ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/200 ޤަޟިއްޔާގެ ޙުކުމް
1
2011/HC-A}2{{
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
بما الزمر نسیم
ކަW
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 200/HC
-
A/2011
• އިސްތިއުނާފް ކުރިފަރާތް:
* ނަން: މޯލްޑިވްސް މީޑިޔާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް * ރަޖިސްޓްރޭޝަން ނަންބަރު: 58512005-C
ދާއިމީ އެޑްރެސް: ޗަންޕާމޫން | މާލެ
މިހާރުގެ އެޑްރެސް: ޗަންޕާމޫން / މާލެ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މުޙައްމަދު ރަފީޤް
ދާއިމީ އެޑްރެސް: އޮއިވާލި | ގއ.
ކޮލަމާފުށި
އިޑީކާޑު ނަންބަރު: A085157
މިހާރުގެ އެޑްރެސް: މ. ޑްރިމީބިޗް | މާލެ
ރަޖިސްޓްރީކުރެވުނު ތާރީޚް: 15 އޯގަސްޓް 2011
، ނިމުނު ތާރީޚް: 22 ނޮވެމްބަރު 2012
އިސްތިއުނާފުކުރެވުނު މައްސަލަ:
* ނަންބަރު: 2010/VTR/249
* ޓްރައިބިއުނަލް: ވަޒީފާއާބެހޭ ޓްރައިބިއުނަލޯ
ނިންމެވީ ތާރީޚު: 05) މެއި l'201
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު ޔޫސުފް ޙުސައިން
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
2
2{11/HC-A/2{{
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދައުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2010/VTR/249 މައްސަލަ
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެމައްސަލަ އިސްތިއުނާފުކުރުމަ
މޯލްޑިވްސް މީޑިޔާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ
ކޮލަމާފުށީ އޮއިވާލި، މުޙައްމަދު ރަފީޤް
އެވެ.
ފާހަގަކުރެވުނު ނުކުތާތައް
_01
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2010/VTR/249 މައްސަލަ
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެމައްސަލަ އިސްތިއުނާފުކުރުމަށް
މޯލްޑިވްސް މީޑިޔާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
-02
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2010/VTR/249 މައްސަލަ ނިމުނު
ގޮތުގެ ރިޕޯޓަށް ބެލިއިރު، އެމައްސަލައަކީ، ކޮލަމާފުށީ އޮއިވާލި، މުޙައްމަދު ރަފީޤް، މޯލްޑިވްސް
މީޑިޔާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ދަށުން ހިންގާ ދި.އެފް.އެމް 95.2 ގައި، އެޑިޓަރ ނިއުސް އެންޑް
ގުރަންޓް އެފެއާރޒްގެ މަޤާމު 17 ނޮވެމްބަރު 2009 އިން ފެށިގެން އަދާކުރަމުން އައިސްފައިވަނިކޮށް 2
ހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
3
2011/HC-A/2{{
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އޯގަސްޓް 2010 ގައި އޭނާ މަޤާމުން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް ކަމަށްބުނެ، އެ
މައްސަލަ ބަލައިދިނުމަށް އެދި މުޙައްމަދު ރަފީޤް ހުށަހެޅުމުން ބެލެވުނު މައްސަލައެއް ކަމާއި،
ރި
އެމައްސަލަ ނިންމަވާފައިވަނީ، މޯލްޑިވްސް މީޑިޔާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ދަށުން
ހިންގާ ދި އެފް އެމް 95.2 ގެ އެޑިޓަރ ނިއުސް އެންޑް ކަރަންޓް އެފެއާޒުގެ މަޤާމުން 02 އޯގަސްޓް
2010 ގައި މުޙައްމަދު ރަފީޤް ވަކިކޮށްފައިވަނީ، ދި އެފްމ އެމް 95.2 ސްޓްރަކްޗަރ ކުރުމުގެ ގޮތުން
ބައެއް ޑިޕާރޓްމަންޓްތައް އުވާލައި އެތަނުގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުން ރިޑަންޑަންޓްކުރުމަށް
ކުންފުނީގެ ބޯޑުން ނިންމުމާގުޅިގެންކަމަށް މައްސަލަ ރައްދުވި ފަރާތުން ބުނެފައިވާއިރު، މައްސަލަ ރައްދުވި
ކުންފުނީގެ މާލީ ޙާލަތު އެނގޭފަދަ އެއްވެސް ލިޔުމެއް މައްސަލަ ރައްދުވި ފަރާތުން ހުށަހަޅާފައި ނުވުމާއި،
މުޙައްމަދު ރަފީޤް ވަޒީފާއިން ވަކިކުރި މަރުޙަލާގައި މުވައްޒަފުންނަށް "ރިޑަންޑަންޓް' ކުރުމުގައި
ޢަމަލުކުރުމަށް ކުންފުނިން ކަނޑައަޅާފައިވާ ސިޔާސަތު އެނގެން ނެތުމުން، މުޙައްމަދު ރަފީޤް ވަޒީފާއިން
ވަކިކުރުމަށް ނިންމާފައިވާ ނިންމުން ބިނާވެފައިވާ ކަންކަން ސާބިތުވާމިންވަރަށް މައްސަލަ ރައްދުވި ފަރާތުން
ދަލީލު ހުށަހަޅާފައިނުވާކަމަށް މައްސަލަ ބެލި މަޖިލީހުން އިއްތިފާޤުވާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ
މާއްދާއަށް ރިޢާޔަތްކޮށް މުޙައްމަދު ރަފީޤް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް
ކަނޑައަޅުއްވައި، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) ގެ ދަށުން ބަދަލުގައި ގޮތުގައި
43400.00 (ސާޅީސް ތިންހާސް ހަތަރުސަތޭކަ) ރުފިޔާ 05 މެއި 2011 ވަނަ ދުވަހުން ފެށިގެން 07
ދުވަހުގެ ތެރޭގައި އެކީ އެއްފަހާރާ މުޙައްމަދު ރަފީޤަށް ދިނުމަށާއި، މުޙައްމަދު ރަފީޤަށް 16 ސެޕްޓެމްބަރު
2010 ގައި މައްސަލަ ރައްދުވި ކުންފުނިން ދީފައިވާ ވަޒީފާ އަދާކުރިކަމުގެ ލިޔުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ
24 ވަނަ މާއްދާއާ ޚިލާފަށް ދޫކޮށްފައިވާ ލިޔުމެއްކަމަށްވުމުން އެލިޔުން އޭނާގެ ރެކޯޑުން އުނިކުރުމަށް
މޯލްޑިވްސް މީޑިޔާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް އަންގަވައި އަމުރުކުރައްވައިކަން އެނގެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
2{011/HC-A/2{{
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
32
-03
249/VTR2010
03- ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު
މައްސަލަ
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ އެމައްސަލަ އިސްތިއުނާފުކުރުމަށް
މޯލްޑިވްސް މީޑިޔާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 03 (ތިނެއް) ނުކުތާއެއް ހުށަހަޅައި
އެނުކުތާތަކާބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
4 2 4 2 2 4/
މިގޮތުން ހުށަހެޅި:-
(ހ) ފުރަތަމަ ނުކުތާއަކީ: ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 22
ވަނަ މާއްދާގެ ދަށުން މީހަކު ވަޒީފާއިން ވަކިކުރުމުގައި އެކަށީގެންވާ ސަބަބެއް އޮންނަންވާނޭ ކަމަށް
ނިންމަވާފައިވާ ނިންމެވުން ކަމަށްބުނެ ހުށަހެޅި ނުކުތާ
ދެވަނަ ނުކުތާއަކީ: މިމައްސަލައިގައި މައްސަލަ ރައްދުވާ ފަރާތަށް މައްސަލަ
ސާބިތުކޮށް ދެވިފައިނުވާކަމަށް ނިންމަވާފައިވާ ނިންމެވުން ކަމަށްބުނެ ހުށަހެޅި ނުކުތާ
(ނ) ތިންވަނަ ނުކުތާއަކީ މައްސަލައިގައި މިނިވަން ނޫން ހެކިންގެ ހެކިބަސް
ޤަބޫލުކުރައްވާފައިވާކަން އަދި ހެކިންގެ ހެކިބަހުގައި ތަޢާރުޟުވުން ހުރިނަމަވެސް އެކަމަށް ރިޢާޔަތް
ކުރައްވާފައިނުވާ ކަމަށްބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
5
2{011/HC-A/2{{
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
249/VTR2010
4 3 2 /
ދިރއޅ
04 ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު
މައްސަލަ
އިސްތިއުނާފު ކުރުމަށް މޯލްޑިވްސް މީޑިޔާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި
އެނުކުތާތަކާ ގުޅޭ ގޮތުން މޯލްޑިވްސް މީޑިޔާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުންނާއި މިއިސްތިއުނާފް
ކޮލަމާފުށީ އޮއިވާލި، މުޙައްމަދު ރަފީޤުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު
2010/VTR/249 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާގުޅޭ ގޮތުން ހުށަހެޅިފައިވާ
ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
ގއ
(ހ) ފުރަތަމަ ކަމަކީ: ކޮލަމާފުށީ އޮއިވާލި، މުޙައްމަދު ރަފީޤް، މޯލްޑިވްސް މީޑިޔާ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ދަށުން ހިންގާ ދި.އެފް.އެމް 95.2 ގެ އެޑިޓަރ ނިއުސް އެންޑް ކަރަންޓް
އެފެއާރޒްގެ މަޤާމު، 17 ނޮވެމްބަރު 2009 ން ފެށިގެން އަދާކުރަމުން ދަނިކޮށް 02 އޯގަސްޓް 2010
ގައި މުޙައްމަދު ރަފީޤް އެކުންފުނީގެ ވަޒީފާއިން ވަކިކޮށްފައިވާކަމާއި، މުހައްމަދު ރަފީޤް އެކުންފުނީގެ
ވަޒީފާއިން ވަކިކުރި ސަބަބަކީ، ތަނުގެ ޚަރަދުކުޑަކުރުމުގެ ގޮތުން މުވައްޒަފުން މިހާރަށްވުރެ މަދުކުރަން
ދި.އެފް.އެމްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވުމާ ގުޅިގެން، އެސްޓޭޝަން ރީސްޓްރަކްޗަރ ކުރުމުގެ
ގޮތުން ބައެއް ޑިޕާރޓްމެންޓްތައް މިވަގުތު އުވަލުމާއި ގުޅިގެންކަން މުހައްމަދު ރަފީޤަށް ދި.އެފް.އެމް ގެ
ފަރާތުން 18 ޖުލައި 2010 ގައި ފޮނުވާފައިވާ ސިޓީއަށް ބެލުމުން އެނގޭކަމެވެ.
(ނ) ދެވަނަ ކަމަކީ: މޯލްޑިވްސް މީޑިއާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ދަށުން ހިންގާ
ދިއެފްއެމްގެ ކުރިމަގު ފެންނަން އޮތްގޮތާއި އަޅާނެ ފިޔަވަޅުތަކާއި ބެހޭ ގޮތުން 15 ޖުލައި 2010
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
6
2{011/HC-A/2{{
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
3 3 02c
19:30 ގައި
ޑިރެކްޓަރުންގެ ބޯޑުގެ
2
0 ފ ދ ތ ގތ
- عرع مرس
އެކުންފުނީގެ ޑިރެކްޓަ
ބައްދަލުވުމުގައި މަޝްވަރާކުރުމަށްފަހު
ނިންމާފައިވަނީ، ރާއްޖޭގެ އިޤްތިޞާދަށް އަންނަމުންދާ ހީނަރުކަމާ ގުޅިގެން، ކުންފުނީގެ ޚަރަދުތައް ކުޑަކުރުމުގެ
ގޮތުން މުވައްޒަފުން މަދުކުރުމަށާއި ސްޓޭޝަން ރީސްޓްރަކްޗަރ ކުރުމުގެ ގޮތުން ބައެއް
އެވަގުތަށް އުވާލައި، އެދާއިރާތަކުގައި މަސައްކަތްކުރަމުންދިޔަ މުވައްޒަފުން ރިޑަންޑަންޓްކުރުމަށްކަން
އެކުންފުނީގެ ބޯޑް ރިޒޮލިއުޝަނުން އެނގޭކަމާއި، އެނިންމުމުގައިވާ ގޮތުގެ މަތިން އެކުންފުނިން ރިޑަންޑަންޓް
ކުރި މުވައްޒަފުންގެ ތެރޭގައި މުޙައްމަދު ރަފީޤް ހިމެނޭކަން އެނގޭކަމާއި، މުޙައްމަދު ރަފީޤް އެކުންފުނީގެ
ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނުނަންބަރު 2008!02 ވަޒީފާއާ ބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާ
ގޮތުގެ މަތިން ނޯޓިސް ދިނުމަށްފަހު، މުހައްމަދު ރަފީޤަށް ލިބިދޭންޖެހޭ މުސާރަ ދިނުމަށްފަހުގައިކަން
އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ: ވިޔަފާރީގެ ނަފާ ހޯދުމުގެ ގޮތުން ހިންގާ ކުންފުނި ތަކުގައި
އެކުންފުނިތައް ހަރުދަނާ ކޮށް ނަފާ އިތުރުވާނެ ގޮތެއްގެ މަތިން ހިންގުމަށްޓަކައި ނުވަތަ ކުންފުނި
ރީސްޓްރަކްޗަރ ކުރުން ފަދަ ކަމަކަށްޓަކައި މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް އެކުންފުންޏަކުން
ދޫކޮށްލަންޖެހޭ ފަދަ ހާލަތެއް (ރިޑަންޑަންސީގެ ޙާލަތު) މެދުވެރިވެދާނެ ކަމަށް ޤަބޫލުކުރަން ޖެހޭކަމާއި، އަދި
މިފަދަ ހާލަތެއްގައި މުވައްޒަފުން ދޫކުރެވެންނެތްނަމަ އެކަމަކީ އެފަދަ ކުންފުނިތަކުގެ ވިޔަފާރިއަށް ހުރަސްތަކެއް
މެދުވެރިވެ، ކުންފުނީގެ ވިޔަފާރިއަށް ހީނަރުކަމެއް އަތުވެދާނެފަދަ ސަބަބެއްކަމުގައި ޤަބޫލުކުރަން ޖެހޭކަމާއި،
ވަޒީފާއާ ބެހޭ ޤާނޫނުގައިވެސް އަދި އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދެއްގައިވެސް "ރިޑަންޑަންސީ" އާއި
ގުޅޭ ގޮތުން އެއްވެސް އުސޫލެއް ޤާއިމުކޮށްފައި ނުވިނަމަވެސް، އަދި "ރިޑަންޑަންސީ" ގެ ހާލަތަކީ މުވައްޒަފަކު
ވަޒީފާއިން ވަކިކުރަން އެކަށީގެންވާ ސަބަބެއްކަމުގައި ބަޔާންކޮށްފައި ނެތްނަމަވެސް، ވިޔަފާރީގެ ނަފާ ހޯދުމަށް
ހިންގޭ ކުންފުނިތައް ރީސްޓްރަކްޗަރ ކުރުމަށް ނުވަތަ ކުންފުނީގެ މާލީ ހާލަތު ދަށްވުންފަދަ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
7
2{011/HC-A/2{{
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މެދުވެރިވެގެން މުވައްޒަފަކު ދޫކޮށްލަން ޖެހިއްޖެނަމަ، އެފަދަ ހާލަތުގައި މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް
ވަޒީފާއިން ވަކިކުރާ ވަކިކުރުމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް އޮތް އެކަށީގެންވާ ސަބަބެއްކަމުގައި
ބެލެވިދާނެކަމާއި، ނަމަވެސް މި ސަބަބަށްޓަކައި މުވައްޒަފަކު ވަޒީފާއިން ވަކިކުރާ ކުރުމުގައި ޙަޤީޤަތުގައިވެސް
އެފަދަ ޙާލަތެއް މެދުވެރިވެފައިވޭތޯއާއި، އެކަން ކޮށްފައިވަނީ ކުންފުނީގެ ހެޔޮނިޔަތުގައި ތޯއާއި، އަދި މިއީ ވަކި
މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް ކަނޑައެޅިގެން ވަޒީފާއިން ބޭއިންސާފުން ވަކިކުރުމަށްޓަކައި
ކޮށްފައިވާކަމެއްތޯ ނުވަތަ ނޫންތޯއާއި، އަދި ވަޒީފާއިން ވަކިކުރާނެ މުވައްޒަފުން ކަނޑައެޅުނު ގޮތަކާއި،
އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި
(substantive fairness) އިޖްރާއީ ޢަދުލުވެރިކަން (procedural fairness) ޤާއިމުކޮށްފައިވޭތޯ ބަލާ
އެކަންކަން ކަށަވަރުވާން ޖެހޭނެކަމާއި، މިއުސޫލަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
ޤަޟިއްޔާގައިވެސް ކަނޑައަޅުއްވާފައިވާ އުސޫލެއްކަން އެނގޭކަމާއި،
2011/HC-A/89
މިއުސޫލަށް ބެލުމުން ކުންފުނީގެ މާލީ ހާލަތުހުރި ގޮތުން ނުވަތަ ކުންފުނި ރީ
ސްޓްރަކްޗަރކުރުމަށްޓަކައި އެކުންފުނީގެ މުވައްޒަފުން ރިޑަންޑަންޓް ކުރުމަކީ، އެމުވައްޒަފަކު ވަޒީފާއިން
ވަކިކުރުމަށް ފުދޭ އެކަށީގެންވާ ސަބަބެއްކަން އެނގޭކަމާއި، މިގޮތުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި
އޭނާއާއި އެކުންފުންޏަކާ ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމުގައިވާ ގޮތުގެމަތިން ޢަމަލުކުރަންޖެހޭކަމާއި،
އެގޮތުން އެފަދަ އެއްބަސްވުމުގައި ބަޔާންވެފައިވާ ނޯޓިސް ދިނުމާއި، މުސާރައާއި އިނާޔަތްތައް ލިބުން
ޙައްޤުވާކަން އެނގޭކަމާއި، މުވައްޒަފަކު ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެވާ ސަބަބެއްކަމާމެދު ސުވާލު
އުފެދޭ ހާލަތުގައި އެ ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށްދިނުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 29
ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި، އެހެނިހެން ހާލަތްތަކުގައި ވަޒީފާދޭ ފަރާތުގެ
OX
ޒިންމާއެއްކަން ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ
ހައި
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން މާލެ ދިވެހިރާއްޖެ ފޯން: 33256329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
8
2{11/HC-A/2{{
3x
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
(ރ) ހަތަރުވަނަ ކަމަކީ: މުޙައްމަދު ރަފީޤް، މޯލްޑިވްސް މީޑިޔާ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުގެ ދަށުން ހިންގާ ދި.އެފް.އެމް 95.2 ގައި އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިކޮށްފައިވަނީ
އެކުންފުނީގެ ޚަރަދުކުޑަކުރުމުގެ ގޮތުން އެސްޓޭޝަން ރީސްޓްރަކްޗަރކޮށް މުވައްޒަފުން މަދުކުރުމަށް
ދި.އެފް.އެމް ހިންގާ މޯލްޑިވްސް މީޑިޔާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމުމާ
ގުޅިގެންކަމާއި، މިގޮތުން ސްޓޭޝަން ރީސްޓްރަކްޗަރ ކުރުމުގެ ގޮތުން އުވާލި ޑިޕާޓްމަންޓްތަކުގެ ތެރޭގައި
ދި.އެފް.އެމް 95.2 ގެ ޚަބަރާއި ބެހޭ ސެކްޝަން ހިމެނޭކަން އެނގޭކަމާއި، އެސެކްޝަން އުވާލުމަށްފަހު،
އެސެކްޝަނުގެ މަސައްކަތްތައް ބަދަލު ކުރެވިފައިވަނީ ޕްރޮގްރާމްތަކާއި ބެހޭ ސެކްޝަނަށް ކަމާއި، ކުރީގެ
ސެކްޝަނުގައި ތިބި
07 (ހަތެއް) މުވައްޒަފުންގެ ތެރެއިން 02 (ދޭއް) މުވައްޒަފަކު ފިޔަވައި އެހެން
ހުރިހާ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާ ކަމާއި، ވަޒީފާއިން ވަކިނުކޮށް ތިބި ދެ މުވައްޒަފުން
ބައިތިއްބާފައިވަނީ، އެ ދެމުވައްޒަފުންގެ ތަޢުލީމީ ފެންވަރަށާއި، ޙާޟިރީ އަށާއި، އަދި އެކްސްޕީރިއަންސަށް
ބަލާފައިކަމުގައި މޯލްޑިވްސް މީޑިޔާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެފައިވާކަން އެނގެން
އޮންނަކަމެވެ.
OXO
(ބ) ފަސްވަނަ ކަމަކީ:
ވަޒީފާގެ އެއްބަސްވުމެއް
ނިމުމަކަށް ގެނައުމަށްފަހު، އެކަން
މުވައްޒަފަށް އަންގާ ތާރީޚުން ފެށިގެން 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި އެމުވައްޒަފަކު އެދިއްޖެނަމަ،
ޤާނޫނުނަންބަރު 2/2008 (ވަޒީފާއާ ބެހޭ ޤާނޫނު) ގެ 24 ވަނަ މާއްދާގެ (ހ) ގެ 1 އިން 6 އަށް
ބަޔާންކޮށްފައިވާ ކަންތައްތަކަށް އިޝާރާތްކޮށް ވަޒީފާއަދާކުރި ގޮތުގެ ލިޔުމެއް ވަޒީފާދޭފަރާތުން ވަޒީފާއަދާކުރި
ފަރާތަށް ދޫކުރަންވާނެކަމަށް އެމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާއި، އަދި މުވައްޒަފަކު އެދިއްޖެ
ހިނދެއްގައި މެނުވީ، އެމުވައްޒަފަކު ވަޒީފާއިން ވަކިވާން ދިމާވި ސަބަބު ނުވަތަ އޭނާ ވަޒީފާ އަދާކުރި
ގޮތާމެދު ވަޒީފާ ދޭ ފަރާތުން ދެކޭގޮތް ވަޒީފާ އަދާކުރި ގޮތުގެ ލިޔުމުގައި ހިމަނައިގެން ނުވާނެކޮށް
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
9
2{011/HC-A/2{{
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާއިރު، 16 ސެޕްޓެމްބަރު 2010 ގައި މޯލްޑިވްސް މީޑިޔާ ކޮމްޕެނީގެ
ލެޓަރހެޑުގައި މުޙައްމަދު ރަފީޤް ބެހޭ ގޮތުން ދީފައިވާ ލިޔުމަކީ އޭނާ ވަޒީފާ އަދާކުރިކަމުގެ ލިޔުމެއް
ދިނުމަށް އަނގަބަހުން އެދުމުން ދޫކުރި ލިޔުމެއްކަމަށް މުޙައްމަދު ރަފީޤު، 10 ނޮވެމްބަރު 2010 ގައި
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ދީފައިވާ ބަޔާނުގައި ބުނެފައި އޮތް ނަމަވެސް، އެލިޔުމުގައި އޭނާ ވަޒީފާއިން
ވަކިވާން ދިމާވި ސަބަބު ނުވަތަ ވަޒީފާ އަދާކުރިގޮތް ހިމެނުމަށް އެދިފައިވާކަން ސާބިތުނުވާތީ އެލިޔުމުގައި
އޭނާ ވަޒީފާއިން ވަކިކުރެވުނު ސަބަބާއި ވަޒީފާއަދާކުރިގޮތް ބަޔާންކޮށްފައިވާނީ އެޤާނޫނުގެ 24 ވަނަ
މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުސޫލާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭކަމެވެ.
އެމެވައެ$
އެހެންކަމުން، ގއ.
ކޮލަމާފުށީ އޮއިވާލި، މުޙައްމަދު ރަފީޤް، މޯލްޑިވްސް މީޑިޔާ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑުގެ ދަށުން ހިންގާ ދި.އެފް.އެމް 95.2 ގެ އެޑިޓަރ ނިއުސް އެންޑް ކަރަންޓް
އެފެއާރޒްގެ މަޤާމުން 02 އޯގަސްޓް 2010 ގައި ވަކިކޮށްފައިވަނީ، އެސްޓޭޝަން ރީސްޓްރަކްޗަރ
ކުރުމުގެ ގޮތުންކަން މިމައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުން ސާބިތުވާތީއާއި، މުވައްޒަފަކު
ވަޒީފާއަދާކުރާ ތަނެއް ރީސްޓްރަކްޗަރ ކުރުމުގެ ސަބަބުން ވަޒީފާއިން ދޫކޮށްލަންޖެހޭ މުވައްޒަފުން
ވަޒީފާއިން ވަކިކުރުމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ފުދޭ އެކަށީގެންވާ ސަބަބެއްކަމަށް
ޤަބޫލުކުރެވޭކަމާއި، އަދި މިކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 89/HC
-
A/2011 ޤަ
ޤަޟިއްޔާގައިވެސް
ކަނޑައަޅުއްވާފައިވާތީއާއި، މުޙައްމަދު ރަފީޤު ވަޒީފާއިން ވަކިކުރެވިފައިވަނީ، އޭނާ ވަޒީފާއިން ވަކިކުރުމަށް
ނޯޓިސް ދިނުމަށްފަހު، އަދި އެމުއްދަތުގައި ދޭންޖެހޭ މުސާރަ ދިނުމަށްފަހުގައިކަން މުޙައްމަދު ރަފީޤުގެ
ބަހުންނާއި މޯލްޑިވްސް މީޑިޔާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ބަހުން އެނގޭތީ، ޤާނޫނު ނަންބަރު 2008
2
(ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަމާއްދާގެ (ރ) ގެ ދަށުން ބަދަލުގެ ގޮތުގައި 43,400.00ރ
(ސާޅީސްތިންހާސް ހަތަރުސަތޭކަ ރުފިޔާ) 05 މެއި 2011 ދުވަހުން ފެށިގެން 7 (ހަތެއް)
ކަ
އައިކޯޓް
*
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
10
2{11/HC-A/2{{
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ތެރޭގައި އެއްފަހަރާ މުޙައްމަދު ރަފީޤަށް ދިނުމަށް އަންގަވައި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު
2010/VTR/249 މައްސަލަ ނިންމުމުގައި އަމުރުކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ
ޚިލާފަށްކަމަށް ފެންނާތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2010/VTR/249 މައްސަލަ ނިންމުމުގެ
އެބައި ބާޠިލުކޮށް،
އެމައްސަލައިގެ ނިންމުމުގައި މުޙައްމަދު ރަފީޤަށް 16 ސެޕްޓެމްބަރު 2010 ގައި
މޯލްޑިވްސް މީޑިޔާ ކޮމްޕެނީގެ ލެޓަރހެޑުގައި ދީފައިވާ މުޙައްމަދު ރަފީޤު ވަޒީފާއަދާކުރި ކަމުގެ ލިޔުމަކީ
ޤާނޫނު ނަންބަރު 2
:
2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 24 ވަނަމާއްދާއާ ޚިލާފަށް ދޫކޮށްފައިވާ
ލިޔުމެއްކަމަށްވާތީ އެލިޔުން އޭނާގެ ރިކޯޑުން އުނިކުރުމަށް މޯލްޑިވްސް މީޑިޔާ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑަށް އަންގަވައި ކުރައްވާފައިވާ އަމުރަށް ތާއީދުކުރުމަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވާތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2010/VTR/249
މައްސަލައިގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ކަމެވެ.
ޙުކުމް
ދެންފަހެ އިސްވެ ބަޔާން ކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން، ގއ. ކޮލަމާފުށީ
އޮއިވާލި، މުޙައްމަދު ރަފީޤް، މޯލްޑިވްސް މީޑިޔާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ދަށުން ހިންގާ ދި.އެފް.އެމް
95.2 ގެ އެޑިޓަރ ނިއުސް އެންޑް ކަރަންޓް އެފެއާރޒްގެ މަޤާމުން 02 އޯގަސްޓް 2010 ގައި
ވަކިކޮށްފައިވަނީ، އެސްޓޭޝަން ރީސްޓްރަކްޗަރ ކުރުމުގެ ގޮތުންކަން މިމައްސަލައިގައި ހުށަހެޅިފައިވާ
ލިޔުންތަކުން ސާބިތުވާތީއާއި، މުވައްޒަފަކު ވަޒީފާއަދާކުރާ ތަނެއް ރީސްޓްރަކްޗަރ ކުރުމުގެ ސަބަބުން
ވަޒީފާއިން ދޫކޮށްލަންޖެހޭ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަކީ އެމުއްވައްޒަފަކު ވަޒީފައިން
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
11
2{11/HC-A/2{{
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
c25
ފުދޭ އެކަށީގެންވާ ސަބަބެއްކަން ޝަރީޢަތަށް ސާބިތުވާތީ މުޙައްމަދު ރަފީޤު ވަޒީފާއިން ވަކިކުރެވިފައިވަނީ
ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތިންކަން ޝަރީޢަތަށް
ސާބިތުވާކަމަށް ކަނޑައަޅައި، އެޤާނޫނުގެ 29 ވަނަމާއްދާގެ (ރ) ދަށުން މުޙައްމަދު ރަފީޤަށް ބަދަލުގެ
ގޮތުގައި 43,400.00ރ (ސާޅީސްތިންހާސް ހަތަރުސަތޭކަ ރުފިޔާ) 05 މެއި 2011 ދުވަހުން ފެށިގެން
7 (ހަތެއް) ދުވަހުގެ ތެރޭގައި އެއްފަހަރާ ދިނުމަށް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު
2010/VTR/249 މައްސަލަ ނިންމުމުގައި އަންގަވައި އަމުރުކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުސޫލުތަކާ ޚިލާފަށްކަމަށްވާތީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2010/VTR/249 މައްސަލަ
ނިންމުމުގެ އެބައި ބާޠިލުކޮށް،
އެމައްސަލައިގެ ނިންމުމުގައި މުޙައްމަދު ރަފީޤަށް 16 ސެޕްޓެމްބަރު 2010 ގައި
މޯލްޑިވްސް މީޑިޔާ ކޮމްޕެނީގެ ލެޓަރހެޑުގައި ދީފައިވާ މުޙައްމަދު ރަފީޤު ވަޒީފާއަދާކުރި ކަމުގެ ލިޔުމަކީ
އެޤާނޫނުގެ 24 ވަނަމާއްދާ އާ ޚިލާފަށް ދޫކޮށްފައިވާ ލިޔުމެއްކަމަށްވާތީ އެލިޔުން އޭނާގެ ރިކޯޑުން
އުނިކުރުމަށް މޯލްޑިވްސް މީޑިޔާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް އަންގަވައި، ކުރައްވާފައިވާ އަމުރަށް،
މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކޮށް، މިގޮތުގެ މަތިން ޙުކުމް
ކޮށްފީމެވެ.
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv