ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/183 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2007/HC-A/183
بان الرجيم
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ. 183/HC
-
A/2007
ދަޢުވާކުރާ ފަރާތް:
ނަން: މުޙައްމަދު ވަޙީދު
އައި.ޑީ.ކާޑް ނަންބަރ A088468
ބަދަލުގައި: ނާޝިދާ ވަޙީދު (A076681 )
*ދާއިމީ އެޑްރެސް: ގއ. ދެއްވަދޫ ބީޗްހައުސް
މިހާރުގެ އެޑްރެސް: މއ. ނީރުގެއާގެ
މިހާރުގެ އެޑްރެސް: ހ.
ކަސީރާގެ
0
ދަޢުވާލިބުނު ފަރާތް:
ނަން: އަލްމާކް މޯލްޑިވްސް ޕވޓ ލޓޑ
ކުންފުނީގެފަރާތުން: ޢާޞިމް ސަޢީދު (A098915)
ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް:
ހ. ސިތާރާވާދީ
• ހުށަހެޅުނު ތާރީޚް: 14 ރަމަޝާން 1428 *ނިމުނު ތާރީޚް: 30 ރަބީޢުލްއައްވަލް 1431
26 ސެޕްޓެމްބަރ 2007
މާރޗް
16
2010
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2006/MC/220
ނިންމެވި ފަރާތް: މަދަނީކޯޓް
ޔާގެ ބާވަތް: ގެއްލުމުގެ ބަދަލު ހޯދުން
ހުށަހެޅި ތާރީޚް: 3 ފެބްރުއަރީ 2007
ނިމުނުތާރީޚް
25 ޖޫން 2007
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2007/HC-A/183
ދައުވާގެ ޚުލާޞާ
މިއީ މަދަނީކޯޓުގެ ނަންބަރު 2006/MC/220 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނޫން ކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ގއ.
ދެއްވަދޫ ބީޗްހައުސް މުޙައްމަދު ވަޙީދުގެ ފަރާތުން ހުށަހެޅުމުން ބެލިފައިވާ މައްސަލައެކެވެ.
މުޙައްމަދު ވަޙީދު ކުރި މި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ އަލްމާކް މޯލްޑިވްސް
ޕަވޓ ލޓޑ އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
މަދަނީކޯޓުގެ ނަންބަރު 2006/MC/220 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށާއި އިސްތިއުނާފު ކުރުމަށް
މުޙައްމަދު ވަޙީދުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި އެނުކުތާތަކާއި ބެހޭގޮތުން ދެފަރާތުން ދެއްކި
ވާހަކައަށާއި މައްސަލައާއި ގުޅުންހުރި ލިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރުން ބަލާއިރު،
އަންނަނިވި ކަންތައް ޝަރީޢަތަށް ފާހަގަކުރެވިފައިވެއެވެ.
(ހ) އަލްމާކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މުޙައްމަދު ވަޙީދުގެ "ޑޮލްފިން" ނަމަކަށްކިޔާ
ދޯނި ކުއްޔަށް ހިފާފައިވަނީ ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ އެގްރިމެންޓެއްގެ ދަށުންކަމާއި، ކުއްޔަށް
ހިފާފައިވާ މުއްދަތުގައި 16 ޖޫން 2005 ދުވަހުގެރޭ އެދޯނި ދަތުރުކުރަމުންދަނިކޮށް މާލެ އަތޮޅާއި އ.
އަތޮޅާއި ދެމެދު އޮންނަ އަލިހުރަސް ކަނޑަށް ދޯނި ފެތި ކަނޑުގެ އަޑިއަށް ދޯނިގޮސް
ގެއްލިފައިވާކަމާއި، މިދަތުރުގައި ދޯންޏަށް ބަރުކޮށްފައިވަނީ ހިލައާއި ހިލަވެލިބަސްތާކަން އެނގެން
އޮންނަކަން،
95
(ނ) ދޯނި ދަތުރުކުރަމުން ދަނިކޮށް ވިއްސާރަ ކޮޅިގަނޑެއްގައިޖެހި ރާޅު އަރައިގެން ދޯނި
އަޑިއަށް ދިޔައީކަމާއި އެއީ 26 ޖޫން 2005 ދުވަހުގެ ރޭގަނޑު 20.15 އެހާކަންހާއިރުކަމާއި، ދޯނި
މާލޭން ފުރައިގެން ދަތުރުކުރިއިރު މޫސުން ގޯސްވެފައިވާކަމަށް އެއްވެސް ފަރާތަކުން
ބުނެފައިނުވާކަމާއި، އެދުވަހު ދަތުރުފަތުރު ކުރުމަކީ ނުރައްކަލެއްކަމަށް މޫސުމާބެހޭ އޮފީހުން އިންޒާރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2007/HC-A/183
ދީފައިނުވާކަމާއި، ދޯނި އަޑިއަށްދިޔަ ޙާދިސާގައި އެދޯނީގެ ކެޕްޓަނާއި ފަޅުވެރިން ދީފައިވާ
ބަޔާނުންނާއި މޫސުމާއިބެހޭގޮތުން ސާފުކޮށްފައިވާ މަޢުލޫމާތުން އެކަން އެނގެން އޮންނަކަން،
(ނ) ޑޮލްފިން ދޯނީގެ ކެޕްޓަނާއި ފަޅުވެރިންނަށާއި އެދޯނި ބަރުކޮށްފައިވަނިކޮށް ދުށްކަމަށްބުނާ
މީހުންގެ ބަހުން ދޯންޏަށް އެދަތުރު ބަރުކޮށްފައިވަނީ ހިލައާއި ހިލަވެލި ބަސްތަކަމާއި، ދޯނި ބަރުކޮށް
ދަތުރަކަށް ތައްޔާރުވެފައި އޮތްއިރު ދޯނީގެ ބަރުމަރުކާގެ ހުރަސްރޮނގު އަޑިއަށް ނުދާކަމާއި، ލޯޑްލައިން
އަޑިއަށް ގޮސްފައިވާކަމަށް އެއްވެސް ފަރާތަކުން ބުނެފައި ނުވާކަމާއި، ބަރުމަރުކާ ނުވަތަ ލޯޑުލައިނަކީ
ޢާއްމުކޮށް އުޅަނދުފަހަރު ބަރުކުރުމުގައި ބަލަން އޮންނަ މިންގަނޑުކަމާއި، ދޯނި ބަރުކުރުމުގައި
ބަސްތާއަކީ މިންގަނޑެއްކަމަށް ބަލަންވެއްޖެނަމަ ބަސްތާގެ ބޮޑުކުޑަމިނާއި ބަރުދަން ބަލަންޖެހޭނެކަމާއި
އެހެނީ އެކިކަހަލަ ބާވަތްތަކުގެ ބަރުދަން ތަފާތުވެފައިވާއިރު އެކިކަހަލަ ބަސްތާތަކުގެ ކުޑަބޮޑުމިންވެސް
ތަފާތުވެފައި ހުންނަކަން އެއީ އެންމެންނަށްވެސް އެނގޭކަމެއްކަމަށްވާހިނދު އެމިންގަނޑަށް ބެލުމަކީ،
މުޅިން އެއަށް ބަރޯސާކުރެވިދާނެ ކަމެއްނޫންކަމާއި އެހެންކަމުން ބަރުމަރުކާއަށް ދަތުރުކުރާ ހުރިހާ
ފަރާތަކުންވެސް ބަލާކަމާއި، އަދި ކަމާއިބެހޭ ފަރާތްތަކުންވެސް ދަތުރުކުރާ އުޅަނދު އެކަށީގެންނުވާ
މިންވަރަށް ޤަވާޢިދާއި ޚިލާފަށް ބަރުކޮށްފައިވާކަމަށް ބަލަނީ ބަރުމަރުކާ އަޑިއަށްގޮސްފައިވާތަން
ފެނުމުންކަން އެނގެން އޮންނަކަން،
0/
(ރ) ޑޮލްފިންދޯނި މިކުރި ދަތުރުގައި އަޑިއަށްގޮސްފައިވަނީ ބަލަންވާވަރަށް ނުބަލައި
ދަތުރުކޮށްފައިވާކަމަށް ނުވަތަ ދޯނި ކުއްޔަށްހިފި ފަރާތުގެ އިހްމާލުންކަމަށް ބެލުމުގެ ފުރުޞަތު
އޮތްކަމަށް ބެލެންނެތްކަމާއި އެހެނީ ދަތުރު ކުރަމުން ދަނިކޮށް އުޅަނދުފަހަރުތައް ވިއްސާރަ
ވިލާގަނޑުގައިޖެހި އަޑިއަށްގޮސްފައިވާ ޙާދިސާތަކަކީ މާޟީގައި ހިނގާފައިވާ ޙާދިސާތަކެއް
މިފަދަ ކޮންމެ ޙާދިސާއަކީ އުޅަނދު ދުއްވި ފަރާތުގެ އިހްމާލުން ދިމާވެފައިވާ ޙާދިސާއެއްކަމަށް
ނުބެލެވޭނެކަމާއި އެއީ އިންސާނުންނަށް ބާރު ނުފޯރުވޭގޮތެއްގެ މަތިން ޤުދްރަތީގޮތުން ދިމާވާ ކުއްލި
ހއކ9އ)
ނުރައްކަލެއްކަމަށް ބަލަންޖެހޭކަން،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2007/HC-A/183
0 )
02 20
(ބ) ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ އެގްރިމެންޓުގެ 12 ވަނަ މާއްދާގައިވަނީ،
"ޤުދްރަތީގޮތުން ކުރިމަތިވާ ޙާދިސާއަކާއި ގުޅިގެން ދޯންޏަށް ލިބޭ ގެއްލުންތަކުގައި ކުއްޔަށްހިފާ ފަރާތް
ޒިންމާވާކަށް ނުޖެހޭނެއެވެ" މިފަދައިން ބަޔާންކޮށްފައިވާކަމާއި ޑޮލްފިންދޯނި އަޑިއަށްގޮސްފައިވަނީ
އިންސާނެއްގެ ޢަމަލުގެ ސަބަބުން ނުވަތަ މީހެއްގެ އިހްމާލުއް އެކަމުގައި އޮވެގެންކަން
ސާބިތުނުވާކަމާއި އެއީ ސީދާ ޤުދްރަތީ ޙާދިސާއެއްކަން އެނގެން އޮތްކަން،
(ޅ) އިސްވެ ބަޔާންކުރެވުނު ކަންތައްތައް ބަޔާންކުރެވިދިޔަ ގޮތުގެމަތިން ހުރުމުން މުޙައްމަދު
ވަޙީދުގެ ދޯނި ކަނޑުގެ އަޑިއަށް ފެތި ގެއްލިފައިވަނީ އެދޯނި ކުއްޔަށްހިފި އަލްމާރކް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑްގެ އެއްވެސް އިހްމާލެއް އޮވެގެން އެގްރިމެންޓާއި ޚިލާފަށް އެއްވެސް ޢަމަލެއް
ކުރުމުގެ ސަބަބުންކަމަށް ނުބެލެވޭތީ އެޙާދިސާއަށް އަލްމާރކް މޯލްޑިވްސް ޒިންމާ ކުރެވޭނެ އެއްވެސް
ހަމައެއް އޮތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ނުފެނުން،
0
0ފ
ހުކުމް:
ވީމާ މަދަނީކޯޓުގެ ނަންބަރު 2006/MC/220 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބަލާނެތަނެއް އޮތްކަމަށް މި މައްސަލަ
ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ނުފެންނާތީ އެޤަޟިއްޔާގައި ކުރައްވާފއިވާ ޙުކުމަށް
ތާއީދުކޮށްފީމެވެ.
މި ޤަޟިއްޔާ ބަލާ ނިޔާ ކަނޑައެޅީ
،ދިވެހިރާއްޖެ
.ޕީ
އަޙްމަދު ޝަރީފު ޢަލީ
އާދަމް މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު
- އެވެ
ޙަމީދު
ފަނޑިޔާރު
ފަނޑިޔާރު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން 3325129، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv