ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/257 ޤަޟިއްޔާގެ ޙުކުމް
1
2015/HC-A/257
ޤަޟިއްޔާ ނިމުނު ގޮ
کی عمری
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
29
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 257/HC
-
A/2015
• އިސްތިއުނާފުކުރި ފަރާތްތައް:
* ނަން: އެޓަރނީ ޖެނެރަލްގެ އޮފީސް
* އައި.ޑީ.ނަންބަރު:
ދާއިމީ އެޑްރެސް: -
މިހާރުގެ އެޑްރެސް:
• އިސްތިއުނާފު ރައްދުވި ފަރާތްތައް
* ނަން: ޙަސަން ޒާހިރު
އައި.ޑީ.ނަންބަރު: A034733
* ދާއިމީ އެޑްރެސް: ހ.ރީނދޫކޮކާގެ! ކ.މާލެ
މިހާރުގެ އެޑްރެސް: ހ.ރީނދޫކޮކާގެ/ ކ.މާލެ
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 18 ރަމަޟާން 1438 ނިމުނު ތާރީޚް: 26 ރަބީޢުލްއާޚިރު 1438
05 ޖުލައި 2015
24 ޖަނަވަރީ
2017
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2014/Cv-C/1148
• ނިންމެވި ކޯޓު: ސިވިލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ޙައްޤު ހޯދުން
• ހުށަހެޅުނު ތާރީޚް: 26 މެއި 2014 • ނިމުނު ތާރީޚް: 07 މެއި 2015
މައްސަލަބެލި ފަނޑިޔާރުން މަޖިލިސް:
އިސްފަނޑިޔާރު ޢަބްދުﷲ ދީދީ ފަނޑިޔާރު ޢަލީ ސަމީރު ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ވެރިޔާސަތު)
0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
yhދީ
2
23
ޤަޟިއްޔާ ނިމުނު ގޮ
2015/HC-A/257
کی عمری
• ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/1148 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ޕްރޮސެކިއުޓަރ
ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
2 ހ22 02
ހުށަހެޅުމުން
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ހ.ރީނދޫކޮކާގެ/ ކ.މާލެ ޙަސަން ޒާހިރު
އެވެ.
ހަގަކުރެވުނު ނުކުތާތައް:
01- ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/1148 ޤަޟިއްޔާ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ހ.ރީނދޫކޮކާގެ/ ކ.މާލެ، ޙަސަން ޒާހިރު، ދިރިއުޅުމަށްޓަކައި
ޅ.މާފިލާފުށިން ދޫކޮށްފައިވާ ނަންބަރު 14-13 ގޯތި، ރަޖިސްޓްރީ ނަންބަރު 2000/04 "ސީވިއު" ކިޔާ
5000 އަކަފޫޓުގެ ގޯތީގައި، ޢިމާރާތްކޮށް ވަށާފާރު ރާނާ، ދިރިއުޅެމުން ދަނިކޮށް، 2011 ވަނަ އަހަރު
ސަރުކާރުން މިރަށް ފަޅުރަށެއްގެ ގޮތުގައި ހަމަޖައްސަވައި، ޅ.މާފިލާފުށިން ޙަސަން ޒާހިރުގެ ނަމުގައި
ރަޖިސްޓްރީ ކޮށްދެއްވާފައިވާ ޅ.މާފިލާފުށި "ސީވިއު" ކިޔާ ގޯއްޗާއި ޢިމާރާތްތަކަށް އޭގެ ޒާތުން
ބަދަލުނުދެއްވައި، މިލިޓަރީ ޙަރަކާތްތަކަށް މިހާރު އެރަށް އެމް.އެކު
3.އެން.ޑީ.އެފްގެ ބޭނުންތަކަށް ދީފައިވާތީ،
ޅ.މާފިލާފުށިން ޙަސަން ޒާހިރުގެ ނަމުގައި ރަޖިސްޓްރީ ކޮށްދެއްވާފައިވާ ޅ.މާފިލާފުށި "ސީވިއު" އެވެ ކިޔާ
ގޯއްޗާއި ޢިމާރާތްތަ އޭގެ ޒާތުން ބަދަލު ހޯދުމަށް އެދި މިނިސްޓްރީ އޮފް ހައުސިންގ އެންޑް
އިންފްރާސްޓްރަކްޗަރ ގެ
މައްޗަށް، ޙަސަން ޒާހިރު ދަޢުވާ ކުރުމުން ބެލެވުނު މައްސަލައެއްކަން
އެނގޭކަމާއި،
مرمر لمسی
24 2
އެޤަޟިއްޔާގައި ސިވިލް ކޯޓުން ޙުކުމްކުރައްވާފައިވަނީ، "ދެންފަހެ، އިސްވެދިޔަ ފާހަގަ
ކުރެވުނު ނުކުތާތަކާއި، ހުށަހެޅިފައިވާ ބަޔާންތަކާއި، ލިޔުންތަކުގެ މައްޗަށް، ބެލުމަށްފަހު، 1995 ވަނަ
އަހަރުގެ މާރޗް 25 ވަނަ ދުވަހު ދަޢުވާކުރާ މ.ރީނދޫކޮކާގެ/ ކ.މާލެ، ޙަސަން ޒާހިރު ދިރިއުޅުމަށްޓަކައި
ޅ.މާފިލާފުށިން 5000 އަކަފޫޓުގެ ގޯއްޗެއް ސަރުކާރުން ޙަސަން ޒާހިރުއަށް ދޫކޮށްފައިވާކަމާއި، ގޯތި
ޙަވާލުކުރުމުގެ އިޤްރާރުގައިވާގޮތުގެ މަތީން، މިގޯތީގެ ވަށާފާރު ރޭނުމުން، މިގޯތި ޅ.މާފިލާފުށި "ސީވިއު"
މިނަމުގައި ވަކިގޯއްޗެއްގެ ގޮތުގައި، މިގޯއްޗާއި ޢިމާރާތްތައް، ހ.ރީނދޫކޮކާ ކ.މާލެ، ޙަސަން ޒާހިރުގެ
ވަރުގެ އި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
23
ޚުލާސާ
2{015/HC-A/257
ޤަޟިއްޔާ ނިމުނު ގޮ
ނަމުގައި ނަންބަރު 2000/04 (18 މާރޗް 2000)، ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ، މާފިލާފުށި
ޕްރޮޖެކްޓް އޮފީހުން ހައްދަވައި ދެއްވާފައިވާ ކަމާއި،
މާފިލާފުށި ޕްރޮޖެކްޓް އޮފީހުން ޙަސަން ޒާހިރުގެ ނަމުގައި މިގޯތި ރަޖިސްޓްރީ ކޮށްދެއްވުމުން،
ޙަސަން ޒާހިރުގެ އަމިއްލަ ޚަރަދުގައި މި ގޯތީގައި 02 (ދޭއް) ބުރީގެ އިމާރާތެއް ކޮންކްރީޓްކޮށްގެން ހަދައި
ނިންމައި، ދިރިއުޅުމަށް ބޭނުންވާ ހުރިހާ ވަޞީލަތްތަކެއް، ޢިމާރާތާއި ގޯތީގައި ޤާއިމު ކުރުމަށްފަހު،
ޙަސަން ޒާހިރު އާއި، ޙަސަން ޒާހިރުގެ ޢާއިލާ މިގޯތީގައި، ޅ.މާފިލާފުށީގައި ދިރިއުޅުން
ގެންގޮސްފައިވާކަން ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތުގެ ބަހުން އެނގެން އޮންނަކަމާއި،
OLC
ޅ.މާފިލާފުށި ފަޅުރަށެއްގެ ގޮތުގައި 05 އޭޕްރީލް 2011 ވަނަ ދުވަހު ސަރުކާރުން
ހަމަޖައްސަވައި، ޅ.މާފިލާފުށީގައި ދިރިއުޅެމުންދިޔަ ޢާއިލާތައް އެހެން ރަށްރަށަށް ބަދަލު ކުރުމުގައި،
އެޢާއިލާތަކުން ޅ.މާފިލާފުށީގައި ދިރިއުޅެމުންދިޔަ ޢިމާރާތާއި ގޯތީގެ ބަދަލުގައި، އެ ޢާއިލާތައް ނިޞްބަތްވާ
ސަރަޙައްދުތަކުން މިހާތަނަށް ޖުމްލަ 34 ޢާއިލާއަކަށް ފްލެޓް އާއި ރޯހައުސް ފަދަ ބޯހިޔާވަހިކަން
ދައުލަތުގެ ފަރާތުން ދެއްވާފައިވާކަމާއި، މިގޮތުން ޅ.މާފިލާފުށީގައި ދިރިއުޅެމުންދިޔަ މާލެއަށް ނިސްބަތްވާ
ޢާއިލާތަކުގެ ތެރެއިން 19 ޢާއިލާއަކަށް ހުޅުމާލެއިން ފްލެޓް ދެއްވާފައިވާކަމާއި، އަދި މީގެ އިތުރުން
ޅ.މާފިލާފުށީގައި ހުރި މިޢާއިލާތަކުގެ ރުއްގަހުގެ ބަދަލުގެ ގޮތުގައާއި، ޢިނާޔަތެއްގެ ގޮތުގައި ބަދަލު ދެވުނު
ކޮންމެ ޢާއިލާއަކަށް -/50،000 (ފަންސާސް ހާސް ރުފިޔާ) ދިވެހި ދައުލަތުގެ ފަރާތުން ދެއްވާފައި
އޮންނަކަން އެނގެން އޮތުމާއި، ދަޢުވާކުރާ، ހ.ރީދޫކޮކާގެ| މާލެ، ޙަސަން ޒާހިރު އަކީވެސް
ޅ.މާފިލާފުށީގައި ދިރިއުޅެމުންދިޔަ ފަރާތްތަކުގެ ތެރެއިން މާލެއަށް ނިޞްބަތްވާ ފަރާތެއްކަމާއި، ނަމަވެސް
ހ.ރީނދޫކޮކާގެ މާލެ، ޙަސަން ޒާހިރުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ޅ.މާފިލާފުށި "ސީވިއު" ނަމަކަށްކިޔާ
ގޯއްޗާއި، މިގޯތީގައިވާ ޢިމާރާތް ނުވަތަ ނުއުފުލޭމުދަލަށް އޭގެ ޛާތުން ޢަދުލުވެރި ބަދަލެއް ދެއްވާފައި
ނުވާކަމާއި،
ޅ.މާފިލާފުށީގައި ދިރިއުޅެމުންދިޔަ ޢާއިލާތައް، އެ ޢާއިލާތައް ނިޞްބަތްވާ ޞަރަޙައްދުތަކުގައި
ހުރި ރަށްރަށަށް ބަދަލުކޮށް، ޅ.މާފިލާފުށްޓަކީ ފަޅުރަށެއްގެ ގޮތުގައި ދިވެހި ސަރުކާރުން ހަމަޖައްސަވާފައި
އޮތް އޮތުމަކީ، ޅ.މާފިލާފުށީގައި ދިރިއުޅެމުންދިޔަ ޢާއިލާތަކުގެ ގޯތިތަކާއި، ދަނޑުފަގު ބިންތައް ދައުލަތަށް
ނެގެވިގެންވާ ގޮތުގައި ޝާމިލްވެގެން ޙަސަން ޒާހިރުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ޅ.މާފިލާފުށި
"ސީވިއު" ނަމަކަށް ކިޔާ މިގޯތި ދައުލަތަށް ނެގެވިގެންވާ ޢަމަލަކަށްވާތީ، މީހުންގެ މިލްކު އެއްޗެތި
މައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
23
ޤަޟިއްޔާ ނިމުނު ގޮ
2015/HC-A/257
20
2
0
2
4 ތ
ދައުލަތަށް ބޭނުންވެގެން
ވެގެން ހިފެވި ނެގެވޭނީ ޢަދުލުވެރި ބަދަލު ދިނުމަށްފަހު ނުވަތަ އަގެއް ކިއުއްވައި އެއަގު
ދިނުމަށްފަހުގައިކަން، 07 އޯގަސްޓް 2008 ގައި ޢަމަލުކުރަން ފެށިގެން އަންނަ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާއާއި، އަދި ޤާނޫނު ނަންބަރު 4/68 ޖީ. (ޢާންމު
ޤާނޫނުތަކެއް) ގެ 07 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނާތީ، ޅ.މާފިލާފުށި ފަޅުރަށެއްގެ ގޮތުގައި
05 އޭޕްރީލް 2011 ވަނަ ދުވަހު ސަރުކާރުން ހަމަޖައްސައި، ޅ.މާފިލާފުށީގައި ދިރިއުޅެމުންދިޔަ ޢާއިލާތައް
އެހެން ރަށްރަށަށް ބަދަލު ކުރުމުގައި، މާލެއަށް ނިޞްބަތްވާ ޢާއިލާތައް ހުޅުމާލެއަށް ބަދަލު ކުރުމުގައި
ބަދަލުދެއްވި ބީދައިން، ޅ.މާފިލާފުށި "ސީވިއު" ނަމަކަށް ކިޔާ ގޯއްޗާއި ޢިމާރާތުގެ ބަދަލެއްގެ ގޮތުގައި
ހުޅުމާލޭގެ ބިމުން ގޯއްޗެއް ނުވަތަ ފްލެޓެއް، ހ.ރީދޫކޮކާގެ/ މާލެ ޙަސަން ޒާހިރަށް ލިބިދޭންޖެހޭކަން
ހުށަހެޅިފައިވާ ލިޔުންތަކުންނާއި ދެފަރާތުގެ ބަހުން ޝަރީޢަތަށް ޘާބިތުވާކަމަށް ކަނޑައަޅައި،
6 24
ބުނެވިދިޔަގޮތުގެ މައްޗަށް ޅ.މާފިލާފުށީގައި ދިރިއުޅެމުންދިޔަ ޢާއިލާތައް، އެ ޢާއިލާތައް
ނިޞްބަތްވާ ޞަރަޙައްދު ތަކުގައިވާ ރަށްރަށަށް ބަދަލު ކުރުމުގައި، މާލެއަށް ނިޞްބަތްވާ ޢާއިލާތައް
ހުޅުމާލެއަށް ބަދަލު ކުރުމުގައި ގޯތި ގެދޮރަށް އޭގެ ޛާތުން ބަދަލުދެއްވާފައިވާ ގޮތާއި އެއްހަމަވެގެންވާ
ގޮތަށް، އެބީދައިން ހ.ރީދޫކޮކާގެ/ މާލެ، ޙަސަން ޒާހިރުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ޅ.މާފިލާފުށި
"ސީވިއު" ނަމަކަށް ކިޔާ ގެއާއި ގޯތީގެ ބަދަލުގައި، ހުޅުމާލޭގެ ބިމުން ގޯއްޗެއް ނުވަތަ ފްލެޓެއް، 2015
މެއި 07 މިދުވަހުން ފެށިގެން 7 (ހަތެއް) މަސްދުވަހުގެ ތެރޭގައި ހ.ރީދޫކޮކާގެ/ މާލެ، ޙަސަން ޒާހިރު
އާއި ޙަވާލު ކުރުމަށް ދިވެހި ސަރުކާރަށް އަންގައި،
މިދަޢުވާގައި ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދިފައިވާ މާލީ ބަދަލުގެ މިންވަރު، ދަޢުވާކުރާ
ފަރާތުން މިންކޮށްފައިވާ ގޮތުގެ އެއްވެސް ހެއްކެއް ދަޢުވާކުރާ ފަރާތުން މިޝަރީޢަތަށް ހުށަހަޅާފައި
ނުވާތީވެ، ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދިފައިވާ މާލީ ބަދަލާމެދު ޝަރީޢަތުން ގޮތެއް ކަނޑައަޅާނެ
ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައި ޙުކުމް ކޮށްފީމެވެ." މިފަދައިންނެވެ.
OX
02- ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/1148 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި އެޓަރނީ
ޖެނެރަލްގެ އޮފީހުގެ ފަރާތުން 05 (ފަހެއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅިގެ
ہے کہ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ހހހހހAcc4
29 4
5
ދު
ޚުލާޞާ
2015/HC-A/257
ޤަޟިއްޔާ ނިމުނު ގޮ
• ފުރަތަމަ ނުކުތާއަކީ، ޅ.މާފިލާފުށީގައި ދިރިއުޅުނު ޢާއިލާތަކަށް ބަދަލުދިނުމުގައި
ޢަމަލުކުރުމަށް ވަޒީރުންގެ މަޖްލީހުން ވަކި އުޞޫލެއް ފާސްކުރައްވާފައިވާއިރު، ވަކި ޝަރުޠުތަކެއް
ކަނޑައެޅިފައި ވަނިކޮށް، ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި
ޙުކުމްކުރައްވާފައިވަނީ، އިސްވެ ދެންނެވެނު މާފިލާފުށީގައި ދިރިއުޅުނު ޢާއިލާތަކަށް ބަދަލުދިނުމުގައި
ޢަމަލުކުރުމަށް ވަޒީރުންގެ މަޖްލީހުން ފާސްކުރައްވާފައިވާ އުސޫލާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
1148/Cv-C/2014
"
2010/HC-A/47
ޤަޟިއްޔާގައި
• ދެވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/1148 ޤަޟިއްޔާގައި
ޙުކުމްކުރައްވާފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
ކަނޑައަޅުއްވާފައިވާ، ދަޢުވާގެ ސީޕޯގައި އެދިފައި ނުވާ ކަމެއްގެ މައްޗަށް ބައްލަވާ ޙުކުމް ކުރައްވާއިރު
ޢަމަލުކުރައްވަންޖެހޭ އުސޫލާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/1148 ޤަޟިއްޔާގައި
ޙުކުމްކުރައްވާފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ނ) ގައި، ދިވެހިރާއްޖޭގައި ހިންގާ
ޝަރީޢަތްތައް ހިންގަންވާނީ ޢަދުލުވެރިކަމާ ހާމަކަމާއެކުގައިކަމަށް އޮންނަ އޮތުމާއި، ދިވެހިރާއްޖޭގެ
ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގައި، މައްސަލަ ނިންމުމުގައި، މައްސަލައިގައި
ހުށަހެޅިފައިވާ ހެއްކާ ޤާރީނާއަށް ފަނޑިޔާރުން ރިޢާޔަތްކުރަންޖެހޭނެ އޮންނަ އޮތުމާ ޚިލާފަށްވުން ބުނެ
44 22
ހުށަހެޅު ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ، ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ތަންތަނާއި،
ތަކެތީގެ ޝަރުޢީ އަގެއް ކަނޑައަޅަން ޖެހިއްޖެ ޙާލަތުގައި ޢަމަލުކުރަ
ކުރަންޖެހޭނެގޮތް، "ޝަރުޢީ އަގުކުރުމާބެހޭ
ޤަވާޢިދު" ގައި ބަޔާންކުރައްވާފައިވީނަމަވެސް، ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/1148
ޤަޟިއްޔާގައި، އިސްތިއުނާފް ރައްދުވާ ފަރާތަށް ބަދަލު ދިނުމަށް ޙުކުމްކުރައްވާފައިވަނީ އިސްވެ ދެންނެވި
ޝަރުޢީ އަގުކުރުމާބެހޭ ޤަވާޢިދާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
24 22
ފަސްވަނަ ނުކުތާއަކީ، ޝަރީޢަތްކުރުމާބެހޭ ޤަވާޢިދު 6 ގެ 38 ވަނަ މާއްދާގައި،
ކޯޓުތަކުން ނިންމާ
ޝަކުވާތައް މަދުކުރުމަށްޓަކައި، ނިމޭ
ޤަޟިއްޔާތަކާބެހޭގޮތުން ކަން އޮތް ގޮތް، ކަމާބެހޭ ފަރާތްފަރާތަށް ވީހާ ބޮޑަކަށް ސާފުކޮށްދޭންވާނެކަމަށް
ބަޔާންކުރައްވާފައިވާކަމަށާއި، މިކަމަށް ބާރުލިބިދޭ ގޮތަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެފައިވާ،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 01/SC
-
RU/2010 (08 ނޮވެމްބަރު 2010) ރޫލިންގް ގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2015/HC-A/257
ޚުލާޞާ
کی عمری
ޤަޟިއްޔާ ނިމުނު ގޮ
ބަޔާންކޮށްފައިވީނަމަވެސް، ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/1148 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ޚުލާޞާ ރިޕޯޓުގައި އޮޅުންއަރާ އަދި ސާފުނުވާ ކަންތައްތަކެއް ހިމެނޭތީ، ސިވިލް ކޯޓުގެ
ނަންބަރު 2014/Cv
-
C/1148 ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ ޝަރީޢަތް
38 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 01/SC
-
RU/2010 (08 ނޮވެމްބަރު
2010) ރޫލިންގ އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
107
ހއ ވ މ / 22
.ޞތކރއވހ
ޤަވާޢިދު 6 ގެ
0x4
03- ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/1148 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި އެޓަރނީ ޖެނެރަލްގެ
އޮފީހުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
0 0
ފުރަތަމަކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު
2014/Cv-C/1148 ޤަޟިއްޔާގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓަރކްޗަރއަށް
ރައްދުވާ ގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ހ.ރީނދޫކޮކާގެ، ޙަސަން ޒާހިރުގެ ފަރާތުން އުފުލާފައިވާ
ދަޢުވާއަށް ބަލާއިރު، އެދަޢުވާއަކީ ހަސަން ޒާހިރަށް ޅ.މާފިލާފުށިން ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ
"ސީވިއު" ނަމަކަށް ކިޔާ 5000 އަކަފޫޓުގެ ގޯތީގައި ޢިމާރާތްކޮށް ދިރިއުޅެމުން ދަނިކޮށް، 2011 ވަނަ
އަހަރު ސަރުކާރުން އެރަށަކީ ފަޅުރަށެއްގެ ގޮތުގައި ކަނޑައެޅުމުން، އެގޯއްޗަށް ބަދަލުދެއްވާފައި ނުވާތީ،
އެގޯއްޗާއި ޢިމާރާތްތަކަށް އޭގެ ޒާތުން ބަދަލު ހޯދުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާއެއްކަން
އެނގެން އޮންނައިރު، މިދަޢުވާގައި ޙަސަން ޒާހިރުގެ ފަރާތުން އެދިފައިވަނީ ޙަސަން ޒާހިރަށް
ޅ.މާފިލާފުށިން ލިބިފައިވާ 5000 އަކަފޫޓުގެ ބިމާއި އެބިމުގައިވާ ޢިމާރާތްތަކާއި ގެއްލި ހަލާކުވެދިޔަ
ތަކެތީގެ ޖުމްލަ އަގެއްގެ ގޮތުގައި 12.7 މިލިޔަން ރުފިޔާ ދައުލަތުން ނަގައިދިނުމަށާއި، އެބިމާއި
އެބިމުގައިވާ ޢިމާރާތްތަކާއި ބަދަލު އޭގެ ޒާތުން ލިބިގަތުމުގެ ގޮތުން ހުޅުމާލެއިން ނުވަތަ މާލެއިން ބިމެއް
ބޭނުންވާކަމަށްބުނެ
އެފަދައިންކަން އެނގެން އޮންނަކަމެވެ.
(ނ) ދެވަނަކަމަކީ، މީމައްސަލަ ނިންމަވަމުން ސިވިލް ކޯޓުން ފާހަގަކުރައްވާފައިވާ ނުކުތާތަކުގެ
މައްޗަށް ބެލުމުން، ޙަސަން ޒާހިރުގެ ފަރާތުން ނަގައިދިނުމަށް އެދިފައިވާ މާލީ ބަދަލު ޝަރީޢަތަށް
ސާބިތުކުރެވޭވަރުގެ އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާތީ، ޙަސަން ޒާހިރު އެދިފައިވާ މާލީ ބަދަލު
ބޭގެ ކުއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
23
2015/HC-A/257
کی مرگ
44
3@
ޤަޟިއްޔާ ނިމުނު ގޮ
ޝަރީޢަތުން ނަގައިދެވޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއްނުވާކަ
އިވާކަމަށް ކަނޑައަޅުއްވައި، ޅ.މާފިލާފުށި
ފަޅުރަށެއްގެ ގޮތުގައި ހަމަޖައްސައި އެރަށުގައި ދިރިއުޅެމުންދިޔަ ޢާއިލާތައް އެހެން ރަށްރަށަށް
ދެކުރުމުގައި، މާލެއަށް ނިސްބަތްވާ ޢާއިލާތަކުގެ ތެރެއިން ޅ.މާފިލާފުށީގައި ދިރިއުޅެމުންދިޔަ
ޢާއިލާތަކަށް، އެ ޢާއިލާތަކުގެ ގޯތިގެދޮރާއި ޢިމާރާތްތަކުގެ ބަދަލުގައި ހުޅުމާލެއިން ފްލެޓް ދީފައިވާކަމަށާއި
އެހެންކަމުން އެމީހުންނަށް ހުޅުމާލެއިން ފްލެޓް ދިން ބީދައިން ޙަސަން ޒާހިރުއަށް ވެސް ހުޅުމާލެއިން
ފްލެޓެއް ދޭންޖެހޭކަން ޝަރުޢީ ހަމަތަކުގެ މަތިން އެނގެން އޮންނަކަމަށް ބަޔާންކޮށް، ޙަސަން ޒާހިރުއަށް
ހުޅުމާލެއިން ފްލެޓެއް ނުވަތަ ގޯއްޗެއް ދިނުމަށް އަންގައި އެފަދައިން ޙުކުމްކުރައްވާފައިވާކަން އެނގެން
އޮންނަކަމެވެ.
ouc
ނ) ތިންވަނަކަމަކީ، ޅ.މާފިލާފުއްޓަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ސަރުކާރުން
ކަނޑައަޅުއްވާފައިވަނީ 05 އެޕްރީލް 2011 ވަނަ ދުވަހު އޮތް ކެބިނެޓްގެ ބައްދަލުވުމަކުންކަމާއި،
އެފަދައިން ސަރުކާރުން ހަމަޖެއްސުމާއި ގުޅިގެން ޅ.މާފިލާފުށީގައި އޭރު ދިރިއުޅެމުން ގެންދިޔަ ޢާއިލާތަކަށް
ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން އެފަރާތްތައް އެހެން ރަށްރަށަށް ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތެއް
ކަނޑައަޅައި 30 އޭޕްރީލް 2013 ވަނަ ދުވަހު ވަޒީރުންގެ މަޖްލީހުން އުޞޫލެއް ފާސްކޮށްފައިވާކަމާއި،
މިއުޞޫލަށް ބެލުމުން މިއުޞޫލުގައި ބަޔާންކޮށްފައިވަނީ، އެރަށުގައި ދިރިއުޅުނު ފަރާތްތަކުގެ ތެރެއިން މާލެ
ޞަރަޙައްދަށް ބަދަލުވުމަށް އެދުނު ޢާއިލާގެ ތެރޭގައި ހިމެނޭ، މާލޭގެ ރައްޔިތުންގެ ތެރެއިން އަމިއްލަ
ގެދޮރު މާލޭގައި ނެތް ޢާއިލާތަކަށް ހުޅުމާލެއިން ފްލެޓް ދިނުމަށާއި، އަދި މާލޭގައި ގެދޮރު ހުރި މާލޭގެ
ރައްޔިތުންގެ ތެރެއިން މާފިލާފުށީގައި ގެދޮރު އިމާރާތް ކުރައްވައިގެން އޭރު ތިބި ޢާއިލާގެ ގެތައް އަގުކޮށް،
ޝަރުޢީ ބަދަލު އެފަރާތްތަކަށް ދިނުމަށްކަން އެނގެން އޮންނަކަމާއި، މިއުޞޫލުގެ މައްޗަށް ބެލުމުން
މާފިލާފުށިން އެފަރާތްތަކަށް ދޫކޮށްފައިވާ ގޯތީގެ ބަދަލުގައި ހުޅުމާލެއިން ހައުސިންގ ޔުނިޓެއް ލިބެނީ،
އެފަރާތަކީ މާލޭ ސަރަޙައްދަށް ނިސްބަތްވާ ފަރާތަކަށް ވުމުގެ އިތުރުން، އެފަރާތުގެ ނަމުގައި މާލޭގައި 500
އަކަފޫޓަށްވުރެ ބޮޑުބިމެއް ރަޖިސްޓްރީކުރެވިފައިނުވާ ފަރާތަކަށްކަމަށާއި، އެފަރާތުގެ ނަމުގައި މާލޭގައި 500
އަކަފޫޓަށްވުރެ ބޮޑު ބިމެއް ރަޖިސްޓްރީކުރެވިފައިވާނަމަ ބަދަލުގައި މާލޭގެ ސަރަޙައްދުގައިވާ ރަށްތައް
ފިޔަވައި އެހެން ސަރަޙައްދުތަކުން ގޯއްޗެއް އެފަރާތަކަށް ލިބިގެންދާނެކަމަށް ދައުލަތުގެ ފަރާތުން ބުނާކަން
އެނގެން އޮންނައިރު، ޙަސަން ޒާހިރަކީ ޙަސަން ޒާހިރުގެ އަމިއްލަ ނަމުގައި މާލޭގައި 500 އަކަފޫޓަށްވުރެ
ބޮޑުގޯއްޗެއް ރަޖިސްޓްރީވެފައި އޮންނަ ފަރާތަކަށްވާތީ، ޙަސަން ޒާހިރަށް ހުޅުމާލެއިން ހައުސިންގ ޔުނިޓެއް
ލިބުމުގެ ޝަރުތު ފުރިހަމަނުވާނެކަމަށާއި، އެހެންނަމަވެސް ޙަސަން ޒާހިރު އެދޭނަމަ ޙަސަން ޒާހިރަށް މާލެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮ
2015/HC-A/257
کمری
ޚުލާޞާ
ސަރަޙައްދުގައިވާ ރަށްތައް ފިޔަވައި އެހެން ސަރަޙައްދުތަކުން ގޯއްޗެއް ލިބުމުގެ ޝަރުތު ފުރިހަމަވާކަމަށް
ދައުލަތުގެ ފަރާތުން ބުނާކަން އެނގޭކަމެވެ.
(ރ) ހަތަރުވަނަކަމަކީ، ޙަސަން ޒާހިރުގެ އަމިއްލަ ނަމުގައި މާލޭގައި 500 އަކަފޫޓަށްވުރެ
ގޯއްޗެއް ރަޖިސްޓްރީވެފައި އޮންނަކަމަށް ދައުލަތުގެ ފަރާތުން ބުނާބުނުމަށް ޙަސަން ޒާހިރުގެ ފަރާތުން
އިންކާރުކޮށްފައިނުވާކަމާއި، މިހެންކަމުން އިސްވެ އިޝާރާތްކުރެވުނު ޅ.މާފިލާފުށީގައި އޭރު ދިރިއުޅެމުން
ގެންދިޔަ ޢާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން އެފަރާތްތައް އެހެން ރަށްރަށަށް
ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތް ކަނޑައެޅުއްވުމަށްޓަކައި ސަރުކާރުގެ ފަރާތުން ޢަމަލުކުރި އުޞޫލަށް
ބެލުމުން ޙަސަން ޒާހިރުއަށް ބޯހިޔާވަހިކަމުގެ ގޮތުގައި ހުޅުމާލެއިން ހައުސިންގ ޔުނިޓެއް ޙައްޤުނުވާކަން
އެނގޭކަމާއި، އެހެންނަމަވެސް އެއުޞޫލުގައި ބަޔާންކުރާގޮތުން އަދި ޤާނޫނީ އުޞޫލުތަކަށް ރިޢާޔަތްކުރުމުން
ޅ.މާފިލާފުށީގައި އޮތް ޙަސަން ޒާހިރުގެ "ސީވިއު" ނަމަކަށްކިޔާގޯތީގައި ކޮށްފައިވާ ޢިމާރާތްތަކާއި
އެގޯތިތެރޭގައި ހުރި އެންމެހައި ރުށްގަސްފަދަ އެންމެހައި ތަކެއްޗަށް ޢަދުލުވެރި ޝަރުޢީ ބަދަލެއް ޙަސަން
ޒާހިރުއަށް ދިނުން ދައުލަތުގެ މައްޗަށް ލާޒިމްވާނެކަމާއި، އަދި ޙަސަން ޒާހިރު އެދޭނަމަ ޙަސަން ޒާހިރަށް
މާލެ ސަރަޙައްދުގައިވާ ރަށްތައް ފިޔަވައި އެހެން ސަރަޙައްދުތަކުން ގޯއްޗެއް
ގޯއްޗެއް ލިބުމުގެ ފުރުސަތު ދައުލަތުގެ
ފަރާތުން ތަނަވަސްކޮށްދޭންޖެހޭކަމާއި، މިކަންއޮތީ މިބުނެވުނު ގޮތަށްކަމާއިމެދު ދައުލަތުގެ ފަރާތުންވެސް
ންކާރުނުކުރާކަން
ތއި މިމިކަން އެނގޭކަމެވެ.
02
(ބ) ފަސްވަނަކަމަކީ ޅ.މާފިލާފުށީގައި ދިރިއުޅެމުން ގެންދިޔަ ޢާއިލާތަކަށް ބޯހިޔާވަހިކަން
ފޯރުކޮށްދިނުމުގެ ގޮތުން އެފަރާތްތައް އެހެން ރަށްރަށަށް ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތެއް ކަނޑައަޅައި
30 އޭޕްރީލް 2013 ވަނަ ދުވަހު ވަޒީރުންގެ މަޖްލީހުން ފާސްކޮށްފައިވާ އުޞޫލާއި ޚިލާފަށް މާލޭ
ސަރަޙައްދަށް ނިސްބަތްވާ ފަރާތަކަށް އަދި އެފަރާތުގެ އަމިއްލަ ނަމުގައި 500 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް
އޮތް ފަރާތަކަށްވެސް ހުޅުމާލެއިން ހައުސިންގ ޔުނިޓެއް ދީފައިވާކަމަށް ޙަސަން ޒާހިރުގެ ފަރާތުން ބުނެ
މާލެއިން 595 އަކަފޫޓު ލިބިފައިވާކަމަށްބުނާ މ.އީމް، އިބްރާހިމް ނާޒިމްގެ ނަން ފާހަގަކޮށް އޭނާއަށްވެސް
ހުޅުމާލެއިން ފްލެޓެއް ދިނުމުގެ އެގްރީމެންޓުގައި ސޮއިކޮށްފައިވާކަމަށް ޙަސަން ޒާހިރުގެ ފަރާތުން ބުނާއިރު،
އިޝާރާތްކުރެވުނު އުޞޫލާއި ޚިލާފަށް އެއްވެސް ފަރާތަކަށް ހުޅުމާލެއިން ހައުސިންގ ޔުނިޓެއް
ދޫކޮށްފައިނުވާނެކަމަށް ދައުލަތުގެ ފަރާތުންބުނާކަމާއި، މިގޮތުން ޙަސަން ޒާހިރުގެ ފަރާތުން ފާހަގަކޮށްފައިވާ
އިބްރާހީމް ނާޒިމް އާއި ގުޅޭގޮތުން ދައުލަތުގެ ފަރާތުން ބުނެފައިވަނީ، އިބްރާހީމް ނާޒިމުގެ
ރަޖިސްޓްރީކުރެވިފައިވާ މ.މާކަރީއުތުރުބައި އެވެ ކިޔުނު ބަންޑާރަގޯއްޗަކީ އިބްރާހީމް ނާޒިމްގެ އަމިއްލަ
497
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ދީ*
9
23
2{015/HC-A/257
ޤަޟިއްޔާ ނިމުނު ގޮ
ޚުލާޞާ
کی مرگ
ނަމުގައި އޮތް ހަމައެކަނި އިބްރާހީމް ނާޒިމްގެ ގޯއްޗެއް ނޫންކަމަށާއި އެގޮތުން އެގޯއްޗަކީ އިބްރާހީމް ނާޒިމް
އާއި ޢަލީ ނާޒިމް ކިޔާ މީހަކާއި ދެމީހުންގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ގޯއްޗަކަށްވާއިރު، އެގޯތި
ބެހެނިވެރިންގެ މެދުގައި ހަމައަށްބެހުމުން އިބްރާހީމް ނާޒިމް އަށް ލިބޭ ބައިގެ ބޮޑުމިން 500 އަކަފޫޓު
ހަމަނުވާތީ، ހުޅުމާލެއިން ފްލެޓް ލިބުމަށް އެފަރާތް ޝަރުތުފުރިހަމަވެފައިވާކަމަށްބުނާކަމާއި، މިކަން އޮތީ
މިގޮތަށް ނޫންކަން ޙަސަން ޒާހިރަށް ބުނެދެވިފައިނެތްއިރު، ހުޅުމާލެއިން ހައުސިންގ ޔުނިޓެއް އިބްރާހީމް
ނާޒިމަށް ދިން ދިނުމަކީ ޅ.މާފިލާފުށީގައި ދިރިއުޅެމުން ގެންދިޔަ ޢާއިލާތަކަށް ބޯހިޔާވަހިކަން
ފޯރުކޮށްދިނުމުގެ ގޮތުން އެފަރާތްތައް އެހެން ރަށްރަށަށް ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތެއް ކަނޑައަޅައި
ވަޒީރުންގެ މަޖްލީހުން ފާސްކޮށްފައިވާ އުޞޫލާއި ޚިލާފަށް ދިން ދިނުމެއްކަމުގައި ބެލެވެންނެތްކަމާއި،
ޙަސަން ޒާހިރަކީ ޙަސަން ޒާހިރުގެ އަމިއްލަ ނަމުގައި މާލެއިން 500 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް އޮތް
ފަރާތެއްކަން އެނގެން އޮތުމުން، ޙަސަން ޒާހިރާއި އިބްރާހީމް ނާޒިމް އަކީ އެދެމީހުންގެ މެދުގައި
ތަފާތުކަމެއް ހުރި ދެފަރާތެއްކަން އެނގެން އޮންނަކަމެވެ.
ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/1148 ޤަޟިއްޔާގައި އެކޯޓުން
ކުރައްވާފައިވާ ޙުކުމުގައި ޅ.މާފިލާފުށީގައި ދިރިއުޅެމުންދިޔަ ޢާއިލާތައް، އެޢާއިލާތައް ނިޞްބަތްވާ
ޞަރަޙައްދު ތަކުގައިވާ ރަށްރަށަށް ބަދަލު ކުރުމުގައި، މާލެއަށް ނިޞްބަތްވާ ޢާއިލާތައް ހުޅުމާލެއަށް ބަދަލު
ކުރުމުގައި ގޯތި ގެދޮރަށް އޭގެ ޛާތުން ބަދަލުދެއްވާފައިވާ ގޮތާއި އެއްހަމަވެގެންވާ ގޮތަށް، އެބީދައިން
ހ.ރީނދޫކޮކާގެ މާލެ، ޙަސަން ޒާހިރުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ޅ.މާފިލާފުށި "ސީވިއު" ނަމަކަށް
ކިޔާ ގެއާއި ގޯތީގެ ބަދަލުގައި، ހުޅުމާލޭގެ ބިމުން ގޯއްޗެއް ނުވަތަ ފްލެޓެއް، 2015 މެއި 07 މިދުވަހުން
ފެށިގެން 07 (ހަތެއް) މަސްދުވަހުގެ ތެރޭގައި ހ.ރީނދޫކޮކާގެ| މާލެ، ޙަސަން ޒާހިރު އާއި ޙަވާލު ކުރުމަށް
ދިވެހި ސަރުކާރަށް އަންގައިކޮށްފައިވާ ޙުކުމުގެ އެބަޔަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2{015/HC-A/257
10 ޤަޟިއްޔާ ނިމުނު ގޮތު
کی عمری
ޙުކުމް
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް
ހުރުމާއެކު،
ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/1148 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ
ޙުކުމުގައި، ޅ.މާފިލާފުށީގައި ދިރިއުޅެމުންދިޔަ ޢާއިލާތައް، އެޢާއިލާތައް ނިޞްބަތްވާ ޞަރަޙައްދު ތަކުގައިވާ
ރަށްރަށަށް ބަދަލު ކުރުމުގައި، މާލެއަށް ނިޞްބަތްވާ ޢާއިލާތައް ހުޅުމާލެއަށް ބަދަލު ކުރުމުގައި ގޯތި
ގެދޮރަށް އޭގެ ޛާތުން ބަދަލުދެއްވާފައިވާ ގޮތާއި އެއްހަމަވެގެންވާ ގޮތަށް، އެބީދައިން ހ.ރީނދޫކޮކާގެ މާލެ،
ޙަސަން ޒާހިރުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ޅ.މާފިލާފުނި "ސީވިއު" ނަމަކަށް ކިޔާ ގެއާއި ގޯތީގެ
ބަދަލުގައި، ހުޅުމާލޭގެ ބިމުން ގޯއްޗެއް ނުވަތަ ފްލެޓެއް، 2015 މެއި 07 މިދުވަހުން ފެށިގެން 07
(ހަތެއް) މަސްދުވަހުގެ ތެރޭގައި ހ.ރީނދޫކޮކާގެ| މާލެ، ޙަސަން ޒާހިރު އާއި ޙަވާލު ކުރުމަށް ދިވެހި
ސަރުކާރަށް އަންގައިކޮށްފައިވާ ޙުކުމުގެ އެބަޔަށް ބަދަލު ގެންނަންޖެހޭކަމަށް މިމައްސަލަބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނުހިނދު ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/1148
ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމްގެ އެބައި ބާޠިލްކޮށް، އެގޮތުގެ މަތިން މިޤާޟިއްޔާބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv