ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/95 ޤަޟިއްޔާގެ ޙުކުމް
1
201 [HC-A35
ދިވެހިރާއްޖޭގެ ހައިކޯޓް
"!
ދިވެހިރާއްޖެ
ދިރާއްޖޭގެ
ޤާލއްޔާ ނިމުނުގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 95/HC
-
A/2011
#
އިސްތިއުނާފު ކުރިފަރާތް.
* ނަން: ނާހިދާ މުޙައްމަދު
އައިޑީ ކާޑު ނަންބަރ : A109990
ވުނުތާރީޚް: 27 އެޕްރީލް 2011
ދާއިމީ އެޑްރެސް: ފިޔާދާގެބ.މާޅޮސް
މިހާރުގެ އެޑްރެސް: މ.މާފަރުގެސްޓްހައުސް
* ނިމުނު ތާރީޚް :
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް :
ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހިމް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން. 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011:I.C-A5
ދަޢުވާގެ ޚުލާޞާ
މިއީ، ބ.އޭދަފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/F10C{13 ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު ކޮށްދިނުންއެދި ބ.މާޅޮސް ފިޔާދާގެ ނާހިދާ
މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ. މި ޤަޟިއްޔާގައި،
މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
* ފާހަގަކުރެވުނު ނުކުތާތައް:
I
ޓ .މެރާ
377
01- ބ.އޭދަފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/F10C/13 ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ މާޅޮސް މާވަ ނުޒުހަތު އަޙުމަދާއި، އެރަށު ބާދަލް ފާރިޝް
އަފްރާއި، ކުރިކީލަގެ އިބްރާހިމް މޫސާ އާއި، ކީސް ފިލާ އަޙުމަދު ސަބާޙް އާއި، ކުރިކީލަގެ އަޙުމަދު
ފައިސަލާއި، ފިޔާދާގެ ނާހިދާ މުޙައްމަދާއި، މާވަލް ފާތިމަތު ރިސްމާ އަޙުމަދާއި، މާވަލް އަޙުމަދު އިދުރީސް
އާއި، ފިޔާދާގެ އަޙުމަދު މުޙައްމަދު 29 އެޕްރީލް 2010 ވަނަ ދުވަހުގެ 9:30 އެހާކަށްހާއިރު
އޮފީހަށް ވަދެ މި މީހުންގެ ތެރެއިން ނުޒުހަތު އަޙުމަދު އެއޮފީހުގެ ތަޅުދަނޑި ހިފައިގެން ގޮސް އެދުވަހު
14:00 އެހާކަށްހާއިރުވަންދެން އެތަޅުދަނޑިފަތި ހިފައިގެން އުޅެފައިވާތީއާއި، މި މީހުންގެ ތެރެއިން ފާރިޝް
އަފްރާހް ބ.މާޅޮހު އޮފީސް ބަންދުކުރުމުގެ ބޭނުމުގައި އެދުވަހު އޮފީހަށް ގޮސް އެރަށު ކައުންސިލަރު
ޢަބްދުލްމަޖީނު އާއި ދިމާލަށް ހަޑިހުތުރު ބަހުން އެއްޗެހި ކިޔައި އޮފީސް ތެރޭގައި އަޑުގަދަކޮށްފައިވާތީ އާއި،
ބ.މާޅޮހު އޮފީހަށް ގޮސް އެއޮފީހަށް ވަދެ އޮފީސް ބަންދުކުރާނެ ކަމަށްބުނެ އޮފީހުން ނުކުތުމަށް ކައުންސިލަރަށް
އަންގައި އެތަނުގައި އަޑުގަދަކޮށް ހަމަ ނުޖެހުން އުފެއްދުމުގައި ނުޒުހަތު އަޙުމަދާއި، ފާރިޝް އަފްރާޙާއި،
އިބްރާހިމް މޫސާ އާއި، އަޙުމަދު ސަބާޙު އާއި، އަޙުމަދު ފައިސަލް އާއި، ނާހިދާ މުޙައްމަދާއި، ފާތިމަތު
ރިސްމާ އަޙުމަދާއި، އަޙުމަދު އިދުރީސް އާއި، އަޙުމަދު މުޙައްމަދު ބައިވެރިވިކަމަށް ބ.މާޅޮހު ޖަނަވަރީގެ ޢަލީ
ރަފީޢު އާއި، އެރަށު މުސްތަރީގެ އިބްރާހިމް ޢަބްދުއްރަޙުމާނު ބުނާތީ، ނޫނުލް ޢުޤޫބާތުގެ 86 ވަނަ މާއްދާގެ
(ހ) ގެ ދަށުން ނުޒުހަތު އަޙުމަދާއި، ފާރިޝް އަފްރްޙާއި، އިބްރާހިމް މޫސާއާއި، އަޙުމަދު ސަބާޙް އާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޖު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް :
www.highcourt.gov.my 21-
3
ގަޟިއްޔާ ނިމުނު ގޮތުގެ ޚުނާސް
2011HC-A95
އަޙުމަދު ފައިސަލް އާއި، ނާހިދާ މުޙައްމަދާއި، ފާތިމަތު ރިސްމާ އަޙުމަދާއި، އަޙުމަދު އިދުރީސް އާއި،
އަޙުމަދު މުޙައްމަދުގެ މައްޗަށް ދަޢުވާކުރުމުން ބ.މާޅޮހު މެޖިސްޓްރޭޓް ކޯޓުން ބައްލަވާ ނިންމަވާފައިވާ
ޤަޟިއްޔާއެއްކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެންއޮވެއެވެ.
02- މިމައްސަލައާއި ގުޅިގެން ބ.އޭދަފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/F10C/13
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބެލިއިރު،17 އެޕްރީލް 2011 ވަނަ ދުވަހު އެޤަޟިއްޔާގައި ޙުކުމް
ކުރައްވާފައިވަނީ މިފަދައިންނެވެ.
I
" އިސްވެދިޔަ ބަޔާންތަކަށް ފާހަގަކުރެވުނު ނުކުތާތަކަށް މިޤަޟިއްޔާގައި ކުށްޘާބިތުވާ ފަރާތްތަކަށް ޢުޤޫބާތް
ކަނޑައެޅުމުގައި ޤާނޫނުލް ޢުޤޫބާތުގެ 86 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް މިމައްސަލައިގައި ދަޢުވާލިބޭ
.މާޅޮހު "މާވަލް" ނުޒުހަތު އަޙްމަދުއާ، އެރަށު "ބާދަލް" ފާރިޝްއަފްރާހްއާ، ކުރިކީލަގޭ އިބުރާހީމް މޫސާއާ،
"ކީސްފިދާ" އަޙްމަދު ޞަބާޙްއާ، ކުރިކީލަގޭ އަޙްމަދު ފައިސަލްއާ، ފިޔާދާގޭ ނާހިދާ މުޙައްމަދުއާ، "މާވަލް"
ފާތިމަތު ރިސްމާ އަޙްމަދުއާ، އެގޭ އަޙްމަދު އިދުރީސްއާ، ފިޔާދާގޭ އަޙްމަދު މުޙައްމަދު، ދަޢުލަތުގެ
މުވައްޒަފެއްގެ ވާޖިބަށް ހުރަސްއެޅިކަމަށް ވިދާޅުވެ ދަޢުލަތުން ކުރެއްވި ދަޢުވަޢަށް ދަޢުވާލިބޭ މީހުންކުރެ
ފާރިޝް އަފްރާޙް ދަޢުވާއަށް ފުރިހަމައަށް އިޢުތިރާފްވާކަމަށާއި، ފާރިޝް އަފްރާޙްއަކީ ކުށްކުޅުއިރު ޢުމުރުން
18 އަހަރު ނުފުރޭ ކުޑަކުއްޖެއްކަމަށްވާތީ، ޝަރީޢަތްކުރުމާބެހޭގޮތުން އެދިފައިވާ ޤަވާޢިދު 6 މިފޮތުގެ 19 ވަނަ
މާއްދާ (ކުޑަކުދިންގެ މައްޗަށް އަދަބުކަނޑައެޅުން) އަށް ބުރަވެ ފާރިޝް އަފްރާޙް ދައުލަތުގެ މުވައްޒަފެއްގެ
ވާޖިބަށް ހުރަސް އެޅިކަން ޘާބިތުވާ މިކުނުގެ ޢުޤޫބާތަކަށް މި ފާރިޝް އަފްރާޙް މިއަދުންފެށިގެން 4 (ހަތަރެއް)
މަސްދުވަހުގެ މުއްދަތަށް ގޭގައި
ގައިބަންދުކުރުމަށާއި، ދައުލަތުން ކުރެއްވި ދަޢުވާގައި ބަޔާންވެގެންވާ ގޮތުގެ މަތިން
ޙާދިސާ ހިނގި ވަގުތު ދަޢުވާލިބޭ ނުޒުހަތު އަޙްމަދު މާޅޮހު އޮފީހުގެ ތަޅުދަނޑިފަތި މީނާއަތުގައި
އެތަށްއިރެއްވަންދެން ބާއްވާފައިވާކަމަށް މީނާ އިޢުތިރާފްވާކަމަށާއި، އެހެނަސް ޙާދިސާ ހިނގިވަގުތު މީން މާޅޮހު
އޮފީހަށްވަދެ އަޑުގަދަކޮށް ހަމަނުޖެހުން ހިންގުމުގައި ނުޒުހަތު އަޙްމަދު އިސްރޯލެއް އަދާކޮށްފައިވާކަން
ހެކިންގެބަހުން ޘާބިތުވާކަމަށްޓަކައި މީނާގެ މިޢަމަލުގެ ސަބަބުން ދައުލަތުގެ މުވައްޒަފެއްގެ ވާޖިބަށް
ކަނޑައަޅައި މިކުށުގެ ޢުޤޫބާތަކަށް މިނުޒުހަތު އަޙްމަދު މިއަދުން ފެށިގެން 6 (ހައެއް)
ދ 8 ދ ތ
ހުރަސްއެޅޭނެކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2011HC-A05
ޤަޟިރޯޔާ ނިމުނު ގޮތުގެ ހަލާސް
މަސްދުވަހުގެ މުއްދަތަށް ގޭގައި ބަންދުކުރުމަށާއި، މައްސަލައިގައި ދަޢުވާލިބޭ އިބުރާހީމް މޫސާއާއި، އަޙްމަދު
ޞަބާޙްއާ، އަޙްމަދު ފައިޞަލްއާ، ނާހިދާ މުޙައްމަދުއާ، ފާތިމަތު ރިސްމާ އަޙްމަދުއާ، އަޙްމަދު އިދުރީސްއާ،
އަޙްމަދު މުޙައްމަދު ދަޢުވާއަށް އިންކާރުކުރިނަމަވެސް ދައުލަތުގެ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުމުގެ
ކުށުން މިބައިމީހުން ކުށްވެރިވާކަން ހެކީންގެ ބަހުން ޘާބިތުވާ މިކުށުގެ ޢުޤޫބާތަކަށް މި 7 މީހުންކުރެ
ކޮންމެމީހަކު މިއަދުންފެށިގެން 3 މަހާ 15 ދުވަހުގެ މުއްދަތަށް ގޭގައިބަންދުކުރުމަށް
LO
83 825
ހެނާ ދކދކނ"
03- ބ.އޭދަފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/F10C{13 ޤަޟިއްޔާ ނިމިފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ ނާހިދާ މުޙައްމަދުގެ ފަރާތުން 02 { ދޭއް) ނުކުތާ
ހުށައަޅާ އެނުކުތާތަކާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ މި ދަޢްވާއަށް ނާހިދު މުޙައްމަދު އިންކާރުކޮށްފައިވާ އިރު، މި މައްސަލަ
ސާބިތުކޮށްފައިވަނީ ދެހެކިންގެ ހެކިބަހުގެ މައްޗަށް ބަލައިގެން ކަމަށްވީއިރު، މި ދެހެކިންނަކީ
ރަށުކައުންސިލަރަށް ތާއީދުކުރާ ،ޕްރީ ސްކޫލްގެ ބިމުގެ މައްސަލައިގައި ހިތްހަމަ ނުޖެހިގެން ކ.މާޅޮހު
އޮފީސްދޮށަށް ގޮސް ތިބި މީހުންނާއި ދިމާއަށް ހަޅޭއްލަވާ ހެދި ދެމީހުންކަމަށްވެފައި އެދެހެކިންގެ ބަހުގެ މައްޗަށް
ޙުކުމް ކުރެއްވި ކަމަށް ބުނެ ހުށައެޅި ނުކުތާއެވެ.
(ނ) ދެވަނަ ނުކުތާއަކީ: ބ.މާޅޮހު ޕްރީ ސްކޫލް އަޅަން ހަމަޖެހިފައިވާ ބިން ކައުންސިލަރު އެމް
އަށް ނިސްބަތްވާ ޖަމްޢިއްޔާއަކަށް ދޭ ޚަބަރު ފެތުރުމުން ކ.މާޅޮހު އޮފީސް ކައިރިއަށް ސާޅީހަކަށް ވުރެ ގިނަ
މީހުން އެއްވެފައި ވަނިކޮށް އެމީހުންގެ މައްޗަށް ދަޢްވާނުކޮށް ނާހިދާ މުޙައްމަދު ގެ މައްޗަށް ދަޢުވާކޮށް އަދަބު
ކަނޑައެޅުމަކީ ޤާނޫނު އަސާސީއާއި ޚިލާފް ކަމެއްކަމަށް ބުނެ ހުނައެޅި ނުކުތާއެވެ.
04- މިމައްސަލައާއި ގުޅިގެން ބ.އޭދަފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/F10C/13
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި އެޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ
ނާހިދު މުޙައްމަދުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ
ކަމަށްބުނެ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢިބުދުޖް ހިނގުން، މާލެ، ދިވެހިއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
5
الم
][11:IIC-A1gu5
38
ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
އ
(ހ) ފުރަތަމަ ކަމަކީ ޤާނޫނުލް ޢުޤޫބާތުގެ 86 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ ދައުލަތުގެ
މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުމުގެ ކުށުގެ ދަޢުވާ ނާހިދާ މުޙައްމަދުގެ މައްޗަށް ކުރުމުން، ދައުލަތުގެ
މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުމުގެ ކުށް ނާހިދާ މުޙައްމަދުގެ މައްޗަށް ސާބިތުވާ ކަމަށް ބ.އޭދަފުށި
މެޖިސްޓްރޭޓް ކޯޓުން ކުރައްވާފައިވާ ޙުކުމް ބިނާކުރި މައިގަނޑު ނުކުތާ އަކީ ނާހިދު މުޙައްމަދު 29 އެޕްރީލް
2010 މިދުވަހު މާޅޮހު އޮފީސް ތެރެއަށް ވަދެ އެރަށުގެ ކައުންސިލަރާއި ދިމާއަށް އޮފީހުން ނުކުންނާށޭ
މިއަދު ދާނީ އޮފީސް ބަންދުކޮށްފައޭ" ބުނެ އަޑުގަދަ ކުރަމުން ގެންދިޔަބައެއްގެ ތެރޭގައި ނާހިދާ މުޙައްމަދު
ހުރިކަމަށް އ.މާޅޮސް މުސްތަރީގެ އިބްރާހިމް އަބްދުއްރަޙުމާނާއި، ބ.މާޅޮސް ޖަނަވަރީގެ ޢަލީ ރަފީޢު ހެކި
ބަސް ދީފައިވާތީ މި ޢަމަލަކީ މީނާ ދައުލަތުގެ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުމުގެ ގޮތުން ކުރި ޢަމަލެއް
ކަމުގައި ބައްލަވައިގެން ކަން އޭދަފުށި މެޖިސްޓްރޭޓްކޯޓުގެ ނަންބަރު 2011/F10C/13 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮތް އިރު، ދައުލަތުގެ މުވައްޒަފެއްގެ ވާޖިބަށް ނާހިދާ
މުޙައްމަދު ހުރަސް އަޅާފައިނުވާނޭކަމަށް، މީނާ ބ.އޭދަފުށިމެޖިސްޓްރޭޓްކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ބުނެފައިވާކަމާއި، އަދި ބ.އޭދަފުށި މެޖިސްޓްރޭޓްކޯޓަށް ހެކިން ދީފައިވަނީ ދޮގުހެކިބަހެއް ކަމުގައި ބުނެ މި
ދަޢުވާގެ އަސްލަށް ނާހިދާ މުޙައްމަދު ދަށުކޯޓުގައި އިންކާރު ކޮށްފައިވާ ކަން އެނގެންއޮތްކަމާއި
ނާހިދާ
މުޙައްމަދު ބ.މާޅޮހު އޮފީސް ދޮށަށް ގޮސްފައިވަނީ އޮފީސް ކައިރިއަށް ރަށުގެ ރައްޔިތުންގެ ގިނަ ބަޔަކު އެއްވެ
އުޅޭ ކަމުގެ ޚަބަރު
ލިބިގެން ކަމަށް މީނާ ބުނެފައިވާ ކަން އެނގެއެވެ.
p
(ނ) ދެވަނަކަމަކީ: ނާހިދާ މުޙައްމަދުގެ މައްޗަށް އުފުލުނު ދައްވާ އަކީ ދައުލަތުގެ މުވައްޒަފެއްގެ
ވާޖިބަށް ހުރަސް އެޅުމުގެ ކުށުގެ މައްޗަށް ކުރެވޭ ދަޢުވާ އަކަށް ވީހިނދު، ދައުލަތުގެ މުވައްޒަފުގެ ހުރަސް
އެޅުނީ ކޮން ވާޖިބަކަށްކަމާއި، ވާޖިބަށް ހުރަސް އެޅުނު ޢަމަލަކީ ކޮބައި ކަމާއި، ދައުލަތުގެ މުވައްޒަފުގެ
ހުރަސްއެޅުނު ވާޖިބާއި، ވާޖިބަށް ހުރަސްއެޅި ކަމަށް ބުނާ މީހާ ކުޅު ޢަމަލާއި ހުރި ގުޅުމަކީ ކޮބައިތޯ ބަލައި
އެކަމުގެ މައްޗަށް ޝަރީޢަތުން ރިޢާޔަތްކުރަން ޖެހޭނެކަން އެނގޭކަމާއި، މި މައްސަލަގައި ނާހިދާ މުޙައްމަދުގެ
މައްޗަށް ކުށް ސާބިތު ކުރުމުގައި ދަށުކޯޓުން ރިޢާޔަތްކޮށްފައިވަނީ 02 ހެކިންގެ ހެކިބަހުގެ މައްޗަށް ކަން
ހައިކޯ"
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުނުޒު ހިނގުން، މްވެ، ދިވެހިރާއްޖެ، ފޯން: 332529 ފެކްސް:1647
33
ޖީމެއިލް: [email protected] ވެބް ސައިޓް: www.highcourt
.
{
ov.tns
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުތޯސް
201'HC-A/95
އެނގެން އޮތްއިރު، ހެކީންގެ ތެރެއިން ޢަލީ ރަފީޢު ބުނެފައިވަނީ އޭނާ ރަށު އޮފީހަށް ވަންއިރު، އޮފީސް
ތެރޭގައި 30 އަކަށް މީހުން ތިބިކަމަށް އަދި މި މީހުން އަޑުގަދަ ކުރަމުން ދިޔަތަން ފެނުނުކަމަށް، އަދި މި
މީހުންގެ ތެރެއިން ޢަލީ ރަފީޢު އަށް އެނގޭ މީހުންގެ ތެރޭގައި ނާހިދާ މުޙައްމަދުވެސް ހިމެނޭކަމަށް "
|
OXO
މިފަދައިންބުނެކަން އެނގޭކަމާއި، އަދި ހެކީންގެ ތެރެއިން އިބްރާހިމް ޢަބްދުއްރަޙުމާނު ބުނެފައިވަނީ ބ.މާޅޮހު
އޮފީހުގެ ބޭރުފާރުކައިރީގަޔާއި، އޮފީސް ތެރޭގައި ގިނަޢަދަދެއްގެ ބަޔަކު ޒުވާބު ކުރާތަން ފެނުނު ކަމަށާއި އޭގެ
ތެރޭގައި ނާހިދާ މުޙައްމަދުވެސް ހުރިކަމަށްބުނެ ކަމާއި، މި ޖެހެކީންގެ ހެކި ބަހުގެ މައްޗަށްބެލިއިރު، ބ.މާޅޮހު
ޕްރީ ސްކޫލް އަޅަން ހަމަޖެހިފައިވާ ބިމުގެ މައްސަލައިގައި ބ.މާޅޮހު ރަށު އޮފީސް ދޮށަށް ވަރަށް ގިނަ
ޢަދަދެއްގެ ބަޔަކު އެއްވެތިބިކަން، އަދި އެތަނުގައި ވަރަށްގިނަ ޢަދަދެއްގެ ރައްޔިތުން ޝުއޫރުފާޅުކުރަމުންދިޔަކަން
އެނގެންއޮތްއިރު، އެމީހުން ތެރޭގައި ނާހިދާ މުޙައްމަދު ހުރުން ފިޔަވައި ނާހިދާ މުޙައްމަދުގެ ފަރާތުން އޮފީހުގެ
ތެރޭގައި ހަމަނުޖެހުމެއް އުފެއްދިކަން އަދި ދައުލަތުގެ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުމުގެ ގޮތުން
ޢަމަލެއްކުރިކަން ހެކީންގެ ހެކިބަހުން އެނގެންނެތްއިރު، މި ޙާދިސާގައި ކަން ހިނގިގޮތްކަމަށް ބުނާ ގޮތަށާއި،
މި ޙާދިސާގެ ވަށައިގެންހުރި އެހެން ކަންކަމަށް ބެލުމުން، ހެކީންގެ މިހެކިބަހުން ދައުލަތުގެ މުވައްޒަފެއްގެ
ވާޖިބަށް ނާހިދާ މުޙައްމަދު ކުޑަ ޢަމަލެއްގެ ސަބަބުން ހުރަސް އެޅުނު ކަން އަދި ދައުލަތުގެ މުވައްޒަފެއްގެ
ވާޖިބަށް ނާހިދާ މުޙައްމަދު ހުރަސް އެޅިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެތްނެތި ޝަރީޢަތަށް ސާބިތުވާ
ފަދަ ހެކި ލިބިފައި ނެތްކަން އެނގެއެވެ.
(ނ) ތިންވަނަކަމަކީ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި
އެމީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭނަމަ
އެމީހަކީ ކުށެއްނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާކަމަށް އޮންނަ އޮތުމުގެ މައްޗަށް ރިޢާޔަތްކޮށް،
މި ޙާދިސާގައި ކަން ހިނގިގޮތްކަމަށް ބުނާ ގޮތުގެ މައްޗަށާއި، މުޅި ޙާދިސާގެ ވަށައިގެންވާ ކަންކަމަށް
ބެލިބެލުމުން އަދި އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތުގެ މަތިން ހުރުމުން ، ނާހިދާ މުޙައްމަދު ގެ
މައްޗަށް ދައުލަތުގެ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުމުގެ ކުށް ޝަރީޢަތަށް ސާބިތުވާކަމަށް އަދި މި ކުށުގެ
ދިވެހިރާއްޖޭގެ ޙައިކޯޓް، އާބުރުޒު ރިނގު، މާލެ، ދިވެހިރާއްޖެ، ފޯން3335029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov
-
flv
1
2[11:HC-A:5
*
ޢުޤޫބާތެއްގެ ގޮތުން ނާހިދާ މުޙައްމަދު 3 މަހާއި 15 ދުވަހުގެ މުއްދަތަށް ގޭގައި ބަންދުކުރުމަށް
އޭދަފުށި މެޖިސްޓްރޭޓް ކޯޓުން ކުރި ޙުކުމަށް ބަދަލު ގެންނަން ޖެހޭ ކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުން އިއްތިފާޤުވެއެވެ.
ޑ ގ7
284 285
پر مرمر
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލިއިރު،
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/F10C/13 ޤަޟިއްޔާ އިން އ.މާޅޮސް ފިޔާދާގެ ނާހިދާ މުޙައްމަދުގެ
މައްޗަށް ދައުލަތުގެ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުމުގެ ކުށް ސާބިތުވާކަމަށް އަދި މިކުށުގެ
ގޮތުން ނާހިދާ މުޙައްމަދު 03 މަހާއި 15 ދުވަހަށް ގޭގައި ބަންދުކުރުމަށް ކޮށްފައިވާ ޙުކުމަށް ބަދަލުގެންނަން
ޖެހޭނެ ކަމަށް ލި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަން އިއްތިފާޤުވެވިފައިވާތީ، ބ.އޭދަފުށި
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/F10C/13 ޤަޟިއްޔާ އިން ނާހިދާ މުޙައްމަދުގެ މައްޗަށް ކޮށްފައިވާ
ޙުކުމަކީ ބާތިލު ޙުކުމެއް ކަމުގައި ކަނޑައަޅައި މި ޤަޟިއްޔާ ނިންމީއެވެ.
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
ޢަލީ ސަމީރު
ފަނޑިޔާރު)
ޝުޢައިބު ޙުސައިން ޒަކަރިއްޔާ
(ފުނޑިޔާރު)
ޢަބްދުއްރައޫފު އިބްރާހީމް
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ ހައިކޯޓް، ދޯބުރުޒު ރިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325229، ފެކްސް: 3316471
އީމެއިލް [email protected]
:
09.imv
ޕެޓް ސައިޓް www.highcourt.gov.mv