ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/46 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/46
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
..
ޤަޟިއްޔާ ނަންބަރު: 46/HC-A/2016
އިސްތިއުނާފް ކުރިފަރާތް:
* ނަން: މޯލްޑިވްސް ދޯނި ސަރިސް} ހ.އާޝިތިޔާނާ ޢަލީ މޫސާ
އައިޑީ ކާޑު ނަންބަރު:A065018
6
ދާއިމީ އެޑްރެސް: ހ.އާޝިޔާނާ| ކ.މާލެ
0
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ސޮނީ ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑް
އިޑީ ކާޑު ނަންބަރު.
: ދާއިމީ އެޑްރެސް: ސޮނީބިލްޑިންގ/ ކ.މާލެ
މިހާރުގެ އެޑްރެސް:
0
ރަޖިސްޓްރީކުރެވުނު ތާރީޚް: 22 ރަބީޢުލްއާޚިރު 1437
01 ފެބްރުއަރީ
ނިމުނު ތާރީޚް 03 ރަމަޟާން 1437
08 ޖޫން 2016
2016
• އިސްތިއުނާފުކުރެވުނު އަމުރު ނަންބަރު: 2014/Cv-C/2315
• ޤަޟިއްޔާގެ ބާވަތް: ސާބިތުދަރަނި
ނިންމެވި ކޯޓް: ސިވިލް ކޯޓު
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލީސް
ފަނޑިޔާރު އގ.ޢަލީ ސަމީރު، ފަނޑިޔާރު އގ.ޢަބްދުﷲ ޙަމީދުގެ އިސްފަނޑިޔާރު އގ.ޢަބްދު
ގިހިރާއްޖޭގެ ހައި
، ދިވެހި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/46
ދަޢުވާގެ ޚުލާ.
OX OC
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/2315 ޤަޟިއްޔާ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެމައްސަލަ އިސްތިއުނާފް ކޮށްދިނުން އެދި
މޯލްޑިވްސް ދޯނި ސަރވިސްގެ ފަރާތުން ހ.އާޝިޔާނާ/ ކ.މާލެ ޢަލީ މޫސާގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާގެ
.ޔާ އކވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ރައްދުވާ ފަރާތަކީ، ސޮނީ ހާރޑްވެއަރ ޕްރައިވެޓް
ލިމިޓެޑެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/2315 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ، މަދަނީ ކޯޓުގެ ނަންބަރު 2009/MC/638 ޤަޟިއްޔާއިން މޯލްޑިވްސް
ދޯނި ސަރވިސަސް ހ.އާޝިޔާނާ ޢަލީ މޫސާ (ދ.ރ.ކާޑު ނަންބަރު: A065018) ގެ މައްޗަށް
ކޮށްފައިވާ ޙުކުމާއި އެއްގޮތަށް ފައިސާ ދައްކާފައިނުވާތީ މޯލްޑިވްސް ދޯނި ސަރވިސަސް | ހ.އާޝިޔާނާ
ޢަލީ މޫސާގެ މައްޗަށް މޫސާ ކަލީމް | ސޮނީ ހާރޑްވެއަރ އިން ދަޢުވާކޮށް ހުށަހެޅުމުން ބެލެވުނު
މައްސަލައެއްކަން އެނގޭކަމާއި،
އެމައްސަލައިގައި ޙުކުމްކޮށްފައިވަނީ "ދެންފަހެ، މަދަނީ ކޯޓުގެ ނަންބަރު: 2009/MC/638
ޤަޟިއްޔާއިން މޯލްޑިވްސް ދޯނި ސަރވިސަސް | ހ.އާޝިޔާނާ ޢަލީ މޫސާ (ދ.ރ.ކާޑް ނަންބަރު:
A065018) ގެ މައްޗަށް ކޮށްފައިވާ ޙުކުމާއި އެއްގޮތަށް ފައިސާ ދައްކާފައިނުވާތީ މޯލްޑިވްސް ދޯނި
ސަރވިސަސް / ހ.އާޝިޔާނާ ޢަލީ މޫސާގެ މައްޗަށް މޫސާ ކަލީމް
ހާރޑްވެއަރ އިން
ކޮށްފައިވާ މިދަޢުވާއަށް ބެލިއިރު،
މިއީ މަދަނީ ކޯޓުގެ ނަންބަރު: 2009/MC/638 ޤަޟިއްޔާގެ ޙުކުމާއި އެއްގޮތަށް ފައިސާ
ދައްކާފައިނުވެގެން ހުށަހެޅުނު ތިންވަނަ ފަހަރުކަމާއި، މަދަނީ ކޯޓުގެ ނަންބަރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
އްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/46
2009/MC/638 ޤަޟިއްޔާގެ ޙުކުމުން ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް ދެއްކުމަށް
ކަނޑައަޅާފައިވާ ފައިސާ ދައްކާ ޚަލާޞްކޮށްފައިނުވާކަން ސިވިލް ކޯޓުގެ ރެކޯޑަށް ބެލުމުން އެނގެން
އޮތްހިނދު، މަދަނީ ކޯޓުގެ ނަންބަރު: 2009/MC/638 ޤަޟިއްޔާގެ ޙުކުމަށް ކިޔަމަންގަތުމަށް
ދަޢުވާލިބޭ ފަރާތަށް އަންގައި،
މިއީ ދަޢުވާލިބޭ ފަރާތުގެ މައްޗަށް ޘާބިތުވެފައިވާ މިދަރަންޏަށް ފައިސާ ނުދައްކައިގެން އަދަބު
ކަނޑައަޅަންޖެހުނު ފުރަތަމަ ފަހަރުކަމުގައިވާތީ، ރަހުނެއް ނުހިމެނޭ ޘާބިތު ދަރަނީގެ މުޢާމަލާތްތަކުގައި
ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދުގެ 02 ވަނަ މާއްދާގެ (ހ) ގެ ދަށުން ހ.އާޝިޔާނާ ޢަލީ މޫސާ
(ދ.ރ.ކާޑް ނަންބަރު: A065018) މިއަދު 2015 ފެބްރުއަރީ 03 ވަނަ ދުވަހުން ފެށިގެން 01
(އެކެއް) މަސްދުވަހުގެ މުއްދަތަށް ގޭގައި ބަންދުކުރުމަށް ޢަލީ މޫސާގެ ޣައިރު ޙާޟިރުގައި
ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
އަދި
2
02- ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/2315 މައްސަލަ ނިމިފައިވާގޮތް ޝަރުޢީ
ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެމައްސަލަ އިސްތިއުނާފުކޮށްދިނުން އެދި މޯލްޑިވްސް
ދޯނި ސަރވިސްގެ ފަރާތުން ހ.އާޝިޔާނާ/ ކ.މާލެ ޢަލީ މޫސާގެ ފަރާތުން 04 (ހަތަރެއް) ނުކުތާއެއް
ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖްލީހުގައި ވާހަކަ
ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ؟
ފުރަތަމަ ނުކުތާއަކީ، އިސްތިއުނާފްކުރާ ފަރާތުގެ
ބަހެއް
ހޯދުމަކާއި ނުލައި،
ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފަށް ސިވިލް ކޯޓުގައި ޝަރީޢަތްކޮށްފައިވުންކަމަށް ބުނެ
ހުށަހެޅި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ، މައްސަލައިގެ ޒާތް ކިތަންމެ ސާފުކަމުގައި ލޯ މައްޗަށް ފެނުނު
ނަމަވެސް އަނެއް ފަރާތުގެ ބަހެއް ހޯދުމަކީ އިސްލާމީ ޝަރީޢަތުގެ ޝަރީޢަތް ހިންގުމުގެ އެންމެ
އަސާސީ އެއް އިޖުރާޢަތު ކަމަށްވާއިރު، މިމައްސަލައިގެ ޒާތުގައި ނިމުމުގެ އިޙްތިމާލު ކޮންމެ ކޮޅަކަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A46
އޮތް ނަމަވެސް އިސްތިއުނާފް ކުރާ ފަރާތުގެ ބަހެއް ހޯދަންޖެހޭއިރު، އެފަދައިން ޢަމަލުކޮށްފައިނުވާކަމަށް
ބުނެ ހުށަހެޅި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ، ސުޕްރީމް ކޯޓުގެ ނަންބަރު 02/SC-A/2010
ޤަޟިއްޔާގައި ކަނޑައަޅާފައިވާ އިޖުރާޢަތާއި ޚިލާފަށް ޝަރީޢަތްކޮށްފައިވުން ކަމަށް ބުނެ ހުށަހެޅި
ގެ
OXO,
* * /}
ނކީ 8އވެ.
ހަތަރުވަނަ ނުކުތާއަކީ، ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ
ޤަވާޢިދުގެ 28 ވަނަ މާއްދާގެ ދަށުން ޢަމަލުކުރެވޭނީ، އެ ޤަވާޢިދުގެ 10 ވަނަ މާއްދާގެ ދަށުން
ޢަމަލުކުރުމަށްފަހު ކަމަށްވީނަމަސް، ޤަވާޢިދުގެ 10 ވަނަ މާއްދާއަށް ޢަމަލުނުކޮށް، 28 ވަނަ މާއްދާއަށް
ޢަމަލުކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
35
8
03- މިމައްސަލައާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/2315 ޤަޟިއްޔާ
ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަނުޖެހޭ ކަމަށްބުނެ މޯލްޑިވްސް ދޯނި ސަރވިސްގެ ފަރާތުން
ހ.އާޝިޔާނާ/ ކ.މާލެ ޢަލީ މޫސާގެ ފަރާތުން އިސްތިއުނާފް ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި،
އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައް
ތައްތައް ފާހަގަކުރެވެއެވެ.
.
پرپر میسر
ފުރަތަމަކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ ލްކޯޓުގެ ނަންބަރު
2014/Cv-C/2315 ޤަޟިއްޔާއަކީ،މަދަނީ ކޯޓުގެ ނަންބަރު: 2009/MC/638 ޤަޟިއްޔާއިން،
މޯލްޑިވްސް ދޯނި ސަރވިސަސް | ހ.އާ ޝިޔާނާ ޢަލީ މޫސާގެ މައްޗަށް ކޮށްފައިވާ ޙުކުމާއި
ފައިސާ ދައްކާފައިނުވާތީ ޢަލީ މޫސާގެ މައްޗަށް މޫސާ ކަލީމް | ސޮނީ ހާރޑްވެއަރ ގެ ފަރާތުން
މައްސަލަ ހުށަހެޅުމުން މަދަނީ ކޯޓުގެ ނަންބަރު:2009/MC/638 ޤަޟިއްޔާގެ ޙުކުމާއި އެއްގޮތަށް
އެހާތަނަށްވެސް ޢަލީ މޫސާ ފައިސާ ދައްކާފައިނުވާކަމަށް ކަނޑައަޅައި، ރަހުނެއް ނުހިމެނޭ ޘާބިތު
ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދުގެ 02 ވަނަ މާއްދާގެ (ހ) ގެ ދަށުން ޢަލީ
Xoc
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/46
މޫސާ 01 (އެކެއް) މަސްދުވަހުގެ މުއްދަތަށް ގޭގައި ބަންދުކުރުމަށް ޢަލީ މޫސާގެ ޣައިރު
ޙާޟިރުގައި ޙުކުމްކޮށް ނިންމާފައިވާ މައްސަލައެއްކަން އެނގެން އޮތްކަމެވެ.
(ށ) ދެވަނަކަމަކީ، ސިވިލްކޯޓުގެ ނަންބަރު 2014/Cv-C/2315 ޤަޟިއްޔާއަކީ،
މަދަނީކޯޓުގެ ނަންބަރު 2009/MC/638 ޤަޟިއްޔާގެ ޙުކުމާއި އެއްގޮތަށް މޯލްޑިވްސް ދޯނި
ސަރވިސް ޢަލީ މޫސާގެ ފަރާތުން ފައިސާ ދައްކާފައިނުވެގެން އެފައިސާ ހޯދުމަށް އެދި ހުށަހެޅުނު ތިން
ވަނަ ޤަޟިއްޔާކަން އެނގެން އޮންނަކަމާއި، މިމައްސަލަ ސިވިލްކޯޓުގައި ހިނގާދިޔައިރު، ޢަލީ މޫސާގެ
މައްޗަށް ކުރެވިފައިވާ ޙުކުމާއި އެއްގޮތަށް އެހާތަނަށް ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާކަން
ސިވިލްކޯޓުގެ
އެނގެން އޮތްކަމަށް މިމައްސަލަ ނިންމަވަމުން ޝަރީޢަތުން
ފާހަގަކުރައްވާފައިވާއިރު، މަދަނީކޯޓުގެ ނަންބަރު 2009/MC/638 ޤަޟިއްޔާގެ ޙުކުމާއި އެއްގޮތަށް
އެފައިސާ ދައްކާފައިނުވާނޭކަމަށް ޢަލީމޫސާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވާކަން
OX
އެނގެން އޮތްކަމެވެ.
(ނ) ތިންވަނަކަމަކީ، މޯލްޑިވްސް ދޯނި ސަރވިސް ޢަލީމޫސާގެ ޣައިރު ޙާޟިރުގައި
މިމައްސަލަ ހިންގާ ޙުކުމްކޮށްފައިވަނީ، މިދަޢުވާ ހިންގުމަށްޓަކައި ޢަލީމޫސާގެ އެޑްރެހަށް ކޯޓަށް
ޙާޟިރުވުމުގެ އަމުރު ފޮނުވުމުންވެސް، ޢަލީ މޫސާ ކޯޓަށް ޙާޟިރުވެފައިނުވާތީ، ޢަލީ މޫސާ ޙާޟިރު
ނުވެއްޖެނަމަ ޢަލީ މޫސާގެ ޣައިރު ޙާޟިރުގައި މައްސަލަ ނިންމޭނެކަން އިޢުލާނުކުރެ
ކުރެވުމަށްފަހުގައިކަން
އެނގެން އޮންނަކަމާއި، މިމައްސަލައިގެ ބާވަތުން މިމައްސަލައަކީ ސާބިތު ދަރަނި ހޯދުމުގެ
މައްސަލައެއްކަމަށްވެފައި، ސިވިލްކޯޓުގެ ރެކޯޑުތަކުން ޢަލީ މޫސާ ޙުކުމާއި އެއްގޮތަށް ފައިސާ ދައްކަމުން
ނުދާކަން އެނގެން އޮތަތީއާއި، ޢަލީ މޫސާ ކޯޓަށް ޙާޟިރުވުމަށް އެންގުމުން ކޯޓަށް
ޙާޟިރުވެފައިނުވާތީ، ހުށަހެޅިފައިވާ ކަންކަމުގެ މައްޗަށް ބަލައި، މިމައްސަލަ ޢަލީ މޫސާގެ ޣައިރު
ޙާޟިރުގައި ޙުކުމް ކުރި ކުރުމަކީ، މިފަދަ މައްސަލަތައް ހިންގުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއާތުތަކާއި
ޚިލާފަށް ސިވިލްކޯޓުން ކޮށްފައިވާކަމެއް ކަމުގައި ބެލެވެންނެތްކަމެވެ .
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/46
ވީމާ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން މިމައްސަލަބެލި، ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންދެކެނީ، ސިވިލްކޯޓުގެ ނަންބަރު 2014/Cv-C/2315 ޤަޟިއްޔާގައި އެކޯޓުން
ޙުކުމަށް ބަދަލު ގެންނަންޖެހޭނެ ޝަރުޢީ އަދި ޤާނޫނީ ވިޔަސް ސަބަބެއް
މަށެވެ.
3.
4
6 ދ 6
64 ފ ދ ތ
• ޙުކުމް
ދެންފަހެ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ސިވިލްކޯޓުގެ ނަންބަރު
2014/Cv-C/2315 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް މޯލްޑިވްސް
ދޯނި ސަރވިސް ޢަލީމޫސާގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަޖެހޭނެ ތަނެއް ނެތްކަމަށް މިޤަޟިއްޔާބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި އެގޮތުގެ މަތީން ޙުކުމްކޮށްފީމެވެ.
ޑިހިރާއްޖޭގެ }
ހައިކޯ
" ދިވެހިއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv