ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-I-K/14 ޤަޟިއްޔާގެ ޙުކުމް
2011/HC-I-K14
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 14/HC-I-K/2011
މައްސަލަ ހުށަހެޅި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
• މައްސަލަ ރައްދުވި ފަރާތް:
ނަން: ޙައްސާނު ޢަލީ ފުޅު
އައިޑީ
ކާޑު ނަންބަރ: A123801
ދާއިމީ އެޑްރެސް: ޅ. ނައިފަރު ހަވީރީހިޔާ
މިހާރުގެ އެޑްރެސް: ޅ. ނައިފަރު ހަވީރީހިޔާ
• ހުށަހެޅުނު ތާރީޚް: 16 މާޗް 2011
ނިމުނު ތާރީޚް: 16 މާޗް 2011
ޤަޟިއްޔާގެ ބާވަތް: އިންތިޚާބީ ކުށް
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
• ފަނޑިޔާރު ޢަބްދުﷲ ޙަމީދު، އިސްފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޔޫސުފު ޙުސައިން
ETITIETTI
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2011/HC-I-K/14
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
63
ނައިފަރު ހަވީރީހިޔާ ޙައްސާނު ޢަލިފުޅުގެ މައްޗަށް ޖިނާއީ ކޯޓުގެ ނަންބަރު
2000/JC/286 ޤަޟިއްޔާއިން މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ބޭނުންކުރުގެ ކުށް ސާބިތުވެފައިވަނިކޮށް
5 ފެބުރުއަރީ 2011 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބު 2011 އަށް
ކުރިމަތި ލުމުގެ ގޮތުން، އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި "ލޯކަލް ކައުންސިލްތަކުގެ މެމްބަރު ކަމަށް
ކުރިމަތިލުމަށް އެދޭ ފޯމު” ގައި ޙައްސާނު ޢަލީފުޅަކީ ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ
އިންތިޚާބުގެ ޤާނޫނު)ގެ 12 ވަނަ މާއްދާގައި ބުނެފައިވާ ޝަރުޠުތައް ފުރިހަމަވެފައިވާ މީހެއްކަމަށާއި، އެ
ފޯމުގައިވާ މަޢުލޫމާތުތަކަކީ ޞައްޙަ މަޢުލޫމާތު ކަމަށް އިޤްރާރުވެ އިންތިޚާބަށް ކުރިމަތި ލުމުގެ ގޮތުން ދޮގު
މަޢުލޫމާތު ދީފައިވާ ކަމަށްބުނެ، ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 74
ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ ޙަވާލާދީ، އެ ޤާނޫނުގެ 74 ވަނަ މާއްދާގެ (ހ) ގެ ދަށުން،
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން، ޅ. ނައިފަރު ހަވީރީހިޔާ ޙައްސާނު ޢަލިފުޅުގެ މައްޗަށް އިންތިޚާބަށް
ކުރިމަތިލުމުގެ ގޮތުން ދޮގު މަޢުލޫމާތު ދިނުމުގެ ކުށުގެ ދަޢުވާ، ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
ދެވުނު ނުކުތާތައް:
di- ޅ.
ނައިފަރު ހަވީރީހިޔާ އައްސާނު ޢަލިފުޅުގެ މައްޗަށް ޖިނާއީ ކޯޓުގެ ނަންބަރު
2000/JC/286 ޤަޟިއްޔާއިން މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ބޭނުންކުރުގެ ކުށް ސާބިތުވެފައިވަނިކޮށް
5 ފެބުރުއަރީ 2011 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބު 2011 އަށް
ކުރިމަތި ލުމުގެ ގޮތުން، އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި "ލޯކަލް ކައުންސިލްތަކުގެ މެމްބަރު ކަމަށް
ކުރިމަތިލުމަށް އެދޭ ފޯމު“ ގައި ޙައްސާނު ޢަލީފުޅަކީ ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ
އިންތިޚާބުގެ ޤާނޫނު)ގެ 12 ވަނަ މާއްދާގައި ބުނެފައިވާ ޝަރުޠުތައް ފުރިހަމަވެފައިވާ މީހެއްކަމަށާއި، އެ
ފޯމުގައިވާ މަޢުލޫމާތުތަކަކީ ޞައްޙަ މަޢުލޫމާތު ކަމަށް އިޤްރާރުވެ އިންތިޚާބަށް ކުރިމަތި ލުމުގެ ގޮތުން ދޮގު
މަޢުލޫމާތު ދީފައިވާ ކަމަށްބުނެ، ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 74
ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ ޙަވާލާދީ، އެ ޤާނޫނުގެ 74 ވަނަ މާއްދާގެ (ށ) ގެ ދަށުން،
ދިވެހިރާއްޖޭގެ ހައިކޯޓު، ޢަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
99 2
2011/HC-I-K14
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން، ޅ. ނައިފަރު ހަވީރީހިޔާ ޙައްސާނު ޢަލިފުޅުގެ މައްޗަށް އިންތިޚާބަށް
ކުރިމަތިލުމުގެ ގޮތުން ދޮގު މަޢުލޫމާތު ދިނުމުގެ ކުށުގެ ދަޢުވާ ކޮށްފައިވެއެވެ.
02- ޙައްސާނު ޢަލިފުޅުގެ މައްޗަށް ޖިނާއީ ކޯޓުގެ ނަންބަރު 2000/JC/286 ޤަޟިއްޔާއިން
މަނާކުރެވިފައިވާ މަސްތުވާ ބޭނުންކުރުގެ ކުށް ސާބިތުވެފައިވާކަން އެނގެންއޮވެއެވެ.
03- އިސްލާމް ދީނުގެ ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ
ރިޝްވަތުގެ ކުށެއް ނުވަތަ މަސްތުވާ ތަކެތީގެ ވިޔަފާރި ކުރުމުގެ ނުވަތަ މަސްތުވާ ތަކެތި ބޭނުން ކުރުމުގެ
ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ބައިވެރި
ނުވެވޭނެކަން، ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު)ގެ 12 ވަނަ
(ނ) ގެ 4 ވަނަ ނަންބަރުން ރަގަޅަށް އެގެންއޮވެފައި؟
ލޯކަލް ކައުންސިލްތަކުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ގޮތުން ޙައްސާނު ޢަލީފުޅު
އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި "ލޯކަލް ކައުންސިލްތަކުގެ މެމްބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމު“
ގައި ޙައްސާނު ޢަލީފުޅަކީ، ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު)ގެ
12 ވަނަ މާއްދާގައި ބުނެފައިވާ ޝަރުޠުތައް ފުރިހަމަވެފައިވާ މީހެއްކަމަށާއި، އެ ފޯމުގައިވާ މަޢުލޫމާތުތަކަކީ
ޞައްޙަ މަޢުލޫމާތު ކަމަށް އިޤްރާރުވެ އެފޯމުގައި ސޮއިކޮށްފައިވާ ކަން އެނގެންއޮވެއެވެ.
04- ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) 74 ވަނަ މާއްދާގެ (ހ)
އަށް ބަލާއިރު، އެއަކުރުގައި އިންތިޚާބަށް ކުރިމަތި ލުމުގެ ގޮތުން ދޮގު މަޢުލޫމާތު ދިނުމަކީ ކުށެއްކަމަށް
ބަޔާންކޮށްފައިވެއެވެ.
05- ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ޙައްސާނު ޢަލިފުޅުގެ މައްޗަށް ކުރި، އިންތިޚާބަށް
ކުރިމަތިލުމުގެ ގޮތުން ދޮގު މަޢުލޫމާތު ދިނުމުގެ ކުށުގެ ދަޢުވާއަށް ޙައްސާނު ޢަލީފުޅު އިޢްތިރާފުވެފައިވެއެވެ.
06- ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) 74 ވަނަ މާއްދާގެ (ހ)
ގައި ބުނެފައިވާފަދަ ޢަމަލެއް ކުރުމުގެ ސަބަބުން ކުށްވެރިވެއްޖެ މީހެއްގެ އަދަބަކީ، އެމީހަކު ކުރި ޢަމަލެއްގެ
ކުޑަ ބޮޑުމިނަށް ބަލައި، 1 (އެކެއް) އަހަރު ދުވަހާއި 4 (ހަތަރެއް) އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް
ޖަލަށްލުން، ނުވަތަ 12000.00ރ. (ބާރަހާސްރުފިޔާ) އާއި 48000.00ރ. (ސާޅީސް އަށްހާސްރުފިޔާ) އާ
2 22 22 22
ދިވެހިރާއްޖޭގެ ހައިކޯޓު، ޢަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2011/HC-I-K14
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުންކަން އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 74 ވަނަ މާއްދާގެ (ށ) އިން
އެނގެން އޮވެއެވެ.
07- ޢުޤޫބާތެއްގެ ގޮތުން ކުރާ ޖޫރިމަނާއަކީ 1000.00ރ. (އެއްހާސް ރުފިޔާ) އަށްވުރެ ބޮޑު
ޢަދަދެއްނަމަ އެފައިސާ ދެއްކުމަށް 1 (އެކެއް) މަސްދުވަހުގެ މުއްދަތެއް ޝަރީޢަތުން ކަނޑައެޅުމަށް
”ޝަރީޢަތް ކުރުމާބެހޭގޮތުން ހެދިފައިވާ ގަވާއިދު 6] ގެ 63 ވަނަ މާއްދާގެ 2 ވަނަ ނަންބަރުގައި
ބަޔާންކޮށްފައިވެއެވެ.
ދެންފަހެ، އިސްވެފާހަގަ ކުރެވުނު އެންމެހައި ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، ޅ. ނައިފަރު
ހަވީރީހިޔާ ޙައްސާނު ޢަލިފުޅުގެ މައްޗަށް ޖިނާއީ ކޯޓުގެ ނަންބަރު 2000/JC/286 ޤަޟިއްޔާއިން
މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ބޭނުންކުރުގެ ކުށް ސާބިތުވެފައިވަނިކޮށް 5 ފެބުރުއަރީ 2011 ވަނަ
ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބު 2011 އަށް ކުރިމަތި ލުމުގެ ގޮތުން،
އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި "ލޯކަލް ކައުންސިލްތަކުގެ މެމްބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމު“
ގައި ޙައްސާނު ޢަލީފުޅަކީ ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު)ގެ
12 ވަނަ މާއްދާގައި ބުނެފައިވާ ޝަރުޠުތައް ފުރިހަމަވެފައިވާ މީހެއްކަމަށާއި، އެ ފޯމުގައިވާ މަޢުލޫމާތުތަކަކީ
ޞައްޙަ މަޢުލޫމާތު ކަމަށް އިޤްރާރުވެ އިންތިޚާބަށް ކުރިމަތި ލުމުގެ ގޮތުން ދޮގު މަޢުލޫމާތު ދީފައިވާކަން
ޙައްސާނު ޢަލިފުޅުގެ އަމިއްލަ އިޢްތިރާފުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާތީ، ޤާނޫނު
ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 74 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ
ނަންބަރުގެ ދަށުން ޙައްސާނު ޢަލީފުޅު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، މިކުށުގެ އަދަބެއްގެ ގޮތުން ޤާނޫނު
ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 74 ވަނަ މާއްދާގެ (ށ) ގެ ދަށުން، ޙައްސާނު
ޢަލީފުޅު 20000.00ރ. (ވިހިހާސް ރުފިޔާ) އިން ޖޫރިމަނާކޮށް، މިފައިސާ މިއަދު (2011 މާޗް 16 ވަނަ
ދުވަހު) ން ފެށިގެން 01 (އެކެއް) މަސްދުވަހުގެ މުއްދަތުގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ދައްކާ
ޚަލާޞްކުރުމަށް ޙިއްސާނު ޢަލީފުޅަށް އަންގާ، ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލި ފަނޑިޔާރުންގެ
މަޖިލީހުގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ބްތ"
ދިވެހިރާއްޖޭގެ ހައިކޯޓު، ޢަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv