ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/07 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2012/IC-A/07
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
1
• ޤަޟިއްޔާ ނަންބަރ: 07/HC
-
A/2012
އިސްތިއުނާފްކުރި ފަރާތް
ނަން: އިސްމާޢީލް ޝަމީމް
އައިޑީ ކާޑު ނަންބަރ.
ދާއިމީ އެޑްރެސް: އަތިރީގެ/ގދ. ގައްދޫ
A058674
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ގދ. ގައްދޫ ކައުންސިލް
* އައިޑީ ކާޑު ނަންބަރ..
ދާއިމީ
ރަޖިސްޓްރީކުރެވުނު ތާރީޚް: 19 ޞަފަރު 1433
4 ޖެނުއަރީ 2012
ނިމުނު ތާރީޚް: 08 ޒުލްޤައިދާ 1433
24 ސެޕްޓެމްބަރ 2012
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/Q4C/06
ޤަޟިއްޔާގެ ބާވަތް ގޯތިގެދޮރުމެދު ގޮތެއް ނިންމުން
ނިންމެވިކޯޓް: ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓު
ހެޅުނުތާރީޚް: 31 ޖެނުއަރީ 2010
ނިމުނު ތާރީޚް: 25 އޮކްޓޫބަރ 2011
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2012)HC-A/g
ދަޢުވާގެ ޚުލާޞާ
މިއީ،
ހުވަދުއަތޮޅު
ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ނަންބަރު
2010/Q4C/06 ޤަޟިއްޔާ އެކޯޓުން ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ،
އެ ނިންމުން އިސްތިއުނާފު ކޮށްދިނުމަށްއެދި، އިސްމާޢީލް ޝަމީމް، ގދ. ގައްދޫއަތިރީގެ (ދިވެހިރައްޔިތެއްކަން
އަންގައިދޭ ކާޑު ނަންބަރު A058674) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅު
ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ ގދ. ގައްދޫ ކައުންސިލް އެވެ.
މ 4
2
2
4
ހޅު2ނ
ބެލިފައިވާ
ފާހަގަކުރެވުނު ނުކުތާތައް:
(އމ)
1. އިސްތިއުނާފުކުރެވިފައިމިވާ ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2010/Q4C/06 ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާއަކީ ގދ. ގައްދޫ/އަތިރީގޭ އިސްމާޢީލް
ޝަމީމް އަށް ގައްދޫ ހީނާމާގެ ގޯތީގެ 5 ބައި (އުތުރުބައި) ގދ.ގައްދޫމާއޮޅުގެ ނަމުގައި ރަޖިސްޓްރީ
ކުރެވިފައިވަނިކޮށް، އެބަޔަކީ ގދ.ގައްދޫ(ހީނާމާގެ
އެބަޔަކީ ގދ.ގައްދޫ!ހީނާމާގެ އަޙްމަދު ދީދީގެ ތަރިކައެއްކަމަށް ކަނޑައަޅައި،
ގދ.ގައްދޫޒީރާ ޢަބުދުލްމުޙުސިނަށް ރަޖިސްޓްރީ ކޮށްދެއްވާފައިވާތީ، ގޯތިގެދޮރާއިމެދު ގޮތެއް ނިންމުމަށާއި،
ވެފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށްއެދި އިސްމާޢީލް ޝަމީމް ހުށަހެޅުމުން ހުވަދުއަތޮޅު ދެކުނުބުރީ
ގައްދޫ މެޖިސްޓްރޭޓް ކޯޓުން ބައްލަވައި ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި،
:
/ ހދ
އެއަށް
4
2(
33 434/
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ގދ. ގައްދޫ އަތިރީގެ އިސްމާއީލް ޝަމީމް
އޭނާއަށް ގދ. ގައްދޫ ހީނާމާގެ ގޯތިން ލިބުނު 3 ބައި (އުތުރުބައި) ގައްދޫ މާއޮޅުގެ ނަމުގައި ރަޖިސްޓްރީ
ކުރެވިފައި ވަނިކޮށް އެބަޔަކީ ގައްދޫ ހީނާމާގެ އަޙްމަދު ދީދީގެ ތަރިކައެއްކަމަށް ކަނޑައަޅައި ގައްދޫ ޒީރާ
ޢަބްދުލްމުހުސިނަށް ރަޖިސްޓްރީ ކޮށްދެއްވާފައިވާތީ ގޯތިގެދޮރާއިމެދު ގޮތެއް ނިންމުމަށާއި އޭނާއަށް ވެފައިވާ
ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ގައްދޫ ކައުންސިލް އިދާރާގެ މައްޗަށް މައްސަލަ ހުށަހަޅާފައިވާކަމާއި އަދި
އިސްމާއީލް ޝަމީމް ބުނާގޮތުން މިގޯތި ދިނުމުގެ މުޢާމަލާތް ހިނގާފައިވަނީ 1983 ވަނަ އަހަރު ކަމަށްވާއިރު
1984 ވަނަ އަހަރު ނިޔާވެފައިވާތީ އާއި ރަށު ކޯޓުން 1979 ވަނަ އަހަރުން ފެށިގެން
ހިނގަމުންދާކަމަށާއި މިލްކުވެރިކަން ބަދަލު ކުރުމުގެ ޤާނޫނު 09/68
05 ޖޫން 1968 ގައި ތަސްދީގުކޮށް
ގެޒެޓް ކުރެވިފައިވާއިރު ހީނާމާގެ އަޙުމަދު ދީދީގެ ނަމުގައި ގައްދޫ ހީނާމާގެ ގޯތީގައިވާ އެއްވެސް އެއްޗެއްގެ
އަޙުމަދުދީދީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
4
ނިމުނު ގޮތުގެ ރިޕޯޓް
212/HC-A/07
4 / ގދ
މިލްކު ސާބިތުކޮށްފައި އެއްވެސް ފަރާތަކަށް ހިބައިންދީ، ވިއްކާ، ހަދިޔާކޮށްފައިނުވާތީއާއި އަޙުމަދު ދީދީ
ނިޔާވެގެންދިޔައިރު މިގޯތީގައިވާ އެއްވެސް އެއްޗެއް އަދި އޭނާއާއި ސަރުކާރުން ހަވާލުކޮށްފައިވާ ބިމުގެ
ހެއްވެސް ތަންފުކެއްވެސް އެއްވެސް ފަރާތަކަށް ދިނުމަށް، ހަދިޔާކުރުމަށް، ދޫކޮށްލުމަށް އެއްވެސް ދިމާލަކަށް
އޮފީހަކަށް ގޮސްފައިނުވާއިރު އަޙުމަދު ދީދީގެ ނަމުގައި ވާ ބިމެއް މުދަލެއް އެއްވެސް ފަރާތަކަށް ދީ
ހަދިޔާކުރެވޭނެ ނުވަތަ ނެގޭނެ ޤާނޫނީ ހަމަތަކެއް ނެތުމުން ގައްދޫ ހީނާމާގެ ގޯތީގެ އުތުރުން ބައެއް ގައްދޫ
އަތިރީގޭ އިސްމާއީލް ޝަމީމްގެ ނަމުގައި ގދ. އަތޮޅު އޮފީހުން 08 ޖޫން 1994 ވަނަ އަހަރު މާއޮޅުގެ
ނަމުގައި ހައްދަވާދެއްވާފައިވާ ރަޖިސްޓްރީއަކީ ހެދިފައިހުރި ޤާނޫނީ ހަމަތަކާއި ޚިލާފަށް ހެދިފައިވާ ބާޠިލް
ރަޖިސްޓްރީ އެއްކަމަށާއި މިކޯޓުގެ ނަންބަރު 1995/Q4C/12 ވަނަ ޤަޟިއްޔާ އިން 22 މާރޗް 1997 ގައި
ނިމިފައިވާ ގައްދޫ ހީނާމާގެ އަޙްމަދު ދީދީގެ ތަރިކައިގެ މައްސަލާގެ ރިޕޯޓުގެ ހުކުމްގައިވާ ފަދައިންނާއި ގައްދޫ
އެގޯތީގެ 5183.7 (ފަސްހާސް އެއްސަތޭކަ އައްޑިހަ ތިނެއް ޕޮއިންޓް ހަތެއް) އަކަފޫޓާއި
އެއަކަފޫޓު ތެރޭގައިވާ ތަކެތީގެ މައްޗަށް ބިނާކޮށްގެން ގދ. އަތޮޅު އޮފީހުން އަބުދުލްމުހުސިނަށް ހައްދަވާ
ދެއްވާފައިވާ އެއޮފީހުގެ ނަންބަރ 274/2006 (01-10-2006) އިމާރާތާއި ގޯތީގެ ރަޖިސްޓްރީގައިވާފަދައިން
ގައްދޫ ހީނާމާގެ އާއި ގޯތީގެ ވެރިފަރާތަކީ ގައްދޫ ޒީރާ ޢަބުދުލްމުޙުސިން ކަމަށް ކަނޑައަޅައި އެގޯތީގެ
އުތުރުފަރާތުގައި އިސްމާޢީލް ޝަމީމް އިމާރާތް ކުރުމަށް ކޮށްފައިވާ މަސައްކަތުގެ (ރާނާފައިވާ 696.5
(ހަސަތޭކަ ސަޔާނަވައި ޕޮއިންޓް ފަހެއް) އަކަފޫޓުގެ ގާގަޑުގެ) އަގަށް މިމައްސަލައަށް ހާޟިރު ކުރެވުނު
އަގުކޮމެޓީގެ އިއްތިފާޤުން ކަނޑައެޅުއްވި 10447.50 (ދިހަހާސް ހަތަރުސަތޭކަ ސާޅިސްހަތް
ރުފިޔާ ފަންސާސްލާރި) 1 (އެކެއް) މަސްދުވަހުގެ ތެރޭގައި އިސްމާޢީލް ޝަމީމަށް ދައްކާ ޚަލާސްކުރުމަށް
ގައްދޫ ކައުންސިލް އިދާރާއަށް އަންގާ" އެގޮތުގެމަތިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން
އެގެން އޮވެއެވެ.
{
އިސްމާޢީލް
2. ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/Q4C/06
ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ
ޝަމީމްގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކުރަމުން، އަންނަނިވި 3 (ތިނެއް) ނުކުތާ ފާހަގަކޮށް،
އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
C
ފުރަތަމަ ނުކުތާއަކީ، އިސްމާޢީލް ޝަމީމްގެ ނަމުގައި ގދ. ގައްދޫ "މާއޮޅު"
މިނަމުގައި ގދ. އަތޮޅު އޮފީހުގެ ނަންބަރު 20/94 ރަޖިސްޓްރީއިން ބަންޑާރަ ގޯއްޗެއް ރަޖިސްޓްރީކޮށްފައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ފެކްސް: 331647
އީމެއިލް: [email protected] ވެބް ސައިޓް: vwww.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2012HC-A!?
ވަނީ އިސްމާޢީލް ޝަމީމްގެ ދަޢުވާގައި ބަޔާންކުރާ ގޮތަށްކަމަށް ގދ. ގައްދޫ ކައުންސިލް އިދާރާގެ ފަރާތުން
ޝަރީޢަތުގެ މަޖިލީހުގައި، ވިދާޅުވެފައިވަނިކޮށް، މާއޮޅު ގޯއްޗަކީ ހީނާމާގެ ގޯތީގެ ބައެއްކަމަށާއި، އަޙްމަދު
ދީދީގެ ތަރިކައެއްކަމުގައި ކަނޑައަޅުއްވައި، މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، ހީނާމާގެ ގޯތީގެ އުތުރުން ބައެއް ވަކިކުރެވި އިސްމާޢީލް
ޝަމީމްއަށް ރަޖިސްޓްރީ ކޮށްދެއްވާފައިވަނީ، ޝަރީޢަތް މެދުވެރިކޮށްގެންކަމަށް ނުވާތީއާއި، އެބަޔަކީ ހީނާމާގެ
ގޯތީގެ ބައެއްކަމަށާއި، އެބައި ލިބެންޖެހޭނީ ހީނާމާގެ ތަރިކައިން ލިބޭ ފަރާތްތަކަށް ކަމަށްބުނެ، އިސްމާޢީލް
ޝަމީމްގެ ބޮޑުބޭބެ، ގދ. ގައްދޫޒީރާ ޢަބުދުލްމުޙްސިނުއަށް އެބައި ލިބިދީ، މާއޮޅު ގޯތީގެ ރަޖިސްޓްރީއަކީ
ބާޠިލް ރަޖިސްޓްރީއެއް ކަމުގައި ކަނޑައަޅުއްވައި، މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
އެއްވެސް
• ތިންވަނަ ނުކުތާއަކީ، މައްސަލައިގެ ހުށަހެޅުނު ލިޔުމަކަށް
ރިޢާޔަތްކުރެއްވިކަން ނުވަތަ ނުކުރައްވާކަން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން ނެތްކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާއެވެ.
.3
މި މައްސަލައާ ގުޅިގެން ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2010/Q4C/06 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު
ކުރަމުން އިސްމާޢީލް ޝަމީމްގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި،
މައްސަލަ ރައްދުވާ ގދ. ގައްދޫ ކައުންސިލްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން
ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، މި މައްސަލަ ބެލި ފަނޑިޔާރުންގެ
މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/Q4C/06 ޤަޟިއްޔާގައި ހިމެނޭ މައްސަލައާ ގުޅިގެން އެކޯޓަށް
ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، ގދ. ގައްދޫ ހީނާމާގެ އަކީ، ޙާޖީ މުޙައްމަދު ކަލޭފާނުގެ
އަތޮޅުވެރިކަމުގެ ދުވަސްވަރު، އެރަށު އަޙްމަދު ދީދީ ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއްކަމާއި،
އެގޯތީގައި އޮތް ހުސްބިމުން ބައެއް ވަކިކޮށް އަޙްމަދު ދީދީގެ ކާފަދަރި އިސްމާޢީލް ޝަމީމް (ގދ.
ގައްދޫ!ރޯސްމާގެ) އަށް ދިނުމަށް ގދ. ގައްދޫ އޮފީހުގައި އަޙްމަދު ދީދީ އެދިފައިވާކަމާއި، އަޙްމަދު ދީދީގެ
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
6 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2012/HC-A/
މިދެންނެވި އެދުމާގުޅިގެން، ގދ. ގައްދޫހީނާމާގެ ދެބައިކޮށް އެއްބައި އަޙްމަދު ދީދީގެ ކާފަދަރި އިސްމާޢީލް
ޝަމީމައަށް ދިނުމާބެހޭ ގޮތުން ގދ. އަތޮޅުއޮފީހުގެ ބަހެއް ހޯދުމަށްފަހު، އެއޮފީހުން ގދ. ގައްދޫ އޮފީހަށް
އަންގާފައިވާ ގޮތުގެމަތިން، ހީނާމާގޭ ގޯތީ ދެބައިކޮށް، އެގޯތީގެ އުތުރު ބައި (ދިގު 48 ފޫޓް، ފުޅާ 46 ފޫޓު 6
އިންޗި) 1983 ވަނަ އަހަރުގެ ތެރޭގައި ވަކި ގޯއްޗެއްގެ ގޮތުގައި ގދ. ގައްދޫ ގޯތީގެ ރަޖިސްޓްރީގައި ލިޔެ،
އިސްމާޢީލް ޝަމީމުއާ، ގދ. ގައްދޫ އޮފީހުގެ ފަރާތުން ޙަވާލުކޮށްފައިވާކަމާއި، މިގޮތުގެމަތިން މިގޯތީގެ
ރަޖިސްޓްރީ ކާޑު ހަދާދިނުމަށް ގދ. ގައްދޫ އަތޮޅުއޮފީހުގައި އެރަށު ރަށުއޮފީހުގެ ފަރާތުން އެދިފައިވާކަމާއި،
މިގޯތި މިގޮތަށް ބައިކުރުމުގައި އެއްވެސް ކަހަލަ މައްސަލައެއް ދިމާވެފައި ނުވާކަން، ގދ. ގައްދޫ އޮފީހުން،
އޮކްޓޫބަރ
1983 ގެ ތާރީޙުގައި ގދ. ގައްދޫ އަތޮޅުއޮފީހަށް ފޮނުވާފައިވާ ނަންބަރު 83178/Q/40
ސިޓީއަށް ބެލުމުން އެނގޭކަމާއި،
21
ގދ.
ހދ ¢ ¢
ގައްދޫ ހީނާމާގޭ ގޯއްޗާމެދު، އިސްވެދެންނެވިފައިވާ ގޮތުގެމަތިން
ކަންހިނގާފައިވަނިކޮށް، އެގޯތި ރަޖިސްޓްރީކޮށްދީފައިވާ އަޙްމަދު ދީދީ 1984 ވަނަ އަހަރުގެ ތެރޭގައި
ނިޔާވެފައިވާކަމާއި، އަޙްމަދު ދީދީ ނިޔާވުމުގެ ފަހުން، 1992 ވަނަ އަހަރުގެ ތެރޭގައި، އަޙްމަދު ދީދީއަށް ގދ.
ގައްދޫއިން ދޫކޮށްފައިވާ ހީނާމާގެ ކިޔާ ގޯތީގެ އުތުރުންވާ އެއްވެސް އިމާރާތެއް ނެތް ހުސްބިން، އޭނާގެ ކާފަދަރި
އިސްމާއީލް ޝަމީމުގެ ނަމުގައި ވަކި ގޯއްޗެއްގެ ގޮތުގައި ރަޖިސްޓްރީކޮށް އެތާނގައި ގެއެއް ޢިމާރާތް ކުރުމާމެދު
އިޢުތިރާޟްއް ނެތްކަމަށް އޭރު ދުނިޔޭގައި ތިބި، އަލްމަރުޙޫމް އަޙްމަދު ދީދީގެ އެންމެހާ ވާރިސުންކަމަށްވާ 2
ދަރިންނާއި، 2 ފިރިހެން ދަރިންނާއި، އަޙްމަދު ދީދީގެ އަންހެނުން ބުނެފައިވުމާއެކު، ހީނާމާގޭގެ
ގޯތީގެ އުތުރުބައި (ޖުމްލަ 2257.76 އަކަފޫޓު އިސްމާޢީލް ޝަމީމަށް ހަމަޖެއްސައިދިނުމަށް އެދިފައިވާކަން،
1 ޖޫން 1992 ގައި ގދ. ގައްދޫއޮފީހުގެ ފަރާތުން ގދ. ގައްދޫ އަތޮޅުއޮފީހަށް ފޮނުވާފައިވާ ނަންބަރު
92
/
103/Q4
!
Q ސިޓީއަށް ބެލުމުން އެނގޭކަމާއި، އަދި ގދ. ގައްދޫއޮފީހުގެ އިސްވެދެންނެވުނު ސިޓީއާ
ގުޅިގެން، އެބިން ވަކި ގޯއްޗެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށްޓަކައި ކަމާބެހޭ ފޯމު ފުރުމަށްފަހު، އެކަން
ޤަވާއިދުން ކުރިއަށް ގެންދިއުން އެންމެ ރަނގަޅުކަމަށް ގދ. ގައްދޫ އަތޮޅުއޮފީހުން، ޖޫން 1992 ގައި
ގދ. ގައްދޫއޮފީހަށް ފޮނުވާފައިވާ ނަންބަރު A
-
1000
/
92
-
WT މެސެޖްފޯމުން އަންގާފައިވާކަން އެނގޭކަމާއި،
ގދ.
މީގެއިތުރުން، އަތޮޅުއޮފީހުގެ މިމެސެޖާ ގުޅިގެން، ދައްގޫހީނާމާގޭގެ ގޯތީގެ
އުތުރުބައިން ބައެއް ވަކިކޮށް "މާއޮޅު" ގެ ނަމުގައި ވަކި ރަޖިސްޓްރީއެއް ހަދައި އިސްމާޢީލް ޝަމީމުގެ
ނަމުގައި އެގޯތި ރަޖިސްޓްރީ ކޮށް، 26 ޖޫން 1992 ގެ ތާރީޚުގައި އެގޯތި އިސްމާޢީލް ޝަމީމްއާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން! 332529، ފެކްސް 3316471
އީމެއިލް: [email protected] ދެން އިޓް:
www.highcourt.gov.my en
? ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2012/HC-A/07
ޙަވާލުކޮށްފައިވާކަން 8 ޖޫން 1994 ގެ ތާރީޚުގައި ހަދާފައިވާ ގޯތީގެ ރަޖިސްޓްރީއަށް ބެލުމުން އެނގޭކަމާއި،
އަދި، ގދ. ދިއްގޫހީނާމާގޭގެ ގޯތީގެ އުތުރުބައިން ބައެއް ވަކިކޮށް "މާއޮޅު" ގެ ނަމުގައި ވަކި ރަޖިސްޓްރީއެއް
ހަދައި، އެގޯތި އިސްމާޢީލް ޝަމީމްއާ ޙަވާލުކުރުމާ ގުޅިގެން، ގދ. ގައްދޫ ހީނާމާގޭގެ އިންތަކަށް އައި ބަދަލާ
އެއްގޮތަށް، 22 އޯގަސްޓް 1992 ގެ ތާރީޚުގައި، އެގޯތީގެ ރަޖިސްޓްރީއަށް ބަދަލުގެނެސްފައިވާކަން، ނަންބަރު
80/92 ރަޖިސްޓްރީ އަށް ބެލުމުން އެނގެން އޮންނަކަމާއި،
p
:
ގދ. ގައްދޫހީނާމާގޭ ގޯތިން ބައެއް އިސްމާޢީލް ޝަމީމުއަށް ހަމަޖައްސާފައިވަނީ ޤާނޫނާއި
ޤަވާއިދާ ޚިލާފަށްކަމަށް ބުނެ ޢަބްދުލްމުޙުސިން ގދ. އަތޮޅު އޮފީހަށް ހުށަހެޅި މައްސަލައަކާ ގުޅިގެން،
އެމައްސަލަ ބެލުމަށްފަހު، 31 އޯގަސްޓް 2005 ގެ ތާރީޚުގައި، މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓުގެ
ވަފްދަކުން ތައްޔާރުކޮށްފައިވާ ރިޕޯޓަށް ބަލާއިރު، ގދ. ގައްދޫ/ހީނާމާގޭ އަޙްމަދު ދީދީގެ ވާރިސުންގެ މެދުގައި،
އަޙްމަދު ދީދީގެ ތަރިކައިގެ މައްސަލަ ޝަރީޢަތުން 1997 ގައި ނިމުމުގެ ކުރިން (1992 ގައި) އަޙްމަދު
ދީދީގެ ކާފަދަރި ގދ. ގައްދޫ|ރޯސްމާގެ އިސްމާޢީލް ޝަމީމްއަށް، އަލްމަރްޙޫމް އަޙްމަދު ދީދީ ދުނިޔޭގައި ހުރެ،
ހީނާމާގޭ ގޯތިން ބައެއް ދީފައިވާކަމަށާއި، އެބައިގެ ވަކި ރަޖިސްޓްރީއެއް 1994 ގައި އިސްމާޢީލް ޝަމީމުގެ
ނަމުގައި ގދ. އަތޮޅުއޮފީހުން ހަދާދީފައިވުމާއި އަދި އަލްމަރްޙޫމް އަޙްމަދު ދީދީގެ ވާރިސުން ގދ. ގައްދޫ
އޮފީހުގައި ދީފައިވާ ބަޔާނުގެ މައްޗަށް ބަލައި، އިސްމާޢީލް ޝަމީމުއަށް ދިންކަމަށް ބުނާ ބައިގައިހުރި
2257.76 (ދެހާސް ދުއިސައްތަ ފަންސާސް ހަތެއް ޕޮއިންޓް ހަތެއް ހައެއް) އަކަފޫޓު ހީނާމާގޭ ތިން ވަކިކޮށް
ވަކި ރަޖިސްޓްރީއެއް އިސްމާޢީލް ޝަމީމުގެ ނަމުގައި ހަދައިދީ ނިންމާފައިވާކަމަށާއި، ވީމާ، ޤާނޫނީ ގޮތުންނާއި،
އިދާރީ ގޮތުން މިމައްސަލަވަނީ ނިމިފައިކަމަށް އެރިޕޯޓުގައި ބަޔާންކޮށްފައިވާކަމާއި،
އިސްވެދެންނެވިފައިވާ ކަންކަމަށް ޖުމްލަގޮތެއްގައި ބަލާއިރު، ގދ. ގައްދޫ އަޙްމަދު
ދިރިއުޅުމަށް އެރަށުން ދޫކޮށްފައިވާ ހީނާމާގެ އޭކިޔާ ބަންޑާރަ ގޯތިން ބައެއް، އޭނާގެ އެދުމުގެ މަތިން ވަކިކޮށް،
އޭނާގެ ކާފަދަރި އިސްމާޢީލް ޝަމީމުގެ ނަމުގައި ވަކިން ރަޖިސްޓްރީކޮށްފައިވާކަން އެނގޭކަމާއި، އަދި
މިކަމާބެހޭ އެންމެހާ މުޢާމަލާތުތައް ހިންގާފައިވަނީ ގދ. ގައްދޫއޮފީހާއި ގދ. އަތޮޅުއޮފީހުގެ ތެރެއިންކަމާއި،
ހީނާމާގޭ ގޯތިން ބައެއް އިސްމާޢީލް ޝަމީމުއަށް ދިނުމާބެހޭ އެއްވެސް މުޢާމަލާތެއް ޝަރީޢަތް މެދުވެރިކޮށް
ހިންގާފައިވާކަން އެނގެން ނެތްކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]
www.highcourt.gov.my
8 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2012/IC-A/07
(ށ) ދެވަނަ ކަމަކީ، ގދ. ގައްދޫ ހީނާމާގެ ގޯތީގެ އުތުރުން ބައެއް ވަކިކުރެވި އިސްމާޢީލް
ޝަމީމްއަށް ރަޖިސްޓްރީ ކޮށްދެއްވާފައިވަނީ، ޝަރީޢަތް މެދުވެރިކޮށްގެންކަމަށް ނުވާތީ އެބަޔަކީ ހީނާމާގެ ގޯތީގެ
ބައެއްކަމަށާއި، އެބައި ލިބެންޖެހޭނީ ހީނާމާގެ ތަރިކައިން ލިބޭ ފަރާތްތަކަށް ކަމަށްބުނެ، އިސްމާޢީލް ޝަމީމްގެ
ބޮޑުބޭބެ، ގދ. ގައްދޫޒީރާ ޢަބުދުލްމުޙްސިނުއަށް އެބައި ލިބިދީ، މާއޮޅު ގޯތީގެ ރަޖިސްޓްރީއަކީ ބާޠިލް
ރަޖިސްޓްރީއެއް ކަމުގައި ކަނޑައަޅުއްވައި، މައްސަލަ ނިންމަވާފައިވާކަމަށްބުނެ އިސްމާޢީލް ޝަމީމްގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާއަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު،
443
:
އޭރު ޢަމަލުކުރެވި
ގދ. ގައްދޫ ހީނާމާގެ އޭކިޔާ ބަންޑާރަ ގޯތިން ބައެއް ވަކިކޮށް، އެގޯތި ދޫކޮށްފައިވާ
އަލްމަރްޙޫމް އަޙްމަދު ދީދީގެ ކާފަދަރި، އިސްމާޢީލް ޝަމީމްއަށް ދިނުމާބެހޭގޮތުން ހިންގާފައިވާ
ދެންނެވިފައިވާ މުޢާމަލާތު ހިނގާފައިވަނީ ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)
އަށް ޢަމަލުކުރަން ފެށުމުގެ ކުރިންކަމާއި، ބިމާބެހޭ މިފަދަ މުޢާމަލާތްތައް ޝަރީޢަތް މެދުވެރިކޮށް ހިންގުމުގައި
ފިކުރެވިފައިވަނީ ޤާނޫނު ނަންބަރު 9/68 (މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނު) އަށްކަމާއި،
އެޤާނޫނުގެ 1 ވަނަ މާއްދާއަށް ބަލާއިރު، އެމާއްދާގައި ބުނެފައިވަނީ، ސަރުކާރު ފިޔަވައި، ޝަރީޢަތް
މެދުވެރިކޮށްގެން ދިނުމަކުން، ކިބައަކުން، ވިއްކުމަކުން، މިލްކެއް އެހެން ފަރާތަކަށް ބަދަލުކުރާނަމަ އެކަމެއް
ޝަރީޢަތަށް ހުށަހެޅުމުގައި ޢަމަލުކުރާނެ ގޮތްކަމާއި، އެމާއްދާއިންވިއަސް، އަދި އެޤާނޫނުގެ އެހެން މާއްދާއަކުން
އެނޫން
ޤާނޫނަކުން ވިއަސް، ބަންޑާރަ ގޯއްޗެއް ދޫކޮށްފައިވާ
ފަރާތަކުން އެގޯތިން ބައެއްގެ މިލްކުވެރިކަން، ދިނުމަކުން، ހިބައަކުން ނުވަތަ ވިއްކުމަކުން، އެހެން ފަރާތަކަށް
ބަދަލުކުރާ ކޮންމެފަހަރަކު އެމައްސަލައެއް ޝަރީޢަތަށް ހުށަހެޅުން ލާޒިމުކޮށްފައިނުވާކަމާއި، އަދި،
މިލްކުވެރިކަން ބަދަލުކުރު
.ގެ ޤާނޫނުގެ 2 ވަނަ މާއްދާއަށް ބަލާއިރު، އެމާއްދާގައި، "ދިނުމަކުން، ކިބައަކުން،
ވިއްކުމަކުން، މިލްކެއް ބަދަލު ކުރުމަށްފަހު އެކަންކުރި ދެފަރާތުންކުރެ ފަރާތަކުން އެކަން ޝަރީޢަތަށް
ށަހަޅައިގެން ސާބިތުކުރަ
ޑިތުކުރަންވެއްޖެނަމަ..." މިފަދައިން ބަޔާންކޮށްފައި އޮތުމުން، މީހެއްގެ މިލްކުގައިވާ އެއްޗެއްގެ
ނުވަތަ ތަނެއްގެ
މިލްކުވެރިކަން ޝަރީޢަތަށް ހުށަހެޅުމަކާ ނުލައި ބަދަލުކުރެވިދާނެކަން އެނގޭކަމާއި، އަދި،
މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނުގެ އިސްވެދެންނެވުނު ތަރުޖަމާއަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
308/HC
-
A/2008 ޤަޟިއްޔާގައިވެސް ބަލައިގަނެފައިވާ ތަރުޖަމާއެއްކަމާއި،
ވިއަސް، އަދި އޭރު ޢަމަލުކުރެވެމުން
ންކަމުން، ގދ. ގައްދޫ އަލްމަރްޙޫމް އަޙްމަދު ދީދީ ދިރިއުޅުމަށް އެރަށުން ދޫކޮށްފައިވާ
ހީނާމާގެ އޭކިޔާ ބަންޑާރަ ގޯތިން ބައެއް، އޭނާގެ އެދުމުގެ މަތިން ވަކިކޮށް، އޭނާގެ ކާފަދަރި އިސްމާޢީލް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޖު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.inv
9 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2012/C-A/07
ޝަމީމައަށް ދިނުމާބެހޭ ގޮތުން، 1983 ވަނަ އަހަރާއި 1994 ވަނަ އަހަރާ ދެމެދު، ހިންގާފައިވާ
އިސްވެދެންނެވިފައިވާ މުޢާމަލާތު ހިންގާފައިވަނީ ޝަރީޢަތް މެދުވެރިކޮށްގެންކަމަށް ނުވުމަކީ، އެމުޢާމަލާތުގެ
ޞައްޙަކަން ގެއްލިގެންދާނޭކަމެއް ނޫންކަމާއި،
މީގެއިތުރުން، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި ހިމެނޭ ލިޔެކިޔުންތަކަށް
ބަލާއިރު، ގދ. ގައްދޫހީނާމާގޭ އަލްމަރްޙޫމް އަޙްމަދު ދީދީގެ ތަރިކައިގެ މައްސަލަ ޝަރީޢަތަށް ހުށަހެޅިފައިވަނީ
22 ޖޫން 1995 ގައިކަމާއި، އެމައްސަލަ ޝަރީޢަތަށް ހުށަހެޅުނުއިރު، ގދ. ގައްދޫ ހީނާމާގެއިން އަލްމަރްޙޫމް
އަޙްމަދު ދީދީގެ ކާފަދަރި އިސްމާއީލް ޝަމީމަށް ދީފައިވާ ބައި ވަކިކޮށް 1992 ވަނަ އަހަރު އޭނާއާ
ޙަވާލުކުރެވިފައިވާކަމާއި، އަދި އެއަށްފަހު، 1994 ވަނަ އަހަރު އެގޯއްޗަށް "މާއޮޅު" ގެ ނަމުގައި ވަކި
ރަޖިސްޓްރީއެއް ހައްދާފައިވާކަމާއި، އަދި ހީނާމާގެއިން ބައެއް ވަކިކުރުމާ ގުޅިގެން ހީނާމާގޭ ގޯތީގެ އިންތަކަށް
އައިބަދަލާ އެއްގޮތަށް، 22 އޯގަސްޓް 1992 ގެ ތާރީޚުގައި، އެގޯތީގެ ރަޖިސްޓްރީއަށް ބަދަލުގެނެވިފައިވާކަން
ނަންބަރު 80/92 ރަޖިސްޓްރީ އަށް ބެލުމުން އެނގެން އޮންނަކަމާއި، އެހެންކަމުން، ގދ. ގައްދޫހީނާމާގޭ
ގޯތިން ވަކިކޮށް "މާއޮޅު" ގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ބައި، އަލްމަރްޙޫމް އަޙްމަދު ދީދީގެ ތަރިކައިގެ
މައްސަލަ ޝަރީޢަތަށް ހުށަހެޅުނުއިރު އޭނާގެ ތަރިކައިގެ ތެރޭގައި ނުހިމެނޭނެކަމެވެ.
3502
("
44 0.
އިސްވެދެންނެވިފައިވާ ފަދައިން، ގދ. ގައްދޫ އަލްމަރްޙޫމް އަޙްމަދު
ދިރިއުޅުމަށް އެރަށުން ދޫކޮށްފައިވާ ހީނާމާގެ އޭކިޔާ ބަންޑާރަ ގޯތިން ބައެއް، އޭނާގެ ކާފަދަރި އިސްމާޢީލް
ޝަމީމަށް ދިނުމަށް ބޭނުންވެގެން އެގޯތީގެ ޤާނޫނީ ބެލެނިވެރިފަރާތް ކަމުގައިވާ އެރަށު އޮފީހަށް ހުށަހެޅުމުން އެ
އޮފީހުގެ ފަރާތުން އަތޮޅުއޮފީހުގައި ދަންނަވައި އެކަމާގުޅޭގޮތުން ފުރިހަމަކުރަންޖެހޭ އެންމެހައި އިޖްރާއާތު
ފުރިހަމަ ކުރުމަށްފަހު އަލްމަރުޙޫމް އަޙްމަދު ދީދީ އެދިފައިވާގޮތަށް ހީނާމާގެ އޭކިޔާ ބަންޑާރަ ގޯތީގެ ބިމުން
ބައެއް، 1983 ގައި އިސްމާޢީލް ޝަމީމަށް ވަކިކޮށްދީ، އެމަޢުލޫމާތު ރަށުއޮފީހުގެ ކަމާބެހޭ ރަޖިސްޓްރީގައި
ހިމަނާފައިވާތީއާއި، އަދި އަޙްމަދު ދީދީ ނިޔާވި ފަހުން އެމަޢުލޫމާތާ އެއްގޮތަށް، އަލްމަރްޙޫމް އަޙްމަދު ދީދީގެ
ހުރިހާ ވާރިސުން (ގދ.ގައްދޫޒީރާ ޢަބުދުލްމުހުސިންވެސް ހިމެނޭ ގޮތުން) ގެ އެނގުމާއި ފެނުމުގެ ތެރެއިން،
އެމީހުންގެ ރުހުމާއެކު، 1994 ގައި އެބައި އިސްމާޢީލް ޝަމީމަށް ރަޖިސްޓްރީ ކޮށްދީފައިވާތީއާއި، އަދި
އޭގެފަހުން 1995 ގައި އަލްމަރުޙޫމް އަޙްމަދު ދީދީގެ ތަރިކާގެ މައްސަލަ ބެލެވެމުންދިޔައިރު އެމަރުހޫމްގެ
ވާރިސުން ދައްކާފައިވާ ވާހަކައިން އަޙްމަދު ދީދީއާއި، އިސްމާޢީލް ޝަމީމާއި ދެމެދު އެމުޢާމަލާތް
ހިނގާފައިވާކަން އެހުރިހާ ވާރިސުން (ގދ.ގައްދޫޒީރާ ޢަބުދުލްމުޙުސިންވެސް ހިމެނޭ ގޮތުން) އަށްވެސް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
lޤަޝަކިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2{)12{{C-A/137
އޭރުވެސް އެނގިފައިވާކަމާއި އަދި އެގޮތަށް އެމުޢާމަލާތް ބޭއްވުމަށް ރުހިފާވާކަން ސާފުކޮށް އެނގެން އޮތަތީ،
އެމުޢާމަލާތަކީ އިސްވެދެންނެވިފައިވާ ގޮތުގެމަތިން ނިމިގެންގޮސް އިސްތިޤްރާރުކުރެވިފައިވާ، ޤާނޫނީ
ހައިސިއްޔަތު އޮތް މުޢާމަލާތެއްކަމުން، ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2010/Q4C/06 ޤަޟިއްޔާގައި ހިމެނޭ މައްސަލާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމުގައި،
ގައްދޫހީނާމާގެ ގޯތީގެ އުތުރުން ބައެއް، އިސްމާއީލް ޝަމީމްގެ ނަމުގައި ރަޖިސްޓްރީކޮށް، ގދ. އަތޮޅު
އޮފީހުން 08 ޖޫން 1994 ގައި "މާއޮޅު" ނަމުގައި ހަދާފައިވާ ރަޖިސްޓްރީއަކީ ހެދިފައިހުރި ޤާނޫނީ ހަމަތަކާއި
ޚިލާފަށް ހެދިފައިވާ ބާޠިލް ރަޖިސްޓްރީއެއްކަމަށާއި އެކޯޓުގެ ނަންބަރު 1995/Q4C/12 ޤަޟިއްޔާ އިން 22
މާރޗް 1997 ގައި ނިމިފައިވާ، ގދ.ގައްދޫ! ހީނާމާގެ އަޙްމަދު ދީދީގެ ތަރިކައިގެ މައްސަލާގެ ރިޕޯޓުގެ
ޙުކުމްގައިވާ ފަދައިންނާއި، ގދ.ގައްދޫ ހީނާމާގެއާއި އެގޯތީގެ 5183.7 (ފަސްހާސް އެއްސަތޭކަ އައްޑިހަ
ތިނެއް ޕޮއިންޓް ހަތެއް) އަކަފޫޓާއި އެއަކަފޫޓު ތެރޭގައިވާ ތަކެތީގެ މައްޗަށް ބިނާކޮށްގެން ގދ. އަތޮޅު އޮފީހުން
ޢަބުދުލްމުހުސިނަށް ހަދާދީފައިވާ އެއޮފީހުގެ ނަންބަރު 274/2006 އިމާރާތާއި ގޯތީގެ ރަޖިސްޓްރީގައިވާފަދައިން
ގދ. ގައްދޫ ހީނާމާގެ އާއި ގޯތީގެ ވެރިފަރާތަކީ ގދ.ގައްދޫޒީރާ ޢަބުދުލްމުޙުސިން ކަމަށް ކަނޑައަޅައި އެގޯތީގެ
އުތުރުފަރާތުގައި އިސްމާޢީލް ޝަމީމް އިމާރާތް ކުރުމަށް ކޮށްފައިވާ މަސައްކަތުގެ އަގަށް، އެމައްސަލައަށް
ހާޟިރު ކުރެވުނު އަގުކޮމެޓީގެ އިއްތިފާޤުން ކަނޑައެޅުއްވި 10447
/
50ރ. (ދިހަހާސް ހަތަރުސަތޭކަ
ސާޅިސްހަތް ރުފިޔާ ފަންސާސްލާރި) 1 (އެކެއް) މަސްދުވަހުގެ ތެރޭގައި އިސްމާއިލް ޝަމީމަށް ދައްކާ
ޚަލާސްކުރުމަށް ގދ. ގައްދޫ ކައުންސިލްގެ އިދާރާއަށް އަންގަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
ޚިލާފަށްކަމާއި، އެހެންކަމުން ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/Q4C/06
ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ޤަބޫލުކުރެވެއެވެ.
•ޙުކުމް
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު
ގޮތަށް ހުރުމާއެކު، ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/06
/
24C
ޤަޟިއްޔާގައި، ގައްދޫހީނާމާގެ ގޯތީގެ އުތުރުން ބައެއް، އިސްމާއީލް ޝަމީމްގެ ނަމުގައި
ރަޖިސްޓްރީކޮށް، ގދ. އަތޮޅު އޮފީހުން 08 ޖޫން 1994 ގައި "މާއޮޅު" ގެ ނަމުގައި ހަދާފައިވާ
ރަޖިސްޓްރީއަކީ ހެދިފައިހުރި ޤާނޫނީ ހަމަތަކާއި ޚިލާފަށް ހެދިފައިވާ ބާޠިލް ރަޖިސްޓްރީއެއްކަމަށާއި އެކޯޓުގެ
ނަންބަރު 1995/Q4C/12 ޤަޟިއްޔާ އިން 22 މާރޗް 1997 ގައި ނިމިފައިވާ، ގދ.ގައްދޫހީނާމާ
کی کرن
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ފެކްސް: 33162471
އީމެއިލް: [email protected] ވެބް ސައިޓް: www.highcotut.gov.mv
llޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
202/HC-A/07
މައްސަލާގެ ރިޕޯޓުގެ ޙުކުމްގައިވާ ފަދައިންނާއި، ގދ.ގައްދޫހީނާމާގެއާއި ގޯތީގެ 5183.7 (ފަސްހާސް
އެއްސަތޭކަ އައްޑިހަ ތިނެއް ޕޮއިންޓް ހަތެއް) އަކަފޫޓާއި އެއަކަފޫޓު ތެރޭގައިވާ ތަކެތީގެ މައްޗަށް ބިނާކޮށްގެން
ގދ. އަތޮޅު އޮފީހުން ޢަބުދުލްމުޙުސިނަށް ހަދާދީފައިވާ އެއޮފީހުގެ ނަންބަރު 274/2006 ޢިމާރާތާއި ގޯތީގެ
ރަޖިސްޓްރީގައިވާފަދައިން ގދ. ގައްދޫ!ހީނާމާގެ އާއި ގޯތީގެ ވެރިފަރާތަކީ ގދ.ގައްދޫޒީރާ އަބުދުލްމުޙުސިން
ކަމަށް ކަނޑައަޅައި އެގޯތީގެ އުތުރުފަރާތުގައި އިސްމާޢީލް ޝަމީމް އިމާރާތް ކުރުމަށް ކޮށްފައިވާ މަސައްކަތުގެ
އަގަށް، އެމައްސަލައަށް ހާޟިރު ކުރެވުނު އަގުކޮމެޓީގެ އިއްތިފާޤުން ކަނޑައެޅުއްވި 10447
/
50ރ. (ދިހަހާސް
ހަތަރުސަތޭކަ ސާޅިސްހަތް ރުފިޔާ ފަންސާސްލާރި) 01 (އެކެއް) މަސްދުވަހުގެ ތެރޭގައި އިސްމާއިލް ޝަމީމަށް
ދައްކާ ޚަލާސްކުރުމަށް ގދ. ގައްދޫ ކައުންސިލްގެ އިދާރާއަށް އަންގަވައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ ޚިލާފަށް އެކޯޓުން ކުރައްވާފައިވާ ޙުކުމެއްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާވެވުނު ހިނދު، ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/Q4C/06 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް، ގދ. ގައްދޫ(ހީނާމާގެ ގޯތީގެ
އުތުރުން ބައެއް، އިސްމާއީލް ޝަމީމްގެ ނަމުގައި ރަޖިސްޓްރީކޮށް، 08 ޖޫން 1994 ގައި ގދ.
ޢަތޮޅުއޮފީހުން "މާއޮޅު" ގެ ނަމުގައި އިސްމާޢީލް ޝަމީމުއަށް ހަދާދީފައިވާ ރަޖިސްޓްރީއަކީ ޞައްޙަ
ރަޖިސްޓްރީއެއްކަމަށާއި، އެރަޖިސްޓްރީގައި ހިމެނިފައިވާ ބަޔަކީ ގދ.ގައްދޫ(ހީނާމާގެ އަލްމަރްޙޫމް އަޙްމަދު
ދީދީގެ ތަރިކައިގެ ތެރޭގައި ހިމެނޭ ބައެއް ނޫންކަމަށް، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
(
މިޤަޟިއްޔާ ބަލާ ޙުކުމްކުރީ:
ޢައްބާސް ޝަރީފް
،ފަނޑިޔާރު)
ޢަބްދުލްޣަނީ މުޙައްމަދު
'(ފަނޑިޔާރު)
ޝުޢައިބު ޙުސައިން ޒަކަރިއްޔާ
(ފަނޑިޔާރު)
ތައްޔާރުކުރީ: ޒަރީނާ އިބްރާހީމް
ޗެކްކުރީ: ޢަބްދުﷲ ފާއިޒް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv