ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/149 ޤަޟިއްޔާގެ ޙުކުމް
di i/HC-A/149
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
6
ޤަޟިއްޔާ ނަންބަރ: 149/HC
-
A/2011
އިސްތިއުނާފު ކުރިފަރާތް:
ނަން: އަޙްމަދު އަކުބަރު
އައިޑީކާޑު ނަންބަރު: 117396
A
ދާއިމީ އެޑްރެސް: ގއ.ވިލިނގިލި/ ފަތަނގުވިލާ
މިހާރުގެ އެޑްރެސް:
ވުނު ތާރީޚް: 19 ޖޫން 2009
ނިމުނު ތާރީޚް: 19 އޮކްޓޯބަރ 2011
0
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* އައިޑީކާޑު ނަންބަރ :
ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް:
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް :
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް،ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޢަލީ ސަމީރު
މައިކްޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
2
20]1/HC-A/149
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާސާ
ގއ. ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2009/P2C/106 ޤަޟިއްޔާ، އެކޯޓުން
ބައްލަވައި ނިންމަވާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް
ވިލިނގިލީ ފަތަނގުވިލާ އަޙްމަދު އަކުބަރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
ގއ
މި ޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
O
-01
ފާހަގަކުރެވުނު ނުކުތާތައް:
ގއ. ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2009/P7C/106 ޤަޟިއްޔާ، އެކޯޓުން
ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިޢުނާފު
ވިލިނގިލީ ފަތަނގުވިލާ އަޙްމަދު އަކުބަރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވެއެވެ.
ކުރުމަށް
02- ގއ.
ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2009/P2C/106 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤްޟިއްޔާއަކީ ގއ. ވިލިނގިލީ ފަތަނގުވިލާ އަޙްމަދު އަކުބަރާއި އެރަށު
ގުލްފާމުގޭ މުޙައްމަދު ޝަޤީލާއި، އެރަށު އަޅިވިލާގޭ މުޙައްމަދު ޙުސައިނާއި، ފެހިވިނަ ޝަޤީތު ޢީސާއާއި،
ގުލްފާމުގޭ މުޙައްމަދު ޝަމީޒާ، މި 5 މީހުން 08 ފެބުރުއަރީ 2009 ދުވަހުގެ ރޭގެ 22:00 އާއި 23:00 އާ
ދެމެދުގެ ވަގުތެއްގައި
ގއ. ވިލިނގިލީ އިރަށްފެންނަގެއަށް ވަދެ އެގޭގައި ދިރިއުޅޭ އެރަށު ހުދުރުވާގޭ ލަބީބު
ޢަލީގެ ލޮލަށް ތެޅިމިރުސް ޖަހައި، މާރާމާރީ ހިންގައި އަނިޔާކޮށްފައިވާތީ މި 5 މީހުންގެ މައްޗަށް
ޤާނޫނުލްޢުޤޫބާތުގެ 46 ވަނަ މާއްދާގެ 3 ވަނަ ނަންބަރާ ހަވާލާދީ ޤާނޫނުލްޢުޤޫބާތުގެ 48 ވަނަ މާއްދާގެ
ދަށުން ޣައިރުޤާނޫނީ އޭގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއާއި އެކުށުގެ ޢަމަލުގެ ސަބަބުން ލަބީބު
ޢަލީއަށް ލިބުނު އަނިޔާއަށް ބޭސް ފަރުވާކުރުމަށް ދިޔަ ޚަރަދު ހޯދުމަށް ލަބީބު ޢަލީ އެދޭ މައްސަލަ ހުށަހެޅުމުން
ބެލެވުނު ޤަޟިއްޔާއެއްކަ
އެއްކަމާއި، އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ދަޢުވާލިބޭ އަޙްމަދު އަކްބަރާއި މުޙައްމަދު
ޝަމީޒާއި މުޙައްމަދު ޝަޤީލާއި މުޙައްމަދު ޙުސައިން ދައުވާއަށް އިންކާރުކުރިނަމަވެސް، ލަބީބު ޢަލީގެ ލޮލަށާއި
ބޮލަށް ތެޅިމިރުސް ޖަހާފައިވާތަނާއި ބަނޑުގެ އެއްފަރާތަށް ތޫނު އެއްޗަކުން ހަމާލާދީ ޒަޚަމްކޮށްލާފައިވާ ތަނާއި
2
8
9
94 ހ
އއވެ89ގ
44
ބާ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސްއިޓް www.highcourt.gov.mv
3
201/HC-A/149
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ވިލިނގިލީ
0
0x
ބޮލަށް އަނިޔާކޮށްފައިވާ ތަން ދަށްކަމަށާއި އަދި އެކަން ހިންގާފައި އެވަގުތު ގއ. ވިލިނގިލީ، ފެހިވިނަ
ޝަޤީތު ޢީސާ އާއި އެރަށު ފަތަނގުވިލާ އަޙްމަދު އަކުބަރު ގއ.
ވިލިނގިލީ
އިރަށް ފެންނަގެ އިން ނުކުތްތަން
ދުށްކަމަށް ބުނެ ގއ. ވިލިނގިލީ ހުދުރުވާގޭ ޒުނައިރާ ޢަބްދުﷲ ހެކިބަސް ދީފައިވުމާއި، ޝަޤީތު ޢީސާ އާއި
މުހައްމަދު ޝަމީޒާއި އަޙްމަދު އަކުބަރާއި މުޙައްމަދު ޙުސައިނާއި އިތުރު ބަޔަކު
އިރަށްފެންނަގެއަށް ވަދެ ލަބީބު ޢަލީގެ ލޮލަށް ތެޅިމިރުސްޖަހައި، އޭނާގެ ގައިގާ ތަޅައި މާރާމާރީ ހިންގިކަން
އެނގޭކަމަށް ބުނެ ގއ. ވިލިނގިލީ އިރަށް ފެންނަގޭ ނަސްރީނާ ޢަލީ ހެކިބަސް ދީފައިވުމާއި، އަދި ލަބީބު ޢަލީގެ
މެޑިކޯ ލީގަލް ރިޕޯޓުން އޭނާއަށް އަނިޔާކޮށްފައިވާކަން އެނގެން އޮންނާތީއާއި ހާދިސާ ހިނގައިދިޔަ ގޮތަށާއި
ވަގުތަށާއި ހާލަތަށާއި، ޤާނޫނު ނަންބަރު 24/76(ހެއްކާބެހޭ ޤާނޫނު)ގެ 6 ވަނަ މައްދާއަށް ރިޢާޔަތް
ބެލިބެލުމުން، ޖިނާޢީ މިންގަނޑުން ކުށް ސާބިތުވާވަރަށް ހެކިބަސް ލިބިފައިނުވާތީ، ގއ. ވިލިނގިލީ ގުލްފާމުގޭ
މުޙައްމަދު ސަޤީލުގެ މައްޗަށް މިކުށް ސާބިތުނުވާކަމަށް
މިކުށް ސާބިތުނުވާކަމަށް ކަނޑައަޅުއްވައި، ގއ.
ވިލިނގިލީ، ފަތަނގުވިލާ
އަޙްމަދު އަކްބަރާއި، އެރަށު އަޅިވިލާގޭ މުޙައްމަދު ޙުސައިނުގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ 46 ވަނަ މާއްދާގެ
3 ވަނަ ނަންބަރާ ހަވާލާދީ 48 ވަނަ މާއްދާގެ ދަށުން ޣައިރުޤާނޫނީ އެއްވުމެއްގައި ބައިވެރިވުމުގެ
ސާބިތުވެއްޖެކަމަށް ކަނޑައަޅުއްވައި، އެކުށުގެ ޢުޤޫބާތެއްގެ ގޮތުން އެދެމީހުންކުރެ ކޮންމެ މީހަކު 6(ހައެއް)
މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކުރައްވައި، ލަބީބު ޢަލީއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް
އެހެން ޤަޟިއްޔާއެއްގައި ދަޢުވާކުރުމުގެ ލިބިގެންވާކަން އަންގަވައި، އެޤަޟިއްޔާގައި ކޯޓަށް
ހާޒިރުކުރެވިފައިނުވާ، ގއ. ވިލިނގިލީ ފެހިވިނަ ސަޤީތު ޢީސާއާއި އެރަށު ގުލްފާމުގޭ މުހައްމަދު ޝަމީޒުގެ
ބައި، އެހެން ޤަޟިއްޔާއެއްގައި ހިންގޭނެކަން އަންގަވައިކުން، އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް
ބެލުމުން އެނގެން އޮންނަކަމެވެ.
44
3 0
404 މ 4
1
03- ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2009/P7C/106 ޤަޟިއްޔާ، އެކޯޓުން
ބައްލަވައި، ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށް ބުނެ، އެޤަޟިއްޔާ
އިސްތިއުނާފުކުރުމަށް ގއ. ވިލިނގިލީ ފަތަނގުވިލާ އަޙްމަދު އަކުބަރުގެ ފަރާތުން މައިގަނޑު 4(ހަތަރެއް)
ނުކުތާއެއް ހުށަހަޅައި އެނުކުތްތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
(ހ) ފުރަތަމަ ނުކުތާއަކީ: ގއ. ވިލިނގިލީ، އިރަށްފެންނަގޭ ލަބީބު ޢަލީގެ މޫނަށް ތެޅި
މިރުސް ޖެހިކަމަށާއި އަދި ތޫނު އެއްޗަކުން ހަމަލާދިނުމުގައި އަޙްމަދު އަކްބަރު ބައިވެރިވިކަމަށް ލަބީބު
އްޖޭގެ ހައި
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
9
4
2011C-A/149
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
ޔަޤީންކަމާއެކު ބުނެފައިނުވާކަމާއި، ހެކިބަސް ދީފައިވާ ޒުބައިރާ ޢަބްދުﷲ އާއި ނަސްރީނާ ޢަލީ ތަޙްޤީޤަށް
ދީފައިވާ ބަޔާނުން ދަޢުވާކުރެވިފައިވާ ކުށުގެ އެއްވެސް ޢަމަލެއްގައި އަޙްމަދު އަކުބަރު ބައިވެރިވީކަމަށް އަދި
ކަމެއް ކުރަނިކޮށް ފެނިފައިވާކަމަށް ބުނެފައިނުވާކަމާއި، ޒުނައިރާ ޢަބްދުﷲ އަކީ ލަބީބު ޢަލީގެ މަންމަ ކަމަށްވާތީ
އޭނަގެ ހެކިބަސް އިސްލާމީ ޝަރީޢަތުގައި ޤަބޫލުކުރަންޖެހޭފަދަ ކާފީ ހެއްކެއްނޫންކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ށ) ދެވަނަ ނުކުތާއަކީ: ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (ނ) ގެ ދަށުން ލިބިދޭ
އަސާސީ ޙައްޤުގެ ދަށުން 21 އޮކްޓޯބަރ 2010ގައި އޮތް ޝަރީޢަތުގެ މަޖިލީހުގައި އަޙްމަދު އަކްބަރު ދަޢުވާގެ
އަޞްލަށް އިންކާރުކޮށްފައިވާކަމާއި، ދަޢުވާކުރާ ފަރާތުން ހުށަހެޅި ހެކިންނާއި ޝަރީޢަތުގެ މަޖިލީހުގައި
ސުވާލުކުރުމުގެ ފުރުޞަތު ލިބިދީފައިނުވާކަމަށާއި، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) ގައި
ބަޔާންކޮށްފައިވާ އަސާސީ ޙައްޤުގެ ފުރުޞަތު ނުދީ މައްސަލަ ނިންމަވާފައިވާ ކަމަށްބުނެ ހުށަހެޅި ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ، ކުށެއްކުރިކަން އެކަށީގެންވާ މިންވަރުގެ ޝައްކެއްނެތި
ސާބިތުނުކުރެވޭނަމަ
ރެވޭނަމަ އެމީހަކީ ކުށެއްނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ
(އ) އިން ލިބިދީފައިވާއިރު، އަޙްމަދު އަކުބަރުގެ މައްޗަށް ކުށް ސާބިތުކުރެވޭވަރުގެ ކާފީ ހެކި ނެތި
މައްޗަށް ޢުޤޫބާތް ކަނޑައަޅުއްވާފައިވުމަކީ ޤާނޫނުއަސާސީގެ 42 (ށ) އާ ޚިލާފު ކަމެއްކަމަށް ބުނެ
44 «
ހުށަހެޅި
ނުކުތާ.
(ރ) ހަތަރުވަނަ ނުކުތާއަކީ، ޣައިރުޤާނޫނީ އެއްވުމެއްގައި އަޙްމަދު އަކުބަރު ބައިވެރިވީކަން
ޝަރީޢަތަށް ސާބިތުވާވަރަށް ކާފީހެކި ނެތި، ޤާނޫނުލްޢުޤޫބާތުގެ 46 ވަނަމާއްދާގެ 3 ވަނަ ނަންބަރާ ހަވާލާދީ،
ޤާނޫނުލްޢުޤޫބާތުގެ 47 އަދި 49 ވަނަ މާއްދާގެ ދަށުން ޢުޤޫބާތުގެ ދިނުމުގެ ފުރުޞަތުނެތް ކަމަށްބުނެ ހުށަހެޅި
ނކތ
-4
ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު P2
/
2009/106 ޤަޟިއްޔާ
ސްތިއުނާފުކުރުމަށް ގއ. ވިލިނގިލީ ފަތަނގުވިލާ އަޙްމަދު އަކުބަރުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި،
އެނުކުތާތަކާއި ގުޅޭގޮތުން އަޙްމަދު އަކްބަރުގެ ފަރާތުންނާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2009/P2C/106 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާ ގުޅޭ ގޮތުން
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން:33251029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
5
201/HC-A [49
ހުށަހަޅާފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
444
ގއ. ވިލިނރީ
(ހ) ފުރަތަމަ ކަމަކީ: އަޙްމަދު އަކްބަރުގެ މައްޗަށް ޣައިރު ޤާނޫނީ އެއްވުމެއްގައި ބައިވެރިވުމުގެ
ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވަނީ، ލަބީބު ޢަލީގެ ލޮލަށާއި ބޮލަށް ތެޅިމިރުސް ޖަހާފައިވާތަނާއި
އޭނާގެ ބަނޑުގެ އެއްފަރާތަށް ތޫނު އެއްޗަކުން ހަމާލާދީފައިވާތަނާއި ބޮލަށް އަނިޔާކޮށްފައިވާތަން ފެނުނުކަމަށާއި
އަދި އެކަން ހިންގާފައި އެވަގުތު ގއ. ވިލިނގިލީ، ފެހިވިނަ ޝަޤީތު ޢީސާ އާއި އެރަށު ފަތަނގުވިލާ އަޙްމަދު
އަކުބަރު ގއ. ވިލިނގިލީ އިރަށްފެންނަގެ އިން ނުކުތްތަން ދުށްކަމަށް ބުނެފައިވާކަން
ހުދުރުވާގޭ ޒުނެއިރާ ޢަބްދުﷲ ޝަރީޢަތަށް ދީފައިވާ ބަޔާނުން އެނގޭތީއާއި، ޝަޤީތު ޢީސާ އާއި މުޙައްމަދު
ޝަމީޒާއި އަޙްމަދު އަކުބަރާއި މުޙައްމަދު ޙުސައިނާއި އިތުރު ބަޔަކު ގއ. ވިލިނގިލީ އިރަށްފެންނަގެއަށް ވަދެ
ލަބީބު ޢަލީގެ ލޮލަށް ތެޅިމިރުސްޖަހައި، އޭނާގެ ގައިގާ ތަގައި މާރާމާރީ ހިންގިކަން އެނގޭކަމަށް ބުނެފައިވާކަން
ވިލިނގިލީ އިރަށް ފެންނަގޭ ނަސްރީނާ ޢަލީ ޝަރީޢަތަށް ދީފައިވާ ބަޔާނުން އެނގޭތީއާއި އަދި ލަބީބު
ޢަލީގެ ލެޑިކޯ ލީގަލް ރިޕޯޓުން އޭނާއަށް އަނިޔާ ލިބިފައިވާކަން އެނގެން އޮންނާތީ މިމައްސަލައިގެ ހާދިސާ
ހިނގާފައިވާ ގޮތާއި ހާލަތާއި ތަނާއި ވަގުތަށް ބައްލަވައި، ވިލިނގިލީ ހުދުރުވާގޭ ލަބީބު ޢަލީއަށް
އަނިޔާކުރި މީހުންގެ ތެރޭގައި އަޙްމަދު އަކްބަރު ހުރެ، އެޣައިރުޤާނޫނީ އެއްވުމުގައި ބައިވެރިވެފައިވާކަން ޝަރުއީ
އަދި ޤާނޫނީ ހަމަތަކުގެ މަތިން ސާބިތުވާތީކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން
އެނގެން އޮންނަކަމެވެ.
އުލާއެ
(ށ) ދެވަނަ ކަމަކީ: މައިންބަފައިން ދަރިންނާ އެއްކޮޅަށް ދޭ ހެކިބަސް އާންމު
ގޮތުން ހެކިބަހުގެ ދަރަޖައިގައި ޤަބޫލު ނުކުރެވުނު ކަމުގައިވީނަމަވެސް، މައިންބަފައިން އެމީހުންގެ ދަރިންނާ
އެއްކޮޅަށް ޝަރީޢަތުގެ މަޖިލީހުގައި ބުނާބަސް ޤަރީނާއެއްގެ ގޮތުގައި ޤަބޫލުކޮށް ބަލައިގަތުމަކީ އިސްލާމީ
ޝަރުޢީ އުޞޫލުތަކުގައި އެފަދަމީހުންގެ ބަސް ޤަބޫލުކުރުމަށް ކަނޑައަޅުއްވާފައިވާ އުޞޫލުތަކާ
ތަޢާރުޒުވާކަމެއްނޫންކަމާއި، މިގޮތުން މިމައްސަލައިގެ ހާދިސާ ހިންގާފައިވާ ތަނާއި ވަގުތާއި ހާލަތަށް ބަލާއިރު،
މިމައްސަލައިގެ ހާދިސާ ހިނގާފައިވަނީ ރޭގަނޑުގެ ދަންވަރުގެ ވަގުތެއްގައި، އަނިޔާލިބުނު ފަރާތް ދިރިއުޅޭ
ގޭތެރޭގައި، އެގޭމީހުން ރޭގަނޑުގެ ހަމަހިމޭންކަމުގައި ނިދާފައިތިއްބާކަމަށްވެފައި، އެފަދަ ހާލަތުގައި އެހާދިސާ
ގާތުން ދެކި، އެކަމުގެ މައުލޫމާތު އެންމެ ރަނގަޅަށް އެނގޭނޭ ބަޔަކަށް ތިބޭނީ އެގޭގައި ދިރިއުޅޭމީހުން
އެމު
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޖުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ޕެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
6
2011/HC-A/149
ޤަޟިއްޔާ ނިމުނު ގޮތުގެ
ކަމީ، އެކަމާމެދު ދެބަސްވެވެންނެތް ޙަޤީޤަތެއްކަން ޤަބޫލުކުރަންޖެހޭކަމާއި، އެމީހުންގެ ބަސް މިފަދަ ހާލަތުގައި
ޤަބޫލުނުކުރެވިއްޖެނަމަ، އިންސާފު ޤާއިމްކުރުމަށް ހުރަސްއެޅިދާނެކަމަށް ފެންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، ޤާނޫނުއަސާސީގެ 51 ވަނަމާއްދާގައި ދަޢުވާއުފުލިފައިވާ މީހުންނަށް
ލިބިދޭ ޙައްޤުތައް ބަޔާންކޮށްފައިވާ ގޮތުގެ މައްޗަށް ބަލާއިރު، އެމާއްދާގެ (ނ) ގައި ބަޔާންކޮށްފައިވަނީ، ތިމާއާ
ދެކޮޅަށް ޝަރީޢަތުގައި ބަޔާނެއް ނުދިނުމުގެ ޙައްޤު ލިބިގެންވާކަމާއި، އެމާއްދާގެ (ބ) ގައި ބަޔާންކޮށްފައިވަނީ،
ކުށުން ބަރީއަވުމަށް މަސައްކަތްކުރުމަށްޓަކައި އެކަށީގެންވާ ވަގުތާއި، އެކަށީގެންވާ ވަސީލަތްތައް ލިބުމުގެ
ޙައްޤާއި، އެމީހަކު އިޚްތިޔާރުކުރާ ޤާނޫނީ ވަކީލަކާ މަޝްވަރާކުރުމުގެ ފުރުޞަތު ލިބުމުގެ ޙައްޤު
ލިބިގެންވާކަމާއި، އަދި އެމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ، ދަޢުވާ ހުށަހަޅާ ފަރާތުން ޝަރީޢަތަށް
ހާޒިރުކުރާ ހެކީންނާއި ސުވާލުކުރުމާއި، އެމީހަކު ބޭނުން ހެކީން ޝަރީޢަތަށް ހާޒިރުކޮށް ދިނުމަށް އެދުމާއި،
އެހެކީންނާ ޝަރީޢަތުގެ މަޖިލީހުގައި ސުވާލުކުރުމުގެ ޙައްޤު ލިބިގެންވާކަން، ކަމާއި، އިސްވެބަޔާންކުރެވުނު
ކޮންމެ ޙައްޤަކީވެސް، އެޙައްޤެއް ބޭނުންވާ ފަރާތަކަށް ލިބިދޭންޖެހޭ ޙައްޤެއްކަން އެމާއްދާއަށް ބެލުމުން
އެނގޭކަމާއި، މިގޮތުން ބަލާއިރު، އެޙައްޤުތައް ލިބިދީފައިވާ ޤާނޫނީ ތަރަހައިގެ ތެރޭގައި ބޭނުންކޮށް އެމީހެއްގެ
މައްޗަށް އުފުލިފައިވާ ދަޢުވާއިން ދިފާއުވުމަށް ނުވަތަ ކުށުން ބަރީއަކަން ސާބިތުކުރުމަށް މަސައްކަތްކުރުމާއި،
ނުކުރުމަކީ، އެމީހެއްގެ އިޚްތިޔާރުގައިވާ ކަމެއްކަމަށްވާއިރު، މިމައްސަލާގައި އަޙްމަދު އަކްބަރުގެ ފަރާތުން 21
އޮކްޓޯބަރ 2010 ގައި ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނަށް
ބަލާއިރު، އެބަޔާނުގައި، އޭނާގެ މައްޗަށް ދަޢުލަތުންކުރި ދަޢުވާއަށް އިންކާރުކުރާކަން ބަޔާންކުރުމަށްފަހު،
އެމައްސަލާގައި އިތުރަށް ދައްކާނެ ވާހަކައެއްނެތްކަމަށް އަޙްމަދު އަކްބަރު ޞަރީޙަ ބަހުން ބުނެފައިވާކަން
އެނގެން އޮތުމުން، ޤާނޫނުއަސާސީގެ 51 ވަނަމާއްދާގައި ބަޔާންކޮށްފައިވާ އިސްވެދެންނެވިދިޔަ ޙައްޤުތައް
އަޙްމަދު އަކްބަރަށް ޝަރީޢަތުގެ ފަރާތުން ލިބިނުދިނީކަމަށް ބެލެވޭނެތަނެއް އޮތްކަމަށް ނުފެންނަކަމެވެ.
+ + + ދ 02
(ރ) ހަތަރުވަނަ ކަމަކީ، ޤާނޫނުލްޢުޤޫބާތުގެ 46 ވަނަމާއްދާއަކީ، ބައެއްގެ ޢަމަލު ޣައިރުޤާނޫނީ
އެއްވުމަކަށްވާ ގޮތާއި ހާލަތުތައް ބަޔާންކުރާ މާއްދާއެއްކަމާއި، އެމާއްދާގައިވާ ގޮތުން، ތިންމީހަކު ނުވަތަ
އެއަށްވުރެ ގިނަ ބައެއް
ޣައިރުޤާނޫނީ އެއްވުމަކަށްވަނީ އެމާއްދާގެ 1 ވަނަ ނަންބަރުން ފެށިގެން 6
ވަނަ ނަންބަރަށް ބަޔާންކޮށްފައިވާފަދަ ކަމެއް އެއެއްވުމުގެ މަޤްޞަދުކަމުގައިވާނަމަކަން އެނަންބަރުތަކަށް ބެލުމުން
އެނގެން އޮންނައިރު، އެމާއްދާގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ، އެއްވެސް މީހެއްގެ މިލްކަކަށް
ނުވަތަ ނަފްސަކަށް އެއްވެސް
ހަލާކެއް، އުނިކަމެއް، ޖެއްސުމެއް ނުވަތަ ރުޅިވެރިކަމެއް ޞިއްޖޭގެ
4 މ.0 4
ޖާއެއްގެ
ދިވެހިރާއްޖޭގެހައިކޯޓް، އެބުރުޖުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011/HC-A/149
މެދުވެރިކުރުމާއި، ޣަޞްބުން އަތްލުން، ގަޔަށްއެރުން، ނުވަތަ މިނޫންވެސް ކުށެއްކުރުންކަމާއި، އެނަންބަރުގައި
"ނަފްސު" މިބަސް މާނަކޮށްފައިވަނީ، ފުރާނައާއި، ހަށިގަނޑާއި ހިއްސުތައް ހިމެނޭގޮތަށްކަން އެމާއްދާއަށް
ބެލުމުން އެނގެން އޮންނަކަމާއި، މިމީހުންނާއި ލަބީބު ޢަލީއާ ދެމެދު 08 ފެބުރުއަރީ 2009 ދުވަހުގެ ރޭގެ
22:00 ގެ ފަހުގެ ވަގުތެއްގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން އެރޭގެ 22:00 އާއި 23:00 އާ ދެމެދުގެ
ވަގުތެއްގައި، ލަބީބު ޢަލީ ދިރިއުޅޭ ވިލިނގިލީ އިރަށްފެންނަގެއަށް ވަދެ ލަބީބު ޢަލީގެ ލޮލަށް
ތެޅިމިރުސްޖަހައި، އޭނާއަށް އަނިޔާކުރި މީހުންނާއި އަޙްމަދު އަކްބަރު ބައިވެރިވެފައިވާކަން މިމައްސަލައިގެ
ލިޔުންތަކަށް ބެލުމުން އެނގޭތީއާއި، ޣައިރުޤާނޫނީ އެއްވުމުގައި ބައިވެރިވުމުގެ ކުށުން ކުށްވެރިވެއްޖެ މީހަކަށް
6(ހައެއް) މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުމަށް ޙުކުމްކުރުމުގެ ބާރު، ޤާނޫނުލްޢުޤޫބާތުގެ 48
ވަނަ މާއްދާއިން ލިބިދީފައިވާތީ، އަޙްމަދު އަކްބަރު 6(ހައެއް) މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމް
ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ނުފެންނަކަމެވެ.
953
ތެކެވެ
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެމަތިން ހުރުމުން، ގއ. ވިލިނގިލީ
މެޖިސްޓްރޭޓް
ލިޓްރޭޓް ކޯޓުގެ ނަންބަރު 2009/P2C/106 ޤަޟިއްޔާގައި
ވިލިނގިލީ ފަތަނގުވިލާ އަޙްމަދު
އަކުބަރުގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ 46 ވަނަ މާއްދާގެ 3 ވަނަނަންބަރާ ހަވާލާ
ހަވާލާދީ ޤާނޫނުލްޢުޤޫބާތުގެ 48
ދަށުން ޣައިރުޤާނޫނީއެއްވުމެއްގައި ބައިވެރިވުމުގެ ކުށް ޝަރީޢަތަށް ސާބިތުވާކަމަށް
ކަނޑައަޅުއްވައި، އަޙްމަދު އަކްބަރު 6(ހައެއް) މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމް ކުރައްވާފައިވަނީ،
ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ކަނޑައަޅާނެ ތަނެއްނެތްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
މިއަދުގެ
4 22