ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/47 ޤަޟިއްޔާގެ ޙުކުމް
1
2010/HC-A/47
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އެޑްރެސް: ހ.މެރިންވިޔު/ މާލެ
• ޤަޟިއްޔާ ނަންބަރު: 47/HC
-
A/2010
އިސްތިއުނާފު ކުރިފަރާތް:
*ނަން: އަޙްމަދު ޝަމީމް
* އައިޑީ ކާޑު ނަންބަރު. A035025
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: މުޙައްމަދު ވަޙީދު
އައިޑީ ކާޑު ނަންބަރު: A027546
* ބަދަލުގައި: އޖ.ޢަލީ ޢަބްދުﷲ ގ.ފަރިދޫ
ކާޑު ނަންބަރު: A025277
ދާއިމީ އެޑްރެސް: ޒަމާނީގެ/ ގދ.ތިނަދޫ
*
03
2010
08
2012
ރަޖިސްޓްރީކުރެވުނު ތާރީޚް: 17 ރަބީޢުލްއައްވަލު 1431 ނިމުނު ތާރީޚް: 14 ޞަފަރު 1430
0 ޖެނުއަރީ
އިސްތިއުނާފުކުރެވުނު ޤަޟިއްޔާނަންބަރު، 2008/MC/434
• ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ނިންމެވި ކޯޓް: މަދަނީ ކޯޓް
ތާރީޚް: 27 ފެބްރުއަރީ 2008
ނިމުނު ތާރީޚް: 14 މެއި 2008
741
• މައްސަލަ ނިންމެވި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު:އޏ.ޢަލީ ސަމީރު، ފަނޑިޔާރު:އޏ.ޔޫސުފު ޙުސައިން،ފަނޑިޔާރު:އޏ.ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ދޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2010/HC-A/47
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2008/MC/434 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ހ.މެރިންވިއު އަޙްމަދު
ޝަމީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ. ޤަޟިއްޔާގައި،
މައްސަލަ ރައްދުވާ ފަރާތަކީ ގދ.ތިނަދޫ ޒަމާނީގެ މުޙައްމަދު ވަޙީދެވެ.
)
ފާހަގަކުރެވުނު ނުކުތާތައް
01- މަދަނީ ކޯޓުގެ ނަންބަރު 2008/MC/434 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ ގދ. ތިނަދޫ ޒަމާނީގެ މުޙައްމަދު ވަޙީދުގެ އަތުން އަނބުރާ ދައްކާގޮތަށް ހ.
މެރިންވިޔު (ހ. ވައިޖެހޭގެ ދެވަނަބުރި) އަޙްމަދު ޝަމީމު ނަގާފައިވާ ފައިސާގެތެރެއިން ނުދައްކާއޮތް
-/
1,406,335ރ. (ސާދަލައްކަ ހަހާސް ތިންސަތޭކަ ތިރީސް ފަސްރުފިޔާ) އެކީ އެއްފަހަރާ ހޯއްދުމަށްއެދި
އަޙްމަދު ޝަމީމުގެ މައްޗަށް މުޙައްމަދު ވަޙީދު ދަޢުވާކުރުމުން ބެލުނު މައްސަލައެއްކަން އެނގޭކަމާއި،
ހ.
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ " ދެންފަހެ، މެރިންވިޔު (ހ. ވައިޖެހޭގެ ދެވަނަބުރި)
އައިޑީކާޑް ނަންބަރު A035925، އަޙްމަދު ޝަމީމުގެ މައްޗަށް ގދ. ތިނަދޫ ޒަމާނީގެ، މުޙައްމަދު ވަޙީދު
ކުޅަ މިދަޢުވާގައި ހިމެނޭ ފައިސާ -/
1,406,335ރ. (ސާދަލައްކަ ހަހާސް ތިންސަތޭކަ ތިރީސް ފަސްރުފިޔާ)
އަކީ ދަޢުވާލިބޭ އަޙްމަދު ޝަމީމު ހިއްޞާވާ ކަބީލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ރަޖިސްޓްރީ
ކޮށްފައިވާ "ޖާފަތް" ނަމަކަށްކިޔާ ހޮޓަލަކަށް ދަޢުވާލިބޭ އަޙްމަދު ޝަމީމުގެ އެދުމަކަށް ދަޢުވާކުރާ މުޙައްމަދު
ވަޙީދު ފޮނުވާދީފައިވާ މުދަލުގެ އަގަށް ދޭންޖެހޭ ފައިސާކަމަށް އަޙްމަދު ޝަމީމު ބުނެފައިވާއިރު،
މިމުދާފޮނުވައިދިނުމަށް މުޙައްމަދު ވަޙީދުގާތުގައި އެދިފައިވަނީ ދަޢުވާލިބޭ އަޙްމަދު ޝަމީމު ކަމަށްވެފައި މިމުދާ
ފޮނުވައިދިނުމަށް މުޙައްމަދު ވަޙީދުގެ ގާތުގައި އަޙްމަދު ޝަމީމު އެދުނުއިރު، އެމުދަލަކީ ކަބީލާ މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޒިންމަވާގޮތަށް ގެންދާ މުދަލެއްކަމަށް މުޙައްމަދު ވަޙީދުގެ ގާތުގައި އަޙްމަދު
ޝަމީމުބުނެފައިނުވާކަމާއި، މިމުދަލުގެ އަގު އަދާކުރުމުގެގޮތުން ދަޢުވާކުރާ މުޙައްމަދު ވަޙީދަށް ދޫކޮށްފައިވާ
et couc
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ދޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2010/HC-A/47
OcOC
ޗެކްތައް ދޫކޮށްފައިވަނީވެސް ދަޢުވާލިބޭ އަޙްމަދު ޝަމީމުކަން ދަޢުވާލިބޭ އަޙްމަދު ޝަމީމުގެ އިޢުތިރާފުން
އެނގެން އޮތުމާއެކު، ކަބީލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މުދާ ހޯދުމަށް އެދި، މުޙައްމަދު
ވަޙީދަށް އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައިވާކަން އެނގެން ނެތްއިރު ކަބީލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަކީ
ކުންފުންޏަކަށްވެފައި މިމުދަލަކީ އެކޮންޕެނީގެ ބޭނުމަށް ގެންދާ މުދަލެއްކަން މުޙައްމަދު ވަޙީދަށް
ނގުމަކާނުލައި ކަބީލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ހޮޓަލަކަށް
ދަޢުވާލިބޭ އަޙްމަދު ޝަމީމުގެ އެދުމަކަށް މުދާ ފޮނުވާދިނުން އެއީ ކަބީލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި،
މުޙައްމަދު ވަޙީދާ ދެމެދު ކޮށްފައިވާ މުޢާމަލާތެއްކަމަށް ބެލެވޭނެ ޤާނޫނީ ހަމައެއް ނެތުމާއިއެކު އަދި
މިމުޢާމަލާތަކީ ކަބީލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދަޢުވާކުރާ މުޙައްމަދު ވަޙީދާއި ދެމެދު ކުރެވިފައިވާ
މުޢާމަލާތެއްކަން ޝަރީޢަތަށް ސާބިތުވާފަދަ ކާފީހެއްކެއް ދަޢުވާލިބޭ އަޙްމަދު ޝަމީމަށް ދެއްކިފައިނުވާތީއާއި،
ހަމަމިފަދައިން މިދަޢުވާގައި ހިމެނޭ ފައިސާގެ ޢަދަދާމެދު ދަޢުވާލިބޭ އަޙްމަދު ޝަމީމު އިންކާރު ކޮށްފައިނުވާތީ
މިދަޢުވާގައިހިމެނޭ -/1,406,335ރ. (ސާދަލައްކަ ހަހާސް ތިންސަތޭކަ ތިރީސް ފަސްރުފިޔާ) އަކީ ދަޢުވާލިބޭ
އަޙްމަދު ޝަމީމުގެ އެދުމަކަށް ދަޢުވާކުރާ މުޙައްމަދު ވަޙީދު ފޮނުވާދީފައިވާ މުދަލުގެ އަގުގެ ތެރެއިން
ދަޢުވާކުރާ މުޙައްމަދު ވަޙީދަށް ދަޢުވާލިބޭ އަޙްމަދު ޝަމީމު މިހާތަނަށް ދައްކަންޖެހި ނުދެއްކިވާ
ފައިސާއެއްކަން ޝަރީޢަތަށް ސާބިތުވެއް
ސާބިތުވެއްޖެކަމަށް ކަނޑައަޅައި، މިފައިސާ -/
1,406,335ރ. (ސާދަލައްކަ
ހަހާސް ތިންސަތޭކަ ތިރީސް ފަސްރުފިޔާ) ގދ. ތިނަދޫ ޒަމާނީގެ، މުޙައްމަދު ވަޙީދަށް ލިބިދިނުމުގެގޮތުން
މިއަދު (14 މެއި 2008) ން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި މަދުވެގެން އެމަހަކަށްޖެހޭވަރު
އެމަހަކު މަދަނީކޯޓަށް ދައްކަމުންގޮސް -/
1,406,335ރ. (ސާދަލައްކަ ހަހާސް ތިންސަތޭކަ ތިރީސް
ފަސްރުފިޔާ) ދައްކައި މިދަރަނި ޚަލާޞްކުރުމަށް ދަޢުވާލިބުނު ހ. މެރިންވިޔު (ހ. ވައިޖެހޭގެ ދެވަނަބުރި)
އައިޑީކާޑް ނަންބަރު A035925 އަޙްމަދު ޝަމީމަށް އަންގައި ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
02- މަދަނީ ކޯޓުގެ ނަންބަރު 2008/MC/434 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާއި އެއްގޮތް ނުވާކަމަށް ބުނެ ހ.މެރިންވިއު އަޙްމަދު ޝަމީމްގެ ފަރާތުން 04 (ހަތަރު) ނުކުތާއެއް
ހުށަހަޅާ އެނުކުތާތަކާއި ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ދޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2010/HC-A/47
• ފުރަތަމަ ނުކުތާއަކީ، މަދަނީ ކޯޓުގެ ނަންބަރު 2008/MC/434 ޤަޟިއްޔާގައި މުޙައްމަދު
ވަޙީދު އަޙްމަދު ޝަމީމުގެ މައްޗަށް ދަޢުވާކޮށްފައިވަނީ މުޙައްމަދު ވަޙީދުގެ އަތުން އަނބުރާ ދައްކާ ގޮތަށް
އަޙްމަދު ޝަމީމް ނަގާފައިވާ ފައިސާ ހޯދުމަށްކަމަށާއި، ނަމަވެސް މިދަޢުވާއާ ގުޅިގެން ބެލެވިފައިވަނީ އަޙްމަދު
ޝަމީމު ޙިއްސާވާ ކުންފުންޏަކަށް މުޙައްމަދު ވަޙީދުގެ ފިހާރައިން ދޫކޮށްފައިވާ މުދަލާއި ބެހޭ
މައްސަލައެއްކަމުން، ހުށަހެޅިފައިވާ ދަޢުވާއާއި ކުރެވުނު ޝަރީޢަތާއި ދިމާނުވާކަމަށް ބުނެ ހުށައެޅި ނުކުތާ.
• ދެވަނަ ނުކުތާއަކީ، މަދަނީ ކޯޓުގެ ނަންބަރު 2008/MC/434 ޤަޟިއްޔާގެ ދަޢުވާގައި ހެކީގެ
ގޮތުގައި ހުށަހެޅިފައިވާ
ޗެކްތަކުގެ ޖުމްލައަކީ 604376ރ ( ހަލައްކަ ހަތަރުހާސް ތިންސަތޭކަ
ހަތްދިހަހަރުފިޔާ) ރުފިޔާ ކަމަށްވާއިރު، ޝަރީޢަތަށް ސާބިތުވެފައިވާ 1406335ރ ( ސާދަލައްކަ
ހަމާސްތިންސަތޭކަ ތިރީސް ފަސްރުފިޔާ) އިން މިއަދަދު ކެނޑުމުން ބާކީ އޮންނަ
(އައްލައްކަ އެއްހާސް ނުވަސަތޭކަ ފަންސާސްއަށް ރުފިޔާ) ބެހޭގޮތުން އެއްޗެއް ޝަރީޢަތަށް
ހުށަހެޅިފައިނުވާކަމަށް ބުނެ ހުށައެޅި ނުކުތާ .
801958 ރ.
އެއްވެސް
• ތިންވަނަ ނުކުތާއަކީ، މަދަނީ ކޯޓުގެ ނަންބަރު 2008/MC/434 ޤަޟިއްޔާ ސާބިތުކުރުމަށް
ޝަރީޢަތަށް ހުށަހެޅިފައިވަނީ ޗެކްތަކުގެ ފޮޓޯކޮޕީއެއްކަމަށާއި، މިޗެކްތަކަށް ފައިސާ ލިބިފައިނުވާކަން
ސާބިތުކުރެވޭނީ ޗެކްތަކުގެ އަސްލުވެސް ޝަރީޢަތަށް ހުށަހެޅިގެންކަމަށް ބުނެ ހުށައެޅި ނުކުތާ
4 ، 33
3 (2)
• ހަތަރުވަނަ ނުކުތާއަކީ، މިމައްސަލައަކީ ދަޢުވާކުރާ ފަރާތުން ދަޢުވާ ރައްދުވާ ފަރާތަށް ދޫކޮށްފައިވާ
ވިޔަފާރި މުދަލާއި ބެހޭ މައްސަލައެއްކަން ޝަރީޢަތަށް ހާމަވުމުން، ދަޢުވާކުރާ ފަރާތުން ދަޢުވާރައްދުވާ
ފަރާތަށް މިމުދާ ފޮނުވާފައިވޭތޯއާއި، ފޮނުވީ ކޯއްޗެއްތޯއާއި، ފޮނުވުނު ތަކެތި ބަލައިގަތީ ކާކުތޯއާއި،
މުދާފޮނުވުމަށް އެދިފައިވަނީ ކޮންގޮތަކަށްތޯއާއި މިއިން އެއްވެސް ކަމެއް ޝަރީޢަތުން ބައްލަވާފައިނުވާކަމަށް
ބުނެ ހުށައެޅި ނުކުތާ.
03- މިމައްސަލައާއި ގުޅިގެން މަދަނީ ކޯޓުގެ ނަންބަރު 2008/MC/434 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށާއި އެޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ހ.މެރިންވިއު
އަޙްމަދު ޝަމީމްގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކާއި ގުޅިގެން ހައިކޯޓުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ދޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
2010/HC-A/47
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު
އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަކަމަކީ، މަދަނީކޯޓުގެ ނަންބަރު 2008/MC/434 ޤަޟިއްޔާގައި ހުށައެޅުނު
ދަޢުވާފޯމަށް ބެލުމުން އެދަޢުވާ އަކީ، ގދ.ތިނަދޫ ޒަމާނީގެ މުޙައްމަދު ވަޙީދުގެ އަތުން އަނބުރާ ދައްކާ
ގޮތަށް އަޙުމަދު ޝަމީމު ނަގާފައިވާ ފައިސާގެ ތެރެއިން އެހާތަނަށް ނުދައްކާ އޮތް -/
1,406,335ރ.
(ސާދަލައްކަ ހަހާސް ތިންސަތޭކަ ތިރީސް ފަސްރުފިޔާ) އަޙުމަދު ޝަމީމުގެ އަތުން އެއްފަހަރާ ހޯދުމަށް އެދި
މުޙައްމަދު ވަޙީދު ދަޢުވާކުރުމުން ބެލުނު މައްސަލައެއްކަން އެނގެން އޮތް އިރު، މުޙައްމަދު ވަޙީދުގެ އަތުން
އިރެއްގައި އަނބުރާ ދައްކާގޮތަށް ފައިސާ ނަގާފައިނުވާނޭ ކަމަށްބުނެ އެޤަޟިއްޔާގެ ޝަރީޢަތުގެ
މަޖިލިސްގައި އަޙުމަދު ޝަމީމުވަނީ ދަޢުވާއަށް އިންކާރުކޮށްފައިކަން އެދަޢުވާއަށް ޖަވާބުދިނުމުގެ ގޮތުން
އަޙުމަދު ޝަމީމު ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެންއޮތުމެވެ.
(ނ) ދެވަނަކަމަކީ، މުޙައްމަދު ވަޙީދުގެ އަތުން އަނބުރާ
އަނބުރާ ދައްކާގޮތަށް ފައިސާ ނަގާފައި ނުވާނޭ
ކަމަށް އަޙުމަދު ޝަމީމު ބުނާބުނުމަށް މުޙައްމަދު ވަޙީދުވެސް އިޢުތިރާފްވެފައިވާކަން ދެފަރާތުން ޝަރީޢަތުގެ
މަޖިލިސްގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮތްއިރު، މަދަނީކޯޓުގެ ނަންބަރ 2008/MC/434
ޤަޟިއްޔާގެ ޙުކުމަށް ބެލުމުން އެޙުކުމް ބިނާ ކުރައްވާފައިވަނީ އަޙްމަދު ޝަމީމު ހިއްޞާވާ ކަބީލާ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ "ޖާފަތް" ނަމަކަށްކިޔާ ހޮޓަލަކަށް އަޙްމަދު
ޝަމީމުގެ އެދުމަކަށް ދަޢުވާކުރާ މުޙައްމަދު ވަޙީދު ފޮނުވާދީފައިވާ މުދަލުގެ އަގަށް ދޭންޖެހޭ ފައިސާއާއި މެދު
ގޮތެއް ކަނޑައަޅާކަން އެނގެން އޮތުމުން މަދަނީކޯޓުގެ ނަންބަރު ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ
އެދަޢްވާގެ ސީޣާގައިވާ މުޙައްމަދު ވަޙީދުގެ އަތުން އަނބުރާ ދައްކާ ގޮތަށް އަޙުމަދު ޝަމީމު ފައިސާ
ނަގާފައިވާތީ މި ފައިސާ އަނބުރާ ހޯދުމަށް މުޙައްމަދު ވަޙީދު އެދުނު އެދުމުގެ މައްޗަށް ނޫންކަން
ފެނަކަމާއި، ނަމަވެސް އަޙުމަދު ޝަމީމު މަދަނީކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ
މަދަނީކޯޓުގެ ދަޢުވާގައި ހިމެނޭ ފައިސާއަކީ އަޙުމަދު ޝަމީމު ޙިއްސާވާ
ކަބީލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު ކިޔާ ކުންފުންޏަކުން ހިންގި " ޖާފަތް" ނަމަކަށް
ކިޔާ ހޮޓަލަކަށް ގެންގޮސްފައިވާ ތަކެތީގެ އަގުގެ ފައިސާކަމުގައި ބުނެފައިވާކަން އެނގޭކަމާއި، އަދި މިމުދާތައް
ހޮޓަލަށް ފޮނުވައިދިނުމަށް މުޙައްމަދު ވަޙީދުގެ ގާތުގައި އެދުނީ އަޙުމަދު ޝަމީމު އާއި އަޙުމަދު ޝަމީމުގެ
4 އ ހ2
متر مربع
ރޗު 4ދ 01ޑ 433
ޓ 0ނgކނ2/
09
I
03 02ޑ 8 ހދ8 4
ما سرسریع بیمارم
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ދޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2010/HC-A/47
މުވައްޒަފުން ކަމަށާއި، އޭރު މި މުދަލަކީ އަޙުމަދު ޝަމީމުގެ ކުންފުނިން ޒިންމާވާންޖެހޭ އެއްޗެއްކަމަށް
މުޙައްމަދު ވަޙީދަށް އަންގާފައި ނުވާނޭކަމަށާއި، އަދި މި މުދާ ހޯދުމަށް ކުންފުނީގެ ފަރާތުން މުޙައްމަދު
ވަޙީދަށް ލިޔުމެއް ފޮނުވާފައިނުވާނޭ ކަމަށާއި، އަދި މި މުދާ ދިނުމަށް އެދުނު އިރު، މި ކަމުގައި ޒިންމާވާނެ
ވަކި ފަރާތެއްގެ ވާހަކަވެސް ދެކެވިފައި ނުވާކަމަށް އަޙުމަދު ޝަމީމު މަދަނީކޯޓުގެ ޝަރީޢަތުގެ މަޖިލިސްގައި
ބުނެފައިވާކަން އެނގެން އޮންނަކަމާއި، މިހެންކަމުން އަޙުމަދު ޝަމީމުގެ އެދުމަކަށް " ޖާފަތް" ނަމަކަށް ކިޔާ
ހޮޓަލަށް މުޙައްމަދު ވަޙީދުގެ ފަރާތުން ފޮނުވި މުދަލުގެ އަގު އަޙުމަދު ޝަމީމުގެ އަތުން ހޯދުމަށް، އަޙުމަދު
ޝަމީމުގެ މައްޗަށް މުޙައްމަދު ވަޙީދުގެ ފަރާތުން ދަޢުވާކުރުމުގެ ޙައްޤު ގެއްލިނުދާކަން އެނގެއެވެ.
If
Au>
(ނ) ތިންވަނަކަމަކީ،
ކ، ޢާއްމު އުސޫލެއްގެ ގޮތުން ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ ދަޢުވާތައް
ފައިޞަލާ ކުރުމުގައި ޢަމަލު ކުރަމުންދާގޮތަކީ ހުށައެޅޭ ދަޢުވާގެ ސީޔާއަށް ބެލުމަށްފަހު، އެހުށައެޅުނު
ދަޢުވާއެއް ޝަރީޢަތަށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމާއި އެކު ދަޢުވާގައި އެދިފައިވާ ކަންތަކަކީ
ކޯޓަށް ސާބިތުވާ ކަންތައްތަކެއް ކަމުގައިވާނަމަ އެގޮތުގެ މަތީން އެދިފައިވާ އެކަންތަކުގެ މައްޗަށް ޙުކުމް
ކުރެއްވުން ކަމާއި، ހަމަ އެހެންމެ ދަޢުވާގައި އެދިފައިވާ ކަންކަމަކީ ކޯޓަށް ސާބިތުނުވާ ކަންތައްތަކެއް
ކަމުގައި ވެއްޖެނަމަ، ދަޢުވާގައި އެދިފައިވާ ގޮތަށް ޙުކުމް ކުރެވެން ނެތް ކަމަށް ނުވަތަ އެކަންކަން ސާބިތު
ނުވާކަމަށް ޙުކުމް ކުރެއްވުން ކަމާއި، ދަޢުވާކުރެވޭ ސީޣާގައި ނުހިމެނުނު ނަމަވެސް ދެފަރާތުން ޝަރީޢަތުގެ
މަޖިލިސްގައި ދައްކާ ވާހަކަތަކުން އެކަމަކީ ޙުކުމުގައި ހިމަނަން ޖެހޭ ކަމެއްކަމަށް ޝަރީޢަތަށް ފެނިއްޖެނަމަ
އެކަން ކުރަނީ އެކަން އެގޮތަށް ކުރަން ޖެހުނު މަސްލަޙަތެއް ނުވަތަ ސަބަބެއް ބަޔާން ކުރުމަށް ފަހުގައި
ކަމާއި، ދަޢުވާކުރެވިފައިވާ ސީޣާގެ މައްޗަށް ނޫން އެހެން ކަމެއްގެ މައްޗަށް ޙުކުމް ކުރެވޭނަމަ އެކަމަކީ ދަޢުވާ
ލިބޭފަރާތަށް އެދަޢުވާއިން ދިފާޢުވުމަށްޓަކައި އޮތް ފުރުސަތު ގެއްލިގެން ހިނގާދާނެ ސަބަބެއްކަމަށް
ޤަބޫލުކުރެވޭކަމާއި، މި ގޮތުން މި މައްސަލައިގައި ދަށުކޯޓުގައި ދަޢުވާ ކުރެވިފައިވާގޮތުން އަޙުމަދު ޝަމީމު
އަށް ޖަވާބުދާރީވާން ޖެހުނީ ކޮން ދަޢުވާއަކަށް ކަމާއި މެދު އޮޅުން އަރާފައިވާކަމަށް އަޙުމަދު ޝަމީމު
ބުނެފައިވާކަމާއި، މުޙައްމަދު ވަޙީދު ދަށުކޯޓުގައި ދަޢުވާކޮށްފައިވަނީ، މުޙައްމަދު ވަޙީދުގެ އަތުން އަނބުރާ
ދައްކާގޮތަށް އަޙުމަދު ޝަމީމު ފައިސާ ގެންގޮސްފައިވާކަމަށްބުނެ އެފައިސާ އަނބުރާ ހޯދުމަށް ކަމަށްވާއިރު،
މުޙައްމަދު ވަޙީދުގެ އަތުން އަނބުރާ ދައްކާގޮތަށް ފައިސާ ނަގާފާނުވާނޭކަމަށް އަޙުމަދު ޝަމީމު ބުނެ މި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ދޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
7
2010/HC-A/47
އިންކާރުކޮށްފައިވާއިރު، އަދި އަޙުމަދު ޝަމީމުގެ މި ރައްދަށް މުޙައްމަދު ވަޙީދު ވެސް
އެއްބަސްވާކަން މުޙައްމަދު ވަޙީދުގެ ވާހަކަތަކުން އެނގެން އޮތް އިރު، މަދަނީކޯޓުގެ ޙުކުމުގައި، އަޙްމަދު
ޝަމީމު ހިއްޞާވާ ކަބީލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ޖާފަތް"
ނަމަކަށްކިޔާ ހޮޓަލަކަށް އަޙްމަދު ޝަމީމުގެ އެދުމަކަށް ދަޢުވާކުރާ މުޙައްމަދު ވަޙީދު ފޮނުވާދީފައިވާކަމަށްބުނާ
މުދަލުގެ އަގުގެ ގޮތުގައި -/
1,406,335ރ. (ސާދަލައްކަ ހަހާސް ތިންސަތޭކަ ތިރީސް ފަސްރުފިޔާ) އަޙުމަދު
ޝަމީމު ދޭންޖެހޭ ކަމުގައި ކަނޑައަޅައި މި ފައިސާ ދެއްކުމަށް އަޙުމަދު ޝަމީމުގެ މައްޗަށް ޙުކުމް
ކުރައްވާފައިވާއިރު، މި ގޮތަށް ޙުކުމް ކުރައްވަން ޖެހުނީ ކޮން މަސްލަޙަތަކަށްޓަކައި ކަން އަދި އެގޮތަށް ޙުކުމް
ކުރައްވަން ޖެހުނު ސަބަބެއް ޝަރީޢަތުން ފާހަގަ ކުރައްވާފައި ނުވާތީއާއި، މިއީ މަދަނީ ދަޢުވާތައް ފައިޞަލާ
ކުރުމުގައި ޢަމަލު ކުރަމުންދާގޮތާއި ޚިލާފު، އަދި ދަޢުވާކުރި ފަރާތުން ދަޢުވާގެ ސީޝޯގައި އެދިފައި ނުވާ
ކަމެއްގެ މައްޗަށްބައްލަވާ ކޮށްފައިވާ ޙުކުމެއްކަން އެނގެން އޮންނާތީ މަދަނީކޯޓުގެ ޙުކުމަށް ބަދަލު ގެންނަން
ޖެހޭ ކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން އިއްތިފާޤުވެއެވެ.
• ޙުކުމް
ވީމާ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ފާހަގަ ކުރެވުނު ކަންކަމަށް ބަލާއިރު، މަދަނީކޯޓުގެ
ނަންބަރު 2008/MC/434 ޤަޟިއްޔާގައި ހުށައެޅުނު ދަޢުވާފޯމަށް ބެލުމުން އެދަޢުވާ އަކީ، ގދ.ތިނަދޫ
ޒަމާނީގެ މުޙައްމަދު ވަޙީދުގެ އަތުން އަނބުރާ ދައްކާ ގޮތަށް އަޙުމަދު ޝަމީމު ނަގާފައިވާ ފައިސާގެ ތެރެއިން
އެހާތަނަށް ނުދައްކާ އޮތް -/
1,406,335ރ. (ސާދަލައްކަ ހަހާސް ތިންސަތޭކަ ތިރީސް ފަސްރުފިޔާ)
އަޙުމަދު ޝަމީމުގެ އަތުން އެއްފަހަރާ ހޯދުމަށް އެދި މުޙައްމަދު ވަޙީދު ދަޢުވާކުރުމުން ބެލުނު
މައްސަލައެއްކަން އެނގެން އޮތް އިރު، އެޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ، އަޙްމަދު ޝަމީމު ހިއްޞާވާ
ކަބީލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ "ޖާފަތް" ނަމަކަށްކިޔާ ހޮޓަލަކަށް
އަޙްމަދު ޝަމީމުގެ އެދުމަކަށް ދަޢުވާކުރާ މުޙައްމަދު ވަޙީދު ފޮނުވާދީފައިވާކަމަށް ބުނާ މުދަލުގެ އަގުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ދޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
2010/HC-A/47
ގޮތުގައި -/
1,406,335ރ. (ސާދަލައްކަ ހަހާސް ތިންސަތޭކަ ތިރީސް ފަސްރުފިޔާ) އަޙުމަދު ޝަމީމު
ދޭންޖެހޭ ކަމުގައި ކަނޑައަޅައިކަން އެނގެން އޮތުމުން، މިޙުކުމް ކުރައްވާފައިވަނީ މަދަނީ ދަޢުވާތައް
ފައިޞަލާ ކުރުމުގައި ޢަމަލު ކުރެވޭގޮތާއި ޚިލާފަށްކަމަށްވާތީ، މަދަނީކޯޓުގެ ނަންބަރު 2008/MC/434
ޤަޟިއްޔާގައި ކުރައްވާފައިވާ ހުކުމް ބާތިލުކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ދޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv