ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/180 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/180
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
6
ޤަޟިއްޔާ ނަންބަރ: 180/HC-A/2013
• އިސްތިއުނާފުކުރި ފަރާތް:
* ނަން، ޝަރުމީލާ ޝަރީފް
ކާޑު ނަންބަރ: A111233
*
ދާއިމީ އެޑްރެސް: އޮއިވަރު، ދ.މީދޫ
މިހާރުގެ އެޑްރެސް: އޮއިވަރު، ދ.މީދޫ
0
• އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑު ނަންބަރ:
އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ރަޖިސްޓްރީކުރެވުނު ތާރީޚް: 28 މެއި 2013
ނިމުނު ތާރީޚް: 07 ޖެނުއަރީ 2014
06 ރަބީއުލްއައްވަލް 1435
18 ރަޖަބު 1434
އިސްތިއުނާފުކުރެވުނު އަމުރު ނަންބަރު: 2012/Cr
-
C/189
ނިންމެވިކޯޓު: ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ޚިޔާނާތްތެރިވުން
ހުށަހެޅި ތާރީޚް: 2012-04-11 * ނިމުނު ތާރީޚް: 2017-03-18
03
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރުން ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޔޫސުފް ޙުސައިން ފަނޑިޔާރުން ޢައްބާސް ޝަރީފް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2013/HC-A/180
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ދަޢުވާގެ ޚުލާޞާ:
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/189 ޤަޟިއްޔާ ނިންމާފައިވަނީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ ދ.މީދޫ(އޮއިވަރު، ޝަރުމީލާ ޝަރީފު (ދރ.ކާޑް
ނަންބަރު: A111233 ) ގެ ފަރާތުން އެއަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބަލާފައިވާ
ޤަޟިއްޔާއެކެވެ. ޝަރުމީލާ ޝަރީފު ކުރި މި އިސްތިއުނާޕީ ދަޢުވާ ރައްދުވާ ފަރާތަކީ، ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހެވެ.
COCC
ވެވުނު ނުކުތާތައް:
.ފއއ
01 އިސްތިއުނާފު މިކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު:2012/Cr
-
C/189 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ދ.މީދޫ(އޮއިވަރު، ޝަރުމީލާ ޝަރީފް
2009 ސެޕްޓޭމްބަރ 17 ވަނަ ދުވަހު ދ.މީދޫ އޮފީހުގެ ފައިސާ ކަންތައްތަކާ ވަގުތީ ގޮތުން ޙަވާލުވެގެން
ހުރިހުރުމުގައި، ސުނާމީ ކާރިޘާއާއި ގުޅިގެން ދަނޑުވެރިކަމުގެ ދާއިރާއަށް ގެއްލުން ލިބުނު ފަރާތްތަކަށް
ދޫކުރުމަށް ލިބިފައިވާ -/
266888ރ. (ދެލައްކަ ފަސްދޮޅަސް ހަހާސް އަށްސަތޭކަ އަށްޑިހަ އަށެއް) ރުފިޔާ ގެ
ތެރެއިން 49 (ސާޅީސް ނުވައެ ގެއަށްވާ ފައިސާކަމުގައިވާ -/89572ރ. (އަށްޑިހަ ނުވަހާސް ފައްސަތޭކަ
ހަތްދިހަ ދެއެއް) ރުފިޔާ، އެގޭގެއަށް ދޫކުރުމަށްފަހު، ބާކީ ހުރި -/
177316ރ. (އެއްލައްކަ ހަތްދިހަ ހަތްހާސް
ތިންސަތޭކަ ސޯޅަ) ރުފިޔާގެ ތެރެއިން -/13200ރ. (ތޭރަހާސް ދުއިސައްތަ) ރުފިޔާއަށް މީނާ
ޚިޔާނާތްތެރިވެފައިވާކަމަށްބުނެ، ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި، 132 ވަނަ މާއްދާއާއި
143 ވަނަ މާއްދާގެ ދަށުން ޝަރުމީލާ ޝަރީފުގެ މައްޗަށް (ދިހަހާސް ރުފިޔާ) އަށްވުރެ މަތީ އަދަދެއްގެ
ސަރުކާރުގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ ކުރުމުން ބައްލަވާފައިވާ ޤަޟިއްޔާއެއްކަން އެނގެން
އޮންނަކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
3
2013/HC-A/180
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، "ދެންފަހެ، ދ.މީދޫ(އޮއިވަރު، ޝަރުމީލާ
ޝަރީފްގެ މައްޗަށް ދައުލަތުން ކުޅަ ދިހަހާސް ރުފިޔާއިން ފެށިގެން މަތީގެ ޢަދަދެއްގެ ސަރުކާރުގެ ފައިސާއަށް
ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ ޝަރީޢަތުން ބެލިއިރު، ޝަރުމީލާ ޝަރީފް ދ.މީދޫ އޮފީހުގެ ފައިސާ
ކަންތައްތަކާ ވަގުތީ ގޮތުން ޙަވާލުވެގެން ހުރިހުރުމުގައި، ސުނާމީ ކާރިޘާއާއި ގުޅިގެން ދަނޑުވެރިކަމުގެ
ދާއިރާއަށް ގެއްލުން ލިބުނު ފަރާތްތަކަށް ލިބިފައިވާ 266888 ރ. (ދެލައްކަ ފަސްދޮޅަސް ހަހާސް އަށްސަތޭކަ
އަށްޑިހަ އަށް ރުފިޔާ) ގެ ތެރެއިން 49 (ސާޅީސް ނުވައެއް) ގެއަށްވާ ފައިސާކަމުގައިވާ 89572 ރ.
(އަށްޑިހަ ނުވަހާސް ފައްސަތޭކަ ހަތްދިހަ ދެރުފިޔާ) އެގޭގެއަށް ދޫކުރުމަށްފަހު ބާކީ ހުރި 177316 ރ.
(އެއްލައްކަ ހަތްދިހަ ހަތްހާސް ތިންސަތޭކަ ސޯޅަ ރުފިޔާ) ތިޖޫރިއަށް އަނބުރާ ޖަމާކުރުމުގެ ބަދަލުގައި،
ޝަރުމީލާ ޝަރީފްގެ މޭޒު ވަތްގަނޑުގައި ޝަރުމީލާ ޝަރީފްގެ ބެލުމުގެ ދަށުގައި ބަހައްޓާފައިހުއްޓާ، 17
ސެޕްޓޭމްބަރ 2009 ވަނަ ދުވަހު އެފައިސާ ތެރެއިން 13200 ރ. (ތޭރަހާސް ދުއިސައްތަ ރުފިޔާ)
މަދުވެފައިވާކަން ޝަރުމީލާ ޝަރީފްގެ ފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުންނާއި ހެކިންގެ
ހެކިބަހުން އެނގެން އޮންނާތީއާއި، 17 ސެޕްޓޭމްބަރ 2009 ވަނަ ދުވަހު ޝަރުމީލާ ޝަރީފްގެ މޭޒު
ވަތްގަނޑު ނުހުޅުވިގެން ޝަރުމީލާ ޝަރީފް ބުނެގެން ވަތްގަނޑު ހުޅުވަން މަސައްކަތް ފެށިއިރު، އެ
ވަތްގަނޑަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާކަމާއި، އެއޮފީހުގެ މޭޒުގެ ވަތްގަނޑުތަކުގައި އޮންނާނީ ދެ
ތަޅުދަނޑިކަމާއި، މިހާދިޘާ ހިނގިއިރު ޝަރުމީލާ ޝަރީފްގެ މޭޖު ވަތްގަނޑުގެ ދެތަޅުދަނޑިވެސް އޮތީ
ޝަރުމީލާ ޝަރީފްގެ އަތުގައިކަން ހެކިންގެ ހެކިބަހުން އެނގޭއިރު ޝަރުމީލާ ޝަރީފްގެ މޭޒު ވަތްގަނޑުގެ
އިތުރު ތަޅުދަނޑިއެއް އެހެން މީހެއްގެ އަތުގައި އޮންނަކަން ސާބިތުކޮށްދެވިއިނުވާތިއާއި، އޮފީހުގައި ވަގުތީގޮތުން
ބަހައްޓަންޖެހޭ ފައިސާ ތިޖޫރީ ފިޔަވައި އެހެންތަނެއްގައި ނުބެހެއްޓޭނޭކަން ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގެ
6.15 ވަނަ މާއްދާއިން އެނގެން އޮންނަކަމާއި، 16 ސެޕްޓޭމްބަރ 2009 ދުވަހު ދ.މީދޫ ގޭގެއަށް ބެހުމަށް
ޝަރުމީލާ ޝަރީފްއާއި ޙަވާލުކުރި ފައިސާގެ ތެރެއިން އެދުވަހު ޙަވާލުނުކުރެވި ބާކީ ހުރި ފައިސާ އަނި ރި
ތިޖޫރީއަށް ޖަމާކު ންޖެހޭނޭކަން އެނގެން އޮތްނަމަވެސް ޝަރުމީލާ ޝަރީފް ޢަމަލުކޮށްފައިވަނީ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2013/HC-A/180
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޚިލްފަށްކަން އެނގެން އޮންނާތީއޭ، ކަނޑައެޅިފައިވާ ޤަވާއިދުތަކެއްގެ މަތިން ގެންގުޅެންޖެހޭ މުދަލެއް ހަމަތޯ
ބަލާއިރު، ހަމައަށް ނެތިފައި، އެމުދަލެއް ޤަވާއިދާއި ޚިލާފަށް ގެންގުޅެވިފައިވާކަން އެނގޭނަމަ، އަދި އެމުދާ
މަދުވާން ޖެހުނު ގޮތެއް ސާބިތުކޮށް ނުދެވޭނަމަ، އެއީ ޚިޔާނާތެއްކަން ޤާނޫނުލް ޢުޤޫބާތުގެ 149 ވަނަ މާއްދާގެ
(ނ) އިން އެނގެން އޮންނާތީ، 16 ސެޕްޓެމްބަރ 2009 ދުވަހު ގޭގެއާ ޙަވާލު ނުކުރެވި ޝަރުމީލާ ޝަރީފްގެ
އަތުގައި ބާކީ ހުރި 177316 ރ. (އެއްލައްކަ ހަތްދިހަހަތްހާސް ތިންސަތޭކަ ސޯޅަ ރުފިޔާ) ގެ ތެރެއިން
13200 ހ. (ތޭރަހާސް ދުއިސައްތަ ރުފިޔާ) އަށް ޝަރުމީލާ ޝަރީފް ޚިޔާނާތްތެރިވެފައިވާކަން އެކަށީގެންވާ
ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާތީ، ދިހަހާސް ރުފިޔާއިން ފެށިގެން މަތީގެ ޢަދަދެއްގެ
ސަރުކާރުގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށުން ޝަރުމީލާ ޝަރީފު ކުއްވެރިވެއްޖެކަމަށް ކަނޑައަޅައި، މިއީ
މިބާވަތުގެ ކުށެއް ޝަރުމީލާ ޝަރީފްގެ މައްޗަށް ސާބިތުވި ފުރަތަމަ ފަހަރު ކަމަށްވާތީ، މިކުށުގެ ޢުޤޫބާތެއްގެ
ގޮތުން ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން 06 (ހައެއް) މަސްދުވަސް، އަދި ޝަރުމީލާ
ޝަރީފް ޚިޔާނާތްތެރިވެފައިވާ ފައިސާގެ ޢަދަދު ދިހަހާސް ރުފިޔާއިން މަތީގެ ޢަދަދަކަށްވާތީ، ޤާނޫނުލް ޢުޤޫބާތުގެ
132 ވަނަ މާއްދާގެ ދަށުން 01 (އެކެއް) އަހަރާއި 01 (އެކެއް) މަސްދުވަސް، އަދި ޝަރުމީލާ ޝަރީފް
ޚިޔާނާތްތެރިވެފައިވަނީ ސަރުކާރުގެ ފައިސާއަކަށްވާތީ ޤާނޫނުލް ޢުޤޫބާތުގެ 143 ވަނަ މާއްދާގެ ދަށުން 02
(ދޭއް) އަހަރު ދުވަސް، އެކު ޖުމްލަ 03 (ތިނެއް) އަހަރާއި 7 (ހަތެއް9 މަސް ދުވަހުގެ މުއްދަތަށް ދ.މީދޫ،
އޮއިވަރު، ޝަރުމީލާ ޝަރީފް އަރުވާލުމަށް ޙުކުމް ކޮށްފީމެވެ." މިފަދައިން ބަޔާން ކޮށްފައިވާކަން އެޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
02- އިސްވެ
ބަޔާންކުރެވުނު ގޮތުގެމަތީން ކްރިމިނަލް ކޯޓުގެ ނަންބަރު:
2012/Cr-C/189 ޤަޟިއްޔާގައި ޙުކުމް ކުރުމާއި ގުޅިގެން ދ.މީދޫ(އޮއިވަރު، ޝަރުމީލާ ޝަރީފުގެ ފަރާތުން
ޤަޟިއްޔާ އިސްތިއުނާފުކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާއި މެދު ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
ދިވެހިރާއްޖޭގެ
ހައިކޯޑު
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
2013/HC-A/180
ދީ 3
3 ފ ސ ޑ 4
ތބުކުރަންޖެހ
ނުކުތާއެވެ.
ދާއިރާއިން ގެއްލުން ލިބުނު ފަރާތްތަކަށް ދޫކުރުމަށް އެ އޮފީހަށް ލިބިފައިވާ -2668881ރދާގައްޖޭގެ ހައި"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
* ފުރަތަމަ ނުކުތާއަކީ، ޝަރުމީލާ ޝަރީފްގެ މައްޗަށް ދައުލަތުން ދަޢުވާ އުފުލާފައިވަނީ،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާ އާއި، 20 ވަނަ މާއްދާ އާއި، އަދި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 135/HC
-
A/2013 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޝަރުޢީ އަދި
ޤާނޫނީ އުޞޫލާއި ޚިލާފަށްކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
* ދެވަނަ ނުކުތާއަކީ ޚިޔާނާތްތެރިވުމުގެ ކުށް ޝަރުމީލާ ޝަރީފުގެ މައްޗަށް ސާބިތުވާކަމަށް
ނިންމާފައިވަނީ، ކުށުގެ އުންސުރުތައް ފުރިހަމަ ވެފައިވާކަން ޔަޤީންކުރުމެއްނެތި، ޚިޔާނާތުގެ ކުށް
ސާބިތުކުރަ ންގަޑުކަމަށްވާ ޔަޤީނާ ގާތްކުރާ މިންވަރަށް އިޤުތިސާޢު ވެގެންނޫންކަމަށްބުނެ ފާހަގަކޮށްފައިވާ
03- ކްރިމިނަލް ކޯޓުގެ ނަންބަރު:2012/Cr
-
C/189 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށާއި،
އެ ޤަޟިއްޔާ އިސްތިއުނާފްކުރުމަށް ޝަރުމީލާ ޝަރީފުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި،
އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި
ގުޅުންހުރި އެންމެހައި ލިއުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
ފުރަތަމަ ކަމަކީ: އިސްތިއުނާފު މިކުރެވޭ ކްރިމިނަލް ކޯޓުގެ
ނަންބަރު:2012/Cr
-
C/189 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާގައި
ދ.މީދޫ(އޮއިވަރު، ޝަރުމީލާ ޝަރީފުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކޮށްފައިވާ ދަޢުވާއަކީ
(ދިހަހާސް ރުފިޔާ) އަށްވުރެ މަތީ ޢަދަދެއްގެ ސަރުކާރުގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާކަމާއި،
އެދަޢުވާ ކޮށްފައިވަނީ ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި، 132 ވަނަ މާއްދާއާއި 143 ވަނަ
މާއްދާގެ ދަށުންކަމާއި، އެދަޢުވާ އެފަދައިން ކޮށްފައިވާ ސަބަބަކީ، ދ.މީދޫ އޮފީހުގެ ފައިސާ ކަންތައްތަކާ
ޝަރުމީލާ ޝަރީފް ވަގުތީ ގޮތުން ޙަވާލުވެގެން ހުރިހުރުމުގައި، ސުނާމީ ކާރިޘާއާއި ގުޅިގެން ދަނޑުވެރިކަމުގެ
ccc >
-3.1
ފަސްދޮޅަސް ހަހާސް އަށްސަތޭކަ އަށްޑިހަ އަށެއް) ރުފިޔާއާއި 2009 ސެޕްޓެމްބަރ 16 ވަނަ ދުވަހު
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
2013/HC-A/180
etc.
44
ނުވަތަ އެކަމެއް ނުކޮށް ދޫކޮށްލި މީހަކަށް، އެ ކުރީ ކަމަކާ ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅުވައިގެން އައިގޮޓްގެ ހައިކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެފައިސާ ހަވާލުކުރަންޖެހޭ 146 ގޭގެ ތެރެއިން 49 (ސާޅީސް ނުވައެއް) ގެއަކަށްވާ ފައިސާކަމުގައިވާ
-/89572ރ.(އަށްޑިހަ ނުވަހާސް ފައްސަތޭކަ ހަތްދިހަ ދެ އެއް) ރުފިޔާ އެގޭގެއަށް ދޫކުރުމަށްފަހު، އޮފީހުގައި
ބުނުންކުރާ މޭޒުގެ ވަތްގަނޑުގައި ބާކީހުރި -/177316 ރ.(އެއްލައްކަ ހަތްދިހަ ހަތްހާސް ތިންސަތޭކަ
ސޯޅަ) ރުފިޔާ ބެހެއްޓުމަށްފަހު، ޖެހިގެން އައިދުވަހު އޮފީހަށް އައިސް ބެލިއިރު އޭގެ ތެރެއިން،
-/13300 ރ.(ތޭރަހާސް ދުއިސައްތަ) ރުފިޔާ މަދުވެފައިވާކަމަށް ޝަރުމީލާ ޝަރީފު ބުނެފައިވާތީއާއި އަދި
މަދުވިގޮތެއް ޝަރުމީލާ ޝަރީފަށް ބުނެދެވިފައި ނުވާތީކަން އެނގެން އޮންނައިރު،
ކްރިމިނަލް ކޯޓުގެ ނަންބަރު:2012/Cr
-
C/189 ޤަޟިއްޔާ ބައްލަވާ ކުރައްވާފައިވާ ޙުކު
ޙުކުމުގައި،
ދިހަހާސް ރުފިޔާ އަށްވުރެ މަތީ ޢަދަދެއްގެ ސަރުކާރުގެ ފައިސާ އަށް ޚިޔާނާތްތެރިވުމުގެ ކުށް ޝަރުމީލާ
ޝަރީފުގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅުއްވާ، އެކުށުގެ ޢުޤޫބާތުގެ ގޮތުގައި އެކުޖުމްލަ 03 (ތިނެއް)
އަހަރާއި، 07 (ހަތެއް) މަސްދުވަހުގެ މުއްދަތަށް ޝަރުމީލާ ޝަރީފު އަރުވާލުމަށް ޙުކުމް ކުރައްވާފައިވާކަން
އެނގެން އޮންނަކަމެވެ.
3.2- ދެވަނަ ކަމަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު:2012/Cr
-
C/189 ޤަޟިއްޔާގައި އިސްވެ ބަޔާންކުރެވުނު
ފަދައިން ޙުކުމް ކުރެއްވުމުން، އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން ދެނުކުތާއެއް ފާހަގަކޮށްފައިވާއިރު، އޭގެ
ތެރެއިން ފުރަތަމަ ނުކުތާގައި، ޝަރުމީލާ ޝަރީފްގެ މައްޗަށް ދައުލަތުން ދަޢުވާ އުފުލާފައިވަނީ، ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާ އާއި، 20 ވަނަ މާއްދާ އާއި، އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 135/HC-A/2013 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޝަރުޢީ އަދި ޤާނޫނީ އުޞޫލާއި
ޚިލާފަށްކަމަށްބުނެ އެކަން ފާހަގަކޮށްފައިވާތީ އެނުކުތާއަށް ބެލުމުގެ ގޮތުން ހައިކޯޓުން ބެލި ބެލުމުން،
ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގައި، "ވަކިކަމެއްކުރުން ނުވަތަ ވަކިކަމެއް ދޫކޮށްލުން އެއީ
ކުށެއްކަމުގައި އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި ބަޔާންކޮށްފައި ނެތިސް އެކަމެއް ކުރި މީހަކަށް
05
ދީގެން ނުވާނެއެވެ. އަދި ކުށެއްކުރިއިރު އެކުށަށް ކަނޑައެޅިފައިވާ އަދަބަށްވުރެ ބޮޑު އަދަބެއް އެކުށްކުގެ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ވާ، ޑީ ޖީ
1
2013/HC-A/180
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މީހަކަށް ދީގެން ނުވާނެއެވެ. ކުށެއްކުރުމާ، އެ ކުށެއް ކުރި މީހާއަށް ޙުކުމްކުރުމާ ދެމެދު، އެކުދި ކުށެއްގެ
އަދަބަށް ޤާނޫނަށް ގެންނަ ބަދަލަކުން ލުއެއް ދީފއިވާނަމަ، އެ މީހަކަށް ދޭންވާނީ ފަހުން ހެދުން ޤާނޫނުގައިވާ
އަދަބެވެ." މިފަދައިން ބަޔާންކޮށްފައިވާކަމާއި،
އަދި ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއަށް ބަލާއިރު، އެމާއްދާގައި، ޤާނޫނުގެ ކުރިމަތީގައި،
އަދި އެ މީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީވެސް ހަމަހަމަވެގެންވާ މީހެކެވެ. އަދި ޤާނޫނުގެ
ރައްކާތެރިކަމާއި ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ހަމަ ކޮންމެ މީހެއްގެ ވެސް ޙައްޤެކެވެ."
މިފަދައިން ބަޔާން ކޮށްފައިވާ ކަމާއި،
ދިވެހިރާއްޖޭގެ ޖުމްހޫއްރިއްޔާގެ ޤާނޫނުއަސާސީއިން އިސްވެ ބަޔާންކުރެވުނު ދެ މާއްދާއަށާއި،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 135/HC-A/2013 ޤަޟިއްޔާއަށް ޙަވާލާ ދީ ޝަރުމީލާ ޝަރީފުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކައަށް ބަލާއިރު، ދައުލަތުން ޝަރުމީލާ ޝަރީފް ގެ
މައްޗަށް ދަޢުވާ ކުރައްވާފައިވަނީ ޤާނޫނުލް އުޤޫބާތުގެ ދަށުންކަމަށްވިޔަސް އަދި ކްރިމިނަލް ކޯޓުގެ
ނަންބަރު:2012/Cr
-
C/189 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ހަމައެޤާނޫނުގެ ދަށުން ކަމުގައިވިޔަސް
އަދި އިސްތިއުނާފުގެ ބޭނުމަށްޓަކައި ދައުލަތުގެ ދަޢުވާގައި ބުނާ ފައިސާއަކީ ޝަރުމީލާ ޝަރީފް ޒިންމާ
ވާންޖެހޭ ފައިސާއެއްކަމަށް ޝަރުމީލާ ޝަރީފްގެ ފަރާތުން ބެލިނަމަވެސް މައްސަލާގައި ބަޔާންކޮށްފައިވާ
ހަދިސާ ހިނގި ތާރީޚްގައި ދިވެހިރާއްޖޭގައި ޢަމަލުކުރަމުން ދިޔަ ޤާނޫނުތަކާއި އަދި އެޤާނޫނުތަކުގައި
ކަނޑައަޅާފައިވާ މަޞްދަރުތަކާއި އަދި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު،
މިމައްސަލައިގެ މައްޗަށް ތަޠުބީޤުން ކުރެވެންވާނީ ޤާނޫނުލް އުޤޫބާތު ނޫންކަމާއި މިމައްސަލައިގެ މައްޗަށް
ތަތްބީޤް ކުރެވެން ވާނީ ދައުލަތުގެ މާލިއްޔަތުގެ ޤާނުނުކަމަށްބުނެ ދައުލަތުގެ މާލިއްޔަތު ޤާނޫނުގެ 47 ވަނަ
މާއްދާގެ (ނ) ގައި ޒިންމާވާން ޖެހޭ ދައުލަތުގެ ފައިސާ މަދުވުމަކީ ޒިންމާ ވާންޖެހޭ މީހަކު ހުއްދަ ނޫން
ޢަމަލެއް ކުރުންކަމުގައި ބެލެވޭނެކަމަށް ބަޔާން ކޮށްފައިވާކަމަށާއި، މާލިއްޔަތުގެ ޤާނުނުގެ 48 ވަނަ މާލެޠާއްޖޭގެ ހައި
(ހ) ގައި އެޤާނޫނުގެ 47 ވަނަ މާއްދާއްގައި ބަޔާން ކޮށްފައިވާފަދަ ހުއްދަ ނޫން ޢަމަލެއް މީހަކު
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
2013/HC-A/180
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދައުލަތުގެ މާލިއްޔަތު ޤަވާޢިދުގެ ދަށުން އެމީހަކު ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު މިނިސްޓަރަށް ލިބިގެން
ވާކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، އެހެންކަމުން ޝަރުމީލާ ޝަރީފު ގެ މައްޗަށް ކޮށްފައިވާ ދަޢުވާގައި
ބަޔާންކޮށްފައިވާ ޢަމަލަކީ އޭނާ ކޮށްފައިވާ ޢަމަލެއް ކަމުގައި ބެލިކަމުގައިވިޔަސް އޭނާގެ މައްޗަށް
ޤާނޫނުލްޢުޤޫބާތުގެ ދަށުން ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ ނުކުރެވޭނެކަމަށާއި ކުރެވެން ވާނީ ދައުލަތުގެ
މާލިއްޔަތުގެ ޤާނޫނުގެ ދަށުން ހުއްދަ ނޫން ޢަމަލެއް ކޮށްގެން އެކަމުގެ ދަޢުވާކަމަށާއި އަދި އެކަމުގެ
އަދަބަކަށްވާންވާނީ ޖޫރިމަނާ ކުރުން ކަމަށް ބުނެ ޝަރުމީލާ ޝަރީފުގެ ފަރާތުން ހައިކޯޓުގެ މިޤަޟިއްޔާގައި
ވާހަކަ ދައްކާފައިވާއިރު، މި ދިފާޢުއަކީ ކްރިމިނަލް ކޯޓުގެ ނަންބަރު:2012/Cr
-
C/189 ޤަޟިއްޔާ އެކޯޓުގައި
ހިނގަމުންދިޔައިރު، ޝަރުމީލާ ޝަރީފުގެ ފަރާތުން ފާހަގަކޮށްފައިވާ ދިފާއެއް
ނޫންކަން އެޤަޟިއްޔާގައި
ޝަރުމީލާ ޝަރީފުގެ ފަރާތުން ދީފައިވާ ބަޔާންތަކުންނާއި، އެޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން
އެނގެން އޮންނަކަމާއި،
އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 223 ވަނަ މާއްދާއަށާއި، ޤާނޫނު
ނަންބަރު 9/2008 (ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު) ގެ 15 ވަނަ މާއްދާއަށް ބަލާއިރު، ތަޙްޤީޤުކުރާ
އެކިއެކި އިދާރާތަކުން ހުށަހަޅާ ހެއްކާއި ޤަރީނާ ވަޒަންކޮށް، ދަޢުވާއެއް އުފުލަންޖެހޭކަން ނުވަތަ ނޫންކަން
ކަނޑައަޅާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްކަން އެނގެން އޮންނަކަމާއި، އެހެންކަމުން ކުރާނެ ދަޢުވާއާއި
ދަޢުވާކުރަންވީ މާއްދާ ކަނޑައަޅާ ފަރާތަކީ ދަޢުވާއެއް އުފުލަންޖެހޭކަން ނުވަތަ ނޫންކަން ކަނޑައަޅާފަރާތެއްގެ
ފުރިހަމަ ބާރުގެ ދަށުގައި އޮންނަކަމެއްކަމާއި، ކޯޓުތަކުގެ މަސްއޫލިއްޔަތަކީ އެފަދަ ދަޢުވާތައް އިންޞާފުގެ
ހަމަތަކާއި އެއްގޮތަށް ބަލައި އެދަޢުވާ ސާބިތުވާކަމަށް ނުވަތަ ސާބިތު ނުވާކަމަށް ކަނޑައަޅާއި ނިންމުންކަން
ސާފުކޮށް އެނގެން އޮންނަކަމާއި،
އަދި ޝަރުމީލާ ޝަރީފުގެ ފަރާތުން ޙަވާލާ ދީފައިވާ މާލިއްޔަތު ޤާނޫނުގެ 47 ވަނަ މާއްދާއާއި
48 ވަނަ މާއްދާއަކީ ޝަރީޢަތުން މައްސަލައެއް ބަލާ އަދަބު ކަނޑައެޅުމަށް އޮތް ދެ މާއްދާ ނޫންކަމާއި، ޙަޢާއްޖޭގެ ހައި
ދެވުނު 48 މާއްދާގައިވަނީ މިނިސްޓަރަށް ލިބިގެންވާ އިޚްތިޔާރެއްގެ ވާހަކަ ބަޔާން ކޮށްފައިކަމާއި، މިހެންކަމު
COC
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
2013/HC-A/180
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ގެތެކރެ(
އެ މާއްދާގައި އެފަދައިން ބަޔާންކޮށްފައިވުމަކީ ޤާނޫނުލްޢުޤޫބާތުގެ ވަކި މާއްދާތަކަކަށް ޢަމަލުކުރުން ހުއްޓުމަކަށް
އަންނަޖެހޭ ސަބަބެއް ނޫންކަމާއި، އަދި ޙަވާލާ ދީފައިވާ ހައިކޯޓުގެ ނަންބަރު 135/HC
-
A/2013
ޤަޟިއްޔާގައި އެފަދަ ނިންމުމެއްވެސް ނިންމާފައި ނުވާކަމާއި، އަދި ހައިކޯޓުގެ އެޤަޟިއްޔާއަކީ، ކްރިމިނަލް
ކޯޓުގެ ނަންބަރު:2012/Cr
-
C/189 ޤަޟިއްޔާގެ ދަށުން ޝަރުމީލާ ޝަރީފުގެ މައްޗަށް ކޮށްފައިވާ ދަޢުވާގެ
މައުޟޫޢާއި އެއްވެސް ގޮތަކުން ގުޅުންހުރި ޤަޟިއްޔާއެއް ނޫންކަން ފާހަގަކުރެވެއެވެ.
3.3- ތިންވަނަ ކަމަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު:2012/Cr
-
C/189 ޤަޟިއްޔާ
އިސްތިއުނާފު ކުރުމަށް ޝަރުމީލާ ޝަރީފުގެ ފަރާތުން ހުށަހަޅާފައިވާ ދެވަނަ ނުކުތާއަކީ، ޚިޔާނާތް ތެރި ވުމުގެ
ކުށް ޝަރުމީލާ ޝަރީފް ގެމައްޗަށް ސާބިތުވާކަމަށް އެޤަޟިއްޔާގައި ނިންމަވާފައިވަނީ ކުށުގެ ޢުންސުރުތައް
ފުރިހަމަ ވެފައިވާކަން ޔަޤީންކުރުމެއްނެތި ޚިޔާނާތުގެކުށް ސާބިތު ކުރަންޖެހޭ މިންގަނޑު ކަމުގައިވާ ޔަޤީނާއި
ތިކުރާމިންވަރަށް އިޤްތިޞާޢު ވެގެން ނޫންކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާކަމާއި، އެނުކުތާއާއި ގުޅިގެން
ޝަރުމީލާ ޝަރީފުގެ ފަރާތުން ދައްކާފައިވާ ވާހަކައަށް ބަލާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
34/SC-A/2011 ޤަޟިއްޔާ ގައި ޖިނާއީ މައްސަލަތައް ސާބިތު ކުރުމުގައި އެފަދަ މައްސަލަތައް ބަލާ
ފަނޑިޔާރުންގެ ދައުރަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ހ) ގެ ނައްޞުގެ މަޤްޞަދު ޙާސިލްވެވޭ
ފަދަ ދައުރަކަށް އިޖުރާއީ ގޮތުން ވާންޖެހޭނެކަމަށާއި، ފަނޑިޔާރުންގެ ދައުރަކީ އީޖާބީ
ދައުރެއްކަމަށްވާންޖެހޭނެ ކަމަށާއި، ހުށަހެޅޭ ދަލީލުތަކުގެ ތެރެއިން ފަނޑިޔާރަށް ޤަބޫލުކުރެވޭ ދަލީލްތަކާއި
އެދަލީލް ތަކުން އިސްތިންތާޖް ކުރެވޭ ކަންކަމުގެ މައްޗަށް ބުރަވެހުރެ ޔަޤީނާއި ގާތްކާތްކުރާ މިންވަރަށް
އިޤްތިނާއު ވެގެން މެނުވީ ކުށެއް ސާބިތުވެއްޖެކަމަށް ޖިނާއީ މައްސަލައެއްގައި ޙުކުމް ކޮށްގެން ނުވާނެކަމީ
އިސްތިޤްރާރު ވެފައިވާ ޖިނާޢީ މަބްދަޢުއެއްކަމަށް ފާހަގަ ކުރެވޭ ކަމަށް ޙުކުމް ކުރައްވާފައިވާކަމަށް ވިދާޅުވެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، ކްރިމިނަލް ކޯޓުގެ
ނަންބަރު:2012/Cr
-
C/189 ޤަޟިއްޔާގައި ޝަރުމީލާ ޝަރީފުގެ މައްޗަށް
ޤުއްގެ
ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވަނީ ކަނޑައެޅިގެން ޙަޤީޤަތާއި ޚިލާފަށް ކަމަށާއި، ކްރިމިނަލް
4
2
4 ޑ (7ޑ
0ނރވީމާ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10
2013/HC-A/180
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެޤަޟިއްޔާގައި ޝަރުމީލާ ޝަރީފުގެ ފަރާތުން ވަނީ ދައުވާއަށް އިންކާރު ކޮށްފައިކަމަށާއި، އެފަދައިން އިންކާރު
ކުރުމުން، ދަޢުވާގައި ޝަރުމީލާ ޝަރީފު އާއި ޙަވާލުކުރެވުނު ކަމަށް ބުނާ ފައިސާއާއި އޭނާ ޙަވާލުވި ކަމަށް
އެވަނީ އިންކާރު ކުރެވިފައިކަމަށް ދެކޭ ކަމަށާއި، އެހެންކަމުން ޤާނޫނުލްޢުޤޫބާތުގެ 149 ވަނަ މާއްދާގެ (ނ) ގެ
ދަށުން، ޚިޔާނާތުގެ ކުށް ޝަރުމީލާ ޝަރީފުގެ މައްޗަށް ސާބިތުކުރުމަށް އެންމެ ފުރަތަމަ ފުރިހަމަވާންޖެހޭ
ޢުންޞުރަކީ، ދަޢުވާގައި ބަޔާންކޮށްފައިވާ ފައިސާ ޝަރުމީލާ ޝަރީފު އާއި ޙަވާލު ކޮށްފައިވާކަން ނުވަތަ
ނޫންކަން ކަނޑައެޅުންކަމަށް ޝަރުމީލާ ޝަރީފުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަކޮށްފައިވާކަން
އެނގެން އޮންނާތީ، މުޅި މައްސަލާގައި ހިމެނޭ ތަޙްޤީޤު ބަޔާންތަކަށާއި، ދަށުކޯޓުގައި މައްސަލަ ހިނގާފައިވާ
މަރުޙަލާގައި ކަންހިނގާފައިވާ ގޮތަށާއި، އެމަރުޙަލާގައި ހުށަހެޅިފައިވާ ލިޔުންތަކަށާއި، މަޙްޝަރު ބަޔާންތަކަށް
ބަލާއިރު، ތަޙްޤީޤު މަރުޙަލާގައި ޝަރުމީލާ ޝަރީފުގެ ފަރާތުން ބޭނުންކޮށްފައިވަނީ ޤާނޫނުއަސާސީ އިން
ލިބިދީފައިވާ ހަނުހުރުމުގެ ޙައްޤުކަން މައްސަލާގެ ތަޙުޤީޤުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އަށް 2009
ސެޕްޓެމްބަރ 19 ގައި އޭނާ ދީފައިވާ ބަޔާނުން އެނގެން އޮންނަކަމާއި، އެހެންކަމުން ތަޙްޤީޤު މަރުޙަލާގައި
ޝަރުމީލާ ޝަރީފުގެ އިތުރު ބަޔާނެއް ނަގާފައި ނުވާކަމާއި، މައްސަލާގެ ތަޙްޤީޤު މަރުޙަލާ ނިމި މައްސަލަ
ޝަރީޢަތަށް ހުށަހަޅާފައިވަނީ 2012 އޭޕްރީލް 11 ވަނަ ދުވަހު ކަމުގައިވިޔަސް، މައްސަލާގެ އަޑުއެހުމެއް
އެންމެ ފުރަތަމަ ބޭއްވިފައިވަނީ 2012 މެއި 16 ވަނަ ދުވަހުކަމާއި، އެދުވަހު ޝަރުމީލާ ޝަރީފުގެ ފަރާތުން
ދަޢުވާއަށް އިންކާރުކުރާކަމަށްބުނެ، އިންކާރުކުރާ ސަބަބުތައް ބަޔާންކުރުމުގެ ފުރުޞަތެއް އެހެން ޝަރީޢަތުގެ
މަޖިލީހެއްގައި ދެއްވުމަށް އެދިފައިވާކަމާއި، އެހެންކަމުން ޝަރީޢަތުގެ ފަރާތުން އެފުރުޞަތު ޝަރުމީލާ
ޝަރީފަށް ދެއްވާފައިވާކަމާއި، އެގޮތުން އެޤަޟިއްޔާ އާއި ގުޅިގެން އޭގެ ފަހުން ކްރިމިނަލް ކޯޓުގައި
ބޭއްވިފައިވާ އެހެނިގެން އަޑުއެހުންތަކުގައި ތަފާތު އެތަށް ފަހަރަކު އެތަށް ގޮތަކަށް ޝަރުމީލާ ޝަރީފުގެ
ފަރާތުން ދަޢުވާއަށް އިންކާރުކުރާ ސަބަބުތައް ހުށަހަޅަމުން ގޮސްފައިވާކަން އެޤަޟިއްޔާގެ މަޙް ޝަރު
އެނގެން އޮންނަކަމާއި، ނަމަވެސް އެއިން އެއްވެސް މަޙްޝަރު ބަޔާނެއްގައި، ދައުލަތުގެ
ހއ އގ ތ
ބަޔާންP
ދަޢުވާގައި ބަޔާންކޮށްފައިވާ -/266888ރ.(ދެލައްކަ ފަސްދޮޅަސް ހަހާސް އަށްސަތޭކަ އަށްޑިހަ އަށެއް، ރުގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11
2013/HC-A/180
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
44
ޙަވާލުވެފައި ނުވާނެކަމަށް ބުނެފައި ނުވާކަމާއި، އަދި އެފައިސާގެ ތެރެއިން 2009 ސެޕްޓެމްބަރ 16 ވަނަ
ދުވަހު 49 (ސާޅީސްނުވައެއް) ގެއަކަށް -/89572ރ.(އަށްޑިހަ ނުވަހާސް ފައްސަތޭކަ ހަތްދިހަ ދެއެއް) ރުފިޔާ
ޙަވާލު ކޮށްފައި ނުވާނެކަމަށްވެސް ބުނެފައި ނުވާކަމާއި، އަދި މި ފައިސާ ޙަވާލުކުރުމަށްފަހު
އެދުވަހު އޭނާގެ
ވަތްގަނޑުގައި ބާކީ ފައިސާ ބަހައްޓާފައި ނުވާނެކަމަށްވެސް ބުނެފައި ނުވާކަމާއި، އަދި 2009 ސެޕްޓެމްބަރ
17 ވަނަ ދުވަހު ވަތްގަނޑު ހުޅުވައި ބެލިއިރު، އޭގެ ތެރެއިން -/13200 ރ.(ތޭރަ ހާސް ދުއިސައްތަ) ރުފިޔާ
މަދުވެފައި ނުވާކަމަށް ބުނެފައި ނުވާކަން މަޙްޝަރު ބަޔާންތަކުން ސާފުކޮށް އެނގެން އޮންނައިރު، އެއާ ޚިލާފަށް
ޝަރުމީލާ ޝަރީފުގެ މައްޗަށް އުފުލިފައިވާ ދަޢުވާގައި އޭނާގެ ދިފާޢު ކްރިމިނަލް ކޯޓުގައި ބިނާކޮށްފައިވަނީ،
އެފައިސާ 2009 ސެޕްޓެމްބަރ 17 ވަނަ ދުވަހު ހެނދުނު އޮފީހަށް އައިސް މޭޒުގެ ވަތްގަނޑު ހުޅުވަން
މަސައްކަތްކުރުމުން ވަތްގަނޑު ގަރާރު ވެފައި ހުންނަވީ ސަބަބެއް ނޭގޭތީއާއި، އަދި ވަކި މީހަކު އައިސް
އެވަތްގަނޑަށް ވަކިގޮތެއް ހަދާލުމުން ކުރިން ގަރާރުވެފައިހުރިހުރުން ފިލާގޮސް އެވަތްގަނޑު ހުޅުވެންވީ
ސަބަބެއް ނޭގޭތީއާއި، އޮފީސް ހުޅުވާ ލައްޕާ ތަޅުދަނޑި ޝަރުމީލާ ޝަރީފުގެ އަތުގައި ނޯވެފައި، އެތަޅުދަނޑި
އޮންނަ އޮފީހުގެ މުވައްޒަފަކު އޮފީސް ބަންދުކުރިފަހުން އޮފީހަށް ވަދެފައިވާކަން އެނގޭ މީހުން ތިބިކަމަށްވާތީ،
ޝަރުމީލާ ޝަރީފުގެ ވަތްގަނޑުގައިހުރި ފައިސާ މަދުވެފައިވަނީ އެމުވައްޒަފުގެ ޢަމަލަކުންކަމަށް ވެދާނެކަމުގެ
މައްޗަށް އުފައްދާ ތުހުމަތެއްގެ މައްޗަށް ކަމާއި، މިކަންތައްތައް އެނގެން އޮތްއިރު،
ދަޢުވާގައި ބަޔާންކޮށްފައިވާ ފައިސާއާއި ޙަވާލުވެފައިވާކަމާއި، 2009 ސެޕްޓެމްބަރ 16 ވަނަ
ދުވަހު ދ.މީދޫ ގެ ކަނޑައެޅިފައިވާ ވަކި އެޑްރެސްތަކަކަށް ފައިސާ ޙަވާލުކުރެވުނު ކަމާއި، އެފައިސާގެ ތެރެއިން
އެދުވަހު ޙަވާލު ނުކުރެވިހުރި ބާކީ ފައިސާ ތިޖޫރިއަށް އަނބުރާ ޖަމާކުރުމުގެ ބަދަލުގައި، އެފައިސާ
ބަހައްޓާފައިހުރީ ޝަރުމީލާ ޝަރީފުގެ މޭޒުގެ ވަތްގަނޑުގައިކަމާއި، އެފައިސާގެ ބައެއް މަދުވެފައިވަނީ އޭނާގެ
ބެލުގެ ދަށުގައި އެވަތްގަނޑުގައި ބަހައްޓާފައި ހުއްޓާކަން ޝަރުމީލާ ޝަރީފުގެ ފަރާތުން ކްރިމިނަލް ކޯޓުގައި
ދައްކާފައިވާ ވާހަކައިންނާއި، ޙާޟިރުކުރެވުނު ހެކީންގެ ހެކިބަހުން އެނގެން އޮންނަކަމާއި،
44
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
12
2013/HC-A/180
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އޭނާ ބުނެގެ
2009 ސެޕްޓެމްބަރ 17 ވަނަ ދުވަހުގެ ހެނދުނު ޝަރުމީލާ ޝަރީފުގެ މޭޒުގެ ވަތްގަނޑު
ނުހުޅުވިގެން ބުނެގެން އެވަތްގަނޑު ހުޅުވަން މަސައްކަތް ފެށިއިރު، އެވަތްގަނޑަށް އެއްވެސް ގެއްލުމެއް
ލިބިފައި ނެތްކަމާއި، އެވަތްގަނޑު ހުޅުވުނީ އެވަތްގަނޑު ގަރާރުވެފައި އިންތަން ފެނިގެން އޮފީހުގެ ކުޑަކަތީބު
ޢަބްދުއްސައްތާރު ޙަސަން ވަތްގަނޑު ކޮށްޕާލާފައި ތަޅުދަނޑި އަނބުރާލުމުންކަން ހެކީންގެ ހެކިބަހުން އެނގެން
އޮންނަކަމާއި، އަދި މީގެ އިތުރުން ޝަރުމީލާ ޝަރީފު ބޭނުންކުރާ މޭޒުގެ ވަތްގަނޑަށް ގެއްލުމެއް ދީފައިހުއްޓާ
ފެނުނުކަމަށްބުނެ އެއްވެސް ހެކިވެރިއަކު ހެކިދީފައި ނުވާކަމާއި، އަދި ޚުދު ޝަރުމީލާ ޝަރީފުވެސް އެފަދައިން
ބުނެފައި ނުވާކަމާއި، އެއޮފީހުގެ މޭޒުގެ ވަތްގަނޑުތަކުގައި ހަރުކޮށްފައި ހުންނަ ތަޅުތަކުގައި އޮންނަނީ
ދެތަޅުދަނޑިކަމާއި، މި ޙާދިސާ ހިނގިއިރު ޝަރުމީލާ ޝަރީފުގެ މޭޒުގެ ވަތްގަނޑުގެ ދެތަޅުދަނޑިވެސް އޮތީ
ޝަރުމީލާ ޝަރީފުގެ އަތުގައިކަން ޝަރުމީލާ ޝަރީފުގެ ބަހުންނާއި ހެކީންގެ ހެކިބަހުން އެނގޭއިރު
އެވަތްގަނޑުގެ ތަޅުގެ އިތުރު ތަޅުދަނޑިއެއް އެހެން މީހެއްގެ އަތުގައި އޮންނަކަން ސާބިތުކޮށްދެވިފައި
ނުވާކަމާއި،
ކްރިމިނަލް ކޯޓުގެ ނަންބަރު:2012/Cr
-
C/189 ޤަޟިއްޔާގެ ޝަރީޢަތް ވަކިހިސާބަކަށް
ކުރިއަށް ގޮސްފައިވަނިކޮށް، ޝަރުމީލާ ޝަރީފުގެ ފަރާތުން އެކޯޓަށް ހުށަހަޅާފައިވާ ދ.މީދޫ ކައުންސިލް
އިދާރާގެ ނަންބަރު: 375
/
2012
/
16-A (02 އޯގަސްޓް 2012) ގެ ތާރީޚު ލިޔެފައިވާ އަމިއްލަ މީހުން
ފޮނުވާ ސިޓީގެ ޖަވާބުގައި، 01 އޯގަސްޓް 2012 ވަނަ ދުވަހު މެންދުރު ފަހުގެ ވަގުތެއްގައި ޝަރުމީލާ
ޝަރީފު ކައުންސިލް ރައީސް މުޙައްމަދު ޝާހިދު މަސައްކަތްކުރާ ބަޔަށް އައިސް، ކައުންސިލް އިދާރާގެ
މެދުބައިގައިހުރި ފައިލިން ކެބިނެޓްގެ މަތިން ނެގި 6 (ހައެއް) ތަޅުދަނޑީގެ ތަޅުދަނޑި ފައްޗެއްގައި އޮތް
ތަޅުދަނޑިއަކުން ޝަރުމީލާ ޝަރީފުގެ މޭޒުގެ ވަތްގަނޑު ހުޅުވޭކަމަށްބުނުމުން، މުޙައްމަދު ޝާހިދު، ޝަރުމީލާ
ގޮސް އެވަތްގަނޑަ
ދެތިންފަހަރަކު އެތަޅުދަނޑި ޖަހައިގެން ހުޅުވޭތޯ ބެލުމުން މޭޒުގެ
ވަތްގަނޑު ހުޅުވިފައިވާކަމަށް ބަޔާންކޮށްފައިވާކަން އެނގޭކަމާއި، އަދި އެތަޅުދަނޑި ފައިލިންގ ކެބިނެޓްގެ
މަތީގައި އޮންނަތާ ދެ މަސްދުވަސް ވެދާނެކަމަށާއި، އެކިފަހަރު އެކިދިމާލުން އެތަޅުދަނޑިފަތި ފެނިފައިވެކު
ޝަރީފު އާއެކު
ހައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
13
2013/HC-A/180
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަ?(0/8
އޮފީހުގެ މަސައްކަތު މީހެއްގެ މަޤާމުގައި އުޅޭ މުޙައްމަދު ޒަކީ ބުނެފައިވާކަމަށް އެސިޓީގައި ލިޔެފައިވީނަމަވެސް،
އެތަޅުދަނޑި ފައްޗަކީ ޝަރުމީލާ ޝަރީފުގެ މައްޗަށް ދަޢުވާކުރެވުނު ޙާދިސާ ހިނގިއިރު އެ އޮފީހުގައި އޮތް
ތަޅުދަނޑި ފައްޗެއްކަން އެނގޭކަމަށް އެއްވެސް މީހަކު ބުނެފައިވާކަން އެނގެން ނެތްކަމާއި، މިޙާދިސާ ތަޙުޤީޤު
ކުރެވުނު އިރުވެސް އަދި އޭގެ ކުރިން ކްރިމިނަލް ކޯޓުގައި ޝަރީޢަތުގެ ކަންތައް ކުރިއަށް ދިޔައިރުވެސް
އެތަޅުދަނޑި ފަތީގެ ވާހަކަ ބުނެފައި ނުވާކަމާއި، ޝަރުމީލާ ޝަރީފުގެ މައްޗަށް ދަޢުވާކުރެވުނު ޙާދިސާ
ހިނގާފައިވަނީ 2009 ސެޕްޓެމްބަރ 17 ވަނަ ދުވަހު ކަމަށްވާއިރު، އިޝާރާތްކުރެވުނު ތަޅުދަނޑި ފަތީގެ
ވާހަކައަކީ 2012 އޯގަސްޓް 01 ވަނަ ދުވަހު އުފަންވެފައިވާ ވާހަކައެއްކަން އެނގެން އޮންނާތީ، އެވާހަކައަށް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބުރަދަނެއް ނުދެވޭނެކަން ފާހަގަކުރެވެއެވެ.
3.4- ހަތަރުވަނަ ކަމަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު:2012/Cr
-
C/189 ޤަޟިއްޔާގައި
އުލަތުން ކުރި ދަޢުވާގައި ބަޔާންކޮށްފައިވާ، ސުނާމީ ކާރިސާއާއި ގުޅިގެން ދަނޑުވެރިކަމުގެ ދާއިރާއިން
ގެއްލުން ލިބުނު ދ.މީދޫ ގޭގެއަށް
ގޭގެއަށް ބެހުމަށް އެރަށު އޮފީހަށް ލިބިފައިވާ -/2661888 ރ.(އެއްލައްކަ ފަސްދޮޅަސް
ހަހާސް އަށްސަތޭކަ އަށްޑިހަ އަށެއް ރުފިޔާ) އާއި ޝަރުމީލާ ޝަރީފު ޙަވާލުވެފައިވާކަން އެނގޭ ދ.މީދޫ
އޮފީހުގެ ރަސްމީ ލިޔެކިޔުން ޝަރީޢަތަށް ހުށަހެޅިފައިވާއިރު، އެފައިސާ އޭނާއާއި ޙަވާލުކުރި މުވައްޒަފާއި ހުއްދަ
ދީން މުވައްޒަފު ހެކީންގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވާކަމާއި، އަދި އެފައިސާ ގޭގެއަށް ޙަވާލުކުރެވުނު
ގޮތުގެ ލިސްޓަށް ބަލާއިރު، 2009 ސެޕްޓެމްބަރ 16 ވަނަ ދުވަހު ފައިސާ ޙަވާލު ކޮށްފައިވަނީ 49 ގެއަކަށް
ކަމާއި، އެއީ ގެއަކަށް -/1828 ރ.(އެއްހާސް އަށްސަތޭކަ
އަށާވީސް ރުފިޔާ) ގެ މަގުން
/89572ރ.(އަށްޑިހަ ނުވަހާސް ފަސްސަތޭކަ ހަތްދިހަ ދެއެއް ރުފިޔާ) ކަމާއި، އެހެންކަމުން
-/
1771316ރ. (އެއްލައްކަ ހަތްދިހަ ހަތްހާސް ތިންސަތޭކަ ސޯޅަ ރުފިޔާ) ބާކީ ހުންނަންޖެހޭކަމާއި، ނަމަވެސް
2009 ސެޕްޓެމްބަރ 17 ވަނަ ދުވަހުގެ ހެނދުނު ވަތްގަނޑު ހުޅުވުމަށްފަހު ޝަރުމީލާ ޝަރީފު އަނބުރާ
ޙަވާލު ކޮށްފައިވަނީ އެފައިސާގެ ތެރެއިން -/
1641116ރ. (އެއްލައްކަ ފަސްދޮޅަސް ހަތަރުހާސް އެއްސަތޭކަ
ސޯޅަ ރުފިޔާ) ކަމާއި، އެއީ -/131200ރ.(ތޭރަހާސް ދުއިސައްތަ ރުފިޔާ) މަދު ޢަދަދެއްކަމާއި މިކެލާކްގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
14
2013/HC-A/180
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހެކީންގެ ހެކިބަހުންނާއި ރަސްމީ ލިޔެކިއުންތަކުން ކްރިމިނަލް ކޯޓުގެ ނަންބަރު:2012/Cr
-
C/189
ޤަޟިއްޔާގައި ޝަރީޢަތަށް ސާބިތުވެފައިވާއިރު، އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން ފާހަގަކޮށްފައިވާ
ކަންތައްތަކާއި ދައްކާފައިވާ ވާހަކައަށް ބަލާއިރު ޝަރުމީލާ ޝަރީފުގެ ފަރާތުން ހައިކޯޓުގައި ފާހަގަކޮށްފައިވާ
ދިފާޢުތަކަކީ ކްރިމިނަލް ކޯޓުގައި ފާހަގަކޮށްފައިވާ ދިފާޢުތަކެއް ނޫންކަމާއި، އެއާ ޚިލާފަށް އެދިފާޢު ތަކަކީ
ކްރިމިނަލް ކޯޓުގައި ފާހަގަކޮށްފައި ނުވާ އާ ދިފާޢުތަކެއްކަމާއި، އެހެންކަމުން އިސްތިއުނާފުގެ ހަމަތަކާއި
އުޞޫލުތަކަށް ބަލާއިރު، އެދިފާޢުތަކަކީ އިސްތިއުނާފް މަރުޙަލާގައި އެފަދައިން ފާހަގަކުރެވިގެންވާނޭ ދިފާޢުތަކެއް
ކަމަކަށް މިޤަޟިއްޔާ ބެލި އެއްވެސް ފަނޑިޔާރަކަށް އެއްބަހެއް ނުވެވުނެވެ.
CCC
0.7
:
0އވެ
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި
ބަޔާންކުރެވުނު ސަބަބުތައް އެފަދައިން
ކްރިމިނަލް ކޯޓުގެ
ނަންބަރު:2012/Cr
-
C/189 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ދ.މީދޫ އޮއިވަރު، ޝަރުމީލާ ޝަރީފުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެޤަޟިއްޔާގެ
ޙުކުމަށް ބަދަލު ގެންނަންޖެހޭނެ ސަބަބެއް އޮތްކަމަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ އެއްވެސް
ފަނޑިޔާރަކަށް ނުފެނުނު ހިނދު، އެޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް، މިޤަޟިއްޔާ ނިންމީއެވެ.
ދިވެހިރާއްޖޭގެ
ހައިޓީ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv