ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/135 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{010/HC-A/135
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 135/HC-A/2010
• އިސްތިއުނާފުކުރި ފަރާތް:
(1) * ނަން: މުޙައްމަދު ޢަލީ
އައިޑީ ކާޑު ނަންބަރު: A064614
އެޑްރެސް: މ. އަލްވާޙް/ މާލެ
މިހާރުގެ އެޑްރެސް: މ. އަލްވާޙް މާލެ
ދާއިމީ އެޑްރެސް:
ޔުނިކު މާލެ
މިހާރުގެ އެޑްރެސް: މ. ޔުނިކު މާލެ
(2)
* ނަން: ފާޠިމަތު ޢަލީ
.
އައިޑީ ކާޑު ނަންބަރު: A022952
• އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: އަޙްމަދު ރަޝާދު
އައިޑީ ކާޑު ނަންބަރު: A026567
26
ދާއިމީ އެޑްރެސް: މ. މެކުނު/ މާލެ
މިހާރުގެ އެޑްރެސް:
*
ދެކުނު މާލެ
0
ހުށަހެޅުނު ތާރީޚް: 27 ޖޫން 2010
= ނިމުނު ތާރީޚް:
11 މާރިޗް 2015
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/MC/1167
ނިންމެވިކްޓް: މަދަނީ ކޯޓު
ޤަޟިއްޔާގެ ބާވަތް: ހިބައިން ދިނުން
.ޅުނުތާރީޚް: 11 މެއި 2009
ނިމުނު ތާރީޚް: 04 މާރިޗް 2010
0
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ހައި9
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/135
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2009/MC/1167 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ، އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް މ. އަލްވާޙް/ މާލެ މުޙައްމަދު ޢަލީ
އާއި މ. ޔުނިކު/ މާލެ ފާޠިމަތު ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެކެވެ.
ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މ. މެކުނު މާލެ އަޙްމަދު ރަޝާދުއެވެ.
0
އާއި، މި
.
ފާހަގަކުރެވުނު ނުކުތާތައް:
01- މަދަނީ ކޯޓުގެ ނަންބަރު 2009/MC/1167 ޤަޟިއްޔާއަކީ، އިރޯސް ޚަދީޖާ އަޙްމަދު
(ކަތްދަ) ގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ އިރޯސް އެވެކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތްތަކާއި
ނުއުފުލޭމުދާ ޚަދީޖާ އަޙްމަދުގެ މިލްކުން ކަނޑައި ޚަދީޖާ އަޙްމަދުގެ ތިބި ދަރިންކުރެ، ކިން އިބްރާހީމް
ރަޝީދު އާއި، ވިންދު ޙުސައިން ޢަލީ އާއި، މ. ޔުނިކު ފާޠިމަތު ޢަލީ އާއި، މ. އަލްވާޙް މުޙައްމަދު ޢަލީ
04 (ހަތަރެއް މީހުން އެކިބައިގައި ނުހިމެނޭ ގޮތަށް ދަރިންކުރެ މ. މެކުނު އަޙްމަދު ރަޝާދުއަށް
ހިބަކޮށް ދިނުމަށް މ. އިރޯސް ޚަދީޖާ އަޙްމަދު (ކަތްދަ) ހުށަހެޅުމުން ބައްލަވާފައިވާ ޤަޟިއްޔާއެއް ކަމާއިގެ
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ”ދެންފަހެ، އިސްވެދިޔަ ބަޔާންތަކަށާއި ފާހަގަކުރި
ނުކުތާތަކުގެ މައްޗަށް ބެލުމަށްފަހު، މ. އިރޯސް ޚަދީޖާ އަޙްމަދު (ކަތްދަ) ގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ
އިރޯސް ކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތްތަކާއި ނުއުފުލޭމުދާ ޚަދީޖާ އަޙްމަދުގެ މިލްކުން ކަނޑައި، ޚަދީޖާ
އަޙްމަދުގެ ދަރިންކުރެ، ކިން އިބްރާހީމް ރަޝީދު އާއި، . ވިންދު ޙުސައިން ޢަލީ އާއި، ޔުނިކު
ފާޠިމަތު ޢަލީ އާއި، މ. އަލްވާޙް މުޙައްމަދު ޢަލީ އާއި، މި 04 (ހަތަރެއް) މީހުން ނުހިމެނޭ ގޮތަށް ޚަދީޖާ
އަޙްމަދުގެ ދަރިންކުރެ މ. މެކުނު އަޙްމަދު ރަޝާދުއަށް ހިބަކޮށްދޭ ދިނުމާއި މެދުގައި ކިބާގައި ނުހިމެނޭ
ދަރިންކުރެ ޙުސައިން ޢަލީ އާއި އިބްރާހީމް ރަޝީދު އާއި (02) މީހުން ހިބައިން ދިނުމަށް ރުހި ޤަބޫލުވެ،
އަދި ފާތިމަތު ޢަލީ އާއި މުޙައްމަދު ޢަލީ އިއުތިރާޝްކޮށްފައިވަނީ މިދެމީހުންކުރެ ކޮންމެ މީހެއްގެ ނަމުގައި
މިދެމީހުންގެ މަންމަ ޚަދީޖާ އަޙްމަދު ކުރި ހިބައަކުން ލިބިގެން 721 އަކަފޫޓުގެ ބަންޑާރަގޯއްޗެއް ރަޖިސްޓްރީ
ކޮށްފައި އޮއްވައި ކަމަށްވާތީ، ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 17 ވަނަ
މާއްދާގެ (ރ) އާއި، ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމާއިބެހޭ ޤަވާއިދުގެ 07 ވަނަ މާއްދާގެ (ށ) ގައިވާ
ބިހޭ
17
4 .
އިސްދޫ
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްޖޭގެ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/135
Occc
ގޮތުން ކިބައިގައި ނުހިމެނޭ މުޙައްމަދު ޢަލީ އާއި ފާޠިމަތު ޢަލީއަށް އިޢްތިރާޝްކުރުމުގެ ޙައްޤު ލިބިގެންވާކަމަށް
ޤާނޫނީ ގޮތުން ބެލެވެން ނެތުމުން، ޚަދީޖާ އަޙްމަދުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ
އިރޯސް ކިޔާ
ބަންޑާރަ ގޯތީގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދާ ޚަދީޖާ އަޙްމަދުގެ މިލްކުން ކަނޑައި، ޚަދީޖާ އަޙްމަދު
ދަރިންކުރެ މ. މެކުނު އަޙްމަދު ރަޝާދުއަށް ހިބަކޮށްދިނުމުން، މިހިބަ އަޙްމަދު ރަޝާދު ޤަބޫލުކޮށް ހިބައިގެ
އީޖާބާއި ޤަބޫލު ޝަރީޢަތުގެ މަޖިލީހުގައި ހިނގައިދިއުމުން މިހިރަ ޞައްޙަކަމަށާއި މިހިބައިގެ ސަބަބުން މ.
އިރޯސް ކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތްތަކާއި ނުއުފުލޭމުދާ މިހާރު މިލްކުވެގެންވަނީ މ. މެކުނު އަޙްމަދު
ރަޝާދުއަށް ކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ.“ މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓުން އެނގެން އޮވެއެވެ.
02. އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން މަދަނީ ކޯޓުގެ ނަންބަރު 2009/MC/1167
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، މ. އަލްވާޙް/ މާލެ މުޙައްމަދު ޢަލީ އާއި ޔުނިކު މާލެ ފާޠިމަތު ޢަލީގެ
ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު ކުރަމުން، 03 (ތިނެއް) ނުކުތާ ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެއިގެ ތެރެއިން
ފުރަތަމަ ނުކުތާއަކީ: މިބައިގެ ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ
ބިމާބެހޭ ޤާނޫނު) އާއި ޚިލާފަށް ކަމުގައިވުން. ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާއި ބެހޭ ޤާނޫނު)
ގެ 17 ވަނަ މާއްދާގައި ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯއްޗެއްގައިވާ ޢިމާރާތެއް ނުވަތަ ޢިމާރާތުން
ބައެއް ހިބައިން ނުވަތަ ވަޞިއްޔަތުން ދެވޭނީ މިމާއްދާގައި ބުނެފައިވާ ގޮތުގެ މަތިން ކަމަށް ބުނެފައިވާއިރު،
ހިބައިން ނުވަތަ ވަޞިއްޔަތުން ދޭ ޙާލަތުގައި ދޭމީހާއާއި އެމީހަކު ޝަރުއީ ގޮތުން ބަލަންޖެހޭ މީހުންނަށް
ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައިވާންޖެހޭނެ ކަމަށް މިމާއްދާގެ (ބ) ގައި ބަޔާން ކުރެވިފައިވާއިރު، ހިބައިން
ދިންފަރާތް ކަމުގައިވާ ޚަދީޖާ އަޙްމަދު ދިރިއުޅޭނެ އެއްވެސް ޤާނޫނީ ގޮތުން ހަމަޖެހިފައިނެތި މިހިބަ
ޞައްޙަކަމަށް ކަނޑައަޅައި، އިރޯސް ކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދާ މަންމަގެ
ދަރިންގެ ތެރެއިން މ. މެނު އަޙްމަދު ރަޝީދަށް މިލްކުވެއްޖެ ކަމަށް ޙުކުމް ކުރައްވާފައިވުންކަމަށް ބުނެ
ފާހަގަކުރި ނުކުތާއެވެ.
cu
cu>
ހ ، 8
eއ
އްޖޭގެ
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/135
• ދެވަނަ ނުކުތާއަކީ: ޤާނޫނު ނަންބަރު: 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 17 ވަނަ
މާއްދާގެ (ށ) ގައި ހިބައިން ދޭމީހާގެ އަނބިމީހާ ނުވަތަ ފިރިމީހާ ނުވަތަ ދަރިއެއް ނުވަތަ މަންމަ ނުވަތަ ބައްޕަ
ނުވަތަ މަރުވެފައިވާ ދަރިއެއްގެ ދަރިއަކު ހިބައިން ދިނުމާމެދު އިޢުތިރާޟްކުރާނަމަ ހިބައިން ނުދެވޭނެ ކަމަށް
ބަޔާން ކުރެވިފައިވާއިރު، މ.އިރޯސް ކިޔާ ބަންޑާރަ ގޯތީގައިވާ އިމާރާތްތަކާއި ނުއުފުލޭ މުދާ މ.މެކުނު އަޙްމަދު
ރަޝާދަށް ހިބައިންދިނުމާމެދު މަންމަގެ ދަރިންގެ ތެރެއިން މުޙައްމަދު ޢަލީއާއި، ފާޠިމަތު ޢަލީ
އިޢުތިރާޝްކޮށްފައިވަނިކޮށް މިހިބަ ޞައްޙަކަމަށް ޝަރީޢަތުން ނިންމާފައިވުންކަމަށް ބުނެ ފާހަގަ ކުރި
497
ނުކުތާއެވެ.
cu o
• ތިންވަނަ ނުކުތާއަކީ: ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމާބެހޭ ޤަވާއިދުގެ 04 ވަނަ މާއްދާގައި
ޤާނޫނު ނަންބަރު 01/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 11 ވަނަ މާއްދާއަށް ޙަވާލާދީ ގޯއްޗެއް
ނުވަތަ ގޯއްޗަކުން ބައެއް ނުވަތަ ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފްލެޓެއް ނުވަތަ އެއްމެދު ޢިމާރާތެއްގެ
ފްލެޓެއް ލިބިފައިވާ މީހަކަށް ހިބައިން ނުވަތަ ވަޞިއްޔަތުން ނުދެވޭނެކަމަށް ބަޔާންކުރެވިފައިވާއިރު، އަދި ޤާނޫނު
ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) ގައި ދިރިއުޅުމަށް ބަންޑާރަ
ގޯތި ދޫކުރެވޭނީ ބަންޑާރަ ގޯއްޗެއް
އެއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ބައިކޮށްދީފައިވާ ބަނޑާރަ ގޯއްޗަކުން 600
އަކަފޫޓަށްވުރެން ކުޑަނޫން މިންވަރެއް ނުވަތަ ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފްލެޓެއް ނުވަތަ އެއްމެދު
ޢިމާރާތެއްގެ ފްލެޓެއް ލިބިފައިނުވާ ދިވެހި ރައްޔިތުންކަމުގައި ކުރެވިފައިވާއިރު، މ.މެކުނު ކިޔާ ބަންޑާރަ
ގޯއްޗަކީ މި ހިބަ ލިބުނު ފަރާތްކަމުގައިވާ އަޙްމަދު ރަޝާދުގެ ނަމުގައި ރަޖިސްޓްރީކޮށްދެއްވާފައިވާ ބަންޑާރަ
ގޯއްޗެއްކަމަށްވާއިރު، މިމައްސަލަ ނިންމަވާފައިވަނީ ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ
ޤާނޫނު) އާއި، ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމާބެހޭ ޤަވާޢިދާ ޚިލާފަށްކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ހއ 2
هން
03- މަދަނީ ކޯޓުގެ ނަންބަރު 2009/MC/1167 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ
މުޙައްމަދު ޢަލީ އާއި ފާޠިމަތު ޢަލީގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި،
އެނުކުތާތަކާ ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
44
R
ހައިކޯ
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/135
1
*2
19
.0
ވާހަކަތަކަށާއި، މިމައްސަލައާ ގުޅޭ ޝަރުޢީ އަދި ޤާނޫނީ ނައްޞުތަކަށާއި، ޝަރީޢަތަށް ހުށަހެޅިފައިވާ
ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިހިނދު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) މ. އިރޯސް ޚަދީޖާ އަޙްމަދު (ކަތްދަ) ގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ
އެވެކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތްތަކާއި ނުއުފުލޭމުދާ ޚަދީޖާ އަޙްމަދުގެ މިލްކުން ކަނޑައި ޚަދީޖާ އަޙްމަދުގެ
ތިބި ދަރިންކުރެ، މ. ކިން އިބްރާހީމް ރަޝީދު އާއި، ވިންދު ޙުސައިން ޢަލީ އާއި، ޔުނިކު ފާތިމަތު
ޢަލީ އާއި، މ. އަލްވާޙް މުޙައްމަދު ޢަލީ އާއި، މި 04 (ހަތަރެއް) މީހުން އެކިބައިގައި ނުހިމެނޭ ގޮތަށް
ދަރިންކުރެ ދެކުނު އަޙްމަދު ރަޝާދުއަށް ހިބަކޮށް ދިނުމަށް ޚަދީޖާ އަޙްމަދު (ކަތްދަ) ހުށަހަޅާފައިވާކަމާއި؟
އިރޯސް އެވެކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތްތަކާއި ނުއުފުލޭމުދާ އަޙްމަދު ރަޝާދުއަށް
ހިމަކޮށްދޭ ދިނުމާއި މެދުގައި ކިބާގައި ނުހިމެނޭ ދަރިންކުރެ ޙުސައިން ޢަލީ އާއި އިބްރާހީމް ރަޝީދު އާއި ދެ
މީހުން ހިބައިން ދިނުމަށް ރުހި ޤަބޫލުވެ، އަދި ފާޠިމަތު ޢަލީ އާއި މުޙައްމަދު ޢަލީ އެހި އެގޮތަށް ދިނުމާމެދު
އިޢްރާޝްކޮށްފައިވާކަން މަދަނީ ކޯޓުގެ ނަންބަރު 2009/MC/1167 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓުން އެނގެން އޮވެއެވެ.
(ނ) ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގައި
ދިވެހިރާއްޖޭގެ ބިމާއި ގޯތި ދޫކޮށް ލިބިގަނެ، މިލްކުކޮށް، ވިއްކައި، ކުއްޔަށްދީ،
ގެންގުޅެ،
ބިމާއި
ގޯއްޗާބެހޭ އެންމެހައި މުޢާމަލާތު ކުރަންވާނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާ އެއްގޮތްވާ މަތީންކަމަށް
ކަނޑައެޅި ބަޔާންވެފައިވާކަން އެނގެން އޮވެއެވެ.
(ނ) ޤާނޫނު ނަންބަރު 1/2004 (ދިވެހިރާއްޖޭގެ ބިމާއި ބެހޭ ޤާނޫނަށް ފުރަތަމަ އިޞްލާޙް
ގެނައުމުގެ ޤާނޫނު) ގެ 17 ވަނަ މާއްދާއަކީ ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއްގައިވާ ޢިމާރާތެއް
ނުވަތަ ޢިމާރާތުން ބައެއް، ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމުގައި ޢަމަލު ކުރަންވީގޮތް ބަޔާންކޮށް އެކަމުގެ
މައްޗަށް ޚާއްޞަކުރެވި އެކަން ބަޔާންކޮށްފައިވާ މާއްދާކަން އެނގެން އޮންނާތީ، އެމާއްދާއަށާއި، ޤާނޫނު
ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާއި ބެހޭ ޤާނޫނު)ގެ ދަށުން ހެދިފައިވާ، [ހިބައިން ނުވަތަ ވަޞިއްޔަތުން
ދިނުމާބެހޭ ޤަވާޢިދު އަށް ބެލިބެލުމުން،
4 2 2 4
ބ ނަންކށ6
=މުގެ
ey
$
ދިވެހިރާއް
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/135
ހިބައިން ނުވަތަ ވަޞިއްޔަތުން ލިބޭފަރާތަކީ، ހިބައިން ނުވަތަ ވަޞިއްޔަތުން ދޭ މީހާގެ އަނބިމީހާ
ނުވަތަ ފިރިމީހާ ނުވަތަ ދަރިއެއް ނުވަތަ އެމީހާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ އެމީހާގެ މަރުވެފައިވާ
ދަރިއެއްގެ އުފަންދަރިއަކަށް ވާންވާނެކަމަށް އިޝާރާތް ކުރެވުނު ޤާނޫނުގެ 17 ވަނަ މާއްދާގެ (ހ) އާއި،
އިޝާރާތްކުރެވުނު ޤަވާޢިދުގެ 2 ވަނަ ނަންބަރުގެ (ހ) ގައި ބަޔާންކުރެވިފައިވާއިރު،
ޤާނޫނުގެ 17 ވަނަ މާއްދާގެ (ހ) އާއި ޤަވާޢިދުގެ 2 ވަނަ ނަންބަރުގެ (ހ) ގައި ބުނެފައިވާ
ފަރާތްތަކުގެ ތެރެއިން ވަކި ފަރާތަކަށް ނުވަތަ ފަރާތްތަކަށް ހިބައިން ނުވަތަ ވަޞިއްޔަތުން ދެވޭނީ ހިބަ ނުވަތަ
ވަޞިއްޔަތުގައި ނުހިމެނޭ ފަރާތްތަކުގެ ބިމުގެ ތަނަވަސްކަންހުރިނަމަ ކަމަށާއި، ހިބަ ނުވަތަ ވަޞިއްޔަތުގައި
ނުހިމެނޭ އުފަންދަރިންގެ ބިމުގެ ތަނަވަސްކަން ނެތްނަމަވެސް އެއިން އެއްވެސް ފަރާތަކުން އެފަރާތްތައް
ނުހިމަނާ ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމަށް އިޢުތިރާޟް ނުކުރާނަމަ އެދަރިން ނުހިމަނާ ހިބައިން ނުވަތަ
ވަޞިއްޔަތުން ދެވިދާނެކަން، ޤާނޫނުގެ 17 ވަނަ މާއްދާގެ (ރ) އާއި ޤަވާއިދުގެ 6 ވަނަ ނަންބަރާއި 7 ވަނަ
ނަންބަރުން އެނގެން އޮވެއެވެ.
(ރ) ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ”ހިބައިން ނުވަތަ ވަޞިއްޔަތުން
ދިނުމާބެހޭ ޤަވާޢިދު ގެ 16 ވަނަ ނަންބަރުގައި އެ ޤަވާޢިދުގެ ބޭނުމަށްޓަކައި ބިމުގެ ތަނަވަސްކަން ހުރި
ކަމަށް ބަލާނީ، އެމީހެއްގެ ނަމުގައި 600 އަކަފޫޓަށްވުރެ ކުޑަނޫން ބިމެއް ނުވަތަ ފްލެޓެއް
ރަޖިސްޓްރީކުރެވިފައިވާނަމަ ކަމަށް ބަޔާންކޮށްފައިވާއިރު، މިއިސްތިއުނާފުކުރެވޭ މައްސަލައިގެ ކިބައިގައި ނުހިމެނޭ
ޚަދީޖާ އަޙްމަދުގެ ތިބި ދަރިންކުރެ، މި ހިބައާމެދު އިޢުތިރާޟްނުކުރާ އިބްރާހީމް ރަޝީދު އާއި، ޙުސައިން ޢަލީ
އާއި، އަދި މި ހިބައާމެދު އިޢުތިރާޟްކުރާ ފާޠިމަތު ޢަލީ އާއި، މުޙައްމަދު ޢަލީ އާއި، މި ހަތަރު މީހުންކުރެ
އިރޯސްއެވެ ކިޔާގޯތިން 721 އަކަފޫޓުގެ ބަންޑާރަ ބިން ލިބި، ވަކި ގޯތި ތަކެއްގެ ގޮތުގައި
އެމީހުންގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާކަން އެނގެން އޮންނަކަމާއިގެ
އެހެންކަމުން ޚަދީޖާ އަޙްމަދުގެ ދަރިންކުރެ ފާޠިމަތު ޢަލީ އާއި، މުޙައްމަދު ޢަލީ މި ހިބަ ކުރުމާމެދު
މަދަނީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާޝްކޮށްފައިވީނަމަވެސް އެފަރާތްތަކަކީ މި ހިބަ ކުރުމާމެދު
އިއްތިރާޝްކުރުމުގެ ޙައްޤު ޤާނޫނީ ގޮތުން ލިބިގެންވާ ފަރާތްތަކެއް ނޫންކަން، ޤާނޫނު ނަންބަރު 1/2002
( މިރާއްޖޭގެ ބިމާއި ބެހޭ ޤާނޫނަށް ފުރަތަމަ އިޞްލާޙް ގެނައުމުގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ހ) އާއި
.
ކޮންމެ މީހަކަށް
ޖެހިރާއްޖޭގެ
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/135
(ރ) އަދި ”ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމާބެހޭ ޤަވާޢިދު” ގެ 16 ވަނަ މާއްދާގެ (ށ) އަށް ބެލުމުން
ޑ · ·
އެނގެން އޮވެއެވެ.
(ބ) ”ހިބައިން ނުވަތަ ވަޞިއްޔަތުން ދޭ ޙާލަތުގައި ދޭ މީހާ އާއި، އެމީހަކު ޝަރުޢީ ގޮތުން
ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ އެހެން ތަނެއް ހަމަޖެހިފައިވުން.“، މިއީ ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން
ދޫކޮށްފައިވާ އެއްވެސް ގޯއްޗެއް ނުވަތަ ބިމެއް ހިބައިން ނުވަތަ ވަޞިއްޔަތުން ދޭނަމަ، ދިވެހިރާއްޖޭގެ ބިމާބެހޭ
ޤާނޫނާއި [ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމާބެހޭ ޤަވާޢިދު" ގެ ދަށުން ފުރިހަމަވެފައި އޮންނަންޖެހޭ
އެއްޝަރުޠުކަމާއި؟
ޤާނޫނު ނަންބަރު 1/2004 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް ފުރަތަމަ އިޞްލާޙު ގެނައުމުގެ
ޤާނޫނު) ގެ 17 ވަނަ މާއްދާގެ ދަށުންނާއި، ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ
ދަށުން ހެދިފައިވާ ”ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމާބެހޭ ޤަވާޢިދު“ ގެ 2 ވަނަ މާއްދާގެ ދަށުން ހިބައިން
ނުވަތަ ވަޞިއްޔަތުން ދޭ ޙާލަތުގައި ދޭ މީހާ އާއި، އެމީހަކު ޝަރުޢީ ގޮތުން ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ
އެހެން ތަނެއް ހަމަޖެހިފައި އޮތުމުގެ ޝަރުޠު ހަމަވޭތޯ ބަލާއިރު؛
ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ ދަށުން ހަދާފައިވާ، ”ހިބައިން
ނުވަތަ ވަޞިއްޔަތުން ދިނުމާބެހޭ ޤަވާޢިދު" ގެ 16 ވަނަ މާއްދާގައި، އެ ޤަވާޢިދުގެ ބޭނުމަށްޓަކައި، ހިބައިން
ދޭ މީހާއާއި، އެމީހަކު ޝަރުއީ ގޮތުން ބަލަން ޖެހިފައިވާ މީހުން ދިރިއުޅޭނެ ހުރިކަމަށް
ކަނޑައަޅާނީ، ކޮންމެ މައްސަލައަކަށް ވަކިން، އެމައްސަލައެއްގެ ވަށައިގެންވާ
ލުމަށްފަހު
ޝަރީޢަތުންކަމަށާއި، އެގޮތުން ބެލިދާނެ ކަންތައްތަކަކީ:
01- އެ މީހެއްގެ ނުވަތަ އެމީހެއްގެ ފިރިމީހާގެ ނަމުގައި އެ ޤަވާޢިދުގެ 4 ވަނަ ނަންބަރުގައިވާފަދަ
ތަނެއް ރަޖިސްޓްރީ ކޮށްފައިއޮތުމާއި
02- އެމީހެއްގެ އަނބިމީހާ ނުވަތަ ދަރިއެއްގެ ނަމުގައި އެފަދަ ތަނެއްދޮވެ، އެމީހަކު ދިރިއުޅުމުގެ
ކަންތައްތައް އެތަނެއްގައި ހަމަޖެހިފައިވުމާއި؟
03- އެމީހެއްގެ އަތުގައި ދިރިއުޅޭނޭ އެހެން ތަނެއް ހަމަޖެއްސުމުގެ މާލީ ތަނަވަސްކަން ހުރުމާއިގެ
04- ރާއްޖެއިން ބޭރުގެ ޤައުމެއްގައި އެމީހެއްގެ ނަމުގައި ބިމެއް ނުވަތަ ޢިމާރާތެއް ނުވަތަ ފްލެޓެއް
2
6
2 ހޑ 8
އއނއ
ދދވ
ކަން
ކަންއެނކޮށް
ه2ނ
44
އްޖޭގެ
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/135
ޑ 4
އހނ ކ
މި ކަންތައް ފާހަގަކުރެވެން އޮންނައިރު، ޚަދީޖާ އަޙްމަދުގެ 05 (ފަހެއް) ދަރިންކުރެ ކޮންމެ
ދަރިއެއްގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ރަޖިސްޓްރީކުރެވިފައިވާކަން މިމައްސަލައިގާ ހިމެނޭ
ފަރާތްތަކުގެ ބަހުން އެނގެން އޮންނަކަމާއި، ޚަދީޖާ އަޙްމަދުގެ ދަރިންކުރެ ހިބަ ލިބޭ އަޙްމަދު ރަޝާދުގެ
ގާތުގައި ”މ. އިރޯސް، ގައި އަދި އަޙްމަދު ރަޝާދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ”މ. މެކުނު“ ގައިވެސް
ޚަދީޖާ އަޙްމަދު ދިރިއުޅެވެން އޮތްކަން އެނގެން އޮތުމުގެ އިތުރުން، ޚަދީޖާ އަޙްމަދަކީ އަންހެނަކަށްވާއިރު،
އޭނައަކީ މިމައްސަލައިގާ ހިބައިން ދޭ މީހާކަމާއި، މި ހިބަ ލިބެނީ ޚަދީޖާ އަޙްމަދުގެ ފިރިހެން ދަރިންކުރެ
އަޙްމަދު ރަޝާދަށްކަމާއި، ޝަރުޢީ ގޮތުން ޚަދީޖާ އަޙްމަދު ބަލަން ޖެހޭނީ އޭނަގެ ބައްޕަ| ފިރި
ދަރިންނަށްކަމާއި؛
ކަންކަމުން ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ”ހިބައިން ނުވަތަ
ވަޞިއްޔަތުން ދިނުމާބެހޭ ޤަވާއިދު” ގެ ދަށުން ހިބައިން ނުވަތަ ވަޞިއްޔަތުން ދޭ ޙާލަތުގައި ދޭ މީހާގެ
ކިބައިގާ ފުރިހަމަވާންޖެހޭ
ނުޖެހޭނެކަމަށް ބަޔާންކުރެވިފައިވާ ކަންކަމުން ކުރެ ކަމެއް ޚަދީޖާ އަޙްމަދުގެ ކިބައިގާ
އުނިވެފައިވާކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
(ޅ) ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމާބެހޭ ޤަވާޢިދުގެ 04 ވަނަ މާއްދާގައި، ޤާނޫނު ނަންބަރު
01/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 11 ވަނަ މާއްދާއަށް ޙަވާލާދީ ގޯއްޗެއް ނުވަތަ ގޯއްޗަކުން
ބައެއް ނުވަތަ ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފްލެޓެއް ނުވަތަ އެއްމެދު ޢިމާރާތެއްގެ ފްލެޓެއް ލިބިފައިވާ
މީހަކަށް ހިބައިން ނުވަތަ ވަޞިއްޔަތުން ނުދެވޭނެކަމަށް ބަޔާންކުރެވިފައިވާއިރު، އަދި ޤާނޫނު ނަންބަރު
1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) ގައި ދިރިއުޅުމަށް ބަންޑާރަ ގޯތި
ދޫކުރެވޭނީ ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ބައިކޮށްދީފައިވާ ބަނޑާރަ ގޯއްޗަކުން 600
އަކަފޫޓަށްވުރެން ކުޑަނޫން މިންވަރެއް ނުވަތަ ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފްލެޓެއް ނުވަތަ އެއްމެދު
ޢިމާރާތެއްގެ ފްލެޓެއް ލިބިފައިނުވާ ދިވެހި ރައްޔިތުންކަމުގައި ބަޔާން ކުރެވިފައިވާއިރު، މ.މެކުނު ކިޔާ ބަންޑާރަ
ގޯއްޗަކީ މި ހިބަ ލިބުނު ފަރާތްކަމުގައިވާ އަޙްމަދު ރަޝާދުގެ ނަމުގައި ރަޖިސްޓްރީކޮށްދެއްވާފައިވާ ބަންޑާރަ
ގޯއްޗެއްކަމަށްވާއިރު، މިމައްސަލަ ނިންމަވާފައިވަނީ ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ
¢ ¢ ¢
Occo
އްޖޭގެ
ހައިކަ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/135
ޤާނޫނު) އާއި، ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމާބެހޭ ޤަވާޢިދާ ޚިލާފަށްކަމަށް ބުނެ އިސްތިއުނާފުކުރުމަށް
ހުށަހަޅާފައިވާ ނުކުތާއަށް ނަޒަރުކުރާއިރު،
”ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމާބެހޭ ޤަވާޢިދުގެ 04 ވަނަ ނަންބަރުގައި، އެ ޤަވާޢިދުގެ 3
ވަނަ ނަންބަރުގައި ބުނެފައިވާ ފަރާތްތަކުންކުރެ ފަރާތަކަށް ހިބައިން ނުވަތަ ވަޞިއްޔަތުން ދެވޭނީ އެފަރާތެއްގެ
ނަމުގައި، ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 11 ވަނަ މާއްދާގައި
ބުނެފައިވާފަދަ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ނުވަތަ ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފްލެޓެއް ނުވަތަ
އެއްމެދު ޢިމާރާތެއްގެ ފްލެޓެއް އެފަރާތަކަށް ރަޖިސްޓްރީވެފައި ނެތްނަމަ ކަމަށް ބަޔާންކޮށްފައިވާއިރު،
އެޤަވާޢިދުގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތްތަކަކީ، ހިބައިން ނުވަތަ ވަޞިއްޔަތުންދޭ މީހާގެ
ދަރިންގެ ދަރިންނާއި، ބަފައިފުށުން ނުވަތަ މައި ފުށުން ތިމާގެ ކަމުގެ ގުޅުން ހުރި ފަރާތްތައްކަން
އެނގޭކަމާއި؛
އެ ޤަވާޢިދުގެ 2 ވަނަ ނަންބަރުގެ (ހ) ގައި ބުނެފައިވާ ފަރާތަކަށް ހިބައިން ނުވަތަ ވަޞިއްޔަތުން
ދިނުމުގައި އެ ޤަވާޢިދުގެ 4 ވަނަ ނަންބަރުގައި ބަޔާންކުރެވިފައިވާ އުޞޫލު ނުހިނގާނެކަމަށް އެ ޤަވާޢިދުގެ 5
ވަނަ ނަންބަރުގައި ސާފު ޢިބާރާތުން ބަޔާންކޮށްފައިވާއިރު، އެ ޤަވާޢިދުގެ 2 ވަނަ ނަންބަރުގެ (ހ) ގައި
ބުނެފައިވާ ފަރާތްތަކަކީ ހިބައިން ނުވަތަ ވަޞިއްޔަތުން ލިބޭފަރާތަކީ ދޭ މީހާގެ ނިސްބަތުން އަނބިމީހާ ނުވަތަ
ފިރިމީހާ، ދަރިން، މަންމަ، ބައްޕަ އަދި މަރުވެފައިވާ ދަރިއެއްގެ އުފަންދަރިން ކަން އެނގެން އޮވެފައި،
މިއިސްތިއުނާފުކުރެވޭ މައްސަލައިގާ ޚަދީޖާ އަޙްމަދުގެ ފަރާތުން ކިބައިން ދިނުމަށް ހުށަހަޅާފައިވަނީ އޭނަގެ
އުފަން ދަރިއަކަށްކަން އެނގެން އޮތުމުން ”ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމާބެހޭ ޤަވާއިދުގެ 04 ވަނަ
ނަންބަރަކީ މިމައްސަލައިގެ މައްޗަށް ތަޠްބީޤްކުރެވޭނެ ނަންބަރެއް ކަމަށް ބެލެވެން ނެތްކަމާއި،
އެހެންކަމުން، މިމައްސަލަ ނިންމަވާފައިވަނީ ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ
ޤާނޫނު) އާއި، ”ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމާބެހޭ ޤަވާޢިދު“ އާ ޚިލާފަށްކަމަށް ބެލެވެން ނެތްކަން
O OCC
އެނގެއެވެ.
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/135
ވީމާ، މަދަނީ ކޯޓުގެ ނަންބަރު 2009/MC/1167 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު
ގެންނަންޖެހޭ ކަމަކަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް
ނުފެނުނެވެ.
0
ހ4 8
7
6 (3
ބަޔާންކުރަނ
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި
ފިވުނު ކަންކަން ބަޔާންކުރެވުނު
ދެވުނު ގޮތަށް
ހުރުމާއެކު، މަދަނީ ކޯޓުގެ ނަންބަރު 2009/MC/1167 ޤަޟިއްޔާ އިސްތިނާފުކުރުމަށް ހުށަހަޅާފައިވާ
ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ
ޝަރުޢީ ޤާނޫނީ ސަބަބެއް ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުންގެ
އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
4
ދިވެހިރާއްޖެ
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ