ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/188 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/188
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 188/HC-A/2017
އިސްތިއުނާފުކުރި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
0
0
އިސްތިއުނާފް ރައްދުވި ފަރާތް:
ނަން: މުޙައްމަދު
މެދު އަދުހަމް އިބްރާހީމް
އައިޑީ ކާޑު ނަންބަރު: A217709
އެޑްރެސް: ޖަސްތުކަފާގެ / ޅ. ހިންނަވަރު
މިހާރުގެ އެޑްރެސް: މއ. ކިމިއުލަސް / ކ. މާލެ
ރަޖިސްޓްރީކުރެވުނު ތާރީޚް: 28 މާރޗް 2017
، ނިމުނު ތާރީޚް: 18 އޭޕްރީލް 2017
0
0
އިސްތިއުނާފުކުރެވުނު ކޯޓު އަމުރު ނަންބަރު: 2017
/
1800/J
/
MD-145
އަމުރު ނެރުނު ކޯޓު.ކުރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ބަންދު އަމުރު (ފޭރުން | ކުށެއްކުރުމަށް ރޭވުން | ކުށެއް ކުރުމަށް އެދުން)
• އަމުރު ނެރުނު ތާރީޚް: 19 މާރޗް 2017
0
0
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، އިސްފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2017/HC-A/188
ދަޢުވާގެ ޚުލާޞާ
މިއީ، ކުރިމިނަލް ކޯޓުގެ ނަންބަރު 2017
/
1800/J
/
MD-145 ކޯޓު އަމުރު އެކޯޓުން ނެރުއްވާފައިވަނީ
ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާ އެއްގޮތަށްނޫން ކަމަށްބުނެ އެ އަމުރު އިސްތިއުނާފު ކޮށްދިނުމަށް އެދި
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ، ހިންނަވަރު / ޖަސްތުކަފާގެ މުޙައްމަދު އަދުހަމް
އިބްރާހީމް އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
101- ކުރިމިނަލް ކޯޓުގެ ނަންބަރު 2017
/
1800/J
/
MD-145 ކޯޓު އަމުރަށް ބަލާއިރު، އެ
ކޯޓުއަމުރަކީ، 2017 ޖަނަވަރީ 04 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރެއިންބޯ ލިވިންގ މޯލް ފިހާރައިގެ
ގިނަ އަދަދެއްގެ ފައިސާތަކެއް އެތަނުގެ މުވައްޒަފުން ހިފައިގެން ދަނިކޮށް ފޭރުނު މައްސަލައިގައި، މުޙައްމަދު
އަދުހަމް އިބްރާހީމްގެ ބައިވެރިވުމެއް އޮތްކަމަށް ތުޙުމަތުކުރެވޭތީ، މިމައްސަލައިގައި މުޙައްމަދު އަދުހަމް
އިބްރާހީމް މިވަގުތު ދޫކޮށްލައިފިނަމަ، މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލިގެން ހިނގައިދާނެކަމަށް
ފެންނާތީއާއި އަދި ހެއްކަށް ނުފޫޒް ފޯރުވަފާނެކަމަށް ފެންނާތީ 20 މާރޗް 2017 ވަނަ ދުވަހުން ފެށިގެން 15
ދުވަހުގެ މުއްދަތަށް، މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި، މުޙައްމަދު އަދުހަމް އިބްރާހީމް
ބަންދުގައި ބަހައްޓަން އަމުރުކޮށް ދެއްވުން އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު: 157548/MF
”ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް” އިން ހުށަހެޅުމުން މުޙައްމަދު އަދުހަމް އިބްރާހީމްގެ މައްޗަށް
ތުޙުމަތުކުރެވޭ މައްސަލައިގެ ތަޙްޤީޤުގައި، މޯބައިލް ފޮރެންސިކް ރިޕޯޓު ލިބުން ފިޔަވައި ތަޙްޤީޤުގެ ހުރިހާ
ކަމެއް ނިމިފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފައިވާތީއާއި، މުޙައްމަދު އަދުހަމް އިބްރާހީމްގެ
މައްޗަށް ތުޙުމަތު ކުރެވުނު މައްސަލައިގައި މުޙައްމަދު އަދުހަމް އިބްރާހީމް ގިނަ ދުވަސްތަކެއް ވަންދެން ޖަލު
ޖެހިރާއްޖޭގެ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމް 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/188
ބަންދުގައި ހުންނާތީ، މުޙައްމަދު އަދުހަމް އިބްރާހީމްގެ ބަންދަށް ލުޔެއްދޭން ފެންނާތީއާއި، މުޙައްމަދު އަދުހަމް
އިބްރާހީމްގެ މައްޗަށް ތުޙުމަތު ކުރެވޭ މައްސަލައިގައި، ތުޙުމަތުކުރެވޭ މިންވަރަށް ހެކި ލިބިފައިވާތީ،
މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި 20 މާރޗް 2017 ވަނަ ދުވަހުން ފެށިގެން 15 (ފަނަރަ)
ދުވަހުގެ މުއްދަތަށް، މުޙައްމަދު އަދުހަމް އިބްރާހީމް ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް ނިންމައި، 2017
މާރޗް 02 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ނެރުއްވާފައިވާ އަމުރެއްކަން އެނގެން އޮވެއެވެ.
CCCX
02- ކުރިމިނަލް ކޯޓުގެ ނަންބަރު 2017
/
1800/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާ ޚިލާފަށް ކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން
އެއަމުރު އިސްތިއުނާފުކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް، އެނުކުރާ
ނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެގޮތުން،
• ފުރަތަމަ ނުކުތާއަކީ: ކުރިމިނަލް ކޯޓުގެ ނަންބަރު 2017
/
1800/J
/
MD-145 ކޯޓު އަމުރަކީ،
ދިވެހިރާއްޖޭގެ ޖުމްހޫރިއް
ހުރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، [ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު ގެ 7 ވަނަ މާއްދާގެ
(ހ) ގައި ކަނޑައަޅުއްވާފައިވާ އުސޫލާ ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ ރިޕޯޓުގެ 9 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ އެއު ޞޫލުތަކަށް ރިޢާޔަތް
ކުރެއްވުމަކާނުލައި ނެރުއްވާފައިވާ އަމުރެއް ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
01
03- ކުރިމިނަލް ކޯޓުގެ ނަންބަރު 2017
/
1800/J
/
MD-145 ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދިވެހިރާއްޖޭގެ
CO
އްޖޭގެ
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
ޝައްކުކުރެވޭ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/188
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މައްސަލައިގައި ހިމެނޭ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި
ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ
(ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް އޮތްތޯކަމާއި، އެއިން ސަބަބެއް އޮތްކަން ނުވަތަ
ނެތްކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ
(ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމާއި؛
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު“ ގެ 7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު،
އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް
ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ
ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް
ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެން
އޮންނަކަމާއި،
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށް
ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި،
އަދި އެކުށް ތަޙުޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ
އަދަދަކީ ކޮބައިކަމާއި، ކުށުގެ ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި
ހ 0
3
0
R
، ހައިކޯޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2017/HC-A/188
4 &
ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރުއޮތީ ކިހާވަރެއްކަމާއި، އަދި
ހެކިތަކާކުޅު ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކު
ސުޕްރީމް
ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަން އެނގެން އޮވެއެވެ.
30 އ ސ ޑ 4 ކ އ ހވ
سرما مسرع سرسراسر
4 22
(ނ) މިއިސްތިއުނާފުކުރެވޭ މައްސަލައިގައި ހިންނަވަރު ޖަސްތުކަފާގެ މުޙައްމަދު އަދުހަމް
އިބްރާހީމްގެ މައްޗަށް ތުހުމަތުކުރެވިފައިވަނީ، 2017 ޖަނަވަރީ 04 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި
ރެއިންބޯ ލިވިންގ މޯލް ފިހާރައިގެ ގިނަ ޢަދަދެއްގެ ފައިސާތަކެއް އެތަނުގެ މުވައްޒަފުން ހިފައިގެން ދަނިކޮށް
ފޭރުނު މައްސަލައިގައި، މުޙައްމަދު އަދުހަމް އިބްރާހީމްގެ ބައިވެރިވުމެއް އޮތްކަމަށް ތުޙުމަތު ކުރެވުންކަން،
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު: 157548/MF "ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް“
އިންނާއި، ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމާއި،
މުޙައްމަދު އަދުހަމް އިބްރާހީމްގެ މައްޗަށް ތުހުމަތުކުރެވިފައިވާ އެމައްސަލައަކީ މޯލްޑިވްސް ޕޮލިސް
ސަރވިސްއިން މިހާރު ތަޙްޤީޤު ނިންމާ ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވުމުގެ މަރުޙަލާގައިވާ
މައްސަލައެއްކަން ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމާއިގެ
މުޙައްމަދު އަދުހަމް އިބްރާހީމްގެ މައްޗަށް ތުޙުމަތުކުރެވޭ މައްސަލައިގައި ކަންހިނގާފައިވާ ގޮތަށާއި،
މައްސަލައިގެ ތަޙްޤީޤު ކުރިއަށް ގޮސްފައިވާ ހިސާބަށް ބަލާއިރު، މި މައްސަލާގައި މުޙައްމަދު އަދުހަމް
އިބްރާހީމް މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑަޅާ ތަނެއްގައި ބަންދުގައި ބަހައްޓަންޖެހޭ ފަދަ ސަބަބެއް
އޮތްކަމަކަށް ނުފެނެއެވެ.
145-
ވީމާ، އިސްވެ ބަޔާންކުރެވުނު ކަންކަމަށް ބެލުމުން، ކުރިމިނަލް ކޯޓުގެ ނަންބަރު
2017
/
1800/J
/
MD ކޯޓު އަމުރަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް އޮތް ކަމަކަށް މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހަކަށް ނުފެނުނެވެ.
ދިވެހިރާއްޖެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/188
ހއ 32ކ 2
3
ބnންކރފާން
ހ2
eeއ
އެގޮތުގެ
ދެންފަހެ، އިސްވެ
މަތިން ހުރުމުން، ކުރިމިނަލް ކޯޓުގެ
ނަންބަރު 2017
/
1800/J
/
MD-145 ކޯޓު އަމުރަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށް
ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި
ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
*
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ