ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/27 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/27
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
:މިޚާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 27/HC-A/2010
އިސްތިއުނާފުކުރި ފަރާތް:
ނަން: މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދާއިމީ އެޑްރެސް: ރިންސޯ 4، 1 ވަނަ ބުރި
މިހާރުގެ އެޑްރެސް: މއ. ރިންސޯ 4، 1 ވަނަ ބުރި
ރެޖިސްޓްރީ ނަންބަރ: 145
/
2001-C
* ކުންފުނީގެ ފަރާތުން: ޑިރެކްޓަރ ޒުހައިރު މުޙައްމަދު
L
;
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އިސްމާޢީލް މުޙައްމަދު ދާއިމީ އެޑްރެސް: ސޫރަޖު/ ގދ. މަޑަވެލި
ނަންބަރ: A052603 މިހާރުގެ އެޑްރެސް:ސޫރަޖު/ ގދ. މަޑަވެލި
ބަދަލުގައި: މުޙައްމަދު ޢިނާން، އެވްރެޑީ| ގދ. މަޑަވެލި (މ. ވާދީ)
T
ވާ
·
ހުށަހެޅުނު ތާރީޚް:
11 ފެބުރުއަރީ 2010
ނިމުނު ތާރީޚް: 28 ނޮވެމްބަރ 2012
، މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަލީ ސަމީރު
AA
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/27
ދަޢުވާގެ ޚުލާޞާ
މިއީ، ގދ. މަޑަވެލި ކޯޓުގެ ނަންބަރު
2007/Q1C/33 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ، މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކުރި މި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ
ގދ. މަޑަވެލި ސޫރަޖު އިސްމާޢީލް މުޙައްމަދު އެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
ol- ގދ. މަޑަވެލި ކޯޓުގެ ނަންބަރު 2007/Q1C/33 ޤަޟިއްޔާ އަކީ، ގދ. މަޑަވެލީގައި،
މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 2002 ވަނަ އަހަރު ފަރުމަސް ފިނިކޮށް އެކްސްޕޯޓް
ކުރުމަށްޓަކައި، މަސައްކަތް ކުރިއިރު މިމަސައްކަތް ހިންގުމަށްޓަކައި ކުންފުނީގެ ފަރާތުން އިސްކޮށް
ޙަރަކާތްތެރިވި ގދ. މަޑަވެލި| ސޫރަޖް އިސްމާޢީލް މުޙައްމަދުގެ މުސާރައިގެ ތެރެއިން ނުލިބިވާ ކަމަށް
ބުނެފައިވާ -/
28,750ރ. (އަށާވީސްހާސް ހަތްސަތޭކަ ފަންސާސް) ރުފިޔާ އާއި، ކުންފުނީގެ ބޭނުންތަކަށް އެކި
ފަރާތްތަކުން ނަގާފައިވާ ތަކެއްޗަށް (ބިލްތަކަށް) އިސްމާޢީލް މުޙައްމަދުގެ އަމިއްލަ ފައިސާ އިން ދައްކާފައިވާ
49,437
/
35ރ. (ސާޅީސް ނުވަހާސް ހަތަރުސަތޭކަ ތިރީސްހަތް ރުފިޔާ ތިރީސް ފަސްލާރި) އާއި، ކުންފުނީގެ
ފަރާތުން އިސްމާޢީލް މުޙައްމަދު ޒިންމާވެ ކުންފުނިން އަގު ހޯދައިދޭގޮތަށް ނަގާފައިވާ ތަކެއްޗަށާއި، އެހެނިހެން
ޚަރަދު ތަކަށް ފައިސާ ހޯދުމަށް އެދި ހުށަހަޅާފައިވާ ބިލް ތަކުގެ ތެރެއިން އެފަރާތްތަކަށް ފައިސާ ނުދެވި ހުރި
ބިލްތަކަށް ދައްކަންޖެހޭ 67,498
/
50ރ. (ފަސްދޮޅަސް ހަތްހާސް ހަތަރުސަތޭކަ ނުވަދިހަ އަށްރުފިޔާ
ފަންސާސްލާރި) އާއި އެކު ޖުމްލަ 145,685
/
85ރ. (އެއްލައްކަ ސާޅީސް ފަސްހާސް ހަސަތޭކަ އަށްޑިހަ
ފަސްރުފިޔާ އަށްޑިހަ ފަސްލާރި) މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް އެދި ގދ. މަޑަވެލި
ސޫރަޖު، އިސްމާޢީލް މުޙައްމަދު ދަޢުވާ ކުރުމުން ބައްލަވާފައިވާ ޤަޟިއްޔާއެއް ކަމާއިގެ
އެ ޤަޟިއްޔާގެ ޙުކުމުގައި ބަޔާންކޮށްފައިވަނީ: [ދެންފަހެ ފަރުމަސް ފިނިކޮށް އެކްސްޕޯޓް
ކުރުމުގެ މަސައްކަތް މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ގދ. މަޑަވެލީގައި ފެށިއިރު
AJA
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
P 54ނ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/27
އެކުންފުނީގެ ވަޒީފާ މަސައްކަތުގެ އިސްމީހެއްގެ ގޮތުން މަޑަވެލީގައި މަސައްކަތް ކުރި ގދ. މަޑަވެލި
ސޫރަޖް އިސްމާޢީލް މުޙައްމަދަށް މުސާރައިގެ ތެރެއިން ލިބެންޖެހޭ -/28750ރ (އަށާވީސްހާސް ހަތްސަތޭކަ
ފަންސާސް) ރުފިޔާ އާއި، އެކިފަރާތްތަކުން ހުށަހަޅާފައިވާ ބިލްތަކަށް ދައްކަންޖެހޭ 92935
/
85ރ (ނުވަދިހަ
ދެހާސް ނުވަސަތޭކަ ތިރީސްފަސްރުފިޔާ ފަންސަޔާހި ލާރި) އާއި، ޕިކަޕްގެ ކުއްޔަށް ދައްކަންޖެހޭ -/20000ރ
ސައުވީސްހާސް) ރުފިޔާ އާއި އެކު ޖުމްލަ 145685
/
85ރ އެއްލައްކަ ސާޅިސްފަސްހާސް ހަސަތޭކަ
އަށްޑިހަފަސްރުފިޔާ އަށްޑިހަފަސްލާރި) މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް އެދި އެކުންފުނީގެ
މައްޗަށް، ސޫރަޖް އިސްމާޢީލް މުޙައްމަދު ދަޢުވާކުރާ މިޤަޟިއްޔާ އާއި ގުޅިގެން ދަޢުވާކުރާ ފަރާތުން
ހުށަހަޅާފައިވާ އެންމެހައި ލިޔުންތަކަށާއި، ބަޔާންތަކަށާއި، އަދި ދަޢުވާލިބޭ ފަރާތުން ދީފައިވާ ބަޔާންތަކާއި،
ފާހަގަކުރެވޭ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކުރާއިރު، ދެފަރާތުގެ ބަހުންވެސް ސޫރަޖް އިސްމާޢީލް މުޙައްމަދަކީ
މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން މަޑަވެލީގައި ހިންގާފައިވާ މިމަސައްކަތުގައި އިސްކޮށް
ހަރަކާތްތެރިވި އެކުންފުނީގެ މުވައްޒަފެއްކަން އެގެން އޮތްކަމުގައިވިޔަސް އިސްމާޢީލް މުޙައްމަދަށް ވަޒީފާގެ
މުސާރަ ދޭންޖެހޭ މުއްދަތާއިމެދު މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި އިސްމާޢީލް މުޙައްމަދާއި ދެމެދު
ޚިލާފެއް އުޅޭތީ، އިސްމާޢީލް މުޙައްމަދަށް ވަޒީފާ ދިނުމާއި ވަޒީފާ ވަކިކުރުމާގުޅޭ ލިޔުން ޝަރީޢަތަށް ބޭނުންވާތީ
މަދަނީކޯޓު މެދުވެރިކޮށް މިލިޔުން ފޮނުވައިދިނުމަށް މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ޗެއަރމަން
އަބޫބަކުރު އަރީފަށް އެންގުމުން ކުންފުނީގެ ފަރާތުން ކޯޓަށް ދޭންޖެހޭ މަޢުލޫމާތުވަނީ ދީނިމިފައިކަމަށާއި،
ކޯޓަށްދީފައިވާ މަޢުލޫމާތުގެ މައްޗަށް މައްސަލަ ނިންމަން މަދަނީކޯޓަށް ބަޔާންދީ އިސްމާޢީލް
މުޙައްމަދުގެ ވަޒީފާއާބެހޭ ލިޔުންތައް ފޮނުވާފައިނުވާތީ، ދަޢުވާކުރާ ފަރާތުން މުސާރަ ނުލިބޭ ކަމަށް ބުނާ
2002 އޮގަސްޓުން 2003 ޖުލައިގެ ނިޔަލަށް 01 އަހަރު ދުވަހުގެ މުސާރަ -/30000ރ (ތިރީސްހާސް
ރުފިޔާ) ގެ ތެރެއިން -/1250ރ (އެއްހާސް ދުއިސައްތަ ފަންސާސްރުފިޔާ) ލިބި ބާކީ ލިބެންޖެހޭ ކަމަށް
ދަޢުވާކުރާ -/
28750ރ. (އަށާވީސްހާސް ހަތްސަތޭކަ ފަންސާސް) ރުފިޔާގެ އިތުރަށް އެކިފަރާތްތަކުގެ
ބިލްތަކާއި، ގުޅިގެން ދައްކަންޖެހޭ ކަމަށް ދަޢުވާކުރާ 92935
/
85ރ (ނުވަދިހަ ދެހާސް ނުވަސަތޭކަ
ތިރީސްފަސްރުފިޔާ ފަންސަޔާހި ލާރި) އާއި، އަދި ޕިކަޕްގެ ކުއްޔަށް ދައްކަންޖެހޭކަމަށް ދަޢުވާކުރާ -/24000ރ
ސައުވީސްހާސް) ރުފިޔާއަކީވެސް އިސްމާޢީލް މުޙައްމަދު މެދުވެރިވެ އެކިފަރާތްތަކަށް ދައްކަންޖެހޭ ފައިސާއެއް
AJA
ދިވެހިރާއްޖޭގެ ހައިކޯޓް، ދޯބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
މިލާދީއެއްQ"
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2010/HC-A/27
ކަމަށްވާތީ، މިފައިސާއާއި އެކު ޖުމްލަ 145685
/
85ރ އެއްލައްކަ
ސާޅިސްފަސްހާސް ހަސަތޭކަ
އަށްޑިހަފަސްރުފިޔާ އަށްޑިހަފަސްލާރި) އަކީ މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ގދ. މަޑަވެލި
ސޫރަޖް އިސްމާޢީލް މުޙައްމަދާއި ޙަވާލުކުރަންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި، މިފައިސާ މަޑަވެލި ސޫރަޖް
އިސްމާޢީލް މުޙައްމަދަށް ލިބިދިނުމަށްޓަކައި މިއަދު (2009 އޮގަސްޓް 02 ވަނަ ދުވަހު) ން ފެށިގެން ކޮންމެ
މަހަކު 48561
/
95ރ (އަށާވީސްހާސް ފަސްސަތޭކަ އެކާހައްޓި ރުފިޔާ ފަންސަޔާނަވައި ލާރި) އަށް ވުރެ
މަދުނޫން ޢަދަދަކަށް މިކޯޓަށް (ގދ. މަޑަވެލި ކޯޓަށް) ދައްކަމުން ގޮސް 03 (ތިނެއް) މަސް ދުވަހުގެ ތެރޭ
މިފައިސާ ދައްކާ ޚަލާޞްކުރުމަށް މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް އަންގައި މިޤަޟިއްޔާ
ނިންމީއެވެ.] މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެންއޮވެ
CCCX.
ނަކީ 0އއ
ޝަރުޢީ
02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ގދ. މަޑަވެލި ކޯޓުގެ ނަންބަރު 2007/Q1C/33
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލު
ތަކާއި ޚިލާފަށް ކަމަށްބުނެ، މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ތިން
ފާހަގަކޮށް އެނުކުތާތަކާ މެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައިވެއެވެ. އެއިގެ ތެރެއިން:
• ފުރަތަމަ ނުކުތާއަކީ: ދަޢުވާކުރާ ފަރާތުން ހޯދުމަށް ދަޢުވާކުރާ ފައިސާގެ ޢަދަދާމެދު ދަޢުވާލިބޭ ފަރާތުން
އިންކާރުކޮށް ދަޢުވާލިބޭ ފަރާތުން ޤަބޫލުކުރާ ފައިސާގެ ޢަދަދު އެފަރާތުން ބުނެފައިވާ ހިނދު، މިއީ
ގޮތުން އިތުރަށް ބަލަންޖެހޭ ކަމަކަށްވާއިރު، މިނުކުތާގެ މައްޗަށް ނަޒަރު ނުކުރައްވައި މައްސަލަ
ނިންމަވާފައިވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ: ނުދެއްކި ހުރި ބިލްތަކަށް ދައްކަންޖެހޭ ޢަދަދުކަމަށް ދަޢުވާކުރާ ފަރާތުންބުނާ
ފައިސާގެ ޢަދަދާއި ދަޢުވާލިބޭ ފަރާތުން ދޭންޖެހޭ ކަމަށް އެފަރާތުން ބުނާ ފައިސާގެ ޢަދަދުގެ ތަފާތު ކުޑަކަން
ރަނގަޅަށް އެނގެން އޮތްއިރު، މިކަމުގެ މައްޗަށް ރިޢާޔަތް ނުކުރައްވާ ދަޢުވާކުރާ ފަރާތުން ހޯދަށް އެދޭ ހުރިހާ
ފައިސާއެއް އެފަރާތަށް ދެއްކުމަސް ކަނޑައެޅުއްވުމީ އިންޞާފުވެރި ގޮތެއްކަމުގައި ނުވުން ކަމަށް ބުނެ
ފާހަގަކުރި ނުކުތާއެވެ.
232
AA
ދިވެހިރާއްޖޭގެ ހައިކޯޓް، ދޯބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/27
0
. ތިންވަނަ ނުކުތާއަކީ: ދަޢުވާލިބޭ ކުންފުންޏަކީ ބަނގުރޫޓްވެފައިވާ ކުންފުންޏަކަށްވާއިރު، އެކުންފުނިން
ޤަބޫލުނުކުރާ
ފެނުކުރާ ބޮޑު ޢަދަދެއްގެ ފައިސާގެ ދަރަނި ސާބިތުވާކަމަށް ޙުކުމްކުރައްވައި، އެދަރަނި ޚަލާޞްކުރުމަށް
ނުހަނު ކުރު މުއްދަތެއް ދީފައިވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
03- ގދ. މަޑަވެލި ކޯޓުގެ ނަންބަރު 2007/Q1C/33 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ބެލިހިނދު، މިމައްސަލަ ހައިކޯޓުން ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ
ކުރެވިފައިވެއެވެ.
(ހ) ގދ. މަޑަވެލީގައި، މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 2002 ވަނަ
އަހަރު ފަރުމަސް ފިނިކޮށް އެކްސްޕޯޓް ކުރުމަށްޓަކައި، މަސައްކަތް ކުރިއިރު އެމަސައްކަތް ހިންގުމަށްޓަކައި
އެކުންފުނީގެ ފަރާތުން އިސްކޮށް ޙަރަކާތްތެރިވި ގދ. މަޑަވެލި ސޫރަޖް އިސްމާޢީލް މުޙައްމަދުގެ މުސާރައިގެ
ތެރެއިން ނުލިބިވާ ކަމަށް އިސްމާޢީލް މުޙައްމަދު ބުނެފައިވާ -/28,750ރ. (އަށާވީސްހާސް ހަތްސަތޭކަ
ފަންސާސް) ރުފިޔާއާއި މެދު ޝަރީޢަތުން ނަޒަރުކުރާއިރު;
ދެފަރާތުގެ ބަހުންވެސް އިސްމާޢީލް މުޙައްމަދަކީ މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން
މަޑަވެލީގައި ހިންގާފައިވާ މިމަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވި އެކުންފުނީގެ މުވައްޒަފެއްކަން އެގެން
އޮތްކަމުގައިވިޔަސް އިސްމާޢީލް މުޙައްމަދަށް ވަޒީފާގެ މުސާރަ ދޭންޖެހޭ މުއްދަތާއިމެދު މެރިންގިއަރ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑާއި އިސްމާޢީލް މުޙައްމަދާއި ދެމެދު ޚިލާފުއުފެދިފައިވާކަމާއި،
އިސްމާޢީލް މުޙައްމަދުގެ މުސާރައިގެ ގޮތުގައި ދޭންޖެހޭކަމަށް މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ބުނެފައިވަނީ 2002 އޮގަސްޓް މަހުގެ މުސާރައިން ނުދެވިވާ -/1250ރ. (ބާރަސަތޭކަ
ފަންސާސްރުފިޔާ) އާއި، 2002 ސެޕްޓެމްބަރ މަހުން ފެށިގެން 2003 ޖޫން މަހުގެ ނިޔަލަށް ދިހަމަސް
ދުވަހަށް ދޭންޖެހޭ -/25000ރ. (ފަންސަވީސްހާސް ރުފިޔާ) އާއިއެކު ޖުމްލަ -/
26250ރ. (ސައްބީސްހާސް
et couc
A+
ދިވެހިރާއްޖޭގެ ހައިކޯޓް، ދޯބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/27
ދުއިސައްތަ ފަންސާސްރުފިޔާ) ކަން އެނގެން އޮތުމުން، އިސްމާޢީލް މުޙައްމަދުގެ މުސާރައިގެ ގޮތުގައި -
/26250ރ. (ސައްބީސްހާސް ދުއިސައްތަ ފަންސާސްރުފިޔާ) ދޭންޖެހިފައިވާކަން މެރިންގިއަރ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑުގެ ބަހުން ޝަރީޢަތަށް ސާބިތުވާކަމާއިގެ
އިސްމާޢީލް މުޙައްމަދުގެ ފަރާތުން މުސާރަ ނުލިބޭ ކަމަށް ބުނެފައިވަނީ 2002 ވަނަ އަހަރުގެ
އޮގަސްޓް މަހުން ފެށިގެން 2003 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 01 އަހަރު ދުވަހުގެ
މުސާރަކަމުގައިވާ -/30000ރ (ތިރީސްހާސް ރުފިޔާ) ގެ ތެރެއިން 2002 އޮގަސްޓް މަހުގެ މުސާރައިގެ
ތެރެއިން އިސްމާޢީލް މުޙައްމަދަށް ލިބިފައިވާ -/1250ރ (އެއްހާސް ދުއިސައްތަ ފަންސާސްރުފިޔާ)
އުނިކުރުމުން ބާކީވާ -/
28750ރ. (އަށާވީސްހާސް ހަތްސަތޭކަ ފަންސާސް ރުފިޔާ) ކަމާއި، ދެފަރާތުގެ
ވާހަތަކަށް ބަލާއިރު ޚިލާފު އުފެދިފައިވަނީ 2003 ވަނަ އަހަރުގެ ޖުލައި މަހުގެ މުސާރަ ދިނުމާމެދުގައިކަން
އެނގޭކަމާއި،
އިސްމާޢީލް މުޙައްމަދު މިމައްސަލަ ގދ. މަޑަވެލީ ކޯޓަށް ހުށަހެޅި ދުވަހާ ހަމަޔަށްވެސް
މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިސްމާޢީލް މުޙައްމަދު ވަޒީފާއިން ވަކިކުރިކަން ރަސްމީ
ގޮތެއްގައި ލިޔުމުން އަންގާފައިނުވާކަމަށް އިސްމާޢީލް މުޙައްމަދު ބުނެފައިވާއިރު، އިސްމާޢީލް މުޙައްމަދަށް ވަޒީފާ
ދިނުމާއި ވަޒީފާ ވަކިކުރުމާގުޅޭ ލިޔުން ޝަރީޢަތަށް ބޭނުންވާތީ މަދަނީކޯޓު މެދުވެރިކޮށް އެލިޔުން
ފޮނުވައިދިނުމަށް މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ޗެއަރމަން އަބޫބަކުރު ޙަނީފަށް އެންގުމުން،
ކުންފުނީގެ ފަރާތުން ކޯޓަށް ދޭންޖެހޭ މަޢުލޫމާތުވަނީ ދީނިމިފައިކަމަށާއި، ކޯޓަށްދީފައިވާ މަޢުލޫމާތުގެ މައްޗަށް
މައްސަލަ ނިންމަން ބޭނުންކަމަށް މަދަނީކޯޓަށް ބަޔާންދީ އިސްމާޢީލް މުޙައްމަދުގެ ވަޒީފާއާބެހޭ ލިޔުންތައް
ފޮނުވާފައިނުވާކަން މިއިސްތިއުނާފުކުރެވޭ ގދ. މަޑަވެލި ކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން
އެނގެން އޮތުމާއެކު، އިސްމާޢީލް މުޙައްމަދުގެ ފަރާތުން ވަޒީފާގެ މުސާރަ ލިބިދިނުމަށް އެދިފައިވާ މުއްދަތު
ކަމުގައިވާ 2002 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން 2003 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް
މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާއިން ވަކިކުރުމެއްނެތި އެވަޒީފާގައި އިސްމާޢީލް މުޙައްމަދު
ދެމިހުރިކަމަށް ބެލެވޭތީ، 2003 ވަނަ އަހަރުގެ ޖުލައި މަހުގެ މުސާރައަކީވެސް މެރިންގިއަރ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިސްމާޢީލް މުޙައްމަދަށް ދޭންޖެހޭ ފައިސާއެއް ކަމުން، އިސްމާޢީލް މުޙައްމަދުގެ
ucou
et cout
A+
ދިވެހިރާއްޖޭގެ ހައިކޯޓް، ދޯބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/27
83
މުސާރައިގެ ގޮތުގައި -/
28750ރ. (އަށާވީސްހާސް ހަތްސަތޭކަ ފަންސާސްރުފިޔާ) މެރިންގިއަރ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑުން އިސްމާޢީލް މުޙައްމަދަށް ދައްކަންޖެހޭކަން އެނގެއެވެ.
(ނ) މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ގދ. މަޑަވެލީގައި ކުރަމުން ގެންދިޔަ
މަސައްކަތަށް ތިނަދޫގެ ފިހާރަތަކުންނާއި، މަޑަވެލީގެ ފިހާރަތަކުންނާއި އެހެނިހެން ފަރާތްތަކުން ނަގާފައިވާ
ތަކެއްޗަށް ދައްކަންޖެހޭ ފައިސާ ނުދެއްކި އޮންނާނީ 2002 ޖުލައި މަހުން ފެށިގެން 2002 އޮކްޓޯބަރ މަހުގެ
ނިޔަލަށް ކަމަށާއި އެގޮތުން 2002 ޖުލައި މަސް ނިމުނު އިރު މަޑަވެލީގައި އިސްމާޢީލް މުޙައްމަދުގެ ބެލުމުގެ
ދަށުން ހިންގަމުން އައި އޮފީހަށް މެރިންގިއަރ މާލެއޮފީހުން ފޮނުވަން ޖެހިފައިވާ ފައިސާގެތަފްޞީލާއި އަދި
2002 އޮގަސްޓް މަހުގެ މަޑަވެލީ މުވައްޒަފުންގެ މުސާރައާއި އެހެނިހެން ގޮތްގޮތުން ހިނގާފައިވާ ޚަރަދުގެ
ތަފްޞީލާއި، 2002 ސެޕްޓެމްބަރު މަހުގެ މުސާރައާއި އެހެނިހެން ގޮތްގޮތުން ހިނގާފައިވާ ޚަރަދުގެ
ތަފްޞީލުގެ އިތުރަށް 2002 އޮކްޓޯބަރު މަހުގެ މުސާރައާއި އެހެނިހެން ގޮތްގޮތުން ހިނގާފައިވާ ޚަރަދުގެ
ތަފްޞީލު ބަލާފައިވަނީ މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ޑިރެކްޓަރ އޮޕްރޭޝަންސް އަލްއުސްތާޛު
މުޙައްމަދު އިބްރާހީމް ގދ. މަޑަވެއްޔަށް ދުރުވެ އިސްމާޢީލް މުޙައްމަދާއި ދެމީހުން އެއްޙާޟިރުގައި ތިބެ
އިސްމާޢީލް މުޙައްމަދު ދެއްކި ބިލްތަކުގެ މައްޗަށް ކަމަށާއި، އިސްމާޢީލް މުޙައްމަދު ދިން ތަފްޞީލުގެ މައްޗަށް
ނޮވެމްބަރ 2002 ގެ ތާރީޚުގައި މުޙައްމަދު އިބްރާހީމް ސޮއިކޮށްފައިވާ ތަފްޞީލުތަކަކީ މުޙައްމަދު
އިބްރާހީމްއާއި އިސްމާޢީލް މުޙައްމަދުއާއި ދެމީހުން މަޑަވެލީގައި ތިބެގެން ތައްޔާރުކޮށް މެރިންގިއަރ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ ތަފްޞީލުތައް ކަމަށްވުމުން، އެތަފްޞީލުތަކުގައި އެވާފައިސާގެ އިތުރަށް
އެއްވެސް ފައިސާއެއް އެއްވެސް ފަރާތަކަށް މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން
ދައްކަންނުޖެހޭނެކަމަށާއި، ނަމަވެސް 10 ނޮވެމްބަރ 2002 ގެ ތާރީޚުގައި މުޙައްމަދު އިބްރާހީމް
ސޮއިކޮށްފައިވާ 4 ލިޔުމުގެ ތަފްޞީލުތަކުގައިވާ ފައިސާގެ ޢަދަދުގެ ޒިންމާ މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން އުފުލާ އެފައިސާ ދައްކަން ތިބިކަމަށް 22 އޭޕްރީލް 2010 ދުވަހު މެރިންގިއަރ ކޮމްޕެނީގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމާއިގެ
2002 ނޮވެމްބަރު 10 ގެ ތާރީޚުގައިވާ 4 ލިޔުމަކީ، 2002 ޖުލައި މަހު މަޑަވެލީގެ ޚަރަދުތަކުން
ނުލިބިހުރި ފައިސާގެ ތަފްޞީލާއި، 2002 އޯގަސްޓް މަހުގެ މަޑަވެލީގެ މުވައްޒަފުންގެ މުސާރައާއި އެހެނިހެން
10
cuo
Aއ
ދިވެހިރާއްޖޭގެ ހައިކޯޓް، ދޯބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2010/HC-A/27
مرمي
42834
ނކރ
ގޮތުން ހިގާފައިވާ ޚަރަދުތަކުގެ ތަފްޞީލާއި، 2002 ސެޕްޓެމްބަރ މަހުގެ މުސާރައާއި، އެހެނިހެން
ގޮތްގޮތުން މަޑަވެލީ ފެކްޓްރީއަށް ހިގާފައިވާ ޚަރަދު ތަފްޞީލާއި، 2002 އޮކްޓޯބަރ މަހުގެ މަޑަވެލީގެ
މުވައްޒަފުންގެ މުސާރައާއި، އެހެނިހެން ގޮތްގޮތުން ހިގާފައިވާ ޚަރަދުގެ ތަފްޞީލް ބަޔާންކޮށް މެރިންގިއަރ
މަޑަވެލި ބްރާންޗުން މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ޗެއަރމަން އަބޫބަކުރު އަރީފަށް ފޮނުވާފައިވާ
4 ސިޓީކަން އެނގޭކަމާއިގެ
އެ 4 ލިޔުމުގައިވާ ތަފްޞީލްތަކަށް ބަލާއިރު، 2002 ޖުލައި މަހު މަޑަވެލީގެ ޚަރަދުތަކުން
ނުލިބިހުރި ފައިސާގެ ތަފްޞީލުގެ ގޮތުގައި ހިމެނިފައިވަނީ ގދ. ތިނަދޫގެ ފިހާރަތަކަށާއި، ހޮޓަލަކާއި، ޕިކަޕަށް
ދައްކަންޖެހޭ ފައިސާއާއި، މަޑަވެލި ސްކޫލުގެ (ފެކްޓްރީ ޢިމާރާތުގެ) ކުލީގެ ފައިސާ އާއި، މަޑަވެލީގައި
ޕިކަޕުގެ ކުއްޔާއި، މަޑަވެލީގެ ފިހާރަތަކާއި ހޮޓަލަށް ދައްކަންޖެހޭ ފައިސާއާއި، އެކު ޖުމްލަ
31269
/
25ރ. (އެއްތިރީސްހާސް ދުއިސައްތަ ފަސްދޮޅަސްނުވަރުފިޔާ ފަންސަވީސްލާރި) ކަމާއި، މިފައިސާއަކީ
މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިސްމާޢީލް މުޙައްމަދަށް ދައްކަންޖެހޭ ފައިސާއެއްކަން
މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ބަހުން ސާބިތުވާކަމާއި،
އަދި 2002 އޯގަސްޓް މަހުގެ މަޑަވެލީގެ މުވައްޒަފުންގެ މުސާރައާއި އެހެނިހެން
ހިގާފައިވާ ޚަރަދުތަކުގެ ތަފްޞީލަށް ބަލާއިރުގައި، ނަންބަރު 01 އިން ފެށިގެން 10
ގެ ނިޔަލަށް
ހިމެނިފައިވަނީ މުވައްޒަފުންގެ މުސާރަކަން އެނގޭކަމާއި، މުވައްޒަފުންގެ ތެރޭގައި އިސްމާޢީލް މުޙައްމަދުވެސް
ހިމެނޭކަމާއި، އިސްމާޢީލް މުޙައްމަދުގެ މުސާރައާއި ބެހޭގޮތުން ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ
(ހ) ގައި ގޮތެއް ކަނޑައެޅިފައިވާކަމާއި،
އިސްމާޢީލް މުޙައްމަދުގެ ދަޢުވާގައި އެދިފައިވަނީ އޭނަގެ މުސާރައާއި އޭނަ އެކިފަރާތަށް
ދައްކާފައިވާ ބިލްތަކުގެ ފައިސާއާއި، އަދި އެކިފަރާތްތަކަށް ދައްކަންޖެހި ނުދައްކާހުރި ބިލްތަކުގެ ފައިސާކަން
އެނގެން އޮންނައިރު މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މުވައްޒަފުންގެ ތެރެއިން އިސްމާޢީލް
މުޙައްމަދު ފިޔަވައި އެހެން މުވައްޒަފުންނަށް ލިބެންވާ މުސާރައިގެ ފައިސާ ހޯދުމަށް އެދިފައިނުވާކަމުން،
މިލިޔުމުގެ ނަންބަރު 01 އިން 10 ގެ ނިޔަލަށް މުވައްޒަފުންގެ މުސާރައިގެ ގޮތުގައި ހިމެނިފައިވާ ޖުމްލަ -
/17500ރ (ސަތާރަހާސް ފަސްސަތޭކަރުފިޔާ) އުނިކުރުމުން ދެން ހިމެނިފައިވާ ނަންބަރު 11 އިން 29 ގެ
ޤީވެގެން
CO2
AA
ދިވެހިރާއްޖޭގެ ހައިކޯޓް، ދޯބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2010/HC-A/27
ނިޔަލަށް ހުރި ނަންބަރު ތަކުގައި ހިމެނިފައިވާ ޖުމްލަ 35296
/
43ރ. (ތިރީސް ފަސްހާސް ދުއިސައްތަ
ނުވަދިހަ ހަރުފިޔާ ސާޅީސް ތިންލާރި) އަކީ މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިސްމާޢީލް
މުޙައްމަދަށް ދައްކަންޖެހޭ ފައިސާއެއްކަން މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ބަހުން ސާބިތުވާކަމާއި،
އަދި 2002 ސެޕްޓެމްބަރ މަހުގެ މުސާރައާއި، އެހެނިހެން ގޮތްގޮތުން މަޑަވެލީ ފެކްޓްރީއަށް
ހިގާފައިވާ ޚަރަދު ތަފްޞީލަށް ބަލާއިރު، ނަންބަރު 01 އިން ފެށިގެން 09 ގެ ނިޔަލަށް ހިމެނިފައިވަނީ
މުވައްޒަފުންގެ މުސާރަކަން އެނގޭކަމާއި، އިސްވެ ބަޔާންކުރެވުނު ސަބަބުތަކަށްޓަކައި، މުވައްޒަފުންގެ
މުސާރައިގެ ގޮތުގައި ހިމެނިފައިވާ މިލިޔުމުގެ ނަންބަރު 01 އިން 09 ގެ ނިޔަލަށް ހުރި ޖުމްލަ -/15500ރ
(ފަނަރަހާސް ފަސްސަތޭކަރުފިޔާ) އުނިކުރުމުން، ދެން ހިމެނިފައިވާ 10 އިން 20 ގެ ނިޔަލަށް ހުރި ނަންބަރު
ތަކުގައި ހިމެނިފައިވާ ޖުމްލަ 10160
/
35ރ. (ދިހަހާސް އެއްސަތޭކަ ފަސްދޮޅަސްރުފިޔާ ތިރީސްފަސްލާރި) އަކީ
މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިސްމާޢީލް މުޙައްމަދަށް ދައްކަންޖެހޭ ފައިސާއެއްކަން
މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ބަހުން ސާބިތުވާކަމާއި؛
2002 އޮކްޓޯބަރ މަހުގެ މަޑަވެލީގެ މުވައްޒަފުންގެ މުސާރައާއި، އެހެނިހެން ގޮތްގޮތުން ހިގާފައިވާ
ޚަރަދުގެ ތަފްޞީލަށް ބަލާއިރުގައި، ނަންބަރު 01 އިން ފެށިގެން 08 ގެ ނިޔަލަށް ހިމެނިފައިވަނީ
މުވައްޒަފުންގެ މުސާރަކަން އެނގޭކަމާއި، އިސްވެ ބަޔާންކުރެވުނު ސަބަބުތަކަށްޓަކައި، މުވައްޒަފުންގެ
މުސާރައިގެ ގޮތުގައި މިލިޔުމުގެ ނަންބަރު 01 އިން 08 ގެ ނިޔަލަށް ހުރި ޖުމްލަ -/12000ރ (ބާރަހާސް
ރުފިޔާ) އުނިކުރުމުން، ދެން ހިމެނިފައިވާ 09 އިން 16 ގެ ނިޔަލަށް ހުރި ނަންބަރު ތަކުގައި ހިމެނިފައިވާ
ޖުމްލަ 5184
/
65ރ. (ފަސްހާސް އެއްސަތޭކަ އަށްޑިހަ ހަތަރުރުފިޔާ ފަސްދޮޅަސް ފަސްލާރި) އަކީ މެރިންގިއަރ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިސްމާޢީލް މުޙައްމަދަށް ދައްކަންޖެހޭ ފައިސާއެއްކަން މެރިންގިއަރ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ބަހުން ސާބިތުވާކަމާއި،
އެހެންކަމުން 2002 ޖުލައި މަހުން ފެށިގެން 2002 އޮކްޓޯބަރ މަހުގެ ނިޔަލަށް އެކިފަރާތް
ދައްކަންޖެހޭކަމަށް .ޝާރާތްކުރެވުނު 4 ލިޔުމުގައި ހިމެނޭ ފައިސާގެ ތެރެއިން އިސްވެ ބަޔާންކުރެވުނު
ސަބަބުތަކަށްޓަކައި އުނިކުރަންޖެހޭ ފައިސާ އުނިކުރުމުން،
ތަކަށް
AA
ދިވެހިރާއްޖޭގެ ހައިކޯޓް، ދޯބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/27
35296
/
43ރ.
2002 ޖުލައި މަހުގެ ތަފްޞީލުގައި ހިމެނޭ 312691ރ. (އެއްތިރީސްހާސް ދުއިސައްތަ
ފަސްދޮޅަސްނުވަރުފިޔާ ފަންސަވީސްލާރި) އާއި، 2002 އޯގަސްޓް މަހުގެ ތަފްޞީލުގައި ހިމެނޭ
(ތިރީސް ފަސްހާސް ދުއިސައްތަ ނުވަދިހަ ހަރުފިޔާ ސާޅީސް ތިންލާރި) އާއި، 2002
ސެޕްޓެމްބަރ މަހުގެ ތަފްޞީލުގައި ހިމެނޭ 10160
/
35ރ. (ދިހަހާސް އެއްސަތޭކަ ފަސްދޮޅަސްރުފިޔާ
ތިރީސްފަސްލާރި) އާއި، 2002 އޮކްޓޯބަރު މަހުގެ ތަފްޞީލުގައި ހިމެނޭ /5184ރ. (ފަސްހާސް އެއްސަތޭކަ
އަށްޑިހަ ހަތަރުރުފިޔާ ފަސްދޮޅަސް ފަސްލާރި) އާއި، އެކު ޖުމްލަ 81910
/
68ރ. (އަށްޑިހަ އެއްހާސް
ނުވަސަތޭކަ ދިހަރުފިޔާ ފަސްދޮޅަސް އަށްލާރި) އަކީ 2002 ޖުލައި މަހުން ފެށިގެން 2002 އޮކްޓޯބަރ މަހުގެ
ނިޔަލަށް މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިސްމާޢީލް މުޙައްމަދަށް ދައްކަންޖެހޭ
ފައިސާކަން ޝަރީޢަތަށް ސާބިތުވެއެވެ.
(ނ) މިމައްސަލާގައި އިސްމާޢީލް މުޙައްމަދުގެ ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ލިޔުން ތަކުގެ
ތެރޭގައި ހިމެނޭ މުސާރަ ޝީޓްތަކަށް ބަލާއިރު، 2002 ނޮވެމްބަރުން ފެށިގެން 2003 ޖޫން މަހުގެ ނިޔަލަށް
ހުރި ޝީޓް ތަކުގައި މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ޑިރެކްޓަރ އޮފް އޮޕްރޭޝަން މުޙައްމަދު
އިބްރާހީމް ސޮއިކޮށްފައިވާކަން އެނގެން އޮތު އެލިޔުން ތަކަކީ މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ޤަބޫލުކޮށްފައިވާ ލިޔުން ތަކެއްކަމަށް ބެލެވޭކަމާއި،
އެގޮތުން 2002 ނޮވެމްބަރު މަހުގެ ޝީޓުގައިވާ ފައިސާގެ ތެރެއިން ޕިކަޕް ކުލީގެ ގޮތުގައި
2000.00ރ (ދެހާސް ރުފިޔާ) އާއި، ކަރަންޓް ބިލުގެ ގޮތުގައި 245.00ރ (ދުއިސައްތަ ސާޅީސް
ފަސްރުފިޔާ) އާއި އެކު ޖުމްލަ 2245.00ރ (ދެހާސް ދުއިސައްތަ ސާޅީސް ފަސް ރުފިޔާ) އާއި؛
އަދި 2002 ޑިސެމްބަރު މަހުގެ ޝީޓުގައިވާ ފައިސާގެ ތެރެއިން ޕިކަޕް ކުލީގެ ގޮތުގައި
(ދެހާސް ރުފިޔާ) އާއި، މަޑަވެލި އަންހެނުންގެ ކޮމެޓީގެ ޓީމަށް 300.00ރ (ތިންސަތޭކަ
ރުފިޔާ) އާއި މާފޮޅޭ ސްޓޯރު ގދ. މަޑަވެލީގެ ބިލަށް 138.00ރ. (އެއްސަތޭކަ ތިރީސް އަށްރުފިޔާ) އާއި
ކަރަންޓް ބިލުގެ ގޮތުގައި 240.00ރ (ދުއިސައްތަ ސާޅީސް ފަސްރުފިޔާ) އާއި އެކު ޖުމްލަ 2678.00ރ
(ދެހާސް ހަސަތޭކަ ހަތްދިހަ އަށެއް ރުފިޔާ) އާއި؛
އއމ
2000.00ރ
AA
ދިވެހިރާއްޖޭގެ ހައިކޯޓް، ދޯބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/27
އަދި 2007 ޖެނުއަރީ މަހުގެ ޝީޓުގައިވާ ފައިސާގެ ތެރެއިން ޕިކަޕް ކުލީގެ ގޮތުގައި
2000.00ރ (ދެހާސް ރުފިޔާ) އާއި، ފޯނު ކާޑުގެ ގޮތުގައި 100.00 ރ (ދުއިސައްތަ ސާޅީސް ފަސްރުފިޔާ)
އާއި އެކު ޖުމްލަ 2000.00ރ (ދެހާސް އެއްސަތޭކަރުފިޔާ) އާއި؛
އަދި 2007 ފެބުރުއަރީ މަހުގެ ޝީޓުގައިވާ ފައިސާގެ ތެރެއިން ޕިކަޕް ކުލީގެ ގޮތުގައި
2000.00ރ (ދެހާސް ރުފިޔާ) އާއި، މަޑަވެލި އ.ތ.މ ކޮމެޓީގެ ޓީމަށް 250.00ރ (ދުއިސައްތަ ފަންސާސް
ރުފިޔާ) އާއި މާފޮޅޭ ސްޓޯރު ގދ. މަޑަވެލީގެ ބިލަށް 150.00ރ. (އެއްސަތޭކަ ފަންސާސްރުފިޔާ) އާއި އެކު
ޖުމްލަ 2400.00ރ (ދެހާސް ހަތަރުސަތޭކަ ރުފިޔާ) އާއި؟
އަދި 2003 މާރޗް މަހުގެ ޝީޓުގައިވާ ފައިސާގެ ތެރެއިން ޕިކަޕް ކުލީގެ ގޮތުގައި 2000.00ރ
(ދެހާސް ރުފިޔާ) އާއި، ފޯނުކާޑުގެ ގޮތުގައި 150.00ރ (އެއްސަތޭކަ ފަންސާސްރުފިޔާ) އާއި އެކު ޖުމްލަ
2150.00ރ (ދެހާސް އެއްސަތޭކަ ފަންސާސް ރުފިޔާ) އާއި،
އަދި 2002 އޭޕްރީލް މަހުގެ ޝީޓުގައިވާ ފައިސާގެ ތެރެއިން ޕިކަޕް ކުލީގެ ގޮތުގައި
2000.00ރ (ދެހާސް ރުފިޔާ) އާއި، ފޯނުކާޑުގެ ގޮތުގައި 100.00ރ (އެއްސަތޭކަ ފަންސާސްރުފިޔާ) އާއި
އެކު ޖުމްލަ 2100.00ރ (ދެހާސް އެއްސަތޭކަ ރުފިޔާ) އާއި،
އަދި 2007 މެއި މަހުގެ ޝީޓުގައިވާ ފައިސާގެ ތެރެއިން ޕިކަޕް ކުލީގެ ގޮތުގައި 2000.00ރ
(ދެހާސް ރުފިޔާ) އާއި، ފޯނުކާޑުގެ ގޮތުގައި 100.00ރ (އެއްސަތޭކަ ފަންސާސްރުފިޔާ) އާއި އެކު ޖުމްލަ
2000.00ރ (ދެހާސް އެއްސަތޭކަ ރުފިޔާ) އާއި؛
އަދި 2003 ޖޫން މަހުގެ ޝީޓުގައިވާ ފައިސާގެ ތެރެއިން ޕިކަޕް ކުލީގެ ގޮތުގައި 2000.00ރ
(ދެހާސް ރުފިޔާ) އާއި، ފޯނު ކާޑުގެ ގޮތުގައި 100.00ރ (އެއްސަތޭކަ ފަންސާސްރުފިޔާ) އާއި އެކު ޖުމްލަ
2000.00ރ (ދެހާސް އެއްސަތޭކަ ރުފިޔާ) އާއި، އިޝާރާތްކުރެވުނު މުސާރަ ޝީޓުތަކުގައި ހިމެނިފައިވާ
ފައިސާގެ ތެރެއިން މުޅި އެކު ޖުމްލަ 17873.00ރ (ސަތާރަހާސް އަށްސަތޭކަ ހަތްދިހަ ތިނެއްރުފިޔާ) އަކީ
މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިސްމާޢީލް މުޙައްމަދަށް ލިބިދޭންޖެހޭ ފައިސާކަން
އެނގެން އޮވެއެވެ.
44 44
AA
ދިވެހިރާއްޖޭގެ ހައިކޯޓް، ދޯބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2010/HC-A/27
(ރ) އިސްމާޢީލް މުޙައްމަދުގެ ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ބިލް ތަކުގެ ތެރެއިން
އިސްމާޢީލް މުޙައްމަދުގެ އަމިއްލަ ފައިސާއިން ދައްކާފައިވާ ބިލްތަކެއް ކަމަށްބުނެ އިސްމާޢީލް މުޙައްމަދު
ހުށަހަޅާފައިވާ ބިލްތަކަށް ބަލާއިރު، އެ ޚަރަދުތައް ކުރުމަށް ނުވަތަ އެބިލްތަކުގައިވާ ފައިސާ އިސްމާޢީލް
މުޙައްމަދުގެ އަމިއްލަ ފައިސާއިން ދެއްކުމަށް އިސްމާޢީލް މުޙައްމަދަށް ހުއްދަ ދީފައިވާކަން ނުވަތަ އެކަމަށް
ކުންފުނީގެ ފަރާތުން އެދިފައިވާކަން އެނގޭނެ އެއްވެސް ހެއްކެއް ހުށަހެޅިފައިނުވާއިރު، ޕެއިޑް ޖަހާފައިވާ
ބިލްތަކުގައިވާ ފައިސާއަކީ މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައްކަންނުޖެހޭ ފައިސާ
ކަމުގައިބުނެ އެފައިސާ ދެއްކުމަށް ކުންފުނީގެ ފަރާތުން އިންކާރުކޮށްފައިވާކަން އެނގެން އޮންނާތީ އާއި،
އެބިލްތަކަށް ފައިސާ ދައްކާފައިވަނީ ކޮންފަރާތަކުން ކަމާއި، ކޮން ގޮތަކަށް އެއްބަސްވެގެންކަން ޝަރީޢަތަށް
ސާބިތުކުރެވޭ ފަދަ ހެކި ހުށަހެޅިފައިނުވާތީ، އިސްވެ ފާހަގަކުރެވިފައިވާ ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ހ)،
(ށ) އަދި (ނ) ގައި ބަޔާންކުރެވިފައިވާ ފައިސާގެ އިތުރުން ގދ. މަޑަވެލި ކޯޓުގެ ނަންބަރު
2007/Q1C/33 ޤަޟިއްޔާގެ ދަށުން ބެލިފައިވާ މައްސަލާގައި އިތުރު ފައިސާއެއް ނަގައިދެވޭނެ ކަމަށް
ބެލެވެން ނެތްކަން އެނގެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަމަށް ބަލާއިރު، 2002 ވަނަ އަހަރުގެ އޮގަސްޓް މަހުން
ފެށިގެން 2003 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 01 އަހަރު ދުވަހުގެ މުސާރަ ކަމުގައިވާ -/30000ރ
(ތިރީސްހާސް ރުފިޔާ) ގެ ތެރެއިން 2002 އޮގަސްޓް މަހުގެ މުސާރައިގެ ތެރެއިން އިސްމާޢީލް މުޙައްމަދަށް
ލިބިފައިވާ -/1250ރ (އެއްހާސް ދުއިސައްތަ ފަންސާސްރުފިޔާ) އުނިކުރުމުން ބާކީވާ -/28750ރ.
(އަށާވީސްހާސް ހަތްސަތޭކަ ފަންސާސް ރުފިޔާ) އާއި،
2002 ޖުލައި މަހުން ފެށިގެން 2002 އޮކްޓޯބަރ މަހުގެ ނިޔަލަށް އެކިފަރާތް ތަކަށް ދައްކަންޖެހޭ
ކަމަށް މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިޤްރާރުވާ 4 މަސް ދުވަހުގެ ޚަރަދުގެ ގޮތުގައި
ޝާރާތްކުރެވުނު 4 ލިޔުމުގައި ހިމެނޭ ފައިސާގެ ތެރެއިން އިސްވެ ބަޔާންކުރެވުނު ސަބަބުތަކަށްޓަކައި
އުނިކުރަންޖެހޭ ފައިސާ އުނިކުރުމުން ބާކީވާ، 81910
/
68ރ. (އަށްޑިހަ އެއްހާސް ނުވަސަތޭކަ ދިހަރުފިޔާ
ފަސްދޮޅަސް އަށްލާރި) އާއި،
Occc
A
AA
ދިވެހިރާއްޖޭގެ ހައިކޯޓް، ދޯބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
13 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2010/HC-A/27
2002 ނޮވެމްބަރުން ފެށިގެން 2003 ޖުލައި މަހުގެ ނިޔަލަށް ހިނގާފައިވާ ޚަރަދުގެ ގޮތުގައި
އިސްމާޢީލް މުޙައްމަދުގެ ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ މުސާރަ ޝީޓުތަކުގެ ތެރެއިން މެރިންގިއަރ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ޑިރެކްޓަރ އޮފް އޮޕްރޭޝަން މުޙައްމަދު އިބްރާހީމް ސޮއިކޮށްފައިވާ ލިޔުންތަކުން
ދައްކަންޖެހޭކަން އެނގެން އޮންނަ ޖުމްލަ 17873.00ރ (ސަތާރަހާސް އަށްސަތޭކަ ހަތްދިހަ ތިންރުފިޔާ) އާއި
މުޅި އެކު ޖުމްލަ 128533.68ރ (އެއްލައްކަ އަށާވީސްހާސް ފަސްސަތޭކަ ތިރީސް ތިންރުފިޔާ ފަސްދޮޅަސް
އަށްލާރި) އަކީ މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިސްމާޢީލް މުޙައްމަދަށް ލިބިދޭންޖެހޭ
ފައިސާކަން މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ބަހުންނާއި ހުށަހެޅިފައިވާ އިޝާރާތްކުރެވުނު
ލިޔެކިޔުން ތަކުން ސާބިތުވާތީ، ގދ. މަޑަވެލި ކޯޓުގެ ނަންބަރު 2007/Q1C/33 ޤަޟިއްޔާގައި މެރިންގިއަރ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިސްމާޢީލް މުޙައްމަދަށް ދައްކަންޖެހޭ ކަމަށް ކަނޑައަޅުއްވާފައިވާ
ފައިސާއަށް ބަދަލު ގެންނަން ޖެހޭކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުން
ދެކެއެވެ.
ޙުކުމް.
ދެންފަހެ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަމަށް ރިޢާޔަތް ކުރުމުން، ގދ.
މަޑަވެލީގައި މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 2002 ވަނަ އަހަރު ފަރުމަސް ފިނިކޮށް
އެކްސްޕޯޓް ކުރުމަށްޓަކައި، މަސައްކަތް ކުރިއިރު އެމަސައްކަތް ހިންގުމަށްޓަކައި ކުންފުނީގެ ފަރާތުން އިސްކޮށް
ޙަރަކާތްތެރިވި ގދ. މަޑަވެލި ސޫރަޖް އިސްމާޢީލް މުޙައްމަދުގެ މުސާރާއި، ކުންފުނީގެ ފަރާތުން އިސްމާޢީލް
މުޙައްމަދު ޒިންމާ ކުންފުނީގެ ބޭނުންތަކަށް އެކިފަރާތްތަކުން ނަގާފައިވާ ތަކެއްޗާއި ލިބިގަނެފައިވާ
ޚިދުމަތްތަކަށް ދައްކަންޖެހޭކަން ޝަރީޢަތަށް ސާބިތުވާ މިންވަރަކީ ޖުމްލަ 128533.68ރ. (އެއްލައްކަ
އަށާވީސްހާސް ފަސްސަތޭކަ ތިރީސް ތިންރުފިޔާ ފަސްދޮޅަސް އަށްލާރި) ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ
ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނު ހިނދު، އެފައިސާ އިސްމާޢީލް މުޙައްމަދަށް
ލިބިދިނުމުގެ ގޮތުން މިއަދު (2012 ނޮވެމްބަރު 28 ވަނަ ދުވަހު) ން ފެށިގެން 30 (ތިރީސް) ދުވަހުގެ
A+
ދިވެހިރާއްޖޭގެ ހައިކޯޓް، ދޯބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
14 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2010/HC-A/27
މުއްދަތުގައި ގދ. މަޑަވެލި މެޖިސްޓްރޭޓް ކޯޓަށް ދައްކާ ޚަލާޞްކުރުމަށް މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑަށް ގދ. މަޑަވެލި ކޯޓުގެ ނަންބަރު 2007/Q1C/33 ޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމް މިމައްސަލަ ބެލި މަޖިލީހުގެ އިއްތިފާޤުން ބާޠިލްކޮށް ފިމެވެ.
2
8
83 ދި
އެންގުމާއެކު،
ބާއްޖޭގެ
2
ދިވެހިރާއްޖޭގެ ހައިކޯޓް، ދޯބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv