ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/241 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/24
އަلA
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 241/HC
-
A/2012
*
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: މުޙައްމަދު ނަޢީމް
* އައި.ޑީ.ކާޑު ނަންބަރު: A045000
ބަދަލުގައި: އަބޫބަކުރު މުޙައްމަދު، މ. ހިޔަމަ މާލެ
ދާއިމީ އެޑްރެސް: މއ. ޕިންކްޑްރީމް މާލެ
މިހާރުގެ އެޑްރެސް: މއ.
ޕިންކްޑްރީމް މާލެ
އިސްތިއުނާފް ރައްދުވި ފަރާތް:
ނަން: މުޙައްމަދު ޢަބްދުއްލަޠީފް
އައި.ޑީ.ކާޑު ނަންބަރު: A167205
* ދާއިމީ އެޑްރެސް: ފ. މަދަދު/ މާލެ
މިހާރުގެ އެޑްރެސް:
ނިމުނު
17 މުޙައްރަމް 1435
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 20 ރަމަޟާން 1433
08 އޯގަސްޓް 2012
21 ނޮވެމްބަރ 2013
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/Cv-C/2483
ނިންމި ކޯޓު: ސިވިލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ތަކެއްޗާއި ކުލީގެ ފައިސާ ހޯދުން
ހުށަހެޅުނު ތާރީޚް: 25 ޑިސެމްބަރ 2011
ނިމުނު ތާރީޚް: 19 ޖޫން 2012
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު: ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު. ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
2012/HC-A/241
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/2483 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، ޕިންޑްރީމް
މުޙައްމަދު ނަޢީމުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ވ. މަދަދު މުޙައްމަދު ޢަބްދުއްލަޠީފެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
1. ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/2483 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، ޕިންކްޑްރީމް
މުޙައްމަދު ނަޢީމުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/2483 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާގައި ހުށަހެޅިފައިވާ މައްސަލައަކީ، ޕިންކް ރެންޓަލްސް އިން ވ. މަދަދު މުޙައްމަދު
ޢަބްދުއްލަޠީފް ކުއްޔަށް ގެންގޮސްފައިވާ [8
x [12 ގެ 03 (ތިނެއް) ސަތަރި (ދުވާލަކަށް -/20ރ. ގެ
ރޭޓުން) އާއި، 20
x [12 ގެ 02 (ދޭއް) ސަތަރި (ދުވާލަކަށް -/30ރ. ގެ ރޭޓުން) އާއި އެކު ޖުމްލަ 05
(ފަހެއް) ސަތަރި އަނބުރާ ދައްކާފައިނުވާތީ، މިތަކެތި ހޯދުމަށާއި، ތަކެތި ނުދައްކާވާ ދުވަސްތަކަށް އިތުރަށް
ހިނގާފައިވާ ކުލީގެ ފައިސާ ވ. މަދަދު މުޙައްމަދު ޢަބްދުއްލަޠީފުގެ އަތުން ލިބިގަތުމަށްއެދި، މއ.
ޕިންކްޑް ރީމް މުޙައްމަދު ނަޢީމް ދަޢުވާކު ބެލެވިފައިވާ މައްސަލައެއްކަން އެނގެންއޮވެއެވެ.
ފިކުރެމެން
ދިވެހިރާއްޖޭގެ
ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
2012/HC-A/241
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
3. މިޤަޟިއްޔާއާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/2483 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ މިފަދައިންނެވެ. ދެންފަހެ،
ވ. މަދަދު މުޙައްމަދު ޢަބްދުއްލަޠީފުގެ މައްޗަށް މއ.ޕިންކް ޑްރީމް | މުޙައްމަދު ނަޢީމް ކޮށްފައިވާ މިދަޢުވާ
ޝަރީޢަތުން ބެލިއިރު، މުޙައްމަދު ޢަބްދުއްލަޠީފް ޕިންކް ރެންޓަލްސް އިން 82
x
12 ގެ 03 (ތިނެއް)
ސަތަރި (ދުވާލަކަށް -/20ރ. ގެ ރޭޓުން) އާއި، 207
x [12 ގެ 02 (ދޭއް) ސަތަރި (ދުވާލަކަށް -/30ރ.
ގެ ރޭޓުން) އާއި އެކު ޖުމްލަ 05 (ފަހެއް) ސަތަރި 02 ނޮވެމްބަރ 2011 ވަނަ ދުވަހު ކުއްޔަށް
ގެންގޮސްފައިވާއިރު، -/30ރ. (ތިރީސް ރުފިޔާ) ގެ ރޭޓުން ގެންދިޔަ 01 (އެކެއް) ސަތަރިއާއި، އޭނާ
ގެންދިޔަ 05 (ފަހެއް) ސަތަރީގެ ކުލި މިހާތަނަށް ދައްކާފައިނުވާކަން، ތަކެތި ދޫކުރި މުވައްޒަފުގެ
ހެކިބަހުންނާއި ހުށައެޅިފައިވާ ލިޔުންތަކުން ސާބިތުވާތީ، މުޙައްމަދު ޢަބްދުއްލަތީފު ގެންދިޔަ 05 (ފަހެއް)
ސަތަރީގެ 90 ދުވަހުގެ ކުލަކަމަށްވާ -/10,800 ރ. (ދިހަހާސް އަށްސަތޭކަ ރުފިޔާ) އާއި، ކޯޓަށް މިމައްސަލަ
ހުށައަޅަން ދެއްކި -/25 (ފަންސަވީސް ރުފިޔާ) އާއި ލިޔެކިޔުމަށް ޚަރަދުވި -{29ރ. (ނަވާވީސް ރުފިޔާ) އާއި
އެކު -/
10,854ރ. (ދިހަހާސް އަށްސަތޭކަ ފަންސާސް ހަތަރު ރުފިޔާ) އަކީ މުޙައްމަދު ޢަބްދުއްލަޠީފް
ދަޢުވާކުރާ ފަރާތަށް ދޭންޖެހޭ ފައިސާ ކަމަށް ކަނޑައަޅައި، މިފައިސާ ދަޢުވާކުރާ ފަރާތަށް ލިބިގަތުމަށްޓަކައި
މިއަދުން ފެށިގެން 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި ސިވިލްކޯޓަށް މިފައިސާ ދައްކައި ދަރަނި
ޚަލާޞްކުރުމަށް ދަޢުވާލިބުނު މުޙައްމަދު ޢަބްދުއްލަޠީފުއަށް އަންގައި، މުޙައްމަދު ޢަބަދުއްލަޠީފު ދަޢުވާކުރާ
ފަރާތުން ކުއްޔަށް ގެންދިޔަ ތަކެތީގެ ތެރެއިން މިހާތަނަށް ޙަވާލުކޮށްފައިނުވާ ސަތަރި، މިއަދުން ފެށިގެން 15
(ފަނަރަ) ދުވަހުގެ ތެރޭގައި ދަޢުވާކުރާ ފަރާތާއި ޙަވާލުކުރުމަށް މުޙައްމަދު ޢަބްދުއްލަޠީފުއަށް އަންގައި،
މުޙައްމަދު ޢަބަދުއްލަޠީފުގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްފީމެވެ." މިހެންނެވެ.
434).
OXO
4. ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/2483 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ،
ޕިންކްޑްރީމް މުޙައްމަދު ނަޢީމުގެ ފަރާތުން 02 (ދޭއް)
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A241
ނުކުތާއެއް ހުށަހަޅައި
އެތެވެ
ހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ.
cc
ފުރަތަމަ ނުކުތާއަކީ: ޤާނޫނު ނަންބަރު 2/2002 ގެ ދަށުން ބެލެނިވެރިކަން ލިބިފައިވާ ކުއްޔަށް
ގެންދާ ތަކެތީގެ ކުލި ޝަރީޢަތުން ނަގައި ދިނުމާއިބެހޭ ޤަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން ތަކެތި ކުއްޔަށް
ގެންދިޔަ މުއްދަތު ހަމަވުމަށްފަހު އަނބުރާ ގެނެސްފައި ނުވާތީ، 1 މަހާއި 10 ދުވަސްފަހުން މައްސަލަ ކޯޓަށް
ވެއްދިފައިވާއިރު، ޝަރީޢަތުން މައްސަލަ ނިމޭދުވަހާއި ހަމައަށް ކުލިނަގައިދިނުމަށް ހުރަސް އަޅާ ޤާނޫނެއް، އަދި
ޤަވާއިދެއްނެތި، ޝަރީޢަތް ހުއްދަކުރާ ހުއްދަ މަންފާއެއް ލިބިނުދީ އަދި ތަކެތި ކުއްޔަށް ގެންދިޔަ ފަރާތުން
ތަކެތި ގެންދިޔައިރު އެއްބަސްވެފައިވާ ގޮތާއި ޚިލާފަށް ކުލި ނަގައި ނުދީ، ޤާނޫނުއަސާސީގެ ފުރަތަމަ ބާބުގެ 2
ވަނަ މާއްދާއާއި ދެވަނަބާބުގެ
16 ވަނަ މާއްދާގެ (ހ) އާއި (ނ) އާއި 17 ވަނަ މާއްދާގެ (ހ) އާއި 19
ވަނަ މާއްދާއާއި 37 ވަނަ މާއްދާގެ (ހ) އާއި 40 ވަނަ މާއްދާ އާއި 42 ވަނަ މާއްދާއާ ޚިލާފަށް،
އެމާއްދާތަކަށް ރިޢާޔަތް ނުކުރައްވައި ހަމައެކަނި 90 ދުވަހުގެ ކުލި ނަގައި ދިނުމަށް ޙުކުމް
ކަނޑައަޅުއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ: ޤާނޫނު ނަންބަރު 2/2002 ގެ ދަށުން ބެލެނިވެރިކަން ލިބިފައިވާ "ކުއްޔަށް
ގެންދާ ތަކެތީގެ ކުލި ޝަރީޢަތުން ނަގައި ދިނުމާއިބެހޭ ޤަވާއިދު" ގެ 9 ވަނަ މާއްދާއާ ޚިލާފަށް އަދި
ޝަރީޢަތުގައި ހުއްދަކަމެއްގެ ގޮތުގައި، ދީނުގައި ކަނޑައެޅިފައިވާ ތަކެތި ކުއްޔަށް ދިނުމުގެ ކަންތައް ހުއްދަ
ވެފައިވާއިރު ޝަރީޢަތާ ޚިލާފަށް އަދި ޤާނޫނެއް ނުވަތަ ޤަވާއިދެއްނެތި 1 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ
މީގެ މާއްދާތަކަށް ރިޢާޔަތްނުކުރައްވައި، ތަކެތި ކުއްޔަށް ގެންދިޔަތާ 6 މަހާއި 28 ދުވަސް ފަހުން
19 ޖޫން 2012 ގައި މައްސަލަ ނިންމެވިއިރު އެނިންމެވުމަކީ ޝަރީޢަތާއި ޤާނޫނާ ޚިލާފަށް ނިންމަވާފައިވާ
ޤާނޫނުއަސާސީގެ
ތީsމެއްކަމަށް ވާކަމަށް ބުނެ ހުށަހެޅި
ކeއވެ.
ދިވެހިރާއްޖޭގެ
ހަޢީކްޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/24
5. މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިއުންތަކަށާއި، ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/2483 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ،
ޕިންކްޑްރީމް މުޙައްމަދު ނަޢީމުގެ ފަރާތުން ހުށަހަޅާފައިވާ
ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
cet O
*
(ހ) ފުރަތަމަ ކަމަކީ، މަދަދު| މުޙައްމަދު ޢަބްދުއްލަޠީފް (ދރ.ކާޑު ނަންބަރު: A167205)،
ޕިންކް ރެންޓަލްސްއިން '8
x
'12 ގެ 03 (ތިނެއް) ސަތަރި، (ދުވާލަކަށް -/20ރ. ގެ ރޭޓުން) އާއި،
"20
x
121 ގެ 02 (ދެއެއް) ސަތަރި (ދުވާލަކަށް -/30 ރުފިޔާގެ ރޭޓުން) އާއި އެކު ޖުމްލަ 5 (ފަހެއް)
ސަތަރި، 2011 ނޮވެމްބަރު 2 ވަނަ ދުވަހު ކުއްޔަށް ގެންގޮސްފައިވާކަމާއި، އަދި އެތަކެތީގެ 1 (އެކެއް)
ދުވަހުގެ ކުލިކަމުގައިވާ -/120 ރުފިޔާ މުޙައްމަދު ޢަބްދުއްލަޠީފުގެ ފަރާތުން ޕިންކް ރެންޓަލްސްއަށް
ދައްކާފައިވާކަން، ޕިންކް ރެންޓަލްސްގެ "ތަކެތި ކުއްޔަށް ގެންދާ ފޯމް ފައިސާގެ ރަސީދު” އަށް ބެލުމުން
އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ، މުޙައްމަދު ޢަބްދުއްލަޠީފް، ޕިންކް ރެންޓަލްސްއިން ކުއްޔަށް ގެންދިޔަ ތަކެތި
އަނބުރާ ދައްކާފައިނުވާތީ އެތަކެއްޗާއި އެތަކެތީގެ ކުއްޔާއި، އަދި ކޯޓު ފީގެ ގޮތުގައި ދެއްކި -/25 ރުފިޔާ
އާއި، ލިޔެކިއުމަށް ޚަރަދުވި -/29 ރުފިޔާ މުޙައްމަދު ޢަބްދުއްލަޠީފުގެ އަތުން ހޯދުމަށް،
އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/2483 ޤަޟިއްޔާގައި ޕިންކްޑްރީމް
މުޙައްމަދު ނަޢީމްގެ ފަރާތުން ދަޢުވާކޮށްފައިވާކަމާއި، އެމައްސަލައިގެ ފޯމު ސިވިލް ކޯޓަށް ހުށަހެޅިފައިވަނީ 12
ޑިސެންބަރު 2011 ގައި ކަމާއި، އަދި އެފޯމު ހުށަހެޅި ތާރީޚާ ހަމައަށް ހިނގާފައިވާ 38 ދުވަހުގެ ކުލީގެ
ގޮތުގައި ޖުމްލަ -/4560 ރުފިޔާ މުޙައްމަދު ޢަބްދުއްލަޠީފް އަތުން ހޯދުމަށް މުޙައްމަދު ނަޢީމްގެ ފަރާތުން
ދިވެހިރާއްޖެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
2012/HC-A/241
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
ސިވިލް ކޯޓަށް ހުށަހަޅާފައިވާއިރު، ސިވިލް ކޯޓުން މިތަކެތީގެ ކުލީގެ ގޮތުގައި ނަންގަވައި ދެއްވުމަށް
ކަނޑައަޅުއްވާފައިވަނީ 3 (ތިނެއް) މަސްދުވަހުގެ ކުލީގެ މިންވަރުކަމުގައިވާ -/10,800ރ. (ދިހަހާސް
އަށްސަތޭކަ ރުފިޔާ) ކަން އެނގެންއޮންނަކަމާއި،
އަދި އެތަކެތީގެ ކުލީގެ އިތުރުން ކޯޓަށް އެމައްސަލަ ހުށަހަޅަން ދެއްކި -/25 (ފަންސަވީސް ރުފިޔާ)
އާއި ލިޔެކިޔުމަށް ޚަރަދުވި -291ރ. (ނަވާވީސް ރުފިޔާ) އަކީވެސް މުޙައްމަދު ނައީމަށް މުޙައްމަދު
ޢަބްދުއްލަޠީފުގެ ފަރާތުން ދޭންޖެހޭ ފައިސާ ކަމަށް ކަނޑައަޅުއްވާފައިވާކަމާއި،
އަދި މުޙައްމަދު ޢަބްދުއްލަޠީފް، ޕިންކް ރެންޓަލްސް އިން ކުއްޔަށް ގެންދިޔަ ތަކެތީގެ ތެރެއިން
ހަތަރު ސަތަރި ޕިންކް ރެންޓަލްސްއާ ޙަވާލުކޮށްފައިވާކަން އެތަކެތި ކުއްޔަށް ދޫކުރި މުވައްޒަފު ފާތިމަތު
ފަޒުނާ)ގެ ބަހުން އެނގެން އޮތްއިރު، މިހާތަނަށް ޙަވާލުކޮށްފައިނުވާ ސަތަރި، ސިވިލް ކޯޓުން މައްސަލަ
ނިންމެވި ތާރީޚުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މުޙައްމަދު ނަޢީމާ ޙަވާލުކުރުމަށްވެސް މުޙައްމަދު
ޢަބްދުއްލަޠީފަށް އަންގަވާފައިވާކަންވެސް، ސިވިލް ކޯޓުން އެމައްސަލަ ނިންމެވި ގޮތުގެ ރިޕޯޓަށާއި،
އެމައްސަލައިގެ ބަޔާންތަކާ ލިއުންތަކުން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/2483 ޤަޟިއްޔާ
އިސްތިއުނާފްކުރުމަށް މުޙައްމަދު ނަޢީމުގެ ފަރާތުން ހުށަހަޅާފައިވާ ދެ ނުކުތާގެ މައްޗަށް ބަލާއިރު، މުޙައްމަދު
ނަޢީމުގެ ފަރާތުން ފާހަގަކުރާ މައިގަނޑު މައްސަލައަކީ "ކުއްޔަށް ތަކެތި ދޫކުރާތަންތަނުން ކުއްޔަށް
ގެންދާތަކެތީގެ ކުލި ޝަރީޢަތުން ނަގައިދިނުމާބެހޭ ޤަވާއިދު"ގެ 8 ވަނަ މާއްދާގައިވާގޮތުގެ މަތިން، ކުއްޔަށް
ގެންދިޔަ ތަކެތި އަނބުރާ ގެނެސްފައިނުވާތީ ތިންމަސްދުވަހުގެ ތެރޭގައި (1 މަހާއި 10 ދުވަސް ފަހުން)
މައްސަލަ ކޯޓަށް ހުށަހެޅިފައިވާއިރު، އެތަކެތި ކުއްޔަށް ގެންދިޔަތާ 6 މަހާއި 26 ދުވަސް ފަހުން (19 ޖޫން
2012 ގައި) ސިވިލް ކޯޓުން މައްސަލަ ނިންމެވިއިރު، ޝަރީޢަތުން މައްސަލަ ނިންމެވި ދުވަހާ ހަމައަށް ކުލި
ނަންގަވައި ނުދެއްވައި ހަމަ އެކަނި 90 ދުވަހުގެ ކުލި ނަންގަވައި ދެއްވާފައިވާ މައްސަލަކަން އެނގޭތީ،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/241
އެނުކުތާއަށް ބެލުމުގެ ގޮތުން ހައިކޯޓުން ބެލިބެލުމުން، ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/2483
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި، 90 ދުވަހުގެ ކުއްޔަށްވުރެ އިތުރަށް ކުލި ނަންގަވައި
ނުދެއްވި ސަބަބު ބަޔާންކޮށްފައި ނުވާކަން އެރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކަށާއި، އެޤަޟިއްޔާގެ ޙުކުމަށް
ބެލުމުން އެނގެން އޮންނަކަން ފާހަގަކުރެވޭކަމެވެ.
32
2 ދ ތ هلا
8 9249
ގުޅޭ ގެތުން
(ރ) ހަތަރުވަނަ ކަމަކީ: ކުއްޔަށް ދިނުމުގެ މުޢާމަލާތަކީ ޝަރުޢީ ގޮތުން ހުއްދަ ކުރެވިފައިވާ، އަދި
ޝަރީޢަތާއި ޤާނޫނުތަކުގައި ވަކިގޮތަކަށް އިންތިޒާމް ކުރެވިފައިވާ މުޢާމަލާތެއްކަމާއި، މިގޮތުން، ދެފަރާތުގެ
ރުހުމާއެކު، ދެފަރާތުގެ އިލްތިޒާމްތަކަކީ ކޮބައިކަން އެނގެން އޮންނަގޮތަށް، ކަނޑައެޅިފައިވާ މުޤާބިލަކަށް، އަދި
ކަނޑައެޅިފައިވާ މުއްދަތަކަށް، މަންފާ ޙާޞިލު ކުރުމަށްފަހު އަނބުރާ ރައްދުކުރާގޮތަށް މީގެ
މީހެއްގެ އެއްޗެއް ގެންދާ
ގެންދިއުމަކީ، ކުއްޔަށް ދޫކުރުމާއި ކުއްޔަށް ހިފުމުގެ މުޢާމަލާތްކަމާއި، ދިވެހިރާއްޖޭގައިވެސް މިފަދަ
މުޢާމަލާތްތައް ތަންޒީމް ކުރުމަށްޓަކައި ޤާނޫނީގޮތުން އިންތިޒާމްތަކެއް ހަމަޖެހިފައިވާކަމާއި،
މިގޮތުން ކުއްޔަށް ގެންދާ ތަކެތީގެ މައްސަލަތައް ޝަރީޢަތުން ބަލާ ގޮތެއް ނިންމުމުގައި ޝަރީޢަތުން
ކުރަންޖެހޭނީ މިފަދަ ޢަޤްދުތަކާ ޝަރީޢަތާއި ޤާނޫނުގައި ކަނޑައެޅިފައިވާ ޢާންމު
އުޞޫލުތަކަށާއި، "ކުއްޔަށް ތަކެތި ދޫކުރާތަންތަނުން ކުއްޔަށް ގެންދާތަކެތީގެ ކުލި ޝަރީޢަތުން ނަގައިދިނުމާބެހޭ
ޤަވާއިދު" ގައި ކަނޑައެޅިފައިވާ އުޞޫލުތަކަށް ކަމާއި،
ޙަވާލާ ދެވުނު ޤާވާއިދުގެ މާއްދާތަކަށް ބަލާއިރު، ކުއްޔަށް ތަކެތި ދޫކުރާ ފަރާތާއި ކުއްޔަށް ތަކެތި
ގެންދާ ފަރާތާ ދެމެދު ލިޔެވިފައިވާ އެއްބަސްވުމެއް އޮންނަން ވާނެކަމަށާއި، އެ އެއްބަސްވުމުގައި ކުއްޔަށް
ގެންދިޔަ ތަކެއްޗާއި އެތަކެތީގެ ކުލި ކަނޑައެޅިފައި އޮންނަންވާނެކަމަށާއި، އަދި އެތަކެތި އަނބުރާ ގެންނަންޖެހޭ
މުއްދަތުވެސް ކަނޑައެޅިފައި އޮންނަންޖެހޭނެ ކަމަށް އެ ޤަވާއިދުގެ 02 ވަނަ މާއްދާގައި ބަޔާންކުރުމަށްފަހު،
އެޤަވާއިދުގެ 03 ވަނަ މާއްދާގައި، ކުއްޔަށް ތަކެތި ގެންދިޔަ މުއްދަތު ހަމަވުމުން އިތުރުވާ ދުވަސްތަކަށް،
ފުރަތަމަ އެއްބަސްވެފައިވާ ކުއްޔަށްވުރެ ކުއްޔެއް ނުވަތަ އިތުރު ޖޫރިމަނާއެއްވިޔަސް ޝަރީޢަތަކުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
،ދިވެހިރޮޑްގެ
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/241
ނަގައެއް ނުދެވޭނެ ކަމަށް ބަޔާންކޮށްފައިވުމުން، އެމާއްދާގެ މަފްހޫމަކީ، ތަކެތި ކުއްޔަށް ގެންދިޔަ މުއްދަތު
ހަމަވުމަށްފަހުގައިވެސް، އެތަކެތި ކުއްޔަށް ގެންދިޔުމަށް ދެފަރާތުން ވެފައިވާ އެއްބަސްވުމުގައި ކަނޑައެޅިފައިވާ
ކުލި ޝަރީޢަތުން ނަގައި ދިނުމަށް އެއްވެސް ހުރަހެއް ނެތްކަން ކަމާއި، ތަކެތި ކުއްޔަށް ގެންދިޔަ
މުއްދަތަށްވުރެ އިތުރުވާ ދުވަސްތަކަށް ނަގައި ނުދެވޭނީ، ކުއްޔަށް ގެންދިޔައިރު އެއްބަސްވެފައިވާ ކުއްޔަށްވުރެ
ބޮޑު ކުއްޔަކާއި، އަދި ކަނޑައެޅިފައިވާ މުއްތަށް އެތަކެތި ގެނެސްފައި ނުވާތީ، ޖޫރިމަނާއެއް ކޮށްފައިވާނަމަ
އެޖޫރިމަނާއެއްކަން ފާހަގަކުރެވޭކަމެވެ.
(ބ) ފަސްވަނަ ކަމަކީ: "ކުއްޔަށް ތަކެތި ދޫކުރާތަންތަނުން ކުއްޔަށް ގެންދާތަކެތީގެ ކުލި ޝަރީޢަތުން
ނަގައިދިނުމާބެހޭ ޤަވާއިދު"ގެ 5 ވަނަ މާއްދާއަށް ބަލާއިރު، ކުއްޔަށް ތަކެތި ގެންދިޔަ ފަރާތުން ކަނޑައެޅިފައިވާ
މުއްދަތުގައި ތަކެތި އަނބުރާ ގެނެސްފައި ނުވާނަމަ ނުވަތަ އެތަކެތީގެ ކުލި ދައްކާފައި ނުވާނަމަ، އެތަކެއްޗާއި
ތަކެތީގެ ކުލި ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު ކުއްޔަށް ތަކެތި ދޫކުރި ފަރާތަށް ލިބިދީފައިވާކަން އެނގެން
އޮންނަކަމާއި، އަދި ކުއްޔަށް ގެންދިޔަ ތަކެތި އަނބުރާ ގެނައިރު، އެތަކެއްޗަށް ނުވަތަ އޭގެ ތެރެއިން
އެއްޗަކަށް ގެއްލުމެއް ލިބިފައިވާނަމަ، އެގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤުވެސް އެޤަވާއިދުގެ 7
ވަނަ މާއްދާގެ (ހ) އިން ތަކެތި ކުއްޔަށް ދޫކުރިފަރާތަށް ލިބިދީފައިވާއިރު، ކުއްޔަށް ގެންދިޔަ ތަކެތި
ހަލާކުވެއްޖެނަމަ، ނުވަތަ ގެއްލިއްޖެނަމަ، އެކަމުގައި ޢަމަލުކުރާނެ ގޮތް އެމާއްދާގެ (ށ) ގައި
ބަޔާންކޮށްފައިވާކަން ފާހަގަކުރެވޭކަމެވެ.
01
32
2 ހއ ހ 23
އެތަނުން
އެޔަށް
(ޅ) ހަވަނަ ކަމަކީ: "ކުއްޔަށް ތަކެތި ދޫކުރާތަންތަނު ގެންދާތަކެތީގެ ކުލި ޝަރީޢަތުން
ނަގައިދިނުމާބެހޭ ޤަވާއިދު" ގައި، އިސްވެ ބަޔާންކުރެވުނު އެންމެހައި ކަންތައްތައް އިންތިޒާމްކޮށް ދެފަރާތުގެ
ޙައްޤުތަކާއި ވާޖިބުތައް ބަޔާންކުރުމަށްފަހު، ކުއްޔަށް ގެންދިޔަ ތަކެތި ގެންދިޔަ މުއްދަތު ހަމަވުމަށްފަހު، ތަކެތި
އަނބުރާ ގެނެސްފައި ނުވާނަމަ، ނުވަތަ ކުރީގެ އެއްބަސްވުން އައު ކޮށްފައި ނުވާނަމަ، ޢަމަލުކުރަންވީގޮތް
ޑިހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2012/HC-A/24
އެޤަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި، އެގޮތުން، ކުއްޔަށް ތަކެތި ގެންދިޔަ މުއްދަތު
ހަމަވުމަށްފަހު ތަކެތި އަނބުރާ ގެނެސްފައި ނުވާނަމަ، ނުވަތަ ކުރީގެ އެއްބަސްވުން އައުކޮށްފައި ނުވާނަމަ،
ކުއްޔަށް ތަކެތި ގެންދިޔަ މުއްދަތު ހަމަވި ތާރީޚުން ފެށިގެން ގިނަވެގެން 3 މަސްދުވަހުގެ ތެރޭގައި އެމައްސަލަ
ޝަރީޢަތަށް ހުށަހަޅަންވާނެކަމަށް އެމާއްދާގައި ބަޔާންކޮށްފައިވާކަމާއި، އެޤަވާއިދުގެ 9 ވަނަ މާއްދާގައި،
"މިޤަވާޢިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވީއިރުވެސް އެމައްސަލަ ޝަރީޢަތަށް ހުށަނާޅައި
ހުރެ، އެމުއްދަތު ހަމަވުމަށްފަހު މައްސަލަ ޝަރީޢަތަށް ހުށަހެޅި ކަމުގައިވިޔަސް، ޝަރީޢަތުން ނަގައި ދެވޭނީ
ކުލީގެ މުއްދަތު ހަމަވި ތާރީޚުން ފެށިގެން ގިނަވެގެން 3 މަސް ދުވަހުގެ ކުއްޔެވެ." މިފަދައިން ބަޔާންކޮށްފައިވާ
ބަޔާންކުރުމަކީ، ކޮންމެ ޙާލަތެއްގައިވެސް، އަދި ހުރިހާ ޙާލަތެއްގައިވެސް ޝަރީޢަތުން ނަގައިދެވޭނީ ގިނަވެގެން
3 މަސްދުވަހުގެ ކުލި ކަމުގައި ބަޔާންކޮށްފައިވާ ބަޔާންކުރުމެއް ނޫންކަމާއި، އެޤަވާއިދުގެ 9 ވަނަ މާއްދާގެ
މަޤްޞަދަކީ އަދި މަފްހޫމަކީ، ކުއްޔަށް ތަކެތި ގެންދިޔަ މުއްދަތު ހަމަވުމަށްފަހު ތަކެތި އަނބުރާ ގެނެސްފައި
ނުވާނަމަ، ނުވަތަ ކުރީގެ އެއްބަސްވުން އައުކޮށްފައި ނުވާނަމަ، ކުއްޔަށް ތަކެތި ގެންދިޔަ މުއްދަތު ހަމަވި
ތާރީޚުން ފެށިގެން ގިނަވެގެން 3 މަސްދުވަހުގެ ތެރޭގައި އެމައްސަލަ ޝަރީޢަތަށް ހުށަހަޅަންވާނެކަމަށް 8 ވަނަ
މާއްދާއިން ކުއްޔަށް ދިންފަރާތަށް ލާޒިމްކޮށްފައިވާއިރު، އެކަން އެގޮތަށް ނުކޮށް، އެއްވެސް މަސްއޫލިއްޔަތެއް
ޒިންމާއެއް އުފުލުމެއްނެތި ދިގުމުއްދަތަކަށް ކުރި ހޯދުމުގެ ނުބައި ނިޔަތުގައި، ކުރީގެ މުއްދަތު ހަމަވެ 3
މަސްދުވަސް ފާއިތުވެ ދިޔައިރުވެސް މައްސަލަ ހުށަނާޅާހުރެ، އޭގެ ފަހުން މައްސަލަ ޝަރީޢަތަށް
ހުށަހެޅިކަމުގައިވިޔަސް ޝަރީޢަތުން ނަގައިދެވޭނީ ގިނަވެގެން 3 މަސްދުވަހުގެ ކުލި އެކަނި ކަމެވެ. ނަމަވެސް
ކުލީގެ މުއްދަތު ހަމަވިތާ 3 މަސްދުވަހުގެ ތެރޭގައި ކުއްޔަށް ދިންފަރާތުން މައްސަލަ ޝަރީޢަތަށް
ހުށަހަޅާފައިވާނަމަ، އެފަރާތުގެ ނުބައި ނިޔަތެއް އޮތްކަމަށް ޝަރީޢަތުން ބެލުމުގެ ޖާގައެއް ނޯންނާނެކަމާއި،
އެހެންކަމުން އެފަދަ މައްސަލަތަކުގައި 3 މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް އެބަހީ، ޝަރީޢަތުން މައްސަލަ
ނިންމާ ދުވަހުގެ ނިޔަލަށް ނުވަތަ ކުއްޔަށް ގެންދިޔަ ތަކެތި ނުވަތަ އެތަކެތީގެ އަގު ދައްކާ ދުވަހަކާ ހަމައަށް
ޝަރީޢަތުން ކުލި ނަގައިދިނުމަށް 9 ވަނަ މާއްދާ ހުރަސް ނާޅާކަމާއި، މިކަން އެޤަވާއިދުގެ 3 ވަނަ މާއްދާއިން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
،ދިޖެހިއްޖެ
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/241
ކަށަވަރުވެގެންދާކަމާއި، އަދި މީގެ އިތުރުން ކުލީގެ މުޢާމަލާތުގައި ކުއްޔަށް ގެންދާ އެތި ކުއްޔަށް ގެންދާ މީހާގެ
ޢިއްޒަތުގައި އޮތްހާ ހިނދަކު، އަދި ކުއްޔަށް ގެންދިޔަ އެތި އެމީހާގެ ޙިޔާޒަތުގައި އޮތީ ކުއްޔަށް ދޫކުރި ފަރާތުގެ
ސަބަބަކާހުރެ ނޫންކަމުގައިވާނަމަ އެ އެއްޗަކަށް ކުލި ހިނގަމުންދާނެކަމީ ކުލީގެ މުޢާމަލާތުގައި ބަދީހީ
އަސާސްކަން ފާހަގަކުރެވެއެވެ.
ނަމަވެސް، ޝަރީޢަތުން މައްސަލަ ނިންމެވި ދުވަހާ ހަމައަށް ކުލި ނަންގަވައިދެއްވުމަށް މުޙައްމަދު
ނަޢީމުގެ
މުގެ ފަރާތުން ސިވިލް ކޯޓުގައި އެދިފައިވާކަން ހުށަހެޅިފައިވާ ލިއުންތަކުން އެނގެން ނެތްއިރު،
އިސްތިއުނާފުކުރެވިފައި މިވާ ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/2483 ޤަޟިއްޔާގައި ސިވިލް ކޯޓުން
މުޙައްމަދު ނައީމަށް ނަންގަވައިދެއްވުމަށް ކަނޑައަޅުއްވާފައިވާ ޢަދަދަކީ މުޙައްމަދު ޢަބްދުއްލަޠީފުގެ ފަރާތުން
ހޯދުމަށް މުޙައްމަދު ނަޢީމް އެދި ހުށަހަޅާފައިވާ ޢަދަދަށްވުރެ މަދު ޢަދަދަކަށް ނުވާތީ އެޤަޟިއްޔާގައި
ކުމަށް ބަދަލު ގެންނަންޖެހޭކަމަށް މިމައްސަލަ ބެލި ފަނޑިޔާރުންނަކަށް ނުފެނުނެވެ.
ކުރައްވާފައިވާ ޙުކުމަށް
4
(ވ) ހަތްވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/2483 ޤަޟިއްޔާ ދިވެހިރާއްޖޭގެ
ހައިކޯޓުގައި އިސްތިއުނާފުކުރެވުމުން، ވ. މަދަދު މުޙައްމަދު ޢަބްދުއްލަޠީފް ހާޒިރުކުރަން ބެލިއިރު ދީފައިވާ
އެޑުރެހުގައި މުޙައްމަދު ޢަބްދުއްލަޠީފް ނޫޅުމުގެ ސަބަބުންނާއި އަދި ދައުލަތުގެ ކަމާބެހޭ އިދާރާތައް މެދުވެރިކޮށް
ކުރެވުނު މަސައްކަތުންވެސް މުޙައްމަދު ޢަބްދުއްލަޠީފް އުޅޭ ތަނެއް އެނގޭގޮތް ނުވުމުގެ ސަބަބުން، ކޯޓަށް
ހާޒިރުވުމުގެ އަމުރު މުޙައްމަދު ޢަބްދުއްލަޠީފަށް ރައްދުކުރެވޭގޮތް ނުވުމުން، މިކޯޓަށް ހާޒިރުވުމަށާއި
ހާޒިރުނުވިނަމަ، މުޙައްމަދު ޢަބްދުއްލަޠީފުގެ ޣައިރުހާޒިރުގައި މިމައްސަލަ ހިންގާނެކަން މިކޯޓުގެ ނަންބަރު
2013
/
2/IUL
)
95
-
B1
/
MBC) (28 މާރޗް 2013) އިޢްލާނު މެދުވެރިކޮށް މުޙައްމަދު ޢަބްދުއްލަޠީފަށް
އަންގައި އިޢުލާނުކުރެވިފައިވުމާއެކުވެސް މުޙައްމަދު ޢަބްދުއްލަޠީފް ހާޒިރުވެފައިނުވާތީ، މިމައްސަލަ ހިންގައި،
ޙުކުމް ކުރެވެނީ މުޙައްމަދު ޢަބްދުއްލަޠީފުގެ ޣައިރުހާޒިރުގައެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
11
2012/HC-A/2241
ދެންފަހެ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
2011/Cv-C/2483 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް
ނެތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން
ކަނޑައަޅައި، ވ. މަދަދު މުޙައްމަދު ޢަބްދުއްލަޠީފުގެ ޣައިރުހާޒިރުގައި ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv