާރުކޮށް ފުރުސަތުދެވުނުކަމަށާއި،
މަވެސް އެފުރުސަތު ދޫކޮށްލުމަށްފަހު ދިފާޢުގައި ހެކި ހުށަހެޅުމުގެ ބަދަލުގައި އެއްވެސް ކަހަލަ
މަޖުބޫރުކަމެއްނެތި ޝަރީޢަތުގެ މަޖިލީހުގައި ޙުސައިން ހުމާމް އަޙުމަދު ކުށަށް އިޢުތިރާފުވުމަށްފަހު، އޭގެ
އެތަށް ދުވަހެއްފަހުން ބޭއްވުނު އަޑުއެހުންތަކުގައި ދަޢުވާއަށް އިންކާރުކޮށް ދިފާޢީހެކި ހުށަހަޅަންބޭނުންކަމަށް
ބުނެފައިވަނީ، އިޢުތިރާފުން ރުޖޫޢަވުމަށް އެކަށީގެންވާ ސަބަބުތަކެއް ދެއްކުމެއްނެތިކަމަށާއި، ޝަރީޢަތުގެ
ކުރިމަތީގައިވާ އިޢުތިރާފުގެ ނަތީޖާއަކީ ޤާނޫނުން ލިބިދޭ ޙިމާޔަތްތަކާއި ދިފާޢުތައް ދޫކޮށްލުންކަމަށްވާއިރު،
ދިފާޢީ ހެކިހުށަހެޅުމަށް ޙުސައިން ހުމާމް އަޙްމަދަށް ދިން ފުރުޞަތުދޫކޮށްލުމަށްފަހު އޭނާއަމިއްލައަށް ކުށަށް
އިޢުތިރާފުވެފައިވާތީ، މިޙާލަތުގައި ދިފާޢުގައި ހުށަހަޅާހެކިން ޤަބޫލުކުރުމުގެ ފުރުސަތު ނެތުމުން ކަމަށް
މިމައްސަލަ ނިންމެވުމުގައި ކްރިމިނަލް ކޯޓުން ފާހަގަކުރައްވާފައިވާއިރު، އިސްވެ އިޝާރާތްކުރެވުނު
އިޢުތިރާފަށާއި އެއިޢުތިރާފުގެ އިތުރަށް މައްސަލައާއި ގުޅިގެން ޙުސައިން ހުމާމް އަޙްމަދާއި ދެކޮޅަށް
ދައުލަތުގެ ފަރާތުން ހުށަހެޅި އެންމެހައި ހެކި ޤަރީނާތަކުން ޙާސިލްކުރެވުނު ނަތީޖާއަށް ބެލުމުންނާއި، އަދި
ހެކިން ޙާޟިރުކޮށްގެން ޙުސައިން ހުމާމް އަޙްމަދުގެ ފަރާތުން ޝަރީޢަތަށް ސާބިތުކޮށްދިނުމަށް އެދި
ހުށަހަޅާ ކަންކަމުގެ މައްޗަށް ބެލުމުން މިޙާލަތުގައި ޙުސައިން ހުމާމް އަޙްމަދުގެ ފަރާތުން ހުށަހެޅިކަމަށް
ބުނާ ދިފާޢީހެކިން ކްރިމިނަލް ކޯޓަށް ޙާޟިރުނުކުރުމަށް ކްރިމިނަލް ކޯޓުން ނިންމެވި ނިންމެވުމުގައި ޤާނޫނީ
އަދި ޝަރުޢީ އަޞްލަކާއި ފުށުއެރުމެއްވާކަމުގައި ބެލެވެން ނެތްކަމެވެ.
42
(އ) އަށްވަނަކަމަކީ، އިސްވެ އިޝާރާތްކުރެވުނު އެންމެހައި ހެކި ޤަރީނާތަކާއި އެހެކިތަކުން
ޙާސިލުވާ ނަތީޖާއަށް ބެލުމުން ޑރ.އަފްރާޝީމް ޢަލީއަށް ޙަމަލާދީ އޭނާ މަރާލުމަށް ޙުސައިން ހުމާމް
އަޙްމަދުއާއި އިތުރު ބަޔަކުވެގެން ރާވާ، ޑރ.އަފްރާޝީމް ޢަލީއަށް ހަމަލާދިނުމުގައި ޢަމަލީގޮތުން ޙަސަން ފައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 436471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
19 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/18{
ހުމާމް އަޙްމަދު ބައިވެރިވެފައިވާކަން އަދި މިޙަމަލާގެ ސަބަބުން ޑރ.އަފްރާޝީމް ޢަލީ މަރުވެފައިވާކަން،
ޝަރީޢަތަށް ސާބިތުވުމަށް ފުދޭ ހެކި ދައުލަތުގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާކަން އެނގޭކަމާއި،
ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި ޤާނޫނުލް ޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ރ)
އަށް ބަލާއިރު، މަރުގެ ކުށަށް ކަނޑައަޅަންޖެހޭނީ އިސްލާމީ ޝަރީއަތުގައި މަރުގެ ކުށަށް ކަނޑައެޅިފައިވާ
އަދަބުކަން އެނގޭކަމާއި، މިގޮތުން ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް ދައުލަތުގެ ފަރާތުން
އުފުލިދަޢުވާއަކީ ޤާޞްދުގައި މީހަކު މަރާލުމުގެ ދަޢުވާކަމާއި، ޝަރުޢީ އިސްތިލާޙުގައި ޤަޞްދުމަރު ނުވަތަ
ވޮل ގދ އަކީ ޢާންމުކޮށް މީހަކު މަރުވެދާފަދަ ހަތިޔާރަކުން ނުވަތަ ހަތިޔާރެއްގެ ގޮތުގައި
އެއްޗަކުން މީހެއްގެ ހަށިގަނޑަށް ނުވަތަ ގުނަވަނަކަށް ޙަމަލާ ދިނުމުގެ ސަބަބުން ނުވަތަ ކުޑަ ކައްޓެއްފަދަ
ވަސީލަތެއް ބޭނުން ކޮށްގެން މީހެއްގެ މަރުވަޅަކަށް ހަމަލާ ދިނުމުގެ ސަބަބުނުން އެމީހާ މަރުވުން: ކަމާއި،
42 0 22
eނނކރވ
"ë ގ" (ޤާޞޫދު މަރު) ގައި 03 ރުކުނެއް ފުރިހަމަވުން އިސްލާމީ ޝަރީޢަތް
ލާޒިމްކުރާކަމާއި، އެއީ؛ (1) މަރާލެވުނު މީހާއަކީ، ދިރިހުރި އަދި ލޭ އޮހޮރުވުން މަނާކުރެވިފައިވާ (ލޭ
ހުއްދަކުރެވިފައިވާ ނުވާ) މީހެއްކަމުގައި ވުން. (2) އެމީހާ މަރުވީ ޤާތިލް (murderer) ކުރި ޢަމަލުގެ
ނަތީޖާއެއްގެ ގޮތުން ކަމަށްވުން. (3) ޤާތިލް ކުޅަ ޢަމަލަކީ އެމީހާ މަރާލުމުގެ ނިޔަތުގައި ކުޅަ
ޢަމަލެއްކަމުގައިވުން. މިތިން ރުކުން، ކަމާއި،
22&
އެގޮތުން ބަލާއިރު، ޙުސައިން ހުމާމް އަޙްމަދު ޑރ.އަފްރާޝީމް ޢަލީއަށް ޙަމަލާދިނުމާއި
ހަމައަށް ޑރ.އަފްރާޝީމް ޢަލީއަކީ، ދިރި ދުނިޔޭގައި ހުރި އިންސާނެއްކަމާއި މެދު ޝައްކެތްނެތްކަމާއި،
އަދި އެހާތަނަށް ޑރ.އަފްރާޝީމް ޢަލީއަކީ، ޙުރުމަތް ކެނޑިފައިވާ މީހަކަށްނުވާތީ، "تل هلا"
(ޤަޞުދު މަރު) ގައި ފުރިހަމަ ވާންޖެހޭ ފުރަތަމަ ރުކުން ((މަރާލެވުނު މީހާއަކީ، ދިރިހުރި އަދި ލޭ
އޮހޮރުވުން މަނާކުރެވިފައިވާ (ލޭ ހުއްދަކުރެވިފައިނުވާ) އިންސާނެއްކަމުގައި ވުން)) ފުރިހަމަވާކަމާއި،
އަދި ޑރ.އަފްރާޝީމް ޢަލީ ބެއްލެވި އޭ.ޑީ.ކޭ ހޮސްޕިޓަލުގެ ޑޮކްޓަރ ދީފައިވާ ބަޔާނަށް
ބަލާއިރު، އަދި ޑރ.އަފްރާޝީމް ޢަލީގެ މެޑިކަލް ރިޕޯޓަށް ބަލާއިރު، ޑރ.އަފްރާޝީމް ޢަލީ މަރުވެފައިވަނީ
ހިރާއްޖޭގެ
5 للdهل| هلޖވ هللنه. لللهޕތهلهللjهل، (221/6)
6 |لލޮهلالللދهވ هللل. لÉÉو هلهللالا (22416). للهللهللهلاقޖ |هلللهل هللا لاهلهل للތ هلل. لللهل هلا للللا ވ : (1222)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
20 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/180
ޑރ.އަފްރާޝީމް ޢަލީ އަށް ޙަމަލާދިނުމުގެ ސަބަބުން ލިބިފައިވާ ޒަޚަމްތަކުގެ ސަބަބުންކަމަށް ބުނެފައިވާތީ،
ޑރ.އަފްރާޝީމް ޢަލީ މަރުވެފައިވަނީ ޙުސައިން ހުމާމް އަޙްމަދުވެސް ބައިވެރިވެގެން ޑރ.އަފްރާޝީމް
ޢަލީއަށް ޙަމަލާ ދިނުމުގެ ނަތީޖާއެއްގެ ގޮތުންކަމާމެދަކުވެސް އެއްވެސް ޝައްކެތް
تل هلا (ޤާޞޫދު މަރު) ގައި ފުރިހަމަވާންޖެހޭ ދެވަނަ ރުކުންވެސް (އެމީހާ މަރުވީ ޤާތިލް ކުރި ޢަމަލުގެ
ނަތީޖާއެއްގެ ގޮތުން ކަމަށްވުން) ފުރިހަމަވެފައި ވާކަމާއި،
22
22 2ތ ހ2
eނ42
822 ދ ތ
އަނެކަމުން
قلا هلا (ޤާޞޫދު މަރު) ގައި ފުރިހަމަވާންޖެހޭ ތިންވަނަ ރުކުން ކަމުގައިވާ، ޤާތިލް ކުޅަ
ޢަމަލަކީ އެމީހާ މަރާލުމުގެ ނިޔަތުގައި ކުޅަ ޢަމަލެއްކަން ދެނެގަތުމަށް އިސްލާމީ ޝަރީޢަތުގައިވެސް އަދި
ޖިނާއީ ޤާނޫނުތަކުގައިވެސް ކަނޑައެޅިފައިވާގޮތަކީ އެމީހާ މަރާލުމަށް ބޭނުންކުރި ވަސީލަތާއި މަރާލުމަށް
ރޭވި ރޭވުމާއި، ޙަމަލާދީފައިވާ ތަނާއި، ޙަމަލާދީފައިވާ ގޮތަށް ބެލުން" ކަމާއި،
އެގޮތުން ޑރ.އަފްރާޝީމް ޢަލީ ދިރިއުޅުއްވި ހ.ފުންވިލުގެއަށް މިޙާދިސާ ހިނގިރޭ
ޙުސައިން ހުމާމް އަޙުމަދު ގޮސްފައިވަނީ ޑރ.އަފްރާޝީމް ޢަލީއަށް ޙަމަލާދީ އޭނާ މަރާލުމަށްކުރިއާލައި
ރާވައިގެންކަން އެނގޭކަމާއި، އަދި އެރޭ ޑރ.އަފްރާޝީމް ޢަލީއަށް ޙަމަލާދީފައިވަނީ، މީހަކު މަރާލެވިދާފަދަ
ތޫނު ހަތިޔާރެއް ބޭނުންކޮށްގެންކަން އެނގޭކަމާއި، މިހެންކަމުން ޙުސައިން ހުމާމް އަޙުމަދުގެ ނިޔަތަކީ
ޑރ.އަފްރާޝީމް ޢަލީ މަރާލުންކަމާމެދަކުވެސް އެއްވެސް ޝައްކެތް އުފެދޭނެ ޖާގައެއް ނެތްކަމާއި،
އެހެންކަމުން ت هلا (ޤާޞޫދު މަރު) ގައި ފުރިހަމަވާންޖެހޭ ތިންވަނަ ރުކުން ވެސް (ޤާތިލް ކުޅަ ޢަމަލަކީ
އެމީހާ މަރާލުމުގެ ނިޔަތުގައި ކުޅަ ޢަމަލެއްކަމުގައިވުން) ފުރިހަމަ ވެފައިވާކަން ފާހަގަކުރެވެއެވެ.
(ވ) ނުވަވަނަކަމަކީ، މިޙާދިސާ ހިނގާ ދިޔައިރު ޢަމަލުކުރެވެމުން ދިޔަ ޤާނޫނު ނަންބަރު
10/68 ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގައި ޝަރުޢީގޮތުން ނުވަތަ ޤާނޫނީ
ގޮތުން ކޮށްފައިވާ އަމުރަކަށް ނުކިޔަމަންތެރިވުމަކީ ކުށެއްކަމަށް ބަޔާންކުރުމަށްފަހު، އެމާއްދާގެ (ރ) ގައި،
އެކުށުގެ ސަބަބުން މީހަކު މަރުވެއްޖެނަމަ، އެކުށުގެ ޢުޤޫބާތަކީ އިސްލާމީ ޝަރީޢަތުގައި އެކަމަށް އޮންނަ
ޢުޤޫބާތެއްކަމަށް ބަޔާންކޮށްފައިވާކަމާއި،
ހައިކޯ
: الفقه الإسلامي وأدلته. للدكتور وهبة الزحيلي (259/6). التشريع الجنائي الإسلامي مقارنا بالقانون الوضعي. الدكتور عبد
قادر ،
{79}2)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
21 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/180
23 07
އިސްލާމީ ޝަރީޢަތުގެ ޢުޤޫބާތުގެ ފަލްސަފާއަށް ބަލާއިރު، އިސްލާމީ ޝަރީޢަތުގައި
ކަނޑައަޅުއްވާފައިވާ ޢުޤޫބާތްތަކަކީ، އިންސާނުންގެ ތަބީޢަތާއި އެއްގޮތްވާގޮތުގެ މަތީން، އެތަބީޢަތް އެންމެ
ފުރިހަމައަށް އެނގިވޮޑިގެންވާ މާތް ރަސްކަލާނގެ ކަނޑައެޅުއްވި ޢުޤޫބާތްތަކެއްކަމާއި، އިސްލާމީ
ޝަރީޢަތުގައި ބައެއްކަހަލަ ކުށްތަކަށް ބޮޑެތި އަދަބު ކަނޑައެޅުއްވުމުގެ ޙިކުމަތަކީ، އެކުށުގެ
ނުރައްކާތެރިކަން ބޮޑުކަމުން، މުޖުތަމަޢުގެ އަޚުލާޤު ފުނޑުފުޑުވެ ފަސާދައާއި ހަމަނުޖެހުން ފެތުރުން
ބޭނުމުގައިކަން އެނގޭކަމާއި، މިގޮތުން މާތް ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް
ޙައްޤަކާނުލައި މެރުމާއި، ތޫނު ހަތިޔާރުން މީހުންނަށް ބިރުދެއްކުންފަދަ ބޮޑެތި ލާއިންސާނީ ޖަރީމާތަކަކީ
އިސްލާމީ ޝަރީޢަތުގައި ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށްތައްކަމާއި، ޤަޞްދުގައި މީހުން މެރުމަކީ
މީސްތަކުންގެ މެދުގައި ޢަދާވަތްތެރިކަމާއި ލޭއޮހޮރުވުން ފެތުރި، މުޖުތަމަޢުގައި ބިރުވެރިކަން ފެތުރިގެން
ހިނގާދާނެކަމެއްކަމާއި، މިހެންވެ އެންމެ މީހަކު މެރުމަކީވެސް އެންމެހައި މީސްތަކުން މަރާލުމާއި
އެއްފަދަކަމެއްކަމަށް ކީރިތި ޤުރުއާނުގައި ބަޔާންވެގެން އޮންނަކަމާއި،
/0381ﷲ
R6
އެގޮތުން ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރައްވާފައިވަނީ: (ދި 5ލ للﷲ ޤާ ޅަޖ
إسرائيل أنه من قتل نفسا بغير نفس أو فساد في الأرض فجميعا ومن أحياها فكأنما أحيا الناس جميعا ولقد
ނ ﷲ ޖިلل މެނާ ޙިޖު މަދީ ގަތުﷲ މެޝެ هللނުلل) 8 މާނައީ: "ނަފުސެއް މަރައިގެން، ނުވަތަ
ބިމުގައި ފަސާދައެއް އުފައްދައިގެން ނޫންގޮތަކަށް، ނަފުސެއް މަރައިފި މީހަކު، އެންމެހާ މީސްތަކުން
މެރިފަދައެވެ. އަދި އެ ނަފުސެއް ދިރުވައިފި މީހާ (އެބަހީ: ނުމަރައި ދުނިޔޭގައި ބަހައްޓައިފިމީހާ) އެންމެހާ
މީސްތަކުން ދިރުވިފަދައެވެ." މިފަދައިންކަމާއި،
و با مرور ق ل محرم
މީގެ އިތުރުން ޤަޞްދުގައި މީހުން މަރާމީހުންނަށް އާޚިރަތްދުވަހުން ލިބޭނެ ޢުޤޫބާތް
މިހަނި
ޤުރުއާނުގައި މާތް ﷲ ކުރައްވާފައިވަނީ: (އީ. ޑަބޯ އަޑު އިޕެ) އާއި ގނަ ގުނަ للޝާ)
فيها وغضب الله عليه ولعنه وأعد له عذابا عظيما) ) . މާނައީ: "އަދި، ޤަޞްދުގައި މުއުމިނަކު މަރާމީހާ
(ދަންނާށެވެ!) ފަހެ، އެމީހާގެ ޖަޒާއަކީ ނަރަކައެވެ. އެތާނގައި ދެމިހުންނަނިވި ގޮތުގައެވެ. އަދި،
އެމީހާގެ މައްޗަށް ކޯފާ ލައްވައި ލަޢުނަތް ލެއްވިއެވެ. އަދި، ބޮޑުވެގެންވާ ޢަޛާބު އެމީހާއަށް
މިފަދައިންކަން އެނގޭކަމެވެ.
· 4
ކުރެއެޅއ
E
هللل |لللa. هلهللاޤެޤްޣާ 32 ވަނަ لللا
|لهللاللللa. هلލ للللاތ 93 ވަނަ ހޮޣާ
9
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
2014/HC-A/180
22 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
10
(މ) ދިހަވަނަކަމަކީ، މާތް ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފުސެއް ޙައްޤަކާނުލައި
މަރައިފިމީހެއްގެ މައްޗަށް ދުނިޔެމަތީގައި ކަނޑައެޅިފައިވާ އުގޫބާތަކީ ކޮބައިކަން ބަޔާންކުރައްވަމުން ކީރިތި
ޤުރުއާނުގައި މާތް ﷲ ވަޙީ ކުރައްވާފައިވަނީ: (ا 1
6) للهل للޅި لíދهل ޖ هلهلނު"
الأنثى بالأنثي فمن محيي له من أخيه شيء فاتباع بالمعروف وأداء إليه بإحسان * ذلك تخفيف من كم
ވިފަލެޑޯ" ﷲ ޙަޖާ ) ގެ $) 0 މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ޤަތުލުކުރެވޭ
މީހުންނާމެދު ޤިޞާޞް ހިފުން ތިޔަބައިމީހުންގެ މައްޗަށް ފަރުޟުކުރައްވައިފިއެވެ. މިނިވަނަކަށް
މިނިވަނެކެވެ. އަޅަކަށް އަޅަކެވެ. އަންހެނަކަށް އަންހެނެކެވެ. ފަހެ، އެމީހާގެ (މަރުވި) އަޚާގެ ފަރާތުން
ޤިޞާޞްގެ ބައެއް މާފުކުރެވުނު މީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން ހެޔޮގޮތުގައި މަރުގެ ދިޔައަށް
(ވާރުތަވެރިޔާ) އެދުން ހުއްޓެވެ. އަދި އިޙްސާންތެރިކަމާއެކު މާފުކުރި ފަރާތަށް (މާފުކުރެވުނުމީހާ) އެދިޔަ
އަދާކުރުން ހުއްޓެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން (ތިޔަބައިމީހުންނަށް) ދެއްވި
ލުޔެކެވެ. އަދި ރަޙްމަތެކެވެ. އެއަށްފަހު، ދެކޮޅުވެރިވެ ޢަދާވާތްތެރިވެއްޖެ މީހާ (ދަންނާށެވެ!) ފަހެ،
އެމީހާއަށް ވޭންދެނިވި ޢަޛާބު ހުއްޓެވެ." މިފަދައިންކަމާއި، އަދި ކީރިތި ޤުރުއާނުގެ އެހެން އާޔަތެއްގައި
މާތް ﷲ ވަޙީ ކުރައްވާފައިވަނީ: (للا ޛި ل، ލީޑް އޯ ޕީ —– 1 މާނައީ: "އަދި
ޤިޞާޞް ހިފުމުގައި ތިޔަބައިމީހުންނަށް (ވަރަށްބޮޑު} ދިރުމެއްވެއެވެ. އޭ ބުއްދީގެ އަހުލުވެރިންނޭވެ! (އެއީ)
ތިޔަބައިމީހުން ތަޤްވާވެރިވުމަށްޓަކައެވެ." މިފަދައިންކަމާއި،
2 11
12
އަދި އެހެން އާޔަތެއްގައިވަނީ (ޕ ، އާ للا ޅ
والأذن بالأذن والسن بالسن والجروح قصاص فمن تصدق به فهو كفارة له ومن لم يحكم بما أنزل الله فأوليك هم
لللا) 12 މާނައީ: "އެ ތައުރާތު ގައި ތިމަން ރަސްކަލާނގެ އެއުރެންގެ މައްޗަށް ޤިޞާޞްގެ އުޞޫލު
ކަނޑައެޅުއްވީމެވެ. ހަމަކަށަވަރުން، ނަފުސަކަށް ނަފުސެކެވެ. ލޮލަކަށް ލޮލެކެވެ. ނޭފަތަކަށް ނޭފަތެކެވެ.
ކަންފަތަކަށް ކަންފަތެކެވެ. ދަތަކަށް ދަތެކެވެ. ޒަޚަމްތަކަކީ ޤިޞާޞްހުރި ކަމެކެވެ. އެކަން މާފުކޮށްފި
މީހާއަށް އެއީ ކައްފާރާ އެކެވެ. އަދި ﷲ ބާވާލެއްވި ޙުކުމުން ޙުކުމް ނުކުރާމީހާ (ދަންނާށެވެ!) ފަހެ،
އެއުރެން އެއީ، ހަމަ އަނިޔާވެރިންނެވެ." މިފަދައިންކަމާއި،
ޖެހިރާއްޖޭގެ
10
1]
هل ފީޝާ |لޕޮޖް ގެ 178 ވަނަ لللا
هلهللهގެ 179 ވަނަ އާޔަތް
هللޏާ للللޘް ގެ 45 ވަނަ އާޔަތް
12
ދިވެހިރާއްޖޭގެ ހައިކޯޓް، ޢާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
23 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/180
އިސްވެ ބަޔާންކުރެވުނު ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކުން ސާފުކޮށް އެނގޭގޮތުގައި
އަނިޔާވެރިގޮތުގައި ޤަތުލުކުރެވުނު މީހާގެ ވާރިޘުން ޤިޞާޞް ހިފުމަށް ބޭނުންވާނަމަ އެކަން އެމަގުން
ތަންފީޒު ކުރެވެންޖެހޭކަން އެނގޭކަމެވެ.
13
(ށ އެގާރަވަނަކަމަކީ، އަނިޔާވެރިގޮތުގައި މަރާލެވިފައިވާ މީހާގެ ވާރުތަވެރިންނަށް ޚާތް
ﷲ ބާރުވެރިކަމެއް ދެއްވާފައިވާކަން ބަޔާންކުރައްވާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވަނީ: (لا ޤަفޅ
النفس التي حرم الله إلى باله جعلنا إوليه سلطائا فلا يسرف في القت إنه كان منصور )
މާނައީ: "އަދި ތިޔަބައިމީހުން މާތް ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް ޙައްޤަކާ ލައިގެންމެނުވީ
ނުމަރާށެވެ! އަދި އަނިޔާވެރިގޮތުގައި މަރާލެވޭ މީހާގެ ވަލީވެރިޔާއަށް، ހަމަކަށަވަރުން ތިމަން ރަސްކަލާނގެ
ބާރުވެރިކަމެއް ދެއްވީމެވެ. ފަހެ، ޤަތުލުކުރުމުގައި އޭނާ އިސްރާފު ނުކުރާ ހުށިކަމެވެ. ހަމަކަށަވަރުން އެ
ވަލީވެރިޔަކީ، ނަޞްރު ލިބިގެންވާ މީހެއް ކަމުގައިވިއެވެ." މިފަދައިންކަމާއި،
މި އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވާ ބާރުވެރިކަމަކީ، ޤާތިލުގެ ކިބައިން ޤިޞާޞް
ހިފުމާއި ނުވަތަ ޤާތިލުގެ ކިބައިން ދިޔަ އަތުލުމަށް ފަހު ޞުލްޙަވެރިވުމާއި، ނުވަތަ ޤާތިލަށް ޢަފޫކުރުމުގެ
ބާރު މަރާލެވުނު މީހާގެ ވާރުތަވެރިންނަށް ލިބިދީފައި ވުންކަމާއި،
އެހެން
މިހެންކަމަށް ވުމާއެކު،
ބުނެވިދިޔަ ގޮތްތަކުގެ ތެރެއިން ވާރިޘުން އެދޭގޮތަކަށް މަރާލި
މީހާއާމެދު ޢަމަލުކުރަންޖެހޭނެތީ، ކްރިމިނަލް ކޯޓުގެ ނަންބަރު: 2012/Cr-C/1158 ޤަޟިއްޔާގައި
ޑރ.އަފްރާޝީމް ޢަލީގެ ވާރިޖުންނަކީ ކޮބައިތޯ ބަލައި އެމީހުންގެ ބަސް ހޯދާފައިވާކަން އެނގެން
އޮންނައިރު، ޑރ.އަފްރާޝީމް ޢަލީގެ ވާރިޘުންގެ ތެރެއިން ބާލިޣުވެ ބުއްދި ސަލާމަތުން ތިބި އެންމެހައި
ވާރިސުންވެސް ބޭނުންވަނީ ޑރ.އަފްރާޝީމް ޢަލީ މަރާލި މީހެއްގެ ނުވަތަ ބައެއްގެ ކިބައިން ޤިޞާޞް
ހިފުމަށް ކަން އެނގޭކަމެވެ.
ވީމާ، މަތީގައި ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު އެންމެހައި ކަންތައްތަކަށް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ރިޢާޔަތްކޮށް ބަލާއިރު، ޙުސައިން ހުމާމް އަޙުމަދުގެ މައްޗަށް
13 هފ | هلا2 ގެ 33 ވަނަ އާޔަތް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3
$
i
;
A71/
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
24 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/180
ކްރިމިނަލް ކޯޓުގެ ނަންބަރު: 2012/Cr-C/1158 ޤަޟިއްޔާގައި ދައުލަތުން ކުޅަ ޤަޞްދުގައި މީހަކު
މަރާލުމުގެ ކުށުގެ ދަޢުވާ ބައްލަވައި، ޑރ.އަފްރާޝީމް ޢަލީއަށް ތޫނު އެއްޗަކުން ޙަމަލާދީ މަރާލުމުގައި
ޙުސައިން ޢުމާމް އަޙްމަދު ބައިވެރިވެފައިވާކަމަށް ޙުސައިން ހުމާމް އަޙްމަދު ޝަރީއަތުގައި ވެފައިވާ
އިޢުތިރާފުގެ އިތުރުން ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން ޙުސައިން ހުމާމް އަޙްމަދު އެނުރައްކާ
ނުރައްކާތެރި
ޢަމަލު ހިންގުމުގައި ބައިވެރިވެފައިވާކަމަށް ޤަބޫލުކުރެވޭ މިންވަރަށް ހެކިބަސް ލިބިފައިވާތީ، ބުނެވިދިޔަ
ކަންތައްތަކުގެ މައްޗަށް ބިނާކޮށް، ޤަޞްދުގައި މީހަކު މަރާލުމުގެ ކުށް ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް
ސާބިތުވާކަމަށް ކަނޑައަޅައި، މުސްލިމެއްގެ ލޭ ޙައްޤަކާއި ނުލައި އޮހުރުވުމަކީ މާތް ﷲ ޙަރާމް
ކުރައްވާފައިވާ ބޮޑުވެގެންވާ ފާފައެއްކަން ކީރިތި ޤުރުއާނުގެ ނައްޞުންނާއި
.ބުންނާއި، ރަސޫލާ ގެ ސުންނަތުން
އެނގޭއިރު ޑރ.އަފްރާޝީމް ޢަލީގެ ލޭ އޮހޮރުވާލަންޖެހޭ ފަދަ އެއްވެސް ސަބަބެއް ނެތުމުންނާއި،
ޑރ.އަފްރާޝީމް ޢަލީގެ ވާރިސުންގެ ތެރެއިން ދުނިޔޭގައި ތިބި ބާލިޣުވެފައިވާ ބުއްދި ސަލާމަތުން ތިބި
އެންމެން ބޭނުންވަނީ މަރަށް މަރު ހިފުންކަމަށްވާތީއާއި، ބާލިޣުނުވާ ކުޑަދަރިން ޑރ.އަފްރާޝީމް ޢަލީގެ
ތިބިކަމުގައި ވީނަމަވެސް އެކުދިންގެ ޙައްޤުގައި ޤިޞާޞްއާމެދު ގޮތެއް ކަނޑައެޅުމަކީ ޑރ.އަފްރާޝީމް
ޢަލީގެ ވާރިސުންގެ ތެރެއިން ބާލިޣުވެ ބުއްދި ސަލާމަތުން ހުރި މީހުންނަށް ކުރެވިދާނެ ކަމެއްކަމަށް
ބަޔާންކޮށް، އިސްލާމީ ޝަރީޢަތުގައިވާ ގޮތަށް ބަލާއިރު ޙުސައިން ޙަމާމް އަޙްމަދުގެ މައްޗަށް ސާބިތުވި
މިކުށުގެ ޢުޤޫބާތަކީ މަރަށް މަރުކަމަށް ކަނޑައަޅައި، ޙުސައިން ހުމާމް އަޙްމަދު މެރުމަށް އެޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްވާގޮތުގެމަތިން ކުރައްވާފައިވާ
ޙުކުމެއްކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި ލިޤާޟިއްޔާބެލި ފަނޑިޔާރުންގެ މަޖިލީހުގެ ހުރިހާ
ފަނޑިޔާރުންނަށް އެއްވެސް ޚިލާފެއްނެތި އިއްތިފާޤު ވެވިފައިވެއެވެ.
• ޙުކުމް:
ދެންފަހެ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/1158 ޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް ހ.ލޮބީ ޙުސައިން ހުމާމް އަޙުމަދު (ދ.ރ.ކާޑް ނަންބަރ: A369533) ހުށަހެޅުމުން
ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައިވާ މިޤާޟިއްޔާގައި އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު
އެންމެހައި ކަންތައްތައް އެފަދައިން ހުރުމާއެކު، އެކަންތައްތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން
ރިޢާޔަތްކޮށްބަލާއިރު، ކްރިމިނަލް ކޯޓުގެ ނަންބަރު: 2012/Cr-C/1158 ޤަޟިއްޔާގައި، ޑރ.އަފްރާޝީމް
ޢަލީ ޤަޞްދުގައި މަރާލުމުގެކުށް ޙުސައިން ހުމާމް އަޙުމަދުގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅުއްވައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 135b471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޗެގެ ހައިކޯޓް
2014/HC-A/180
25 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އެކުށުގެ ޢުޤޫބާތެއްގެ ގޮތުން ޙުސައިން ހުމާމް އަޙުމަދު މެރުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރައްވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާބެލި ފަނޑިޔާރުންގެ
މަޖިލީހުގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv