ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/335 ޤަޟިއްޔާގެ ޙުކުމް
1
2009/HC-A/335
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
:މިޚާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 335/HC
-
A/2009
• އިސްތިއުނާފުކުރި ފަރާތްތައް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އިސްމާޢީލް ރަޝީދު ޝާވިން
އައިޑީ ކާޑު ނަންބަރ: A333989
ދާއިމީ އެޑްރެސް: މ. ދާރުލްޤަރާރު
މިހާރުގެ އެޑްރެސް:
ހުށަހެޅުނު ތާރީޚް: 22 ނޮވެމްބަރ 2009
ނިމުނު ތާރީޚް: 16 ސެޕްޓެމްބަރ 2012
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2008/JC/1016
ނިންމެވިކާޓް: ޖިނާއީ ކޯޓް
• ޤަޟިއްޔާގެ ބާވަތް: މަނާކުރެވިފައިވާ މަސްތުވާއެއްޗެއް
މިމަށްޓަކައި އަތުގައި
ޑޑ 4
43
ބެހެއްޓުން.
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޔޫސުފް ޙުސައިން
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
މާޅޭ
ދިވެހިވީ
"
2
2009/HC-A/335
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
މިއީ، ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/1016 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ، ދައުލަތުގެ ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް
އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ، މ. ދާރުލްޤަރާރު އިސްމާޢީލް ރަޝީދު
ޑާވިން އެވެ.
CCCO
0
ފާހަގަކުރެވުނު ނުކުތާތައް:
01- ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/1016 ޤަޟިއްޔާގައި އިސްމާޢީލް ރަޝީދު ޝާވިންގެ
މައްޗަށް ދައުލަތުން ކޮށްފައިވާ ދަޢުވާއަކީ، އިސްމާޢީލް ރަޝީދު ޝާވިން 28 ފެބުރުއަރީ 2008 ދުވަހުގެ
04:45 ހާއިރު، ބޮޑުތަކުރުފާނު މަގު އެމް.ޓީ.ސީ.ސީ ކައިރީގައި ވެއްޓިފައި އޮތްކަމަށް މާފަންނު ޕޮލިސް
ސްޓޭޝަނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ފުލުހުން އެތަނަށް ގޮސް އިސްމާޢީލް ރަޝީދު ޝާވިން މާފަންނު
ސްޓޭޝަނަށް ގެނެސް އޭނާގެ ހަށިގަނޑު ބަލާފާސްކުރިއިރު، އިސްމާޢީލް ރަޝީދު ޝާވިން
ލައިގެންހުރި ޖިންސްގެ ކަނާތްފަރާތު ފަހަތު ޖީބުން މުށިކުލައިގެ ކުނޑިއެއް ހުރި 74 ރަބަރު ޕެކެޓް ފެނިގެން
އެތަކެތި ތަޙްލީލުކުރިއިރު، އެތަކެއްޗަކީ ބަރުދަނުގައި 0.223 ގްރާމް ހުރި އޯޕީއޭޓްސް ކަމަށް އެތަކެތީގެ
ތަޙްލީލް ރިޕޯޓުން ދައްކާތީއާއި، އިސްމާޢީލް ރަޝީދު ޝާވިންގެ ކުޑަކަމުދާ ތަކެތި ތަޙްލީލު ކުރިއިރު
ބެންޒޯޑައިޒަޕައިން އަށާއި، އޯޕީއޭޓްސްއަށް ޕޮޒިޓިވްވެފައިވާތީ، ޤާނޫނު ނަންބަރު 17/77 (މަސްތުވާ ތަކެއްޗާ
ބެހޭ ޤާނޫނު) ގެ 04 ވަނަ މާއްދާގެ (ހ) ގެ 01 ވަނަ ނަންބަރުގެ ދަށުން މަނާކުރެވިފައިވާ މަސްތުވާ
ބޭނުންކުރުމާއި، ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ ކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ”ދެންފަހެ، މާލެ/ މ.ދާރުލްޤަރާރު އިސްމާޢީލް ރަޝީދު
ޝާވިންގެ މައްޗަށް ދައުލަތުން ކުޅެ މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ބޭނުންކުރުމާއި، ބޭނުންކުރުމަށްޓަކައި
އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ ޝަރީޢަތުން ބެލި ބެލުމުން، އިސްމާޢީލް ރަޝީދު ޝާވިން މިމައްސަލައިގެ
އަޞްލަށް އިންކާރުކޮށްފައިވާތީ އާއި، މިމައްސަލަ ޝަރީޢަތަށް ސާބިތުވާވަރުގެ ކާފީ ހެކި ލިބިފައިނުވާތީ،
އިސްމާޢީލް ރަޝީދު ޝާވިންގެ މައްޗަށް ދައުލަތުން ކުޅަ މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ބޭނުންކުރުމާއި،
އެއްޗެއް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ދިވެހިވީ
"
2009/HC-A/335
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ މިދަޢުވާ ޝަރީޢަތަށް ސާބިތުނުވާ ކަމަށް ކަނޑައަޅައި،
މިގޮތުގެ މަތިން ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ.] މިފަދައިންކަން އެޤަޟިއްޔާ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯރޓުން އެގެން އޮވެއެވެ.
CCX
6
ސްވެފައެ8
aއ
4ތޮ
ކުންގެ
އޭނާ
02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/1016 ޤަޟިއްޔާގައި
ޙުކުމް ކުރެއްވުމުން، ދައުލަތުގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން، ދެ ނުކުތާ ފާހަގަކޮށް އެނުކުތާ
ތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެއިގެ ތެރެއިން:
• ފުރަތަމަ ނުކުތާއަކީ: މ.ދާރުލްޤަރާރު އިސްމާޢީލް ރަޝީދު ޝާވިންގެ މައްޗަށް ދައުލަތުން ކުޅަ
މަނާކުރެވިފައިވާ މަސްތުވާ
ބޭނުންކުރުމާއި ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ
ގެދަޢުވާއަށް އިންކާރުކުރުމުން އެދަޢުވާ ސާބިތުކުރުމަށްޓަކައި ދައުލަތުގެ ފަރާތުން
ހުށަހަޅާފައިވާ 3 ހެކިންގެ ތެރެއިން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮންސްޓަބަލް އަޙްމަދު ރިޔާޝް
ޔޫސުފު މަނިކު ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް އަދާކުރަމުން، އިސްމާޢީލް ރަޝީދު ޝާވިން
ލައިގެންހުރި ޖިންސްގެ ކަނާތް ފަރާތު ފަހަތު ޖީބުން މުށިކުލައިގެ ރަބަރު ޕެކެޓްތަކެއް ފެނިގެން ނަގައި
އޭނާއަށް ދެއްކިކަމަށް ބުނެފައިވާއިރު، އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮންސްޓަބަލް މުޙައްމަދު
ފަހީމު ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް އަދާކުރަމުން މިމައްސަލައާއި ގުޅިގެން މުޙައްމަދު ފަހީމު
ތަޙްޤީގަށް ދީފައިވާ ބަޔާނުގައި ޙާދިޘާ ހިނގިގޮތް ލިޔެފައިވާނޭކަމަށް ބުނެފައިވާއިރު، މިމައްސަލައާއި
ގުޅިގެން މުޙައްމަދު ފަހީމް 4 މާރޗް 2008 ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ
ބަޔާނުގައި ކޮންސްޓަބަލް އަޙްމަދު އިބްރާހީމްއާއި މުޙައްމަދު ފަހީމްގެ ޙާޟިރުގައި ކޮންސްޓަބަލް
އަޙްމަދު ރިޔާޝް ޔޫސުފު މަނިކު، އިސްމާޢީލް ރަޝީދު ޝާވިންގެ ހަށިގަޑުބަލައި ފާސްކުރިކުރުމުން
އިސްމާޢީލް ރަޝީދު ޝާވިން ލައިގެންހުރި ޖިންސްގެ ކަނާތް
ނާތްފަރާތު ފަހަތު ޖީބުން މަސްތުވާ
ތަކެތިކަމަށް ޝައްކުކުރެވޭ މުށިކުލައިގެ ކުޑިއެއްހުރި ހަތަރު ރަބަރު ޕެކެޓް ފެނިގެން ނެގިކަމަށް
ބުނެފައިވާއިރު، އަދި އިސްމާޢީލް ރަޝީދު ޝާވިންގެ އަތުން ފެނުނު ހަތަރު ރަބަރު ޕެކެޓާއި އޭނާގެ
ކުޑަކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާއިރު، ކ. މާލެ ދާރުލްޤަރާރު އިސްމާޢީލް
ރަޝީދު ޝާވިންގެ މައްޗަށް ދައުލަތުން ކުޅެ މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ބޭނުންކުރުމާއި،
i!
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ވާހިރެއް"
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/335
هނ ކރ2ނ
މަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ ޝަރީޢަތަށް ސާބިތުވާވަރުގެ ކާފީހެކި ލިބިފައި
ފުވާކަމަށް ވިދާޅުވެ މައްސަލަ ނިންމަވާފައިވުން ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ: ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް މައްސަލަ ނިންމަވާފައިވުން ކަމަށް
ބުނެ ފާހަގަ ކުރި ނުކުތާއެވެ.
03- ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/1016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި
އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުތާތަކާއި ގުޅިގެން
ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކާއި މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ޤާނޫނު ނަންބަރު 17/77 (މަސްތުވާ ތަކެއްޗާ ބެހޭ ޤާނޫނު) ގެ 04 ވަނަ މާއްދާގެ (ހ) ގެ
01 ވަނަ ނަންބަރާއި ޙަވާލާދީ އިސްމާޢީލް ރަޝީދު ޝާވިންގެ މައްޗަށް ދައުލަތުން ކުޅެ މަނާކުރެވިފައިވާ
މަސްތުވާ އެއްޗެއް ބޭނުންކުރުމާއި، ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާއަށް އިސްމާޢީލް
ރަޝީދު ޝާވިން އިންކާރުކޮށްފައިވާކަން، މިއިސްތިއުނާފުކުރެވޭ މައްސަލައާއި ގުޅިގެން ޖިނާއީކޯޓުގެ
ޝަރީޢަތުގެ މަޖިލީހަށް 10 ސެޕްޓެމްބަރ 2009 ގައި އިސްމާޢީލް ރަޝީދު ޝާވިން ދީފައިވާ ބަޔާނުން
އެނއި 2
އެނގެން އޮވެއެވެ.
ޑީ.އެވެ
(ނ) އިސްމާޢީލް ރަޝީދު ޝާވިންގެ މައްޗަށް ދައުލަތުން ކުޅެ މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް
ބެނުންކުރުމާއި، ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާއަށް އިސްމާޢީލް ރަޝީދު ޝާވިން
އިންކާރުކޮށްފައިވާތީ، އެދަޢުވާ ސާބިތު ކުރުމަށްޓަކައި ދައުލަތުގެ ފަރާތުން ހެކިންގެ ގޮތުގައި މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ކޮންސްޓަބަލް އަޙްމަދު އިބްރާހީމް އާއި، ކޮންސްޓަބަލް އަޙްމަދު ރިޔާޝް ޔޫސުފް
މަނިކުއާއި، ކޮންސްޓަބަލް މުޙައްމަދު ފަހީމް ހުށަހަޅާފައިވާ ކަން އެނގެން އޮވެއެވެ.
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
މާޅޭ
ދިވެހިވީ
"
5
2009/HC-A/335
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
(ނ) 28 ފެބުރުއަރީ 2008 ދުވަހު އެމް.ޓީ.ސީ.ސީ ބިލްޑިންގ ކައިރީ މީހަކު ވެއްޓިގެން އުޅޭ ކަމުގެ
މަޢުލޫމާތު ލިބިގެން އެތަނަށް ދިޔަ ފުލުހުންގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އަޙްމަދު ރިޔާޝް
ޔޫސުފް މަނިކުވެސް ހިމެނޭ ކަމަށާއި، އެތަނުގައި ވެއްޓިފައި އޮތް މީހާ ލައިގެން ހުރި ޖިންސްގެ ކަނާތްފަރާތު
ފަހަތު ޖީބުން ރަބަރު ޕެކެޓް ތަކެއް އަޙްމަދު ރިޔާޝް ޔޫސުފް މަނިކު ނަގާ އިސްމާޢީލް ރަޝީދު ޝާވިންއަށް
ދައްކާފައިވާނެ ކަމަށް ބުނެ މިއިސްތިއުނާފުކުރެވޭ ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/1016 ޤަޟިއްޔާގެ
ޝަރީޢަތުގެ މަޖިލީހަށް 2009 ސެޕްޓެމްބަރ 10 ވަނަ ދުވަހު އަޙްމަދު ރިޔާޝް ޔޫސުފް މަނިކު ހެކިބަސް
ދީފައިވާކަން އެނގެން އޮތްއިރު،
މިމައްސަލައިގާ ދައުލަތުގެ ފަރާތުން ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ހާދިސާ ހިނގިތަނަށް ދިޔަ
މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުޙައްމަދު ފަހީމު ޖިނާއީ ކޯޓުގެ ޝަރީޢަތުގެ މަޖިލިހަށް 2009 ސެޕްޓެމްބަރ
10 ވަނަ ދުވަހު ދީފައިވާ ހެކިބަހުގައި 28 ފެބުރުއަރީ 2008 ދުވަހުގެ 04:45 ހާއިރު، އެމް.ޓީ.ސީ.ސީ
ބިލްޑިންގ ކައިރީގައި މީހަކު ވެއްޓިފައި އޮތްކަމަށް ބުނާ ހާދިސާ ހިނގިގޮތް ހަނދާން ނެތް ކަމަށާއި، އެހެން
ނަމަވެސް މިމައްސަލައާއި ގުޅިގެން ދީފައިވާ ތަޙްޤީޤު ބަޔާނުގައި އެދުވަހުގެ ހާދިސާ ހިނގިގޮތް ލިޔެފައިވާނެ
ކަމަށް ބުނެފައިވާކަން އެނގެން އޮވެއެވެ.
CCCX
(ރ) މިމައްސަލައާއި ގުޅިގެން ޖިނާއީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް
ބަލާއިރު، އިސްމާޢީލް ރަޝީދު ޝާވިން އަތުން މަސްތުވާ ތަކެތި ކަމަށް ޝައްކުވާ 4 ރަބަރު ޕެކެޓް
ހޯދިފައިވާކަމާއި އަދި އިސްމާޢީލް ރަޝީދު ޝާވިންގެ ކުޑަކަމުދާ ތަކެތި ނެގިފައިވާކަން މިމައްސަލަ އާއި
ގުޅިގެން ޖިނާއީ ކޯޓަށް ހުށަހެޅިފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ”ކުށުގެ ވެށިން ގެނެވޭ މީހުންނާއި
ތަކެތީގެ މަޢުލޫމާތު ފޯމް“ އިން އެނގެން އޮތްއިރު އިޝާރާތްކުރެވުނު ތަކެތި ތަޙްލީލުކުރުމަށްޓަކައި
ހަވާލުކުރެވިފައިވާކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފޮރިންސިކް ޑިޕާރޓްމަންޓްގެ "ލެބޯރޓްރީ ހިދުމަތަށް
އެދޭ ފޯމު“ އިން އެނގެން އޮވެފައި،
ކުށުގެ ވެށިން ހޯދިފައިވާ ކަމަށް ބުނާ ރަބަރު ޕެކެޓުގައި ހުރި ތަކެއްޗާއި، އިސްމާޢީލް ރަޝީދު
ޝާވިންގެ ކުޑަކަމުދާ ތަކެތި މަސްތުވާ ތަކެއްޗަށް ޕޮޒިޓިވް ވެފައިވާކަން މިމައްސަލައާއި ގުޅިގެން ޖިނާއީ ކޯޓުގެ
ޝަރީޢަތަށް ހުށަހެޅިފައިވާ ލެބޯޓްރީގެ ތަޙްލީލު ރިޕޯރޓުން އެނގެން އޮވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ހިއްޖެ"
6
2009/HC-A/335
ދ ޏ ސ ޑ ޓ 40
ބަންވާގނވާ
44
433 434
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
-) ވަކިގޮތަކަށް ހެކި ލިބިފައިވުން ބޭނުންވާނެ ކަމަށް ޤުރުއާނުގައި ކަނޑައެޅި
ކަމެއްގައި މެނުވީ އެކިދިނުމާއި ހޯދުމުގައި ޢަމަލުކުރެވޭނީ ޤާނޫނު ނަންބަރު 24/76 ( ހެއްކާބެހޭ ޤާނޫނު)
ގައިވާ ގޮތުގެ މަތިންކަމަށް، އެޤާނޫނުގެ 7 ވަނަ މާއްދާގައި ބަޔާންވެގެން އޮންނަކަމާއި، މަނާކުރެވިފައިވާ
މަސްތުވާއެއްޗެއް ބޭނުންކުރުމާ ދެކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށް ސާބިތުވުމުގައި ވަކިގޮތަކަށް
ހެކި ލިބިފައިވުން ބޭނުންވާނެ ކަމަށް ކީރިތި ޤުރުއާނުގައި ކަނޑައެޅި ބަޔާންވެގެންނުވާކަމާއި އަދި މިއީ ޙައްދު
ޤާއިމުކުރެވޭ ކުށަކަށް ނުވާއިރު، ކުށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ބެލުމުގައި ބަލަންޖެހޭނީ ކުށުގެ ޢަމަލު
މައްޗަށް އެއްވެސް ޝައްކެއް ނެތްމިންވަރަށް ސާބިތުވުން ނޫންކަމާއި، އަދި މިކަން ބެލެންޖެހޭނީ
އެކަށީގެންވާ ޝައްކެތް ނެތް މިންވަރުންކަން ހެއްކާބެހޭ
ޤާނޫނުގެ 6 ވަނަ މާއްދާގައި "ޙަޤީޤަތެއް
ސާބިތުވެއްޖެކަމަށް ޝަރީޢަތުން ބެލޭނީ އެކަން ސާބިތުކުރުމަށް ކަނޑައެޅިފައިވާ ހަމަތަކުގެމަތިން އެކަމެއް
ހިނގާކަމަށް ނުވަތަ ހިނގާފައިވާކަމަށް ޝަރީޢަތުގެ މަޖިލީހަށް ޤަބޫލުކުރެވިއްޖެ ހިނދެއްގައެވެ. އަދި ބުއްދި
ސަލާމަތުން ހުރި މީހަކު އެކަމެއް ހިނގާފައިވާކަމަށް ބަލައި، އެމައްޗަށް ޢަމަލުކުރަންޖެހޭ ފަދަ މިންވަރަކަށް
އެކަމެއް ހިނގާފައިވާކަމަށް ޝަރީޢަތުގެ މަޖިލީހަށް ބުރަވެވިއްޖެނަމަ، އެފަދަ ޚާއްސަ ޙާލަތަށް ކަނޑައެޅިފައިވާ
އުސޫލެއްގެ މަތިން
ޙަޤީޤަތް ސާބިތުވެއްޖެކަމަށް ޝަރީޢަތުން ނިންމިދާނެއެވެ. މިފަދައިން
ބަޔާންވެފައި އޮތުމުން އެނގެއެވެ.
ހިންގި ކަމުގެ
އެކަމެއްގެ
ވީމާ، އިސްވެފާހަގަކުރެވުނު ކަންކަމަށް ބަލާއިރު، މިއިސްތިއުނާފުކުރެވޭ މައްސަލައިގެ ހާދިސާއާއި
ގުޅިގެން އެކަން ޝަރީޢަތަށް ސާބިތުކުރުމަށްޓަކައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ތިން ހެކިންގެ ތެރެއިން
އެކަކު ދަޢުވާގައި ހިމެނޭ ހާދިސާއާއި ގުޅިގެން ކަން ހިނގާފައިވާގޮތް ޝަރީޢަތުގެ މަޖިލީހުގައި ކިޔައިދީ
ހެކިބަސްދީފައިވާއިރު، ދެން ހުށަހަޅާފައިވާ ދެހެކިން ކުރެ އެކަކު އެހާދިސާ ހިނގިގޮތް މައްސަލައާއި ގުޅިގެން
ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި އޮންނާނެކަމަށް ބުނެފައިވާކަމާއި،
އިސްމާޢީލް ރަޝީދު ޝާވިން އަތުން މަސްތުވާ ތަކެތި ކަމަށް ޝައްކުވާ 4 ރަބަރު ޕެކެޓް
ހޯދިފައިވާކަމާއި އަދި އޭނަގެ ކުޑަކަމުދާ ތަކެތި ނެގިފައިވާކަމާއި، އިޝާރާތްކުރެވުނު ޕެކެޓްތަކާއި
ކުޑަކަމުދާތަކެތި މަސްތުވާ ތަކެއްޗަށް ޕޮޒިޓިވް ވެފައިވާކަން މިމައްސަލައާއި ގުޅިގެން ޖިނާއީ ކޯޓުގެ ޝަރީޢަތަށް
ހުށަހެޅިފައިވާ ލިޔެކިޔެމުން އެނގެން އޮތުމުން މިމައްސަލައިގާ އެހާދިސާއެއްގެ މައްޗަށް ބިނާކޮށް ދަޢުވާކުރެވޭ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ހިއްޖެ"
}
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/335
ހާދިސާއަކީ ހިނގާފައިވާ ހާދިސާއެއްކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަނުން ޝަރީޢަތަށް ސާބިތުވާ މިންވަރަށް
ހެކި ލިބިފައިނުވާ ހާދިސާއެއްކަމަށް ބެލެވެން ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ
ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ، މިމައްސަލަ ބެލި ފަނޑިޔާރުން ދެކެނީ ޖިނާއީ ކޯޓުގެ ނަންބަރު
2008/JC/1016 ޤަޟިއްޔާގައި އިސްމާޢީލް ރަޝީދު ޝާވިންގެ މައްޗަށް ހުށަހެޅުނު ދަޢުވާ ޕްރޮސިކިއުޓަރ
ޖެނެރަލްގެ ފަރާތުން ކަމާބެހޭ ކޯޓަށް އަލުން ހުށަހަޅައިފިނަމަ، މިޤަޟިއްޔާގައި މިކޯޓުން ފާހަގަކޮށްފައިވާ
ކަންކަމާއި، އަދި ކަމާބެހޭ ޤާނޫނުތަކުގެ އަލީގައި ޙުކުމެއް ކުރަންޖެހޭނެ ކަމަށެވެ.
0
ޙުކުމް.
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު، ޖިނާއީ ކޯޓުގެ ނަންބަރު
2008/JC/1016 ޤަޟިއްޔާގެ ދަށުން ހުށަހެޅުނު ދަޢުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކަމާބެހޭ ކޯޓަށް
އަލުން ހުށަހަޅައިފިނަމަ މިޤަޟިއްޔާގައި މިކޯޓުން ފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި ގޮތެއް ކަނޑައެޅުމަށް
މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ލިވެއިޓެއް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
މާޅޭ
ދިވެހިވީ
"