ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/89 ޤަޟިއްޔާގެ ޙުކުމް
1
2007/HC-A/89
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރ: 89/HC
-
A/2007
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީސް
* އައިޑީކާޑް ނަންބަރ..
ދާއިމީ އެޑްރެސް
* މިހާރުގެ އެޑްރެސް:
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޒަރީނާ މުޙައްމަދު
ކާޑު ނަންބަރ A129594
* ދާއިމީ އެޑްރެސް: މިނިވަންއައްސޭރި ފ.ބިލެއްދޫ
*
*
މިހާރުގެ އެޑްރެސް
ހުށަހެޅުނު ތާރީޚް: 30 އޭޕްރީލް 2007
ނިމުނު ތާރީޚް: 06 މެއި
2010
0
ތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2006/L3C/28
• ނިންމެވިކޯޓް: ފ.ބިލެއްދޫ ކޯޓް
• ޤަޟިއްޔާގެ ބާވަތް: ޒިނޭކުރުން
ހުށަހެޅުނުތާރީޚް: 14/11/2006
ނިމުނު ތާރީޚް: 14/12/2006
ވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ ތިންނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2
2007/HC-A/89
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
co
މިއީ، ފ.ބިލެއްދޫ ކޯޓްގެ ނަންބަރ 2006/L3C/28 ގެ ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ
ގޮތާއިމދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ އެޓާނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެޤަޟިއްޔާ
އިސްތިއުނާފުކޮށްދެއްވުން އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ.
ފާހަގަކުރެވުނު ނުކުތާތައް:
މިމައްސަލައާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދަޢުލަތުގެ
ފަރާތުންނާއި އަދި ފ.ބިލެއްދޫ އެވަރލާސްޓް ޒަރީނާ މުޙައްމަދާއި، ސ.ފޭދޫ ހުދުވެލި މޫސާ
ނަޢީމްއާއި މިފަރާތްތަކުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށްށާއި މިމައްސަލައާ ގުޅޭ ގޮތުން
ޝަރީޢަތަށް ލިބިފައިވާ ބަޔާންތަކާއި ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ފުރަތަމަކަމަކީ، މިމައްސަލައާ ގުޅިގެން ދައުލަތުގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތަށް
ހުށަހެޅި، ސ.ފޭދޫ ހުދުވެލި { ފަތަގުމާގެ މޫސާ ނަޢީމްއާއި ފ.ބިލެއްދޫ އެވާލާސްޓް ޒަރީނާ
މުޙައްމަދާއި މިދެމީހުން ކައިވެނި ކުރިކަން އަންގައިދޭ ކޯޓް ނަންބަރ 1ގެ ލިޔުމަށް ބަލާއިރު
މިދެމީހުން ހިޖުރީގޮތުން 5-3-1410ގައި (މީލާދީ ގޮތުން 1989
/
10
/
5ގައި މާލޭގެ އިސްލާމީ
މަރުކަޒުގައި ކާވެނިކޮށްފައިވާ ކަމާއި މިއީ މިދެމީހުން ކާވެނި ކުރި ފުރަތަމަ
ފަހަރު ކަމާއި
މިކަންކަން މިލިޔުމަށް ބެލުމުން އެނގެން އޮންނައިރު، ޒަރީނާ މުޙައްމަދު މިމައްސަލައާއި ގުޅިގެން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނަށް ބަލާއިރު، މިލިޔުމުގައި
ކައިވެނި ކުރި ތާރީޚްކަމަށް އެވަނީ ރަނގަޅު ތާރީޚެއްކަމަށް ބުނެފައިވާ ކަމާއި،އަދި މިބުނެވުނު
މޫސާ ނަޢީމް މިމައްސަލައާ ގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުގައި
ދައުލަތުގެ ފަރާތުން ހުށަހެޅި ލިޔުންތަކުގައި ކާވެނިކުރި ތާރީޙް ކަމަށް ވަނީ 5 އޮކްޓޯބަރު 1989
ކަމަށާއި އެކަމާމެދު މޫސާ ނަޢީމް ދަންނަވާނެ އެއްޗެއް ނެތްކަމަށާއި މޫސާ ނަޢީމު ދެކޭގޮތުގައި
ސަރުކާރުން ދޫކޮށްފައި އޮންނާނީ ރަނގަޅު ލިޔުމެއް ކަމަށް ބުނެފައިވާކަން އެނގެން އޮތުމުން،
ދައުލަތުގެ ފަރާތުން ހުށަހެޅި މިބުނެވުނު ރަސްމިލިޔުމުންނާއި މިދެމީހުންގެ ބަހުން މިދެމީހުން
ވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ ތިންނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2007/HC-A/89
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ފުރަތަމަ ކާވެނިކޮށްފައި ވަނީ ހިޖުރީގޮތުން 5-3-1410( ގޮތުން 5-10-1989)
މިތާރީޚުގައިކަން ޝަރީޢަތަށް ޘާބިތުވާކަން އެނގެން އޮންނަ އޮތުމެވެ.
ދެވަނަކަމަކީ ޒަރީނާ މުޙައްމަދާއި މޫސާ ނަޢީމާއި މިދެމީހުން އިސްވެއިޝާރާތް
ކުރެވުނު ތާރީޚްގައި ކާވެނި ކުރިފަހުން ޒަރީނާ މުޙައްމަދަށް ލިބުނު ދަރިފުޅަށް ކިޔުނީ
ޢާއިޝަތުކަން މިދެމީހުންގެ ބަހުން އެނގެން އޮންނައިރު، މިކުއްޖާގެ އުފަން ދުވަހުގެ ސެޓްފިކެޓާއި
އަދި މިކުއްޖާގެ ފޫޅުމް ފޯމަށް ބަލާއިރު، މިކުއްޖާ ވިހާފައިވަނީ ހިޖުރީގޮތުން 28 ރަބީޢުލް އާޚިރު
1410، މީލާދީ ގޮތުން 27 ނޮވެމްބަރ 1989ގައި ކަން އެނގެން އޮންނައިރު، ޒަރީނާ މުޙައްމަދު
މިކުއްޖާ ވިހާފައިވަނީ މިކުއްޖާގެ އުފަންދުވަހުގެ ސެޓްފިކެޓާއި ފޫޅުމާ ފޯމްގައި މިކުއްޖާ ވިހެއި
ތާރީޚް ކަމަށް ބަޔާންކޮށްފައިވާ މިބުނެވުނު ތާރީޚްގައި ކަން މިމައްސަލައާ ގުޅިގެން ހައިކޯޓްގެ
ޝަރީޢަތުގެ މަޖިލީހަށް ޒުރީނާ މުޙައްމަދު ދީފައިވާ ބަޔާނުން އެނގެން އޮންނައިރު، މިމައްސަލައާ
ގުޅިގެން މޫސާ ނަޢީމް ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުގައި މިކުއްޖާގެ އުފަން
ދުވަހުގެ ސެޓްފިކެޓާއި ފޫޅުމާ ފޯމުން ފެންނަގޮތުން މިކުއްޖާ ވިހާފައިވަނީ 27 ނޮވެމްބަރު
1989 ގައި ކަމަށް މޫސާ ނަޢީމްވެސް ބުނެފައިވާކަން އެނގެން އޮތުމުން، ޒަރީނާ މުޙައްމަދު،
އާއިޝަތު ވިހާފައިވަނީ ހިޖުރީގޮތުން 28 ރަބީޢުލް ޢާހިރު 1410، މީލާދީ ގޮތުން 1989/11/27
މިތާރީޚްގައިކަން މިކުއްޖާގެ އުފަންދުވަހުގެ ސެޓްފިކެޓާއި ފޫޅުމާ ފޯމުންނާއި ޒަރީނާ މުޙައްމަދާއި
މޫސާ ނަޢީމާއި މިދެމީހުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުން ޘާބިތުވާކަން އެނގެން
ތުމެވެ.
ތިންވަނަ ކަމަކީ، އިސްވެ ބަޔާންކުރެވިދިޔަ ގޮތުގެ މަތިން މޫސާ ނަޢީމާއި ޒަރީނާ
މުޙައްމަދާއި މިދެމީހުންގެ ފުރަތަމަ ކައިވެނި ކުރިތާރީޚްއަކީ، ހިޖުރީގޮތުން 1410/3/5 ގައިކަން
ސާބިތުވާއިރު،އަދި މިތާރީޚްގައި މިދެމީހުން ކާވެނިކުރުމަށްފަހު، ޒަރީނާ މުޙައްމަދު، (އައިޝަތު)
ނަމަކަށް ކިޔާ ދަރިފުޅު ވިހާފައިވަނީ ހިޖުރީގޮތުން 1410
/
4
/
28ގައި ކަން ސާބިތުވެ އެނގެން
އޮތުމުން، ޒަރީނާ މުޙައްމަދު، ޢާއިޝަތު ނަމަކަށް ކިޔާ މިދަރިފުޅު ވިހާފައިވަނީ ޒަރީނާ
މުޙައްމަދާއި މޫސާ ނަޢީމާއި މިދެމީހުން ކާވެނި ކުރިތާ ހިޖުރީ ގޮތުން 1 މަހާއި 23 ދުވަހުންކަން
އެނގެން އޮންނައޮތުމެވެ.
*ހ 425
4
އިންގއވމެވެ.
$ ހ 43
4
ވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ ތިންނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.higlhcourt.gov.mv
2007/HC-A/89
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ހަތަރުވަނަ ކަމަކީ ހިޖުރީ ސަނަތުން 28 ރަބީޢުލްއާޚިރު1410 ގައި ޒަރީނާ
މުޙައްމަދު އަރީޝާ ނަމަކަށް ކިޔާ ދަރިފުޅު ވިހެއިއިރު، އެކުއްޖާގެ ބުރަދަނުގައި 2 ކިލޯ ހުރިކަމާއި
އަދި އެކުއްޖާއަށް 9 މަސްވެފައިވާކަމާއި މިކަންކަން މިކުއްޖާގެ ފޫޅުމާ ފޯމުން އިތުރަށް އެނގެން
0 ހ3 · ·
އިންނައތމެވެ.
می مرک
ފަސްވަނަކަމަކީ އިސްލާމީ ޝަރީޢަތުގެ ދަލީލުތަކުން ދަރިލެއްވުމުގެ އެންމެ ކުރު
މުއްދަތަކީ ދެމީހަކު، ކާވެނިކުރި ތާރީޚުން ފެށިގެން ހިޖުރީގޮތުން ހަމަސް ދުވަސްކަން އެނގެން
އިތުރުން ޤާނޫނުނަންބަރ 4/2000 (ޢާއިލާއާބެހޭ ޤާނޫނު)ގެ 52 ވަނަ
މާއްދާގެ(ހ) އިންވެސް ދަރިލެއްވުމުގެ އެންމެ ކުރުމުއްދަތަކީ ކާވެނި ކުރި ވަގުތުން ފެށިގެން،
ހިޖުރީގޮތުން 06 (ހަމަސް) ދުވަސް ކަން އެނގެން އޮތުމުން ޒަރީނާ މުޙައްމަދު ހިޖުރީ ސަނަތުން
28 ރަބީޢުލް އާޚިރު 1410 ގައި ވިހެއި ދަރިފުޅު ޢައިޝަތު އަކީ، މޫސާ ނަޢީމުގެ ކުއްޖެއްކަމަށް
މިމައްސަލައާއި ގުޅިގެން ތަޙްޤީޤަށާއި ޝަރީޢަތަށް މޫސާ ނައީމް ދީފައިވާ ބަޔާންތަކުގައި
ބުނެފައިވީނަމަވެސް ޒަރީނާ މުޙައްމަދު މިކުއްޖާ ވިހާ ފައިވަނީ، ޒަރީނާ މުޙައްމަދާއި މޫސާ
ނަޢީމްއާއި މިދެމީހުން ކާވެނިކުރިތާ ހިޖުރީގޮތުން 1 މަހާއި 23 ވަނައަށްވީ ދުވަހުގައިކަން
ސާބިތުވާތީ، އިސްލާމީ ޝަރީޢަތާއި އިސްވެއިޝާރާތްކުރެވުނު ޤާނޫނު ނިޔާ ކުރާގޮތުން ބުނެވުނު
ތާރީޚްގައި ޒަރީނާ މުޙައްމަދު ވިހާފައިވާ ޢާއިޝަތު ނަމަކަށް ކިޔާ ކުއްޖާއަކީ، މޫސާ ނަޢީމުގެ
ދަރިއެއްކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބެލެވޭނެތަނެއް ނެތުމެވެ
ހަވަނަކަމަކީ، މަތީގައި ބަޔާން ކުރެވިދިޔަ ކަން ކަމުގެ މައްޗަށް ރިޢާޔަތްކޮށް
ބަލާއިރު، ހިޖުރީ ސަނަތުން 28 ރަބީޢުލްއާޚިރާ 1410 ގައި ޒަރީނާ މުޙައްމަދު ވިހާފައިވާ
އާއިޝަތު ނަމަކަށް ކިޔާ ކުއްޖާއަކީ މޫސާ ނަޢީމްގެ ދަރިއެއްކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ
މަތިން
ބެލެވޭނެތަނެއް ނެތްކަން އެނގެން އޮތްއިރުވެސް ފ.ބިލެއްދޫ ކޯޓްގެ ނަންބަރ
2006/L3C/28 ގެ ޤަޟިއްޔާ އެކޯޓުން ނިންމެވިއިރު، 27 ނޮވެމްބަރ 1989 ދުވަހު ޒަރީނާ
މުޙައްމަދު ވިހާފައިވާ ދަރިފުޅު (ޢާއިޝަތު)ގެ ބައްޕައަކީ، ސ.ފޭދޫ ހުދުވެލި މޫސާ ނަޢީމްކަމަށް
އެޤަޟިއްޔާގައި ކަނޑައަޅުއްވައި ކުރައްވާފައިވާ ޙުކުމާ ބެހޭބައި އޮތީ ޝަރުއީ އަދި ޤާނޫނީ
އުޞޫލުތަކާއި ޚިލާފަށްކަން އެނގެން އޮންނަ އޮތުމެވެ.
0
3
322 ހދ
ވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ ތިންނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.higlhcourt.gov.mv
5
2007/HC-A/89
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ހަތްވަނަކަމަކީ، އިސްވެ ބަޔާންކުރެވިދިޔަ ކަންކަން ބަޔާންވެދިޔަ ގޮތުގެ މަތިން
ހުރުމާއިއެކު ފ.ބިލެއްދޫ
ބިލެއްދޫ ކޯޓްގެ ނަންބަރ 2006/L3C/28 ގެ ޤަޟިއްޔާގައި 27 ނޮވެމްބަރު
1989ގައި ފ.ބިލެއްދޫ އެވަލާސްޓް ޒަރީނާ މުޙައްމަދު ވިހާފައިވާ އަންހެން ދަރިފުޅު (އާއިޝަތު)
ގެ ބައްޕައަކީ ސ.ފޭދޫ ހުދުވެލި މޫސާ ނަޢީމް ކަމަށް ކަނޑައަޅުއްވައި ކުރައްވާފައިވާ ޙުކުމާ
ބެހޭބައި އޮތީ ޝަރުއީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަން އެނގެން އޮންނާތީ އެޤަޟިއްޔާގެ
އެޙުކުމާ ބެހޭ ބައި ބާޠިލު ކުރަންޖެހޭނެ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލި
ފަނޑިޔާރުންގެ މަޖިލީހަށް އިއްތިފާޤު ވެވިފައިވުމެވެ.
އިސްވެ ދިޔަ ސަބަބުތަކާއި ފާހަގަ ކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަކޮށް
ފ.ބިލެއްދޫ އެވަލާސްޓް ޒަރީނާ މުޙައްމަދާއި ސ.ފޭދޫ ހުދުވެލި މޫސާ ނަޢީމްއާއި މިދެމީހުން
ހިޖުރީ ސަނަތުން 5 ރަބީޢުލްއައްވަލު 1410 | މީލާދީ ސަނަތުން 5 އޮކްޓޯބަރު 1989ގައި
ކާވެނިކުރުމަށްފަހު، ހިޖުރީސަނަތުން އެކާވެންޏަށް 01 މަހާއި 23 ވަނައަށްވީ ދުވަހު (28 ރަބީއުލް
އާޚިރު 1410
27 ނޮވެމްބަރ 1989 ދުވަހު) މިޒަރީނާ މުޙައްމަދު ވިހާފައިވާ އަންހެން ދަރިފުޅު
(ޢާއިޝަތު) އަކީ މިބުނެވުނު މޫސާ ނަޢީމްގެ ދަރިއެއްކަމަށް މިދެމީހުން ބުނި ނަމަވެސް
އިސްލާމީ ޝަރީޢަތުގެ ދަލީލުތަކުންނާއި އަދި ޤާނޫނު ނަންބަރ 4/2000 ގެ 52 ވަނަ
މާއްދާގެ (ހ) އިން ދަރިލެއްވުމުގެ އެންމެ ކުރު މުއްދަތަކީ ކައިވެނިކުރި ވަގުތުން ފެށިގެން ހިޖުރީ
ގޮތުން 06 މަސް ދުވަހުގެ މުއްދަތުކަން އެނގެން އޮންނައިރު، 28 ރަބީޢުލް އާޚިރު 1410
ވީދުވަހު، ޒަރީނާ މުޙައްމަދު ވިހެއި ދަރިފުޅު (ޢާއިޝަތު) ވިހާފައި ވަނީ ޒަރީނާ މުޙައްމަދާއި މޫސާ
ނަޢީމާ މިދެމީހުން ކާވެނިކުރި ތާރީޚް ކަމަށްވާ 5 ރަބީޢުލް އައްވަލް 1410ގައި ކާވެނިކުރިތާ 01
މަހާއި 23 ވަނައަށްވީ ދުވަހުގައި ކަން ޝަރީޢަތަށް ސާބިތުވާތީ އާއި ޒަރީނާ މުޙައްމަދު ބުނެވުނު
ތާރީޚްގައި (ޢާއިޝަތު) ނަމަކަށް ކިޔާ ދަރިފުޅު ވިހެއި އިރު އެކުއްޖާގެ ބަރުދަނުގައި 2 ކިލޯ ހުރި
ކަމާއި އަދި އެކުއްޖާއަށް ނުވަމަސްވެފައިވާކަމާއި މިކަންކަން މިކުއްޖާގެ ފޫޅުވާ ފޯމުން އެނގެން
އޮތުމުން އެކުއްޖާގެ ފޫޅުމާ ފޯމުން އެނގެންހުރި މިބުނެވުނު ކަންކަމަކީ މިދެމީހުން ބުނެވުނު
ވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ ތިންނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2007/HC-A/89
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
cuO7
04 2ވ
ކޯޓްގެ
ތާރީޚްގައި ކާވެނި ކުރުމުގެ ކުރިން ޒަރީނާ މުޙައްމަދު އިނީ މިކުއްޖާއަށް ބަލިވެކަން ފާޅުކަން ބޮޑު
ގޮތެއްގައި އެނގޭ ޤަރީނާތަކެއް ކަމަށްވާތީ
ފ.ބިލެއްދޫ އެވަލާސްޓް ޒަރީނާ މުޙައްމަދު ހިޖުރައިން 28 ރަބީޢުލް އާޚިރު 1410! މީލާދީން
27 ނޮވެމްބަރު 1989ގައި ވިހާފައިވާ އަންހެންދަރިފުޅު (ޢާއިޝަތު) ގެ ނަސަބު ސާބިތުކުރެވެން
ނެތްކަމަށާއި އަދި މި އާއިޝަތުއަކީ ބައްޕައެއްނެތް ކުއްޖެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން
މިމައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި،
ފ.ބިލެއްދޫ ނަންބަރ 2006/L3C/28 ގެ ޤަޟިއްޔާގައި 27 ނޮވެމްބަރު 1989
ދުވަހު، ފ.ބިލެއްދޫ އެވަލާސްޓް ޒަރީނާ މުޙައްމަދު ވިހާފައިވާ އަންހެން ދަރިފުޅު (އާއިޝަތު) ގެ
ބައްޕައަކީ ސ.ފޭދޫ ހުދުވެލި މޫސާ ނަޢީމު ކަމަށް ކަނޑައަޅުއްވައި އެޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމާ ބެހޭބައި ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަބެލި ފަނޑިޔާރުންގެ ޢިއްތިފާޤުން ބާޠިލްކޮށް
މިޤަޟިއްޔާ ނިންމީއެވެ.
• ނޯޓް: ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާގެ ދަށުން ބެލެވިފައިވާނީ ފ. ބިލެއްދޫކޯޓްގެ
ނަންބަރ 2006/L3C/28 ގެ ޤަޟިއްޔާ ނިންމަވާފައިވާ ގޮތާމެދު ހިތްހަމަނުޖެހޭކަމަށްބުނެ
އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅި ނުކުތާތައް އެކަންޏެވެ.
މިޤަޟިއްޔާ ބަލާ ނިޔާ ކަނޑައެޅީ
294/
ނހި
ޢަލީ ޙަމީދު މުޙައްމަދަ
(ފަނޑިޔާރު)
ޢަބްދުލް ޣަނީ މުޙައްމަދު
(އިސްފަނޑިޔާރު)
.4. އެ
ޙަމީދު
ފަނޑިޔާރު)
ވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ ތިންނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.higlhcourt.gov.mv