ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/54 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/54
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 54/HC
-
A/2011
އިސްތިއުނާފުކުރި ފަރާތް:
* ނަން: މުޙައްމަދު ނަޢީމް
އައިޑީ ކާޑު ނަންބަރ: A023255
* ވަކީލުން ޝާހީން ޙަމީދު
ދާއިމީ އެޑްރެސް: ހ. ޓޫފްލާވަރސް
އެޑްރެސް:
ޓޫފްލާވަރސް
434
*ގ
.1
0
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ދަ ގޭޓް ޕްރައިވެޓް ލިމިޓެޑް
2 ރެޖިސްޓްރީ ނަންބަރ: 55
/
2000-C
ވަކީލު: އިޒް. އަޙްމަދު ޒަރީނު އާދަމް
ދާއިމީ އެޑްރެސް: ގ. އޮއްޓަރު
މިހާރުގެ އެޑްރެސް އޮއްޓަރު
.1
*
0
ހުށަހެޅުނު ތާރީޚް: 14 މާރިޗް 2011
ނިމުނު ތާރީޚް: 21 މެއި 2015
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/Cv-C/137
• ނިންމެވިކޯޓް: ސިވިލް ކޯޓު
ހުށަހެޅުނުތާރީޚް: 10-06-2009
* ނިމުނު ތާރީޚް: 24-11-2010
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމް، ފަނޑިޔާރު ޢައްބާސް ޝަރީފް
R
ހައިކޯ
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/54
ދަޢުވާގެ ޚުލާޞާގެ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/137 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ، ޓޫފްލާވާރސް މުޙައްމަދު ނަޢީމްގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މުޙައްމަދު ނަޢީމް ކުރި މި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ދަގޭޓް ޕްރައިވެޓް ލިމިޓެޑެވެ.
....
40
ރެވުނު
ދުކު
01- ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/137 ޤަޟިއްޔާ އަކީ، ހ. ޓޫފްލާވާރސް އެވެ ކިޔާ
ގޯތީގައި 10 ބުރީގެ ފައުންޑޭޝަނާއެކު 03 ޝީޓް އަޅައި 03 ފްލޯރ ކޮމްޕްލީޓްކުރުމަށް ދަ ގޭޓް ޕްރައިވެޓް
ލިމިޓެޑާއި ޙަވާލުކުރުމުން ދަ ގޭޓް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވެފައިވާ ގޮތަށް މަސައްކަތްކުރަމުން ދަނިކޮށް
މަސައްކަތް ހުއްޓުވައި ދަ ގޭޓް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ މަސައްކަތުގެ އަގުގެ ތެރެއިން ބައެއް ދިނުމަށް
ގޯތީގެ ވެރިފަރާތްކަމުގައިވާ މުޙައްމަދު ނަޢީމް އިންކާރުކޮށްފައިވާތީ، ޓޫފްލާވަރސް އެވެ ކިޔާ ގޯތީގައި
ދަ ގޭޓް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ މަސައްކަތުގެ އަގުގެ ތެރެއިން އެހާތަނަށް ނުލިބިވާ
1,082,694.29ރ. (އެއްމިލިއަން އަށްޑިހަ ދެހާސް ހަސަތޭކަ ނުވަދިހަ ހަތަރެއް ޕޮއިންޓް ދޭއް ނުވައެއް
ރުފިޔާ) މުޙައްމަދު ނަޢީމްގެ ކިބައިން ހޯދުމަށް ޓޫފްލާވާރސް މުޙައްމަދު ނަޢީމްގެ މައްޗަށް ދަޢުވާކުރުމުން
ބައްލަވާފައިވާ ޤަޟިއްޔާއެއް ކަމާއިގެ
އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ،
ޓޫފްލާވާރސް އެވެ ކިޔާ ގޯތީގައި ދަ ގޭޓް
ޕްރައިވެޓް ލިމިޓެޑުން ކުރާ މަސައްކަތް ބެލުމަށްޓަކައި މަސައްކަތް ޙަވާލުކުރި ފަރާތުން ކޮންސަލްޓަންޓަކު
ޢައްޔަނުކޮށްފައިހުރި ހިނދު، މަސައްކަތް ޙަވާލުކުރާ ފަރާތުން ވަކިފަރާތެއް ނުވަތަ ފަރާތްތަކެއް ކުރެވޭ
މަސައްކަތް ބެލުމަށް ޢައްޔަނުކުރުމުގެ ބޭނުމަކީ އެކުރެވޭ މަސައްކަތަކީ ރަގަޅަށް ކުރެވޭ އަދި އެމަސައްކަތުގައި
މަސައްކަތް ޙަވާލުކުރެވޭ ފަރާތުގެ މަޞްލަޙަތު ރަގަޅަށް ޙިމާޔަތްކުރެވޭ ގޮތަށް ކުރެވޭ މަސައްކަތެއްކަން
ކަށަވަރުކުރުންކަން އެނގޭ ހިނދު؛
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/54
1/
ޓޫފްލާވާރސް އެވެ ކިޔާ ގޯތީގައި ދަ ގޭޓް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ މަސައްކަތްތައް
ކޮށްފައިވަނީ އެކަށީގެންވާ ފެންވަރެއްގައި ނޫންކަމަށް މުޙައްމަދު ނަޢީމްގެ ފަރާތުން ބުނި ނަމަވެސް ދ.
ޓޫފްލާވާރސް އެވެ ކިޔާ ގޯތީގައި ދަ ގޭޓް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ މަސައްކަތްތައް ކޮށްފައިވަނީ
ދެފަރާތުން އެއްބަސްވެފައިވާ ފަދައިން މަސައްކަތް ޙަވާލުކުރި ފަރާތްކަމުގައިވާ ދަޢުވާލިބޭ މުޙައްމަދު ނަޢީމް
ޢައްޔަނުކޮށްފައިހުރި ކޮންސަލްޓަންޓްގެ ބެލުމުގެ ދަށުން އެފަރާތުގެ އެނގުމާއި ފެނުމުގެ ތެރެއިންނާއި އެފަރާތުގެ
ހުއްދަ އެމަސައްކަތްތަކަށް ލިބިގެންކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން އޮތަތީ،
ދަ ގޭޓް ޕްރައިވެޓް ލިމިޓެޑްގެ ސަބަބުން މުޙައްމަދު ނަޢީމަށް ލިބިފައިވާކަމަށް ބުނެ ހުށަހަޅާފައިވާ
ގެއްލުމުގެ ބަދަލު ނަގައިދެވޭނެ ތަނެއް ނެތްކަމަށާއި، ދަޢުވާގައި ހޯދުމަށް އެދިފައިވާ 1,082,694.29ރ.
(އެއްމިލިއަން އަށްޑިހަ ދެހާސް ހަސަތޭކަ ނުވަދިހަ ހަތަރު ރުފިޔާ ނަވާވީސް ލާރި) އަކީ މުޙައްމަދު ނަޢީމްގެ
ފަރާތުން ދަ ގޭޓް ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި،
މިފައިސާ ދަ ގޭޓް ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމުގެ ގޮތުން މިއަދު 24 ނޮވެމްބަރު 2010
ދުވަހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުމެ އެބަހަކަށްޖެހޭ ޢަދަދަށް ވުރެ މަދުނޫން
މިންވަރެއް ސިވިލް ކޯޓަށް ދައްކަމުންގޮސް މިމުއްދަތުގެ ތެރޭގައި މިފައިސާ އެއްކޮށް ދައްކައި ޚަލާޞްކުރުމަށް
މުޙައްމަދު ނަޢީމަށް އަންގަވައިކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެންއޮވެއެވެ.
02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/137
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ
އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ، މުޙައްމަދު ނަޢީމްގެ ފަރާތުން އިސްތިއުނާފު ކުރުމަށް 06 (ހައެއް) ނުކުތާ
ފާހަގަކޮށް އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެއިގެ
ތެރެއިން:
• ފުރަތަމަ ނުކުތާއަކީ: ޓޫފްލާވަރސް ގައި ދަ ގޭޓް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ
މަސައްކަތްތަކުގައި ގިނަގުނަ މައްސަލަތައް ހުރިކަމާއި، އެމަސައްކަތްތަކަކީ އެކަށީގެންވާ ވަރަށްވުރެ ދަށް
ފެންވަރުގައި ކޮށްފައިވާ މަސައްކަތްތަކެއް ކަމަށް ދަ ގޭޓް ޕްރައިވެޓް ލިމިޓެޑްގެ އަމިއްލަ އިޢުތިރާފު
ދ.
04
R
ހައިކް
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/54
ތަކުންނާއި، ދަ ގޭޓް ޕްރައިވެޓް ލިމިޓެޑުން ޝަރީޢަތަށް ހުށަހެޅި ހެންވޭރު ޓޫފްލާވަރސްގެ ކޮންކްރިޓް ޓެސްޓް
ރިޕޯރޓުންނާއި، މުޙައްމަދު ނަޢީމްގެ ފަރާތުން ހުށަހެޅި ފަންނީ ރިޕޯރޓް ކަމުގައިވާ "ސްޓްރަކްޝަރަލް
އެސެސްމެންޓް ރިޕޯޓް ފޯރ ދަ ތްރީ ސްޓޯރީ ސްޓްރަކްޗަރ ހ. ޓޫފްލާވަރސް" އިން އެއްވެސް އޮޅުމެއްނެތި
ޝަރީޢަތަށް ސާބިތު ވެފައިވީއިރު، އެކަމަށް ދަ ގޭޓް ޕްރައިވެޓް ލިމިޓެޑުން ޒިންމާވާން ނުޖެހޭނެ ކަމަށް
ނިންމަވާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ: ”މަސައްކަތް ޙަވާލުކުރާ ފަރާތުން ވަކި ފަރާތެއް ނުވަތަ ވަކިފަރާތްތަކެއް ކުރެވޭ
މަސައްކަތްތަކެއް ބެލުމަށް އައްޔަން ކުރުމުގެ ބޭނުމަކީ އެކުރެވޭ މަސައްކަތަކީ ރަނގަޅަށް ކުރެވޭ އަދި
އެމަސައްކަތުގައި، މަސައްކަތް ޙަވާލުކުރެއްވި ފަރާތުގެ މަސްލަޙަތު ރަނގަޅަށް ޙިމާޔަތް ކުރެވޭނެ ގޮތަށް ކުރެވޭ
މަސައްކަތެއްކަން ކަށަވަރުކުރުން ކަމަށް، މިގޮތަށް ޝަރީޢަތުން ކަނޑައެޅި ކަނޑަ އެޅުމަކީ އެއްވެސް ޤާނޫނީ
އަސާސެއްގެ މައްޗަށް ނިންމި ނިންމުމެއް ނޫންކަމާއި އަދި ބުރިބުރިއަށް ޢިމާރާތް ކުރުމުގެ ހުނަރާއި ތަޖުރިބާ
ލިބިފައިވާ ފަންނީ މީހުން ބޭނުން ކޮށްގެން މަސައްކަތް ކުރުމަށް ޙަވާލުކުރެވޭ މިފަދަ މަސައްކަތްތަކުގައި
(ޢިމާރާތްކުރުމުގެ ސިނާޢަތުގައި ޢަމަލުކުރާ އުޞޫލާއި ޚިލާފަށް ނިންމި ނިންމުމެއް ކަމަށް ބުނެ ފާހަގަކުރި
4 :
ނަސް eއވެ
ތިންވަނަ ނުކުތާއަކީ: ޓޫފްލާވަރސްގައި ދަ ގޭޓް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ މަސައްކަތްތައް
ކުރަމުންދިޔައިރު އެމަސައްކަތްތައް ބެލުމަށް ނުވަތަ ދަ ގޭޓް ޕްރައިވެޓް ލިމިޓެޑްގެ ޒިންމާއިން ކެނޑޭގޮތަށް
މުޙައްމަދު ނަޢީމްގެ ފަރާތުން ކޮންސަލްޓަންޓަކު ޢައްޔަންކުރުމަށް މުޙައްމަދު ނަޢީމް އެއްބަސްވެފައިނުވަނީސް
އެއީ ދެފަރާތުން އެއްބަސްވެފައިވާ ގޮތްކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ އެއްވެސް ޤާނޫނީ
އަސާސެއްނެތި ކޮންޓްރެކްޓާބެހޭ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ: ހ. ޓޫފްލާވަރސްގައި ދަ ގޭޓް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ މަސައްކަތްތައް
ކުރަމުން ދިޔައިރު އެމަސައްކަތްތައް ބެލުމަށް ނުވަތަ ގޭޓް ޕްރައިވެޓް ލިމިޓެޑުގެ ޒިންމާއިން ކެނޑޭގޮތަށް
މުޙައްމަދު ނަޢީމްގެ ފަރާތުން ކޮންސަލްޓަންޓަކު ޢައްޔަން ކޮށްފައިވާ ކަމަށް ކަނޑައަޅާފައިވަނީ ޙަޤީޤަތާއި
ޚިލާފަށް އަދި ކޮންޓްރެކްޓާބެހޭ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/54
u COCOOX
ފަސްވަނަ ނުކުތާއަކީ: ދަ ގޭޓް ޕްރައިވެޓް ލިމިޓެޑުން ދަޢުވާގައި ހޯދަން އެދިފައިވާ
1,082,694.29ރ. (އެއްމިލިއަން އަށްޑިހަ ދެހާސް ހަސަތޭކަ ނުވަދިހަ ހަތަރެއް ޕޮއިންޓް ދޭއް ނުވައެއް
ރުފިޔާ) ގެ ތެރޭގައި އެކުންފުނިން ނުކުރާ މަސައްކަތެއް ހިމަނާފައިވާކަމާއި، އަދި އެއްބަސްވުމާ ޚިލާފަށް އަގު
ބޮޑުކޮށްގެން ހުށަހަޅާފައިވާކަން ސާބިތުވާހިނދު، އެކަންކަމަށް އެއްވެސް މިންވަރަކަށް ސިވިލް ކޯޓުން
ރިޢާޔަތްނުކޮށް ނިންމި ނިންމުމަކީ ޝަރީޢަތްކުރުމުގެ އުޞޫލުތަކާއި އަދި ކޮންޓްރެކްޓާބެހޭ ޤާނޫނާ ޚިލާފަށް
ނިންމެވި ނިންމެވުމެއް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ހަވަނަ ނުކުތާއަކީ: ދަ ގޭޓް ޕްރައިވެޓް ލިމިޓެޑުން ނުކުރާ މަސައްކަތްތަކެއް ހިމަނައިގެން އަދި
އެއްބަސްވުމާ ޚިލާފަށް އަގު ބޮޑުކޮށްގެން ދަޢުވާގައި ހޯދަން އެދިފައިވާ 1,082,694.29ރ. (އެއްމިލިއަން
އަށްޑިހަ ދެހާސް ހަސަތޭކަ ނުވަދިހަ ހަތަރެއް ޕޮއިންޓް ދޭއް ނުވައެއް ރުފިޔާ) އަކީ މުޙައްމަދު ނަޢީމުގެ
ފަރާތުން ދަ ގޭޓް ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭނެ ފައިސާއެއްކަމަށް ސިވިލް ކޯޓުން ކަނޑައަޅުއްވާފައިވަނީ
ޙަޤީޤަތަށް ބެއްލެވުމެއްނެތި އަދި ކޮންޓްރެކްޓާބެހޭ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
COCCOC
03- ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/137 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް މުޙައްމަދު ނަޢީމްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި،
އެނުކުތާތަކާ ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިހިނދު،
މިމައްސަލަ ހައިކޯޓުން ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
ޓޫފްލާވާރސް އެވެކިޔާ ގޯތީގައި 10 ބުރީގެ ފައުންޑޭޝަނާއެކު 03 ޝީޓް އަޅައި 03
ފްލޯރ ކޮމްޕްލީޓްކުރުމަށް ދަ ގޭޓް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރެވިފައިވާކަން ޓޫފްލާވާރިސް މުޙައްމަދު
ނަޢީމް އާއި ދަ ގޭޓް ޕްރައިވެޓް ލިމިޓެޑުގެ ބަހުންނާއި، 07 ޖުލައި 2008 ގައި މި ދެފަރާތުގެ މެދުގައި
ސޮއިކުރެވިފައިވާ ލިޔުމުން އެނގެން އޮންނައިރުގެ
އިޝާރާތްކުރެވުނު މަސައްކަތް ދަ ގޭޓް ޕްރައިވެޓް ލިމިޓެޑުން ކުރަމުން ދަނިކޮށް މަސައްކަތް ހުއްޓުވައި
ދަ ގޭޓް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ މަސައްކަތުގެ އަގުގެ ތެރެއިން ބައެއް ދިނުމަށް ގޯތީގެ
ވެރިފަރާތްކަމުގައިވާ މުޙައްމަދު ނަޢީމް އިންކާރުކޮށްފައިވާތީ، ޓޫފްލާވާރސް އެވެކިޔާ ގޯތީގައި ދަ ގޭޓް
14
ދިވެހިރާއްޖޭގެ
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
55ކޮންއކeއ 3
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/54
ނެފައެއެ
“
ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ މަސައްކަތުގެ އަގުގެ ތެރެއިން އެހާތަނަށް ނުލިބިވާ 1,082,694.29 ރ.
(އެއްމިލިއަން އަށްޑިހަ ދެހާސް ހަސަތޭކަ ނުވަދިހަ ހަތަރެއް ޕޮއިންޓް ދޭއް
ރުފިޔާ) ހޯދުމަށް
މުޙައްމަދު ނަޢީމްގެ މައްޗަށް ދަޢުވާކޮށްފައިވާކަމާއިގެ
އެއްބަސްވެފައިވާ ގޮތާއި ޚިލާފަށް، ކަމުނުދާގޮތަށް ދަ ގޭޓް ޕްރައިވެޓް ލިމިޓެޑުން މަސައްކަތް
ކޮށްފައިވާތީ، އެފަދަ ކޮންމެ މަސައްކަތަކީ މުޙައްމަދު ނައީމަށް ގެއްލުން ލިބޭނެ މަސައްކަތެއް ކަމުގައިވާތީ،
މުޙައްމަދު ނަޢީމަށް ލިބޭނެ ގެއްލުން ކުޑަކުރުމުގެ ގޮތުން އެމަސައްކަތް ހުއްޓުވާލެވުނުކަމަށާއި، ދަ ގޭޓް
ޕްރައިވެޓް ލިމިޓެޑުން އެހާތަނަށް ކޮށްފައިވާ މަސައްކަތަކީ އެއްބަސްވެފައިވާގޮތާ ޚިލާފަށް ކޮށްފައިވާ
މަސައްކަތެއްކަމުން
އެއްބަސްވިގޮތާ ދަ ގޭޓް ޕްރައިވެޓް ލިމިޓެޑުން ޚިލާފުވެފައިވާތީ، އެއްބަސްވިގޮތާ
ޚިލާފަށްކޮށްފައިވާ އެއްވެސް މަސައްކަތަކަށް އަގު އަދާކުރުމަށް މުޙައްމަދު ނަޢީމް އެއްބަސްވެފައިނުވާނެތީ،
ދަޢުވާގައި ހޯދުމަށް އެދިފައިވާ ފައިސާއަކީ ދަ ގޭޓް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ މަސައްކަތުގެ އަގުކަމަށް
ބުނި ނަމަވެސް އެމަސައްކަތަށް މުޙައްމަދު ނަޢީމް ފައިސާ ދައްކަންނުޖެހޭނެކަމަށް މުޙައްމަދު ނަޢީމްގެ މައްޗަށް
ހުށަހެޅުނު ދަޢުވާގެ ޖަވާބުގައި ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/137 ޤަޟިއްޔާގެ ޝަރީޢަތަށް
މުޙައްމަދު ނަޢީމް ދީފައިވާ ބަޔާނުގައި ބުނެފައިވާކަން އެނގެން އޮވެއެވެ.
ޓޫފްލާވާރސް ގައި ދަ ގޭޓް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ މަސައްކަތްތަކުގައި ގިނަގުނަ
މައްސަލަތައް ހުރިކަމާއި، އެމަސައްކަތްތަކަކީ އެކަށީގެންވާ ވަރަށްވުރެ ދަށް ފެންވަރުގައި ކޮށްފައިވާ
މަސައްކަތްތަކެއް ކަމަށް ދަ ގޭޓް ޕްރައިވެޓް ލިމިޓެޑްގެ އަމިއްލަ އިޢުތިރާފުތަކުންނާއި، ދަ ގޭޓް ޕްރައިވެޓް
ލިމިޓެޑުން ޝަރީޢަތަށް ހުށަހެޅި ޓޫފްލާވާރސް ގެ ކޮންކްރިޓް ޓެސްޓް ރިޕޯރޓުންނާއި، މުޙައްމަދު ނަޢީމްގެ
ފަރާތުން ހުށަހެޅި ފަންނީ ރިޕޯޓް ކަމުގައިވާ ސްޓްރަކްޗަރަލް އެސެސްމެންޓް ރިޕޯޓް ފޯރ ދަ ތްރީ ސްޓޯރީ
ސްޓްރަކްޗަރ ހ. ޓޫފްލާވަރ، ރިޕޯޓުން އެއްވެސް އޮޅުމެއްނެތި ޝަރީޢަތަށް ސާބިތު ވެފައިވީއިރު، އެކަމަށް ދަ
ގޭޓް ޕްރައިވެޓް ލިމިޓެޑުން ޒިންމާވާން ނުޖެހޭނެކަމަށް ނިންމަވާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ
މާއްދާއާ ޚިލާފަށްކަމަށް މުޙައްމަދު ނަޢީމްގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާއަށް ނަޒަކު
ނަޒަރުކުރާއިރުގެ
ދ
ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ
ބައިވެރިއެއްގެ މައްޗަށް ލާޒިމުވާ ކަންތައްތައް ކުރަންވާނީ، އެކޮންޓްރެކްޓްގައިވާ ޝަރުތުތަކާ
OOCOOXC
R
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/54
COOCOOXC
پرنس
ހއ ދި8
މއޗަށް
4 ޑ ވ
ކމެފަ
7
co
ހދ 4
3=2
#އއދވނ
އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިއާޚިލާފުގޮތަކަށް ޢަމަލުކުރެވޭނީ، އެކޮންޓްރެކްޓްގެ އަނެއް ބައިވެރިޔާ،
ލާޒިމުވާ ކަމަކަށް ދުލެއްދީފިނަމައެވެ. ނުވަތަ އޭނާ އެހެން ގޮތަކަށް ޢަމަލުކުރާން
އެއްބަސްވެއްޖެ ނަމައެވެ.” މިފަދައިންކަމާއި؛
ދެފަރާތުގެ މެދުގައި ވެވިފައިވާ އެއްބަސްވުމަށް ބަލާއިރު އެ އެއްބަސްވުމުގެ ދަށުން ކުރުމަށް
އެއްބަސްވެފައިވާ މަސައްކަތަކީ ޓޫފްލާވާރސް އެވެކިޔާ ގޯތީގައި 10 ބުރީގެ ފައުންޑޭޝަނާއެކު 03 ޝީޓް
އަޅައި، 03 ފްލޯރ ކޮމްޕްލީޓްކުރުން ނުވަތަ ނިންމުންކަމާއި،
އެއްބަސްވުމަކީ ޢިމާރާތްކުރުމުގެ
އިމާރާތްކުރުމުގެ އެއްބަސްވުމަކަށް ވުމާއެކު، ޢިމާރާތްކުރުމުގެ އެއްބަސްވުމުގެ ޒާތުން
ޝިމްނީ (implied) ގޮތުން އެއްބަސްވެވޭ ކަންތައްތަކެއް ންނާނެކަމާއި، އެގޮތުން ޤަވާޢިދުތައް
ހަމަޖެހިފައިވާގޮތުން އެފަދަ ޢިމާރާތެއް ކުރަންވާނީ ޢިމާރާތުގެ ކުރެހުމެއް
ކަމާބެހޭ ފަރާތުން
އެކުރެހުން ފާސްކޮށް އެކުރެހުމާ އެއްގޮތަށް ޢިމާރާތްކުރަން ހުއްދަ ދިނުމުންކަމާއި، އެމަސައްކަތް ކުރަންވާނީ
ކަމަށް ޤާބިލު ހުނަރުވެރި މީހުންނާއި، އެކަށީގެންވާ ރަގަޅު ތަކެއްޗާއި ވަސީލަތްތައް ބޭނުންކުރުމާއެކު، އެފަދަ
މަސައްކަތްތައް ކުރުމުގެ ފަންނީ އުޞޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް ކަމާއި، އެފަދަ ކަންކަމަކީ ލިޔުމުން
އެއްބަސްވުމުގައި ސާފު ޢިބާރާތުން ބަޔާންކުރެވިފައިނުވި ނަމަވެސް އެކަންކަމުގެ މައްޗަށް މުޝާވިލު ނުވަތަ
ކޮންޓްރެކްޓަރ ޢަމަލުކުރުން ލާޒިމުވާނެ ކަންކަން ކަން އެނގޭކަމާއި؛
ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/137 ޤަޟިއްޔާގެ ދަޢުވާއާ ގުޅިގެން
ގައި ޢިމާރާތްކުރެވިފައިވާ ގޮތުގެ އެސެސްމަންޓް ހެދުމަށްފަހު ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދަ ގޭޓް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުންނާއި މުޙައްމަދު ނަޢީމްގެ ފަރާތުން ވަކި ވަކިން އެސެސްމެންޓް ރިޕޯޓް
ހުށަހަޅާފައިވާކަން އެނގެން އޮންނަކަމާއި؛
އެގޮތުން އެމައްސަލައިގައި ދަޢުވާކޮށްފައިވާ ދަ ގޭޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ”ހ.
ޓޫފުލާވަރގެ ކޮންކްރީޓް ޓެސްޓް ރިޕޯރޓް“ އަށް ބަލާއިރު، އެރިޕޯޓުގެ ފެށުމުގައި އެ ރިޕޯޓަކީ
ހ. ޓޫފްލާވަރސް
ގައި އެކުންފުނިން ހަދާފައިވާ ޢިމާރާތް ކޮންސަލްޓަންޓް ޓެސްޓްކުރުމަށްފަހު ދީފައިވާ ރިޕޯޓެއްކަމާއި އެރިޕޯޓުން
އިމާރާތުގެ ބެރިތަކާއި އަދި ޝީޓްތަކުގެ ސްޓްރެންތް ޓެސްޓްތައް ވަރަށް ތަފްސީލްކޮށްވަނީ ދީފައިކަމަށް
ބަޔާންކޮށްފައިވާކަމާއި،
ޓޫފްލާވަރސް
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/54
4 22
އެގޮތުން އެރިޕޯޓުގެ 15 ވަނަ ޞަފްޙާގައި ކޮލަމް ނުވަތަ ތަނބުތަކުގެ ނަތީޖާ ބަޔާންކޮށްފައިވާއިރު،
”ޑިފެކްޓް އޮން ވަން ސައިޑް. ކްރެކް އިޒް އޮބްޒާރވްޑް. ޑިފެކްޓް އޮން ވަން ލޯންގް ސައިޑް” މިފަދައިން
ބަޔާންކޮށްފައިވާކަމާއި، އަދި 17 ވަނަ ޞަފްޙާގައި ކޮލަމް އޮން ޕްރިޑް ގައިވެސް ކްރިކެއް ހުރިކަމަށާއި
އަދި 19 ވަނަ ޞަފްޙާގައި ކޮލަމް އޮން ގްރޭޑް ޑީ 7 ގައިވެސް ކްރެކެއް ނުވަތަ ރެނދެއް ހުރިކަމަށް
ފާހަގަކޮށްފައިވާކަމާއި،
24 ވަނަ ޞަފްޙާގައި ކޮލަމް އޮން ގްރޭޑް ޑީ 6 ގެ ޝޭޕް ނުވަތަ އެ ކޮލަމް ހުރިގޮތް ކުރެހުމުން
ބަޔާންކޮށްފައިވާކަމާއި، އެކުރެހުމަށް ބަލާއިރު އެ ތަނބުގެ ހަތަރެސްކަން އެއްވަރު ނުވާކަން ނުވަތަ
ވައިފައިނުވާކަން ފާހަގަކުރެވޭކަމާއި، އެއިން ދައްކައިދެނީ ތައްގަނޑުތައް ރަނގަޅަށް ހެދިފައިނުވާކަމާއި
ތައްގަނޑުތަކުގައި ރަނގަޅަށް ވަރުހުރިތޯ ބެލިފައިނުވާކަން ކަމަށް ބަޔާންކޮށްފައިވާކަމާއި، އަދި ހަމަ އެހެންމެ މި
ކޮލަމް (ޑީ 6) އާއި ގުޅިގެން ރިޕޯޓުގެ 25 ވަނަ ޞަފްޙާގައި އެކޮލަމްގެ މަތީ ކޮޅުގައި ވަރު ނުހުންނާނެކަމާއި
އެއީ ކޮލަމް ހެދިއިރު ރަނގަޅަށް ކޮންޕެކްޓްކޮށްފައި ނުވާތީކަމާއި، އަދި ތަނބުގެ ޑައިމެންޝަނުގައި
މައްސަލަތަކެއް ހުރިކަމާއި، އެއީ ވަޑިފަތިނުވުމާއި، އެކަމުގެ ސަބަބުން ތަނބުގައި ހުންނަ ދަގަނޑުތަކާދެމެދު
ހުންނަންޖެހޭ ކޮންކްރީޓް ކަވަރު ފުރިހަމައަށް އެބޭނުންވާ މިންވަރަށް ނެތުން އެކަށީގެންވާކަމާއި،
39 ވަނަ ޞަފްހާގައި ކޮލަމް ސީ 2 ގައި ޑިފެކް، ކްރެކް، އަދި 3 ބުރީގައިވެސް ކްރެކް ހުރިކަން
ފާހަގަކުރެވިފައިވާކަމާއި، އަދި 41 ވަނަ ޞަފްހާގައި ކޮލަމް 2 ގައި ކްރެކް ހުރިކަން
ފާހަގަކުރެވިފައިވާކަމާއި، 43 ވަނަ ޞަފްހާގައި ކޮލަމް 2 ގައި ޑިފެކް ނުވަތަ އުނިކަމެއް ހުރިކަމާއި
ތަނބުގެ މަތީ ކޮޅު ވަރުދެރަކަން ފާހަގަކޮށްފައިވާކަމާއި،
ހަމައެގޮތަށް 44 ވަނަ ޞަފްޙާގައި ކޮލަމް ގައި ވެސް ތައްގަނޑު ރަނގަޅުނުވުމުގެ ސަބަބުން
އެކޮލަމްގައި މައްސަލަހުރިކަމަށް ބަޔާންކޮށްފައިކަމާއި، 45 ވަނަ ޞަފްޙާގައި ކޮލަމް ޑީ 2 އާ ގުޅިގެން،
ތަނބުތަކުގެ މިންތައް ނުބައިވެ، ވަޑިފަތިނުވުމުގެ ސަބަބުން ރަނގަޅަށް (ކޮންކްރީޓް) ކަވަރުނުލެވިދާނެކަމަށް
ފާހަގަކޮށްފައިވާކަމާއި، 55 ވަނަ ޞަފްޙާގައި ދެވަނަ ޝީޓާބެހޭ ގޮތުން، އެ ޝީޓްގައި ފުދޭވަރަށް
ވަރުހުރިކަމަށް ދައްކާ ކަމަށާއި، އެހެން ނަމަވެސް ޝީޓްގެ އެކި ތަންތަނުން ލެވެލްނުވާކަމާއި، އަދި ޝީޓްގެ
ވެ
2
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/54
އެކި ހިސާބު ހިސާބުގައި ހޮއެ ހެދިފައިވާކަމަށާއި، ޚާއްޞަކޮށް ކެންޓިލިވަރ ބައިގައި، (ކަން ވައްކޮށްލެވިފައިވާ
ތަނުގައި) ހޮއި ހެދިފައި ހުރިކަން ފާހަގަކުރެވިފައިވާ ކަމާއި؛
ދެވަނަ ޝީޓްގެ ތައްގަނޑުތައް ރަނގަޅަށް ލެވެލްކޮށް އެއްވަރުކުރެވިފައި ނުވާކަން ފާހަގަކުރެވޭކަމާއި،
އަދި ތައްގަނޑުގެ ވަރުހުރިތޯއާއި އެ ނުގުޑާގޮތަށް ހަރުކުރެވިފައިވޭތޯ ރަނގަޅަށް ބެލިފައި ނުވާކަމާއި، ނުވަތަ
ޕްރޮޕްތައް މާ ދުރު ދުރުގައި ބެހެއްޓުނީ ނުވަތަ ވިއްދުނީ ކަމުގައިވެދާނެކަމާއި، ތައްގަނޑުތައް ރަނގަޅު
ނުވުމުގެ ސަބަބުން ޝީޓް އެއްވަރު ނުވެ، އެކިއެކި ވަރަށް ލެނބި ބަނޑިލައިފާ ކަމަށް ބަޔާންކޮށްފައިވާކަމާއި،
ރިޕޯޓުގެ 63 ވަނަ ޞަފްޙާގައި ތިންވަނަ ޝީޓާ ބެހޭގޮތުން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި
ތިންވަނަ ޝީޓުން ނެގުނު ރީޑިންގގެ ޢަދަދުތަކަށް ބަލާއިރު، ތިންވަނަ ޝީޓް ދެވަނަ ޝީޓާ އަޅާ ބަލާއިރު
ތިންވަނަ ޝީޓުގެ ވަރު ދެރަކަމާއި، ޢިމާރާތުގެ ކަން ވަށްކޮށްފައިވާ ދިމާލުން ލެވެލް ނުވަތަ އެއްވަރު ނުވެ
ހުރިކަން ފާހަގަކުރޭ ކަމާއި، އަދި އެ ދިމާލުގެ ޝީޓުގެ ތައްގަނޑުތައް ބާވުމުގެ ސަބަބުން ނުވަތަ ޕްރޮޕްތައް
ރަނގަޅަށް ހިފެހެއްޓިފައި ނެތުމުގެ ސަބަބުން އެބައި ކަތިވެފައިވާކަމަށް ބަޔާންކޮށްފައިވާކަމާއި،
75 ވަނަ ޞަފްޙާގައި ސިޑިއާ ބެހޭގޮތުން ބަޔާންކޮށްފައިހުރި ވާހަކަތަކަށް ބަލާއިރު، ހޮއި ހެދިފައިވާ
ބައިވަރު ތަންތަން ހުރިކަމާއި އޭގެ ތެރެއިން ބައެއް ތަންތަން ސިމެންތި އަޅާ ބައްދާފައިވާކަމާއި، ގްރައުންޑް
ފްލޯއިން ފެށިގެން ތިންވަނަ ބުރިއާ ހަމައަށްވެސް އެކި އެކި ތަންތަނުގައި ހޮއި ހެދިފައިވާކަން ފާހަގަކުރެވޭ
ކަމާއި، ދެވަނަ ބުރިއާ ހަމައިގައި ސިޑީގެ ދަށް ފުއްޕާފައިވާކަމާއި، އެހެންވެފައިވަނީ ތައްގަނޑުތައް ރަނގަޅަށް
ހެދިފައިނުވާތީ ކަމަށް ބަޔާންކޮށްފައިވާކަމާއި،
77 ވަނަ ޞަފްޙާގައި ލިފްޓް ގޮޅިއާބެހޭ ގޮތުން ފާހަގަކޮށްފައިވާ ކަންތައްތަކަށް ބަލާއިރު، ލިފްޓް
ގޮޅީގެ ކޮންކުރިޓް ފާރުތައް އެއްވަރުނުވެ ބައެއް ތަންތަނުން ފުއްޕާފައިހުރިކަމާއި، ލިފްޓް ގޮޅި އޮލަނބު
ނޫންކަމަށް ފާހަގަކޮށްފައިވާކަމާއި، ލިފްޓް ގޮޅީގެ ގްރައުންޑް ފްލޯގައި ހުއި ހެދިފައިވާކަންވެސް
ފާހަގަކުރެވޭކަމާއި، އެހެންވެފައި އެވަނީ ތައްގަނޑުތައް ރަނގަޅުނުވުމުގެ ސަބަބުން ކަމުގައި ބުނެވިދާނެކަމާއި،
އަދި ދެވަނަ ބުރިއާ ހަމައިގައި ލިފްޓް ގޮޅި އެއްފަރާތަށް ޖެހި ބައެއް ތަންތަނުން ފުއްޕާފައިވާކަން ސާފުކޮށް
ފާހަގަކުރެވޭކަމާއި، އެ މައްސަލަތަކަކީ ތައްގަނޑުތައް ރަނގަޅަށް ހަރުނުކޮށް މަސައްކަތް ކުރުމުގެ ސަބަބުން
ދިމާވެފައި ހުރި މައްސަލަތައްކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮތުމުގެ އިތުރުން؛
8
ދިވެހިރާއްޖެ
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
=މުމާއެކު
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/54
ޗެއް ދަންނަފާނެވެ
10 ނޮވެމްބަރު 2009 ގެ ތާރީޚުގައި ދަ ގޭޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓުގެ
ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޔާނުގައި، ސިމެންތި އަޅާފައިވާ ތަންތަނަކީ މަސައްކަތް ކުރުމަށް
ބޭނުންކުރާ އެންމެ އެކަށީގެންވާ ކެމިކަލާ އެއްކޮށްގެން ސިމެންތި އަޅާ ރަގަޅުކޮށްފައިވާ ތަންތަން ކަމަށާއި،
އެތަން ތަނުގައި ސިމެންތިލާފައިވަނީ އެއްވެސް ކަމެއް ފޮރުވަން ނޫންކަމަށް ބަޔާންކޮށްފައިވާއިރު،
ތިންވަނަ ޝީޓުގެ ބެރިތަކުގައި ހުރި ރެނދުތަކާ ބެހޭގޮތުން ސާރވޭ ރިޕޯޓުގައި އެކަން ބަޔާންކޮށްފައިވާ
ވާހަކަތައް ކަމަށާއި، ބެރިތަކުގައި ހުރިކަމަށް ފެންނަ ވައި ރެނދުތަކަކީ، ކޮންމެހެން ސްޓްރަކްޗަރުގައި
ޢިމާރާތް ނުކުރެވޭ ފަދަ ބޮޑެތި މައްސަލަތައް އުޅޭކަން ސާބިތުވާ
ހެއްކެއް ނޫންކަމުގައިވެސް ދަންނަވާކަމަށާއި،
ޢިމާރާތުގައި ހުރި ކަންކަމަކީ މަރާމާތުކޮށް ރަނގަޅުކުރެވޭނެ ކަންތައްކަމުގައި ދަންނަވާކަމަށާއި، އެފަދަ
ކަންކަމަކީ އޭގެ ޒާތުގައި މަރާމާތު ކުރެވިދާނެ ކަންތައްތައް ކަމުގައި ދަންނަވާކަމަށާއި، ބަނޑިލާފައި ހުރުމަކީ،
ސިމެންތީގެ އިތުރު ޚަރަދު ހިނގާނެ ކަމެއްކަމުގައިވިޔަސް އެކަމަކީ މަސައްކަތް ހުއްޓުވާނުލާ ކުރިއަށް
ގެންދިޔަނަމަ ކުންފުނިން ޒިންމާނަގާނެ ކަންތައްތައްކަމުގައި ފާހަގަކޮށްފައިވާކަމާއި، ޢިމާރާތް ކުރަމުންދާއިރު
ބައެއްކަހަލަ އެފަދަ ކުދިކުދި މައްސަލަތައް ހުރުމަކީ އެކަށީގެންވާ ކަމެއްކަމާއި، ދަ ގޭޓް ޕްރައިވެޓް ލިމިޓެޑުން
ހަދަމުންދިޔަ ޢިމާރާތުގައި ބައެއްކަހަލަ މައްސަލަތައް ހުރި ކަމަށް ފާހަގަކުރެވިފައި ނެތެކޭ ނުދަންނަވާކަމަށް
ބަޔާންކޮށްފައިވާކަން އިސްވެ އިޝާރާތްކުރެވުނު (10 ނޮވެމްބަރު 2009 ގެ) ބަޔާނުން އެނގެން އޮތުމުން،
ދަގޭޓް ޕްރައިވެޓް ލިމިޓެޑްގެ ބަހުންނާއި އެ ކުންފުނީގެ ފަރާތުން ހުށަހަޅާފައިވާ "ހ. ޓޫފުލާވަރގެ ކޮންކްރީޓް
ޓެސްޓް ރިޕޯރޓް، އިން ހ. ޓޫފްލާވާރސް އެވެކިޔާ ގޯތީގައި 10 ބުރީގެ ފައުންޑޭޝަނާއެކު 03 ޝީޓް
އަޅައި، 03 ފްލޯރ ކޮމްޕްލީޓްކުރުމަށް ދަގޭޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކުރި މަސައްކަތްތަކުގައި، އެފަދަ
މަސައްކަތްތައް ކުރުމުގެ ފަންނީ އުޞޫލުތަކާއި މިންގަނޑުތަކާ ޚިލާފަށް ކަންތައްތަކެއް ކުރެވިފައިވާކަން
އެނގެން
އެކަމަކީ، ކޮންޓްރެކްޓާބެހޭ
ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ދަ ގޭޓް
ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ ކަމެއްކަމަށް ޝަރީޢަތަށް ސާބިތުވާތީ،
މާއްދާގެ ދަށުން، ދަ ގޭޓް ޕްރައިވެޓް ލިމިޓެޑުން އެކަމުގެ ޒިންމާ އުފުލަންޖެހޭނެކަން އެނގެއެވެ.
ހ04
=ތ ގ މ ތ ه
ބެހޭ ޤާނޫނުގެ 23 ވަނަ
اسرع مطعم •
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/54
Oxouo
(ނ) ދަ ގޭޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހ. ޓޫފްލާވާރސް ގައި ކޮށްފައިވާ މަސައްކަތް ފުލޯ
ޕްލޭން ޑިޒައިން އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސަރވޭކުރުމަށްފަހު އެފަރާތުން ތައްޔާރުކޮށް
މުޙައްމަދު ނަޢީމްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ”ސްޓްރަކްޗަރަލް އެސެސްމެންޓް ރިޕޯޓް ފޯރ ދަ
ތްރީ ސްޓޯރީ ސްޓްރަކްޗަރ އެޓް ޓޫފްލާވަރ، ރިޕޯޓަށް ބަލާއިރު،
އެފަރާތުން އެތަން ބެލިގޮތާއި، އެތަނުގައި ހުރި އުނިކަންތައްތަކާއި އަދި އުނިކަންތައްތައް ބެހިފައިވާ
މައިގަނޑު ބައިތައް ބަޔާންކޮށްފައިވާކަމާއި، ކޮންކްރީޓްގައި ރެދު (ހެއަރލައިން ކްރޭކް) ހުރި 34 ތަނަކާއި،
އަދި ކޮންކުރިޓް އެޅިއިރު އެކަށީގެންވާ ގޮތަށް ވައިބްރޭޓްކޮށްފައި ނުވާ 34 ޙާލަތް ނުވަތަ ތަނަކާއި،
ތައްގަނޑުތައް ރަނގަޅަށް ހަދާފައިނުވާތީ، އުނިކަންތަކުގެ ގޮތުގައި 48 ޙާލަތް ނުވަތަ ކަންތައް ހުރިކަމާއި،
އޭގެ އިތުރުން 12 ވަރަކަށް ތަނުގައި އުނިކަންތައްތައް ފޮރުވަން ޕެޗްއަޅާފައި ހުރިކަމާއި، މިކަންކަމާއި
ބެހޭގޮތުން އެފަރާތުން ބަޔާންކޮށްފައިވާ ކަންކަން ތަފްޞީލްކޮށް ޢިމާރާތުގެ ކުރެހުމުން ފާހަގަކޮށްފައިވާކަމާއި،
އަދި ޢިމާރާތުގައި ހުރި އުނިކަންކަން ފޮޓޯއިން ފެންނާނެހެން ރިޕޯޓުގައި ހިމަނާފައިވާކަމާއި، އެހުރިހާ ކަމެއްގެ
މައްޗަށް ބިނާކޮށް ފުލޯ ޕްލޭން ޑިޒައިން އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑުގެ ރިޕޯޓްގެ ނިންމުމުގައި، އިސްވެ
އިޝާރާތްކުރެވުނު އުނިކަންތައްތަކުގެ ސަބަބުން އެޢިމާރާތް ބޭނުންކުރެވޭނީ ޢިމާރާތަށް މޭޖަރ
ނުވަތަ މުހިއްމު ބޮޑެތި ބަދަލުތަކެއް ގެނެސްގެން ކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮވެއެވެ.
(ރ) މިމައްސަލައާ ގުޅިގެން ހެކިންގެ ގޮތުގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހާޒިރުކުރެވުނު ދެ ހެކިންކުރެ
ކީރަންމާގެ މުޙައްމަދު ޢަލީ ޝަރީއަތަށް ދީފައިވާ ބަޔާނަށް ބަލާއިރު، ޓޫފްލާވާރސް އެވެކިޔާ ގޯތީގައި
ކުރަމުންދިޔަ ޢިމާރާތުގެ ދެވަނަ ޝީޓްގެ ކޮންކްރީޓް އެޅުމަށް ތައްޔާރުކޮށްފައި އޮތްވާ އެ ޝީޓްގެ ދަގަޑުތައް
ޗެކްކޮށްލަދިނުމަށް މުޙައްމަދު ނަޢީމްގެ ފަރާތުން އެދުމުން އެކަން ކުރިކަމަށާއި، ޗެކްކުރުމުގައި ކުރެހުމާ
ދިމާނުވާ މައްސަލަތައް ހުރިކަމަށާއި އެކަންކަން ރަގަޅުކުރުމަށް އެންގި ކަމަށާއި ލިފްޓްފޮޅިވެސް ވަރަށް
ސަކަރާތްކަމަށާއި، އަދި ވެރިފަރާތާއި ގުޅައިގެންވިއަސް ރަނގަޅު ކުރެވޭނެގޮތްތައް ހުށަހެޅުމަށް ލޮގްފޮތުގައި ލިޔެ
ސޮއިކޮށްފައިވާނެކަމަށާއި، އަދި އަންގާފައިވެސް އޮންނާނޭ ކަމަށާއި، އެހެން ނަމަވެސް އެފަދަ ހުށަހެޅުމެއްވެސް
ނާންނަކަމަށާއި، މިފަދަ ޕްރޮޖެކްޓެއް ހިންގާއިރު ޑިފެކްޓް ހުންނާނެ ކަމަށާއި އެކަންކަން ޖެހޭނީ ދެފަރާތުން
ވާހަކަ ދައްކައިގެން ރަނގަޅުކުރަންކަމަށް ޤަބޫލުކުރާކަމަށާއި، މުޙައްމަދު ޢަލީއަށް
4
9
8
9 / ހދ
ދ ޏ އ ހ އ މވ ހއ
ބައެއްކަންތައްތައް
ދިވެހިރާއްޖޭގެ
ހައިކޯ
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
ދިފަހުންވަކީ
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/54
ފާހަގަކުރެވުނު ހިސާބުން މުޙައްމަދު ޢަލީގެ ކޮލީގެ އިންޖިނޭރު ކައިރީ ދުވަހަކުވެސް މިހާގޯސްކޮށް ހަދާފައިހުރި
ސައިޓެއް މުޙައްމަދު ޢަލީ ނުދެކޭ ކަމަށް ބުނި ކަމަށާއި، އަދި މުޙައްމަދު ޢަލީމެންގެ ކުންފުންޏަށް ބަދުނާމެއް
ބުނި ކަމަށް ބުނެފައިވާކަން
އެނގެން އޮންނަކަމާއި؛
މިމައްސަލައާ ގުޅިގެން ހާޒިރުކުރެވިފައިވާ އަޙްމަދު ނަޝީދު ޝަރީޢަތަށް ދީފައިވާ ބަޔާނަށް ބަލާއިރު،
މުޙައްމަދު ނަޢީމަށް އަޙްމަދު ނަޝީދު ކޮށްދިނީ އިނިސްޕެކްޝަން މަސައްކަތެއްކަމަށާއި، އަޙްމަދު ނަޝީދުގެ
ދައުރަކީ ބޭސިކް ކޮންސްޓްރަކްޝަން ސުޕަރވައިޒްކުރުންކަމަށާއި، ޢިމާރާތުގައި ހުރި އުނިކަމަކަށް އަޙްމަދު
ނަޝީދުމެން ނަގަންޖެހޭ ޒިންމާއެއް ނޯންނާނެކަމަށާއި އެއީ އަޙްމަދު ނަޝީދުމެންނަކީ ކޮންކްރީޓް އެޅުމުގެ
ކުރިން ނުވަތަ ރޭނުމުގެ ކުރިން ނުވަތަ އެހެން ކަމެއް ކުރުމުގެ ކުރިން ބަލާ އެކަމަކަށް ލަފާދޭ ބައެއްކަމަށާއި،
އެލަފާ ދިނުމަށްފަހު ކަމެއް ގޯސްވެގެން ދިޔައީ ކިހިނެއްތޯ އެއީ ބަލަންޖެހޭ ކަމެއްކަމަށާއި ކޮންކްރީޓްގެ
މައްސަލައެއް ދިމާވެދާނެ ވަރަށް ގިނަ ސަބަބުތައް ހުންނާނެކަމަށާއި، ފޮތްތައް ބެއްލެވީމަވެސް އަދި
އިންޖިނިއަރުގެ ބަހުންވެސް އެނގިވަޑައިގަންނަވާނެކަމަށާއި، ދަނގަޑުތަކާއި ތައްގަނޑުތައް ރަގަޅު ކުރުވާ
ފަހުންވެސް އަދި ކޮންކްރީޓް އެޅުމުގައި ދިމާވެދާނެ އެހެން ބައިވަރު ކަންތައްތައްވެސް ހުންނާނެކަމަށާއި،
އެހެންވީމާ އެއީ ސްޕަވައިޒެއްގެ ގޮތުން އަޙްމަދު ނަޝީދުމެން އެކަމަކަށް ޒިންމާވާންޖެހޭ
ކަމެއްނޫން ކަމަށް
ބުނެފައިވާކަން އެނގެން އޮންނަކަމާއިގެ
އިޝާރާތްކުރެވުނު ދެ ހެކިން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ބަޔާނަށް
ތަފްޞީލީގޮތެއްގައި ބަލާއިރު ޓޫފްލާވާރސް ގައި ދަ ގޭޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޢިމާރާތްކުރުމުގެ
މަސައްކަތްކުރިއިރު ކޮންސަލްޓެންޓް ނުވަތަ އިންޖިނޭރެއްގެ ހައިސިއްޔަތުން އެފަރާތްތަކުން ޖުމްލަ ގޮތެއްގައި
ކޮށްފައިވާކަމަކީ ޝީޓުގެ ކޮންކްރީޓް އެޅުމަށް ތައްޔާރުކޮށްފައިވާ ތައްގަނޑުތަކާއި ދަނގަޑުތައް ބަދެފައިވާގޮތް
ޗެކްކޮށް ރަގަޅުކުރަން އެނގުންކަން އެނގެން އޮންނަކަމާއި، ކޮންކްރީޓް އެޅިއިރު ނުވަތަ ކޮންކްރީޓް ގަށައި
އެތަކެތި މިކްސްކޮށްފައިވަނީ އެފަރާތްތަކުގެ ދައުރެއް އޮވެގެން އެފަރާތްތަކުގެ އެނގުމާ ފެނުމުގެ ތެރެއިންކަން
އެނގެން ނެތުމުގެ އިތުރުން، ކޮންސްޓްރަކްޝަންގެ ދާއިރާގައި ކަނޑައެޅިފައިވާ ފަންނީ މިންގަނޑުތަކާއި
ގޮތުގެ މަތީން ވައިބްރޭޓްކުރުމާއި، ކޮމްޕެކްކުރުމާއި، ކޮންކްރިޓް ގަށާ މިކްސްކުރުމާއި، ކޮންކްރީޓް
Occx
8
އެއްގޮތްވާ
R
ހައިކޯ
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
13 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/54
ޑ 3
4
3
22
ތައްޔާރުކޮށް ބޭނުންކުރުމަ
4 2 2 4 8
ޢައެއްނެކޮށް،
ކުރުމާ ބެހޭ އެންމެހައި ކަންކަން ރަގަޅަށް ކުރުމަކީ، ކޮންޓްރެކްޓަރަށް އެކަންކަމުން ރެކެވެން
ނެތް ކޮންޓްރެކްޓަރުގެ މައްޗަށް ލާޒިމްވެގެންވާ ކަންތައްތަކެއްކަން އެނގެއެވެ.
(ބ) ޓޫފްލާވާރސް އެވެކިޔާ ގޯތީގައި 10 ބުރީގެ ފައުންޑޭޝަނާއެކު 03 ޝީޓް އަޅައި، 03
ފްލޯރ ކޮމްޕްލީޓްކުރުމަށް ދަ ގޭޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މަސައްކަތްކުރިއިރު، މުޙައްމަދު ނަޢީމްގެ
ފަރާތުން ދެފަހަރެއްގެ މަތިން ދެ ސިވިލް އިންޖިނިއަރުން ޢައްޔަންކޮށް ހ. ޓޫފްލާވަރސް އެވެކިޔާ ގޯތީގައި
ކުރިމަސައްކަތް ސުޕަރވައިޒްކުރިކަން މުޙައްމަދު ނަޢީމާއި ދަ ގޭޓް ޕްރައިވެޓް ލިމިޓެޑްގެ ބަހުން އެނގެން
އޮންނަކަމާއި،
އެކަމަކީ، ދަ ގޭޓް ޕްރައިވެޓް ލިމިޓެޑާއި މުޙައްމަދު ނަޢީމާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން
ޓޫފްލާވާރސް އެވެކިޔާ ގޯތީގައި 10 ބުރީގެ ފައުންޑޭޝަނާއެކު 03 ޝީޓް އަޅައި، 03
ފްލޯރ ކޮމްޕްލީޓްކުރުމަށް ދަ ގޭޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މަސައްކަތްކުރިއަށްދާއިރު، އެކުރެވޭ
މަސައްކަތަކީ ރަނގަޅަށް ކުރެވޭ އަދި އެމަސައްކަތުގައި، މަސައްކަތް ޙަވާލުކުރި ފަރާތުގެ މަސްލަޙަތު ރަނގަޅަށް
ޙިމާޔަތް ކުރެވޭނެ ގޮތަށް ކުރެވޭ މަސައްކަތެއްކަން ކަށަވަރުކުރުމަށްޓަކައި، ދެފަރާތުން އެއްބަސްވެ އެގޮތުގެ
މަތިން ޢައްޔަންކޮށްފައިވާ ބައެއްކަން އެނގެންނެތްކަމާއި؛
ޢިމާރާތްކުރުމުގެ
މަސައްކަތަކީ، އެކަމުގައި ވަކި ފަންނީ މިންގަނޑުތަކަކާއި އުޞޫލުތަކެއްގެ މައްޗަށް
ބިނާވެ، އެމިންގަނޑުތަކާއި އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދަންޖެހޭ ވަކި ޚާއްޞަ ފަންނީ
މަސައްކަތަކަށް ވީހިނދު، ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ދަށުން ނުވަތަ އެއްބަސްވުމަކާނުލައި
ނަމަވެސް، މަސައްކަތް ޙަވާލުކުރާ ފަރާތުން އެފަރާތުގެ މަސްލަޙަތުތަކާއި ޙައްޤުތައް ޙިމާޔަތް ކުރުމަށްޓަކައި،
އެފަރާތުން ބަޔަކު ޢައްޔަންކު
ކަންކުރާ ކުރުމަކީ، ޢިމާރާތްކުރުމުގައި ކޮންޓްރެކްޓަރގެ މަސްއޫލިއްޔަތުން އެއްވެސް
މިންވަރެއް އުނިވެ، އެފަރާތުގެ ޒިންމާތަކާއި ވާޖިބުތަކާއި މަސްއޫލިއްޔަތުތަކުން ބަރީއަ ވެގެންދާނޭ
ކަމެއްނޫންކަމާއި، އެކަމަކީ، ދުނިޔޭގެ ކުރިއަރާފައިވާ ތަހްޒީބީ މުޖްތަމަޢުތަކުގައި ބަލައިގަނެފައިވާ ”ފިޑިކް“
(International Fedration of Consulting Engineeers) ގެ ކޮންޑިޝަ
ޝަންސް އޮފް ކޮންޓްރެކްޓް
ފޯރ ކޮންސްޓްރަކްޝަން“ ގައި ބަޔާންކުރެވިފައިވާ އުޞޫލެއްކަމާއި؛
OOCOOX
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
14 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/54
4 2x e
،
OOCOOX
8 0 4:
އިޝާރާތް ކުރެވުނު ”ފިޑިކް“ ( International Fedrationof Consulting
Engineeers) ގެ ” ކޮންޑިޝަންސް އޮފް ކޮންޓްރެކްޓް ފޯރ ކޮންސްޓްރަކްޝަން“ ގެ 3.1 ގެ (c) ގައި
ބަޔާން ކުރެވިފައިވަނީ: ,Any approval
,
check
,
certificate
,
consent examination
,
inspection
, , , , , ,
or similar act by the Engineer (including
instruction, notice, proposal, request, test,
absence of disapproval) shall not relieve the Contractor from any responsibility he has
under the Contract, including responsibility for errors, omissions, discrepancies and non-
8
66 CCcuc>OC
compliances ”އިންޖިނިއަރުގެ ރުހުން، ހުއްދައެއް، ޗެކެއް، އިންސްޕެކްޝަނެއް، އިރުޝާދެއް، ނޯޓިސްއެއް،
ޕްރޮޕޯޒަލެއް، ބެލުމެއް، ޓެސްޓެއް ނުވަތަ އެއާ އެއްފަދަ އެއްވެސް ޢަމަލެއްގެ ސަބަބުން (ނުރުހުން ނުވުން
ހިމެނޭގޮތަށް) ކުރެވޭ ކުށްތަކާއި، އުފެދޭ ޚިލާފުތަކާއި، ނުކޮށް ދޫކޮށްލެވޭ ކަންތައްތަކާއި އަދި ޝަކުވާގެ ގޮތުގައި
ނުހިމެނޭ ކޮމްޕްލައިންސް ހިމެނޭގޮތަށް، ކޮންޓްރެކްޓް)
ޓެގައި ބަޔާންކޮށްފައިވާ އެއްވެސް ޒިންމާއަކުން ކޮންޓްރެކްޓަރ
ބަރީއައެއްނުވެވޭނެއެވެ.) މިފަދައިންކަމާއިގެ
ޓޫފްލާވާރސް އެވެކިޔާ ގޯތީގައި ދަ ގޭޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
މަސައްކަތްކުރިއިރު، މުޙައްމަދު ނަޢީމްގެ ފަރާތުން ދެފަހަރެއްގެ މަތިން ދެ ސިވިލް އިންޖިނިއަރުން ޢައް
ޢައްޔަންކޮށް
ހ. ޓޫފްލާވަރސް އެވެކިޔާ ގޯތީގައި ކުރި މަސައްކަތް ސުޕަރވައިޒްކުރިކުރުމަކީ އެގޯތީގައި ދަ ގޭޓް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތު މަސައްކަތްކުރުމުގައި ޢިމާރާތްކުރުމުގެ ޞިނާޢަތުގެ ފަންނީ މިންގަނޑުތަކާއި އުޞޫލުތަކާ
ޚިލާފަށް ކޮށްފައިވާ ކަންކަމުގެ ޒިންމާއިން ކޮންޓްރެކްޓަރގެ ހައިސިއްޔަތުން ދަ ގޭޓް ޕްރައިވެޓް ލިމިޓެޑް
ބަރީއަކުރެވޭނެ ކަމެއް ނޫންކަން އެނގެއެވެ.
2
4
2 ހ2 4
އެހެންކަމުން،
1)
43ށް
ޓޫފްލާވާރސް ގައި ދަ ގޭޓް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ މަސައްކަތްތައް
ކުރަމުންދިޔައިރު އެމަސައްކަތްތައް ބެލުމަށް ނުވަތަ ދަ ގޭޓް ޕްރައިވެޓް ލިމިޓެޑްގެ ޒިންމާއިން ކެނޑޭގޮތަ
މުޙައްމަދު ނަޢީމްގެ ފަރާތުން ކޮންސަލްޓަންޓަކު ޢައްޔަންކުރުމަށް މުޙައްމަދު ނަޢީމް އެއްބަސްވެފައިނުވަނީސް
އެއީ ދެފަރާތުން އެއްބަސްވެފައިވާ ގޮތްކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ އެއްވެސް ޤާނޫނީ
އަސާސެއްނެތި ކޮންޓްރެކްޓާބެހޭ ޤާނޫނާއި ޚިލާފަށް ކަމަށްބުނެ މުޙައްމަދު ނަޢީމުގެ ފަރާތުން ފާހަގަކުރި
ނުކުތާއަށް ނަޒަރުކުރިއިރުގެ
R
ހައިޓީ
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
15 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/54
COCOCOOX,
ملمع لاع پر کا
ޓްގައިވާ
ޝަރުތުތަކު
4 0 0 8
COOCOOX
12
ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ
ބައިވެރިއެއްގެ މައްޗަށް ލާޒިމުވާ ކަންތައްތައް ކުރަންވާނީ، އެކޮންޓްރެކްޓްގަ
ގޮތުގެ މަތިންނެވެ. މިއާ ޚިލާފުގޮތަކަށް ޢަމަލުކުރެވޭނީ، އެކޮންޓްރެކްޓްގެ އަނެއް ބައިވެރިޔާ، އޭނާގެ
މައްޗަށް ލާޒިމުވާ ކަމަކަށް ދުލެއްދީފިނަމައެވެ. ނުވަތަ އޭނާ ކޮންމެވެސް އެހެން ގޮތަކަށް ޢަމަލުކުރާން
އެއްބަސްވެއްޖެ ނަމައެވެ.” މިފަދައިންކަމާއި،
ޓޫފްލާވާރސް އެވެކިޔާ ގޯތީގައި 10 ބުރީގެ ފައުންޑޭޝަނާއެކު 03 ޝީޓް އަޅައި، 03 ފްލޯރ
ކޮމްޕްލީޓްކުރުމަށް ދަ ގޭޓް ޕްރައިވެޓް ލިމިޓެޑާއި މުޙައްމަދު ނަޢީމުއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން،
ޓޫފްލާވާރސް ގައި ދަ ގޭޓް ޕްރައިވެޓް ލިމިޓެޑުން މަސައްކަތްކުރާއިރު އެމަސައްކަތްތައް ބެލުމަށް ނުވަތަ ދަ
ގޭޓް ޕްރައިވެޓް ލިމިޓެޑްގެ ޒިންމާއިން ކެނޑޭގޮތަށް މުޙައްމަދު ނަޢީމްގެ ފަރާތުން ކޮންސަލްޓަންޓަކު
ޢައްޔަންކުރުމަށް މުޙައްމަދު ނަޢީމް އެއްބަސްވެފައިވާކަން، ދެފަރާތުގެ ދެމެދު ވެވުނު އެއްބަސްވުމުން އެނގެން
ނެތްއިރު، އެކަން ސާބިތުކުރުމަށް ދަ ގޭޓް ޕްރައިވެޓް ލިމިޓެޑުން އެއްވެސް ހެއްކެއް ޝަރީޢަތަށް
ހުށަހަޅާފައިނުވާތީ،
ޓޫފްލާވާރސް ގައި ދަ ގޭޓް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ މަސައްކަތްތައް
ކުރަމުންދިޔައިރު އެމަސައްކަތްތައް
މިކަތްތައް ބެލުމަށް ނުވަތަ ދަ ގޭޓް ޕްރައިވެޓް ލިމިޓެޑްގެ ޒިންމާއިން ކެނޑޭގޮތަށް
މުޙައްމަދު ނަޢީމްގެ ފަރާތުން ކޮންސަލްޓަންޓަކު ޢައްޔަންކޮށްފައިވާ ކަމަށް ޤާނޫނީ ގޮތުން ބެލެވެން ނެތްކަން
އެނގެއެވެ.
(ކ) ދަ ގޭޓް ޕްރައިވެޓް ލިމިޓެޑުން ދަޢުވާގައި ހޯދަން އެދިފައިވާ
1,082,694.29ރ. (އެއްމިލިއަން
އަށްޑިހަ ދެހާސް ހަސަތޭކަ ނުވަދިހަ ހަތަރެއް ޕޮއިންޓް ދޭއް ނުވައެއް ރުފިޔާ)ގެ ތެރޭގައި އެކުންފުނިން ނުކުރާ
މަސައްކަތެއް ހިމަނާފައިވާކަމާއި، އަދި އެއްބަސްވުމާ ޚިލާފަށް އަގުބޮޑުކޮށްގެން ހުށަހަޅާފައިވާކަން
ސާބިތުވާހިނދު، އެކަންކަމަށް އެއްވެސް މިންވަރަކަށް ސިވިލް ކޯޓުން ރިޢާޔަތްނުކޮށް ނިންމި ނިންމުމަކީ
ޝަރީޢަތްކުރުމުގެ އުޞޫލުތަކާއި އަދި ކޮންޓްރެކްޓާބެހޭ ޤާނޫނާ ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއް ކަމަށް
ބުނެ މުޙައްމަދު ނަޢީމްގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާއަށް ނަޒަރުކުރިއިރުގެ
ދަ ގޭޓް ޕްރައިވެޓް ލިމިޓެޑާއި މުޙައްމަދު ނަޢީމުއާ ދެމެދު އެއްބަސްވެވިފައިވަނީ، ޓޫޕްލާވާރސް
އެވެކިޔާ ގޯތީގައި 10 ބުރީގެ ފައުންޑޭޝަނާއެކު 03 ޝީޓް އަޅައި، 03 ފްލޯރ ކޮމްޕްލީޓް ކުރުމަށްކަން
26
R
ހައިކް
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
16 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/54
79ހ4
އުޞޫލުތަކާ
ދެފަރާތުގެ ބަހުން އެނގެން އޮތްއިރު، އިސްވެ ބަޔާންކުރެވިފައިވާ ފަދައިން، ޢިމާރާތްކުރުމުގެ ފަންނީ
ޚިލާފަށް ދަ ގޭޓް ޕްރައިވެޓް ލިމިޓެޑުން ޓޫފްލާވާރސް އެވެކިޔާ ގޯތީގައި
މަސައްކަ
އެކަތްކުރަމުންދާތީ، އެކަމަކީ ޢިމާރާތުގެ ފަހުގެ މަސައްކަތްތައް ކުރާއިރު ޢިމާރާތުގެ ވެރިފަރާތަށް ބޮޑެތި
ގެއްލުންތަކެއް ކުރިމަތިވާނެ ކަމެއްކަމުގައިވާތީ، ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާ މަސައްކަތް ނިންމާ
ފުރިހަމަ ކުރުމުގެ ކުރިން، ޓޫފްލާވާރސް އެވެކިޔާ ގޯތީގައި ދަ ގޭޓް ޕްރައިވެޓް ލިމިޓެޑުން ކުރަމުން އައި
މަސައްކަތް މުޙައްމަދު ނަޢީމްގެ ފަރާތުން ހުއްޓުވާފައިވާކަން މުޙައްމަދު ނަޢީމްގެ އަމިއްލަ އިޢްތިރާފުން
ޝަރީޢަތަށް ސާބިތުވާކަމާއި،
އިސްތިއުނާފު މިކުރެވޭ ދަ ގޭޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ
ދަޢުވާގައި ހޯދުމަށް އެދިފައިވާ 1,082,694.29ރ. (އެއްމިލިއަން އަށްޑިހަ ދެހާސް ހަސަތޭކަ ނުވަދިހަ
ހަތަރެއް ޕޮއިންޓް ދޭއް ނުވައެއް ރުފިޔާ) އަކީ، ދެފަރާތުގެ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން
އެއްބަސްވެފައިވާ މަސައްކަތް ފުރިހަމަކޮށް ނިންމުމުން، ދަ ގޭޓް ޕްރައިވެޓް ލިމިޓެޑަށް ޙައްޤުވާ ފައިސާގެ
ތެރެއިން އެހާތަނަށް މުޙައްމަދު ނަޢީމުގެ ފަރާތުން ދަ ގޭޓް ޕްރައިވެޓް ލިމިޓެޑަށް ނުލިބިވާ ފައިސާކަން
އެނގެން އޮތުމުގެ އިތުރުން، ދަ ގޭޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޓޫފްލާވާރސް އެވެކިޔާ ގޯތީގައި
ކޮށްފައިވާ މަސައްކަތްތަކަކީ އެފަދަ މަސައްކަތްތަކުގެ ފަންނީ މިންގަނޑުތަކާއި
އުޞޫލުތަކާ އެއްގޮތްވާ
މަތީން ރަގަޅު ފެންވަރުގައި ކުރެވިފައިވާ މަސައްކަތްތަކެއް ނޫންކަން އެނގެން އޮންނަކަމާއިގެ
އިސްވެ އިޝާރާތްކުރެވުނު ފަދައިން ދެފަރާތުގެ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ކުރުމަށް
އެއްބަސްވެފައިވާ މަސައްކަތް ފުރިހަމަކޮށް ނިމިފައިނުވާތީ އާއި، ކޮށްފައިވާ މަސައްކަތްތަކަކީވެސް އެފަދަ
މަސައްކަތްތަކުގެ ފަންނީ މިންގަނޑުތަކާއި އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ރަގަޅު ފެންވަރުގައި
ކުރެވިފައިވާ މަސައްކަތްތަކެއް ނޫންކަން އެނގެން އޮންނާތީ، އެއްބަސްވުމުގެ ދަށުން ދަ ގޭޓް ޕްރައިވެޓް
ލިމިޓެޑަށް ލިބެންޖެހޭ ފައިސާއެއްކަމަށް ބުނެ، ދަ ގޭޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހޯދުމަށް ދަޢުވާކޮށްފައިވާ
1,082,694.29ރ. (އެއްމިލިއަން އަށްޑިހަ ދެހާސް ހަސަތޭކަ ނުވަދިހަ ހަތަރެއް ޕޮއިންޓް ދޭއް ނުވައެއް
ރުފިޔާ)، ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/137 ޤަޟިއްޔާގައި ދަ ގޭޓް ޕްރައިވެޓް ލިމިޓެޑަށް
ލިބިދެއްވުމަށް ނިންމެވި ނިންމެވުމަކީ، ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ
14
UCOCCO
R
ހައިކޯ
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
17 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2011/HC-A/54
މާއްދާގެ (ހ) އާއި އަދި 23 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން ނިންމަވާފައިވާ ނިންމެވުމެއް ކަމަށް
ބެލެވެން ނެތްކަން އެނގެއެވެ.
ވީމާ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބުނެވުނު ކަންކަން އެގޮތަށް ހުރުމާއެކު، މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުންނަށް އެއްބަސްވެވުނީ، ސިވިލް ކޯޓުގެ
ނަންބަރު 2010/Cv-C/137 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ.
0
ޙުކުމް:
ދެންފަހެ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު، ސިވިލް
ކޯޓުގެ ނަންބަރު 2010/Cv-C/137 ޤަޟިއްޔާގައި ހޯދުމަށް އެދިފައިވާ 1,082,694.29ރ. (އެއްމިލިއަން
އަށްޑިހަ ދެހާސް ހަސަތޭކަ ނުވަދިހަ ހަތަރު ރުފިޔާ ނަވާވީސް ލާރި) އަކީ މުޙައްމަދު ނަޢީމްގެ ފަރާތުން ދަ
ގޭޓް ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭ ފައިސާއެއް ކަމަށާއި، ދަ ގޭޓް ޕްރައިވެޓް ލިމިޓެޑްގެ ސަބަބުން މުޙައްމަދު
ނަޢީމަށް ލިބިފައިވާކަމަށް ބުނެ ހުށަހަޅާފައިވާ ގެއްލުމުގެ ބަދަލު ނަގައިދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވާ
ޙުކުމް ކުރައްވާފައިވަނީ ރަގަޅަށް ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ އެއްވެސް
ފަނޑިޔާރަކަށް އެއްބަސްވެވިފައިނުވާތީ، ސިވިލް ކޯޓުގެ ނަންބަރު2010/Cv
-
C/137 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމް މިމައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.
ދިވެހިރާ
s
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ