ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/190 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{013HC-A/190
A/k
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
* *ވ ·
ލައްޖޭ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
. ޤަޟިއްޔާ ނަންބަރު: 190/HC
-
A/2013
| އިސްތިއުނާފު ކުރިފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ވަކީލް: އ. ޕަބްލިކް ޕްރޮސިކިއުޓަރ އދ. ޢާއިޝަތު މުޙައްމަދު
*
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ޙުސައިން ޢަބްދު
އައި.ޑީ.ކާޑު ނަންބަރު: A154401
ދާއިމީ އެޑްރެސް: މާދޫނި ގދ.ތިނަދޫ
މިހާރުގެ އެޑްރެސް: މއ.ސޭލަމް
*
، ރަޖިސްޓްރީ ކުރެވުނު ތާރީޚް: 26 ރަޖަބު 1434
05 ޖޫން 2013
ނިމުނު ތާރީޚް: 02 ޝަޢުބާން 1434
11 ޖޫން
2013
އިސްތިއުނާފު ކުރެވުނު އަމުރު ނަންބަރު: 2013/4826(JMD-145
• ނިންމެވި ކޯޓު ކްރިމިނަލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ކޯޓުއަމުރު
އަމުރު ނެރުނު ތާރީޚް: 01 ޖޫން 2013
ހައިކޯޓް
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
2
2013/HC-A/190
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލްކޯޓުގެ ނަންބަރު 2013/4826(J
/
MD-145 ކޯޓުއަމުރު އެކޯޓުން ނެރުއްވާފައި
ވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ބުނެ، އެ ކޯޓުއަމުރު އިސްތިއުނާފުކޮށްދިނުމަށް އެދި،
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ގދ.ތިނަދޫ މާދޫނި ޙުސައިން ޢަބްދުﷲ އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. ކްރިމިނަލްކޯޓުގެ ނަންބަރު 2013/4826(JMD-145 ކޯޓުއަމުރު
ނެރުއްވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، އެ ކޯޓުއަމުރު އިސްތިއުނާފު ކުރުމަށްއެދި، ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. ކްރިމިނަލްކޯޓުގެ ނަންބަރު 2013/4826(JMD-145 ކޯޓުއަމުރު އަމުރަށް ބަލާއިރު،
އެކޯޓުއަމުރަކީ ގދ.ތިނަދޫ މާދޫނި ޙުސައިން ޢަބްދުﷲ ގެމައްޗަށް ތުހުމަތު ކުރެވިފައިވާ ނުރައްކާތެރިގޮތަކަށް
އިންޖީނުލީ އެއްގަމު އުޅަދު ދުއްވުން | މަރު އަދި އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލާގައި ޙުސައިން
ޢަބްދުﷲ ބަންދުގައި ބަހެއްޓުމަށް އަމުރުކުރަންޖެހޭ ވަރުގެ ސަބަބެއް އޮތްކަމަށް ނުފެންނާތީކަމަށް ބުނެ،
01-06-2013 ވަނަދުވަހުގެ 20:00 އިން ފެށިގެން ގދ.ތިނަދޫ މާދޫނި ޙުސައިން ޢަބްދުﷲ ބަންދުން
ދޫކޮށްލުމަށް ކްރިމިނަލްކޯޓުން ނެރުއްވާފައިވާ އަމުރެއްކަން އެނގެންއޮވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
ވެ
3
2{013HC-A/190
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
3. ކްރިމިނަލްކޯޓުގެ ނަންބަރު 2013/4826(JMD-145 ކޯޓު އަމުރު ނެރުއްވާފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
ހުށަހަޅާފައިވަނީ އެއްމެ ނުކުތާއެއްކަމާއި، އެނުކުތާއަކީ އިސްވެ ދެންނެވުނު އަމުރުގައި، ޙުސައިން ޢަބްދު
01 ޖޫން 2013 ދުވަހުގެ 06:00 ހާއިރު ށ.ފޯކައިދޫ، އާރާމްގެ ޙުސައިން ޢަފީފު ދުއްވަންއިން ރަޖިސްޓްރީ
ނަންބަރު އޭ.އޭ.0.ޑީ ޕީ 3613 ސައިކަލުގެ ފަހަތުގައި މީނާ އިނދެ ބޮޑުތަކުރުފާނު މަގުން އިރުން ހުޅަނގަށް
ބާރުސްޕީޑްގައި ދުއްވާފައި ދަނިކޮށް 01 ނަންބަރު ފާލަންކައިރީގައި ތިބި ޓްރެފިކް ފުލުހުން ޙުސައިން
ޢަފީފުއަށް މަޑުކުރުމަށް އެންގުމުންވެސް މަޑުނުކޮށްގޮސް، އެވަގުތު އެތަނުގައި ހުރި ޕޮލިސް ކޮންސްޓަބަލް
މިސްބާޙް ޢަބްދުﷲ (ސނ.4670) ގެ ގައިގައި ސައިކަލުން ޖައްސައި އެކްސިޑެންޓްކޮށްލުމުން،
އެކްސިޑެންޓްގައި ޕޮލިސް ކޮންސްޓަބަލް މިސްބާހް ޢަބްދުﷲ (ސނ. 4670) އަށް ލިބުނު އަނިޔާއަށް އޭ.ޑީ.ކޭ
ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާ މައްސަލާގައި މީނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރަންޖެހޭ
ވަރުގެ ސަބަބެއް އޮތްކަމަށް ނުފެންނާތީ މީނާ ބަންދުން ދޫކޮށްލުމަށް ނިންމަވާފައިވާ ނިންމެވުމަކީ،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާއިމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާގެ (ހ)
އާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19:SC
-
A;2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ޚުލާޞާ ރިޕޯޓުގެ 9 ވަނަ ނުކުތާގެއި ބަޔާންކޮށްފައިވާ އުޞޫލުތަކަށް ރިޢާޔަތް ކުރެއްވުމާކާނުލައި ނެރުއްވާފައިވާ
ހުށަހެޅި ނުކުތާއެވެ.
މި މައްސަލައާ ގުޅިގެން ކްރިމިނަލްކޯޓުގެ ނަންބަރު 2013/4826(JMD-145 ކޯޓު އަމުރު
އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅި ނުކުތާއާއި، އެނުކުތާއާ ގުޅިގެން
ގދ.ތިނަދޫ މާދޫނި ޙުސައިން ޢަބްދުﷲގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
<< O
މ 04 ދ ތތ 3
4
21/މއނތ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
4
2{013HC-A/190
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
0x2
ހ) ފުރަތަމަ ކަމަކީ، މިމައްސަލައާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު
TD053608 "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ބަންދުކުރިތާ 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް މައްސަލަ ހުށަހަޅާ ފޯރމް" އަށް ބަލާއިރު، ގދ.ތިނަދޫ މާދޫނި ޙުސައިން ޢަބްދު
ހައްޔަރު ކުރެވިފައިވަނީ، 01 ޖޫން 2013 ވަނަ ދުވަހުގެ 04:00 ހާއިރު ށ.ފޯކައިދޫ، އާރާމްގެ ޙުސައިން
ޢަފީފު ދުއްވަންއިން ރަޖިސްޓްރީ ނަންބަރު އޭ.އޭ.0.ޑީ 3613 ޕީ ސައިކަލުގެ ފަހަތުގައި މީނާ އިނދެ
ބޮޑުތަކުރުފާނު މަގުން އިރުން ހުޅަނގަށް ބާރު ސްޕީޑްގައި ދުއްވާފައި ދަނިކޮށް، 01 ނަންބަރު ފާލަންކައިރީގައި
ތިބި ޓްރެފިކް ފުލުހުން ޙުސައިން ޢަފީފުއަށް މަޑުކުރުމަށް އެންގުމުންވެސް މަޑުނުކޮށްގޮސް، އެވަގުތު އެތަނުގައި
ހުރި ޕޮލިސް ކޮންސްޓަބަލް މިސްބާޙް ޢަބްދުﷲ (ސނ.4670) ގެ ގައިގައި ސައިކަލުން ޖައްސައި
އެކްސިޑެންޓްކޮށްލުމުން، އެއެކްސިޑެންޓްގައި ޕޮލިސް ކޮންސްޓަބަލް މިސްބާޙް ޢަބްދުﷲ (ސނ. 4670) އަށް
ލިބުނު އަނިޔާއަށް އޭ.ޑީ.ކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާ މައްސަލައާ ގުޅިގެން 2013
ޖޫން 01 ތާރީޚުގެ 04:02 ގައިކަން އެނގެންއޮންނަކަމާއި،
26
2 0 2 0 0 4
ހ2 22
ނުގެން
އިސްތިއުނާފުކުރެވިފައިމިވާ ކްރިމިނަލްކޯޓުގެ ނަންބަރު 2013/4826(J
(
MD-145 ކޯޓު
އަމުރަކީ، ޙުސައިން ޢަބްދުﷲ އަކީ ކުށުގެ ރިކޯޑު މޯލްޑިވްސް ޕޮލިސް ސަރވިސްގައި އޮންނަ މީހަކަށް ވެފައި،
ޙުސައިން ޢަބްދުﷲ ފަހަތުގައި އިނދެ ދުއްވާފައި އައި ސައިކަލް މަޑުކުރުމަށް ފުލުހުން ތަކުރާރުކޮށް
ޑުނުކޮށް ދުއްވާފައި އައިސް ފުލުހެއްގެ ގައިގާ ޖެއްސިކަމަށް މަންޒަރު ދުށް ފަރާތްތަކުން
ބުނާތީއާއި، މައްސަލައިގެ ބާވަތަށް ބަލައި މިވަގުތު ޙުސައިން ޢަބްދުﷲ ބަންދުން ދޫކޮށްލުމީ މައްސަލައިގެ
ހެކިބަސްދޭންތިބި ބަޔަކަށް ބިރު ދައްކައި، ހެއްކަށް ނުފޫޒު ފޯރުވަފާނެކަމަށް ބެލެވޭތީއާއި، މުޖުތަމަޢުގެ ސަލާމަތާ
ރައްކާތެރިކަމަށްޓަކައިކަމަށް ބުނެ 2013 ޖޫން 01 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ޙުސައިން
ޢަބްދުﷲ ބަންދުކޮށްފައި ނުވަތަ ހައްޔަރުކޮށްފައި ބެހެއްޓުމުގެ މުއްދަތު އިތުރުކޮށްދެއްވުމަށް އެދި މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ފަރާތުން ހުށަހެޅުމުން، އެމައްސަލާގައި ޙުސައިން ޢަބްދުﷲ ބަންދުގައި ބަހެއްޓުމައްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
5
2{013HC-A/190
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އަމުރުކުރަންޖެހޭ ވަރުގެ ސަބަބެއް އޮތްކަމަށް ނުފެންނާތީކަމަށް ބަޔާންކުރު
ންކުރައްވައި 2013-06-01 ވަނަދުވަހުގެ
20:00 އިން ފެށިގެން ގދ.ތިނަދޫ މާދޫނި ޙުސައިން ޢަބްދުﷲ ބަންދުން ދޫކޮށްލުމަށް ކްރިމިނަލްކޯޓުން
ނެރުއްވާފައިވާ އަމުރެއްކަން އެނގެންއޮންނަކަމެވެ.
Puc
/
0x ހއ
ތެނަމަ
(ނ) ދެވަނަ ކަމަކީ، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ 7 ވަނަ މާއްދާގެ
(ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް އެމީހެއްގެ ކިބާގައި ފުރިހަމަވެފައި ވޭތޯ ފަނޑިޔާރު
ބަލަންޖެހޭކަމާއި، އެއިން ސަބަބެއް ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައި
ވަނީ ފަނޑިޔާރަށްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އަށާއި 49
ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމާއި، ބަޔާންކުރެވިދިޔަ ސަބަބުތައް ނުވަތަ
ކުށުގެ ތުހުމަތުގައިވާ މީހާ ބަންދުގައި ބެހެއްޓުމުގެ އަމުރެއް ބަޔާންކުރެވިދިޔަ ޤަވާޢިދުގައިވާ ގޮތުގެމަތިން
ފަނޑިޔާރަށް ނެރެވިދާނެކަމާއި،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާއާއި 49 ވަނަ މާއްދާއާއި އަދި
"ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާއިދު" ގެ 7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހެއްގެ
ބަންދުގެ މުއްދަތު އިތުރުކުރުމަށް ނިންމެވުމުގައި އެމީހާގެ މައްޗަށް ތުހުމަތުކުރުމަށް އެކަށިގެންވާ ސަބަބުތަކެއް
ނުވަތަ ހެކިތަކެއް ހުރިތޯވެސް ފަނޑިޔާރު ބައްލަވަންވާނެކަމާއި،
4 22
މިމައްސަލާގައި ހުށަހެޅިފައިވާ ލިއުންތަކަށާއި، ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލައި،
މިޙާދިސާ ހިނގާފައިވާ ގޮތުގެ މައްޗަށް ބަލާއިރުވެސް، ޕޮލިސް ކޮންސްޓަބަލް މިސްބާޙް އަޓޭޖު2ޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
6
2{013HC-A/190
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
(ސނ. 4670) ނިޔާވި އެކްސިޑެންޓުގެ ޙާދިސާގައި މިސްބާޙް ޢަބްދުﷲ ގެ ގައިގައި ޖެއްސި ސައިކަލް
ދުއްވަން އިން ށ.ފޯކައިދޫ، އާރާމްގެ ޙުސައިން ޢަފީފުގެ ފަހަތުގައި އެސައިކަލުގައި ޙުސައިން ޢަބްދުﷲ އިން
އިނުން ފިޔަވައި އިތުރު ކަމެއް ދައުލަތުން ފާހަގަކޮށްފައިނުވާއިރު، އެއެކްސިޑެންޓް ހިނގި ވަގުތު އެސައިކަލުގެ
ފަހަތުގައި ޙުސައިން ޢަބްދުﷲ އިން އިނުން އެކަނި އެއީ ޙުސައިން ޢަބްދުﷲ ގެ މައްޗަށް ކޮށްފައިވާ ތުހުމަތު
ކުރުމަށް އެކަށިގެންވާ ސަބަބެއްކަމަށް މިކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންނަށްވެސް ނުފެނުނެވެ.
(ނ) ތިންވަނަ ކަމަކީ، އިސްވެ ބަޔާންކުރެވިދިޔަ ކަންކަން އެފަދައިން ހުރުމުން، މިމައްސަލަ
މިކޯޓުގައި ބެލި ފަނޑިޔާރުން ދެކެނީ، ކްރިމިނަލްކޯޓުގެ ނަންބަރު 2013/4826(J
/
MD-145 ކޯޓު އަމުރަކީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާވިޔަސް ޚިލާފަށް ނެރެފައިވާ އަމުރެއްކަމުގައި ބަލާނެތަނެއް ނެތްކަމުގައެވެ.
ޙުކުމް:
ދެންފަހެ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މިޤަޟިއްޔާގައި އިސްތިއުނާފުކުރެވިފައި
މިވާ، ކްރިމިނަލްކޯޓުގެ ނަންބަރު 2013/4826(J
/
MD-145 ކޯޓު އަމުރަކީ ޝަރުޢީ ނުވަތަ ޤާނޫނީ
އުޞޫލަކާވިޔަސް ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމުގައި ބަލާނެ ތަނެއް ނެތްކަމަށް މިމައްސަލަ މިކޯޓުގައި
ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
2 0 7 2
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv