ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/215 ޤަޟިއްޔާގެ ޙުކުމް
1
2014/HC-A/215
**
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
t 2
ޤަޅއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 215/HC-A/2014
އިސްތިއުނާފުކުރި ފަރާތް:
* ނަން: އަޙްމަދު ޝިފާޢު
އައިޑީ ކާޑު ނަންބަރު: A234732
ދާއިމީ އެޑްރެސް: މަލަ / ހދ. ވައިކަރަދޫ
މިހާރުގެ އެޑްރެސް: މ.އާސަންދަ / ކ.މާލެ
6
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ނަންބަރު: -
އެޑްރެސް: -
މިހާރުގެ އެޑްރެސް:
ރަޖިސްޓްރީ ތާރީޚް: 11 ޝައްވާލް 1435
07 އޯގަސްޓް 2014
ނިމުނު ތާރީޚް: 15 މުޙައްރަމް 1437
28 އޮކްޓޯބަރ 2015
،އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/Cr-C/762
• ނިންމެވި ކޯޓު: ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ޑައިމޯފިން ޓްރެފިކްކުރުން
، ހުށަހެޅި ތާރީޚް: 13.10.2012
ނިމުނު ތާރީޚް: 16.03.2014
co
t
ދިވެހިންގެ
• މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު ޝުޖާޢު ޢުޘްމާން
ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/215
ދަޢުވާގެ ޚުލާޞާގެ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/762 ޤަޟިއްޔާ، އެ ކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ހދ. ވައިކަރަދޫ | މަލަ، އަޙްމަދު ޝިފާޢުގެ ފަރާތުން އެޤަޟިއްޔާ
އިސްތިއުނާފުކުރުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ. މި މައްސަލާގައި
އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
.. F -..
ހގެކެނެވެވެ
ވުނު ނުކުތާތައް:
1) އިސްތިއުނާފު ކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/762 ޤަޟިއްޔާއަކީ،
ލ. މާވަށް | އެވަރބްލޫގެ އަޙްމަދު ވިސާންއާއި، ހދ. ވައިކަރަދޫ | މަލަ، އަޙްމަދު ޝިފާޢުގެ މައްޗަށް
ޑައިމޯފިން ޓްރެފިކްކުރުމުގެ މައްސަލައެއްކަމާއި،
މިދަޢުވާ ހުށަހަޅަމުން ދައުލަތުގެ ވަކީލާ އަލްއުސްތާޛާ އާމިނަތު ޝަފީނާ ބުނެފައިވަނީ، އަޙްމަދު
ވިސާންއާއި އަޙްމަދު ޝިފާޢު، 28 އޯގަސްޓް 2012 ދުވަހު 17:00 އެހާކަށްހާއިރު، ކްރިމިނަލް ކޯޓުގެ
އަމުރެއްގެ ދަށުން މ. ޏަމްޏަމްގެ ބަލައި ފާސްކުރުމަށް ފުލުހުންގޮސް އެގެއަށް ވަންނަން ބެލިއިރު، އެގޭގެ ބޭރުދޮރު
ތަޅުލާފައި ހުރުމުން ގަދަކަމުން ދޮރުހުޅުވަން އުޅުނު ވަގުތު އެގޭތެރެއިން އަޙްމަދު ޝިފާޢު ދޮރުހުޅުވުމުން،
ފުލުހުން އެގެއަށް ވަތްވަގުތު އެގޭ ސިޑިމަތީގައި، އަޙްމަދު ވިސާން ކަނާތުން ރަތްކުލައިގެ ބާޒާރު ކޮތަޅަކާއި
އެސޯރޓެޑް ބްރޭންޑްގެ ބިސްކޯދު ފޮއްޓެއް ހިފައިގެން ހުރެފައި، ފުލުހުން އަޙްމަދު ވިސާންގެ ފަހަތުން ދަނިކޮށް،
އަޙްމަދު ވިސާންގެ އަތުން އެގޭގެ ފުރަތަމަ ފަންގިފިލާގެ ދޮރު މައްޗަށް ވައްޓާލި އެސޯރޓެޑް ބިސްކޯދުފޮށީގެ
ތެރެއިން ފެނުނު 06 (ހައެއް) ޖޫސްޕެޓީ ކޮތަޅުގައި 490.3137 ގްރާމް ޑައިމޯފިން ހުރިކަމަށް އެތަކެތީގެ
ތަޙްލީލު ރިޕޯޓުން ދައްކާތީ، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 103 ވަނަ މާއްދާގެ
(ހ) އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން އަޙްމަދު ވިސާންއާއި އަޙްމަދު ޝިފާޢުގެ މައްޗަށް ޑައިމޯފިން
ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާކުރާކަމަށާއި،
އެޤަޟިއްޔާ ނިންމަވާފައިވަނީ "ދެންފަހެ، ލ. މާވަށް | އެވަރބްލޫގެ އަޙްމަދު ވިސާންއާއި،
ހދ. ވައިކަރަދޫ | މަލަ، އަޙްމަދު ޝިފާޢުގެ މައްޗަށް ދައުލަތުން ކުޅަ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ
ޝަރީޢަތުން ބެލިއިރު، 2012 އޯގަސްޓް 28 ވަނަ ދުވަހު 17:00 ހާއިރު، ކްރިމިނަލް ކޯޓުގެ އަމުރެއްގެ
ހައިކޯ
4
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
3
2014/HC-A/215
2
cec
4 2 2 4 8
ޏަމްޏަމްގެ ބަލައިފާސްކުރުމަށް ފުލުހުންގޮސް އެގެއަށް ވަންނަން ބެލިއިރު، އެގޭގެ ބޭރުދޮރު ތަޅުލާފައި
ހުރުމުން ގަދަކަމުން ދޮރުހުޅުވަން އުޅުނު ވަގުތު އެގޭތެރެއިން އަޙްމަދު ޝިފާޢު ދޮރުހުޅުވުމުން، ފުލުހުން އެގެއަށް
ވަތްވަގުތު އެގޭ ސިޑިމަތީގައި، އަޙްމަދު ވިސާން ރަތްކުލައިގެ ބާޒާރު ކޮތަޅަކާއި އެސޯޓެޑް ބްރޭންޑްގެ ބިސްކޯދު
ފޮއްޓެއް ހިފައިގެން ހުރެފައި، ފުލުހުން އަޙްމަދު ވިސާންގެ ފަހަތުން ދާންފެށުމުން، އަޙްމަދު ވިސާން އެގޭގެ
ފުރަތަމަ ފަންގިފިލާއަށް އަރާ، އަޙްމަދު ވިސާންގެ އަތުން އެގޭގެ ފުރަތަމަ ފަންގިފިލާގެ ދޮރު މައްޗަށް ވައްޓާލި
އެސޯޓެޑް ބްރޭންޑް
ބިސްކޯދުފޮށީގެ ތެރެއިން ފެނުނު 06 (ހައެއް) ޖޫސްޕެޓީ ކޮތަޅުގައި 490.3137 (ހަތަރު
ސަތޭކަ ނުވަދިހަ ޕޮއިންޓް ތިނެއް އެކެއް ތިނެއް ހަތެއް) ގުރާމް ޑައިމޯފިން ހުރިކަމަށް އެތަކެތީގެ ތަޙްލީލު
ރިޕޯޓުން ދައްކާތީއާއި، އަދި މިޙާދިޘާގައި އަޙްމަދު ވިސާން ވައްޓާލި އެސޯޓެޑް ބްރޭންޑްގެ ބިސްކޯދުފޮށިން، އަޙްމަދު
ޝިފާޢުގެ ކަނާތު މެދު އިނގިލީގެ ނިޝާނާއި ކަނާތު ކަށި އިނގިލީގެ ނިޝާން ފެނިފައިވާކަން ފިންގަރ ޕްރިންޓް
ކޮމްޕެރިސަން ރިޕޯޓުން އެނގެން އޮތުމުން، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު)ގެ
144 ވަނަ މާއްދާއަށް ބެލުމުން މިޙާދިޘާގައި އަޙްމަދު ވިސާން ވައްޓާލި އެސޯޓެޑް ބްރޭންޑްގެ ބިސްކޯދުފޮށިން
ފެނުނު މަސްތުވާތަކެއްޗަކީ އަޙްމަދު ޝިފާޢުގެ އަތުގައިވެސް ހުރި އެއްޗެއް
ޗެއްކަން އެނގޭތީއާ، މި މައްސަލާގައި
ޙާދިޘާ ހިނގިތަނަށް ދިޔަ ފުލުހުން ޝަރީޢަތުގައި ދީފައިވާ ހެކިބަހަށާއި، ޝަރީޢަތަށް ހުށަހެޅިފައިވާ ހަރުދަނާ
ޤަރީނާތަކުގެ މައްޗަށް ބިނާކޮށް، އަޙްމަދު ވިސާންއާއި އަޙްމަދު ޝިފާޢުގެ އަތުން 490.3137 (ހަތަރު ސަތޭކަ
ނުވަދިހަ ޕޮއިންޓް ތިނެއް އެކެއް ތިނެއް ހަތެއް) ގުރާމް ޑައިމޯފިން ފެނިފައިވާކަން އެކަށީގެންވާ ޝައްކެއްނެތި
ޝަރީޢަތަށް ސާބިތުވާތީ، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 103 ވަނަ މާއްދާގެ
(ހ) ގެ ދަށުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުން އަޙްމަދު ވިސާންއާއި އަޙްމަދު ޝިފާޢު ކުށްވެރިވެއްޖެކަމަށް
ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ބުނެވިދިޔަ މާއްދާގެ (ނ) ގެ ދަށުން ލ.މާވަށް | އެވަރބްލޫގެ އަޙްމަދު
ވިސާންއާއި، ހދ.ވައިކަރަދޫ | މަލަ، އަޙްމަދު ޝިފާޢުއާ މި ދެމީހުންކުރެ ކޮންމެ މީހަކު އުމުރަށް ޖަލަށްލުމާއެކު
-/100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމަށް ޙުކުމްކޮށް، މި ޖޫރިމަނާ ފައިސާ މިއަދު (16 މާރޗް
2014) އިން ފެށިގެން 01 (އެކެއް) މަސްދުވަހުގެ ތެރޭގައި މި ކޯޓަށް (ކްރިމިނަލް ކޯޓަށް) ދައްކާ
ޚަލާސްކުރުމަށް އަޙްމަދު ވިސާންއާއި އަޙްމަދު ޝިފާޢުއަށް އަންގާ ޙުކުމްކޮށް..." މައްސަލަ ނިންމަވާފައިވާކަން
އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
4
20j4/HC-A/215
2) ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/762 ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ހދ.ވައިކަރަދޫ | މަލަ، އަޙްމަދު ޝިފާޢުގެ ފަރާތުން އެ ޤަޟިއްޔާ
އިސްތިއުނާފުކުރަމުން 03 (ތިނެއް) ނުކުތާއެއް ފާހަގަކޮށް، އެ
ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
ce
43ހ4 2
ނެކެeeކމެދު
0
ފުރަތަމަ ނުކުތާއަކީ، ކުށުގެ ތުހުމަތުގައި މީހުން ހިފާހައްޔަރުކުރުމަށް ޤާނޫނުގައި
ކަނޑައަޅާފައިވާ ހަމަތަކާއި އިޖުރާޢަތާއި ޚިލާފަށް އަޙްމަދު ޝިފާޢު ހައްޔަރުކޮށްފައިވަނިކޮށް އެކަމަށް ރިޢާޔަތް
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ންކުރއވެ
• ދެވަނަ ނުކުތާއަކީ، ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާ
އްދާއާއި ޚިލާފަށް ހެކި ހޯދާފައިވަނިކޮށް
އެކަމަށް ރިޢާޔަތް ނުކުރައްވާ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
، ތިންވަނަ ނުކުތާއަކީ، އެކަށީގެންވާ ޝައްކެތްނެތް މިންވަރަށް ދައުލަތުން ހެކިދެއްކިފައިނުވުން
އަދި ޝައްކު އުފެދޭ ގިނަ ކަންތައްތަކެއް މައުޖޫދުވެ ފެންނަން ހުއްޓާ އެކަންކަމަށް ރިޢާޔަތް ނުކުރައްވާ
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާ ޚިލާފަށް މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
3) މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/762 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށާއި، މި މައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް
ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އަޙްމަދު ވިސާންއާއި އަޙްމަދު ޝިފާޢު، 28 އޯގަސްޓް 2012 ދުވަހު
17:00 އެހާކަށްހާއިރު، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ލ. ޏަމްޏަމްގެ ބަލައި ފާސްކުރުމަށް ފުލުހުންގޮސް
ވަންނަން ބެލިއިރު، އެގޭގެ ބޭރުދޮރު ތަޅުލާފައި ހުރުމުން ގަދަކަމުން ދޮރުހުޅުވަން އުޅުނު ވަގުތު
އެގޭތެރެއިން އަޙްމަދު ޝިފާޢު ދޮރުހުޅުވުމުން، ފުލުހުން އެގެއަށް ވަތްވަގުތު އެގޭ ސިޑިމަތީގައި، އަޙްމަދު ވިސާން
ކަނާތުން ރަތްކުލައިގެ ބާޒާރު ކޮތަޅަކާއި އެސޯރޓެޑް ބްރޭންޑްގެ ބިސްކޯދު ފޮއްޓެއް ހިފައިގެން ހުރެފައި، ފުލުހުން ގައި
އަޙްމަދު ވިސާންގެ ފަހަތުން ދަނިކޮށް، އަޙްމަދު ވިސާންގެ އަތުން އެގޭގެ ފުރަތަމަ ފަންގިފިލާގެ ދޮރު މައްޗަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
5
20j4/HC-A/215
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ވައްޓާލި އެސޯރޓެޑް ބިސްކޯދުފޮށީގެ ތެރެއިން ފެނުނު 06 (ހައެއް) ޖޫސްޕެޓީ ކޮތަޅުގައި 490.3137 ގްރާމް
ޑައިމޯފިން ހުރިކަމަށް އެތަކެތީގެ ތަޙްލީލު ރިޕޯޓުން ދައްކާތީ، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ
ޤާނޫނު) ގެ 103 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން އަޙްމަދު ވިސާންއާއި އަޙްމަދު
ޝިފާޢުގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ދައުލަތުން ކުރުމުން، މި މައްސަލާގައި ޙާދިޘާ
ހިނގިތަނަށް ދިޔަ ފުލުހުން ޝަރީޢަތުގައި ދީފައިވާ ހެކިބަހަށާއި، ޝަރީޢަތަށް ހުށަހެޅިފައިވާ ހަރުދަނާ ޤަރީނާތަކުގެ
މައްޗަށް ބިނާކޮށް، އަޙްމަދު ވިސާންއާއި އަޙްމަދު ޝިފާޢުގެ އަތުން 490.3137 (ހަތަރު ސަތޭކަ ނުވަދިހަ
ޕޮއިންޓް ތިނެއް އެކެއް ތިނެއް ހަތެއް) ގުރާމް ޑައިމޯފިން ފެނިފައިވާކަން އެކަށީގެންވާ ޝައްކެއްނެތި ޝަރީޢަތަށް
ސާބިތުވާތީ، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުން އަޙްމަދު ވިސާންއާއި އަޙްމަދު ޝިފާޢު ކުށްވެރިވެއްޖެކަމަށް
ކަނޑައަޅައި ޙުކުމްކޮށްފައިވާކަން އިސްތިއުނާފުކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/762
ޤަޟިއްޔާއަށް ބެލުމުން އެނގޭކަމާއި،
މިހާރު އިސްތިއުނާފު ކުރެވޭ ޤަޟިއްޔާއަކީ އަޙްމަދު ޝިފާއުގެ ފަރާތުން އިސްވެބުނެވުނު ޤަޟިއްޔާ
އިސްތިއުނާފުކުރުމަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާކަމެވެ.
611 6 8 2
(ނ) ދެވަނަ ކަމަކީ، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 103
ވަނަ މާއްދާގެ (ހ) ގައި ޑައިމޯފިން ޓްރެފިކް ކުރުމަކީ ކުށެއްކަމަށް ބަޔާންކޮށްފައި
ކޮށްފައިވާކަމާއި، އަދި އެ މާއްދާގެ (ނ)
ގައި އެކުށުގެ އަދަބަކީ އުމުރަށް ޖަލަށްލުމާއި އެކު -/100,000ރ. (އެއްލައްކަ) ރުފިޔާއިން ފެށިގެން
-/10,000,000ރ. (ދިހަމިލިއަން) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުންކަމަށް
ccc
ހދ 0
0
2
ބަޔާންކޮށްފައި
އޮންނަކަމާއި،
އިސްތިއުނާފު މިކުރެވޭ މައްސަލާގައި އަޙްމަދު ޝިފާޢުގެ މައްޗަށް ދައުލަތުން ކޮށްފައިވާ
ދަޢުވާއަކީ އިސްވެ ބަޔާން
ޔާންކުރެވުނު މާއްދާގެ ދަށުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށްކަމާއި، ޤާނޫނު ނަންބަރު
17/2011 (މަސްތުވާތަ ޤާނޫނު) ވަނަ މާއްދާގައި ޓްރެފިކްކުރުމަކީ ކޮބައިކަން
ބަޔާންކޮށްފައިވާކަމާއި، އެގޮތުން، ޓްރެފިކް ކުރުމަކީ ޕެޑްލަރަކަށް ނުވާމީހަކު، އެޤާނޫނުގެ 142 ވަނަ މާއްދާގައި
ބަޔާންކު
ފުރިހަމަވާ ގޮތަށް މަސްތުވާތަކެތިން
.eކއި&ބހޭ
ދޑ 8ސ ޑ 4
ގެ
17
8 6
ކަންކަމުގެ ތެރެއިން
ކުމެ
މ އ ވ272 ހއ
00002ރކޮށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
6
2014/HC-A/215
ޕެޑްލަރަކަށްހުރެ، އެޤާނޫނުގެ 142 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ދެކަމެއް ފުރިހަމަވާގޮތަށް
މަސްތުވާތަކެތިން މުޢާމަލާތްކުރުންކަމަށް ބަޔާންކޮށްފައިވާކަމާއި،
އިސްވެބުނެވުނު ޤާނޫނުގެ 142 ވަނަ މާއްދާއަށް ބަލާއިރު، އެމާއްދާގައި،"މި ޤާނޫނުގައި އެހެން
ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މަސްތުވާތަކެތިން މުޢާމަލާތްކުރާ މީހަކު، އަންނަނިވި ކަންކަމުގެ ތެރެއިން
ކަމެއް ކޮށްފިކަމަށް ސާބިތުކުރެވޭނަމަ، އޭނާއަކީ މަސްތުވާތަކެތި ޓްރެފިކްކުރި މީހެއްކަމަށް ބެލެވޭނެއެވެ."،
މިފަދައިން ބަޔާންކޮށް ޖުމްލަ 11 (އެގާރަ) ކަމެއް ބަޔާންކޮށްފައިވާކަމާއި، އެއަކުރުތަކުގެ ތެރެއިން (ޅ) ގައި
"މަސްތުވާތަކެތި ވިއްކުމަށްޓަކައި އެކި ފެންވަރުގައި، އެކި މިންވަރަށް، އެކިގޮތަށް މަސްތުވާތަކެތި ބަންދުކޮށް
ބާޒާރަށް ނެރުމުގެ ވަޞީލަތްތައް، އޭނާގެ ކޮންޓްރޯލްގެ ދަށުގައި ހުރުން"؟ މިފަދައިން ބަޔާންކޮށްފައިވާކަމާއި، އަދި
އެމާއްދާގެ (ހ) ގައި "ޓްރެފިކްކުރާ މީހެއްކަމަށް ބެލެވޭ މިންވަރުކަމަށް މިޤާނޫނުގައި ކަނޑައަޅާފައިވާ މިންވަރަށް
މަސްތުވާތަކެތި އަތުގައި ހުރުން" މިފަދައިން ބަޔާންކޮށްފައިވާއިރު، ބުނެވުނު ޤާނޫނުގެ 141 ވަނަ މާއްދާގައި، އެ
ޤާނޫނުގެ ބޭނުމަށްޓަކައި މަސްތުވާތަކެތި އަތުގައި ހުރިކަމަށް ބެލެވޭނެ ޙާލަތްތައް ބަޔާންކޮށްފައިވާކަމާއި، އަދި އެ
ޤާނޫނުގެ 144 ވަނަ މާއްދާގައި، އެކެއްގެ އަތުގައި ހުރި މަސްތުވާ އެއްޗެއް އެހެން މީހެއްގެ އަތުގައިވެސް
ހުރިކަމަށް ބެލެވޭނެ ޙާލަތް ބަޔާންކޮށްފައިވާކަމާއި، އެގޮތުން، އެކަކަށްވުރެ ގިނަ މީހުންނަށް އެނގިގެން، އެމީހުންގެ
ރުހުމާއެކު، އޭގެ ތެރެއިން ވަކިމީހެއްގެ އަތުގައި މަސްތުވާތަކެތި ހުރެއްޖެނަމަ، އެއިން ކޮންމެ މީހެއްގެ
އަތުގައިވެސް ވަކިވަކިން މަސްތުވާތަކެތި އެޢަދަދަށް ހުރީ ކަމުގައި
ބަޔާންކޮށްފައިވާކަން
ފާހަގަކުރެވެންއޮންނަކަމެވެ.
04. 4 , ,
ބޮފުޅުންކަމަށް
(ނ) ތިންވަނަ ކަމަކީ، ކުށުގެ ތުހުމަތުގައި މީހުން ހިފާހައްޔަރުކުރުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ
ހަމަތަކާއި އިޖުރާއްތާއި ޚިލާފަށް އަޙްމަދު ޝިފާޢު ހައްޔަރުކޮށްފައިވާކަމަށާއި، އަދި ޤާނޫނުއަސާސީގެ 52 ވަނަ
މާއްދާއާއި ޚިލާފަށް ހެކި ހޯދާފައިވަނިކޮށް އެކަމަށް ރިޢާޔަތް ނުކޮށް މައްސަލަ ނިންމަވާފައިވާކަމަށް ބުނެ އަޙްމަދު
ޝިފާއުގެ ފަރާތުން ހުށަހެޅި ނުކުތާއަށް ރިޢާޔަތްކުރިއިރު،
އިސްވެ ފާހަގަކުރެވުނު ނުކުތާއަކީ ކްރިމިނަލް ކޯޓުގައި މައްސަލަ ހިނގަމުން ދިޔައިރު އަޙްމަދު
ޝިފާޢުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއެއް ނޫންކަމަށާއި، ދަށުކޯޓުގައި ފާހަގަކޮށްފައިނުވާ އައު ނުކުތާއެއް
އިސްތިއުނާފް މަރުޙަލާގައި ހައިކޯޓުން ބަލައިގަނެ ކުރިއަށް ގެންދިއުމާމެދު ދައުލަތުން އިޢުތިރާޟުކޮށްފައިވާކަ
ފާހަގަކުރެވޭކަމާއި، ކްރިމިނަލް ކޯޓުގައި އަޙްމަދު ޝިފާޢުގެ ފަރާތުން ދައްކާފައިވާ ވާހަކައިގައި
އެ 44
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
7
2014/HC-A/215
31 2 3
ހއ ހދޑ 8
ގުޅިގެން އަޙްމަދު ޝިފާޢު ހައްޔަރުކުރެވިފައިވަނީ ޤާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއާތާ ޚިލާފަށްކަމަށް ބުނެ
ނުވަތަ މައްސަލާގައި ހެކި ހޯދާފައިވާ ގޮތާއިމެދު އެއްވެސް ވާހަކައެއް ދައްކާފައިވާކަން މި މައްސަލާގައި ހުށަހެޅުނު
ލިޔެކިޔުންތަކުން އެނގެންނެތްކަމާއި،
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 22/2010 އާއި އެ ޤާނޫނަށް 1 ވަނަ
އިޞްލާޙު ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 40/2014}} ގެ 32 ވަނަ މާއްދާގެ (ހ) ގައި ހައިކޯޓުން
ބަލާނީ ދަށުކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތައް އަސާސްކަމުގައި ބަލައިގެންކަމަށް
ބަޔާންކޮށްފައިވާއިރު، އަޙްމަދު ޝިފާޢުގެ ފަރާތުން ހުށަހަޅާފައިވާ އިސްވެ ފާހަގަކުރެވުނު ނުކުތާއަކީ އެ ފަރާތުން
ދަށުކޯޓުގައި ފާހަގަކޮށްފައިވާ ނުކުތާއެއްނޫންކަމާއި، މި މައްސަލާގައި އަޙްމަދު ޝިފާޢުގެ މައްޗަށް ޑައިމޯފިން
ޓްރެފިކްކުރުމުގެ ދަޢުވާކުރެވިފައިވާއިރު، ދަޢުވާ ބިނާވެފައިވަނީ އަޙްމަދު ޝިފާޢު ހައްޔަރުކުރެވުނުއިރު ހޯދުނު
ހެއްކާއި ޤަރީންތަކުގެ މައްޗަށްކަމަށްވީއިރު، އަދި މައްސަލާގެ ޝަރީޢަތް ހިންގާ ނިމެންދެން އަޙްމަދު ޝިފާޢު ހުރީ
ބަންދުގައިކަމަށް (pre
-
trial detention) ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވާއިރު، ދަށު ކޯޓުގައި ބުނެވުނު
ހެކިތަކާއި ޤަރީނާތައް ހޯދާފައިވާގޮތާއި މެދު ވާހަކަދެއްކުމުގެ ފުރުޞަތު އަޙްމަދު ޝިފާޢުއަށް ލިބި، އެ ފަރާތުން
ދަށުކޯޓުގެ ޝަރީޢަތުގެ މަރުޙަލާގައި ބުނެވުނު ހެކިތަކާއި ޤަރީނާތަކާއި މެދު އެއްވެސް ވާހަކައެއް
ދައްކާފައިނުވާއިރު، ބުނެވުނު ހެއްކާއި ޤަރީނާތަކުގެ މައްޗަށް ރިޢާޔަތްކޮށް އަޙްމަދު ޝިފާޢުގެ މައްޗަށް ކުށް
ސާބިތުވާކަމަށް ދަށުކޯޓުން ޙުކުމްކުރުމުން، އަޙްމަދު ޝިފާޢުގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކުރަމުން،
އޭނާ ހައްޔަރުކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށްކަމަށާއި، އަދި މައްސަލާގައި ހެއްކާއި ޤަރީނާ ހޯދާފައިވަނީ
ޤާނޫނާ ޚިލާފަށްކަމަށް ބުނެ ފާހަގަކޮށްފައިވާ އެ ނުކުތާއަކީ، މިހާރު އިސްތިއުނާފުކުރެވޭ މި މަރުޙަލާގައި
ބަލައިގަނެވޭނެ
މައްސަލަ ބެލި ފަނޑިޔާރުންނަށް ނުފެނުނުކަމެވެ.
ންކުބއއކމަށް
(ނ) ހަތަރުވަނަ ކަމަކީ، އެކަށީގެންވާ ޝައްކެތްނެތް މިންވަރަށް ދައުލަތުން ހެކި ދެއްކިފައިނުވާއިރު،
އަދި ޝައްކު އުފެދޭ ގިނަ ކަންތައްތަކެއް މައުޖޫދުވެ ފެންނަން ހުއްޓާ އެކަންކަމަށް ރިޢާޔަތް ނުކުރައްވާ
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާ ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށް ބުނެ އަޙްމަދު ޝިފާޢުގެ
ފަރާތުން ހުށަހެޅި ނުކުތާއަށް ރިޢާޔަތްކުރިއިރު،
ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/762 ޤަޟިއްޔާގައި އަޙްމަދު
ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ، މި މައްސަލާގައި އަޙްމަދު
ދިވެހިރާއްޖޭގެ
0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
8
20j4/HC-A/215
ހު
އެސޯޓެޑް ބްރޭންޑްގެ ބިސްކޯދު ފޮށިން، އަޙްމަދު ޝިފާޢުގެ މެދު އިނގިލީގެ ނިޝާނާއި ކަށި އިނގިލީގެ ނިޝާން
ފެނިފައިވާތީ، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ
144 ވަނަ މާއްދާއަށް
ރިޢާޔަތްކޮށް، އަޙްމަދު ވިސާން ވައްޓާލި އެސޯޓެޑް ބިސްކޯދު ފޮށިން ފެނުނު މަސްތުވާ ތަކެއްޗަކީ އަޙްމަދު
ޝިފާޢުގެ އަތުގައި ހުރިތަކެތިކަމަށް ބަލައި، ހުށަހެޅިފައިވާ ހެކިތަކާއި ޤަރީނާތަކުގެ މައްޗަށް ރިޢާޔަތްކޮށްގެންކަން
އިސްވެބުނެވުނު ޤަޟިއްޔާއަށް ބެލުމުން އެނގޭކަމާއި،
ދައުލަތުން އަޙްމަދު ޝިފާޢުގެ މައްޗަށް ކުރި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާއަށް މި
މައްސަލާގެ ތަޙްޤީޤު މަރުޙަލާގައާއި އަދި ޝަރީޢަތުގެ މަރުޙަލާގައި އަޙްމަދު ޝިފާޢުގެ ފަރާތުން
އިންކާރުކޮށްފައިވާކަމާއި، މި މައްސަލާގައި އަޙްމަދު ޝިފާޢުގެ މައްޗަށް ދައުލަތުން ކުޅަ ޑައިމޯފިންގ
ޓްރެފިކްކުރުމުގެ ކުށް ސާބިތުކޮށްދިނުމުގެ ގޮތުން، އަޙްމަދު ވިސާން ވައްޓާލި އެސޯޓެޑް ބްރޭންޑްގެ ބިސްކޯދު
ފޮށިން ފެނުނު މަސްތުވާތަކެއްޗާއި އަޙްމަދު ޝިފާޢުއާ ގުޅުވައިދިނުމުގެ ގޮތުން ދައުލަތުން ހުށަހެޅި ހެއްކަށް
ބަލާއިރު،
މައްސަލާގައި ހާދިސާ ހިނގި ތަނަށް ދިޔަ ފުލުހުން، ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ
މަޖިލިހުގައި ދީފައިވާ ހެކިބަހުގައި، 28 އޯގަސްޓް 2012 ދުވަހު، މ. ޏަމްޏަމްގެ ބަލާ ފާސްކުރުމަށް ފުލުހުން
ގޮސް، ފުރަތަމަ އެގޭގެ ބޭރު ދޮރު ގަދަކަމުން ހުޅުވަންވެގެން އުޅުމުގެ ތެރޭގައި އަޙްމަދު ޝިފާޢު
ދޮރުހުޅުވާލިކަމަށާއި، ހުޅުވާލި ގަޑީގައި އަޙްމަދު ވިސާން ހުރީ ސިޑިމަތީގައިކަމަށާއި، ފުލުހުން ފެނުމުން އަޙްމަދު
ވިސާން ދުވެފައި މައްޗަށް އެރިކަމަށާއި، އެވަގުތު، އޭނާގެ އަތުގައި ރަތް ކުލައިގެ ކޮތަޅަކާއި އެސޯޓެޑް ބްރޭންޑްގެ
ބިސްކޯދު ފޮއްޓެއްއޮތްކަމަށާއި، ދަމުން އޭތި ފަސްޓް ފްލޯރއަށް ވައްޓާލާފައި އެއަށްވުރެ މައްޗަށް އެރިކަމަށާއި،
ފުލުހުން އަޙްމަދު ވިސާން ހިފަހައްޓައި، ވައްޓާލި އެތި ނަގައި ބަލާފާސްކުރިއިރު، އޭގެ ތެރެއިން
މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ
ހުރި 6 ޖޫސްޕެޓީ ކޮތަޅާއި ބިސްކޯދު ޕެކެޓެއް ފެނިފައިވާކަމަށާއި،
އަދި ރަތްކުލައިގެ ކޮތަޅެއްގެ ތެރެއިން ކައްޓާއެއް ފެނިފައިވާކަމަށާއި، އަޙްމަދު ޝިފާޢުގެ ހަށިގަނޑު ބަލައި
ފާސްކުރިއިރު، އަޙްމަދު ޝިފާޢުގެ އަތުން މަސްތުވާ
ޝައްކުކުރެވޭ އެއްވެސް އެއްޗެއް
ފެނިފައިނުވާކަމަށާއި، ނަމަވެސް އޭނާގެ ކަނާތްފަރާތު ޖީބުން މ.ޏަމްޏަމްގޭގެ ފުރަތަމަ ފަންގިފިލާގެ ތަނޅުދަނޑި
ފެނިފައިވާކަމަށާއި، އެ ތަޅުދަނޑި ބޭނުންކޮށްގެން އެ ގޭގެ ފުރަތަމަ ފަންގިފިލާ ހުޅުވައި ޗެކްކޮށްފައިވާކަމަށާއި،
ޗެކްކުރިކުރުމުން ރަބަރު ޕެކެޓްތަކަކާއި ރަބަރު ޕެކެޓް ބަންދުކުރަން ގެންގުޅޭ މެޝިނަކާއި، އޭގެ އިތުރުން
ބިސްކޯދު ފޮއްޓަކާއި އިތުރު ތަކެތި ފެނިފައިވާކަމަށް ބުނެފައިވާއިރު، މި މައްސަލާގައި ޝަރީއަތަށް
އއނއ
6
COC
އެއްޗެއްކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު މުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
9
2014/HC-A/215
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
0a9 8 2
ހުރިހާ ހެކިންގެ ހެކިބަހުން ޏަމްޏަމްގޭގެ ފުރަތަމަ ފަންގިފިލާއިން މަސްތުވާތަކެތި ފެނިފައިނުވާކަން އެ
ފަރާތްތަކުން މި މައްސަލާގެ ތަޙްޤީޤަށާއި ޝަރީޢަތުގެ މަޖިލިހުގައި ދީފައިވާ ބަޔާންތަކުން އެނގޭކަމާއި،
ފުލުހުން މ. ޏަމްޏަމްގެއަށް ވަތް ވަގުތު އެގޭ ސިޑިމަތީގައި އަޙްމަދު ވިސާން ހުރެފައި، ސިޑިން
މައްޗަށް ދުވެފައި އަރަމުން އެގޭގެ ފުރަތަމަ ފަންގިފިލާގެ ދޮރުމައްޗަށް ވައްޓާލި އެސޯޓެޑް ބިސްކޯދު ފޮށިން
ފެނިފައިވާ މަސްތުވާތަކެއްޗަކީ އަޙްމަދު ޝިފާޢުގެ އެނގުމާއި ފެނުމުގެ މަތީން ހުރި ތަކެތިކަމަށް ދައުލަތުގެ
ފަރާތުން ފާހަގަކޮށްފައިވާއިރު، ދައުލަތުން އެފަދައިން ފާހަގަކޮށްފައިވަނީ އަޙްމަދު ޝިފާޢުގެ ޖީބުން ފެނުނު
ތަޅުދަނޑިއަކުން އެގޭގެ ފުރަތަމަ ފަންގިފިލާގައި ހުރި އެޕާޓްމަންޓް ހުޅުވިއިރު، އެ އެޕާޓްމަންޓްގައި މަސްތުވާތަކެތި
ބަންދުކޮށްފައި ހުންނަ ޒާތުގެ ޕެކެޓް ބަންދުކުރާ މެޝިނަކާއި، އެސޯޓެޑް ބިސްކޯދު ފޮށީގެ ކަރުދާސް
ކަވަރަކާއި، އެސޯޓެޑް ބިސްކޯދު ޕެކެޓްފަދަ ތަކެތި ފެނިފައިވާތީއާއި، އަޙްމަދު ވިސާން އެއްލާލި އެސޯޓެޑް ބިސްކޯދު
ފޮށިން އަޙްމަދު ޝިފާޢުގެ ފިންގަރޕްރިންޓް ފެނިފައިވާތީކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާއިރު،
މ.ޏަމްޏަމްގޭގެ ފުރަތަމަ ފަންގިފިލާއިން ފެނުނު އެސޯޓެޑް ބިސްކޯދު ފޮށީގެ ކަރުދާސް ކަވަރަކީ އަޙްމަދު ވިސާން
ވައްޓާލި އެސޯޓެޑް ބިސްކޯދު ފޮށީގެ ކަވަރުކަން ނުވަތަ، އެ އެޕާޓްމަންޓުން ފެނުނު އެސޯޓެޑް ބިސްކޯދު 5 ޕެކެޓަކީ
އަޙްމަދު ވިސާންގެ އަތުން ފެނުނު ބިސްކޯދު ފޮށީގެ ޕެކެޓްތަކެއްކަން ސާބިތުކުރުމަށް ދައުލަތުން އެއްވެސް ހެއްކެއް
ހުށަހަޅާފައިނުވާކަމާއި، އަދި އެ ތަކެއްޗަކީ އަޙްމަދު ވިސާންގެ އަތުން ފެނުނު ބިސްކޯދު ފޮށީގެ ކަވަރާއި
ތަކެއްކަމަ ބެލިނަމަވެސް، ޏަމްޏަމްގޭގެ
ފުރަތަމަ ފަންގިފިލާގެ އެޕާޓްމަންޓްގެ ތެރެއިން
މަސްތުވާއެއްވެސް އެއްޗެއް ފެނިފައިނުވާކަން މި މައްސަލާގައި ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން
6
ޕިކަeކއެކަމަ
އެނގެންއޮންނަކަމާއި،
2
: 2 2 4 8
މި މައްސަލާގައި މަސްތުވާތަކެތި ފެނިފައިވަނީ އަޙްމަދު ވިސާން ޏަމްޏަމްގޭގެ ފުރަތަމަ
ފަންގިފިލާގެ ދޮރުމައްޗަށް ވައްޓާލި އެސޯޓެޑް ބްރޭންޑްގެ ބިސްކޯދު ފޮށީގެ ތެރޭގައި ހުރި ޖޫސްޕެޓީ
ޅުތަކަކުންކަމާއި، އަދި އަޙްމަދު ވިސާން އެއްލާލި ފޮށިން އަޙްމަދު ޝިފާޢުގެ ކަނާތު މެދުއިނގިލީގެ ނިޝާން،
ރިޖް ޕެޓަރން، ރި ދަތުރުކޮށްފައިވާގޮތް އަދި ރިޖް ސިފަތަކުގެ 11 ސިފައަކާއި އަޙްމަދު ޝިފާޢުގެ ކަނާތު
ކަށިއިނގިލީގެ ނިޝާން ރިޖް ޕެޓަރން، ރިޖް ދަތުރުކޮށްފައިވާގޮތް އަދި ރިޖް ސިފަތަކުގެ 21 ސިފައަކާއި
އެއްގޮތްވެފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 2012
/
0990/k
(
d
)
/
FCR ފިންގަރޕްރިންޓް
ކޮމްޕްރިސަން ރިޕޯޓަށް ބެލުމުން އެނގެން އޮތްނަމަވެސް، އަޙްމަދު ވިސާން މ.ޏަމްޏަމްގޭގެ ފުރަތަމަ ފަން
COXOC
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
10
2014/HC-A/215
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
8
ދޮރު ކުރިމައްޗަށް ވައްޓާލި އެސޯޓެޑް ބްރޭންޑްގެ ބިސްކޯދު ފޮށީގެ ތެރެއިން ފެނުނު މަސްތުވާތަކެތި ހުރި 06
ކޮތަޅުން
މިން އަޙްމަދު ޝިފާޢުގެ ފިންގަރޕްރިންޓް ފެނިފައިނުވާކަމާއި،
މި މައްސަލާގައި ފެނިފައިވާ މަސްތުވާތަކެއްޗަކީ އަޙްމަދު ޝިފާޢުގެ ތަކެތިކަމާމެދު އަޙްމަދު
ޝިފާއުގެ ފަރާތުން އިންކާރުކޮށްފައިވާއިރު، މަސްތުވާތަކެތި ފެނުނު ޖޫސްޕެޓީ ކޮތަޅުތަކާއި އަޙްމަދު ޝިފާޢުއާ
ގުޅުވައިދޭ ކަމަކީ، އެ ކޮތަޅުތައް ފެނުނު އެސޯޓެޑް ބްރޭންޑް ބިސްކޯދު ފޮށިން އަޙްމަދު ޝިފާޢުގެ
ފިންގަރޕްރިންޓް ފެނިފައިވާތީއާއި، އަޙްމަދު ޝިފާޢުގެ ޖީބުން މ. ޏަމްޏަމްގޭގެ ފުރަތަމަ ފަންގިފިލާގެ ތަޅުދަނޑި
ފެނިފައިވުމާއި، އެ ގޭގެ ފުރަތަމަ ފަންގިފިލާގެ އެޕާޓްމަންޓުން އެސޯޓެޑް ބްރޭންޑްގެ ބިސްކޯދު ފޮށީގެ ކަރުދާސް
ކަވަރަކާއި އެ ބްރޭންޑްގެ ބިސްކޯދު ޕެކެޓް ފެނިފައިވާތީކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވީނަމަވެސް، މި
މައްސަލާގައި މަސްތުވާތަކެތި ފެނިފައިވަނީ އަޙްމަދު ޝިފާޢުގެ އަތުންކަމުގައިނުވާއިރު، އަދި އަޙްމަދު ޝިފާޢުގެ
ޖީބުން ފެނުނު ތަޅުދަނޑިން ހުޅުވުނު މ. ޏަމްޏަމްގޭގެ ފުރަތަމަ ފަންގިފިލާގެ އެޕާޓްމަންޓްގެ ތެރެއިންވެސް
މަސްތުވާ ބާވަތުގެ އެއްވެސް އެއްޗެއް ފެނިފައިނުވާކަން އެނގޭކަމާއި، އަދި މައްސަލާގައި ހެކިބަސްދީފައިވާ
ފަރާތްތަކުގެ ބަހުންނާއި އަޙްމަދު ވިސާންގެ ބަހުންވެސް، އަޙްމަދު ވިސާން ވައްޓާލި އެސޯޓެޑް ބްރޭންޑްގެ ބިސްކޯދު
ފޮށީގެ ތެރެއިން ފެނުނު ޖޫސްޕެޓީ ކޮތަޅުތަކުން ފެނިފައިވާ މަސްތުވާތަކެއްޗަކީ ޤާނޫނު ނަންބަރު 17/2011
މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 141 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، އަޙްމަދު ޝިފާޢުގެ އަތުން ފެނުނު
ތަކެތިކަމަށް ބެލެވެންނެތްކަ
ފެތްކަމާއި، އަދި އެ ތަކެއްޗަކީ އަޙްމަދު ވިސާންގެ އަތުން ފެނިފައިވާ ތަކެތިކަމުގައިވީ ހިނދު،
އެ ތަކެތި އަޙްމަދު ވިސާންގެ ހިޔާޒަތުގެ ދަށުގައިހުރީ އަޙްމަދު ޝިފާޢުގެ އެނގުމުގެ ނުވަތަ ބެލުމުގެ ދަށުންކަން
މި މައްސަލާގައި ދައުލަތުން ހުށަހެޅި އެއްވެސް ހެއްކެއްގެ ބަހުން އެނގެންނެތްކަމާއި، އަޙްމަދު ވިސާން އަތުން
ފެނުނު މަސްތުވާތަކެއްޗަކީ އަޙްމަދު ޝިފާޢުގެ އަތުން ފެނުނު ތަކެތިކަމަށް ދައުލަތުން ބުނެފައިވީނަމަވެސް،
އަޙްމަދު ޝިފާޢުއާއި މި މައްސަލާގައި ފެނިފައިވާ މަސްތުވާތަކެއްޗާއި ގުޅުވައިދޭ ސަބަބުތައްކަމަށް ބުނެ ދައުލަތުން
ފާހަގަކޮށްފައިވާ ސަބަބުތަކުގެ މައްޗަށް ބަލާއިރު، އަޙްމަދު ވިސާން ވައްޓާލި އެސޯޓެޑް ބްރޭންޑްގެ ބިސްކޯދު
ފޮއްޓާއި އަޙްމަދު ޝިފާޢުއާ ސީދާ ގުޅުވައިދޭ ހަމައެކަނި ހަރުދަނާ ޤަރީނާއަކީ އަޙްމަދު ޝިފާޢުގެ ފިންގަރޕްރިންޓް
އަޙްމަދު ވިސާން ވައްޓާލި އެސޯޓެޑް ބްރޭންޑްގެ ބިސްކޯދު ފޮށިން ފެނުންކަން އެނގޭކަމާއި، މީގެ އިތުރަށް
އަޙްމަދު ޝިފާޢުއާ އެ ފޮށީގެ ތެރެއިން ފެނުނު މަސްތުވާތަކެއްޗާ ގުޅުވައިދޭ އިތުރު އެއްވެސް ހެއްކެއް
ޤަރީނާއެއްވެސް ދައުލަތުން ހުށަހަޅާފައިވާނުވާކަމާއި،
COCCC
ކެއިން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
11
20j4/HC-A/215
އެހެންކަމުން، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 142 ވަނަ
ބނަކޮށް،
މާއްދާގައި ބުނާ ޓްރެފިކްކުރީކަމަށް ބެލެވޭނެފަދަ އެއްވެސް ޙާލަތެއް ދައުލަތަށް ސާބިތުކޮށްދެވިފައިނުވާއިރު، އަޙްމަދު
ވިސާން ވައްޓާލި ފޮށިން އަޙްމަދު ޝިފާޢުގެ ފިންގަރޕްރިންޓް ފެނިފައިވުމީ، ހަމައެކަނި އެކަމުގެ މައްޗަށް
ބުނެވުނު ޤާނޫނުގެ 144 ވަނަ މާއްދާގެ ދަށުން އަޙްމަދު ވިސާންގެ އަތުން ފެނުނު މަސްތުވާތަކެތި
އަޙްމަދު ޝިފާޢުގެ އަތުގައި ހުރީ އޭނާގެ އެނގުމާއި ރުހުމުގެ މަތިންކަން ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ
ގެ ދަށުން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުކޮށްދޭކަމެއް ނޫންކަމަށް ދިވެހިރާއްޖޭގެ
ހައިކޯޓުގައި މި މައްސަލަ ބެލުމުގައި ބައިވެރިވި ހުރިހާ ފަނޑިޔާރުންނަށްވެސް ފެނުނުކަމެވެ.
6=ހ2
eyނ
437 2މ
ރުމާއެކު،
ވީމާ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް
ކްރިމިނަލް ކޯޓުގެ ނަންބަރު
2012/Cr-C/762 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ
ބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަށް އިއްތިފާޤުވެވުނެވެ.
ޙުކުމް
އެ
ދެންފަހެ، އިސްވެ ފާހަގަކު
ހަގަކުރެވުނުކަންކަން އެގޮތަށް ހުރުމުން، ހދ. ވައިކަރަދޫ | މަލަ، އަޙްމަދު
ޝިފާޢު (އައިޑީ ކާޑު ނަންބަރު A234732) ގެ ފަރާތުން ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/762
ޤަޟިއްޔާ އިސްތިއުނާފުކުރަމުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާ
ބިނާކޮށް،
ޤަޟިއްޔާގައި ޑައިމޯފިން
ޓްރެފިކްކުރުމުގެ ކުށުން އަޙްމަދު ޝިފާޢު ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، ކޮށްފައިވާ ޙުކުމްގެ އެ ބައި
ބާޠިލުކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، އެގޮތުގެ
މަތިން ޙުކުމްކޮށްފީމެވެ.
އީއްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv