ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/255 ޤަޟިއްޔާގެ ޙުކުމް
1
2{1/HC-A/255
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
•ޤަޟިއްޔާ ނަންބަރ: 255/HC
-
A/2010
•އިސްތިއުނާފުކުރި ފަރާތް:
ނަން: ސިވިލް ސަރވިސް ކޮމިޝަން
އައިޑީ ކާޑު ނަންބަރ:
ދާއިމީ އެޑްރެސް: ހ.ވެލާނާގެ
މިހާރުގެ އެޑްރެސް: ވެލާނާ ބިލްޑިންގ
•އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޔޫނުސް އިބްރާހީމް
އައިޑީ ކާޑުނަންބަރު: A053567
ދާއިމީ އެޑްރެސް: ފަޒާ |ރ. ރަސްގެތީމު
މިހާރުގެ އެޑްރެސް: ފ. ވޭވިންސޯ
* ރަޖިސްޓްރީކުރެވުނު ތާރީޚް: 22 ޑިސެމްބަރ 2010 * ނިމުނު ތާރީޚް: 3 ފެބްރުއަރީ 2013
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/236
ހުށަހެޅި ތާރީޚް: 17އޮކްޓޯބަރ 2010 ނިމުނު ތާރީޚް: 15 ޑިސެމްބަރ 2010
*
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު އަޙްމަދު ޝަރީފު، ފަނޑިޔާރު ޢައްބާސް ޝަރީފް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
ވާ
2
2{010/HC-A/255
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
236/VTR/2010
22 ދ ތތ 3
ނުވާކަމަށް
ހަދީ؟ ވަޒީފާއާބެހޭ ޓްރައިބިޔުނަލްގެ ނަންބަރު
މައްސަލަ
ނިންމަވާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް މަށްބުނެ ސިވިލް ސަރވިސް ކޮމިޝަނުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އެމައްސަލަ އިސްތިއުނާފު ކުރުމުން ބެލިފައިވާ މައްސަލައެކެވެ. މިމައްސަލާގެ
އިސްތިއުނާފް ރައްދުވާ ފަރާތަކަކީ، ރ.ރަސްގެތީމް!ފަޒާ، ޔޫނުސް އިބްރާހީމް (އައި.ޑީ.ކާޑް ނަންބަރު:
A053567) އެވެ.
-01
OXOL
3
ފާހަގަކުރެވުނު ނުކުތާތައް:
ވަޒީފާއާބެހޭ ޓްރައިބިޔުނަލްގެ ނަންބަރު:2016/VTR/236 މައްސަލަ
ނިންމަވާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ ސިވިލް ސަރވިސް ކޮމިޝަނު ގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އެމައްސަލަ އިސްތިއުނާފު ކުރުމުން ބެލިފައިވާ މައްސަލައެކެވެ. މިމައްސަލާގެ
އިސްތިއުނާފް ރައްދުވާ ފަރާތަކީ، ރ.ރަސްގެތީމް ފަޒާ ޔޫނުސް އިބްރާހީމް (އައި.ޑީ.ކާޑް ނަންބަރު:
A053567) އެވެ.
02- ޔޫނުސް އިބްރާހީމް، ރ.ރަސްގެތީމު ސްކޫލުގެ ވޮޗަރެއްގެ ވަޒީފާއިން ވަކިކުރުމާއި
ގުޅިގެން ވަޒީފާއިން ވަކިކޮށްފައިވަނީ ޒާތީކަމަކާގުޅިގެންކަމަށް ބުނެ ވަޒީފާ އަނބުރާ ހޯދުމަށްއެދި ސިވިލް
ސާރވިސް ކޮމިޝަނަށް ރައްދުވާގޮތަށް 17 އޮކްޓޯބަރ 2010 ގައި މައްސަލަ ހުށަހަޅާފައިވާ ކަމާއި
އެމައްސަލަ ނިންމަވާފައިވާ ގޮތަށް ބަލާއިރު، "ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތާއި
ރައްދުވާ ފަރާތުން ހުށަހެޅި އެންމެހާ ލިޔެކިޔުންތަކަށާއި، ފާހަގަކުރި ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކުރާއިރު،
މައްސަލަ ހުށަހެޅި ޔޫނުސް އިބްރާހީމް ރ.ރަސްގެތީމް ސްކޫލުގެ ވޮޗަރުގެ ވަޒީފާއިން 26 އޮގަސްޓް 2010
ގައި ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު)ގެ 47 ވަނަ މާއްދާގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
ވާ
3
2{010/HC-A255
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
Occ
24 22
0x0) •
(ނ)ގެ 4 ވަނަ ނަންބަރުގެ ދަށުން، އޭނާއަށް ވަޒީފާ ލިބިފައިވަނީ، ވަޒީފާ ދިނުމުގައި ދިވެހި ސިވިލް
ސަރވިސްގެ ޤާނޫނާއި ޤަވާޢިދުގައި މުވައްޒަފުން އައްޔަންކުރުމަށް ހަމަޖެހިފައިވާ ގޮތާއި ޚިލާފަށްކަމަށް
އެކޮމިޝަނުން ކުރި ތަޙުޤީޤުކުން ސާބިތުވާތީކަމަށް މައްސަލަ ރައްދުވާ ސިވިލް ސާރވިސް ކޮމިޝަނުން ބުނި
ނަމަވެސް، އެކަން ސާބިތުކޮށްދީފައިނުވާކަމަށް މައްސަލަ ބެލި މަޖިލީހުން އިއްތިފާޤުވާތީ، ޤާނޫނު ނަންބަރު
2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގެ (1) އަށް ރިޢާޔަތްކޮށް، މައްސަލަ ހުށަހެޅި
ޔޫނުސް އިބްރާހީމްއަށް އޭނާ ހުރި ވަޒީފާ އަލުން އަނބުރާ ދިނުމަށާއި، އޭނާއަކީ އެއްވެސް ޙާލެއްގައި
ވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފެއް ކަމުގައި ނުބެލުމަށާއި، އޭނާގެ ވަޒީފާގެ އެންމެހާ ކަންކަން، މިއަދު، 15
ޑިސެމްބަރ 2010ން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ހަމަޖެއްސުމަށްފަހު، އެކަން ހަމަޖެހޭތާ 10
(ދިހައެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް މައްސަލަ ރައްދުވާ ސިވިލް
ސާރވިސް ކޮމިޝަނަށް އަންގާ އަމުރުކުރަމެވެ." މިފަދައިންކަން އެރިޕޯޓުން އެނގެއެވެ.
-03
އިސްވެ
ބަޔާންކުރެވުނު
ގޮތުގެ މަތީން ވަޒީފާއާބެހޭ ޓްރައިބިޔުނަލްގެ
ނަންބަރު:2010/VTR/236 މައްސަލަ ނިންމެވުމުން އެ ނިންމެވުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި
.ގޮތްވާ ގޮތުގެ މަތީން ނިންމަވާފައިވާ ނިންމެވުމެއް ނޫންކަމަށްބުނެ ސިވިލް ސަރވިސް ކޮމިޝަނުގެ
ފަރާތުން އެމައްސަލަ އިސްތިއުނާފު ކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކުގެ މައްޗަށް
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
04 ﷲ
އެއްގޮތެވެ
• ފުރަތަމަ ނުކުތާއަކީ، ޔޫނުސް އިބްރާހީމް ރަސްގެތީމު ސްކޫލްގެ ވޮޗަރެއްގެ
މަޤާމުގައި ގެންގުޅެފައި ވަނީ ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދު 2008 ގެ 4 ވަނަ ބައިގެ 14 ވަނަ
މާއްދާގައި ބުނާ މެރިޓް އުޞޫލުން ކަމަށް ނުވާތީ، އޭނާއަށް ވަޒީފާ ދީފައި ވަނީ ޤާނޫނާއި ޤަވާއިދާއި
ޚިލާފަށްކަމަށް ސާބިތުކޮށްދެވިފައި ނުވާކަމަށް އެޓްރައިބިއުނަލުން ވިދާޅުވެފައިވާއިރު، އެމަޤާމަށް އެދިފައިވާ
OX
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
ވާ
4
2{010/HC-A255
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ފަރާތްތަކަށް ތަޢުލީމީ ގޮތުންނާއި އިންޓަވިއުގެ މާކްސްގެ ގޮތުގައި ލިބުނު ޖުމްލަ މާކްސް ޝީޓެއް
ހުށަހަޅާފައިވަނިކޮށް އެކަމަށް ވަޒީފާއާއިބެހޭ ޓްރައިބިއުނަލުން ރިޢާޔަތް ކޮށްފައިނުވުން ކަމަށް ބުނެ ހުށަހެޅި
ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުގެ މިނިންމެވުމަކީ ދިވެހި ސިވިލް
ސަރވިސްގެ ޤަވާއިދު 2008 ގެ 4 ވަނަ ބައިގެ 14 ވަނަ މާއްދާގައި ބުނާ މެރިޓް އުޞޫލާއި ޚިލާފު
ނިންމުމެއް ކަން ބުނެ ހުށަހެޅި ނުކުތާއެވެ.
24
ތިންވަނަ ނުކުތާއަކީ، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 4 ވަނަ މާއްދާގެ (އ)
އާއި ޚިލާފަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވާތީ، މުޖުތަމަޢުގެ ހުރިހާ ފަރާތަކަށްވެސް
ލިބިދެވޭ ހަމަހަމަ ފުރުޞަތު ގެއްލިގެންދިއުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ، ރ.ރަސްގެތީމް ސްކޫލުގެ ވޮޗަރެއްގެ ވަޒީފާއަށް 12 ޖެނުއަރީ
2009 ގައި ރ.ރަސްގެތީމު ސްކޫލުން ކުރި އިޢުލާނަކާ ގުޅިގެން ޔޫނުސް އިބްރާހީމަށް ވުރެ މަތިން މާރކްސް
ލިބިފައިވާ ރ.ރަސްގެތީމު ފިތުރޯނުގެ، އަޙްމަދު ރިޝާ ވަޒީފާ ބޭނުންކަމަށްބުނެ ލިޔުމަކުން މިނިސްޓްރީ އޮފް
އެޑިއުކޭޝަނަށް ހުށަހަޅުއްވާފައި ވާއިރު އިޢުލާން ކުރެވުނު ވަޒީފާއަށް އެންމެ ޤާބިލު ފަރާތުގެ ބަދަލުގައި ޔޫނުސް
އިބްރާހީމްއަށް އެވަޒީފާއަށް ހަމަޖައްސައިފިނަމަ އެވަޒީފާއަށް ޔޫނުސް އިބްރާހީމަށް ވުރެ ޤާބިލުކަމަށް ވަޒީފާއަށް
އެދި ކުރިމަތިލީ މީހުންގެ މަޢުލޫމާތު ޝީޓުން ސާބިތުވާ އަޙުމަދު ރިޝާގެ ޙައްޤެއް ގެއްލިދާނެކަމަށްބުނެ
ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ދިވެހި ސިވިލް ސަރވިސް ކޮމިޝަނުން ވަކާލާތުކޮށްފައިވާއިރުގައި އެކަމަށް
ރިޢާޔަތްކޮށްފައިނުވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ފަސްވަނަ ނުކުތާއަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މިނިންމެވުމަކީ، ދިވެހި ސިވިލް
ސަރވިސްގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ބ) ގައި ބަޔާންވެފައިވާގޮތާ ޚިލާފު ނިންމެވުމެއްކަމަށް ބުނެ ހުށަހެޅި
ނެކެޗއިވާ"
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
ވާ
5
2010/HC-A/255
ޤާޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ހަވަނަ ނުކުތާއަކީ، ޔޫނުސް އިބްރާހީމް އެ ވަޒީފާގައި ގެންގުޅެފައިވަނީ
ސިވިލްސަރވިސްގެ ޤާނޫނުގެ 38 ވަނަ މާއްދާގެ (ހ) އާއި، ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ހަތްވަނަ ނުކުތާއަކީ، އިސްވެ ބަޔާންކުރެވުނު ނުކުތާތަކަށް ބަލާއިރު، ޔޫނުސް
އިބްރާހީމް އެވަޒީފާގައި ގެންގުޅެފައިވަނީ ދިވެހި ސިވިލްސަރވިސްގެ ޤާނޫނާއި ޤަވާޢިދާ ޚިލާފަށްކަން އެމަޤާމަށް
އެދިފައިވާ ފަރާތްތަކުގެ މަޢުލޫމާތު ޝީޓަށް ބަލާއިރު، ސާބިތުވާތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ
ނިންމެވުމުގައި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަމާއްދާގެ (ނ) ގެ 4 ވަނަނަންބަރަށް ރިޢާޔަތް
ކުރައްވާފައި ނުވާތީ މިމައްސަލަ އަލުން ބައްލަވާދެއްވާ، މިމައްސަލާގައި އިންސާފުވެރި ނިންމުމެއް
ނިންމަވާދެއްވުން އެދޭ ކަމަށް ބުނެ ހުށަހެޅި .
24
24 239
ނުކުތާއެވެ.
04- ވަޒީފާއާބެހޭ ޓްރައިބިޔުނަލްގެ ނަންބަރު: 2010/VTR/236 މައްސަލަ ނިމުނު
ގޮތުގެ ރިޕޯޓަށާއި، އެ މައްސަލަ އިސްތިއުނާފު ކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިއުންތަކަށް ބަލާއިރު މިމައްސަލަ ނިންމަން
ފެންނަގޮތާއިމެދު، މިމައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންގެ މެދުގައި ދެރައުޔެއްގެ މައްޗަށްވަނީ ޚިޔާލު
ތަފާތުވެފައެވެ. އެދެރައުޔާއި އަދި އެދެރައުޔު ބިނާކުރެވިފައިވާ އަސާސްތައް ތިރީގައި ބަޔާންކުރެވިފައި
އެވަނީއެވެ.
ފުރަތަމަ: ޚިލާފުވިރައުޔު (ފަނޑިޔާރު ޢައްބާސް ޝަރީފްގެ ރައުޔު) އާއި އެރައު
ބިނާކުރެވިފައިވާ އަސާސްތައް
(ހ) ދިވެހި ސިވިލް ސަރވިސްގައި މަސައްކަތްކުރާ ދާއިމީ މުވައްޒަފުން ވަޒީފާއިން
ވަކުކުރެވޭނެ ސަބަބުތައް ބަޔާންކޮށްފައިވަނީ ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ
ޤާނޫނު) ގެ 47 ވަނަ މާއްދާގައިކަމާއި، މިގޮތުން ދިވެހި ސިވިލް ސަރވިސްގައި މަސައްކަތްކުރާ ދާއިމީ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
ވާ
6
2010/HC-A/255
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެ 7 (ހަތެއް) ސަބަބު އެމާއްދާގައި ބަޔާންކޮށްފައިވާކަމާއި، އޭގެތެރޭގައި،
"އެމުވައްޒަފަކަށް ވަޒީފާ ލިބިފައިވަނީ ވަޒީފާ ދިނުމުގައި މި ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ
ގަވާއިދުގައި މުވައްޒަފުން ޢައްޔަނު ކުރުމަށް ހަމަޖެހިފައިވާގޮތާ ޚިލާފަށްކަމަށް ސިވިލް ސަރވިސް
ކޮމިޝަނުން ކުރި ތަޙުޤީޤާކަށް ސާބިތުވުން" (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ
(ނ) ގެ (4) ގައި ހިމެނިފައިވާކަމާއި،
އިސްވެމިދެންނެވުނު، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ
(4) ގައި ބަޔާންކޮށްފައިވާ، ދިވެހި ސިވިލް ސާރވިސްގައި މަސައްކަތްކުރާ ދާއިމީ މުވައްޒަފަކު ވަޒީފާއިން
ވަކުކުރެވިދާނެ ސަބަބަށް ބަލާއިރު، އެމުވައްޒަފަކަށް ދިވެހި ސިވިލް ސަރވިސްގެ ވަޒީފާ ދެވިފައިވަނީ ނުވަތަ
ލިބިފައިވަނީ ވަޒީފާ ދިނުމުގައި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދު
ގައި މުވައްޒަފުން ޢައްޔަންކުރުމަށް ހަމަޖެހިފައިވާގޮތާ ޚިލާފަށްނަމަ އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ
ބާރު ސިވިލް ސަރވިސް ކޮމިޝަނަށް ލިބިގެންވާކަމާއި، އަދި ސިވިލް ސަރވިސް ކޮމިޝަނުން މިގޮތުގެމަތިން
ޢަމަލުކުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އެއްވެސް ޙައްޤަކަށް
އުނިކަމެއް ނާންނާނެކަމާއި، އެހެނީ އެމީހަކު އިޚްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ މަސައްކަތެއް
ކުރުމުގެ ޙައްޤަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤެއްކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 37 ވަނަމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވީނަމަވެސް، ކަނޑައެޅޭ ވަކި ވަޒީފާއެއްގައި
ވަކިމީހަކު ދެމިހުރުމުގެ ޙައްޤު އެމީހަކަށް ލިބިދެވެންޖެހޭނީ އެވަޒީފާއަކީ ޤާނޫނީ ހަމަތަކުގެ މަތިން އެމީހަކަށް
ލިބިދެވިފައިވާ ވަޒީފާއެއްކަމަށް ވާނަމަކަމާއި، އަދި އެމުވައްޒަފަކު ވަޒީފާގައި ހުރި މުއްދަތުގައި،
ކަނޑައެޅިފައިވާ އުސޫލުގެ ދަށުން އެމުވައްޒަފަކު އަދާކުރަމުން ގެންގޮސްފައިވާ ވަޒީފާގެ ހައިސިއްޔަތުން
އެމުވައްޒަފަކަށް ލިބިދޭންޖެހޭ މުސާރައާއި އެހެނިހެން އިނާޔަތްތައް، އެހެން މުވައްޒަފުންނެކޭ އެއްފަދައިން
އެމުވައްޒަފަށްވެސް ލިބިދެވިފައިވުމުން، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދިފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
ވާ
7
2{1/HC-A/255
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޤަވާޢިދުތަކާ ޚިލާފަށް ވަޒީފާ ދެވިފައިވާ މުވައްޒަފަކު ވަޒީފާއިން ވަކިކުރިކަމުގައިވީނަމަވެސް އެމުވައްޒަފަކަށް
އެހެން ޙައްޤެއްވެސް އޮތްކަމަށް ޤަބޫލުނުކުގެ
:ލުނުކުރެވޭކަމާއި،
4 24 22
އަދި، ސިވިލް ސަރވިސް ކޮމިޝަނުން، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ
އިސްވެދެންނެވުނު މާއްދާއަށް ޢަމަލުކުރުމުގައި، އެމުވައްޒަފަކު އެވަޒީފާއެއްގައި ހޭދަކޮށްފައިވާ މުއްދަތަށް
ނުވަތަ އެމުވައްޒަފަކަށް އެވަޒީފާއެއް، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދިފައިވާ
ޤަވާޢިދާ ޚިލާފަށް ލިބިފައިވަނީ ކޮންފަރާތެއްގެ އިހްމާލަކުންތޯ، ނުވަތަ އެވަޒީފާއެއް އެމުވައްޒަފަކަށް ލިބުމުގައި
އެމުވައްޒަފުގެ ފަރާތުން އޮޅުވާލުމުގެ ނުވަތަ މަކަރާހީލަތުގެ އެއްވެސް ޢަމަލެއް ހިންގާފައިވޭތޯ ސިވިލް
ސަރވިސް ކޮމިޝަނުން ބަލަން ޖެހޭނެކަމަށް ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގައިވެސް އަދި އެޤާނޫނުގެ
ދަށުން ހެދިފައިވާ އެއްވެސް ޤަވާޢިދެއްގައިވެސް ބަޔާންކޮށްފައިނުވާކަމާއި، އެހެންކަމުން ދިވެހި ސިވިލް
ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ (4) ގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި
މިދެންނެވުނު ބާވަތުގެ ކަންކަމަށް އެކޮމިޝަނުން ރިޢާޔަތްކުރަން ނުޖެހޭނެކަމާއި، ދިވެހި ސިވިލް ސަރވިސްގެ
ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ (4) ގެ ދަށުން، ދިވެހި ސިވިލް ސަރވިސްގައި ވަޒީފާ
އަދާކުރަމުންގެންދާ ދާއިމީ މުވައްޒަފަކު ވަޒީފާއިން ވަރުކުރުމުގައި ސިވިލް ސަރވިސް ކޮމިޝަނުން
ބަލަންޖެހޭނީ ހަމައެކަނި އެމުވައްޒަފަކަށް ވަޒީފާ ލިބިފައިވަނީ، ވަޒީފާ ދިނުމުގައި ދިވެހި ސިވިލް ސަރވިސްގެ
ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުގައި މުވައްޒަފުން ޢައްޔަނު ކުރުމަށް ހަމަޖެހިފައިވާގޮތާ
ޚިލާފަށްތޯކަމާއި، އަދި މިކަމަށްޓަކައި އެކޮމިޝަނުން ކުރާ ތަޙްޤީޤުކޮށް، އެމުވައްޒަފަކަށް ވަޒީފާ ލިބިފައިވަނީ،
ވަޒީފާ ދިނުމުގައި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުގައި
މުވައްޒަފުން ޢައްޔަނު ކުރުމަށް ހަމަޖެހިފައިވާގޮތާ ޚިލާފަށްކަމަށް އެކޮމިޝަނަށް ސާބިތުވާ ހާލަތްތަކުގައި
އެފަދަ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ ބާރު ސިވިލް ސަރވިސް ކޮމިޝަނަށް ލިބިގެންވާކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ވާ
8
2{010/HC-A/255
ޤާޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ގޮތަށް
(ނ) ދިވެހި ސިވިލް ސަރވިސްގައި މަސައްކަތް ކުރުމަށް ވަޒީފާދިނުމުގައި ސިވިލް
ސަރވިސް ކޮމިޝަނުން ޢަމަލުކުރަންޖެހޭ ބަލާއިރު، ދިވެހި ސިވިލް ސަރވިސްގައި މަސައްކަތް
ކުރުމަށް ވަޒީފާދޭންވާނީ، ޢިލްމީ ގޮތުން އެންމެ ރަނގަޅު ނަތީޖާ ލިބިފައިވާ ފަރާތަކަށް އިސްކަންދީގެން، އަދި
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޢިލްމީ ފެންވަރު އެއްވަރުވެއްޖެ ޙާލަތެއްގައި އެދާއިރާއެއްގެ
މަސައްކަތުގެ ފެންވަރާއި ތަޖުރިބާގެ މައްޗަށްބަލާ އެންމެ ރަނގަޅު ފަރާތަކަށް އިސްކަންދީގެން، އެމީހުންގެ
ޤާބިލުކަމާއި، ތަޖުރިބާއަށް ބެލުމަށްފަހުގައިކަމަށް ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 5 ވަނަ މާއްދާގެ
(ބ) ގައި ބަޔާންކޮށްފައިވާކަމާއި، އަދި، ދިވެހި ސިވިލް ސަރވިސްގެ މަޤާމަކަށް ސިވިލް ސަރވިސްގައި
ހިމެނޭ މީހަކުވިއަސް އަދި ނުހިމެނޭ މީހަކުވިއަސް ޢައްޔަންކުރަންވާނީ ސިޔާސީ ނުފޫޒުތަކުން އެކަހެރިވެފައިވާ
ގޮތެއްގައި މެރިޓް އަކީ އަސާސީ މިންގަނޑު ކަމަށް ބަލައިގެންކަމާއި، އަސާސީ މިންގަނޑަކީ މެރިޓްކަމަށް
ބަލައިގެން ވަޒީފާދިންކަމަށް ބެލޭނީ، ޢައްޔަންކުރެވުނު މީހަކީ ވަޒީފާގެ ޝަރުޠުތައް ފުރިހަމަވާ މީހެއްކަމުގައި
ވެފައި، އެ މީހަކީ އެމީހެއްގެ ތަޢުލީމީ ފެންވަރާށާއި، މަސައްކަތުގެ ހުނަރަށް އަދި މަސައްކަތުގެ ތަޖުރިބާއަށް
ބަލައިގެން ޢައްޔަނު ކުރެވިފައިވާ މީހަކު ކަމުގައިވާނަމަކަމަށްވެސް ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 38
ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި، އަދި ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދު 2008 ގެ 4 ވަނަ
ބައިގެ 14 ވަނަ މާއްދާގައިވެސް ހަމަ މިމޭރުމުން ބަޔާންކޮށްފައިވާކަމާއި،
މިކަންކަމުގެ މައްޗަށް ޖުމްލަގޮތެއްގައި ބަލާއިރު ދިވެހި ސިވިލް ސަރވިސްގައި
މަސައްކަތް ކުރުމަށް ވަޒީފާދޭންވާނީ އިސްވެދެންނެވިފައިވާ މާއްދާތަކުގައި ބަޔާންކޮށްފައިވާ މެރިޓްއަކީ
އަސާސީ މިންގަޑުކަމަށް ބަލައިގެން، އެވަޒީފާއަކަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ
މާކްސް ލިބޭ ފަރާތަކަށް އިސްކަންދޭ އުސޫލުންކަން އެނގޭކަމާއި، އަދި، މިނޫންގޮތަކަށް ދެވޭ ދިވެހި ސިވިލް
ސަރވިސްގެ ވަޒީފާއަކީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދާ
ޚިލާފަށް ދެވިފައިވާ ވަޒީފާއެއްކަމަށް ބަލަންޖެހޭކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ވާ
9
2{010/HC-A/255
ޤާޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
02c
(ނ) އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައިގައި ކަންހިނގާފައިވާ ގޮތަށްބަލާއިރު،
މިމައްސަލައިގައި ހިމެނޭ ރ. ރަސްގެތީމް!ފަޒާ، ޔޫނުސް އިބްރާހީމް އަށް ލިބިދީފައިވާ ރަސްގެތީމު
ސްކޫލުގެ ވޮޗަރުކަމުގެ ވަޒީފާއަށް ކުރިމަތިލުމަށް ހުޅުވާލާ، 12 ޖެނުއަރީ 2009 ގައި ރަސްގެތީމު ސްކޫލުން
ކޮށްފައިވާ ނަންބަރު GS121
/
2009
/
01 އިޢުލާނާ ގުޅިގެން އެމަޤާމަށް ކުރިމަތިލާފައިވާ މީހުންގެ ތެރޭގައި
ޔޫނުސް އިބްރާހީމްއަށް ވުރެ ތަޢުލީމީ ގޮތުން މަތީ ފެންވަރުގެ މީހުންތިބިކަމާއި، އަދި އެމަޤާމަށް
ކުރިމަތިލާފައިވާ މީހުންނާ ކުރެވުނު އިންޓަވިއުގައިވެސް ޔޫނުސް އިބްރާހީމްއަށްވުރެ މަތިން މާކްސް ލިބިފައިވާ
ދެމީހަކު ހިމެނޭކަން، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ، އެލިޔުމުގެ ސުރުޙީގައި "ވޮޗަރުކަމަށް ކުރިމަތިލީ
ފަރާތްތަކުގެ ތައުލީމީ ފެންވަރު" ޖަހާފައިވާ ލިޔުމަށާއި، ސުރުޙީގައި "އިންޓަވިއު ޑީޓޭލް ޝީޓް" ޖަހާފައިވާ
ލިޔުމަށް ބެލުމުން އެނގޭކަމާއި،
އަދި، އިސްވެދެންނެވިފައިވާ ފަދައިން ރ. ރަސްގެތީމު ސްކޫލުގެ ވޮޗަރުކަމުގެ ވަޒީފާއަށް
ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރޭގައި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގައާއި އެޤާނޫނުގެ ދަށުން
ހެދިފައިވާ ޤަވާއިދުގައި ބަޔާންކޮށްފައިވާ މެރިޓް އުސޫލުން ޔޫނުސް އިބްރާހީމްއަށްވުރެ މަތީން މާކްސް
ލިބިފައިވާ ބަޔަކު ތިއްބާ ޔޫނުސް އިބްރާހީމަށް އެވަޒީފާ ހަމަޖައްސާފައިވަނީ އޭނާއަށްވުރެ މަތިން މާކްސް
ލިބުނު މީހުން އެވަޒީފާ ބޭނުން ނުވުމުން ނޫންކަމާއި، ޔޫނުސް އިބްރާހީމްއަށް ވުރެ މަތިން މާކްސް ލިބިފައިވާ
މީހުން އެވަޒީފާ ބޭނުންތޯ ސުވާލުކުރެވިފައިވަނީވެސް ޔޫނުސް އިބްރާހީމަށް ވަޒީފާ ދިނުމަށް ފަހު އޭނާގެ
ވަޒީފާ ދާއިމީކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކުރި މަސައްކަތުގައި، އޭނާ އެމަޤާމަށް
ހަމަނުޖެހޭނެކަމަށް ސިވިލް ސަރވިސް ކޮމިޝަނުން އެނގުމާ ގުޅިގެން، އެމަޤާމަށް ހަމަޖައްސާނެ މީހަކު
ކަނޑައެޅުމަށްޓަކައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކުރި މަސައްކަތުގެ ތެރޭގައިކަން، މިމައްސަލައާ
ގުޅިގެން ހުށަހެޅިފައިވާ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ނަންބަރު 2010
/
1429/CMD/188/(1)
(13 ޖޫން 2010) ސިޓީއަށް ބެލުމުން އެނގޭކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
ވާ
10
2{010/HC-A/255
ޤާސިވިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެހެންކަމުން، އިސްވެމިދެންނެވުނު ކަންކަމުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ބަލާއިރު، މިމައްސަލައިގައި ހިމެނޭ ރ. ރަސްގެތީމް ފަޒާ، ޔޫނުސް އިބްރާހީމް އަށް ލިބިދީފައިވާ ރ.
ރަސްގެތީމު ސްކޫލުގެ ވޮޗަރުކަމުގެ ވަޒީފާ އޭނާއަށް ލިބިދީފައިވަނީ ދިވެހި ސިވިލް ސަރވިސްގައި މަސައްކަތް
ކުރުމަށް ވަޒީފާދިނުމުގައި ސިވިލް ސަރވިސް ކޮމިޝަނުން ޢަމަލުކުރަންޖެހޭ ގޮތްކަމަށް ދިވެހި ސިވިލް
ސަރވިސްގެ ޤާނޫނުގައާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުގައި ބަޔާންކޮށްފައިވާ، އިސްވެދެންނެވިފައިވާ
އުސޫލުތަކާ ޚިލާފަށްކަމާއި، އެހެންކަމުން މިޙާލަތުގައި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ
މާއްދާގެ (ނ) ގެ (4) އިން ސިވިލް ސަރވިސް ކޮމިޝަނަށް ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން،
އެމާއްދާގައިވާ ގޮތުގެމަތިން ޔޫނުސް އިބްރާހީމް އަދާކުރަމުން ގެންދިޔަ ސިވިލް ސަރވިސްގެ ވަޒީފާއިން
ވަކިކުރުމުގެ ފުރިހަމަ އިޚްތިޔާރު ސިވިލް ސަރވިސް ކޮމިޝަނަށް ލިބިގެންވާކަމެވެ.
22
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2010/VTR/236 މައްސަލާގައި އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަކީ ބަދަލު
ގެންނަންޖެހޭ ނިންމުމެއްކަމަށް ކަނޑައަޅައި، އެނިންމުން ބާޠިލުކުރުމަށް ފެނެއެވެ.
• ދެވަނަ: އަޣްލަބިއްޔަތު ރައުޔު (ފަނޑިޔާރު ޔޫސުފް ޙުސައިން އާއި އިސްފަނޑިޔާރު
އަޙްމަދު ޝަރީފްގެ ރައުޔު) އާއި އެރައުޔު ބިނާކުރެވިފައިވާ އަސާސްތައް:
ހ. ރަސްގެތީމް/ ފަޒާ ޔޫނުސް އިބްރާހީމް އަކީ ރަސްގެތީމު ސުކޫލުގެ ވޮޗަރު
ކަމުގެ ވަޒީފާ 22 އެޕްރީލް 2009 އިން ފެށިގެން އަދާކުރަމުން ގެންދިޔަ ދާއިމީ މުވައްޒަފެއްކަމާއި، ޔޫނުސް
އިބްރާހީމްއަށް ރަސްގެތީމް ސުކޫލުގެ ވޮޗަރު ކަމުގެ މަޤާމް ލިބިފައިވަނީ ވަޒީފާ ދިނުމުގައި ދިވެހި ސިވިލް
ސަރވިސްގެ ޤާނޫނާއި ޤަވާޢިދުގައި މުވައްޒަފުން އައްޔަންކުރުމަށް ހަމަޖެހިފައިވާ ގޮތާއި ޚިލާފަށް ކަމަށް
އެކޮމިޝަނުން ކުރި ތަޙުޤީޤަކުން ސާބިތުވާކަމަށް ބުނެ ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިޕް
#
3 04 04
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
ދިލްހިންމެވެ
11
2{010/HC-A255
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ސަރވިސްގެ ޤާނޫނު)ގެ 47 ވަނަ މާއްދާގެ (ނ)ގެ 4 ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން ޔޫނުސް އިބްރާހީމް
26 އޮގަސްޓް 2010 ގައި ވަޒީފާއިން ވަކިކޮށްފައިވާކަން ސިވިލް ސަރވިސް ކޮމިޝަންގެ ނަންބަރ
2010
/
1642/CSC(2) (26 އޯގަސްޓް 2010)
ވަޒީފާ ވަކިކުރެއްވި ޗިޓް" ން އެނގެން އޮންނަ
ކަމާއި،
ޔޫނުސް އިބްރާހީމް އަކީ ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދު 2008 ގެ 4 ވަނަ ބައިގެ
14 ވަނަ މާއްދާގައި ބަޔާންކުރާ މެރިޓް އުޞޫލުން އެވަޒީފާއަށް އެންމެ ޤާބިލް ފަރާތް ނޫން ކަމަށް ސިވިލް
ސަރވިސް ކޮމިޝަނުން ކުރި ތަޙުޤީޤުގައި ސާބިތުވާކަމަށް ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން
އިސްތިއުނާފު މިކުރެވޭ ޤަޟިއްޔާގެ ޝަރީޢަތުގައި ބުނެފައިވާކަން އެނގެއެވެ.
(ނ) ރަސްގެތީމް ސުކޫލަށް ވޮޗަރުން ހޮވުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން
އެމަޤާމަށް ކުރިމަތިލާފައިވާ މީހުންގެ ތެރެއިން ޔޫނުސް އިބްރާހީމަށް ވުރެ މަތިން މާރކްސް ލިބިފައިވާ
ރ.ރަސްގެތީމުފިތުރޯނުގެ، އަޙްމަދު ރިޟާ ވަޒީފާ ބޭނުންކަމަށްބުނެ ލިޔުމަކުން މިނިސްޓްރީ އޮފް
އެޑިއުކޭޝަނަށް ހުށައަޅާފައިވާއިރު އެވަޒީފާއަށް ޔޫނުސް އިބްރާހީމަށް ވުރެ ޤާބިލުކަމަށް ވަޒީފާއަށް އެދި
ކުރިމަތިލީ މީހުންގެ މަޢުލޫމާތު ޝީޓުން ސާބިތުވާ އަޙުމަދު ރިޝާގެ ޙައްޤެއް ގެއްލިދާނެކަމަށްބުނެ ވަޒީފާއާބެހޭ
ޓްރައިބިޔުނަލްގައި ވަކާލާތު ކޮށްފައިވާއިރު އެކަމަށް ރިޢާޔަތްކޮށްފައިނުވާކަމަށް ސިވިލް ސަރވިސް ކޮމިޝަނުން
ބުނެ ފާހަގަކޮށްފައިވާ އިރު
ރަސްގެތީމް ސުކޫލުގެ ވޮޗަރު ކަމުގެ މަޤާމަށް މީހަކު ހޮވުމަށް 12 ޖެނުއަރީ 2009
ގައި ކުރެވުނު އިޢުލާނުގައި ވޮޗަރު ކަމުގެ މަޤާމުގެ ޝަރުތުގެ ގޮތުގައި ބަޔާންވެގެންވަނީ އަސާސީ ތަޢުލީމުގެ
ފެންވަރަށް ލިޔަން ކިޔަން އެނގުމާއި، މަޤާމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރަން އެނގުމާއި،
އެމަސައްކަތްތައް ކުރެވޭފަދަ ސިއްޙަ
އެޙަތެއްގައި ހުރި މީހަކު ކަމުގައިވުން ކަމަށް ރ. ރަސްގެތީމު ސުކޫލުގެ
ނަންބަރު GS121
/
2009
/
01 އިޢުލާނުން އެނގެން އޮންނައިރު ރަސްގެތީމް ސުކޫލުގެ ވޮޗަރުކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
ވާ
12
2{010/HC-A/255
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
OXO
ޏ
ކުރިމަތިލީ ފަރާތްތަކުގެ ތަޢުލީމީ ފެންވަރުގެ ގެ ގޮތުގައި އެސުކޫލުގެ ރެކޯޑް ކަރުދާހުގައި ޔޫނުސް އިބްރާހީމްގެ
ތަޢުލީމީ ފެންވަރުގެ ގޮތުގައި ބަޔާންކޮށްފައިވަނީ އަސާސީ ތަޢުލީމްކަމަށް އޮންނައިރު ވޮޗަރު ކަމުގެ މަޤާމަށް
ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އިތުރު ދެ މީހަކު ގުރޭޑް ފަހެއް އަދި ގުރޭޑް ހަތެއް ނިންމާފައިވާ ކަން
އެނގެން އޮންނަކަމާއި، ރަސްގެތީމް ސުކޫލުގެ އިންޓަވިއު ޑީޓޭލް ލިސްޓަށް ބަލާއިރު ޔޫނުސް އިބްރާހީމް
އަށް 30 ޕޮއިންޓް ލިބިފައިވާއިރު އެއަށްވުރެ މަތިން އިތުރު ދެ މީހަކަށް ލިބިފައިވާކަމާއި، އެންމެ މަތިން
މާކުސް ލިބުނު ފަރާތުން އެމަޤާމު ބޭނުން ނޫން ކަމަށް ބުނެ އެފުރުސަތު ދޫކޮށްލާފައިވާ ކަމަށް ސިވިލް
ސަރވިސް ކޮމިޝަނުގެ ފަރާތުން ބުނެފައިވާކަމާއި، ދެވަނަ އަށް އެންމެ މަތިން ލިބުނު ފަރާތްކަމަށް
ރ.ރަސްގެތީމް ސުކޫލުގެ އިންޓަވިއު ޑީޓޭލް ލިސްޓުން ފެންނަން އޮތް ރ.ރަސްގެތީމު ފިތުރޯނުގެ، އަޙްމަދު
ރިޝާ ވަޒީފާ ބޭނުންކަމަށްބުނެ ރަސްގެތީމް ސްކޫލަށް 25 މެއި 2010 ގައި ސިޓީ ފޮނުވާފައިވާކަން އެނގެން
އޮންނައިރު
ރަސްގެތީމް ސުކޫލުގެ ވޮޗަރު ކަމުގެ މަޤާމަށް މީހަކު ހޮވުމަށް 12 ޖެނުއަރީ 2009 ގައި
ކުރެވުނު އިޢުލާނާއި ގުޅިގެން ވޮޗަރު ކަމުގެ މަޤާމަށް މީހަކު އައްޔަންކުރުމަށް އިންޓަވިއުކުރުމަށް ފަހު
22އެޕްރީލް 2009 އިން ފެށިގެން ޔޫނުސް އިބްރާހީމް އެމަޤާމުގައި ވަގުތީގޮތުން ގެންގުޅެންފެށި ކަމާއި ވޮޗަރު
ކަމުގެ މަޤާމުގައި ޔޫނުސް އިބްރާހީމް ދާއިމީ ނުކޮށް ތިންމަސްދުވަހަށް ވުރެ ގިނަ މުއްދަތެއް
ފާއިތުވެދިޔުމަށްފަހު ދާއިމީ ކޮށްދިނުމަށް އެދި ޔޫނުސް އިބްރާހީމްގެ ފަރާތުން ހުށަހެޅުމުން ވަޒީފާ ދާއިމީ
ކޮށްފައިވާކަން ސިވިލް ސަރވިސް ކޮމިޝަންގެ ނަންބަރު 2010
/
766/CSC(1) (14 ޖުލައި 2010)
"ވަޒީފާ ދެއްވި ޗިޓް" ން އެނގެން އޮންނަކަމާއި އަދި އެލިޔުމުގައި ވަޒީފާ ދެއްވި ތާރީޚް ގެ ގޮތުގައި
22އެޕްރީލް 2009 ދުވަހުގެ ތާރީޚް އޮންނައިރު ޔޫނުސް އިބްރާހީމް ރަސްގެތީމު ސުކޫލުގެ ވޮޗަރުގެ
މަޤާމުގައި ވަގުތީ ގޮތުން ގެންގުޅުމަށްފަހު ވަޒީފާ ދާއިމީ ކުރުމާ ހަމައަށް ދިގު މުއްދަތެއް ފާއިތުވެފައިވާކަމާއި
ވަޒީފާ ހަމަޖެހުމުގެ ކަންތައް ހިނގާފައިވަނީ 2009 ވަނަ އަހަރުގެ ކަމާ ރ.ރަސްގެތީމް ސުކޫލުގެ އިންޓަވިއު
ޑީޓޭލް ލިސްޓުން ދެވަނައަށް އެންމެމަތިން މާކްސް ލިބުނު ރ.ރަސްގެތީމު:ފިތުރޯނުގެ، އަޙްމަދު ރިޝާ ވަޒީފާ
އްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ވާ
13
2010/HC-A/255
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
4 3 24 2 2 32
ރަސްގެތީމް ސްކޫލަށް ސިޓީ ފޮނުވާފައިވަނީ 25 މެއި 2010 ގައި ކަމާއި އެއީ ޔޫނުސް
އިބްރާހީމް ވޮޗަރު ކަމުގެ ވަޒީފާގައި ގެންގުޅެން ފެށިތާ 1 އަހަރު ފަހުން ކަން އެނގެ އޮވެއެވެ.
2 2 22
4x7 8 2
އެއްކޮށް
(ނ) ޔޫނުސް އިބްރާހީމް ރަސްގެތީމު ސުކޫލުގައި އަދާކުރަމުން ގެންދިޔަ ވަޒީފާއިން
ވަކިކުރަން ޖެހުނު ސަބަބެއްކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބަޔާންކޮށްފައިވާ މައިގަނޑު ސަބަބަކީ
ޔޫނުސް އިބްރާހީމް އަކީ އެމަޤާމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އެންމެ ޤާބިލް ފަރާތް ނޫން ކަމަށް
ސިވިލް ސަރވިސް ކޮމިޝަނުން ކުރި ތަހުޤީގަށް ސާބިތުވާތީ ކަމަށް ބުނެ ބަޔާންކޮށްފައިވާ ސަބަބުކަމަށް ކަމަށް
ވާއިރު ޔޫނުސް އިބްރާހީމްއަށް ރަސްގެތީމް ސުކޫލުގެ ވޮޗަރުގެ މަޤާމުގެ ވަޒީފާ ގައި 1 އަހަރަށް ވުރެ ގިނަ
ދުވަހުގެ މުއްދަތުގައި ގެންގުޅުމަށްފަހު ވަޒީފާއިން ވަކިކުރެވުނު އިރު ޔޫނުސް އިބްރާހީމް އެވަޒީފާ ހޯދުމަށް
އެކަމުގައި އަމަލުކުރަމުންދާ ގޮތާއި ޚިލާފަށް އޭނާ އަމަލުކޮށްފައިވާކަން ސިވިލް ސަރވިސް
ކޮމިޝަނުން ކުރި ތަހުޤީޤާކަށް ސާބިތުވެފައިވާކަން އެނގެން ނެތްކަމާއި ސިވިސިލް ސަރވިސް ކޮމިޝަނުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތަށް ދީފައިވާ ބަޔާނަށް ބަލާއިރުވެސް ޔޫނުސް އިބްރާހީމްއަށް ވަޒީފާ
ގައި 10 މަސްދުވަހަށް ވުރެ ގިނަ މުއްދަތަވުމަށް ފަހު ފިޔަވަޅު އަޅަށް ޖެހިފައިވަނީ ސިވިސް ސަރވިސް
ކޮމިޝަނުގެ ފަރާތުން އެމަސްއޫލިއްޔަތާއި ހަވާލުވެފައިވާ ފަރާތްތަކުން އެކަން ނުކޮށް ފަރުވާ ކުޑަކޮށްފައިވާތީ
ކަމަށް ބުނެފައިވާއިރު ޔޫނުސް އިބްރާހީމް ރަސްގެތީމު ސުކޫލުގެ ވޮޗަރު ކަމުގެ ވަޒީފާ ލިބި އެވަޒީފާ
ދާއިމީ ކުރުމުގައި ޔޫނުސް އިބްރާހީމްގެ ފަރާތުން އެއްވެސް ނުފޫޒެއް ނުވަތަ ޢާއްމުކޮށް އަމަލު ކުރާ ގޮތާއި
ޚިލާފު އަމަލެއް ހިނގާފައި އޮތްކަން އެނގެން ނެތްކަމުން ޔޫނުސް އިބްރާހީމް އެމަޤާމަށް ހޮވާފައިވަނީ ސވިލް
ސަރވިސް ކޮމިޝަންގައި އެމަސްޢޫލިއްޔަތާއި ހަވާލުވެގެން ތިބި މުވައްޒަފުންގެ އިހުމާލުން ނުވަތަ ފަރުވާ
ކުޑަކަމުން ހިގާފައިވާ އަމަލެއްގެ ސަބަބުންކަން އެގެން އޮންނަކަމާއި
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ވާ
14
ޤާސިވިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/255
އެހެންކަމުން ޔޫނުސް އިބްރާހީމްއަށް ވަޒީފާ ހަމަޖެއްސުމުގައި ސިވިލް ސަރވިސްގެ އެކަމާ
ޙަވާލުވެތިބި ސިވިލް ސަރވިސްގެ އެހެން މުވައްޒަފުންގެ އިހުމާލުން ހިގާފައިވާ ކަމެއް ހިގާފައިވާނަމަ އެކަމުގައި
ނުސް އިބްރާހީމް އާ މެދު ފިޔަވަޅު އެޅޭނެ ކަމަށް ނުފެންނަ ކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 01/HC
-
A/2011 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ޚުލާސާ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ނ) އަށް ބަލާއިރުވެސް ސިވިލް ސަރވިސްގައި ވަޒީފާ
އަދާކުރަމުންދާ މުވައްޒަފަކު އޭނާގެ ފަރާތުން މެދުވެރިކުރުވި ސަބަބަކާނުލައި، އަދި އެއާ ޚިލާފަށް ވަޒީފާ ދިން
ފަރާތުގެ ސަބަބަކާހެދި ވަޒީފާއިން ވަކިކުރަންޖެހިއްޖެ ޙާލަތެއްގައި، އެމުވައްޒަފަކަށް ޤާނޫނުއަސާސީން ކަށަވަރު
ކޮށްދީފައިވާ ވަޒީފާ އަދާކުރުމުގެ ޙައްޤު ޙިމާޔަތްކޮށްދެވެން އޮތް އެންމެ ފުޅާދާއިރާއެއްގައި ޙިމާޔަތްކޮށްދެވޭތޯ
ބެލުމަކީ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އެ ޙައްޤު ޙިމާޔަތް ކޮށްދިނުމަށްޓަކައި، ކޮންމެހެން
ކުރަންޖެހޭކަމެއްކަމަށް ބަޔާންކުރައްވާފައިވާކަން އެގެއެވެ.
އެންމެހައި ސަބަބުތައް
/ވ
ވީމާ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެ
ބަބުތައް އެގޮތުގެ
މަތީން ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިޔުނަލްގެ ނަންބަރު: 2010/VTR/236 މައްސަލަ އިސްތިއުނާފު
ކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް
އެމައްސަލާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް އެއްވެސް ބަދަލެއް ގެންނަންޖެހޭ
ސަބަބެއް އޮތްކަމަކަށް ނުފެނުނެވެ.
ޙުކުމް:
ދެން ފަހެ، ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންގެ
މަޖިލީހުގައި ހިމެނުނު ފަނޑިޔާރުންގެ މެދުގައި މިމައްސަލަ ނިންމަން ފެންނަގޮތާއިމެދު ދެރައުޔެއްގެ މައްޗަށް
ޚިޔާލު ތަފާތުވެފައި ވީހިނދު، މިމައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންގެ މަޖިލީހުގެ އަޣުލަބިއްޔަތު
ރަޢުޔުގައި ބަޔާންކުރެވިދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، ވަޒީފާއާބެރޭހެއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
15
2{gl/HC-A/255
ޤާޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޓްރައިބިޔުނަލްގެ ނަންބަރު 2010;VTR:26 މައްސަލާގައި ނިންމަވާފައިވާ ނިންމެވުމަކީ ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއި ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއްކަމަށް ބެލެވޭނެ އެއްވެސް ސަބަބެއް އޮތްކަމަށް
ނުފެންނާތީ، ވަޒީފާއާބެހޭ ޓްރައިބިޔުނަލްގެ ނަންބަރު 2010/VTR/236 މައްސަލާގައި ނިންމާފައިވާ
ނިންމުމަށް ތާއީދުކޮށް، އެގޮތުގެމަތިން ޙުކުމް ކޮށްފިމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ވާ