ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/113 ޤަޟިއްޔާގެ ޙުކުމް
1
2007/HC-A/113
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ރާއްޖެ
ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރ: 113/HC
-
A/2007
• އިސްތިއުނާފު ކުރިފަރާތް:
* ނަން: ފާޠިމަތު ނާދިރާ
އައިޑީ ކާޑު ނަންބަރ: A015700
*
ފޭދޫ / ގުލްބަކާގެ
ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް:
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އެޓަރނީ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑު ނަންބަރ:
ދާއިމީ އެޑްރެސް:
* މިހާރުގެ އެޑްރެސް:
• ރަޖިސްޓްރީކުރެވުނު ތާރީޚް: 25 ޖުމާދަލްއޫލާ 1428 * ނިމުނު ތާރީޚް: 14 ރަބީޢުލްއައްވަލް 1431
11 ޖޫން
28 ފެބްރުއަރީ 2010
2007
* ނިންމެވިކޯޓް: ސ. ފޭދޫކޯޓް
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2006/S4C/131
ޤަޟިއްޔާގެ ބާވަތް: ނަސަބު ޘާބިތުކުރުން.
ހުށަހެޅުނުތާރީޚް: 2006-09-07
ރީޚް: 2007-03-04
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2007/HC-A/113
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
C
ދަޢުވާގެ ޚުލާޞާ
މިއީ،
ސ. ފޭދޫ ކޯޓުގެ ނަންބަރު 2006/S4C/131 ގެ ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ
ގޮތާމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފްކޮށް ދެއްވުމަށް އެދި ފޭދޫ ގުލްބަކާގޭ ފާޠިމަތު
ނާދިރާ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
L.
ރެވުނު ނުކުތާތައް:
މިމައްސަލައާއި ގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި
ފޭދޫ ކޯޓުގެ ނަންބަރު 2006/SC/131 ގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓްގެ މައްޗަށާއި،
އެރިޕޯޓާ އެކުގައިވާ ބަޔާންތަކާއި، މައްސަލައާގުޅޭ ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު،
އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
222
ފޭދޫ
ކޯޓުގެ ނަންބަރު 31/2004 ކައިވެނީގެ ސެޓްފިކެޓަށް ބަލާއިރު،
ގުލްބަކާގޭ ފާޠިމަތު ނާދިރާއާއި، ފޭދޫ ނެސްޕްރޯވިލާ މުޙައްމަދު ހައިދަރާއި މިދެމީހުން ކައިވެނި
ކޮށްފައިވަނީ 16 ޝައްވާލް 1425/ 29 ނޮވެމްބަރ 2004 ގައިކަން އެނގެއެވެ.
(ށ) މިބުނެވުނު ތާރީޚްގައި ފާޠިމަތު ނާދިރާއާއި، މުޙައްމަދު ހައިދަރާއި ދެމީހުން ކައިވެނި
ކުރުމަށްފަހު، ފާޠިމަތު ނާދިރާ ޙުސައިން ޙަމްދު ވިހާފައިވަނީ 12 ރަބީޢުލްއާޚިރު 1426
20 މެއި 2005
ގައިކަން ޙުސައިން ޙަމްދުގެ އުފަންދުވަހުގެ ސެޓްފިކެޓުން އެނގެއެވެ.
2 20
(ނ) ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޑިސްޗާޖް ސަމަރީއަށް ބަލާއިރު، 2005/5/18 ދުވަހު
ފޭދޫ ގުލްބަކާގޭ ފާޠިމަތު ނާދިރާ އެހޮސްޕިޓަލުގައި އެޑްމިޓްކޮށް 2005/5/20 ދުވަހު އިމެންޖެންސީކޮށް
އޮޕަރޭޝަންކޮށްގެން އޭނާގެ ބަނޑުގައިވާ ދަރިފުޅު ނަގާފައިވާކަން އެނގެއެވެ.
(ރ) މިނިސްޓްރީ އޮފް ހެލްތުގެ ނަންބަރު 112745 ފޫޅުމާ ފޯމަށާއި، ހިތަދޫ ރީޖަނަލް
ހޮސްޕިޓަލްގެ ޑިސްޗާޖް ސަމަރީއަށް ބަލާއިރު، ފާތިމަތު ނާދިރާ 20 މެއި 2005 ދުވަހު ސ. ހިތަދޫ ރީޖަނަލް
ހޮސްޕިޓަލުގައި އޮޕްރޭޝަން ކޮށްގެން ނަގާފައިވާ ދަރިފުޅު ނެގިއިރު، އެދަރިފުޅު އޮތީ ދުވަސްފުރިފައިކަމާއި،
އަދި މިދަރިފުޅުގެ ބަރުދަނުގައި 3.5 ކިލޯ ހުރިކަމާއި، އަދި މިކުއްޖާވިހޭއިރު، ކުއްޖާއަށް 09
މަސްވެފައިވާކަމާއި، މިކަންކަން އެނގެން އޮންނަކަން ފާހަގަކުރެވެއެވެ.
09
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
3
2007/HC-A/113
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
(ބ) ފާޠިމަތު ނާދިރާއާއި މުޙައްމަދު ހައިދަރާއި ދެމީހުން ކައިވެނިކޮށްފައިވަނީ 16 ޝައްވާލް
1425 ގައިކަމަށްވާއިރު، 12 ރަބީޢުލްއާޚިރާ 1426 ދުވަހު، ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި
އިމަޖެންސީ ގޮތެއްގައި ފާޠިމަތު ނާދިރާ އޮޕަރޭޝަން ކޮށްގެން ނަގާފައިވާ ދަރިފުޅު ޙުސައިން ޙަމްދު
ނަގާފައިވަނީ މިދެމީހުން ކައިވެނިކުރިތާ ހިޖްރީގޮތުން 05 މަހާއި 26 ވަނަ ދުވަހުގައިކަން އެނގެން އޮތުމުން
މިމުއްދަތަކީ އިސްލާމީ ޝަރީޢަތުގައި ދަރިލެއްވުމުގެ އެންމެ ކުރުމުއްދަތު ކަމުގައިވާ ހިޖްރީގޮތުން 06 މަސް
ދުވަހަށްވުރެ 04 ދުވަސް ކުރުމުއްދަތެއްކަން އެނގެއެވެ.
ceco
މެދުه2 ދ ތ 2x
2
2
ފެޝަންކޮށްގެން
(ޅ) އިސްވެ މިބަޔާންކުރެވި ދިޔަ ކަންކަން ބަޔާންކުރެވިދިޔަ ގޮތުގެމަތިން ހުރުމާއެކު، ދިވެހި
ރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އިއްތިފާޤްވެވިފައިވަނީ ސ. ހިތަދޫ ރީޖަނަލް
ހޮސްޕިޓަލުން 12 ރަބީޢުލްއާޚިރު 1426/ 20 މެއި 2005 ދުވަހު ފާޠިމަތު ނާދިރާ އޮޕަރޭޝަ
ނަގާފައިވާ ޙުސައިން ޙަމްދުގެ ނަސަބު ޘާބިތުކުރެވެން ނެތްކަމަށް ކަނޑައަޅުއްވައި، މިޙުސައިން ޙަމްދަކީ
ޝަރުޢީ ބައްޕައެއް ނެތް ކުއްޖެއްކަމަށް ފޭދޫ ކޯޓުގެ ނަންބަރު 2006/S4C/131 ގެ ޤަޟިއްޔާގައި
ކުރައްވާފައިވާޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލަތަކާއި އެއްގޮތަށް ކުރައްވާފައިވާ ރަނގަޅު ޙުކުމެއްކަމަށާއި،
އެހެންކަމުން އެޤަޟިއްޔާގައި ކުރައްވާފައިވާ މިޙުކުމާބެހޭ ބަޔަށް ބަދަލެއް ގެނެވޭނެތަނެއް ނެތްކަމަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2007/HC-A/113
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
322c
ޙުކުމް:
އިސްވެދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތް
ކުރުމުން،
ގުލްބަކާގޭ ފާޠިމަތު ނާދިރާއާއި، ފޭދޫ ނެސްޕްރޯވިލާ މުޙައްމަދު ހައިދަރާއި ދެމީހުން 16 ޝައްވާލް
1425! 29 ނޮވެމްބަރ 2004 ގައި ކައިވެނި ކުރުމަށްފަހު ހިޖުރީ ސަނަތުން އެކައިވެންޏަށް 05 މަހާއި 26
ވަނަދުވަހަށްވީ ދުވަހު (12 ރަބީޢުލް އާޚިރު 1426
20 މެއި 2015 ދުވަހު) ހިތަދޫ ރީޖަނަލް
ހޮސްޕިޓަލުން ފާޠިމަތު ނާދިރާ އެމެޖެންސީކޮށް އޮޕަރޭޝަންކޮށްގެން ނަގާފައިވާ ޙުސައިން ޙަމްދުއަކީ، މުޙައްމަދު
ހައިދަރުގެ ކުއްޖެއްކަމަށް މިދެމީހުން ބުނިނަމަވެސް،
އިސްލާމީ ޝަރީޢަތުގައި ދަރިލެއްވުމުގެ އެންމެކުރު މުއްދަތަކީ ހިޖުރީ ސަނަތުން 06 މަސްދުވަހުގެ
މުއްދަތުކަމަށްވެފައި، ފާތިމަތު ނާދިރާގެ ބަނޑުން އެދަރިފުޅު 12 ރަބީޢުލްއާޚިރު 1426/ 20 މެއި 2005
ދުވަހު ނަގާފައިވަނީ އެމެޖެންސީ ޙާލަތުގައި އޮޕަރޭޝަން ކޮށްގެންކަން މިދެފަރާތުގެ ބަހުންނާއި،
ހިތަދޫ
ރީޖަނަލް ހޮސްޕިޓަލުގެ ޑިސްޗާރޖް ސަމަރާއިން އެނގެން އޮތްކަމުގައިވިޔަސް،
ބުނެވުނު ތާރީޚްގައި ފާޠިމަތު ނާދިރާ އޮޕަރޭޝަން ކޮށްގެން ފާތިމަތު ނާދިރާގެ ބަނޑުން ޙުސައިން
ޙަމްދު ނެގިއިރު، ފާތިމަތު ނާދިރާއާއި، މުޙައްމަދު ހައިދަރާއި މިދެމީހުންގެ ކައިވެންޏަށް ވެފައިވަނީ 05 މަހާއި
26 ދުވަސްކަމާއި، މިމުއްދަތަކީ އިސްލާމީ ޝަރީޢަތުގައި ދަރިވެއްވުމުގެ އެންމެކުރު މުއްދަތު ކަމުގައިވާ ހިޖްރީ
ސަނަތުން 06 މަސްދުވަހަށްވުރެ 04 ދުވަސް ކުރުމުއްދަތެއްކަމުގައި ވާތީއާއި، ބުނެވުނު ދުވަހު ޙުސައިން
ޙަމްދު ފާޠިމަތު ނާދިރާގެ ބަނޑުން ނެގިއިރު، އެދަރިފުޅަށް 09 މަސްފުރިފައިވާކަމާއި، އަދި އެދަރިފުޅުގެ
ބަރުދަނުގައި 3.5 ކިލޯ ހުރިކަމާއި، އަދި އެދަރިފުޅު ބުނެވުނު ދުވަހު އޮޕަރޭޝަން ކޮށްގެން ނެގިއިރު،
އެދަރިފުޅުގެ އޮތީ ދުވަސްފުރިފައިކަން ޙުސައިން ޙަމްދުގެ ފޫޅުމާ ފޯމުންނާއި، ހިތަދޫ ރީޖަނަލް
ހޮސްޕިޓަލުގެ ޑިސްޗާޖް ސަމަރީއަށް ބެލުމުން އެނގެން އޮންނާތީއާއި،
ތ37
އަދި މިމައްސަލައާއި ގުޅިގެން 16 ނޮވެމްބަރ 2006 ދުވަހު ސ. ފޭދޫ ކޯޓަށް ފާޠިމަތު ނާދިރާ
ދީފައިވާ ބަޔާނުގައި މިކުއްޖާ ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން އެމެޖެންސީ ސިޒޭރިއަން ހަދައިގެން
ނެގިއިރު، ބޮލުގެ އިސްތަށިވަނީ ފަޅާފައިކަމަށާއި، ޑޮކްޓަރ އެދަރިފުޅަކީ ދުވަސްފުރާ ވިހޭ ކުއްޖެއްކަމަށް
ބުނާނަމަ ފާޠިމަތު ނާދިރާ ބުނާނެ ވަކިއެއްޗެއް ނެތްކަމަށާއި، އަދި މިދަރިފުޅު ދުވަސްނުފުރާ ވިހާ ކުދިން
ލާކަހަލަ އެއްވެސް އެއްޗަކަށް ލާފައި ނުވާކަމަށް ފާޠިމަތު ނާދިރާ ބުނެފައިވުމުން، ފާޠިމަތު ނާދިރާގެ
މިވާހަކައަކީ ކުރިން އިޝާރާތް ކުރެވުނު ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ޑޮކްޓަރ ދޫކޮށްފައިވާ ޑިސްޗާޖް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
5
2007/HC-A/113
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ސަމަރީގައި ބުނެފައިވާ ވާހަކަތައް ރަނގަޅުކަމުގެ މައްޗަށް ސީދާ ފާޠިމަތު ނާދިރާގެ ބަހުންލިބޭ ހަރުދަނާ
ޤަރީނާތަކެއްކަމަށްވާތީ،
322c
ސ. ފޭދޫ ގުލްބަކާގޭ ފާޠިމަތު ނާދިރާ، ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން 20 މެއި 2005
ދުވަހު
އޮޕަރޭޝަން ކޮށްގެން ނަގާފައިވާ ޙުސައިން ޙަމްދުގެ
ނަސަބު ޘާބިތުކުރެވެން ނެތްކަމަށް
ކަނޑައަޅުއްވައި، މިޙުސައިން ޙަމްދަކީ ޝަރުޢީ ބައްޕައެއް ނެތް ކުއްޖެއްކަމަށް ސ. ފޭދޫ ކޯޓުގެ ނަންބަރު
2006/S4C/131 ގެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމާބެހޭބަޔަށް ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ
ބެލި ފަނޑިޔާރުންގެ އިއްތިފާޤީ ތާއީދުކޮށް، މިޤަޟިއްޔާ ނިންމީއެވެ.
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
/
އާދަމް މުޙައްމަދު ޢަބްގު
ޢަބްދު
،ފަނޑިޔާރު)
އަޙްމަދު ޝަރީފް ޢަލީ
(ފަނޑިޔާރު)
ޙަމީދު
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv