ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/149 ޤަޟިއްޔާގެ ޙުކުމް
1
2008/HC-A/149
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރ: 149/HC
-
A/2008
އިސްތިއުނާފު ކުރިފަރާތް:
* ނަން: އާދަމް ސަޢީދު
އައިޑީ ކާޑު ނަންބަރ: 057567-A
*
ދާއިމީ އެޑްރެސް: ނިއުޝަން | ލ. މާމެންދޫ
މިހާރުގެ
އެޑްރެސް: ނިއުޝަން | ލ. މާމެންދޫ
• އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑު ނަންބަރ:
:
މިހާރުގެ އެޑްރެސް
• ރަޖިސްޓްރީކުރެވުނު ތާރީޚް: 14 ޖުމާދަލްއޫލާ 1429
ނިމުނު ތާރީޚް: 13 މުޙައްރަމް
1431
20 މެއި
2008
28 ޖެނުއަރީ
2010
* ނިންމެވިކޯޓް:
/ 2
0 މި29 ބ
ލ. މާމެންދޫކެޓާ
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2007/O
-
10
-
C/40
ޤަޟިއްޔާގެ ބާވަތް: ވައްކަން
ހުށަހެޅުނުތާރީޚް:
31-03-2007
ނިމުނު ތާރީޚް: 2008-04-27
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2008/HC-A/149
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
C
ދަޢުވާގެ ޚުލާޞާ
މިއީ، ލ. މާމެންދޫ ކޯޓުގެ ނަންބަރު 2007/O-10-C/40 ގެ ޤަޟިއްޔާ އެކޯޓުން ނިންމެވި
ގޮތާމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފް ކޮށްދެއްވުމަށްއެދި ލ. މާމެންދޫ ނިއުޝަން
އާދަމް ސަޢީދު އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤާޟިއްޔާއެކެވެ.
ނުކުތާތައް:
މިމައްސަލައާއި ގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ މަޖްލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި،
ލ. މާމެންދޫ ކޯޓުގެ ނަންބަރު 2007/O-10-C/40 ގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓްގެ
މައްޗަށާއި، އެރިޕޯޓް އެކުގައިވާ މިމައްސަލައާ ގުޅޭ ބަޔާންތަކާއި ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ލ. މާމެންދޫ ކޯޓުގެ ނަންބަރު 2007/O
-
10
-
C/40 ގެ ޤަޟިއްޔާގައި އާދަމް ސަޢީދުގެ
މައްޗަށް ކޮށްފައިވާ ދަޢުވާގެ ޖަވާބުގައި އެޤަޟިއްޔާގެ ޝަރީޢަތުގެ މަޖްލީހަށް 2008/04/24 ދުވަހު އާދަމް
ސަޢީދު ދީފައިވާ ބަޔާނުގައި އެޤަޟިއްޔާގެ ދަޢުވާއަށް އާދަމް ސަޢީދު އިންކާރުކުރާ ކަމަށާއި، ދައުލަތުގެ
ފަރާތުން އެޤަޟިއްޔާގެ ޝަރީޢަތަށް ހުށަހެޅި ބަޔާނަކީ އާދަމް ސަޢީދު ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ
ބަޔާނެއްކަމަށާއި، ނަމަވެސް އެބަޔާނުގައި އާދަމް ސަޢީދު ސޮއިކުރީ އާދަމް ސަޢީދު ދޫނިދޫ ޖަލަށް ގެންދިޔުމުން
ބިރުގެންފައި ހުރުމުންނާއި، އަދި ޖަލުން ސަލާމަތްވާނީ އޭގައި ސޮއިކޮށްގެން ކަމަށާއި، ސޮއިކުރި ނަމަވެސް
އެއްވެސް އަދަބެއް ނާންނާނެކަމަށް ތަޙްޤީޤްކުރި ފުލުހުންގެ މީހާ ބުނުމުންކަމަށާއި، އަދި މީގެކުރިން އާދަމް
ސަޢީދު އެއްވެސް މައްސަލައެއްގައި އެއްވެސްތާކަށް ގެންގޮސްފައި ނުވާތީ، އާދަމް ސަޢީދުހުރީ ވަރަށްބިރުން
ވާނުވާ ނޭނގޭވަރު ވެފައިކަމަށާއި، ނަމަވެސް ފުލުހުން އާދަމް ސަޢީދުގެ އެބަޔާނުގައި ސޮއިކުރުމަށް މަޖްބޫރުކޮށް
ޖިސްމާނީގޮތުން އަނިޔާއެއް ދީފައެއް ނުވާކަމަށް އެބަޔާނުގައި އާދަމް ސަޢީދު ބުނެފައިވާކަން އެނގެއެވެ.
(ށ) މިމައްސަލައާއި ގުޅިގެން އާދަމް ސަޢީދު 2005/12/20 ދުވަހު މިމައްސަލާގެ ތަޙްޤީޤަށް
ދިންކަމަށް އާދަމް ސަޢީދު ބުނާ ބަޔާނުން ދައުލަތުގެ ފަރާތުން ލ. މާމެންދޫ ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު
ޤަޟިއްޔާގައި ކޮށްފައިވާ ދަޢުވާއަށް އާދަމް ސަޢީދު އިޢުތިރާފްވެފައިވާކަމަށް ދައުލަތުން ދެވޭ ޢިބާރާތަކީ
އެބަޔާނުގައިވާ "އަޅުގަނޑު ރަށުއޮފީސްކައިރީ ބޭރުގައި ޗާނދަނީމާގޭ ކައިރީގައި މަޑުކޮށްލުމުން އަބޫބަކުރު
ގޮސްވަނީ ރަށުއޮފީހުގެ ގޯތިތެރެއަށެވެ. އިރުކޮޅެއްފަހުން އަބޫބަކުރު އަޅުގަނޑަށް ގޮވާލާފައި އައުމަށް ބުނުމުން
ދިޔައީއެވެ. އޭރު އަބޫބަކުރު ހުރީ ރަށުކޯޓަށް ވަދެވެން ހުންނަ ދޮރުކައިރީގައި ރަތްކުލައިގެ ދެގޮނޑި
ޑި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
3
2008/HC-A/149
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ބަހައްޓައިގެންނެވެ. އެދެގޮޑިއަކީ ރަށުކޯޓުގެ އެއްޗެއްކަން އެނގެނީ މީގެ ކުރިންވެސް އެދެގޮނޑި ކޯޓުގެ
ފެންޑާމަތިން ފެނިފައިވާތީއެވެ. އަބޫބަކުރު ބުނެގެން އެދެގޮނޑީގެ ތެރެއިން އެއްގޮނޑި އަޅުގަނޑު،
އަނެއްގޮނޑި އަބޫބަކުރު ހިފައިގެން ރަށުގެ ދެކުނުކޮޅުގައި ހުންނަ މަސްކައްކާ ގުދަނެއްގެ ތެރެއަށް
ގެންގޮސްލީމެވެ. އެގުދަނަކީ ތަޅުލާފައިވާ ތަނެއްނޫނެވެ. އަޅުގަނޑުމެން ގެންދިޔަ ދެގޮނޑި ގެންދަނިކޮށް
ބަޔަކަށް ފެނިދާނެކަމަށް އަޅުގަނޑުމެން ދިޔައީ ރަށުގެ ހޭޅި ފަށުންނެވެ." (މިޢިބާރާތުންކަން މިމައްސަލައާއި
ގުޅިގެން ދައުލަތުގެ ފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮތުމުގެ އިތުރުން އާދަމް
ސަޢީދުގެ މައްޗަށް ދައުލަތުގެ ފަރާތުން ކޮށްފައިވާ މިދަޢުވާ ޘާބިތު ކުރުމަށްޓަކައި ދައުލަތުގެ ފަރާތުން ހުށަހަޅާ
ހެއްކަކީ ހަމައެކަނި އާދަމް ސަޢީދުގެ ތަޙްޤީޤް ބަޔާންކަމާއި، މިދަޢުވާ ޘާބިތުކުރުމަށް އެބަޔާން ފިޔަވައި އިތުރު
އެއްވެސް ހެއްކެއް ނެތްކަމާއި، މިކަންކަން މިމައްސަލައާއި ގުޅިގެން ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން
އެނގެން އޮންނަކަން ފާހަގަކުރެވެއެވެ.
(ނ) މިމައްސަލައާއި ގުޅިގެން ތަޙްޤީޤަށް އާދަމް ސަޢީދު ދިންކަމަށްބުނާ ބަޔާނާމެދު ދަށުކޯޓުގައާއި،
ހައިކޯޓުގެ ޝަރީޢަތުގެ މަޖްލީހުގައި އާދަމް ސަޢީދު ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އާދަމް ސަޢީދު
އެބަޔާންދީފައިވަނީ އޭނާގެ ފުރިހަމަ ރުހުމާއި، އިޚްތިޔާރުގައި ނޫންކަން ޝަރީޢަތުގައި އޭނާ ދައްކާފައިވާ
ވާހަކަތަކަށް ބަލާއިރު އެނގެން އޮންނައިރު، ހައިކޯޓުގެ މިޤަޟިއްޔާގެ ދަށުން އިސްތިއުނާފް މިކުރެވޭ ލ.
މާމެންދޫ ކޯޓުގެ ނަންބަރު 2007/O
-
10
-
C/40 ގެ ޤަޟިއްޔާ ނިމިފައިވަނީ 2008/04/27 ގައިކަން
އެނގެން އޮތުމުން، އެޤަޟިއްޔާ ނިމިފައިވަނީ ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރަން ފެށިފައިވާ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށް 2008/08/07 ގައި ޢަމަލުކުރަން ފެށުމުގެ ކުރިންކަމަށް ވީނަމަވެސް،
އެ ޤާނޫނު އަސާސީއަށް އެތާރީޚުގައި ޢަމަލުކުރަން ފެށިފައިވަނީ ބުނެވުނު ލ. މާމެންދޫ ކޯޓުގެ ޤަޟިއްޔާ،
ޝަރުޢީ ހުރިހާ މަރުޙަލާތަކުން ނިމުމުގެކުރިން ކަމަށްވާތީ، ޤާނޫނީ އުޞޫލުތައް ނިޔާކުރާގޮތުން ޝަރުޢީ ހުރިހާ
މަރުޙަލާތަކުން މައްސަލަ ނިމުމުގެކުރިން މުއްތަހަމްގެ ޞާލިހްގައި ޤާނޫނުގެ ނައްޞުތަކަށް އަންނަ ބަދަލަކީ،
މުއްތަހަމްގެ ޞާލިޙަށް އައި ބަދަލެއްކަމުގައި ޤާނޫނީގޮތުން ބަލަންޖެހޭއިރު، މިހާރު ޢަމަލުކުރެވެމުންދާ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 52 ވަނަ މާއްދާގައި ތުހުމަތުކުރެވޭ މީހާ ބުއްދި ސަލާމަތުން
ހުރެ ޝަރީޢަތުގެ މަޖްލީހުގައިވާ އިޢުތިރާފް ފިޔަވައި އެހެން އިޢުތިރާފްތަކަކީ ހެއްކެއްކަމުގައި ނުބެލެވޭނެކަމަށް
ކަނޑައެޅި ބަޔާންވެފައިވުމުން، އިސްވެ އިޝާރާތްކުރެވުނު އާދަމް ސަޢީދުގެ ތަޙްޤީޤް ބަޔާނަކީ އޭނާގެ ފުރިހަމަ
ރުހުމާއި އިޚްތިޔާރުގައި ދީފައިވާ ބަޔާނެއްކަމަށް ޝަރީޢަތުގެ މަރުޙަލާގައި އޭނާ ބުނެފައި ނުވާތީއާއި، އަދި
އެބަޔާނަކީ އޭނާ ފުރިހަމަ އިޚްތިޔާރުގައި ދީފައިވާ މިކަން އެބަޔާނާބެހޭގޮތުން އޭނާ ޝަރީޢަތުގައި
ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނާތީ، ޤާނޫނު އަސާސީގެ ބުނެވުނު މާއްދާއަށް ރިޢާޔަތްކުރާއިރު،
ބރު 0
22 ތ ދ ތ
ބަޔާނެންނެކުން
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
4
2008/HC-A/149
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
184ކ
އިސްވެ އިޝާރާތް ކުރެވުނު ޤަޟިއްޔާގައި ދައުލަތުގެ ފަރާތުން އާދިމް ސަޢީދުގެ މައްޗަށް ކޮށްފައިވާ
ވައްކަން ކުރުމުގެ ދަޢުވާ އޭނާގެ މައްޗަށް ސާބިތުވުމަށް ހެއްކެއްގެ ގޮތުގައި ބެލެވެން އޮތް
އެނގެއެވެ.
ހއ 02
22 ތ ދ ތ
19ނއަކީ
04 04
ހއއ
(ރ) އިސްވެ އިޝާރާތް ކުރެވުނު ލ. މާމެންދޫ ކޯޓުގެ ޤަޟިއްޔާގައި އާދަމް ސަޢީދުގެ މައްޗަށް
ދައުލަތުގެ ފަރާތުން ކޮށްފައިވާ ޖަމާޢަތް ހަދައިގެން ސަރުކާރުގެ މުދަލަކުން ވައްކަންކުރުމުގެ ކުށުގެ ދަޢުވާ
ސާބިތުކުރުމަށްޓަކައި އޭނާ ތަޙްޤީޤަށް ދިންކަމަށްބުނާ އިސްވެ އިޝާރާތްކުރެވުނު ބަޔާން ފިޔަވައި އިތުރު
ކުށް ސާބިތުކުރުމަށްޓަކައި ދައުލަތުގެ ފަރާތުން މިމައްސަލައަށް ހުށަހެޅެން ނެތްކަން މިމައްސަލައާއި
ގުޅިގެން ދައުލަތުގެ ފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެއެވެ.
(ބ) އިސްވެ ބަޔާންކުރެވިދިޔަ ކަންކަން ބަޔާންވެދިޔަ ގޮތުގެމަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ
ހައިކޯޓުން މިމައްސަލަ ބެލި ފަނޑިޔާރުންނަށް އެއްބަސްވެވިފައިވަނީ ލ. މާމެންދޫ ކޯޓުގެ ނަންބަރު -O/40
2007/C-10 ގެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަން ޖެހޭނެކަމަށެވެ.
އިސްވެދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، ލ. މާމެންދޫ ނިއުޝަން
އާދަމް ސަޢީދު އިތުރު މީހަކާއެކު 2005 ސެޕްޓެމްބަރ މަހުގެ ރެއެއްގައި ލ. މާމެންދޫ ކޯޓުގެ ފެންޑާމަތީގައި
ހުރި ކޯޓުގެ ނަމާއި، ނަންބަރު ޖަހާފައިވާ ދެގޮނޑި ވަގަށްނަގާފައިވާ ކަމަށްބުނެ ދައުލަތުގެ ފަރާތުން މިއާދަމް
ސަޢީދުގެ މައްޗަށް ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި، 136 ވަނަ މާއްދާއާއި، 143 ވަނަ
މާއްދާގެދަށުން ލ. މާމެންދޫ ކޯޓުގެ ނަންބަރު 2007/O
-
10
-
C/40 ގެ ޤަޟިއްޔާގައި ކޮށްފައިވާ ޖަމާޢަތް
ހަދައިގެން ސަރުކާރުގެ މުދަލަކުން ވައްކަންކުރުމުގެ ކުށުގެ ދަޢުވާއަށް އާދަމް ސަޢީދު ޝަރީޢަތުގައި
ކޮށްފައިވަނީ އިންކާރުކަމަށްވާތީއާއި،
މީނާގެ މައްޗަށް މިކުށް ޘާބިތުކުރުމަށް ދިއުލަތުގެ ފަރާތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ
މިމައްސަލައާއި ގުޅިގެން 2005/12/20 ދުވަހު، އާދަމް ސަޢީދު ތަޙްޤީޤަށް ދިންކަމަށްބުނާ އޭނާގެ ތަޙްޤީޤް
ބަޔާންކަން ދައުލަތުގެ ބަހުން އެނގެން އޮނައިރު، އެބަޔާނަކީ އާދަމް ސަޢީދުގެ ފުރިހަމަ ރުހުމާއި އިޚްތިޔާރުގައި
ނެގިފައިވާ ބަޔާނެއް ނޫންކަން މިބަޔާނާބެހޭގޮތުން މިމައްސަލައިގެ ޝަރީޢަތުގައި އާދަމް ސަޢީދު ދައްކާފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
5
2008/HC-A/149
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
4
22
ވާހަކަތަކުން އެނގެން އޮންނާތީއާއި، އެބަޔާނަކީ މިދަޢުވާ އާދަމް ސަޢީދުގެ މައްޗަށް ޘާބިތުވުމަށް އޮތް
ހެއްކެއްގެ ގޮތުގައި ބެލެވޭނެ ތަނެއް އޮތް ބަޔާނެއް ނޫންކަން ޤާނޫނު އަސާސީގެ 52 ވަނަ މާއްދާއާ ޙަވާލާދީ
އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ 5 ވަނަ ނަންބަރުގެ (ނ) ގެދަށުގައި ބަޔާންކުރެވިފައިވާ ޤާނޫނީ
ސަބަބުތަކަށް ރިޢާޔަތް ކުރާއިރު، އެނގެން އޮންނާތީއާއި،
މިދަޢުވާ މީނާގެ މައްޗަށް ޘާބިތުކުރުމަށް އިތުރު ހެއްކެއް ހުށަހެޅެން ނެތްކަން ދައުލަތުގެ
ފަރާތުން މިމައްސަލައާއި ގުޅިގެން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނާތީ، އިސްވެ
އިޝާރާތްކުރެވުނު ލ. މާމެންދޫ ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގައި ދައުލަތުގެ ފަރާތުން ލ.
މާމެންދޫ ! ނިއުޝަން އާދަމް ސަޢީދުގެ މައްޗަށް ކޮށްފައިވާ ޖަމާޢަތް ހަދައިގެން ސަރުކާރުގެ މުދަލަކުން
ވައްކަން ކުރުމުގެ ކުށުގެ ދަޢުވާ ޝަރީޢަތަށް ޘާބިތުނުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލި
ފަނޑިޔާރުންގެ މަޖްލީހުގެ އިއްތިފާޤުން ކަނޑައަޅައި، މިގޮތުގެމަތިން ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ.
22 22 22
ނޯޓް:
މިޤަޟިއްޔާ މިގޮތަށް ނިމުމުން ލ. މާމެންދޫ ކޯޓުގެ ނަންބަރު 2007/C-40
/
0-10 ގެ
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލްވީއެވެ.
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
Wind came
އާދަމް މުޙައްމަދު ޢަބްދު
(ފުނޑިޔާރު)
ޢަލީ ޙަމީދު މުޙައްމަދު
(ފުނޑިޔާރު)
އަމީދު
ފަނޑިޔާރު)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv