ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/304 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/304
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
6
ޤަޟިއްޔާ ނަންބަރ: 304/HC-A/2012
އިސްތިއުނާފުކުރި ފަރާތް:
* ނަން: ސިމާޒު ރަފީޤު
އައިޑީ ކާޑުނަންބަރު: A117529
i
ދާއިމީ އެޑްރެސް: ކިބިމާގެ/ގއ.ވިލިނގިލި
މިހާރުގެ އެޑްރެސް: ފ.ތިމާވެށި(މާލެ
*
0
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑުނަންބަރު.
* ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
5
ހީކުރެވުނު ތާރީޚް: 30 އޮކްޓޯބަރ 2012
ނިމުނު ތާރީޚް: 17 ނޮވެމްބަރު 2012
އިސްތިއުނާފުކުރެވުނު ކޯޓު އަމުރު ނަންބަރު: 2012/8950(J
(
MD-145
ނިންމެވިކަޓް: ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ކޯޓު އަމުރު
• ހުށަހެޅުނު ތާރީޚް: 23 އޮކްޓޯބަރ 2012 ނިމުނު ތާރީޚް: 23 އޮކްޓޯބަރ 2012
• މައްސަލަ ބައްލަވާ ފަނޑިޔާރުންގެ މަޖިލީސް:
ފަނޑިޔާރު: ޢަބްދުލްޣަނީ މުހައްމަދު ފަނޑިޔާރު: ޢަބްދުﷲ ޙަމީދު ފަނޑިޔާރު:ޢައްބާސް ޝަރީފު
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/304
• ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު:2012/8950(J
(
MD-145 ކޯޓު އަމުރު ނެރުއްވާފައިވަނީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ ގއ.ވިލިނގިލި" ކިބިމާގެ، ސިމާޒު ރަފީޤު
(ދ.ރ.ކާޑު ނަންބަރު A117529) ގެ ފަރާތުން އެ އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން
ބެލިފައިވާ ޤަޟިއްޔާއެކެވެ. ސިމާޒު ރަފީޤު ކުރި މި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ، ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާ
-01
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު:2012
/
8950/J
(
MD-145 ކޯޓު އަމުރު
ރުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ ގއ.ވިލިނގިލި/ ކިބިމާގެ، ސިމާޒު
ރަފީޤު (ދ.ރ.ކާޑު ނަންބަރު A117529) ގެ ފަރާތުން އެ އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު
ކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
32- ކްރިމިނަލް ކޯޓުގެ ނަންބަރު:2012/8950(J
(
MD-145 ކޯޓު އަމުރު ސިމާޒު ރަފީޤު
ގެ ފަރާތުން އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާފައިވާ ފޯމުގައި މައިގަނޑު 02 ނުކުތާ ފާހަގަކޮށް އެ ދެ
ނުކުތާއާއި މެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައި ވެއެވެ.
ފުރަތަމަ ނުކުތާއަކީ: 23 އޮކްޓޯބަރ 2012 ގައި ކްރިމިނަލް ކޯޓުގައި ބޭއްވުނު ސިމާޒު
ރަފީޤުގެ ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލީހުގައި ކްރިމިނަލް ކޯޓުގެ ނަންބަރު 2012/8950(J(MD-145
ކޯޓު އަމުރުން ސިމާޒު ރަފީޤު ބަންދުކުރުމަށް ޤާޟީ ކަނޑައަޅުއްވާފައިވަނީ އަދި އެ މަޖިލިސް ޤާޟީ
ނިންމަވާލައްވާފައިވަނީ ސިމާޒު ރަފީޤަށް ވެސް އަދި ސިމާޒު ރަފީޤުގެ ފަރާތުން އެ މަޖިލީހަށް ޙާޟިރުވެ އިން
ޤާނޫނީ ވަކީލަށްވެސް ސިމާޒު ރަފީޤުގެ ދިފާޢުގައި އެއްވެސް އެއްޗެއް ބުނުމުގެ ފުރުޞަތު ލިބިދިނުމަކާ
ނުވާކަމަށާއި، އެހެން ކަމުން އެއީ "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2012/HC-A/304
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 6 ވަނަ މާއްދާގެ (ށ) އާ ކަނޑައެޅިގެން ޚިލާފު
ނިންމުމެއްކަމަށް ބުނެ ފާހަގަކުރައްވާފައިވާ ނުކުތާއެވެ.
* ދެވަނަ ނުކުތާއަކީ: ކްރިމިނަލް ކޯޓުގެ އެ ނިންމުން މިގޮތަށް ނިންމާފައިވާތީ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ އަސާސީ ޙައްޤުތަކުގެ ބާބުގެ 20 ވަނަ މާއްދާއާއި 48 ވަނަ މާއްދާގެ (ށ)
އާއި އަދި 53 ވަނަ މާއްދާގެ (ހ) އާއި އެ ނިންމުން ތަޢާރުޝްވެ އަދި އެ މާއްދާތަކުން ސިމާޒު ރަފީޤަށް
ކަށަވަރުކޮށްދޭ ޙައްޤުތައް އެ ހިނދު ސިމާޒު ރަފީޤަށް ގެއްލިގެން ގޮސްފައިވާކަމަށް ވިދާޅުވެ ފާހަގަކުރައްވާފައިވާ
ނުކުތާއެވެ.
03_ ކްރިމިނަލް ކޯޓުގެ ނަންބަރު: 2012/8950(J
(
MD-145ކޯޓު އަމުރަށާއި، ސިމާޒު
ރަފީޤުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް
ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަ ކުރެވެއެވެ.
(ހ) އިސްތިއުނާފު މިކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު: 2012/8950(J(MD-145 ކޯޓު
އަމުރަކީ، މަނާކުރެވިފައިވާ މަސްތުވާތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރެވިފައިވާ ގއ.ވިލިނގިލި
ކިބިމާގެ، ސިމާޒު ރަފީޤު (ދ.ރ.ކާޑު ނަންބަރުA117529) ގެ ބަންދުގެ މުއްދަތު 24 އޮކްޓޯބަރ 2012
ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް އިތުރުކޮށްދިނުން އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ނަންބަރު 080363/MF "ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް" އިން ހުށަހެޅުމުން ކްރިމިނަލް
ކޯޓުން ނެރުއްވާފައިވާ އަމުރެއްކަން ފާހަގަކުރެވެއެވެ.
(ނ) ޤާނޫނީ ވަކީލެއްގެ އެހީއަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެފަދަ އެހީ ހޯދައި
ލިބިގަތުމުގެ ޙައްޤަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤެއްކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާއި، ހައްޔަރުކުރެވޭ މީހުންނާއި ބަންދުކުރެވޭ
މީހުންނަށް ޤާނޫނުއަސާސީގެ 48 ވަނަ މާއްދާއިން ލިބިފައިވާ ޙައްޤުތަކުގެ ތެރޭގައި، އެމާއްދާގެ (ށ) ގައި،
ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤު ލިބިގެންވާކަން އެމީހަކަށް އަންގަންވާނެކަމަށާއި، އަދި
ލަސްކުރުމެއް ނެތި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި، އެމީހަކު އެ ހައްޔަރުކުރެވުނު ނުވަތަ
4
ބަންޓު
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
4
2012/HC-A/304
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
3
ކުރެވުނު މައްސަލައެއް ނިމެންދެން ޤާނޫނީ ވަކީލުގެ އެހީތެރިކަން ދެމެހެއްޓުމުގެ ފުރުސަތު އެމީހަކަށް
ފަހިކޮށްދޭންވާނެކަމަށް ބަޔާންކޮށްފައިވާކަމާއި، އެހެންކަމުން، ސިމާޒު ރަފީޤުގެ މައްޗަށް ތުހުމަތުކުރެވިފައިވާ
ކުށާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން އޭނާ ހައްޔަރުކުރި ވަގުތުން ފެށިގެން ޤާނޫނީ ވަކީލެއްގެ
އެހީތެރިކަން ހޯދުމާއި، އޭނާ ހައްޔަރުކުރެވުނު މައްސަލަ ނިމެންދެން ވަކީލެއްގެ އެހީތެރިކަން ދެމެހެއްޓުމުގެ
ޙައްޤު ސިމާޒު ރަފީޤަށް ލިބެންވާނެކަން އެނގޭކަމާއި،
އެގޮތުން ސިމާޒު ރަފީޤު ހައްޔަރު ކުރެވުނު އިރު، ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތު
ލިބިފައިވާކަމާމެދު
ކަމާމެދު ސިމާޒު ރަފީޤު އިޢުތިރާޝް ކޮށްފައި ނުވާކަމާއި، އަދި އޭނާގެ ފަރާތުން ޤާނޫނު ވަކީލަކު
ޢައްޔަނުކޮށް އެކަން މޯލްޑިވްސް ޕޮލިސް ސަރވިސް ބަލަގަނެފައިވާކަން ސިމާޒު ރަފީޤުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު
VR007624 ”ޤާނޫނީ ވަކީލުކަން ޤަބޫލުކުރިކަމުގެ ލިޔުން ބަލައިގަތް ސްލިޕް އިން އެނގެން އޮވެފައި
މިއިސްތިއުނާފުކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު: 2012/8950(J
(
MD-145 ކޯޓު އަމުރު ނެރުނު
މުއްދަތުގެ މަޖިލީހަށް ސިމާޒު ރަފީޤު ޙާޟިރުކުރެވުނީ ސިމާޒު ރަފީޤުގެ ވަކީލާއެކުކަން ދައުލަތުގެ ފަރާތުންނާއި
ސިމާޒު ރަފީޤުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އެނގޭކަމާއި، އެހެން ކަމުން
އިޝާރާތްކުރެވުނު، މުއްދަތުގެ މަޖިލީހުގައިވެސް ސިމާޒު ރަފީޤުގެ ފަރާތުން ވަކީލެއްގެ އެހީތެރިކަން ލިބިގަނެ
ދެމެހެއްޓުމުގެ ފުރުޞަތު
ލިބިދެވެންޖެހޭނެ
ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ
ފަނޑިޔާރުން ދެކެއެވެ.
(ނ) ސިމާޒު ރަފީޤުގެ ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލީހުގައި ސިމާޒު ރަފީޤަށްވެސް އަދި
ސިމާޒު ރަފީޤުގެ ފަރާތުން، އެމަޖިލީހަށް ޙާޟިރުވެހުރި ޤާނޫނީ ވަކީލަށްވެސް ސިމާޒު ރަފީޤުގެ ދިފާޢުގައި
އެއްވެސް އެއްޗެއް ބުނުމުގެ ފުރުޞަތު ދިނުމަކާއި ނުލައި ކަމުން އެއީ ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 6 ވަނަ މާއްދާގެ
(ށ) އާ ކަނޑައެޅިގެން ޚިލާފު ނިންމުމެއް ކަމަށް ބުނެ ސިމާޒު ރަފީޤުގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާއަރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
2012/HC-A/304
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދ ޏ އ ވ 3
ބަންދާމެދު
ނުވާކަމަށް
ބަލާއިރު؟ ހައްޔަރާއި ނުވަތަ ބަންދާއިމެދު ގޮތެއް ނިންމާ މަޖިލިހުގައި ހައްޔަރުގައި ނުވަތަ ބަންދުގައިވާ
މީހާއަށް ނުވަތަ އޭނާ ވަކީލަކާއެކު ޙާޟިރުކުރެވިފައިވާނަމަ އޭނާގެ ވަކީލަށް ދިފާޢުގައި ވާހަކަދެއްކުމުގެ
ފުރުޞަތު ދޭންވާނެކަމަށް ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
ގޮތެއް ނިންމުމުގެ ޤަވާޢިދު، ގެ 6 ވަނަ މާއްދާގެ (ށ) ގެ ސާފު ޢިބާރާތުގައި
ބަޔާންކުރެވިފައިވާކަން އެނގެން އޮތްއިރު، އެމަޖިލީހުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ވާހަކަ
ދައްކާ ނިމުމުން، މިއިސްތިއުނާފުކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު: 2012/8950(J
(
MD-145 ކޯޓު
އަމުރު ނެރުނު މަޖިލިހުގައި ސިމާޒު ރަފީޤުގެ ފަރާތުން ދިފާޢުގައި ވާހަކަ ދެއްކުމަށް ސިމާޒު ރަފީޤަށް ނުވަތަ
އޭނާގެ ވަކީލަށްވެސް ފުރުޞަތު ދެއްވާފައި ނުވާކަން ދޭހަވާގޮތަށް ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކެވުމަށްފަހު، އެފުރުޞަތު ހޯދުމަށް ސިމާޒު ރަފީޤު ނުވަތަ އޭނާގެ ވަކީލު
އެ މަޖިލީހުގައި މަސައްކަތްކޮށްފައި ވިދާޅުވެ، އެގޮތުން އެއީ ފަނޑިޔާރު ފުރުޞަތު ނުދިނުންކަމަށް
ދައުލަތަށް ޤަބޫލު ނުކުރެވޭކަމަށް ވިދާޅުވެފައިވާއިރު، ކުށުގެ ތުހުމަތުގައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުގެ
މަޖިލީހުގައި އޭނާގެ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤު އެނާއަށް ޤާނޫނީ ގޮތުން
ލިބިދީފައިވާކަމާއި، ކޯޓުގެ އެފަދަ މަޖިލީހެއްގައި އެއްވެސް މީހަކަށް ވާހަކަ ދައްކާ ހެދޭނީ ފަނޑިޔާރު އެކަމަށް
ފުރުޞަތު ދިނުމުންކަމަށްވާތީއާއި، އެފުރުސަތު ސިމާޒު ރަފީޤަށް ގެއްލިފައިވަނީ އެމަޖިލީހުގައި އެފުރުޞަތު
އޭނާއަށް ލިބިފައިނުވާތީކަން އެނގެން އޮންނާތީ، ކްރިމިނަލް ކޯޓުން ސިމާޒު ރަފީޤު ބަންދުގައި ބެހެއްޓުމަށް
އަމުރު ނެރުއްވުމުގައި ޢަމަލުކުރައްވާފައިވަނީ ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު” ގެ 06 ވަނަ މާއްދާގެ (ށ) ގައި
ކަނޑައެޅިފައިވާ އިޖުރާތާއި އެއްގޮތަށް ނޫންކަން އެނގެއެވެ.
ވީމާ، ކްރިމިނަލް ކޯޓުގެ ނަންބަރު: 2012/8950(J(MD-145 ކޯޓު އަމުރު އިސްތިއުނާފު
ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކާ ގުޅިގެން އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތަކަށް
ހައިކޯޑު
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2012/HC-A/304
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ރިޢާޔަތްކޮށް ބަލާއިރު، އެއަމުރަށް ބަދަލެއް ގެންނަން ޖެހޭކަމަށް މިމައްސަލަ ބެލި މަޖިލީހުގެ ފަނޑިޔާރުން
CCCO OC
0
ޙުކުމް.
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު،
ގއ.ވިލިނގިލި ކިބިމާގެ، ސިމާޒު ރަފީޤު (ދ.ރ.ކާޑު ނަންބަރު A117529)، މިނިސްޓްރީ އޮފް ހޯމް
އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ
ނަންބަރު:
ބަރު: 2012/8950(J(MD-145 ކޯޓު އަމުރު ނެރުއްވުމުގައި ޢަމަލުކުރައްވާފައިވަނީ ކުށެއްގެ
ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ
ޤަވާޢިދު“
ދު” ގެ 06 ވަނަ މާއްދާގެ (ށ) ގައި ކަނޑައެޅިފައިވާ އިޖުރާތާއި ޚިލާފަށްކަން ޝަރީޢަތަށް ސާބިތުވާތީ،
ކްރިމިނަލް ކޯޓުގެ ނަންބަރު: 2012/8950(J(MD-145 ކޯޓު އަމުރުން، 2012 އޮކްޓޯބަރ 24 ވަނަ
ދުވަހުގެ 11:38 އިން 2012 ނޮވެމްބަރ 03 ވަނަ ދުވަހުގެ 11:37 ގެ ނިޔަލަށް މިނިސްޓްރީ އޮފް ހޯމް
އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ އެ އަމުރު،
މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލްކޮށްފީމެވެ.
+
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv