ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/227 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/227
އަA
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރު: 227/HC
-
A/2011
• އިސްތިއުނާފުކުރި ފަރާތް:
* ނަން: އިބްރާހީމް ނަފީސް
ދާއިމީ އެޑްރެސް: ޑޭޒީ، ދަޑިމަގު
* އައި.ޑީ.ކާޑު ނަންބަރު: A006464 މިހާރުގެ އެޑްރެސް: ޑޭޒީ، ދަޑިމަގު
ބަދަލުގައި: އދ. ޙުސައިން ވަޙީދު، ރެސްޓްވިލާ -
ފުވައްމުލައް
ޏ. ފުވައްމުލައް
0
އިސްތިއުނާފް ރައްދުވި ފަރާތް:
މޯލްޑިވްސް ނެޝެނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމް.އެން.ބީ.ސީ)
ރެޖިސްޓްރޭޝަން ނަންބަރު: 51
/
2009-C
ވަކީލް: އދ. އިސްމާޢީލް ވިޝާމް މ. ހަންޑިއު، މާލެ
.
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 20 ޝައްވާލު 1432
18 ސެޕްޓެމްބަރ 2011
ނިމުނު ތާރީޚް: 24 ޛުލްޤަޢިދާ 1434
30 ސެޕްޓެމްބަރ 2013
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/VTR/13
ނިންމި ކޯޓު: ވަޒީފާއާބެހޭ ޓްރައިބިއުނަލް
• ޤަޟިއްޔާގެ ބާވަތް: ވަޒީފާއާ ބެހޭ
ހުށަހެޅުނު ތާރީޚް: 30 ޖެނުއަރީ 2011
* ނިމުނު ތާރީޚް: 18 މެއި 2011
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު. އަޒްމިރާލްދާ ޒާހިރު ފަނޑިޔާދު، ޢަބްދުއްރައޫފް އިބްރާހީމް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ނިންކމިވާންނެ
2
2011/HC-A/227
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2011/VTR/13 މައްސަލަ ނިމިފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެމައްސަލަ އިސްތިއުނާފު ކޮށްދިނުމަށް އެދި،
ޏ.ފުވައްމުލައް ޑޭޒީ، އިބްރާހީމް ނަފީސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން
(އެމް.އެން.ބީ.ސީ) އެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
01 0 s
1. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2011/VTR/13 މައްސަލަ ނިމިފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާ
އެމައްސަލަ އިސްތިއުނާފު ކޮށްދިނުމަށް އެދި
ޏ.ފުވައްމުލައް ޑޭޒީ، އިބްރާހީމް ނަފީސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
އައިޤީeށް
2. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2011/VTR/13 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށް
ބެލިއިރު، އެމައްސަލައަކީ، ޏ.ފުވައްމުލައް ޑޭޒީ، އިބްރާހީމް ނަފީސް މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން
ކޯޕަރޭޝަނުގެ ޏ. ފުވައްމުލަކު މީޑިއާ ސެންޓަރުގައި ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމު
ފުރަމުންދަނިކޮށް 31 އޮކްޓޯބަރ 2010 ގައި އިބްރާހީމް ނަފީސް ވަޒީފާއިން ވަކިކުރިއިރު ދިވެހި ސިވިލް
ސަރވިސް މުވައްޒަފުން ވަކިކުރާ އިރުދޭ ޢިނާޔަތްތަކުގެ ތެރެއިން މަހުންމަހަށް މުޅި ޢުމުރު ދުވަހަށް ދެވޭ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު މުޒުހިނގުން، މާލެ ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
211/HC-A/227
ޢިނާޔަތާއި ވަޒީފާއިން ވަކިކުރާ ތާރީޚުން ފެށިގެން މުޅި ޢުމުރަށް ދެވޭ ސޯޝަލް ހެލްތް އިންޝުއަރެންސް
ސްކީމުގެ ޚިދުމަތުގެ ޢިނާޔަތް އެކޯޕަރޭޝަނުން ދީފައިނުވާތީ، އެ ޢިނާޔަތްތައް ފުރިހަމަކޮށްދިނުމަށް މޯލްޑިވްސް
ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަނުގެ މައްޗަށް އަމުރުކޮށްދިނުން އެދި މޯލްޑިވްސް ނެޝަނަލް
ބްރޯޑްކާސްޓިން ކޯޕަރޭޝަނަށް ދަޢުވާ ރައްދުވާގޮތަށް އިބްރާހީމް ނަފީސްގެ ފަރާތުން ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެއްކަން އެނގެންއޮވެއެވެ.
3. މިޤަޟިއްޔާއާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2011/VTR/13 މައްސަލާގައި
ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ، މައްސަލަ ހުށަހެޅި
ފަރާތުންނާއި މައްސަލަ ރައްދުވާ ފަރާތުން ހުށަހެޅި އެންމެހައި ލިޔެކިޔުންތަކަށާއި ފާހަގަކުރި ކަންކަމަށް
ނަޒަރުކުރާއިރު، މައްސަލަ ހުށަހެޅި އިބްރާހީމް ނަފީސް، ޏ. ފުވައްމުލައް، ޑެއިޒީ (ދިވެހިރައްޔިތެއްކަން
އަންގައިދޭ ކާޑު ނަންބަރު A006464) މައްސަލަ ރައްދުވާ ފަރާތް ކަމުގައިވާ މޯލްޑިވްސް ނޭޝަނަލް
ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ޏ.ފުވައްމުލައް މީޑިއާ ސެންޓަރުގައި ސީނިއަރ އެޑްމިނިސްޓްރޭޓިވް
އޮފިސަރގެ މަޤާމު ފުރަމުންދަނިކޮށް، އޭނާ ހުރި މަޤާމު އުވުމާއި ގުޅިގެން ވަޒީފާއިން ވަކިކުރިއިރު ދިވެހި
ސިވިލް ސަރވިސްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރާއިރު ދޭ އިނާޔަތްތަކުގެ ތެރެއިން މަހުންމަހަށް މުޅި
އުމުރުދުވަހަށް ދެވޭ އިނާޔަތާއި ވަޒީފާއިން ވަކިކުރާ ތާރީޚުން ފެށިގެން މުޅި އުމުރަށް ދެވޭ ސޯޝަލް ހެލްތް
އިންޝުއަރެންސް ސްކީމުގެ ޚިދުމަތުގެ ޢިނާޔަތް އެ ކޯޕަރޭޝަނުން އިބްރާހީމް ނަފީސްއަށް ދީފައިނުވާތީ، އެ
ޢިނާޔަތްތައް ފުރިހަމަކޮށްދިނުމަށް މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ މައްޗަށް
ލާޒިމްކޮށްދިނުމަށް އެދިފައިވީނަމަވެސް، މައްސަލަ ހުށަހެޅި އިބްރާހީމް ނަފީސް ވަޒީފާއިން ވަކިކުރާއިރު އެފަދަ
ޢިނާޔަތްތަކެއް އިބްރާހީމް ނަފީސްއަށް ދިނުމަށް މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަނުން
އެއްބަސްވެފައިވާކަން ނުވަތަ ދޭންޖެހޭ އެއްވެސް ސަބަބެއް މައްސަލަ ބެލި މަޖިލީހަށް މައްސަލަ ހުށަހެޅި
ފަރާތުން ސާބިތުކޮށްދީފައިނުވާތީ، މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ރިޑަންޑަންސީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/227
ޕެކޭޖްގެ ދަށުން މައްސަލަ ހުށަހެޅި އިބްރާހީމް ނަފީސްއަށް ކުންފުނިން މިހާރު ދީފައިވާ 153350
/
67ރ
(އެއްލައްކަ ފަންސާސް ތިންހާސް ތިންސަތޭކަ ފަންސާސް ރުފިޔާ ފަސްދޮޅަސް ހަތް ލާރި)ގެ އިތުރުން
އިބްރާހީމް ނަފީސް އެދިފައިވާ ޢިނާޔަތްތައް ދިނުމަށް މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ
މައްޗަށް އަމުރުކުރާނެ ތަނެއް ނެތްކަމަށް މައްސަލަ ބެލި މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅާ މިމައްސަލަ
ނިންމައިފީމެވެ" މިފަދައިންނެވެ.
4. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2011/VTR/13 މައްސަލަ ނިމިފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، ޏ.ފުވައްމުލައް ޑޭޒީ، އިބްރާހީމް ނަފީސްގެ ފަރާތުން 04
(ހަތަރެއް ނުކުތާއެއް ހުށަހަޅައި އެނުކުތާތަކާ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަ ދައްކާފައިވެއެވެ.
م مي د مرسی
412
• ފުރަތަމަ ނުކުތާއަކީ: ވަޒީފާގެ އެއްބަސްވުމެއް ހެދުމުގެ ކުރިން މޯލްޑިވްސް ނެޝަނަލް
ބްރޯޑްކާސްޓިން ކޯޕަރޭޝަނުން އިބްރާހީމް ނަފީސް ލައްވާ އިޤްރާރެއްގައި ސޮއިކުރުވާފައިވާއިރު، އެއިޤްރާރަށް
ރިޢާޔަތްކުރެއްވުމަކާ ނުލައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
2
4
اسرع ممنوع من
• ދެވަނަ ނުކުތާއަކީ:
ޤާނޫނާ ޚިލާފަށް
އެއްބަސްވުން އެކުލަވާލާފައިވާކަން
ފާހަގަކޮށްފައިވާއިރު، އެކަމަށް ރިޢާޔަތްނުކުރައްވައި މައްސަލަ ނިންމަވާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި މައްސަލަ ކުރިއަށް ދަނިކޮށް ވަޒީފާއިން
ވަކިކުރި މައްސަލަ ބައްލަވައިދެއްވުމަށް އިބްރާހީމް ނަފީސްގެ ފަރާތުން އެދުނު ނަމަވެސް މައްސަލަ ރައްދުވާ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ފ
ނަކަ224
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/227
ފަރާތަށް ދަޢުވާއަށް ޖަވާބުދާރީވުމަށް ދަތިތަކެއް ކުރިމަތިވާނެކަމަށް ވިދާޅުވެ، އެއްވެސް ހަމައެއް އިންސާފެއްނެތް
ސަބަބުތަކެއް ބަޔާންކޮށް މައްސަލަ ރައްދުވާ ފަރާތުގެ ކޮޅަށް ބުރަވެ ވަޑައިގެން އެމައްސަލަ ހުށަހެޅިފައިވާ
މައްސަލައާއިއެކު ނުބެލޭނެކަމަށް ނިންމަވައި މައްސަލާގައި ހިމެނޭ އެއްބައި ޓްރައިބިއުނަލުން ބަލައިނުގަނެ
ވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ: މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަނުން ތަކުރާރުކޮށް
ހުރިހާ މީޑިއާތަކަށް 09 ޖޫން 2009 ގައި ބޭއްވުނު ފޯނު ކޮށްފަރެންސްގައި ޔަޤީންކަންދެއްވައި އަނގަބަހުން
ކޮންޓްރެކްޓް ހެދުމަށްފަހު، އެއްބަސްވި އެއްބަސްވުމާއި ޚިލާފުވެފައިވާއިރުވެސް އެކަމަށް ރިޢާޔަތްކުރެއްވުމެ
ވުމެއްނެތި
މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
2
8 ހ
5. މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިއުންތަކަށާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2011/VTR/13 މައްސަލަ ނިމިފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް
ންކަމަށް
މަށްބުނެ، ޏ.ފުވައްމުލައް ޑޭޒީ، އިބްރާހީމް ނަފީސްގެ ފަރާތުން
ހުށަހަޅާފައިވާ ސަބަބުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ވަޒީފާގެ އެއްބަސްވުމެއް ހެދުމުގެ ކުރިން މޯލްޑިވްސް ނެޝަނަލް
ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމް.އެން.ބީ.ސީ) އިން އިބްރާހީމް ނަފީސް ލައްވާ އިޤްރާރެއްގައި
ސޮއިކުރުވާފައިވާއިރު، އެއިޤްރާރަށް ރިޢާޔަތްކުރެއްވުމަކާ ނުލައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
211/HC-A/227
COX
12
މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ލެޓަރހެޑުގައި ލިޔެ 01 ޖޫން 2009 ގައި
އިބްރާހީމް ނަފީސް ސޮއިކޮށްފައިވާ "ވަޒީފާ ޚިޔާރު ކުރުމަށް ކުރެވޭ އިޤްރާރު" އަދި "ވަޒީފާއަށް
ޝައުޤުވެރިވާކަން ބަޔާންކުރާ އިޤްރާރު" ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވާކަމާއި، އެ އިޤްރާރުގައި
ވަނީ މިހާރު ސިވިލް ސަރވިސްއިން ލިބޭ އިނާޔަތްތައް އުނި ނުވާގޮތަށް އަދި ވަޒީފާގެ ޤާނޫނުން ހިމާޔަތް ލިބޭ
ގޮތަށް އެމް.އެން.ބީ.ސީ ގައި ވަޒީފާ އަދާކުރުމަށް އިބްރާހީމް ނަފީސް ބޭނުންވާކަމާއި، އަދި އެގޮތުގެ މަތީން
އެތަނުގައި ވަޒީފާގެ ފުރުސަތު އިބްރާހީމް ނަފީސް ބޭނުންވާ ވާހަކަކަން އެނގޭއިރު،
01 ޖޫން 2009 ގައި އިބްރާހީމް ނަފީސް ސޮއިކޮށްފައިވާ އިޤްރާރުގެ ފަހުން 30 ޖޫން 2009
ގައި މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ އަށް އިބްރާހީމް ނަފީސް ސިޓީއެއް
ފޮނުވާފައިވާކަމާއި، އެސިޓީއަށް ބަލާއިރު، މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން
(އެމް.އެން.ބީ.ސީ) ގެ ވަޒީފާ އިބްރާހީމް ނަފީސަށް ހަމަޖެހިފައިވާނީ 1 ޖުލައި 2009 ން ފެށިގެން ސިވިލް
ސަރވިސްގެ ވަޒީފާއިން ވަކިކޮށްދެއްވުމަށް އިބްރާހީމް ނަފީސް އެދިފައިވާކަމާއި،
އަދި މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމް.އެން.ބީ.ސީ) ގެ ވަޒީފާ 1 ޖުލައި
2009 ގައި ހަމަޖެހި، އިބްރާހީމް ނަފީސް އެވަޒީފާ ޚިޔާރުކޮށް މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން
ކޯޕަރޭޝަން (އެމް.އެން.ބީސީ) އާ އެކު ވަޒީފާގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާކަން އެނގޭއިރު،
01 ޖޫން 2009 ގައި އިބްރާހީމް ނަފީސް ސޮއިކޮށްފައިވާ އިޤްރާރަކީ އިބްރާހީމް ނަފީސް އެކަނި
ސޮއިކޮށްފައިވާ އެއްޗަކަށް ވެފައި، އެއިޤްރާރު އޮތްގޮތަށާއި އޭގައި ހިމެނިފައިވާ ކަންކަމުގެ މައްޗަށް ބަލާއިރު،
އެއީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމެއްކަމަށް ބެލެވޭނެ ތަނެއް ނެތްކަމާއި، އަދި އިބްރާހީމް
ނަފީސަށް މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމް.އެން.ބީ.ސީ) ގެ ވަޒީފާ ދެއްވިކަން
އަންގާ ލިއުން އަށާއި، އިބްރާހީމް ނަފީސް މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން
(އެމް.އެން.ބީ.ސީ) ގެ ވަޒީފާ ޚިޔާރުކޮށް އެކުންފުންޏާއެކު ވެފައިވާ ވަޒީފާގެ އެއްބަސްވުމަށް ބަލާއިރުވެސް،
އިބްރާހީމް ނަފީސް ވަޒީފާއިން ވަކިކުރެވޭއިރު، އިބްރާހީމް ނަފީސަށް ހަމަޖައްސައިދޭންޖެހޭނެކަމަށް ބުނެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/227
އިބްރާހީމް ނަފީސް ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ދަޢުވާކޮށްފައިވާ ކަންކަން ހަމަޖެއްސުން މޯލްޑިވްސް
ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމް.އެން.ބީ.ސީ) ގެ މައްޗަށް ލާޒިމުވާގޮތަށް އޮތްކަން އެނގެން
ނެތްކަމާއި، އިބްރާހީމް ނަފީސް އަދާކުރަމުންދިޔަ ސިވިލް ސަރވިސްގެ ވަޒީފާއިން ވަކިވެ، މޯލްޑިވްސް
ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމް.އެން.ބީ.ސީ) ގެ ވަޒީފާއަށް ބަދަލުވެފައިވާކަން އެނގޭކަމެވެ.
(ށ) ދެވަނަ ކަމަކީ،
ކޮންޓްރެކްޓާބެހޭ ޤާނޫނާ ޚިލާފަށް އެއްބަސްވުން އެކުލަވާލާފައިވާކަން
ފާހަގަކޮށްފައިވާއިރު އެކަމަށް ރިޢާޔަތްނުކުރައްވައި މައްސަލަ ނިންމަވާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއަށް
ބެލިއިރު،
ވަޒީފާގެ އެއެއްބަސްވުން އެކުލަވާލާފައިވަނީ ހަޤީޤަތް އޮޅުވާލައިގެން އަދި އިބްރާހީމް ނަފީސްގެ
އަމިއްލަ އިޚްތިޔާރުގައި ނޫންކަމަށް އިބްރާހީމް ނަފީސްގެ ފަރާތުން ބުނެފައިވީނަމަވެސް، ވަޒީފާގެ
އެއްބަސްވުމަށާއި، ވަޒީފާގެ އެއްބަސްވުން އެކުލަވާލެވުމުގެ ކުރިން ހިނގާފައިވާ މުޢާމަލާތްތަކަށާއި އަދި ކަން
ހިނގާފައިވާ ގޮތުގެ މައްޗަށް ބަލާއިރު، ވަޒީފާގެ އެއްބަސްވުމަކީ ޙަޤީޤަތް އޮޅުވާލައިގެން، އިބްރާހީމް ނަފީސަށް
ޖުބޫރުކޮށްގެން ވެފައިވާ އެއްބަސް
ބަސްވުމެއްކަމުގައި ޤަބޫލުނުކުރެވޭކަމާއި، އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލުންވެސް
މިކަމުގެ މައްޗަށް ބައްލަވައި، ވަޒީފާގެ އެއްބަސްވުމުގައި އިބްރާހީމް ނަފީސް ސޮއިކޮށް، މޯލްޑިވްސް ނެޝަނަލް
ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމް.އެން.ބީ.ސީ) ގެ ވަޒީފާއަށް ބަދަލުވެފައިވަނީ އެއީ އެވަގުތު އިބްރާހީމް
ނަފީސަށް އެންމެ ރަނގަޅުގޮތް ކަމަށް ބެލެވިގެންކަމަށާއި، އެއީ އޮޅުވާލުމެއްގެ ތެރޭގައި ކޮށްފައިވާ ކަމެއްކަމަށް
ބަލާނެ ތަނެއް ނެތްކަން ފާހަގަކުރައްވާފައިވާކަމެވެ.
(ނ) ތިންވަނަ ކަމަކީ، މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމް.އެން.ބީ.ސީ) އިން
ތަކުރާރުކޮށް ހުރިހާ މީޑިއާތަކަށް 09 ޖޫން 2009 ގައި ބޭއްވުނު ފޯނު ކޮންފަރެންސްގައި ޔަޤީންކަންދެއްވައި
ދިވެހިރާއްޖޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ބަސްފުމެއެ
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/227
8 0 4 6 8 2
OOCOOX
އަނގަބަހުން ކޮންޓްރެކްޓް ހެދުމަށްފަހު، އެއްބަސްވި އެއްބަސްވުމާއި ޚިލާފުވެފައިވާއިރުވެސް އެކަމަށް
ރިޢާޔަތްކުރެއްވުމެއްނެތި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ބެލިއިރު،
09 ޖޫން 2009 ގައި ބޭއްވުނު ފޯނު ކޮންފަރެންސަކީ ވަކި މީހަކު ނުވަތަ ވަކި ބަޔަކާއެކު
ކޮންޓްރެކްޓް ކުރުމަށް ބޭއްވުނު ފޯނުކޮންފަރެންސެއް ނޫންކަމާއި، އެ ފޯނު ކޮންފަރެންސްގައި މޯލްޑިވްސް
ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމް.އެން.ބީ.ސީ) އާއި އިބްރާހީމް ނަފީސާ ދެމެދު ކޮންޓްރެކްޓެއް
ހެދިފައިވާކަމަށް ބެލެވޭނެތަނެއް ނެތްކަމާއި، އިބްރާހީމް ނަފީސާއި މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން
ކޯޕަރޭޝަން (އެމް.އެން.ބީ.ސީ) އާ ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުން ޤާނޫނު ނަންބަރު 2/2008
(ވަޒީފާއާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ށ) ގައި ވާފަދައިން ލިޔެވި ދެފަރާތުން ސޮއިކޮށްފައިވާކަމާއި،
ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ނ) ގައި، ވަޒީފާދޭ ފަރާތާއި،
ކޮންމެ މުވައްޒަފަކާ ދެމެދު ލިޔުމަކުން ނުވަތަ ލިއުންތަކަކުން އެކުލެވިގެންވާ ވަޒީފާގެ އެއްބަސްވުމެއް
ރަންވާނެކަމުގައި ބަޔާންވެފައިވާއިރު، އަދި އެގޮތުގެ މަތިން އެއްބަސްވުމެއް ލިޔެވި 1 ޖުލައި 2009 ގައި
ދެފަރާތުން އޭގައި ސޮއިކޮށްފައިވާއިރު، އަދި އެއެއްބަސްވުމުގައި އިބްރާހީމް ނަފީސަށް ދޭންޖެހޭ މުސާރައާ
އިތުރުންވެސް ވަޒީފާދޭ ފަރާތުން ކަށަވަރު
ބަޔާންކޮށްފައިވާއިރު، އޭގެ ކުރިން 09 ޖޫން 2009 ގައި ބޭއްވުނު ފޯނު ކޮންފަރެންސްގައި އިބްރާހީމް
ނަފީސާއި މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމް.އެން. އާ ދެމެދު އަނގަބަހުން
ކޮންޓްރެކްޓެއް ކުރެވި، ވަޒީފާ ދިން ފަރާތުގެ މައްޗަށް ލާޒިމްވާގޮތަށް ވަކިކަންތައްތަކެއްގެ މައްޗަށް
ހެދިފައިވާކަމަށް ބެލެވޭނެ ތަނެއްނެތްކަމާއި،
1 ޖުލައި 2009 ގައި ވެފައިވާ ވަޒީފާގެ އެއްބަސްވުމަށް ބަލާއިރު، އެއެއްބަސްވުމުގެ ދަށުން
އިބްރާހީމް ނަފީސަށް ދޭންޖެހޭ މުސާރައާއި އެލަވަންސް އަދި އޭގެ އިތުރުންވެސް ވަޒީފާ ދޭ ފަރާތުން ކަށަވަރު
ކޮށްދޭންޖެހޭ ކަންތައްތައް ބަޔާންކޮށްފައިވާކަމާއި، އެގޮތުން މުސާރައާއި އެލަވަންސްގެ އިތުރުން، މެޑިކަލް
އިންޝުއަރެންސް ސްކީމުގެ ދަށުން މެޑިކަލް އިންޝުއަރެންސް ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ
އނނނވޭ
ucou
44
އަލިވާނަސް
=ه8
6
4
تمام تر مس
ކަންބައެeއ
#
OU OX
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
2011/HC-A/227
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ޤާނޫނުގައިވާ ގޮތުގެ މަތިން ޕެންޝަން ދިނުމުގެ ކަންތައްތައް ހަމަޖައްސައިދިނުންކަން ވަޒީފާގެ އެއްބަސްވުމުގެ
11 ވަނަ މާއްދާއިން އެނގެން އޮންނަކަމާއި،
އަދި "ރިޓަޔަރމަންޓް ބެނެފިޓް" ގެ ގޮތުގައި ޕެންޝަން ލިބޭ ޢުމުރަކީ 65 އަހަރުކަން ޤާނޫނު
ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) އިން އެނގެން
އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި މައްސަލަ ކުރިއަށް ދަނިކޮށް ވަޒީފާއިން
ވަކިކުރި މައްސަލަ ބައްލަވައިދެއްވުމަށް އިބްރާހީމް ނަފީސްގެ ފަރާތުން އެދުނު ނަމަވެސް މައްސަލަ ރައްދުވާ
ފަރާތަށް ދަޢުވާއަށް ޖަވާބުދާރީވުމަށް ދަތިތަކެއް ކުރިމަތިވާނެކަމަށް ދަންނަވައި އެއްވެސް ހަމައެއް
އިންސާފެއްނެތް ސަބަބުތަކެއް ބަޔާންކޮށް މައްސަލަ ރައްދުވާ ފަރާތުގެ ކޮޅަށް ބުރަވެ ވަޑައިގެން އެމައްސަލަ
ހުށަހެޅިފައިވާ މައްސަލައާއިއެކު ނުބެލޭނެކަމަށް ނިންމަވައި މައްސަލާގައި ހިމެނޭ އެއްބައި ޓްރައިބިއުނަލުން
ބަލައިނުގަނެ ވާކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ބެލިއިރު،
އިބްރާހީމް ނަފީސް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައަކީ، ޏ.ފުވައްމުލައް ޑޭޒީ،
އިބްރާހީމް ނަފީސް މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަނުގެ ޏ. ފުވައްމުލަކު މީޑިއާ
ސެންޓަރުގައި ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމު ފުރަމުންދަނިކޮށް 31 އޮކްޓޯބަރ 2010 ގައި
ވަޒީފާއިން ވަކިކުރިއިރު ދިވެހި ސިވިލް ސަރވިސް މުވައްޒަފުން ވަކިކުރާއިރުދޭ ޢިނާޔަތްތަކުގެ ތެރެއިން
މަހުންމަހަށް މުޅި ޢުމުރު ދުވަހަށް ދެވޭ ޢިނާޔަތާއި ވަޒީފާއިން ވަކިކުރާ ތާރީޚުން ފެށިގެން މުޅި ޢުމުރަށް ދެވޭ
ސޯޝަލް ހެލްތް އިންޝުއަރެންސް ސްކީމުގެ ޚިދުމަތުގެ ޢިނާޔަތް އެކޯޕަރޭޝަނުން ދީފައިނުވާތީ، އެ
ޢިނާޔަތްތައް ފުރިހަމަކޮށްދިނުމަށް މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަނުގެ މައްޗަށް
އަމުރުކޮށްދިނުން އެދި މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަނަށް ދަޢުވާ ރައްދުވާގޮތަށް އިބްރާހީމް
ދިއެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
މޯފީ،
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/227
ނަފީސްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެއްކަން އެމައްސަލައިގެ ރިޕޯޓުންނާއި، އަދި
އިބްރާހީމް ނަފީސްގެ ފަރާތުން އެމައްސަލަ ހުށަހެޅި ފޯމަށް ބެލުމުން އެނގެން އޮންނަކަމާއި،
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބައްލަވައިނުދެއްވިކަމަށް ބުނާ މައްސަލައަކީ އިބްރާހީމް ނަފީސް
ވަޒީފާއިން ވަކިކުރި މައްސަލަކަމާއި، އެއީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މިމައްސަލަ ހުށަހެޅިއިރު
މިމައްސަލާގައި ހިމެނިފައިވާކަމެއްނޫންކަމާއި، އެހެންކަމުން އެއީ ވަކި ދަޢުވާއެއްކަމުގައި ބެލުމުގެ ފުރުޞަތު
އޮތްއިރު، އިބްރާހީމް ނަފީސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު،
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުނު، އިސްތިއުނާފްކުރެވިފައި މިވާ މައްސަލައިގެ ތެރޭގައި، އިބްރާހީމް
ނަފީސް ވަޒީފާއިން ވަކިކުރި މައްސަލަ ބައްލަވައިދެއްވުމަށް އެދި ހުށަހެޅީ، އެފަދަ މައްސަލަތައް ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ހުށަހެޅުމަށް އޮންނަ މުއްދަތު ފާއިތުވެގެން ގޮސްފައިވާތީކަމަށް ބުނެފައިވާކަން އެނގޭކަމާއި،
އެހެންކަމުން، އިސްތިއުނާފްކުރެވިފައި މިވާ މައްސަލައިގެ ތެރޭގައި، އިބްރާހީމް ނަފީސް
ވަޒީފާއިން ވަކިކުރި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބައްލަވައިދެއްވާފައިނުވަނީ އިންސާފުގެ ހަމަތަކުގެ
ބޭރުން ކަމުގައި، އަދި ޝަރުޢީ އަދި ޤާނޫނީ ހަމައަކާވިޔަސް ޚިލާފަށްކަމުގައި ބެލެވެން ނެތްކަމާއި، އަދި އެފަދަ
ކަމެއް އިބްރާހީމް ނަފީސްގެ ފަރާތުން ދެއްކިފައިވެސް ނުވާކަމެވެ.
(ބ) ފަސްވަނަ ކަމަކީ، މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން ރީސްޓްރަކްޗަރ ކުރުމާ
ގުޅިގެން، އެކޯޕަރޭޝަންގެ ދަށުން ހިންގަމުން ގެންދިޔަ ފުވައްމުލަކު މީޑިޔާ ސެންޓަރުގެ
އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަޤާމު އުވުމާ ގުޅިގެން، މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން
ކޯޕަރޭޝަންގެ ނަންބަރު 2010
/
199/H
-
STAFF (27 އޮކްޓޯބަރު 2010) "ވަޒީފާ ވަކިކުރެއްވިކަން އަންގާ
ލިއުން" އިން އިބްރާހީމް ނަފީސް މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ދަށުން ހިންގާ
ފުވައްމުލަކު މީޑިޔާ ސެންޓަރުގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ ވަޒީފާއިން ވަކިކުރެވިފައިވާކަން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
11
211/HC-A/227
އަންގައި، އަދި އިބްރާހީމް ނަފީސަށް ލިބެންޖެހޭ ރިޑަންޑަންސީ ޕެކޭޖާއި، 3 މަހުގެ މުސާރައާއި، 3 މަހުގެ
ސަރވިސް އެލަވަންސާއި، އަދި ހައްޤުވާ އަހަރީ ޗުއްޓީގެ ބަކީ އޮތް ދުވަސްތަކަށް ދޭންޖެހޭ ފައިސާ ހަމައަށް
ލިބިދީފައިވާކަން އެނގެން އޮތްކަމެވެ.
(ޅ) ހަވަނަ ކަމަކީ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/13 މައްސަލާގައި ނިންމަވާފައިވާ ނިންމެވުމަށް ބަދަލުގެންނަންޖެހޭ
ސަބަބެއް އޮތްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
• ޙުކުމް:-
ހ4 2
2
4
2
ދެންފަހެ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2011/VTR/13 މައްސަލާގައި ނިންމަވާފައިވާ ނިންމެވުން، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފުކަމަށް
ނެތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އިއްތިފާޤުވެވިފައިވާތީ، އެމައްސަލާގައި ނިންމަވާފައިވާ ނިންމެވުމަށް ތާއީދުކޮށް މިމައްސަލަ ބެލި ފަނޑިޔާރުންގެ
އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv