ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-DM/01 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2011/HC-DM/01
CU O
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓް
• ޤަޟިއްޔާ ނަންބަރ: 01/HC
-
DM/2011
• ދަޢުވާ ހުށަހެޅި ފަރާތް:
* ނަން: ޢާއިޝަތު އާޒިމާ ޝަކޫރު
އައިޑީ ކާޑު ނަންބަރ: A026999
ދާއިމީ އެޑްރެސް: މ. އާސްތާނާ
މިހާރުގެ އެޑްރެސް: މ. އާސްތާނާ
*
. ދަރަވަންދޫ
* ނަން: ޢަރީފް އަޙްމަދު ނަޞީރު
އައިޑީ ކާޑު ނަންބަރ: A109797
ދާއިމީ އެޑްރެސް: ނަސްފަރު /
* މިހާރުގެ އެޑްރެސް: ހ. އަސްރަފީވިލާ
*
:ނަން: ޢާއިޝަތު ލީޝާ
* އައިޑީ ކާޑު ނަންބަރ. A080014
ދާއިމީ އެޑްރެސް: ފ. ތަންބިއާގެ
މިހާރުގެ އެޑްރެސް: މ.
މ. ވިކްޓަރީހައުސް
ދަޢުވާ ރައްދުވި ފަރާތް:
ނަން:
އައިޑީ
ކާޑު ނަންބަރ:-
އެޑްރެސް: -
މިހާރުގެ އެޑްރެސް:
• ރަޖިސްޓްރީކުރެވުނު ތާރީޚް: 11 ރަބީޢުލްއައްވަލް 1432
14 ފެބްރުއަރީ 2011
* ނިމުނު ތާރީޚް: 07 ޖުމާދަލްއާޚިރު 1432
10 މެއި
2011
ޤަޟިއްޔާގެ ބާވަތް: ދުސްތޫރީ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2011/HC-DM/01
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
404
ދަޢުވާގެ ޚުލާޞާ
މިއީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ހ) ގައި، ކޮންމެ މީހެއްގެ
މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި، ނުވަތަ ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް އުފުލުމުގައި،
ޤާނޫނަކުން ޤާއިމުކޮށްފައިވާމިނިވަން އަދި މުސްތަޤިއްލު ކޯޓެއްގައި ނުވަތަ ޓްރައިބިޔުނަލެއްގައި، އެކަށީގެންވާ
މުއްދަތެއްގެ ތެރޭގައި، ޢާންމުކޮށް ހުޅުވާލެވިގެން
ހިޅުވާލެވިގެން ބާއްވާ، އަޑުއެހުމެއްގައި އިންޞާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު
ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް ބަޔާންކޮށްފައިވަނިކޮށް، ޤާނޫނު ނަންބަރު: 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ
ޤާނޫނު)ގެ 69 ވަނަ މާއްދާގެދަށުން ދިވެހިރާއްޖޭގެ ފެމިލީކޯޓުން ނިންމަވައި، އެކޯޓުގެ ނަންބަރު: A1
/
2010
/
160-146
(20 ޑިސެމްބަރ 2010) ގެ އިޢުލާނުން ޢާންމު ކުރައްވާފައިވާ ނިންމެވުމަކީ، ދިވެހިރާއްޖޭގެ ޖުމްހުރިއްޔާގެ ޤާނޫނު
އަސާސީގެ 42 ވަނަ މާއް ތަޢާރަޟުވާ އަދި އެ މާއްދާ ޤާނޫނު އަސާސީގެ 16 ވަނަ މާއްދާއިން ހުއްދަކުރާ ރާއްޖޭގެ
/
CuO
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2011/HC-DM/01
404
ތަރަހައިން ބޭރުން ހަނިކުރެވޭ، އަދި ޤާނޫނު ނަންބަރު: 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 69 ވަނަ
މާއްދާއިން ފެމިލީ ކޯޓަށް ލިބިފައިވާ އިޚްތިޞާޞްވެސް ހަނިކުރެވޭ، އަދި އެޤާނޫނާވެސް ތަޢާރަޟުވާ ނިންމެވުމަކަށްވާތީ،
އެ ނިންމެވުން ބާޠިލްކޮށްދެއްވުން އެދި ޤާނޫނު ނަންބަރު: 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 37 ވަނަ
މާއްދާގެ (ނ) އާއި 38 ވަނަ މާއްދާގެދަށުން މ. އާސްތާނާ އާއިޝަތު އާޒިމާ ޝަކޫރާއި، ބ.ދަރަވަންދޫ/ ނަސްފަރު
ޢަރީފް އަޙުމަދު ނުޞީރާއި، ތަންބިއާގެ ޢާއިޝަތު ލީޝާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ދަޢުވާ ކުރުމުން ބެލުނު
މައްސަލައެކެވެ.
404
ފާހަގަކުރެވުނު ނުކުތާތައް
1- ދަޢުވާކުރާ އާއިޝަތު އާޒިމާ ޝަކޫރު އާއި ޢަރީފް އަޙުމަދު ނަޞީރުއާއި ޢާއިޝަތު ލީޝާގެ ފަރާތުން ދަޢުވާގެ
ޚުލާސާގައި އިސްވެ ބަޔާން ކުރެވުނު ގޮތުގެ މަތިން ޝަރީޢަތުގެ މަޖިލީހަށް ދަޢުވާ ހުށަހެޅުމަށްފަހު ދަޢުވާކުރާ
ސަބަބުތައް ހުށަހަޅާ އެއާއިބެހޭ ގޮތުން ވާހަކަ ދައްކާފައިވެއެވެ. އެއިގެ ތެރެއިން:-
• ފުރަތަމަ ސަބަބަކީ:
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ހ) ގައި، ކޮންމެ މީހެއްގެ މަދަނީ
ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި، ނުވަތަ ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް އުފުލުމުގައި، ޤާނޫނަކުން
ޤާއިމްކޮށްފައިވާ މިނިވަން އަދި މުސްތަޤިއްލު ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި،
ޢާންމުކޮށް ހުޅުވާލެވިގެން ބާއްވާ، އަޑުއެހުމެއްގައި އިންޞާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު ކޮންމެ މީހަކަށްމެ
ލިބިގެންވާކަމަށް ބަޔާންކޮށްފައިވާކަމަށް ބުނެ ހުށަހެޅި ސަބަބު.
• ދެވަނަ ސަބަބަކީ
ޤާނޫނު ނަންބަރު: 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ވަނަ މާއްދާގައި،
ޤާނޫނުއަސާސީންނާއި ޤާނޫނުން ކޯޓުތަކަށް ކަނޑައަޅާފައިވާ އިޚްތިޞާޞްތަކުގެ އިތުރުން، އަންނަނިވި ޙާލަތްތަކުގައި
ސަރަޙައްދީ އިޚްތިޞާޞްވެސް އެކޯޓުތަކަށް ލިބިގެންވާ ކަމުގައި ބަޔާންކޮށްފައި، އެ މާއްދާގެ (ހ) ގައި،
އެކޯޓަކީ ދަޢުވާލިބޭ ފަރާތުގެ ދާއިމީ އެޑްރެސް ހުންނަ ދާއިރާގެ ކޯޓަކަށްވުން. ދަޢުވާލިބެނީ އެކަކަށްވުރެ، ގިނަ
މީހުންނަށް ކަމަށްވާނަމަ، އޭގެ ތެރެއިން، އެކަކުގެ ދާއިމީ އެޑްރެސް ހިމެނޭ ދާއިރާގެ ކޯޓަށް އެކޯޓުވާންޖެހޭ ކަމުގައި
ބަޔާންކޮށްފައިވާކަމަށް ބުނެ ހުށަހެޅި ސަބަބު.
ތިންވަނަ ސަބަބަކީ
ޤާނޫނު ނަންބަރު: 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 70 ވަނަ މާއްދާއި، މިޤާނޫނުގެ ދަށުން
ވަކި ކޯޓަކަށް ދީފައިވާ ވަކި އިޚްތިޞާޞްއަކާއި، މި ޤާނޫނުގެ 69 ވަނަ މާއްދާގެ ދަށުން ސަރަޙައްދީ
ކޯޓުތަކަށް ކަނޑައެޅިފައިވާ އިޚްތިޞާޞް ފުށުއަރާނަމަ އެހާލަތުގައި އެމައްސަލައެއް ބަލާނީ އެ ވަކި އިޚްތިޞާޞް
ލިބިފައިވާ ކޯޓުންކަމުގައި ބަޔާންކޮށްފައިވާކަމަށް ބުނެ ހުށަހެޅި ސަބަބު.
69
އެކަންކަމުގްޅޭ
کی مرمر
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
2011/HC-DM/0]
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
4.
ބޭނުންކު
cu o
cu
• ހަތަރުވަނަ ސަބަބަކީ
ޤާނޫނު ނަންބަރު: 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ޖަދުވަލު 3 ގައި، ފެމިލީކޯޓުގެ އިޚްތިޞާޞް
ކަނޑައެޅިފައިވާއިރު، ކުރީގެ ޢާއިލާއާއިބެހޭ ކޯޓުން ބަލަމުން ގެންދިޔަ ހުރިހާ މައްސަލައެއް ހިމެނިފައިވާ ކަމަށާއި މިހެން
މިކަން ހަމަޖެހިފައިވަނިކޮށް، ފެމިލީކޯޓުގެ ނަންބަރު:
A1
/
2010
/
160-146 (20 ޑިސެމްބަރ 2010) ގެ
އިޢުލާނުން ފެމިލީކޯޓުގެ އިޚްތިޞާޞްގެ ތެރެއިން (ޤާނޫނު ނަންބަރު: 22/2010 ގެ ޖަދުވަލު 3 ގައިވާ) ކަންކަމުގެ
ތެރެއިން، މައްސަލަ ރައްދުވާ ފަރާތުގެ ދާއިމީ އެޑްރެސް މާލޭގައި ހިމެނޭ ފަރާތްތަކަށް މެނުވީ ފެމިލީކޯޓަށް މައްސަލައެއް
ހުށަނޭޅޭނެ ކަމަށް ނިންމެވުމުން، ކޯޓްތައް ބޭނުންކުރުމުގައި ޢާންމު ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވެ، ކޯޓުތައް
ންކުރުމުގެ ފުރުޞަތު ހަނިވެގެންދާ ކަމެއް ކަމަށް ބުނެ ހުށަހެޅި ސަބަބު.
• ފަސްވަނަ ސަބަބަކީ:
ދިވެހިންގެ ދިރިއުޅުމުގެ އާދަތަކަށް ބަލާއިރު، އަދި ރާއްޖޭގެ ތަރައްޤީގައި، ދިވެހިންނަކީ ދާއިމީ އެޑްރެހުގައި (
ދިރިއުޅޭ ބަޔަކަށް ނުވާތީ، އަދި ރާއްޖޭގެ އާބާދީގެ %33 އާ ގާތަށް މީހުން ދިރިއުޅެނީ މާލޭގައި ކަމަށްވާއިރު، މާލޭގައި
ދާއިމީ އެޑްރެސް އޮންނަ މީހުންނަކީ ނިސްބަތުން ވަރަށް މަދު ބަޔަކަށްވެފައި، އަދި، މިނޫނަސް ރާއްޖޭގެ އެކި
ރަށްރަށުގައި ދާއިމީ އެޑްރެސް ފިޔަވައި އެހެން ރަށްރަށުގައި ރަށްވެހި ވެފައިވާ ޢާއިލާތައް ނިސްބަތުން ގިނަވެފައިވާއިރު،
ފެމިލީ ކޯޓަކީ ޢާއިލީ މައްސަލަތައް ބަލާ ކޯޓަށްވާއިރު، މައްސަލަ ރައްދުވާ ފަރާތުގެ ދާއިމީ އެޑްރެސް އޮންނަ ދާއިރާގެ
ކޯޓުން ނޫނީ މައްސަލަ ނުބެލޭނެ ގޮތަށް ހަމަޖެއްސުމުން، ޢާއިލީ މައްސަލަތަކުގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި
އިންޞާފު ހޯދުމުގެ ދޮރު ވަރަށް ގިނަ ބަޔަކަށް ގެއްލިފައިވާކަމަށް ބުނެ ހުށަހެޅި ސަބަބު.
• ހަވަނަ ސަބަބަކީ:
ފެމެލީ ކޯޓުން ނެރުއްވާފައިވާ އިޢުލާނުން ނިންމެވި ނިންމެވުން، ދިވެހިރާއްޖޭގެ ޖުމުޙޫރިއްޔާގެ ޤާނޫނު
އަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ 69
ވަނަ މާއްދާގެ ޖަދުވަލު 03 އާއި ތަޢާރަޟްވާ ކަމަށާއި އެކަމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 42
ވަނަ މާއްދާގެ (ހ) އިން ލިބިދީފައިވާ ހަމަ ކޮންމެ މީހަކަށްމެ، އެމީހެއްގެ މަދަނީ ޙައްޤުތަކާއި ވާޖިބުތައް
ކަނޑައެޅުމުގައި، ނުވަތަ ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް އުފުލުމުގައި، ޤާނޫނަކުން ޤާއިމުކޮށްފައިވާ މިނިވަން
އަދި މުސްތަޤިއްލު ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލްއެއްގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި،
ހުޅުވާލެވިގެން ބާއްވާ، އަޑުއެހުމެއްގައި އިންސާފުން ޝަރީޢަތްކުރުމުގެ ޙައްޤު، އަދި އިންސާފު ހޯދުމުގެ ދޮރު ވަރަށް
ގިނަބަޔަކަށް ބަންދުވެ. ނުވަތަ ހަނިވެ، އަދި މައްސަލަ ބެލުމުގައި އެކަށީގެންވާ މުއްދަތެއްގައި މައްސަލަ ބެލުމަށް އޮތް
ޙައްޤު ގެއްލިފައިވާ ކަމަށާ އެހެން ކަމުން، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 69
ވަނަ މާއްދާއަކީ ޖަދުވަލް 3 ގައިވާ ފަދަ މައްސަލަތައް، މައްސަލަ ރައްދުވާ ފަރާތުގެ ދާއިމީ އެޑްރެސް މާލޭގައި
ނެތުމުން، ފެމިލީ ކޯޓުގެ އިޚްތިޞާޞް
ޞާޞް ނޯންނާނޭ ފަދައިން މާނަކުރެވޭނެ މާއްދާއަކަށް ނުވާކަމަށް ބުނެ ހުށަހެޅި ސަބަބު.
ދީ (98
24ކށް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 33I6471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2011/HC-DM/01
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2- ފެމިލީކޯޓުގެ ނަންބަރު: A1
/
2010
/
160-146 (20 ޑިސެމްބަރ 2010) ގެ އިޢުލާންއަށް ބަލާއިރު އެ
އިޢުލާނުގައިވަނީ "ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ނަންބަރު: 22/2010) ގެ 69 ވަނަ މާއްދާގައި ސަރަޙައްދީ
އިޚްތިޞާޞް ކޯޓަކަށް ލިބިގެންވަނީ، ދަޢުވާލިބޭ ފަރާތުގެ ދާއިމީ އެޑްރެސް ހުންނަ ދާއިރާގެ ކޯޓަކަށްވާނަމަ، ނުވަތަ
ދަޢުވާލިބެނީ އެކަކަށްވުރެ ގިނަ މީހުންނަށްކަމަށްވާނަމަ އޭގެ ތެރެއިން އެކަކުގެ ދާއިމީ އެޑްރެސް ހިމެނޭ ދާއިރާގެ ކޯޓަށް
އެކޯޓެއްވުމުން ކަމުގައި ވާތީ، ދަށުކޯޓުތަކުގެ ތެރެއިން ފެމިލީކޯޓާއި މެޖިސްޓްރޭޓް ކޯޓް ތަކަކީ ޢާއިލީ މައްސަލަތައް
ބެލުމުގެ ޚާއްސަ އިޚްތިޞާޞް ލިބިފައިވާ ކޯޓުތައް ކަމުގައި ޤާނޫނު (ނަންބަރު: 22/2010 ގެ 69 ވަނަ މާއްދާ) ގައި
ބުނެފައިވާތީ، ދައުވާލިބޭ ފަރާތުގެ ދާއިމީ އެޑްރެސް ހުންނަ ދާއިރާގެ ކޯޓުތަކަށް އިޚްތިޞާޞް ލިބިފައިވާ ޢާއިލީ
މައްސަލަތައް ފެމިލީކޯޓުން ބަލައި ނުގަނެވޭނެކަން މަޢުލޫމާތަށްޓަކައި ދަންނަވަމެވެ." މިފަދައިންކަން އެނގެއެވެ.
ou oo
3- ފެމިލީކޯޓުގެ ނަންބަރު: A1
/
2010
/
160-146 (20 ޑިސެމްބަރ 2010) އިޢުލާންއަށާއި އެ
އިޢުލާން ބާޠިލްކޮށް ދިނުމަށް އެދި އާއިޝަތު އާޒިމާ ޝަކޫރު އާއި، ޢަރީފް އަޙުމަދު ނަޞީރުއާއި ޢާއިޝަތު ލީޝާގެ
ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކާއި ދައްކާފައިވާ ވާހަކަތަކަށް ނަޒަރު ކުރާއިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
023
(ހ) ފުރަތަމަކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 42 ވަނަ މާއްދާއަށް ބެލިއިރު
އެމާއްދާގެ (ހ) ގެ ދަށުން ކޮންމެ މީހެއްގެ މެ މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ނުވަތަ ޖިނާއީ
ދަޢުވާ މީހެއްގެ މައްޗަށް އުފުލުމުގައި، ޤާނޫނަކުން ޤާއިމްކޮށްފައިވާ މިނިވަން އަދި މުސްތަޤިއްލު ކޯޓެއްގައި ނުވަތަ
ޓްރައިބިއުނަލެއްގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި،
އެހުމެއްގައި އިންޞާފުން
ޝަރީޢަތް ކުރެވުމުގެ ޙައްޤު ކޮންމެ މީހަކަށް ލިބިގެންވާކަން އެނގެން އޮންނަ އޮތުމެވެ.
94ޝާ
އާންމުކޮށް ހުޅުވާލެވިގެން
OCCO
20
(ނ) ދެވަނަ ކަމަކީ، ޢަދުލުވެރިކަމާއި ހާމަކަމާއިއެކު އެމީހަކާއިމެދު ޝަރީޢަތް ކުރުމުގެ ޙައްޤަކީ ޤާނޫނު
އަސާސީގައި ބުނެފައިވާ އަސާސީ ޙައްޤު ތަކުގެ ތެރޭގައި ހިމެނޭ ޙައްޤެއްކަމާއި ޤާނުނު އަސާސީއިން ދިވެހި
ރައްޔިތުންނަށް ލިބިގެންވާކަން ކަށަވަރު ކޮށްދީފައިވާ އަސާސީ ޙައްޤުތަކަކީ އޭގެ އެއްވެސް މިންވަރެއް ހިފެހެއްޓުމާއި
ހަނިކުރުމުގައި ކަނޑައެޅި ބަޔާންވެގެންވާ ވަކި ގޮތްތަކެއް ޤާނޫނު އަސާސީގައި ބަޔާންކޮށް ވަކި ޝަރުޠުތަކެއް
ކަނޑައަޅާފައިވާ އެއްޗެއްކަމާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން، މިނިވަން ދިމިޤްރާތީ މުޖްތަމަޢެއްގައި
އެފަދަ ޙައްޤެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަށް ހިފަހައްޓަންޖެހޭ ހިފެހެއްޓުމުގެ އިތުރަށް އިސްލާމްދީނުގެ
އުޞޫލުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި، ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންގެ
މަޖިލީހުން ފާސްކުރާ ޤާނޫނަކުން އެފަދަ އަސާސީ ޙައްޤެއް ހިފެހެއްޓޭނެ ޙާލަތު ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގެ
(ހ) އާއި އެމާއްދާގެ (ށ) ގައި ސާފު ބަހުން ބުނެފައިވާކަން ފާހަގަ ކުރެވިފައި އޮންނަ އޮތުމެވެ.
CUOCC
ރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2011/HC-DM/01
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
(ނ) ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު: 22/2010) ގެ 69 ވަނަ
މާއްދާގައި ކޯޓުތަކުގެ ސަރަޙައްދީ އިޚްތިޞާޞް ކަނޑައަޅާފައިވާ ގޮތަށް ބަލާއިރު އެމާއްދާގައި ބުނަނީ ޤާނޫނު
އަސާސީއާއި މިޤާނޫނުން ކޯޓުތަކަށް ކަނޑައަޅާފައިވާ އިޚްތިޞާޞް ތަކުގެ އިތުރުން އަންނަނިވި ޙާލަތްތަކުގައި
އެކަންކަމާއި ގުޅޭ ނިސްބަތަށް ސަރަޙައްދީ އިޚްތިޞާޞްވެސް އެކޯޓުތަކަށް ލިބިގެންވެއެވެ. މިފަދައިންކަމާއި އަދި
އެމާއްދާގެ އަކުރުތަކަށް ބަލާއިރު،
(ހ) އެކޯޓަކީ ދަޢުވާލިބޭ ފަރާތުގެ ދާއިމީ އެޑްރެސް ހުންނަ ދާއިރާގެ ކޯޓަކަށްވުން. ދަޢުވާ ލިބެނީ އެކަކަށްވުރެ
ގިނަ މީހުންނަށް ކަމަށްވާނަމަ، އޭގެ ތެރެއިން އެކަކުގެ ދާއިމީ އެޑްރެސް ހިމެނޭ ދާއިރާގެ ކޯޓަށް އެކޯޓުވުން.
(ނ) މުދަލުގެ މައްސަލަތަކުގައި މުދާ ނުވަތަ މުދަލުގެ ބައެއް ހުރި ދާއިރާގެ ކޯޓަށްވުން.
(ނ) ދައުލަތުގެ އިދާރާއަކަށް ނުވަތަ މުއައްސަސާއެއްގެ މައްޗަށް ކުރެވޭ ދަޢުވާއެއްނަމަ، އެއިދާރާއެއް ނުވަތަ
މުއައްސަސާއެއް ހުރި ދާއިރާއެއްގެ ކޯޓަށްވުން.
(ރ) ކުންފުންޏެއް ނުވަތަ ކުލަބް ޖަމްޢިއްޔާއެއްފަދަ ޖަމާޢަތެއްގެ މައްޗަށް ހުށަހަޅާ މައްސަލައެއްނަމަ،
އެޖަމާޢަތެއްގެ މައި މަރުކަޒު ހިމެނޭ ދާއިރާއެއްގެ ކޯޓަށްވުން. އަދި މިފަދަ ޖަމާޢަތެއްގެ ގޮތްޕެއްގެ މައްޗަށް ހުށަހަޅާ
މައްސަލައެއްނަމަ އެގޮތްޕެއްގެ މަރުކަޒު ހުރި ދާއިރާއެއްގެ ކޯޓަށްވުން.
(ބ) ތަރިކައިގެ މައްސަލައެއްނަމަ، މުވައްރިޘު ނިޔާވިއިރު ދާއިމީ އެޑްރެސް ހުރި ދާއިރާގެ ކޯޓު ނުވަތަ ތަރިކަ
މުދާ ހުރި ދާއިރާގެ ކޯޓަށްވުން.
03070
(ޅ) އިފްލާސްކުރުމުގެ މައްސަލައެއްނަމަ ޙުކުމްކުރި ކޯޓަށްވުން
(ކ) ވިޔަފާރީގެ މައްސަލައެއްނަމަ ދައުވާލިބޭ ފަރާތުގެ ދާއިމީ އެޑްރެސް ހުރި ދާއިރާގެ ކޯޓު ނުވަތަ ދައުވާލިބޭ
ފަރާތް ދިރިއުޅޭ އެޑްރެސް ހުންނަ ދާއިރާގެ ކޯޓަށްވުން. ނުވަތަ ދެފަރާތުން އެއްބަސްވާ ކޯޓެއް ނުވަތަ މުޅި މުޢާމަލާތް
ނުވަތަ މުޢާމަލާތުން ބައެއް ތަންފީޛު ކުރެވުނު ދާއިރާއެއްގެ ކޯޓު، ނުވަތަ އެއްބަސްވުން ތަންފީޛުކުރަންޖެހޭ ދާއިރާގެ
ކޯޓަށްވުން.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
E-
ދިވެހިރާއްޖެ
7
2011/HC-DM/01
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
(އ) ޚަރަދު ހޯދުމާއިބެހޭ ދަޢުވާއެއްނަމަ، ދަޢުވާކުރާ ފަރާތް ދިރިއުޅޭ ނުވަތަ ދަޢުވާލިބޭ ފަރާތް ދިރިއުޅޭ
ދާއިރާގެ ކޯޓަށްވުން.
(ވ) ދަޢުވާލިބޭ ފަރާތް ދިރިއުޅޭ ވަކި އެޑްރެހެއް ނެތްނަމަ އަދި މިމާއްދާގައި ބުނެފައިވާ ގޮތުގެ މަތިން،
މައްސަލަ ހުށަހެޅެން ނެތްނަމަ ދަޢުވާކުރާ ފަރާތް އުޅޭ އެޑްރެސް ހިމެނޭ ދާއިރާގެ ކޯޓަށްވުން.
(ލ) ޖިނާއީ މައްސަލަތަކުގައި އަނިޔާ ލިބުނު ފަރާތް ދިރިއުޅޭ ދާއިރާގެ ކޯޓަށްވުން.
(މައްސަލައެއްގައި ހެކިބަސް ދޭ ފަރާތްތައް ދިރިއުޅެމުންދާ ދާއިރާގެ ކޯޓަކަށްވުން
މިފަދައިން ބަޔާން ކުރުމަށްފަހު އެޤާނޫނުގެ 70 ވަނަ މާއްދާގައި ސާފު ބަހުން ބުނެފައިވަނީ މިޤާނޫނުގެ
ދަށުން ވަކި ކޯޓަކަށް ދީފައިވާ ވަކި އިޚްތިޞާޞްކާއި މިޤާނޫނުގެ 69 ވަނަ މާއްދާގެ ދަށުން ސަރަޙައްދީ ގޮތުން
ކޯޓުތަކަށް ކަނޑައެޅިފައިވާ އިޚްތިޞާޞް ފުށުއަރާނަމަ އެހާލަތުގައި އެމައްސަލައެއް ބަލާނީ އެ ވަކި އިޚްތިޞާޞް
ލިބިގެންވާ ކޯޓުންނެވެ. މިފަދައިންކަން ފާހަގަ ކުރެވިފައި އޮންނަ އޮތުން.
cuc
4- ހަތަރުވަނަކަމަކީ، ދިވެހިރާއްޖޭގެ ކޯޓުތަކާއި ބެހޭ ޤާނޫނުގެ 69 ވަނަ މާއްދާގައި ކޯޓުތަކުގެ ސަރަޙައްދީ
އިޚްތިޞާޞް ކަނޑައަޅާފައިވާ ގޮތާއި އޭގެ ސަބަބާއި މަޤުޞަދު އެމާއްދާގެ އަކުރުތަކަށް ނަޒަރު ކުރުމުން ސާފުކޮށް
އެނގެން އޮންނަ ކަމާއި އޭގެ އެންމެ ބޮޑު މަޤުޞަދަކީ ޢަދުލްއިންޞާފު ހޯދުމަށް އެދޭ ފަރާތަށާއި ޢަދުލްއިންޞާފު
ފޯރުކޮށްދޭ ފަރާތަށް އަދި މައްސަލާގައި ހިމެނޭ ފަރާތްތަކަށް ދިމާވާ ތަކުލީފު ކުޑަ ކުރެވޭނެ ގޮތެއްގެ މަތިން ވީހާވެސް
ކައިރިން ފަސޭހައިން އިންސާފު ދެވޭނެ އެންމެ އެކަށީގެންވާ ގޮތްތަކެއް ފަހިކުރުންކަމާއި، މިގޮތުން އެމާއްދާގެ
އަކުރުތަކަށް ފުންކޮށް ވިސްނާ ބަލާއިރު އެއް އަކުރު އަނެއް އަކުރާއި ގުޅިގެންދާ ގޮތެއްގެ މަތިން މުޅި މާއްދާ އެކުގައި
ކިޔާލުމުން މިމާއްދާ ބައްޓަން ކުރެވިފައިވަނީ އިންޞާފު ހޯދުމަށް ގިނަ ފުރުޞަތުތަކެއް ފަހިވާނެ ގޮތެއްގެ މައްޗަށްކަމާއި
އިންޞާފު ދިނުމުގެ މަގު އެއްގޮތަކަށްވެސް ހަނިކުރެވޭ ގޮތަކަށް ނޫންކަން އެނގެން އޮންނަކަމާއި 69 ވަނަ މާއްދާގައި
ކޯޓުތަކަށް ލިބިގެންވާ ވަކި އިޚްތިޞާޞްގެ އިތުރުން ސަރަޙައްދީ އިޚްތިޞާޞްވެސް ލިބިގެންވާކަމަށް ބުނުމަށްފަހު
އެމާއްދާގެ (ހ)ގައި "އެކޯޓަކީ ދަޢުވާލިބޭ ފަރާތުގެ ދާއިމީ އެޑްރެސް ހުންނަ ދާއިރާގެ ކޯޓަކަށްވުން، ދަޢުވާ ލިބެނީ
އެކަކަށްވުރެ ގިނަ މީހުންނަށް ކަމަށްވާނަމަ އޭގެ ތެރެއިން އެކަކުގެ ދާއިމީ އެޑްރެސް ހިމެނޭ ދާއިރާގެ ކޯޓަށް
މިގޮތަށް މި އަކުރުގައި ބަޔާންކޮށްފައިވަނީ ޙާއްޞަ ގޮތެއްގައި ޖިނާއީ އިޖްރާތުގެ ޤާނޫނުތަކުގައި ދުނިޔޭގެ
ބައެއް ޤައުމު ތަކުގައި ޢަމަލުކުރެވޭ އުޞޫލުގެ މަތިން ކަމަށް ބެލެވޭކަމާއި، 69 ވަނަ މާއްދާގެ (ހ) ގައި މިގޮތަށް
އޮތުމަށްފަހު އެމާއްދާގެ (ޅ) ގައި ބުނެފައިވަނީ ދައުވާލިބޭ ފަރާތް ދިރިއުޅޭ ވަކި އެޑްރެހެއް ނެތްނަމަ އަދި މިމާއްދާގައި
راع و
OCCDC
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯނު: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
8
2011/HC-DM/01
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ބުނެފައިވާ ގޮތުގެ މަތިން މައްސަލަ ހުށަހެޅެން ނެތްނަމަ ދަޢުވާކުރާ ފަރާތް އުޅޭ އެޑްރެސް ހިމެނޭ ދާއިރާގެ ކޯޓަށްވުން
މިފަދައިންކަމާއި އެމާއްދާގެ (ށ) ގައި ޖިނާއީ މައްސަލަތަކުގައި އަނިޔާ ލިބުނު ފަރާތް ދިރިއުޅޭ ދާއިރާގެ ކޯޓަކު
ކޯޓަކަށްވުން
މިހެން އޮތުމާއި، އެމާއްދާގެ (ހ) ގައި މައްސަލައެއްގައި ހެކިބަސްދޭ ފަރާތްތައް ދިރިއުޅެމުންދާ ދާއިރާގެ ކޯޓަށްވުން
މިހެން އޮތުމުން އެނގި ހާމަވެގެންދަނީ އެއްގޮތަށްވުރެ ގިނަގޮތުން އެއްކޯޓަކަށް މައްސަލައެއް ބެލުމަށް ސަރަޙައްދީ
ގޮތުން އިޚްތިޞާޞް ލިބޭ ގިނަ ގޮތްތަކެއް އޮތްކަމާއި، 69 ވަނަ މާއްދާގެ ހިމެނޭ ބައެއް އަކުރު ތަކުގައި ވިޔަފާރިއާއި
މުދަލާއި ގުޅުންހުރި މަދަނީ މުޢާމަލާތާއި އިދާރީ ކަންތައްތަކުގެ މައްސަލަތައް ވަކި ވަކިން ބަޔާން ކޮށްދީފައިވާ ގޮތްތަކުގެ
ތެރެއިން އެމާއްދާގެ (ށ) ގައި ވިޔަފާރީގެ މައްސަލައެއްނަމަ ދަޢުވާލިބޭ ފަރާތުގެ ދާއިމީ އެޑްރެސްހުރި ދާއިރާގެ ކޯޓު
ނުވަތަ ދައުވާލިބޭ ފަރާތް ދިރިއުޅޭ އެޑްރެސް ހުންނަ ދާއިރާގެ ކޯޓަށްވުން ނުވަތަ ދެފަރާތުން އެއްބަސްވާ ކޯޓެއް ނުވަތަ
މުޅި މުޢާމަލާތު ނުވަތަ މުޢާމަލާތުން ބައެއް ތަންފީޛުކުރެވުނު ދާއިރާގެ ކޯޓު ނުވަތަ އެއްބަސްވުން ތަންފީޛުކުރަންޖެހޭ
ދާއިރާގެ ކޯޓަށްވުން" މިހެން އޮތުމުގެ މުރާދަށާއި، މަދަނީ މުޢާމަލާތްތަކާއި ގުޅޭ 69 ވަނަ މާއްދާގެ އެހެން
އަކުރުތަކުގައި ކޯޓުގެ ސަރަޙައްދީ އިޚްތިޞާޞް ބަޔާންކޮށްފައިވާ ގޮތުގެ ސަބަބާއި އޭގެ ޢިއްލަތުގެ މައްޗަށާއި އެމާއްދާގެ
(އ) ގައި ސީދާ ޢާއިލީ މައްސަލައެއްކަމުގައިވާ ޚަރަދު ހޯދުމުގެ މައްސަލަ ހުށަހަޅަންޖެހެނީ ދަޢުވާކުރާ ފަރާތް ދިރިއުޅޭ
ނުވަތަ ދަޢުވާލިބޭ ފަރާތް ދިރިއުޅޭ ދާއިރާގެ ކޯޓަށްކަމަށް ބުނެފައި އޮތުމުގެ މައްޗަށް ޢާއިލީ މައްސަލަތައް ތަރުތީބުވެ.
މިޙާލަތުގައި ޤިޔާސް ކުރެވޭނެކަމީ ޤާނޫނީ ގޮތުން ދެބަސްވެވެން ނޮއޮންނާނެ ކަމެއްކަމާއި އެހެންކަމުން 69 ވަނަ
މާއްދާގެ (ހ) އިން އެކަނި ޢާއިލީ މައްސަލަތަކުގެ ސަރަޙައްދީ އިޚްތިޞާޞް ކަނޑައެޅުމުގެ ޙުއްޖަތެއް ނެތްކަމާއި އަދި
މަދަނީ މިންގަނޑުން ބެލިކަމުގައިވިޔަސް ކައިވެންޏަކީ އަޤުދެއްކުމަށްވާއިރު ކައިވެނި ތަފްރީޤް ކުރުމާއި ފަސްޚުކުރުމާއި،
ރުޖޫޢަކުރުމާއި، ވަރިކުރުމާއި އަދި މިނޫންވެސް ކައިވެންޏާއި ގުޅިފައިވާ ޢާއިލީ މައްސަލަތަކުގައި އެބަޔަކު އެއްބަސްވާ
ކޯޓަކަށް ނުވަތަ ދަޢުވާކުރާ ނުވަތަ ދަޢުވާލިބޭ ފަރާތް ދިރިއުޅޭ ދާއިރާގެ ކޯޓަކަށް ނުވަތަ ހެކިން ދިރިއުޅެމުންދާ ދާއިރާގެ
ކޯޓަކަށް ދިއުމުގެ ފުރުޞަތު 69 ވަނަ މާއްދާގެ (ބ) ގެ އިތުރުން (ކ) (ވ) (ށ) މި އަކުރުގެ ޞަރީޙަ ނައުޞުގެ
މަފްޙޫމުން އެނގެން އޮތުމީ އެކަން އިތުރަށް ތާކީދުވެގެން ދިޔަ ކަމެއްކަމަށް ބަލަންޖެހޭކަން.
)
OXO
5- ފަސްވަނަކަމަކީ، ދިވެހިރާއްޖޭގެ ކޯޓުތަކާއި ބެހޭ ޤާނޫނުގެ 69 ވަނަ މާއްދާގެ (ހ) ގައި "ކޯޓުގެ
ސަރަޙައްދީ އިޚްތިޞާޞް ލިބުމުގައި އެކޯޓަކީ ދަޢުވާލިބޭ ފަރާތުގެ ދާއިމީ އެޑްރެސް ހުންނަ ދާއިރާގެ ކޯޓަކަށްވުން.
ދަޢުވާލިބެނީ އެކަކަށްވުރެން ގިނަ މީހުންނަށް ކަމަށްވާނަމަ އޭގެ ތެރެއިން އެކަކުގެ ދާއިމީ އެޑްރެސް ހިމެނޭ ދާއިރާގެ
ކޯޓަށް އެކޯޓުވުން." މިގޮތަށް ބަޔާން ކޮށްފައިވަނީ ޖިނާޢީ މައްސަލަތަކާއި މެދުގައި ކަމުގައި ސަރީޙަކޮށް ބަޔާންކޮށްފައި
ނުވީ ނަމަވެސް އެކި ޤައުމުތަކުގެ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުތަކަށް ބަލާއިރު، މިކަން މިމަގަށް ހުރިކަމާއި އެއީ ބައެއް
ޤައުމުތަކުގައި އެކި ޕްރޮވިންސްތަކާއި އެކި ސްޓޭޓްތަކުގެ ޤާނޫނުތަކުގެ ތަފާތު ހުރުމާއި، އެމީހެއްގެ ކުށުގެ ރެކޯޑާއި
އެމީހަކާއި ބެހޭ ގޮތުން ޤާނޫނީގޮތުން ނިންމަންޖެހޭ ކަންތައްތައް ހުރުމުގެ ސަބަބުންނާއި އެނޫންވެސް އެކަމާއިގުޅޭ
ހުރުމުންކަމަށް ބެލެވުނު ނަމަވެސް ދިވެހިރާއްޖޭގެ ޙާލަތު ތަފާތުކަމާއި ދިވެހިރާއްޖެއަކީ ޔުނިޓަރީ
CU O
ސަބަބުތަކެއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
9
2011/HC-DM/01
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ދައުލަތަކަށްވެފައި، މިޤައުމުގެ ހުރިހާ ސަރަޙައްދެއްގައިވެސް އޮންނާނީ ޤާނޫނީ އަދި ޝަރުޢީ އެއް ނިޒާމެއްކަމާއި، 69
ވަނަ މާއްދާގެ (ހ) އެމާއްދާގެ (މ) އާއި (ރ) އާއި ގުޅުވައިގެން އެކުއެކީގައި ކިޔާލުމުން އިންޞާފު ދިނުމަށް ކޯޓަށް
އޮތް ފުރުޞަތު ނުވަތަ ސަރަޙައްދީ ގޮތުން ކޯޓަށް ލިބިފައިވާ އިޚްތިޞާޞް ފުޅާ ދާއިރާއެއްގައި ލިބިދިނުމަށް ފުރުޞަތު
ބޮޑުވާގޮތަށް އެއަކުރުތައް ބައްޓަން ކުރެވިފައިވަނީ ކަމާއި އެހެންކަމުން 69 ވަނަ މާއްދާގެ (ހ)ގައި ދަޢުވާލިބޭ ފަރާތުގެ
ދާއިމީ އެޑްރެސް ހުންނަ ދާއިރާގެ ކޯޓަކަށްވާންޖެހޭކަމަށް އޮތް އިބާރާތް މާނަ ކުރެވެން ޖެހޭނީ މިމާއްދާގެ މަޤުޞަދު
ނުގެއްލޭގޮތަށް އަސާސީ ޙައްޤުތަކާއި މިނިވަންކަން ލިބިދިނުމުގައި އެކަމެއް މާނަކުރުމަށް ޤާނޫނު އަސާސީގެ 69 ވަނަ
މާއްދާގައި ކަނޑައަޅާފައިވާ ގޮތުގެ މައްޗަށް ރިޢާޔަތްކުރެވިގެންކަން ފާހަގަކުރެވޭކަން.
6- ހަވަނަކަމަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ޤާނޫނު ނަމްބަރު 22/2010) ގެ 6ވަނަ ބާބުގައި
ކޯޓުތަކުގެ ސަރަޙައްދީ އިޚްތިޞާޞް ކަނޑައަޅާފައިވާ ގޮތްތަކުގައި ޢަދުލް އިންޞާފު ދިނުމަށް އެކޯޓަކަށް ލިބިފައިވާ (
އިޚްތިޞާޞްގެ އިތުރަށް ސަރަޙައްދީ ގޮތުން އިޚްތިޞާޞް ލިބިދީފައިވުމުން އިންޞާފު ފޯރުކޮށްދިނުމަށް ކޯޓަށް
އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން ފުރުޞަތު ބޮޑުވެގެން ގޮސްފައިވާކަމާއި ކޯޓުތަކުގެ ސަރަޙައްދީ އިޚްތިޞާޞް
ކަނޑައެޅުމުން ކޮންމެ މީހަކާއިމެދު އަދުލްވެރި ކަމާއި ހަމަހަމައާއިއެކު ޝަރީޢަތްކުރުމަށް ޤާނޫނު އަސާސީ
ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުގެ މަގު ބަންދުވާ ގޮތަށް ނުވަތަ އެމަގު ހަނިކުރެވިގެންދާ ގޮތަށް ދިވެހިރާއްޖޭގެ
ކޯޓުތަކާއިބެހޭ ޤާނޫނުގެ ކޯޓުތަކުގެ ސަރަޙައްދީ އިޚްތިޞާޞް ކަނޑައަޅާފައިވާ 6ވަނަ ބާބުގައި ބަޔާންކޮށްފައިވާކަންކަން
މާނަކުރުމަކީ، ދިވެހި ޖުމްހޫރުއްޔާގެ ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ކަނޑައެޅިފައިވާ އުޞޫލްއާއި ޚިލާފުވެގެން
ދާނެ ކަމެއްކަމަށް ފާހަގަކުރެ
ފަހުގެކުރެވޭކަން.
cuoc
OXO
404
08
7- ހަތްވަނަކަމަކީ، ދިވެހިރާއްޖޭގެ ޖުމްހުރިއްޔާގެ ޤާނޫނު އަސާސީގެ 69 ވަނަ މާއްދާގައި މިޤާނޫނު
އަސާސީގައި ބަޔާންކޮށްފައިވާ އެއްވެސް ޙައްޤަކަށް ނުވަތަ މިނިވަންކަމަކަށް އުނިކަމެއް ލިބޭނެ ފަދަ ޢަމަލެއް ކުރުމުގެ
ނުވަތަ އެފަދަ ޢަމަލެއްގައި ބައިވެރިވުމުގެ ޙައްޤު އެއްވެސް މީހަކަށް ނުވަތަ ޖަމާޢަތަކަށް ނުވަތަ ދައުލަތަށް ލިބޭނެ ފަދަ
ގޮތަކަށް މިޤާނޫނު އަސާސީގައި ހިމެނޭ އެއްވެސް މާއްދާއެއް މާނަކޮށް ނުވަތަ ތަރުޖަމާކޮށްގެން ނުވާނެކަމަށް
ބުނެފައިވާކަމާއި ޤާނޫނު އަސާސީގެ 68 ވަނަ މާއްދާގައި ކޯޓުތަކުންނާއި އަދި ޓްރައިބިއުނަލްތަކުން މިބާބުގައި
ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން މާނަކުރުމުގައްޔާއި ލިބިދިނުމުގައި އިންސާނީ ޝަރަފާއި ހަމަހަމަކަމާއި
އުފެދިފައިވާ، ހުޅުވިގެންވާ ދިމިޤްރާޠީ މުޖުތަމަޢުތަކުން ޤަބޫލުކުރާ އުޞޫލުތަކަށް ރިޢާޔަތްކޮށް
އެއުޞޫލުތައް ނަގަހައްޓަން ވާނެކަމަށާއި އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކަށް
ރިޢާޔަތްކުރަންވާނެ ކަމަށް ބަޔާން ކޮށްފައި އޮތުމުން ދިވެހިރާއްޖޭގެ ކޯޓުތަކާއިބެހޭ ޤާނޫނުގެ އިސްވެ ބުނެވުނު 69 ވަނަ
މާއްދާގެ (ހ)ގައި މައްސަލަ ބެލުމަށް ކޯޓަށް އިޚްތިޞާޞް ލިބޭ އެކޯޓުން ބަލާ މައްސަލަތަކުގެ ބާވަތުން އެކޯޓަކީ
ދަޢުވާލިބޭ ފަރާތުގެ ދާއިމީ އެޑްރެސް ހުންނަ ދާއިރާގެ ކޯޓަކަށްވުންކަމަށް އޮންނަ އިބާރާތުގައި ދާއިމީ އެޑްރެސް އޮން
OX
Oxo
މިނިވަންކަމަށް
0125 , ,
ކޯއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
10
2011/HC-DM/0]
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
26
4. 0» 04
އޮތުން އެމާއްދާގެ އެހެން އަކުރުތަކަށް ރިޢާޔަތް ކުރުމެއްނެތި މުޠުލަޤު ގޮތެއްގައި އޭގެ ލަފްޒީ މާނު ނަގައިފިނަމަ
އިންޞާފުގެ ޙައްޤު ދިނުމުގައި ހުރަސްތަކަކާއި ކުރިމަތިވެ އިންސާފަށް ވާސިލްވުމަށް ދަތި އުދަނގޫ ކަންތައްތަކެއް
ކުރިމަތިވެދާނެކަމާއި، މީހަކު ވަކި ރަށެއްގައި އުފަންވުމަށްފަހު ދާއިމީ ގޮތެއްގައި އެހެން ރަށެއްގައި ދިރިއުޅެމުން އައިސް
މުޅި ޙަޔާތް އެތަނެއްގައި ވޭތުކޮށްފައިވާ މީހުން ރާއްޖޭގައި މަދެއްނޫންކަމާއި، ހުރިހާ އެންމެންނަކީ އުފަންވި
އެޑްރެހުގައި ނުވަތަ ރަޖިސްޓްރީވެފައިވާ އެޑްރެހުގައި ދިރިއުޅޭ ބައެއް ނޫންކަމާއި، ދިރިއުޅުމަށް ރަށެއް އިޚްތިޔާރުކޮށް
އެތަނެއްގައި ދާއިމީ ގޮތެއްގައި އެމީހަކު ދިރިއުޅެމުންދާ ތަނަކުން ޢަދުލް އިންޞާފުގެ ޙައްޤު ލިބުމުން މަޙުރޫމުކުރުމަކީ
ޤާނޫނު އަސާސީ ތަންދޭ ކަމެއް ނޫންކަމާއި، މުޢާމަލާތް ކުރުމުގައި ޢަމަލީ އެއްޗަކަށްވެފައި އޮންނަނީ ދާއިމީ ގޮތެއްގައި
އެމީހަކު ދިރިއުޅޭ އެޑްރެސްކަމާއި، ބުއްދީގެ ހަމައިން ބެލިކަމުގައިވިޔަސް، ކައިވެންޏެއް ކުރަން ޖެހިއްޖެނަމަ ނުވަތަ
ވަރިކުރަން ޖެހިއްޖެނަމަ، ނުވަތަ ޢާއިލީ އެހެން މައްސަލައެއް ދިމާވެއްޖެނަމަ، ދެމަފިރިން ނުވަތަ ކައިވެނިކުރަން އުޅޭ
ބަޔަކު ދާއިމީގޮތެއްގައި ދިރިއުޅޭ ރަށްނޫން އެހެންދުރު ރަށަކަށް ދިއުމަކީ ޤާނޫނެއްގެ މަޤްޞަދުކަމަށް
ޤަބޫލުނުކުރެވޭކަމާއި، ބުނެވިދިޔަ ޤާނޫނުގެ 69 ވަނަ މާއްދާގެ (ހ) ގައި ބުނާ ދާއިމީ އެޑްރެސް މުޠުލަޤު ގޮތެއްގައި
ހަމައެކަނި އެމީހަކު އުފަން އެޑްރެސް ނުވަތަ ރަޖިސްޓްރީ އެޑްރެސްކަމުގައި ބަލައިފިނަމަ، ކޯޓުތަކުގެ ސަރަޙައްދީ
އިޚްތިޞާޞްގެ މަޤްޞަދު ޙާޞިލްވެގެން ނުދާނެކަމާއި، އެހެންކަމުން ކޯޓުތަކުގެ އިޚްތިޞާޞްގެ ބޭނުމަށް 69 ވަނަ
މާއްދާގެ (ހ) ގައި ބުނާ ދާއިމީ އެޑްރެސް މާނަކުރެވެންޖެހޭނީ ޤާނޫނު އަސާސީގެ 68 އާއި 69 ވަނަ މާއްދާގެ
މަފްހޫމް އާއި އެއްގޮތަށް އިންޞާފު ލިބުމުގެ ޙައްޤު ހަނިކުރެވިގެން ނުދާނެ އަދި އެޙައްޤު ލިބިދިނުމަށް ހުރަހެއް ނޭޅޭނެ
ފަދަ ގޮތެއްގައިކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުކުރެވޭކަން.
44
CULO
ޙުކުމް.
ވީމާ، ފެމިލީކޯޓުގެ ނަންބަރު A1
/
2010
/
160-146 (20 ޑިސެމްބަރ 2010) ގެ އިޢުލާނުގައި
ދިވެހިރާއްޖޭގެ ކޯޓުތަކާއިބެހޭ ޤާނޫނުގެ ކޯޓުތަކުގެ ސަރަޙައްދީ އިޚްތިޞާޞް ކަނޑައަޅާފައިވާ އެޤާނޫނުގެ 6ވަނަ ބާބުގެ
69 ވަނަ މާއްދާ މާނަކޮށްފައިވަނީ އެމާއްދާގެ އެކި އަކުރުތަކަށް ރިޢާޔަތްކުރުމެއްނެތި، ކޯޓުތަކުގެ ސަރަޙައްދީ
އިޙްތިޞާޞް ކަނޑައެޅުމުގެ މަޤްޞަދާއި ފުށުއަރާގޮތެއްގައި ހަމައެކަނި ލަފްޒީ މާނައަށް ބަލައިގެންކަމަށް ޤަބޫލުކުރެވޭތީ
އާއި، އެގޮތަށް މާނަކުރުމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ކަށަވަރުކޮށްދީފައިވާ އަސާސީ
ޙައްޤުތަކާއި މިނިވަންކަން މާނަކުރުމާއި، ލިބިދިނުމާއި ގުޅޭ ކަންތައް މާނަކުރުމަށް ޤާނޫނު އަސާސީގެ 68 ވަނަ
މާއްދާއާއި 69 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުޞޫލު ނެގެހެއްޓިފައި ނުވާތީ، ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ
(ހ) އިން ކަށަވަރުކޮށްދީފައިވާ ޢަދުލުވެރިކަމާއި ހާމަކަމާއިއެކު ކޮންމެ މީހަކާއިމެދު ޝަރީޢަތް ކުރުމަށް އެބަހީ
(އިންޞާފު ހޯދާ ލިބިގަތުމަށް) އޮތް އަސާސީ ޙައްޤު ފުރިހަމަ ގޮތުގައި ލިބުމަށް ހުރަސްއެޅި، ދިވެހިރާއްޖޭގެ
ކޯޓުތަކާއިބެހޭ ޤާނޫނުގެ ޖަދުވަލް 3 ގައި ކަނޑައަޅާފައިވާ ފެމިލީކޯޓުގެ އިޚްތިޞާޞް ހަނިކުރެވިގެންދާކަމަށްޓަކައި
ފެމިލީކޯޓުގެ ނަންބަރު A1
/
2010
/
160-146 (20 ޑިސެމްބަރ 2010) ގެ އިޢުލާނުން ދަޢުވާލިބޭ ފަރާތުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
11
2011/HC-DM/01
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
އެޑްރެސް ހުންނަ ދާއިރާގެ ކޯޓުތަކަށް އިޚްތިޞާޞް ލިބިފައިވާ އާއިލީ މައްސަލަތައް ފެމިލީކޯޓުން ބަލައިނުގަނެވޭނެކަމަށް
އެކޯޓުން ނިންމާފައިވާ ނިންމުމަކީ ބާތިލް ނިންމުމެއްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ކޯޓުތަކާއި ބެހޭ ޤާނޫނުގެ 69
ވަނަ މާއްދާގެ (ހ) ގައި ބުނާ "ދާއިމީ އެޑްރެސް" ޢާއިލާއާއިބެ
އިލާއާއިބެހޭކޯޓުގެ ސަރަޙައްދީ އިޚްތިޞާޞްގެ ބޭނުމަށް
މާނަކުރެވެންޖެހޭނީ އަސާސީ ޙައްޤުތަކުގެ ދާއިރާ ހަނިނުވާނެހެން، އަދި ޢަދުލްއިންޞާފަށް ފަސޭހައިން ވާސިލްވެވޭނެ
ގޮތެއްގެމަތިން، އެމީހަކު ވަޒަންވެރިވެ ނުވަތަ އެތަނެއްގައި އެމީހަކު ދިރިއުޅުން އިޚްތިޔާރުކޮށް ދާއިމީ ގޮތެއްގައި
ދިރިއުޅެމުން އަންނަ ތަނެއްކަމަށް، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި
ޙުކުމްކޮށްފީމެވެ.
ވިހިރާއްޖޭގެ
އައިކޯޓް
·
ޓައިޕްކުރީ: ޒަރީން އިބްރާހީމް
ޗެކްކުރީ: އާމިނަތު މުޙައްމަދު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv