ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/231 ޤަޟިއްޔާގެ ޙުކުމް
1
2010/HC-A/231
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓް
ޤަޟިއްޔާ ނަންބަރ HC
-
A231/2010
• އިސްތިއުނާފު ކުރިފަރާތް:
* ނަން: އަޙުމަދު ޚަލީލު
އައިޑީ ކާޑު ނަންބަރ:A081077
* ދާއިމީ އެޑްރެސް: މ. ރަސްތީ
މިހާރުގެ އެޑްރެސް: މ. ރަސްތީ
• އިސްތިއުނާފު ރައްދުވި ފަރާތް
ނަން: އަލީ އަމްޖަދު
އައިޑީ ކާޑު ނަންބަރ: A042460
22 92
* ދާއިމީ އެޑްރެސް: 5. އީކްއޭޓަރ
މިހާރުގެ އެޑްރެސް: ވ. ރޯޝަނީއާގެ
• ރަޖިސްޓްރީކުރެވުނު ތާރީޚް: 27 ޛުލްޤައިދާ 1431
04 ނޮވެމްބަރ 2010
ނިމުނު ތާރީޚް: 21 ޛުލްޙިއްޖާ 1432
17 ނޮވެމްބަރ 2011
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/MC/1505
• ނިންމެވި ފަރާތް: މަދަނީކޯޓު ސިވިލްކޯޓު)
ބާވަތް: ފައިސާ ހޯދުމުގެ މައްސަލަ
ހުށަހެޅި ތާރީޚް: 07 ޖޫން 2010 * ނިމުނުތާރީޚް: 31 އޯގަސްޓް 2010
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސްގެ
އިސް ފަނޑިޔާރު އަޙުމަދު ޝަރީފު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް
އެރޭގެ އި
o
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާވެ، ދިވެހިރާއްޖެ، ޕޯން: 3325029 ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
fi ; »
20I0/HC-A/23]
ގޮސާއިން ނިލުނ ފޤީޤު ރިޕޯޓް
ދައުވާގެ ޚުލާޞާ:
މިއީ، މަދަނީކޯޓުގެ
ނަންބަރު: 2010/MC/1505 ޤަޟިއްޔާ އެކޯޓުން ނިންމާފައިވާ
ނިންމެވުމަކީ އިންސާފުވެރި ނިންމެވުމެއް ނޫންކަމަށްބުނެ އަޙްމަދު ޚަލީލު ވ.ހަސްތީ ގެފަރާތުން
މަށް ހުށަހެޅުމުން ބެލުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 231/HC
-
A/2010
ޤަޟިއްޔާއެވެ.
އަޙްމަދު ޚަލީލުގެ ފަރާތުން އިސްތިޢުނާފި ރައްދުވާ ފަރާތަކީ ގ.އީކްއޭޓާރ ޢަލީ އަމްޖަދުއެވެ.
434
333 މތ
-890445
• ފާހަގަކުރެވުނު ނުކުތާތައް:
1. މަދަނީކޯޓުގެ ނަންބަރު 2010/MC/1505 ޤަޟިއްޔާ އެކޯޓުން ބައްލަވައި ނިންމަވާފައިވާ
ނިންމެވުމަކީ އިންސާފުވެރި ނިންމުމެއްނޫންކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށްއެދި
ގ.އީކުއޭޓާރ ޢަލީ އަމްޖަދުގެ މައްޗަށް މ.ހަސްވީ އަޙްމަދު ޚަލީލުގެ ފަރާތުން ހުށަހަޅާފައިވެއެވެ.
2. މަދަނީކޯޓުގެ ނަންބަރު 2010/MC(15405 ޤަޟިއްޔާއަށް ބެލިއިރު އެޤަޟިއްޔާއަކީ
2008 ވަނަ އަހަރުގެ ޖުލައި މަހު، ގ.އީކްއޭޓާރ (ކ.ރޯޝަނީއާގެ 3 ވަނަ ފަންގިފިލާ) ޢަލީ އަމްޖަދު
(ދ.ރ.ކާޑު ނަންބަރު A060191) އާއި މ.ރަސްތީ (މއ.އެންދެރިއާގެ) އަޙްމަދު ޚަލީލު (ދ.ރ.ކާޑު
ނަންބަރު A081077) އާއި ދެމެދު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ކުއްޔަށް ދީފައިވާ
ގ.ޢީކްއެޓަރ، ދެފަރާތުގެ ދެމެދުގައިވުނު އެއްބަސްވުމެއްގައިވާ ފަދައިން ބާޠިލުކުރަން ބޭނުންވެގެން، 8
ޑިސެމްބަރ 2009 ދުވަހު 3 (ތިނެއް) މަސްދުވަހުގެ ނޯޓިސް ދިނުމަށްފަހު، ނޯޓިސްގެ މުއްދަތު
ހަމަވުމުން، ޢިމާރާތް ހުސްކޮށްދިނުމަށް އެދުމުން، އެއްބަސްވުމާއި އެއްގޮތަށް ފައިސާގެ މުޢާމަލާތްތައް
ނިންމައި، ތަން ހުސްކުރުމަށް އަޙްމަދު ޚަލީލުގެ ފަރާތުން އިންކާރު ކުރަމުންދާތީ، 8 މާރޗް 2010
ދުވަހުން ފެށިގެން އެއްބަސްވުން ބާޠިލްވެފައިވާކަމަށް ކަނޑައަޅައިދިނުމަށާއި، އެދުވަހުން ހިނގާފައިވާ
ކުލީގެ ގޮތުގައި މަހަކު -/7000 ރ. (ހަތްހާސް ރުފިޔާ) ނަގައިދިނުމަށާއި، އަޙްމަދު ޚަލީލަށް ޢަލީ
ދިވެހިރާއް
ގޭގެ ކު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
3
$ 3
e
2010/HC-A/231
ޤަޟިއްޔާ ނިނ ގނގ ރިޕޯޓް
މައްސަ
އަމްޖަދުގެ ފަރާތުން ކުއްޔަށްދީފައިވާ ގެ އިތުރު ފުރުޞަތަކާއި ނުލައި ވަގުތުން ހުސްކުރުމަށް
އަންގައިދިނުމަށާއި، އަދި އަޙްމަދު ޚަލީލުގެ ފަރާތުން ޢަލީ އަމްޖަދަށް ދޭންޖެހޭ ފައިސާގެ ޢަދަދު
ކަނޑައަޅައިދިނުމަށްއެދި، ޢަލީ އަމްޖަދުގެ ފަރާތުން އަޙްމަދު ޚަލީލުގެ މައްޗަށް ދައުވާކުރުމުން ބެލުނު
މިސަލައެއްކަމާއި އެމައްސަލައިގެ ޙުކުމްގައިވަނީ،
"ދެންފަހެ 2008 އަހަރުގެ ޖުލައި މަހު، ގ.އީކްއޭޓާރ (ކ.ރޯޝަނީގެ/3 ވަނަ ފަންގިފިލާ) ޢަލީ
އަމްޖަދު (ދ.ރ.ކާޑު ނަންބަރު A060191) އާއި މ.ހަސްތީ (މއ.އެންދެރިއާގެ) އަޙްމަދު ޚަލީލު
(ދ.ރ.ކާޑު A081077) އާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުއްޔަށްދީފައިވާ
ގ.އީކްއޭޓާރ، ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގައިވާ ފަދައިން ބާޠިލްކުރަން ބޭނުންވެގެން، 8
ޑިސެމްބަރ 2009 ދުވަހު 3 (ތިނެއް) މަސްދުވަހުގެ ނޯޓިސް ދިނުމަށްފަހު، ނޯޓިސްގެ މުއްދަތު
ހަމަވުމުން، ޢިމާރާތް ހުސްކޮށްދިނުމަށް އެދުމުން، އެއްބަސްވުމާއި އެއްގޮތަށް ފައިސާގެ މުޢާމަލާތްތައް
ނިންމައި، ތަން ހުސްކުރުމަށް އަޙްމަދު ޚަލީލުގެ ފަރާތުން އިންކާރުކުރަމުންދާތީ، 08 މާރޗް 2010
ދުވަހުން ފެށިގެން އެއްބަސްވުން ބާޠިލްކުރެވިފައިވާކަމަށް ކަނޑައަޅައިދިނުމަށާއި، އެދުވަހުން
ހިނގާފައިވާ ކުލީގެ ގޮތުގައި މަހަކު -/7000ރ. (ހަތްހާސް ރުފިޔާ) ނަގައިދިނުމަށާއި، އަޙްމަދު
ޚަލީލަށް ޢަލީ އަމްޖަދުގެ ފަރާތުން ކުއްޔަށްދީފައިވާ ގެ އިތުރު ފުރުޞަތަކާއި ނުލައި ވަގުތުން
ހުސްކުރުމަށް އަންގައިދިނުމަށްއެދި، އަދި އަޙްމަދު ޚަލީލުގެ ފަރާތުން ޢަލީ އަމްޖަދަށް ދޭންޖެހޭ ފައިސާގެ
ޢަދަދު ކަނޑައަޅައިދިނުން އެދި، ޢަލީ އަމްޖަދުގެ ފަރާތުން އަޙްމަދު ޚަލީލުގެ މައްޗަށް ކުޅު ދައުވާއަށް
ބަލައި ނަޒަރުކުރާއިރު،
އެއްބަސްވުމުގައި ސޮއިކުރި ވަގުތު އަޙްމަދު ޚަލީލުގެ ފަރާތުން ޢަލީ އަމްޖަދަށް -/
125,000ރ.
(އެއްލައްކަ ފަންސަވީސްހާސް ރުފިޔާ) ދީފައިވާކަމާއި، އެފައިސާއަކީ މަހު ކުލީގެ ތެރެއިން ކެނޑެމުންދާ
ފައިސާއެއްކަމުގައާއި، ކުއްޔަށް ހިފި މުއްދަތު ހަމަވުމުގެ ކުރިން ޢަލީ އަމްޖަދުގެ ފަރާތުން ކުއްޔަށް
ދޫކުރި ތަން ބޭނުންނަމަ، 3 (ތިނެއް) މަސްދުވަހުގެ ކުރިން އެކަން ލިޔުމަކުން އަންގައި، އެޑްވާންސްގެ
ގޮތުގައި ދެއްކި ފައިސާ އެކުގައި އަޙްމަދު ޚަލީލުއަށް ދިނުމަށް ގ.އީކްއޭޓަރ ޢަލީ އަމްޖަދުއާއި
884
+
1
9
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާވެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
z
4
2010/HC-A/231
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ޙަވާލުކުރާނެކަމުގައި ބުނެފައިވާނެ ކަމަށާއި، މިނޫންގޮތަކަށް ގ.އީކްއޭޓަރ ޢަލީ އަމްޖަދުއާއި
ޙަވާލުކުރުމަށް އަޙްމަދު ޚަލީލު އިންކާރުކުރާކަމުގައި އަޙްމަދު ޚަލީލުގެ ފަރާތުން ބަޔާންކޮށްފައިވާކަމާއި،
ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތް ޖުލައި 2008 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ޢަލީ
އަމްޖަދުގެ ފަރާތުން އަޙްމަދު ޚަލީލުއަށް 4 (ހަތަރެއް) އަހަރުގެ މުއްދަތަށް، މަހަކު -/
5000ރ.
(ފަސްހާސް ރުފިޔާ) ގެ ކުއްޔަކަށް ގ.އީކްއޭޓާރ ކުއްޔަށްދީފައިވާ ހިނދު، އަޙްމަދު ޚަލީލުގެ ފަރާތުން
ޢަލީ އަމްޖަދަށް ކުލީގެ ގޮތުގައި މިހާތަނަށް ދީފައިވަނީ -/
9500ރ. (ނުވަހާސް ފައްސަތޭކަ ރުފިޔާ)
ކަމުން، 8 ޑިސެމްބަރ 2009 ދުވަހު ޢަލީ އަމްޖަދުގެ ފަރާތުން އަޙްމަދު ޚަލީލުއަށް ފޮނުވާފައިވާ
ނޯޓިސްގެ މުއްދަތު ހަމަވި 8 މާރޗް 2010 ދުވަހު ކުލީގެ އެއްބަސްވުން ބާޠިލުވެފައިވާކަމުގައި
ކަނޑައަޅައި،
އަޙްމަދު ޚަލީލުގެ ފަރާތުން ގ.އީކްއޭޓަރ ގައި ބައިތިއްބާފައިވާ މީހުންނާއި، ބަހައްޓާފައިވާ
ތަކެތި 31 އޯގަސްޓް 2010 ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ނެރެ، އެތަން ޢަލީ
އަމްޖަދުއާއި ޙަވާލުކުރުމަށް އަޙްމަދު ޚަލީލަށް އަންގައި، އަޙްމަދު ޚަލީލުގެ ފަރާތުން ޢަލީ އަމްޖަދަށް
ދީފައިވާ އެޑްވާންސް ފައިސާގެ ތެރެއިން 31 އޯގަސްޓް 2010 ގެ ނިޔަލަށް ކުލީގެ ގޮތުގައި ނުކަނޑާ
އަލީ އަމްޖަދުގެ އަތުގައިވާ -/
14500ރ. (ސާދަހާސް ފަސްސަތޭކަ ރުފިޔާ) ގެ ތެރެއިން، އަޙްމަދު
ޚަލީލުގެ ފަރާތުން ގ.އީކްއޭޓަރ ގައި ބައިތިއްބާފައިވާ މީހުންނާއި، ބަހައްޓާފައިވާ ތަކެތި ގ.އީކްއޭޓަރ
އިން ނެރެ، އެތަން ޢަލީ އަމްޖަދުއާއި ޙަވާލުކުރުމުން، ކުލީގެ ގޮތުގައި އެއްވެސް ފައިސާއެއް
އުނިކުރަންޖެހޭނަމަ، އެފައިސާއެއް އުނިކުރުމަށްފަހު އެޑްވާންސް ފައިސާއިން ބާކީ އޮތް މިންވަރެއް،
ގ.އީކްއޭޓާރ އިން އަޙްމަދު ޚަލީލު ނުކުމެ، އެތަން ޢަލީ އަމްޖަދާއި ޙަވާލުކުރާ ދުވަހުން ފެށިގެން 07
(ހަތެއް) ދުވަހުގެ ތެރޭގައި އަޙްމަދު ޚަލީލުއާއި ޙަވާލުކުރުމަށް ޢަލީ އަމްޖަދުއަށް އަންގައި
ޙުކުމްކޮށްފީމެވެ." މިފަދައިންކަމާއި މިކަންކަން އެޤަޟިއްޔާގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު
އެނގެންއޮވެއެވެ.
ހައިކޯ
،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
09
5
(2
2010/HC-A/231
ގތުގެ ރިޕޯޓް
ޤަޟިއްޔާ ނިމުނު ގޮތު
3. އިސްވެ ބަޔާންކުރެވުނު ގޮތުގެމަތިން މަދަނީކޯޓުން ޙުކުމް ކުރެއްވުމުން އެޤަޟިއްޔާ
އިސްތިޢުނާފު ކުރުމަށް މ.ހަސްތީއަޙްމަދު ޚަލީލުގެ ފަރާތުން ހަ ނުކުތާއެއް ހުށަހަޅާ އެއާއި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
4.4 •
ފުރަތަމަ ނުކުތާއަކީ: ގ.އީކްއޭޓަރ ޢަލީ އަމްޖަދު، އަޙްމަދު ޚަލީލު އަށް ކުއްޔަށް ދީފައިވަނީ
ދެފަރާތް އެއްބަސްވެ ސޮއިކޮށްފައިވާ އެގްރިމެންޓެއްގެ ދަށުންކަމާއި، ކުއްޔަށްދިން މުއްދަތަކީ
04އަހަރުކަމާއި، 04އަހަރު ހަމަނުވަނީސް ތަން އަތުލާނަމަ އެޑްވާންސް ޕޭމަންޓެއްގެ ގޮތުގައި ދީފައިވާ
-/
125000ރ. (އެއްލައްކަ ފަންސަވީސްހާސް ރުފިޔާ) އެކުގައި ކުއްޔަށްހިފި ފަރާތަށް ގޭގެ
ވެރިފަރާތުން ދޭންޖެހޭނެކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާއިރު މިމާއްދާއަށް ރިޢާޔަތްނުކޮށް
ދިވެހިރާއްޖޭގެ ކޮންޓްރެކްޓާއިބެހޭ ޤާނޫނު ނަންބަރު 91/4 ޤާނޫނުގެ 20ވަނަ މާއްދާއާއި އަދި
ދެފަރާތުން ވެފައިވާ އެއްބަސްވުމާއި ޚިލާފަށް މައްސަލަ ނިންމަވާފައިވާކަމަށް ފާހަގަކުރެވޭކަން.
44
ދެވަނަ ނުކުތާއަކީ ދެފަރާތުގެ ދެމެދުގައިވެވޭ އީޖާރުގެ މިފަދަ އެއްބަސްވުންތަކާއި ނުވަތަ
ދެފަރާތުގެ މިފަދަ މުޢާހަދާތަކާއިބެހޭ މައްސަލަ ޝަރީޢަތުން ނިންމުމުގައި ރިޢާޔަތް ކުރައްވަންޖެހޭ ޢަދުލު
އިންސާފީ ހަމަތަކާއި އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން ލާޒިމުވާއިރު އެއާއި ޚިލާފަށް ނިންމެވުމަކީ
އިސްލާމީ ޝަރީޢަތާއި ޤާނޫނު ނަންބަރު 91/4 ޤާނޫނާއި އަދި ޤާނޫނު އަސާސީގެ 142ވަނަ މާއްދާއަށް
ފުށުއަރާ ގޮތަށް ކޮށްފައިވާ ޙުކުމެއްކަން ފާހަގަކުރެވޭކަން.
¢ ¢ ¢34
ތިންވަނަ ނުކުތާއަކީ ތަނުގެ ކުއްޔަކީ މަހަކަށް -/5000ރ. (ފަސްހާސް ރުފިޔާ) ކަމާއި،
އެއްބަސްވުމުގައި ސޮއިކުރާ ވަގުތު އެޑްވާންސް ޕޭމަންޓެއްގެ ގޮތުގައި -/
125000ރ. (އެއްލައްކަ
ފަންސަވީސްހާސް ރުފިޔާ) ދީފައިވަނީ މަހުކުލީގެ ތެރެއިން ކެޑެމުންދާގޮތަށް އެގްރިމެންޓްގައި
ބަޔާންކޮށްފައިވާއިރު ފާހަގަކުރެވޭ ނުކުތާތަކުގެ 09ވަނަ ނަންބަރުގައި އަޙްމަދު ޚަލީލުގެ ފަރާތުން
ޤަވާޢިދުން ކުލި ދައްކާފައިނުވާކަމަށް ޝަރީޢަތުން ފާހަގަކުރި ކުރުމަކީ ޙަޤީޤަތާއި ޚިލާފަށް މިމައްސަލަ
ޒީ)
ej
ދިވެހިރާއްޖޭގެ ހައިކޯޓް، ޢާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2010/HC-A/231
ޤާސަޔަ ނިމުނީ ގނގ ރިޕީޏ
އޮޅުވާލައި ޢަދުލުއިންސާފާއި ޚިލާފަށް އަދި ދެފަރާތުން ސޮއިކޮށްފައިވާ އެއްބަސްވުމާއި ޚިލާފަށް
ރިޢާޔަތްކޮށް ކުރައްވާފައިވާ ޙުކުމެއްކަމަށް ފާހަގަކުރެވޭކަން.
07 2
ހަތަރުވަނަ ނުކުތާއަކީ ތަންކުއްޔަށްހިފި މުއްދަތު ހަމަނުވަނީސް ތަން އަތުލާނަމަ އެޑްވާންސްގެ
ގޮތުގައި ދެއްކި -/
125000ރ. (އެއްލައްކަ ފަންސަވީސްހާސް ރުފިޔާ)، ކުއްޔަށް ހިފިފަރާތަށް
ގޭގެވެރިފަރާތުން ދެންޖެހޭނެކަމަށް ދެފަރާތުން އެއްބަސްވެފައިވާއިރު އެމުއްދަތު ހަމަ ނުވަނީސް ތަން
އަތުލައިފިނަމަ އެއީ ކުއްޔަށް ހިފިފަރާތަށް ލިބޭ ގެއްލުމެއްކަމެއްކަމުން މިފައިސާ އެކުގައި ދިނުމަށް
ދެފަރާތުން އެއްބަސްވީ މުއްދަތު ހަމަނުވަނީސް ތަން އަތުލާނަމަ އަތުލަންދެން ކުއްޔަށްހިފި ފަރާތުގައި
-/
125000ރ. (އެއްލައްކަ ފަންސަވީސްހާސް ރުފިޔާ) އެޑްވާންސްގެ ފައިސާގެ ގޮތުގައި ހުންނަހާ
ދުވަހަކު އެފައިސާގެ މަންފާ ކުއްޔަށް ދިންފަރާތަށް ލިބޭނެތީކަމާއި، ނަމަވެސް އެކަމަށް ޝަރީޢަތުން
ރިޢާޔަތް ނުކުރައްވައި ނިންމެވި ނިންމެވުމަކީ ޤާނޫނުއަސާސީގެ 20ވަނަ މާއްދާއާއި 142ވަނަ
މާއްދާއާއި ޚިލާފުވެ ޢަދުލުއިންސާފު ޤާއިމުނުވާ ނިންމެވުމެއްކަން.
ފަސްވަނަ ނުކުތާއަކީ އަޙްމަދު ޚަލީލުގެ ފަރާތުން ގ.އީކްއޭޓަރ ގައި ބައިތިއްބާފައި ތިބޭ
މީހުންނާއި ތަކެތި ގ.އީކްއޭޓަރ އިން ނެރެ އެތަން އަލީ އަމްޖަދު އާއި ޙަވާލުކުރުމަށް ކުލީގެ ގޮތުގައި
އެއްވެސް ފައިސާއެއް އުނިކުރަން ޖެހޭނަމަ އެފައިސާއިން އުނިކުރުމަށްފަހު އެޑްވާންސް ފައިސާ އިން
ބާކީއޮތް މިންވަރެއް އަޙްމަދު ޚަލީލު ނުކުމެ ތަން ޢަލީ އަމްޖަދާއި ޙަވާލުކުރާ ދުވަހުން ފެށިގެން 07
(ހަތެއް) ދުވަހުގެ ތެރޭގައި އަޙްމަދު ޚަލީލާއި ޙަވާލުކުރުމަށް ޢަލީ އަމުޖަދަށް އަންގައި ކުރައްވާފައިވާ
ޙުކުމަކީ ދައްކަންޖެހޭ ފައިސާއިން އަދި ކުރިން ކަނޑަންޖެހޭ ފައިސާގެ މިންވަރުކަން ކަނޑައެޅި
ބަޔާންވެ އެނގެން ނެތުމަކީ އުކުމުގެ ޞައްޙަކަން ގެއްލިފައިވާ އަދި މިޙުކުމަކީ ޢަދުލުއިންސާފުގެ
ހަމަހަމަކަމާއި ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ބުނާ ހަމަހަމަކަމުގެ ޙައްޤު އަޙުމަދު ޚަލީލު އަށް
ލިބިފައިނުވާކަން ފާހަގަކުރެވޭ ޙުކުމެއްކަން.
c · 2
ހައިކޯޓު
އި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316472
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
9
1
ه2 $
2010/HC-A/23]
ހަވަނަ ނުކުތާއަކީ
ތަން ކުއްޔަށް ދިން ތާރީޚުކަމުގައި ބެލެވޭ ތާރީޚަކީ ޖުލައި 2008
ކަމަށްވެފައި 08 ޑިސެމްބަރު 2009 ދުވަހު ކުއްޔަށްދިން ފަރާތުން ކުއްޔަށްހިފި ފަރާތަށް ފޮނުވި
ތިންމަސްދުވަހުގެ ނޯޓިސްއަށް މުއްދަތު ހަމަވާ ތާރީޚަކީ 08 މާރޗް 2010 ކަމަށްވުމުން ކުއްޔަށްދިން
04އަހަރު ދުވަހުގެ މުއްދަތު ހަމަނުވެ އެއްއަހަރާ އަށްމަސް އޮތުމާއެކު 20 މަސްދުވަސް ކުއްޔަށްހިފި
މުއްދަތުން ހަމަނުވެ އޮތުމަކީ ކުއްޔަށްހިފި ފަރާތަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއްކަމަށް ވާއިރު،
މިގެއްލުމުގެ ބަދަލަކީ އެޑްވާންސަން ދިން ފައިސާ އެކުގައި ކުއްޔަށްހިފި ފަރާތަށް ލިބުން ލާޒިމު
ފައިސާއެއްކަމުގައި ކުއްޔަށް ދިން ފަރާތުން އިޤްރާރުވާއިރު އެއްބަސްވުމުގައި އެނގެންއޮތް މިކަންކަމަށް
ޢަދުލު އިންސާފުވެރި ހަމަތަކުން ބެލިފައިނުވާކަން ފާހަގަކުރެވެއެވެ.
4. މަދަނީކޯޓުގެ ނަންބަރު: 2010/MC/1505 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށާއި
އިސްތިއުނާފު ކުރުމަށް އަޙްމަދު ޚަލީލު / މ.ހަސްތީ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި ޢަލީ އަމްޖަދު /
ގ.އީކްއޭޓަރ ފަރާތުން ދެއްކި ވާހަކައަށާއި މައްސަލައާއި ގުޅުންހުރި ލިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި
ޤާނޫނީ ނަޒަރުން ބަލާއިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައް
ފާހަގަކުރެވިފައިވެއެވެ.
ގ.އީކްއޭޓާރ ކުއްޔަށް ހިފުމުގެ އެއްބަސްވުމުގައި މ.ހަސްތީ އަޙްމަދު ޚަލީލު އާއި ޢަލީ
އަމްޖަދު ދެމެދު ވެވިފައިވާ އެއްބަސްވުމުގައި ކޮންމެ މަހަކު ކުލީގެ ގޮތުގައި -/5000ރ. (ފަސްހާސް
ރުފިޔާ) ދިނުމަށް ދެފަރާތުން އެއްބަސްވެފައިވާ ކަމާއި އެޑްވާންސް ޕޭމެންޓްގެ ގޮތުގައި ކުއްޔަށް ހިފި
ފަރާތުން ކަމަށްވާ މ.ހަސްތީ އަޙްމަދު ޚަލީލު -/
125,000ރ. (އެއްލައްކަ ފަންސަވީސްހާސް ރުފިޔާ)
ޢަލީ އަމްޖަދަށް ދީފައިވާކަމާއި،
ވެސް ފައިސާ
ކިޔަށް ދެވިފައިވާ ޢިމާރާތުގެ މަހު ކުލީގެ
ތެރެއިން ކެނޑެމުންދާނެކަން އެގްރިމެންޓްގައި ބަޔާންކޮށްފައިވާކަން.
(2) -/
125,000ރ. (އެއްލައްކަ ފަންސަވީސްހާސް ރުފިޔާ) އަކީ -/5000ރ. (ފަސްހާސް
ރުފިޔާ) ގެ މަގުން ބަލާއިރު 25 މަހުގެ ކުލިކަމާއި އެޑްވާންސް ޕޭމަންޓްއަކީ މަހު ކުލީގެ ތެރެއިން
ކެނޑެމުންދާނެ ޢަދަދެއްކަމަށް ދެފަރާތުން އެއްބަސްވެފައިވާއިރު، ކެނޑެމުންދާނެ ޢަދަދެއް ކަނޑައެޅިގެން
ޑ ތ
އެޑްވާން
ދިވެހި
ހައިކޯވާ
ރާއްޖޭގެ ހައިކޯޓް، އާބުދުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov
*
Iny
*
,
ގެ e9ޖެ"
2010/HC-A/22
تحریم
ގއގ ރިޕޯޓް
އަދި މި
ދެފަރާތުން އެއްބަސްވެފައި ނެތްކަމާއި، 18 މަސްދުވަހުގެ ތެރޭގައި ކުލީގެ ގޮތުގައި -/9500ރ.
(ނުވަހާސް ފައްސަތޭކަ ރުފިޔާ) އަޙްމަދު ޚަލީލުގެ ފަރާތުން ޢަލީ އަމްޖަދަށް ދީފައިވާކަން އެނގެން
އޮންނަކަމާއި، މިކަމަށް އަޙްމަދު ޚަލީލު އިންކާރުކޮށްފައިނުވާކަން އެނގެން އޮންނަކަން.
(3) ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމަކީ ކުރީގެ އެއްބަސްވުމަކަށްވެފައި
އެއްބަސްވުމުގައި ބައިވެރިވާ އެއްފަރާތަކީ ޢިމާރާތުން ފައިދާ ލިބިގަންނަ ފަރާތްކަމާ، އޭގެ މުޤާބިލުގައި
އަނެއް ފަރާތުން ކަނޑައެޅިފައިވާ ކުލި ދައްކަންޖެހޭކަމާއި، އަޙްމަދު ޚަލީލު އާއި ޢަލީ އަމްޖަދު އާއި
ދެމެދު ވެވިފައިވާ އެއްބަސްވުމުގެ 4 ވަނަ ނުކުތާގައި ވަނީ "މިގެ ކުއްޔަށް ހިފުމަށާއި ކުއްޔަށް ދިނުމަށް
ގޭގެ ވެރިފަރާތާއި އަދި ކުއްޔަށް ހިފާ ފަރާތުން އެއްބަސްވަނީ މަހަކު -(
5000ރ. (ފަސްހާސް ރުފިޔާ)
އަށެވެ. މިއެއްބަސްވުމުގައި ސޮއިކުރާ ވަގުތު އެޑްވާންސް ޕޭމަންޓެއްގެ ގޮތުން -/125,000ރ.
(އެއްލައްކަ ފަންސަވީސްހާސް ރުފިޔާ) ކުއްޔަށް ހިފާ ފަރާތުން ގޭގެ ވެރިފަރާތަށް ދޭންވާނެއެވެ.
-/
125,000ރ. (އެއްލައްކަ ފަންސަވީސްހާސް ރުފިޔާ) އަކީ ގޭގެ އަހުކުލީގެ ތެރެއިން ކެނޑެމުންދާނެ
އެއްޗެއްކަމުގައި"، މިހެންކަމުން ކޮންމެ މަހަކު ޢަލީ އަމްޖަދަށް އަޙްމަދު ޚަލީލުގެ ފަރާތުން ޢިމާރާތުގެ
ކުލީގެ ގޮތުގައި -/
5000ރ. (ފަސްހާސް ރުފިޔާ) ދޭންޖެހޭނެކަން ދެފަރާތުގެ މެދުގައި ވެވިފައިވާ
އެއްބަސްވުމުން ސާފުކޮށް އެނގެން އޮންނަކަން.
(4) ކުއްޔަށް
ފަރާތުން ޢިމާރާތުގެ ވެރިފަރާތަށް އެޑްވާންސްގެ ގޮތުގައި ދީފައިވާ
-/
125,000ރ. (އެއްލައްކަ ފަންސަވީސްހާސް ރުފިޔާ) އަކީ ކުލީގެ ގޮތުގައި ކެނޑެމުންދާނެ
ފައިސާއެއްކަން ސާފުކޮށް އެގްރިމެންޓުގައި ބަޔާންކޮށްފައިވާއިރު ކުއްޔަށް ހިފިފަރާތުން ޢިމާރާތް
ބޭނުންކޮށް އެބޭނުންކުރި މުއްދަތަށް ކުލި ނުދައްކާ އަދި އެޑްވާންސްގެ ފައިސާ އެކުގައި ލިބިގަތުމަށް
މުޠާލަބާ ކުރުމަކީ، ޙައްޤު ނޫން ގޮތެއްގައި މަންފާ ޙާޞިލް ކުރުމެއްކަމާއި، ޢިމާރާތުން މަންފާ
ޙާޞިލްކުރި ކުރުމުގެ ޤާބިލްގައި ކުދި ގޭގެ ވެރިފަރާތަށް ޙައްޤުވާނެކަމާއި އެއީ ކުއްޔަށް ހިފިފަރާތުގެ
މައްޗަށް އޮތް އިލްތިޒާމެއްކަމާއި، ޢިމާރާތް ބޭނުންކޮށް އޭގެ މަންފާ ޙާޞިލުކުރުމަށްފަހު ކުލި ނުދައްކާ
ދެވޭނެ ޙާލަތެއް ކުލީގެ މިއެއްބަސްވުމުގައި ނެތްކަމާއި، ކުރީގެ އެއްބަސްވުމަކީ ދެފަރާތުގެ އިލްތިޒާމްތައް
ހާފި
ޖެ هe
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
ވާލަ
*
ވެ
9
6
2010/HC-A/23
ނިނ ގނގ ފިޕިޓީ
ހިމެނޭ މުޤާބިލެއް ދޭންޖެހޭ ޢަޤްދެއްކުމަށްވުމުން، ކުލި ދެއްކުމަކާއިނުލައި ޢިމާރާތުން މަންފާ
ޙާޞިލުކުރުމުގެ ފުރުޞަތު ނެތްކަން އެނގެން އޮންނަކަން.
(5) އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ގޭގެ ވެރިފަރާތުން ބޭނުންވެގެން ތަން އަތުލާ
ޙާލަތުގައި އެޑްވާންސްގެ ގޮތުގައި ދެއްކި -/
125,000ރ. (އެއްލައްކަ ފަންސަވީސްހާސް ރުފިޔާ) ގޭގެ
ވެރިފަރާތުން ކުއްޔަށް ހިފިފަރާތަށް ދައްކަންޖެހޭނެކަމަށް އެއްބަސްވުމުގައި އޮތް އޮތުމަށް ބަލާއިރު މިއީ
ތަން ބޭނުންވެގެން
ނުންވެގެން މުއްދަތުގެ ކުރިން ގޭގެ ވެރިފަރާތުން ޢިމާރާތް ހޯދުމަށް އެދުނު ޙާލަތެއްކަމަށް
ނުބެލެވޭކަމާއި، މިއީ ކުއްޔަށް ހިފި ފަރާތުން އެގްރިމެންޓުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން ކުލި
ނުދައްކާ އެގްރިމެންޓުގެ މައިގަނޑު އަސާސްއާއި ޚިލާފުވުމުގެ ސަބަބުން އެގްރިމެންޓް ބާތިލްކުރެވި ތަން
އަތުލުމުގެ ޙާލަތެއްކަމާއި،
މި އެމާއްދާގައިވާ ގޮތުގެމަތިން ޢަމަލު ކުރުމުގެ ޙާލަތެއް ނޫންކަން ސާފުކޮށް
އެނގެން އޮންނަކަން.
(6) އެޑްވާންސްގެ -/
125,000ރ. (އެއްލައްކަ ފަންސަވީސްހާސް ރުފިޔާ) ގޭގެ ވެރިފަރާތުން
ކުއްޔަށް ހިފިފަރާތަށް އަނބުރާ ދައްކަން އެއްބަސްވުމުގައި ލިޔެފައިވާ މާއްދާ މާނަކުރަންޖެހޭނީ
ޢަދުލުވެރިކަމާއި އިންސާފުގެ ހަމަތަކުގެ މަތިންކަމާއި، ކުއްޔަށް ހިފިފަރާތުން ބަރާބަރަށް ކުލި ދައްކާ
އެގްރިމެންޓާއި އެއްގޮތަށް ޢަމަލުކުރަމުން ދަނިކޮށް ގޭގެވެރިފަރާތުން ކޮންމެވެސް ސަބަބަކާއި ހުރެ
ޢިމާރާތް ބޭނުންވެގެން 3 މަސްދުވަހުގެ ނޯޓިސްއެއް ދިނުމަށްފަހު ޢަމަލުކުރަން އޮތް ގޮތެއްކަމާއި
އެއްބަސްވުމުގައި އެޑްވާންސް ފައިސާ އަނބުރާ ދައްކަން މުތުލަޤް ގޮތެއްގައި ބުނާކަމަށް މާނަކޮށްފިނަމަ
އެއްބަސްވުމުގައި އެޑްވާންސްގެ ފައިސާއަކީ ކުލީގެ ތެރެއިން ކެނޑެމުންދާނެ ފައިސާއެއްކަމަށް އޮތް
މާއްދާއާއި ފުށުއަރާކަމާއި، ކުރީގެ މާއްދާގައި ބުނާ އެއްޗެއް ފަހުގެ މާއްދާގައި ބުނާ ޙާލަތު ތަފާތުވާކަމާއި
އެގްރިމެންޓުގެ ދެމާއްދާ އެކުގައި ތަންފީޛު ކުރުމުގެ ފުރުޞަތު ނޮއޮންނާނެކަމާއި، އެހެންކަމުން
އެގްރިމެންޓްގެ އެދެމާއްދާ މާނަކުރަންޖެހެނީ އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތިން އެގްރީމެންޓުގެ
މަޤްޞަދު ނުގެއްލޭގޮތަށް ދެފަރާތުގެ އިލްތިޒާމްތަކަށް ރިޢާޔަތް ކުރެވިގެންކަމަށް ބަލަންޖެހޭކަން.
(7) ކުލީ އެއްބަސްވުމުގެ ދަށުން އެއްބަސްވުމުގެ މާއްދާތައް ފުށުއެރި ކަމުގައިވިޔަސް ކުލީގެ
އެގްރިމެންޓެއްގެ އަސާސީ ސިފަ ގެއްލިގެން ދިއުމަށް ޤާނޫނީ ގޮތުން ފުރުޞަތު ނުދެވޭނެކަމާއި،
¢ ¢ ¢s
8
އޭte
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުދުޒު ހިނގުން، މާވެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
10
2010/HC-A/23]
3
ޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
އެއްބަސްވުމަކީ ޤާނޫނީ ގޮތުން އެއަށް ބާރު ލިބޭ އެއްޗަކަށްވުމަށްޓަކައި ޢިމާރާތުގެ މަންފާ
ޙާޞިލްކުރުމުގެ ފުރުޞަތު ދިނުމާއި، އޭގެ މުޤާބިލުގައި ކަނޑައެޅިފައިވާ ކުއްޔެއް ޢިމާރާތުގެ
ވެރިފަރާތަށް ލިބެންޖެހޭކަމަށްވުމުން، ޢިމާރާތުގެ މަންފާ އަޙްމަދު ޚަލީލުގެ ފަރާތުން ޙާޞިލު ކުރުމަށްފަހު
އޭގެ މުޤާބިލުގައި އެގްރިމެންޓުގައި ބަޔާންކޮށްފައިވާ މަހު ކުލި -/5000ރ. (ފަސްހާސް ރުފިޔާ)ގެ
ރޭޓުން އަޙްމަދު ޚަލީލު ޢިމާރާތް ބޭނުންކުރި މުއްދަތަށް ކުލި ދައްކަންޖެހޭނެކަމާއި، އެމުއްދަތަށް އަޙްމަދު
ޚަލީލު ކުލި ނުދައްކާ ހުރެ އެޑްވާންސްގެ ގޮތުގައި ދެއްކި -/
125,000ރ. (އެއްލައްކަ ފަންސަވީސްހާސް
ރުފިޔާ) އަނބުރާ ލިބިގަތުމަށް މުސާލަބާ ކުރުމުގެ ޙައްޤު އެއްބަސްވުމުގެ ދަށުން އަޙްމަދު ޚަލީލަށް
ލިބިގެންނުވާކަމަށާއި، މިޙާލަތުގައި އަޙްމަދު ޚަލީލު ބަހައްޓާފައިވާ އެޑްވާންސްގެ ފައިސާއިން ޢިމާރާތް
ބޭނުން ކޮށްފައިވާ މުއްދަތަށް ކުލީގެ ފައިސާ ކެނޑެން ޖެހޭނެކަމީ ކުލީގެ އެގްރިމެންޓުގެ ދަށުން ލާޒިމް
ކަމެއްކަމާއި، އިންސާފާއި ޢަދުލުގެ ހަމައިގެ މަތިން ދެފަރާތުގެ ޙައްޤު ލިބިދިނުމަކީ ކުލީގެ
އެގްރީމެންޓްގެ އަސާސީ އުޞޫލުކަމާއި، ޙައްޤުނޫން ގޮތަކަށް އެހެން މީހެއްގެ އެއްޗަކުން މަންފާ
ޙާޞިލްކުރުމުގެ ފުރުޞަތު
އިސްވެ ބަޔާން ކުރެވުނު ކަންތައްތައް މަތިން ހުރުމުން މަދަނީކޯޓުގެ ނަންބަރު
2010/MC/1505 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ
އަޙްމަދު ޚަލީލުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަކީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާއި އިންސާފުގެ
މިންގަނޑާއި އެއްގޮތަށް އަދި ކުލީގެ އެގްރިމެންޓްގެ އަސާސާއި އޭގެ މަޤްޞަދާއާއި އެއްގޮތަށް
ހުށަހަޅާފައިވާ ނުކުތާތަކެއްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ނުފެނުނު.
??ންޖހގ
ހ4 02
404
އޮވެގެން ނުވާނެކަމަށް
45 4
ޙުކުމް
ވީމާ މަދަނީކޯޓުން ނަންބަރު: 2010/MC/1505 ޤަޟިއްޔާ އެކޯޓުން ބަލައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށް ނޫންކަމަށް ބަލާނެ ތަނެއް އޮތްކަމަށް މި
މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ނުފެންނާތީ އެޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމަށް ތާއީދުކޮށްފީމެވެ.
4 22
ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: B316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv