ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/159 ޤަޟިއްޔާގެ ޙުކުމް
1
2016/HC-A/159
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
بماندار
20
ދިވެހިރާއްޖޭގެ ހައިކޯޓް
ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 159/HC
-
A/2016
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޓިމްބަރ ހައުސް ޕްރައިވެޓް ލިމިޓެޑް
ރަޖިސްޓްރޭޝަން ނަންބަރު:
642005-C
ދާއިމީ އެޑްރެސް: މ.ހަންޑިއުމާލެ
* މިހާރުގެ އެޑްރެސް: ލ.ހަންޑިއުމާލެ
• އިސްތިޢުނާފް ރައްދުވި ފަރާތް:
:ވޯމާ މާމިގިލި ރިސޯޓް އެންޑް ސްޕާ ޕްރައިވެޓް ލިމިޓެޑް
ރަޖިސްޓްރޭޝަން ނަންބަރު: 443
/
2011-C
* ދާއިމީ އެޑްރެސް: އުނިޔާ ބިލްޑިންގ(މާލެ
މިހާރުގެ އެޑްރެސް: އުނިޔާ ބިލްޑިންގ މާލެ
:
ނިމުނު ތާރީޚް: 17 ޖޫން 2017
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 06 އޭޕްރީލް 2016
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ:
•
ނަންބަރު: 2015/Cv
-
C/2017
0
ނިންވި ކޯޓް: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: މަސައްކަތާއި މުދަލާއި ޚިދުމަތުގެ އަގު ހޯދުން
ހުށަހެޅި ތާރީޚް: 18 ނޮވެމްބަރ 2015
= ނިމުނު ތާރީޚް: 26 ޖަނަވަރީ 2016
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމް، އިސްފަނޑިޔާރު ޢަބްދުﷲދީދީގެ
ފަނޑިޔާރު
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
'2
216/HC-A/159
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
•ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/2017 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ޓިމްބަރ ހައުސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މި ޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ ލޯމާ މާމިގިލި ރިސޯޓް އެންޑް ސްޕާ ޕްރައިވެޓް
ލިމިޓެޑް އެވެ.
• ފާހަގަ ކުރެވުނު ނުކުތާތައް:
1- ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/2017 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ ލޯމާ މާމިގިލި ރިސޯޓް އެންޑް ސްޕާ ޕްރައިވެޓް ލިމިޓެޑް އަށް 06
ފަހަރެއްގެ މަތީން ވިއްކާފައިވާ މުދަލަށް ވަކިވަކިން ފޮނުވާފައިވާ އިންވޮއިސް އާ އެއްގޮތަށް ޓިމްބަރ ހައުސް
ޕްރައިވެޓް ލިމިޓެޑް އަށް ފައިސާ ދައްކާފައިނުވާ ކަމަށާއި، އެ އިންވޮއިސްތަކުގެ ޖުމްލަ އަދަދު ކަމުގައިވާ
253,008.16ރ (ދެލައްކަ ފަންސާސް ތިންހާސް އަށް ރުފިޔާ ސޯޅަ ލާރި) އާއި އިންވޮއިސްތަކުގައިވާ
ތާރީޚަށް ފައިސާ ދައްކާފައިނުވާތީވެ އިންވޮއިސްތަކުގައިވާ ގޮތުގެމަތިން ޖޫރިމަނާ ޝަރުޠު ޖަޒާއީ ގޮތުގައި
ފައިސާ ދައްކަންޖެހޭ ތާރީޚުން ފެށިގެން ފައިސާ ދައްކައި ޚަލާޞްކުރަން ދެން ދުވާލަކަށް %0.5(ސުމެއް
ޕޮއިންޓް ފަހެއް އިން ސައްތަ އާއެކު ލިބިގަތުމަށް ލޯމާ މާމިގިލި ރިސޯޓް އެންޑް ސްޕާ ޕްރައިވެޓް ލިމިޓެޑުގެ
މައްޗަށް ޓިމްބަރ ހައުސް ޕްރައިވެޓް ލިމިޓެޑުން ދަޢުވާކުރުމުން ބެލެވުނު ޤަޟިއްޔާއެއް ކަމާއި،
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
2016/HC-A/159
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
4 ,
8
އެޤަޟިއްޔާ ނިންމަވާފައިވަނީ ދަޢުވާގައިވާ މުދާ ގަނެފައި ވާނެކަމަށާއި މުދަލުގެ އަގުގެ
ގޮތުގައި އިންވޮއިސްތަކުގެ ޖުމްލަ ޢަދަދު ކަމުގައިވާ 253,008.16ރ (ދެލައްކަ ފަންސާސް ތިންހާސް އަށް
ރުފިޔާ ސޯޅަ ލާރި) އަކީ ލޯމާ މާމިގިލި ރިސޯޓް އެންޑް ސްޕާ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޓިމްބަރ ހައުސް
ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާކަމުގައި ލޯމާ މާމިގިލި ރިސޯޓް އެންޑް ސްޕާ ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ޝަރީޢަތުގައި އިޢުތިރާފުވެފައި ވާކަމާއި ނަމަވެސް، އިންވޮއިސްތަކުގައިވާ ޖޫރިމަނާއަކީ ދައްކަންޖެހޭ
ފައިސާއެއް ނޫންކަމުގައި ބުނެ ޖޫރިމަނާގެ ފައިސާ ދެއްކުމަށް ލޯމާ މާމިގިލި ރިސޯޓް އެންޑް ސްޕާ ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ޝަރީޢަތުގައި އިންކާރުކޮށް ފއިވާ ވާކަމާއި
މުދަލުގެ އަގުގެ ގޮތުގައި އިންވޮއިސްތަކުގެ ޖުމްލަ ޢަދަދު ކަމުގައިވާ 253,008.16ރ
(ދެލައްކަ ފަންސާސް ތިންހާސް އަށް ރުފިޔާ ސޯޅަ ލާރި) އަކީ ލޯމާ މާމިގިލި ރިސޯޓް އެންޑް ސްޕާ ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ޓިމްބަރ ހައުސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާކަމުގައި ލޯމާ މާމިގިލި ރިސޯޓް
އެންޑް ސްޕާ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޝަރީޢަތުގައި އިޢުތިރާފާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުން
ޝަރީޢަތަށް ސާބިތުވާކަމުގައި ކަނޑައަޅުއްވައި،
ދަޢުވާ ފޯމާއެކު ހުށަހަޅާފައިވާ އިންވޮއިސްތަކުގައިވާ ޚިދުމަތުގެ އަގު އަދާކުރުމަށް ދީފައިވާ
މުއްދަތުގައި އަގު އަދާކޮށްފައިނުވާތީ އިންވޮއިސްތަކާ އެއްގޮތަށް ޖޫރިމަނާ ލިބިގަތުމަށް ޓިމްބަރ ހައުސް
ޕްރައިވެޓް ލިމިޓެޑުން އެދިފައިވާއިރު، މުދަލުގެ އަގު އަދާކުރާނެ މުއްދަތަކާމެދު ދެފަރާތުނބް
އެއްބަސްވެފައިވާކަން އެނގެން ނެތްކަމާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 27/SC-A/2013
ޤަޟިއްޔާ މި މައްސަލައަށް ތަޠުބީޤު ކުރެވޭތޯ ބަލާއިރު، އިންވޮއިސްގައިވާ ޖަޒާއީ ޝަރުޠުގެ ދަށުން ޖޫރިމަނާ
ނަންގަވައި ދެއްވާފައިވަނީ މުދަލުގެ އަގު އަދާކުރާނެ މުއްދަތަކާމެދު ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އޮވެ
އެ އެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތު ފަހަނައަޅައި ދިއުމުންވެސް އަގު އަދާނުކުރާ ޙާލަތުގައިކަން
ބުނެވިދިޔަ ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 7 ވަނަ ނުކުތާއިން އެނގެން އޮންނާތީވެ، މި މައްސަލާގައި
މުދަލުގެ އަގު އަދާކުރާނެ މުއްދަތަކާމެދު ދެފަރާތުން އެއްބަސްވެފައިވާކަން އެނގޭނއި ނެ
ބާއްޖޭގެ
، ހައި"
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/159
މިދެފަރާތުން ކުރިން ޢަމަލުކޮށްފައިވާނަމަ އެގޮތަކުންވެސް ޖޫރިމަނާގެ ފައިސާ ދައްކާފައިވާ ކަން ޝަރީޢަތަށް
ސާބިތުކޮށްދެވިފައިނުވާތީވެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 27/SC-A/2013 ޤަޟިއްޔާ އާ މި
މައްސަލައިގެ ޙާލަތު ތަފާތުކަމާއި އެހެންކަމުން ޓިމްބަރ ހައުސް ޕްރައިވެޓް ލިމިޓެޑުގެ އިންވޮއިސްތަކުގައިވާ
ޖޫރިމަނާ ނަގައިދެވޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމުގައި ކަނޑައަޅުއްވައި،
މުދަލުގެ އަގުގެ ގޮތުގައި އިންވޮއިސްތަކުގެ ޖުމްލަ ޢަދަދު ކަމުގައިވާ 253,008.16ރ
(ދެލައްކަ ފަންސާސް ތިންހާސް އަށް ރުފިޔާ ސޯޅަ ލާރި) އަކީ ލޯމާ މާމިގިލި ރިސޯޓް އެންޑް ސްޕާ ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ޓިމްބަރ ހައުސް ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމަށްޓަކައި މިއަދުން (26 ޖަނަވަރީ
2016މ.) ފެށިގެން 01 (އެކެއް) މަސްދުވަހުގެ މުއްދަތުގައި މި ފައިސާ ސިވިލް ކޯޓަށް ދައްކައި
ޚަލާޞްކުރުމަށް ލޯމާ މާމިގިލި ރިސޯޓް އެންޑް ސްޕާ ޕްރައިވެޓް ލިމިޓެޑަށް އަންގަވައި ޙުކުމް ކުރައްވައިކަން
އެނގެން އޮންނަކަމެވެ.
2- ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/2017 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ޓިމްބަރ ހައުސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އަންނަނިވި ނުކުތާ ހުށަހަޅައި، އެނުކުތާއާ ގުޅޭ ގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން، ހުށަހެޅި ނުކުތާއަކީ:-
(ހ) ނުކުތާއަކީ: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 27/SC-A/2013 ޤަޟިއްޔާގައި
އެކިއެކި މާލީ މުޢާމަލާތްތަކާ ގުޅިގެން ހެދޭ އިންވޮއިސްތަކުގައި ޖަޒާއީ ޝަރުޠެއް ހިމެނުމަކީ ދިވެހިރާއްޖޭގައި
އިސްތިޤްރާރުވެފައިވާ ކަމެއްކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައި ވީނަމަވެސް،
އިސްތިއުނާފުކުރެވިފައި މިވާ ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/2017 ޤަޟިއްޔާގެ ވާޤިޔާތައް އިސްވެ
ދެންނެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާއާއި އެއްގޮތް ކަމުގައި ވީނަމަވެސް ބިލް ގޭޓުން
ޓިމްބަރ ހައުސް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ އިންވޮއިސްތަކުގައިވާ ޖަޒާއީ
OXOC
ޢަދަދުށްވެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
2016/HC-A/15g
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ފައިސާ ލޯމާ މާމިގިލި ރިސޯޓް އެންޑް ސްޕާ ޕްރައިވެޓް ލިމިޓެޑުގެ ކިބައިން ނަންގަވައި ދެއްވާނެ ތަނެއް
ކަނޑައަޅުއްވާފައިވާ . ބުނެ ހުށަހެޅި 2
,0ކމަށް
8ޅހ2 ށ (ޗަހި
ހއ 2
މަށް
ކe.
3- ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/2017 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ޓިމްބަރ ހައުސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ނުކުތާއަކަށާއި، އެ ނުކުތާއާ ގުޅޭ ގޮތުން
އެކުންފުނީގެ ފަރާތުންނާއި މި އިސްތިއުނާފް ދަޢުވާރައްދުވާ ލޯމާ މާމިނގިލި ރިސޯޓް އެންޑް ސްޕާ ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ބުނެވިދިޔަ
ސިވިލް ކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާ ގުޅޭ ގޮތުން ހުށަހެޅިފައިވާ
ލިޔެކިޔުންތަކުގެ މައްޗަށް ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައި ވެއެވެ.
(ހ) ފުރަތަމަ ކަމަކީ: އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް ކޯޓުގެ ޤަޟިއްޔާގައި ލޯމާ
މާމިގިލި ރިސޯޓް އެންޑް ސްޕާ ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ޓިމްބަރ ހައުސް ޕްރައިވެޓް ލިމިޓެޑުން
ކޮށްފައިވާ ދަޢުވާގައި ބަޔާންކޮށްފައިވާ އެ އިންވޮއިސްތަކުގެ ޖުމްލަ ޢަދަދު ކަމުގައިވާ 253,008.16ރ
(ދެލައްކަ ފަންސާސް ތިންހާސް އަށް ރުފިޔާ ސޯޅަ ލާރި) އަކީ، ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް
ދައްކަންޖެހޭ ފައިސާއެއްކަމަށް ދަޢުވާ ލިބޭ ފަރާތުން އިޤްރާރުވެފައިވާ ކަމާއި، ނަމަވެސް، އިންވޮއިސްތަކުގައިވާ
ތާރީޚަށް ފައިސާ ދައްކާފައިނުވާކަމަށް ބުނެ އިންވޮއިސްތަކުގައިވާ ގޮތުގެމަތިން ޖޫރިމަނާ ޝަރުޠު ޖަޒާއީ
ގޮތުގައި ފައިސާ ދައްކަންޖެހޭ ތާރީޚުން ފެށިގެން ފައިސާ ދައްކައި ޚަލާޞްކުރަން ދެން ދުވާލަކަށް
0.5
%(ސުމެއް ޕޮއިންޓް ފަހެއް އިން ސައްތަ) ގެ ގޮތުގައި ހޯދުމަށް އެދިފައިވާ ފައިސާއަކީ ލޯމާ މާމިގިލި
ރިސޯޓް އެންޑް ސްޕާ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޓިމްބަރ ހައުސް ޕްރައިވެޓް ލިމިޓެޑްއަށް ދައްކަންޖެހޭނެ
ފައިސާއެއް ބުނެ އިންކާރުކޮށްފައިވާކަން އެނގެން އޮންނަކަމާއި، ދަށު
އިސްތިއުނާފުކުރަމުން ޓިމްބަރ ހައުސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފާހަގަކުރި ނުކުތާ ބިނާކޮށް
9
8 ހއބ
ނޫންކަމަށް
26
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2016/HC-A/159
ޝަރުޠު ޖަޒާއީ ގޮތުގައި އެކުންފުނިން ހޯދުމަށް ދަޢުވާކޮށްފައިވާ ފައިސާ ދަށު ކޯޓުން ނަންގަވައި
ދެއްވާފައިނުވާތީ އެފައިސާ ނަންގަވައި ނުދެއްވި ނުދެއްވުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
27/SC
-
A/2013 ޤަޟިއްޔާގައި ޝަރުޠު ޖަޒާއީ އާގުޅޭ ގޮތުން ކަނޑައަ
ފިޑައަޅުއްވާފައިވާ އުސޫލާ ޚިލާފު ކަމަށް
ބުނެ ކަން އެނގެން އޮންނަ ކަމެވެ.
OcOcOOX
(ށ) ދެވަނަ ކަމަކީ: ކޮންޓްރެކްޓަކީ ދެމީހެއްގެ ދެމެދުގައި ނުވަތަ އެއަށްވުރެ ގިނަ ބައެއްގެ
މެދުގައި އެއްބަސްވެވޭ އެއްބަސްވުމެއްކަމަށާއި، އެއެއްބަސްވުމަކީ ޤާނޫނު ޤަބޫލުކުރާ ނުވަތަ ޤާނޫނު ބާރުދޭ
އެއްބަސްވުމަކަށް ވާންވާނެ ކަމަށާއި، ކޮންޓްރެކްޓެއްގައި އެއްބަސްވާ މީހުން ރުހި ޤަބޫލުވާންވާނީ އެއްވެސް
މަޖްބޫރުކަމެއްނެތި އަމިއްލަ އިޚްތިޔާރުގައި ކަމަށާއި އަދި އެމީހުންނަކީ ކޮންޓްރެކްޓް
ކޮންޓްރެކްޓް ކުރުމަށް ޤާނޫނު ޤަބޫލުކުރާ
ފަދަ މީހުން ކަމުގައި ވާންވާނެ ކަމަށާއި،ކޮންޓްރެކްޓަކީ ވަކި ގޮތަކަށް ލާޒިމް އެއްޗެއް ނޫންކަމަށާއި، އެކަކު
އަނެކަކަށް ހުށަހަޅާ ހުށަހެޅުން އެހުށަހެޅުން ރައްދުވި ފަރާތުން ޤަބޫލުކުރުމުން ކޮންޓްރެކްޓެއް ކުރެވޭނެ ކަމާއި،
މިކަންކަން ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާއާއި 3 ވަނަ މާއްދާގެ (ހ)
އާއި 4 ވަނަ މާއްދާއާއި އަދި 5 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނައިރު،
މި މައްސަލައިގެ މުއާމަލާތު ހިނގާފައިވާ ގޮތަށް ބަލާއިރު، ލޯމާ މާމިގިލި ރިސޯޓް އެންޑް
ސްޕާ ޕްރައިވެޓް ލިމިޓެޑުން ބޭނުންވާ މުދާ ގަތުމަށްޓަކައި ޓިމްބަރ ހައުސް ޕްރައިވެޓް ލިމިޓެޑަށް ޕާޗޭސް
އޯޑަރ ފޮނުވުމުން އެ އޯޑަރ ގައިވާ ގޮތުގެމަތިން އެކުންފުންޏަށް ޓިމްބަރ ހައުސް ޕްރައިވެޓް ލިމިޓެޑުން މުދާ
ފޮނުވާފައިވާ ކަމާއި، މިގޮތުން ފަހަރެއްގެ މަތިން މުދާ ގަތުމަށް ފޮނުވުނު ޕާޗޭސް އޯޑަރގައިވާ ގޮތުގެމަތިން
މުދާ ހަވާލުކޮށްފައިވާ ކަމާއި އަދި އެމުދަލުގެ އަގު ދެއްކުމަށް އަންގައި ފޮނުވުނު އިންވޮއިސްތަށްވެސް ލޯމާ
މާމިގިލި ރިސޯޓް އެންޑް ސްޕާ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހަވާލުވެފައިވާކަން
ހުށަހެޅިފައިވާ ލިޔެކިޔުންތަކުންނާއި ދެފަރާތުގެ ބަހުން އެނގޭއިރު،
3 3 3 r
*
" ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2016/HC-A/159
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އިސްވެ ބުނެވިދިޔަ ގޮތުގެމަތިން ޓިމްބަރ ހައުސް ޕްރައިވެޓް ލިމިޓެޑުން މާމިގިލި ރިސޯޓް
އެންޑް ސްޕާ ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ އިންވޮއިސްތަކުގައި "އެއިންވޮއިސްތަކުގައިވާ ފައިސާ މަތީގައި
ބުނެފައިވާ މުއްދަތުގައި ނުވަތަ އެމުއްދަތުގެ ކުރިން ދައްކަންވާނެކަމަށާއި އެމުއްދަތުގެ ތެރޭގައި ފައިސާ
ނުދައްކައިފި ނަމަ، ފައިސާ ނުދައްކައި އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް އިންވޮއިސްއެއްގައިވާ އަދަދުގެ
0.5
% ޖޫރިމަނާ ކުރެވޭނެއެވެ." ކަމަށް ބަޔާންކޮށްފައިވާ ކަމާއި، އެއެއިންވޮއިސްތަކަށް ފައިސާ ދެއްކުމަށް
ދީފައިވާ މުއްދަތަކީ އެއިންވޮއިސްގައިވާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަސް ކަމާއި، އެގޮތުން
ފޮނުވާފައިވާ އިންވޮއިސްގައި އެއްވެސް މައްސަލައެއް އުޅޭނަމަ، އެކަން އެއިންވޮއިސް ލިބޭތާ 7 (ހަތެއް)
ދުވަހުގެ ތެރޭގައި ޓިމްބަރ ހައުސް ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް އެއިންވޮއިސްތަކުގައި ލިޔެފައިވާކަން
އެނގޭއިރު،
46
4 22
eyން
8
މިދެފަރާތުގެ ދެމެދު މުދާ ގަނެވިއްކުމާ ކުރެވިފައިވާ މުޢާމަލާތަށް ބަލާއިރު،
ކުރެވިފައިވަނީ މުދާ ގަތުމަށްޓަކައި ލޯމާ މާމިގިލި ރިސޯޓް އެންޑް ސްޕާ ޕްރައިވެޓް ލިމިޓެޑުން
ޓިމްބަރ ހައުސް ޕްރައިވެޓް ލިމިޓެޑަށް "ޕާޗޭސް އޯޑަރ" އެއް ފޮނުވުމުން އެޕާޗޭސް އޯޑަރގައިވާ މުދާ
އެކުންފުންޏަށް ޙަވާލުކޮށް، އެމުދަލުގެ އަގު ދެއްކުމަށް އަންގައި އިންވޮއިސްއެއް ފޮނުވުމުން އެއިންވޮއިސްއަށް
ފައިސާ ދެއްކުންކަމާއި މިގޮތުން ލޯމާ މާމިނގިލި ރިސޯޓް އެންޑް ސްޕާ ޕްރައިވެޓް ލިމިޓެޑުން ފޮނުވާ ޕާޗޭސް
އޯޑަރއަކީ ހުށަހެޅުމަށްޓަކައި ދެވޭ ދަޢުވަތެއް ކަމާއި އަދި އެޕާޗޭސް އޯޑަރ ގައިވާ ގޮތުގެމަތިން ޓިމްބަރ
ހައުސް ޕްރައިވެޓް ލިމިޓެޑުން މުދާ ފޮނުވުމަކީ އެ މުދާ ވިއްކުމަށް ހުށަހަޅާ ހުށަހެޅުމެއް ކަމާއި، މުދާ
ފޮނުވުމުން އެމުދަލާ ލޯމާ މާމިގިލީ ރިސޯޓް އެންޑް ސްޕާ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޙަވާލުވުމަކީ
އެކޮންޓްރެކްޓުގެ ޤަބޫލުކުރުން ކަން މި ކަންކަމަށް ބެލުމުން އެނގޭތީ މިދެފަރާތުގެ ދެމެދުގައި ގަނެވިއްކުމުގެ
އެއްބަސްވުން އުފެދިގެންދަނީ ފޮނުވާ މުދަލާ ލޯމާ މާމިގިލި ރިސޯޓް އެންޑް ސްޕާ ޕްރައިވެޓް ލިމިޓެޑުން
ވަގުތުގައި ކަމާއި، އެވަގުތު އެމުދަލުގެ އަގާއި އަދި އަގުދައްކާނެ ގޮތާބެހޭ ގޮތުން މިދެފަރާތުގެ
ދެމެދުގައި އެއްބަސްވުމެއް ވެވިފައިނުވާކަން އެނގޭކަމާއި، މުދާ ފޮނުވާފައިވަނީ ޕާޗޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
2016/HC-A/15g
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޚިލާފަށް ކަމަށް ލޯމާ މާމިގިލި ރިސޯޓް އެންޑް ސްޕާ ޕްރައިވެޓް ލިމިޓެޑަށް ފެނިއްޖެ ޙާލަތެއްގައި އެމުދާ ޤަބޫލު
ނުކުރުމުގެ އިޚްތިޔާރު އެކުންފުންޏަށް ލިބިގެންވާކަން މި މައްސަލައާއެކު ހުށަހަޅާފައިވާ ޕާޗޭސް އޯޑަރތަކަށް
ބެލުމުން އެނގޭކަމާއި،
އިސްވެ ބުނެވިދިޔަ ގޮތުގެމަތިން މިދެފަރާތުގެ ދެމެދުގައި ކޮށްފައިވާ މުއާމަލާތަށް ބަލާއިރު،
މިދެފަރާތުގެ ދެމެދުގައި ވެވިފައިވާ ގަނެވިއްކުމުގެ އެއްބަސްވުމުގެ ދަށުން ވިއްކާ މުދަލުގެ ފައިސާ ދެއްކުމާބެހޭ
ގޮތުން ކުރިން ވަކިގޮތަކަށް މިދެފަރާތުން އެއްބަސްވެފައިވާކަން އެނގެން ނެތްކަން އެނގޭކަމާއި، މިދެފަރާތުގެ
ދެމެދުގައި ކުރެވިފައިވާ މުއާމަލާތަށް ފައިސާ ދެއްކުމަށް އަންގައި ފޮނުވާ އިންވޮއިސްގައި މުދަލަށް ދައްކަންޖެހޭ
ފައިސާގެ އަދަދާއި ފައިސާ ދައްކަންޖެހޭ މުއްދަތާއި އަދި އެމުއްދަތުގައި ފައިސާ ނުދެއްކިއްޖެ ނަމަ،
އިންވޮއިސްގައިވާ ޢަދަދުގެ %0.5 ޖޫރިމަނާ ކުރެވޭނެ ކަމަށް ބަޔާންކޮށްފައި ވާއިރު، އެއިންވޮއިސްގައި
ޖޫރިމަނާކުރުމަށް ހިމަނާފައިވާ ޝަރުޠަކީ އެއިންވޮއިސް ލިބުނު ފަރާތުން ޤަބޫލުކުރާ ޝަރުތެއް ނޫންކަމާއި
ޖޫރިމަނާގެ ފައިސާ ދެއްކުމަށް އެއްބަސްވެފައި ނުވާނެކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވާކަން
އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ: ލޯމާ މާމިގިލި ރިސޯޓް އެންޑް ސްޕާ ޕްރައިވެޓް ލިމިޓެޑަށް ޓިމްބަރ
ހައުސް ޕްރައިވެޓް ލިމިޓެޑުން މުދާ ޙަވާލުކުރުމަށް ފަހު، ފައިސާ ދެއްކުމަށް އަންގައި ފޮނުވާ އިންވޮއިސްގައި
ޖޫރިމަނާކުރެވޭނެ ކަމަށް ބަޔާންކޮށް ހިމަނާފައިވާ އިސްވެ ބުނެވުނު ޝަރުޠު ޖަޒާއީ އާ ގުޅޭ ގޮތުން ލޯމާ
މާމިގިލި ރިސޯޓް އެންޑް ސްޕާ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެއްޗެއް ނާންގައި ހުރުމަކީ، އެޝަރުޠު ޖަޒާއީ
ޤަބޫލުކުރީ ކަމަށް ބެލެވިދާނެތޯއާއި އަދި އެޝަރުޠަށް ޢަމަލުކުރުމަށް އެކުންފުނީގެ މައްޗަށް ލާޒިމް ކުރެވިދާނެތޯ
ބަލާއިރު،
މިދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ ގަނެވިއްކުމުގެ މުއާމަލާތުގައި ވިއްކާ މުދަލުގެ އަގު
ދެއްކުމާއި އަދި އެދެއްކުން ލަސްވެއްޖެނަމަ ޖޫރިމަނާކުރެވޭނެ ކަމަށް
ޖޯކް
އޭ9
ދީފިރ#ނީ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
2016/HC-A/159
ޤަބުން
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ސާފުކޮށް އެނގެން ނެތް ކަމާއި، މުދާ ހަވާލުކުރުމަށްފަހު ފައިސާ ދެއްކުމަށް އަންގައި ފޮނުވާ އިންވޮއިސްގައި
ޖޫރިމަނާ ކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާ ޝަރުތަށް ލޯމާ މާމިގިލި ރިސޯޓް އެންޑް ސްޕާ ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން އިންކާރުކޮށްފައިވާ ޙާލަތުގައި އެނޫން ގޮތަކަށް މިދެފަރާތުން އެކަމާގުޅޭ
ޢަމަލުކޮށްފައިވާކަން ސާބިތުވާން ނެތް ހިނދު، އެޝަރުތަށް ޢަމަލުކުރުން ޝަރީޢަތުން ލާޒިމްކޮށްފިނަމަ، އެކަން
ވެގެން ދާނީ އެފަރާތުން ކޮންޓްރެކްޓް ވީއިރު އެއްބަސްވެފައިވާ ޝަރުތުތަކާއި ކަންތައްތަކުގެ ބޭރުން އަދި
އެފަރާތުގެ ރުހުމާއި އިޚްތިޔާރުގެ ބޭނުންކުރެވޭ ކަމެއްކަމުގައިކަން އެނގެން އޮންނަކަމެވެ.
2
4
/ ތތ 8
COCOCOOX
(ރ) ހަތަރުވަނަ ކަމަކީ: "ޝަރުތު ޖަޒާއީ އަކީ، ކޮންޓްރެކްޓެއްގެ ދަށުން އެކޮންޓްރެކްޓުގެ
ބައިވެރިއެއްގެ މައްޗަށް އަދާކުރުން ލާޒިމްވެގެންވާ އިލްތިޒާމެއް އަދާނުކުރުމުގެ ސަބަބުން ނުވަތަ އެ އިލްތިޒާމެއް
އަދާކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި އަދާނުކޮށް ލަސްކުރުމުގެ ސަބަބުން ކޮންޓްރެކް އަނެއް
ބައިވެރިޔާއަށް ޙައްޤުވާ ގެއްލުމުގެ ބަދަލުގެ މިންވަރު ކުރިއާލައި ކަނޑައަޅައި، ބަދަލު ޙައްޤުވާ ފަރާތަށް އެ
ދަލު ދިނުމަށް ކޮންޓްރެކްޓުގެ ބައިވެރިންގެ މެދުގައި ވެވޭ އެއްބަސްވުމަށް ނުވަތަ ކުރެވޭ ޝަރުތަށް
ބޭނުންކުރެވޭ އިސްތިލާއެއްކަން އެނގެން އޮންނައިރު،
ޝަރުޠު ޖަޒާއީގެ ބުނެވުނު މަފްހޫމުގެ މައްޗަށް
ރިޢާޔަތްކޮށް، ކޮންޓްރެކްޓެ
ކޮންޓްރެކްޓެއްގެ ދަށުން އުފެދޭ
އިލްތިޒާމެއް އަދާނުކުރުމުގެ ސަބަބުން ނުވަތަ އަދާކުރުން ލަސްވުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލުގެ
މިންވަރު ވަޒަންކޮށް އެ ބަދަލު ނެގުމާމެދު އެއްބަސްވުމުގެ ބާރާއި އިޚްތިޔާރު ކޮންޓްރެކްޓްގެ ބައިވެރިންނަށް
ލިބިގެންވީ ނަމަވެސް، އެބާރާއި އިޚްތިޔާރަކީ އެއްވެސް ޝަރުޢީ އަދި ޤާނޫނީ ޤައިދެއް ނެތި، މުތުލަޤު ގޮތަކަށް
ބޭނުންކުރެވޭނެ ބާރަކާއި އިޚްތިޔާރެއް ނޫންކަމަށާއި، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި، ކޮންޓްރެކްޓުގައި
ހިމެނުން ހުއްދަކުރާ ޝަރުތުތައް ވާންޖެހޭނީ އިސްލާމީ ޝަރީޢަތުގަޔާއި، ޤާނޫނުގައި ކަނޑައެޅި
ންވާ"ޤަތުޢީ" އަޙްކާމްތަކާއި ޚިލާފުނުވާ ޝަރުތުތަކަކަށްކަން އެނގެން އޮންނަކަމަށާއި، ކޮންޓްރެކްޓުގެ
ބައިވެރިއަކު އެ ކޮންޓްރެކްޓުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމެއް އަދާނުކުރުމުން
ދ 4
2
2
4
42
341
ބަދަންފަޤީން
R.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/159
FOCO
ލަސްކުރުމުން އޭގެ ސަބަބުން ގެއްލުންވާ ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާއަށް ޙައްޤުވާ ގެއްލުމުގެ ބަދަލު
ކަނޑައެޅުމުގައި ރިޢާޔަތްކުރަންޖެހޭނީ ޤާނޫނު ނަންބަރު 4/91 ( ކޮންޓްރެކްޓާބެހޭ ޤާނޫނު)ގެ 23 ވަނަ
މާއްދާގައި ކަނޑައަޅައި ބަޔާންވެގެން އޮންނަ ގޮތުގެ މައްޗަށްކަމަށާއި، އެމާއްދާގެ (ހ) ގައިވާ ގޮތުން ބަދަލު
ދޭންޖެހޭނެ ގެއްލުމަކީ ކޮންޓްރެކްޓާއި ޚިލާފުވުމުގެ ސަބަބުން ސީދާ ލިބޭ ގެއްލުންކަމަށާއި، އެމާއްދާގެ (ށ) އަށް
ބެލުމުން އެއީ އެފަދަ ޚިލާފު ޢަމަލެއް ކުރުމުން ލިބިދާނެކަމަށް ކޮންޓްރެކްޓުގެ ބައިވެރިންނަށް އެނގިފައިވާ
ގެއްލުންކަމަށާއި، ކޮންޓްރެކްޓާއި ޚިލާފު ޢަމަލެއް ކުރުމުން ލިބިދާނެކަމަށް ލިބޭ ގެއްލުން ވަޒަންކުރުމުގައި
ރިޢާޔަތްކުރަންޖެހޭ މައިގަނޑު ދެ ބާވަތެއްގެ ގެއްލުން ބަޔާންކޮށްފައިވާކަމަށާއި، ފުރަތަމަ ބާވަތަކީ:
ކޮންޓްރެކްޓާއި ޚިލާފުވުމުގެ ސަބަބުން ލިބޭ ސީދާ ނުވަތަ ޙަޤީޤީ ގެއްލުންކަމަށާއި ދެވަނަ ބާވަތަކީ؟
ކޮންޓްރެކްޓާއި ޚިލާފުވުމުގެ ސަބަބުން ލިބިދާނެކަމަށް ކޮންޓްރެކްޓުގެ ބައިވެރިންނަށް ފެންނަ ނުވަތަ ތަސައްވަރު
ނުވަތަ އިންތިޒާރުކުރެވޭ ގެއްލުންކަމަށާއި، އަދި މިފަދައިން ކަން ވެފައިވާކަން ސާބިތުވެއްޖެ ނަމަ މިފަދަ
ޝަރުތު ޖަޒާއީއެއްގެ ދަށުން ކަނޑައެޅޭ ބަދަލުގެ މިންވަރަކީ، އިޝާރާތް ކުރެވުނުފަދަ ގެއްލުމަކާއި އެކަށީގެންވާ
މުނާސަބު ބަދަލަކަށް ވާންޖެހޭނެ ކަމަށާއި، އެބަދަލު ކަނޑައެޅުމުގައި "ތަޢައްސުފު"(arbitrariness
/
abuse)
ވެ، ލިބޭ ގެއްލުމާއި ނުބައްދަލު އެކަށީގެންވާ މިންވަރަށްވުރެ މާބޮޑު މިންވަރެއްގެ ބަދަލު ކަނޑައެޅުމަކީ
އިސްލާމީ ޝަރީޢަތާއި، މިޒަމާނުގެ ޤާނޫނީ ނިޒާމްތަކުގައި އިސްތިޤްރާރުވެފައިވާ އަޙްކުމްތަކާއި ކަނޑައެޅިގެން
ތަޢާރުޟުވާކަމެއްކަމަށާއި، ކޮންޓްރެކްޓެއްގައި ހިމެނޭ " ޝަރުތު ޖަޒާއީ" އެއްގެ ދަށުން ނެގުމަށް އެއްބަސްވެވޭ
ގެއްލުމުގެ ބަދަލުގެ މަޝްރޫޢިއްޔަތުކަން ދެމިގެން އަންނަނީ މާތްރަސޫލާ ( ޞައްލައްﷲ ޢަލައިހި ވަސައްލަމް)
ޙަދީސް ކުރައްވާފައިވާ "ލާ ޝަރަރަ ވަލާ ޝިރާރާ" މި ނައްސުންކަމަށާއި، ކީރިތި ރަސޫލާގެ ޙަދީސް
ބަސްފުޅުގައި ބަޔާންކުރެވިފައިވާ މިޤާއިދާއަށް ރިޢާޔަތްކުރާއިރު، ޝަރުތު ޖަޒާއީގެ ދަށުން ނެގޭ ބަދަލަކީ
ތަޢައްސުފު" ކޮށް ނެގޭ، ލިބިދާނެކަމަށް ބެލެވޭ ޙަޤީޤީ ގެއްލުމަކާ ނުވަތަ ފާއިތުވެދާނެ މަސްލަޙަތަކާ ނުވަތަ
ފާއިދާއަކާ ނުބައްދަލު އެކަށީގެންވާ މިންވަރަށްވުރެ މާބޮޑު ބަދަލަކަށްވާނަމަ، އެއީ ސައްޙަ އަސާސެއްގެ މައްޗަށް
ބިނާކޮށް ނެގޭ ބަދަލެއްކަމުގައި އިސްލާމީ ނަޒަރަކުން ނުބެލެވޭނެ ކަމަށާއި އެފަދަ ބަދަލުތައް ނެގުމަށް
cuco
4
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/159
3
2
4 އއބ
ނުވާނޭކަމަށް
ކުރުމަކީ އިސްލާމީ ޝަރީޢަތުގެ ނައްސުން ޙަރާމް ކުރެވިފައިވާ، މީހުންގެ މުދާ އެބައި މީހުންގެ ރުހުމަކާއި
ނުލައި ނުޙައްޤުން އަތުލުންކަމުގައި މެނުވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
16/SC-A/2015 ޤަޟިއްޔާގައި ފާހަގަ ކުރައްވާފައިވާކަން އެނގޭކަމާއި، މި ޤަޟިއްޔާއަކީ މި މައްސަލަ
އިސްތިއުނާފުކުރަމުން ޓިމްބަރ ހައުސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފާހަގަކޮށްފައިވާ ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ނަންބަރު 27/SC-A/2013 ޤަޟިއްޔާގެ ފަހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޝަރުޠު
ޖަޒާއީ އާ ގުޅޭ ގޮތުން ނިންމަވާފައިވާ ނިންމުމެއްކަން އެނގެން އޮންނަކަމާއި އެހެންކަމުން ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ވަނަ މާއްދާގެ (ރ) އާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު
(ޤާނޫނުނަންބަރު 22/2010) ގެ 20 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން
"ޝަރުޠު ޖަޒާއީ" ގެ މައުޟޫޢުގައި މައްސަލަތައް ނިންމުމުގައި ޢަމަލުކުރަންޖެހޭނީ ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުން އެމައުޟޫޢުގައި ފަހުން ނިންމަވާފައިވާ ނިންމުމަށްކަން އެނގެން އޮންނަކަމެވެ.
143
UCO
(ބ) ފަސްވަނަ ކަމަކީ މި މައްސަލައިގެ ދަޢުވާގައި ޝަރުޠު ޖަޒާއީ ގެ ގޮތުގައި
އިންވޮއިސްތަކަށް ފައިސާ ދައްކަންޖެހޭ ތާރީޚުން ފެށިގެން ފައިސާ ދައްކައި ޚަލާޞްކުރަން ދެން ދުވާލަކަށް
0.5
% (ސުމެއް ޕޮއިންޓް ފަހެއް އިން ސައްތަ) ހޯދުމަށް ޓިމްބަރ ހައުސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
އެދިފައިވީނަމަވެސް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 27/SC-A/2013 ޤަޟިއްޔާއަށް ރިޢާޔަތް
ކުރައްވައި އެފައިސާ ނަންގަވައި ދެއްވާފައި ނުވަނީ އެޤަޟިއްޔާގައި ބެލެވިފައިވާ މައްސަލައަކީ އެމައްސަލައިގައި
ހިމެނޭ ދެފަރާތުގެ ދެމެދުގައި ލިޔުމުން އެއްބަސްވުމެއް އޮވެގެން ކޮށްފައިވާ މުޢާމަލާތަކާއި ގުޅޭ
މައްސަލައެއްކަމާއި އެދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ފޮނުވާ ބިލްތަކަށް ފައިސާ
ދައްކަންޖެހޭނެ މުއްދަތާއި އެމުއްދަތުގައި ފައިސާ ނުދައްކައިފިނަމަ، ޖޫރިމަނާ ނެގޭނެކަމަށް ދެފަރާތުން
އެއްބަސްވެފައިވާތީ ކަން އެނގޭއިރު، މި މައްސަލާގައި އެފަދަ އެއްބަސްވުމެއް ލިޔުމުން ވެވިފައިނުވާކަޕާމްއޭދީ
މިދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ މުއާމަލާތުގައި ޝަރުޠު ޖަޒާއީއާ ބެހޭ
މ
e3
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2016/HC-A/159
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އެއްބަސްވެފައިވާކަން އެނގެން ނެތި، އަދި އެކަމަށް އިސްތިއުނާފުރައްދުވާ ފަރާތުން ދަށު ކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައާއި އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައިވެސް އިންކާރުކޮށްފައިވާކަން އެނގޭއިރު،
އެނޫން އެހެންގޮތަށް އެކަން ހިނގާފައިވާކަން ސާބިތުކުރެވޭ މިންވަރުގެ ހެކި މި މައްސަލަ އިސްތިއުނާފުކުރާ
ފަރާތުން ދެއްކިފައިނުވާތީ، އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފުރައްދުވާ ފަރާތަށް ފޮނުވާފައިވާ
އިންވޮއިސްތަކުގައި ޝަރުޠު ޖަޒާއީ ގެ ގޮތުގައި އިންވޮއިސްތަކަށް ފައިސާ ދައްކަންޖެހޭ ތާރީޚުން ފެށިގެން
ފައިސާ ދައްކައި ޚަލާޞްކުރަން ދެން ދުވާލަކަށް %0.5 (ސުމެއް ޕޮއިންޓް ފަހެއް އިން ސައްތަ) ހޯދުމަށް
ޓިމްބަރ ހައުސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެދިފައިވާ ފައިސާ އެފަރާތަށް ދެއްކުމަށް މި މައްސަލައިގެ
އިސްތިއުނާފުރައްދުވާ ލޯމާ މާމިގިލި ރިސޯޓް އެންޑް ސްޕާ ޕްރައިވެޓް ލިމިޓެޑަށް ޝަރީޢަތުން އަންގަންޖެހޭ
ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް މި މައްސަލަ އިސްތިއުނާފުކުރާ ޓިމްބަރ ހައުސް ޕްރައިވެޓް ލިމިޓެޑަށް
ދެއްކިފައި ނުވާކަން އެނގެން އޮންނަކަމެވެ.
އެހެންކަމުން،
ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، ސިވިލް
ކޯޓުގެ ނަންބަރު 2015/Cv-C/2017 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ
ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ.
ޙުކުމް:
ދެންފަހެ އިސްވެ ބަޔާން ކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ސިވިލް ކޯޓުގެ
ނަންބަރު 2015/Cv-C/2017 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
ޚިލާފަށް ކަމަށް ބަލާނެ ތަނެއް ނެތްކަމަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާ ދޭންގެ
އިއްތިފާޤުން ކަނޑައަޅައި އެގޮތުގެމަތިން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv