ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/308 ޤަޟިއްޔާގެ ޙުކުމް
1
2008/HC-A/3 08
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
1/2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 308/HC
-
A/2008
އިސްތިއުނާފުކުރި ފަރާތް:
* ނަން: ޒަކަރިއްޔާ މޫސާ
އައިޑީ ކާޑު ނަންބަރު: A042381
* ދާއިމީ އެޑްރެސް: އަތިރީގެ އދ.ފެންފުށީ
އެޑްރެސް: މ.ސްނޯ
• އިސްތިއުނާފު ރައްދުވި ފަރާތް:
z ނަން މުޙައްމަދު އާދަމް
: އައިޑީ ކާޑުނަންބަރު: A030278
ދާއިމީ އެޑްރެސް: މާބަގީޗާގެ / އދ. ފެންފުށީ
* މިހާރުގެ އެޑްރެސް: މާބަގީޗާގެ/ އދ.ފެންފުނީ
* ނިމުނު ތާރީޚް: 10 ރަމަޟާން 1433
ރަޖިސްޓްރީ ތާރީޚް: 05 ޛުލްޙިއްޖާ 1429
03 ޑިސެމްބަރ 2008
29
ޖުލައި
2012
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2006/I8C/25
ނިންމެވި ކޯޓް: އދ ފެންފުށީކޯޓުގެ
. މައްސަލައިގެ ބާވަތް: އެހެނިހެންމަދަނީ މައްސަލަ
• މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރުގެ ޢަލީ ސަމީރު، އިސްފަނޑިޔާރު: އަޙްމަދު ޝަރީފް، ފަނޑިޔާރު: ޔޫސުފް ޙުސައިންޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
'2
2008/HC-A/3 08
ހާދަ، އދ
ދަޢުވާގެ ޚުލާޞާ
ފެންފުށީކޯޓުގެ ނަންބަރު 2006/I8C/25 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި އދ. ފެންފުށީ އަތިރީގެ ޒަކަރިއްޔާ
މޫސާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި،
އިސްތިއުނާފު ރައްދުވާ ފަރާތަކީ އދ.ފެންފުށީ | މާބަގީޗާގެ މުޙައްމަދު އާދަމެވެ.
ފާހަގަކުރެވުނު ނުކުތާތައް
1- އދ ފެން ފުށީކޯޓުގެ ނަންބަރު 2006/I8C/25 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ "އދ.ފެންފުށީ ބަގީޗާގެ އެވެކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހާ ޢިމާރާތްތަކާއި
މިފަދަތަންތަން އދ.ފެންފުށީ މާބަގީޗާގެ މަރުޙޫމް އާދަމް މުޙައްމަދަށް މ.ސްނޯ ޒަކަރިއްޔާ މޫސާ
ވިއްކާފައިވާތީ މިގޯތީގެ މިލްކުވެރިކަމާމެދު ކޯޓުން ގޮތެއް ނިންމައިދިނުމަށް އެދި މަރުޙޫމް އާދަމް މުޙައްމަދުގެ
ދަރި އދ. ފެންފުށީ މާބަގީޗާގެ މުޙައްމަދު އާދަމް ޝަރީޢަތަށް ހުށަހެޅުމުން ބެލުނު މައްސަލައެއްކަން އެނގެން
އޮންނަކަމާއި،
E
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "ދެންފަހެ، އިސްވެދިޔަ ނުކުތާތަކަށާއި ހުށަހެޅި ލިޔުންތަކަށް
ރިޢާޔަތް ކުރުމަށްފަހު އދ.ފެންފުށީ | މާބަގީޗާގެ މުޙައްމަދު އާދަމް، މ.ސްނޯ ޒަކަރިއްޔާ މޫސާގެ މައްޗަށް
ދަޢުވާކުރާ، އދ.ފެންފުށީ | ބަގީޗާގެ އެވެކިޔާ ބަންޑާރަގޯތީގައިވާ އެންމެހާ ޢިމާރާތްތަކާއި ވަޅުފަދަތަންތަނަކީ
މުޙައްމަދު އާދަމްގެ ބައްޕަ އދ.ފެންފުށީ | މާބަގީޗާގެ އަލްމަރުޙޫމް އާދަމް މުހައްމަދަށް، މ.ސްނޯ ޒަކަރިއްޔާ
މޫސާ 29 ޖޫން 1976 ގައި ވިއްކާފައިވާ ގޯއްޗެއްކަމަށް ބުނެ މުޙައްމަދު އާދަމް ކުރާ މިދަޢުވާގައި،
އދ. ފެންފުށީ / ބަގީޗާގެ އެވެކިޔާ ބަންޑާރަ ގޯތި ޒަކަރިއްޔާ މޫސާ، މަރުޙޫމް އާދަމް މުޙައްމަދަށް ވިއްކައި އަގު
ވަނީ އަދާކޮށްފައިކަމަށް، ދަޢުވާކުރާ ފަރާތުން ޝަރީޢަތަށް ހުށަހެޅި ލިޔެކިޔުންތަކާއި އަދި ހެކިންގެ ހެކިބަހުން،
ޝަރީޢަތަށް ޘާބިތުވާކަމަށް ކަނޑައަޅައި، އދ.ފެންފުށީ | ބަގީޗާގެ އެވެކިޔާ ބަންޑާރަގޯތީގައިވާ އެންމެހާ
ޢިމާރާތްތަކާއި ވަޅުފަދަތަންތަނަކީ އދ.ފެންފުށީ | މާބަގީޗާގެ އަލްމަރުޙޫމް އާދަމް މުޙައްމަދަން މި ވެގެންވާ
ޖެކޮށް މިޤަޟިއްޔާ ނިންމީއެވެ." މިފަދައިންނެވެ.
eނނކމެނ ދކމކށ
*
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
U COCOOX
3
2008/HC-A/3 08
02- އދ.ފެންފުށީ ކޯޓުގެ ނަންބަރު 2006/I8C/25 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި މ.ސްނޯ ޒަކަރިއްޔާ މޫސާގެ
ފަރާތުން 06 (ހައެއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ، އދ. ފެންފުށި ކޯޓުގެ ނަންބަރު 2006/I8C/25 ޤަޟިއްޔާގައި ބައްލަވާ
ނިންމަވާފައިވާ މައްސަލައަކީ،
ޤާނޫނު ނަންބަރު 4/91 ދިވެހިރާއްޖޭގެ
ޤާނޫނުގައި
ހިމެނިގެންވާ ކަންކަމުގެ މައްޗަށާއި، ޤާނޫނު ނަންބަރު 1/2002 ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގައި
ހިމެނިގެންވާ ކަންކަމުގެ މައްޗަށާއި އަދި މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނުގައި ހިމެނިގެންވާ ކަންކަމުގެ
މައްޗަށް ރިޢާޔަތް ނުކުރައްވާ ނިންމަވާފައިވާ މައްސަލައެއްކަމަށް ބުރަވެވޭފަދަ ސަބަބުތަކެއް ހުރުންކަމަށް ބުނެ
ހުށަހެޅި ނުކުތާ.
(ށ) ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 80/HC-A/2005 ޤަޟިއްޔާގައި
ބައްލަވާ ނިންމަވާފައިވާ މައްސަލާގައި ހިމެނިގެންވާ އދ.ފެންފުށީ ބަގީޗާގެ އެވެކިޔާ ބަންޑާރަގޯތީގައިވާ
އެންމެހައި ޢިމާރާތްތަކާއި، ވަޅުފަދަ ތަންތަން ނިސްބަތްވާ ވިޔަފާރީގެ މުޢާމަލާތުގެ ޞައްޙަ ނުޞައްޙަ
ޓަކައި އދ.ފެންފުށީ ކޯޓުގެ ނަންބަރު 2006/25
/
8C ޤަޟިއްޔާގައި ބައްލަވާފައިވާ
މައްސަލައަކީ ބައްލަވަންވާ ވަރަށް ނުބައްލަވާ ނިންމަވާފައިވާ މައްސަލައެއްކަމަށް ޤަބޫލުކުރެވޭފަދަ
ހުރިކަމަށް ބުނެ ހުށައެޅި ނުކުތާ.
ދޑ 8 ހދ
ކަނޑައެޅުއްވުމަށްޓާ.
ސަބަބުތަކެއް
(ނ) ތިންވަނަ ނުކުތާއަކީ، އދ.ފެންފުށީ ކޯޓުގެ ނަންބަރު 2006/I8C/25 ޤަޟިއްޔާގައި ބައްލަވާ
ނިންމަވާފައިވާ އދ.ފެންފުށީ ބަގީޗާގެ އެވެކިޔާ ބަންޑާރަގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ
މައްސަލައަކީ އދ.ފެންފުށީ މާބަގީޗާގެ އާދަމް މުޙައްމަދު
މަދުގެ ޙަޔާތުގައި އޭނާ ހުށަހަޅުއްވާފައިވާ
މައްސަލަ
ސަލައަކަށްނުވާކަމަށް ބުނެ ހުށައެޅި ނުކުތާ.
ހއ ހ 43
ބންންގެ
(ނ) ހަތަރުވަނަ ނުކުތާއަކީ، އދ. ފެންފުށީ ބަގީޗާގެ އެވެކިޔާ ގޯއްޗަކީ، 29 ޖޫން
މ.ސްނޯ ޒަކަރިއްޔާ މޫސާ، މަރުޙޫމް އާދަމް މުޙައްމަދަށް ވިއްކާފައިވާ ގޯއްޗެއްކަމަށާއި،
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2008/HC-A/3 08
އެވެކިޔާ ބަންޑާރަ ގޯތީގެ އަގުއަދާކޮށް ނިންމާފައިވާ ކަމަށްބުނެ، އެމަރުޙޫމްގެ ދަރިފުޅު މުޙައްމަދު އާދަމް
އދ. ފެންފުށީ ކޯޓަށް ހުށަހެޅި ލިޔުމުގައި ނުހިމެނޭ މީހެއްގެ އަތުން ހެކިބަސް ހޯދައިގެން އެލިޔުމަކީ، ޞައްޙަ
ލިޔުމެއްކަމަށް ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުމުގައި ޢަދާލަތެއް ނެތްކަމަށް ބުނެ ހުށައެޅި ނުކުތާ.
މުޢާމަލާeއ
ޝަރުޢީ
(ބ) ފަސްވަނަ ނުކުތާއަކީ، ފުރަބަންޑާރަ ބިންބިމާއި ގޯތިގެދޮރު ގަނެވިއްކުމުގެ
އަދި ޤާނޫނީ ހަމަތަކުގެ މަތިން ތަންޒީމުކުރެއްވުމުގައި ޤާނޫނު ނަންބަރު 1/2002 "ދިވެހިރާއްޖޭގެ ބިމާބެހޭ
ޤާނޫނު" ގައިވާ ގޮތުގެމަތިން ބައްލަވަންޖެހޭ ކަންކަމުގެ މައްޗަށް އދ.ފެންފުށީ ކޯޓުގެ
ނަންބަރު
2006/25/18C ޤަޟިއްޔާ ނިންމެވުމުގައި އެއްވެސް މިންވަރަކަށް ބައްލަވާފައިނުވުމާއި، ޙަވާލާދެވިފައިވާ
ޤާނޫނު ގައިވާގޮތުގެ މަތިން އދ.ފެންފުށީ ބަގީޗާގެ އެވެކިޔާ ބަންޑާރަގޯތީގެ ބިން އަމިއްލަ ކޮށްފައިނުވާކަމާއި،
ވިއްކާ އަގުގެ %15 ސަރުކާރަށް ދައްކާފައިނުވާކަން ފާހަގަކުރެވިފައިވާކަމަށް ބުނެ ހުށައެޅި ނުކުތާ
(ޅ) ހަވަނަ ނުކުތާއަކީ، އދ.ފެންފުށީ ކޯޓުގެ ނަންބަރު 2006/I8C/25 ޤަޟިއްޔާގައި ބައްލަވާ
ނިންމަވާފައިވާ މައްސަލައަކީ، 06 މެއި 2008 ގައި މަދަނީ ކޯޓުން ނަންގަވާފައިވާ ބަޔާނުގެ މައްޗަށް
ތަޤުލީދުކޮށްގެން ނިންމަވާފައިވާ މައްސަލައަކަށްވާއިރު، އެބަޔާނުގައިއެވާ މ.ސްނޯލައިޓް ޒަކަރިއްޔާ މޫސާއާއި،
މިމައްސަލާގައި ދަޢުވާ ލިބޭ މ.ސްނޯ ޒަކަރިއްޔާ މޫސާއާއި މިއީ މުޅިން ތަފާތު ދެމީހަކަށްވާކަމަށް ބުނެ ހުށައެޅި
.2
-03
މިމައްސަލައާއި ގުޅިގެން އދ.ފެންފުށީ ކޯޓުގެ ނަންބަރު 2006/I8C/25 މައްސަލަ
ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ޒަކަރިއްޔާ މޫސާގެ ފަރާތުން އިސްތިއުނާފު ކުރުމަށް
ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
އ ހއގ ސ ޑ ޒ
ފިހގކުރެވެއެވެ.
(ހ) ފުރަތަމަކަމަކީ، އިސްތިއުނާފު މިކުރެވޭ އދ.ފެންފުށި ކޯޓުގެ ނަންބަރު 2006/I8C/25
ޤަޟިއްޔާއަކީ، އދ. ފެންފުށި މާބަގީޗާގެއެވެ ކިޔާ ބަންޑާރަގޯތީގައިވާ އެންމެހާ ޢިމާރާތްތަކާއި ވަޅުފަދަތަންތަން
އދ.ފެންފުށި/ ބަގީޗާގެ މަރުޙޫމް އާދަމް މުޙައްމަދަށް މ.ސްނޯ ޒަކަރިއްޔާ މޫސާ ވިއް
މިލްކުވެރިކަމާއި މެދު ކޯޓުން ގޮތެއް ނިންމައިދިނުމަށް އެދި މަރްޙޫމް އާދަމް މުޙައްމަދުގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
5
2008/HC-A/3 08
އދ. ފެންފުށި މާބަގީޗާގެ މުޙައްމަދުއާދަމް ދަޢުވާކުރުމުން ބެލުނު މައްސަލައެއްކަން އެނގޭކަމާއި، މީހަކު
ނިޔާވުމަށްފަހު އެނިޔައުވި މީހެއްގެ މުދަލުގެ މައްޗަށް އެފަރާތެއްގެ ވާރިސުންގެ މަސްލަޙަތު އޮންނާނެކަމާއި،
މިހެންކަމުން އާދަމް މުޙައްމަދު ނިޔައުވުމަށްފަހު އާދަމް މުޙައްމަދުގެ މިލްކެއްކަމަށް އޭނާގެ ވާރިސުންނަށް
ޤަބޫލުކުރެވޭ މުދަލެއްގެ މިލްކުވެރިކަން ޝަރީޢަތުން ސާބިތުކުރުމަށްޓަކައި އެމައްސަލަ ކޯޓަށް ހުށައެޅުމުގެ
މަސްލަޙަތު މަރުޙޫމް އާދަމް މުޙައްމަދުގެ ވާރިސުންގެ ތެރެއިން ކޮންމެ މީހަކަށްވެސް ލިބިގެންވާނެކަމާއި، އަދި
މިމައްސަލަ އާދަމް މުޙައްމަދުގެ ޙަޔާތުގައި އޭނާ ކޯޓަށް ހުށައަޅާފައި ނެތްނެތުމުކީ، އާދަމް މުޙައްމަދުގެ
ވާރިސުންނަށް މިމައްސަލަ ކޯޓަށް ހުށައެޅުމުގެ ޙައްޤު ގެއްލެންވީ ސަބަބެއް ނޫންކަން އެނގޭކަމެވެ.
(ށ) ދެވަނަކަމަކީ، މިމައްސަލައާއި އެކު ހުށައެޅުނު ލިޔެކިޔުންތަކަށްބަލާއިރު، އދ. ފެންފުށި/ ބަގީޗާގޭގެ
މިލްކުވެރިން ސާބިތުކުރުމަށްޓަކައި،އދ.ފެންފުށި މާބަގީޗާގެ މުޙައްމަދު އާދަމްގެ ފަރާތުން އދ.ފެންފުށީ ކޯޓަށް
ހުށައެޅުނު މައްސަލައެއް އެކޯޓުގެ ނަންބަރު 2002/I-8-C/02 ޤަޟިއްޔާއިން ބެލެވި އދ.ފެންފުށީ ބަގީޗާގޭގެ
މިލްކުވެރިފަރާތަކީ އދ.ފެންފުށީ| މާބަގީޗާގެ އާދަމް މުޙައްމަދު ކަން ސާބިތުވާކަމަށް ކަނޑައަޅާފައިވާކަމާއި،
ނަމަވެސް މިމައްސަލަ ޒަކަރިއްޔާ މޫސާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން
އެމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 80/HC
-
A/2005 ނަންބަރު ޤަޟިއްޔާއިން ބައްލަވާ
އދ.ފެންފުށިކޯޓުގެ ޙުކުމް ބާތިލުކުރައްވާފައިވާކަމާއި، އަދި ޙުކުމް ބާތިލުކުރަން ޖެހުނު މައިގަނޑު ސަބަބެއްގެ
ގޮތުގައި ފާހަގަކޮށްފައިވަނީ އެމައްސަލައިގެ ދަޢުވާގެ ޚުލާސާއަށް ބެލުމުން ދަޢުވާ ރައްދުވާންޖެހޭ ފަރާތަކީ
ޒަކަރިއްޔާ މޫސާކަން އެނގެންއޮތްއިރު، އެދަޢުވާއަށާއި އެދަޢުވާއަށް ޖަވާބުދާރީވުމަށް މުޙައްމަދު އާދަމްގެ
ފަރާތުން ހުށައަޅާފައިވާ ހެކިންގެ ހެކިބަސްތަކަށް ޖަވާބުދާރީވުމަށްޓަކައި ޒަކަރިއްޔާ މޫސާ އެޤަޟިއްޔާގެ
ޝަރީޢަތަށް ޙާޟިރުކުރެވިފައިނުވާތީ، އަދި ޒަކަރިއްޔާ މޫސާ ޝަރީޢަތަށް ޙާޟިރުނުކުރެވުނު ސަބަބެއްވެސް
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި އެނގެންނެތަތީ، އަދި ޒަކަރިއްޔާ މޫސާ ޙާޟިރުކުރުމުގެ މަސައްކަތްވެސް
ކުރިކަން މި ރިޕޯޓުން އެނގެން ނެތުމުން ކަން އެނގޭކަމެވެ.
OXO
(ނ) ތިންވަނަކަމަކީ، އދ.ފެންފުށީ ކޯޓުގެ ނަންބަރު 2002/I
-
8
-
C/02 ޤަޟިއްޔާ އިޝާރާތްކުރެވުނު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 80/HC
-
A/2005 ޤަޟިއްޔާއިން ބާތިލުކުރައްވާފައިވުމުން، އދ.ފެންފުށީ
ބަގީޗާގޭގެ މިލްކުވެރިކަމުގެ މައްސަލަ ދެވަނަފަހަރަށް މުޙައްމަދު އާދަމްގެ ފަރާތުން
ހުށައެޅުމުން ބެލެވުނު ޤަޟިއްޔާއަކީ މިހާރު މިއިސްތިއުނާފުކުރެވޭ އދ.ފެންފުށި
އައި
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
6
2008/HC-A/3 08
ބަހެއް
އިވުމަށް
2006/25/08C ޤަޟިއްޔާކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 80/HC-A/2005 ޤަޟިއްޔާއިން
އދ.ފެންފުށި/ ބަގީޗާގޭގެ މިލްކުވެރިކަމުގެ މިމައްސަލަ ހިނގަމުންދާއިރު، ޒަކަރިއްޔާ މޫސާގެ
ހޯދަންޖެހޭނެކަމަށް އިޝާރާތްކޮށްފައި އޮތް ރިޢާޔަތްކޮށް، އދ. ފެންފުށި ކޯޓުގެ ނަންބަރު
2006/I8C/25 ޤަޟިއްޔާއާއި ގުޅިގެން ޒަކަރިއްޔާ މޫސާ އަށް އެމައްސަލައިގައި ވާހަކަދެއްކުމުގެ
ފުރުސަތުދެވިފައިވާކަން މިމައްސަލައާއި ގުޅިގެން ހުށައެޅުނު ލިޔުންތަކުން އަދި ޒަކަރިއްޔާ މޫސާ ދިވެހިރާއްޖޭގެ
ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އެނގޭކަމާއި، އެހެންނަމަވެސް މިމައްސަލައާއި ގުޅިގެން އެއްވެސް
ބަޔާނެއް އދ.ފެންފުށި ކޯޓަށް ދޭން ބޭނުންނުވާކަމަށާއި، ފެންފުށީކޯޓަށްވުރެ މަތީ ކޯޓަކަށް ގެންގޮސްފިނަމަ
ޖަވާބު ދާރީވެ ސޮއިކުރާނެކަމަށް ޒަކަރިއްޔާ މޫސާ ބުނެފައިވާކަން އެނގޭކަމާއި،
ޢާއްމު އުސޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށައެޅޭ އިސްތިއުނާފް ނުކުތާތައް ބިނާކުރެވެން
ޖެހޭނީ، ދަށުކޯޓުގައި ދައްކާފައިވާ ވާހަކަތަކާއި، ދަށުކޯޓަށް ހުށައެޅުނު ހެކިތަކާއި ޤަރީނާތަކުގެ މައްޗަށް
ބިނާކޮށްގެންކަމާއި، އަދި ހައިކޯޓުން މައްސަލަތައް ބަލާނީ ދަށުކޯޓުގައި ހުށައެޅި ހެކިތަކާއި ދިފާޢުތަކަކީ
އަސާސްކަމުގައި ބަލައިގެންކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި
ޔާންވެގެންވާކަމާއި، ޒަކަރިއްޔާގެ މޫސާގެ ފަރާތުން މިމައްސަލަގައި އިސްތިއުނާފުކުރުމަށް ހުށައެޅި
ނުކުތާތަކުގައި ފާހަގަކޮށްފައިވާ ކަންކަމަކީ އެކަންކަމުގެ މައްޗަށް ޒަކަރިއްޔާ މޫސާގެ ފަރާތުން ދަށުކޯޓުގައި
ހުށައެޅި ދިފާޢުތައް އަސްލަކަށް ބަލައިގެން ހުށައެޅި ނުކުތާތަކެއް ނޫންކަން އެނގޭކަމެވެ.
CCU
(ރ) ހަތަރުވަނަކަމަކީ، މިމައްސަލައާއި ގުޅިގެން ހުށައެޅުނު ލިޔުންތަކުގެ ތެރޭގައި 29 ޖޫން 1976
ގެ ތާރީޚު ޖަހާފައިވާ ލިޔުމެއްގައި "އ.ފެންފުށި، ބަގީޗާގެއާއި ގޯތީގައިވާ އެންމެހާ ޢިމާރާތްތަކާއި ވަޅާއި
ރުށްގަސް އ.ފެންފުށި މާބަގީޗާގެ އާދަމް މުޙައްމަދަށް -/1400 ރ. ( ސާދަސަތޭކަރުފިޔާ) އަށް އ.ދަނގެތީ
މާޖެހިގޭ މުޙައްމަދު އަޙުމަދާއި އ.ދަނގެތި ފެންތަށިގެ އިސްމާޢިލް އަލީ ހެކިކޮށް ވިއްކައިފީމެވެ. އަދި މިގޯތި
ވިއްކި އަގު ވަނީ އަޅުގަނޑަށް ލިބިފައެވެ" މި ޢިބާރާތުން އޮންނަ ލިޔުމެއް އޮންނަކަމާއި، މި ލިޔުމުގައި
ވިއްކިފަރާތުގެ ގޮތުގައި ޒަކަރިއްޔާ މޫސާ އަދި ގަތް ފަރާތުގެ ގޮތުގައި އާދަމް މުޙައްމަދު ޖަހާ އެނަންތަކުގެ
މަތީގައި ސޮއި ކޮށްފައިވާކަން އެނގޭކަމާއި، އަދި މިލިޔުމުގައި ހެކިންގެ ގޮތުގައި އ.ދަނގެތީ މާޖެހިގެ
މުޙައްމަދު އާދަމާއި، އެރަށު ފެންތަށިގެ އިސްމާޢީލް އަލީ ވެސް ސޮއިކޮށްފައިވާކަމާއި، ޒަކަރިއްޔާ މޫސާގެ
ފަރާތުން އދ. ފެންފުށި ކޯޓަށް ދީފައިވާ، އަދި އެބަޔާނުގައި ޒަކަރިއްޔާ މޫސާ ސޮއިކުރުމަށް އިންކާރުކޮށްފައިވާ
ބަޔާނުގައި އދ. ފެންފުށި ބަގީޗާގެ ގޯތި އެއްވެސް ދުވަސްވަރެއްގައި ވިއްކާފައި ނުވާނެ
ދިވެހިg
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
7
2008/HC-A/3 08
އެއްވެސް ލިޔުމެއްގައި ސޮއިކޮށްފައިނުވާނެކަމަށް ބުނެފައި އޮންނަކަމާއި، މި ލިޔުމާއި މެދު ޒަކަރިއްޔާ މޫސާ
އިންކާރުކޮށްފައިވީ ނަމަވެސް އެލިޔުމުގައި ސޮއިކުރިއިރު ހެއްކެއްގެ ގޮތުގައި ސޮއިކޮށްފައިވާ އދ.ދަނގެތީ
މާޖެހިގޭ މުޙައްމަދު އަޙުމަދާއި، އެވަގުތު އެ ޙާޟިރުގައި ހުރިކަމަށް ބުނާ އދ.ފެންފުށިހުވަނދުމާގެ
މުޙައްމަދު ޔޫސުފު އާއި މިދެމީހުންގެ ހެކިބަސް މަދަނީކޯޓު މެދުވެރިކޮށް ނަގާފައިވާކަމާއި، ދެހެކިންގެ
ހެކިބަހުގައިވެސް މި މުޢާމަލާތް
ހަނދި
ކަމުގެ މައްޗަށް ހެކި ބަސް ދީފައިވާކަމާއި، ހެކިންގެ މިހެކި ބަސް
ތަޢުނުކުރުމަށް ނުވަތަ އެހެކި ބަސް ނަފީކުރުމަށްޓަކައި ޒަކަރިއްޔާ މޫސާއަށް ފުރުސަތު ލިބިފައިވާއިރު މިހެކި
ބަސް ނަފީކުރުމުގެ ގޮތުން ޒަކަރިއްޔާ މޫސާގެ ފަރާތުން ދަށުކޯޓުގައި އެއްވެސް ވާހަކައެއް ދައްކާފައިވާކަން
އެނގެންނެތްކަމެވެ.
UCOCOOX
CuO
(ބ) ފަސްވަނަކަމަކީ، އދ.ފެންފުށީ ކޯޓުގެ ނަންބަރު 2006/I8C/25 ޤަޟިއްޔާގައި ބައްލަވާ
ނިންމަވާފައިވާ މައްސަލައަކީ، ޤާނޫނު ނަންބަރު 4/91، ދިވެހިރާއްޖޭ ކޮންޓްރެކްޓާބެހޭ ޤާނޫނުގައި
ހިމެނިގެންވާ ކަންކަމުގެ މައްޗަށާއި، ޤާނޫނު ނަންބަރު 9/68 (މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނު) ގައި
ހިމެނިގެންވާ ކަންކަމުގެ މައްޗަށް ރިޢާޔަތް ނުކުރައްވާ ނިންމަވާފައިވާ މައްސަލައެއްކަމަށް ޒަކަރިއްޔާ މޫސާގެ
ފަރާތުން އިސްތިއުނާފު ކުރުމަށް ހުށައަޅާފައިވާ ނުކުތާ ތަކުގައި ބަޔާންކޮށްފައިވީ ނަމަވެސް، މިމައްސަލަ
ބެލުމުގައި އދ.ފެންފުށިކޯޓުން ރިޢާޔަތްނުކޮށްވަނީ، ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނާއި ، މިލްކުވެރިކަން
ބަދަލުކުރުމުގެ ޤާނޫނުގެ ކޮންމާއްދާތަކަކާއި ކަން ޒަކަރިއްޔާ މޫސާއަށް ބުނެދެވިފައިނުވާއިރު، ދިވެހިރާއްޖޭގެ
ކޮންޓްރެކްޓާއި ބެހޭ ޤާނޫނު ވުޖޫދުވެފައިވަނީ މިމުޢާމަލާތް ހިނގި ތާރީޚުގެ ފަހަށްކަން އެނގޭކަމާއި، އަދި
މިލްކުވެރިކަން ބަދަލުކުރު
ބަދަލުކުރުމާބެހޭ ޤާނޫނަށް ބަލާއިރު، މި ޙާދިސާ ހިނގާ ދިޔަ ދުވަސްވަރު، ބަންޑާރަ ބިންބިމުގައި
ހުންނަ މީސް މީހުންގެ މިލްކު ޢިމާރާތް ޝަރީޢަތުން ބޭރުގައި ވިއްކުން މަނާކޮށްފައި ނުވާކަން އެޤާނޫނުގެ (2)
ވަނަ މާއްދާއަށް ބެލުމުން އެނގޭކަމާއި، ޤާނޫނު ނަންބަރު 9/68 (މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނު) ގެ އެ
އެމާއްދާ ލާޒިމުކުރަނީ ދިނުމަކުން، ކިބައަކުން، ވިއްކުމަކުން، މިލްކެއް ބަދަލުކުރުމަށް ފަހު އެކަން ކުރި
ދެފަރާތުން ކުރެ ފަރާތަކުން އެކަން ޝަރީޢަތަށް ހުށައަޅައިގެން ސާބިތުކުރަންވެއްޖެނަމަ އެކަމުގެ މައްޗަށް
އެދެފަރާތުން އެއްބަސްވެ ސޮއިކޮށްފައިވާ ލިޔުމެއް އެލިޔުމުގައި ސޮއިކުރިއިރު ޙާޟިރުވެ ތިބި ހެކީންގެ ސޮޔާއި
އެކު ޝަރީޢަތަށް ހުށައެޅުން ކަމާއި، މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނު ގައިވާ މިފަދަ ލިޔުމެއް މި
މައްސަލައާއި ގުޅިގެން ޝަރީޢަތަށް ހުށައެޅިފައިވާކަން އެނގެން އޮންނަކަމާއި،
އައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2008/HC-A/3 08
އދ. ފެންފުށި ކޯޓުގެ ނަންބަރު 2006/I8C/25 ޤަޟިއްޔާގެ މައްސަލަ ބެއްލެވިއިރު، ޤާނޫނު
ނަންބަރު 1/2002 ދިވެހިރާއްޖޭގެ ބިމާބެހޭޤާނޫނުގައި ހިމެނިގެންވާ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށްފައި
ނުވާކަމަށާއި، މިގޮތުން އެޤާނޫނު ގައިވާގޮތުގެ މަތިން އދ.ފެންފުށީ ބަގީޗާގެ އެވެކިޔާ ބަންޑާރަގޯތީގެ ބިން
އަމިއްލަ ކޮށްފައިނުވާކަމަށާއި، ވިއްކާ އަގުގެ %15 ސަރުކާރަށް ދައްކާފައިނުވާކަމަށް ޒަކަރިއްޔާ މޫސާގެ
ފަރާތުން ބުނެފައިވާއިރު، ބިމާއިބެހޭ ޤާނޫނުގައިވާ މިކަންކަމަކީ ބިމާއިބެހޭ ޤާނޫނު ވުޖޫދުވުމަށް ފަހު ޝަރީޢަތް
މެދުވެރިގެން ގޯއްޗެއް ވިއްކާލުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއާތު ތަކުގެ ތެރޭގައި ހިމެނިގެންވާ ކަންކަން
އެނގެން އޮތުމުން، ޒަކަރިއްޔާ މޫސާއާއި، އާދަމް މުޙައްމަދާއި ދެމެދު ހިނގާފައިވާ މިމުޢާމަލާތުގެ މައްޗަށް
ބިމާބެހޭ ޤާނޫނުގައިވާ އެކަންކަން ތަންފީޒު ކުރަން ނުޖެހޭކަން އެނގޭކަމެވެ.
4
uc Ox
P.
(ޅ) ހަވަނަކަމަކީ، މިމައްސަލައާއި ގުޅިގެން ހުށައެޅިފައިވާ އދ. ފެންފުށި ބަގީޗާގެއަކީ، ޒަކަރިއްޔާ
ފަރާތުން ވިއްކިތަނެއް ނޫންކަމަށް އަދި މިތަން ވިއްކުމުގެ އެއްވެސް ލިޔުމެއްގައި
ސޮއިކޮށްފައިނުވާނޭކަމަށް ޒަކަރިއްޔާ މޫސާ ބުނިނަމަވެސް، ވިއްކުމުގެ މިމުޢާމަލާތް ހިނގިކަމަށް ލިޔުމުން
ފެންނަން އޮތް 1976 މިތާރީޚުގެ ފަހަށް އަދި އޭގެ ކުރިންވެސް އދ.ފެންފުށި/ ބަގީޗާގޭގައިވާ ޢިމާރާތްތަކުގެ
ރަޖިސްޓްރީ އެއްވެސް އިރެއްގައި ޒަކަރިއްޔާ މޫސާގެ ނަންމައްޗަށް ހަދައިދެވިފައިވާކަން އެނގެންނެތުމުންނާއި،
އަދި އެކަން ސާބިތުކޮށްދެވޭ ފަދަ އެއްވެސް ލިޔުމެއް ޒަކަރިއްޔާ މޫސާގެ ފަރާތުން ކޯޓަށް ހުށައަޅާފައި
.ވާކަމުންނާއި، އ.ފެންފުށި ބަގީޗާގެއަކީ އާދަމް މުޙައްމަދަށް ދީފައިވާ ގެއެއްކަމަށް 1987 ސެޕްޓެމްބަރ 28
މި ތާރީޚުގައި އ.ފެންފުށި އޮފީހުން ހަދާދީފައިވާ އ.ފެންފުށި ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ނަންބަރު 78
ލިޔުމުގައިވާ އިތުރު ބަޔާނަށް ބެލުމުން އެނގެންއޮތުމުންނާއި، މިގޯއްޗާއިގުޅިގެން އިތުރު މަޢުލޫމާތު
ހޯދުމަށްޓަކައި ދިވެހިރާއްޖޭގެ ހައިކޯޓުން އދ. ފެންފުށި ކައުންސިލްގެ އިދާރާއަށް ފޮނުވުނު ސިޓީގެ ޖަވާބުގައި،
ލިޔެފައިވާ ވެރިއަކާއި، ކޮންތާރީޚެއްގައި ލިޔެފައިވާ ލިޔުމެއްކަން ނޭނގޭ ލިޔުމެއްގައި ގޯތި ޙަވާލުކުރެވުނު ފަރާތް
ޒަކަރިއްޔާ މޫސާ އާދަމް މުޙައްމަދުކަމަށް އޮންނަކަމަށާއި، ނަމަވެސް ޢިމާރާތުގެ ވެރިފަރާތުގެ ގޮތުގައި އޮތީ
އާދަމް މުޙައްމަދު ޖަޢުފަރު އާދަމް ކަމުގައި ލިޔެފައިވާ ލިޔުމެއް އެއިދާރާގައި އޮތްކަމަށް އދ. ފެންފުށި
ކައުންސިލްގެ އިދާރާގެ ނަންބަރު B8
/
2012
/
02-355
/
95 ސިޓީގައި ބަޔާންކޮށްފައި އޮތުމުންނާއި، މިގޭގައި
އާދަމް މުޙައްމަދާއި އޭނާގެ ފަރާތުން ބައިތިއްބާފައިތިބި ބަޔަކު ފިޔަވާ އިތުރު އެހެން މީހަކު ދިރިއުޅެފައިވާކަން
މިދެފަރާތުން ދެއްކިވާހަކަތަކުން އެނގެންނެތުމުންނާއި، އަދި މިގޭގެ މިލްކުވެރިކަމާއި ގުޅިގެން
އެއްވެސް މައްސަލައެއް ޒަކަރިއްޔާ މޫސާގެ ފަރާތުން އެއްވެސް ތާކަށް ހުށައަޅާފައިވާކަން އެނގެން ނެތް
އަދި އދ.ފެންފުށި ކޯޓުގެ ނަންބަރު 2002/I-8-C/02 ޤަޟިއްޔާ ބަލަމުންދިޔައިރު، އދ.ގެ
އދ. ފެންފުށި
cu o
ޓްގެ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2008/HC-A/3 08
މިލްކުވެރިކަމާއި މެދު ދަޢުވާކުރާ ފަރާތެއްވޭތޯ ކުރެވުނު އިޢުލާނަށްވެސް ޒަކަރިއްޔާ މޫސާގެ ފަރާތުން އިޖާބައެއް
ދީފައިނެތްނެތުމާއި، މިއެންމެހާ ކަންކަމުގެ މައްޗަށާއި، ފެންނަންހުރި ލިޔެކިޔުންތަކާއި ހެކިބަސްތަކުގެ މައްޗަށް
ބަލާއިރު، އދ. ފެންފުށި/ ބަގީޗާގެއަކީ، ޒަކަރިއްޔާ މޫސާގެ ފަރާތުން މަރުޙޫމް އާދަމް މުޙައްމަދަށް ވިއްކާފައިވާ
އަދި އެތަނުގެ އަގު ދައްކާ ޚަލާސްކޮށްފައިވާ ތަނެއްކަން މަދަނީ މިންގަނޑުން ސާބިތުވާކަން އެނގެން އޮތުމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުން ދެކެނީ އދ.ފެންފުށި ކޯޓުގެ ނަންބަރު 2006/I8C/25 ޤަޟިއްޔާގައި އެކޯޓުން ނިންމަވާފައިވާ
ނިންމުން އިސްތިއުނާފުކުރުމަށް ޒަކަރިއްޔާ މޫސާގެ ފަރާތުން ހުށައަޅާފައިވާ އިސްތިއުނާފް ނުކުތާތަކުގެ
މައްޗަށްބިނާކޮށް، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ
ވިޔަސް ސަބަބެއް ނެތްކަމަށެވެ.
ޙުކުމް
ދެންފަހެ، އިސްވެފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިންހުރުމާއިއެކު، އދ ފެންފުށީކޯޓުގެ ނަންބަރު
2006/I8C/25 ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާއި ޚިލާފަށްކަމަށް
ބަލާނެތަނެއް ނެތްކަމަށް މިޤަޟިއްޔާ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
އައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv