ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A-2/01 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A-201
بما امن
404
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
22
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 2
/
01-HC
-
A/2013
• މައްސަލަ އައިގޮތް: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓްގެ ނަންބަރު B1
/
95
/
2013
/
62-197 (20 އޯގަސްޓް 2013)
ސިޓީން،
ދަޢުވާކުރާ ފަރާތް: އައިލެންޑް ބެވެރޭޖަސް މޯލްޑިވްސް ޕވޓ ލޓޑ
ރެޖިސްޓްރޭޝަން ނަންބަރު: 317
/
2002-C
ދާއިމީ އެޑްރެސް: ފެންބިލްޑިންގ، އެއްވަނަ ފަންގިފިލާ
* މިހާރުގެ އެޑްރެސް: ފެންބިލްޑިންގ، އެއްވަނަ ފަންގިފިލާ
4
ދަޢުވާލިބޭ ފަރާތް: ސާރިޔާ ޙަސަން
ދާއިމީ އެޑްރެސް: ހަނދުވަރީގެ / ގދ. ތިނަދޫ
އައި.ޑީ.ކާޑް ނަންބަރު: A050493
މިހާރުގެ އެޑްރެސް: މ. ލާލްޕޫލް | މާލެ
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 21 އޯގަސްޓް 2013
ނިމުނު ތާރީޚް: 13 ނޮވެމްބަރ 2014
އަލުންބެލުމަށް ތައްމީދު ކުރެވުނު ޤާޟިއްޔާ
• ނަންބަރު: 13/SC
-
A/2013
ނިންމެވި ކޯޓް: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
މައްސަލައިގެ ބާވަތް: ވަޒީފާއާބެހޭ
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޠާރާއްޖޭގެ ހައި
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A-201
ދައުވާގެ ޚުލާޞާ
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 38/HC
-
A/2011 ޤަޟިއްޔާގެ ދަޢުވާ ފޯމް
ބާޠިލްކުރިކަން އަންގައި މި ކޯޓުގެ ނަންބަރު 2012
/
103/OTHER
)
95
-
B5
/
INDIV) (22 އޮކްޓޯބަރ
2012) "ދަޢުވާ ފޯމް ބާޠިލްކުރިކަން އެންގުން" މިނަމުގައި 22 އޮކްޓޯބަރ 2012 ގައި މި ކޯޓުން
އަންގާފައިވާ އެންގުމާބެހޭ ނިންމުމާއި އަދި ބުނެވުނު ތާރީޚުގައި، އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 38/HC
-
A/2011 ޤަޟިއްޔާގެ ދަޢުވާ ފޯމް ބާތިލްކުރި ގޮތުގެ ރިޕޯޓުގެ ދަށުން
ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުން ނިންމާފައިވަނީ ދުސްތޫރީ، ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ
ޚިލާފަށްކަން ސާފުކޮށް އެނގެން އޮންނާތީ އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެ ނިންމުން
ބާޠިލްކަމަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 38;HC
-
A;2011 ޤަޟިއްޔާއަކީ، ހައިކޯޓުގެ
މައްސަލަތައް ބެލުމުގެ އިޖުރާއަތުގެ ތެރެއިން މި ކޯޓުން އެ ޤަޟިއްޔާގެ މައްސަލަ އަލުން ބަލަންޖެހޭ ގޮތަށް
އޮތް މައްސަލައަކަށްވުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 38/HC
-
A/2011 ޤަޟިއްޔާގެ މައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުން އަލުން ބަލައި ނިންމުމަށް ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކު
ޤާނޫނު)ގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް ތަޙްލީލުކުރުމަށް ދިވެހިރާއްޖޭގެ
ސުޕްރީމު ކޯޓުގެ ނަންބަރު 13/SC
-
A!2013 ޤަޟިއްޔާގައި ނިންމަވާފައިވާ ގޮތުގެމަތިން ތަޙްލީލު ކުރުމުން
ބެލެވުނު މައްސަލައެކެވެ.
0 0
<< O
• ފާހަގަ ކުރެވުނު ނުކުތާތައް
-1
މި މައްސަލައަކީ ގދ. ތިނަދޫ ހަނދުވަރީގޭ، ސާރިޔާ ހަސަން، އައިލެންޑް
ބެވެރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މެޝިން އޮޕަރޭޓަރގެ ވަޒީފާ އަދާކުރުމުގެ ތެރޭގައިވީހިންގެ ފައި
497
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
ކަންތަ
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A-201
07:
/0ހ8
މައުށް
22 22 237
ދުއްވާރައްދުވާ
کرکرسی
234
ހނހ9ނ
ކޮމިޝަނަށް ބަދަލުއައުމާ ގުޅިގެން މެނޭޖްމަންޓުގެ މީހަކާ ބައްދަލު ކުރުމަށްއެދި އެކަން ނުވެއްޖެނަމަ ޖެހިގެން
އަންނަދުވަހު އިތުރުގަޑީގައި މަސައްކަތް ނުކުރާނެކަމުގެ އިންޒާރު ދިނުމަށްފަހު ބުނެވުނު ދުވަހު އެދުނު ގޮތަށް
ނުވުމުންނާއި މެޝިން ނިވުމުން ގެއަށް ދިއުމުން، ޖެހިގެން އައި ދުވަހު އެތައް ތުހުމަތުތަކެއް އަޅުވައި
ކުންފުންޏަށްވީ މާލީ ގެއްލުމުގެ ބަދަލަށް ފައިސާދެއްކުމަށް އަންގާ 16 ޖޫން 2010 އިން ފެށިގެން ވަޒީފާއިން
ވަކިކުރިކަން އެންގުމުން، ސާރިޔާ ޙަސަން ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާއި ޚިލާފަށްކަމަށްބުނެ ލިބުނު
ގެއްލުމުގެ ބަދަލާއި ވަޒީފާ އަނބުރާ ހޯދުމަށް އެދި އައިލެންޑް ބެވެރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ
ސާރިޔާ ހަސަން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް
ބެލެވުނު
މައްސަލައެއް ކަމާއި،
އެ މައްސަލަ ނިންމަވާފައިވަނީ ގދ. ތިނަދޫ ހަނދުވަރީގޭ ސާރިޔާ ހަސަން، އައިލެންޑް
ބެވެރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މެޝިން އޮޕަރޭޓަރގެ ވަޒީފާއިން 16 ޖޫން 2010 ގައި
ވަކިކޮށްފައިވަނީ، ސާރިޔާ ޙަސަންގެ ފަރާތުން މަސައްކަތުގެ ސުލޫކާއި އަޚްލާޤް ހުރިގޮތުން، ޤާނޫނު ނަންބަރު
02/2008 (ވަޒީފާއާބެހޭ ޤާނޫނު)ގެ 23 ވަނަ މާއްދާގެ ދަށުންކަމާއި، މައްސަލަ ހުށަހެޅި ފަރާތުގެ ސަބަބުން
ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި -/18,340ރ (އަށާރަހާސް ތިންސަތޭކަ ސާޅީސް) ރުފިޔާ
ސާރިޔާ ޙަސަންގެ ފަރާތުން ނަގައިދިނުމަށް އައިލެންޑް ބެވެރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
އެދުނު ނަމަވެސް، ސާރިޔާ ޙަސަން ވަޒީފާއިން ވަކިކޮށްފައިވާ ސަބަބު އައިލެންޑް ބެވެރޭޖަސް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މައްސަލަ ބެލި މަޖިލީހުގައި ސާބިތުކޮށްދީފައިނުވާތީ، ސާރިޔާ ޙަސަން
ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާއާ
ޚިލާފަށް ކަމަށާއި، ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވާ ފައިސާ ނަގައިދޭނޭ ޖާގައެއް
ނެތްކަމަށް މައްސަލަ ބެލި މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅުއްވައި، ޤާނޫނު ނަންބަރު 02/2008
(ވަޒީފާއާބެހޭ ޤާނޫނު)ގެ 29 ވަނަ މާއްދާގެ (ހ)ގެ (1) އަށް ރިޢާޔަތްކޮށް ސާރިޔާ ޙަސަނަކީ އެއްވެސް
ހާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި، އޭނާގެ ވަޒީފާއާގުޅޭ އެންމެހާ ކަންކު
ކަންކަން
2& 4.
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A-201
އޮކްޓޯބަރ 2010 ން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ހަމަޖައްސައި، އޭނާ ވަޒީފާއިން ވަކިކުރި
ތާރީޚުން ފެށިގެން އޭނާގެ ވަޒީފާގެ ކަންތައް ހަމަޖެހޭ ދުވަހާ ހަމައަށް، މުސާރައާއި ޢިނާޔަތުގެ ގޮތުގައި
ލިބެންޖެހޭ އެންމެހާ ފައިސާ މައްސަލަ ހުށަހެޅި ފަރާތަށް އެކީ އެއްފަހަރާ ދިނުމަށްފަހު، އެކަން ހަމަޖެހޭތާ 3
(ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމަކުން އެންގުމަށް އައިލެންޑް ބެވެރޭޖަސް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަންގަވައި އަމުރުކުރައްވައި ކަމާއި،
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މީ ނިންމުމާމެދު ހިތްހަމަ ނުޖެހިގެން އެ މައްސަލަ
އިސްތިއުނާފުކުރުމަށް އައިލެންޑް ބެވެރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 38/HC
-
A/2011 ޤަޟިއްޔާގެ ދަޢުވާ ފޯމް
ބާޠިލްކުރިކަން ހު
ކޯޓުގެ ނަންބަރު 2012
/
103/OTHER
)
95
-
B5
/
INDIV) "ދަޢުވާ ފޯމް
ބާޠިލްކުރިކަން އެންގުން" އިން 22 އޮކްޓޯބަރ 2012 ގައި އެ މައްސަލަ ހުށަހެޅި އައިލެންޑް ބެވެރޭޖަސް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާކަމާއި، އެ އެންގުމުގައިވަނީ، "ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ
ނަންބަރު 2010/VTR/166 މައްސަލަ އިސްތިއުނާފުކުރުމަށް އައިލެންޑް ބެވެރޭޖަސް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ހުށަހެޅިއިރު، ހުށަހަޅާފައިވާ ރިޕޯޓުގައި އެ މައްސަލާގައި ޓްރައިބިއުނަލުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކުގެ މައްޝަރު ބަޔާންތަކާއި ހުށަހަޅާފައިވާ ލިޔެކިޔުންތައް ނުހިމަނާ ހައިކޯޓަށް
ބަލައިގަނެފައިވާތީ، އެބަޔާންތަކާއި ލިޔެކިޔުންތައް ހުށަހެޅުމަށް 2011 ސެޕްޓެމްބަރ 19 ވަނަދުވަހު ބޭއްވުނު
ޝަރީޢަތުގެ މަޖިލީހުގައި އައިލެންޑް ބެވެރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޝަރީޢަތުގެ
މަޖިލީހަށް ޙާޟިރުވި ވަކީލަށް އެންގިފައިވާއިރު، 2012 މެއި 17 ވަނަދުވަހުން ފެށިގެން 07 ދުވަހުގެ
ތެރޭގައި އިޝާރާތްކުރެވުނު ލިޔެކިޔުންތައް ހައިކޯޓަށް ހުށަހެޅުމަށް އައިލެންޑް ބެވެރޭޖަސް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑް ގެ ވަކީލަށް ލިޔުމުން އެންގިފައިވާތީއާއި، 2012 އޮކްޓޯބަރ 10 ވަނަދުވަހުން ފެށިގެން
ބަންދު ދުވަސްތަކާއެކު 10 (ދިހައެއް) ދުވަހުގެ މުއްދަތުގައި އިޝާރާތްކުރެވުނު ލިޔެކިޔުންތައް ހައިކޯޓަށް
ހުށަހެޅުމަށް އައިލެންޑް ބެވެރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ވަކީލަށް އެންގިފައިވާތީއާއި
0 0
8
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A-201
އެގޮތުގެމަތީން ޢަމަލުނުކޮށްފިނަމަ މައްސަލަ ބާޠިލްކުރާނެކަން އައިލެންޑް ބެވެރޭޖަސް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުގެ ވަކީލަށް އެންގިފައިވާތީއާއި އަދި މިހާތަނަށްވެސް އެލިޔެކިއުންތައް ހުށަހަޅާފައިނުވާތީ، ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 38/HC
-
A/2011 ޤަޟިއްޔާ ބާޠިލްކޮށްފައިވެއެވެ. ވީމާ، މިކަން ތިޔަފަރާތަށް
އެންގީމެވެ." މިފަދައިންކަމާއި އަދި އެލިޔުމުގައި ހައިކޯޓުގެ ރަޖިސްޓްރާރ ސޮއިކޮށްފައިވާކަން އެނގޭކަމާއި،
2202
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 38/HC
-
A/2011
ދަޢުވާ ފޯމް
ބާޠިލްކުރިކަން، މި ކޯޓުގެ ނަންބަރު 2012
/
103/OTHER
)
95
-
B5
/
INDIV) (22 އޮކްޓޯބަރ 2012)
"ދަޢުވާ ފޯމް ބާޠިލްކުރިކަން އެންގުން" ގައި ނިންމާފައިވާ ނިންމުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުސޫލުތަކާއި ޚިލާފަށްކަމަށް ބުނެ އެނިންމުން އިލްތިމާސްކުރުމަށް އައިލެންޑް ބެވެރޭޖަސް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
13/SC
-
A/2013 ޤަޟިއްޔާގައި، އެމައްސަލަ ބައްލަވައި، ޙުކުމް ކުރައް
ކުރައްވާފައިވަނީ،
222 22
2011/HC-A/38
މިނަމުގައި 22
"އިސްވެދިޔަ ސަބަބުތަކާއި ފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންވެގެންދިޔަ، ދުސްތޫރީ،
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
ޤަޟިއްޔާގެ
ދަޢުވާ ފޯމް ބާޠިލްކުރިކަން އަންގައި އެ ކޯޓުގެ ނަންބަރު
2012
/
103/OTHER
)
95
-
B5
/
INDIV) "ދަޢުވާ ފޯމް ބާޠިލްކުރިކަން އެންގުން"
އޮކްޓޯބަރ 2012 ގައި އެ ކޯޓުން އަންގަވާފައިވާ އެންގުމާބެހޭ ނިންމުމާއި، އަދި ބުނެވުނު ތާރީޚުގައި 22
އޮކްޓޯބަރ 2012 ދުވަހު، އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 38/HC
-
A/2011
ޤަޟިއްޔާގެ ދަޢުވާ ފޯމް ބާތިލްކުރީ ގޮތުގެ ރިޕޯޓުގެ ދަށުން އެ ކޯޓުން ނިންމާފައިވާ ނިންމުން ނިންމާފައިވަނީ
އިސްވެ ބަޔާންކުރެވިދިޔަ ދުސްތޫރީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަން ސާފުކޮށް އެނގެން
އޮންނާތީ އިސްވެ މި އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ބާޠިލްކަމަށާއި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 38/HC
-
A/2011 ޤަޟިއްޔާއަކީ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A-201
ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން ހައިކޯޓަށް އެ ޤަޟިއްޔާގެ މައްސަލަ އަލުން
ފޮނުވައި، ހައިކޯޓުގެ މައްސަލަތައް ބެލުމުގެ އިޖުރާއަތުގެ ތެރެއިން އެ ކޯޓުން އެ ޤަޟިއްޔާގެ މައްސަލަ އަލުން
ބަލަންޖެހޭ ގޮތަށް އޮތް މައްސަލައަކަށްވުމާއެކު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 38/HC
-
A/2011
ޤަޟިއްޔާގެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން އަލުން ބަލައި ނިންމުމަށް ޤާނޫނު ނަންބަރު 22/2010
(ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ނ) ގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް
އެމައްސަލަ ތަޙްލީލުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ
އިއްތިފާޤުން ކަނޑައަޅައިފީމެވެ." މިފަދައިންކަން އެނގެން އޮންނަކަމެވެ.
2- ވަޒީފާއާބެހޭ ޓްރަބިއުނަލުގެ ނަންބަރު 2010/VTR/166 މައްސަލަ ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ބުނެ އެ މައްސަލަ އިސްތިއުނާފު ކުރުމަށް އައިލެންޑް
ބެވެރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް މައިގަނޑު 4 (ހަތަރެއް)
ނުކުތާއެއް ހުށަހަޅައި، އެނުކުތާތަކާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
(ހ) ފުރަތަމަ ނުކުތާއަކީ: މައްސަލަ ނިންމުމުގައި މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން
ވަކިކުރި ކަމަށްބުނާ ސަބަބު މައްސަލަ ރައްދުވާ ފަރާތުން ސާބިތުކޮށް ދީފައިނުވާކަމަށް ވިދާޅުވެފައިވާއިރު،
ޤާނޫނީ އަދި ޝަރުޢީ ގޮތުން މައްސަލަ ސާބިތުކުރުމުގެ އުސޫލުކަމަށްވާ " لللللا ވގ 1للގ، 9ޙهلل هل
من أنكر"
ޚިލާފަށް މައްސަލަ ނިންމަވާފައިވާ ކަމަށްބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A-201
(ށ) ދެވަނަ ނުކުތާއަކީ: 14 ޖޫން 2010 ދުވަހުގެ ހަވީރު 6 ޖަހަންދެން ފެކްޓަރީގެ ފެން
އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރާވާ އެގޮތަށް ޢަމަލުކުރު
ފިކުރުމަށް މަސައްކަތްކުރާ މުވައްޒަފުންނަށް
ސުޕަވައިޒަރުން އަންގާފައިވަނިކޮށް މުވައްޒަފުންގެ ތެރޭގައި ހަމަނުޖެހުން އުފައްދާ ސުޕަވައިޒަރަށް
އެންގުމަކާނުލައި ހުއްދަ ނުހޯދާ އެދުވަހުގެ 4 ޖެހިއިރު، ތަންދޫކޮށް ސާރިޔަ ޙަސަން ގޮސްފައިވުމާ ގުޅިގެން
ހުށަހެޅި ބަޔާންތަކަށް ރިޢާޔަތް ކުރައްވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ
އެއްބަސްވުމާއި ﷲ
2ތ ދ ތ 2
3
4
يا مروح کی
ނ) ތިންވަނަ ނުކުތާއަކީ: އެ
ދަށުން ޙައްޤު ހޯދުމަށް ދަޢުވާކުރި
5.1 ގައި، މަސައްކަތް އޮންނާނީ ކޮންމެ ދުވަހަކުވެސް 8:00 އިން 5
:
00އަށް ކަމަށް
އަންގާފައިވާއިރު، ސާރިޔާ ޙަސަން 14 ޖޫން 2010 ދުވަހުގެ ހަވީރު 6:00 އަށް ދާންދެން ފެކްޓަރީގެ ފެން
އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އަންގަވާފައިވާއިރު، 5:00 ނުޖަހަނީސް 4:00 ޖެހޭއިރު،
ސާރިޔާ ޙަސަން ގެއަށް ދިޔަކަމަށް 20 ޖޫން 2010 ގައި ސާރިޔާ ޙަސަން އައިލެންޑް ބެވެރޭޖަސް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑަށް ފޮނުވި ސިޓީގައި އިޤްރާރުވެފައިވާއިރު، އެކަމަށް ރިޢާޔަތް ކުރައްވާފައިނުވާކަމަށް ބުނެ
ހުށަހެޅި ނުކުތާ.
8ގ
(ރ) ހަތަރުވަނަ ނުކުތާއަކީ: އެ އެއްބަސްވުމެއްގެ ދަށުން ޙައްޤު ހޯދުމަށް ދަޢުވާކުރި
އެއްބަސްވުމުގެ 1.2 ގައި، ވަޒީފާ ބަޔާނުގައި ހިމެނިފައިނުވާ ކަމެއް ކުރުމަށް އެމީހެއްގެ ވެރިއަކަށް ހުންނަވާ
ބޭފުޅަކު އަންގައިފި ހާލަތެއްގައި އެކަމެއް ކުރަންވާނެކަމަށް އެއްބަސްވެ ސޮއިކޮށްފައިވާއިރު، އެފަދަ އެންގުމެއް
ސާރިޔާ ޙަސަންގެ އިސްވެރިން އަންގާފައިވާ ކަމުގެ ލިޔުންތައް ހުށަހަޅާފައިވާއިރު، އެތަކެއްޗަށް ނުބައްލަވައި
މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A-201
2
272 ހރ
އެތެކެޗޗަކު
3- ވަޒީފާއާބެހޭ ޓްރަބިއުނަލުގެ ނަންބަރު 2010/VTR/166 މައްސަލަ އިސްތިއުނާފު
ކުރުމަށް، އައިލެންޑް ބެވެރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި،
ގުޅޭގޮތުން އެކުންފުނީގެ ފަރާތުންނާއި މި އިސްތިއުނާފު ދަޢުވާ ރައްދުވާ ގދ. ތިނަދޫ
ހަނދުވަރީގޭ ސާރިޔާ ޙަސަނުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، ވަޒީފާއާބެހޭ ޓްރަބިއުނަލުގެ ނަންބަރު 2010/VTR/166 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށާއި،
މި މައްސަލައާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ
ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ: އާންމު އުސޫލެއްގެ ގޮތުން ދެ ފަރާތެއްގެ ދެމެދުގައި އުފެދޭ މަދަނީ
އުޞޫމަތްތައް ސާބިތުކޮށްދިނުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތަކީ އެ މައްސަލައެއް ހުށަހެޅި ފަރާތް
ކަމަށްވީނަމަވެސް، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން، އެ މުވައްޒަފަކު ހުށަހަޅާ ޝަކުވާއެއް ނުވަތަ
ދަޢުވާއެއްގައި، އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށް ދިނުމަކީ، ޤާނޫނު
ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަމާއްދާގައި ބަޔާން ކޮށްފައިވާ ޙާލަތު ފިޔަވައި،
އެހެނިހެން ޙާލަތްތަކުގައި ވަޒީފާދޭ ފަރާތުގެ ޒިންމާއެއް ކަމަށާއި، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރި
ސަބަބަކީ، އެކަށީގެންވާ ސަބަބެއް ކަމުގައި ވަޒީފާދޭ ފަރާތަށް ސާބިތުކޮށް ނުދެވިއްޖެނަމަ، އޭނާ ވަޒީފާއިން
ވަކިކުރީ އެކަށީގެންވާ ސަބަބެއްނެތި ކަމުގައި ބެލެވޭނެކަމަށް ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު)
ގެ 27 ވަނަމާއްދާގައި ބަޔާން ކޮށްފައިވާކަން އެނގޭއިރު، ސާރިޔާ ޙަސަން، އައިލެންޑް ބެވެރޭޖަސް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުގައި އަދާކުރަމުންދިޔަ، މެޝިން އޮޕަރޭޓަރގެ ވަޒީފާއިން ވަކިކޮށްފައިވަނީ، އެކުންފުނިން 14
ޖޫން 2010 ވަނަދުވަހު ހަވީރު 6 ޖަހަންދެން ފެކްޓަރީގެ ފެން އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް
ރާވައި
ގުތަށް ޢަމަލު ކުރުމަށް ފެކްޓަރީގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސުޕަވައި
ހައިކޯޓް
ہے گرمی
ދިވެހިރާއްޖޭގެއިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A-201
އަންގާފައިވަނިކޮށް މުވައްޒަފުންގެ ތެރޭގައި ހަމަނުޖެހުން އުފައްދައި ސުޕަވައިޒަރަށް އެނގުމަކާ ނުލައި އަދި
ހުއްދަ ނުހޯދައި 4:00 ގައި ތަންދޫކޮށް ގޮސްފައިވާތީއާއި، ސާރިޔާ ޙަސަންގެ އެ އަމަލުގެ ސަބަބުން
ފެކްޓަރީގައި މަސައްކަތް ކުރާ އެހެން މުވައްޒަފުންވެސް ސުޕަވައިޒަރަށް ނުކިޔަމަންތެރިވެ، އެގޮތަށް މަސައްކަތް
ނުނިމެނީސް މެޝިންތައް ހުއްޓުވާލައި ތަންދޫކޮށްފައި ދިޔުމުގެ ސަބަބުން ކުންފުންޏަށް މާލީ ގޮތުން ވަރަށް
ބޮޑެތި ގެއްލުންވެފައިވާތީއާއި، ސާރިޔާ ޙަސަންގެ މަސައްކަތުގެ ސުލޫކާއި އަޚްލާޤު ބަހައްޓާފައި ހުރި ގޮތުގެ
ސަބަބުން ސޫރިޔާ ޙަސަން އެ ކުންފުނީގެ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ އެކަށީގެންވާ ހަމަތަކަށް ބަލާއިރު
ކުރެވޭނެ ކަމެއްކަމަށް އެ ކުންފުންޏަށް ނުފެންނާތީ އަދި އޭނާ އެކުންފުނީގެ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ އެ
ކުންފުންޏަށާއި އެ ކުންފުނީގައި ތިބި އެހެން މުވައްޒަފުންގެ ތެރޭގައި ހަމަނުޖެހުން ހިނގައި ތަނަށް ގެއްލުން
ލިބިދާނެކަމެއްކަމަށް ފެންނާތީކަން، 16 ޖޫން 2010 ގައި އައިލެންޑް ބެވެރޭޖަސް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑު ގެ ވަޒީފާއިން ސީރިޔާ ޙަސަން ވަކިކޮށް އޭނާއަށް ފޮނުވާފައިވާ އެކުންފުނީގެ ނަންބަރު
33
/
2010
/
333-IBM ސިޓީއަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ: ގދ. ތިނަދޫ ހަނދުވަރީގޭ ސާރިޔާ ޙަސަނާއި އައިލެންޑް ބެވަރޭޖަސް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު 09 އޯގަސްޓް 2004 ގައި ސޮއިކޮށްފައިވާ "ވަޒީފާގެ އެއްބަސްވުން"
އަށް ބަލާއިރު، ވަޒީފާލިބޭ މީހާގެ މަސްއޫލިއްޔަތުތައް އެ އެއްބަސްވުމާއި އެކުގައިވާ ވަޒީފާގެ
ބަޔާނުގައިވާނެކަމަށާއި، އަދި އެ ވަޒީފާގެ ބަޔާނަކީ އެއެއްބަސްވުމުގެ ބައެއްކަމަށް ވަޒީފާގެ އެއްބަސްވުމުގެ 1.1
ގައި ބަޔާންކޮށްފައިވާކަމާއި، ވަޒީފާ ބަޔާނުގައި ހިމެނިފައިނުވާ ކަމެއް ކުރުމަށް އެމީހެއްގެ ވެރިޔަކަށް ހުންނަވާ
ބޭފުޅަކު އަންގަވައިފި ހާލަތެއްގައި އެކަމެއް
އެ އެއްބަސްވުމު
ބަޔާންކޮށްފައިވާކަމާއި، މަސައްކަތް އޮންނާނީ ކޮންމެ ދުވަހަކު ހެދުނު 8:00 އިން ހަވީރު 5:00 އަށް ކަމަށާއި
މިދެގަޑީގެ ދެމެދުގައި ކެއުމަށް އެއްގަޑިއިރު ދެވޭނެކަމަށް އެ އެއްބަސްވުމުގެ 5.1 ގައި ބަޔާންކޮށްފައިވާކަމާއި،
މަސައްކަތުގައި ބޭނުން ކުރާ ކުންފުނީގެ ތަކެތި ފަރުވާތެރިކަމާއެކު ގެއްލުން ނުވާނޭ ގޮތުގެމަތީން ބެލެހެއްޓާކީ
2 ތ 0
2
2 ދ ތތ
ޗެނަންވާނެ ކަމަށް
1.2
ގައި
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A-201
2 22 22
ކުޑަކުރުމުގެ
20
ވަޒީފާ ލިބޭ މީހާގެ ޒިންމާއެއްކަމަށާއި، އަދި ކުންފުނީގެ އެއްވެސް އެއްޗަކަށް ގަސްދުގައި ނުވަތަ ފަރުވާ
ސަބަބުން
ލިބިއްޖެނަމަ، އެއެއްޗެއްގެ އަގު، މުސާރައިގެ ތެރެއިން އުނިކޮށް
ކުންފުންޏަށް ނެގޭނެކަމަށް އެ އެއްބަސްވުމުގެ 6.1 ގައި ބަޔާންކޮށްފައިވާކަން އެނގޭއިރު، 14 ޖޫން 2010
ވަނަ ދުވަހު ހަވީރު 6 ޖަހަން ދެން ފެކްޓްރީގައި ފެން އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް
ހަމަޖައްސައި އެގޮތަށް ޢަމަލުކުރުމަށް ސާރިޔާ ޙަސަނާއި އަދި އެ ކުންފުނީގެ މުވައްޒަފުންނަށް
ސުޕަރވައިޒަރުން އަންގާފައިވަނިކޮށް ސުޕަވައިޒަރަށް އެންގުމަކާ ނުލާ އަދި ހުއްދަ ނުހޯދާ 4:00 ގައި ސާރިޔާ
ޙަސަން އިސްކޮށް ހުރެ، ގެއަށް ގޮސްފައިވާކަމަށާއި އެގޮތަށް ސާރިޔާ ޙަސަން ޢަމަލުކުރުމުގެ ސަބަބުން
ކުންފުނީގެ އެހެން މުވައްޒަފުންގެ މެދުގައި މަސްލަހަތު ގެއްލި އަދި އެދުވަހު ކުންފުނިން ފެން އުފެއްދުމަށް
ލިބިފައިހުރި އޯޑަރަށް ފެން ނުއުފެއްދި، ކުންފުންޏަށް ނުހަނު ބޮޑަށް ގެއްލުން ވެފައިވާކަމަށް އައިލެންޑް
ބެވެރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެފައިވާކަން އެނގޭއިރު، ސާރިޔާ ޙަސަން ކުންފުނިން
މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ ގަޑިއަށްވުރެ ކުރިން މަސައްކަތް ނިންމައި ގެއަށް ގޮސްފައިވަނީ
މަސައްކަތުގެ
ތޯގެ "ކޮމިޝަނަށް" ކުންފުނިން ގެނައި ބަދަލަކާ ގުޅިގެން މެނޭޖްމަންޓުގެ އިސްވެރިއަކާ
ބައްދަލުކޮށްދިނުމަށް ސާރިޔާ ޙަސަންމެންގެ އިސްކޮށް ހުންނަ ސްރީލަންކާގެ ރައްޔިތެއްކަމުގައިވާ އޯޝަން
އަށް 02 ޖޫން އިން ފެށިގެން ތަކުރާރުކޮށް އެދިވެސް ބައްދަލުކޮށް ނުދިނުމުން 13 ވަނަދުވަހު ބައްދަލު
ނުކޮށްދީފިނަމަ، ޑިއުޓީގެ 8 ގަޑިއިރު ހަމަވުމުން އެދުވަހުގެ 4 ޖަހާއިރު މަސައްކަތް ހުއްޓާލާނެކަމަށް ބުނުމުން
އެދުވަހު މަސައްކަތް ކޮށް ދިނުމަށާއި އަދި 14 ވަނަދުވަހު ބައްދަލު ކޮށްނުދީފިނަމަ، އެދުވަހު މަސައްކަތް
ހުއްޓާލިޔަސް ހެޔޮކަމަށް ބުނެފައިވާތީ، ފެކްޓަރީގެ ހުރިހާ މުވައްޒަފުންވެސް ތިބީ އެގޮތަށް ހެދުމަށް
ނިންމައިގެން ކަމަށާއި، ނަމަވެސް އެދުވަހުގެ 4 ޖެހިއިރު ބައްދަލުވާ ގޮތް ހަދާނުދިނުމުން ހިތްހަމަނުޖެހިފައި
ތިއްބާ އިއްތިފާޤުން މެޝިން ނިވުމުން އެތަނުގެ ހުރިހާ މުވައްޒަފުން އެދުވަހު މަސައްކަތް ހުއްޓާލާފައި ގެއަށް
ދިޔައީކަމަށާއި، ސޫރިޔާ ޙަސަން މެޝިން ނުނިއްވާކަމަށާއި އަދި މެޝިން ނިއްވުމަށް އެއްވެސް މީހެއްގެ
ގާތުގައި ބުނެފައިނުވާނެކަމަށާއި، މުވައްޒަފުން މަސައްކަތް ހުއްޓާލާފައި ދިޔަ ދިއުމުގެ ޒިންމާ ސާރިޔާ ޙަސަން
20
8
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A-2/01
4 22
2 44 04
ނަގަން ން ނުޖެހޭނެކަމަށާއި، ސޫރިޔާ ޙަސަން އެދުވަހު ގެއަށް ދިޔައީ އޭނާގެ ޑިއުޓީ ރަސްމީ 8 ގަޑިއިރު ހަމަކޮށް
އަދި މެޝިން ހުއްޓުމުގެ އިތުރުން އެމީހުންގެ އިސްކޮށްހުރި މީހާ އެއްބަސްވެފައިވާ ގޮތުގެމަތިންކަމަށްވުމުން
އެކަމުގެ ސަބަބުން ކުންފުންޏަށް ލިބުނުކަމަށް ބުނާ ގެއްލުމުގެ ބަދަލު ސާރިޔާ ޙަސަން ދައްކަން ނުޖެހޭނެކަމަށް
20 ޖޫން 2010 ގައި ސާރިޔާ ޙަސަން އައިލެންޑް ބެވަރޭޖަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
ފޮނުވާފައިވާ ސިޓީއިންނާއި ސާރިޔާ ޙަސަންގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ދައްކާފައިވާ
ވާހަކަތަކަށް ބެލުމުން އެނގޭކަމާއި،
ސާރިޔާ ޙަސަނުގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ އޯޝަން ކޮރަތޯޓާ މި މައްސަލައާ
ގުޅިގެން ދީފައިވާ ބަޔާނުގައި، ސްޓާފުން އެފްއެމްއާ ބައްދަލުކުރަން ބޭނުންވާ ވާހަކަ 14 ޖޫން 2010 ގެ
ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަސް ކުރިން ބުނުމުން އެފްއެމް ބިޒީކަމުން އެވާހަކަ ނުދެންނެވިވަނިކޮށް، 13
ޖޫންގެ 4:00 ގައި މެޝިން ނިއްވާލާނެކަމަށް މުވައްޒަފުން ބުނުމުން، އެފްއެމް ބިޒީކަމަށާއި ދެ މުވައްޒަފަކަށް
އެފްއެމްއާ ބައްދަލު ކުރެވޭގޮތް ހަމަޖައްސައިދެވިދާނެކަމަށް ބުނުމުން، ސާރިޔާ ޙަސަން އެކަމާ ދެކޮޅު ހަދައި،
ހުރިހާ މުވައްޒަފުން އެފްއެމްއާ ބައްދަލުކުރަން ބޭނުންކަމަށް ބުނިކަމަށާއި، އަދި 4 މީހުންނަށް އެފްއެމްއާ
ބައްދަލުކުރެވޭ
ގޮތް ހަމަޖައްސައި ދެވިދާނެކަމަށް އޯޝަން ބުނުމުންވެސް އެގޮތަށް އެމީހުން
އެއްބަސްނުވުމުން، 14 ވަނަދުވަހުގެ މެންދުރު 12:00 ގެ ކުރިން އެފްއެމް ސްޓާރފުންނާ ބައްދަލު ކުރެވޭތޯ
މަސައްކަތް ކުރާނެކަމަށާއި، އެފްއެމް އަށް މުވައްޒަފުން ބައްދަލުކުރަން ބޭނުންވާ ވާހަކަ ބުނެފައިވާ ކަމަށާއި
ނަމަވެސް އެދުވަހު އެފްއެމް، ބިޒީކޮށް އުޅުއްވާތީ މުވައްޒަފުންނާ ބައްދަލު ކުރެވިފައިނުވާކަމަށާއި، އެދުވަހުގެ
މަސައްކަތް ހުއްޓާލުމުގައި އިސްކޮށް އުޅުނީ ސާރިޔާ ޙަސަނާއި އުޝާމުކަމަށް ޝާހިދު ބުނިކަމަށް އޯޝަން
ކޮރަޒޯޓާ ބުނެފައިވާކަމާއި،
މި މައްސަލައާ ގުޅިގެން އެކުންފުނީގެ ސީނިއަރ މެޝިން އޮޕަރޭޓަރ އިބްރާހީމް ޝާހިދު
ދީފައިވާ ބަޔާނުގައި، 14 ޖޫން 2010 ދުވަހުގެ ހަވީރު 6:00 އަށް މަސައްކަތް ކުރާ ގޮތަށް
Ococ
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A-201
8 3
ހަމަޖައްސާފައިވާކަމަށް އެންގުމާ ގުޅިގެން، ސީނިއަރ މެޝިން އޮޕަރޭޓަރ، ސާރިޔާ އާއި އުޝާމް އެކަމާ ދެކޮޅު
ހެދިކަމަށާއި، އަދި އެހެން މުވައްޒަފުން ކުންފުނީގެ ނިންމުމާ ދެކޮޅު ހެދުމަށް ހިތްވަރުދީ އެދުވަހުގެ 4:00 ގައި
މެޝިން ނިއްވާލައި، މަސައްކަތް ހުއްޓާލުމަށްފަހު، އެމީހުން ފެކްޓަރީން ދިޔަކަމަށާއި އެކަމުގެ ސަބަބުން
ކުންފުނީގެ މަސައްކަތްތަކަށް
މިކަތްތަކަށް ބުރޫ އެރިކަމަށް ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ: ދިވެހިރާއްޖޭގައި ވަޒީފާއާބެހޭ އަސާސީ އުޞޫލުތައް ކަނޑައަޅައި
އެކުލަވާލެވިފައިވާ ޤާނޫނަކީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ކަމާއި، އެ ޤާނޫނަށް
ބަލާއިރު، އެޤާނޫނުގެ ތަރަހައިގެ ތެރޭގައި ހިމެނޭ މުވައްޒަފަކު، ނޯޓިހެއް ދިނުމަކާ ނުލައި ވަކިކުރެވޭނީ
ހަމައެކަނި ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތުގައި އެމާއްދާގައި ބަޔާންކޮށްފައިވާ
ގޮތުގެ މަތިންކަން އެނގޭކަމާއި، މިގޮތުން ބަލާއިރު، ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާ އަދާކުރާފަރާތެއް އޭނާގެ
ވަޒީފާއިން ވަކިކުރެވޭނީ، އޭނާގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވުމާއެކު، އޭނާ ވަޒީފާގައި އިތުރަށް
ބެހެއްޓުމަ އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ
ޙާލަތުގައިކަމަށް އެމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާއި، އެހެންކަމުން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ
މާއްދާގެ ދަށުން، ނޯޓިހެއް ދިނުމަކާނުލައި، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ ދެ ޝަރުތެއް
ފުރިހަމަވެގެންކަމާއި، އެއީ
k
-1
.2
އެމުވައްޒަފެއްގެ މަސައްކަތުގެ އަޙްލާޤު އެކަށީގެން ނުވުން، އަދި
އެމުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު،
ކުރެވޭނޭކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެނުން ކަން އެނގެން އޮންނަކަމާއި،
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިހެއް ދިނުމަކާނުލައި، މުވައްޒަފަކު
ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަވާންޖެހޭ، އިސްވެދެންނެވިފައިވާ ދެ ޝަރުޠު ފުރިހަމަވޭތޯ ބެލުމުގައި
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A-201
45 އ ހ8
ނވާކަމަށް
ވަޒީފާއިން ވަކިކުރުމަށް ކަނޑައެޅިފައިވާ މުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން
ކަނޑައެޅޭނީ، ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ގެއްލު
އެލުންތަކެއް
ލިބިދާނެކަމަށް ވަޒީފާދޭ ފަރާތަށް ފެންނަ ޙާލަތުގައި ނުވަތަ އެމުވައްޒަފަކު ޚިޔާނާތްތެރި ވެފައިވާ ޙާލަތުގައިކަން
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ (1) އަދި (2) އަށް ބެލުމުން އެނގޭކަމާއި،
މުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ
ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ވަޒީފާދޭ ފަރާތުން ބަލާ، އެމުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު ރަނގަޅު
ނޫންކަމަށް ވަޒީފާދޭ ފަރާތުން ނިންމުމުގައި، އެނިންމުމަށް ވާސިލުވުމަށް ވަޒީފާދޭ ފަރާތުން ތަޠްބީޤްކުރި
ހަމައަކީ އެކަށީގެންވާ ހަމައެއްކަމަ
އެމައެއްކަމަށް ވާންޖެހޭނެކަމަށާއި، ވަޒީފާދޭ ފަރާތަށް ހަމަ ފެންނަ ފެނުމެއްގެ މައްޗަށް
އެކަނި މުވައްޒަފަކު ވަޒީފާއިން ވަކިނުކުރެވޭނެކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 24/HC
-
A/2010
ޤަޟިއްޔާގައި ކަނޑައަޅައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި، އެޤަޟިއްޔާގައި ކަނޑައަޅާފައިވާ
ގޮތުގެ މަތިން، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ނުވަތަ ވަޒީފާއިން ވަކިކުރުމުގެ ކުރިން، އެމުވައްޒަފަކު
ވަޒީފާއިން ވަކިކުރިކުރުމަކީ ޢަދުލުވެރިކަމާއެކު ކުރެވޭކަމެއްކަން ކަށަވަރުކުރުމަށްޓަކައި ވަޒީފާދޭ ފަރާތުން
ޢަމަލުކުރަންޖެހޭ ގޮތްތަކެއް ނުވަތަ އަޅަންޖެހޭ ފިޔަވަޅުތަކެއް ހުންނަކަމާއި، މިގޮތުން، މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމުގައި، އިނގިރޭސިވިލާތް، އޮސްޓްރޭލިއާ، ނިއުޒިލޭންޑް އަދި ކެނެޑާ ފަދަ ހުޅުވިގެންވާ ދީމިޤްރާޠީ
މުޖްތަމާއުތަކުން ބަލައިގަނެ، އެޤައުމުތަކުގެ ޤާނޫނުތަކުގައި ހިމަނާފައިވާ އުސޫލުތަކަށް ބަލާއިރު، ޢާންމު
އުސޫލެއްގެ ގޮތުން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި
ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަން (substantive fairness) އާއި އިޖްރާޢީ ޢަދުލުވެރިކަން
(procedural fairness) ޤާއިމުކުރުމަށް ފަހުގައިކަމާއި، މިއުޞޫލަކީ އިންޓަނޭޝަނަލް ލޭބަރ
އޮގަނައިޒޭޝަން (އައި.އެމް.އޯ.) ގެ ޓަރމިނޭ ޝަން އޮފް އެމްޕްލޮއިމަންޓް ކޮންވެންޝަން 1982 (ނަންބަރު
158) އާއި ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް ރެކޮމެންޑޭޝަން 1982 (ނަންބަރު 166) ގައިވެސް
ކަނޑައެޅި ބަޔާންވެގެންވާ އުޞޫލެއް ކަމާއި،
ވަ.
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A-201
ލުކުރުމުގެ ފުރުސަތު ކުންފުނީގެ ފަރާތުން ދީފައިވާކަމާއި، ނަމަވެސް ބައްދަލު ޓްރޮން *
އަދި މީގެއިތުރުން، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ޙައްޤުތައް ހިމާޔަތް
ކުރުމަށްޓަކައި ހެދިފައިވާ ވަޒީފާއާބެހޭ ޤާނޫނަށް ބަލާއިރު، އިސްވެދެންނެވުނު އުޞޫލަކީ އެޤާނޫނުގައިވެސް
އެކުލެވިފައިވާ އުޞޫލެއްކަމާއި، އެހެންކަމުން، އެ ޤާނޫނު ހިންގޭނެ ދާއިރާގެ ތެރޭގައި ހިމެނޭ މުވައްޒަފަކުވެސް
ވަޒީފާއިން ވަކިކުރެވޭނީ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ
ޢަދުލުވެރިކަމާއި އިޖްރާޢީ ޢަދުލުވެރިކަން ޤާއިމުކުރުމަށް ފަހުގައިކަން އެނގޭކަމާއި،
މައުޟޫޢީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ ޢަދުލުވެރި ނުވަތަ
އެކަށީގެންވާ ސަބަބެއްކަމަށް ވުންކަމަށާއި، އިޖްރާޢީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި،
އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަ ކޮށްފައިވާ އިޖްރާޢާތަކީ ޢަދުލުވެރި އިޖްރާޢާތަކަށް
ވުންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 134/HC
-
A/2011 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަން
އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ: މުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ
ހަމަތަކަށް ބަލާއިރު، ކުރެވޭނޭކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ ހާލަތުގައި، ނޯޓިސް ދިނުމަކާ ނުލައި
މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެކަން ޤާނޫނުނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23
ވަނަމާއްދާއިން އެނގޭއިރު، އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ސީނިއަރ މެޝިން
އޮޕަރޭޓަރގެ ވަޒީފާ އަދާކުރަމުންދިޔަ ގދ. ތިނަދޫ ހަނދުވަރީގޭ ސާރިޔާ ޙަސަން، އެކުންފުނީގެ ވަޒީފާއިން
ވަކިކޮށްފައިވަނީ އޭނާގެ ޢަމަލުތައް ހުރި ގޮތުން އެކުންފުނީގެ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ އެކުންފުންޏަށް
ނުހަނު ބޮޑު ގެއްލުން ލިބޭނޭކަމެއްކަމަށް އެކުންފުންޏަށް ފެނިގެންކަމާއި، ކުންފުނީގައި ދެމުންދާ ކޮމިޝަނަށް
ބަދަލު އައުމާ ގުޅިގެން ކުންފުނީގެ އިސްވެރިޔަކާ ބައްދަލުކޮށް ދިނުމަށް ސާރިޔާ ޙަސަނާއި އަދި އެހެން
މުވައްޒަފުންގެ ފަރާތުން އެދުނު އެދުމުގެ މަތިން އިސްވެރިޔަކާ، އެ މުވައްޒަފުންގެ ތެރެއިން 2 ނުވަތަ 4
މީހަކަށް
ނއތމކރ
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
15
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A-201
ބޭނުންވަނީ އެ އެންމެކު
އެއްކޮށްކަމަށް ބުނެ، އިސްވެރިޔަކާ ބައްދަލުނުކޮށް މަސައްކަތް ހުއްޓާލާފައިވާކަން
އެނގޭކަމާއި، މުވައްޒަފުންނަށް ދެމުންދާ ކޮމިޝަނަށް ގެނައި ބަދަލާ ގުޅިގެން މުވައްޒަފުންގެ މެދުގައި ހުރި
ކަން ބޮޑުވުންތައް ކުންފުނީގެ އިސްވެރިންނާ ހަމައަށް ހުށަހެޅުމުގެ ފުރުސަތު މުވައްޒަފުންގެ ތެރެއިން
ކަނޑައަޅާ ފަރާތްތަކަކަށް ކުންފުނީގެ އިސްވެރިންނާ ހަމައަށް ގެންދެވިދާނެކަމާއި، އަދި ކުންފުނީގެ
މުވައްޒަފުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ކުންފުނީގެ ވެރިންނާ ހަމައަށް ގެންދިއުމަށް ކުންފުނީގެ
ފަރާތުން ފަހިކޮށްދިން ފުރުސަތުގެ ބޭނުން ނުހިފައި، އެ ހުރިހާ މުވައްޒަފުން ކުންފުނީގެ އިސްވެރިންނާއި
ބައްދަލުކުރުމަށް އެދުމަކީ އެކުންފުނީގެ ވެރިންކުރާ އަމުރުތަކަށް ނުކިޔަމަންތެރިވުމަށް އެހެން މުވައްޒަފުންނަށް
އެކަމުން ހިތްވަރުލިބި، އެފަދަ ޙާދިސާތައް އިތުރުވެގެން ދިޔުމުގެ ފުރުސަތު ހުޅުވިގެން ހިގައިދާނޭކަމެއްކަމާއި،
އަދި މިފަދަ ކަންކަމަކީ، ކުންފުނީގެ މުވައްޒަފުންނާއި ކުންފުންޏާ ދެމެދު އޮންނަޖެހޭ ގުޅުންތަކަށް ބުރޫއަރާ،
މަސައްކަތުގެ މާޙައުލު ނުތަނަވަސްވެ، ކުންފުނީގެ މުވައްޒަފުން ކުންފުނީގެ މައްޗަށް ނުޙައްޤުން އެކިއެކި
ޒާތުގެ ނުފޫޒާއި ބާރު ފޯރުވުމަށް މަގުފަހިވުމުގެ ސަބަބުން ކުންފުނީގެ ވިޔަފާރިއަށް ގެއްލުންތަކެއް ލިބުން
އެކަށީގެންވާ ކަންތައްތަކެއް ކަމާއި، 14 ޖޫން 2010 ވަނަދުވަހުގެ ހަވީރު 6 ޖަހަންދެން މަސައްކަތް
ކުރުމަށް އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހަމަޖެއްސުމުން އެކަމާ ސާރިޔާ ޙަސަން
ދެކޮޅު ހެދިކަމާއި އަދި ކުންފުނިން ހަމަޖައްސާފައިވާ ގޮތަށް އެހެން މުވައްޒަފުން މަސައްކަތް ނުކުރުމުގައި
ސާނިޔާ ޙަސަނުގެ ބައިވެރިވުން އޮތްކަން މި މައްސަލައިގައި ހުށަހަޅާފައިވާ ހެކިތަކުން އެނގޭތީ، އައިލެންޑް
ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ވަޒީފާއިން ސީރިޔާ ޙަސަން ވަކިކުރުމުގައި އެކުންފުނީގެ
ފަރާތުން ޢަމަލުކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމަށް މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުކުރެވޭކަމެވެ.
އެހެންކަމުން މި ޤާއްޔާ ބެލީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، ވަޒީފާއާބެހޭ
ޓްރައިބިއުނަލުގެ ނަންބަރު 2010/VTR/166 މައްސަލާގައި ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ
ކަމަށެވެ.
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
16
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A-201
• ޙުކުމް
4 3 2 3
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ވަޒީފާއާބެހޭ
ޓްރަބިއުނަލުގެ ނަންބަރު 2010/VTR/166 މައްސަލަ އެޓްރައިބިއުނަލުން ނިންމަވާފައިވަނީ ޝަރުއީ އަދި
ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ނޫންކަމަށް ކަނޑައަޅައި، އެ މައްސަލައިގެ ނިންމުން މި ޤަޟިއްޔާ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލްކޮށްފީމެވެ.
ދިވެހިރާއްa
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv