ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/69 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/69
އަلA
: : އި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 69/HC-A/2014
• އިސްތިއުނާފުކުރި ފަރާތް:
* ނަން: އަޙްމަދު ޝަރުޢާން
* ދާއިމީ އެޑްރެސް: ކަންމަތީގެ މަރަދޫ
އައިޑީ ކާޑު ނަންބަރު: A017192 މިހާރުގެ އެޑްރެސް: މ. ހަވީރީމަންޒިލް މާލެ
ވަކީލް އދ. ޢަބްދުއްނާޞިރު ޝަފީޤް، ރީޙާއްޞަބާ .
ޅ. ކުރެންދޫ
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ތަންޖާ ގެބް.
;ޝަރުޢާން
ދާއިމީ އެޑްރެސް: ޖާރމަނީ
* ޕާސްޕޯޓް ނަންބަރު: C4YLGPKOW
މިހާރުގެ އެޑްރެސް: ފ. ހުޅުގަލި/ މާލެ
ވަކީލް: އދއ. އައިމިނަތު ރާޔާ ޢަލީ، މއ. މާފަތްވަރު މާލެ
• ރަޖިސްޓްރީކުރި ތާރީޚް: 12 ޖުމާދަލްއޫލާ 1435 ނިމުނު ތާރީޚް: 19 ޖުމާދަލްއޫލާ 1435
13 މާރޗް 2014
20 މާރޗް 2014
• އިސްތިއުނާފުކުރެވުނު އަމުރު ނަންބަރު: B3
/
2014
/
10
• ނިންމެވިކަޓު: ފެމިލީ ކޯޓު
ޤަޟިއްޔާގެ ބާވަތް: ވަގުތީ އަމުރު
އަމުރުނެރުއްވި ތާރީޚް:
10 މާރޗް 2014
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު:ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު: ޔޫސުފް ޙުސައިން ފަނޑިޔާރު: ޢައްބާސް ޝަރީފް
*
ގެޓް. ޕްރާޑެލް
0
0
0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
'2
2014/HC-A/69
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ދަޢުވާގެ ޚުލާޞާ
އުޞޫލުތަކާ އެއްގޮތަކީ
މިއީ، ފެމިލީ ކޯޓުގެ ނަންބަރު 2014/Fm-C/488 ޤަޟިއްޔާއާ ގުޅިގެން ފެމިލީ ކޯޓުން
ނެރުއްވާފައިވާ ނަންބަރު B3
/
2014
/
10 ވަގުތީ އަމުރު އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
ނޫންކަމަށްބުނެ، އެއަމުރު އިސްތިއުނާފުކޮށްދިނުމަށް އެދި،
މަރަދޫ ކަންމަތީގެ
އަޙްމަދު ޝަރުޢާނުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
ޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ޖަރުމަނުގެ ރައްޔިތެއްކަމުގައި
ޝަރުޢާން (ހ. ހުޅުގަލި) އެވެ.
ميسي
އެމް. ޕްރާޑެލް
0
ފާހަގަކުރެވުނު ނުކުތާ
ނުކުތާތައް:
ޝެއިnއ
1. ފެމިލީ ކޯޓުގެ ނަންބަރު 2014/Fm-C/488 ޤަޟިއް ގުޅިގެން ފެމިލީ ކޯޓުން
ނެރުއްވާފައިވާ ނަންބަރު B3
/
2014
/
10 ވަގުތީ އަމުރު އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ އެއްގޮތަށް
ނޫންކަމަށްބުނެ، އެއަމުރު އިސްތިއުނާފުކޮށްދިނުމަށް އެދި، މަރަދޫ ކަންމަތީގެ
އަޙްމަދު ޝަރުޢާނުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. ފެމިލީ ކޯޓުގެ ނަންބަރު B3
/
2014
/
10 ވަގުތީ އަމުރަށް ބަލާއިރު، އެއަމުރަކީ، މަރަދޫ
ކަންމަތީގެ އަޙްމަދު ޝަރުޢާނާއި ޖަރުމަނުގެ ރައްޔިތެއްކަމުގައިވާ ތަންޖާ ގެބް. ޕްރާޑެލް ޝަރުޢާން
ކައިވެނިކޮށް، 03 އޮކްޓޯބަރު 2013މ. 28 ޛުލްޤަޢިދާ 1434 ހ. ގައި ލިބިފައިވާ ދަރި، ނޫރިއާ ޝާލީ
ޝަރުޢާން، މިކުއްޖާގެ މަންމަ ތަންޖާ ގެބް. ޕްރާޑެލް ޝަރުޢާނުގެ ރުހުމާއި ނުލައި މިކުއްޖާގެ ބައްޕަ އަޙްމަދު
ޝަރުޢާން ގެންގޮސްފައިވާތީ، އަޙްމަދުގެ ޝަރުޢާނުގެ މައްޗަށް ތަންޖާ ގެބް. ޕްރާޑެލް ޝަރުޢާން ހުށަހަޅާފައިވާ
ވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/69
ފެމިލީ ކޯޓުގެ ނަންބަރު 2014/Fm-C/488 ޤަޟިއްޔާ ފައިސަލާކުރެވެންދެން އަޙްމަދު ޝަރުޢާން އާއި
ތަންޖާ ގެބް. ޕްރާޑެލް ޝަރުޢާނުގެ ދަރި ނޫރިއާ ޝާލީ ޝަރުޢާން އެކުއްޖާގެ މަންމަ ތަންޖާ ގެން. ޕްރާޑެލް
ޝަރުޢާނުގެ ބެލުމުގެ ދަށަށް ބަދަލުކުރުމުގެ އަމުރަކަށް އެދި ތަންޖާ ގެވެ. ޕްރާޑެލް ޝަރުޢާން އެދި ހުށަހެޅުން
އެކޯޓުން ނެރުއްވާފައިވާ އަމުރެއްކަމާއި،
...
މިއަމުރުގައި ވަނީ، ނޫރިއާ ޝާލީ ޝަރުޢާންއަކީ 5 މަހުގެ ކުއްޖެއްކަން މާލެ ސިޓީ
ކައުންސިލް އިދާރާގެ ނަންބަރު 4917/2013 އުފަން ދުވަހުގެ ސެޓްފިކެޓުން އެނގޭއިރު، މި ކުއްޖާގެ ޢުމުރަށް
ރިޢާޔަތްކޮށް، ފެމިލީ ކޯޓަށް ހުށަހެޅިފައިވާ ނަންބަރު 2014/Fm-C/488 ޤަޟިއްޔާ ފައިސަލާކުރެވެންދެން
ނުވަތަ ޝަރުޢީ ކޯޓަކުން އެހެން ގޮތަކަށް ޙުކުމްކުރަންދެން
ކުމްކުރަންދެން ނޫރިއާ ޝާލީ ޝަރުޢާން ކުއްޖާގެ މަންމަ
ތަން ގެބް ޕްރާޑެލް ޝަރުޢާންއާއި ޙަވާލުކުރުމަކީ މި ކުއްޖާގެ މަޞްލަޙަތުގައި މިވަގުތަށް އެންމެ
ރަނގަޅުގޮތްކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭތީ، ފެމިލީ ކޯޓުގެ ޤަވާޢިދުގެ 55 ވަނަ މާއްދާގެ (ރ) އާއި މި
މާއްދާގެ (ބ)ގެ 5 ވަނަ ނަންބަރަށް ޙަވާލާދީ، 10 މާޗް 2014 މ. | 09 ޖުމާދަލްއޫލާ 1435 ހ. ގެ
މެންދުރު 3:00 (ތިންގަޑި ސުންމިނިޓް)އިން ފެށިގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ނޫރިއާ ޝާލީ
ޝަރުޢާން ކުއްޖާގެ މަންމަ ތަންޖާ ގެބް ޕްރާޑެލް ޝަރުޢާންއާއި ޙަވާލުކުރުމަށް ސ.މަރަދޫ އޯކިޑްމަގު،
ކަންމަތީގެ އަޙްމަދު ޝަރުޢާންއަށް އަމުރުކޮށް، ސ.މަރަދޫ އޯކިޑްމަގު، ކަންމަތީގެ އަޙްމަދު ޝަރުޢާން މި
އަމުރު ތަންފީޛުނުކޮށްފިނަމަ ނުވަތަ ސ.މަރަދޫ އޯކިޑްމަގު، ކަންމަތީގެ އަޙްމަދު ޝަރުޢާން ނުވަތަ އެނޫން
އެހެން ފަރާތަކުންވެސް އަމުރު ތަންފީޛުކުރުމަށް ހުރަސްއަޅާނަމަ، އެކަމެއް ހުއްޓުވައި، ނޫރިއާ ޝާލީ
ޝަރުޢާން ކުއްޖާގެ މަންމަ ތަންޖާ ގެބް ޕްރާޑެލް ޝަރުޢާން (ޕާސްޕޯޓު ނަންބަރު C4YLGPKOW)
ހޮ
)
އާއި ޙަވާލުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް އަމުރުކޮށް
މުރުކޮށް" ކަން އެނގެއެވެ.
ވޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
2014/HC-A/69
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
3. ފެމިލީ ކޯޓުގެ ނަންބަރު B3
/
2014
/
10 ވަގުތީ އަމުރު އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް ބުނެ ސ. މަރަދޫ ކަންމަތީގެ އަޙްމަދު ޝަރުޢާނުގެ ފަރާތުން 03
(ތިނެއް) ނުކުތާ
ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައިވެއެވެ.
ނއއ
• ފުރަތަމަ ނުކުތާއަކީ، ފެމިލީ ކޯޓުގެ ނަންބަރު 2014/Fm-C/488 ޤަޟިއްޔާއަކީ، އަޙްމަދު
ޝަރުޢާނާއި ދަޢުވާލިބޭ ތަންޖާ ގެން. ޕްރާޑެލް ޝަރުޙާނާ ކައިވެނިކޮށްގެން ލިބިފައިވާ ދަރިފުޅު (ނޫރިއާ ޝާލީ
ޝަރުޢާން)، ތަންޖާ ގެން. ޕްރާޑެލް ޝަރުޢާނުގެ ބެލުމުގެ ދަށަށް ބަދަލު ކުރުމަށް އެދި ހުށަހަޅާފައިވާ
މައްސަލައެއް ބައްލަވަމުންދާ ޤަޟިއްޔާއަކަށް ވީ ހިނދު، އެ ޤަޟިއްޔާ ބައްލަވައި ފައިޞަލާކުރަނިވި ޙުކުމެއް
ކުރުމުގެ ބޭނުން ކެނޑިގެންދާގޮތަށް ފެމިލީ ކޯޓުގެ ނަންބަރު B3
/
2014
/
10 ވަގުތީ އަމުރު ފެމިލީ ކޯޓުން
ނެރުއްވާފައިވަނީ، ސުޕްރީމް ކޯޓުގެ ނަންބަރު 21/SC-A/2012 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ
އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި
ނިކު ބއފ.
• ދެވަނަ ނުކުތާއަކީ، ދަރިފުޅުގެ މަންމަ، ދަޢުވާލިބޭ ތަންޖާ ގެން. ޕްރާޑެލް ޝަރުޢާނަކީ
މުސްލިމެއްގެ ގޮތުގައި ރަޖިސްޓަރީވެފައިވާ މީހެއްކަމުގައި ވިޔަސް، އިސްލާމްދީނުގެ ރުކުންތަކަށް އިންކާރުކޮށް،
އެރުކުންތައް އަދާކުރުމަށް ނުރުހުންތެރިވާ މީހަކަށްވީ ހިނދު އަޙްމަދު ޝަރުޢާނާއި ތަންޖާ ގެބް. ޕްރާޑެލް
ޝަރުޢާނަށް ލިބިފައިވާ ދަރިފުޅު އިސްލާމީ ތަރުބިއްޔަތުގެ ގިއުގަނޑުގެ ތެރޭގައި، މުސްލިމެއްގެ ގޮތުގައި
ތަރުބިއްޔަތު ނުކުރާނެކަމަށް ގަދަބަސް ބުނަމުންދާ މީހަކަށްވީ ހިނދު، އަދި ދަރިފުޅުށް ގާތުން ކިރުދިނުމަށް
އިންކާރުކޮށް، ގާތުން ކިރުނުދޭ މަޔަކަށްވީ ހިނދު، މިކަންކަމުގެ މައްޗަށް ރިޢާޔަތް ނުކުރައްވައި، ފެމިލީ ކޯޓުގެ
ޤަވާޢިދުގެ 55 ވަނަ މާއްދާގެ (ރ) އާއި، މި މާއްދާގެ (ބ) ގެ 5 ވަނަ ނަންބަރާއި ޙަވާލާދީ، 10 މާރޗް
2014 ވަނަ ދުވަހުގެ މެންދުރު 3:00 (ތިންގަޑި ސުންމިނެޓް) އިން ފެށިގެން، 24 ގަޑިއިރުގެ ތެރޭގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
2014/HC-A/69
އަޙްމަދު ޝަރުޢާނުގެ ދަރިފުޅު ނޫރިއާ ޝާލީ ޝަރުޢާން، މިކުއްޖާގެ މަންމަ ތަންޖާ ގެއް. ޕްރާޑެލް ޝަރުޢާނާ
ޙަވާލުކުރުމަށް އަމުރުކޮށް، ފެމިލީ ކޯޓުގެ ނަންބަރު B3
/
2014
/
10 ވަގުތީ އަމުރު އެކޯޓުން
އެވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
6
5
2 ހ އދއލް
ނ.4
• ތިންވަނަ ނުކުތާއަކީ، ފެމިލީ ކޯޓުގެ ނަންބަރު B3
/
2014
/
10 ވަގުތީ އަމުރު އަޙްމަދު
ޝަރުޢާނުގެ މައްޗަށް ނެރުއްވުމުގެ ކުރިން، އަމުރު ނެރުއްވުމާއި ބެހޭގޮތުން ދަޢުވާލިބޭ ތަންޖާ ގެބް. ޕްރާޑެލް
ޝަރުޢާން ހުށަހަޅާފައިވާ ކަންތައްތަކަށް ނުވަތަ ސަބަބުތަކަށް ޖަވާބު ދިނުމުގެ ފުރުސަތު އަޙްމަދު ޝަރުޢާނަށް
ނުދެއްވައި، ޝަރުޢީ އުޞޫލުތަކާ ޚިލާފަށް އަޙްމަދު ޝަރުޢާނުގެ ޣައިރު ހާޒިރުގައި ފެމިލީ ކޯޓުގެ ނަންބަރު
B3
/
2014
/
10 ވަގުތީ އަމުރު ފެމިލީ ކޯޓުން ނެރުއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
4. ފެމިލީ ކޯޓުގެ ނަންބަރު B3
/
2014
/
10 ވަގުތީ އަމުރު އެ ކޯޓުން ނެރުއްވާފައިވަނީ، ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ ސ. މަރަދޫ ކަންމަތީގެ އަޙްމަދު ޝަރުޢާނުގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ތަންޖާ ގެން. ޕްރާޑެލް ޝަރުޢާނުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށް
ބަލާއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
cccc
(ހ) ފުރަތަމަ ކަމަކީ، ފެމިލީ ކޯޓުގެ ނަންބަރު 2014/Fm-C/488 ޤަޟިއްޔާއަކީ، އަޙްމަދު
ޝަރުޢާނާއި ދަޢުވާލިބޭ ތަންޖާ ގެން. ޕްރާޑެލް ޝަރުޢާން ކައިވެނިކޮށްގެން ލިބިފައިވާ ދަރިފުޅު (ނޫރިއާ ޝާލީ
ޝަރުޢާން)، ތަންޖާ ގެބް. ޕްރާޑެލް ޝަރުޢާނުގެ ބެލުމުގެ ދަށަށް ބަދަލުކުރުމަށް އެދި ހުށަހަޅާފައިވާ
މައްސަލައެއް ބައްލަވަމުންދާ ޤަޟިއްޔާއަކަށްވީހިނދު، އެ ޤަޟިއްޔާ ބައްލަވައި ފައިޞަލާކުރަނިވި ޙުކުމެއް
ކުރުމުގެ ބޭނުން ކެނޑިގެންދާ ގޮތަށް ފެމިލީ ކޯޓުގެ ނަންބަރު B3
/
2014
/
10 ވަގުތީ އަމުރު ފެމިލީ ކޯޓުން
ދިޗެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
6
2014/HC-A/69
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ނެރުއްވާފައިވަނީ، ސުޕްރީމް ކޯޓުގެ ނަންބަރު 21/SC-A/2012 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ
އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާގެ މައްޗަށް ބަލާއިރު،
އިސްތިއުނާފުކުރެވިފައިމިވާ، ފެމިލީ ކޯޓުގެ ނަންބަރު B3
/
2014
/
10 ވަގުތީ އަމުރަކީ، ފެމިލީ
ކޯޓަށް ހުށަހެޅިފައިވާ، އެކޯޓުގެ ނަންބަރު 2014/Fm
-
C/488 ޤަޟިއްޔާއާ ގުޅިގެން ތަންޖާ ގެން. ޕްރާޑެލް
ޝަރުޢާން ވަގުތީ އަމުރަކަށް އެދި ހުށަހެޅުމުން، އެކޯޓުން 10 މާރޗް 2014 ތާރީޚުގައި ނެރުއްވާފައިވާ
އަމުރެއްކަން އެނގޭކަމާއި،
2 20
ފެމިލީ ކޯޓުގެ ޤަވާޢިދުގެ 55 ވަނަ މާއްދާގައި، ޢާއިލީ މައްސަލަތަކުގައި ވަގުތީ އަމުރު ނެރުމުގެ
ވާހަކަ ބަޔާންކޮށްފައިވާކަމާއި، ފެމިލީ ކޯޓުގެ ޤަވާޢިދުގެ 55 ވަނަ މާއްދާގެ (ހ) ގައި ވަގުތީ އަމުރު ނެރުމާއި
ވަގުތީ ފިޔަވަޅު އެޅުމަކީ ޢާއިލީ މައްސަލައެއްގައި ނުވަތަ ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން،
އެމައްސަލައެއް ނިމުމުގެ ކުރިން ކޯޓުން ފިޔަވަޅެއް ނާޅައިފިނަމަ މައްސަލާގައި ހިމެނޭ ދެފަރާތުންކުރެ ފަރާތަކަށް
ނުވަތަ ލިބިފައިވާ ދަރިންނަށް ގެއްލުމެއް ލިބިދާނެކަމަށް ބެލެވޭ ސަބަބެއް
ކަމެއްކުރުމަށް ނުވަތަ ކަމެއް ނުކުރުމަށް ކޯޓުން ކުރާ އަމުރު، ނުވަތަ އެކަމާ ގުޅިގެން ކޯޓުން އަޅާ ފިޔަވަޅު
ކަމުގައި ބަޔާންކޮށްފައިވާކަމާއި،
އަތްމައެވެ
އެކަމާ ގުޅިގެން
އެހެންކަމުން، ފެމިލީ ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން، އެމައްސަލައެއް ނިމުމުގެ
ކުރިން ކޯޓުން ފިޔަވަޅެއް ނާޅައިފިނަމަ މައްސަލާގައި ހިމެނޭ ދެފަރާތުންކުރެ ފަރާތަކަށް ނުވަތަ ލިބިފައިވާ
ދަރިންނަށް ގެއްލުމެއް ލިބިދާނެ ކަމަށް ބެލެވޭ ސަބަބެއް އޮތްނަމަ ވަގުތީ އަމުރެއް ނެރެވިދާނެކަން، ނުވަތަ
ވަގުތީ ފިޔަވަޅެއް އެޅިދާނެކަން، ފެމިލީ ކޯޓުގެ ޤަވާއިދުގެ 55 ވަނަ މާއްދާގެ (ހ) އާއި އެމާއްދާގެ (ބ) ގެ 5
އަދި 8 ވަނަ ނަންބަރުން އެނގެން އޮންނަކަމާއި،
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2014/HC-A/69
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
Pucoc
Quc
އަދި ފެމިލީ ކޯޓުގެ ޤަވާޢިދުގެ 55 ވަނަ މާއްދާގެ (ރ) އަށް ބަލާއިރު، ޢާއިލީ މައްސަލައެއްގައި
ވަގުތީ އަމުރަކަށް ނުވަތަ ވަގުތީ ފިޔަވަޅެއް އަޅައިދިނުމަށް އެދި ހުށަހެޅުމުން އެފަދަ އަމުރެއް ނެރެންޖެހޭތޯ
ނުވަތަ އެފަދަ ފިޔަވަޅެއް އަޅަންޖެހޭތޯ ބަލައި އެއަމުރެއް ނެރުމަކީ އެމައްސަލާގައި އޮތް އެންމެ ޢަދުލުވެރި
ގޮތްކަމަށް ކޯޓަށް ފެނިއްޖެނަމަ، އެފަދަ އަމުރެއް ނެރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވާކަމުގައި
ބަޔާންކުރެވިފައިވާކަން އެނގޭއިރު، މިވަގުތީ އަމުރާ ގުޅޭ މައްސަލައިގެ ޙަޤީޤަތްތަކުގެ މައްޗަށް ބަލާއިރު، ފެމިލީ
ކޯޓަށް ހުށަހެޅިފައިވާ މައްސަލައާމެދު އެކޯޓުން ވަކިގޮތެއް ނިންމުމުގެ ކުރިން، އުމުރުން އެންމެ 5 މަހުގެ
ތުއްތު ކުއްޖަކު އެކުއްޖާގެ މަންމައާއި ވަކިކޮށް އެމަންމަގެ ނުރުހުމުގައި ގެންދިއުމަކީ އެކުއްޖާއަށް ގެއްލުންތަކެއް
ލިބި، އެދެމައިންގެ ޙައްޤަށް އުނިކަން އައުމުގެ ފުރުސަތުއޮތް ކަމެއްކަމަށް ބެލެވިދާނެކަމާއި، އެހެންކަމުން،
އެފަދަ ޙާލަތުގައި ފެންނަންހުރި ޙަޤީޤަތްތަކާއި ކަންކަމުގެ މައްޗަށް ބައްލަވައި، ކުއްޖާގެ
މަޞްލަހަތަށް ރިޢާޔަތްކުރައްވައި ވަގުތީ
އަމުރެއް ނެރުއްވިދާނެކަމަށް ޤަބޫލުކުރެވޭކަމާއި،
226 ހއ
އެފަޤަށް
އަދި މިމައްސަލާގައި ކަން ހިނގާފައިވާގޮތަށް، ތުއްތު ކުއްޖަކު އެކުއްޖާގެ މަންމަގެ ބެލުމުގެ ދަށުގައި
ހުއްޓާ އެމަންމަގެ ނުރުހުމުގައި އެކުއްޖާގެ ބައްޕަ އެކުއްޖާ އެކުއްޖާގެ މަންމައާ ވަކިކޮށް ގެންދާ ޙާލަތުގައި
އެފަދަ މައްސަލައެއް ކޯޓަށް ހުށަހެޅިއްޖެނަމަ، އެ ހުށަހެޅުނު މައްސަލާގައި ފައިޞަލާ ކުރެވި، ގޮތެއް
ނިމެންދެން، އެތުއްތު ކުއްޖާ އެކުއްޖާގެ މަންމަގެ ބެލުމުގެ ދަށުގައި ބެހެއްޓުމަކީ އެކުއްޖާގެ މަޞްލަހަތަށް
އެވަގުތަށް އެންމެ ރަނގަޅުގޮތްކަމަށް ކޯޓަށް ފެނިއްޖެނަމަ، ނުވަތަ އެނޫންގޮތަކަށް ބެލެވޭނެ ސަބަބުތަކެއް
އެހާތަނަށް ފެންނަން ނެތްނަމަ، އެކުއްޖާ އެކުއްޖާގެ މަންމައާއި ޙަވާލުކުރުމަށް ވަގުތީ އަމުރެއް ނެރުމަކީ،
އަސްލު މައްސަލައިގެ މައުޟޫޢަށް ފައިޞަލާކުރުން ކަމުގައި އަދި އަސްލު މައްސަލައަށް ފައިޞަލާ ވާގޮތަށް
ކުރި އަމުރެއްކަމުގައިވެސް ނުބެލެވޭނެކަމާއި،
ދިވެހިރާއްޖޭގެ
އައިކޯސް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/69
އަދި އިސްތިއުނާފުކުރެވިފައިމިވާ ވަގުތީ އަމުރަކީ، ފެމިލީ ކޯޓަށް ހުށަހެޅިފައިވާ
މައްސަލައަކާގުޅިގެން، އެމައްސަލާގައި ހިމެނޭ އެއްފަރާތްކަމުގައިވާ، ތަންޖާ ގެވެ. ޕްރާޑެލް ޝަރުޢާން
ހުށަހެޅުމުން، ފެމިލީ ކޯޓުން ނެރުއްވާފައިވާ، ޢާއިލީ މައްސަލައަކާ ގުޅޭ ވަގުތީ އަމުރެއްކަމާއި، މިވަގުތީ އަމުރު
ނެރުއްވުމުގައި ރިޢާޔަތްކުރައް ޢާއިލީ މައްސަލަތަކާއި، ފެމިލީ ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ވަގުތީ
އަމުރު ނެރުއްވުމުގައި ރިޢާޔަތްކުރަންޖެހޭ ޤަވާޢިދުތަކަށާއި ކަންކަމަށް ރިޢާޔަތްކުރައްވާފައިވާކަން އެނގޭކަމެވެ.
4
40
2 ހދ ފ 8 * 4
.ރއްވަންޖެހޭ،
COC
42
(ނ) ދެވަނަ ކަމަކީ، ދަރިފުޅުގެ މަންމަ، ތަންޖާ ގެން. ޕްރާޑެލް ޝަރުޢާނަކީ މުސްލިމެއްގެ ގޮތުގައި
ރަޖިސްޓަރީވެފައިވާ މީހެއް ކަމުގައިވިޔަސް، އިސްލާމްދީނުގެ ރުކުންތަކަށް އިންކާރުކޮށް، އެރުކުންތައް
އަދާކުރުމަށް ނުރުހުންތެރިވާ މީހަކަށްވީ ހިނދު، އަޙްމަދު ޝަރުޢާނާއި ތަންޖާ ގެބް. ޕްރާޑެލް ޝަރުޢާނަށް
ލިބިފައިވާ ދަރިފުޅު އިސްލާމީ ތަރުބިއްޔަތުގެ ގިއުގަނޑުގެ ތެރޭގައި، މުސްލިމެއްގެ ގޮތުގައި ތަރުބިއްޔަތު
ނުކުރާނެކަމަށް ގަދަބަސް ބުނަމުންދާ މީހަކަށްވީ ހިނދު، އަދި ދަރިފުޅަށް ގާތުން ކިރުދިނުމަށް އިންކާރުކޮށް،
ގާތުން ކިރުނުދޭ މަޔަކަށްވީ ހިނދު، މިކަންކަމުގެ މައްޗަށް ރިޢާޔަތް ނުކުރައްވައި، ފެމިލީ ކޯޓުގެ ޤަވާއިދުގެ
55 ވަނަ މާއްދާގެ (ރ) އާއި އެ މާއްދާގެ (ބ) ގެ 5 ވަނަ ނަންބަރާއި ޙަވާލާދީ، 10 މާރޗް 2014 ވަނަ
ދުވަހުގެ މެންދުރު 3:00 (ތިންގަޑި ސުންމިނެޓް) އިން ފެށިގެން، 24 ގަޑިއިރުގެ ތެރޭގައި އަޙްމަދު
ޝަރުޢާނުގެ ދަރިފުޅު ނޫރިއާ ޝާލީ ޝަރުޢާން، މިކުއްޖާގެ މަންމަ ތަންޖާ ގެން. ޕްރާޑެލް ޝަރުޢާނާ
ޙަވާލުކުރުމަށް އަމުރުކޮށް ފެމިލީ ކޯޓުގެ ނަންބަރު B3
/
2014
/
10 ވަގުތީ އަމުރު އެކޯޓުން ނެރުއްވާފައިވާކަމަށް
ބުނެ ހުށަހެޅި ނުކުތާގެ މައްޗަށް ބެލިއިރު،
އެވާހަކަތަކަކީ އިސްތިއުނާފުކުރެވިފައިމިވާ ވަގުތީ އަމުރު ނެރުއްވުމާ ހަމައަށް ފެމިލީ ކޯޓަށް
ހުށަހެޅިފައިވާ ކަންތައްތަކެއްކަން އެނގެންނެތްކަމާއި، އެހެންކަމުން އެކަންކަމަށް ވަގުތީ އަމުރު ނެރުއްވުމުގައި
ރިޢާޔަތްކުރެއްވޭނެ ގޮތެއް ނޯންނާނެކަމާއި، ވަގުތީ އަމުރު ނެރުއްވުމުގައި ކޯޓުން ބައްލަވާނީ އެހާތަނަށް
ދިވިހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
2014/HC-A/69
ފެންނަން ހުރި ޙަޤީޤަތްތަކުގެ މައްޗަށާއި، ޢާއިލީ މައްސަލަތަކުގައި ވަގުތީ އަމުރު ނެރުއްވުމުގައި ބައްލަވަންޖެހޭ
ކަންކަމުގެ މައްޗަށްކަމާއި، އަޙްމަދު ޝަރުޢާނުގެ ފަރާތުން މިނުކުތާގައި ހުށަހަޅާފައިވާ ކަންކަމަކީ، އެކަންކަން
އަޙްމަދު ޝަރުޢާނުގެ ފަރާތުން ފެމިލީ ކޯޓުގެ ނަންބަރު 2014/F
-
C/488 ޤަޟިއްޔާގައި ހުށަހަޅައިފިނަމަ
އެޤަޟިއްޔާ ފައިޞަލާކުރެއްވުމުގައި އެކޯޓުން ބައްލަވައިދެއްވުމުގެ ފުރުޞަތުއޮތް ކަންތައްތަކެއްކަމެވެ.
(ނ) ތިންވަނަ ކަމަކީ، ފެމިލީ ކޯޓުގެ ނަންބަރު B3
/
2014
/
10 ވަގުތީ އަމުރު އަޙްމަދު
ޝަރުޙާނުގެ މައްޗަށް ނެރުއްވުމުގެ ކުރިން، އެއަމުރު ނެރުއްވުމާއި ބެހޭގޮތުން ދަޢުވާލިބޭ ތަންޖާ ގެތް. ޕްރާޑެލް
ޝަރުޢާން ހުށަހަޅާފައިވާ ކަންތައްތަކަށް ނުވަތަ ސަބަބުތަކަށް ޖަވާބު ދިނުމުގެ ފުރުސަތު އަޙްމަދު ޝަރުޢާނަށް
ނުދެއްވައި، ޝަރުޢީ އުޞޫލުތަކާ ޚިލާފަށް އަޙްމަދު ޝަރުޢާނުގެ ޣައިރު ހާޒިރުގައި ފެމިލީ ކޯޓުގެ ނަންބަރު
B3
/
2014
/
10 ވަގުތީ އަމުރު ފެމިލީ ކޯޓުން ނެރުއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާގެ މައްޗަށް ބެލިއިރު،
Oc
އިސްތިއުނާފުކުރެވިފައިވަނީ ފެމިލީ ކޯޓުގެ ނަންބަރު 2014/Fm-C/488 ޤަޟިއްޔާގައި
ނެރުއްވާފައިވާ ވަގުތީ އަމުރެއްކަމާއި، ފެމިލީ ކޯޓުގެ ޤަވާޢިދުގެ 55 ވަނަ މާއްދާގައި، ޢާއިލީ މައްސަލަތަކުގައި
ވަގުތީ އަމުރު ނެރުމުގެ ވާހަކަ ބަޔާންކޮށްފައިވާއިރު، ވަގުތީ އަމުރު ނެރުމުގައި އެއަމުރު ރައްދުވާ އަނެއް
ޚަޞްމަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުން ލާޒިމުކޮށްފައިވާކަން އެނގެންނެތްކަމާއި، ނަމަވެސް ވަގުތީ
އަމުރެއް ނެރުމުގައިވެސް، ހުށަހެޅިފައިވާ ކަންކަމަށް ޖަވާބުދާރީވުމަށް، އެއަމުރު ރައްދުވާ އަނެއް ޚަޞްމަށް
ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު، އަދި އުޞޫލެއްގެ ގޮތުން އެކަން ކުރަންޖެހޭނެގޮތްކަމާއި، ނަމަވެސް
ވަގުތީ އަމުރުގެ ޠަބީޢަތަށާއި މަޤްޞަދަށް ބަލާއިރު، ވަގުތީ އަމުރަކީ ހުށަހެޅިފައިވާ މައްސަލައެއްގެ މައުޟޫޢުގެ
މައްޗަށް ކުރެވޭ ޙުކުމެއް ނުވަތަ އަމުރަކަށްނުވާކަމާއި، އަދި އެއީ މައްސަލާގައި ހިމެނޭ ފަރާތަކަށް ނުވަތަ
ލިބިފައިވާ ދަރިންނަށް ގެއްލުމެއް ލިބިދާނެކަމަށް ޤަބޫލުކުރެވޭ ސަބަބެއް ނުވަތަ ސަބަބުތަކެއް ހުރިނަމަ،
އެގެއްލުން ދުރުކުރުމުގެ ގޮތުން ނެރެވޭ ވަގުތީ އެއްޗެއްކަމުން، އެފަދަ ގެއްލުމެއް ދުރުކޮށް އެއްކިބާކުރުމަށް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
1)
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/69
ލިބިފައިވާ ވަގުތާއި މައްސަލައިގެ ވަށައިގެންވާ ކަންކަމުގެ މައްޗަށް ބަލައި، އަމުރު ރައްދުވާ ޚަޞްމު
ޖަވާބުދާރީވެފައި ނުވިނަމަވެސް ނުވަތަ ޖަވާބުދާރިވުމަށް ވަގުތު ދިނުމަކީ އެއަމުރުގެ މަޤްޞަދު ޙާޞިލުނުވެދާނެ
ކަމެއްކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރަށް ޤަބޫލުކުރެވޭފަދަ ސަބަބުތަކެއް ހުރިނަމަ، އެވަގުތާއި ފުރުޞަތު
ނުދީވެސް ވަގުތީ އަމުރު ނެރުމަކީ ޢަދުލު އިންސާފު ޤާއިމުކުރުމުގައި ކޯޓަށް ލިބިގެންވާ ބާރުގެ ދަށުން
ކުރެވިދާނެކަމެއްކަމަށް ޤަބޫލުކުރެވޭކަމާއި، އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 179/HC
-
A/2012
ޤަޟިއްޔާއާއި، 206/HC
-
A/2012 ޤަޟިއްޔާއާއި، އަދި 224/HC-A/2013 ޤަޟިއްޔާގައިވެސް މިކަން
މިގޮތަށް ކަނޑައަޅުއްވާފައިވާކަން އެނގޭކަމެވެ.
(ނ) ހަތަރުވަނަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ، ފެމިލީ ކޯޓުގެ ވަގުތީ އަމުރު
ތަންފީޒުކޮށްފިނަމަ، ފެމިލީ ކޯޓުގެ ނަންބަރު 2014/Fm-C/488 ޤަޟިއްޔާ ނިމުމުގެ ކުރިން، ދަރިފުޅު
ސޫރިއާ ޝާލީ ޝަރުޢާން ގޮވައިގެން، އެދަރިފުޅުގެ މަންމަ ތަންޖާ ގެން. ޕްރާޑެލް ޝަރުޢާން ފުރައިގެން
ރާއްޖެއިން ބޭރަށް ހިނގައިދާނެކަމުގެ ބިރު އޮތްކަމަށް އަޙްމަދު ޝަރުޙާނުގެ ފަރާތުން ބުނެފައިވުމުން،
އެކަންކަމަކީ، ފެމިލީ ކޯޓަށް ހުށަހެޅިފައިވާ ބަޔާންކުރެވިދިޔަ ޤަޟިއްޔާގައި އަޙްމަދު ޝަރުޢާނުގެ ފަރާތުން
ފެމިލީ ކޯޓުގައި އެދިއްޖެނަމަ އެކޯޓުން ރިޢާޔަތްކުރައްވަން ޖެހޭނެކަމެއްކަމާއި، އެމައްސަލަ ނިމުމުގެ ކުރިން
ނޫރިއާ ޝާލީ ޝަރުޢާން، ރާއްޖެއިން ބޭރަށް ނުގެންދެވޭނެކަން ފެމިލީ ކޯޓުން ކަށަވަރުކުރެއްވުމުގެ ގޮތުން
އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވަންޖެހޭނެކަމެވެ.
cucoc
(ބ) ފަސްވަނަ ކަމަކީ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ފެމިލީ ކޯޓުގެ ނަންބަރު
B3
/
2014
/
10 ވަގުތީ އަމުރަކީ، ބާޠިލު އަމުރެއްކަމުގައި ކަނޑައަޅާނެތަނެއް ނެތްކަމަށް މިޤަޟިއްޔާ ބެލި
ފަނޑިޔާރުންނަށް އިއްތިފާޤްވެވިފައިވާކަމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/69
ދެންފަހެ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ފެމިލީ ކޯޓުގެ ނަންބަރު
B3
/
2014
/
10 ވަގުތީ އަމުރަކީ ބާޠިލު އަމުރެއްކަމަށް ކަނޑައަޅާނެތަނެއް ނެތްކަމަށް މިމައްސަލަ ބެލި
މިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv