ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/324 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/324
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޟިއްޔާ ނަންބަރ: 324/HC
-
A/2013
• އިސްތިއުނާފުކުރާ ފަރާތް:
0
* ނަން: އެޓަރނީ ޖެނެރަލްގެ އޮފީސް
0
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޢަބްދުﷲ ރަޝީދު ޙަސަން
* އައިޑީކާޑް ނަންބަރު: A001726
ދާއިމީ އެޑްރެސް: މަދްރަސާދޮށުގެ ސ.ފޭދޫ
މިހާރުގެ އެޑްރެސް: މަދްރަސާދޮށުގެ / ސ.ފޭދޫ
:
ރަޖިސްޓްރީކުރެވުނު ތާރީޚް:04 ޛުލްޙިއްޖާ 1434 * ނިމުނު ތާރީޚް: 12 ރަޖަބް 1435
09 އޮކްޓޯބަރ 2013
11 މެއި 2014
އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: 2012/Cv-C/2135
• ނިންމެވި ކޯޓް: ސިވިލްކޯޓް
• މައްސަލައިގެ ބާވަތް: ފައިސާހޯދުން
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު:ޢަލީ ސަމީރު، ފަނޑިޔާރު.ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު:ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/3 24
• ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/2135 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި އެޓަރނީ
ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
0 2
<< O
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ސ.ފޭދޫ މަދްރަސާދޮށުގެ ޢަބްދުﷲ ރަޝީދު
ޙަސަންއެވެ.
01- ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/2135 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ސ.ފޭދޫ މަދްރަސާދޮށުގެ (މ.ބޮއިލިންގ
ގެސްޓްހައުސް) ޢަބްދުﷲ ރަޝީދު ޙަސަން (ދ.ރ.ކާޑު ނަންބަރު A001726) 2011 ޖެނުއަރީ
މަހުން ފެށިގެން ޑިޕާރޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީގައި ޚާއްޞަ އެހީއަށް ބޭނުންވާ
މީހެއްގެ ގޮތުގައި ރަޖިސްޓްރީވެ، އެތާރީޚުން ފެށިގެން ސަރުކާރުންދޭ މާލީ ޢިނާޔަތުގެ ގޮތުގައި
މަހަކު -/2,000ރ. (ދެހާސް ރުފިޔާ) އާއި އެންސްޕާއިން ދެމުންއައި ބޭސްފަރުވާގެ ޚިދުމަތް
2012 ޖެނުއަރީ މަހުން ފެށިގެން ހުއްޓާލާފައިވާތީ، 2012 އޮކްޓޯބަރ މަހުގެ ނިޔަލަށް ނުލިބިވާ
މާލީ ޢިނާޔަތުގެ ފައިސާ ހޯދުމަށާއި، ކުރިއަށް އޮތް ތަނުގައި މިއެހީއާއި ބޭސްފަރުވާގެ ޚިދުމަތް
ލިބިދިނުމަށް އެދި ސ.ފޭދޫ! މަދްރަސާދޮށުގެ (މ.ބޮއިލިންގ ގެސްޓްހައުސް ޢަބްދުﷲ ރަޝީދު
ޙަސަން (ދ.ރ.ކާޑު ނަންބަރު A001726) ގެ ފަރާތުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން
އެޖެންސީ އަށް ރައްދުވާގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ދަޢުވާކޮށް ހުށަހެޅުމުން ބެލުނު
މައްސަލައެއްކަން އެނގޭކަމާއި،
ދިޗެހިރާއްޖޭގެ
ހައިކޯޓު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/3 24
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "ދެންފަހެ، އިސްވެ ފާހަގަކުރެވިފައިވާ
ކަންތައްތަކަށް ރިޢާޔަތްކޮށް 2011 ޖެނުއަރީ މަހުން ފެށިގެން ޑިޕާރޓްމަންޓް އޮފް ޖެންޑަރ އެންޑް
ފެމެލީގައި ޚާއްޞަ އެހީއަށް ބޭނުންވާ މީހެއްގެ ގޮތުގައި ޢަބްދުﷲ ރަޝީދު ޙަސަން ރަޖިސްޓްރީވެ،
އެތާރީޚުން ފެށިގެން ސަރުކާރުންދޭ މާލީ ޢިނާޔަތުގެ ގޮތުގައި މަހަކު -/2,000ރ. (ދެހާސް ރުފިޔާ)
އާއި އެންސްޕާއިން ދެމުންއައި ބޭސްފަރުވާގެ ޚިދުމަތް 2012 ޖެނުއަރީ މަހުން ފެށިގެން
ހުއްޓާލާފައިވާތީ، 2012 އޮކްޓޯބަރ މަހުގެ ނިޔަލަށް ނުލިބި މާލީ ޢިނާޔަތުގެ ފައިސާ ހޯދުމަށާއި،
ކުރިއަށް އޮތްތަނުގައި މިއެހީއާއި ބޭސްފަރުވާގެ ޚިދުމަތް ލިބިދިނުން އެދިގެން ނޭޝަނަލް ސޯޝަލް
ޕްރޮޓެކްޝަން އެޖެންސީ އަށް ރައްދުވާގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ސ.ފޭދޫ މަދްރަސާދޮށުގެ
(މ.ބޮއިލިންގ ގެސްޓްހައުސް) ޢަބްދުﷲ ރަޝީދު ޙަސަން (ދ.ރ.ކާޑު ނަންބަރު A001726)
ކުޅު މިދަޢުވާއަސް ޝަރީޢަތުގެ ހަމަތަކުގެ މަތިން ބެލިއިރު،
ނޮވެމްބަރ
029
oxo
ދަޢުވާކުރާ ފަރާތަށް 23
2010 ގައި އިންދިރާ ގާންދީ މެމޯރިއަލް
ހޮސްޕިޓަލުން ޑޮކްޓަރަކު ސޮއިކޮށްދީފައިވާ ލިޔުމެއްވާއިރު، މިލިޔުމުގައި ދަޢުވާކުރާ ފަރާތަކީ
މައިބަދައިގެ ޖެހިފައިވާ އަދި ގިނައިރު ކޮޅަށް ނުވަތަ އިށީނދެ އިނދެގެން މަސައްކަތް
ނުކުރެވޭނެ މީހެއްކަމަށާއި، ގުދުވުމާއި ބަރު އެއްޗެހި އުފުލުން ދަޢުވާކުރާ ފަރާތަށް
މަނާކުރެވިގެންވާކަމުގައި ބަޔާންކޮށްފައިވާއިރު، މިލިޔުމަކީ ދަޢުވާކުރާ ފަރާތަކީ ނުކުޅެދުންތެރިކަން
ހުންނަ މީހެއްކަމަށް ކަނޑައެޅުމުގައި ބުރަވި ލިޔުންކަން ދެފަރާތުގެ ބަހުން އެނގެން އޮތް ހިނދު
މިލިޔުމުގައިވާ ކަންކަން ހަމަ އެގޮތުގައި ބަޔާންކޮށް 11 ޖެނުއަރީ 2012 ގެ ތާރީޚްގައި އިންދިރާ
ގާންދީ މެމޯރިއަލް ހޮސްޕިޓަލުން ޑޮކްޓަރު ދީފައިވާ ލިޔުމެއްވާކަމާއި، ދަޢުވާކުރާ ފަރާތުން
ހުށަހަޅާފައިވާ މިދެލިޔުމުގައި އެއްކަންކަމެއް އެއްގޮތަށް ބަޔާންކޮށްފައިހުރުމުން، މިލިޔުމުގައިވާ
ކަންކަމުގެ ޞައްޙަކާމެދު ދައުލަތުގެ ފަރާތުން ސުވާލު އުފެއްދިއިރު، 23 ނޮވެމްބަރ 2010 ގެ
ފަހަށް 11 ޖެނުއަރީ 2012 ގައި ދަޢުވާކުރާ ފަރާތުގެ ޙާލަތާބެހޭގޮތުން ޑޮކްޓަރު ދީފައިވާ
ލިޔުމުގައިވާ ކަންކަން އެގޮތުގައި ދައުލަތުން ބަލައިނުގަނެ ދަޢުވާކުރާ ފަރާތަކީ ނުކުޅެދުންތެރިކުން
ހުންނަ މީހެއްކަމުގައި ބަލާފައި ނުވާހިނދު، ދައުލަތުގެ އެނިންމުން ބިނާކުރުމަށްޓަކައި ދަޢުވާކުރާ
x
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:1316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ކަ (4ޑްމޮކް2 ބ ގއ،
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/3 24
ފަރާތަށް ޑޮކްޓަރު ދީފައިވާ ލިޔުން ނަފީކުރުމަށް ދަޢުވާކުރާ ފަރާތުގެ ޞިއްޙީ ޙާލަތު ދެނެގަތުމަށް
އެއްވެސް ތަޙްލީލެއްކޮށްފައިވާކަން އެނގެން ނެތްއިރު، ދައުލަތުގެ ނިންމުން ބިނާކޮށްފައިވަނީ
ހަމައެކަނި ދަޢުވާލިބޭ ފަރާތުގެ ވެރިންނާއި މުވައްޒަފުންނަށް ފެނުނުކަމަށް ނުވަތަ އެނގޭކަމަށް ބުނާ
ބުނުމެއްގެ މައްޗަށްކަމަށްވާއިރު، ދަޢުވާކުރާ ފަރާތަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަމަށް
ކުރިންވެސް ބަލާފައިވަނީ ދަޢުވާކުރާ ފަރާތުގެ ޙާލަތާއިގުޅޭގޮތުން ޑޮކްޓަރު ދީފައިވާ ލިޔުމުގެ
މައްޗަށްކަމުގައިވެފައި، ދަޢުވާކުރާ ފަރާތުގެ ޙާލަތު ހުރީ ހަމަ އިހުހުރިގޮތަށްކަމަށް ބަޔާންކޮށް
ޑޮކްޓަރު ލިޔުމެއް ދީފައިވަނިކޮށް، އިތުރު ތަހްލީލެއްކުރުމެއްނެތި، ބުނާ ބުނުމެއްގެ މައްޗަށް ބިނާކޮށް
ދަޢުވާކުރާ ފަރާތަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ނޫންކަމަށް ދައުލަތުން ކަނޑައަޅާފައިވާ
ކަނޑައެޅުމަކީ ދަޢުވާކުރާ ފަރާތަށް ކަމާގުޅޭ ޞިއްޙީ ފަރުވާދޭ ޑޮކްޓަރު ދީފައިވާ ލިޔުމުގައި
ބަޔާންކޮށްފައިވާ ކަންކަން ނަފީކުރެވޭވަރުގެ ބުރަދަންހުރި ބުނުމެއްގެ މައްޗަށް ބިނާކޮށް ކަނޑައެޅި
OX
ދަޢުވާކުރާ ފަރާތުގެ ޞިއްޙީ ޙާލަތު ބަޔާންކޮށް ޑޮކްޓަރު ދީފައިވާ ލިޔުމުގެ މައްޗަށް
ބިނާކޮށް ދަޢުވާކުރާ ފަރާތަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ގޮތުގައި ކަނޑައެޅީ އެދަފްތަރުގައި
ހިމެނިގެން އެފަދަ މީހުންނަށް ދެވޭ އިނާޔަތް ދަޢުވާކުރާ ފަރާތަށްވެސް ލިބިދެވިފައިވާހިނދު،
އެނޫންގޮތަކަށް ޘާބިތުނުވާހާ ހިނދަކު ދަޢުވާކުރާ ފަރާތަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ
ގޮތުގައި ބަލަންޖެހޭކަމާއި އެފަދަ އެހެން ފަރާތްތަކަށް ލިބިދެވޭ ޢިނާޔަތް ދަޢުވާކުރާ ފަރާތަށްވެސް
ލިބެންޖެހޭކަމަށް ކަނޑައަޅައި،
ދަޢުވާކުރާ ފަރާތަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ގޮތުގައި ބެލުމަށާއި،
ކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ދަޢުވާކުރާ ފަރާތް ހިމެނުމަށާއި، އެފަދަ
ފަރާތްތަކަށް ސަރުކާރުންދޭ ޢިނާޔަތް ދަޢުވާކުރާ ފަރާތަށްވެސް ދިނުމަށާއި، 2012 ޖެނުއަރީ މަހުން
ފެށިގެން 2013 މެއި މަހުގެ ނިޔަލަށް ޢިނާޔަތުގެ ގޮތުގައި ދަޢުވާކުރާ ފަރާތަށް ލިބެންޖެހޭ
-/39,100ރ. (ތިރީސްނުވަހާސް އެއްސަތޭކަ ރުފިޔާ) ދަޢުވާކުރާ ފަރާތަށް ލިބިދިނުމުގެ ގޮތުން
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 316/71
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ވާ، ދިވެހި
2013/HC-A/3 24
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މިއަދު 2013 މެއި 14 ވަނަ ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް
ދައްކާ ޚަލާޞްކުރުމަށް ދިވެހި ދައުލަތަށް އަންގައި، ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
02- ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/2135 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި އެޓަރނީ
ޖެނެރަލްގެ އޮފީހުގެ ފަރާތުން 04 (ހަތަރެއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ، އިސްތިއުނާފު ރައްދުވާ ފަރާތަށް ނުކުޅެދޭ މީހުންނަށް ދޭ ޚާއްޞަ
ޢިނާޔަތް ދިނުން ހުއްޓާލާފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުން ކަނޑައެޅުމާއި،
ޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އެކުލަވާލުމާއި، ބެލެހެއްޓުމުގެ ޤަވާޢިދުގެ 5 ވަނަ
މާއްދާގެ (ހ) އާ ޙަވާލާދީ، އެ ޤަވާޢިދުގެ 8 ވަނަ މާއްދާގެ (ށ) އާއި އެއްގޮތްވާގޮތުގެ މަތިންކަމަށް
ދައުލަތުން ފާހަގަކޮށްފައި ވީނަމަވެސް ޙަވާލާދީފައިވާ ޤަވާޢިދަށް ރިޢާޔަތް ނުކުރައްވާ މައްސަލަ
ނިންމަވާފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާ.
4
3 ދ / 22
901024އ
70ހއެeމގ
(ށ) ދެވަނަ ނުކުތާއަކީ، އިސްތިއުނާފު ރައްދުވާ ފަރާތަށް، ނުކުޅެދުންތެރިކަން ހުންނަ
މީހުންނަށް ދެވޭ މާލީ ޢިނާޔަތް ދިނުމަށް ނިންމާފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު
ލަވާލުމާ ބެލެހެ ޤަވާއިދު ވުޖޫދަށް އައުމާއި ގުޅިގެން ވަގުތީ ގޮތުންކަމާއި، އެގޮތުން
ވަގުތީ ގޮތުން އެކުލަވާލެވުނު ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ޙާލަތު މުރާޖަޢާކޮށް،
ޤަވާޢިދުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ހިމެނޭ މީހުން އަލުން
އެކުލަވާލެވުނު ކަމަށް ދައުލަތުން ފާހަގަކޮށްފައިވާއިރު، އެނުކުތާއަށް ރިޢާޔަތް ކުރެއްވުމެއްނެތި، ވަގުތީ
ގޮތުން އެހީދިނުމަށް ނިންމާފައިވާ ލިޔުމެއްގެ މައްޗަށް ބިނާކޮށް، އެފަދަ ލިޔުމެއް މިހާރުވެސް އޮތްނަމަ
މާލީ އެހީ ދިނުން ކުރިއަށް ގެންދަންވާނެކަމަށް ނިންމަވާފައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް !331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/3 24
codec
(ށ) ތިންވަނަ ނުކުތާއަކީ، ދައުލަތުން ހުށަހެޅި ޖަވާބުގައި ދައުލަތުން ދައްކާފައިވާ ވާހަކަތަކާއި
ގުޅިގެން އެވާހަކަތައް ނަފީކުރުމުގެ ގޮތުން ދައްކާނެ ވާހަކައެއް ނެތްކަމަށް އިސްތިއުނާފު ރައްދުވާ
ފަރާތުން ސިވިލް ކޯޓުގައި ބަޔާންކޮށްފައިވާއިރު، ދައުލަތުގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން
ސިވިލް ކޯޓަށް ހުށަހެޅި ބޭސް ސިޓީތަކާ ގުޅިގެން އެ ލިޔުންތަކަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ
ދަފްތަރު އެކުލަވާލުމާއި، ބެލެހެއްޓުމުގެ ޤަވާއިދު ވުޖޫދަށް އައުމާއި ގުޅިގެން ޤަވާޢިދަށް ޢަމަލުކުރަން
ފެށުމަށްފަހު ވަގުތީގޮތުން ދަފްތަރު އެކުލަވާލުމުގައި އެ މައްޗަށް ބެލުނު ލިޔުމެއްކަމަށާއި، ނަމަވެސް
ވަގުތީ ދަފްތަރު އަލުން މުރާޖަޢާކުރިއިރު އެލިޔުމަކީ އެޤަވާޢިދުގެ 5 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކުރާ ފަދަ ލިޔުންތަކެއް ނޫންކަމަށާއި، އަދި އެލިޔުންތަކުގެ ޞައްޙަކަމާމެދު ދައުލަތުން ސުވާލު
އުފައްދާފައިވަނިކޮށް ދެ ބޭސް ސިޓީގައިވެސް އިސްތިއުނާފު ރައްދުވާ ފަރާތުގެ ޙާލަތު ހުރީ
އެފަރާތުގެ ޙާލަތު އެނޫންގޮތަކަށް ހުރިކަމަށް ސާބިތުކޮށްދިނުމަށް ދައުލަތުން އިތުރު
ތަޙްލީލްތަކެއް ކޮށްފައިނުވާކަމަށް ބަޔާން:
އަށް ބަޔާންކޮށް މައްސަލަ ނިންމަވާފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުގެ
މިހާރުގެ ޙާލަތަށާއި، އަދި އެފަރާތަށް އެހީތެރިކަން ދީފައިވާ ގޮތަށް ރިޢާޔަތްކުރެއްވުމެއް
ނެތިކަމަށް ބުނެ
ހުށަހެޅި ނުކުތާ.
8 * ދ ތ ހ2
އެއްގޮތަށް ކަމަ
6 3 22 ·
ދެން
(ނ) ހަތަރުވަނަ ނުކުތާއަކީ، މައްސަލަ ރައްދުވާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގައި
އެދިފައިވަނީ 2012 ޖެނުއަރީ އިން ފެށިގެން 2012 އޮކްޓޯބަރގެ ނިޔަލަށް އެފަރާތަށް ލިބެންޖެހޭކަމަށް
ޤަބޫލުކުރާ -/
23,000ރ. (ތޭވީސްހާސް ރުފިޔާ) ހޯދުމަށްކަމަށް ވާއިރު
ޙުކުމްކުރައްވާފައިވަނީ މައްސަލަ ނިމުނު ދުވަހާ ހަމައަށް އެފަރާތަށް ލިބެންޖެހޭ ފައިސާގެ ގޮތުގައި
-/
39,100ރ. (ތިރީސް ނުވަހާސް އެއްސަތޭކަ) ރުފިޔާ ނަގައިދިނުމަށްކަމަށްވުމު އިސްތިއުނާފު
ރައްދުވާ ފަރާތުން ނޭދޭކަމަކަށް ފަރުވާ ލިބިފައިވުމާއި، ނުކުޅެދޭ މީހުންގެ ދަފްތަރުގައި ހިމެނޭ
މީހުންނަށް މާލީ އެހީތެރިކަން ދިނުމަށް ޤާނޫނު ނަންބަރު 8/2010 (ނުކުޅެދުންތެރިކަން ހުންނަ
މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ 26 ވަނަ
މާއްދާގައި ކަނޑައަޅާފައިވާ
ފައިސާގެ
ޢަދަދަށްވުރެ އިތުރަށް ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަށް ދިނުމަށް
ކަނޑައަޅުއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
2135/Cv-C/2012
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނ.ގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 316471*
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ވެ
ދިވެހިރާއްޖެ
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/3 24
03- މިމައްސަލައާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/2135
ޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން
އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް
ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
49
(ހ) ފުރަތަމަކަމަކީ، ސ.ފޭދޫ މަދްރަސާދޮށުގެ ޢަބްދުﷲ ރަޝީދު ޙަސަން އަކީ، 2011
ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީގައި ޚާއްސަ އެހީއަށް
ބޭނުންވާ މީހެއްގެ ގޮތުގައި ރަޖިސްޓްރީވެ، އެތާރީޚުން ފެށިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް
ލިބެމުންދާ މާލީ ޢިނާޔަތްތައް ލިބެމުން ދިޔަ ފަރާތެއްކަން މިމައްސަލައާއި އެކު
ހުށަހެޅުނު
ލިޔެކިޔުންތަކުންނާއި ދެފަރާތުންމެ ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނައިރު، ޢަބްދުﷲ ރަޝީދު
ޙަސަންގެ ފަރާތުން ނޭޝަނަލް ޕްރޮޓެކްޝަން އެޖެންސީގެ މައްޗަށް ރައްދުވާގޮތަށް ސިވިލްކޯޓުގައި
ދަޢުވާ އުފުލާފައިވަނީ، ޢަބްދުﷲ ރަޝީދު ޙަސަން 2011 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން
ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީގެ ޚާއްސަ އެހީއަށް ބޭނުންވާ މީހެއްގެ ގޮތުގައި
ރަޖިސްޓްރީވެ، އެތާރީޚުން ފެށިގެން ސަރުކާރުންދެމުން ދިޔަ މާލީ ޢިނާޔަތްތަކާއި އެން ސްޕާއިން ދެމުން
އައި ބޭސްފަރުވާގެ ޚިދުމަތް ލިބެމުން ދަނިކޮށް، 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުންފެށިގެން
މިއިނާޔަތްތައް ހުއްޓާލާފައިވާތީ، 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުންފެށިގެން އެއަހަރުގެ އޮކްޓޯބަރ
މަހުގެ ނިޔަލަށް ޢަބްދުﷲ ރަޝީދު ޙަސަން އަށް ޢިނާޔަތުގެ ގޮތުގައި ލިބެންޖެހި ނުލިބިވާ ކަމަށްބުނާ
-/23,000 ރ. (ތޭވީސްހާސް ރުފިޔާ) ހޯދުމަށާއި، ކުރިއަށް އޮތް ތަނުގައި މިއެހީއާއި ބޭސްފަރުވާގެ
ޚިދުމަތް ލިބިގަތުމަށް އެދި އެކަމުގެ މައްޗަށްކަން އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
8
2013/HC-A/3 24
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
(ނ) ދެވަނަކަމަކީ، ޢަބްދުﷲ ރަޝީދު ޙަސަނަކީ މައިބަދައިގެ ބައްޔެއް ޖެހިފައިވާ އަދި
ގިނައިރު ކޮޅަށް ނުވަތަ އިށީންދެ އިނދެގެން މަސައްކަތް ނުކުރެވޭނެ މީހެއްކަމަށާއި ގުދުވުމާއި ބަރު
އެއްޗެހި އުފުލުން މަނާކުރެވިފައިވާ މީހެއްކަމަށް 23 ނޮވެމްބަރ 2010 މިތާރީޚުގައި އިންދިރާ ގާންދީ
މެމޯރިއަލް ހޮސްޕިޓަލުން ޑޮކްޓަރަކު ސޮއިކޮށް ލިޔުމެއް ދީފައިވާ މީހެއްކަން މިމައްސަލައާއި އެކު
ހުށަހެޅުނު ލިޔެކިޔުންތަކުން އެނގޭއިރު އަދި 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ކުރިން ޢަބްދު
ރަޝީދު ޙަސަނަކީ ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީގެ ޚާއްސަ އެހީއަށް ބޭނުންވާ މީހެއްގެ
ގޮތުގައި ރަޖިސްޓްރީވެ، އެތާރީޚުން ފެށިގެން ސަރުކާރުން ދެމުން ގެންދިޔަ ޢިނާޔަތްތައް
ލިބެމުންގޮސްފައިވަނީ އިޝާރާތްކުރެވުނު އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ލިޔުމުގެ މައްޗަށް
ބުރަވެކަން މިމައްސަލައިގައި ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނައިރު،
ޢަބްދުﷲ ރަޝީދު ޙަސަނަކީ ނުކުޅެދުންތެރިކަން ހުރި މީހެއް ނޫންކަމުގައި ބަލައި ނުކުޅެދުންތެރިކަން
ހުންނަ މީހުންގެ ދަފްތަރު ޢަބްދުﷲ ރަޝީދު ޙަސަން އުނިކޮށް، އޭނާއަށް ދެމުންގެންދިޔަ ޢިނާޔަތްތައް
ހުއްޓާލެވިފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްކަން ސާބިތުކުރުމަށް ޢަބްދުﷲ ރަޝީދު ޙަސަންގެ
ފަރާތުން ފަހުން ހުށަހެޅި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ލިޔުމަށާއި، ޢަބްދު ﷲ ރަޝީދު
ޙަސަންގެ އޭރުގެ ސިއްޙީ ޙާލަތަށް ރިޢާޔަތްކޮށް އެފަރާތަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ
ދަފްތަރުގައި ބަހައްޓަންޖެހޭ ފަރާތެއް ނޫންކަމަށް ދައުލަތަށް ސާބިތުވެފައިވާތީ، ނުކުޅެދުންތެރިކަން
ހުންނަ މީހުން ކަނޑައެޅުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އެކުލަވާލުމާއި
ބެލެހެއްޓުމުގެ ޤަވާޢިދުގެ 8 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަމަށް މިދަޢުވާގެ ޖަވާބުގައި ދައުލަތުގެ
ފަރާތުން ބުނާކަން އެނގެން އޮންނަ
ންނަކަމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
"ކަން
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/3 24
OXO
(ނ) ތިންވަނަކަމަކީ، ޤާނޫނު ނަންބަރު 8/2010 (ނުކުޅެދުންތެރިކަންހުންނަ މީހުންގެ
ޙައްޤުތައް ރައްކާތެރިކުރުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ ) 14 ވަނަ މާއްދާގެ (ނ)
އާއި، 33 ވަނަ މާއްދާއިން ބާރުލިބިގެން މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީން ޢަމަލުކުރަމުން
އަންނަ، ނުކުޅެދުންތެރިކަން ހުންނަ މީހުން ކަނޑައެޅުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ
ދަފްތަރު އެކުލަވާލުމާއި ބެލެހެއްޓުމުގެ ޤަވާއިދަށް ބަލާއިރު، އެޤަވާޢިދުގެ 4 ވަނަ މާއްދާގައި އެހެން
ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ ނުކުޅެދުންތެރިކަން ހުންނަ މީހުންކަމުގައި ބަލާނެ ޙާލަތްތަކުގެ ތެރޭގައި
ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުން ހިމެނިގެންވާކަން އެނގޭކަމާއި އަދި އެޤަވާޢިދުގެ 5 ވަނަ
މާއްދާގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ހިމެނުމަށް ހުށަހަޅަންޖެހޭ މަޢުލޫމާތުތަކުގެ
ތެރޭގައި ނުކުޅެދުންތެރިކަމެއް ހުރިކަމަށް މެޑިކަލް ޑޮކްޓަރަކު ދީފައިވާ ސައްޙަ ލިޔުމަކާއި،
ނުކުޅެދުންތެރިކަން ހުރިކަމަށް ސަރުކާރު ނުވަތަ ސަރުކާރު ޙިއްސާވާ ސިއްޙީ ޚިދުމަތްދޭ ތަނަކުން
ދީފައިވާ ސައްޙަ ލިޔުން ހިމެނިގެންވާކަން އެނގޭއިރު، އެޤަވާޢިދުގެ 8 ވަނަ މާއްދާގައި
ނުކުޅެދުންތެރިކަން ހުންނަ މީހަކު ދަފްތަރުން އުނިކުރެވޭނެ ގޮތް ބަޔާންކޮށްފައިވާކަމާއި، މިގޮތުން
މިމާއްދާގެ (ށ) ގައި ދަފްތަރުގައި ހިމެނުމަށް ހުށަހަޅާފައިވާ ލިޔުންތަކަކީ، ސައްޙަ ލިޔުންތަކެއް
މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގެ ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ
ޕްރޮޓެކްޝަނަށް ސާބިތުވުމަކީ ނުކުޅެދުންތެރިކަމެއްގެ ހުރިކަމަށް ބުނެ ދަފްތަރުގައި ރަޖިސްޓްރީ
ކުރެވިފައިވާ މީހަކު ދަފްތަރުން އުނިކުރެވިދާނެ ސަބަބެއްކަމުގައި ބަޔާންކޮށްފައިވާކަން އެނގޭކަމެވެ.
oxc
oxa
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10
2013/HC-A/3 24
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އެކުލަވާލި9އ
OC
ooc
(ށ) ހަތަރުވަނަކަމަކީ، މިމައްސަލައިގައި ދައުލަތުގެ ފަރާތުން ޙަވާލާދީފައިވާ،
ނުކުޅެދުންތެރިކަން ހުންނަ މީހުން ކަނޑައެޅުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު
ބެލެހެއްޓުމުގެ ޤަވާޢިދުގެ 8 ވަނަ މާއްދާގެ (ނ) އަށް ބެލުމުން ނުކުޅެދުންތެރިކަން
ހުންނަ މީހުންގެ ދަފްތަރުގައި ހިމެނުމަށް ހުށަހަޅާފައިވާ ލިޔުންތަކަކީ، ސައްޙަ ލިޔުންތަކެއް ނޫންކަމަށް
މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގެ ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްޝަނަށް
ސާބިތުވުމަކީ ނުކުޅެދުންތެރިކަމެއް ހުރެގެން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި
ރަޖިސްޓްރީ ކުރެވިފައިވާ މީހަކު ދަފްތަރުން އުނިކުރެވިދާނެ ސަބަބެއްކަމުގައި ބަޔާންވެގެން ވީ ނަމަވެސް
ނުކުޅެދުންތެރިކަން ހުރި ކަމަށް ދަފްތަރު ކުރެވިފައިވާ މީހަކު އެދަފްތަރު އުނިކުރެވެން ވާނީ އެކަން
އެކަށީގެންވާ ގޮތެއްގެ މަތިން ބެލުމަށްފަހު ކަމާބެހޭ ރަސްމީ އިދާރާތަކުގެ ބަހެއް ނުވަތަ ފަންނީ
ފަރާތެއްގެ ލަފަޔެއް ހޯދުމަށްފަހުގައި ކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭކަމާއި، އަދި އެކަން
ސާބިތުކޮށްދިނުމުގެ ބުރަ އުފުލަން ޖެހޭނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތަކުން ނޫންކަމާއި އެކަން
ސާބިތުކުރުމުގެ ބުރަ އުފުލަން ޖެހޭނީ ކަމާއިބެހޭ މުއައްސަސާއަކުން އެކަމާއި ގުޅޭ ގޮތުން އެކަށީގެންވާ
ހެކި ޤަރީނާ ހޯދުމަށްފަހުގައި ކަމާއި އަދި އެއީ ހަރުދަނާހެކިތަކާއި ޤަރީނާތަކެއް ނެތި މިނިސްޓްރީ އޮފް
ހެލްތް އެންޑް ފެމިލީގެ ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްޝަނަށް ފެންނަ ފެނުމެއްގެ
މައްޗަށް އެކަނި ނިންމިގެންވާނެ ނިންމުމެއް ކަމުގައި ޤަބޫލު ނުކުރެވޭކަމާއި،
މިމައްސަލަ އާއި ގުޅިގެން ދެފަރާތުން ދެއްކި ވާހަކަތަކުންނާއި ހުށަހެޅުނު ލިޔުންތަކުން
އެނގޭގޮތުން، 23 ނޮވެމްބަރ 2010 މިތާރީޚުގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން
ޑޮކްޓަރަކު ސޮއިކޮށް ދީފައިވާ ލިޔުމެއްގެ މައްޗަށް ބިނާކޮށް ޢަބްދުﷲ ރަޝީދު ޙަސަން އަކީ
ކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރަން ޖެހޭ ފަރާތެއްކަން ނިންމުމަށްފަހު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11
2013/HC-A/3 24
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އަދި އެދަފްތަރު ގައި ޢަބްދުﷲ ރަޝީދު ޙަސަން ރަޖިސްޓްރީ ނުކުޅެދުންތެ
ފެތެރިކަން ހުންނަ މީހުންނަށް
ލިބިދެމުން ދިޔަ ޚާއްސަ ޢިނާޔަތްތައް ޢަބްދުﷲ ރަޝީދު ޙަސަން އަށް ލިބިދެމުން ދަނިކޮށް
އެދަފްތަރުން ޢަބްދުﷲ ރަޝީދު ޙަސަން އުނިކުރެވިފައިވަނީ ޢަބްދުﷲ ރަޝީދު ޙަސަންގެ ފަރާތުން
ހުށަހެޅި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ 11 ޖެނުއަރީ 2011 ގެ ތާރީޚު ޖަހާފައިވާ ލިޔުމުގެ
ސައްޙަކަމާއި މެދު ސުވާލުއުފައްދާ އެސަބަބުގެ މައްޗަށާއި ޢަބްދުﷲ ރަޝީދު ޙަސަންގެ ޙާލަތުގެ
މައްޗަށް ރިޢާޔަތްކުރުމަށް ފަހުގައިކަމަށް މިމައްސަލައިގައި ޖަވާބުދާރީ ވަމުން ދައުލަތުގެ ފަރާތުން
ދައްކާފައިވާ ވާހަކަތަކުން އެނގެން އޮތްއިރު، ސިވިލްކޯޓުން މިމައްސަލަ ނިންމެވުމުގައި
ފާހަގަކުރައްވާފައިވާ ފަދައިން 11 ޖެނުއަރީ 2011 ގެ ތާރީޚު ޖަހާފައިވާ އިންދާރީ ގާންދީ މެމޯރިއަލް
ހޮސްޕިޓަލުން ޑޮކްޓަރަކު ސޮއިކޮށް ދީފައިވާ ލިޔުމާއި، އޭގެ ކުރިން ޢަބްދުﷲ ރަޝީދު ޙަސަންގެ
ފަރާތުން ހުށަހެޅި 23 ނޮވެމްބަރ 2010 މިތާރީޚުގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން
ޑޮކްޓަރަކު ސޮއިކޮށް ދީފައިވާ ލިޔުމުގައިވެސް ވަނީ އެއްކަންތައްތަކެއް ކަމަށްވާއިރު، 23 ނޮވެމްބަރ
2010 ގެ ލިޔުން ދައުލަތުގެ ފަރާތުން ބަލައިގަނެ އޭގެ ފަހަށް ޢަބްދުﷲ ރަޝީދު ޙަސަންގެ ޙާލަތާބެހޭ
ގޮތުން 11 ޖެނުއަރީ 2011 ގެ ތާރީޚު ޖަހާފައިވާ އިންދާރީ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ
ޑޮކްޓަރަކު ދީފައިވާ ލިޔުމުގައިވާ ކަންކަން ދައުލަތުގެ ފަރާތުން ބަލައި ނުގަތުމަށް ނިންމުމުގެ ކުރިން
އެލިޔުމުގެ ސައްޙަކަމާއި މެދު ކަމާބެހޭ އެއްވެސް މުއައްސަސާއެއް މެދުވެރިކޮށް އެކަން އިތުރަށް
ޔަޤީންކުރުމުގެ ގޮތުން ހޯދައި ބެލިކަން އެނގެން ނެތްކަމާއި އަދި އެލިޔުމުގެ ސައްޙަ ކަމާއި މެދު
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުން ބުނާ ބުނުމެއްވެސް ހޯދާފައިވާކަން އެނގެންނެތްއިރު،
ޢަބްދުﷲ ރަޝީދު ޙަސަން އަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުން އުނިކުރަންޖެހޭ
ފަރާތެއްކަން ކަނޑައެޅުމުގެ ކުރިން ޢަބްދުﷲ ރަޝީދު ޙަސަންގެ ޙާލަތު އިތުރަށް ދެނެގަތުމަށްޓަކައި
ދިވެހިރާއްޖޭގެ
އައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
*
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/3 24
ފަންނީ ފަރާތެއް މެދުވެރިގެން އިތުރު އެއްވެސް ތަޙްލީލެއްވެސް ކޮށްފައިވާކަން އެނގެން ނެތްކަމާއި
މިމައްސަލައާއި ގުޅިގެން ދައުލަތުގެ ފަރާތުން ސިވިލްކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބެލުމުން،
ޢަބްދުﷲ ރަޝީދު ޙަސަން އަކީ ނުކުޅެދުންތެރިކަން ހުރި މީހެއްނޫންކަމަށް ކަނޑައަޅައި
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުން އޭނާ އުނިކުރުމަށް ނިންމާފައިވާ މިނިންމުން
ނާކޮށްފައިވަނީ މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގެ ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ
ޕްރޮޓެކްޝަނަށް ފެނުނު ފެނުމެއްގެ މައްޗަށް އެކަނި ބިނާކޮށްގެންކަން އެނގެން އޮތުމުން އެމިންވަރަކީ
ޢަބްދުﷲ ރަޝީދު ޙަސަން ހުށަހަޅާފައިވާ ލިޔުންތަކަކީ ސައްޙަ ނޫން ލިޔުންތަކެއްކަން އަދި ޢަބްދު
ރަޝީދު ޙަސަން އަކީ އެވަގުތަށް ނުކުޅެދުންތެރިކަން ހުރި މީހެއް ނޫންކަމަށް ކަނޑައެޅުމަށް ފުދޭ ފަދަ
ހަރުދަނާކަމެއް ހުރި ސަބަބެއްކަމުގައި ޤަބޫލުނުކުރެވޭކަމެވެ.
(ބ) ފަސްވަނަކަމަކީ، ޤާނޫނު ނަންބަރު 8/2010 ( ނުކުޅެދުންތެރިކަން ހުންނަ މީހުންގެ
ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރު ކޮށްދިނުމުގެ ޤާނޫނު) ގެ 26 ވަނަ މާއްދާގެ
(ހ) އަށް ބެލުމުން، އެމާއްދާގައި ބަޔާންކޮށްފައިވަނީ، އެޤާނޫނުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ
މީހުން ކަނޑައަޅައި، އެމީހުންގެ ދަފްތަރު ބަލަން ފެށުމާއެކު، އެ ދަފްތަރުގައި ހިމެނޭ ކޮންމެ
މީހަކަށްވެސް އެމީހަކު އެދަފްތަރުން އުނިކުރާ ދުވަހާއި ހަމައަށް މީލާދީ ގޮތުން ކޮންމެ މަހަކު މަދުވެގެން
(ދެހާސްރުފިޔާ)ގެ މާލީ ޢިނާޔަތެއް ސަރުކާރުން ދޭންވާނެ ކަމަށް ކަމުގައިވީއިރު،
މިމައްސަލަ ސިވިލްކޯޓުން ނިންމެވުމުގައި ޢަބްދުﷲ ރަޝީދު ޙަސަން އަށް ދައުލަތުގެ ފަރާތުން
ދައްކަންޖެހޭކަމަށް ކަނޑައަޅާފައިވާ ފައިސާގެ ޢަދަދު ޙިސާބުކޮށްފައިވާގޮތުން މިފައިސާ ނަގައިދިނުމަށް
ސިވިލްކޯޓުން ޙުކުމް ކުރައްވާފައިވާ މުއްދަތު ކަމުގައިވާ 17 މަސްދުވަހަށް ބަހާލައިފިނަމަ ފަހަކަށް
( ދެހާސް ތިންސަތޭކަ ރުފިޔާ) ޖެހޭކަން އެނގެން އޮންނަކަމާއި މީގެ އިތުރުން ޢަބްދު
2000
-/2500 ރ.
ދިވެހިރާއް
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ. ޕޯން: 3325029، ފެކްސް: 316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/3 24
ރަޝީދު ޙަސަންގެ ފަރާތުން ހުށަހެޅި ދަޢުވާގެ އެދޭ ގޮތުގައި ޢަބްދުﷲ ރަޝީދު ޙަސަންގެ ފަރާތުން
ބަޔާންކޮށްފައިވަނީ އޭނާއަށް 2012 ޖެނުއަރީ މަހުން ފެށިގެން 2012 އޮކްޓޯބަރ މަހުގެ ނިޔަލަށް
ނުލިބިވާ -/23,000 ރ. (ތޭވީސްހާސް ރުފިޔާ) ހޯދުމަށްކަމަށްވީއިރު، މިމައްސަލައިގައި ޙުކުމް
ކުރައްވާފައިވަނީ މައްސަލަ ނިމުނު ދުވަހާއި ހަމައަށް ޢަބްދުﷲ ރަޝީދު ޙަސަން އަށް ލިބެންޖެހޭ
ފައިސާގެ ގޮތުގައި -/39100 ރ. (ތިރީސް ނުވަހާސް އެއްސަތޭކަ ރުފިޔާ) ނަގައިދިނުމަށް ކަމާއި
އެހެންނަމަވެސް ޢަބްދުﷲ ރަޝީދު ޙަސަންގެ ފަރާތުން އެދިފައިވާ މުއްދަތުގެ އިތުރަށް އެހެން
މުއްދަތެއް އިތުރުކޮށް މިފައިސާ ނަގައިދޭން ޖެހުނު ސަބަބެއްވެސް އަދި ޤާނޫނު ނަންބަރު 8/2010
(ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރު ކޮށްދިނުމުގެ
ޤާނޫނު) ގެ 26 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފައިސާގެ ޢަދަދަށްވުރެ އިތުރު ފައިސާއެއް
ނަގައިދޭންޖެހުނު ސަބަބެއްވެސް މިމައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ސިވިލްކޯޓުން ފާހަގަ
ކުރައްވާފައިވާކަން އެނގެން ނެތްކަމާއި، މިހެންކަމުން 2012 ޖެނުއަރީ މަހުން ފެށިގެން 2013 މެއި
މަހުގެ ނިޔަލަށް ޢިނާޔަތުގެ ގޮތުގައި ޢަބްދުﷲ ރަޝީދު ޙަސަން އަށް ލިބެންޖެހެނީ -/
39,100ރ.
( ތިރީސްވަހާސް އެއްސަތޭކަ ރުފިޔާ) ކަމަށް ސިވިލްކޯޓުން ކަނޑައަޅާފައި އޮތްއޮތުމަކީ
އިޝާރާތްކުރެވުނު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން
ފޯރު ކޮށްދިނުމުގެ ޤާނޫނު) ގެ 26 ވަނަ މާއްދާގެ (ހ) އާއި ޚިލާފު އަދި ޢަބްދުﷲ ރަޝީދު ޙަސަންގެ
ފަރާތުން ދަޢުވާގައި ހޯދުމަށް އެދިފައި ނުވާ މުއްދަތެއް ފައިސާވެސް ހިމަނައިގެން ކަނޑައަޅާފައިވާ
ފައިސާގެ ޢަދަދެއްކަމުން، ޢަބްދުﷲ ރަޝީދު ޙަސަން އަށް ދޭން ޖެހޭކަމަށް ސިވިލް ކޯޓުން
ކަނޑައަޅާފައިވާ -/39,100ރ. (ތިރީސްނުވަހާސް އެއްސަތޭކަ ރުފިޔާ) ގެ ފައިސާގެ އެމިންވަރަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647T
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
އެނޫންގޮތަކަށް
14
2013/HC-A/324
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ބަދަލު ގެންނަން ޖެހޭކަމަށް
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އެއްބަސްވެވޭކަމެވެ.
ވީމާ، އިސްވެދިޔަ ކަންކަން އެގޮތުގެ މަތީން ހުރުމުން މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުން ދެކެނީ، ސ.ފޭދޫ މަދްރަސާދޮށުގެ ޢަބްދުﷲ ރަޝީދު ޙަސަން ނުކުޅެދުންތެ
ނުކުޅެދުންތެރިކަން ހުންނަ
މީހުންގެ ދަފްތަރުން އުނިކުރެވެންވާނީ އެފަރާތުގެ ޙާލަތު ކަމާއިބެހޭ ފަންނީ ފަރާތްތައް މެދުވެރިކޮށް
ބެލުމަށްފަހު އެކަށީގެންވާ ހެކިތަކަކާއި ޤަރީނާތަކެއްގެ މައްޗަށް ބުރަވެ ހުރެގެންކަމަށް ޤަބޫލުކުރެވެން
އޮތުމާއި އެކު ،ޢަބްދުﷲ ރަޝީދު ޙަސަނުގެ ޞިއްޙީ ޙާލަތު ބަޔާންކޮށް ޑޮކްޓަރު ދީފައިވާ ލިޔުމެއްގެ
މައްޗަށް ބިނާކޮށް ޢަބްދުﷲ ރަޝީދު ޙަސަނަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ގޮތުގައި ކަނޑައެޅި
އެދަފްތަރުގައި ހިމެނިގެން އެފަދަ މީހުންނަށް ދެވޭ ޢިނާޔަތް ޢަބްދުﷲ ރަޝީދު ޙަސަން އަށް
ލިބިދެވިފައިވާހިނދު،
ޘާބިތުނުވާހާ ހިނދަކު
ޢަބްދުﷲ ރަޝީދު ޙަސަނަކީ
ޅެދުންތެރިކަން ހުންނަ މީހެއްގެ ގޮތުގައި ބަލަންޖެހޭނެކަމަށާއި އަދި އެފަދަ އެހެން ފަރާތްތަކަށް
ލިބިދެވޭ ޢިނާޔަތްތައް ޢަބްދުﷲ ރަޝީދު ޙަސަނަށްވެސް ލިބެންޖެހޭކަމަށް ކަނޑައަޅައި ސިވިލްކޯޓުން
ކުރައްވާފައިވާ ޙުކުމްގެ އެބަޔަށް ބަދަލެއް ގެންނަންޖެހޭނެ ތަނެއްނެތްކަ
ހިތްކަން އެނގޭކަމާއި، އަދި 2012
ޖެނުއަރީ މަހުން ފެށިގެން 2013 މެއި މަހުގެ ނިޔަލަށް ޢިނާޔަތުގެ ގޮތުގައި ޢަބްދުﷲ ރަޝީދު ޙަސަން
އަށް ލިބެންޖެހެނީ -/
39,100ރ. (ތިރީސްނުހާސް އެއްސަތޭކަ ރުފިޔާ) ކަމަށް ސިވިލްކޯޓުން
ކަނޑައަޅާފައި އޮތްއޮތުމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ
އެހީތެރިކަން ފޯރު ކޮށްދިނުމުގެ ޤާނޫނު) ގެ 26 ވަނަ މާއްދާގެ (ހ) އާއި ޚިލާފު އަދި ޢަބްދު
ރަޝީދު ޙަސަންގެ ފަރާތުން ދަޢުވާގައި ހޯދުމަށް އެދިފައި ނުވާ މުއްދަތެއްގެ ފައިސާވެސް ހިމަނައިގެން
ކަނޑައަޅާފައިވާ ފައިސާގެ ޢަދަދެއްކަމުން، ޢަބްދުﷲ ރަޝީދު ޙަސަން އަށް ދޭން ޖެހޭކަމަށް ސިވިލް
ނަކުޅު3
¢ ¢
3 6)
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2013/HC-A/3 24
15 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ކޯޓުން ކަނޑައަޅާފައިވާ -/
39,100ރ. (ތިރީސްނުވަހާސް އެއްސަތޭކަ ރުފިޔާ) ގެ ފައިސާގެ
އެމިންވަރަށް ބަދަލު ގެންނަން ޖެހޭކަމަށް ޤަބޫލުކުރެވޭކަމެވެ.
• ޙުކުމް
38
105/Cv-C/2012
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއި އެކު،
ސިވިލްކޯޓުގެ
ނަންބަރު 2012/Cv-C/105 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް
ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި ހުށަހެޅި ލިޔުންތަކަށާއި ދެފަރާތުން ދެއްކި ވާހަކަތަކުގެ
މައްޗަށް ބެލިއިރު، ސިވިލްކޯޓުގެ ނަންބަރު
ޤަޟިއްޔާގައި ސ.ފޭދޫ
މަދްރަސާދޮށުގެ ޢަބްދުﷲ ރަޝީދު ޙަސަން އަކީ ނުކުޅެދުންތެރިކަން ހުރިފަރާތެއް ނޫންކަން އެކަށީގެންވާ
ހަމަތަކުގެ މަތީން ޘާބިތުނުވާހާ ހިނދަކު ޢަބްދުﷲ ރަޝީދު ޙަސަނަކީ ނުކުޅެދުންތެރިކަން ހުންނަ
މީހެއްގެ ގޮތުގައި ބަލަންޖެހޭނެކަމަށާއި އަދި އެފަދަ އެހެން ފަރާތްތަކަށް ލިބިދެވޭ ޢިނާޔަތްތައް ޢަބްދު
ރަޝީދު ޙަސަނަށްވެސް ލިބެންޖެހޭކަމަށް ކަނޑައަޅައި ކުރައްވާފައިވާ ޙުކުމްގެ އެބަޔަށް ތާއީދުކުރުމާއި
އެކު، 2012 ޖެނުއަރީ މަހުން ފެށިގެން 2013 މެއި މަހުގެ ނިޔަލަށް ޢިނާޔަތުގެ ގޮތުގައި ޢަބްދު
ރަޝީދު ޙަސަން އަށް ލިބެންޖެހެނީ -/
39,100ރ. (ތިރީސްނުހާސް އެއްސަތޭކަ ރުފިޔާ) ކަމަށް
ސިވިލްކޯޓުން ކަނޑައަޅާފައި އޮތްއޮތުމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް
ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރު ކޮށްދިނުމުގެ ޤާނޫނު) ގެ 26 ވަނަ މާއްދާގެ (ހ) އާއި
ޚިލާފު އަދި ޢަބްދުﷲ ރަޝީދު ޙަސަންގެ ފަރާތުން ދަޢުވާގައި ހޯދުމަށް އެދިފައި ނުވާ މުއްދަތެއްގެ
ފައިސާވެސް ހިމަނައިގެން ކަނޑައަޅާފައިވާ ފައިސާގެ ޢަދަދެއްކަމުން، 2013 ވަނަ އަހަރުގެ މެއި
މަހުގެ 14 ވަނަ ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި -/
39,100ރ. (ތިރީސްނުވަހާސް
އެއްސަތޭކަ ރުފިޔާ) ދިވެހި ދައުލަތުން ޢަބްދުﷲ ރަޝީދު ޙަސަން އަށް ދޭން ޖެހޭނެކަމަށް ކޮށްފައިވާ
ޙުކުމްގެ އެބައި ބާތިލުކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުގެ ފަރާތުން ދޭ ޢިނާޔަތުގެ
ގޮތުގައި 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 2012 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ
ނިޔަލަށް އެކު ޖުމްލަ 10 (ދިހައެއް) މަސްދުވަހަށް ޢަބްދުﷲ ރަޝީދު ޙަސަން އަށް ލިބިދޭންޖެހެނީ
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
16
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/3 24
.
-/20,000 ރ. (ވިހިހާސް ރުފިޔާ) ކަމަށް ކަނޑައަޅައި، މިފައިސާ ޢަބްދުﷲ ރަޝީދު ހަސަން އަށް
ލިބިދިނުމުގެ ގޮތުން މިއަދުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް މިފައިސާ
ދައްކާ ޚަލާޞްކުރުމަށް ދިވެހި ދައުލަތަށް އަންގައި، އެގޮތުގެ މަތީން މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
، ހައިކޯ
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv